ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/130 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/13)
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 130/HC-A/2017
އިސްތިއުނާފުކުރި ފަރާތް:
ނަން: އެޗް. އެމް ލޫލޫ ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު:0259
/
2012-C
މިހާރުގެ އެޑްރެސް: ހ. ހުޅުގަލި މާލެ.
ދާއިމީ އެޑްރެސް: އެއްގަމުގެއާގެ{ މާލެ
0
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
ރެޖިސްޓްރީ ނަންބަރު.
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
ތުނިޔަ މާލެ
ތުނިޔަ މާލެ
0
i
ހުށަހެޅުނު ތާރީޚް: 27 ފެބުރުވަރީ 2017
ނިމުނު ތާރީޚް: 08 ޖޫން 2017
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2017/Cv-C/208
• ނިންމެވިކޯޓް: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 10 ޖަނަވަރީ 2017
ނިމުނު ތާރީޚް: 16 ފެބުރުވަރީ 2017
0
0
، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު
RE
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/130
ދަޢުވާގެ ޚުލާޞާގެ
މިއީ، ސިވިލްކޯޓުގެ ނަންބަރު 2017/Cv-C/208 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި، އެޗް. އެމް. ލޫލޫ
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާޕީ ދަޢުވާ ރައްދުވާ ފަރާތަކީ އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް
CCC.
ލިމިޓެޑް އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލްކޯޓުގެ ނަންބަރު 2017/Cv-C/208 ޤަޟިއްޔާއަކީ، އަތަމާ މެރިން އިންޓަނޭޝަނަލް
ޕްރައިވެޓް ލިމިޓެޑް އާއި އެޗް. އެމް. ލޫލޫ ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު ކިހާދުއްފަރު ރިސޯޓް ކުއްޔަށް
ދިނުމަށް 12 ސެޕްޓެމްބަރު 2012 ގައި ވެފައިވާ އެއްބަސްވުމާއި ދަޢުވާލިބޭ ފަރާތުން ޚިލާފުވެފައިވާތީ
ބުނެވިދިޔަ އެއްބަސްވުމުގެ 15 ވަނަ މާއްދާ އާ ޙަވާލާދީ އެއްބަސްވުމުގެ 29 ވަނަ މާއްދާގެ ދަށުން
ކިހާދުއްފަރު ރިސޯޓް އެއްބަސްވުމާ އެއްގޮތަށް ހުސްކޮށް ދަޢުވާކުރާ ފަރާތާ މިހާރުން މިހާރަށް ޙަވާލުކުރުމަށް
ދަޢުވާލިބޭ ފަރާތުގެ މައްޗަށް އަމުރުކޮށް ދެއްވުމަށާއި، އަދި މިގޮތަށް ޙަވާލުކުރެވޭ ހިނދުގައި އެއްބަސްވުމުގެ
09 ވަނަ މާއްދާއާ ޙަވާލާދީ 31 ވަނަ މާއްދާގެ ދަށުން ރިސޯޓުގައި ހުރި ދަޢުވާލިބޭ ފަރާތުގެ އަމިއްލަ ބޭނުމަށް
ގެނެސްފައިވާ އެއްޗެއް ފިޔަވައި އެއްވެސް އެއްޗެއް ނުގެންދެވޭނެކަން ދަޢުވާލިބޭ ފަރާތަށް އަންގަވާ
ދެއްވުމަށާއި، 15 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ސަބްލީސް އެގްރީމަންޓް ވެވުނު ތާރީޚުން ފެށިގެން 24
ޑިސެމްބަރު 2016 ވަނަ ދުވަހުގެ ނިޔަލަށް ހިސާބުކުރެވިފައިވާ ނުދައްކާވާ ޖޫރިމަނާ އާއި، ކުލި ނަންގަވާ
ދެއްކުމަށާއި، ސަބްލީސް އެގްރީމެންޓުގެ 14 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ސަބްލީސް އެގްރީމެންޓް ވެވުނު
ތާރީޚުން ފެށިގެން 17 ޑިސެމްބަރ 2016 ވަނަ ދުވަހުގެ ނިޔަލަށް ހިސާބުކުރެވިފައިވާ ނުދައްކާވާ ޖޫރިމަނާ
އާއި ހަމަ މި ބީދައިން މިމައްސަލައިގެ ނިހާއީ ޙުކުމެއް ކުރެއްވުމާ ހަމައަށް ހިނގާ މުއްދަތަށް ކުއްޔާއި،
ޖޫރިނަމާ އެކީ އެއްފަހަރާ ދަޢުވާލިބޭ ފަރާތުގެ ކިބައިން ހޯދުމަށް އެދި އަތަމާ މެރިން އިންޓްނޭޝަނަލް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޗް. އެމް. ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާކުރުމުން ސިވިލް ކޯޓުން
ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއިގެ
z
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2017/HC-A/130
އެ ޤަޟިއްޔާގެ ޙުކުމުގައި ބަޔާން ކޮށްފައިވަނީ: [ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި،
ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު އަތަމާ މެރިން އިންޓަނޭޝަނަލް
ޕްރައިވެޓް ލިމިޓެޑް އާއި އެޗް. އެމް ލޫލޫ ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު އަތޮޅު ކިހާދުއްފަރު ރިސޯޓު
ކުއްޔަށް ދިނުމަށްޓަކައި 12 ސެޕްޓެމްބަރު 2012 ގައި ސޮއިކުރެވިފައިވާ ސަބްލީސް އެގްރީމެންޓްގެ 08 ވަނަ
މާއްދާއާއި 11 ވަނަ މާއްދާ އާ އެޗް. އެމް ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޚިލާފުވެފައިވާ ކަމަށް ބުނެ
ސަބްލީސް އެގްރީމެންޓުގައި ބަޔާންވެގެންވާ ގޮތުގެ މަތީން ކިހާދުއްފަރު ރިސޯޓު ހުސްކޮށް އަތަމާ މެރިން
އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލުކުރުމަށް އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން 21 ޑިސެމްބަރ 2016 ގައި ފޮނުވާފައިވާ ނޯޓިސްއަކީ މިދެފަރާތުގެ ދެމެދު 12 ސެޕްޓެމްބަރ
2012 ގައި ސޮއިކުރެވިފައިވާ ސަބްލީސް އެގްރީމެންޓާއި ދަޢުވާލިބޭ އެޗް. އެމް ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ޚިލާފުވެފައިވާތީ ސަބްލީސް އެގްރީމެންޓުގެ 15 ވަނަ މާއްދާގެ ދަށުން އަތަމާ މެރިން އިންޓަނޭޝަނަލް
ޕްރައިވެޓް ލިމިޓެޑަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ފޮނުވާފައިވާ ނޯޓިސްއެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން
އެނގެން އޮތުމާއެކު ކިހާދުއްފަރު ރިސޯޓު ކުއްޔަށް ދިނުމަށްޓަކައި އަތަމާ މެރިން އިންޓްނޭޝަނަލް ޕްރައިވެޓް
ލިމިޓެޑާއި އެޗް. އެމް. ލޫލޫ ޕްރައިވެޓް ލިމިޓެޑާއި ދެމެދު 12 ސެޕްޓެމްބަރ 2012 ގައި ސޮއުކުރެވިފައިވާ
ސަބްލީސް އެގްރީމެންޓަކީ ބުނެވިދިޔަ އެގްރީމެންޓްގެ 15 ވަނަ މާއްދާގެ ދަށުން ނިމުމަކަށް ގެނެވިފައިވާ
އެގްރީމެންޓެއް ކަމަށްވާއިރު، ބުނެވިދިޔަ އެގްރީމެންޓުގެ 29 ވަނަ މާއްދާގެ ދަށުން އެއްބަސްވުމާއި
ކިހާދުއްފަރު ރިސޯޓު ހުސްކޮށް އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށް އެޗް. އެމް
ލޫލޫ ޕްރައިވެޓް ލިމިޓެޑަށް އަތަމާ މެރިން އިންޓްނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަންގާފައިވާ
އެންގުމާއި އެއްގޮތަށް އެޗް. އެމް ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކިހާދުއްފަރު ރިސޯޓު އަތަމާ މެރިން
އިންޓް ޝަނަލް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިނުވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން
އޮތުމާއިއެކު، ކިހާދުއްފަރު ރިސޯޓު ކުއްޔަށް ދިނުމަށްޓަކައި އަތަމާ މެރިން އިންޓްނޭޝަނަލް ޕްރައިވެޓް
ލިމިޓެޑާއި އެޗް. އެމް ލޫލޫ ޕްރައިވެޓް ލިމިޓެޑާއި ދެމެދު 12 ސެޕްޓެމްބަރ 2012 ގައި ސޮއިކުރެވިފައިވާ
ސަބްލީސް އެގްރީމެންޓް ނިމުމަކަށް އައިސްފައިވާތީ، އަތަމާ މެރިން އިންޓްނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ
ރުހުމެއްނެތި ކިހާދުއްފަރު ރިސޯޓު ބޭނުންކުރުމުގެ އެއްވެސް ޙައްޤެއް އެޗް. އެމް ލޫލޫ ޕްރައިވެޓް ލިމިޓެޑަށް
6
8 *ހ2
COC
އްޖޭގެ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/130
ocu
މިހާރު ލިބިގެން ނުވާކަމަށްޓަކައި 16 ފެބުރުއަރީ 2017 މިދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ
ތެރޭގައި ކިހާދުއްފަރު ރިސޯޓުގައި ހުރި އެޗް. އެމް ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ތަކެއްޗާއިއެކު އެރިސޯޓު
ހުސްކޮށް އަތަމާ މެރިން އިންޓްނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި އެރިސޯޓު ޙަވާލުކުރުމަށާއި، މިގޮތުން އެރިސޯޓު
އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރާއިރު އެރިސޯޓުގައި ހުރި އެޗް އެމް ލޫލޫ
ޕްރައިވެޓް ލިމިޓެޑުގެ އަމިއްލަ ބޭނުމަށް ގެނެސްފައިވާ އެއްޗެއް ފިޔަވައި އެއްވެސް އެއްޗެއް (އުފުލޭ އަދި
ނުއުފުލޭ މުދާ ހިމެނޭ ގޮތަށް) ސަބްލީސް އެގްރީމެންޓުގެ 09 ވަނަ މާއްދާއާއި ޙަވާލާދީ އެގްރީމެންޓުގެ 31
ވަނަ މާއްދާގެ ދަށުން ނުގެންދެވޭނެކަން އެޗް. އެމް ލޫލޫ ޕްރައިވެޓް ލިމިޓެޑަށް އަންގައި، އަދި ސަބްލީސް
އެގްރީމެންޓްގެ 08 ވަނަ މާއްދާގެ ދަށުން 01 އޮކްޓޯބަރ 2016 އަށް ދައްކަންޖެހޭ ކުލީގެ ތެރެއިން
ނުދައްކާއޮތް 450,000.00$US (ހަތަރުލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) އާއި ސަބްލީސް
އެގްރީމެންޓް ވެވުނު ތާރީޚުން ފެށިގެން ކުލި ދައްކަން ކަނޑައެޅިފައިވާ މުއްދަތުގައި ކުލި ނުދެއްކުމުގެ
ސަބަބުން 24 ޑިސެމްބަރ 2016 އާއި ހަމައަށް ސަބްލީސް އެގްރީމެންޓުގެ 15 ވަނަ މާއްދާގެ ދަށުން
ލިކުއިޑޭޓެޑް ޑެމޭޖާރސްގެ ގޮތުގައި ދައްކަންޖެހޭ 905,950.07$US (ނުވަލައްކަ ފަސްހާސް ނުވަސަތޭކަ
ފަންސާސް އެމެރިކާ ޑޮލަރ ސުމެއް ހަތެއް ސެންޓް) އާއި، ސަބްލީސް އެގްރީމެންޓް ވެވުނު ތާރީޚުން ފެށިގެން
ސަރުކާރަށް ދައްކަންޖެހޭ ކުލި ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް (Government Lease Rent)
ސަބްލީސް އެގްރީމެންޓުގައި
ގޮތުގެ މަތިން ޤަވާޢިދުން ދައްކާފައި ނުވާތީ ސަބްލީސް
އެގްރީމެންޓުގެ ގެ 14 ވަނަ މާއްދާގެ ދަށުން ޖޫރިމަނާގެ ގޮތުގައި 17 ޑިސެމްބަރ 2016 ވަނަ ދުވަހާއި ހަމަޔަށް
US
$
71,250.00 (ހަތްދިހަ އެއްހާސް ދުއިސައްތަ ފަންސާސް އެމެރިކާ ޑޮލަރު) އާއި އެކުޖުމްލަ
US
$
1,427,200.07 (އެއްމިލިޔަން ހަތަރުލައްކަ ހަތާވީސްހާސް ދުއިސައްތަ އެމެރިކާ ޑޮލަރު ހަތެއް
ސެންޓް) އަކީ ދަޢުވާލިބޭ އެޗް. އެމް ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަތަމާ މެރިން އިންޓަނޭޝަނަލް
ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަޑުން ޝަރީޢަތަށް ސާބިތުވެއްޖެ ކަމަށް
ކަނޑައަޅައި މިފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 16 ފެބުރުއަރީ 2017 ދުވަހުން ފެށިގެން
މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލްކޯޓަށް ފައިސާ ދައްކަމުން ގޮސް މީލާދީ 02 (ދޭއް) މަސް
ދުވަހުގެ ތެރޭގައި 1,427,200.07$US (އެއްމިލިޔަން ހަތަރުލައްކަ ހަތާވީސްހާސް ދުއިސައްތަ އެމެރިކާ
ހ84 6
5
8
ބަޔާންވެގެން
އެހިރާއްޖޭގެ
، ހައިކޯ"
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/13)
އަންގަ
ޑޮލަރު ހަތެއް ސެންޓް) ދައްކާ ޚަލާޞްކުރުމަށް އެޗް. އެމް ލޫލޫ ޕްރައިވެޓް ލިމިޓެޑަށް
ޙުކުމްކޮށްފީމެވެ.” މިފަދައިން ކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
4
02- އިސްވެ
ބަޔާންކުރެވުނު ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު 2017/Cv-C/208
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ޚިލާފަށް ކަމަށްބުނެ، އެޗް. އެމް. ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ކުރުމަށް 03 (ތިނެއް)
ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެނުކުތާތަކަކީ:
• ފުރަތަމަ ނުކުތާއަކީ: އިސްތިއުނާފުކުރާ އެޗް. އެމް. ލޫލޫ ޕްރައިވެޓް ލިމިޓެޑާއި އިސްތިއުނާފު ރައްދުވާ
އަތަމާ މެރިން އިންޓްނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު 12 ސެޕްޓެމްބަރު 2012 ގައި ވެފައިވާ
ކިހާދުއްފަރު ރިސޯޓް ކުއްޔަށް ދިނުމުގެ އެއްބަސްވުން (ސަބްލީސް އެގްރީމެންޓް) އަތަމާ މެރިން
އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ބާތިލުކުރުމަށް ފޮނުވާފައިވާ ނޯޓިސް އަކީ ޤާނޫނީ އުޞޫލުތަކާއި
ސަބްލީސް އެއްބަސްވުމާ ގުޅިގެން އެއްބަސްވުމުގެ ދަށުން ދައްކާ ކުލި ނުވަތަ ރެންޓް އެސައިން ކުރުމަށްޓަކައި
އަތަމާ މެރިން އާއި ދަޢުވާލިބޭ ފަރާތާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާއާއެކު 02 އޮކްޓޯބަރު 2012 ގައި
ސޮއިކުރެވުނު ”އެސައިންމަންޓް އެގްރީމެންޓް އިން ރެސްޕެކްޓް އޮފް ސަބްލީސް ރެންޓް ފްރޮމް ބ.ކިހާދުއްފަރު“
(އެސައިންމަންޓް އެގްރީމެންޓް) ގެ ދަށުން ސްޓޭޓް ބޭންކް
ބޭންކް އޮފް އިންޑިޔާއަށް އިނގުމެއްނެތި އަދި އެފަރާތުގެ
ހުއްދަނެތި ސަބްލީސް އެގްރީމެންޓް ބާތިލް ނުކުރެވޭނެ ކަމަށް އޮންނަ އިލްތިޒާމް އާ ޚިލާފަށް ދީފައިވާ ނޯޓިސް
އެއް ކަމަށްވާއިރު، އެކަމަށް ރިޢާޔަތް ނުކުރައްވައި ދަށުކޯޓުން އެ ނޯޓިސް އަކީ ޞައްޙަ ނޯޓިސް އެއް ކަމަށް
ކަނޑައަޅުއްވާފައިވުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ސަބްލީސް އެގްރީމެންޓް ވެވުނު ތާރީޚުން ފެށިގެން މި ވޭތުވެދިޔަ 4 އަހަރުގެ
ތެރޭގައި އެޗް. އެމް. ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސަބްލީސް ކުލި ދެއްކުން ލަސްވެފައިވާ ފަހަރުތަކަށް
ސަބްލީސް އެގްރީމެންޓްގެ 15 ވަނަ މާއްދާގެ ދަށުން ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި 905,950.07 $US
(ނުވަލައްކަ ފަސްހާސް ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު ހަތް ސެންޓް) އަދި 10 ވަނަ މާއްދާގެ ދަށުން
$US (ހަތްދިހައެއްހާސް އެމެރިކާ ޑޮލަރ) ރެޓްރޯސްޕެކްޓިވްކޮށް ޗާޖް ކުރައްވާފައިވަނީ
ދިވެހިރާއްޖޭގެ ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ފާހަގަކޮށްފައިވާ
0
cu
1,250
CC >>
އްޖޭގެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/130
0
• ތިންވަނަ ނުކުތާއަކީ: އިސްތިއުނާފުކުރާ އެޗް އެމް ލޫލޫ ޕްރައިވެޓް ލިމިޓެޑާއި އިސްތިއުނާފު ރައްދުވާ
އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު 12 ސެޕްޓެމްބަރު 2012 ގައި ވެފައިވާ
ކިހާދުއްފަރު ރިސޯޓް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން 1 އޮކްޓޯބަރު 2016 ގެ ކުއާޓަރަށް ކުލީގެ
ގޮތުގައި 450,000 ޑޮލަރު ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ދަޢުވާކުރާ ފަރާތުން
އެނަންބަރުގައި ދެއްކި ވާހަކަތަކަށް ރިޢާޔަތް ނުކޮށް ދެފަރާތް ދެމެދު އޮތް ކޮންޓްރެކްޓްގެ ރޫޙާ ޚިލާފަށް ކަމަށް
ބުނެ ފާހަގަކުރި ނުކުތާއެވެ.
COOCOOX
03- ސިވިލް ކޯޓުގެ ނަންބަރު 2017/Cv-C/208 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެޗް. އެމް. ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އިން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ދިވެހި ސަރުކާރާއި ދެމެދު
ސޮއިކުރެވިފައިވާ ލީސް އެގްރީމެންޓެއްގެ ދަށުން އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން އަތޮޅު ކިހާދުއްފަރުގައި ތަރައްޤީކޮށްފައިވާ ކިހާދުއްފަރު ރިސޯޓު ކުއްޔަށް ދިނުމަށްޓަކައި އަތަމާ
މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި އެޗް. އެމް. ލޫލޫ ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު 12
ސެޕްޓެމްބަރު 2012 ގައި އެއްބަސްވުމެއްގައި (ސަބްލީސް އެގްރީމެންޓް) ސޮއިކުރުމަށްފަހު އެރިސޯޓު އެޗް.
ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިނގަމުން ގެންދާކަން އެނގެން އޮންނައިރު، މި އެއްބަސްވުމާ
އެޗް. އެމް ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޚިލާފުވެފައިވާކަމަށް ބުނެ އެއްބަސްވުމުގެ 15 ވަނަ މާއްދާ އާ
ޙަވާލާދީ އެއްބަސްވުމުގެ 29 ވަނަ މާއްދާގެ ދަށުން ކިހާދުއްފަރު ރިސޯޓް އެއްބަސްވުމާ އެއްގޮތަށް ހުސްކޮށް
ދަޢުވާކުރާ ފަރާތާ ޙަވާލުކުރުމަށް އަންގައި 2016 ޑިސެމްބަރ 21 ގައި ”ޓަރމިނޭޝަން ނޯޓިސްޑޯ އެއް އެޗް.
އެމް ލޫލޫ ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާކަން އެނގެން އޮވެއެވެ.
22
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/130
(ނ) އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި އެޗް. އެމް. ލޫލޫ ޕްރައިވެޓް ލިމިޓެޑް
އާއި ދެމެދު 12 ސެޕްޓެމްބަރު 2012 ގައި ސޮއިކުރެވިފައިވާ ސަބްލީސް އެގްރީމެންޓަށް ބަލާއިރު، އެޗް އެމް
ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދެ ބާވަތެއްގެ ކުއްޔެއް ދައްކަންޖެހޭ ކަމާއި،
އެގޮތުން ފުރަތަމަ ބާވަތަކީ އެގްރީމެންޓުގެ 08 ވަނަ މާއްދާއާއި، 11 ވަނަ މާއްދާގެ ދަށުން ލީސް
ރެންޓްކަމާއި، ދެވަނަ ބާވަތަކީ އެގްރީމެންޓުގެ 10 ވަނަ މާއްދާއާއި، 12 ވަނަ މާއްދާގެ ދަށުން ގަވަރމެންޓް
ލީސް ރެންޓް ކަމާއި،
ލީސް ރެންޓް ދެއްކުމަށް އެއްބަސްވެފައިވަނީ 4 ކުއާރޓަރ އަކަށް ބަހާލައިގެން ކޮންމެ 3 މަހަކުން
ކުރިއަށް ކުލި ދައްކާ ގޮތަށް ކަމާއި، ފުރަތަމަ ކުއާރޓަރގެ މުއްދަތަކީ މާޗް، އޭޕްރީލް، މެއި މިތިން
މަސްކަމާއި، މި ކުއާރޓަރގެ ކުލި ދައްކަން ޖެހޭ ތާރީޚަކީ 01 ޖެނުއަރީ ކަމާއި، ދެވަނަ ކުއާރޓަރ އަކީ
ޖޫން، ޖުލައި، އޯގަސްޓް ކަމާއި ދެވަނަ ކުއާރޓަރގެ ކުލި ދައްކަންޖެހޭނީ 1 އޭޕްރީލްގައި ކަމާއި، ތިންވަނަ
ކުއާރޓަރގައި ހިމެނެނީ ސެޕްޓެމްބަރު، އޮކްޓޫބަރު، ނޮވެމްބަރު ކަމާއި މިކުއާރޓަރގެ ކުލި ދައްކަންޖެހޭނީ 01
ޖުލައި ގައި ކަމާއި، އަދި ހަތަރުވަނަ ކުއާރޓަރއަކީ ޑިސެމްބަރު، ޖަނަވަރީ، ފެބުރުއަރީ، މި ތިންމަސް ކަމާއި،
ހަތަރުވަނަ ކުއާރޓަރގެ ކުލި ދައްކަންޖެހޭ ތާރީޚަކީ 01 އޮކްޓޫބަރުކަން އެނގެން އޮންކަމާއި،
ގަވަރމަންޓް ލީސް ނުވަތަ ހެޑްލީސް އެގްރީމެންޓުގެ ދަށުން އަތަމާ މެރިން އިންޓަނޭޝަނަލް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހި ސަރުކާރަށް ދައްކަންޖެހޭ ކުލި ދެއްކުމަށް އަތަމާ މެރިން
އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި އެޗް. އެމް. ލޫލޫ ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު
އެއްބަސްވެފައިވަނީ 04 ކުއާރޓަލީ އިންސްޓޯލްމެންޓަކަށް ބަހާލައިގެން ކަމާއި، މިކުލި ދައްކަންޖެހެނީ އަތަމާ
މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސަރުކާރަށް ކުލި ދައްކަންޖެހޭ ތާރީޚުގެ 14 ދުވަސް
ކުރިންކަމާއިގެ
އެގޮތުން ފުރަތަމަ އިންސްޓޯލްމަންޓް ދައްކަންޖެހޭނީ 14 މާޗްގައި ކަމާއި، ދެވަނަ އިންސްޓޯލް
14 ޖޫންގައި ކަމާއި، ތިންވަނަ އިންސްޓޯލްމަންޓް 14 ސެޕްޓެމްބަރުގައި ކަމާއި، ހަތަރުވަނަ އިންސްޓޯލްމަންޓް
14 ޑިސެންބަރުގައި ކަން އެނގެން އޮންކަމާއިގެ
ތީ 20ތ ދ ތ ދ
ع مسرع
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2017/HC-A/130
އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި އެޗް. އެމް. ލޫލޫ ޕްރައިވެޓް ލިމިޓެޑް
އާއި ދެމެދު ސޮއިކުރެވިފައިވާ ސަބްލީސް އެގްރީމެންޓްގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތީން ގަވަރމެންޓް ލީސް
ރެންޓް ނުދައްކައިފިނަމަ ފައިސާ ނުދައްކާ ފާއިތުވާ ކޮންމެ ދުވަހަކަށް %0.5 ގެ ރޭޓުން ލިކުއިޑޭޓެޑް
ޑެމޭޖަރސްގެ ގޮތުގައި އެޗް. އެމް ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަތަމާ މެރިން އިންޓަނޭޝަނަލް
ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދައްކަންޖެހޭ ކަމާއި، އެގްރީމެންޓުގެ 08 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ
ލީސްރެންޓް އެއްބަސްވުމުގައި ބަޔާންވެފައިވާ ގޮތުގެ މަތީން ނުދައްކައިފިނަމަ ފައިސާ ނުދައްކާ ކޮންމެ މަހަކަށް
2
% ގެ ރޭޓުން ކޮންމެ ދުވަހަކަށް ޖެހޭވަރު ލިކުއިޑޭޓެޑް ޑެމޭޖަރސްގެ ގޮތުގައި އެޗް. އެމް ލޫލޫ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ކަމާއި،
ބަޔާންކުރެވުނު މާއްދާތަކުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތީން ދައްކަންޖެހޭ ލީސްރެންޓް
ނުވަތަ ގަވަރމެންޓް ރެންޓް ނުދައްކާ 75 ދުވަސް ފާއިތުވެއްޖެނަމަ އެގްރީމެންޓް ނިމުމަކަށް ގެނައުމުގެ
އިޚްތިޔާރު އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަން ސަބްލީސް އެގްރީމެންޓުގެ 14
ވަނަ މާއްދާއާއި، 15 ވަނަ މާއްދާއަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމާއި؟
އެޗް. އެމް. ލޫލޫ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސަބްލީސް ކުލި ދެއްކުން ލަސްވެފައިވާ
ފަހަރުތަކަށް ސަބްލީސް އެގްރީމެންޓްގެ 15 ވަނަ މާއްދާގެ ދަށުން ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި
905,950.07 $US (ނުވަލައްކަ ފަސްހާސް ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރ ހަތް ސެންޓް) އަދި
10 ވަނަ މާއްދާގެ ދަށުން 71,250 $US (ހަތްދިހައެއްހާސް އެމެރިކާ ޑޮލަރ) ރެޓްރޯސްޕެކްޓިވްކޮށް ޗާޖް
ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާ
20 ވަނަ މާއްދާއާ ޚިލާފަށް ކަމަށް
އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާއިރު، އެގްރީމެންޓްގެ ދަށުން ދައްކަންޖެހޭ ލީސްރެންޓާއި
ގަވަރމެންޓް ލީސްރެންޓް ދެއްކުމަށް އެގްރީމެންޓުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން ދައްކާފައިނުވާކަން
އެނގެން އޮންނައިރު އެފައިސާ ޤަވާޢިދުން ދައްކާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި މިހާތަނަށް އަތަމާ މެރިން
އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްވެސް ފައިސާއެއް ނަގާފައި ނުވިނަމަވެސް އެގްރީމެންޓުގެ
ދަށުން ޖޫރިމަނާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ މާފުކޮށްދީފައިވާ ފައިސާއެއްކަން ނުވަތަ
ބެހޭ ޤާނޫނުގެ
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2017/HC-A/130
ucou
އެގްރީމެންޓްގެ 14 ވަނަ މާއްދާއާއި 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ މާއްދާއަށް ޢަމަލު
ނުކުރަން ދެފަރާތުން އެއްބަސްވެފައިވާކަން އެނގެން ނެތްކަމާއި؛
މަދަނީ މުޢާމަލާތެއްގެ ތެރެއިން އެއްފަރާތުން އަނެއްފަރާތަށް ދޭންޖެހޭ ފައިސާއެއް ނުދީގެން ނުވަތަ
ނުލިބިގެން އެފައިސާ ހޯދުމަށް އަނެއްފަރާތުގައި ނޭދި ނުވަތަ އެފައިސާ ހޯދުމަށް ދަޢުވާއެއް ނުކޮށް ހުރުމަކީ
ޙައްޤު ދޫކޮށްލުންކަމަށް ޢާންމު އުޞޫލެއްގެ ގޮތުން ނުބެލެވޭނެކަމާއި، އެހެންކަމުން ޖޫރިމަނާގެ ފައިސާ
ނަންގަވައިދެއްވާފައިވަނީ ރަގަޅަށް ނޫންކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(ނ) އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި އެޗް. އެމް. ލޫލޫ ޕްރައިވެޓް
ލިމިޓެޑް އާއި ދެމެދު 12 ސެޕްޓެމްބަރު 2012 ގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން އެޗް. އެމް.
ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ
ލީސްރެންޓުގެ ފައިސާ އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސްޓޭޓް ބޭންކް އޮފް
އިންޑިޔާ މާލެ ބްރާންޗުން ނަގާފައިވާ ލޯނަކަށް އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ދައްކަންޖެހޭ ފައިސާ އަދާކުރުމުގެ ގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާ މާލެ
ބްރާންޗަށް އެސައިން ކުރުމުގެ ގޮތުން އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި އެޗް. އެމް.
ލޫލޫ ޕްރައިވެޓް ލިމިޓެޑާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާ މާލެ ބްރާންޗް އާއި މިތިން ފަރާތުގެ މެދުގައި 02
އޮކްޓޫބަރު 2012 ގައި އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަން އެނގެން އޮންނައިރު،
ބުނެވުނު އެއްބަސްވުމުގެ
ދަށުން 2016 ވަނަ އަހަރުގެ ފަހު ކުއާޓާއަށް ދައްކަންޖެހޭ ފައިސާގެ
ތެރެއިން 453,108.30$US (ހަތަރުލައްކަ ފަންސާސްތިންހާސް އެއްސަތޭކަ އަށެއް ޕޮއިންޓް ތިނެއް ސުމެއް
އެމެރިކާ ޑޮލަރު) އެޗް. އެމް ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާ މާލެ
ބްރާންޗަށް ދައްކާފައި ނުވާކަން ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ސިވިލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެފައި، އެކަން ނަފީ ކުރެވޭ ފަދަ އެއްވެސް ހެއްކެއް، އެޗް.
އެމް. ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައި ނުވާކަން އެނގެއެވެ.
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/130
4 4
(ށ) އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި އެޗް. އެމް. ލޫލޫ ޕްރައިވެޓް
ލިމިޓެޑް އާއި ދެމެދު ކިހާދުއްފަރު ރިސޯޓް ކުއްޔަށް ދިނުމަށް 12 ސެޕްޓެމްބަރު 2012 ގައި ވެފައިވާ
އެއްބަސްވުމުގެ 08 ވަނަ މާއްދާއާއި 11 ވަނަ މާއްދާއާއި އެޗް އެމް ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ޚިލާފުވެފައިވާތީ، ކިހާދުއްފަރު ރިސޯޓު އެއްބަސްވުމާ އެއްގޮތަށް ހުސްކޮށް އަތަމާ މެރިން އިންޓަނޭޝަނަލް
ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުމަށް އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 21
ޑިސެންބަރު 2016 ގައި ފޮނުވާފައިވާ ޓާރމިނޭޝަން ނޯޓިސްއަކީ ސަބްލީސް އެގްރީމެންޓުގެ 15 ވަނަ
މާއްދާގެ ދަށުން އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން
ފޮނުވާފައިވާ ނޯޓިސްއެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންކަމާއިގެ
އެހެންކަމުން، އިސްވެ ބުނެވުނު ޓާރމިނޭޝަން ނޯޓިސްގައި ބަޔާންވެގެ
ހެވާ ގޮތުގެ މަތީން ސަބްލީސް
އެގްރީމެންޓުގެ
15 ވަނަ މާއްދާއާ ޙަވާލާދީ ޤާނޫނީ ގޮތުން ސަބްލީސް އެގްރީމެންޓު ނިމުމަކަށް އައިސްފައިވާތީ
ސަބްލީސް އެގްރީމެންޓުގެ 29 ވަނަ މާއްދާގެ ދަށުން އެއްބަސްވުމާ އެއްގޮތަށް ކިހާދުއްފަރު ރިސޯޓް ހުސްކޮށް
އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުމަކީ އެޗް. އެމް ލޫލޫ ޕްރައިވެޓް ލިމިޓެޑުގެ
މައްޗަށް ޤާނޫނީ ގޮތުން ލާޒިމް ކަމެއްކަން އެނގެއެވެ.
ވީމާ، ސިވިލް ކޯޓުގެ ނަންބަރު 2017/Cv
-
C/208 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ސަބަބެއް އޮތް ކަމަކަށް ދިވެހިރާ ހައިކޯޓުން މިމައްސަލަ ބެލި މަޖިލީހުގެ އެއްވެސް
ފަނޑިޔާރަކަށް ނުފެނުނެވެ.
ދ ތ هޑ
އދއޖ3
cc
0
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރުމުން، ސިވިލް ކޯޓުގެ
ނަންބަރު 2017/Cv-C/208 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ނުކުތާކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތް
އްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2017/HC-A/130
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމް ކޮށްފީމެވެ.
ދިވެހިރާ4
8
k
*4:
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ