ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/30 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/30
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
9
0
ޤަޟިއްޔާ ނަންބަރު: 30/HC-A/2010
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޢަބްދުﷲ ރަޝީދު ޙަސަން
އައިޑީ ކާޑު ނަންބަރު: A121071
*
ދާއިމީ އެޑްރެސް: ކުރެދިވަރުގެ/ ޅ.ނައިފަރު
މިހާރުގެ އެޑްރެސް: ލ.ބާރޑްލައިން |މާލެ
*
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީކުރެވުނު ތާރީޚް: 02 ރަބީޢުލްއައްވަލު 1431
ނިމުނު ތާރީޚް: 12 ޛުލްޤައިދާ 1433
18 އޮކްޓޫބަރ 2012
16 ފެބްރުއަރީ
2010
ހައިކޯޓް
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/G2C/80
• ޤަޟިއްޔާގެ ބާވަތް: ޚިޔާނާތްތެރިވުން
ނިންމެވި ކޯޓް: ފާދިއްޕޮޅު ނައިފަރު ކޯޓް
0
ދިވެހިރާއްޖެ
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، އިސްފަނޑިޔާރު: އަޙްމަދު ޝަރީފު، ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2
2010/HC-A/30
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދައުވާގެ ޚުލާޞާ
މިއީ، ފާދިއްޕޮޅު ނައިފަރުކޯޓުގެ ނަންބަރު 2008/G2C/80 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ޅ.ނައިފަރު
ކުރެދިވަރުގެ ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ރެވުނު ނުކުތާތައް
J
01- ފާދިއްޕޮޅު ނައިފަރުކޯޓުގެ ނަންބަރު 2008/G2C/80 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ " ޅ.ނައިފަރު ކަކުރެދިވަރުގެ ޢަބްދުﷲ ރަޝީދު ޙަސަން ޅ.ނައިފަރު
ވިދުވަރު މިއުޒިކް ކްލަބްގެ ރައީސްގެ ގޮތުން އެކުލަބްގެ ހުރިހާކަމެއް ހިންގުމުގެ އެންމެ އިސްވެރިއެއްގެ
ޙައިޘިއްޔަތުން ހުރެ، ވިދުވަރު މިއުޒިކް ކްލަބްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ނައިފަރު ބްރާންޗްގައި
ހުޅުވާފައިއޮތް ނަންބަރު 101-323058-7750 އެކައުންޓުން 2007 ވަނަ އަހަރުގެ އެކިދުވަސްތަކުގެ
މަތީން ޖުމްލަ -/
164000ރ. (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ރުފިޔާ) ނަގައި މިފައިސާ ޢަބްދު
ރަޝީދު ޙަސަންގެ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށް، ވިދުވަރު މިއުޒިކް ކްލަބްގެ ފައިސާއަށް
ޚިޔާނާތްތެރިވެފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން
ޢަބްދުﷲ ރަޝީދު ޙަސަންގެ މައްޗަށް ދިހަހާސް ރުފިޔާ އަށްވުރެމަތީ ޢަދަދެއްގެ ފައިސާއިން
ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއާއި، މި ޢަބްދުﷲ ރަޝީދު ޙަސަން ޚިޔާނާތްތެރިވެފައިވާ -/164000ރ.
(އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް) ދިވެހި ރުފިޔާގެ ބަދަލު ވިދުވަރު މިއުޒިކް ކްލަބަށް ހޯދުމަށް
އެކުލަބްގެ ދެމަސްއޫލު މެންބަރުން ކަމުގައިވާ ޅ.ނައިފަރު ޗަންދަރުގޭ މަޙްމޫދު ޢަބްދުﷲ އާއި ޅ.ނައިފަރު
ދިލްކްޝާގެ މުޙައްމަދު ސަޢީދު ޢަބްދުއްރަޙްމާނު އެދޭ މައްސަލަ ދައުލަތުން ހުށައެޅުމުން ބެލެވުނު
މައްސަލައެއްކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/30
ބޭންކް
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، އިސްވެދިޔަ ނުކުތާތަކަށް ރިޢާޔަތްކޮށް
ބެލިއިރު ޅ.ނައިފަރު (ވިދުވަރު މިޔުޒިކް ކުލަބްގެ ރައީސްގެ ގޮތުން ވިދުވަރު މިއުޒިކް ކުލަބްގެ
ހުރިހާކަމެއް ހިންގުމުގެ އެންމެ އިސްވެރިއަކަށް ޅ.ނައިފަރު/ ކުރެދިވަރުގެ ޢަބްދުﷲ ރަޝީދު ޙަސަން
ހުންނަވައިގެން އެކުލަބްގެ ނަމުގައި އޮފް މޯލްޑިވްސް ނައިފަރު ބްރާންޗްގައި ހުޅުވާފައިވާ އޮތް
ނަންބަރު 101-323058-7705 އެކައުންޓުން ކުރެދިވަރުގޭ ޢަބްދުﷲ ރަޝީދު ޙަސަން -/164000
(އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ރުފިޔާ) ނަގާ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާތީ،
ވިދުވަރު މިޔުޒިކް ކުލަބްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުން ކުށްވެރިވާކަމަށް ކަނޑައަޅައި މިއީ
ޢަބްދުﷲ ރަޝީދު ޙަސަންގެ މައްޗަށް ޚިޔާނާތުގެ ކުށެއް ޘާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ،
ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން 08 (އަށެއް) މަސްދުވަހަށް، ޢަބްދު
ރަޝީދު ޙަސަން ޚިޔާނާތްތެރިވެފައިވަނީ -/
164000ރ. (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ރުފިޔާ)
ކަމަށްވާތީ ޤާނޫނުލްޢުޤޫބާތުގެ 132 ވަނަ މާއްދާގެ ދަށުން 14 (އެއްސަތޭކަ ފަސްދޮޅަސް ހަތަރެއް)
މަސްދުވަހަށް ޖުމްލަ 14 (ސާދަ) އަހަރާއި 04 (ހަތަރެއް) މަސްދުވަހަށް ޅ.ނައިފަރު (ކުރެދިވަރުގެ
ޢަބްދުﷲ ރަޝީދު ޙަސަން އަރުވާލުމަށް ޙުކުމްކޮށް، ޢަބްދުﷲ ރަޝީދު ޙަސަން ޚިޔާނާތްތެރިވެފައިވާ
ވިދުވަރު މިޔުޒިކް ކުލަބްގެ -/
164000ރ. (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ރުފިޔާ) ވިދުވަރު
މިޔުޒިކް ކުލަބަށް ދައްކަންޖެހޭ ފަރާތަކީވެސް ޢަބްދުﷲ ރަޝީދު ޙަސަން ކަމަށް ކަނޑައަޅައި، މިއަދު
(03 މެއި 2009) ދުވަހުން ފެށިގެން 07 (ހަތެއް) މަސްދުވަހުގެ ތެރޭ -/14000ރ. (އެއްލައްކަ
ފަސްދޮޅަސް ހަތަރުހާސް ރުފިޔާ) ޅ.ނައިފަރު ވިދުވަރު މިއުޒިކް ކުލަބަށް ދެއްކުމަށްޓަކައި މިކޯޓަށް
(ޅ.ނައިފަރު ކޯޓަށް) ދެއްކުމަށް ޅ.ނައިފަރު (ކުރެދިވަރުގެ ޢަބްދުﷲ ރަޝީދު ޙަސަނަށް އަންގާ
މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
02 ފާދިއްޕޮޅު ނައިފަރުކޯޓުގެ ނަންބަރު 2008/G2C/80 ޤަޟިއްޔާގެ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ޅ.ނައިފަރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
21/HC-A/3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
|ކުރެދިވަރުގެ ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން 04 (ހަތަރެއް ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި
ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފު ކުރުމަށް ހުށަހެޅިފައިވާ މިޤަޟިއްޔާއަކީ ޢަބްދު
ރަޝީދު ޙަސަންގެ މައްޗަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތު ކުރެވިގެން ހުށަހެޅިފައިވާ މައްސަލައަކަށްވާއިރު
އެކަމުގައި ބޭންކް އޮފް މޯލްޑިވްސް އިން އިޙުމާލު ވެފައިވާކަމަށް ތަޙްޤީޤު ކުރިފަރާތުން ބުނާއިރު
ބަހެއް ޝަރީޢަތުން ނުހޯދާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
~ 88ވެ
(ނ) ދެވަނަ ނުކުތާއަކީ، ޢަބްދުﷲ ރަޝީދު ޙަސަންގެ މައްޗަށް ކުށް ޘާބިތުވެއްޖެނަމަ ޢަބްދު
ރަޝީދު ޙަސަން ޚިޔާނާތްތެރިވެފައިވާ ފައިސާގެ %50 ބޭންކުން ދޭން ބުނެފައިވާއިރު އެޢަދަދު
އުނިކުރުމެއްނެތި ޖުމްލަ ޚިޔާނާތްތެރިވި ކަމަށްބުނާ ފައިސާ އެއްކޮށް ދެއްކުމަށް ޙުކުމްކުރުމާއި ބޭންކުން
ދޭންބުނާ ފައިސާއަކީ ކޮން އުޞޫލަކުން ދޭފައިސާ އެއްކަން އެގެންނެތުން ކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ، މިމައްސަލާގައި ޢަބްދުﷲ ރަޝީދު ޙަސަން ހުށަހަޅާފައިވާ ހެކިން
ޙާޟިރުނުކޮށް މައްސަލަ ނިންމާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
(ރ) ހަތަރުވަނަ ނުކުތާއަކީ، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެހެނިހެން ލިޔުންތަކުގައިވާ
ހިސާބު ޢަދަދުތަށް ދިމާނުވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
03 މިމައްސަލައާއި ގުޅިގެން ފާދިއްޕޮޅު ނައިފަރުކޯޓުގެ ނަންބަރު 2008/G2C/80 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ޅ.ނައިފަރު ކުރެދިވަރުގެ ޢަބްދުﷲ ރަޝީދު
ޙަސަންގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3323029، ފެކްސާ33147
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
819 ހއ މވ ހ2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/30
(ހ) ފުރަތަމަކަމަކީ، ޢަބްދުﷲ ރަޝީދު ޙަސަންގެ މައްޗަށް ދައުލަތުގެ ފަރާތުން ކޮށްފައިވާ
ދަޢުވާއަކީ، ޢަބްދުﷲ ރަޝީދު ޙަސަން ޅ.
ނައިފަރު ވިދުވަރު މިޔުޒިކް ކުލަބުގެ ރައީސަކަށް ހުރެ،
އެކުލަބުގެ ފައިސާ އަށް ޚިޔާނަތްތެރިވެފައިވާތީ، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132
ވަނަ މާއްދާގެ ދަށުން ޢަބްދުﷲ ރަޝީދު ޙަސަން -/10,000ރ. (ދިހަހާސްރުފިޔާ) އަށް ވުރެ މަތީ
ޢަދަދެއްގެ ފައިސާއިން ޚިޔާނަތްތެރިވުމުގެކުށުގެ ދަޢުވާއާއި، ޢަބްދުﷲ ރަޝީދު ޙަސަން ޚިޔާނަތްތެރިވެފައިވާ
ފައިސާގެ ބަދަލު ވިދުވަރު މިޔުޒިކް ކުލަބަށް ހޯދުމަށް އެދި، ޅ.ނައިފަރު ޗަންދަރުގޭ މަޙްމޫދު ޢަބްދުﷲ އާއި
ޅ.ނައިފަރު ދިލްކް ޝާގެ މުޙައްމަދު ސަޢީދު ޢަބްދުއްރަޙުމާނު އެދޭ މައްސަލަ ދައުލަތުން ހުށައެޅުމުން
ބެލުނު ދަޢުވާއެއްކަމާއި، މިދަޢުވާއަށް ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން އިންކާރު ކުރާކަން އެންގެއެވެ.
ޑ 8
33
4
I
ގެންގުޅުނޭ"
(ނ) ދެވަނަކަމަކީ، ޤާނޫނުލް ޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ނ) ގައި ޚިޔާނާތުގެ މާނަ ކަމަށް
ބުނެފައިވަނީ "ތިބާގެ ބެލުމުގެ ދަށުގައިވާ ނުވަތަ ތިމާގެ ޙަވާލުގައިވާ އެހެން ފަރާތެއްގެ އެއްޗެއް ނުބައި
ނިޔަތެއްގައި އޭގެ ވެރިފަރާތުގެ އިޒުނަޔާއި ނުލައި ބޭނުންކުރުން، ނުވަތަ އެއެއްޗަކަށް ބަދަލުގެނައުން
ނުވަތަ ނައްތާލުން ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް ކަމާއި، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 41/HC
-
A/2010 ޤަޟިއްޔާއާއި ނަންބަރު 99/HC-A/2010 ޤަޟިއްޔާގައި
ވެސް ފާހަގަކުރައްވާފައިވާ ފަދައިން ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގައި ޚިޔާނާތް މާނަކޮށްފައިވާ ގޮތަށް
ބަލާއިރު، މީހެއްގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވުމުގައި 4 ޢުންސުރެއް ފުރިހަމަވާންޖެހޭކަމާއި، މި
އުންސުރުތަކަކީ ފުރަތަމަކަމަކަށް އެމުދަލަކީ ނުވަތަ ފައިސާއަކީ ޚިޔާނަތްތެރިވީކަމަށް ތުހުމަތުކުރެވޭ މީހާގެ
މިމުގެ ދަށުގައިވާ ނުވަތަ ޙަވާލުގައިވާ ތަކެއްޗަށްވާންޖެހުންކަމާއި
ކަމާއި ދެވަނަކަމަކަށް ނުބައި ނިޔަތެއް
އޮތުންކަމާއި ތިންވަނަކަމަކަށް ވެރިފަރާތުގެ އިޒުނަނެތުންކަމާއި އަދި ހަތަރުވަނަކަ
އެއެއްޗަކަށް
ބަދަލުގެނައުން ނުވަތަ ނައްތާލުން ނުވަތަ ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް ގެންގުޅުން ކަމާއި، މިކަންކަން
.މެގ ދދވހއ
Eނ
އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، ޅ.ނައިފަރު ވިދުވަރު މިޔުޒިކް ކުލަބަކީ، މިޔުޒިކް ކުރިއެރުވުމަށް
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/30
ކުރިއެރުމާއި ތަރައްޤީއަށް ކުރެވޭ ކަންކަމުގައި އެހީތެރިވުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާރޒުގައި
ރަޖިސްޓްރީ ކުރެވިފައިވާ ކުލަބެއްކަން އެނގޭއިރު، އެކުލަބުގެ ހިންގާ ޤަވާޢިދުގައިވާ ގޮތުން، ކުލަބުގެ
ރައީސަކީ ހިންގާ ކޮމެޓީގެ ލަފާގެ މަތިން ކުލަބު ހިންގާ ޤަވާޢިދާއި އެއްގޮތަށް ކުލަބު ހިންގުމާއި ކުލަބުގެ
އިދާރާ ބެލެހެއްޓުމާއި، ހުރިހާ ލިޔެކިޔުންތައް ބަލާ ޗެކްކޮށް މެންބަރުންގެ މައްސަލަތައް ބަލާ ކުލަބުގެ
ހުރިހާ ކަމެއް ހިންގާ އެންމެ އިސްވެރިޔާ ކަން އެނގޭކަމާއި، މި މައްސަލައިގައި ޙަވާލާދެވޭ ޙާދިސާ ހިނގާ
ދިޔައިރު ޢަބްދުﷲ ރަޝީދު ޙަސަން އަކީ ޅ.ނައިފަރު ވިދުވަރު މިޔުޒިކު ކުލަބުގެ ރައީސްކަމާއި،
މިމައްސަލައާއި ގުޅިގެން ޢަބްދުﷲ ރަޝީދު ޙަސަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 28
ޖެނުއަރީ 2008 ގައި ދީފައިވާ ތަޙްޤީޤު ބަޔާނުގައި، ޢަބްދުﷲ ރަޝީދު ޙަސަން ކުލަބުގެ ރައީސްކަމާއި
ޙަވާލުވިފަހުން ކުލަބުގެ ފައިސާގެ ކަންތައްތައް ބަލަހައްޓަނީ ޢަބްދުﷲ ރަޝީދު ޙަސަން ކަމުގައި
ބުނެފައިވާކަމާއި، އަދި ކުލަބުގެ އެކައުންޓުގެ ޗެކްފޮތްތައްވެސް ހުންނަނީ ޢަބްދުﷲ ރަޝީދު ޙަސަންގެ
އަތުގައި ކަމަށްބުނެފައި އޮންނަކަމާއި، ވިދުވަރު މިޔުޒިކް ކުލަބުގެ ހިންގާ ޤަވާޢިދު ހަމަޖެހިފައިވާ ގޮތުން
އެކުލަބުގެ ފައިސާގެ ކަންކަން ބެލެހެއްޓުމަކީ ކުލަބުގެ ޚަޒާންދާރުގެ މަސްއޫލިއްޔަތެއް ނަމަވެސް
އެމަސްއޫލިއްޔަތު ކުލަބުގެ ޚަޒާންދާރާއި ފިލުނުކުރާކަމަށް އެވަގުތު ކުލަބުގެ ޚަޒާންދާރެއްގެ ގޮތުގައި
މަސައްކަތްކުރި ޅ.ނައިފަރު ކުރެދިވަރު ޚަދީޖާ ޢަބްދުލްކަރީމް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް
ދީފައިވާ ބަޔާނުގައި ބުނެފައި އޮންނައިރު، މިވާހަކަތަކަށް ޢަބްދުﷲ ރަޝީދު ޙަސަން އިންކާރު ކޮށްފައި
ނުވާކަން އެނގޭކަމެވެ.
/792މ
(ރ) ހަތަރުވަނަކަމަކީ، ވިދުވަރު މިޔުޒިކް ކުލަބަށް ލިބޭ ފައިސާ ރައްކާކުރުމަށްޓަކައި،
އެކުލަބުން ބޭންކު އޮފް މޯލްޑިވްސްގެ ނައިފަރު ބްރާންޗްގައި އެކުލަބުގެ ނަމުގައި އެކައުންޓެއް
(ނަންބަރު 101-323058-7705) ހުޅުވާފައި އޮންނަކަމާއި، މިއެކައުންޓަށް ޖަމާކުރާ ފައިސާ
ނެގުމުގައި ޢަމަލު ކުރަންޖެހޭ ގޮތަކީ، ކުލަބުގެ ހިންގާ ކޮމެޓީގެ ހުއްދައާއި އެކު ކުލަބުގެ ރައީސްއާއި
އޭގެ އިތުރުން ކުލަބުގެ މަސްއޫލުވެރިއަކު ޗެކުގައި ސޮއިކުރުމަށްފަހު ކުލަބުގެ ތައްގަޑުވެސް ޗެކުގައި
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/30
ޖެހުމަށް ފަހު ފައިސާ ނެގޭ އުސޫލު ކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަމާއި، އަދި މިނޫން ގޮތަކަށް
ފައިސާ ނުނެގޭނެ ގޮތް ހަމަ ޖެއްސުމަށް ބޭންކް އޮފް މޯލްޑިވްސްގައި ވިދުވަރު މިޔުޒިކު ކުލަބުގެ
ފަރާތުން އެދިފައިވާނެކަމަށް އެކުލަބުގެ ފަރާތުން ބުނެފައިވާކަން އެނގޭކަމާއި، ވިދުވަރު މިޔުޒިކު
ކުލަބުގެ އެކައުންޓުން ފައިސާ ނެގުމުގައި ޢަމަލު ކުރަން ޖެހެނީ މިއުސޫލުގެ މަތިންކަން ޢަބްދު
ރަޝީދު ޙަސަން އަށް ވެސް އެނގޭކަން ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން މިމައްސަލައިގެ
ތަޙްޤީޤުގައި އަދި ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭކަމެވެ.
2 84
ﷲ
(ބ) ފަސްވަނަކަމަކީ، ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން 1 ޖޫން 2008 ގައި ޅ.ނައިފަރު
ކޯޓަށް ދީފައިވާ ބަޔާނުގައި "ވިދުވަރު މިޔުޒިކް ކުލަބަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރި ފައިސާއަށް
ޒިންމާ އުފުލަން ޖެހޭނީ ބޭންކުން ކަމަށާއި، އެއީ ކުލަބުން ފައިސާ ދޫކުރުމަށް ކަނޑައަޅާފައިވާ
އުސޫލުތަކާއި ޚިލާފަށް އޮފް މޯލްޑިވްސް އިން ފައިސާ ދޫކުރުމަކީ ބޭންކުގެ އިހުމާލެއް ކަމުގައި
ވާތީ" ކަމަށް ބުނެފައިވާކަމާއި، ވިދުވަރު މިޔުޒިކު ކުލަބުން ބޭންކަށް އަންގާފައިވާ ގޮތާއި ޚިލާފަށް
އޮފް މޯލްޑިވްސްގެ ނައިފަރު ބްރާންޗުން ފައިސާ ދޫކުރެވިފައިވަނީ، ވިދުވަރު މިޔުޒިކު ކުލަބުގެ އެކައުންޓުގެ
ތަފްސީލު ބޭންކުގެ ސިސްޓަމަށް އެޅުމުގައި އެންމެ ބޭފުޅަކަށް އެކައުންޓް ހިންގޭ ގޮތަށް ސިސްޓަމަށް
އެޅިފައިވާތީ، ސިސްޓަމަށް އަޅާފައިވާ މަޢުލޫމާތަށް ބަލައިގެން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ
ނަންބަރު 171
/
2008
/
60/CBS-98 ސިޓީގައި ބަޔާން ކޮށްފައި އޮންނަކަމާއި،
م مسیر
ވިދުވަރު މިޔުޒިކް ކުލަބުން އެދިފައިވާ ގޮތާއި ޚިލާފަށް ބޭންކަށް ފައިސާ ދޫކުރެވިފައިވުމަކީ
އެބޭންކުގެ އިހުމާލެއް ކަމަށް ވާތީ، މިފައިސާ އާއި މެދު ޢަބްދުﷲ ރަޝީދު ޙަސަން ޒިންމާއެއް އުފުލަން
ނުޖެހޭނެކަމަށް ޢަބްދުﷲ ރަޝީދު ޙަސަން ބުނެފައިވީ ނަމަވެސް ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން
ތަޙްޤީޤަށް އަދި ކޯޓަށް ދީފައިވާ ބަޔާންތަކުގައި ޢަބްދުﷲ ރަޝީދު ޙަސަން ކުލަބުގެ އެކައުންޓުން ފައިސާ
ނަގަން ބޭންކަށް ދިޔައިރު، ކުލަބުގެ މަސްއޫލު މެންބަރެއްގެ ސޮއިނުކުރުވާ ޗެކް ހިފައިގެން ދިޔަކަމަށް
އެއްބަސްވެފައި އޮންނަކަމާއި، އަދި މިކަން ކޮށްފައިވަނީ ޢަބްދުﷲ ރަޝީދު ޙަސަން އަށް އެކަން އޮންނަގޮތް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2010/HC-A/30
43,
ހެމުރއ
ދިވެހިރާއްޖޭގެ ހައިކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނޭނގިގެން ނުވަތަ ޢަބްދުﷲ ރަޝީދު ޙަސަންގެ ޤަސްތު ނެތިކަމުގައި ބުނެފައި ނުވާކަމާއި، މިހެންކަމުން
ފައިސާ ދޫކުރުމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ އިހުމާލެއް އޮތުމަކީ، ވިދުވަރު މިޔުޒިކް ކުލަބުގެ
އިޒުނައަކާއި ނުލައި އެކުލަބުގެ މަސްއޫލު މެންބަރެއްގެ ސޮޔެއްނެތި ވިދުވަރު މިޔުޒިކް ކުލަބުން ފައިސާ
ނެގުމަށް ކަނޑައަޅާފައިވާ އުސޫލުން ބޭރުން ޢަބްދުﷲ ރަޝީދު ޙަސަން ކޮށްފައިވާ ޢަމަލު ހުއްދަކުރެވޭ
ފަދަ އަދި ޢަބްދުﷲ ރަޝީދު ޙަސަން ކުޅަ ޢަމަލުން ބަރީއަވުމަށް އޮތް ޢުޒުރެއް ނޫންކަން އެނގޭކަމެވެ.
(ށ) ހަވަނަކަމަކީ، މީހަކުކުރާ ޢަމަލާއި، އެޢަމަލާ ގުޅުންހުރި އެހެނިހެން ކަންކަމަށް
ރިޢާޔަތްކުރުމުން، އެޢަމަލެއް ކުރުމުގެ ނިޔަތް ދެނެގަނެވިދާނެކަމާއި، ޢަބްދުﷲ ރަޝީދު ޙަސަންގެ މައްޗަށް
ޢަމަލު އޭނާ ކުޅަ ނިޔަތާއި މެދު ޝަރީޢަތުގެ ހަމަތަކުން ވިސްނާއިރު، ބޭންކް އޮފް
މޯލްޑިވްސްގައި ޖަމާކުރެވިފައިވާ ވިދުވަރު މިޔުޒިކް ކުލަބުގެ ފައިސާ ނެގުމަށް ވިދުވަރު މިޔުޒިކް ކުލަބުން
ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް ޢަބްދުﷲ ރަޝީދު ޙަސަން އެފައިސާ ނަގާފައިވަނީ ޢަބްދުﷲ ރަޝީދު
ޙަސަން އަށް ފައިސާ ނަގަން ޖެހޭ އުސޫލު ނޭނގިގެން ނުވަތަ އޮޅިގެން ކަމުގައި ނުބެލެވޭކަމާއި، އަދި
މިފައިސާ އަކީ އެންމެ ދުވަހަކުން ނަގާފައިވާ ފައިސާ އަށް ނުވާއިރު، މިފައިސާ
ނަގާފައިވާ ގޮތުގެ
މައްޗަށް ފެންނަންހުރީ
.ރި ލިޔުންތަކުގެ އަލީގައި ބަލާއިރު، މިފައިސާ ނަގާފައިވަނީ އެކިފަހަރުގެ މަތިން އަދި
ވަރަށް ގާތްގާތުގައި ކަން އެނގޭކަމާއި، ވިދުވަރު މިޔުޒިކު ކުލަބުން ފައިސާ ނެގުމަށް ހަމަޖައްސާފައިވާ
އުސޫލު ޢަބްދުﷲ ރަޝީދު ޙަސަން އަށް ރަނގަޅަށް އެނގިހުރެ، އެއުސޫލުން ބޭރުން މިފައިސާ ނެގުމުގައި
ޢަބްދުﷲ ރަޝީދު ޙަސަން ޢަމަލުކޮށްފައިވާގޮތުން މިފައިސާ ޢަބްދުﷲ ރަޝީދު ޙަސަން ނަގައިފައިވަނީ
ހެޔޮނިޔަތުގައިކަން ނުވަތަ އެކަން ކުޅައުމުގެ ޤަސްތު ނެތްކަން ޝަރީޢަތަށް ނުބެލެވޭކަން
ވަނަކަމަކީ، ވިދުވަރު މިޔުޒިކް ކުލަބުން ކަނޑައަޅާފައިވާ އުސޫލުން ބޭރުން ބޭންކް އޮފް
މޯލްޑިވްސް ގައި ހުރި ވިދުވަރު މިޔުޒިކް ކުލަބުގެ ފައިސާ ނެގުމަށްފަހު، އެފައިސާ ޢަބްދުﷲ ރަޝީދު
ޙަސަން ބޭނުންކޮށްފައިވަނީ ޢަބްދުﷲ ރަޝީދު ޙަސަންގެ އަމިއްލަ ބޭނުންތަކަށާއި، ކުލަބުގެ އެކިއެކި
ކަންތައްތަކުގައި ކަމަށާއި، ކުލަބުގެ ކަންތައްތަކަށް ޚަރަދުކޮށްފައިވާ ފައިސާގެ އެއްވެސް ތަފްސީލެއް ކުލަބުގެ
UCC
4 3 24
ބޭންކުން
4 22
އެޤީ
އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325129، ފެކަaf
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2010/HC-A/30
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެއްވެސް ލިޔެކިޔުމަކުން ފެންނަން ނުހުންނާނެކަމަށާއި، އަދި ވިދުވަރު މިޔުޒިކް ކުލަބުގެ އެކައުންޓުން
ނަގާފައިވާ ފައިސާ ޚަރަދުކޮށްފައިވާ ގޮތުގެ އެއްވެސް ތަފްސީލެއް ވިދުވަރު މިޔުޒިކް ކުލަބުގެ އެއްވެސް
ލިޔެކިޔުމަކުން ފެންނާން ނުހުންނާނެކަމަށް ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން 28 ޖެނުއަރީ 2008
ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ބުނެފައި އޮންނައިރު،
މިފައިސާ ބޭނުންކުރި ގޮތާއި ގުޅޭ ގޮތުން، އަދި މިފައިސާ ޚަރަދުކުރި ގޮތެއް ސާބިތުކޮށްދިނުމަށް ޢަބްދު
ރަޝީދު ޙަސަންގެ ފަރާތުން އެއްވެސް ވާހަކައެއް އަދި އެކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް
ޤަރީނާއެއް ޅ.ނައިފަރުކޯޓަށް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށްވެސް ހުށަހަޅާފައި ނުވާކަން
ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން ތަޙްޤީޤަށް ދީފައިވާ ބަޔާނަށާއި
ޔުނަށާއި ޅ.ނައިފަރު ކޯޓަށް ދީފައިވާ
ބަޔާންތަކަށް ބެލުމުން އެނގެން އޮވެއެވެ.
CCCX
(އ) އައްވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ޢަބްދު
ރަޝީދު ޙަސަންގެ ފަރާތުން ދީފައިވާ ބަޔާންތަކުގައި، ޢަބްދުﷲ ރަޝީދު ޙަސަން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާނަށް އިންކާރުކުރާކަމަށާއި، އަދި އެބަޔާނުގައި ބައެއް ގަނޑުތައް
މަދުކަމަށާއި، ޅ.ނައިފަރު ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން
ޙާޟިރުކޮށް ދިނުމަށް އެދި ހުށައެޅި ބައެއް ހެކިން ކޯޓަށް ޙާޟިރު ނުކޮށްދޭކަމަށާއި، ޢަބްދުﷲ ރަޝީދު
ޙަސަން ގެ އަތުގައި ހުރި މިފައިސާ ޚަރަދު ކުރިކަން އަންގައިދޭ ލިޔުންތައް މޯލްޑިވްސް ޕޮލިސް ސަރވިސް
އިން ގެންގޮސްފައިވާ ކަމަށާއި، މިހެންކަމުން މިފައިސާ ޚަރަދު ކުރި ގޮތް މިހާރު ސާބިތުކޮށްދިނުމަށް
ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހެކިން ޙާޟިރުކުރަން
ބުނެފައިވާ ބުނުމަށް ބަލާއިރު،
4
2
4 ހ އދ
ބނަން 9ކމަށް
ނައިފަރު ކޯޓަށް 01 ޖޫން 2008 ވަނަ ދުވަހު ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން
ދީފައިވާ ބަޔާނަށް ބެލުމުން، ޢަބްދުﷲ ރަޝީދު ޙަސަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް
ދީފައިވާ ބަޔާން ޝަރީޢަތުގެ މަޖިލީހުގައި ޢަބްދުﷲ ރަޝީދު ޙަސަން އަށް އިއްވާފައިވާކަން އެނގޭކަމާއި،
މިބަޔާނަކީ ޢަބްދުﷲ ރަޝީދު ޙަސަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ
ބަޔާނެއްކަމުގައި އަދި އެބަޔާނުގައި ޢަބްދުﷲ ރަޝީދު ޙަސަންގެ އިނގިލީގެ ނިޝާން ޖަހާ
ސޮއިކޮށްފައިވާނޭކަމަށް ބުނެފައިވާކަމާއި އަދި އެބަޔާންދީފައިވަނީ ޢަބްދުﷲ ރަޝީދު ޙަސަން އަށް
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 336474
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/30
މަޖުބޫރުކުރުވައިގެން ކަމަށް ބުނެފައިނުވާކަމާއި މިހެންކަމުން ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން
ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ ސައްޙަނޫން ބަޔާނެއްކަމުގައި ބެލެވެންނެތްކަމާއި، އެބަޔާނަކީ އެންމެ ފުރިހަމަ
ބަޔާނެއް ނޫންކަމަށް ޢަބްދުﷲ ރަޝީދު ޙަސަން ބުނެފައިވީ ނަމަވެސް އެކަން ސާބިތުކުރުމަށް ޢަބްދު
ރަޝީދު ޙަސަން ދަށުކޯޓުގައި ހެކި ހުށައަޅާފައިނުވާއިރު، ޝަރީޢަތުގެ ފަރާތުން ރިޢާޔަތްކޮށްފައިވަނީ
އެބަޔާނުން ފެންނަން ހުރިކަންކަމުގެ މައްޗަށް ކަން އެނގޭކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މި
ތަޙްޤީޤު ބަޔާނުގައި، ވިދުވަރު މިޔުޒިކް ކުލަބުގެ އެކައުންޓުން އެކިދުވަސްތަކުގެ މަތިން ޢަބްދުﷲ ރަޝީދު
ޙަސަން ނަގައިފައިވާ ފައިސާ އަކީ ޢަބްދުﷲ ރަޝީދު ޙަސަން ކުލަބަށް ވެފައިވާ ޚިޔާނާތެއްކަމަށް
ޤަބޫލުކުރާކަމަށާއި، އަދި ފައިސާ ނަގާފައިވަނީ ކުލަބުން ފައިސާ ނެގުމަށް ކަނޑައަޅާފައިވާ އުސޫލުން
ފައިސާ ބޭނުންކުރީ ކުލަބުގެ އަދި އަމިއްލަ ބޭނުންތަކަށްކަމަށާއި، ކުލަބަށް ކުރި
ތަފްސީލީ ލިޔެކިޔުންތަކެއް ނުހުންނާނެކަމަށް ޢަބްދުﷲ ރަޝީދު ޙަސަން ބުނެފައިވާކަން
އެނގޭކަމާއި،
34
4 އއޗ
ރެނޭކަމަށާއި
43.
އދވ
4 22
43ން
433 ދވ
ނުކުތާތައް
/4
ބިނާކުރެވެން
4 22
ހއދވ
މައްޗަށް
ޢާއްމު އުސޫލެއްގެ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށައެޅޭ
އިސްތިއުނާފް
ޖެހޭނީ، ދަށުކޯޓުގައި ދައްކާފައިވާ ވާހަކަތަކާއި، ދަށު ކޯޓަށް ހުށައެޅުނު ހެކިތަކާއި ޤަރީނާތަކުގެ
ބިނާކޮށްގެންކަމާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި
ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމަށް ބަލައިގެންކަމަށް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، ވިދުވަރު މިޔުޒިކް ކުލަބުގެ
އެކައުންޓުން ޢަބްދުﷲ ރަޝީދު ޙަސަން ނަގައިފައިވާ ފައިސާ ޚަރަދުކުރީ ކުލަބުގެ ބޭނުންތަކަށްކަމަށް
ޢަބްދުﷲ ރަޝީދު ޙަސަން ބުނެ އެކަން ސާބިތުކުރުމަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހެކިން
ހުށައަޅަން ޢަބްދުﷲ ރަޝީދު ޙަސަން މިހާރު ބޭނުންކަމަށް ބުނިނަމަވެސް، ޢަބްދުﷲ ރަޝީދު ޙަސަން
މިފައިސާ ޚަރަދު ކުރި ގޮތް ލިޔެކިޔުމުން ފެންނަން ނުހުންނާނެކަމަށް ތަޙްޤީޤުގައި ބުނެފައިވާތީއާއި، އަދި
މިޚަރަދުތައް ކުރިކަން ދަންނާނޭ ބަޔަކު ތިބިކަމަށް ތަޙްޤީޤުގައިވެސް އަދި ޢަބްދުﷲ ރަޝީދު ޙަސަންގެ
ފަރާތުން ދަށު ކޯޓަށް 03 ފަހަރެއްގެ މަތިން ތިން ބަޔާން ދީފައިވާއިރު، މިއިން އެއްވެސް ފަހަރެއްގައިވެސް
ހެކިން ޙާޟިރުކުރަން ބުނެފައިނުވާތީއާއި، އަދި މިހެކިން ޙާޟިރުކުރަން އޭރު އެދިފައިނުވަނީ
ކޮންސަބަބެއް މެދުވެރިވެގެންކަންވެސް ޢަބްދުﷲ ރަޝީދު ޙަސަން އަށް ބަޔާންކޮށްދެވިފައިނުވާތީއާއި 03
މެއި 2009 ގައި ޅ.ނައިފަރުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލައާއި ގުޅިގެން ދައްކާނެ އިތުރު
ރުކުރަން ބޭނުންވާކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 323029/ އެސެV
އީމެއިލް: [email protected] ވެބް ސައިޓް Aww.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/30
ވާހަކައެއްނެތްކަމަށް ޢަބްދުﷲ ރަޝީދު ޙަސަން ބުނެފައިވާތީ އާއި، ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން
ޅ.ނައިފަރުކޯޓަށް ދީފައިވާ ބަޔާނުގައި އޭނާ ކުލަބަށް ކުރި ޚަރަދުގެ ގޮތުގައި އޭނާއަށް ފެންނަ ކަންކަން
ބަޔާންކުރުމުން އެކަމުގެ މައްޗަށް ރިޢާޔަތްކޮށް، ޢަބްދުﷲ ރަޝީދު ޙަސަން އެދުނު ފަދައިން އެފައިސާ
އުނިކުރެވިފައިވާތީއާއި، ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން ހުށައަޅާ ހެކިން ހައިކޯޓުގެ ޝަރީއަތަށް
ޙާޟިރުކުރެވުނު ނަމަވެސް ޢަބްދުﷲ ރަޝީދު ޙަސަން ވިދުވަރު މިޔުޒިކް ކުލަބަށް އޭރު ކުރިކަމަށް މިހާރު
އެބުނާ ޚަރަދު ތަކަކީ ޢަބްދުﷲ ރަޝީދު ޙަސަން ވިދުވަރު މިޔުޒިކް ކުލަބުގެ އެކައުންޓުން އޭރު ނެގި
ފައިސާއިން ކުރި ޚަރަދުތަކެއްކަން ޔަޤީންކަމާއެކު ބުނެދެވޭނެ ގޮތެއް ނޯންނާނެތީއާއި، މިއެންމެހާ ކަންކަން
މިގޮތަށް ހުރުމުން ޢަބްދުﷲ ރަޝީދުގެ ފަރާތުން މިހާރު ހުށައަޅަން ބޭނުންވާ ހެކިން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ޙާޟިރުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ފެންނަން ނެތުމުން އެހެކިން ހާޟިރުކުރުމުގެ
ފުރުސަތު ޢަބްދުﷲ ރަޝީދު ޙަސަން އަށް ހައިކޯޓުން ދެވިފައިނުވާނެކަން ފާހަގަކުރަމެވެ.
4 3 24
(ވ) ނުވަވަނަކަމަކީ، ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2008/G2C/80 ޤަޟިއްޔާގައި
ޢަބްދުﷲ ރަޝީދު ޙަސަން ޚިޔާނާތްތެރިވެފައިވާ ފައިސާގެ ޖުމްލަ ޢަދަދަކީ -/164000ރ. (އެއްލައްކަ
ފަސްދޮޅަސް ހަތަރުހާސް) ދިވެހި ރުފިޔާކަމަށް ކަނޑައަޅައިފައި އޮތްނަމަވެސް، މިމައްސަލައާއި ގުޅިގެން
ޅ.ނައިފަރު ކޯޓަށް ހުށައަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ޢަބްދުﷲ ރަޝީދު ޙަސަން، ވިދުވަރު މިޔުޒިކް
ކުލަބުގެ ފައިސާއަށް ޚިޔާނަތްތެރިވިކަން ސާބިތުކުރުމަށް ދައުލަތުން ހުށައަޅާފައިވާ ޗެކްތަކުގެ ކޮޕީތަކުގެ
ތެރޭގައި ވިދުވަރު މިޔުޒިކް ކުލަބުގެ 30 ނަންބަރު ޗެކާއި 32 ނަންބަރު ޗެކްގެ ކޮޕީ ހިމަނާފައިވާކަން
ހުށައެޅުނު ލިޔުންތަކުންއެނގެންނެތްކަމާއި، މިހެންކަމުން ބޭންކުސްޓޭޓްމަންޓުގައި މިދެޗަކަށް ފައިސާވަނީ
ނެގިފައިކަމަށް ބަޔާންކޮށްފައިވާނަމަވެސް މިދެޗެކަށް ބެލުމެއްނެތި، ހަމައެކަނި ސްޓޭޓްމަންޓުގެ
ރިޢާޔަތްކޮށް މިދެޗެކުގައިވާ ފައިސާއަކީ ޢަބްދުﷲ ރަޝީދު ޙަސަން ނަގައިފައިވާ ފައިސާކަން
ގޮތެއް ނެތުމުން މިދެޗެކުން ޢަބްދުﷲ ރަޝީދު ޙަސަން ނެގިކަމަށް ބުނާ -/20,000 ރ.
(ވިހިހާސްރުފިޔާ) އަކީ، ޢަބްދުﷲ ރަޝީދު ޙަސަން ޚިޔާނަތް ތެރިވެފައިވާ ފައިސާއެއްކަން ސާބިތުވާ
ކަމުގައި ބެލެވެންނެތްކަމާއި، މިމައްސަލައާއި ގުޅިގެން ހުށައެޅިފައިވާ ވިދުވަރު މިޔުޒިކް ކުލަބުގެ 21
ނަންބަރު ޗެކުން ޅ.ނައިފަރު ބިލްޑިންގ ވިލާ ސިލްމާ މުޙައްމަދަށް ދީފައިވާ -/10,000
(ދިހަހާސްރުފިޔާ) އަކީ ކުލަބުގެ ފައުންޑަރ މެންބަރު މުޙައްމަދު ޢަބްދުﷲ އާއި، ޢަބްދުﷲ ރަޝީދު ޙަސަން
ސޮއިކޮށްގެން ދޫކުރެވިފައިވާ ޗެކެއްކަމުން މިއީ ކުލަބުގެ ޤަވާއިދާއި އެއްގޮތަށް ދޫކޮށްފައިވާ ޗެކަކަށްވާތީ،
ބ ކުޕީ
|8282
މައިސަށް
سرباء
OCX
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:831697
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/30
1
މިޗެކުގައިވާ -/10,000 ރ ( ދިހަހާސްރުފިޔާ) އަކީވެސް ޢަބްދުﷲ ރަޝީދު ޙަސަން ޚިޔާނަތްތެރިވެފައިވާ
ފައިސާއެއްކަމުގައި ސާބިތުނުވާކަމާއި، ވިދުވަރު މިޔުޒިކު ކުލަބުގެ 25 ނަންބަރު ޗެކުގައި ދެފަރާތަކުން
ސޮއި ކޮށްފައި އޮތްއިރު، މިޗެކުގައިވާ -/11922 (އެގާރަހާސް ނުވަސަތޭކަ ބާވީސް ރުފިޔާ) އަކީ
ޅ.ނައިފަރު ވިދުވަރު މިޔުޒިކް ކުލަބުގެ ސަގާފީ ސެންޓަރު ހެދި އަގުގެ ގޮތުގައި ދީފައިވާ
ފައިސާއެއްކަމަށާއި، މިފައިސާ ޅ.ނައިފަރު ޑޯރެންސީ ޙުސައިން ޢަބްދުﷲ އަށް ލިބިފައިވާކަމަށް އޭނާ
ބުނެފައިވާތީ، މިފައިސާއަކީ ޢަބްދު ރަޝީދު ޙަސަން ޚިޔާނަތް ތެރިވެފައިވާ ފައިސާއެއްކަމުގައި
ޅ.ނައިފަރު ކޯޓުން ބައްލަވާފައި ނުވާކަމާއި، އަދި އެކައުންޓު ސްޓޭޓްމަންޓު ތަކުން ޢަބްދުﷲ ރަޝީދު
ޙަސަން ވިދުވަރު މިޔުޒިކް ކުލަބަށް -/10,000 ރ. (ދިހަހާސްރުފިޔާ) ޖަމާކޮށްފައިވާތީ އެފައިސާވެސް
ޅ.ނައިފަރު ކޯޓުން އުނިކުރައްވާފައިކަން އެނގެން އޮންނަކަމާއި،
.«
)
-51922 ރ.
.
މިމައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ އިޝާރާތްކުރެވުނު ލިޔެކިޔުންތަކަށް ބަލާއިރު، ވިދުވަރު
މިޔުޒިކް ކުލަބުގެ އެކައުންޓުން 30 މެއި 2007 ން ފެށިގެން 26 ޑިސެމްބަރ 2007 ގެ ނިޔަލަށް
ނަގާފައިވާ ފައިސާ މުޅި ޖުމްލަ ޢަދަދަކީ 185922 (އެއްލައްކަ އައްޑިހަ ނުވަހާސް ބާވީސް
ރުފިޔާ) ކަން އެނގޭކަމާއި، ޢަދަދުން އިސްވެ އިޝާރާތް ކުރެވުނު ފައިސާތަކުގެ ޖުމްލަ ޢަދަދު
(ފަންސާސްއެއްހާސް ނުވަސަތޭކަ ބާވީސް ރުފިޔާ) އުނިކުރުމުން ބާކީވަނީ -/134,000
(އެއްލައްކަ ތިންހަތަރު ހާސްރުފިޔާ) ކަން އެނގޭކަމާއި، މި -/134,000 ރ. (އެއްލައްކަ ތިރީހަތަރު
ހާސްރުފިޔާ) ޢަބްދުﷲ ރަޝީދު ޙަސަން ނަގާފައިވަނީ ވިދުވަރު މިޔުޒިކް ކުލަބުގެ އެކައުންޓުން ފައިސާ
ނެގުމަށް ކަނޑައަޅާފައިވާ އުސޫލުން ބޭރުން އެކުލަބުގެ އިޒުނައެއް ނެތިކަން އެނގޭކަމުންނާއި، މިފައިސާ
ނެގުމުގެ ހެޔޮ ނިޔަތް އޮތްކަމުގައި ބެލެވެން ނެތުމުންނާއި، މިފައިސާ އަކީ ޢަބްދުﷲ ރަޝީދު ޙަސަންގެ
ބެލުމުގެ ދަށުގައިވާ ފައިސާކަން އެނގެން އޮތުމުންނާއި، މިފައިސާ ނެގުމަށް ފަހު މިފައިސާ
ހޭދަކޮށްފައިވަނީ ވިދުވަރު މިޔުޒިކް ކުލަބުގެ ބޭނުންތަކަކަށްކަން
ށްކަން ސާބިތުކޮށްދެވިފައި
ނެތުމުން، ޤާނޫނުލް
ޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ށ) އިން ޚިޔާނަތްތެރިވުން މާނަކޮށްފައިވާގޮތަށް ރިޢާޔަތްކުރާއިރު
ޢަބްދުﷲ ރަޝީދު ޙަސަން ވިދުވަރު މިޔުޒިކް ކުލަބުގެ -/134,000 ރ. (އެއްލައްކަ ތިރީހަތަރު
ހާސްރުފިޔާ) އަށް ޚިޔާނަތްތެރިވެފައިވާކަން ޝަރީއަތުގެ ހަމަތަކަށް ބެލުމުން އެނގެއެވެ.
4 22
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/30
(މ)ދިހަވަނަކަމަކީ، އިސްތިއުނާފުމިކުރެވޭ ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2008/G2C/80
ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ކޮށްފައިވާ ދަޢުވާއަށް ބަލާއިރު، ދައުލަތުގެ ފަރާތުން ދެކަމެއްގެ މައްޗަށް
ދަޢުވާކޮށްފައި އޮންނަކަމާއި، އެއީ ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ
މާއްދާގެ ދަށުން ޢަބްދުﷲ ރަޝީދު ޙަސަން ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދެއްގެ ފައިސާއިން
ޚިޔާނަތްތެރިވުމުގެ ކުށުގެ ދަޢުވާއާއި، ޢަބްދުﷲ ރަޝީދު ޙަސަން ޚިޔާނަތް ތެރިވެފައިވާ ފައިސާގެ ބަދަލު
ހޯދުމަށް ވިދުވަރު މިޔުޒިކް ކުލަބުގެ ފަރާތުން އެދޭ މައްސަލައިގެ ދަޢުވާކަން އެނގޭކަމާއި،
ޑ 2
ވެ ހ2
މިމައްސަލައާއި އެކު ދައުލަތުގެ ފަރާތުން ފާދިއްޕޮޅު ނައިފަރުކޯޓަށް ހުށައެޅުނު ލިޔެކިޔުންތަކުގެ
ތެރޭގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އޭރުގެ ކަމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރަށް ފޮނުވާފައިވާ
ވެރިޓީގެ ނަންބަރު 171
/
2008
/
60/CBS-98 ސިޓީގައި، ވިދުވަރު މިޔުޒިކް ކުލަބުގެ މިފައިސާ
ބޭންކު އޮފް މޯލްޑިވްސްގެ ޚިޔާނާތެއް އޮތް ކަމަށް ޤަބޫލު ނުކުރެވުނު ނަމަވެސް އެބޭންކުން
ކަމަށް ފާހަގަވެފައިވާކަމަށް އަދި ޢަބްދުﷲ ރަޝީދުގެ މައްޗަށް ޚިޔާނާތުގެ މައްސަލަ
ސާބިތުވެއްޖެނަމަ، ޚިޔާނަތްތެރިވެފައިވާ ފައިސާގެ %50 އިންސައްތަ ބޭންކުން ދައްކާނެ ކަމަށް ބޭންކް
އޮފް މޯލްޑިވްސްއިން އެއޮތޯރިޓީގައި ބުނެފައިވާކަމުގައި ފާހަގަކޮށްފައި އޮންނަކަމާއި، މިހެން ކަމުން
ޢަބްދުﷲ ރަޝީދު ޙަސަން ޚިޔާނަތް ތެރިވެފައިވާ ފައިސާގެ މުޅި ޖުމްލަ ޢަދަދު އޭނާގެ ފަރާތުން
ޖިހޭކަމަށް ކަނޑައެޅުމުގެ ކުރިން މިފައިސާ ދެއްކުމުގައި ބޭންކުގެ ފަރާތުން ދެކޭގޮތެއް ބަލާ
އެކަމުގެ މައްޗަށް ގޮތެއް ކަނޑައެޅުމަކީ އެންމެ އިންސާފުވެރިގޮތްކަމަށް ޤަބޫލުކުރެވޭކަމާއި، މިހެންކަމުން
ޢަބްދުﷲ ރަޝީދު ޙަސަން ޚިޔާނަތްތެރިވެފައިވާ ފައިސާގެ މުޅި ޖުމްލަ ޢަދަދަކީ އޭނާ ދައްކަންޖެހޭ
ފައިސާއެއްކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ބަހެއްނެތި ނިންމާފައިވާ ނިންމުމުގެ އެބަޔަށް ބަދަލު
ގެންނަންޖެހޭ ކަމަށް ޤަބޫލުކުރެވޭކަމާއި، އަދި ފައިސާ ހޯދުމުގެ މިމައްސަލަ މަދަނީ މައްސަލައެއްގެ ގޮތުގައި
ވިދުވަރު މިޔުޒިކު ކުލަބުން ކޯޓަށް އަލުން ހުށައަޅައިފިނަމަ، މިފައިސާ ދެއްކުމާއި މެދު ބޭންކް އޮފް
މޯލްޑިވްސް އިން ދެކޭގޮތެއް ބެލުމަށްފަހު، ޢަބްދުﷲ ރަޝީދު ޙަސަން ޚިޔާނަތްތެރިވެފައިވާ ފައިސާ އިން
ޢަބްދުﷲ ރަޝީދު ޙަސަން ވިދުވަރު މިޔުޒިކު ކުލަބަށް އަނބުރާ ދައްކަންޖެހޭ މިންވަރެއް ކަނޑައަޅަން
ޖެހޭކަމަށް ޤަބޫލުކުރެވެއެވެ.
ދައްކަންޖެހޭކަމަށް
ޑ ވ ހދه
4
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
2010/HC-A/30
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވީމާ، އިސްވެ ދިޔަ ސަބަބުތަށް އެގޮތަށް ހުރުމުން، ވިދުވަރު މިޔުޒިކު ކުލަބުގެ ފައިސާއަށް
ޢަބްދުﷲ ރަޝީދު ޙަސަން ޚިޔާނަތްތެރިވެފައިވާކަން ސާބިތުވާކަމަށް ދަށުކޯޓުން ނިންމާފައިވާ ނިންމުމަށް
ތާއީދު ކުރެވޭ ކަމާއި، އެހެންނަމަވެސް މިމައްސަލައާއި ގުޅިގެން ހުށައަޅާފައިވާ ލިޔެކިޔުންތަކަށް ބެލުމުން
ޢަބްދުﷲ ރަޝީދު ޙަސަން ޚިޔާނަތްތެރިވެފައިވާ ކަން ޝަރީޢަތަށް ސާބިތުވާ ފައިސާގެ ޢަދަދަކީ
-/134,000 ރ. (އެއްލައްކަ ތިރީހަތަރު ހާސްރުފިޔާ) ކަން އެނގޭކަމުން، ޢަބްދުﷲ ރަޝީދު ޙަސަން
ޚިޔާނަތްތެރިވެފައިވަނީ -/
164000ރ. (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ރުފިޔާ) ކަމަށް ޅ.ނައިފަރު
ކޯޓުން ކަނޑައަޅާފައިވާ ޢަދަދަށް ބަދަލު ގެންނަންޖެހޭކަމާއި، އަދި ފައިސާގެ މިއަދަދަށް ބަދަލު
އައިސްފައިވާތީ ޢަބްދުﷲ ރަޝީދު ޙަސަންގެ މައްޗަށް ކަނޑައެޅުނު އަދަބަށް ބަދަލު ގެންނަންޖެހޭކަމާއި،
ޢަބްދުﷲ ރަޝީދު ޙަސަން ޚިޔާނަތްތެރިވެފައިވާ ފައިސާ އަކީ، ބޭންކުން އެފައިސާގެ %50 އިންސައްތަ
ދެއްކުމަށް އެއްބަސްވެފައިވާ ފައިސާއެއްކަމަށް ދޭހަކޮށްދޭ ފަދަ ލިޔެކިޔުންތައް މިމައްސަލައާއި ގުޅިގެން
ޅ.ނައިފަރުކޯޓަށް ހުށައެޅިފައިވާކަން އެނގެން އޮތުމުން، ޢަބްދުﷲ ރަޝީދު ޙަސަން ޚިޔާނަތް ތެރިވެފައިވާ
ކަން ސާބިތުވެފައިވާ ފައިސާގެ މުޅި ޖުމްލަ ޢަދަދު ޢަބްދުﷲ ރަޝީދު ޙަސަންގެ އަތުން ވިދުވަރު މިޔުޒިކު
ކުލަބަށް ލިބިދިނުމުގެ ކުރިން މިފައިސާ ދެއްކުމާއި މެދު ބޭންކު އޮފް މޯލްޑިވްސް އިން ދެކޭ ގޮތެއް
ޝަރީޢަތުގެ ފަރާތުން ބެލުމަކީ އަދުލު އިންސާފުގެ ހަމަތަކުން ބަލާއިރު، އެންމެ އިންސާފުވެރި ގޮތް ކަމަށް
ބެލެވެން އޮތުމުން، ޢަބްދުﷲ ރަޝީދު ޙަސަންގެ ފަރާތުން -/
164000ރ. (އެއްލައްކަ ފަސްދޮޅަސް
ހަތަރުހާސް ރުފިޔާ) ޅ.ނައިފަރު ކޯޓަށް ދެއްކުމަށް ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2008/G2C/80
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ އެބައި ބާތިލުކުރަން ޖެހޭކަމާއި، އަދި ޢަބްދުﷲ ރަޝީދު ޙަސަން
ޚިޔާނަތްތެރިވިކަން ސާބިތުވެފައިވާ ފައިސާ ހޯދުމުގެ މައްސަލަ މަދަނީ ވަކި މައްސަލައެއްގެ ގޮތުގައި
ވިދުވަރު މިޔުޒިކް ކުލަބުން ކޯޓަށް ހުށައަޅައިފިނަމަ، އެމައްސަލައިގައި ބޭންކު އޮފް މޯލްޑިވްސްގެ ފަރާތުން
އެއްޗެއް ސާފުކުރުމަށްފަހު ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމާއި، މިކަންކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވެއެވެ.
CCCC27
ދިވެހިރާއްޖޭގެ
ހައިކޯޓު
ވާފ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ކަ އެޅުއްވުމަން
15
2010/HC-A/30
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުކުމް
CO
ޗެށް އެ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމާއި އެކު، ޅ.ނައިފަރު /ވިދުވަރު މިޔުޒިކް
ކުލަބްގެ ރައީސްގެ ގޮތުން ވިދުވަރު މިއުޒިކް ކުލަބްގެ ހުރިހާކަމެއް ހިންގުމުގެ އެންމެ އިސްވެރިއަކަށް
ޅ.ނައިފަރު ކުރެދިވަރުގެ ޢަބްދުﷲ ރަޝީދު ޙަސަން ހުންނަވައިގެން އެކުލަބްގެ ނަމުގައި ބޭންކް އޮފް
މޯލްޑިވްސް ނައިފަރު ބްރާންޗްގައި ހުޅުވާފައިވާ އޮތް ނަންބަރު 101-323058-7705 އެކައުންޓުން
ޢަބްދުﷲ ރަޝީދު ޙަސަން ފައިސާ ނަގާ އެފައިސާ އަށް ޚިޔާނަތްތެރިވެފައިވާކަން ޝަރީޢަތަށް
ސާބިތުވާކަމަށް ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2008/G2C/80 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
ތާއީދުކުރުމާއެކު، ނައިފަރު ކޯޓުގެ އެޤަޟިއްޔާއާއި ގުޅިގެން ހުށައަޅާފައިވާ ލިޔެ
ކިޔުންތަކަށް ބެލުމުން ޢަބްދުﷲ ރަޝީދު ޙަސަން ޚިޔާނަތްތެރިވެފައިވާ ކަން ޝަރީޢަތަށް ސާބިތުވާ
ފައިސާގެ ޢަދަދަކީ -/134,000 ރ. (އެއްލައްކަ ތިރީހަތަރު ހާސްރުފިޔާ) ކަމަށް ކަނޑައަޅައި، މިއީ
ޢަބްދުﷲ ރަޝީދު ޙަސަންގެ މައްޗަށް
ތަށް ޚިޔާނާތުގެ ޘާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ،
ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން 08 (އަށެއް) މަސްދުވަހަށް، ޢަބްދުﷲ ރަޝީދު
ޙަސަން ޚިޔާނާތްތެރިވެފައިވަނީ -/134,000 ރ. (އެއްލައްކަ ތިރީހަތަރު ހާސްރުފިޔާ) އަށް ކަމަށްވާތީ
ޤާނޫނުލްޢުޤޫބާތުގެ 132 ވަނަ މާއްދާގެ ދަށުން 134 (އެއްސަތޭކަ ތިރީސްހަތަރު) މަސްދުވަހަށް ޖުމްލަ
11 (އެގާރަ) އަހަރާއި 10 (ދިހަ) މަސްދުވަހަށް ޅ.ނައިފަރު (ކުރެދިވަރުގެ ޢަބްދުﷲ ރަޝީދު ޙަސަން
އަރުވާލުމަށް ޙުކުމްކޮށް، ޢަބްދުﷲ ރަޝީދު ޙަސަން ޚިޔާނަތްތެރިވެފައިވާ ފައިސާގެ މުޅި ޖުމްލަ ޢަދަދަކީ
އޭނާ ދައްކަންޖެހޭ ފައިސާއެއްކަމަށް ޅ.ނައިފަރުކޯޓުން ކޮށްފައިވާ ޙުކުމުގެ އެބައި ބާތިލުކޮށް، ފައިސާ
ހޯދުމުގެ މައްސަލަ މަދަނީ ވަކި މައްސަލައެއްގެ ގޮތުގައި ޅ.ނައިފަރު ވިދުވަރު މިޔުޒިކުކުލަބުގެ ފަރާތުން
ކަމާބެހޭ ކޯޓަށް ހުށަހަޅައިފިނަމަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި އިސްވެ އިޝާރާތްކުރެވުނު
ކަންކަމުގެ އަލީގައި އެމައްސަލަ އެކޯޓުން ބަލައިދޭންޖެހޭނެކަމަށް އަންގާ އެގޮތުގެ މަތީން މިޤަޟިއްޔާ
ނިންމީއެވެ.
ދިވެހިރާއްޖޭގެ
ހައިޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv