ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/182 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/182
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 182/HC
-
A/2012
އިސްތިއުނާފު ކުރިފަރާތް:
ނަން: ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 15
/
1983-C
* ދާއިމީ އެޑްރެސް: ފަސްމީރު ބިލްޑިންގ (6 ވަނަ ފަންގިފިލާ)
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޢަބްދުﷲ ޝަޒްމީލް
! އައިޑީ ކާޑު ނަންބަރު: A304132
* ދާއިމީ އެޑްރެސް: ދުގެތިމާގެ ސ. ހިތަދޫ
ސްޓްރީކުރެވުނު
ނިމުނު ތާރީޚް: 30 ރަބީޢުލްއާޚިރު 1434
29 ރަޖަބް 1433
17 ޖޫން 2012
12 މާޗް 2013
އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު: 2011/VTR/116
މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރުން
ނިންމެވި ޓްރައިބިއުނަލް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މަހެޅުނު ތާރީޚް: 10 ޖުލައި 2011
ނިމުނު ތާރީޚް: 19 ފެބްރުއަރީ 2012
ދެP
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، އިސްފަނޑިޔާރު އަޙްމަދު ޝަރީފް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ދިވެހިރާއްޖެ
2
2012/HC-A/182
ޤަޟިއްޔާ ނިމުނު 1
مريم مي کې ملي مب
ދަޢުވާގެ ޚުލާޞާ
106/VTR/2011
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެ ނިންމުން
އިސްތިއުނާފު ކޮށްދިނުމަށްއެދި ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު
1983;15-C) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާ
ރައްދުވާ ފަރާތަކީ ޢަބްދުﷲ ޝަޒްމީލް، ދުގެތިމާ ސ. ހިތަދޫ
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A304132) އެވެ.
ފާހަގަކުރެވުނު
116/VTR/2011
1. އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލައަށް ބަލާއިރު، އެމައްސަލައަކީ، ހިތަދޫދުގެތިމާގެ، ޢަބްދު
ޝަޒްމީލް، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އޭނާގެ މަޤާމުން
ރިޑަންޑަންޓްވިކަމަށް ބުނެ، 04 ޖޫން 2011 ގައި ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އޭނަ ވަޒީފާއިން
ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް އޭނާ ދެކޭތީ، އެމައްސަލަ ބަލައި ދިނުމަށްއެދި،
ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޢަބްދުﷲ ޝަޒްމީލް ހުށަހެޅުމުން ވަޒީފާއާބެހޭ
ޓްރައިބިއުނަލްއިން ބަލާ ނިންމާފައިވާ މައްސަލައެއްކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އެމައްސަލަ ނިންމާފައިވަނީ، "ދެންފަހެ، ވަޒީފާއާބެހޭ
ޤާނޫނާއި، އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އެއްވެސް ގަވާއިދެއްގައިވެސް ރިޑަންޑަންސީ' ގެ ޙާލަތު
މެދުވެރިވުމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއްކަމަށް
ނެތްނަމަވެސް، މުވައްޒަފަކާއި ވަޒީފާ ދޭ ފަރާތާ ދެމެދު އޮންނަ ވަޒީފާގެ ގުޅުމަކީ
ޔާންކޮށްފައި
އެކެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2012/HC-A/182
032 ތތ
ނިމުނު ގޮ
ޙާލަތަށާއި، ބޭނުންވާ
ބިނާވެ ވުޖޫދަށް އަންނަ ގުޅުމެއްކަމުން ވަޒީފާ ދޭފަރާތެއްގެ ޙާލަތައް އަންނަ
ބަދަލުތަކެއްގެ ސަބަބުން މުވައްޒަފަކު އަދާކުރަމުންދިޔަ ވަޒީފާއެއް ނެތިދާފަދަ ޙާލަތެއް މެދުވެރިވުމަކީ
އެކަށީގެންވާ ކަމެއްކަމަށް ބުރަވެވޭތީ، އެފަދަ ޙާލަތެއް މެދުވެރިވެގެން އިންސާފުވެރިގޮތަކަށް މުވައްޒަފަކު
ވަޒީފާއިން ވަކިކޮށްފައިވާނަމަ އެނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށް އެކަށީގެންވާ ސަބަބެއް އޮވެގެން
މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި އޮތްއޮތުމެއްކަމަށް ދެކޭހިނދު، ޢަބްދުﷲ ޝަޒްމީލް ވަޒީފާއިން
ވަކިކޮށްފައިވަނީ، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ހިންގުމަށް ބޭނުންވާ މުވައްޒަފުންގެ އަދަދު
ކުރިއަށްވުރެ މަދުކޮށް ރިޑަންޑަންސީ އިޢުލާން ކުރުމާ ގުޅިގެންކަމަށް މައްސަލަ ރައްދުވި ފަރާތުން
ބުނާއިރު، ޢަބްދުﷲ ޝަޒްމީލު ވަޒީފާއިން ވަކިކުރި މަރުހަލާގައި މުވައްޒަފުން މަދުކުރަންޖެހޭތޯ ވަޒަންކޮށް
މައްސަލަ ރައްދުވި ކުންފުނިން ބަލާފައިވާ ގޮތުން އެނގެން ނެތުމާއި، ރިޑަންޑަންސީ އިޢުލާންކުރިކަމަށް
ބުނާއިރު އެޙާލަތުގައި މުވައްޒަފުންނާ މެދު ޢަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅާފައިވާކަން އެނގެން
ނެތުމާއި، ޢަބްދުﷲ ޝަޒުމީލް 'ނިއު ޕްރޮސެސް' އެއްގެ ތެރެއިން އިންސާފުވެރިގޮތަކަށް ވަޒީފާއިން
ވަކިކޮށްފައިވާކަން އެނގެން ނެތުމުން، ޢަބްދުﷲ ޝަޒްމީލު ވަޒީފާއިން ވަކިކުރި ސަބަބުކަމަށް މައްސަލަ
ރައްދުވި ފަރާތުން ހުށަހެޅި ކަންކަން ސާބިތުކޮށްދެވިފައިވާކަމަށް ބުރަވެވެން ނެތަތީ، ވަޒީފާއާބެހޭ ޤާނޫނުގެ
27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޢަބްދުﷲ ޝަޒްމީލު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ
ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ
މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ރިޢާޔަތްކޮށް، ޢަބްދުﷲ ޝަޒްމީލު ކުރިން އަދާކުރަމުންދިޔަ
ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި
ނުބެލުމަށާއި، އޭނާ ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން މިމައްސަލަ ނިމުނު ދުވަހާ
ހަމައަށް، މުސާރައާއި އިނާޔަތުގެ ގޮތުގައި އޭނާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ވަޒީފާއިން
ވަކިކުރިއިރު ދީފައިވާ 37573.47 (ތިރީސް ހަތްހާސް ފައްސަތޭކަ ހަތްދިހަ ތިނެއް ޕޮއިންޓް
ހަތެއް) ރުފިޔާ އުނިކުރުމަށްފަހު ބާކީ ދޭންޖެހޭ މިންވަރު، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު
0 22
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2012/HC-A/182
ޤަޟިއްޔާ ނިމުނު 1
ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ޢަބްދުﷲ ޝަޒްމީލަށް ދި
ޚަލާޞްކުރުމަށްފަހު، އެކަން 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން
އެންގުމަށް ކްރައުން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑަށް އަންގައި" އެގޮތުގެމަތިންކަން އެމައްސަލައިގެ
"މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" އިން އެގެން އޮވެއެވެ.
116VTR/2011
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލްއިން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ކްރައުން
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް)
ނުކުތާ
ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. މިގޮތުން ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ:
oxo
• ފުރަތަމަ ނުކުތާއަކީ، މައްސަލައާގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކުންނާއި،
ދައްކާފައިވާ ވާހަކަތަކުން މައްސަލަ ބެއްލެވި މަޖިލީހަށް ފާހަގަ ކުރެވުނު ނުކުތާތަކުގެ ތެރެއިން 15 ވަނަ
ނަންބަރާއި 25 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ބިނާކޮށް މައްސަލާގައި ގޮތެއް
ކަނޑައަޅުއްވާފައިވާއިރު، އެނުކުތާތަކާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން 18 ޑިސެމްބަރު 2011 ވަނަ
ދުވަހުގެ ޝަރީޢަތުގެ އަޑުއެހުމުގައި ވާހަކަ ދައްކާފައިވާކަމާއި، އަދި އެކަންކަމަށް އިސްތިއުނާފް ރައްދުވާ
ފަރާތުން އެއްވެސް މިންވަރަކަށް އިންކާރުކޮށްފައިނުވާއިރު، އެކަންކަމާ ގުޅިގެން މައްސަލަ ބެއްލެވި
މަޖިލީހުގެ މެންބަރުން އެއްވެސް މިންވަރަކަށް ރިޢާޔަތްކުރައްވާފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، މައްސަލަ ބެއްލެވި މަޖިލީހުން މައްސަލަ ނިންމެވިއިރު
އިސްތިއުނާފުކުރާ ފަރާތުން "ޑިއު ޕްރޮސެސް" އެއް ނުވަތަ އިޖުރާޢަތުތަކެއް
ކަނޑައަޅުއްވާފައިވާއިރު، ފުރިހަމަކުރަންޖެހޭ "ޑިއު ޕްރޮސެސް" އަކީ ކޮބައިކަން
ފުރިހަމަ ނުކުރާކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 325029/ފެކްސް:33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2012/HC-A/182
5 ޤަޟިއްޔާ ނިމުނު "
کی عمری
=32
ނައްސަކުން އެނގެން ނެތްކަމާއި، މައްސަލާގައި ކަންހިނގާފައިވާގޮތް ސާފުކުރުމުގެ ގޮތުން މައްސަލަ
ބެއްލެވި މަޖިލީހުން ވަކިކަންކަން ސާފުކުރެއްވުމުގެ ގޮތުން ސުވާލުކުރެއްވިއިރު، "ޑިއު ޕްރޮސެސް" އާ
ގުޅިގެން އެއްވެސް ސުވާލެއް ކުރައްވާފައިނުވާކަމާއި، ޤާނޫނެއްގައި ނުވަތަ ޤަވާއިދެއްގައިވެސް
ކަނޑައެޅިގެން ބަޔާންކޮށްފައިނުވާކަމެއް ކުރުމަށް އިސްތިއުނާފުކުރާ ފަރާތަށް ލާޒިމުކޮށްފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، މައްސަލަ ބެއްލެވި މަޖިލީހުން މައްސަލާގައި ގޮތެއް
ކަނޑައެޅުއްވުމުގައި ރިޢާޔަތްކުރައްވަފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/109
ޤަޟިއްޔާގައި، އެކުންފުންޏެއްގެ އޮނިގަޑުގައި ނުހިމެނޭ މަޤާމެއް ދިނުމަށް އެކުންފުންޏަކަށް އަމުރު
ކުރުމަކީ ޙައްލެއް ކަމަށް ދެކެވަޑައިނުގަންނަވާކަމަށް ވިދާޅުވެފައިވާއިރު، ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2011/VTR/116 ޤަޟިއްޔާއިން ހުށަހެޅި ބައްލަވާފައިވާ މައްސަލާގައި އިސްތިއުނާފުކުރާ
ފަރާތުން އެކުންފުނި ރީސްޓްރަކްޗަރ ކުރުމަށްފަހު އެކުންފުނީގެ އޮނިގަނޑުން އުނިކުރެވިފައިވާ މަޤާމުތައް
އަނބުރާ ދިނުމަށް އަމުރުކޮށްފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
02
• ހަތަރުވަނަ ނުކުތާއަކީ، މައްސަލަ ބެއްލެވި މަޖިލީހުން މައްސަލާގައި ގޮތެއް
ކަނޑައެޅުއްވުމުގައި ރިޢާޔަތްކުރައްވާފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/249
ޤަޟިއްޔާގައި، މައްސަލައިގައި ގޮތެއް ކަނޑައަޅާއިރު ވަކިކުރި ވަޒީފާ ނޫން އެހެން ވަޒީފާއެއްގައި
އުޅޭކަމަށްވާތީ އަލުން އަނބުރާ ވަކިކުރެވުނު ވަޒީފާ ދޭން އެންގުމަކީ ޢަދުލުވެރިގޮތެއް ނޫންކަމަށް
ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/116
ޤަޟިއްޔާއިން މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ކަންތައް
2012/HC-A/182
کی مرکی
ދެވެ
2 ބ 22
ދިވެހިރާއްޖޭގެ ހައިކޯޓް
6 ޤަޟިއްޔާ ނިމުނު ގޮތު
3. މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2011/VTR/116 މައްސަލާގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" އަށާއި، އެމައްސަލަ އިސްތިއުނާފު
ކުރަމުން ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލަ ރައްދުވާ ޢަބްދުﷲ ޝަޒްމީލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ، މިޤާޟިއްޔާގައި ބެލިފައިމިވާ މައްސަލައާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 183/HC
-
A/2012 އާއި ނަންބަރު 184/HC
-
A/2012
ޤަޟިއްޔާގައި ހިމެނޭ 3 (ތިނެއް) މައްސަލަ އިސްތިއުނާފުކުރަމުން އެކުންފުނީގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވާ "އިސްތިއުނާފުކުރުމަށް އެދޭ މައްސަލަ ނިމިފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލަކާ ޚިލާފަށްކަމަށް ފެންނަ ނުކުތާތައް" އާއި އެނުކުތާތަކުގެ ތަފްސީލުތައް އެއްގޮތްވުމުގެ އިތުރުން،
މިދެންނެވުނު 3 (ތިނެއް) މައްސަލަވެސް ބިނާވެފައިވަނީ އެއް ޙަޤީޤަތްތަކެއްގެ މައްޗަށްކަމަށްވެފައި،
މިތިން މައްސަލާގައި އިސްތިއުނާފުކުރާ ފަރާތުގެ ބަދަލުގައި އަދި ވަކީލުގެ ގޮތުގައިވެސް، އަދި
އެމައްސަލަތަކުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ބަދަލުގައި އަދި ވަކީލުގެ ގޮތުގައިވެސް
ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުވެފައިވަނީ އެއްފަރާތަކެއްކަމަށްވުމާއެކު، މިތިން މައްސަލައާ ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގައި އެންމެ ފަހުން ބޭއްވުނު 2 (ދޭއް) އަޑުއެހުންވެސް
އެކުއެކީގައިކަމެވެ.
3
ouc
19
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2012/HC-A/182
7 ޤަޟިއްޔާ ނިމުނު "
می هرکی
ދެވެ
24 2 2
(ނ) ދެވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ކަންހިނގާފައިވާ
ގޮތަށް ބަލާއިރު، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި ވަޒީފާއަދާކުރަމުން ގެންދިޔަ،
މިމައްސަލާގައި އިސްތިއުނާފު ރައްދުވާ، ހިތަދޫދުގެތިމާގެ، ޢަބްދުﷲ ޝަޒްމީލް، ކޮންރަޑް
މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011 ގައި
ވަކިކޮށްފައިވަނީ އެކުންފުންޏަށް ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން، ރިޑަންޑަންސީއަކީ ޤާނޫނު
ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ އެކަށީގެންވާ
ސަބަބެއްކަމަށް ބަލައި، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އަދި އެ ޤާނޫނުގެ 25 ވަނަ
މާއްދާގައިވާ ގޮތުގެމަތިން ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ ދިނުމަށްފަހުކަމާއި،
ރިޑަންޑަންސީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވިދާނެ "އެކަށީގެންވާ" ސަބަބެއްތޯ ބަލާއިރު، ވިޔަފާރީގެ ނަފާ ހޯދުމުގެ ގޮތުން ހިންގާ ކުންފުނި
ތަކުގައި، އެކުންފުނިތައް ހަރުދަނާކޮށް، ނަފާ އިތުރުވާނޭ ގޮތެއްގެމަތިން ހިންގުމަށްޓަކައި ނުވަތަ ކުންފުނި
ރީސްޓްރަކްޗަރ ކުރުންފަދަ ކަމަކަށްޓަކައި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް އެކުންފުންޏަކުން
ދޫކޮށްލަންޖެހޭފަދަ ޙާލަތެއް (ރިޑަންޑަންސީގެ ޙާލަތު) މެދުވެރިވެދާނެ ކަމަށް ޤަބޫލުކުރަން ޖެހޭކަމަށާއި،
އަދި މިފަދަ ޙާލަތެއްގައި މުވައްޒަފުން މަދުކުރެވެން ނޯންނަނަމަ އެކަމަކީ އެފަދަ ކުންފުނިތަކުގެ
ވިޔަފާރިއަށް ހުރަސްތަކެއް މެދުވެރިވެ، ކުންފުނީގެ ވިޔަފާރިއަށް ހީނަރުކަމެއް އަތުވެދާނެފަދަ
ސަބަބެއްކަމުގައި ޤަބޫލުކުރަން ޖެހޭކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގައިވެސް އަދި އެޤާނޫނުގެ ދަށުން
ހެދިފައިވާ ޤަވާޢިދެއްގައިވެސް ރިޑަންޑަންސީއާ ގުޅޭގޮތުން ވަކި އުސޫލެއް ޤާއިމުކޮށްފައި ނުވިނަމަވެސް،
އަދި ރިޑަންޑަންސީގެ ޙާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން އެކަށީގެންވާ ސަބަބެއްކަމުގައި
ބަޔާންކޮށްފައި ނެތްނަމަވެސް، ވިޔަފާރީގެ ނަފާ ހޯދުމަށް ހިންގޭ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމަށް
ނުވަތަ ކުންފުނީގެ މާލީ ޙާލަތު ދަށްވުންފަދަ ކަމެއް މެދުވެރިވެގެން ކުންފުނީގެ މުވައްޒަފަކު
ދޫކޮށްލަންޖެހިއްޖެނަމަ ނުވަތަ މަދުކުރަންޖެހިއްޖެނަމަ، އެފަދަ ޙާލަތުގައި މުވައް
ހދު
OXO
ނުވަތަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެ
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިން324 ހައިކޯޓް
2012/HC-A/182
8 ޤަޟިއްޔާ ނިމުނު
މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރާ ވަކިކުރުމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށްއޮތް
އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވިދާނެކަމަށާއި، ނަމަވެސް މި ސަބަބަށްޓަކައި މުވައްޒަފަކު ވަޒީފާއިން
ވަކިކުރާ ކުރުމުގައި ޙަޤީޤަތުގައިވެސް އެފަދަ ޙާލަތެއް މެދުވެރިވެފައިވޭތޯއާއި، އެކަން ކޮށްފައިވަނީ
ހެޔޮނިޔަތުގައި ތޯއާއި، އަދި އެއީ ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކަނޑައެޅިގެން
ބޭއިންސާފުން ވަޒީފާއިން ވަކިކުރުމަށްޓަކައި ކޮށްފައިވާކަމެއްތޯ ނުވަތަ ނޫންތޯއާއި، އަދި ވަޒީފާއިން
ވަކިކުރާނެ މުވައްޒަފުން ކަނޑައެޅުނުގޮތަކާއި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި
ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި (stebstantisse fitness) އިޖްރާއީ ޢަދުލުވެރިކަން
(procedural fairness) ޤާއިމުކޮށްފައިވޭތޯ ބަލާ އެކަންކަން ކަށަވަރުވާން ޖެހޭނެކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 89/HC
-
A/2011 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމެވެ.
Auc
(ނ) ތިންވަނަ ކަމަކީ، އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ
މަސައްކަތެއްކުރުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ)
އިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަމާއި، ޤާނޫނުއަސާސީގައި ކަނޑައެޅި
ބަޔާންވެފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާނޭ ގޮތުގެމަތިން،
ކޮންމެ މީހަކަށްމެ ލިބިގެންވާކަން އެޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިނދު، އަދި އެފަދަ އެއްވެސް
ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ
ގޮތެއްގެމަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހުން
ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ،
މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް
ޤަބޫލުކުރެވޭ މިންވަރަކަށްކަމަށް ޤާނޫނުއަސާ މީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް 8/1
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
8 42
2012/HC-A/182
9 ޤަޟިއްޔާ ނިމުނު 1
می هرکی
ދެވެ
އަދި ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން،
ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި
ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ
އުސޫލުތަކަށް ރިޢާޔަތްކޮށް އެއުސޫލުތައް ނަގަހައްޓަންވާނެކަމަށާއި އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ
ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތްކުރަންވާނޭކަމަށް ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަމާއި، މިކަންކަމުގެ މައްޗަށް ޖުމްލަގޮތެއްގައި ބަލާއިރު، ދިވެހި ކޮންމެ ރައްޔިތަކަށްމެ
ލިބިފައިވާ ވަޒީފާއަދާކުރުމާއި މަސައްކަތްކުރުމުގެ ޙައްޤު، ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން
މާނަކުރަންވާނީ އަދި ލިބިދޭންވާނީ ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން އެޙައްޤު ލިބިދިނުމުގައި
ޤަބޫލުކުރާ އުސޫލުތަކަށް ރިޢާޔަތްކުރެވި އެއުސޫލުތައް ނެގެހެއްޓޭނޭގޮތެއްގެ މަތިންކަމާއި،
އަދި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މަސައްކަތްކުރުމާއި ވަޒީފާއަދާކުރުމުގެ
ޙައްޤުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ނުވަތަ ހަނިކުރެވޭނީ، ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ
ގޮތެއްގެމަތިން، މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް
ހިފެހެއްޓިދާނެކަމަށް ނުވަތަ ހަނިކުރެވިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށްވުރެ އިތުރުނުވާނޭ
ގޮތެއްގެމަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަމަށްވެފައި، ދިވެހިރާއްޖޭގައި
ވަޒީފާއަދާކުރާ މުވައްޒަފުންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ހެދިފައިވާ، ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު، އެޤާނޫނުގައި ރިޑަންޑަންސީއާ ބެހޭގޮތުން ވަކި ޚާއްޞަ
އުސޫލުތަކެއް ކަނޑައެޅި ބަޔާންވެފައިނުވާ ހިނދު، އަދި ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން
މުވައްޒަފަކު އަދާކުރަމުން ގެންދާ ވަޒީފާއިން އޭނާ ވަކިކުރުމަކީ، ޤާނޫނުއަސާސީން ދިވެހި ކޮންމެ
ރައްޔިތަކަށްމެ ލިބިދޭ ވަޒީފާ އަދާކުރުމުގެ ޙައްޤުން މިންވަރެއް ހިފެހެއްޓިގެންދާނެ ނުވަތަ ހަނިވެގެންދާނެ
ކަމެއްކަމަށްވީ ހިނދު، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންގެ
ޙައްޤުތައް މާނަކުރުމުގައްޔާއި ލިބިދިނުމުގައި، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމައް
ދިވެހިރާއްޖޭގެ ހައިކޯޓް، އާޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެން1ގަ
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2012/HC-A/182
10 ޤަޟިއްޔާ ނިމުނު "
کی مری
=32
ލިބިދިނުމުގައި ޤަބޫލުކުރާ އުސޫލުތަކަށް، ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން، ރިޢާޔަތްކޮށް އެއުސޫލުތައް
ނަގަހައްޓަންވާނޭކަމާއި،
.48
LCO
މިގޮތުން ބަލާއިރު، ވިޔަފާރިއަށް ނުވަތަ އިޤްތިޞާދަށް ކުރިމަތިވާ ޚާއްޞަ
ޙާލަތްތަކުގައި، ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ ބޭނުމުގައި ނުވަތަ ކުންފުންޏަށް ނަފާ
އިތުރުވާނެގޮތެއް ހޯދުމަށްޓަކައި ކުންފުނި ރީސްޓްރަކްޗަރ ކުރާކުރުމުގައި، ރިޑަންޑަންޓްވާ މުވައްޒަފުން
ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރާކުރުން ޢަދުލުވެރިކުރުވުމަށްޓަކައި
ނުވަތަ ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި (substantive faimess)
އިޖްރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމަށްޓަކައި އެކުންފުންޏަކުން
ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި
ނިއުޒިލޭންޑް ފަދަ ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޢަމަލުކުރަމުންދާ ޤާނޫނުތަކުގައާއި،
އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެމް.އޯ.) ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް
ކޮންވެންޝަން 1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ރެކޮމެންޑޭޝަން
(ނަންބަރު 166) ފަދަ ކަމާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ކަނޑައަޅާ
ބަޔާންކޮށްފައިވާކަމާއި،
އަދި، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން ވަކިކުރާ މުވައްޒަފުންނާމެދު ޢަމަލުކުރާނޭ
ވަކި ޚާއްޞަ އުސޫލެއް ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައި ނުވިނަމަވެސް، މުވައްޒަފަކު ވަޒީފާއިން
ވަކިކުރާކުރުން، ޢަދުލުވެރިކުރުވުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭކަމަށް، އިސްވެދެންނެވުނު
ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތައްކަމަށް ދުނިޔެ ޤަބޫލުކުރާ ޤައުމުތަކުގައި ޤާއިމުކޮށްފައިވާފަދަ
އުސޫލުތަކެއް، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި
ހެދިފައިވާ، ވަޒީފާއާބެހޭ ޤާނޫނުގައިވެސް އެކުލެވިފައިވާކަމާއި، އެހެންކަމުން، އެ ޤާނޫނު ހިންގޭނެ
ދާއިރާގެ ތެރޭގައި ހިމެނޭ ކޮންމެ މުވައްޒަފަކުވެސް ވަޒީފާއިން ވަކިކުރެވޭނީ، އެއްޗަކަށް ވާޒީފާއިން
1982
އްޖޭގެ
2c22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 325029/ފެކްޓް
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2012/HC-A/182
11 ޤަޟިއްޔާ ނިމުނު ގޮ
و مری
ދެވެ
ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް
ފަހުގައިކަން އެނގޭކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC
-
A/2011
ޤަޟިއްޔާގައި ހިމެނޭ މައްސަލަފަދަ، ދިވެހިރާއްޖޭގެ ހައިކޯޓުން މިހާތަނަށް ނިންމާފައިވާ ވަޒީފާއާބެހޭ
މައްސަލަތަކަށް ބަލާއިރު، ޢާންމު އުސޫލެއްގެ ގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި، އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއާތަކީ ޢަދުލުވެރި
އިޖްރާއާތަކަށް ވުންކަން އެނގެން އޮންނަކަމާއި،
އިސްވެ ދެންނެވިފައިވާފަދަ ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޢަމަލުކުރަމުންދާ
ޤާނޫނުތަކުގައާއި، ކަމާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ކަނޑައެޅި ބަޔާންކޮށްފައިވާ އުސޫލުތަކުގެ
އަލީގައި، ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ވަޒީފާއާބެހޭ ޤާނޫނަށް ނަޒަރުކުރާއިރު، ޢާންމު
އުސޫލެއްގެ ގޮތުން، ރިޑަންޑަންޓްވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ވަކިކުރުމުގައި މައުޟޫޢީ
ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބެލެވޭނީ، ކުންފުނި ރީސްޓްރަކްޗަރކޮށް މުވައްޒަފުން
ރިޑަންޑަންޓްކުރުމަށް ނިންމި ނިންމުމަކީ ޙަޤީޤަތުގައިވެސް ކުންފުންޏަށް ކުރިމަތިވެފައިވާ އިޤްތިޞާދީ
(economic) ސަބަބުތަކަށްޓަކައި، ކުންފުނިން ހެޔޮނިޔަތުގައި ނިންމާފައިވާ ނިންމުމެއްކަމަށް
ވާނަމަކަމާއި،
އަދި، ރިޑަންޑަންސީގެ ޙާލަތުގައި މުވައްޒަފަކު ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ
އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތްތަކުގައި ކަނޑައެޅޭނީ، ކުންފުންޏަށް
ދިމާވެފައިވާ އިޤްތިޞާދީ ޙާލަތުގެ ސަބަބުން، ކުންފުނީގެ ވަޒީފާގައި ތިބި މުވައްޒަފުންތަކެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 33/471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2012/HC-A/182
12 ޤަޟިއްޔާ ނިމުނު "
می هرکی
OXOOO
ޅުމުގެ
ރިޑަންޑަންޓްކޮށް ވަޒީފާއިން ވަކިކުރަންޖެހިފައިވާކަން، ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ
އަންގާފައިވުމާއި، ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ބަޔަކު ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ
ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއްތާއި އުސޫލުތަކަކީ
ކޮބައިކަން ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ އަންގާފައިވުމާއި، ރިޑަންޑަންޓްވުމުގެ ސަބަބުން
ވަކިކުރެވޭ މުވައްޒަފުން ވަކިކުރެވޭނީ، ރިޑަންޑަންސީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރެވޭފަދަ އެކަށީގެންވާ ސަބަބެއްކަމަށް ބަލައިގެންކަމަށް ވުމާއެކު، ރިޑަންޑަންޓްވުމު
ސަބަބުން ވަކިކުރެވޭ މުވައްޒަފު ވަކިކުރުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން
ވަކިކުރެވޭ މުވައްޒަފުންނަށް، އެޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ އެޤާނޫނުގެ
25 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ ބަދަލުގައި ފައިސާ ދީފައިވާނަމަކަމާއި،
މީގެއިތިރުން، ރިޑަންޑަންޓްވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއްޞަ
ޢިނާޔަތްތަކެއް ދިނުމަށް ކުންފުނިން ކަނޑައަޅާފައިވާނަމަ، އެޢިނާޔަތް ލިބިދެވޭނެ ގޮތާއި މިންގަނޑުތައް
ކުރިން ކަނޑައެޅި، ކުންފުނީގެ މުވައްޒަފުންނަށް އެންގިފައިވާނަމަކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި، ޢަބްދު
ޝަޒްމީލް، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން
2011 ގައި ވަކިކޮށްފައިވަނީ އެކުންފުންޏަށް ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން، ރިޑަންޑަންސީއަކީ
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ
އެކަށީގެންވާ ސަބަބެއްކަމަށް ބަލައި، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އަދި އެޤާނޫނުގެ
25 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ ދިނުމަށްފަހުކަމަށް ކްރައުން
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާއިރު، އަދި މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިޑުލާނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A/182
کی مری
، ހައި29
13 ޤަޟިއްޔާ ނިމުނު ގޮތު
ބަލާ ނިންމުމުގައިވެސް، މައްސަލައާގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، މައްސަލަ ރައްދުވި
(އިސްތިއުނާފްކުރާ ފަރާތުގެ ވިޔަފާރީގެ ބޮޑުބައެއް، 5 (ފަހެއް) ނުވަތަ 6 (ހައެއް) މަސްދުވަހުގެ
މުއްދަތަށް ހުއްޓާލަންޖެހުމާ ގުޅިގެން ރިޑަންޑަންސީގެ ޙާލަތު އެކުންފުންޏަށް ކުރިމަތިވެފައިވާކަމަށް
ކަނޑައަޅާފައިވާކަމާއި، އަދި މިމައްސަލައިގައި ރިޑަންޑަންސީގެ ޙާލަތު އޮތްކަމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލްއިން ކަނޑައަޅާފައިވާ ކަނޑައެޅުން، މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ޢަބްދު
ޝަޒްމީލްގެ ފަރާތުން އިސްތިއުނާފުކޮށްފައިނުވާކަމާއި، އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުން
މިމައްސަލަ ބެލުމުގައި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި ވަޒީފާއަދާކުރަމުންދިޔަ
މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަންޖެހޭފަދަ ރިޑަންޑަންސީގެ
އޮތްތޯ ނުވަތަ ނެތްތޯވެސް ބެލިފައިނުވާނޭކަމާއި،
ވީމާ، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލިފައިވާނީ، ކޮންރަޑް މޯލްޑިވްސް
ރަންގަލި އައިލަންޑްގައި ޢަބްދުﷲ ޝަޒްމީލް، އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011 ގައި
އޭނާ ވަކިކޮށްފައިވަނީ، އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އިސްތިއުނާފުކުރާ ފަރާތުން
ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަމަށް ބަލައިގެން {asstime) ކަމެވެ.
(ޅ) ހަވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި، ޢަބްދު
ޝަޒްމީލް، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން
2011 ގައި ވަކިކޮށްފައިވަނީ، އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން އިސްތިއުނާފުކުރާ ފަރާތުން
ޤާއިމު ކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިތޯ ބަލާއިރު، އިސްވެދެންނެވިފައިވާ ފަދައިން
ރިޑަންޑަންސީގެ ޙާލަތުގައި މުވައްޒަފަކު ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތްތަކުގައި ކަނޑައެޅޭނީ ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެފައިވާ
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2012/HC-A/182
14 ޤަޟިއްޔާ ނިމުނު "
کی مری مربع
ކުންފުނިން، ރިޑަންޑަންސީގެ ސަބަބުން އެކުންފުނީގެ ވަޒީފާއިން ވަކިކުރާ މުވައްޒަފުން ވަކިކުރުމުގައި
އަންނަނިވި އިޖްރާއީ ފިޔަވަޅުތައް އަޅާފައިވާނަމަކަމާއި، އެއީ:
1. ކުންފުންޏަށް ދިމާވެފައިވާ އިޤްތިޞާދީ ޙާލަތުގެ ސަބަބުން، ކުންފުނީގެ ވަޒީފާގައި ތިބި
މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް ވަޒީފާއިން ވަކިކުރަންޖެހިފައިވާކަން، ކުންފުނީގެ
މުވައްޒަފުންނަށް ކުރިއާލް އަންގާފައިވުން. އަދި
2. ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން
ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއްތާއި އުސޫލުތަކަކީ ކޮބައިކަން ކުންފުނީގެ މުއައްޒަފުންނަށް
ކުރިއާލާ އަންގާފައިވުން! އަދި
3. ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުންނަށް ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ
މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ އެޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ
ބަދަލުގައި ފައިސާ ދީފައިވުން، އަދި
4. ރިޑަންޑަންޓްވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތްތަކެއް ދިނުމަށް
ކުންފުނިން ކަނޑައަޅާފައިވާނަމަ، އެޢިނާޔަތް ލިބިދެވޭނެ ގޮތާއި މިންގަނޑުތައް ކުރިން
ކަނޑައެޅި، ކުންފުނީގެ މުވައްޒަފުންނަށް އެންގިފައިވުން؛
ކަމާއި
މިގޮތުން އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް
ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުގެ ވިޔަފާރީގެ ބޮޑުބައެއް، 5 (ފަހެއް) ނުވަތަ 6 (ހައެއް)
މަސްދުވަހުގެ މުއްދަތަށް ހުއްޓާލަންޖެހުމާ ގުޅިގެން ރިޑަންޑަންސީގެ ޙާލަތު އެކުންފުންޏަށް ކުރިމަތިވުމާ
ގުޅިގެން އެކުންފުނީގައި ވަޒީފާއަދާކުރަމުން ގެންދިޔަ މުވައްޒަފުންގެ ތެރެއިން ރިޑަންޑަންސީގެ ސަބަބުން
މުވައްޒަފުންތަކެއް ވަކިކުރުމަށް އެކުންފުނިން ނިންމުމަށްފަހު އެކަން، ކޮންރަޑް މޯލްޑިވްސް ރަންގައްޖޭގެ ހައިވީ
އައިލަންޑްގައި ވަޒީފާ އަދާކުރަމުން ގެންދިޔަ މުވައްޒަފުންނަށް އެންގުމަށްޓަކައި "ނޯޓިސް ގެ
0
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
83
2012/HC-A/182
15 ޤަޟިއްޔާ ނިމުނު "
ދެވެ
ރިޑަންޑަންސީސް" ގެ ނަމުގައި ނޯޓިހެއް ނެރެފައިވާކަމާއި، ނަމަވެސް މިމައްސަލައާ ގުޅިގެން
އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މިދެންނެވުނު ނޯޓިހުގެ ކޮޕީއަށް ބަލާއިރު،
އެ ނޯޓިސް ނެރެފައިވާ ތާރީޚެއް އެނގެން ނެތްކަމާއި، އެނޯޓިސް ނެރެފައިވަނީ މުވައްޒަފުން ވަޒީފާއިން
ވަކިކުރެވުނު ދުވަހުގެ ކުރީދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައިކަމަށް އިސްތިއުނާފު ރައްދުވާ ޢަބްދު
ޝަޒްމީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި، މިކަމަށް
އިސްތިއުނާފުކުރާ ފަރާތުން އެއްވެސް ވަރަކަށް އިންކާރުކޮށްފައިނުވާކަމާއި، އެހެންކަމުން ރިޑަންޑަންސީގެ
ސަބަބުން ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި ވަޒީފާ އަދާކުރަމުން ގެންދިޔަ މުވައްޒަފުންގެ
ތެރެއިން ބަޔަކު ވަޒީފާއިން ވަކިކުރަން ޖެހިފައިވާކަން، ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ
އެންގިފައިވާކަމަށް ބެލެވެން ނެތްކަމާއި،
އަދި، ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން
ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއްތާއި އުސޫލުތަކަކީ ކޮބައިކަން ކުންފުނީގެ މުވައްޒަފުންނަށް
ކުރިއާލާ އަންގާފައިވޭތޯ ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން، ރިޑަންޑަންސީގެ ސަބަބުން ވަޒީފާއިން
ވަކިކޮށްފައިވާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާނީ އެކަމަށްޓަކައި އެކުންފުނިން ކަނޑައެޅި
އުސޫލެއްގެ ދަށުންކަމަށާއި، އެ އުސޫލާބެހޭ ތަފްސީލު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް، 18 ޑިސެމްބަރު
2011 ގައި ދީފައިވާނޭ ކަމަށާއި، އަދި ރިޑަންޑަންސީގެ ސަބަބުން ވަޒީފާއިން ވަކިކުރި މުވައްޒަފުން
ކަނޑައެޅުމުގައި އެކުންފުނިން ބޭނުންކުރި އުސޫލުކަމަށް ބަޔާންކޮށް ތަފާތު 8 (އަށެއް) ކަމެއް،
އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ހުށަހަޅާފައިވާކަމާއި، އެހެންނަމަވެސް،
މިދެންނެވި އުސޫލުތައް ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ އަންގާފައިވާކަން އެނގެން ނެތްކަމާއި،
މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، މިމައްސަލާގައި
އިސްތިއުނާފު ރައްދުވާ ޢަބްދުﷲ ޝަޒްމީލް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާގެ ދަށުން، ޢަބްދުﷲ ޝަޒްމީލްއަށް
24 2 22
22
.އިކޯޓު "
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9212
16 ޤަޟިއްޔާ ނިމުނު "
2012/HC-A/182
4 9
04 0
ބަދަލުގައި ފައިސާއާއި، ރިޑަންޑަންސީ ޕޭމަންޓެއްގެ ގޮތުގައި އިތުރު 2 (ދޭއް) މަސްދުވަހުގެ މުސާރައާ
އެއްވަރުގެ އިނާޔަތެއް އިސްތިއުނާފުކުރާ ފަރާތުން ޢަބްދުﷲ ޝަޒްމީލް އަށް ދީފައިވާކަން އެނގޭކަމާއި،
އެހެންނަމަވެސް ރިޑަންޑަންސީ ޕޭމަންޓްގެ ގޮތުގައި ޢަބްދުﷲ ޝަޒްމީލްއަށް ލިބިދީފައިވާ،
އިސްވެދެންނެވުނު ޢިނާޔަތް ލިބިދެވޭނެ ގޮތާއި މިންގަނޑުތައް ކުރިން ކަނޑައެޅި، ޢަބްދު
ޝަޒްމީލްއަށް އެންގިފައިވާކަން އެންގެން ނެތްކަމާއި،
މިކަންކަމަށް ޖުމްލަގޮތެއްގައި ބަލާއިރު، ޢަބްދުﷲ ޝަޒްމީލް، ކޮންރަޑް މޯލްޑިވްސް
ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011 ގައި ވަކިކުރެވުނުއިރު، އޭނާ
ވަޒީފާއިން ވަކިކުރުމުގެ ކުރިން އިސްތިއުނާފުކުރާ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން
އެކުންފުނިން ޤާއިމުކޮށްފައިނުވާކާއި،
އެހެންކަމުން، ޢަބްދުﷲ ޝަޒްމީލް، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި
އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011 ގައި ވަކިކޮށްފައިވަނީ ޢަދުލުވެރި ގޮތެއްގައިކަމަށް
4 20 02
ބެލެވެން ނެތްކަމެވެ.
(ކ) ހަތްވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ފަދައިން، ޢަބްދުﷲ ޝަޒްމީލް،
ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011 ގައި
ވަކިކޮށްފައިވާ ވަކިކުރުމަކީ ޢަދުލުވެރިގޮތެއްގައި ހިނގާފައިވާ ކަމަކަށް ނުވުމާއެކު، އެކަމަށް އެކަށީގެންވާ
ޤާނޫނީ ޙައްލެއް އިސްތިއުނާފުކުރާ ފަރާތުގެ ކިބައިން ޢަބްދުﷲ ޝަޒްމީލަށް ލިބިދޭންޖެހޭނެކަމާއި،
ޙައްލު" ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އެހެންނަމަވެސް
އިސްވެދެންނެވިފައިވާ ފަދައިން، ޢަބްދުﷲ ޝަޒްމީލް ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި
އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތަށް ރިޑަން އަންނިގެ ޙާލަތު
3 ފ ދ ތ ދވ
2c22
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 361
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2012/HC-A/182
17 ޤަޟިއްޔާ ނިމުނު "
کی عمری
މެދުވެރިވެގެން އެކަމުގެ ސަބަބުންކަމަށްވެފައި، އަދި ރިޑަންޑަންސީގެ ޙާލަތަކީ ވަޒީފާއާބެހޭ ޤާނޫނުގެ
ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއްކަމަށް މީގެކުރިން ދިވެހިރާއްޖޭގެ
ހައިކޯޓުން ކަނޑައަޅުއްވާފައިވުމުން، މިމައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާފަދަ، އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުމުގެ މައްސަލައަކަށް ނުވާކަމާއި،
އެހެންކަމުން މިމައްސަލާގައި، ވަޒީފާއާބެހޭ ޤާނޫނުގެ އިސްވެމިދެންނެވުނު މާއްދާއަށް ޙަވާލާދީ، އެމާއްދާގެ
ދަށުން ޢަބްދުﷲ ޝަޒްމީލަށް ޤާނޫނީ ޙައްލެއް ލިބިނުދެވޭނެކަމާއި،
އިސްވެދެންނެވިފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، މިމައްސަލާގައި ޢަބްދު
ޝަޒްމީލް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށްވިއަސް، އޭނާ ވަޒީފާއިން
ވަކިކޮށްފައިވަނީ ރިޑަންޑަންސީގެ ސަބަބުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ
އިޖްރާއީ ޢަދުލުވެރިކަން ޤާއިމުނުކޮށްކަމާއި، މިފަދަ ޙާލަތްތަކުގައި ވަޒީފާއިން ވަކިކުރެވޭ މުވައްޒަފަށް
ލިބިދެވޭނެ ޤާނޫނީ ޙައްލެއް ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކުރެވިފައިނުވާކަމާއި، އެހެންކަމުން،
މިޙާލަތުގައި ޢަބްދުﷲ ޝަޒްމީލްއަށް ލިބިދެވޭނެ ޤާނޫނީ ޙައްލު ކަނޑައެޅުމުގައި، މިބާވަތުގެ
މައްސަލަތަކުގައި ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޢަމަލުކުރަމުންދާ ގޮތްތަކަށާއި،
ކަމާގުޅޭ
ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ޤާއިމުކޮށްފައިވާ އުސޫލުތަކަށް ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭނެކަމާއި،
މިގޮތުން، އިސްވެދެންނެވިފައިވާފަދަ ހުޅުވިގެންވާ ދީމިޤްރާތީ މުޖްތަމަޢުތަކުން
ޢަމަލުކުރަމުންދާ ޤާދީމީމިހިއީ
ނޫނުތަކުގައާއި،
އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެމް.އޯ.) ގެ
ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް
އެމްޕްލޮއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު 166) ގައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ ޢަދުލުވެރިކަން ޤާއިމުނުކޮށް ވަޒީފާއިން ވަކިކުރެވޭ މައްސަލަތަކުގައި އެފަދަ
މުވައްޒަފުންނަށް ލިބިދީފައިވާ ޤާނޫނީ ޙައްލުތަކަށް ބަލާއިރު، އެފަދަ މައްސަލަތަކުގައި މުވައްޒަފަށް
ލިބިދެވޭ އަސާސީ (primary) ޙައްލަކީ އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނުއިރު އަދާކުރަމުންގެންދިޔަ
4 22
xoc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A/182
18 ޤަޟިއްޔާ ނިމުނު "
کی عمری
ވެ
2/
ވަޒީފާ އަލުން އަނބުރާ ދިނުން (reinstatement) ކަމާއި، ނަމަވެސް އެމައްސަލައެއްގެ ވަށައިގެންވާ
ކަންތައްތަކަށް ބަލާއިރު، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނުއިރު އަދާކުރަމުންގެންދިޔަ ވަޒީފާ
އެމުވައްޒަފަކަށް އަލުން އަނބުރާ ލިބިދިނުމަކީ އެކަށޭނަ ކަމެއްކަމަށް ނުވާނަމަ ނުވަތަ ޢަމަލީގޮތުން
ކުރުން ދަތި (impractical) ކަމެއްކަމަށްވާނަމަ، އެމުވައްޒަފަކު އަދާކުރަމުންގެންދިއަ ވަޒީފާއެއް
އަނބުރާ އެމުވައްޒަފަކަށް ދިނުމުގެ ބަދަލުގައި، އެމުވައްޒަފަކަށް އެކަށީގެންވާ ޢަދުލުވެރި މާލީ ބަދުލެއް
(financial compensation) ނަގައިދިނުމަށްފަހު އެމުވައްޒަފަކީ ވަޒީފާއިން ވަކިވެފައިވާ
މީހަކުކަމުގައި ކަނޑައެޅިދާނެކަން އެނގޭކަމާއި،
ރިޑަންޑަސީގެ
ސީގެ ޙާލަތު މެދުވެރިވެގެން މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން
ވަކިކުރަނީ، އިސްވެދެންނެވިފައިވާ ފަދައިން، ވިޔަފާރީގެ ނަފާ ހޯދުމުގެ ގޮތުން ހިންގާ ކުންފުންޏަކުން،
އެކުންފުނި ހަރުދަނާކޮށް، ކުންފުނީގެ ނަފާ އިތުރުވާނޭ ގޮތެއްގެމަތިން ހިންގުމަށްޓަކައި ނުވަތަ ކުންފުނި
ރީސްޓްރަކްޗަރ ކުރުންފަދަ ކަމަކަށްޓަކައި ކުންފުނިން އަޅާ ފިޔަވަޅުތަކެއްގެ ސަބަބުން މުވައްޒަފަކު ނުވަތަ
މުވައްޒަފުންތަކެއް އަދާކުރަމުންގެންދިޔަ ވަޒީފާ ނެތިގެން ނުވަތަ އުވިގެންދިއުމާ ގުޅިގެންކަމަށްވެފައި،
އަދި، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން
ވަކިކުރުމަށް ކުންފުންޏަކުން ނިންމާ ނިންމުމުގައި ޤާއިމުވާންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާ
ޙާލަތްތަކުގައި ރިޑަންޑަންސީ އިޢުލާނު (declare) ކޮށް، މަޤާމުތަކެއް މަދުކުރުމުގެ ނުވަތަ އުވާލުމުގެ
އިޚްތިޔާރު ކޮންމެ ކުންފުންޏަކަށްވެސް ލިބިގެންވާއިރު، މިގޮތުގެމަތިން އުވާލެވޭ މަޤާމެއް އަލުން އުފައްދާ
އެމަޤާމުގައި ވަޒީފާއަދާކުރަމުން ގެންދިޔަ މުވައްޒަފަށް އަނބުރާ އެމަޤާމުދިނުމަކީ، އެފަދަ ކުންފުނިތަކަށް
ޢަމަލީގޮތުން ކުރުން ދަތި (impractical) ކަމަކަށް ވާނެކަމާއި، އެހެންކަމުން، ރިޑަންޑަސީގެ ޙާލަތު
މެދުވެރިވެގެންކަމަށް ބުނެ މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް، ކުންފުންޏެއްގެ ވަޒީފާއިން ވަކިކުރެވޭ
ޙާލަތްތަކުގައި، އެމުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުގައި އެކުންފުނިން
ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ ޙާލަތްތަކުގައި، އެކުންފުނިން ޤާއިމުކުރަންޓެވޭގެ
24 2
9
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 3/
16471*
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
19 ޤަޟިއްޔާ ނިމުނު ގޮ
2012/HC-A/182
ޗެ
އިޖްރާއީ ޢަދުލުވެރިކަން، އިސްވެދެންނެވިފައިވާ ގޮތުގެމަތިން، ޤާއިމުކޮށްފައިނުވިކަމުގައި ވީނަމަވެސް،
ރިޑަންޑަންސީގެ ސަބަބުން އެކުންފުނިން ވަކިކުރާ މުވައްޒަފަކު ނުވަތަ މުވައްޒަފުންނަށް، އެމީހުން
ވަޒީފާއިން ވަކިކުރިއިރު އަދާކުރަމުން ގެންދިއަ ވަޒީފާ އަނބުރާ ދިނުމަށް އެކުންފުންޏަށް މަޖުބޫރުކުރުމަކީ
ޢަދުލުވެރިގޮތެއް ނޫންކަމާއި، އެހެންކަމުން އެފަދަ ޙާލަތުގައި އެފަދަ މުވައްޒަފަކަށް ލިބިދެވޭނެ ޤާނޫނީ
ޙައްލަކީ، އެމުވައްޒަފަކު އަދާކުރަމުން ގެންދިއަ ވަޒީފާއެއް އަނބުރާ އެމުވައްޒަފަކަށް ދިނުމުގެ ބަދަލުގައި،
އެމުވައްޒަފަކަށް އެކަށީގެންވާ މާލީ ބަދަލެއް (finanacial compensation) ނަގައިދިނުންކަމާއި،
އަދި މިބަދަލަކީ، ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުންނަށް
ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި އެޤާނޫނުގެ 25
ވަނަ މާއްދާގެ ދަށުން ދެވޭ ފައިސާ އަދި ރިޑަންޑަންސީގެ ޙާލަތުގައި، ވަޒީފާދޭ ފަރާތުން "ރިޑަންޑަންސީ
ޕޭމަންޓް" ގެ ގޮތުގައި ދެވޭ ފައިސާގެ އިތުރުން، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން ވަޒީފާއިން
ވަކިކުރާ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ
ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކޮށްފައިނުވާތީ އެކަމުގެ ބަދަލެއްގެ ގޮތުން ވަޒީފާދޭ ފަރާތުގެ ކިބައިން
ނަގައިދެވޭ ބަދަލެއްކަމާއި، އެހެންނަމަވެސް މިއީ ވަޒީފާދޭ ފަރާތަށް އަދަބެއް ދިނުމުގެ ގޮތުން ނަގައިދެވޭ
ބަދަލެއް ނޫންކަމާއި، އެއާ ޚިލާފަށް މިބަދަލު ނަގައިދިނުމުގެ ބޭނުމަކީ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން
އެމުވައްޒަފަށް ލިބުނު ގެއްލުން ފޫބައްދައިދިނުންކަމާއި،
އަދި، މިގޮތުގެމަތިން ވަޒީފާދޭ ފަރާތުން ވަޒީފާއިން ވަކިކުރި ފަރާތަށް މާލީ ބަދަލުގެ
ގޮތުގައި ދޭންޖެހޭ
ފައިސާގެ މިންވަރު ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ، ވަޒީފާއާބެހޭ
ޓްރައިބިއުނަލްއަށްކަމާއި، މިގޮތުން ވަޒީފާދޭ ފަރާތުގެ ކިބައިން ނަގާދެވޭ ބަދަލުގެ މިންވަރު
ކަނޑައެޅުމުގައި، ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުގެ އުމުރަށާއި، ވަޒީފާއިން ވަކިކުރެވުނުއިރު
އެމުވައްޒަފަކު ހުރި މަޤާމަށާއި، އެމަޤާމުގެ ޒިންމާތަކަށާއި، އެމުވައްޒަފެއްގެ ތަޖުރިބާއަށާއި،
އެމުވައްޒަފަކު ވަޒީފާގައި ހޭދަކޮށްފައިވާ ޖުމްލަ މުއްދަތަނާއި، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤްބެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް، 331A71)
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A/182
گمرکی
ދެލީ
20 ޤަޟިއްޔާ ނިމުނު ގޮ
ރެކޯޑަށާއި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ މިންވަރަށާއި،
ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އެމުވައްޒަފެއްގެ ކެރިއަރަށް ކޮށްފާނެ އަސަރަށާއި، ވަޒީފާއިން ވަކިކުރި
މުވައްޒަފަށް އެހެން ވަޒީފާއެއް ހޯދުމަށް އޮތް ފުރުޞަތަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން
ރިޢާޔަތްކުރަންޖެހޭނެކަމާއި، އަދި މިގޮތުގެމަތިން، އިސްވެދެންނެވިފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް
ގޮތެއް ނިންމުމުގައި މައްސަލާގައި ހިމެނޭ ދެފަރާތުން އެކަންކަމާމެދު ދެކޭގޮތެއް ވަޒީފާއާބެހޭ
ޓްރައިބިއުނަލްއިން ބަލަންޖެހޭނެކަމާއި،
އަދި ރިޑަންޑަންސީގެ ސަބަބުން މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގައި ވަޒީފާދޭ
ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ފުރިހަމަށް ޤާއިމުކޮށްފައި ނުވިނަމަވެސް، އެޙާލަތުގައި
ވަޒީފާއިން ވަކިވާ މުވައްޒަފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބޭ ގެއްލުން، އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އެމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ވަކިގޮތެއް
ނިންމުމާދެމެދު ހިނގާ މުއްދަތުގައި، ކުޑަކުރުމަށް މަސައްކަތްކުރުމަކީ ވަޒީފާއިން ވަކިވި މުވައްޒަފަކު
ކުރަންޖެހޭކަމެއްކަމާއި، މިގޮތުން އެމުވައްޒަފަކު ވަޒީފާއިން ވަކިވުމާ ގުޅިގެން އޭނާއަށް ލިބޭ ގެއްލުން
ކުޑަކުރުމުގެ ގޮތުން، މިދެންނެވުނު މުއްދަތުގެ ތެރޭގައި އެހެން ވަޒީފާއެއް ހޯދުންފަދަ، އެކަށީގެންވާ
ކަންތައްތަކެއް އެމުވައްޒަފަކު ކޮށްފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފެނިއްޖެނަމަ،
ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން ވަޒީފާއިން ވަކިކުރާ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކޮށްފައިނުވާތީ އެކަމުގެ
ބަދަލެއްގެ ގޮތުން ވަޒީފާދޭ ފަރާތުގެ ކިބައިން އެމުވައްޒަފަކަށް ނަގައިދެވޭ ބަދަލުގެ މިންވަރު ކުޑަކުރުމުގެ
އިޚްތިޔާރުވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިބިގެންވާކަމެވެ.
ox
(އ) އަށްވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި އިސްތިއުނާފު
ރައްދުވާ ޢަބްދުﷲ ޝަޒްމީލު، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއާއި 413 ކީއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2012/HC-A/182
کی عمری
94
21 ޤަޟިއްޔާ ނިމުނު "
ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ހިންގާފައިވާކަމަށް ކްރައުން ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ބުނާ ޢަމަލުތަކަކާ ގުޅިގެން، އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2011/VTR/116 މައްސަލާގައި އެޓްރައިބިއުނަލްއިން ނިންމާފައިވާ ގޮތުގެމަތިން ޢަބްދު
ޝަޒްމީލަށް އޭނާ ވަޒީފާއިން ވަކިކުރެވުނުއިރު އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ނުދެވޭނެކަމަށްބުނެ،
މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު އެންމެފަހު އަޑުއެހުމުގައި، މިމައްސަލަ
އިސްތިއުނާފުކޮށްފައިވާ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމަށް މަސައްކަތްކޮށްފައިވާ ނުކުތާ މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހުން ބަލައިގެންފައިނުވަނީ،
ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާ މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި
ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާ މައްސަލަތައް ބެލުމުގެ
ކޮށްފައިވާ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، އަދި، "އިސްތިއުނާފް އުސޫލުތަކުގެ މައްޗަށް
ވިސްނާ ބަލާއިރު އިސްތިއުނާޕީ ދަޢުވާ ބިނާވާން ޖެހޭނީ ދަށުކޯޓުގެ ނިންމުން ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާއި ޚިލާފުވާނަމަ އެނުކުތާގެ މައްޗަށް ކަމަށްވެފައި، ދަށުކޯޓުން ބައްލަވާ ފައިސަލާކުރަނިވި
ނިޔާއެއް ކަނޑައެޅިފައި ނުވާކަމަކާމެދު އިސްތިއުނާފުގެ މަރުޙަލާގައި ގޮތެއް ކަނޑައެޅުމަކީ
އެމައްސަލާގައި ހިމެނޭ ފަރާތްތަކަށް ޤާނޫނީ ގޮތުން އޮތް އިސްތިއުނާފުކުރުމުގެ ޙައްޤަށް ހުރަސް
އެޅިދާނެ" ކަމެއް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 24/HC
-
A/2009 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަށް ޖުމްލަ ގޮތެއްގައި ބަލާއިރު، އަދި އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލާގައި
އެޓްރައިބިއުނަލްއިން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތްނުވާކަމަށް ބުނެ
ހުށަހަޅާފައިވާ މައްސަލައަކަށްވީއިރު، އަދި އެމައްސަލް ޓްރައިބިއުނަލްއިން އިންސްގެ މަތް
އުސޫލު ބަޔާންކޮށް
ފ ދ ތ 8
މެއެއްކަމަކަށް
116/VTR/2011
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 647
3
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A/182
22 ޤަޟިއްޔާ ނިމުނު
می گم مجری
=32
ރިޢާޔަތްކޮށްފައިވާނީ، އެމައްސަލައާ ގުޅިގެން އެޓްރައިބިއުނަލްއަށް ހުށަހެޅިފައިވާ ކަންތައްތަކާއި،
މައްސަލަ އެޓްރައިބިއުނަލްއަށް ހުށަހެޅުނުއިރު ވުޖޫދުގައިވާ ޙަޤީޤަތްތަކުގެ މައްޗަށްކަމަށްވީއިރު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އެނިންމުމުގެ ޤާނޫނީ ޞައްޙަކަމާމެދު ގޮތެއް ކަނޑައެޅުމުގައި އެނިންމުން
ނިމުމުގައި ޓްރައިބިއުނަލްއިން ރިޢާޔަތްކުރުމުގެ ފުރުޞަތު ނެތް، އަދި އެމައްސަލަ ޓްރައިބިއުނަލްއިން
ބަލާ ނިންމުމުގެ މާފަހުން ވުޖޫދުވެފައިވާ ޙަޤީޤަތްތަކެއްގެ މައްޗަށް އިސްތިއުނާފް މަރުޙަލާގައި މިހާރު
ބެލެވުމަކީ ޝަރީޢަތްކުރުމުގެ ހަމަތަކާ ފުށުއަރާނެކަމެއްކަމުގައި، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭތީކަމެވެ.
<< O
ވީމާ، އިސްވެ ފާހަގަކުރެވިފައިވާ ކަންކަން އެހެން ހުރުމާއެކު، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، މިމައްސަލާގައި އިސްތިއުނާފު ރައްދުވާ
ޢަބްދުﷲ ޝަޒްމީލް، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން،
4 ޖޫން 2011 ގައި ވަކިކޮށްފައިވަނީ، ރިޑަންޑަންސީގެ ޙާލަތުމެދުވެރިވެގެން ވަޒީފާއިން ވަކިކުރާ
މުވައްޒަފުން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ފުރިހަމައަށް
ޤާއިމުނުކޮށްކަމަށް ވީނަމަވެސް، އެސަބަބަށްޓަކައި، ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން
ވަކިކުރިއިރު އަދާކުރަމުން ގެންދިއަ ވަޒީފާ އަނބުރާ ދިނުމަށް ވަޒީފާއިން ވަކިކުރި ކުންފުންޏަށް
މަޖުބޫރުކުރުމަކީ ޢަދުލުވެރިގޮތަކަށް ނުވުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2011/VTR/116 މައްސަލާގައި ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ
ހައިކޯޓުން ބަދަލުގެންނަންޖެހޭކަމަށާއި، އެހެންނަމަވެސް، މިމައްސަލާގައި އިސްތިއުނާފު ރައްދުވާ ޢަބްދު
ޝަޒްމީލު ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން
2011 ގައި ވަކިކޮށްފައިވަނީ، ރިޑަންޑަންސީގެ އާލަތުމެދުވެރިވެގެން ވަޒީފާއިން ވަކިކުރާ މުވައްޒަފުން
ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ފުރިހަމައަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 164
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
23
4 43
ޤަޟިއްޔާ ނިމުނު
2012/HC-A/182
من مي گمرکی ملی و ممب
ޤާއިމުނުކޮށްކަމަށްވުމާއެކު، މިމައްސަލައަކީ، މިފަދަ މައްސަލަތަކުގައި ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް
ނަގައިދޭންޖެހޭ މާލީ ބަދަލުގެ މިންވަރު ކަނޑައެޅުމަށާއި، ރިޑަންޑަންސީގެ ޙާލަތުގައި ވަކިކުރާ
މުވައްޒަފުންނަށް ޤާނޫނީގޮތުން ލިބިދޭންޖެހޭ އެހެނިހެން މާލީ އިނާޔަތްތައް ކްރައުން ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑްގެ ކިބައިން ޢަބްދުﷲ ޝަޒްމީލަށް ލިބިދީފައިވޭތޯ ބަލާ، އޭގެތެރެއިން އިނާޔަތެއް ޢަބްދު
ޝަޒްމީލަށް ލިބިދީފައިނުވާނަމަ އެއިނާޔަތެއް އޭނާއަށް ލިބިދިނުމުގެގޮތުން، އެޓްރައިބިއުނަލްއިން އަލުން
ބަލައި، ފައިސަލާކުރަނިވި ނިންމުމެއް ނިންމަންޖެހޭ މައްސަލައެއް ކަމުގައެވެ.
2x 22
0474
ޙުކުމް
އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ތ 2
0
2
24
3
19ނ ވ
ކަންކަން
2
x
کر میری
19ނކރވާ
22 23 2
F422
92 0.
ޞިނބަރ
116/VTR/2011
ރެކުރެ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
މައްސަލާގައި އެޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2011/VTR:116 މައްސަލާގައި އެޓްރައިބިއުނަލްއިން ނިންމާފައިވާ
ނިންމުން ބާޠިލުކޮށް، ހިތަދޫ!ދުގެތިމާގެ، ޢަބްދުﷲ ޝަޒްމީލު ކޮންރަޑް މޯލްޑިވްސް ރަންގަލި
އައިލަންޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، 4 ޖޫން 2011 ގައި ވަކިކޮށްފައިވަނީ،
ރިޑަންޑަންސީގެ ޙާލަތުމެދުވެރިވެގެން ވަޒީފާއިން ވަކިކުރާ މުވައްޒަފުން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން
ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުނުކޮށްކަމަށްވުމާއެކު، ކްރައުން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ސ. ހިތަދޫދުގެތިމާގެ، ޢަބްދުﷲ ޝަޒްމީލަށް ނަގައިދެންޖެހޭ މާލީ
ބަދަލުގެ މިންވަރު، އެފަދަ މައްސަލަތަކުގައި ނަގައިދެވޭ މާލީ ބަދަލުގެ މިންވަރު ކަނޑައެޅުމާ ބެހޭގޮތުން
މިޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅުމަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 38194"
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
24 ޤަޟިއްޔާ ނިމުނު "
2012/HC-A/182
کی عمری
ރިޑަންޑަންސީގެ ޙާލަތުގައި ވަކިކުރާ މުވައްޒަފުންނަށް ޤާނޫނީގޮތުން ލިބިދޭންޖެހޭ އެހެނިހެން މާލީ
އިނާޔަތްތައް ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ސ. ހިތަދޫދުގެތިމާގެ، ޢަބްދު
ޝަޒްމީލަށް ލިބިދީފައިވޭތޯ ބަލާ، އޭގެތެރެއިން އިނާޔަތެއް އޭނާއަށް ލިބިދީފައިނުވާނަމަ އެއިނާޔަތެއް
އޭނާއަށް ލިބިދިނުމުގެގޮތުން، އެމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އަލުންބަލައި ފައިސަލާކުރަނިވި
ނިންމުމެއް ނިންމުމަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން،
ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ތައުވީލުކުރުމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv