ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-SH/08 ޤަޟިއްޔާގެ ޙުކުމް
1
2011/HC-I-SH/08
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ 08/HC
-
I
-
SH/2011
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތް:
* ނަން: މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
ރަޖިސްޓްރީ ނަންބަރ: 2005/01
* ވަކީލު އިޒް. ޢަބްދުﷲ ޝާޢިރު
29e2
އެޑްރެސް:
މިހާރުގެ އެޑްރެސް
ޝަރާޝާ
:
އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވި ފަރާތް:
މިނަން: އިލެކްޝަންސް ކޮމިޝަން
*
ހުށަހެޅުނު ތާރީޚް: 21 ފެބުރުއަރީ 2011
ނިމުނު ތާރީޚް: 17 މާޗް 2011
ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ޝަކުވާ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
• ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފު ޙުސައިން
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2
2011/HC-I-SH/08
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މިއީ، ލޯކަލް ކައުންސިލް އިންތިޚާބު 2011 ގައި ގދ. ފަރެސްމާތޮޑާ ރަށު ކައުންސިލަށާއި، ގދ.
ފަރެސްމާތޮޑާ ދާއިރާގެ އަތޮޅު ކައުންސިލަށް މެންބަރުން ހޮވުމަށް
ހޮވުމަށް ވޯޓުލުމަށްޓަކައި ގދ. ފަރެސްމާތޮޑާގައި
ބަހައްޓާފައިވާ ވޯޓު ފޮށި ނަންބަރު: Q03.09.01 އާއި، Q03.09.02 އަށް ވޯޓުލުމުގެ ކަންތައްތައް
ކުރިޔަށް ގެންގޮސްފައިވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ އާއި 20
ވަނަ މާއްދާ އާއި، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ، ބުނެވި ދިޔަ ދެވޯޓު ފޮށްޓަށްލީ
ވޯޓުގެ ނަތީޖާ ބާތިލުކޮށްދެއްވާ، ގދ. ފަރެސްމާތޮޑާ ރަށު ކައުންސިލަކާއި، މިދާއިރާގެ އަތޮޅު ކައުންސިލަށް
ވޯޓުލުން އަލުން ބާއްވައި ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްދެއްވުމަށާއި، މިމައްސަލަ ވަކި
ގޮތަކަށް ނިމެންދެން ގދ. ފަރެސްމާތޮޑާ ރަށު ކައުންސިލާއި، މިދާއިރާގެ އަތޮޅު ކައުންސިލުގެ ދާއިމީ ނަތީޖާ
އިޢްލާން ކުރުން ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވައި އަމުރުކޮށްދެއްވުން އެދި، މޯލްޑިވިއަން
ޑިމޮކްރެޓިކް ޕާޓީ (އެމް. ޑީ. ޕީ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ.
މިޤްޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ އިލެކްޝަންސް ކޮމިޝަންއެވެ.
މިމައްސަލައާއި ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި،
އެސަބަބުތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ލޯކަލް ކައުންސިލް އިންތިޚާބު 2011 ގައި ގދ. ފަރެސްމާތޮޑާ ރަށު ކައުންސިލަށާއި، ގދ.
ފަރެސްމާތޮޑާ ދާއިރާގެ އަތޮޅު ކައުންސިލަށް މެންބަރުން ހޮވުމަށް ވޯޓުލުމަށްޓަކައި ގދ. ފަރެސްމާތޮޑާގައި
ބަހައްޓާފައިވާ ނަންބަރު: Q03.09.01 އާއި، Q03.09.02 މިދެވޯޓު ފޮށްޓަށްލީ ވޯޓުގެ ނަތީޖާ ބާތިލުކޮށް،
ގދ. ފަރެސްމާތޮޑާ ރަށު ކައުންސިލަށާއި، މިދާއިރާގެ އަތޮޅު ކައުންސިލަށް ވޯޓުލުން އަލުން ބާއްވައި
ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްދިނުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
3
2011/HC-I-SH/08
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އެދިފައިވާކަން މިމައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހަޅާ ފޯމުން
އެނގެން އޮވެއެވެ.
Ox >
2x 2 0
02
އެޙައްޤު
(ހ) ގދ. ފަރެސްމާތޮޑާގައި ބެހެއްޓުނު ދެ ވޯޓު ފޮށީގެ ނަތީޖާ ބާތިލުކޮށްދިނުމަށް މޯލްޑިވިއަން
ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އެދޭ މައިގަޑު ސަބަބެއް ކަމަށް އެފަރާތުގެ ދަޢުވާގައި ފާހަގަކޮށްފައިވަނީ ޤާނޫނު
އަސާސީގެ 26 ވަނަ މާއްދާއިން ޢުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށް
އިންތިޚާބުތަކުގައި ވޯޓްލުމުގެ ޙައްޤާއި އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއިއެކު އިޚްތިޔާރުކުރާ
މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދީފައިވާއިރު،
ގދ. ފަރެސްމާތޮޑާގައި 5 ފެބުރުއަރީ 2011 ގައި ބޭއްވި ލޯކަލްކައުންސިލް އިންތިޚާބުގައި
ވޯޓުލުމަށް ދިޔަ މީހުންގެ ތެރެއިން ވޯޓުލުމަށް އެހީތެރިކަން ބޭނުންވި މީހުންގެ ތެރެއިން އިލެކްޝަން
ކޮމިޝަނުން ޢަމަލު ކުރެއްވި ގޮތުން ގދ. މާތޮޑާ ކާރުމަތީގެ މުޙައްމަދު އާދަމް އާއި
ރަންގިރީގެ އާމިނަތު ވަޙީދާ އާއި، ގދ. މާތޮޑާ| ކަރަންމާގެ މުޙައްމަދު މޫސާ އާއި، ގދ. މާތޮޑާ| ފަޅޯމާގެ
ޢަލީ ޢަބްދުﷲ އާއި، ގދ. މާތޮޑާ! ފަޅޯމާގެ ރަޝީދު އަޙްމަދާއި، ގދ. ފަރެސް މަބުސްތާނުގެ ފާތުމަތު
ޙަސަން އާއި، ގދ. ފަރެސް/ އައްޑޫގެ ޔޫސުފް ކަމާލް އާއި މި 07 (ހަތެއް) މީހުނަށް ގެއްލިފައިވާ
ކަމަށްބުނެ ކަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ފޯމުންނާއި ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.
کو کر
2x 2 0
(ނ) ލޯކަލް ކައުންސިލް އިންތިޚާބު 2011 ގައި ގދ. ފަރެސްމާތޮޑާ ރަށު ކައުންސިލަށާއި، ގދ.
ފަރެސްމާތޮޑާ ދާއިރާގެ އަތޮޅު ކައުންސިލަށް މެންބަރުން ހޮވުމަށްޓަކައި ބޭއްވުނު އިންތިޚާބުގައި ވޯޓު ލުމުގެ
ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން އިސްވެ އިޝާރާތް ކުރެވުނު 07 (ހަތެއް) މީހުންވެސް ވޯޓުލައިފާވާކަމަށް
މިމައްސަލައާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދައްކާފައިވާ ވާހަކަ ތަކުންނާއި ރަސްމީ
ލިޔުންތަކުން އެކަން އެނގެން އޮތުމުގެ އިތުރުން، އެކަމާއި ގުޅޭ ގޮތުން ޝަރީޢަތުގެ ފަރާތުން މޯލްޑިވިއަން
ޑިމޮކްރެޓިކް ޕާޓީގެ ވަކީލު މޒ. ޢަބްދުﷲ ޝާޢިރުއާއި ކުރި ސުވާލު ތަކުގެ ޖަވާބުގައި، އިސްވެ އިޝާރާތް
ކުރެވުނު ފަރާތް ތަކުން ލޯކަލް ކައުންސިލް އިންތިޚާބު 2011 ގައި ވޯޓުލައިފާވާ ކަމަށް ހައިކޯޓުގެ
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2011/HC-I-SH/08
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2x 2
ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވެފައި ވުމުން، އިސްވެ އިޝާރާތް ކުރެވުނު ފަރާތް ތަކަށް ވޯޓުލުމުގެ
ޙައްޤު ލިބިފައިވާކަން ޝަރީޢަތަށް ސާބިތުވެއެވެ.
ވީމާ، ލޯކަލް ކައުންސިލް އިންތިޚާބު 2011 ގައި ގދ. ފަރެސްމާތޮޑާ ރަށު ކައުންސިލަށާއި، ދ.
ފަރެސްމާތޮޑާ ދާއިރާގެ އަތޮޅު ކައުންސިލަށް މެންބަރުން ހޮވުމަށްޓަކައި ބޭއްވުނު އިންތިޚާބުގައި ވޯޓު ލުމުގެ
ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން ވަކި ބަޔަކަށް އިލެކްޝަންސް ކޮމިޝަނުން ޢަމަލު ކުރި ގޮތަކުން ވޯޓު
ލުމުގެ ޙައްޤު ލިބިފައިނުވާކަމަށް ބުނެ ގދ. ފަރެސްމާތޮޑާގައި ބެހެއްޓުނު ދެ ވޯޓު ފޮށީގެ ނަތީޖާ
ބާތިލުކޮށްދިނުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އެދިފައިވީ ނަމަވެސް ވޯޓު ލުމުގެ ޙައްޤު
ލިބިފައިނުވާ ކަމަށް ބުނެ ހުށަހަޅާފައިވާ މީސް މީހުންނަށް ވޯޓު ލެވިފައިވާކަން މޯލްޑިވިއަން ޑިމޮކްރެޓިކް
ޕާޓީގެ ވަކީލުގެ ބަހުން އެނގެން އޮންނާތީ، އިޝާރާތް ކުރެވުނު އިންތިޚާބުގައި އިޝާރާތް ކުރެވުނު ދާއިރާގައި
ނަގާފައިވާ ވޯޓުގެ ނަތީޖާ ބާތިލު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން އެނގެއެވެ.
02c
ދެންފަހެ، އިސްވެ ފާހަގަ ކުރި އެންމެހައި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ދިވެހި ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގެ 26 ވަނަ މާއްދާއިން ޢުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށް
އިންތިޚާބުތަކުގައި ވޯޓްލުމުގެ ޙައްޤާއި އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއިއެކު އިޚްތިޔާރުކުރާ
މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދީފައިވާއިރު،
އެޙައްޤު ގދ. ފަރެސްމާތޮޑާގައި 5 ފެބުރުއަރީ 2011 ގައި ބޭއްވި ލޯކަލްކައުންސިލް އިންތިޚާބުގައި
ވޯޓުލުމަށް ދިޔަ މީހުންގެ ތެރެއިން ވޯޓުލުމަށް އެހީތެރިކަން ބޭނުންވި މީހުންގެ ތެރެއިން އިލެކްޝަންސް
ކޮމިޝަނުން ޢަމަލު ކުރި ގޮތުން ވަކި ބަޔަކަށް ގެއްލިފައިވާ ކަމަށްބުނެ އެދާއިރާގައި ބެހެއްޓުނު ނަންބަރު
Q03.09.01 އާއި، Q03.09.02 އާއި ދެވޯޓު ފޮށްޓަށްލީ ވޯޓުގެ ނަތީޖާ ބާތިލުކޮށްދިނުމަށް އެދި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ބެލުމުން، އިޝާރާތް ކުރެވުނު ދެވޯޓު ފޮށްޓަށް ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލުމުގެ
ޙައްޤު ގެއްލިފައިވާ މީހުން ކަމަށް ބުނެ ހުށަހަޅާފައިވާ 07 މީހުންވެސް ވޯޓުލައިފާވާކަން މޯލްޑިވިއަން
ޑިމޮކްރެޓިކް ޕާޓީގެ ވަކީލުގެ ބަހުން ޝަރީޢަތަށް ސާބިތުވާތީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2011/HC-I-SH/08
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2x 2 0 2 ,
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް، ލޯކަލް ކައުންސިލް އިންތިޚާބު 2011 ގައި ގދ.
ފަރެސްމާތޮޑާ ރަށު ކައުންސިލަށާއި، ގދ. ފަރެސްމާތޮޑާ ދާއިރާގެ އަތޮޅު ކައުންސިލަށް މެންބަރުން އިންތިޚާބު
ކުރުމަށްޓަކައި، ގދ. ފަރެސްމާތޮޑާގައި ބެހެއްޓުނު ނަންބަރު Q03.09.01 އާއި، Q03.09.02 މިގެ
މިދެވޯޓު
ފޮށީގެ ވޯޓުގެ ނަތީޖާ ބާތިލުކުރެވޭނެ ހަމައެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
*
t
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv