ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/200 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/200
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 200/HC-A/2017
އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
0
0
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: މުޙައްމަދު އަސްލަމް
އައިޑީ ކާޑު ނަންބަރު: A341105
828ޚި22
.
ދާއިމީ
{ ކ. މާލެ
މިހާރުގެ އެޑްރެސް: މއ. ބްލޫކްލައުޑް | ކ. މާލެ
,544
ރަޖިސްޓްރީކުރެވުނު ތާރީޚް: 13 އޭޕްރިލް 2017
ނިމުނު ތާރީޚް: 07 ޖޫން 2017
0
0
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު: 2017
/
2111/J
/
MD-145
އަމުރު ނެރުނު ކޯޓު.ކުރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ބަންދު އަމުރު (މަސްތުވާތަކެތި ގެންގުޅުން ވިޔަފާރިކުރުން)
• އަމުރު ނެރުނު ތާރީޚް: 08 އޭޕްރިލް 2017
34
32
3 ކ ވ
ބނުންކުރަން ގެނެ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2017/HC-A/20)
ދަޢުވާގެ ޚުލާޞާ
މިއީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
2111/J
/
MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ އެއްގޮތަށްނޫން ކަމަށްބުނެ އެ އަމުރު އިސްތިއުނާފު ކޮށްދިނުމަށް އެދި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، މިއ. ލޫކްލައުޑް | ކ. މާލެ މުޙައްމަދު އަސްލަމް
CCCO
0
ފާހަގަކުރެވުނު ނުކުތާތައް:
401 ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
2111/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އެ
ކޯޓުއަމުރަކީ، 2017 މާރޗް 14 ވަނަ ދުވަހުގެ 12:58 ހާއިރު މއ. ބްލޫކްލައުޑް | މާލެ މުޙައްމަދު
1
އަސްލަމް، މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، މުޙައްމަދު
އަސްލަމް ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން ހިނގައިދާނެކަމަށް ފެންނާތީ،
މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި މުޙައްމަދު އަސްލަމް ބަންދުގައި ބަހައްޓަން އަމުރުކޮށް
ދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 158168/MF [ބަންދުގެ މުއްދަތު އިތުރުކުރުމަށް
ހުށަހަޅާ ފޯމް” އިން ހުށަހެޅުމުން، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 10 (ދިހައެއް) ދުވަހުގެ
މުއްދަތަށް މުޙައްމަދު އަސްލަމް ގޭގައި ބަންދުކުރުމަށް ނިންމައި، 08 އޭޕްރިލް 2017 ވަނަ ދުވަހު ކުރިމިނަލް
ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
02- ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
2111/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
R
، ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/200
އެއަމުރު އިސްތިއުނާފުކުރާ
ފުކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން،
ފުރަތަމަ ނުކުތާއަކީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
2111/J
/
MD-145 ކޯޓު އަމުރަކީ،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި 46 ވަނަ މާއްދާއާއި ”ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު“ ގެ
ވަނަ މާއްދާގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު
ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްނުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހަޅާފައިވާ
ނުކުތާއެވެ.
ce O
ޑ 3 ޑ
އެއަށްފަރެ
• ދެވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި
”މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް
ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ“
ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC-A/2011 ޤަޟިއްޔާގައި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
33/SC
-
A/2011 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނިކޮށް، ކްރިމިނަލް ކޯޓުން އަމުރު ނެރުއްވިއިރު،
އެއުޞޫލަށް ރިޢާޔަތް ނުކުރައްވައި އަމުރު ނެރުއްވާފައިވުން ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
03- ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
2111/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެދުކުތަކާ ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
ކުގެ މައްޗަށް ޝަރުޢީ ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/200
4 |
(ހ) ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ
ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ
(ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި،
ޤާނޫނުއަސާސީގެ
ސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު“ ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ
ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
و نترس
އޮންނަކަމާއި،
0=ހ8
/9938ވ
ކުށް
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ މީހަކު ންދުކުރުމުގެ
މުގައި، ތުހުމަތުކުރެވޭ
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި،
އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، އަދި
ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
ލިމުންދާ މީވ ހޑ 8 ހއ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2017/HC-A/200
هހ02ކ
(ނ) މިއިސްތިއުނާފުކުރެވޭ މައްސަލައިގައި މއ. ބުލޫކްލައުޑް މާލެ މުޙައްމަދު އަސްލަމްގެ މައްޗަށް
.މަތުކުރެވިފައިވަނީ، 2017 މާރޗް 14 ވަނަ ދުވަހުގެ 12:58 ހާއިރު މުޙައްމަދު އަސްލަމް،
މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްކަމާއި، އެހެންކަމުން
މުޙައްމަދު އަސްލަމް ދޫކޮށްލައިފިނަމަ މުޙައްމަދު އަސްލަމްގެ ފަރާތުން މުޖުތަމަޢުއަށް ނޭދެވޭ
އަސަރެއްކޮށްފާނެކަމަށް ފެންނާތީ، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މިނިސްޓްރީ އޮފް
ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި މުޙައްމަދު އަސްލަމް ބަންދުގައި ބަހައްޓަން އަމުރުކޮށް ދެއްވުން އެދި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 158168/MF [ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް“
އިންނާއި، ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި،
މުޙައްމަދު އަސްލަމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ އެމައްސަލައަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ތަޙްޤީޤު ނިންމާ ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވާ
މައްސަލައެއްކަން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއިގެ
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ޒާތާއި
މުޖުތަމަޢުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް އަދި މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް
އެކަމާއި، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ
މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޓްރެފިކްކުރުމުގެ ކުށަކީ މުޠުލަޤު މަސްއޫލިއްޔަތު (ސްޓްރިކްޓް ލައިބިލިޓީ)
އުފުލަންޖެހޭ ކުށެއްގެ ގޮތުގައި ބަޔާންވެފައިވާ ކުށެއްކަމާއި މިކުށަކީ އެންމެ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ
ޖިނާޔަތުގެ ކުށެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 10/SC-A/2016 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކުރައްވާފައިވާ ކަމާއިގެ
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ، އެކުށްތަކުގެ ބާވަތުން
މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި މުޖުތަމަޢަށް ނުރައްކާ
އްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ
އ ހ3 4
ރި 8
ދިވެހިރާއްޖެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/200
ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 33/SC
-
A/2011
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކުރައްވައި އެޤަޟިއްޔާގައި ތުހުމަތުކުރެވުނު ފަރާތް
އެމައްސަލައިގެ ޝަރީޢަތް ނިމެންދެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި
ބެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރު ނެރުއްވާފައިވާކަން އެނގެން އޮވެއެވެ.
CCCX
(ނ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މުޙައްމަދު އަސްލަމް އިތުރަށް ބަންދުގައި
ބަހައްޓަންބޭނުންވަނީ މުޙައްމަދު އަސްލަމްގެ މައްޗަށް ތުޙުމަތު ކުރެވޭ މައްސަލައަކީ މަސްތުވާތަކެތި ގެންގުޅެ
އޭގެ ވިޔަފާރި ކުރާފަރާތެއްކަމަށް ޝައްކު ކުރެވޭ މައްސަލައަކަށްވާތީ، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރި
ކަމަށްޓަކައިކަން އެނގެންއޮންނައިރު، އިސްތިއުނާފު މިކުރެވޭ، ކުރިމިނަލް ކޯޓުގެ ނަންބަރު -145
2017
/
2111/J
/
MD ކޯޓު އަމުރުގައި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 10 (ދިހައެއް)
ދުވަހުގެ މުއްދަތަށް މުޙައްމަދު އަސްލަމް ގޭގައި ބަންދުކުރުމަށް ނިންމާފައިވާކަން އެނގެން އޮންނަކަމާއި،
2017 މާރޗު 14 ވަނަ ދުވަހުގެ 12:58 ހާއިރު މއ. ބުލޫކްލައުޑް| މާލެ މުޙައްމަދު އަސްލަމް،
މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުޙުމަތު ކުރެވޭ މައްސަލައިގައި، މުޙައްމަދު އަސްލަމްގެ
ހަށިގަނޑު ބަލާ ފާސްކުރުމުގެ ތެރޭގައި މުޙައްމަދު އަސްލަމް ލައިގެން ހުރި ފަޓްލޫނުގެ ވާތްފަރާތު ކުރިމަތީ
ޖީބުން ނެގި 03 ރަބަރު ޕެކެޓްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް
ޗެއްހުރި 15 ރަބަރު ޕެކެޓް
(ލެބޯޓްރީ ތަޙްލީލުކުރުމުން މޯފިންއާއި ޑައަމޯފިން އަށް ޕޮޒިޓިވްވެ ބަރުދަނުގައި 6.1111 ގްރާމް ހުރި)
ފެނިފައިވުމާއި، އަދި މުޙައްމަދު އަސްލަމްގެ ގޭގައި މަސްތުވާތަކެތި ހުންނާނެކަމަށް ބުނުމުން ކޯޓު އަމުރެއްގެ
ދަށުން މއ. ބްލޫކްލައުޑް ބަލާ ފާސްކުރަން ގޮސް، މުޙައްމަދު އަސްލަމްއާއި ސުވާލުކުރުމުން އެގޭގައި ހުރި
ކަބަޑެއްގައި މަސްތުވާތަކެތި ހުންނާނެކަމަށް ބުނެ އެކަބަޑު ހުޅުވައި ދިނުމުން، އެކަބަޑު ތެރޭގައި އޮތް ސިޓީ
އުރައެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒުގެ 20 ރަބަރު ޕެކެޓް
R
ހައި
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/200
0
(ލެބޯޓްރީ ތަޙްލީލުކުރުމުން މޯފިން އާއި ޑައަމޯފިން އަށް ޕޮޒިޓިވްވެ ބަރުދަނުގައި 8.2740 ގްރާމް ހުރި)
ފެނިފައިވާކަން، މިމައްސަލައާ ގުޅިގެން ލިބިފައިވާ ހެކި ނުވަތަ ޤަރީނާގެ ގޮތުގައި މުޙައްމަދު އަސްލަމްގެ
ބަންދުގެ މުއްދަތު އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ނަންބަރު: 158168/MF ”ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” ގައި
ބަޔާންކޮށްފައިވާ ކަމާއިޑް
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް
ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުކޮށްފައި ބަހައްޓާނެ ތަނެއް ކަނޑައެޅުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 260/HC-A/2012 ޤަޟިއްޔާއާއި ނަންބަރު 35/HC
-
A/2013 ޤަޟިއްޔާގައި
ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް
ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުގައި ބަހައްޓަންޖެހޭނީ
އެމީހެއްގެ ފަރާތުން މުޖުތަމައަށް ނުރައްކާތެރިކަމެއް ނުފޯރުވޭނެ ފަދަ ތަނެއްގައި ކަމަށް ކަނޑައަޅުއްވާފައިވާކަން
ކެށެއެގެ
އެނގެން އޮންނަކަމާއިގެ
މުޙައްމަދު އަސްލަމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައިގެ ތަޙްޤީޤް ނިންމައި، ޝަރީޢަތަށް
ހުށަހެޅުމުގެ މަރުހަލާގައިވާ މައްސަލައެއްކަން، މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކުން އެނގެން އޮންނަކަމާއި، މައްސަލައެއްގެ ތަޙްޤީޤު ކުރެވޭ މީހަކީ ކުށެއް ކުރިކަމުގެ ތުހުމަތުގެ
މަޙައްލުގައިވާ މީހެއް ކަމާއި، އެމީހަކީ ކުށްވެރިވެފައިވާ މީހެއްގެ ގޮތުގައި ބެލެވިގެންވާނެ މީހެއް
ނޫންކަމަށްވާއިރު، އެފަދަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ ޙާލަތްތަކުގައި، އެމައްސަލައެއް ބައްލަވާ
ފަނޑިޔާރަކު ބައްލަވަން ޖެހޭނީ ތުހުމަތުކުރެވިފައިވާ މީހާގެ ފަރުދީ މަސްލަޙަތަށް އެކަނި ނޫންކަމާއި،
R
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/200
ތުހުމަތުކުރެވިފައިވާ ފަރާތުގެ ފަރުދީ މަޞްލަޙަތު ޙިމާޔަތްކުރުމާއެކު މުޖުތަމަޢުގެ ޖަމާޢީ މަސްލަޙަތާއި ޙައްޤުތައް
ރައްކާތެރިކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ރިޢާޔަތްކޮށް މި ދެ މަސްލަޙަތު ބެލެންސް ކުރެވެންވާނެކަމާއި؛
އެގޮތުން ބަލާއިރު، މުޙައްމަދު އަސްލަމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ނަންބަރު: 158168/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” ގައި
ބަޔާންކޮށްފައިވާ ސަބަބުތަކާއި، މިމައްސަލައިގެ ބާވަތަށާއި، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާގެ މައްޗަށް
ބަލާއިރު، މިފަދަ ތުހުމަތެއްގައިވާ ފަރާތެއް ދޫވެފައި ހުރުމަކީ ނުވަތަ ގޭ ބަންދުގައިވެސް ހުރުމަކީ
ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލު ތަކުރާރުކުރުމުގެ ފުރުޞަތު އޮންނާނެކަމެއްކަން އެނގޭކަމާއި، އެފަދަ މީހަކު
މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ހުރުމާއި އަދި ދޫވެދާފަދަ ތަނެއްގައިވެސް ބެހެއްޓުމަކީ އެކަމުގެ ސަބަބުން
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއްކަމުގައި ޝަރީޢަތުން ދެކޭތީ، މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުގައި ބަހައްޓަންޖެހޭނީ
އެމީހެއްގެ ފަރާތުން މުޖުތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނެ ފަދަ ތަނެއްގައި ކަމަށް ޝަރީޢަތުން ދެކެމެވެ.
އެހެންކަމުން، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުން ދެކެނީ ކުރިމިނަލް ކޯޓުގެ
ނަންބަރު 2017
/
2111/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭކަމަށެވެ.
OC
0
އާކާލް:
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކުރިމިނަލް ކޯޓުގެ
ނަންބަރު 2017
/
2111/J
/
MD-145 ކޯޓު އަމުރު މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށް، 2017 ޖޫން 07 ވަނަ ދުވަހުގެ 10:30 އިން ފެށިގެން
15 ދުވަހުގެ މުއްދަތަށް މއ. ބްލޫކްލައުޑް މާލެ މުޙައްމަދު އަސްލަމް (އައިޑީ ކާޑު ނަންބަރު
#
RE
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A320)
A341105) މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް، މިޤަޟިއްޔާ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން އަމުރުކޮށްފީމެވެ.
ދިވެހި#
:
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ