ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/294 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ
ނިމުނު ގޮތު
2015/HC-A/294
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 294/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތްތައް:
ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް * މިހާރުގެ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
• ނަން : ޒިފާން ޒާހިރު
އައިޑީ ކާޑު ނަންބަރު: 24
A0751
ދާއިމީ އެޑްރެސް: ހުޅުމާލެ ފްލެޓް 05-G-12
މިހާރުގެ އެޑްރެސް: ހުޅުމާލެ ފްލެޓް 05-3-130
#
*
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 28 ޝައްވާލު 1436
13 އޯގަސްޓް 2015
-ނިމުނު ތާރީޚް: 28 ޞަފަރު 1438
28 ނޮވެމްބަރ 2016
(ފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2014/Cv
-
C/2009
ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: މަދަނީ މައްސަލަ
ށަހެޅުނު ތާރީޚް: 01 އޮކްޓޯބަރު 2014 • ނިމުނު ތާރީޚް: 31 މެއި 2015
ކޮށްދެވެ
ދިވެހިރާa
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް
ފަނޑިޔާރު އގ.ޢަލީ ސަމީރު، ފަނޑިޔާރު އގ.ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އޖ.ޢަބްދުއްރައޫފު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ
2 3 )
2015/HC-A/294
منيت ملي ی مری
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/2009 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފް ކޮށްދިނުން އެދި
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ، ހުޅުމާލެ ފްލެޓް 05-G-12
ޒިފާން ޒާހިރުއެވެ.
ފާހަގަކުރެވުނު ނުކުތާތައް
-ol
ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/2009 ޤަޟިއްޔާ ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން
ކުރިއަށްގެންދާ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ 'ބީ' ކެޓަގަރީގެ
ފްލެޓަށް ޝަރުޠު ފުރިހަމަވެ، ފްލެޓް ލިބޭ ފަރާތްތައް އިޢުލާން ކުރުމަށްޓަކައި 21 ޖެނުއަރީ 2013
ގައި އެމިނިސްޓްރީގެ ނަންބަރު
138/2013/05(IUL) އިޢުލާނުގައި،
ހުޅުމާލެ ފްލެޓް
05-G-12 ޒިފާން ޒާހިރުގެ ޝަރުޠު ފުރިހަމަވެ، އަދި 24 މާރޗް 2013 ގައި އެމިނިސްޓްރީގެ
ނަންބަރު 138/2013/34(IUL) އިޢުލާނުން ބީ' ކެޓަގަރީން ގުރުޢަތުން ނެގުނު 15 ފަރާތުގެ
ތެރޭގައި ހިމެނި ހޮވިފައިވަނިކޮށް، 16 ޖޫން 2013 ގައި އެމިނިސްޓްރީގެ ނަންބަރު
2013
/
494/INDIV/138 ސިޓީއިން ކުއްލިގޮތަކަށް ޒިފާން ޒާހިރުގެ އަނބިމީހާ ޙަފްޝާ
ޢަބްދުލްޣަނީ އަށް ހުޅުމާލެއިން އެއްކޮޓަރީގެ ފްލެޓެއް ލިބިފައިވާކަމަށް ބުނެ، ޒިފާން ޒާހިރު 'ބީ'
ކެޓަގައި ފުރަތަމަ ފިޔަވަހިން ފްލެޓް ލިބޭ މީހުންގެ ލިސްޓުން ދަޢުވާކުރާ ފަރާތުގެ ނަން ޤަވާޢިދާ
ޚިލާފަސް އުނިކޮށްފައިވާތީ، ދަޢުވާކުރާ ފަރާތަށް ލިބެންޖެހޭ ފްލެތް ހަވާލު ކުރުމަށް ދަޢުވާލިބޭ ފަރާތަން
އަންގަވައި، އެމޭރުމުން ޙުކުމެއް ކޮށްދެއްވުން އެދި މިނިސްޓްރީ އޮފް ހައުސިންގ
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2015/HC-A/294
3 ޤަޟިއްޔާ ނިމުނު "
އިންފްރާސްޓްރަކްޗަރ މައްޗަން، ހުޅުމާލެ ފްލެޓް 05-G-12 މާލެ، ޒިފާން ޒާހިރު ދަޢުވާކުރުމުން
ބެލުނު މައްސަލައެކެވެ.
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު
ނުކުތާތަކުގެ މައްޗަށާއި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ދަޢުވާކުރާ
ފަރާތަކީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ 'ބީ' ކެޓަގަރީން ފްލެޓް ލިބުމަށް ޝަރުޠު
ފުރިހަމަވާ ފަރާތަކަށް ވެގެން، ފްލެޓް ލިބޭ ފަރާތެއްގެ ގޮތުގައި ދަޢުވާކުރާ ފަރާތުގެ ނަން ދެފަހަރެއްގެ
މަތީން އިޢުލާން ކޮށްފައިވާ ފަރާތެއްކަމާއި މިގޮތުން ވެށިފަހި މާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ 'ބީ'
ކެޓަގަރީގެ ފްލެޓް ލިބޭ ފަރާތެއްގެ ގޮތުގައި ދަޢުވާލިބޭ ފަރާތް ހޮވިފައިވާކަން، މިނިސްޓްރީ އޮފް
ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު 138/2013/05(IUL) (21 ޖެނުއަރީ
2013) އިއުލާނުގައިވާ ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ލިސްޓް" އިންނާއި އަދި އެ މިނިސްޓްރީގެ
ނަންބަރު 138/2013/34(IUL) (24 މާރޗް 2013) އިޢުލާނުގައިވާ "ފްލެޓްތަކަށް ހޮވުނު
ފަރާތްތަކުގެ ލިސްޓް" އިން އެނގެން އޮންނަކަމާއި،
މިއީ، ވަގުތީ ލިސްޓް ތަކެއްކަމަށް ދަޢުވާލިބޭ ފަރާތުން ބުނިނަމަވެސް މި ލިސްޓްތަކަކީ
ވަގުތީ ލިސްޓްތަކެއްކަން ނުވަތަ ވަގުތީ ގޮތުން ހޮވާފައިވާ ހޮވުމެއްކަން އެނގޭފަދަ އެއްވެސް
ކާފީހެއްކެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައި ނުވާކަމާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް
އިންފްރާސްޓްރަކްޗަރގެ ނަންބަރު 138/2013/05(IUL) (21 ޖެނުއަރީ 2013) އިޢުލާނުގައާއި،
އެ މިނިސްޓްރީގެ ނަންބަރު 138/2013/34(IUL) (24 މާރޗް 2013) އިޢުލާނުގައު ފްލެޓް ޙަވާލު
ކުރެވުމުގައި ބަލާނެ ކަންކަމުގެ ގޮތުގައި ކަނޑައަޅާފައިވާ ޝަރުޠުތަކަކީ، ވެށިފަހި މާލެ ޕްރޮގްރާމްގެ
ދަށުން 'ބީ' ކެޓަގަރީގެ ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ޢާއްމުކޮށްފައިވާ
ޝަރުޠުތަކެއް ނޫންކަމާއި، އެ ޝަރުޠުތަކަކީ، ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ
ފަރާތްތަކުގެ ގޮތުގައި ހޮވުނު ފަރާތްތައް އިޢުލާން ކުރިއިރު، އެއިޢުލާނުގައި ކަނޑައަޅާފައިވާ ޝަރުޠު
ތަކެއްކަމަށާއި، 'ބީ' ކެޓަގަރީގެ ފްލެޓް ލިބޭ ފަރާތެއްގެ ގޮތުގައި ދަޢުވާލިބޭ ފަރާތް ހޮވިފައި އޮތް އޮތުން
ބާޠިލްކޮށް، ދަޢުވާކުރާ ފަރާތް ބީ" ކެޓަގަރީގެ ފްލެޓް ލިބޭ ފަރާތްތަކުގެ ތެރެއިން އުނިކޮށްފައިވަނީ،
ފަހުން އިތުރު ކުރެވުނު ޝަރުޠުތަކުގެ މައްޗަށް ބިނާކޮށްގެންކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާއި
c4
ވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{15/HC-A/294
4 ޤަޟިއްޔާ ނިމުނު ގޮ
ދެވެ
މިފަދަ ޝަރުޠުތަކަކީ، ޞައްޙަ ޞަރުޠުތަކެއް ކަމުގައި ޤާނޫނީ ގޮތުން ބެލެވެން ނެތް
ޝަރުޠުތަކެއް ކަމަށާއި، އެ ޝަރުޠުތަކުން ޝަރުތެއް ދަޢުވާކުރާ ފަރާތުގެ ކިބައިގައި އުނިވާކަމަށް
ބަލައި، ފްލެޓް ލިބުމުގައި ދަޢުވާކުރާ ފަރާތުގެ ޝަރުޠު ހަމަނުވާކަމަށް ދައުލަތުން ނިންމާފައިވާ
ނިންމެވުމަކީ ޞައްޙަ ނިންމެވުމެއް މިކަމަށް ސިވިލް ކޯޓުގެ 2013/Cv-C/1532 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ ކަމާއި، އަދި މި އުޞޫލަކީ، މަތީ މަރުޙަލާގެ ކޯޓަކުން އަދި ބާޠިލްކޮށްފައިވާ
އުޞޫލެއްނޫންކަމާއި،
މިމައްސަލަ އަކީވެސް ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1532 ޤަޟިއްޔާގައި
ބައްލަވާފައިވާ މައްސަލައާއި އެއްފަދަ މައްސަލައަކަށްވާތީ، ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/1532 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތައް މި މައްސަލާގައި ތަޠުބީޤުކުރާ
ދަޢުވާކުރާ ފަރާތަކީ، ވެށިފަހިމާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ 'ބީ' ކެޓަގަރީގެ
ފްލެޓް ލިބޭ ފަރާތެއްގެ ގޮތުގައި ހޮވިފައިވާ ހޮވުން އިޢާދަކުރަންޖެހޭ ފަރާތެއްކަމަށް ކަނޑައަޅައި،
ވެށިފަހި މާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ "ބީ" ކެޓަގަރީގެ ދަށުން ފްލެޓް ދޫކޮސްފައިވާ ގޮތާއި
އެއްހަމައަކުން 31 މެއި 2015 މިތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި، ދަޢުވާކުރާ ފަރާތާއި
ފްލެޓް ޙަވާލު ކުރުމަށް ދައުލަތަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
02- ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/2009 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކޮށްދިނުން އެދި
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ.
2
35 / ހ2
އިނކ ތާކުއ
4 33c2 2
eހ$ނ
• ފުރަތަމަ ނުކުތާއަކީ، ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5
ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި މައްސަލަ ނިންމުމުގައި މައްސަލައާ ގުޅިގެން ހުށަހަޅާ
އެންމެހައި ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރަންވާނެކަމުގައި ބަޔާންކޮށްފައިވީނަމަވެސް،
ދައުލަތުން ފާހަގަކުރި މައްސަލައާ ގުޅުންހުރި މުހިންމު ނުކުތާތަކާއި ވަށައިގެންވާ
ޙާލަތްތަކަށް ރިއާޔަތްކުރެއްވުމަކާ ނުލައި މައްސަލަ ނިންމަވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ
1ބ2
.p
ދިވެހިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{15/HC-A/294
ދެވެ
5 ޤަޟިއްޔާ ނިމުނު
ދެވަނަ ނުކުތާއަކީ، ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރާ ޚިލާފަށް
މައްސަލަ ނިންމަވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
03- މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/2009
ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
2014/Cv
-
C/2009 ޤަޟިއްޔާއަކީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
އިން ކުރިއަށްގެންދިޔަ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހުނު 'ބީ'
ކެޓަގަރީގެ ފްލެޓަށް ޝަރުޠު ފުރިހަމަވެ، ފްލެޓް ލިބޭ ފަރާތްތައް އިޢުލާން ކުރުމަށްޓަކައި 21 ޖެނުއަރީ
2013 ގައި އެމިނިސްޓްރީގެ ނަންބަރު 138/2013/05(IUL) އިޢުލާނުގައި، ހުޅުމާލެ ފްލެޓް
05-G-12 ޒިފާން ޒާހިރުގެ ޝަރުޠު ފުރިހަމަވާކަމަށް ބަޔާންކޮށް އަދި 24 މާރޗް 2013 ގައި
އެމިނިސްޓްރީގެ ނަންބަރު 138/2013/34(IUL) އިޢުލާނުން 'ބީ' ކެޓަގަރީން ގުރުއަތުން ނެގުނު 75
ފަރާތުގެ ތެރޭގައި ޒިފާން ޒާހިރު ހިމެނި ހޮވިފައިވަނިކޮށް، 16 ޖޫން 2013 ގައި އެމިނިސްޓްރީގެ
ނަންބަރު 2013
/
494/INDIV/138 ސިޓީއިން ޒިފާން ޒާހިރުގެ އަނބިމީހާ ޙަފްޞާ ޢަބްދުލްޣަނީ
އަށް ހުޅުމާލެއިން އެއްކޮޓަރީގެ ފްލެޓެއް ލިބިފައިވާކަމަށް ބުނެ، ޒިފާން ޒާހިރު ބީ" ކެޓަގަރީ ފުރަތަމަ
ފިޔަވަހިން ފްލެޓް ލިބޭ މީހުންގެ ލިސްޓުން ޒިފާން ޒާހިރުގެ ނަން ޤަވާޢިދާ ޚިލާފަށް
އުނިކޮށްފައިވާކަމަށްބުނެ، ޒިފާން ޒާހިރަށް ލިބެންޖެހޭ ފްލެޓް ހަވާލު ކުރުމަށް މިނިސްޓްރީ އޮ
ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މައްޗަށް އަންގައި ދިނުމަށް އެދި ހުށަހެޅި މައްސަ
ރައެއްކަން
އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
#
2{15/HC-A/294
ދެ
ޤަޟިއްޔާ ނިމުނު ގޮ
(ށ) ދެވަނަކަމަކީ، 16 ޖޫން 2013 ގައި ޒިފާން ޒާހިރަށް ފޮނުވާފައިވާ މިނިސްޓްރީ
އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު 2013
/
494/INDIV/138 ސިޓީގައި
ބަޔާންކޮށްފައިވަނީ، ޒިފާން ޒާހިރު ވެށިފަހި މާލެ ޕްރޮގްރާމްގެ 'ބީ' ކެޓަގަރީ ފުރަތަމަ ފިޔަވަހިން
ގުރުއަތުން ހޮވުނު 75 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހިމެނިފައިވީނަމަވެސް، މިޕްރޮގްރާމުން ފްލެޓް
ދޫކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއްގެ ދަށުން ގޯއްޗެއް،
ޢިމާރާތްކޮށްފައިވާ ފްލެޓެއް ނުވަތަ އެފަދަ ޚިޔާވެއްސެއް (ރޯހައުސެއްފަދަތަންތަން) ތިމާއަށް ނުވަތަ
ތިމާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ލިބިފައިނުވާ ފަރާތްތަކަށްކަމަށާއި، ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން އިން މަޢުލޫމާތު ސާފުކުރުމުން ޒިދާން ޒާހިރުގެ އަނބިމީހާގެ ނަމުގައި ހުޅުމާލެއިން
ނަންބަރު 05-G-12 ފްލެޓް 2007 ފެބުރުއަރީ 15 ދުވަހު ރަޖިސްޓްރީކޮށްފައިވާކަމަ
ލިބިފައިވާތީ، "ބީ" ކެޓަގަރީގެ ފްލެޓް ލިބޭ މީހުންގެ ލިސްޓުން ޒިފާން ޒާހިރުގެ ނަން އުނިކުރެވިފައިވާ
ވާހަކަ އަންގައި އެފަދައިން ކަން އެނގެން އޮންނަކަމެވެ.
ކމަށް
3/325/
2942
(ނ) ތިންވަނަކަމަކީ، ވެށިފަހިމާލެ ޕްރޮގްރާމަށް ޒިދާން ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ
ނަންބަރު B000887 ފޯމުގައި، ސަރުކާރުގެ ޕްރޮޖެކްޓެއްގެ ދަށުން ޢިމާރާތްކޮށްފައިވާ ފްލެޓެއް ނުވަތަ
އެފަދަ ހިޔާވައްސެއް ތިމާއަށް ނުވަތަ ތިމާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ލިބިފައިވާނަމަ،
ލިބިފައިވާ ފްލެޓެއް ނުވަތަ ހިޔާވެއްސެއްގެ މަޢުލޫމާތު ހިމެނުމަށް ބަޔާންކޮށްފައި އޮންނަ ތަނުގައި
ހުޅުމާލެ ނަންބަރު 05-G-12 ފްލެޓް ލިބިފައިވާކަމަށް ލިޔެފައިވާކަން އެ ފޯމަށް ބެލުމުން އެނގޭއިރު،
އަދި އެކަމުގެ މައްޗަށް އެއްވެސް އިންކާރެއް ޒިފާން ޒާހިރުގެ ފަރާތުން ކޮށްފައިނުވާއިރު، ވެށިފަހި މާލެ
ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ބީ" ކެޓަގަރީގެ ފްލެޓަށް ޝަރުޠު
ފުރިހަމަވެގެން ފްލެޓް ލިބޭ ފަރާތްތައް އެންގުމަށްޓަކައި 21 ޖެނުއަރީ 2013 ގައި މިނިސްޓްރީ އޮފް
ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުރި އެމިނިސްޓްރީގެ ނަންބަރު 138/2013/06(IUL)
އިޢުލާނާއި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ބީ" ކެޓަގަރީގެ
ފްލެޓަށް ޝަރުޠު ފުރިހަމަވެގެން ފްލެޓް ލިބޭ ފަރާތްތައް އެންގުމަށްޓަކައި 26 މާޗް 2013 ގައި
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުރި އެމިނިސްޓްރީގެ ނަންބަރު
2013/34;138(IUL) އިޢުލާނުގައި ޒިފާން ޒާހިރު ހިމެނިފައިވީނަމަވެސް ބުނެވުނު އިޢުލާނުޓަމުގައި
މަޢުލޫމާތު ޗެކް ކުރުމަށްފަހު ފްލެޓަށް ހޮވިފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ+
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ނިމުނު
2{15/HC-A/294
کی عمری
/ / 4
އިނޤިކމާއި،
އަނުވާކަމަށް ސާބިތުވާ ނަމަ ފްލެޓަށް ހޮވިފައިވާ ހޮވުން ބާޠިލު ކުރެވޭނެކަމަށް
ފެނެކަމަށް ބަޔާންކޮށްފައިވާކަން
މިގޮތުން ފްލެޓް
ހަވާލުކުރެވޭނީ ތިރީގައިމިވާ ކަންކަން ކަމާބެހޭ ފަރާތްތަކުން
ސާފުކުރުމަށްފަހުގައި ކަމަށް ބަޔާންކޮށް އޭގެ ތެރޭގައި ފިރިމީހާ ނުވަތަ އަނބިމީހާއަށް ސަރުކާރުން
ހިންގާފައިވާ ހައުސިންގ
އިގި ޕްރޮޖެކްޓެއްގެ ދަށުން ދޫކުރާ ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިނެތުން،
މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަކަމަކީ، ޒިފާން ޒާހިރު، ވެށިފަހި މާލެ ޕްރޮގްރާމްގެ 'ބީ' ކެޓަގަރީގެ
ފުރަތަމަ ފިޔަވަހީން ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހިމެނިފައި އޮތްނަމަވެސް އޭނާ
އޭނާގެ ނަން
އެލިސްޓުން އުނިކުރެވިފައިވަނީ ޒިފާން ޒާހިރުގެ އަނބިމީހާ، ގ.ތާފަތާއާގެ! ޙަފްޞާ އަބްދުލްޣަނީއަކީ
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ހުޅުމާލެއިން ފުލެޓެއް ލިބިފައިވާ ފަރާތެއްކަން
އެނގެން އޮތުމުން، މިޕްރޮގްރާމްގެ ދަށުން ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފިރިމީހާ ނުވަތަ
އަނބިމީހާއަށް ސަރުކާރުން ހިންގާފައިވާ ހައުސިންގ ޕްރޮޖެކްޓެއްގެ ދަށުން ދޫކުރާ ފްލެޓެއް ނުވަތަ
ރޯހައުސްއެއް ލިބިފައިނެތުމަކީ މިޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ބެލެވޭ
ޝަރުތެއްކަމުގައި ވާތީކަން އެނގެން އޮތުމުން، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފުލެޓް ދިނުމުގެ
ޝަރުޠު ޒިފާން ޒާހިރުގެ ކިބައިގާ ހަމަނުވާކަމަށް ބަޔާންކޮށް، ޒިފާން ޒާހިރު 'ބީ' ކެޓަގަރީ ފުރަތަމަ
ފިޔަވަހިން ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިކުރެވިފައިވަނީ، ވެށިފަހި މާލެ އެ ޕްރޮގްރާމުގެ ދަށުން
ފުލެޓް ދިނުމަށް ކަނޑައަޅާފައިވާ އެއްވެސް ޤަވާޢިދަކާއި އަދި އުސޫލަކާއި ވިޔަސް ޚިލާފަށްކަމުގައި
0x32
2 4 2 0 2 0 2 2 2
48ކމެވެ
އެހެންކަމުން، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ
ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/2009 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުއީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމުގައިނުވާތީ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތު
2015/HC-A/294
کی حر متمم مب
07F
އަވާމެ
<< O
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ
ނަންބަރު 2014/Cv
-
C/2009 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
އެއްގޮތަށް ނޫންކަމަށް ފީ ޤާޟިއްޔާ ބެލީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ
ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/2009 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް މި
ޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv