ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/209 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/209
l
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 209/HC
-
A/2011
އިސްތިއުނާފު ކުރި ފަރާތް:
ނަން: އަޙްމަދު ފިރާޤް
ދާއިމީ އެޑްރެސް: މީނާޒް/ ބ. މާޅޮސް
* އައި.ޑީ ކާޑު ނަންބަރު: A011906 މިހާރުގެ އެޑްރެސް:
ރެސް: ލ. ކުރަހާގެ މާލެ
ބަދަލުގައި: އދ. ޢަރީފް އަޙްމަދު ނަޞީރު، ނަސްފަރު
*
*
2202/
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕީޓަރ ޖެނެކް
* ދާއިމީ އެޑްރެސް: ޖާރމަނީ
ޕާސްޕޯޓް ނަންބަރު: C4WJN3606 * މިހާރުގެ އެޑްރެސް: ޖާރމަނީ
ބަދަލުގައި: އދ. ޢަބްދުﷲ ސިޔާޒް، ނަސީމާމަންޒިލް/ ޅ. ނައިފަރު
i.
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 22 ރަމަޟާން 1432
22 އޯގަސްޓް 2011
ނިމުނު ތާރީޚް: 10 ރަޖަބު 1434
20 މެއި 2013
0
އިސްތިއުނާފު ކުރެވުނު މައްސަލަ ނަންބަރު: 2010/MC
/
2010
)
955
/
Cv
-
C/1934)
ނިންމެވި ފަރާތް: ސިވިލް ކޯޓު
• މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ ހުށަހެޅުނު ތާރީޚް:
10 އޯގަސްޓް 2010
• މައްސަލަ ނިމުނު ތާރީޚް: 17 މެއި 201
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު. ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރުން ޢައްބާސް ޝަރީފް
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/209
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/955 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، މާޅޮސް
މީނާޒް އަޙްމަދު ފިރާޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޖަރުމަނުވިލާތުގެ ރައްޔިތެއްކަމުގައިވާ ޕީޓަރ
ޖެނެކެއެވެ.
447
1. ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/955 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި
މާޅޮސް މީނާޒް
އަޙްމަދު ފިރާޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/955 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، 2009 އޮގަސްޓް 10 ވަނަ ދުވަހު އަޙްމަދު ފިރާޤު
އާއި ޕީޓަރ ޖެނެކް އާ ދެމެދުގައި "ފާތިމާ" (ރަޖިސްޓްރީ ނަންބަރު: {5223A
-
02
{
09
-
F) ސަފާރީ
ކުއްޔަށްދިނުމާމެދު ސޮއިކުރެވިފައިވާ އެއްބަސްވުމާ އަޙްމަދު ފިރާޤުގެ ފަރާތުން ތަކުރާރުކޮށް ޚިލާފުވެފައިވާތީއާއި،
އަޙްމަދު ފިރާޤުގެ ފަރާތުން އެއްބަސްވުމުގެދަށުން ކުރަންޖެހޭ ކަންތައްތައް ނުކުރުމުގެ ސަބަބުން ޕީޓަރ ޖެނެކް
އަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދުމަށާއި، އަދި އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ޖޫރިމަނާގެ
ގޮތުގައި އަޙްމަދު ފިރާޤް ދައްކަންޖެހޭ ފައިސާއާއި އެއްބަސްވުމުގެ ދަށުން އަޙްމަދު ފިރާޤުގެ ފަރާތުން ޕީޓަރ
ޖެނެކް އަށް ލިބެންޖެހޭ ފުރިހަމަ ބަދަލު އަޙްމަދު ފިރާޤުގެ އަތުން އެކީ އެއްފަހަރާ ހޯދުމަށާއި، އެއްބަސްވުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/209
ދަށުން އެޑްވާންސް ފައިސާގެ ގޮތުގައި އަދާކޮށްފައިވާ 148,183.00$US (އެއްލައްކަ ސާޅީސްއަށްހާސް
އެއްސަތޭކަ އަށްޑިހަތިނެއް އެމެރިކާ ޑޮލަރު) އެކީ އެއްފަހަރާ ލިބިގަތުމަށާއި، ޕީޓަރ ޖެނެކްގެ ހުއްދަނެތި
އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އެހެންފަރާތަކަށް ބޯޓު ކުއްޔަށްނުދެވޭނެކަމަށް
އްޔަށްނުދެވޭނެކަމަށް ކަނޑައަޅައިދިނުމަށާއި،
އެއްބަސްވުމާ އެއްގޮތްވާގޮތުގެ މަތީން ޕީޓަރ ޖެނެކްއަށް ބޯޓު ބޭނުންކުރުމަށް ލިބިދިނުމަށާއި، އެއްބަސްވުމާއި
އަޙްމަދު ފިރާޤް ޚިލާފުވެފައިވާކަމަށާއި، އެއްބަސްވުން ނިމުމަކަށް ގެނައުމާއި އެއްބަސްވުމަށް ޢަމަލު ނުކުރުމުގެ
އެއްވެސް ޙައްޤެއް އަޙްމަދު ފިރާޤަށް ނެތްކަމަށް ކަނޑައަޅައިދިނުމަށާއި، އެއްބަސްވުމާއި އެއްގޮތަށް
ޢަމަލުކުރުމަށް އަޙްމަދު ފިރާޤަށް އަންގައި އެއްބަސްވުމުގެދަށުން ޕީޓަރ ޖެނެކް އަށް ލިބެންޖެހޭ ރަޖިސްޓްރީ
ނަންބަރު: (P5223A
-
02
(
09
-
F ސަފާރީ އުޅަނދު ހޯދުމަށް ބ. މާޅޮސް މީނާޒް އަޙްމަދު ފިރާޤުގެ މައްޗަށް
ޖަރުމަނުވިލާތުގެ ރައްޔިތެއްކަމުގައިވާ ޕީޓަރ ޖެނެކްގެ ފަރާތުން ދަޢުވާކުރުމުން ބެލެވިފައިވާ މައްސަލައެއްކަން
CCCXOC
އެނގެންއޮވެއެވެ.
3. މިޤަޟިއްޔާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/955 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. "ދެންފަހެ، އިސްވެ
ފާހަގަކުރެވުނު ނުކުތާތަކަށާއި މައްސަލައިގެ ކަންހިނގާފައިވާގޮތުގެ މައްޗަށް ބަލައި، ބ.މާޅޮސް(މީނާޒް (މ.
ކުރަހާގެ | 1 ވަނަ ފަންގިފިލާ) އަޙްމަދު ފިރާޤް (ދ.ރ.ކާޑް: A011906) ގެ މައްޗަށް ޖަރުމަނުގެ
ރައްޔިތެއްކަމުގައިވާ ޕީޓަރ ޖެނެކް | Peter Jenicke (ޖަރުމަނު ޕާސްޕޯޓް: C4WJN3606) ގެ ފަރާތުން
ކުޅަ މިދަޢުވާއަށް ޝަރީޢަތުގެ ހަމަތަކުގެ މަތިން ބެލިއިރު،
ރަޖިސްޓްރީ ނަންބަރު: (P5223A
-
02
(
09
-
F "ފާތިމާ" އެވެކިޔުނު ސަފާރީ އުޅަނދު
ކުއްޔަށްދިނުމާގުޅޭގޮތުން އަޙްމަދު ފިރާޤާއި ޕީޓަރ ޖެނެކް | Peter Jenicke އާއި ދެމެދު 10 އޮގަސްޓް
2009 ގައި
ސްވުމެއްވެފައިވާކަމާއި، މިއެއްބަސްވުމުގެ ދަށުން އަޙްމަދު ފިރާޤް އަދި ޕީޓަރ ޖެނެކް
2
8 ދ 8
9 ޏ ސ ޑ ދ
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/209
Peter Jenicke ގެ މައްޗަށް އެއްބަސްވުން ލާޒިމްކުރި އިލްތިޒާމްތަކެއްކުރިހިނދު، އަޙްމަދު ފިރާޤްވަނީ
މިއެއްބަސްވުމުން އަޙްމަދު ފިރާޤްގެ މައްޗަށް ހުރި އިލްތިޒާމްތަކާއި ޚިލާފުވެފައިކަމާއި،
އެއްބަސްވުމުގެ 4 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވާ ކޮންޑިޝަން ޕްރެސިޑެންޓްސްގެ ގޮތުގައި
އަޙްމަދު ފިރާޤް ފުރިހަމަކުރަންޖެހޭ ކަންކަން އެއްބަސްވުމުގައިވާ ފަދައިން އަޙްމަދު ފިރާޤް
ފުރިހަމަކޮށްފައިނުވާކަމާއި، މިގޮތުން ދެފަރާތްދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ސަފާރީ އުޅަނދު
ދަޢުވާކުރާ ފަރާތާއި ޙަވާލުކުރަންވީ ތާރީޚާއި ހަމައަށް އުޅަނދުގައި ދަޢުވާލިބޭ ފަރާތުން ފުރިހަމަކުރުމަށް
އެއްބަސްވުން ލާޒިމްކުރި ކަންތައްތައް ދަޢުވާލިބޭ ފަރާތުން ފުރިހަމަކޮށްފައިނުވާކަމާއި، އެއްބަސްވުމުގެ ދަށުން
އުޅަނދު ޙަވާލުކުރަންޖެހޭ ތާރީޚަށް ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އުޅަނދު ޙަވާލުކޮށްފައިނުވާކަމާއި،
އުޅަނދުގެ މަސައްކަތް ފުރިހަމަކޮށްފައިވަނީ ދަޢުވާކުރާ ފަރާތުންކަމާއި، ދަޢުވާލުރާ ފަރާތާއި ދަޢުވާލިބޭ
ފަރާތާއިދެމދު ކުރެވިފައިވާ އެއްބަސްވުމުގެ މުއްދަތުގައި ދަޢުވާގައި އިޝާރާތްކުރެވޭ ސަފާރީ އުޅަނދު އިތުރު
ފަރާތަކަށް ދަޢުވާލިބޭ ފަރާތުން ބޭނުންކުރަންދީފައިވާކަން ދަޢުވާލިބޭ ފަރާތުގެ އަމިއްލަ ބަހުން ޘާބިތުވާކަމަށާއި،
މިކަންކަމުގެ މައްޗަށް ނަޒަރުކުރާއިރު ދަޢުވާލިބޭ ފަރާތުން ވަނީ އެއްބަސްވުމާއި ޚިލާފުވެފައިކަން
އެނގެން އޮތަތީ، ދަޢުވާލިބޭ ފަރާތުން އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ދަޢުވާކުރާ ފަރާތަށް ލިބިފައިވާ
ގެއްލުމުގެ ބަދަލު ދަޢުވާލިބޭ ފަރާތުން ދޭންޖެހޭކަމާއި،
އެއްބަސްވުމުގެ
އިތުރުކުރުމަށް
ދަޢުވާކުރާ
ފަރާތުން
ދަޢުވާލިބޭ ފަރާތަށް
އަންގާފައިވީނަމަވެސް، އެކަން ދަޢުވާލިބޭ ފަރާތުން ޤަބޫލުކޮށް ދަޢުވާކުރާ ފަރާތަށް އަންގާފައި
ކަމަށްޓަކައި، އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވިފައި ނުވާނެކަމަށް ދަޢުވާލިބޭ ފަރާތުން ބުނިނަމަވެސް،
ދެފަރާތްދެމުދު ވެފައިވާ އެއްބަސްވުމުގެ 6 ވަނަ މާއްދާއަށް ނަޒަރުކުރުމުން، އެއްބަސްވުމުގެ މުއްދަތު ހަމަވާނެ
ދެގޮތެއް މިމާއްދާއިން ކަނޑައަޅާފައިވާކަން އެނގޭކަމާއި، އެއީ އެއްބަސްވުމުގައި ބުނާ 2 އަހަރުވުމުން
އެއްބަސްވުން ނިމުންކަމާއި، ދެވަނަ ގޮތަކީ 6 ވަނަ މާއްދާގައިވާ ފަދައިން ދަޢުވާކުރާ ފަރާތުން ބޭނުންނަމަ
އެއްބަސްވުމުގެ މުއްދަތު އިތުރު ދެ އަހަރަށް އިތުރުކުރުންކަމާއި، މިމާއްދާއަށް ބަލާއިރު، ދަޢުވާލިބޭ
4
މުއްދަތު
ނފނމ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/209
ފަރާތުންވަނީ އެއްބަސްވުމުގެ މުއްދަތު އިތުރު ދެއަހަރަށް އިތުރުކުރުމަށް އެއްބަސްވުން ވެވުނުއިރު
އެއްބަސްވެފައިކަމާއި، އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ފުރިހަމަވާންޖެހެނީ އެންމެކަމެއްކަމާއި، އެއީ
ދަޢުވާކުރާ ފަރާތުން އެއްބަސްވުން އިތުރުކުރަން ބޭނުންކަމުގައިވާނަމަ، އެކަން މިމާއްދާގައި ކަނޑައަޅާފައިވާ
ތާރީޚްގެ ކުރިން ލިޔުމަކުން ދަޢުވާލިބޭ ފަރާތަށް އެންގުންކަމާއި، މިފަދައިން ދަޢުވާކުރާ ފަރާތުން
ޢަމަލުކުރާނަމަ، އެއްބަސްވުމުގެ 6 ވަނަ މާއްދާގައިވާ ފަދައިން އެއްބަސްވުމުގެ މުއްދަތު އިތުރު 2 އަހަރަށް
އިތުރުކުރެވުނީކަން މިއެއްބަސްވުމަށް ބެލުމުން އެނގޭކަމާއި، އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށްޓަކައި،
އެކަން ބަޔާންކޮށް ދަޢުވާކުރާ ފަރާތުން ފޮނުވާ ލިޔުން އެއީ ހުށަހެޅުމެއްކަމަށް ބަލައި، ދަޢުވާލިބޭ ފަރާތުން
އެކަން ޤަބޫލުކޮށް، މިގޮތުން އައު އަޤުދެއްވާންނުޖެހޭކަން މިއެއްބަސްވުމަށް ބެލުމުން އެނގެންއޮތްހިނދު،
އެއްބަސްވުމުގައިވާފަދައިން އަޙްމަދު ފިރާޤާއި، ޕީޓަރ ޖެނެކް | Peter Jenicke އާއިދެމެދު
ކުރެވިފައިވާ އެއްބަސްވުމުގެ މުއްދަތުވަނީ 2013 ޖުލައި 31 ގެ ނިޔަލަށް އިތުރުކުރެވިފައިކަމަށާއި،
ދެފަރާތްދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ މުއްދަތުގައި ދަޢުވާގައި އިޝާރާތްކުރާ ސަފާރީ އުޅަނދު އިތުރު
ފަރާތަކުން ބޭނުންކުރުމަށް ދިނުމުގެ ޙައްޤު އަޙްމަދު ފިރާޤަށް ލިބިގެންނުވާކަމަށާއި، އެއްބަސްވުމުގެ މުއްދަތުގައި
ފާތިމާ' އެވެކިޔުނު ސަފާރީ އުޅަނދު ޕީޓަރ ޖެނެކް | Peter Jenicke އެއްބަސްވުމުގައި ފަދައިން
ބޭނުންކުރުމަށް ދިނުމަށާއި، ދެފަރާތްދެމެދު ވެފައިވާ އެއްބަސްވުމާއި އަޙްމަދު ފިރާޤް ޚިލާފުވުމުގެ ސަބަބުން
ޕީޓަރ ޖެނެކް | Peter Jenicke އަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހުށަހަޅާފައިވާ
US
$
148,183.00 (އެއްލައްކަ ސާޅީސްއަށްހާސް އެއްސަތޭކަ އަށްޑިހަތިނެއް އެމެރިކާ ޑޮލަރު) އަކީ އަޙްމަދު
ފިރާޤްގެ ފަރާތުން ޕީޓަރ ޖެނެކް / Peter Jenicke އަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި،
މިފައިސާ ޕީޓަރ ޖެނެކް | Peter Jenicke އަށް ލިބިދިނުމުގެ ގޮތުން މިއަދު، 17 މެއި 2011
ދުވަހުން ފެށިގެން 08 (އަށެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުމެ، އެމީހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން
މިންވަރެއް ސިވިލް ކޯޓަށް ދައްކަމުން ގޮސް، މިމުއްދަތުގެ ތެރޭގައި މިފައިސާ އެއްކޮށް ދައްކާ ޚަލާޞްކުރުމަށާއި،
ދެފަރާތްދެމެދު ވެފައިވާ ޙުރުމަތްތެރިކޮށް ހިތައި އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށް
22
/
06ދ8
އއ2020ށ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/209
ކ.މާޅޮސްމީނާޒް (މ. ކުރަހާގެ | 1 ވަނަ ފަންގިފިލާ) އަޙްމަދު ފިރާޤް (ދ.ރ.ކާޑް: A011906 އަށް
އަންގައި، ބ.މާޅޮސްމީނާޒް (މ. ކުރަހާގެ | 1 ވަނަ ފަންގިފިލާ) އަޙްމަދު ފިރާޤް (ދ.ރ.ކާޑް: A011906)
ގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ." މިހެންނެވެ.
]
4. ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/955 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ބ. މާޅޮސް މީނާޒް އަޙްމަދު ފިރާޤުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް
ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، އަޙްމަދު ފިރާޤާއި ޕީޓަރ ޖެނެކްއާ ދެމެދު 10 އޮގަސްޓް 2009 ގައި
ވެފައިވާ ކުލީގެ އެއްބަސްވުން 2013 ޖުލައި 31 ގެ ނިޔަލަށް އިތުރުކުރެވިފައިވާކަމަށް ނިންމަވާފައިވަނީ،
ވެފައިވާ ކުލީގެ އެއްބަސްވުމާއި ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާ އަޙްމަދު ފިރާޤު
ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ކަނޑައަޅާފައިވަނީ، ވެފައިވާ ކުލީގެ
އެއްބަސްވުމާއި، ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިއުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/955 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
މީނާޒް އަޙްމަދު ފިރާޤުގެ ފަރާތުން ހުށަހަޅާފައިވާ
272 ހތ
4 *.
އުޞޫލުތަކާ
އއ
25
4 އދ8 7
6
ނނށ2ށނ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/209
ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
4 2
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/955 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، ދަޢުވާގެ ޚުލާޞާގައި އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، 2009
އޮގަސްޓް 10 ވަނަ ދުވަހު އަޙްމަދު ފިރާޤު އާއި ޕީޓަރ ޖެނެކް އާ ދެމެދުގައި "ފާތިމާ" (ރަޖިސްޓްރީ
ނަންބަރު: {P5223A
-
02 09
-
F) ސަފާރީ ކުއްޔަށްދިނުމާމެދު ސޮއިކުރެވިފައިވާ އެއްބަސްވުމާ އަޙްމަދު
ފިރާޤުގެ ފަރާތުން ތަކުރާރުކޮށް ޚިލާފުވެފައިވާތީއާއި، އަޙްމަދު ފިރާޤުގެ ފަރާތުން އެއްބަސްވުމުގެދަށުން
ކުރަންޖެހޭ ކަންތައްތައް ނުކުރުމުގެ ސަބަބުން ޕީޓަރ ޖެނެކް އަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދުމަށާއި،
އަދި އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އަޙްމަދު ފިރާޤް ދައްކަންޖެހޭ ފައިސާއާއި
އެއްބަސްވުމުގެ ދަށުން އަޙްމަދު ފިރާޤުގެ ފަރާތުން ޕީޓަރ ޖެނެކް އަށް ލިބެންޖެހޭ ފުރިހަމަ ބަދަލު އަޙްމަދު
ފިރާޤުގެ އަތުން އެކީ އެއްފަހަރާ ހޯދުމަށާއި، އެއްބަސްވުމުގެ ދަށުން އެޑްވާންސް ފައިސާގެ ގޮތުގައި
އަދާކޮށްފައިވާ 148,183.00$US (އެއްލައްކަ ސާޅީސްއަށްހާސް އެއްސަތޭކަ އަށްޑިހަތިނެއް އެމެރިކާ ޑޮލަރު)
އެކީ އެއްފަހަރާ ލިބިގަތުމަށް ކަމަށް ބަޔާންކުރައްވާފައިވަނީ އޮޅުމަކުންކަމަށް ބެލެވޭކަމާއި، ސިވިލް ކޯޓަށް
މިމައްސަލަ ހުށަހެޅުނު ފޯމަށާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު، އެއްބަސްވުމުގެ
ދަށުން އެޑްވާންސް ފައިސާގެ ގޮތުގައި އަދާކޮށްފައިވަނީ 148,183.00$US (އެއްލައްކަ ސާޅީސްއަށްހާސް
އެއްސަތޭކަ އަށްޑިހަތިނެއް އެމެރިކާ ޑޮލަރު) ނޫންކަމާއި، 148,183.00$US (އެއްލައްކަ ސާޅީސްއަށްހާސް
އެއްސަތޭކަ އަށްޑިހަތިނެއް އެމެރިކާ ޑޮލަރު) އަކީ އަޙްމަދު ފިރާޤުގެ އަތުން ހޯދުމަށް އެދި ޕީޓަރ ޖެނެކް
ހުށަހެޅި ޖުމްލަ ޢަދަދުކަން އެނގޭކަމެވެ.
OX
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/209
(ނ) ދެވަނަ ކަމަކީ، އަޙްމަދު ފިރާޤާއި ޕީޓަރ ޖެނެކްއާ ދެމެދު 10 އޮގަސްޓް 2009 ގައި
ވެފައިވާ ކުލީގެ އެއްބަސްވުން 2013 ޖުލައި 31 ގެ ނިޔަލަށް އިތުރުކުރެވިފައިވާކަމަށް ނިންމަވާފައިވަނީ،
ވެފައިވާ ކުލީގެ އެއްބަސްވުމާއި ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އަޙްމަދު ފިރާޤުގެ ފަރާތުން
ހުށަހެޅި ނުކުތާގެ މައްޗަށް ބެލިއިރު،
ރަޖިސްޓްރީ ނަންބަރު P5223A
-
02
{
09F "ފާތިމާ" އެވެކިއުނު ސަފާރީ ކުއްޔަށް ދިނުމާމެދު
އަޙްމަދު ފިރާޤާއި ޕީޓަރ ޖެނެކާ ދެމެދު 2 އަހަރު ދުވަހަށް ޢަމަލުކުރެވޭ އެއްބަސްވުމެއްގައި 10 އޯގަސްޓް
2009 ގައި ސޮއިކުރެވިފައިވާކަމާއި، އެއްބަސްވުން ނިމޭ ތާރީޚަކީ 31 ޖުލައި 2011 ކަމާއި،
އެއްބަސްވުމުގެ 6 ވަނަ މާއްދާއަށް ބަލާއިރު، ކުލީގެ އެއްބަސްވުން މީލާދީ އިތުރު 2 އަހަރުދުވަހަށް
މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު ކުއްޔަށް ފަރާތަށް ދިނުމަށް ކުއްޔަށް ދިން ފަރާތުން
އެއްބަސްވެފައިވާކަން އެމާއްދާގެ (ހ) އިން އެނގޭކަމާއި،
އަދި މިގޮތަށް ކުރީގެ މުއްދަތު އިތުރުކުރުމުގައި ދެފަރާތުން އެއްބަސްވާ ޝަރުޠުތައް
ޝަރުޠުތައް މިމާއްދާގެ (b)
ގައި ބަޔާންކޮށްފައިވާކަމާއި، އެގޮތުން އެއްބަސްވުމުގެ މުއްދަތު އިތުރުކުގެ
ފިކުރެވޭނީ މިލާދީ 2 އަހަރުދުވަހަށް
2 އަހަރުން ކުރެ ކޮންމެ އަހަރަކަށް ކުލި ދައްކަންޖެހޭނީ އަހަރަކަށް 6 މަސްދުވަހަށްކަމަށާއި
އިތުރުކުރެވޭ މުއްދަތުގެ ކުއްޔަކީ އިތުރުކުރެވޭ 2 އަހަރުންކުރެ ކޮންމެ އަހަރެއްގެ 6 މަސްދުވަހަށް، މަހަކަށް
-/18000 ޔޫ.އެސް ޑޮލަރުކަމާއި،
އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ކުއްޔަށް ހިފިފަރާތުން ބޭނުންވާނަމަ، އެކަން 30 އެޕްރީލް
2010 ގެ ކުރިން، ކުއްޔަށް ދިން ފަރާތަށް ލިއުމުން އެންގުމުން އެ އެއްބަސްވުމުގައިވާ ޝަރުތުތަކާ އެއްގޮތަށް
އެއްބަސްވުމުގެ މުއްދަތު އިތުރުވެގެންދާނެކަ
ދާނެކަމަށާއި، ކުއްޔަށް ހިފި ފަރާތަށް، ކުލީގެ އެއްބަސްވުމުގެ މުއްދަތު
އިތުރުކުރުމަށް ލިބިދީފައިވާ މި އިޚްތިޔާރުގެ ބޭނުން ހިފުމަށް އިތުރު އެހެންކަމެއްކުރަން ނުޖެހޭނެކަން އެމާއްދާގެ
(c) ގައި ބަޔާންކޮށްފައިވާކަން އެނގެންއޮތްއިރު،
ކަމަށާއި، މި
ދިވެހިރާއްޖޭގެ
48
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/209
CU O
ކު08
ދިވެހިރާއްޖޭގެ ހައިކޯޓުގައި އަޙްމަދު ފިރާޤުގެ ފަރާތުން މިނުކުތާއާ ގުޅޭގޮތުން ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު، އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ޕީޓަރ ޖެނެކުގެ ފަރާތުން ލިއުމުން ހުށަހަޅާފައި
ނުވާކަމަށާއި، އެހެންކަމުން އެއްބަސްވުމުގެ މުއްދަތު އިތުރު ކުރެވިފައިނުވާކަމަށް އަޙްމަދު ފިރާޤުގެ ފަރާތުން
ހައިކޯޓުގައި ބުނެފައިވީނަމަވެސް، މިވާހަކަތަކަކީ އަޙްމަދު ފިރާޤުގެ ފަރާތުން ސިވިލް ކޯޓުގައި
މިނުކުތާއާގުޅޭގޮތުން ދެއްކި ވާހަކަތަކާ ފުށުއަރާގޮތަށް، ތަފާތުކޮށް ދައްކާފައިވާ ވާހަކަތަކެއްކަން އެނގެން
އޮތުމުންނާއި،
މިމައްސަލައާ ގުޅޭގޮތުން ދެފަރާތުން ސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ކުއްޔަށް
ދިން މުއްދަތު އިތުރު 2 އަހަރު ދުވަހަށް އިތުރުކުރުމަށް ބޭނުންވާކަން ކުއްޔަށް ފަރާތުން ކުއްޔަށް ދިން
ފަރާތަށް 28 އޭޕްރީލް 2010 ވަނަ ދުވަހު އަންގާފައިވާކަމަށް، ކުއްޔަށް ހިފި ޕީޓާ ޖެނެކުގެ ފަރާތުން ސިވިލް
ކޯޓުގައި ބުނެފައިވާއިރު، ކުއްޔަށް ދިން ފަރާތް ކަމުގައިވާ އަޙްމަދު ފިރާޤުގެ ފަރާތުން ސިވިލް ކޯޓުގައި
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެކަން އެގޮތަށް ހިނގާފައިވާކަމާމެދު
ދިން ފަރާތުން
އިންކާރުކޮށްފައި ނުވާކަމާއި، އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ބޭނުންވާކަން ކުއްޔަށް ހިފާ ފަރާތުން
ދިން ފަރާތަށް 28 އޭޕްރީލް 2010 ގައި އަންގާފައިވާކަމަށް ކުއްޔަށް ދިން ފަރާތުން ސިވިލް ކޯޓުގައި
ފައިވާ ދިން ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވަނީ، ކުރީގެ މުއްދަތު އިތުރު 2
އަހަރު ދުވަހަށް އިތުރުކުރުމަށް ބޭނުންވާކަމަށް 28 އޭޕްރީލް 2010 ވަނަ ދުވަހު ކުއްޔަށް ހިފާ ފަރާތުން
ކުއްޔަށް ދިން ފަރާތަށް އަންގާފައިވީނަމަވެސް، އެކަން ޤަބޫލުކުރާކަން ކުއްޔަށް ދިން ފަރާތުން ކުއްޔަށް
ފަރާތަށް އަންގާފައިނުވާނެ ކަމަށާއި، އެހެންކަމުން، އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނެ ހަމަ އެއްވެސް
ގޮތެއް ޤާނޫނީ ގޮތުން ނޯންނާނެ ކަމަށް ކަމާއި، މިކަން އަޙްމަދު ފިރާޤުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި
ވިޔަފާރިއާބެހޭ ބަޔަށް ހުށަހަޅާ ދަޢުވާއާއި މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމް" ގެ 10 ވަނަ ނަންބަރުގައި
ބަޔާންކުރެވިފައިވާކަން އެނގޭކަމާއި، އެހެންކަމުން، މިވާހަކަތަކުގެ މައްޗަށް ބަލާއިރު، ކުއްޔަށް ދިން މުއްދަތު
އިތުރު 2 އަހަރު ދުވަހަށް އިތުރުކުރުމަށް ބޭނުންވާކަން ކުއްޔަށް ހިފާ ފަރާތުން ކުއްޔަށް ދިން ފަރާތަށް 28
ވެއެnނ
ހއ
ވެއެhށް
· ބ ޅ 2
4 އ
އއސވެފައިވާPPއި
ކަމާއި، ކުއްޔަށް
އެހިރާއްޖޭގެ
ހައިކޯޤު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
،
10
2011/HC-A/209
އޭޕްރީލް 2010 ވަނަ ދުވަހު އަންގާފައިވާކަމަށް، ކުއްޔަށް ހިފި ޕީޓާ ޖެނެކުގެ ފަރާތުން ސިވިލް ކޯޓުގައި
ބުނެފައިވާއިރު، ކުއްޔަށް ދިން ފަރާތް ކަމުގައިވާ އަޙްމަދު ފިރާޤުގެ ފަރާތުން ސިވިލް ކޯޓުގައި ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު، އެކަން އެގޮތަށް ހިނގާފައިވާކަމާމެދު އަޙްމަދު ފިރާޤުގެ ފަރާތުން ސިވިލް ކޯޓުގައި
އިންކާރުކޮށްފައި ނުވާކަމާއި، އެހެންނަމަވެސް، އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ބޭނުންވާކަން ކުއްޔަށް
ހިފި ފަރާތުން ކުއްޔަށް ދިން ފަރާތަށް 28 އޭޕްރީލް 2010 ގައި އަންގާފައިވާކަމަށް ކުއްޔަށް ދިން ފަރާތުން
ސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުގައި އެއްބަސްވެފައިވާކަން އެނގެން އޮންނަކަމާއި، އެހެންކަމުން
ބަސްވުމުގެ ގެ މުއްދަތު އިތުރު ކުރެވިފައިވާކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ރަނގަޅަށްކަމަށް
4c ތ 4
3
2
c
އެއްބަ
އެނގެންއޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާ އަޙްމަދު ފިރާޤު ޚިލާފުވެފައިވާކަމަށް
ކަނޑައަޅައި، ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ކަނޑައަޅާފައިވަނީ، ވެފައިވާ ކުރީގެ އެއްބަސްވުމާއި،
ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާގެ މައްޗަށް ބެލިއިރު،
8
x/2
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ
އަޙްމަދު ފިރާޤުގެ ފަރާތުން
ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ސަފާރީ އުޅަނދު ޕީޓަރ ޖެނެކާ ޙަވާލުކުރަންޖެހޭ މުއްދަތުގައި
ޙަވާލުކޮށްފައިނުވާކަމާއި، އަޙްމަދު ފިރާޤާއި ޕީޓަރ ޖެނެކާ ދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ މުއްދަތުގައި
ސަފާރީ އުޅަނދު، އަޙްމަދު ފިރާޤް ޕީޓަރ ޖެނެކުގެ އަތުން ނަގައި އެހެން ފަރާތަކަށް ބޭނުންކުރުމަށް
ދީފައިވާކަން އަޙްމަދު ފިރާޤުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގޭކަމާއި، މިކަންކަން ސިވިލް ކޯޓުން
މިމައްސަލަ ނިންމެވިގޮތުގެ ރިޕޯޓުގައިވެސް ފާހަގަކުރައްވާފައިވާކަމާއި، ވުމާއެކު، އަޙްމަދު ފިރާޤުގެ ފަރާތުން
އެއްބަސްވުމާ ޚިލާފުވެފައިވާކަމާއި، އަދި އެއްބަސްވުމާ އަޙްމަދު ފިރާޤް ޚިލާފްވުމުގެ ސަބަބުން ޕީޓަރ ޖެނެކަށް
ލިބިފައިވާ ގެއްލުންތަކަށް ބަދަލު ލިބެންޖެހޭނެކަން އެނގެން އޮތްއިރު،
ދިވެހިރާއް52
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/209
ޕީޓަރ ޖެނެކުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި "މަދަނީ ކޯޓުގެ ވިޔަފާރިއާބެހޭ ބަޔަށް ދަޢުވާއާއި
މައްސަލަ ހުށަހަޅާ ފޯމް" އަށާއި، މިމައްސަލައާ ގުޅިގެން ދެކެވިފައިވާ ވާހަކަތަކަށާއި، ލިޔެކިއުންތަކުގެ މައްޗަށް
ބަލާއިރު، އަޙްމަދު ފިރާޤުގެ އަތުން ހޯދުމަށް ޕީޓަރ ޖެނެކުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ފައިސާގެ
ޖުމްލައަކީ -/148183 އެމެރިކާ ޑޮލަރު ކަމާއި، އެއީ؛
އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ދީފައިވާ -/23000 އެމެރިކާ ޑޮލަރާއި،
ފުރަތަމަ ސީޒަންގައި އުޅަނދު ފުރިހަމަކޮށްފައި ނުވުމުގެ ސަބަބުން އެއްބަސްވުމުގެ 5 ވަނަ މާއްދާގެ
ދަށުން، ކޮންމެ ދުވަހަކަށް -/500 އެމެރިކާ ޑޮލަރުގެ ރޭޓުން -401831 އެމެރިކާ ޑޮލަރާއި،
2010 ވަނަ އަހަރުގެ އޯގަސްޓް 10 ން އޮކްޓޯބަރ 10 އަށް، ލޯސީޒަން އަށް އެޑްވާންސް
ރެންޓުގެ ގޮތުގައި ވެރިފަރާތަށް ދީފައިވާ -/18000 އެމެރިކާ ޑޮލަރާއި،
2010 ވަނަ އަހަރުގެ ލޯސީޒަން އަށް އެޑްވާންސް ރެންޓުގެ ގޮތުގައި ދީފައިވާ -/18000 އެމެރިކާ
ޑޮލަރު ދިނުމުން 4 ހަފްތާ ކުލި ނުހިނގާގޮތަށް ސަފާރީ އުޅަނދު ދޭނެކަމަށް ވެފައިވާ އެއްބަސްވުމާ
ވެރިފަރާތުން ޚިލާފްވެފައިވާތީ ހަތަރު ހަފްތާގެ ކުލީގެ ތެރެއިން ބޭނުން ނުކުރެވިވާ 14 ދުވަހުގެ ޖޫރިމަނާގެ
ގޮތުގައި ދުވާލަކަށް -/500 އެމެރިކާ ޑޮލަރުގެ ރޭޓުން -/7000 އެމެރިކާ ޑޮލަރާއި،
އެއްބަސްވެފައިވާ ތާރީޚްތަކުގައި އުޅަނދު ބޭނުންކުރުމަށް ނުލިބުމުގެ ސަބަބުން ސަފާރީއަށް ހަދާފައިވާ
ބުކިންގތައް ކެންސަލް ކުރަންޖެހުމުން ބުކިންގ ހައްދާފައިވާ ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދޭންޖެހުނުކަމަށް
ބުނާ -/50000 އެމެރިކާ ޑޮލަރުކަން އެނގެންއޮތްއިރު،
އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ދީފައިވާ -/23000 އެމެރިކާ ޑޮލަރަކީ 2011 މާރޗް އަދި 2011
އޭޕްރީލް މި ދެމަހުގެ ކުލީގެ ގޮތުގައި އެޑްވާންސްކޮށް ދައްކާފައިވާ ފައިސާކަން، ޕީޓަރ ޖެނެކާއި އަޙްމަދު
ފިރާޤާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (ނ) އާއި، ދެފަރާތުން ދައްކާފައިވަ ވާހަކަތަކުން
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
2013/HC-A/209
އެނގޭއިރު، 2011 މާރޗް އަދި 2011 އޭޕްރީލް މި ދެމަހުގައިވެސް ސަފާރީ އުޅަނދު އޮތީ އަޙްމަދު ފިރާޤުގެ
ބެލުމުގެ ދަށުގައިކަމާއި، ޕީޓަރ ޖެނެކަށް އެދެމަހު އެއުޅަނދު ބޭނުންކުރުމަށް ލިބިފައިނުވާކަން އެނގެން
އޮތުމުން، އެފައިސާ ޕީޓަރ ޖެނެކަށް ނަގައިދެވިފައިވަނީ ރަނގަޅަށްކަމާއި،
ފުރަތަމަ ސީޒަންގައި އުޅަނދު ފުރިހަމަކޮށްފައި ނުވުމުގެ ސަބަބުން އެއްބަސްވުމުގެ 5 ވަނަ މާއްދާގެ
ދަށުން، ކޮންމެ ދުވަހަކަށް -/500 އެމެރިކާ ޑޮލަރުގެ ރޭޓުންކަމަށް ބަޔާންކުރައްވައި އަޙްމަދު ފިރާޤުގެ އަތުން
ޕީޓަރ ޖެނެކަށް ދޭންޖެހޭކަމަށް ކަނޑައަޅުއްވާފައިވާ -401831 އެމެރިކާ ޑޮލަރު ނަންގަވައިދެއްވާފައިވާ ގޮތުގެ
މައްޗަށް ބެލިއިރު، އެއީ ކޮންމެ ދުވަހަކަށް -/500 އެމެރިކާ ޑޮލަރުގެ ރޭޓުން ކިތައް ދުވަހަށްވާ ފައިސާކަން،
އަދި ކޮންދުވަހަކުން ކޮން ދުވަހަކަށްވާ ފައިސާކަން ސިވިލް ކޯޓުގެ ރިޕޯޓުގައި ބަޔާންކުރައްވާފައި ނުވާކަމާއި،
އަދި ކޮންމެ ދުވަހަކަށް -/500 އެމެރިކާ ޑޮލަރުގެ ރޭޓުން ބަލާނަމަ -401831 އެމެރިކާ ޑޮލަރު ޖެހެނީ
ކިހިނެއް، ކޮންގޮތަކުންކަމެއްވެސް ބަޔާންކުރައްވަފައިނުވާކަމާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށާއި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އުޅަނދު ފުރިހަމަކޮށް 1 އޮކްޓޯބަރ 2009 ވަނަ ދުވަހުގެ
ކުރިން އެއުޅަނދު ޕީޓަރ ޖެނެކާ ޙަވާލުކުރަންޖެހޭކަމާއި، މިގޮތުގެމަތިން އުޅަނދު ނިންމައި ޕީޓަރ ޖެނެކާ
ޙަވާލުނުކުރެވި ފާއިތުވާ ކޮންމެ ދުވަހަކަށް -/500 އެމެރިކާ ޑޮލަރުގެ ރޭޓުން ޖޫރިމަނާކުރެވޭނެކަން
އެނގެންއޮތްއިރު،
އުޅަނދުގައި ފުރިހަމަކުރަންޖެހޭ ކަންތައްތައް އަޙްމަދު ފިރާޤަށް ފުރިހަމަނުކުރެވިގެން ޕީޓަރ ޖެނެކްގެ
ފަރާތުން 4 ނޮވެންބަރު 2009 ގައި އުޅަނދާ ޙަވާލުވެ ޕީޓަރ ޖެނެކްގެ ބެލުމުގެ ދަށުން އުޅަނދު ނިންމުމުގެ
މަސައްކަތް ކޮށްފައިވާކަމާއި، ޕީޓަރ ޖެނެކްގެ ފަރާތުން އުޅަނދާ ޙަވާލުވެ، އެ އުޅަނދު ފުރަތަމަ ދަތުރަށް
ރުކުރެވުނީ 24 ނޮވެންބަރު 2009 ގައި ކަން ދެފަރާތުގެ ބަހުންވެސް އެނގޭކަމާއި، އެހެންކަމުން
ބަލަންވާނީ އުޅަނދުގައި ފުރިހަމަކުރަންޖެހޭކަންކަން އެތާރީޚުގައި ފުރިހަމަކުރެވިފައިވާކަމަށް ކަމުގައިވާއިރު،
އަޙްމަދު ފިރާޤުގެ ފަރާތުން ސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ އިތުރުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ހ4 4
3
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޒުހިނގުން، މާލެ! ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/209
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރުވެސް ބަޔާންކުރެވިދިޔަ މުއްދަތުކަމުގައިވާ 15 ދުވަހަށް، ދުވާލަކަށް -/500
އެމެރިކާ ޑޮލަރުގެ ޖޫރިމަނާގެ ރޭޓުން ޖެހޭ -/27500 އެމެރިކާ ޑޮލަރު ދިނުމަށް އަޙްމަދު ފިރާޤު އިންކާރު
ނުކުރާކަން އެނގޭކަމާއި، އެކަން 17 ފެބްރުއަރީ 2011 ގައި އަޙްމަދު ފިރާޤުގެ ފަރާތުން ސިވިލް ކޯޓަށް
ހުށަހެޅި ބަޔާނުގެ 4 ވަނަ ނަންބަރާއި 7 ވަނަ ނަންބަރާއި، އަދި މިމައްސަލަ އިސްތިއުނާފްކުރުމަށް އަޙްމަދު
ފިރާޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފޯމުގެ 5 ވަނަ ނަންބަރުގެ (ށ)ގެ 3 ގެ 3.4 ވަނަ
ނަންބަރުގައި ބަޔާންކޮށް، ދައްކާފައިވާ ވާހަކަތަކުންވެސް ސާފުވާން އޮތްކަމާއި،
ނަމަވެސް 24 ނޮވެންބަރު 2009 ގައި އުޅަނދު ފުރަތަމަ ދަތުރަށް ތައްޔާރުވެފައިވާކަން ޕީޓަރ
ޖެނެކުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުން، އެތާރީޚުގެ ފަހުން ހިނގާ މުއްދަތަކީ،
އުޅަނދުގައި ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށް އުޅަނދު ޕީޓަރ ޖެނެކާ ޙަވާލުކުރެވިފައި ނުވާ
މުއްދަތެއްކަމުގައި ބަލައި އެމުއްދަތުގައި، ބަޔާންކުރެވިދިޔަ ގޮތުގެ މަތީން ދުވާލަކަށް -/500 އެމެރިކާ ޑޮލަރުގެ
ރޭޓުން އަޙްމަދު ފިރާޤުގެ އަތުން ޖޫރިމަނާގެ ފައިސާ ނެގޭނެ ތަނެއް އޮތްކަމަކަށް ނުފެންނަކަމާއި،
2010 ވަނަ އަހަރުގެ އޯގަސްޓް 10 ން އޮކްޓޯބަރ 10 އަށް، ލޯސީޒަން އަށް އެޑްވާންސް
ރެންޓުގެ ގޮތުގައި އުޅަނދުގެ ވެރިފަރާތަށް ދީފައިވާ -/18000 އެމެރިކާ ޑޮލަރު ނަންގަވައިދެއްވާފައިވާ ގޮތުގެ
މައްޗަށް ބެލިއިރު، މިފައިސާއަކީ އަޙްމަދު ފިރާޤަށް ލިބިފައިވާ ފައިސާއެއްކަން އެނގެން އޮތްއިރު، މިމުއްދަތުގެ
ތެރޭގައި އުޅަނދު އޮތީ އަޙްމަދު ފިރާޤުގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަން އެނގެން އޮތުމުން، މިފައިސާ އަކީ
އަޙްމަދު ފިރާޤުގެ ފަރާތުން ޕީޓަރ ޖެނެކްއަށް ދޭންޖެހޭ ފައިސާއެއްކަން އެނގޭކަމާއި،
2010 ވަނަ އަހަރުގެ ފޯސީޒަން އަށް އެޑްވާންސް ރެންޓުގެ ގޮތުގައި ދީފައިވާ -/18000 އެމެރިކާ
ޑޮލަރު ދިނުމުން 4 ހަފްތާ ކުލި ނުހިނގާގޮތަށް ސަފާރީ އުޅަނދު ދޭނެކަމަށް ވެފައިވާ އެއްބަސްވުމާ
ވެރިފަރާތުން ޚިލާފްވެފައިވާތީ ހަތަރު ހަފްތާގެ ކުލީގެ ތެރެއިން ބޭނުން ނުކުރެވިވާ 14 ދުވަހުގެ ޖޫރިމަނާގެ
ގޮތުގައި ދުވާލަކަށް -/500 އެމެރިކާ ޑޮލަރުގެ ރޭޓުން -/7000 އެމެރިކާ ޑޮލަރު ނަންގަވައިދެއްވާފައިވާ ގޮތުގެ
ދިވެހިރާއްsa
މާއިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/209
މައްޗަށް ބެލިއިރު، ދުވާލަކަށް -/500 އެމެރިކާ ޑޮލަރުގެ ރޭޓުން 14 ދުވަހަށް ޖޫރިމަނާ ކޮށްފައިވަނީ
ކިހިނެއްކަމެއް، އަދި އެ 14 ދުވަހަކީ ކޮން 14 ދުވަހެއްކަން ސާފުކޮށް އެނގެން ނެތްކަމުން، މިކަންކަން
ސާފުނުވެ މި
-/7000 އެމެރިކާ ޑޮލަރު ނަންގަވައިދެއްވޭނެކަމަށް ނުފެންނަކަމާއި،
Ucou
އެއްބަސްވެފައިވާ ތާރީޚް ތަކުގައި އުޅަނދު ބޭނުންކުރުމަ
ބޭނުންކުރުމަށް ނުލިބުމުގެ ސަބަބުން ސަފާރީއަށް
ހަދާފައިވާ ބުކިންގތައް ކެންސަލްކުރަންޖެހުމުން ބުކިންގ ހައްދާފައިވާ ފަރާތްތަކަށް ބަދަލުގެ ގޮތުގައި
ދޭންޖެހުނުކަމަށް ބުނާ -/50000 އެމެރިކާ ޑޮލަރު ނަންގަވައިދެއްވާފައިވާ ގޮތުގެ މައްޗަށް ބެލިއިރު،
މިފައިސާއަކީ އަޙްމަދު ފިރާޤް ދޭންޖެހޭ ފައިސާއެއްކަމަށް އެއްބަސްވެފައިވާކަން އެނގެން ނެތްއިރު،
މިފައިސާއަކީ ބަޔާންކުރެވިދިޔަގޮތަށް ބުކިންގ ކެންސަލް ކުރަން ޖެހުމުގެ ސަބަބުން ބުކިންގ ހައްދާފައިވާ
ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދޭންޖެހުނު ފައިސާކަމުގައި ޕީޓަރ ޖެނެކުގެ ފަރާތުން ބުނެފައިވާއިރު
އެފައިސާއަކީ އެގޮތުގެ މަތިން ޕީޓަރ ޖެނެކުގެ ފަރާތުން ދީފައިވާ ފައިސާއެއްތޯ ބެލިފައި ނުވާކަމާއި ވުމާއެކު
އެކަންކަން ނުބައްލަވައި މިފައިސާ ނަންގަވައިދެއްވޭނެކަމަށް ނުފެންނަކަމާއި،
އެހެންކަމުން، 2010 ވަނަ އަހަރުގެ ފޯސީޒަން އަށް އެޑްވާންސް ރެންޓުގެ ގޮތުގައި ދީފައިވާ
-/18000 އެމެރިކާ ޑޮލަރު ދިނުމުން 4 ހަފްތާ ކުލި ނުހިނގާގޮތަށް ސަފާރީ އުޅަނދު ދޭނެކަމަށް ވެފައިވާ
އެއްބަސްވުމާ ވެރިފަރާތުން ޚިލާފްވެފައިވާތީކަމަށް ބުނެ ހަތަރު ހަފްތާގެ ކުލީގެ ތެރެއިން ބޭނުން ނުކުރެވިވާކަމަށް
ބުނާ 14 ދުވަހުގެ ޖޫރިމަނާގެ ގޮތުގައި ދުވާލަކަށް -/500 އެމެރިކާ ޑޮލަރުގެ ރޭޓުން ޕީޓަރ ޖެނެކު ހޯދުމަށް
އެދިފައިވާ -/7000 އެމެރިކާ ޑޮލަރާއި، އަދި އެއްބަސްވެފައިވާ ތާރީޚް ތަކުގައި އުޅަނދު
ނުލިބުމުގެ ސަބަބުން ސަފާރީއަށް ހަދާފައިވާ ބުކިންތައް ކެންސަލްކުރަންޖެހުމުން ބުކިން ހައްދާފައިވާ
ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދޭންޖެހުނުކަމަށް ބުނާ -/50000 އެމެރިކާ ޑޮލަރުގެ މައްސަލައަކީ ޕީޓަރ
ޖެނެކުގެ ފަރާތުން އަލުން ހުށަހަޅައިފިނަމަ ސިވިލް ކޯޓުން އެމައްސަލަ ބައްލަވައި، މަދަނީ މިންގަނޑުތަކުން
ސާބިތުވާގޮތެއްގެ މަތީން ނިންމަންޖެހޭ މައްސަލައެއްކަން އެނގޭކަމެވެ.
344
8
5
2 ހއ
ބންކމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
15
2013/HC-A/209
(ނ) ހަތަރުވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އަޙްމަދު ފިރާޤާއި،
ޕީޓަރ ޖެނެކް | Peter Jenicke އާއިދެމެދު ކުރެވިފައިވާ އެއްބަސްވުމުގައިވާފަދައިން، ސަފާރީ އުޅަނދު
ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު 2013 ޖުލައި 31 ގެ ނިޔަލަށް އިތުރުކުރެވިފައިކަމަށާއި،
ދެފަރާތްދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ މުއްދަތުގައި ދަޢުވާގައި އިޝާރާތްކުރާ ސަފާރީ އުޅަނދު އިތުރު
ފަރާތަކުން ބޭނުންކުރުމަށް ދިނުމުގެ ޙައްޤު އަޙްމަދު ފިރާޤަށް ލިބިގެންނުވާކަމަށާއި، އެއްބަސްވުމުގެ މުއްދަތުގައި
ފާތިމާ' އެވެކިޔުނު ސަފާރީ އުޅަނދު ޕީޓަރ ޖެނެކް | Peter Jenicke އަށް އެއްބަސްވުމުގައިވާ ފަދައިން
ބޭނުންކުރުމަށް
ރުމަށް ދިނުމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ރަނގަޅަށްކަމާއި، އަދި ދެފަރާތުގެ ދެމެދުގައި
ވެފައިވާ އެއްބަސްވުމާ އަޙްމަދު ފިރާޤް ޚިލާފްވެފައިވާކަމާއި، އެއްބަސްވެވުނު ގޮތުގެ މަތިން އަޙްމަދު ފިރާޤް
ޢަމަލުކޮށްފައި ނުވާކަން އެނގެން އޮތުމުން، އެއްބަސްވުމުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ޕީޓަރ ޖެނެކަށް
CO
ބަދަލު ނަގައިދޭންޖެހޭކަމާއި،
ނަމަވެސް ގެއްލުމުގެ ބަދަލު ސިވިލް ކޯޓުން ނަންގަވައި ދެއްވާފައިވަނީ، ގެއްލުމުގެ ބަދަލު ހޯދުމަށް
އެދިފައިވާ ކަންކަމުގެ މައްޗަށް ބައްލަވަންޖެހޭ މިންގަނޑުތަކުން ބެލެވިގެން ނޫންކަން، އިސްވެ ބަޔާން
ކުރެވިދިޔަ ގޮތުގެ މަތިން އެނގެން އޮތުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ޕީޓަރ ޖެނެކުގެ ފަރާތުން
ހުށަހަޅާފައިވާ 148,183.00$US (އެއްލައްކަ ސާޅީސްއަށްހާސް އެއްސަތޭކަ އަށްޑިހަތިނެއް އެމެރިކާ ޑޮލަރު)
އަކީ އަޙްމަދު ފިރާޤްގެ ފަރާތުން ޕީޓަރ ޖެނެކް | Peter Jenicke އަށް ދޭންޖެހޭ ފައިސާއެއްކަމަށް ސިވިލް
ކޯޓުން ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ނޫންކަމަށާއި، އެހެންކަމުން، އެ ނިންމެވުމަށް ބަދަލު ގެންނަން
ޖެހޭކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސް ވެވިފައިވެއެވެ.
އްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2 -
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/209
2
8
9 7ޑ
އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، އަޙްމަދު ފިރާޤާއި، ޕީޓަރ ޖެނެކާ ދެމެދު
ކުރެވިފައިވާ އެއްބަސްވުމުގައިވާފަދައިން، ސަފާރީ އުޅަނދު ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު
2013 ޖުލައި 31 ގެ ނިޔަލަށް އިތުރުކުރެވިފައިކަމަށާއި، ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމުގެ
މުއްދަތުގައި، ދަޢުވާގައި އިޝާރާތްކުރާ ސަފާރީ އުޅަނދު އިތުރު ފަރާތަކުން ބޭނުންކުރުމަށް ދިނުމުގެ ޙައްޤު
އަޙްމަދު ފިރާޤަށް ލިބިގެންނުވާކަމަށާއި، އެއްބަސްވުމުގެ މުއްދަތުގައި މި ސަފާރީ އުޅަނދު، އެއްބަސްވުމުގައި
ވާފަދައިން ޕީޓަރ ޖެނެކް ބޭނުންކުރުމަށް ދިނުމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ރަނގަޅަށްކަމާއި،
އަދި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އަޙްމަދު ފިރާޤް ޚިލާފްވެފައިވާކަމާއި، އެއްބަސްވެވުނު ގޮތުގެ
މަތިން އަޙްމަދު ފިރާޤް ޢަމަލުކޮށްފައި ނުވާކަން އެނގެން އޮތުމުން، އެއްބަސްވުމުގައި ކަނޑައެޅިފައިވާ ގޮތުގެ
މަތިން ޕީޓަރ ޖެނެކަށް ބަދަލު ނަގައިދޭންޖެހޭކަމާއި، ނަމަވެސް ގެއްލުމުގެ ބަދަލު ނަންގަވައި ދެއްވާފައިވަނީ،
އެނގެން އޮތުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ޕީޓަރ ޖެނެކުގެ ފަރާތުން ހުށަހަޅާފައިވާ 148,183.00$US
(އެއްލައްކަ ސާޅީސްއަށްހާސް އެއްސަތޭކަ އަށްޑިހަތިނެއް އެމެރިކާ ޑޮލަރު) އަކީ އަޙްމަދު ފިރާޤްގެ ފަރާތުން
ޕީޓަރ ޖެނެކަށް ދޭންޖެހޭ ފައިސާއެއްކަމަށް ސިވިލް ކޯޓުން ނިންމަވާފައިވާ ނިންމެވުން ބާޠިލްކޮށް، ދެފަރާތުން
ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި ހުށަހެޅިފައިވާ ލިއުންތަކުގެ މައްޗަށް ބަލާއިރު، މިޤަޟިއްޔާގައި އަޙްމަދު
ފިރާޤުގެ ކިބައިން ޕީޓަރ ޖެނެކަށް ނަގައިދެވެން އޮތީ، އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ދީފައިވާ -/33000
ތިރީސް ތިންހާސް} އެމެރިކާ ޑޮލަރާއި، އުޅަނދުގައި ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށް ޕީޓަރ
ޖެނެކާ އުޅަނދު ޙަވާލުކުރަންޖެހޭ ތާރީޚުކަމުގައިވާ 1 އޮކްޓޯބަރު 2009 ން ފެށިގެން، ޕީޓަރ ޖެނެކްގެ
ފަރާތުން އުޅަނދާ ޙަވާލުވެ، އެ އުޅަނދު ފުރަތަމަ ދަތުރަށް ތައްޔާރުކުރެވުނު
ރެވުނު ތާރީޚުކަމުގައިވާ 24 ނޮވެންބަރު
2009 ގެ ނިޔަލަށް ހިނގާފައިވާ 55 ދުވަހަށް، ދުވާލަކަށް -/500 (ފަސްސަތޭކަ) އެމެރިކާ ޑޮލަރުގެ
ucou
2
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/209
ޖޫރިމަނާގެ ރޭޓުން ޖެހޭ -/77500 (ހަތާވީސްހާސް ފަސްސަތޭކަ) އެމެރިކާ ޑޮލަރާއި، 2010 ވަނަ އަހަރުގެ
އޯގަސްޓް 10 ން އޮކްޓޯބަރ 10 އަށް، ލޯސީޒަން އަށް އެޑްވާންސް ރެންޓުގެ ގޮތުގައި އުޅަނދުގެ
ވެރިފަރާތަށް ދީފައިވާ -/18000 (އަށާރަހާސް) އެމެރިކާ ޑޮލަރާއި އެކު ޖުމްލަ -/78500 (ހަތްދިހަ އަށްހާސް
ފަސްސަތޭކަ) އެމެރިކާ ޑޮލަރުކަމުގައި ކަނޑައަޅައި، މިފައިސާ ޕީޓަރ ޖެނިކަށް ލިބިދިނުމުގެ ގޮތުން،
ކޮންމެމަހަކު -/19625 (ނަވާރަހާސް ހަސަތޭކަ ފަންސަވީސް) އެމެރިކާ ޑޮލަރަށްވުރެ މަދުނޫން އަދަދަކަށް
ސިވިލް ކޯޓަށް ދައްކައި، މިއަދު (20 މެއި 2013) ން ފެށިގެން ލަސްވެގެން 3 މަސްދުވަހުގެ ތެރޭގައި
މިފައިސާ ދައްކައި ޚަލާޞްކުރުމަށް އަޙްމަދު ފިރާޤަށް އަންގައި، މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv