ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/311 ޤަޟިއްޔާގެ ޙުކުމް
1
20j5/HC-A/31]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 311/HC
-
A/2015
އިސްތިއުނާފުކުރި ފަރާތް:
ނަން: މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް
* ދާއިމީ އެޑްރެސް: ހ. ހާލި މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
ރެޖިސްޓްރޭޝަން ނަންބަރު: 374
/
1996-C
މިހާރުގެ އެޑްރެސް: ހ. ހާލި/ މާލެ
* ނަން: ސަޢީދު މޫސާ
* އައިޑީކާޑު ނަންބަރު: A056527
މިހާރުގެ އެޑްރެސް: ގ. ފިލާވެލި! މާލެ
ފިލާވެލި މާލެ
ނިމުނު ތާރީޚް: 28 ނޮވެމްބަރު 2016
0
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 01 ސެޕްޓެންބަރު 2015
އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ:
• ނަންބަދު: 2015/Cv
-
C/273
ނިންމި ކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ޙުކުމް ތަންފީޒުކުރުން
ހުށަހެޅި ތާރީޚް: 26 ޖަނަވަރީ 2015
* ނިމުނު ތާރީޚް: 09 ޖުލައި 2015
މައްސަލަ ބެއްލެވި ފަނޑިޔާރުން؛
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު އަބްދުﷲދީދީ، ފަނޑިޔާރު އަބްދު*
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20j5/HC-A/31]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
.ދަޢުވާގެ ޚުލާޞާ
0
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/273 ޤަޟިއްޔާ އެ ކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
ce .
CCCO
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ގ. ފިލާވެލި ސަޢީދާ މޫސާއެވެ.
0
ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/273 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެމައްސަލަ އިސްތިއުނާފު ކުރުމަށް
މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
ceto
2- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/273 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2255 ޤަޟިއްޔާގެ ޙުކުމާ
އެއްގޮތަށް މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށްފައިނުވާތީ، އެ ޤަޟިއްޔާގެ ޙުކުމް
ތަންފީޛުކޮށް ދިނުމަށް އެދި ފިލާވެލި ސަޢީދާ މޫސާގެ ފަރާތުން ދަޢުވާ ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2255 ޤަޟިއްޔާގެ
ޙުކުމް ތަންފީޛުކޮށްދިނުމަށް އެދި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ގ.
ސަޢީދާ މޫސާ ހުށަހަޅާފައިވާ މިމައްސަލަ ޝަރީޢަތުން ބެލިއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
20j5/HC-A/31]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
84 8
މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ސަޢީދާ
މޫސާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ 101,966.58ރ (އެއްލައްކަ އެއްހާސް
ނުވަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަންސާސް އަށްލާރި) ދައްކާފައިވާ ކަމާއި،
3
ސަޢީދާ މޫސާގެ ރުހުމަކާއި ނުލައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ފިލާވެލި އެވެ ކިޔާ ގޯތީގައި ހަދާފައިވާ ގުދަން ބޭނުންކުރުމުގެ ޙައިސިއްޔަތެއް ނެތި، 20 ފެބްރުއަރީ
2014 ވަނަ ދުވަހުން ފެށިގެން ގ.ޕިލާވެލި އެވެ ކިޔާ ގޯތީގައި ހަދާފައިވާ ގުދަނުގައި މެރީޑިއަމް ސަރވިސަސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބަހައްޓާފައިވާ ތަކެއްޗާއި، އެތަނުގައި މީހަކު ބަހައްޓާފައި ހުރިނަމަ، އެމީހަކު
ނުވަތަ މީހުން ނެރެ، ތަން ހުސްކުރުމަށް ފަހު ސަޢީދާ މޫސާއާ އެގުދަނުގެ ތަޅުދަނޑި ހަވާލުކުރުމާ ހަމައަށް،
ގުދަނުގެ ބޭނުންކުރާ ކޮންމެ ދުވަހަކަށް، ދުވާލަކު 766
/
66ރ (ހަތްސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް
ހަލާރި) ގެ މަގުން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސަޢީދާ މޫސާއަށް ދައްކަން
ޖެހޭކަމަށް ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2255 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާތީ،
ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކާއި ހުށަހެޅިފައިވާ ލިޔުންތަކަށް
ރިޢާޔަތްކޮށް 20 ފެބްރުވަރީ 2014 ވަނަ ދުވަހުން ފެށިގެން ގުދަނުގެ ތަޅުދަނޑި ހަވާލުކޮށްފައިވާ ދުވަސް
ކަމަށްވާ 01 ޖޫން 2014 ވަނަ ދުވަހާ ހަމައަށް ދުވާލަކު 766
/
66ރ (ހަތްސަތޭކަ ފަސްދޮޅަސް ހަރުފިޔާ
ފަސްދޮޅަސް ހަލާރި) ގެ މަގުން -/764666ރ (ހަތްދިހަ ހަހާސް ހަސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ) މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސަޢީދާ މޫސާއަށް ލިބިދޭންޖެހޭ ކަމަށް ކަނޑައަޅުއްވައި،
އެފައިސާ 09 ޖުލައި 2015 އިން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުވެސް
އެމަހަކަށް ޖެހޭ މިންވަރު ސިވިލް ކޯޓަށް ދައްކާ ޚަލާސް ކުރުމަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް
ލިމިޓެޑަށް އަންގަވައި ޙުކުމް ކުރައްވައިކަން އެނގެން އޮންނަކަމެވެ.
3- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/273 ޤަޟިއްޔާ އެކޯޓުން ނިންމަމާއްޓޭ 2
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2015/HC-A/31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ގޮތުން
ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 02 (ދޭއް) ނުކުތާ ހުށަހަޅައި އެނުކުތާތަކާގުޅޭ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
cu o
3
(ހ) ފުރަތަމަ ނުކުތާއަކީ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2255 ޤަޟިއްޔާގައި
ޙުކުމް ކުރެއްވުމާއެކު ގުދަނުގެ ތަޅުދަނޑި ހަވާލު ކުރުމަށްޓަކައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން މަސައްކަތްކޮށްފައިވާކަމާއި، އެހެންނަމަވެސް ގުދަނުގެ ތަޅުދަނޑިއާ ޙަވާލުވުމަށް އިސްތިއުނާފު
ރައްދުވާ ސަޢީދާ މޫސާގެ ފަރާތުން ތަކުރާރުކޮށް އިންކާރުކޮށްފައިވާކަން ސާބިތުކުރުމަށްޓަކައި، ޝަރީޢަތަށް
ހުށަހެޅި ހެކިންގެ ހެކިބަސް ނެންގެވުމަކާ ނުލައި، މައްސަލާގައި ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: ގުދަނުގެ ތަޅުދަނޑި ޙަވާލުކޮށްފައިވަނީ 01 ޖޫން 2014 ވަނަ
ދުވަހު ކަމަށާއި، އެހެންކަމުން އެ ތާރީޚާއި ހަމައަށް ގުދަން ބޭނުން ކުރިކަމަށް ބަލަންޖެހޭނެ ކަމަށް ބުނެ
ސަޢީދު މޫސާ ހުށަހެޅި ނުކުތާގައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިފާޢުގައި
ދައްކާފައިވާ އެއްވެސް ވާހަކައަކަށް ރިޢާޔަތްކޮށްފައި ނުވުމާއި، ސަޢީދު މޫސާގެ ފަރާތުން ގުދަނުގެ ތަޅުދަނޑިއާ
ޙަވާލުނުވި ނުވުމަކީ، އެހިނދުން ފެށިގެން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އޮތް
ޒިންމާއިން އެކުންފުނި ބަރީޢަވާނެ ކަމެއްކަމަށް ބުނެ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ
ދިފާޢީ ދަފްއަށް އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ
49
4 *
4- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/273 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި
މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި މި އިސްތިއުނާފް ދަޢުވާރައްދުވާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
20j5/HC-A/31]
ސަޢީދު މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ބުނެވިދިޔަ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
6 *ހ8
އެއެޤީeށް
(ހ) ފުރަތަމަ ކަމަކީ: އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާއަކީ ސިވިލް
ކޯޓުގެ ނަންބަރު 2013/Cv-C/2255 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާ މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށްފައިނުވާތީ، އެ ޤަޟިއްޔާގެ ޙުކުމް ތަންފީޛުކޮށް ދެއްވުމަށް އެދި
ގ. ފިލާވެލި ސަޢީދާ މޫސާގެ ފަރާތުން ދަޢުވާ ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަން އެނގޭކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2255 ޤަޟިއްޔާއަކީ، ގ.ފިލާވެހި އެވެ ކިޔާ
ގޯތީގައި ހަދާފައިވާ ގުދަން ކުއްޔަށް ދިނުމަށްޓަކައި ގ. ފިލާވެލި، ސަޢީދު މޫސާ އާއި މެރީޑިއަމް ސާރވިސަސް
ޕްރައިވެޓް ލިމިޓެޑާ ދެމެދު 17 އޯގަސްޓް 2012 ދުވަހު ވެފައިވާ އެއްބަސްވުމުގެ 33 ވަނަ މާއްދާއާއި
އެއްގޮތަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފާތަން ދޫކޮށްލާނެ ކަމަށް އަންގާފައި
ވީނަމަވެސް، އެ އެންގުމުގައި ބަޔާންކޮށްފައިވާ ފަދައިން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން
ޢަމަލުކޮށްފައިނުވާތީ ގ.ފިލާވެލި ސަޢީދާ މޫސާގެ ޙައްޤުތަކެއް ގެއްލިފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް
އެދި ސަޢީދާ މޫސާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ 07 އޮކްޓޯބަރު 2013 ވަނަ ދުވަހަށް ފަހުގައި،
ގ.ފިލާވެލި ސަޢީދު މޫސާގެ ރުހުމަކާއި ނުލައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ގ.ފިލާވެލި އެވެ ކިޔާ ގޯތީގައި ހަދާފައިވާ ގުދަން ބޭނުންކުރުމުގެ ޙައިޘިއްޔަތެއް ނެތަތީ، 20 ފެބްރުއަރީ
2014 ދުވަހުން ފެށިގެން ގ.ފިލާވެލި އެވެ ކިޔާ ގޯތީގައި ހަދާފައިވާ ގުދަނުގައި މެރީޑިއަމް ސަރވިސަސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބަހައްޓާފައިވާ ތަކެއްޗާއި، އެތަނުގައި މީހަކު ބަހައްޓާފައި ހުރިނަމަ
ނެރެ، ތަން ހުސްކުރުމަށް ފަހު ސަޢީދު މޫސާއާ ތަނުގެ ތަޅުދަނޑި ހަވާލު ކުރުމާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
20j5/HC-A/31]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބޭނުންކުރާ ކޮންމެ ދުވަހަކަށް، ދުވާލަކު 766
/
66ރ (ހަތްސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި)
ގެ މަގުން -/76,666ރ (ހަތްދިހަ ހަހާސް ހަސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ) މެރީޑިއަމް ސަރވިސަސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސަޢީދާ މޫސާއަށް ދައްކަންޖެހޭ ކަމަށް ކަނޑައަޅުއްވައި، މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެތަނުގައި ބަހައްޓާފައިވާ ތަކެއްޗާއި، އެތަނުގައި މީހަކު
ބަހައްޓާފައި ހުރި ނަމަ، އެމީހަކު ނުވަތަ އެތަކެތި 28 ފެބްރުވަރީ 2014 ވަނަ ދުވަހުގެ ނިޔަލަށް ނެރެ ތަން
ހުސްކުރުމަށް ފަހު، ސަޢީދު މޫސާއާ ތަޅުދަނޑި ޙަވާލުކުރުމަށް އަމުރުކުރައްވައިކަން އެ ޤަޟިއްޔާގެ ޙުކުމަށް
ބެލުމުން އެނގެން އޮންނަކަމާއި
އިސްތިއުނާފު ކުރެވިފައިމިވާ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، ސިވިލް ކޯޓުގެ
ނަންބަރު 2013/Cv-C/2255 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ މައްޗަށާއި، ޝަރީޢަތުގެ މަޖިލީހުގައި
ދެފަރާތުން ދެއްކި ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް ރިޢާޔަތް ކުރައްވައި، 20 ފެބްރުވަރީ 2014 ވަނަ
ދުވަހުން ފެށިގެން ގުދަނުގެ ތަޅުދަނޑި ހަވާލުކޮށްފައިވާ ދުވަސް ކަމަށްވާ 01 ޖޫން 2014 ވަނަ ދުވަހާ
ހަމައަށް ދުވާލަކު 766
/
66ރ (ހަތްސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި)ގެ މަގުން -/76,666ރ
(ހަތްދިހަ ހަހާސް ހަސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ) މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ސަޢީދާ މޫސާއަށް ލިބިދޭންޖެހޭކަމަށް ކަނޑައަޅުއްވައި، އެފައިސާ 09 ޖުލައި 2015 އިން ފެށިގެން 03
(ތިނެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކު ވެސް އެމަހަކަށް ޖެހޭ މިންވަރު ސިވިލް ކޯޓަށް ދައްކައި
ޚަލާޞް ކުރުމަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް އަންގަވައި ޙުކުމް ކުރައްވާފައިވާކަން އެނގެން
އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2255 ޤަޟިއްޔާގައި ތަން
ހުސްކޮށް ގުދަނުގެ ތަޅުދަނޑި 28 ފެބްރުވަރީ 2014 ވަނަ ދުވަހުގެ ކުރިން ސަޢީދު މޫސާއާ ހަވާލުކރުމަށް
މެރީޑިއަމް ސަރވިސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަންގަވާފައިވީ ނަމަވެސް، އެޙުކުމާ އެއްގޮތަށް ލޭ
އައިކެވެ
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/31]
ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގުދަން ހުސްކޮށް ތަޅުދަނޑި ޙަވާލުކޮށްފައި ނުވާތީ އެޤަޟިއްޔާގެ
ޙުކުމް ތަންފީޒުކޮށް ދިނުމަށް އެދި ސަޢީދު މޫސާގެ ފަރާތުން ހުށަހެޅި މައްސަލަ ސިވިލް ކޯޓުގެ ނަންބަރު
2014/Cv-C/565 ޤަޟިއްޔާގައި ހިނގަމުން ދަނިކޮށް، 01 ޖޫން 2014 ގައި ގުދަނުގެ ތަޅުދަނޑި ސަޢީދާ
މޫސާއާ ހަވާލުކޮށްފައިވާކަމަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް
އަންގާފައިވާތީ އެ ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި ނިންމަވާފައިވާއިރު،
އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހަޅާފައިނުވާކަމާއި އަދި ގުދަނުގެ ތަޅުދަނޑިއާ ޙަވާލުވުމަށް މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ
ސަޢީދާ މޫސާގެ ފަރާތުން އިންކާރުކޮށްފައިވާކަމަށް ބުނެ އެކަން ސާބިތުކޮށް ދިނުމުގެ ގޮތުން ސިވިލް ކޯޓުގެ
ނަންބަރު 2014/Cv
-
C/565 ޤަޟިއްޔާގައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހެކި
ހުށަހަޅާފައިވާކަން އެނގެން ނެތްއިރު، އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ނަގާފައިނުވާ ނުކުތާއެއް މިހާރު
އިސްތިއުނާފުކުރެވިފައި މިވާ ޤަޟިއްޔާގެ ތެރޭގައި ބަލައި ގޮތެއް ކަނޑައެޅުމަކީ އެންމެ އިންސާފުވެރި
ނުފެންނާތީ، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/273 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމުން ޝަރުޢީ
އަދި ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބެލެވެން ނެތް ކަމަށެވެ.
cx
8 އ ދވ
ޕްރޮއެކަމަށް
(ނ) ތިންވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/273 ޤަޟިއްޔާ
އިސްތިއުނާފް ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިންގުނު މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ގ.
ފިލާވެލި ސަޢީދާ މޫސާގެ ބަދަލުގައި މިކޯޓަށް ޙާޟިރުވުމަށް ޢައްޔަން ކޮށްފައިވާ މ. މުލައްކޯޒީވިލާ
އަލްއުސްތާޛު އިސްމާޢީލް މުޙައްމަދަށް 28 ނޮވެމްބަރު 2016 ވަނަ ދުވަހުގެ 14:00 އަށް ކޯޓަށް
ޙާޟިރުވުމަށް އަންގައި ފޮނުވުނު މިކޯޓުގެ ނަންބަރު HC
-
B7
/
2016
/
522 (27 ރިލް 2016
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2015/HC-A/3jj
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
"ކޯޓަށް ޙާޟިރުވުމުގެ އަމުރު" ރައްދުވެ އެއަމުރުގައި ވާ ގަޑިއަށް އެފަރާތުން މިކޯޓަށް ޙާޟިރުވެފައިނުވާތީ، މި
މައްސަލައިގެ ޙުކުމް ކުރެވިފައިމިވަނީ އެފަރާތުގެ ޣައިރު ޙާޟިރުގައެވެ.
އެހެންކަމުން، ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް
ކޯޓުގެ ނަންބަރު 2015/Cv-C/273 ޤަޟިއްޔާ އެ ކޯޓުން ބައްލަވައި ނިންމަވާފައިވާ ނިންމުމަށް ބަދަލު
ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ޙުކުމް:
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ
ނަންބަރު 2015/Cv-C/273 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި
ޤާނޫނީ ސަބަބެއް ނެތްކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި މިމައްސަލާގައި އިސްތިއުނާފް ރައްދުވި ގ. ފިލާވެލި ސަޢީދާ މޫސާގެ ޣައިރު ޙާޟިރުގައި،
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv