ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/141 ޤަޟިއްޔާގެ ޙުކުމް
2015/HC-A/141
1
ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
بمان از سراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 141/HC
-
A/2015
• އިސްތިއުނާފު ކުރިފަރާތް:
* ނަން: އާތިފް އަޙްމަދު
ދާއިމީ އެޑްރެސް: ފިނިފެންމާގެ / މ.މުލައް
*އައި.ޑީ ކާޑް ނަންބަރު: A224013
، މިހާރުގެ އެޑްރެސް: ފިނިފެންމާގެ / މ.މުލައް
އިސްތިއުނާފު ރައްދުވާ ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް: ޕީ.ޖީ. އޮފީސް، މަޖީދީމަގު ( މާލެ
މިހާރުގެ އެޑްރެސް: ޕީ.ޖީ. އޮފީސް، މަޖީދީމަގު ( މާލެ
#
: ރަޖިސްޓްރީކުރެވުނު ތާރީޚް: 12 އޭޕްރީލް 2015
12
ނިމުނު ތާރީޚް: 24 މެއި 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
* ނަންބަރު: 2013/K4C/76
* ކޯޓު: މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓް
ޤަޟިއްޔާގެ ބާވަތް: އަމުރަށްނުކިޔަމަންތެރިވުން
ނިންމެވި ތާރީޚް: 26 ފެބްރުއަރީ 2015
ދިވެހިރާއްa
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އައްބާސް
ހައިކޯޓު
332,
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް:
3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ނިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
2015/HC-A/141
ދަޢުވާގެ ޚުލާޞާ
މިއީ، މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/K4C/76
ޤަޟިއްޔާ، އެކޯޓުން ބައްލަވައިނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ،
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މ. މުލައް ފިނިފެންމާގޭ، ޢާރިފް އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
cu.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1. މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/K4C/76 ޤަޟިއްޔާ،
އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް މ. މުލައްފިނިފެންމާގޭ، ޢާޠިފް އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
1
2. މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/K4C/76 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މ. މުލަކު ފިނިފެންމާގޭ، ޢާޠިފް އަޙްމަދުގެ
މައްޗަށް ސާބިތުވި ވައްކަން ކުރުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން، 217 ޖެނުއަރީ 2013 ވަނަ
ދުވަހުން ފެށިގެން 02 (ދޭއް) އަހަރާއި 02 (ދޭއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދު
ކޮށްފައިވަނިކޮށް، 06 އޮގަސްޓް 2013 ވަނަ ދުވަހު 14:50 އެހާކަންހާއިރު ޢާޠިފް އަޙްމަދު ގެއިން
ބޭރަށް ނުކުމެއުޅެފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން އާތިފް އަޙްމަދުގެ
މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ
ދަށުން އާތިފް އަޙްމަދުގެ މައްޗަށް ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ
16
53
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 332532 ، ފެކްސް: yf6471
3
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2015/HC-A/141
3
ޝައްކަކާ ނުލައި އިޢުތިރާފުން ޝަރީޢަތަށް ޘާބިތުވެފައިވާތީ، ޢާޠިފް އަޙްމަދު މިކުރިކުށުން ކުއްވެރި
ވެއްޖެކަމަށް ކަނޑައަޅުއްވައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ
ދަށުން މ.މުލަކު ފިނިފެންމާގެ އާތިފް އަޙްމަދު 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް
ޙުކުމްކުރައްވައިކަން އެނގެން އޮންނަކަމެވެ.
3. މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/K4C/76 ޤަޟިއްޔާ
ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރަމުން
މ. މުލައް ފިނިފެންމާގޭ ޢާޠިފް އަޙްމަދުގެ ފަރާތުން މައިގަނޑު 02 (ދޭއް) ނުކުތާއެއް ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅައި،
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
އެންވެ ބަކުބޮދޭ
(ހ) ފުރަތަމަ ނުކުތާއަކީ: ޢާތިފު އަޙްމަދުގެ މައްޗަށް ކުޅަ އަމުރަށްނުކިޔަމަންތެރި
ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޢާޠިފް އަޙްމަދުގެ އިޢުތިރާފުން ކަމަށް ޙުކުމް ކުރައްވާފައިވާއިރު،
އެޢިއުތިރާފްއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 190/HC
-
A/2011 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާފަދަ ޞައްޙަ އަދި ޞަރީޚަ
އިޢުތިރާފެއް ނޫންކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: ޢާޠިފް އަޙްމަދުގެ މައްޗަށް އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ
ދަޢުވާ ޘާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 34/SC
-
A
/
01
،
2011
/
SC
-
A/2012 ޤަޟިއްޔާއާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 190/HC-A/2011 ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާގެ 4 (ނ) ގައި
ކަނޑައަޅާފައިވާ، ޔަޤީނާ ގާތްކުރާ މިންވަރަކަށް އިޤްނާޢި (convince) ވެގެން މެނުވީ މީކުންއޭ ފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އެމީހުންގެ ގާތުގައި ބުނެފައިއޮންނަނީ ގޭކުރިމަތީގައި ތިއްބަސް އެންމެ ރަނގަޅުކަމަށް ކަމަށާއި 4
2015/HC-A/141
4
ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
ޘާބިތުވާކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމަށް ކަނޑައަޅުއްވާފައިވާ ޤާނޫނީ އުޞޫލާއި
ޚިލާފަށް އަދި އެކަމަކީ "ޤަދީނަތުލް ބަރާޢު" ގެ މަބްދަޢު އާއި ޚިލާފް
ލާފްކަމެއްކަމަށްބުނެ ހުށަހެޅި ނުކުތާ
04- މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/K4C/76 ޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް، މ. މުލައް ފިނިފެންމާގޭ، ޢާޠިފް އަޙްމަދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި
އެނުކުތާތަކާގުޅޭ ގޮތުން ޢާޠިފް އަޙްމަދުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާރައްދުވާ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/K4C/76 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިޤަޟިއްޔާ
ލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
88
(ހ) ފުރަތަމަ ކަމަކީ؛ މ. މުލަކު/ ފިނިފެންމާގޭ، ޢާޠިފް އަޙްމަދުގެ މައްޗަށް
ޤާނޫނުލްޢުޤޫބާތުގެ ވަނަ މާއްދާގެ (ހ) ގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ
ދަޢުވާކޮށްފައިވަނީ އޭނާގެ މައްޗަށް 27 ޖެނުއަރީ 2013 ވަނަ ދުވަހު ސާބިތުވި ވައްކަމުގެ މައްސަލައެއްގެ
ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ޢާޠިފް އަޙްމަދު ގޭގައި ބަންދު ކޮށްފައިވަނިކޮށް، 06 އޮގަސްޓް 2013
ވަނަ ދުވަހުގެ 14:50 އެހާކަންހާއިރު ޢާޠިފް އަޙްމަދު ގެއިން ބޭރަށް ނުކުމެއުޅެފައިވާތީކަން އެނގޭކަމާއި،
އެދަޢުވާ ޝަރީޢަތަށް ހުށަހެޅުމުން ދަޢުވާގެ ޖަވާބުގައި ޢާޠިފް އަޙްމަދު ބުނެފައިވަނީ، އޭނާގެ މައްޗަށް
ދައުލަތުގެ ފަރާތުން ހުށަހެޅި ދަޢުވާއަށް އިންކާރުކުރާ ކަމަށާއި، 06 އޮގަސްޓް 2013 ވަނަ ދުވަހުގެ
14:50 އެހާކަންހާއިރު އޭނާ ގެއިން ބޭރަށް ނުކުމެފައެއް ނޯންނާނެކަމަށާއި، އޭނާ ގެއިން ނުކުންނަނީ
ގޭކައިރީ ހުންނަ ޖޯލިފައްޗަށް ނުވަތަ ގޭކުރިމަތީގައި ހުންނަ ފަޅުގެއެއްގެ ގާތަށްކަމަށާއި، ފުލުހުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 316471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
0)
2015/HC-A/141
5
ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
4
ދޮރުމަތިން ފިޔަވައި އިތުރުތާކުން އޭނާ ފެނިފައެއް ނޯންނާނެކަމަށާއި އެއްވެސް ހާލެއްގައި ނޫވިލް ކިޔާ
ދެއްގެ ގޯތިތެރެއިން އޭނާ ފެނިފައިނުވާނެކަމަށާއި އެގެޔަކީ ދަންނަވެސް ގެއެއްނޫންކަމަށް، މުލަކަތޮޅު
މުލަކު މެޖިސްޓްރޭޓް ކޯޓަށް 11 މާރޗް 2014 ގައި އޭނާ ދީފައިވާ ބަޔާނަށް ބެލުމުން އެނގެން
އޮންނަކަމާއި، އެދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ލާންސް ކޯޕްރަލް ޙުސައިން އާދަމާއި، ޕޮލިސް ލާންސް ކޯޕްރަލް އިބްރާހިމް ޒަކީއާއި ޕޮލިސް
ކޮންސްޓަބަލް މުޙައްމަދު ނަޢީމް، ހުށަހަޅާފައިވާ ކަމާއި އޭގެ ތެރެއިން މުލަކު މެޖިސްޓްރޭޓް ކޯޓަށް
ޙާޟިރުކުރެވުނު ލާންސް ކޯޕްރަލް ޙުސައިން އާދަމް (ތ. ވިލުފުށީ ކަނބިލިގެ) 12 މާރޗް 2014 ގައި
ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނަށް ބަލާއިރު، އެމައްސަލައިގައި ޢާޠިފް އަޙްމަދު
ހައްޔަރުކުރެވިފައިވަނީ ސީދާ ތަނަކުން ބުނާކަށް ހަނދާނެއް ނެތްކަމަށާއި، ނަމަވެސް އޭނާ
އިކުރެވިފައިވަނީ އޭނާގެ ގެކައިރީގައި ހުއްޓާނޫންކަމަށާއި، މ. މުލަކު ނޫވިލް ގެއަކީ ޢާޠިފް އަޙްމަދު
ބަންދުކޮށްފައިހުރި ފިނިފެންމާގެއާ ކިހާ ދުރުމިނެއްގައި ހުރި ސީދާ ބުނަން ނޭނގޭކަމަށާއި،
ނަމަވެސް ނޫވިލް ގެއަކީ ފިނިފެންމާގެ ހުންނަ މަގުގައި ހުންނަ ގެއެއްނޫންކަމަށާއި، އެގެ ހުންނަނީ އެހެން
މަގެއްގައި ކަމަށާއި، ޢާޠިފް އަޙްމަދު ހައްޔަރުކުރެވިފައިވަނީ ނޫވިލް ގެއިންކަމަށާއި އޭނާ ހައްޔަރުކުރުމަށް
ޙުސައިން އާދަމް ދިޔަކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
! ހ 831 މ 8
ކޮންތަނަ
ހއ 332
4
040އP
8
(ށ) ދެވަނަ ކަމަކީ: އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި،
ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހެއްކަމުގައި ބެލުމުގެ ޙައްޤު، ކުށެއް ކުރިކަމުގެ
ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްވެސް ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
ބަޔާންކޮށްފައިވާކަމާއި، ޖިނާއީ މައްސަލަތައް ނިންމުމުގައި ޤާނޫނީ ޤަރީން ފިޔަވައި، ވަކިހެކިތަކަކަށް ނުވަތަ
ދަލީލުތަކަކަށް ބުރަވުން ފަނޑިޔާރުންގެ މައްޗަށް ލާޒިމްވެގެން ނުވާކަމަށާއި، ހުށަހެޅޭ ދަލީލުތަކުގެ ތެރެއިން
ފަނޑިޔާރަށް ޤަބޫލުކުރެވޭ ދަލީލުތަކާއި އެދަލީލުތަކުން ކުރެވޭ އިސްތިންތާޖުތަކުގެ މައްޗަށް
»e
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2015/HC-A/141
6
ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
ce O
52
ޔަޤީނާ ގާތްކުރާ މިންވަރަކަށް އިޤުތިޞާޢު (convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ
މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމީ އިސްތިޤުރާރުވެފައިވާ ޖިނާއީ މައްދައެއްކަން ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 34/SC
-
A/2011 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި،
ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު ފިޔަވައި، އެހެން
އިޢުތިރާފުތަކަކީ ހެއްކެއްކަމުގައެއް ނުބެލެވޭނެކަމަށް ޤާނޫނުއަސާސީގެ ވަނަމާއްދާގައި
ބަޔާންކޮށްފައިވާއިރު، ދައުލަތުން މ. މުލަކު/ ފިނިފެންމާގޭ، ޢާޠިފް އަޙްމަދުގެ މައްޗަށް އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާކޮށްފައިވަނީ އޭނާގެ މައްޗަށް ސާބިތުވި ވައްކަމުގެ ކުށުގެ މައްސަލައެއްގެ
ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ޢާރިފް އަޙްމަދު ގޭގައި ބަންދު ކޮށްފައިވަނިކޮށް، 06 އޮގަސްޓް 2013
ވަނަ ދުވަހުގެ 14:50 އެހާކަންހާއިރު ޢާޠިފް އަޙްމަދު ގެއިން ބޭރަށް ނުކުމެއުޅެފައިވާތީކަން ދަޢުވާގެ
ޓީޝާއަށް ބެލުމުން އެނގެން އޮންނައިރު، 06 އޮގަސްޓް 2013 ވަނަ ދުވަހުގެ 14:50 އެހާކަންހާއިރު
ގެއިން ބޭރަށް ނުކުމެފައެއް ނޯންނާނެކަމަށް ބުނެ އެ ދަޢުވާގެ އަޞްލަށް ޢާޠިފް އަޙްމަދު އިންކާރު
ކޮށްފައިވާކަން އެނގޭކަމާއި، އޭނާ ގޭގައި ބަންދުކޮށްފައި ވަނިކޮށް ގެއިން ބޭރަށް ނުކުމެ އުޅޭކަން އޭނާ
ދީފައިވާ ބަޔާނުން އެނގެން އޮތް ނަމަވެސް، އެދަޢުވާގައި ބުނާ ދުވަހު ގެއިން ބޭރަށް ނުކުމެ އުޅުނުކަމަށް
ޢާޠިފް އަޙްމަދުގެ ޞައްޙަ އިޢުތިރާފެއް ލިބިފައިނުވާކަން އެނގެން އޮންނަކަމެވެ.
OC
(ނ) ތިންވަނަ ކަމަކީ: އިސްތިޢުނާފު ކުރެވިފައި މިވާ މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2013/K4C/76 ޤަޟިއްޔާގައި މ. މުލައް ފިނިފެންމާގޭ، ޢާޠިފް އަޙްމަދުގެ މައްޗަށް
އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ހުށަހެޅުމުން އެދަޢުވާގެ އަޞްލަށް އޭނާ
އިންކާރުކޮށްފައިވާކަމާއި، 06 އޮގަސްޓް 2013 ވަނަ ދުވަހުގެ 14:30 އެހާކަންހާއިރު ޢާޠިފް އަޙްމަދު
ގެއިން ބޭރަށް ނުކުމެއުޅުނު ކަމަށް އޭނާގެ ޞަރީޙަ އިޢުތިރާފު ލިބިފައިނުވާކަން އެނގޭއިރު،
އިޢުތިރާފުން ދައުލަތުން ކުޅި ދަޢުވާ ސާބިތުވާކަމަށް އިސްވެބުނެވުނު ޤަޟިއްޔާގައި ޙުކުމް ކުރައްވާފަބިނީ
ރީނާގެ
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2015/HC-A/141
7
ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
5 23
ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމުން، އަދި އެޤަޟިއްޔާގައި ދައުލަތުގެ ފަރާތުން
ހުށަހެޅި ހެކިންގެ ތެރެއިން ޝަރީޢަތަށް ޙާޟިރުކުރެވިފައިވަނީ އެންމެ ހެއްކަކަމަށްވެފައި އޭނާގެ
ހެކިބަހުގެ މައްޗަށް ބިނާކޮށް ދައުލަތުން ޢާޠިފް އަޙްމަދުގެ މައްޗަށް ކޮށްފައިވާ އަމުރަށްނުކިޔަމަންތެރިވުމުގެ
ކުށުގެ ދަޢުވާ ސާބިތުނުވާތީ، އެދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިން ދަށު ކޯޓަށް
ޙާޟިރުކޮށް ހެކިބަސް ނަންގަވައި ޝަރުޢީ އުސޫލުން އެހެކި ވަޒަންކުރައްވައި މި މައްސަލަ އަލުން
ބައްލަވައި ފައިސަލާ ކުރަނިވި ޙުކުމެއް ކުރަންޖެހޭކަމަށް ޤަބޫލުކުރެވޭކަމެވެ.
ހު
މ. މުލައް
އެހެންކަމުން ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ،
މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/K4C/76 ޤަޟިއްޔާގައި
ފިނިފެންމާގޭ، ޢާޠިފް އަޙްމަދުގެ މައްޗަށް ދައުލަތުން ކުޅަ، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ
އޭނާގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާކަމަށް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ނުވާތީ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް، އެދަޢުވާ
ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހެކިންގެ ހެކިބަސް ޝަރީޢަތުން ނަންގަވައި، ހެކި
ޝަރުޢީ އުޞޫލުން ވަޒަންކުރައްވައި، މި މައްސަލަ މަޢުޟޫޢީ ގޮތުން އަލުން ބައްލަވައި ފައިސަލާކުރަނިވި
ޙުކުމެއް ކުރެއްވުމަށްޓަކައި ދަށު ކޯޓަށް މި މައްސަލަ ތަހްލީލް ކުރަންޖެހޭ ކަމަށެވެ.
ޙުކުމް
ދެންފަހެ، އިސްވެބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު،
މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/K4C/76 ޤަޟިއްޔާގައި މ. މުލައް
ފިނިފެންމާގޭ، ޢާޠިފް އަޙްމަދުގެ މައްޗަށް ދައުލަތުން ކުޅަ، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް: 316471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2015/HC-A/141
8
ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
و مشتری
އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
އެއްގޮތަށް ކަމަށް ނުވާތީ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް، މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2013/K4C/76 ޤަޟިއްޔާގައި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލު) ގެ ފަރާތުން
ކޮށްފައިވާ ދަޢުވާ ސާބިތުކުރުމަށްޓަކައި ދަށު ކޯޓަށް ހުށަހެޅި ހެކިންގެ ހެކިބަސް ޝަރީޢަތުން ނަންގަވައި،
މި މައްސަލައިގައި ލިބިފައިވާ ހެކި ޝަރުޢީ އުސޫލުން ވަޒަންކުރައްވައި، މި މައްސަލަ މަޢުޟޫޢީ ގޮތުން
އަލުން ބައްލަވައި ފައިސަލާކުރަނިވި ޙުކުމެއް ކުރެއްވުމަށްޓަކައި ޤާނޫނުނަންބަރު
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަމާއްދާގެ (ށ) ގެ ދަށުން މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް
ކޯޓަށް އެމައްސަލަ ތަހްލީލުކޮށް، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
22/2010
ޖެހިރާއް
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv