ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/23 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2015/HC-A/23
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 23/HC
-
A/2015
އިސްތިއުނާފު ކުރިފަރާތް:
* ނަން: މުޙައްމަދު ނާޝިމް
އައިޑީ ކާޑު ނަންބަރު: A022042
* ދާއިމީ އެޑްރެސް: މަލްވިން ސ. ހިތަދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: -
ދާއިމީ އެޑްރެސް:
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 30 ރަބީޢުލްއައްވަލް 1436
21 ޖެނުއަރީ 2015
ނިމުނު ތާރީޚް: 26 ޖުމާދަލްއޫލާ 1436
17 މާޗް 2015
1 2 3034
ބ ނކރހާ
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cr-C/460
ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މިމަށްޓަކައި އަތުގައި ބެހެއްޓުން
• ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
* ހުށަހެޅުނު ތާރީޚް: 18 ޖުލައި 2012
ނިމުނު ތާރީޚް: 2 ސެޕްޓެމްބަރު 2014
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: ]3847#
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2015/HC-A/23
2 ޤަޟިއްޔާ ނިމުނު "
کمر مترمربع
ދަޢުވާގެ ޚުލާޞާ
މިއީ،
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/460 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި މުޙައްމަދު ނާޝިމް، މަލްވިން ސ. ހިތަދޫ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A022042) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/460
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، 28 ޑިސެމްބަރު 2009 ގެ 21:30 ހައިކަންހާއިރު،
ހިތަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން، ސ.
ހިތަދޫ ރީޖަނަލް
ހޮސްޕިޓަލުގެ ފުރަގަހުން ކިނބިގަސްތައް ކައިރިން ދުއްވާފައި ދަނިކޮށް، ސ. ހިތަދޫމަލްވިން، މުޙައްމަދު
ނާޝިމް، އެވަގުތު އެސަރަހައްދުގައި ހުރެފައި ފުލުހުންގެ ވެހިކަލް ފެނުމުން އެއްޗެއް އެއްލާލިތަން
ފެނިގެން، އޭނާ އެއްލާލި އެތި ނަގާ ބެލިއިރު، އެރަބަރު ޕެކެޓް ތެރޭގައި މަސްތުވާތަކެތި އަޅާފައިވާ 7
(ހަތެއް) ސެލޯފިންކޮޅު އޮއްވާ ފެނިގެން، އެތަކެތި ނަގާ ތަޙްލީލުކުރިއިރު، އެތަކެތީގައި 0.2834 ގްރާމް
ޓެޓްރާހައިޑްރޯ ކެނަބިނޯލާއި، 0.1630 ގްރާމް ކެނަބިނޯލް ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން
ދައްކާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ 1
ވަނަ ނަންބަރާއި ޙަވާލާދީ އެމާއްދާގެ (ބ) ގެ ދަށުން މުޙައްމަދު ނާޝިމްގެ މައްޗަށް، މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ކުރުމުން، ކްރިމިނަލް ކޯޓުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮ
2015/HC-A/23
کی مرکی
ދެލީ
އެޤަޟިއްޔާގެ ޙުކުމުގައިވަނީ، "ދެންފަހެ،
ހިތަދޫ!މަލްވިން މުޙައްމަދު
ނާޘިމްގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާކުރި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި
އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލަ ޝަރީޢަތުން ބެލިބެލުމުން، މިމައްސަލައާއި ގުޅިގެން ހެކިން
ދައްކާފައިވާ ވާހަކަތަކަށާއި، މިމައްސަލާގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، 2009 ވަނަ
އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހުގެ 21:30 ހާއިރު، މުޙައްމަދު ނާޝިމްގެ އަތުން 0.4464 ގްރާމް
ކެނަބިސް ފެނިފައިވާކަން އެނގެން އޮންނާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ
4 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރާއި ޙަވާލާދީ، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން މުޙައްމަދު ނާޖިމް ކުށްވެރިވާކަމަށް ކަނޑައަޅައި،
މިކުށުގެ ޢުޤޫބާތެއްގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 04 ވަނަ މާއްދާގެ (ބ) ގެ ދަށުން 05 (ފަހެއް)
އަހަރު ދުވަހުގެ މުއްދަތަށް މުޙައްމަދު ނާޝިމް ޖަލަށްލުމަށް ޙުކުމްކޮށް، މިޤަޟިއްޔާ ނިންމީއެވެ"
މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
4 22
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/460 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މުޙައްމަދު ނާޝިމްގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން މުޙައްމަދު ނާޝިމްގެ
ފަރާތުން ހުށަހަޅާފައިވާ'
<< O
• ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ
މާއްދާގެ (އ) އާ ޚިލާފަށް ނިންމާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
¢ ¢3
4 ޤަޟިއްޔާ ނިމުނު 1
2015/HC-A/23
ދެވެ
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 276/HC
-
A/2013
ޤަޟިއްޔާ އަށާއި ހަމަ އެކޯޓުގެ ނަންބަރު 171/HC
-
A/2008 ޤަޟިއްޔާގައި ކަނޑައަޅާފައިވާ
ޝަރީޢަތުގައި ހެކިވެރިން ދޭ ހެކިބަހަށް ބުރަދަން ދޭންޖެހޭ އުޞޫލާއި ޚިލާފަށް ނިންމާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ޖިނާއީ ދައުވާއެއް ސާބިތުވާކަމަށް ކޯޓުން ކުރާ ޙުކުމް
އަބަދުވެސް ބިނާވާންޖެހޭނީ ސައްޙަ ދަލީލުތަކާއި ޤަރީނާތަކުގެ މައްޗަށްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 01/SC
-
A/2012 ޤަޟިއްޔާގެ 3 އަދި 4 ވަނަ ނުކުތާ އާއި އެ 2 ނުކުތާގައި
ފާހަގަކޮށްފައިވާ އުޞޫލާއި ޚިލާފަށް ނިންމާފައިވާބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/460
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން މުޙައްމަދު ނާޝިމްގެ
ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ
ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން
ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2012/Cr-C/460 ޤަޟިއްޔާގައި ހިމެނޭ މައްސަލައަށް ބަލާއިރު އެމައްސަލައަކީ، 28 ޑިސެމްބަރު
2009 ގެ 21:30 ހައިކަންހާއިރު، ހިތަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން
ރަށުތެރެ ޕެޓްރޯލުކުރަމުން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ފުރަގަހުން ކިނބިގަސްތައް ކައިރިން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2015/HC-A/23
و مری
=32
5 ޤަޟިއްޔާ ނިމުނު "
ދުއްވާފައި ދަނިކޮށް، މިމައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާ، ހިތަދޫމަލްވިން، މުޙައްމަދު
ނާޝިމް، އެވަގުތު އެސަރަހައްދުގައި ހުރެފައި ފުލުހުންގެ ވެހިކަލް ފެނުމުން އެއްޗެއް އެއްލާލިތަން
ފެނިގެން، އޭނާ އެއްލާލި އެތި ނަގާ ބެލިއިރު، އެރަބަރު ޕެކެޓް ތެރޭގައި މަސްތުވާތަކެތި އަޅާފައިވާ 7
(ހަތެއް) ސެލޯފިންކޮޅު އޮއްވާ ފެނިގެން، އެތަކެތި ނަގާ ތަޙްލީލުކުރިއިރު، އެތަކެތީގައި 0.2834 ގްރާމް
ޓެޓްރާހައިޑްރޯ ކެނަބިނޯލާއި، 0.1630 ގްރާމް ކެނަބިނޯލް ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން
ދައްކާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ 1
ވަނަ ނަންބަރާއި ޙަވާލާދީ އެމާއްދާގެ (ބ) ގެ ދަށުން މުޙައްމަދު ނާޝިމްގެ މައްޗަށް، ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅުމުން، ކްރިމިނަލް ކޯޓުން ބައްލަވާ ނިންމަވާފައިވާ މައްސަލައެއްކަން
އެނގެންއޮތްއިރު، އެދަޢުވާއަށް ކްރިމިނަލް ކޯޓުގައި މުޙައްމަދު ނާޖިމް އިންކާރުކޮށްފައިވާކަމާއި،
މުޙައްމަދު ނާޒިމްގެ މައްޗަށް ދައުލަތުންކޮށްފައިވާ، އިސްވެމިދެންނެވުނު ދަޢުވާއަށް
އޭނާ އިންކާރުކުރުމާ ގުޅިގެން އެމައްސަލަ ސާބިތުކުރުމުގެ ގޮތުން ޝަރީޢަތަށް ހުށަހަޅާފައިވަނީ،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޮންސްޓަބަލް އައްސާން ޙަބީބުއާއި، ޕޮލިސް ކޮންސްޓަބަލް
މުޙައްމަދު ޢިމާދުއާއި، ޕޮލިސް ކޮންސްޓަބަލް އާދަމް ޢަލީގެ ހެކިބަހާއި، ކުށުގެ ވެށިން ފެނުނުކަމަށް
ދައުލަތުގެ ފަރާތުން ބުނެފައިވާ ތަކެތީގެ ލެބޯޓްރީ ތަޙްލީލު ރިޕޯޓާއި އެތަކެތި ތަޙްލީލުކުރި މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް ޢަބްދުއްރަޙްމާނު ޤާސިމްއާއި، ތަޙްލީލުކުރެވުނުއިރު ހުރި
ފަރާތްކަމަށްވާ ޕޮލިސް ސާޖަންޓް އަޙްމަދު ބިލާލުގެ ހެކިބަސްކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ދައުލަތުގެ
ފަރާތުން ހުށަހަޅާފައިވާ، އިސްވެދެންނެވިފައިވާ ހެކިންގެ ތެރެއިން ޕޮލިސް ކޮންސްޓަބަލް ޙައްސާން
ޙަބީބުގެ ހެކިބަހަށް ބަލާއިރު މުޙައްމަދު ނާޖިމް އެއްޗެއް އެއްލާލިކަމަށް އޭނާ ބެލީ މުޙައްމަދު ނާޝިމްގެ
އަތުގެ އިޝާރާތް ހުރިގޮތުން އޭނާ އެއްޗެއް އެއްލާލިކަމަށް ހީވެގެންކަމަށް ބަޔާންކޮށްފައިވާއިރު،
ދިވެހިރާއްޑޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2015/HC-A/23
کی عمری
6 ޤަޟިއްޔާ ނިމުނު ގޮ
މިމައްސަލާގައި ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ޕޮލިސް ކޮންސްޓަބަލް އާދަމް ޢަލީގެ
ހެކިބަހުގައި މައްސަލަ ހިނގާ ދިޔަ ގޮތް ހަދާންނެތްކަމަށާއި، ނަމަވެސް ލަފާކުރެވޭގޮތުގައި އެމީހުން
(މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރުން) ޕެޓްރޯލްކުރަމުންގޮސް އެތަނަށް މަޑުކުރި ވަގުތު
މުޙައްމަދު ނާޝިމްގެ އަތުން އެއްޗެއް އެއްލާލީކަމަށް ބުނެފައިވާކަމާއި، އަދި މިމައްސަލާގައި
ހެކިބަސްދީފައިވާ ޕޮލިސް ކޮންސްޓަބަލް މުޙައްމަދު ޢިމާދު ކްރިމިނަލް ކޯޓަށް ދީފައިވާ ހެކިބަހުގައި
މުޙައްމަދު ނާޝިމް ހައްޔަރުކުރުމުގެ ކުރިން އޭނާގެ ފަރާތުން (އެއްޗެއް އެއްލާލުންފަދަ) އެއްވެސް ޢަމަލެއް
ހިންގިތަން ފެނިފައިނުވާކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމާއި،
މީގެ އިތުރުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ދައުލަތުގެ ފަރާތުން
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2010
/
38/FSDD
)
-DR
ލެބޯޓްރީ ތަޙްލީލު ރިޕޯޓަށް ބަލާއިރު، މުޙައްމަދު ނާޖިމް އެއްލާލިކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާ
ރަބަރު ޕެކެޓުގައި 0.2834 ގްރާމް ޓެޓްރާހައިޑްރޯ ކެނަބިނޯލް އާއި 0.1630 ގްރާމް ކެނަބިނޯލް
ހުރިކަމަށް އެތަކެތީގެ ތަޙްލީލުން ދެއްކިކަމުގައި ވީނަމަވެސް، އެތަކެއްޗަކީ މުޙައްމަދު ނާޝިމްގެ ހިޔާޒަތުގެ
ދަށުގައި ހުރި ތަކެތިކަން ނުވަތަ އެތަކެއްޗަކީ އޭނާއާ ގުޅުންހުރި ތަކެތިކަން ސާބިތުކޮށްދިނުމުގެ ގޮތުން،
އެތަކެތި އަޅާފައިވާ ޕެކެޓުން ނެގިފައިވާ އޭނާގެ އިނގިލީގެ ނިޝާން ނުވަތަ އޭނާ ހައްޔަރުކުރެވުނުއިރު
އޭނާ ހުރީ އެފަދަ އެއްޗެއް ބޭނުންކޮށްގެންކަން ދައްކުވައިދޭފަދަ އެއްވެސް ނުވަތަ
ޤަރީނާއެއްވިއަސް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާކަން އެނގެން އޮންނަކަމެވެ .
ހެއްކެއެ
(ނ) ތިންވަނަ ކަމަކީ ޖިނާއީ މައްސަލައެއް ޝަރީޢަތުން ސާބިތުވާކަމަށް
ކަނޑައެޅުމުގައި ފަނޑިޔާރު ބަލަންޖެހޭ މިންގަނޑަކީ، އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ
މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވުންކަން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ
މާއްދާގެ (އ) އަށް ބެލުމުން އެނގޭއިރު، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ޤާޔޫ2 227
cނވެ.
/ޤަޟިއްޔާ ނިމުނު ގޮތު
کمر متي مو
2015/HC-A/23
ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ތަޤްލީމް (evaluation) ކޮށް ވަޒަންކުރުމަށްފަހު، އެފަނޑިޔާރަށް
ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ
މިންވަރަށް އިޤުތިޞާޢު (convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި
ޙުކުމް ކޮށްގެން ނުވާނެކަމީ ޤަރީނަތުން ބަރާއާ (presumption of innocence) ގެ ޢާންމު ޤާނޫނީ
މަބްދަޢުގެ އެންމެ މުހިންމު އެއް ޚާއްޞިއްޔަތުކަން އެނގެން އޮންނަކަމަށާއި، ޖިނާއީ ދައުވާއެއް
ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް ބިނާވާންޖެހޭނީ އަބަދުވެސް ޤާނޫނީ ގޮތުން ޞައްޙަ
ދަލީލުތަކާއި ޤަރީނާތަކެއްގެ މައްޗަށްކަމަށްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
01/SC
-
A/2012 ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 އަދި 4
އަށް ބެލުމުން އެންގެން އޮތްއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި މުޙައްމަދު ނާދިމުގެ މައްޗަށް ދައުލަތުން
ތުހުމަތުކޮށްފައިވާ ކުށް ސާބިތުކުރުމުގެ ގޮތުން ޝަރީޢަތަށް ހުށަހަޅާފައިވާ، އިސްވެދެންނެވިފައިވާ
ހެކި!ޤާރީނާތަކަށް ޖުމްލަގޮތެއްގައި ބަލާއިރު، ހަމައެކަނި އެހެކި!ޤަރީނާތަކުގެ މައްޗަށް ބުރަވެ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އިސްވެދެންނެވިފައިވާ ޤާނޫނީ ހަމަތަކުގެ މަތިން،
މުޙައްމަދު ނާދިމުގެ މައްޗަށް، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 4 ވަނަ
މާއްދާގެ (ހ) ގެ ވަނަ ނަންބަރާއި ޙަވާލާދީ އެމާއްދާގެ (ބ) ގެ ދަށުން ހުށަހަޅާފައިވާ،
މަނާކުރެވިފައިވާ
ދެކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް، ޤާނޫނުއަސާސީގެ 51
ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ، އެކަށީގެންވާ ޝައް މިންވަރަށް ސާބިތުވާކަމަށް
ކަނޑައެޅިދާނޭކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް
ވާޗު 2ބބެ ކ
2
7
0
22 ހއ ހ
l
އކެއަނވާ
ދިވެހިރާ2
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:
A316471، ދިވެހިކާޑުގެ
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
43
8 ޤަޟިއްޔާ ނިމުނު ގޮ
2015/HC-A/23
میری معلم مب
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/Cr-C/460 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭ ޙުކުމެއްކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤުވެވިފައިވެއެވެ.
ޙުކުމް
ކަންކަން
ކީތްކުރެވުނު ގޮތަށް ހުރުމާއެކު،
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/460 ޤަޟިއްޔާގައި،
ހިތަދޫ މަލްވިން، މުޙައްމަދު ނާޝިމް، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 4
ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި ޙަވާލާދީ، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން ކުށްވެރިވާކަމަށް ކަނޑައަޅާއި، އެކުށުގެ ޢުޤޫބާތެއްގެ
ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 04 ވަނަ މާއްދާގެ (ބ) ގެ ދަށުން 05 (ފަހެއް) އަހަރު ދުވަހުގެ
މުއްދަތަށް މުޙައްމަދު ނާޖިމް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ޙުކުމް، މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، އެގޮތުގެމަތިން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv