ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/132 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/132
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 132/HC-A/2016
• އިސްތިއުނާފު ކުރީފަރާތް:
* ނަން: މުޙައްމަދު ޝަރީފް
އައި.ޑީ.ކާޑު ނަންބަރު: A010487
*
މިހާރުގެ އެޑްރެސް: މ.ޒެބުރާ ކ.މާލެ
ދާއިމީ އެޑްރެސް: މ.ޒެބުރާ ކ.މާލެ
*
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: އުސާމަތު އިސްމާޢީލް
* އައި.ޑީ.ކާޑު ނަންބަރު: A045279
މިހާރުގެ އެޑްރެސް: މ.ދޫނިދޫ ކ.މާލެ
ދާއިމީ އެޑްރެސް: މ.ދޫނިދޫ ކ.މާލެ
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 11 ޖުމާދަލްއާޚިރާ 1437
0
ނިމުނު ތާރީޚް: 28 މުޙައްރަމް 1439
ޓޯބަރު 2017
20
2016
18 އޮކްޓޯބަރު
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2015/Cv-C/101
• ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ޕަވަރ އޮފް އެޓަރނީ ބާޠިލްކޮށްދިނުމަށް އެދި
• ހުށަހެޅުނު ތާރީޚް: 13 ޖެނުއަރީ 2015 ނިމުނު ތާރީޚް: 11 ޖެނުއަރީ 2016
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
އިސްފަނޑިޔާރު އަބްދުﷲދީދީ ފަނޑިޔާރު އަލީ ސަމީރު ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް
(ރިޔާސަތު)
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒު ހިނގުން، ތީމުގޭ 3 ނަން
ދިވެހި ރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް nba
/
highcourt.gov.mvވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/132
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/101 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
.އްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މ.ޒެބުރާ މުޙައްމަދު ޝަރީފުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ހަމަތަކާއެއްގެ
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މ.ދޫނިދޫ އުސާމަތު އިސްމާޢީލެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/101 ޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، މ.ޒެބުރާ މުޙައްމަދު ޝަރީފާއި، ފާތިމަތު ނަހުލާއާއި ޢާއިޝަތު ނާޒިމާއާއި ފަހުމާ ގެ
ފަރާތުން 29 އޮކްޓޯބަރ 2009 ވަނަ ދުވަހު ލިޔެ 01 ނޮވެމްބަރ 2009 ވަނަ ދުވަހު މަދަނީ ކޯޓުގައި
ރަޖިސްޓްރީކޮށް މ.ދޫނިދޫ އުސާމަތު އިސްމާޢީލަށް ދީފައިވާ ޕަވަރ އޮފް އެޓަރނީ، މިޕަވަރ އޮފް އެޓަރނީ ދިން
މަޤްޞަދާއި ޚިލާފަށް އުސާމަތު އިސްމާޢީލް ޕަވަރ އޮފް އެޓަރނީގެ ބޭނުން ކުރަމުން ގެންދިޔުމުގެ ސަބަބުން ޕަވަރ
އޮފް އެޓަރނީ ދިން ފަރާތްތަކުގެ ޙައްޤުތަކަށް އުނިކަން ލިބެމުންދާތީ ބުނެވިދިޔަ ޕަވަރ އޮފް އެޓަރނީ ޝަރީޢަތް
މެދުވެރިކޮށް ބާޠިލުކުރުމަށްއެދި އުސާމަތު އިސްމާޢީލްގެ މައްޗަށް މުޙައްމަދު ޝަރީފު ދަޢުވާކުރުމުން ބެލުނު
މައްސަލައެއްކަމާއި،
މިޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، މ.ޒެބުރާ މުޙައްމަދު ޝަރީފާއި،
ފާޠިމަތު ނަހުލާއާއި ޢާއިޝަތު ނާޒިމާއާއި ފަހުމާގެ ފަރާތުން 29 އޮކްޓޯބަރ 2009 ވަނަ ދުވަހު ލިޔެ 01
ނޮވެމްބަރ 2009 ވަނަ ދުވަހު މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށް މ.ދޫނިދޫ އުސާމަތު އިސްމާޢީލަށް ދީފައިވާ ޕަވަރ
އޮފް އެޓަރނީ، މިޕަވަރ އޮފް އެޓަރނީ ދިން މަޤްޞަދާއި ޚިލާފަށް އުސާމަތު އިސްމާޢީލް ޕަވަރ އޮފް އެޓަރނީގެ
ބޭނުން ކުރަމުން ގެންދިޔުމުގެ ސަބަބުން ޕަވަރ އޮފް އެޓަރނީ ދިން ފަރާތްތަކުގެ ޙައްޤުތަކަށް އުނިކަން
ލިބެމުންދާތީ ބުނެވިދިޔަ ޕަވަރ އޮފް އެޓަރނީ ޝަރީޢަތް މެދުވެރިކޮށް ބާޠިލްކުރުމަށްއެދި އުސާމަތު އިސްމާޢީލްގެ
މައްޗަށް މުޙައްމަދު ޝަރީފު ކުޅަ މިދަޢުވާއަށް ޝަރީޢަތުން ބެލިއިރު،
އުސާމަތު އިސްމާޢީލަށް ދޫކޮށްފައިވާ ޕަވަރ އޮފް އެޓަރނީ ބާޠިލްކުރުމަށް ހުށަހަޅާފައިވަނީ ޕަވަރ
އެޓަރނީ ދޫކުރި ޑޯނަރުންގެ ތެރޭގައި ހިމެނޭ މ.ޒެބުރާ އާމިނަތު ނާހިދާ ހިމެނިފައިނުވާތީއާއި، އަދި ޕަވަރ އޮފް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަހަބަރު ދޮމާވެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ޝާއިޓް www.highcourt.gov.mv
3
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/132
އެޓަރނީ ދިން މަޤްޞަދާއި ޚިލާފަށް ދަޢުވާލިބޭ ފަރާތުން ކުޅަޢަމަލެއް ދަޢުވާކުރާ ފަރާތުން
ސާބިތުކޮށްދެވިފައިނުވާތީ، މ.ޒެބުރާ މުޙައްމަދު ޝަރީފާއި، ފާތިމަތު ނަހުލާއައި އާއިޝަތު ނާޒިމާއާއި ފަހުމާއާއި
އާމިނަތު ނާހިދާގެ ފަރާތުން އުސާމަތު އިސްމާޢީލަށް ދީފައިވާ ޕަވަރ އޮފް އެޓަރނީ ބާޠިލްކުރާނެ ތަނެއް ނެތްކަމަށް
ކަނޑައަޅައި، އުސާމަތު އިސްމާޢީލްގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
co
02- ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/101 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މ.ޖެބުރާ މުޙައްމަދު ޝަރީފުގެ
ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި ނުކުތާއަކީ؟
• ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/101 ޤަޟިއްޔާ އެކޯޓުން
ނިންމެވުމުގައި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި ދިވެހި ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގެ 142 ވަނަ މާއްދާއާއި ޚިލާފަށް ސިވިލް ކޯޓުން މައްސަލަ ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި
ރެކުތައ..
• ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/101 ޤަޟިއްޔާގެ ޙުކުމުގައި
ދަޢުވާލިބޭ އުސާމަތު އިސްމާޢީލަށް ދޫކޮށްފައިވާ ޕަވަރ އޮފް އެޓަރނީ ދިން މަޤްޞަދާއި ޚިލާފަށް ދަޢުވާލިބޭ
ފަރާތުން ކުޅަޢަމަލެއް ދަޢުވާކުރާފަރާތުން ސާބިތުކޮށްދެވިފައިނުވާތީ ދަޢުވާލިބޭ އުސާމަތު އިސްމާޢީލަށް ދޫކޮށްފައިވާ
ޕަވަރ އޮފް އެޓަރނީ ބާޠިލްކުރާނެ ތަނެއްނެތްކަމަށް ކަނޑައެޅުއްވި އިރު މިމައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ
އެންމެހާ ލިޔުންތަކަށް ރިޢާޔަތް ކުރައްވާފައިނުވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/101 ޤަޟިއްޔާގެ ޙުކުމުގައި
ދަޢުވާލިބޭ އުސާމަތު އިސްމާޢީލަށް ދޫކޮށްފައިވާ ޕަވަރ އޮފް އެޓަރނީ ބާޠިލްކުރުމަށް ހުށަހަޅާފައިވަނީ ޕަވަރ އޮފް
އެޓަރނީ ދޫކުރި ޑޯނަރުންގެ ތެރޭގައި ހިމެނޭ މ.ޒެބުރާ އާމިނަތު ނާހިދާ ހިމެނިފައިނުވާތީ ދަޢުވާލިބޭ އުސާމާތު
އިސްމާޢީލަށް ދޫކޮށްފައިވާ ޕަވަރ އޮފް އެޓަރނީ ބާޠިލްކުރާނެ ތަނެއްނެތްކަމަށް ކަނޑައެޅުއްވި ދަޢުވާކުރި
ފަރާތްތަކުގެ މަދަނީ ޙައްޤުތަކަށް ރިޢާޔަތް ކުރައްވާފައިނުވުން ކަމަށްބުނެ ހުށަހެޅި ނުކުރާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 15 ** މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: yealighcourt.gov.mvއަހިދިވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/132
03- ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/101 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މ.ޖެބުރާ މުޙައްމަދު ޝަރީފުގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
cccc
4 2 4 22
284
ނ #
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލްކޯޓުގެ ނަންބަރު 2015/Cv-C/101
ޤަޟިއްޔާއަށް ބަލާއިރު އެޤަޟިއްޔާގައި މ.ޒެބުރާ މުޙައްމަދު ޝަރީފުގެ ފަރާތުން މ.ދޫނިދޫ އުސާމާތު
އިސްމާޢީލު މައްޗަށް ދަޢުވާ އުފުލާފައިވަނީ 01 ނޮވެމްބަރ 2009 ވަނަ ދުވަހު މަދަނީކޯޓުގައި
ރަޖިސްޓްރީކޮށްދީފައިވާ ލިމިޓެޑް ޕަވަރ އޮފް އެޓާރނީ މ.ދޫނިދޫ އުސާމަތު އިސްމާޢީލުއަށް ދިން
މަޤްސަދާއި ޚިލާފަށް އުސާމަތު އިސްމާޢީލު ޕަވަރ އޮފް އެޓާރނީގެ ބޭނުންކުރަމުން ގެންދިއުމުގެ ސަބަބުން
ޕަވަރ އޮފް އެޓާރނީ ދިން ފަރާތްތަކުގެ ޙައްޤުތަކަށް އުނިކަން ލިބެމުންދާކަމަށް ބުނެ، ބުނެވުނު ޕަވަރ
އޮފް އެޓާރނީ ޝަރީޢަތް މެދުވެރިކޮށް ބާތިލުކުރުމަށް އެދިކަން އެނގެން އޮންނައިރު، އިޝާރާތްކުރެވުނު
ލިމިޓެޑް ޕަވަރ އޮފް އެޓާރނީ" އަށް ބެލުމުން ޕަވަރ އޮފް އެޓާރނީ އަކީ 12 ޖުލައި 2011
ވަނަދުވަހު މ.ޒެބުރާގެ ވެރިފަރާތްތަކާއި އުސާމަތު އިސްމާޢީލުއާއި ދެމެދު ކުރެވުނު އެގްރީމެންޓެއްގެ ދަށުން
ކިޔާ ގޯތީގައި ޢިމާރާތްކުރުމަށް އޮފް މޯލްޑިވްސް ޕލކ އިން ނަގާ ޑިމާންޑް ލޯން
400 10,000,000ރ. (ދިހަމިލިޔަންރުފިޔާ) އަދި މިލޯނުގެ ތެރެއަށް އިތުރުކުރެވޭ އިތުރު ކްރެޑިޓް
ފެސިލިޓީ އާއި ގުޅިގެން މ.ޒެބްރާއެވެ ކިޔާގެ ރަހުނު ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމަކާއި އަދި ލޯނު
ދޫކުރުމާއި ބެހޭ ގޮތުން ކުރަންޖެހޭ ކަންކަމުގައި ޑޯނަރ ގެ އަމިއްލަ ޙައިސިއްޔަތުންނާއި ޤާނޫނީ ގޮތުން،
ރަހުނުގެ ވެރިފަރާތުގެ ޙައިސިއްޔަތުން ކުރަންޖެހޭ ހުރިހާކަމެއް ޑޯނަރ ގެ ނަމުގައި އަދި ޑޯނަރ ގެ
ބަދަލުގައި ކުރުމަށް އުސާމަތު އިސްމާޢީލު ޢައްޔަންކުރުމުގެ މަޤްސަދުގައި ދީފައިވާ ޕަވަރ އޮފް
އެޓަރނީއެއްކަން އެނގެން އޮންނަކަމާއި، މިޕަވަރ އޮފް އެޓާރނީގެ މަޤްސަދާއި ޚިލާފަށް އުސާމާތު
އިސްމާޢީލު ކުރި ޢަމަލަކީ ކޮބައިކަން ބަޔާންކޮށްދެމުން މުޙައްމަދު ޝަރީފުގެ ފަރާތުން ދަށުކޯޓުގައި
ބުނެފައިވަނީ ޕަވަރ އޮފް އެޓާރނީ ދިން ފަރާތްތަކުގެ އެނގުމަކާއި ނުލައި އުސާމަތު އިސްމާޢީލު ވަނީ
ލޯނު ރީޝެޑިއުލްކޮށްފައިކަމަށާއި، މީގެ އިތުރުން ޕަވަރ އޮފް އެޓާރނީގެ ދަށުން އުސާމާތު
އިސްމާޢީލު ނަގާފައިވާ ލޯނަށް ޤަވާޢިދުން ފައިސާ ދައްކަމުން ނުގެންދިއުމުގެ ސަބަބުން ބޭންކުން އެކަން
ބޭންކު
3
tރމީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، ތީމުގޭ
ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ދިކޯޑްސައިޓް www.highcourt.gov.mv
3e6
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/132
ޕަވަރ އޮފް އެޓާރނީ ދިން ފަރާތްތަކަށް އަންގަމުންދިއުމުގެ ސަބަބުން އެފަރާތްތަކަށް ނަފްސާނީ
ބިރުވެރިކަމެއް ކުރިމަތިވެފައިވާކަމަށް ބުނެ އެކަން ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ރކުeހޭ
COOXC
Pre
ބަޔާންވެގެން
(ނ) ދެވަނަކަމަކީ، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކް ޤާނޫނު) ގެ 20 ވަނަ
މާއްދާއަށް ބެލުމުން ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމްވާ ކަންތައްތައް ކުރަންވާނީ،
ކެޓެއްގައިވާ ޝަރުތުތަކާ
މަތިންކަމަށާއި އެއާއި ޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ،
އެކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ އޭނާގެ މައްޗަށް ދުލެއް ދީފިނަމަ ނުވަތަ އޭނާ ކޮންމެވެސް އެހެން
ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެނަމަކަމަށް
ންވެގެން އޮންނަކަމާއި، 29 އޮކްޓޯބަރ 2009 ވަނަ
ދުވަހު ލިޔެ 01 ނޮވެމްބަރ 2009 ވަނަ ދުވަހު މަދަނީކޯޓުގައި ރަޖިސްޓްރީކޮށްދީފައިވާ ލިމިޓެޑް ޕަވަރ
އޮފް އެޓާރނީގެ ނަމުގައި އޮންނަ މ.ޒެބްރާ މުޙައްމަދު ޝަރީފާއި، ފާތިމަތު ނަހުލާއާއި ޢާއިޝަތު
ނާޒިމާއާއި އައިމިނަތު ނާހިދާގެ ފަރާތުން މ.ދޫނިދޫ އުސާމަތު އިސްމާޢިލްއަށް ދީފައިވާ ޕަވަރ އޮފް
އެޓާރނީގައި ލިޔެ ބަޔާންކޮށްފައިވާ ކަންކަމަކީ މިފަރާތްތަކުގެމެދުގައި އެއްބަސްވެފައިވާ ކަންތައްތަކެއްކަމުން
އެއްބަސްވުމުގައި ބަޔާންވެގެންވާ އެންމެހައި ޝަރުތުތަކަކީ މިއެއްބަސްވުމުގެ އެންމެހައި ބައިވެރިން
އެޝަރުތުތަކާއި އެއްގޮތަށް ޢަމަލުކުރުން ލާޒިމް ތަކެއްކަން އެނގެން އޮންނަކަމެވެ.
ދ ތތ ހ ޑއ ދ ތ
.ކަނެއެބަރޭ ވާ
(ނ) ތިންވަނަކަމަކީ، ޑޯނަރ އެއްގެ ޙައިސިއްޔަތުން މ.ޒެބްރާ މުޙައްމަދު ޝަރީފާއި، ފާތިމަތު
ނަހުލާއާއި ޢާއިޝަތު ނާޒިމާއާއި އައިމިނަތު ނާހިދާ އަދި އެޓާރނީއެއްގެ ޙައިސިއްޔަތުން މ.ދޫނިދޫ
އުސާމާތު މޫސާއާއި ދެމެދު ވެފައިވާ " ލިމިޓެޑް ޕަވަރ އޮފް އެޓާރނީ" އަށް ބަލާއިރު، މިޕަވަރ އޮފް
އެޓާރނީގެ 04 ވަނަ މާއްދާގެ (ހ) ގައި ޕަވަރ އޮފް އެޓާރނީ ބާތިލުކުރެވޭނެ 3 ޝަރުތެއް ބަޔާންކޮށް
އެއިން ޙާލަތެއް މެދުވެރިނުވާހާ ހިނދަކު ޕަވަރ އޮފް އެޓާރނީ އަށް ޢަމަލުކުރަމުން ގެންދެވޭނެކަމަށް
ބަޔާންކޮށްފައި އޮންނަކަމާއި، އެގޮތުން އެމާއްދާގައި ބަޔާންކޮށްފައިވާ 3 ޝަރުތަކީ (1) ޕަވަރ އޮފް
އެޓަރނީގެ ދަށުން ޑޯނަރއަށް ލިބިދޭ ބާރުތައް ދޫކޮށްލުމަށް އެދި އެޓަރނީ ޑޯނަރަށް ލިޔުމަކުން އަންގާ،
އަދި ޑޯނަރު އެކަން ވަގުތުން ބޭންކް އޮފް މޯލްޑިވްސްއަށް އެންގުން ނުވަތަ (2) ޤާނޫނީ ގޮތުން ޕަވަރ
އޮފް އެޓަރނީއަށް ޢަމަލު ނުކުރެއްވުން ނުވަތަ (3) އެޓަރނީ ހަމަ ބުއްދި ފިލައިގެން ނުވަތަ މަރުވުންކަން
އެނގެން އޮންނަކަމާއި، މިމައްސަލައާއި ގުޅިގެން މުޙައްމަދު ޝަރީފުގެ ފަރާތުން ދަށުކޯޓުގައި އަދި
ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކާއި ހުށަހެޅި ލިޔުންތަކަށް ބަލާއިރު ޕަވަރ އޮފް އެޓާރނީގެ
04 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތުންކުރެ އެއްވެސް ޙާލަތެއް ދިމާވެފައިވާކަން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 މަންމަމެން މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]
އި
www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/132
ސާބިތުކޮ
ތުކޮށްދެވޭ ފަދަ އެއްވެސް ޙުއްޖަތެއް މުޙައްމަދު ޝަރީފުގެ ފަރާތުން ހުށަހަޅާފައި ނުވާކަން އެނގެން
އެނޭންކަމެވެ.
J
(ނ) ހަތަރުވަނަކަމަކީ، ޕަވަރ އޮފް އެޓާރނީ ދިން މަޤްސަދާއި ޚިލާފަށް އުސާމާތު
އިސްމާޢީލްގެ ފަރާތުން ކުޅަ ޢަމަލުތަކަކީ ކޮބައިކަން ބަޔާންކޮށްދެމުން
ދެމުން މުޙައްމަދު ޝަރީފުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، މ.ޒެބުރާ ޢިމާރާތްކުރުމަށްޓަކައި ނެގުނު ލޯނުގެ ފައިސާ
ރީޝެޑިއުލްކޮށް ލޯނުގެ މުއްދަތުގައި މ.ޒެބްރާގޭގެ ސެކިއުރިޓީއާއި މޯގޭޖް ދެމެހެއްޓުމާއިމެދު އިހުނެކޭ
އެއްގޮތަށް އިޢުތިރާޟްއްނެތްކަމަށް ބުނެ" 17 އެޕްރީލް 2017 މިތާރީޚުގައި ޕަވަރ އޮފް އެޓާރނީ ދިން
ފަރާތްތަކުގެ ތެރެއިން ފާތިމަތު ނަހުލާއާއި ޢާއިޝަތު ނާޒިމާއާއި އައިމިނަތު ނާހިދާ ގެ ފަރާތުން ބޭންކު
އޮފް މޯލްޑިވްސް އަށް ސިޓީއެއް ފޮނުވާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމުން ލޯނު
ރީ ޝެޑިއުލްކުރެވުނީ ޕަވަރ އޮފް އެޓާރނީ ދިން ފަރާތްތަކަށް އެނގުމަކާއި ނުލައިކަމުގައި
ބެލެވެންނެތްކަމާއި މީގެ އިތުރުން ބުނެވުނު ލޯނަކީ ޕަވަރ އޮފް އެޓާރނީގެ ދަށުން އެލޯނު ނެގި އެލޯނަށް
ފައިސާ ދައްކަމުންދާ ލޯނެއްކަމުން ލޯނު ރީޝެޑިއުލްކުރުމަކީ ޕަވަރ އޮފް އެޓާރނީ ދިން މަޤްސަދު
ގެއްލެންޖެހޭ ސަބަބެއް ނޫންކަމާއި، ހަމަ އެފަދައިން އުސާމަތު އިސްމާޢިލްގެ ފަރާތުން ލޯނަށް ފައިސާ
ދައްކަމުންނުދާކަމަށާއި އެކަމުގެ ސަބަބުން ނަފްސާނީ ބިރުވެރިކަމެއްގައި ޕަވަރ އޮފް އެޓާރނީ ދިން
ފަރާތްތަކުން ތިބެންޖެހުމުން އެއީވެސް ޕަވަރ އޮފް އެޓާރނީ ދިން މަޤްސަދު ގެއްލޭކަމެއް ކަމަށް މުޙައްމަދު
ޝަރީފުގެ ފަރާތުން ފާހަގަކޮށްފައިވާއިރު، އެކަން ސާބިތުކުރުމަށްކަމަށް ބުނެ މުޙައްމަދު ޝަރީފުގެ ފަރާތުން
ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ހިމެނޭ ބޭންކު އޮފް މޯލްޑިވްސް ޕލކ އިން އުސާމަތު އިސްމާޢިލްއަށް
ސިޓީއަކީ ބޭންކަށް ދައްކަންޖެހޭ ފައިސާ ދެއްކުން ލަސްވުމުން އެކަން
އެކަން ހަނދާންކޮށްދިނުމުގެ
ގޮތުން ފޮނުވި ސިޓީއެއްކަން އެނގެން އޮންނައިރު އެސިޓީ ފޮނުވުމުން ބޭންކުން އެއްވެސް ފިޔަވަޅެއް
ކުރިން އުސާމަތު އިސްމާޢީލް އެފައިސާ ދައްކާފައިވާނޭކަމަށް ބުނާ ބުނުމަށް އަޙުމަދު ޝަރީފުގެ
ފަރާތުން އިންކާރު ނުކުރާކަމާއި، މިހެންކަމުން ލޯނުގެ ފައިސާ ދެއްކުން ހަނދާން ކޮށްދިނުމުގެ ގޮތުން
ބޭންކުން ސިޓީއެއް ފޮނުވުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބަލައި ޕަވަރ އޮފް އެޓާރނީ ދިން މަޤްސަދާއި
އުސާމަތު އިސްމާޢިލް ޚިލާފުވެފައިވާކަމުގައި ބަލައި އެޕަވަރ އޮފް އެޓާރނީ ޝަރީޢަތުން ބާތިލުކުރަންޖެހޭ
ސަބަބެއްކަމުގައި ބެލެވެންނެތްކަމެވެ.
ތ 4
.މެވެ
2
އެ{7
3
COCOCCC
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުދުރު ހިނގުން، މުގޭ ގޭބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް: Tighcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
7
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/132
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ، ސިވިލްކޯޓުގެ ނަންބަރު 2015/Cv
-
C/101 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ނެތްކަމުގައެވެ.
• ކުމް:
ންޖެހޭ ފަދަ
ދެންފަހެ، ސިވިލްކޯޓުގެ ނަންބަރު 2015/Cv
-
C/101 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފަ
ޙުކުމް އިސްތިއުނާފުކުރުމަށް މ.ޒެބުރާ މުޙައްމަދު ޝަރީފުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
ބިނާކޮށް އެޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ އެޙުކުމަށް ބަދަލުގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ
ފެންނަން ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ސިވިލްކޯޓުގެ ނަންބަރު 2015/Cv-C/101 ޤަޟިއްޔާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއްނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން
އެކުމްކޮށްފީމެވެ.
ޓ 4
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv