ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/21 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2015/HC-A/21
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 21/HC
-
A/2015
• އިސްތިއުނާފު ކުރިފަރާތް:
* ނަން: އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 830
/
2007-C
މިހާރުގެ އެޑްރެސް: -
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޢަލީ އަޙްސަން
އައިޑީ ކާޑު ނަންބަރު: A012072
ދާއިމީ އެޑްރެސް: މ.ލިސްމާޓާ/ ކ.މާލެ
މިހާރުގެ އެޑްރެސް: މ.ލިސްމާޓާ/ ކ.މާލެ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 29 ރަބީޢުލްއައްވަލު 1436
ނިމުނު ތާރީޚް 09 ރަމަޟާން 1437
ޖޫން
20 ޖަނަވަރީ
2015
14
2016
0
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު
(1009/MC/2010)
460/Cv-C/2010
O
ޤަޟިއްޔާގެ ބާވަތް: މަދަނީ މައްސަލަ
• ނިންމެވި ކޯޓް: ސިވިލް ކޯޓު
މައްސަލަބެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު: ޢަބްދު
ދިނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތު
2015/HC-A/21
و مری
ދަޢުވާގެ ޚުލާޞާ
ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
460
/
Cv
-
C/1009) ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފު ކޮށްދިނުން
އެދި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މ. ލިސްމާޓާ މާލެ، ޢަލީ އަޙްސަންއެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
-01
(1009/MC/2010) 460/Cv-C/2010
0
2 ބ 02
ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤާޟީއްޔާއަކީ، ލިސްމާޓާ މާލެ ޢަލީ އަޙްސަން،
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ވަޒީފާ ޤަވާޢިދުން އަދާކުރަމުންދަނިކޮށް ޙަޤީޤަތާއި ޚިލާފު
ދޮގު އިލްޒާމުތަކެއް ޢަލީ އަޙްސަންގެ ބޮލުގައި އަޅުވައި އަދި ޢަލީ އަޙްސަނަކީ މަސައްކަތަށް ފަރުވާކުޑަ
މީހެއްކަމަށާއި، އަދި ޢަލީ އަޙްސަނަށް އެކުންފުނިން ލިޔުމުން ނުވަތަ އަނގަބަހުންވިޔަސް އެއްވެސް
ނަޞޭޙަތެއް އަދި އިންޒާރެއް އަދި ނޯޓިސްއެއް ދީފައިނުވާއިރު، އެކުންފުނިން ޢަލީ އަޙްސަނަށް ލިޔުމުން
ނަޞޭޙަތާއި އިންޒާރާއި އަދި ނޯޓިސްދީފައިވާކަމަށް ބުނެ ޢަލީ އަޙްސަން، އައިލެންޑް އޭވިއޭޝަން
ސަރވިސަސް ލިމިޓެޑްގެ ޕައިލެޓެއްގެ ވަޒީފާއިން ވަރަށް ކުއްލިގޮތެއްގައި ވަކިކޮށްފައިވާތީ، އެކުންފުނިން
ބުނާ އިންޒާރު ނޯޓިސް ތަކުގެ ލިޔުންތައް ޝަރީޢަތުން ލިބިދެއްވައި، އަދި ޢަލީ އަޙްސަން ވަޒީފާ
އަދާކުރިގޮތުގެ ރެކޯޑަށް ހުތުރު ނަންލިބޭގޮތަށް އެކުންފުނިން ލިޔުންތަކުގައި ޙަޤީޤަތާ ޚިލާފަށް ޢަލީ
އަޙްސަނާ ބެހޭގޮތުން
ގޮތުން ލިޔެފައިވާ ޙަޤީޤަތާއި ޚިލާފު ވާހަކަތައް ޙަޤީޤަތާއި އެއްގޮތަށް އިޞް
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޢަލީ އަޙްސަން
ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގެން އޮންނަކަމާއި،
009 92 0
*2
އެމައްސަލާގައި ނިންމަވާފައިވަނީ "ދެންފަހެ، އިސްވެދިޔަ ބަޔާންކުރެވުނު ސަބަބުތައް
އެގޮތަށް ހުރުމާއެކު، ލިސްޓާމާ! މާލެ ޢަލީ އަޙްސަން، އައިލެންޑް އޭވިއޭޝަން ސަރވިސަސް
ލިމިޓެޑްގެ ވަޒީފާ ޤަވާޢިދުން އަދާކުރަމުންދަނިކޮށް ޙަޤީޤަތާއި ޚިލާފު ދޮގު އިލްޒާމުތަކެއް ޢަލީ އަހްސަންގެ
ބޮލުގައި އަޅުވައި އަދި ޢަލީ އަޙްސަނަކީ މަސައްކަތަށް ފަރުވާކުޑަ މީހެއްކަމަށާއި، ޙާޟިރީއަށް ފަރުވާއްޑުޓްގެ ދަމާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: B16471 *
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު "
2015/HC-A/21
و مری
ދެވެ
މީހެއްކަމަށާއި، އަދި ޢަލީ އަޙްސަނަށް އެކުންފުނިން ލިޔުމުން ނުވަތަ އަނގަބަހުންވިޔަސް އެއްވެސް
ނަސޭޙަތެއް އަދި އިންޒާރެއް އަދި ނޯޓިސްއެއް ދީފައިނުވާއިރު، އެކުންފުނިން ޢަލީ އަޙްސަނަށް ލިޔުމުން
ނަސޭހަތާއި އިންޒާރާއި އަދި ނޯޓިސްދީފައިވާކަމަށް ބުނެ ޢަލީ އަޙްސަން، އައިލެންޑް އޭވިއޭޝަން
ސަރވިސް ލިމިޓެޑްގެ ޕައިލެޓެއްގެ ވަޒީފާއިން ވަރަށް ކުއްލިގޮތެއްގައި ވަކިކޮށްފައިވާތީ، އެކުންފުނިން ޢަލީ
އަޙްސަނަށް ވަޒީފާއިން ވަކިކުރުމަށް ދީފައިވާކަމަށް އެކުންފުނިން ބުނާ އިންޒާރު ނޯޓިސް ތަކުގެ ލިޔުންތައް
ޝަރީޢަތުން ލިބިދެއްވައި، އަދި ޢަލީ އަޙްސަން ވަޒީފާ އަދާކުރިއިރު ޙާޟިރީއަށް ފަރުވާކުޑަ ކޮށްފައި
ނުވާނެތީ، ޙާޟިރީ ކޮޕީއެއް ޝަރީޢަތުން ލިބިދެއްވައި އަދި ޢަލީ އަޙްސަން ވަޒީފާ އަދާކުރިގޮތުގެ ރެކޯޑަށް
ހުތުރުނަން ލިބޭގޮތަށް އެކުންފުނިން ލިޔުންތަކުގައި ޙަޤީޤަތާ ޚިލާފަށް ޢަލީ އަޙްސަނަކީ ޙާޟިރީއަށް
ފަރުވާކުޑަ މީހެއްކަމަށާއި، މަސައްކަތަށް ފަރުވާކުޑަ މީހެއްކަމަށް ބަޔާންކޮށް ޢަލީ އަޙްސަނާ ބެހޭގޮތުން
ލިޔެފައިވާ ޙަޤީޤަތާއި ޚިލާފު ވާހަކަތައް ޙަޤީޤަތާއި އެއްގޮތަށް އިޞްލާޙުކުރުމަށް އައިލެންޑް އޭވިއޭޝަން
ސަރވިސަސް ލިމިޓެޑްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޢަލީ އަޙްސަން، އައިލެންޑް އޭވިއޭޝަން
ސަރވިސަސް ލިމިޓެޑްގެ ވަޒީފާއިން ވަކިކޮށްފައިވަނީ، އައިލެންޑް އޭވިއޭޝަން ލިމިޓެޑްގެ ޕައިލެޓުންގެ
ވަޒީފާއާއި ބެހޭ އެއްބަސްވުމުގައިވާ އިޖްރާއަތުތައް ފުރިހަމަ ކޮށްފައިކަން ދަޢުވާލިބޭ އައިލެންޑް އޭވިއޭޝަން
ސަރވިސަސް ލިމިޓެޑަށް ސާބިތު ކޮށްދެވިފައިނުވާތީ
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގައި ޢަލީ އަޙްސަން ވަޒީފާ އަދާކޮށްފައިވާ
ގޮތުގެ ޙާޟިރީގެ ކޮޕީއެއް ޢަލީ އަޙްސަނަށް މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ޙަވާލުކުރުމަށާއި،
ޢަލީ އަޙްސަން ވަޒީފާ އަދާކުރިގޮތުގެ ރެކޯޑަށް ހުތުރު ނަންލިބޭގޮތަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް
ލިމިޓެޑުގެ ލިޔުންތަކުގައި ޢަލީ އަޙްސަނާ ބެހޭގޮތުން ލިޔެފައިވާ ޙަޤީޤަތާއި ޚިލާފު ވާހަކަތައް އުނިކޮށް،
އެލިޔުންތައް އިސްލާޙުކޮށް، މިއަދުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، ވަޒީފާއިން ވަކިވާ
މީހުންނަށްދޭ އެންމެހާ ލިޔުންތައް ޢަލީ އަޙްސަނަށް ޙަވާލުކުރުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް
ލިމިޓެޑަށް އަންގައި ޙުކުމްކޮށްފީމެވެ. " މިފަދައިންނެވެ.
OXO
(1009/MC/2010) 460/Cv-C/2010
02- ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުން އެދި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ފަރާތުން 04 (ހަތަރެއް)
ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން
ހުށަހެޅި:
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާރީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:b421
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތު
2015/HC-A/21
کی مری متمي ب
· 3
• ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފް މައްސަލަ ރައްދުވާ ފަރާތުން ސިވިލް ކޯޓަށް
ހުށަހެޅި މައްސަލައިގެ ސްޕާގައި އެދިފައިނުވާ ކަންކަމުގެ މައްޗަށް ސިވިލް ކޯޓުން ނިންމުން
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، އިސްތިއުނާފް މައްސަލަ ރައްދުވާ ފަރާތުން ސިވިލް ކޯޓަށް
ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކަންހިނގާފައިވާ ގޮތް ކަށަވަރުކޮށްދީފައިވާ ގޮތާއި، މައްސަލާގައި ހިމެނޭ
ބައެއް ޙަޤީޤަތްތަކާމެދު ރަނގަޅަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރެއްވުމަކާ ނުލައި ސިވިލް ކޯޓުން
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
2 2x 22
• ތިންވަނަ ނުކުތާއަކީ، އިސްތިއުނާފް މައްސަލަ ހުށަހަޅާ ފަރާތަކީ،
ންފުންޏެއްކަމަށްވެފައި، ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ބުނެފައިވާ
ގޮތުން ކުންފުނިން ޢަމަލުކުރަންޖެހެނީ އެކުންފުންޏެއްގެ ހިންގާ ޤަވާޢިދާއި އަސާސީ ޤަވާޢިދާއި އަދި
ކުންފުނީގެ ސިޔާސަތުތަކާ ގޮތުގެ މަތިން ކަމަށްވާއިރު، ސަރުކާރުން ސަރުކާރުގެ
މުވައްޒަފުންނާގުޅޭ ގޮތުން ޢަމަލުކުރަމުން ގެންދާ އުޞޫލުތަކާ އެއްގޮތަށް އިސްތިއުނާފް މައްސަލަ ހުށަހަޅާ
ފަރާތުންވެސް ޢަމަލުކުރަންވާނެކަމަށް ދޭހަވާ ގޮތަށް ސިވިލް ކޯޓުން ނިންމުން ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
OXO
ހަތަރުވަނަ ނުކުތާއަކީ، މުވައްޒަފުގެ ރެކޯޑުތައް ބެލެހެއްޓުމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ
ވަޒީފާއާބެހޭ ޤަވާޢިދު 2006 ގައި ޢަމަލުކުރުމަށް ލާޒިމްކޮށްފައިނުވާ ކަމެއް ކޮށްފައިނެތުމަކީ، ވަޒީފާއިން
މީހަކު ވަކިކުރުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއާތު ފުރިހަމަ ނުކުރުން ކަމަށް ބެލެވެން ނެތުންކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
(1009/MC/2010) 460/Cv-C/2010
03- ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ
ބޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2015/HC-A/21
5 ޤަޟިއްޔާ ނިމުނު
تم میری
ދެވެ
އިސްތިއުނާފުކޮށްދިނުން އެދި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު
ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
OXUC
(ހ) ފުރަތަމަކަމަކީ، ޢަލީ އަޙުސަންގެ ފަރާތުން އައިލެންޑް އޭވިއޭޝަން ސަރވިސަސް
ލިމިޓެޑުގެ މައްޗަށް ރައްދުވާގޮތަށް ސިވިލްކޯޓުގައި އުފުލާފައިވާ ދަޢުވާގެ ސީޔޯއަށާއި އަދި ސިވިލް ކޯޓުގެ
ނަންބަރު 2010/Cv
-
C/460 ޤަޟިއްޔާގައި ބެލިފައިވާ މައްސަލައަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު
2010/Cv
-
C/460 ޤަޟިއްޔާއިން ބެލެވުނު މައްސަލައަކީ، އައިލެންޑް އޭވިއޭޝަން ސަރވިސަސް
ލިމިޓެޑް (އައިލެންޑް އޭވިއޭޝަން) ގެ ޕައިލެޓެއްގެ ވަޒީފާގެ ޒިންމާތައް ޢަލީ އަހްސަން އަދާކުރަމުން
ދަނިކޮށް އަދި ޤަވާޢިދުން ވަޒީފާއަށް ނިކުންނަމުން ދަނިކޮށް، ހަޤީޤަތާ ޚިލާފު ދޮގު އިލްޒާމުތަކެއް އަލީ
އަހްސަން ގެ ބޮލުގައި އަޅުވައި އަލީ އަޙްސަން ވަޒީފާއިން ވަކިކޮށްފައިވާތީ އައިލެންޑް އޭވިއޭޝަނުން
ދިންކަމަށް ބުނާ އިންޒާރު ނޯޓިސް ތަކުގެ ލިޔުންތައް ޝަރީޢަތުން ޢަލީ އަޙްސަނަށް ލިބިދެއްވައި، އަދި
ޢަލީ އަޙްސަން ވަޒީފާ އަދާކުރިގޮތުގެ ރެކޯޑަށް ހުތުރު ނަންލިބޭގޮތަށް އައިލެންޑް އޭވިއޭޝަނުގެ
ލިޔުންތަކުގައި ލިޔެފައިވާ ޙަޤީޤަތާއި ޚިލާފު ވާހަކަތައް ޙަޤީޤަތާއި އެއްގޮތަށް އިޞްލާޙުކުރުމަށް އައިލެންޑް
އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅުމުން ބެލުނު
މައްސަލައެއްކަން އެނގެން އޮތްއިރު، މިމައްސަލައިގައި ސިވިލް ކޯޓުން ޙުކުމް ކުރައްވާފައިވަނީ، އައިލެންޑް
އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގައި ޢަލީ އަޙްސަން ވަޒީފާ އަދާކޮށްފައިވާ ގޮތުގެ ޙާޟިރީގެ ކޮޕީއެއް
ޢަލީ އަޙްސަނަށް މައްސަލައިގެ ޙުކުމްކުރާ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ޙަވާލުކުރުމަށާއި، ޢަލީ
އަޙްސަން ވަޒީފާ އަދާކުރިގޮތުގެ ރެކޯޑަށް ހުތުރު ނަންލިބޭގޮތަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް
ލިމިޓެޑުގެ ލިޔުންތަކުގައި ޢަލީ އަޙްސަނާ ބެހޭގޮތުން ލިޔެފައިވާ ޙަޤީޤަތާއި ޚިލާފު ވާހަކަތައް އުނިކޮށް،
އެލިޔުންތައް އިސްލާޙުކޮށް، މައްސަލައިގެ ޙުކުމްކުރާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ
ތެރޭގައި، ވަޒީފާއިން ވަކިވާ މީހުންނަށްދޭ އެންމެހާ ލިޔުންތައް ޢަލީ އަޙްސަނަށް ޙަވާލުކުރުމަށް އައިލެންޑް
އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް އަންގައި ޙުކުމްކޮށް އެފަދައިންކަން އެނގެން އޮތުމުން،
މިމައްސަލައިގައި ސިވިލް ކޯޓުން ގޮތެއް ކަނޑައަޅުއްވާފައިވަނީ ޢަލީ އަޙްސަންގެ ދަޢުވާގެ ސީޣާ އެދިފައިވާ
ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށްގެންކަން އެނގެން އޮންނަ ކަމެވެ.
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް*
11
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4 43
=32
2015/HC-A/21
6 ޤަޟިއްޔާ ނިމުނު ގޮ
می هرکی
4 22
(ނ) ދެވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ޢަލީ އަޙްސަންގެ ފަރާތުން ދަށުކޯޓުގައި
ހުށަހެޅި ބަޔާންތަކަށާއި، ދަޢުވާގައި އެދިފައިވާ ކަންކަމުގެ މައްޗަށް ޖުމްލަގޮތެއްގައި ބަލާއިރު، ޢަލީ
އަޙްސަންގެ ފަރާތުން ބޭނުންވީ އޭނާ އައިލެންޑް އޭވިއޭޝަން ސަރވިސްގައި އަދާކުރަމުން ދިޔަ ވަޒީފާއިން
ވަކިކުރި ސަބަބުކަމަށް އައިލެންޑް އޭވިއޭޝަނުން ބަޔާންކުރާ ސަބަބު ސައްޙަ ނޫންކަން ހާމަކުރަންކަން
އެނގޭކަމާއި، މުވައްޒަފަކު ވަޒީފާއިން ވަކިކުރާކުރުމުގައި އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ
ކޮބައިކަމާއި އަދި ވަޒީފާއިން ވަކިކުރި އެސަބަބަކީ ވަޒީފާއިން ވަކިކުރަން އެކަށީގެންވާފަދަ ސަބަބެއްކަން
ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ ވަޒީފާދޭ ފަރާތަކުންކަން ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅައިފައިވާ
ޢާއްމު އުޞޫލުތަކުގެ މައްޗަށް ބެލުމުން އެނގެން އޮންނަކަމާއި، މިގޮތުން ޢަލީ އަޙްސަން ވަޒީފާއިން ވަކި
ކުރި ޗިޓުގައި ޢަލީ އަޙްސަން ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މައިގަނޑު 4
ކަމެއްކަމާއި، އެއީ މަސައްކަތަށް ފަރުވާ ކުޑަކުރުން، ޙާޟިރީއަށް ފަރުވާ ކުޑަކުރުން، ތަފާތު އެކި ފަހަރު
މަތިން މިކަންކަން އިސްލާޙުކުރުމަށް ޢަލީ އަޙްސަނަށް އިންޒާރު ދެވިފައިވާއިރުވެސް އެކަންކަން
އިސްލާޙުނުކުރުން، ޗުއްޓީއަށް އެދި ޗުއްޓީ ހަމަ ނުޖެހެނީސް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުންކަން
އެނގެން އޮންނައިރު، ޢަލީ އަޙްސަންގެ ފަރާތުން ދަޢުވާ ހުށަހަޅާފައިވަނީ މިކަންކަން އެގޮތުގައި
ހިނގާފައިވާކަމަށް އިންކާރުކޮށް މިކަންކަން އެގޮތުގައި ހިނގާފައި ނުވާނޭކަން ބަޔާން ކޮށްދިނުމުގެ ގޮތުން
އަދި ޢަލީ އަޙްސަނާއި މެދު ކުރިން އެޅިފައިވާ ފިޔަވަޅުތަކަކީ ކޮބައިކަން އެނގުމުގެ ބޭނުމުގައި ޢަލީ
އަޙްސަން ވަޒީފާއިން ވަކިކުރުމުގެ ކުރިން ދީފައިވާކަމަށް އައިލެންޑް އޭވިއޭޝަނުންބުނާ އިންޒާރުގެ
ލިއުންތަކާއި، ޢަލީ އަޙްސަން ވަޒީފާއަދާކުރިއިރު ޙާޟިރީއަށް ފަރުވާ ކުޑަކޮށްފައިނުވާނެތީ ޙާޟިރީގެ
ކޮޕީއެއް ޝަރީޢަތުން ލިބިދީ، ޢަލީ އަޙްސަނާއި މެދު ލިޔެފައިވާ ޙަޤީޤަތާއި ޚިލާފު ވާހަކަތައް ޙަޤީޤަތާއި
އެއްގޮތަށް އިސްލާޙުކުރުމަށް ކަން އެނގެން އޮތްއިރު، ޢަލީ އަޙްސަން ލިބިގަތުމަށް އެދިފައިވާ އެލިޔުންތައް
ބެލުމާއި އެލިޔުންތަކުން ޢަލީ އަޙްސަންގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަން އެގޮތުގައި ފެންނަންނެތްނަމަ
އެކަންކަން އިސްލާޙުކުރެވުމުގެ ޙައްޤަކީ ޢަލީ އަޙްސަނަށް ލިބި އޮންނާނެ ޙައްޤެއްކަން އެނގޭކަމެވެ.
4 22
(ނ) ތިންވަނަކަމަކީ، ޢަލީ އަޙްސަން ވަޒީފާއިން ވަކިކުރެވުނީ ޢަލީ އަޙްސަންގެ
މަސައްކަތަށް ފަރުވާ ކުޑަކުރާތީއާއި، ޙާޟިރީއަށް ފަރުވާ ކުޑަކުރާތީ ތަފާތު އެކި ފަހަރު މަތިން މިކަންކަން
އިސްލާޙުކުރުމަށް ޢަލީ އަޙްސަނަށް އިންޒާރު ދެވިފައިވާއިރުވެސް އެކަންކަން އިސްލާޙުނުކޮށްގެންކަމަށް ބުނެ
އެސަބަބުތައް ބަޔާންކުރުމަށްފަހުގައި ކަން އައިލެންޑް އޭވިއޭޝަނުން ޢަލީ އަޙްސަން ވަޒީފާއިން ވަކިކުރުމަށް
ފޮނުވުނު ނޯޓިސްގައި ބަޔާންކޮށްފައިވީ ނަމަވެސް ޢަލީ އަޙްސަން މަސައްކަތަށް ފަރުވާކުޑަކޮށްގެން ނުވަތަ
ދިވެހިރާއްޖެ
]
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 336471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2015/HC-A/21
کیم محترمب
7 ޤަޟިއްޔާ ނިމުނު "
ޙާޟިރީއަށް ފަރުވާ ކުޑަކޮށްގެންކަމަށް ބުނެ އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން އެއްވެސް އިންޒާރެއް
ދެވިފައިވާކަން އައިލެންޑް އޭވިއޭޝަން ސަރވިސް އަށް ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ސާބިތުކޮށްދެވިފައިނުވާކަން އެނގެން އޮންނަކަމާއި، މިހެންކަމުން ސިވިލް ކޯޓުން މިމައްސަލަ ބަލައި ޙުކުމް
ކޮށްފައިވަނީ މައްސަލައާ ގުޅިގެން ކަންހިނގާފައިވާ ގޮތް ކަމަށް ބުނެ ހުށަހެޅި ގޮތާއި، މައްސަލާގައި ހިމެނޭ
ބައެއް ޙަޤީޤަތްތަކާމެދު ރަނގަޅަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރެއްވުމަކާއި ނުލައިކަމުގައި
2
22
2
24 ތ * 4
wރނނކމެވެ.
460/Cv-C/2010
(1009/MC/2010)
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް
ސަބަބެއް ފެންނަންނެތްކަމަށެވެ
ސިވިލް ކޯޓުގެ
(1009/MC/2010) 460/Cv-C/2010
އިސްވެދިޔަ ސަބަބުތައް
އެފަދައިން
ހުރުމުން،
ނަންބަރު
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް
އިސްތިއުނާފުކުރުމަށް އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ
މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަޖެހޭނެ ތަނެއް
ނެތްކަމަށް މިޤަޟިއްޔާބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި
އެގޮތުގެ މަތީން ޙުކުމްކޮށްފީމެވެ.
رمل فرما کر
ދިވެހިރާއްޖޭގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv