ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/108 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/108
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
SS
می کے"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 108/HC-A/2016
އިސްތިއުނާފުކުރި ފަރާތް:
0
* ނަން: އަޙުމަދު ޝަމީމް
ދާއިމީ އެޑްރެސް: ފ. މެރިންވިއު / ކ. މާލެ
މިހާރުގެ އެޑްރެސް: ފ. މެރިންވިއު / ކ. މާލެ
*
އައިޑީ ކާޑު ނަންބަރ: A035025
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ވަޙީދު
އައިޑީ ކާޑު ނަންބަރ: A027546
* ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 8540/ކ. މާލެ
* މިހާރުގެ އެޑްރެސް: މއ. ގިނަވެލި / ކ. މާލެ
L
ސްޓްރީކުރެވުނު ތާރީޚް: 26 ޖުމާދަލްއޫލާ 1437
09 މާރިޗު 2016
* ނިމުނު ތާރީޚް: 29 މުޙައްރަމް 1439
19 އޮކްޓޯބަރު 2017
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަން
ނަންބަރު، 2013/Cv
-
C/280
ނިންމެވިކޯޓު: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 2013-02-10 ނިމުނު ތާރީޚް: 2017-12-17
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޝުޖާޢު ޢުޘްމާން
(ރިޔާސަތު)
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/108
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/280 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ހ. މެރިންވިއު / ކ.މާލެ، އަޙްމަދު ޝަމީމް (އައިޑީ ކާޑު
ނަންބަރު: A035025)ގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި، އިސްތިއުނާފު
ރައްދުވާ ފަރާތަކީ ދަފްތަރު. ނަންބަރު 8540 . މާލެ، މުޙައްމަދު ވަޙީދު (އައިޑީ ކާޑު ނަން
ނަންބަރު:
++
A027546) އެވެ.
0
ވުނު ނުކުތާތައް:
46
01- އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/280
ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ދަފްތަރު. ނަންބަރު 8540 | މާލެ، މުޙައްމަދު
ވަޙީދު (ދިވެހިރައްޔިތެއްކަން އަންގައިދޭކާޑު ނަންބަރު: A027546) ގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ
އެމް.ޑަބްލިޔު.ޒެޑް ޓްރޭޑަރސް ފިހާރައިން މެރިންވިއު | އަހްމަދު ޝަމީމް ގެންގޮސްފައިވާ މުދަލުގެ އަގުގެ
ގޮތުގައި ދައްކަން ޖެހި ނުދައްކައި ހުރި -/
1,406,335ރ. (އެއްމިލިއަން ހަތަރުލައްކަ ހަހާސް ތިންސަތޭކަ
ތިރީސްފަސް ރުފިޔާ) ލިބިގަތުމަށް އެދި އަޙްމަދު ޝަމީމް ގެ މައްޗަށް މުޙައްމަދު ވަޙީދު ދަޢުވާކުރުމުން
ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ، އިސްވެފާހަގަކުރެވުނު
ނުކުތާތަކަށާއި، މިމައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށް،
މެރިންވިއު | މާލެ، އަހްމަދު ޝަމީމްގެ މައްޗަށް ދަފްތަރު ނަންބަރު 8540 | މާލެ، މުޙައްމަދު ވަޙީދު
(ދިވެހިރައްޔިތެއްކަން އަންގައިދޭކާޑު ނަންބަރު: A027546) ހުށަހަޅާފައިވާ މިމައްސަލައަށް ޝަރީޢަތުން
ބެލިއިރުގައި، މުޙައްމަދު ވަޙީދުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ އެމް.ޑަބްލިޔު.ޒެޑް ޓްރޭޑަރސް ފިހާރައިން
އަހްމަދު ޝަމީމް ގެންގޮސްފައިވާ މުދަލަށް -/
1,446,335ރ. (އެއްމިލިއަން ހަތަރުލައްކަ ހަހާސް ތިންސަތޭކަ
ތިރީސްފަސް ރުފިޔާ) ދައްކަންޖެހި ނުދެއްކިވާކަން މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް
ސާބިތުވާކަމަށް ކަނޑައަޅައި،
.ޢަޠީބޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޕްރީއްޑުގެ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/108
މިފައިސާ މުޙައްމަދު ވަޙީދަށް ލިބިދިނުމަށްޓަކައި މިއަދު 17 ޑިސެމްބަރ 2015 އިން
ފެށިގެން ކޮންމެ މަހަކު މަދުވެގެން އެމަހަކަށްޖެހޭ މިންވަރު މިކޯޓަށް ދައްކަމުންގޮސް، މިފައިސާ އެކުޓުމްލަ 06
ހައެއް) މަސްދުވަހުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާޞްކުރުމަށް އަޙްމަދު ޝަމީމަށް އަންގައި"
ޙުކުމްކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ނުވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓްގެ ނަންބަރު: 2013/Cv-C/280
ޤަޟިއްޔާގައި ޙުކުމްކުރުމާއި ގުޅިގެން ހ. މެރިންވިއު | ކ.މާލެ، އަޙުމަދު ޝަމީމް ގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: އިސްތިއުނާފްކުރެވިފައިވާ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓްގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3.2 ގައި، މުޙައްމަދު ވަޙީދުގެ ފަރާތުން ހޯދުމަށް އެދި ދަޢުވާކޮށްފައިވާ
ފައިސާއަށް އަޙްމަދު ޝަމީމް އެއްބަސްވެފައިވާކަމަށް ކަނޑައަޅުއްވައި، ދަޢުވާއަށް އަޙުމަދު ޝަމީމްގެ
އިޢުތިރާފް ލިބޭކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ، ސާބިތުކުރުމުގެ މިންގަނޑުތަކާ ޚިލާފަށް ކަމަށް ބުނެ
ހުށަހެޅި
* ދެވަނަ ނުކުތާއަކީ: މުދާ ގަތުމަށް އެކި ފަރާތްތަކާ އެކު ކުރެވޭ މުޢާމަލާތްތަކުގެ ދަށުން،
ފައިސާ ދޭން ގަންނަ ފަރާތުގެ މައްޗަށް ލާޒިމްކުރެވެނީ މުދާ ފޮނުވަން އެދުނުކަން އެނގޭނެ ލިޔުން (ޕާރޗޭސް
އޯޑަރ)، އަދި އެމު، ގަންނަ ފަރާތަށް ޙަވާލުކުރެވިފައިވާކަން އެނގޭނެ ލިޔުން (ޑެލިވަރީ ނޯޓް) އިން
ކަމަށްވާއިރު، ނުވަތަ މިދެންނެވި 2 ނުކުތާ އެހެން ގޮތަކުން ނަމަވެސް ޝަރީޢަތަށް ސާބިތުކުރެވިގެން
ކަމަށްވާއިރު، އެ ޤާނޫނީ އުސޫލާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: އިސްތިއުނާފްކުރެވިފައިވާ މައްސަލައިގައި ދަޢުވާލިބޭ މުޙައްމަދު
ވަޙީދަކީ ކަނޑައެޅިގެން ޝަރީޢަތުގެ މަޖިލީހަށް ދޮގު މަޢުލޫމާތު ހުށަހަޅާފައިވާ ފަރާތެއްކަން ސާބިތުވާން
އޮތްއިރު، "ބެލެންސް އޮފް ޕްރޮބަބްލިޓީ" ގެ ދަށުން މައްސަލަ ނިންމާފައިވާއިރު، އަޙުމަދު ޝަމީމްގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކަށް ބޮޑަށް ބުރަދަން ދޭންޖެހޭއިރު، އެކަމަށް ބެއްލެވުމެއްނެތި، މުޙައްމަދު ވަޙީދު
ހުށަހަޅާފައިވާ ދަޢުވާ ސާބިތުކުރުމުގެ ހެކި ހުށަހެޅުމަށް އެންގުމުގެ ބަދަލުގައި، މުޙައްމަދު ވަޙީދު އެދިފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/108
ގޮތުގެ މަތިން ސިވިލް ކޯޓުން ޙުކުމްކުރެއްވުމުގައި ޢަދުލުވެރިކަން ނެތިގޮސްފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
އ.
03- ސިވިލް ކޯޓްގެ ނަންބަރު: 2013/Cv
-
C/280 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް މެރިންވިއު | ކ.މާލެ، އަޙުމަދު ޝަމީމް ގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ޝަރީޢަތަށް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: އަޙުމަދު ޝަމީމް ގެ ފަރާތުން އިސްތިއުނާފު ކޮށްފައިމިވާ ސިވިލް
ކޯޓްގެ ނަންބަރު: 2013/Cv
-
C/280 ޤަޟިއްޔާގެ ކުރިން ހަމަ މި މުޢާމަލާތާއި ގުޅިގެން ހަމަ މިޢަދަދަށް
ފައިސާ ހޯދުމަށް މުޙައްމަދު ވަޙީދުގެ ފަރާތުން އަޙުމަދު ޝަމީމްގެ މައްޗަށް ކުރީގެ މަދަނީ ކޯޓުގައި ކުރި
ދަޢުވާއަކާއި ގުޅިގެން އެކޯޓުގެ ނަންބަރު: 2008/MC/434 ޤަޟިއްޔާ ބައްލަވައި ޙުކުމް ކުރައްވާފައިވާކަމާއި،
އެ ޤަޟިއްޔާގެ ޙުކުމުގައި، މި
-1,406,3351ރ. (އެއްމިލިއަން ހަތަރުލައްކަ ހަހާސް ތިންސަތޭކަ ތިރީސްފަސް
ރުފިޔާ) އަކީ، އަޙްމަދު ޝަމީމްގެ ފަރާތުން މުޙައްމަދު ވަޙީދު އަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް
ކަނޑައަޅުއްވައި، އެ ޤަޟިއްޔާގެ ޙުކުމް ކުރެއްވި ތާރީޚުން ފެށިގެން، އެމަހަކު ޖެހޭވަރު އެމަހަކު
އިންގޮސް، 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ޚަލާޞްކުރުމަށް އަޙުމަދު ޝަމީމް އަށް
ންގަވާ ޙުކުމް ކުރައްވާފައިވާކަމާއި،
އަދި މަދަނީ ކޯޓުގެ ނަންބަރު: 2008/MC/434 ޤަޟިއްޔާ، އަޙުމަދު ޝަމީމް ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 47/HC-A/2010
ޤަޟިއްޔާއިން އެޤަޟިއްޔާގެ އިސްތިއުނާފު ބައްލަވައި، މަދަނީ ކޯޓުގެ ނަންބަރު: 2008/MC/434
ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ކޮށްފައިވާ ދަޢުވާއަށް ގުޅުމެއް ނެތްގޮތުގައިކަމަށް ކަނޑައަޅުއްވައި އެ
ޤަޟިއްޔާގެ ޙުކުމް ބާޠިލް ކުރައްވާފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 47/HC-A/2010
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.
ދިއކޮމެންގެ
އިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
5
ފޯ ޟީއްޔާ
ހިމުނު ގޮތުގެ ޚުލާސާ
2016/HC-A/108
3.2- ދެވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު އަޙުމަދު ޝަމީމް ގެ ފަރާތުން
އިސްތިއުނާފު ކޮށްފައިވާ ސިވިލް ކޯޓްގެ ނަންބަރު: 2013/Cv-C/280 ޤަޟިއްޔާގައި މުޙައްމަދު ވަޙީދުގެ
ފަރާތުން ކޮށްފައިވާ ދަޢުވާގެ ޝޯގައި ވަނީ، "އަޅުގަނޑުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އެމް. ޑަބްލިޔު.
ޒެޑް. ޓްރޭޑާރސް ފިހާރައިން ދަޢުވާލިބޭ އަޙުމަދު ޝަމީމް ގެންގޮސްފައިވާ މުދަލުގެ އަގުގެ ގޮތުގައި މިއަދާއި
ހަމައަށް ދައްކަންޖެހި، ނުދައްކާއޮތް -/
1,406,335ރ. (އެއްމިލިއަން ހަތަރުލައްކަ ހަހާސް ތިންސަތޭކަ
ތިރީސްފަސް ރުފިޔާ)، ދަޢުވާލިބޭ އަޙުމަދު ޝަމީމް އަޅުގަނޑައަށް ދައްކާފައިނުވާތީ، މިބުނެވުނު
-/
1,406,335ރ. (އެއްމިލިއަން ހަތަރުލައްކަ ހަހާސް ތިންސަތޭކަ ތިރީސްފަސް ރުފިޔާ) އެކީ އެއްފަހަރާ
ހޯދުމަށް އަޙުމަދު ޝަމީމްގެ މައްޗަށް އަޅުގަނޑު ދަޢުވާކުރަމެވެ." މިފަދައިންކަމުގައި ފާހަގަކުރެވޭއިރު،
އެދަޢުވާއަށް ޖަވާބުދެމުން ސިވިލް ކޯޓުގައި އަޙުމަދު ޝަމީމް ގެ ފަރާތުން ދައްކާފައިވާ
ވާހަކައިގައި، މުޙައްމަދު ވަޙީދުގެ ފަރާތުން ކޮށްފައިވާ ދަޢުވާއަށް އިންކާރުކޮށް، މުޙައްމަދު ވަޙީދު އާއި އަޙުމަދު
ޝަމީމް އާއި ދެމެދު ދަޢުވާގައި ބަޔާންކޮށްފައިވާ މުޢާމަލާތާއި ގުޅިގެން އެއްބަސްވުމެއް ވެފައިވާނަމަ
އެއެއްބަސްވުމެއް ހުށަހެޅުމަށާއި، އަދި އޭގެ އިތުރުން މުޙައްމަދު ވަޙީދުގެ ފިހާރައިން މުދައު ފޮނުވައި ދިނުމަށް
އަޙުމަދު ޝަމީމް އެދިފައިވާކަން އެނގޭނެ ޕާޗޭސް އޯޑަރ ތަކާއި، އެމުދައު އަޙުމަދު ޝަމީމް އަށް
ރައްދުކުރެވިފައިވާކަން އަންގައިދޭ ޑެލިވަރީ ނޯޓުތައް ހުށަހެޅުމަށް އެދޭކަމަށް އަޙުމަދު ޝަމީމްގެ ފަރާތުން ބުނެ،
އެބީދައިން ޝަރީޢަތުގެ މަޖިލީސްތަކުގައި ވާހަކަ ދައްކާފައިވާއިރު،
މުޢާމަލާތާއި ގުޅިގެން އެންމެ ފުރަތަމަ ޝަރީޢަތުން ބައްލަވާފައިވާ މަދަނީ ކޯޓުގެ ނަންބަރު:
2008/MC/434 ޤަޟިއްޔާގައި އަޙްމަދު ޝަމީމް ދީފައިވާ ދެ ބަޔާނުގެ ތެރެއިން 17 މާރޗް 2008 ގެ
ބަޔާނުގައި، ".. ދަޢުވާގައި ހިމެނޭ ފައިސާއަކީ އަޅުގަނޑު ޙިއްޞާވާ ކުންފުންޏެއްކަމުގައިވާ ކަބީލް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ހިންގި "ޖާފަތް" ނަމަކަށް ކިޔާ ހޮޓަލަށް ގެންގޮސްފައިވާ ތަކެތީގެ
އަގުގެ ފައިސާއެވެ." މިފަދައިން ބުނެފައިވާކަމާއި،
އަދި މަދަނީ ކޯޓުގެ ނަންބަރު: 2008/MC/434 ޤަޟިއްޔާ ގައި އަޙުމަދު ޝަމީމް
25 މާރޗް 2008 ގައި ދީފައިވާ ބަޔާނުގައި، "އެމުދާ ހޮޓަލަށް ފޮނުވައިދިނުމަށް މުޙައްމަދު ވަޙީދުގެ ގާތުގައި
އެދުނީ އަޅުގަނޑާއި އަޅުގަނޑުގެ މުވައްޒަފުންގޮސް އަނގަބަހުންނެވެ. އޭރު އަޅުގަނޑު މިމުދަލަކީ
ކޮމްޕެނީއަކުން ޒިންމާވާ އެއްޗެއްކަމަށް މުޙައްމަދު ވަޙީދުގެ ގާތުގައި ބުނެފައެއް ނުވާނެއެވެ. އަޅުގަނޑު އެދުނީ
އިޓެކާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
[5
:
6ޖ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/108
I
!ޖާފަތް" ހޮޓަލަށް ތަކެތި ފޮނުވުމަށެވެ." އަދި ހަމަ އެބަޔާނުގައި، "މިތަކެތި ހޯދުމަށް ކޮމްޕެނީގެ ފަރާތުން
މުޙައްމަދު ވަޙީދަށް ލިޔުމެއް ފޮނުވާފައެއް ނުވާނެއެވެ. އަދި މުދާ ދިނުމަށް އެދުނުއިރު، މިކަމުގައި ޒިންމާވާނެ
ވަކިފަރާތެއްގެ ވާހަކަވެސް ދެކެވިފައެއް ނުވެއެވެ. މިފަދައިން ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އިސްވެ ޙަވާލާ ދެވުނު ދެ ބަޔާނުން ނަކަލުކުރެވުނު ޢިބާރާތްތަކަށް ބަލާއިރު، މުޙައްމަދު
ވަޙީދުގެ ދަޢުވާގައި ބަޔާންކޮށްފައިވާ ފިހާރައިން އަޙުމަދު ޝަމީމް ފަހުން ފައިސާ ދައްކާގޮތަށް މުދައު
ގެންގޮސްފައިވާކަމާއި، އެމުދައު ގެންދިޔައީ ލިޔެކިޔުމުން އެދިގެން ނޫންކަމާއި، އަދި މުދައު ލިބުމުންވެސް
މުދައު ލިބުނު ކަމުގެ މައްޗަށް އެއްވެސް ބާވަތެއްގެ ލިޔުމެއްލިޔެ ސޮއިކޮށްފައިނުވާކަމާއި، މުޢާމަލާތް
ކޮށްފައިވަނީ އަނގަބަހުންކަން އަޙުމަދު ޝަމީމްގެ ބަހުން ސާފުކޮށް އެނގޭކަމާއި،
އެހެންކަމުން މުޙައްމަދު ވަޙީދުގެ ދަޢުވާގައި ބުނެފައިވާ މުޢާމަލާތާއި ގުޅިގެން ދެފަރާތުގެ
ދެމެދުގައި އެއްބަސްވުމެއް ވެވިފައިވާނަމަ، އެ އެއްބަސްވުން ހުށަހެޅުމަށާއި، މުދަލާއި ގުޅިގެން އަޙުމަދު
ޝަމީމް ޕާޗޭސް އޯޑަރ ފޮނުވާފައިވާނަމަ އެތަކެތި ހުށަހެޅުމަށާއި، އަދި އަޙުމަދު ޝަމީމް އަށް މުދާ
ރައްދުކުރެވިފައިވާނަމަ، ޑެލިވަރީ ނޯޓުތައް ހުށަހެޅުމަށް އެދޭކަމަށް އަޙުމަދު ޝަމީމް ބުނެފައިވާ ބުނުމަކީ
އެތަކެތި ވުޖޫދުގައި ނުވާކަން އެނގިހުރެ ދައްކާފައިވާ ވާހަކައެއްކަން ފާހަގަކުރެވެއެވެ.
CCCC
01 0
3.3- ތިންވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާ އިސްތިއުނާފުކޮށްފައިވާ އަޙުމަދު
ޝަމީމުގެ ފަރާތުންނާއި އިސްތިއުނާފު ރައްދުވާ މުޙައްމަދު ވަޙީދުގެ ފަރާތުން ކޯޓަށް ހާޒިރުވުމަށްޓަކައި ބަދަލު
ހަމަޖައްސާފައިވާ ފަރާތްތައް ހާޒިރުކޮށް މިޤަޟިއްޔާގެ ޝަރީޢަތުގެ އަޑުއެ ބޭއްވުމުން، މައްސަލާގައި
ހިމެނޭ
މުނޭ ޚަޞްމުން ޝަޚުޞީގޮތުން ޝަރީޢަތަށް ހާޒިރުކޮށްފިނަމަ، މި ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ
މުޢާމަލާތުގެ ޙަޤީޤަތާ ހަމައަށް ވާޞިލުވެވި، މިމައްސަލާގައި އިންސާފު ޤާއިމްކުރުމުގެ މަގުފަހި ވެގެންދާނެކަމަށް
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް ފެނުނު ހިނދު، މައްސަލާގައި ހިމެނޭ އަޞްލު ދެފަރާތް ޞަޚްސީ
ގޮތުން ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކޮށްފައިވާކަމާއި، އެގޮތުން މިޤަޟިއްޔާއާއި ގުޅިގެން 09 އޮކްޓޯބަރ
2017 ގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމަށާއި 17 އޮކްޓޯބަރ 2017 ގައި ބޭއްވުނު ޝަރީޢަތުގެ
އަޑުއެހުމަށް މައްސަލަ އިސްތިއުނާފުކުރާ އަޙުމަދު ޝަމީމުއާއި އިސްތިއުނާފު ރައްދުވާ މުޙައްމަދު ވަޙީދު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/108
تو رو میش
ހާޒިރުކޮށް ޝަރީޢަތުން ސާފުކުރަންބޭނުންވި
ކަންތައްތަކާއި
ދެފަރާތާއި ސުވާލުކޮށް
ސާފުކުރެވިފައިވާކަމާއި،
އެގޮތުން މި ދެފަރާތުގެ ދެމެދުގައި މުޢާމަލާތް ކޮށްފައިވަނީ ލިޔެކިޔުމެއް އޮވެގެން ނޫންކަމާއި،
އަޙުމަދު ޝަމީމް ނުވަތަ އޭނާގެ ފަރާތުން ފޮނުވާ މުވައްޒަފުން މުޙައްމަދު ވަޙީދުގެ ފިހާރައަށް ގޮސް މުދާ
ދިނުމަށް އެދުމުން އެ އެދޭ ފަދައަކުން މުޙައްމަދު ވަޙީދު މުދާ ދޫކުރަމުން ގޮސްފައިވާކަމާއި، މުޢާމަލާތުގެ
ކުރީކޮޅު އަޙުމަދު ޝަމީމް ގެ ފަރާތުން ބަރާބަރަށް ފައިސާ ދައްކަމުން އައި ކަމާއި، ނަމަވެސް ފަހުން، ފައިސާ
ދެއްކުމުގައި މައްސަލަތައް ކުރިމަތިވާން ފެށިކަމާއި، ދައްކަންވެފައިހުރި ބައެއް ފައިސާ ދެއްކުމުގެ ގޮތުން
އަޙުމަދު ޝަމީމް ދޫކުރި ފަސް ޗެކް ބައުންސްވުމާ ގުޅިގެން ބާކީ ހުރި ފައިސާއަށް ޗެކް ދޫކޮށްފައިވެސް
ނުވާކަމާއި، ބައުންސްވި ފަސް ޗެކަކީ ސްޓޭޓް ބެންކް އޮފް އިންޑިޔާގެ ފަސް ޗެކް ކަމާއި، އެޗެކްތަކުގެ
ނަންބަރުތަކަކީ: 254813، 0958791، 0958781، 910812، 174741، ކަމާއި، މި ފަސް ޗެކުގެ
ޖުމްލައަކީ
-6043771ރ. (ހަލައްކަ ހަތަރުހާސް ތިންސަތޭކަ ހަތްދިހަ ހަތްރުފިޔާ) ކަމާއި، މިކަންތައްތަކާމެދު
މުޙައްމަދު ވަޙީދު އާއި އަޙުމަދު ޝަމީމް އާއި ދެމެދު އެއްވެސް ޚިލާފެއް ނެތްކަމާއި،
ދެފަރާތުގެ ދެމެދުގައި ޚިލާފު އުފެދިފައިވަނީ އަޙުމަދު ޝަމީމުގެ އަތުން މުޙައްމަދު ވަޙީދު
ހޯދުމަށް ދަޢުވާކުރާ -/1,406,335ރ. (އެއްމިލިއަން ހަތަރުލައްކަ ހަހާސް ތިންސަތޭކަ ތިރީސްފަސް ރުފިޔާ)
ގެ ޖުމްލަ ޢަދަދާމެދުގައި ކަން ޝަރީޢަތަށް ފާހަގަކުރެވިފައިވާކަމެވެ.
ޚި
3.4- ހަތަރުވަނަ ކަމަކީ: އަޙުމަދު ޝަމީމު އަށް ރައްދުވާގޮތަށް މުޙައްމަދު ވަޙީދު ކޮށްފައިވާ
ދަޢުވާގައި ހޯދުމަށް ދަޢުވާކޮށްފައިވާ ފައިސާގެ ޢަދަދަކީ -/
1,406,335ރ. (އެއްމިލިއަން ހަތަރުލައްކަ ހަހާސް
ތިންސަތޭކަ ތިރީސްފަސް ރުފިޔާ) ކަމާއި، މިފައިސާގެ ތެރެއިން އިސްވެ ބަޔާންކުރެވުނު ފަސް ޗެކުގެ
ޖުމްލައަށްވާ -6043771ރ. (ހަލައްކަ ހަތަރުހާސް ތިންސަތޭކަ ހަތްދިހަ ހަތްރުފިޔާ) އަކީ މުޙައްމަދު ވަޙީދު
އަށް ދައްކަންޖެހި ކުދެއްކިވާ ފައިސާކަމަށް އަޙުމަދު ޝަމީމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި އިޢުތިރާފުވެފައިވާކަމާއި،
އަދި މުޙައްމަދު ވަޙީދު ގެ ފިހާރައިން މުދާ ދޫކުރުމަށްފަހު ހިސާބު ބެލެހެއްޓުމުގެ ގޮތުން
ނޯޓުކުރަމުން އައިސްފައިވާ ފޮތުގެ އަޞްލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅު
cu o
4
3
2 ހ3
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
8
بی پی
ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/108
އެފޮތުގައިވާ ވަކި ޞަފްޙާއެއްގައި ހިސާބު އަދަދެއްގެ ކައިރީގައި، "މިއީ ރަގަޅު ހިސާބެކެވެ." މިފަދައިން ލިޔެ
ސޮއިކޮށްފައިވާ ޢިބާރާތެއް ދެއްކުމަށްފަހު، އެއީ އަޙުމަދު ޝަމީމް ގެ އަތުން ލިޔެފައިވާ ޢިބާރާތެއްކަމަށާއި،
އެޢިބާރާތުގެ ތިރީގައިވާ ސޮޔަކީ، އެފޮތުގައިވާ ހިސާބު ރަގަޅުކަމުގެ މައްޗަށް އަޙުމަދު ޝަމީމް ކޮށްފައިވާ ސޮއި
ކަމަށް މުޙައްމަދު ވަޙީދު ބުނުމާ ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަޙުމަދު ޝަމީމް
އާއި ކުރިމަތިކުރި ސުވާލުތަކުގެ ޖަވާބުގައި، އެފޮތުގައި އެވަނީ އެހިސާބު ރަގަޅުކަމުގެ މައްޗަށް އަޙްމަދު
ޝަމީމް ލިޔެ ސޮއިކޮށްފައިކަމަށް އަޙުމަދު ޝަމީމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
އެއްބަސްވެފައިވާކަން ފާހަގަކުރެވޭކަމާއި، ޙަވާލާ ދެވުނު ފޮތުގައި ދެފަރާތުން އެ ޢަދަދެއްގެ މައްޗަށް އެއްބަސްވެ
ސޮއިކޮށްފައިވާ ޢަދަދަކީ -/8251958ރ. (އަށްލައްކަ ފަންސަވީސްހާސް ނުވަސަތޭކަ ފަންސާސް އަށްރުފިޔާ)
ކަން އެނގެން އޮންނަކަމެވެ.
4
3.5- ފަސްވަނަ ކަމަކީ: އަޙުމަދު ޝަމީމް ދޫކޮށްފައިވާ އިސްވެ ބަޔާންކުރެވުނު ފަސް ޗެކް،
ދޫކޮށްފައިވަނީ އިސްވެ ބަޔާންކުރެވުނު ފަދައިން މުޙައްމަދު ވަޙީދު އާއި އަޙުމަދު ޝަމީމް އާއި ދެމީހުން
އެއްތާކު ތިބެ ހިސާބު ހެދުމަށްފަހު، -/
8251958ރ. (އަށްލައްކަ ފަންސަވީސްހާސް ނުވަސަތޭކަ ފަންސާސް
އަށްރުފިޔާ) އަކީ އެހާތަނަށް އަޙުމަދު ޝަމީމް ގެ ފަރާތުން މުޙައްމަދު ވަޙީދު އަށް ދައްކަންޖެހި ނުދެއްކިވާ
ޖުމްލަ ޢަދަދުކަމަށް އަޙުމަދު ޝަމީމް ލައްވާ މުޙައްމަދު ވަޙީދު ގެންގުޅޭ ފޮތުގައި ސޮއިކުރުވުމަށްފަހުގައި
ކަމާއި، އޭގެ ފަހުން މިދެމީހުންގެ ދެމެދުގައި ވިޔަފާރި މުޢާމަލާތް ހިންގާފައި ނުވާކަމާއި، އެފަދައިން ހިސާބު
ހެދިފަހުން، އަދި އެ 5 ޗެކް ދޫކުރުމަށްފަހު، އަޙުމަދު ޝަމީމް ގެ ފަރާތުން ދެފަހަރެއްގެ މަތިން
-/
30000ރ. (ތިރީސްހާސް ރުފިޔާ) ދައްކާފައިވާކަމާއި، އެނޫން އެހެން ފައިސާއެއް ދައްކާފައިނުވާކަމަށް
ދެފަރާތުންވެސް އެއްބަސްވެފައިވާކަން ފާހަގަކުރެވެއެވެ.
-3.6
ހަވަނަ ކަމަކީ: އިސްތިއުނާފު ކޮށްފައިމިވާ ސިވިލް ކޯޓްގެ ނަންބަރު:
2013/Cv-C/280 ޤަޟިއްޔާގައި ވެސް އަދި މަދަނީ ކޯޓުގެ ނަންބަރު: 2008/MC/434 ޤަޟިއްޔާގައި
ވެސް އަޙުމަދު ޝަމީމް ގެ މައްޗަށް މުޙައްމަދު ވަޙީދު ދަޢުވާ ކޮށްފައިވަނީ، އަޙުމަދު ޝަމީމް އަތުން
-/
1,406,335ރ. (އެއްމިލިއަން ހަތަރުލައްކަ ހަހާސް ތިންސަތޭކަ ތިރީސްފަސް ރުފިޔާ) ހޯދުމަށްކަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
S
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/108
ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނާތީ، މުޙައްމަދު ވަޙީދު ދަޢުވާ ކޮށްފައިވާ އެ ޢަދަދު ގެނެސްފައިވާ
ގޮތެއް ޝަރީޢަތަށް ސާފުކޮށްދިނުމަށް މުޙައްމަދު ވަޙީދު އަށް ޝަރީޢަތުން އެންގުމުން، އެ ޢަދަދު ގެނެސްފައިވާ
އިސްވެ ބަޔާންކުރެވުނު ފޮތުގައި ދެމީހުން އެއްބަސްވާ ޢަދަދުކަމަށް ނޯޓުކޮށްފައިވާ
-/
8251958ރ. (އަށްލައްކަ ފަންސަވީސްހާސް ނުވަސަތޭކަ ފަންސާސް އަށްރުފިޔާ) އާއި، އަޙުމަދު ޝަމީމް
ދޫކޮށްފައިވާ 5 ޗެކުގެ ޖުމްލަ ޢަދަދުކަމުގައިވާ -/
604377ރ. (ހަލައްކަ ހަތަރުހާސް ތިންސަތޭކަ ހަތްދިހަ
ހަތްރުފިޔާ) އެއްކުރުމަށްފަހު، އަންނަ ޖުމްލައިން އަޙްމަދު ޝަމީމް ދެފަހަރު މަތިން ދައްކާފައިވާ -/30000ރ.
(ތިރީސްހާސް ރުފިޔާ) އުނިކުރުމުން ބާކީ އަންނަ އަދަދު ކަމަށް މުޙައްމަދު ވަޙީދު ބުނެފައިވާއިރު،
ބަޔާންކުރެވުނު 5 ޗެކް، އަޙުމަދު ޝަމީމް ދޫކޮށްފައިވަނީ، ދެމީހުން އެއްތާކު ތިބެ ހިސާބު ހެދުމަށްފަހު،
-/
8251958ރ. (އަށްލައްކަ ފަންސަވީސްހާސް ނުވަސަތޭކަ ފަންސާސް އަށްރުފިޔާ) އަކީ، އަޙުމަދު ޝަމީމް ގެ
ފަރާތުން މުޙައްމަދު ވަޙީދު އަށް ދޭންޖެހިފައިވާ ޖުމްލަ ޢަދަދު ކަމަށް އެއްބަސްވުމަށްފަހު އެފައިސާ ދެއްކުމުގެ
ގޮތުން ކަމަށް އަޙުމަދު ޝަމީމް ބުނެފައިވާ ބުނުމާއި ގުޅިގެން، އެ 5 ޗެކް ދޫކޮށްފައިވަނީ، އިސްވެ
ބަޔާންކުރެވުނު ޢަދަދުގެ މައްޗަށް ހިސާބު ހެދުމަށްފަހުކަމަށް މުޙައްމަދު ވަޙީދުވެސް އެއްބަސްވެފައިވާތީއާއި،
އެފަދައިން ހިސާބު ހެދުމަށްފަހު، އޭގެ ފަހުން މި ދެފަރާތުގެ ދެމެދުގައި ފަހުން ފައިސާ ދައްކާގޮތަށް ވިޔަފާރީގެ
އެއްވެސް މުޢާމަލާތެއް ހިންގާފައި ނުވާނެކަމަށް ދެފަރާތުންވެސް އެއްބަސްވެފައިވާތީއާއި، -/
8251958ރ.
(އަށްލައްކަ ފަންސަވީސްހާސް ނުވަސަތޭކަ ފަންސާސް އަށްރުފިޔާ) އަކީ، އަޙުމަދު ޝަމީމް ގެ ފަރާތުން
މުޙައްމަދު ވަޙީދު އަށް ދައްކަންޖެހޭ ޖުމްލަ ޢަދަދުކަމަށް އެއްބަސްވުމަށްފަހު، އަޙުމަދު ޝަމީމް ގެ ފަރާތުން
-/30،000ރ. (ތިރީސްހާސް ރުފިޔާ) ދައްކާފައިވާކަމަށް މުޙައްމަދު ވަޙީދު އެއްބަސްވެފައިވާތީ، މިހާރު އަޙުމަދު
ޝަމީމް ގެ ފަރާތުން މުޙައްމަދު ވަޙީދު އަށް ދައްކަންޖެހޭ ޖުމްލަ އަދަދަކީ މި -/8251958ރ. އަށްލައްކަ
ފަންސަވީސްހާސް ނުވަސަތޭކަ ފަންސާސް އަށްރުފިޔާ) ގެ ތެރެއިން -/
30000ރ. (ތިރީސްހާސް ރުފިޔާ)
އުނިކުރުމުން ބާކީވާ -/
7951958ރ. (ހަތްލައްކަ ނުވަދިހަ ފަސް ހާސް ނުވަސަތޭކަ ފަންސާސް އަށް ރުފިޔާ)
ކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު
ބަޔާންކުރެވުނު ސަބަބުތައް އެފަދައިން
ހުރުމުން، ސިވިލް ކޯޓްގެ ނަންބަރު: 2013/Cv-C/280 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވެއެވެ.
ޤައީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
1(
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/108
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ޔާންކުރެވުނު އެންމެހައި ކަންތައްތަކަށް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ރިޢާޔަތްކުރާއިރު، ސިވިލް ކޯޓްގެ ނަންބަރު: 2013/Cv-C/280
ޤަޟިއްޔާގައި ހ. މެރިންވިއު | އަޙްމަދު ޝަމީމު (ދ.ރ.ކާޑު ނަންބަރު:A035025) ގެ ފަރާތުން ގދ.ތިނަދޫ
ޒަމާނީގެ މުޙައްމަދު ވަޙީދު (ދ.ރ.ކާޑު ނަންބަރު:A027546) އަށް -/
1,406,335ރ. (އެއްމިލިއަން
ހަތަރުލައްކަ ހަހާސް ތިންސަތޭކަ ތިރީސްފަސް ރުފިޔާ) ދައްކަންޖެހޭކަން ޝަރީޢަތަށް ސާބިތުވާކަމަށް
ކަނޑައަޅުއްވާ ކުރައްވާފައިވާ ޙުކުމް ބާޠިލްކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި، ސިވިލް ކޯޓްގެ ނަންބަރު: 2013/Cv
-
C/280 ޤަޟިއްޔާގެ އިސްތިއުނާފާއި
ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ އެންމެހައި ލިޔުންތަކަށާއި، މުޙައްމަދު
ވަޙީދު އާއި އަޙުމަދު ޝަމީމް ޝަރީޢަތުގެ މަޖިލީސްތަކުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު، މުޙައްމަދު
ވަޙީދު އަށް އަޙުމަދު ޝަމީމް މިހާރު ދައްކަންޖެހޭ ޖުމްލަ އަދަދަކީ -/
7951958ރ. (ހަތްލައްކަ ނުވަދިހަ ފަސް
ހާސް ނުވަސަތޭކަ ފަންސާސް އަށް ރުފިޔާ) ކަން، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ޝަރީޢަތަށް
ސާބިތުވެއްޖެކަމަށް ކަނޑައަޅައި، މިފައިސާ މުޙައްމަދު ވަޙީދު އަށް ލިބިދިނުމަށްޓަކައި މިއަދުން
(19 އޮކްޓޯބަރު 2017) ފެށިގެން މަސް ހަމަކޮށް ކޮންމެ މަހަކު -/
3971979ރ. (ތިންލައްކަ ނުވަދިހަ
ހަތްހާސް ނުވަސަތޭކަ ހަތްދިހަ ނުވަރުފިޔާ) އަށްވުރެ މަދުނޫން ޢަދަދެއް ސިވިލް ކޯޓަށް ދައްކަމުންގޮސް 02
(ދެއެއް) މަސް ދުވަހުގެ ތެރޭގައި މިފައިސާ އެއްކޮށް ދައްކާ ޚަލާޞްކުރުމަށް އަޙުމަދު ޝަމީމް އަށް އަންގައި،
ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
cuo
cc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv