ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/32 ޤަޟިއްޔާގެ ޙުކުމް
1
20j4/HC-A/32
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 32/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް:
ނަން. މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ރެޖިސްޓްރޭޝަން ނަންބަރު: 245
/
2001-C
* ދާއިމީ އެޑްރެސް:
، މިހާރުގެ އެޑްރެސް: ހ.އާގެ/ މާލެ
އާގެ/ މާލެ
0.
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އަބްދުއްލަޠީފް މޫސާ
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 5457/ މާލެ
* އައިޑީކާޑު ނަންބަރު: A056771
މިހާރުގެ އެޑްރެސް: ލ.އެމެރިކަން ސްޓަރ މާލެ
*
ނިމުނު ތާރީޚް: 19 އޮކްޓޯބަރު 2016
0
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 12 ފެބުރުވަރީ 2014
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ:
ނަންބަދު. 2011/Cv
-
C/526
ނިންމީ ކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތުގެ ޙުކުމް ތަންފީޒުކުރުން
ހުށަހެޅި ތާރީޚް: 14 މާރިޗް 2011
ނިމުނު ތާރީޚް: 25 ސެޕްޓެންބަރު 2013
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/32
.ދަޢުވާގެ ޚުލާޞާ
0
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/526 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
4
cec
CC
މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ދަފްތަރު ނަންބަރު 5457 ޢަބްދުއްލަޠީފް މޫސާއެވެ.
0
ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/526 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޢަލީ
ރަޝީދު އިބްރާހީމް އާއި ދެމެދު ކުރެވުނު ލީސް އެގްރީމަންޓްގެ ދަށުން ލީސްކުރި ރަޖިސްޓްރީ ނަންބަރު
C5116A
-
02 10
-
T 'އިނާމު' ނަމަކަށް ކިޔާ މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދަށް ޢަލީ ރަޝީދު
އިބްރާހީމް ޤަވާޢިދުން ލީސް ޕޭމަންޓް ދައްކަމުން ނުދާތީ، 26 ފެބްރުވަރީ 2011 ގެ ނިޔަލަށް ޢަލީ ރަޝީދު
އިބްރާހީމް ނުދައްކާވާ އެންމެހައި ލީސް ޕޭމަންޓާއި، ޤަވާޢިދުން ފައިސާ ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ
ޖޫރިމަނާއާއި، އެގްރީމަންޓާއި ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ ލިކުއިޑޭޓަޑް ޑެމޭޖަސްއާއި، ޤާނޫނީ ވަކީލުގެ
ފީއާއި، ކޯޓު ފީއާއެކު ފައިނޭންސް ލީސް އެގްރީމަންޓްގެ ދަށުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ އެކު ޖުމްލަ -/882,561ރ (އަށް ލައްކަ އަށްޑިހަ ދެ ހާސް ފަސް ސަތޭކަ
ފަސްދޮޅަސް އެއް ރުފިޔާ) ހޯދުމަށް ދަފްތަރު ނަންބަރު 5456/ މއ. މަލްވިލާ، ޢަލީ ރަޝީދު އިބްރާހީމްގެ
މައްޗަށާއި މި މުޢާމަލާތުގައި ޔަޤީންކަން ދިން ދަފްތަރު ނަންބަރު 5457/މއ.އެމެރިކަންސްޓަރ، ޢަބްލްއްލައް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/32
އާއި، ވާދޫ ފަރީދީހިޔާ، ޢަބްދުﷲ ނާފިޢުގެ މައްޗަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާ ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ ބަޔާންވެ ދިޔަ ދަޢުވާގައިވާ ފަދައިން މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޢަލީ ރަޝީދު އިބްރާހީމްއާ ދެމެދު 12 ޖުލައި 2007 ގައި
ނަންބަރު: 07070522 ފައިނޭންސް ލީސް އެގްރީމަންޓް ކުރެވި، މި އެގްރީމަންޓްގެ ދަށުން ރަޖިސްޓްރީ
ނަންބަރު C5116A
-
02 10
-
T އިނާމު' ނަމަކަށް ކިޔާ އުޅަނދު މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ފައިސާ ދެއްކުމަށްފަހު ޢަލީ ރަޝީދު އިބްރާހީމަށް ލަސް ކޮށްދެވުނުކަން
ހުށަހެޅިފައިވާ ލިޔެކިޔުމަށް ބެލުމުންނާއި، ޢަލީ ރަޝީދު އިބްރާހީމްގެ އަމިއްލަ ބަހުން އެނގެން އޮންނަ ހިނދު،
މި މައްސަލާގައި ޙަވާލާދެވޭ ލީސް އެގްރީމަންޓްވަނީ ބާޠިލުކޮށްފައިކަމަށާއި، އެހެންކަމުން ބާޠިލުކޮށްފައިވާ
މުޢާމަލާތެއްގެ ދަށުން އަދާކުރަންޖެހޭ ޙައްޤެއް ނުވާކަމަށް ޢަލީ ރަޝީދު އިބްރާހީމްގެ ފަރާތުން ބުނެ އޭގެ
ރައްދުގައި ލީސް އެގްރީމަންޓް ބާޠިލުނުވާކަމަށާއި، ބާޠިލުކޮށްފައިވަނީ ލީސް އެގްރީމަންޓްގެ ދަށުން ދޫކުރި
ލީސްކަމަށް ދަޢުވާކުރާފަރާތުން ބުނި ހިނދު، މިނުކުތާގެ މައްޗަށް ޝަރީޢަތުން ނަޒަރުކުރިއިރު، މި ދެފަރާތުގެ
ބިނާކުރަނީ ދަޢުވާކުރާފަރާތުން 24 ޑިސެންބަރު 2008 ގެ ތާރީޚްގައި ޢަލީ ރަޝީދު އިބްރާހީމަށް
ޓަރމިނޭޝަން އޮފް ލީސިންގ' މި ސުރުޚީގެ ދަށުން ފޮނުވާފައިވާ ސިޓީގެ މައްޗަށް ކަމުގައި ވެފައި، މި
ސިޓީގައިވާ ދެފަރާތުންމެ ޙަވާލާދޭ ޢިބާރާތަށް ބަލާއިރު، މިސިޓީ މެދުވެރިކޮށް ބާޠިލުކޮށްފައިވަނީ ލީސް
އެގްރީމަންޓްގެ ދަށުން ދޫކޮށްފައިވާ ލީސްކަން އެނގެން އޮތުމުން، މިދަޢުވާގައި ޙަވާލާދެވޭ ލީސް އެގްރީމަންޓަކީ
ބާޠިލުވެފައިވާ އެގްރީމަންޓެއް ކަމުގައި ކަނޑައަޅަންޖެހޭ ސަބަބެއްނެތް ކަމުގައާއި،
މި ދަޢުވާގައި ގެރެންޓަރުންގެ ގޮތުގައި ދަޢުވާލިބޭ ޢަބްދުﷲ ނާފިޢު އަދި ޢަބްދުއްލަޠީފް މޫސާ
މި ދަޢުވާއަށް އިންކާރު ކޮށްފައިވާ ކުރުމަށް ބަލާއިރު، މި މުޢާމަލާތުގައި ޔަޤީންކަންދިން ފަރާތެއްގެ ގޮތުގައި
ބައިވެރިވެ އެކަމުގެ ޝަރުޠުތަކުގެ މައްޗަށް ޢަބްދުﷲ ނާފިޢު އެއްބަސްވެފައިވާކަން ޘާބިތުކޮށްދިނުމުގެ ގޮތުން
ދަޢުޘާކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔުމަކީ ޢަބްދުﷲ ނާފިޢު ސޮއިކޮށްފައިވާ ލިޔުމެއް
ބުނަންވެސް
.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j4/HC-A/32
P
ޝަރީޢަތުގައި އިޢުތިރާފުވުމުން، އެ ލިޔުމުގެ ޞައްޙަ ކަމާމެދު، މި މައްސަލައިގައި ސުވާލެއް ނެތް ހިނދުގައި،
މިލިޔުމުގައި ސޮއިކުރީ މި ލިޔުމުގައި އޮތް ގޮތުގެ މަތީންނޫން ގޮތަކަށް އެހެން ސަބަބެއް މެދުވެރިވެގެން ނުވަތަ
އެހެން ބޭނުމެއްގައިކަމަށް ޝަރީޢަތުން ބަލަންޖެހޭ ފަދަ އެއްވެސް ސަބަބެއް ޢަބްދުﷲ ނާފިޢުއަށް ޝަރީޢަތަށް
ސާފުކޮށްދެވިފައިނުވާތީ، ދަޢުވާލިބޭ ޢަބްދުﷲ ޝާފިޢު މިދަޢުވާއަށް ކޮށްފައިވާ އިންކާރަކީ ޝަރީޢަތުން އެ
މައްޗަށް ބުރަވެގެން އޮތްފަދަ އިންކާރެއް ނޫންކަމުގައާއި،
މި މުޢާމަލާތުގައި ޔަޤީންކަން ދިން ފަރާތެއްގެ ގޮތުގައި ބައިވެރިވެ، އެކަމުގެ ޝަރުޠުތަކުގެ
މައްޗަށް ޢަބްދުއްލަޠީފް މޫސާ އެއްބަސްވެފައިވާކަން ޘާބިތުކޮށްދިނުމުގެ ގޮތުން ދަޢުވާކުރާ ފަރާތުން
ހުށަހަޅާފައިވާ ލިޔުމުގައިވާ ސޮޔަކީ ޢަބްދުއްލަޠީފް މޫސާ ކޮށްފައިވާ ސޮޔެއް ނޫންކަމަށް ބުނެ، މި މުޢާމަލާތުގައި
ޢަބްދުއްލަޠީފް މޫސާގެ އެއްވެސް ދައުރެއް އޮތްކަމާމެދު ޢަބްދުއްލަޠީފް މޫސާ އިންކާރުކޮށްފައިވާއިރު، 12 ޖުލައި
2007 ގައި ޔަޤީންކަންދޭ ފަރާތެއްގެ ގޮތުގައި ޢަބްދުއްލަޠީފް މޫސާ ސޮއިކޮށްފައިވާކަމަށް ބުނާ ލިޔުމަށް
ބަލާއިރު، އެ ލިޔުމަކީ ޢަބްދުއްލަޠީފް މޫސާ ސޮއިކޮށްފައިވާ ލިޔުމެއްކަން އެ ލިޔުން ތަޙުލީލުކޮށް ބެލި
ބެލުމުންނާއި، އެ ލިޔުމުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ހެކީންގެ ހެކިބަހުގެ މައްޗަށާއި މައްސަލައާއި
ގުޅިގެން ހުށަހެޅިފައިވާ ފެމެހާ ލިޔެކިޔުމުގެ މައްޗަށް ބުރަވެ ޘާބިތުވާން ނެތުމުން، މި މުޢާމަލާތުގައި
ޢަބްދުއްލަޠީފް މޫސާ އަކީ ޔަޤީންކަން ދިން ފަރާތެއްގެ ގޮތުގައި ބައިވެރިވެފައިވާ ފަރާތެއް ކަމުގައި ޝަރީޢަތަށް
ޘާބިތުނުވާކަމުގައާއި،
ދަޢުވާލިބޭ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޢަލީ ރަޝީދު
އިބްރާހީމްއާއި ދެމެދު ކުރެވުނު ލީސް އެގްރީމަންޓްގެ ދަށުން ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ ގޮތުގެ
މަތިން ދައްކާފައި ނުވުމުގެ ސަބަބުން ޢަލީ ރަޝީދު އިބްރާހީމް އަދި މި މުޢާމަލާތަށް
ތަށް ޔަޤީންކަންދީފައިވާ
ޢަބްދުﷲ ނާފިޢުގެ ފަރާތުން ދަޢުވާކުރާ ފަރާތަށް -/882,561ރ (އަށް ލައްކަ އަށްޑިހަ ދެ ހާސް ފަސް
ސަތޭކަ ފަސް ދޮޅަސް އެއް ރުފިޔާ) ދައްކަންޖެހި ނުދައްކާވާކަމަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/32
OcOC
މި ފައިސާ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ
ގޮތުން މިއަދު 2013 ސެޕްޓެންބަރު 25 ވަނަ ދުވަހުން ފެށިގެން 03 (ތިނެއް) މަސް ދުވަހުގެ ތެރޭގައި
ކޮންމެ މަހަކުމެ އެ މަހަކަށްޖެހޭ ޢަދަދަށް ވުރެ މަދުނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކަމުން ގޮސް މި
މުއްދަތުގެ ތެރޭގައި މި ފައިސާ ދައްކާ ޚަލާޞްކުރުމަށް ދަޢުވާލިބުނު ދަފްތަރު ނަންބަރު 5456/މއ. މަލްވިލާ،
ޢަލީ ރަޝީދު އިބްރާހީމް އަދި ރ.ވާދޫ ފަރީދީހިޔާ، ޢަބްދުﷲ ނާފިޢުއަށް އަންގަވައި، ދަފްތަރު ނަންބަރު
5456/މއ. މަލްވިލާ، ޢަލީ ރަޝީދު އިބްރާހީމްގެ ޣައިރު ޙާޟިރުގައި ޙުކުމް ކުރައްވައިކަން އެނގެން
0
އޮންނަކަމެވެ.
2- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/526 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅައި،
އެ ނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން
ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ: މި މައްސަލާގައި ޢަބްދުއްލަޠީފް މޫސާއާއި ޢަލީ ރަޝީދު އިބްރާހީމް
އަދި ޢަބްދުﷲ ނާފިޢު ޤަވާޢިދުން ލީސް ޕޭމަންޓް ދައްކަމުން ނުދާތީވެ އެ ފައިސާ ދެއްކުމަށް އެދި ކުންފުނީގެ
ވަކީލުގެ ފަރާތުން ސިޓީ ފޮނުވުމުން ޢަބްދުއްލަޠީފް މޫސާއާއި ޢަލީ ރަޝީދު އިބްރާހީމްއާ ދެމީހުން އަދި
ޢަބްދުއްލަޠީފް މޫސާ ވަކިން ވެސް ކުންފުނީގެ ލޯޔަރު، މ.ތޯއިފް، އަޙްމަދު ޝަފީޤް އާއި ޝަފީގް އެންޑް
އެސޯސިއޭޓްސް އަށް އައިސް ބައްދަލުކޮށް ފައިސާ ދެއްކުމަށް ލުޔެއް ލިބޭތޯ އެދުނުކަމަށް ލޯޔަރު އަޙްމަދު
ޝަފީޤު ބުނެފައިވާ ބުނުމަކީ ރަނގަޅު ބުނުމެއްކަމަށް ޢަބްދުއްލަޠީފް މޫސާ ޝަރީޢަތުގެ މަޖިލީހުގައި ބަޔާންދީ
އިޢުތިރާފު ވެފައިވާއިރު، އަދި ޢަބްދުއްލަޠީފް މޫސާއަކީ ގެރެންޓޯރއެއްކަމަށް މި މުޢާމަލާތުގައި ހިމެނޭ އެހެން
ފަރާތަކުން ބުނެފައިވާއިރު، ޢަބްދުއްލަޠީފް މޫސާއަކީ ގެރެންޓަރެއްގެ ހައިސިއްޔަތުން
ބައިވެރިވެފައިވާ މީހެއް ނޫންކަމަށް ޝަރީޢަތުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް
ބުނެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/32
(ނ) ދެވަނަ ނުކުތާއަކީ މި މުޢާމަލާތުގައި ގެރެންޓޯރ އެގްރީމަންޓްގައިވާ ޢަބްދުއްލަޠީފް
މޫސާގެ ސޮޔާމެދު އެ ފަރާތުން އިންކާރުކުރުމުން އެކަން ތަޙްލީލުކުރުމަށްޓަކައި، މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ފޮނުވުމު
ފުވުމުން ގެރެންޓޯރ އެގްރިމަންޓްގައިވާ ސޮޔާއި ތަޙްލީލުކުރުމަށް ނެގިފައިވާ ސާމްޕަލް
ސޮއިތަކުގައި އެއްގޮތް ކަމެއް ހުރިކަމަށް ޕޮލިސް ސަރވިސްގެ ތަޙްލީލު ރިޕޯޓުގައި ބުނެފައިވާއިރު މިކަމަށް
ނުބައްލަވައި، ހަމައެކަނި އެރިޕޯޓް ނިންމުމުގައި މި ސޮއިތަކުގައި ވަކި ޚާއްޞަ އިންޑިވިޖުއަލް ކެރެކްޓަރ އެއް
ފާހަގަކުރެވިފައި ނުވާތީ މި ސޮއިތައް އަޅާކިޔާފައި ނުވާކަމަށް އެ ރިޕޯޓުގައި ބުނެފައިވާ ބުނުމަކީ ނުވަތަ ޕޮލިސް
ސަރވިސްގެ ރިޕޯޓަކީ ޢަބްދުއްލަޠީފް މޫސާ ގެރެންޓޯރ އެގްރީމަންޓްގައި ސޮއި ޖަހާފައި ނުވާކަމަށް ދަލީލުކުރާ
ކޮންކްލޫސިވް ނިންމުމެއްކަމަށް ޝަރީޢަތުން ނިންމަވާފައިވަނީ ރަނގަޅަށްނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
3- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/526 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެ
ނުކުތާތަކާގުޅޭ ގޮތުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މި އިސްތިއުނާފް
ދަޢުވާރައްދުވާ ދަފްތަރު ނަންބަރު 5457/ ޢަބްދުއްލަޠީފް މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވިދިޔަ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މި ޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
މައިސަށް
(ހ) ފުރަތަމަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/526 ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ
މައިގަނޑު ނުކުތާއަކީ އެޤަޟިއްޔާގައި ހިމެނޭ މައްސަލައަށް ގެރެންޓީދިން ފަރާތެއްކަމުގައިވާ ދަފްތަރު މަރު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
20j4/HC-A/32
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
5457/ ޢަބްދުއްލަޠީފް މޫސާގެ ބައިގައި ނިންމަވާފައިވާ ނިންމެވުން ރަނގަޅު ނޫންކަމަށް އެފަރާތުން ދެކިގެން
ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭއިރު،
އިސްވެ ބުނެވުނު ޤަޟިއްޔާގައި ޢަބްދުއްލަޠީފް މޫސާގެ ބައިގާ ނިންމަވާފައިވަނީ، "މި
މުޢާމަލާތުގައި ޔަޤީންކަން ދިން ފަރާތެއްގެ ގޮތުގައި ބައިވެރިވެ، އެކަމުގެ ޝަރުޠުތަކުގެ މައްޗަށް ޢަބްދުއްލަޠީފް
މޫސާ އެއްބަސްވެފައިވާކަން ޘާބިތުކޮށް ދިނުމުގެ ގޮތުން ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔުމުގައިވާ ސޮޔަކީ
ޢަބްދުއްލަޠީފް މޫސާ ކޮށްފައިވާ ސޮޔެއް ނޫންކަމުގައި ބުނެ، މުޢާމަލާތުގައި ޢަބްދުއްލަޠީފް މޫސާގެ އެއްވެސް
ދައުރެއް އޮތްކަމާމެދު ޢަބްދުއްލަޠީފް މޫސާ އިންކާރުކޮށްފައި ވާއިރު، 12 ޖުލައި 2007 ގައި ޔަޤީންކަންދޭ
ފަރާތެއްގެ ގޮތުގައި ޢަބްދުއްލަޠީފް މޫސާ ސޮއިކޮށްފައިވާކަމަށް ބުނާ ލިޔުމަށް ބަލާއިރު، އެލިޔުމަކީ
ޢަބްދުއްލަޠީފް މޫސާ ސޮއިކޮށްފައިވާ ލިޔުމެއްކަން އެ ލިޔުން ތަޙުލީލުކޮށް ބެލި ބެލުމުންނާއި، އެލިޔުމުގައި
ހެކީންގެ ގޮތުގައި ސޮއިކޮށްފައިވާ ހެކީންގެ ހެކިބަހުގެ މައްޗަށާއި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އެންމެހައި
ލިޔެކިޔުމުގެ މައްޗަށް ބުރަވެ ޘާބިތުވާން ނެތުމުން، މި މުޢާމަލާތުގައި ޢަބްދުއްލަޠީފް މޫސާއަކީ ޔަޤީންކަން ދިން
ފަރާތެއްގެ ގޮތުގައި ބައިވެރިވެފައިވާ ފަރާތެއްކަމުގައި ޝަރީޢަތަށް ޘާބިތުނުވާކަމުގައި ކަނޑައަޅުއްވައި،
މިފަދައިންކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: 12 ޖުލައި 2007 ދުވަހު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑާއި ޢަލީ ރަޝީދު އިބްރާހީމާ ދެމެދު ރަޖިސްޓްރީ ނަންބަރު: C5116A
-
02 10
-
T
އިނާމު' ނަމަކަށް ކިޔާ މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދު ފައިނޭންސް ލީސިންގ އުޞޫލުން ދޫކުރުމާބެހޭ
ގޮތުން ހެދުނު ލީސިންގ އެގްރީމެންޓް ނަންބަރު: 07070522 ގައި ދަފްތަރު ނަންބަރު 5456/ ޢަލީ
ރަޝީދު އިބްރާހީމް ސޮއިކޮށްފައިވާކަމަށް އިޢުތިރާފްވެފައިވާކަން އެނގޭއިރު،
އިނާމު' ނަމަކަށްކިޔާ މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދު ފައިނޭންސް ލީސިންގ އުޞޫލުން
ދޫކުރުމަށްޓަކައި ޢަލީ ރަޝީދު އިބްރާހީމް އާއި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮށްޖޭގެ ޕްރއިވެޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 2816471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/32
ކަންކަމަށް
ލިމިޓެޑާއި ދެމެދު ވެވުނު އެކުންފުނީގެ ނަންބަރު 07070522 ލީސް އެގްރީމެންޓުގައި ހިމެނިފައިވާ އެންމެހައި
އެއްބަސްވުމަށް ފަހު އެ އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ އެންމެހައި ޝަރުޠުތަކަށް އެއްބަސްވެ،
ގެރެންޓީދޭ ފަރާތެއްގެ ޙައިސިއްޔަތުން ދަފްތަރު ނަންބަރު 15457 ޢަބްދުއްލަޠީފް މޫސާގެ ނަމުގައި
ސޮއިކޮށްފައިވާކަން އެނގެން އޮތްނަމަވެސް، ބުނެވިދިޔަ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/526
ޤަޟިއްޔާގައި ބުނެވި ދިޔަ މުޢާމަލާތަށް ގެރެންޓީ ދީފައިވާ ފަރާތެއްގެ ގޮތުން ޢަބްދުއްލަޠީފް މޫސާގެ މައްޗަށް
ކޮށްފައިވާ ދަޢުވާއަށް ޢަބްދުއްލަޠީފް މޫސާ އިންކާރުކޮށް، އެ ޤަޟިއްޔާގެ ދަޢުވާގައި ހިމެނޭ މުޢާމަލާތަށް
ގެރެންޓީދޭ ފަރާތެއްގެ ހައިސިއްޔަތުން އެއްބަސްވުމެއްގައި އެއްވެސް އިރަކު ސޮއި ކޮށްފައިނުވާނެ ކަމަށާއި،
ގެރެންޓީ ދިންކަމަށް ސޮއިކޮށްފައިވާ ލިޔުމަކީ އޭގެ ޒިންމާ ޢަބްދުއްލަޠީފް މޫސާގެ ބޮލުގައި އަޅުވައި ކަން
ހިނގާފައިވާ ގޮތް އޮޅުވާލުމަށްޓަކައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
ކޮށްފައިވާ މަސައްކަތެއް ކަމުގައާއި، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
ޤާނޫނީވަކީލްއާ ޢަބްދުއްލަޠީފު މޫސާ ބައްދަލުކުރީ އެދޯނި ނެގި، ޢަލީ ރަޝީދު އިބްރާހީމްގެ ރައްޓެއްސެއްގެ
ހައިސިއްޔަތުން އެ ކުންފުނީގެ ވަކީލު މަސައްކަތްކުރާ ތަނަށް ގެންގޮސްދިނުމަށް ޢަލީ ރަޝީދު އިބްރާހީމް
އެދުމުންކަމަށާއި، އެކަމަކީ އެއްވެސް ޙާލެއްގައި މި މުޢާމަލާތާއި ޢަބްދުއްލަޠީފް މޫސާއާ ގުޅުވޭނެ
ސަބަބެއްކަމުގައި ނުދެކޭ ކަމަށާއި، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ވަކީލުގެ
ފަރާތުން ޢަބްދުއްލަޠީފް މޫސާއަށް ސިޓީ ފޮނުވިކަމަށް އެ ފަރާތުން ބުނި ނަމަވެސް އެފަދަ އެއްވެސް ސިޓީއެއް
ޢަބްދުއްލަޠީފް މޫސާއަށް ލިބިފައިނުވާކަމަށާއި، އަދި އެފަދަ އެއްވެސް ސިޓީއެއް ފޮނުވިކަމުގެ އެއްވެސް
މަޢުލޫމާތެއް ވެސް ޢަބްދުއްލަޠީފު މޫސާއަށް ލިބިފައިނުވާކަމަށާއި، މިފަދަ ސިޓީއެއް ޢަބްދުއްލަޠީފް މޫސާއަށް
ރައްދުކުރިކަމުގެ އެއްވެސް ހެއްކެއް އަދި ޤަރީނާއެއްވެސް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިނުވާކަމަށް ޢަބްދުއްލަޠީފް މޫސާގެ ފަރާތުން ބުނެފައިވާކަމާއި،
އިސްވެ ބުނެވިދިޔަ ލީސް އެގްރީމެންޓުގައި ގެރެންޓީ ދިން ފަރާތެއްގެ
ސޮއިކޮށްފައިވާކަމަށް ދަފްތަރު ނަންބަރު 5457/ ޢަބްދުއްލަޠީފް މޫސާ، ޝަރީޢަތުގެ މަޖިލީހުގެ
gلއ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 8 228 65
9
2014/HC-A/32
.
CO
43 ހ34
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކުރުމާ ގުޅިގެން އެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ހެކިންގެ ތެރެއިން
ސޯސަންމާގެއަޙްމަދު ފަޔާޒް
ވަޙީދު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނަށް ބަލާއިރު، ވަރަށް ގިނަ ބަޔަކާ އެފަރާތުން
މުޢާމަލާތްކުރާ ކަމަށާއި، މި މައްސަލާގައި ހިމެނޭ މުޢާމަލާތް ރަނގަޅަށް ހަނދާންނުވާކަމަށާއި، ޢާއްމުކޮށް
ސޮއިކުރުމުގެ ކަންތައްތައް ހިނގާ ގޮތަށް ބަލާއިރު، ހުރިހާ އެގްރިމަންޓެއް ސެޓްކުރުމަށް ފަހު މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ބޭފުޅުންގެ ހާޒިރުގައި ހެކިން ސޮއިކުރާ ކަމަށާއި،
2007 ވަނަ އަހަރަކީ އެންމެ ގިނައިން މިފަދަ މުޢާމަލާތް ހިނގި ދުވަސްކޮޅު ކަމަށާއި، ކަނޑައެޅިގެން
ޢަބްދުއްލަޠީފް މޫސާ ސޮއިކުރިއޭ ބުނަން އެފަރާތުން ހަނދާނެއް ނެތްކަމަށް ބުނެ ހެކިބަސް ދީފައިވާކަމާއި،
އަދި ހެއްކެއްގެ ގޮތުގައި އެއެއްބަސްވުމުގައި ސޮއިކޮށްފައިވާ އަނެއް ފަރާތްކަމުގައިވާ
ހުޅުދޫ ޖަނަވަރީގެ އަޙްމަދު ޒިޔާދު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި 07 އޮކްޓޯބަރު 2012 ގައި
ޢަބްދުއްލަޠީފް މޫސާގެ ނަމުގައި ސޮއިކޮށްފައިވާ ލިޔުމުގައި ހެކިވެރިއެއްގެ ގޮތުން އަޙްމަދު ޒިޔާދުގެ
ސޮއިކަމަށާއި، ނަމަވެސް އެއީ ކޮން މުނާސަބަތެއްގައި ކޮށްފައިވާ ސޮޔެއްކަމަށް ބުނެދޭން ނޭންގޭކަމަށާއި، އެ
ސޮޔަކީ ސައްޙަ ސޮޔެއް ކަމާއި، މި ކަސްޓަމަރ ހޭންޑްލް ކުރީ ކޮން ބޭފުޅެއް ކަމެއް ބުނެދޭން ނޭންގޭކަމަށާއި،
މި ލިޔުމުގައި ގެރެންޓަރެއްގެ ހައިސިއްޔަތުން ސޮއިކޮށްފައިވަނީ ސީދާ ޢަބްދުއްލަޠީފް މޫސާކަން ބުނެދޭން
ނޭނގޭ ކަމަށާއި ޢަބްދުއްލަޠީފް މޫސާއަކީ ކާކުކަން ހަނދާނެއް ނެތް ކަމަށާއި، ނަމަވެސް އެމުޢާމަލާތަކީ އޭނާގެ
ކުރިމަތީގައި ހިނގާފައިވާ މުޢާމަލާތެއްކަމަށް ބުނެ ހެކިބަސް ދީފައިވާކަމާއި،
ބުނެވިދިޔަ އެއްބަސްވުމުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ދެހެކިންގެ ހެކިބަހުން އެ
މުޢާމަލާތަށް ޢަބްދުއްލަޠީފް މޫސާ ގެރެންޓީދިންކަން އެނގެން ނެތުމާއި އަދި ޢަބްދުއްލަޠީފް މޫސާ ގެރެންޓަރެއްގެ
ހައިސިއްޔަތުން މި މުޢާމަލާތުގައި ބައިވެރިވެ ސޮއިކޮށްފައިނުވާކަމަށް ބުނެފައިވާތީ، މި ލިޔުމުގެ އަޞްލުކަމަށް
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ލިޔުމާއި، ޢަބްދުއްލަތީ
ސޮއިގެ ސާމްޕަލް ސިވިލް ކޯޓު މެދުވެރިކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވުމުން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2014/HC-A/32
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
=6
އއ 43
ކަމެއް ހުރިކަން
ބެލުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކޮށްފައިވާ ނަންބަރު 2012
/
0034/K
(
g
)
/
DER
(11 ޖުލައި 2012) "ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓް"ގައި ސޮއިތަކުގައި
ފާހަގަކުރެވިފައިވީނަމަވެސް، މައްސަލާގައި އޮޕީނިއަނެއް ދެވޭވަރުގެ އިންޑިވިޖުއަލް ކެރެކްޓަރެއް ނުވަތަ އެފަދަ
ސިފައެއް ހިމެނިފައިނުވާތީ ސޮއިތައް އަޅާކިޔާ މައްސަލާގައި އޮޕީނިއަނެއް ދެވިފައިނުވާކަމަށް ބަޔާންކޮށްފައި
އޮތުމުން،
ފައިނޭންސް ލީސިންގ އުޞޫލުން އިނާމު' ނަމަކަށްކިޔާ މުދާ އުފުލުމަށް ބޭނުން
ނުންކުރާ އުޅަނދު
ޢަލީ ރަޝީދު އިބްރާހީމް އަށް ދޫކުރުމަށްޓަކައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި
ޢަލީ ރަޝީދު އިބްރާހީމާ ދެމެދު ވެވުނު އެއްބަސްވުމުގައި ގެރެންޓަރެއްގެ ގޮތުގައި ޢަބްދުއްލަޠީފް މޫސާ
ސޮއިކުރިކަން ހެކިންގެ ހެކިބަހުންނާއި ޢަބްދުއްލަޠީފް މޫސާގެ ސޮއި ކަށަވަރުކުރުމުގެ ގޮތުން މޯލްޑިވްސް
ޕޮލިސް ސަރވިސް އިން ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓުން މަދަނީ މިންގަނޑުން ބޮޑަށް
ބުރަވެވޭ މިންވަރަށް ޝަރީޢަތަށް ސާބިތުނުވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ކަމެއްގެ ހަޤީޤަތާ ގުޅޭގޮތުން ހެކިވެރިޔަކު ޝަރީޢަތުގެ މަޖިލީހަކަށް
ދިނުން އެމަޖިލިސް ހުއްދަކުރާ ނުވަތަ ހެކިވެރިޔެއްގެ ކިބައިން ޝަރީޢަތުގެ މަޖިލީހަކަށް ބޭނުންކުރާ ކޮންމެ
ބަޔާނަކީ ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެއް ކަމުގައި ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 01
ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އަދި މި ޤާނޫނުގެ 5 ވަނަ މާއްދާގައި "ޝަރީޢަތުން ނުވަތަ ޤާނޫނުން
ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލެވޭނީ ހަމަ އެލިޔުމެއްކަމުގައި"
ބަޔާންކޮށްފައިވާކަމާއި، ޝަރީޢަތުން ކަންކަން ސާބިތުކުރުމުގެ މުޠުލަޤު ބާރު އެއަށް ލިބިފައިވާ ވަސީލަތްތަކުގެ
ތެރޭގައި ހިމެނޭ ވަސީލަތެއް ނުވަތަ އެފަދަ ލިޔުމަކީ ޙަޤީޤަތާ ޚިލާފު ދޮގު (ފޯރޖް) ލިޔުމެއްކަން ނުވަތަ އެނޫން
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ސާބިތުނުވާހައި ހިނދަކު ޙުއްޖިއްޔަތު
ވެއްޓިގެންނުދާނެ ލިޔުމެއްކަމާއި، އަދި ހަމަ އެހެންމެ ޝަރީޢަތުން ކަންކަން ސާބިތުކުރުމުގެ
އެހެން
4 22
eއ
އެއްޓޭގެ
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިއ.ގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/32
6
2 ހ638
އެކަށްވުރެ،
ތެރެއިން ކިތާބީ (ޑޮކިއުމެންޓަރީ) ހެއްކާއި ޝަފަހީ (އޯރަލް) ހެއްކާއި މިދެވަސީލަތުގެ ތެރެއިން، ފަހީ
ހެއްކަކީ
ބިތުވުމުގެ ބާރުގެ ޙައިޘިއްޔަތުން ބަލި ވަސީލަތެއްކަމަށް ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 17/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނަންބަރުގެ
(ކ) ގައި ފާހަގަކޮށްފައިވާ ކަމާއި،
ޔަޤީނީ ޢިލްމު ޙާޞިލުކުރެވޭ ގޮތަށް ފެންނަން ހުންނަ ޤާނޫނީ ޙުއްޖަތްތައް ބާޠިލްވެގެންދާނީ
އެފަދަ ޔަޤީނީ ޙުއްޖަތަކުން ކަމަށްވާއިރު، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން އިނާމު' ނަމަކަށްކިޔާ މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދު ފައިނޭންސް ލީސިންގ އުޞޫލުން ޢަލީ
ރަޝީދު އިބްރާހީމަށް ދޫކުރުމާބެހޭ ގޮތުން 12 ޖުލައި 2007 ގައި ވެވުނު ލީސިންގ އެގްރީމެންޓުގައި
ގެރެންޓީ ދޭ ފަރާތެއްގެ ގޮތުގައި "ދަފްތަރު ނަންބަރު 5457/ ޢަބްދުއްލަޠީފް މޫސާ” ގެ ނަން އޮތް ނަމަވެސް،
އެފަރާތުން އެއެއްބަސްވުމުގައި ސޮއިކުރިކަމަށް އިންކާރުކޮށްފައިވާކަމާއި އަދި އޭނާ އެއެއްބަސްވުމުގައި
ސޮއިކުރިކަން ހެކިންގެ ހެކިބަހުން ސާބިތުނުވާކަމާއި، އަދި ބުނެވިދިޔަ ހެކިތަށް ނަފީކޮށް ޢަބްދުއްލަޠީފް މޫސާ
މުޢާމަލާތަށް ގެރެންޓީދިންކަން މަދަނީ މިންގަނޑުން ސާބިތުކުރެވޭ ވަރުގެ ހަރުދަނާ ސާބިތު ހެއްކެއް އަދި
ޤަރީނާއެއްވިޔަސް މި މައްސަލަ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅިފައިނުވާތީ، އިސްވެ ބުނެވިދިޔަ މުޢާމަލާތަށް
ޢަބްދުއްލަޠީފް މޫސާ ގެރެންޓީ ދިންކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލެވެންނެތް ކަމެވެ.
އެހެންކަމުން، މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ
ނަންބަރު 2011/Cv
-
C/526 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް މިކޯޓުން ބަދަލު ގެންނަންޖެހޭ ފަދަ
ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
އެގޮތުގެ
މަތިން ހުރުމާއެކު،
ހައިކޯޓް
ދެންފަހެ އިސްވެބަޔާން ކުރެވުނު ކަންކަން
ނަންބަރު 2011/Cv-C/526 ޤަޟިއްޔާގައި ދަޢުވާލިބޭ ޢަބްދުއްލަޠީފް މޫސާގެ ބައިގާ ކުރައްވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/32
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ
ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
1
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv