ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/110 ޤަޟިއްޔާގެ ޙުކުމް
1
2(13/HC-A/11(
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 110/HC-A/2013
• އިސްތިއުނާފުކުރި ފަރާތް:
ނަން: އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް*ދާއިމީ އެޑްރެސް: ފިލާ ބިލްޑިންގ1 |ކ. މާލެ
ރަޖިސްޓްރީ ނަންބަރު: 173
/
2000-C
، މިހާރުގެ އެޑްރެސް:ފިލާ ބިލްޑިންގ 1/ކ. މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް
ނަން: މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ރަޖިސްޓްރީ ނަންބަރު:
*
ދާއިމީ އެޑްރެސް: ޓީ-ބިލްޑިންގ ކ.މާލެ
، މިހާރުގެ އެޑްރެސް:ޓީ-ބިލްޑިންގ/ށ.މާލެ
• ރަޖިސްޓްރީކުރި ތާރީޚް: 16 ޖުމާދަލްއޫލާ 1434
*ނިމުނު ތާރީޚް: 20 ޝަޢުބާން 1435
ޖޫން
28
މާރޗް 2013
18
2014
| އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2155 ޤަޟިއްޔާ
• ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: އެއްބަސްވުމުގެ ދަށުން ލިބެންވާ ފައިސާ ހޯދުން
• ހުށަހެޅި ތާރީޚް: 02.11.2011
ނިމުނު ތާރީޚް: 17.07.2012
ދިވެހިރާއްޖޭގެ
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު ޢަބްދުއްރައޫފު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2013/HC-A/110
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2155 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
ޤަޟިއްޔާއެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު
އޮތޯރިޓީއެވެ.
ހ4ކންނެވެ
1) އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2155 ޤަޟިއްޔާގައި،
"ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ
ގަވާއިދު" ގެ ދަށުން ރާއްޖެ އައި ބޭރުގެ ޓޫރިސްޓް އުޅަނދެއް ކަމުގައިވާ އެމް.އެސް ކޮސްޓަރ ރޮމޭންޓިކާގެ
އޭޖެންޓުކަމާއި ޙަވާލުވެފައިވާ އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓަރީ
ނަންބަރު 173
/
2000-C) އިން އެމް.އެސް ކޮސްޓަރ ރޮމޭންޓިކާގެ ބެޑް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ
ފައިސާ، ކަނޑައެޅިފައިވާ ތާރީޚުގައި ދައްކާފައިނުވާތީ ކުރެވިފައިވާ ޖޫރިމަނާގެ ޖުމްލައަށްވާ -/1,500,000ރ.
(އެއްމިލިއަން ފަސްލައްކަ ރުފިޔާ) އެއްފަހަރާ ހޯދުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން
އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާ ކުރުމުން ބެލުނު
މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، "ދިވެހިރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު
ފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ޤަވާޢިދު" ގެ ދަށުން ރާއްޖެއައި ބޭރުގެ ޓޫރިސްޓް
އުޅަނދެއްކަމުގައިވާ އެމް.އެސް ކޮސްޓަރ ރޮމޭންޓިކްގެ އޭޖެންޓުކަމާއި ޙަވާލުވެފައިވާ އެލަޔަންސް މެނޭޖްމަންޓް ހަg
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2013/HC-A/110
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 173
/
2000-C) އިން އެމް.އެސް ކޮސްޓަރ
ރޮމޭންޓިކާގެ ބެޑް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ، ކަނޑައެޅިފައިވާ ތާރީޚުގައި ދައްކާފައިނުވާތީ
ކުރެވިފައިވާ ޖޫރިމަނާގެ ޖުމްލައަށްވާ -/
1,500,000ރ. (އެއްމިލިއަން ފަސްލައްކަ ރުފިޔާ) އެއްފަހަރާ ހޯދުމަށް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގެ މައްޗަށް ކުޅަ ދަޢުވާއަށް ބަލާއިރު،
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް
އުޅަނދުފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ޤަވާޢިދު" ގެ ދަށުން މިނިސްޓްރީ އޮފް
ޓޫރިޒަމްއިން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަމުގައިވާތީ، ދަޢުވާއަށް
އިންކާރުކުރާކަމުގައި ދަޢުވާލިބޭ އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ބަޔާންކޮށްފައިވާކަމާއި،
o ex
oux
eco
ދަޢުވާއާއި ގުޅިގެން ދަޢުވާކުރާ ފަރާތާއި ދަޢުވާ ލިބޭ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ
ބަޔާންތަކާއި ހެއްކަށް ބެލުމުން، ދަޢުވާގައިވާ ފަދައިން އެމް.އެސް ކޮސްޓަރ ރޮމޭންޓިކާގެ އޭޖެންޓުކަމާއި
އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޙަވާލުވެފައިވާކަމާމެދު، އަދި އެމް.އެސް
ކޮސްޓަރ ރޮމޭންޓިކާ ރާއްޖެ އައުމަށްފަހު 01 (އެކެއް) ދުވަހު (02 އިން 02 ޑިސެމްބަރ 2011 އަށް)
ރާއްޖޭގައި މަޑުކުރި ކަމަށާއި، މިސަބަބަށްޓަކައި "ދިވެހިރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ
ސަރަޙައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ޤަވާޢިދު" ގެ 8 ވަނަ މާއްދާގެ (ނ) ގައިވާ ނިޞްބަތުން، އެމް.އެސް
ކޮސްޓަރ ރޮމޭންޓިކާގައި ތިބި 1294 (ބާރަސަތޭކަ ނުވަދިހަ ހަތަރެއް) ޓޫރިސްޓުންނަށް ވަކި މުއްދަތެއްގެ
ތެރޭގައި ބެޑް ޓެކްސްގެ ގޮތުގައި 10,352.00$US (ދިހަހާސް ތިންސަތޭކަ ފަންސާސް ދެ ޔޫ.އެސް ޑޮލަރ)
ދައްކަންޖެހޭ ކަމާމެދުގައާއި، ދަޢުވާކުރާ ފަރާތުން އެޓެކްސްގެ ފައިސާ ދައްކާފައިވަނީ ކަނޑައެޅިފައިވާ މާއްދާޒާގެ 3
ފަހުންކަން އަދި އެމް.އެސް ކޮސްޓަރ ރޮމޭންޓިކާގައި ހުރި ޖުމްލަ އެނދުގެ ޢަދަދަކީ 500
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2(13/HC-A/110
ފަސްސަތޭކަ) ކަމާމެދު ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާމެދު ޚިޔާލު ތަފާތުވުމެއް ވާކަން އެނގެން
974
0 ދު
ނވެ
ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާމެދު ޚިޔާލުތަފާތުވެފައިވަނީ އެމް.އެސް ކޮސްޓަރ ރޮމޭންޓިކާ
އަކީ ރާއްޖެއިން ބޭރުން ރާއްޖެ އައިސްފައިވާ އުޅަނދެއްކަމުގައިވާތީ، އެމް.އެސް ކޮސްޓަރ ރޮމޭންޓިކާ އަކީ ޤާނޫނު
ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 50 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ފަދަ
އުޅަނދެއް ކަމާމެދުކަން އެނގެން އޮތަތީ، މިކަމުގެ މައްޗަށް ބަލާއިރު،
0x
<< O
ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގައި "ޓޫރިސްޓް އުޅަނދު"
މިލަފްޛު ބޭނުންކޮށްފައިވަނީ ޢާންމު [general] މާނައިގައި ކަމަށާއި، އެ ޤާނޫނުގައި "ރާއްޖެއަށް އަންނަ ބޭރުގެ
ޓޫރިސްޓް އުޅަނދު" ނުވަތަ "ބޭރުގެ ޓޫރިސްޓް އުޅަނދު" މިފަދައިން ބޭނުންކޮށްފައިވަނީ ޓޫރިސްޓް އުޅަނދުގެ
ތެރެއިން، ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ވަކިން ޢައްޔަނުކޮށް، އެކަމަށް ވަކި އިޖުރާއަތުތަކެއް
ހަމަޖެއްސުމަށް، އެ ޚާއްޞަ [specific] މާނައިގައި ކަމަށާއި، އެއުޅަނދުތަކަކީ ރާއްޖެއިން ބޭރުން އަންނަ
އުޅަނދުތަކެއް ކަމުގައި ވުމަކުން އެފަދަ އުޅަނދުތަކަކީ ޓޫރިސްޓް އުޅަނދު ނޫން ކަމުގައި ވެގެން ނުދާކަމުންނާއި،
ދިވެހި ބަހުގެ ހަމަތަކަށް ބަލާއިރު ޢާންމު މާނައިގެ ތެރޭގައި ޚާއްޞަ މާނަ ހިމެނިގެންވާކަމުން، ޤާނޫނު ނަންބަރު
2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 50 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ "ޓޫރިސްޓް
އުޅަނދު" ގެ ތަޢުރީފުގެ ތެރޭގައި "ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު" ނުވަތަ "ބޭރުގެ ޓޫރިސްޓް
އުޅަނދުހިމެނޭ ކަމަށް ޝަރީޢަތަށް ބުރަވެވޭތީ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބެޑް ޓެކްސްއަށްވާ ފައިސާ
ނުދައްކައިފިނަމަ، "ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު" ނުވަތަ ބޭރުގެ ޓޫރިސްޓް އުޅަނދު" އަށްވެސް
ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ހ) އާއި "ދިވެހިރާއްޖެ
އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ޤަވާޢިދު" ގެ 9
ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ޖޫރިމަނާ ފައިސާ ދައްކަންޖެހޭ ކަމަށްޓަކައި، އަދި ދަޢުވާލިބޭ އެލަޔަންޓޭ
، 62 ފައި
މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެމް.އެސް ކޮސްޓަރ ރޮމޭންޓިކާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
5
2013/HC-A/110
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
1294 (ބާރަސަތޭކަ ނުވަދިހަ ހަތަރެއް) ޓޫރިސްޓުންނަށް ބެޑް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ
ކަނޑައެޅިފައިވާ ތާރީޚުގައި ދައްކާފައިނުވާކަން ދަޢުވާގައި ހިމެނޭ ފަރާތްތަކުގެ ބަހުން އެނގެން އޮތަތީ،
އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އޭޖެންޓްކަމުގެ ދަށުން ރާއްޖެ އައި
އެމް.އެސް ކޮސްޓަރ ރޮމޭންޓިކާގައި ހުރި ޖުމްލަ 1500 (އެއްހާސް ފަސްސަތޭކަ) އެނދަށް، ކޮންމެ އެނދަކަށް
-/1,000ރ. (އެއްހާސް ރުފިޔާ) ގެ މަގުން ކޮށްފައިވާ -/
1,500,000ރ. (އެއްމިލިއަން ފަސްލައްކަ ރުފިޔާ) ގެ
ޖޫރިމަނާއަކީ އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅައި،
މިފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ރައްދުކުރުމުގެ ގޮތުން، 17 ޖުލައި
2012 ދުވަހުން ފެށިގެން 02 (ދޭއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކު އެމަހަކަށް ޖެހޭ އަދަދަށް ވުރެ
މަދުނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް އަންގައި، ޙުކުމްކޮށް..." މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2) ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2155 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ހުށަހެޅި މައިގަނޑު ނުކުތާއަކީ، ޤާނޫނު ނަންބަރު
2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގައި ޞަރީޙަ އިބާރާތުން "ޓޫރިސްޓް އުޅަނދު" ވަކި މާނައެއް
ދޭހަކޮށްދޭ ވަކި ބަހެއްގެ ގޮތުގައި އޭގެ މާނަ ބަޔާންކޮށްފައިވާއިރު، އެބަސް ޤާނޫނުގައި ބޭނުންކޮށްފައިވަނީ ޢާންމު
މާނައިގައިކަމަށް ސިވިލް ކޯޓުން ވިދާޅުވެ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 37
ވަނަ މާއްދާ ސިވިލް ކޯޓުން މި މައްސަލައަށް ތަޠުބީޤުކުރައްވާފައިވަނީ ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ
ޔާންކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭ"
ހަމަތައް ބަޔާންކުރުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: wwww.highcourt.gov.mv
ދިވެހިރާއްޖެ
;
އަށްވެސް ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 37 ވަނަ މާއްދާގެ ކުއްޖާގެ ނައިކް
6
2013/HC-A/110
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2155 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
ފާހަގަކުރެވިފައިވެއެވެ.
6
އަންނަނިވި ކަންތައްތައް
OLC
4 20 0 0 22
سرع مساحر کر
(ހ) ފުރަތަމަ ކަމަކީ، ހުށަހެޅިފައިވާ މި މައްސަލާގައި، އެމް.އެސް ކޮސްޓަރ ރޮމޭންޓިކާ ކިޔާ
ރާއްޖެއިން ބޭރުގެ އުޅަނދެއް އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ
ދަށުން ރާއްޖެއައިސް، 1 (އެކެއް) ދުވަސް (02 އިން 02 ޑިސެމްބަރު 2011 އަށް) ރާއްޖޭގައި
މަޑުކޮށްފައިވާތީ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ޓެކްސްގެ ގޮތުގައި
ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ ތާރީޚުގައި ދައްކާފައިނުވާތީ ކުރެވިފައިވާ ޖޫރިމަނާގެ ޖުމްލައަށްވާ
-/1,500,000 ރ. (އެއްމިލިއަން ފަސްލައްކަ ރުފިޔާ) އެއްފަހަރާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު
އޮތޯރިޓީ (މީރާ) ގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރުމުން، ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާ މެދު
އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންކާރު ނުކުރިނަމަވެސް،
ދައްކަންޖެހޭ ޓެކްސް ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ނުދެއްކިއްޖެނަމަ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ
ޓޫރިޒަމާބެހޭ ޤާނޫނު) ގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖޫރިމަނާއަކީ، ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް
އުޅަނދުތަކުން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބުނެފައިވާކަމާއި، އެހެންނަމަވެސް ސިވިލް ކޯޓުން ޤާނޫނު
ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 50 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ
"ޓޫރިސްޓް އުޅަނދު" ގެ ތަޢުރީފުގެ ތެރޭގައި "ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު" ނުވަތަ ބޭރުގެ
ޓޫރިސްޓް އުޅަނދު" ހިމެނޭ ކަމަށް ކަނޑައަޅުއްވައި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބެޑް ޓެކްސްއަށްވާ
ފައިސާ ނުދައްކައިފިނަމަ، "ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު" ނުވަތަ "ބޭރުގެ ޓޫރިސްޓް އުޅަނދު"
4 22
"ދިވެހިރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވައި ބައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2013/HC-A/110
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
32
ގަވާއިދު" ގެ 9 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ޖޫރިމަނާއަށްވާ ފައިސާ އެލަޔަންސް މެނޭޖްމަންޓް
ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ކަނޑައެޅުއްވިކަން ފާހަގަކުރެވެން
އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 50
ވަނަ މާއްދާގެ (ރ) ގައި "ޓޫރިސްޓް އުޅަނދު" ކަމަށް ބުނެފައިވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ
ފެންވަރަކަށް ނިދުމާއި ކެއުން ހަމަޖެހޭ ގޮތަށް، އަދި އެ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ވަކި ރޭޓަކުން
އަގު ދައްކާގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވާ އުޅަނދަށްކަމާއި،
ބުނެވިދިޔަ ޤާނޫނުގެ 24 ވަނަ މާއްދާގައި ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު
ރާއްޖޭގައި ދުއްވުމާބެހޭ ގޮތުން ބަޔާންކުރެވިފައިވާކަމާއި، އެގޮތުން، އެ މާއްދާގެ (ހ) ގައި ދިވެހިރާއްޖެއަށް އަންނަ
ބޭރުގެ އެއްވެސް ޓޫރިސްޓް އުޅަނދެއް، ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ދުއްވާ، ބަނދަރުކޮށް ހަދަންވާނީ،
އެފަދަ އުޅަނދު ރާއްޖެއަށް އައުމާއި ބަނދަރުކުރުމަށް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަ
ހޯދައި، އަދި ކަނޑައަޅާފައިވާ ގަވާއިދުގެ މަތިން، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ހުއްދަ ހޯދުމަށްފަހުގައި ކަމަށް
ބަޔާންކޮށްފައިވާކަމާއި،
ގިސްލެބުނެވުނު މާއްދާގެ ދަށުން ހަދާފައިވާ "ދިވެހިރާއްޖެއަ
އެޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު
0 0
<
ފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2-R/2010) ގެ 2
ވަނަ މާއްދާގެ (ނ) ގައި ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަޙައްދުގައި
ދުއްވައި ބަނދަރުކޮށް ހަދަންވާނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކަމަށްޓަކައި ހޯދަންޖެހޭ ހުއްދަ ހޯދައި، އަދި
އެ ގަވާއިދާ
މަތިން އެކަމަށްޓަކައި މިނިސްޓްރީން ހުއްދަ ހޯދުމަށްފަހުގައިކަމަށް
ބަޔާންކޮށްފައިވާކަމާއި،
2
xeތރިންގެ
برای گرم کر کر
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/110
<< o
އެ
އެ ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ހުއްދަ މިނިސްޓްރީން ދޫކުރާނީ އެ
ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަޙައްދުގައި
ދުއްވާ ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުމުންކަމަށް
ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާއިރު،
އިސްވެބުނެވުނު ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް
އުޅަނދުފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވާ ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު" ގައި އުޅަނދުގެ
ނަމާއި، ރަޖިސްޓްރީ ނަންބަރު އަދި އުޅަނދުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދާއި، އުޅަނދު ރާއްޖެ
އަންނައިރު ތިބޭނެ ފަތުރުވެރިންގެ އަދަދާއި، އުޅަނދުގައި ތިބި މުވައްޒަފުންގެ އަދަދު ފަދަ މަޢުލޫމާތުތައް
ފުރިހަމަކުރަންޖެހޭކަން ފާހަގަކުރެވޭކަމާއި، އަދި މީގެ އިތުރުން އުޅަނދުގެ ދިގުމިން ބަޔާންކޮށް، އެކަން އަންގައިދޭ
ލިޔުންފަދަ ތަކެތި ހުށަހަޅަން ލާޒިމްކޮށްފައި އޮތުމުން، ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު
ރާއްޖޭގައި ދުއްވާ، ބަނދަރުކޮށް ހެދުމުގެ ހުއްދަ ހޯދާއިރު، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ
ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) އިންނާއި، އެ މާއްދާގެ ދަށުން ހެދިފައިވާ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ
ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު" ގެ ދަށުން، އެފަދަ
އުޅަނދުތަކަކީ މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ ވަކި މިންގަނޑަކަށް ފެތޭ އުޅަނދުތަކެއްކަން މިނިސްޓްރީ
އޮފް ޓޫރިޒަމުން ނުބަލާކަމުގައި ބެލެވެންނެތްކަމާއި،
އެހެންކަމުން، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 50 ވަނަ
މާއްދާގެ (ރ) ގައި "ޓޫރިސްޓް އުޅަނދު ގެ ތަޢުރީފްގެ ތެރޭގައި ހިމެނެނީ ހަމައެކަނި ދިވެހިރާއްޖޭގެ ޓޫރިސްޓް
އުޅަނދު ނޫންކަމާއި، ބުނެވުނު ތަޢުރީފްގެ ތެރޭގައި ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ނުވަތަ ބޭރުގެ
ޓޫރިސްޓް އުޅަނދު ހިމެނޭކަމަށް މި މައްސަލަ ބެލި ހުރިހާ ފަނޑިޔާރުންނަށް
މެވެ.
49c
2
7 ކ ވ4 2 ބ 04
2
0
22 2ދ 4
ނަށްވެސް އެއްބަސްވެވެންކުމެ
0 0
<< O
(ނ) ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 2199 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)
ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓެއްގައި، ނުވަތަ ޓޫރިސްޓް ހޮޓަލެގަ
39
*
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/110
ޓޫރިސްޓް ގެސްޓްހައުސެއްގައި، ނުވަތަ ޓޫރިސްޓް އުޅަނދެއްގައި، ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް 8
އެމެރިކާ ޑޮލަރު ދައްކަންޖެހޭކަމަށް ބަޔާންކުރެވިފައިވާއިރު، އެ މާއްދާގެ (ށ) ގައި އެ ޤާނޫނުގެ 24 ވަނަ މާއްދާގެ
ދަށުން ހުއްދަ ދޫކުރާ ޓޫރިސްޓް އުޅަނދުތަކުގެ ތެރެއިން އެ މާއްދާގެ (ނ) ގައި ބުނެފައިވާ އުޅަނދުތައް ފިޔަވައި
އެހެން ކޮންމެ އުޅަނދެއްގައި ދަތުރުކުރާ ކޮންމެ ޓޫރިސްޓެއްގެ އަތުން، އެމީހަކު ރާއްޖޭގައި ހޭދަކުރާ ކޮންމެ
ދުވަހަކަށް އެ މާއްދާގެ (ހ) ގައި ބުނާ ޓެކްސް ނެގޭނެކަމަށާއި އަދި އުޅަނދު ރާއްޖެއިން ފުރައިގެން ދިޔުމުގެ
ކުރިން، އިސްވެ ބުނެވުނު ޓެކްސް ސަރުކާރަށް ދައްކަންޖެހޭނެކަމަށާއި، އަދި ޓެކްސް ދެއްކުމުގެ ޒިންމާ އުފުލާނީ
އެ އުޅަނދެއްގެ ކަންތަކާ ޙަވާލުވެގެން ރާއްޖޭގައި ހުންނަ އެޖެންޓްކަމަށް އެއަކުރުގައި ބަޔާންކުރުމަށްފަހު، އެ
މާއްދާގެ (ނ) ގައި ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުގެ ތެރެއިން އެ އުޅަނދެއް ރާއްޖޭގެ
ސަރަޙައްދުގައި ހޭދަކުރާ ވަގުތު 24 ގަޑިއިރަށްވުރެ އިތުރުނުވާ އުޅަނދުތަކުން އެ މާއްދާގެ (ހ) އާއި (ށ) ގައި
ބުނެފައިވާ ޓެކްސް ދައްކަން ނުޖެހޭކަމަށް ބަޔާންކުރެވިފައި އޮތުމުން، ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް
އުޅަނދުތަކުން، ރާއްޖޭގެ ޓޫރިސްޓް އުޅަނދުތަކެކޭ އެއްފަދައިން، ޓެކްސް ދައްކަންޖެހޭކަން ޤާނޫނު ނަންބަރު 2/99
(ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ށ) އިން ސާފުކޮށް އެނގެން އޮންނަކަމާއި، އަދި
އެފަދަ ޓެކްސްއިން އިސްތިސްނާވާ ރާއްޖެއަށް އަންނަ ބޭރުގެ އުޅަނދުތައް 35 ވަނަ މާއްދާގެ (ނ) އިން އެނގެން
އޮންނަކަމާއި،
<< O
39
4 22
ބުނެވިދިޔަ ޤާނޫނުގެ 37 ވަނަ މާއްދާގައި ޓެކްސް ދައްކަން ކަނޑައެޅިފައިވާ ގޮތަށް ޓެކްސް
ނުދައްކައިފިނަމަ އެޅޭނެ ފިޔަވަޅުތައް ބަޔާންކުރެވިފައިވާކަމާއި، އެގޮތުން، އެ މާއްދާގެ (ހ) ގައި ޓޫރިސްޓް
ރިޒޯޓެއް ނުވަތަ ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސެއް ހިންގާ ފަރާތަކުން ނުވަތަ ޓޫރިސްޓް
އުޅަނދެއް ދުއްވާ ފަރާތަކުން،
ޓެކްސް ދެއްކުމުގައި އެ ޤާނޫނާ ޚިލާފުވެއްޖެނަމަ، ނުދައްކާއޮތް ޓެކްސް
24 2 30
ދިއްކުމާއެކު،
އެ ޚިލާފުވިއިރު އެތަނެއްގައި ނުވަތަ އެ އުޅަނދެއްގައި ރަޖިސްޓަރީކޮށްފައިހުރި ކޮންމެ އެނދަކަށް
-/1000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަންވާނެކަމަށް ބަޔާންކުރެވިފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
ވެ
10
2013/HC-A/110
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
22
ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 50 ވަނަ މާއްދާގެ (ރ) ގައި
"ޓޫރިސްޓް އުޅަނދު" ގެ މާނައާ ޙަވާލާދީ، އެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ޖޫރިމަނާ
ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުން ދައްކަންނުޖެހޭނެކަމަށް އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާކަމާއި، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ
ޤާނޫނު) ގައި "ޓޫރިސްޓް އުޅަނދު" އަދި "ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު" ނުވަތަ "ބޭރުގެ ޓޫރިސްޓް
އުޅަނދު"،
ޚި ބޭނުންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި، ބުނެވުނު ލަފްޒުތައް ޤާނޫނުގެ އެކި
ކުގައި ނުންކުރެވިފައި ހުރުމުން، އެ ލަފްޒުތައް ބޭނުންކޮށްގެ
ކޮށްފައިވަނީ ދެ މާނައެއް
އެހެންކަމުން، ޤާނޫނުގެ 50 ވަނަ މާއްދާގެ (ރ) ގައި "ޓޫރިސްޓް އުޅަނދު" ކަމަށް އެބުނަނީ ހަމައެކަނި ރާއްޖޭގެ
ޓޫރިސްޓް އުޅަނދުތަކަށް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވީނަމަވެސް،
ލަފްޒުތައް
جا کردیا کہ
2ދ/xހކ ދ ތ
ހޅުގތރކމށއ،
0 0
ޤާނޫނު ނަންބަރު 2/9 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 24 ވަނަ މާއްދާގެ ދަށުން
ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުތައް ރާއްޖޭގައި އޮޕަރޭޓްކުރުން ތަންޒީމުކޮށްފައިވާއިރު، އަދި
"ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ
ގަވާއިދު (ގަވާއިދު ނަންބަރު: 2-R/2010) އަށް ބެލުމުން ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުން
ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 24 ވަނަ މާއްދާގައި ބުނާ ހުއްދަ ހޯދުމަށް
ކުރަންޖެހޭ ކަންތައްތަކުގެ ތަފްޞީލު ބަޔާންކޮށްފައިވާއިރު، އެ ޤާނޫނުގެ 23 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ
ޓޫރިސްޓް އުޅަނދުތަކާބެހޭ ކަންކަން ތަންޒީމުކުރެވިފައިވާކަމާއި،
OUC X
ރާއްޖޭގެ ޓޫރިސްޓް އުޅަނދުތަކާއި ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުތަކާ ބެހޭ ތަފާތު
ދެ މާއްދާއެއްވަނީ، ދެ ބާވަތުގެ އުޅަނދުތައްވެސް ރާއްޖޭގައި އޮޕަރޭޓް ކުރެވޭނީ ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ
ހުއްދަތައް ހޯދުމަށްފަހު ކަމުގައިވީނަމަވެސް، ރާއްޖޭގައި ހުރި އުޅަނދުތަކާއި ރާއްޖެއަށް ބޭރުން އަންނަ
އުޅަނދުތަކުން ހުއްދަ ހޯދުމުގައި އެއް އިޖުރާއާތުތަކެއް ފުރިހަމަކުރުމުގެ ދަތިކަން ފިލުވުމުގެ ގޮތުންކަލްއެއްގެ އައިޖީ
ޤާނޫނުގެ 22 ވަނަ މާއްދާއަށާއި 23 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
11
2013/HC-A/110
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2
އިސްވެ ފާހަގަކުރެވުނު ހުއްދަ ހޯދުމުގެ އިޖުރާއާތުތައް ފިޔަވައި، އެ ޤާނޫނުގެ 35 ވަނަ މާއްދާގެ
އަލީގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށްފަހު، ރާއްޖޭގެ ޓޫރިސްޓް އުޅަނދުތަކާއި
ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުން ދައްކަންޖެހޭ ޓެކްސް ތަފާތު ކުރެވިފައިނުވާކަން
ފާހަގަކުރެވޭކަމާއި، އަދި 35 ވަނަ މާއްދާގެ (ނ) ގައި އެ މާއްދާގައި ބުނާ ޓެކްސްއިން އިސްތިސްނާ ކުރެވޭނީ
ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުގެ ތެރެއިން 24 ގަޑިއިރަށް ވުރެ ގިނަ ވަގުތު ރާއްޖޭގައި
ހޭދަނުކުރާ ޓޫރިސްޓް އުޅަނދުކަން ފާހަގަކުރެވެން އޮތުމުން، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2155
ޤަޟިއްޔާގައިވެސް ފާހަގަކުރައްވާފައިވާ ފަދައިން، ޤާނޫނު ނަންބަރު 2199 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)
ގެ 50 ވަނަ މާއްދާގެ (ރ) ގައި "ޓޫރިސްޓް އުޅަނދު" އެ ލަފްޒު ބޭނުންކޮށްފައިވަނީ އޭގެ ޢާންމު މާނައިގައިކަން
ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށްވެސް ބުރަވެވުނުކަމާއި، ރާއްޖެއަށް އަންނަ ބޭރުގެ
ޓޫރިސްޓް އުޅަނދުތަކާގުޅޭ ވަކި ޚާއްޞަ އިޖުރާއަތެއް ނުވަތަ އުޞޫލެއް އެ ޤާނޫނުގެ ވަކި މާއްދާތަކެއްގައި ވަކިން
ބަޔާންކޮށްފައި އޮންނަ އޮތުމަކީ، އެ ޤާނޫނުގައި ބޭނުންކުރެވޭ ޢާންމު މާނައިގެ ހުދޫދުގެ ތެރޭގައި، ހަނިކުރެވޭ މާނަ
ނުހިމެނުން ނޫންކަމާއި، އެހެންކަމުން، އެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ރ) ގައި ބުނާ ޓޫރިސްޓް އުޅަނދު" ގެ
މާނައިގެ ތެރޭގައި ރާއްޖޭގެ އުޅަނދުތަކާއި ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ނުވަތަ ބޭރުގެ ޓޫރިސްޓް
އުޅަނދުތައްވެސް ހިމެނޭކަމާއި، އަދި ރާއްޖޭގެ އުޅަނދުތަކާއި ރާއްޖެއަށް އަންނަ ބޭރުގެ އެފަދަ އުޅަނދުތައް
ޓެކްސް ދެއްކުމުގައްޔާއި އަދި ޖޫރިމަނާ ދެއްކުމުގައި ތަފާތުކުރާނަމަ، އެފަދަ ތަފާތެއް ކުރެވޭނީ ޤާނޫނުގައި އެފަދަ
ތަފާތުކުރުމުގެ ވާހަކަ ޞަރީޙަކޮށް ބަޔާންކުރެވިފައިވާނަމަ ކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންނަށް ފެނުނުކަމެވެ.
4 20 0 22
ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުން ނުވަތަ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުން ޓެކްސް ދެއްކުމުގައި
ޢަމަލުކުރަންޖެހޭނީ އެއްގޮތަކަށްކަން އެނގެން އޮންނައިރު، ޓެކްސް ނުދައްކައިފިނަމަ، ޖޫރިމަނާ ކުރުމުގެ ބާރު
ލިބިދެނީ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 37 ވަނަ މާއްދާއިން ކަމުގައިވާއިރު
ބޯޓްގެ
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
ވާވީ،24
12
2(13/HC-A/110
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
31
ބުނެވިދިޔަ މާއްދާގެ (ހ) ގައި ޓޫރިސްޓް އުޅަނދެއް ދުއްވާ ފަރާތަކުން ޓެކްސް ދެއްކުމުގައި މި
ޤާނޫނާ ޚިލާފުވެއްޖެނަމަ، ނުދައްކާއޮތް ޓެކްސް ދެއްކުމާއެކު، އެ ޚިލާފުވިއިރު އެތަނެއްގައި ނުވަތަ އެ
އުޅަނދެއްގައި ރަޖިސްޓަރީކޮށްފައިހުރި ކޮންމެ އެނދަކަށް -/1000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަންވާނެކަމަށް
ބަޔާންކުރެވިފައިވާކަމާއި، އެ މާއްދާގައި ރާއްޖޭގެ ޓޫރިސްޓް އުޅަނދުތަކާއި ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް
އުޅަނދުތައް ތަފާތުކޮށްފައިނުވާކަން ފާހަގަކުރެވޭކަމާއި، އެހެންކަމުން، މި މާއްދާގައި ބަޔާންކުރާ "ޓޫރިސްޓް
އުޅަނދު" މާނަކުރުމުގައި ރުޖޫޢަވާންޖެހޭނީ އެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ރ) ގައި ބުނާ ޓޫރިސްޓް އުޅަނދު"
ގެ ޢާންމު މާނައަށްކަމާއި، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގައި ޓޫރިސްޓް
އުޅަނދުތައް ތަފާތުކުރަންޖެހޭ ޙާލަތްތަކުގައި ތަފާތުކުރެވިފައިވާއިރު، އަދި އެ ޤާނޫނުގައި އެ ޤާނޫނަށް
ޢަމަލުކުރުމުގައި އިސްތިސްނާކުރަންޖެހޭ ފަރާތްތައް ސާފުކޮށް ބަޔާންކުރެވިފައިވާއިރު، 37 ވަނަ މާއްދާގެ ދަށުން
ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުން ދައްކަންޖެހޭ ޓެކްސް ނުދައްކައިފިނަމަ، އެ ފަރާތްތަކުން
ޖޫރިމަނާ ދައްކަން ނުޖެހޭކަމަށް ބެލެވޭނެ ހަރުދަނާ ޤާނޫނީ ހުއްޖަތެއް އިސްތިއުނާފުކުރާ ފަރާތުން
ހުށަހަޅާފައިނުވާކަމެވެ.
<
• ފަސްވަނަ ކަމަކީ، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ
ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ނ) ގައި ވަކި އެއްޗެއްގެ ވާހަކަ ނުވަތަ ވަކި މީހެއްގެ ވާހަކަ، ކަނޑައެޅިގެން
ޤާނޫނުގައި ބަޔާންކޮށްފިކަމުގައިވަނީނަމަ، އޭގެ މާނައަކީ، އެނޫން އެހެން މީހުންނަށް ނުވަތަ އެނޫން އެހެން
އެއްޗެއްސަށް އެ ޤާނޫނުގައިވާ އެ އުޞޫލު ނުހިނގާނީކަމުގައި އެ އަކުރުގައި އޮންނަކަމާއި،
އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގެ
ނަންބަރު 2011/Cv
-
C/2155 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، ޤާނޫނު ނަންބަރު 2199 (ދިވެހިރާއްޖޭގެ
ޓޫރިޒަމާބެހޭ ޤާނޫނު) ގައި ޞަރީޙަ ޢިބާރާތުން "ޓޫރިސްޓް އުޅަނދު" ވަކި މާނައެއް ދޭހަކޮށްދޭ
ގޮތުގައި އޭގެ މާނަ ބަޔާންކޮށްފައިވާއިރު، އެ ބަސް ޤާނޫނުގައި ބޭނުންކޮށްފައި ވަނީ ޢާންމު މާނަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
13
2013/HC-A/110
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސިވިލް ކޯޓުން ވިދާޅުވެ، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 8 ވަނަ
މާއްދާގެ (ނ) އާ ޚިލާފަށް އިސްތިއުނާފުމިކުރެ މައްސަލައަށް، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ
ޓޫރިޒަމާބެހޭ ޤާނޫނު) ގެ 37 ވަނަ މާއްދާ ތަޠުބީޤު ކުރައް
ޣައްވާފައިވާކަމުގައި ބުނިނަމަވެސް،
29
004 0
އިސްވެ ފާހަގަކުރެވުނު ފަދައިން، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)
ގެ 50 ވަނަ މާއްދާގެ (ރ) ގައި "ޓޫރިސްޓް އުޅަނދު" ކަމަށް އެ ޤާނޫނުގައި ބަޔާންކުރެވިފައިވަނީ ހަމައެކަނި
ދިވެހިރާއްޖޭގެ ޓޫރިސްޓް އުޅަނދުތަކަށް ކަމަށް ބަލާނެ ހަމައެއް ނެތްކަމާއި، މުޅި ޤާނޫނަށް ބެލުމުން، "ޓޫރިސްޓް
އުޅަނދު" ގެ ތެރޭގައި ރާއްޖޭގެ ޓޫރިސްޓް އުޅަނދުތަކާއި ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުތައް ނުވަތަ
ބޭރުގެ ޓޫރިސްޓް އުޅަނދުތައް ހިމެނޭކަމާއި، ރާއްޖޭގެ އުޅަނދުތަކާއި ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް
އުޅަނދުތައްވެސް ހޯދަންޖެހޭ ހުއްދަތައް ހޯދުމަށްފަހު، ޓެކްސް ދައްކަންޖެހެނީ އެއް ރޭޓެއްގައިކަން ފާހަގަކުރެވެން
އޮންނައިރު، ދެ ބާވަތުގެ އުޅަނދުތަކަށް ތަޠުބީޤުވާ އުޞޫލު ތަފާތުވަނީ ކަމާބެހޭ ފަރާތުގެ ހުއްދަ ހޯދުމަށް އޮންނަ
22 2ފ02 ދ ތ
تری سری مارما
ކަން ފާހަގަކުރެވެން އޮތުމުން،
0 0
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2155 ޤަޟިއްޔާގައި ޤާނޫނު ނަންބަރު 2/99
(ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 50 ވަނަ މާއްދާގެ (ރ) ގައި ބުނާ "ޓޫރިސްޓް އުޅަނދު" ގެ ތަޢުރީފްގެ
ތެރޭގައި ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ނުވަތަ ބޭރުގެ ޓޫރިސްޓް އުޅަނދު ހިމެނޭކަމަށް
ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 8 ވަނަ
މާއްދާގެ (ނ) އާ ޚިލާފަށް ކަމަށް މި މައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް
22
22 ހއ
ނުފެންނަކަމާއި،
އަދި ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 35 ވަނަ މާއްދާގައި
ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް 8 އެމެރިކާ ޑޮލަރުގެ ޓެކްސްނަގާއިރު، އެ ޤާނޫނުގެ 37 ވަނަ މާއްދާގެ
ދަށުން އެ އުޅަނދެއްގައި ރަޖިސްޓަރީކޮށްފައިހުރި ކޮންމެ އެނދަކަށް -/1000 ރުފިޔާގެ ޖޫރިމަނާއެއް
ބުނެފައިވާއިރު، އެމް.އެސް ކޮސްޓާ ރޮމެންޓިކް ފަދަ 1500 (އެއްހާސް ފަސްސަތޭކަ) އެނދު ހުރި
0/24 44
ދިވެހިރާއް%
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
14
2013/HC-A/110
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
UC O
xމ 4
2 ހ2ވ
ބޮޑުވާނެކަމުގެ
ދިވެހިރާއްޖޭގެ ހައިކޯ"
އުޅަނދުތަކާ ޚިލާފަށް، ދިވެހިރާއްޖޭގައި ދުއްވާ އެންމެ ބޮޑު ޓޫރިސްޓް އުޅަނދު ނުވަތަ އެންމެ ބޮޑު ސަފާރީ
ބޯޓުތަކުގައި ހުންނާނީ އެންމެ ގިނަވެގެންވެސް 22 އެނދުކަމަށާއި، އެހެންކަމުން، ދިވެހިރާއްޖޭގެ ޓޫރިސްޓް
އުޅަނދުތައް ޖޫރިމަނާކުރެވޭއިރު، މިއީ ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އެކަށީގެންނުވާ ބޮޑު އަދަދެއް ނޫންކަމަށާއި،
އެހެންނަމަވެސް އެމް.އެސް ކޮސްޓާ ރޮމެންޓިކް ފަދަ ބޮޑެތި އުޅަނދުތައް އެގޮތަށް ޖޫރިމަނާކުރެވުމުން، ޓެކްސްގެ
ގޮތުގައި ދައްކަންޖެހޭ އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ އަދަދު
ނެކަމުގައި އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކުރިނަމަވެސް،
ދިވެހިރާއްޖޭގެ އުޅަނދުތަކުންވެސް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއަށްވުރެ ބޮޑު އަދަދެއް
ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭކަމުގައި ފާހަގަކުރެވޭކަމާއި، އަދި ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ
ޤާނޫނުގައިވާ ގޮތުގެ މަތިން ނުދެއްކުމުން، އޭގެ ނަތީޖާއެއްގެ ގޮތުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާގެ އަދަދު
ޓެކްސްގެ އަދަދަށް ވުރެ ބޮޑުވުމަކީ އެ ޖޫރިމަނާ ފައިސާ ދައްކަންނުޖެހޭނެ ޤާނޫނީ ނުވަތަ ޝަރުޢީ
ހުއްޖަތެއްނޫންކަމެވެ.
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/2155 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ފަދަ ހަރުދަނާ ޤާނޫނީ
ނުވަތަ ޝަރުޢީ ހުއްޖަތެއް އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތަށް
ދެއްކިފައިނެތުމުން، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ހުރިހާ ފަނޑިޔާރުންނަށްވެސް އެއްބަސްވެވުނެވެ.
x4ތ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/110
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/2155 ޤަޟިއްޔާ އެ ކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ،
އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކުރަމުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޤާނޫނީ
ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފަށްކަމަށް ބަލާނެ ތަނެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;