ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/224 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013HC-A/224
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 224/HC-A/2013
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: އަޙްމަދު ނާޝިމް
އައި.ޑީ.ކާޑު ނަންބަރު: A139220
ބަދަލުގައި: ޢަލީ ނާފިޛު މީނާޒު/ ލ. ހިތަދޫ
* ދާއިމީ އެޑްރެސް: މީނާޒު/ ލ. ހިތަދޫ
މިހާރުގެ އެޑްރެސް: މީނާޒު/ ލ. ހިތަދޫ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޢާއިޝަތު ޤާސިމް
* ދާއިމީ އެޑްރެސް: ހަޒާރުމާގެ/ ލ. މާވަށް
އައި.ޑީ.ކާޑު ނަންބަރު: A139781
މިހާރުގެ
އެޑްރެސް: މ. ޖެނޭރިއަން
ވަކީލް އދ. އަޙްމަދު ޝިފާޢު ރޭއަލިވާގެ/ ގދ. ފަރެސްމާތޮޑާ
އދ. އަޙްމަދު ޝާފިޢު އުދަރެސް/ ހއ. އިހަވަންދޫ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 08 ރަމަޟާން 1434
16 ޖުލައި 2013
ނިމުނު ތާރީޚް: 14 ރަމަޝާން 1434
22 ޖުލައި 2013
• އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2013
/
3-B5-146
، ނިންމި ކޯޓު: ފެމިލީ ކޯޓު
ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
• އަމުރު ނެރުނު ތާރީޚް: 14 ޖުލައި 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
،
2
2013/HC-A/224
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
މިއީ، ފެމިލީ ކޯޓުގެ ނަންބަރު 2013
/
3-B5-146 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، އެ ކޯޓު އަމުރު އިސްތިއުނާފު ކުރުމަށްއެދި، ލ. ހިތަދޫ
މީނާޒު އަޙްމަދު ނާޝިމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ލ. މާވަށް ހަޒާރުމާގެ ޢާއިޝަތު ޤާސިމްއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ފެމިލީ ކޯޓުގެ ނަންބަރު 2013
/
3-B5-146 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް އެދި، ލ.ހިތަދޫ މީނާޒު
އަޙްމަދު ނާޝިމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ފެމިލީ ކޯޓުގެ ނަންބަރު 2013
/
3-B5-146 ކޯޓު އަމުރަށް ބަލާއިރު އެ ކޯޓު އަމުރަކީ
ލ. މާވަށު ހަޒާރުމާގެ ޢާއިޝަތު ޤާސިމް އާއި ލ. ހިތަދޫ މީނާޒު އަޙްމަދު ނާޝިމްގެ ދަރި
ލ. ހިތަދޫ މީނާޒު މުޙައްމަދު ޢުލޫމް ޢާއިޝަތު ޤާސިމްގެ ނުރުހުމުގައި އަޙްމަދު ނާޖިމް އޭނާގެ ރަށަށް
ގެންގޮސްފައިވާތީ، މުޙައްމަދު ޢުލޫމް އަނބުރާ ޢާއިޝަތު ޤާސިމްއާ ޙަވާލުކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި
ޢާއިޝަތު ޤާސިމް އެދުމުން ފެމިލީ ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
3. ފެމިލީ ކޯޓުގެ ނަންބަރު 2013
/
3-B5-146 ކޯޓު އަމުރަށް ބަލާއިރު އެ ކޯޓު އަމުރަކީ
މާވަށު ހަޒާރުމާގެ ޢާއިޝަތު ޤާސިމް (ދިވެހިރައްޔިތެއްކަންއަންގައިދޭ ކާޑްނަންބަރު: A139781)
ވީހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/224
2 4 2 2 4 8 2
ޅ.ހިތަދޫ މީނާޒް އަޙްމަދު ނާޝިމް (ދިވެހިރައްޔިތެއްކަންއަންގައިދޭ ކާޑްނަންބަރު: A139220) ގެ ދަރި
ލ.ހިތަދޫ މީނާޒު މުޙައްމަދު ޢުލޫމް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްނަންބަރު: A369552)، ޢާއިޝަތު
ޤާސިމްގެ ނުރުހުމުގައި އަޙްމަދު ނާޝިމްގެ ރަށަށް ގެންގޮސްފައިވާތީ، ދަރިފުޅު އަނބުރާ ޢާއިޝަތު ޤާސިމް އާއި
ހަވާލު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި، އަޙްމަދު ނާޝިމްގެ މައްޗަށް ޢާއިޝަތު ޤާސިމް ހުށަހަޅާފައިވާ
މިމައްސަލައާއި ގުޅިގެން ދަޢުވާކުރާ ޢާއިޝަތު ޤާސިމް ދައްކާފައިވާ ވާހަކަތަކަށާއި ހެކިންގެ ހެކިބަހަށް
ބަލާއިރު، ދަޢުވަކުރާ ޢާއިޝަތު ޤާސިމް އާއި ދަޢުވާލިބޭ އަޙްމަދު ނާޖިމް އަކީ ކައިވެނިމަތީގައި ތިބި ދެމަފިރިން
ކަމުގައި ވީނަމަވެސް، މިދެމަފިރިންގެ ދެމެދު ހުރި މައްސަލަތަކެއްގެ ސަބަބުން އަޙްމަދު ނާޝިމް ގާތުން
ވަރިވުމަށް ޢާއިޝަތު ޤާސިމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަމާއި، ޢާއިޝަތު ޤާސިމް މިހާރު ދިރިއުޅެނީ
އޭނާގެ ފިރިމީހާއާއި ވަކިން މާލޭގައި ކަމާއި، މިދެމީހުންގެ ދަރި މުޙައްމަދު ޢުލޫމް އަކީ ޕްރީ ސްކޫލް
މަރުޙަލާގައި މާފަންނު މަދަރުސާގައި ކިޔަވަމުންދާ ދަރިވަރެއްކަމާއި، 2013 ޖުލައި 10 ވަނަ ދުވަހު ދަރިފުޅު
އުރާލަންކަމަށް ބުނެ އަޙްމަދު ނާޖިމް އޭނާގެ ދަރިފުޅު މުޙައްމަދު ޢުލޫމް ގެންދިއުމަށްފަހު، އަނބުރާ ޢާއިޝަތު
ޤާސިމް އާއި ދަރިފުޅު ހަވާލުކުރުމަށް އިންކާރުކޮށް، ދަރިފުޅު ގޮވައިގެން އަޙްމަދު ނާޝިމް ގެ ރަށްކަމަށްވާ
ލ.ހިތަދޫއަށް ގޮސްފައިވާކަމާއި، މިހާރު ޢުމުރުން 4 (ހަތަރު) އަހަރާއި 11 މަސް ދުވަސް ވެފައިވާ މުޙައްމަދު
ޢުލޫމް އަކީ އޭނާ އުފަންވީއްސުރެ 2013 ޖުލައި 10 ވަނަ ދުވަހު އަޙްމަދު ނާޝިމް ގެންދިއުމާއި ހަމައަށް
އޭނާގެ މަންމަ ޢާއިޝަތު ޤާސިމްގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްކަމާއި، މުޙައްމަދު ޢުލޫމުގެ ހުރިހައިކަމެއް
ބަލަހައްޓަމުންދާ މީހަކީ ޢާއިޝަތު ޤާސިމްކަން އެނގޭތީއާއި، މިޙާލަތުގައި މުޙައްމަދު ޢުލޫމް އޭނާގެ މަންމަގެ
ބެލުމުގެ ދަށުގައި ބެހެއްޓުމަށްޓަކައި، ވީހާވެސް އަވަހަކަށް އޭނާގެ މަންމަ އާއި މުޙައްމަދު އުލޫމް ހަވާލުކުރުމަކީ
މުޙައްމަދު ޢުލޫމްގެ މަޞްލަޙަތުގައި އެންމެ ރަނގަޅު ގޮތްކަމަށް ޝަރީޢަތަށް ފެންނާތީ، 2013 ޖުލައި 15
ވަނަ ދުވަހުގެ 22:00 ގެކުރިން މުޙައްމަދު ޢުލޫމް އޭނާގެ މަންމަ އާއިޝަތު ޤާސިމް އާއި ހަވާލުކުރުމަށް
މުޙައްމަދު ޢުލޫމް ގެ ބައްޕަ ސ.ހިތަދޫ މީނާޒް އަޙްމަދު ނާޝިމްގެ މައްޗަށް އަމުރުކޮށް، މިއަމުރު ތަންފީޒު
ކުރުމަށް އަޙްމަދު ނާޝިމް ނުވަތަ އެނޫން ފަރާތަކުން ވިޔަސް ދެކޮޅު ހަދައި އެއްވެސް ހުރަހެއް އަޅާނަމަ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/224
ޚަވާލެކެދެމެގެ
އެކަމެއް ހުއްޓުވައި، މުޙައްމަދު ޢުލޫމް އޭނާގެ މަންމަ ދަޢުވާކުރާ ޢާއިޝަތު ޤާސިމް އާއި
މިއަމުރު ތަންފީޒް ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރުކޮށް..."
އިއްވާފައިވާ
އަމުރެއްކަން އެނގެން އޮވެއެވެ.
4. ފެމިލީ ކޯޓުގެ ނަންބަރު 2013
/
3-B5-146 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރަމުން، ލ. ހިތަދޫ މީނާޒު އަޙްމަދު
ނާޘިމްގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ.
0
ފުރަތަމަ ނުކުތާއަކީ، ފެމިލީ ކޯޓުގެ ނަންބަރު 2013/Fm
-
C/1342 ޤަޟިއްޔާ ހިންގާފައިވަނީ
ކުއްޖާގެ ބައްޕަ އަދި އެޤަޟިއްޔާގައި ދަޢުވާކުރި ފަރާތުގެ ފިރިމީހާ އަދި ދަޢުވާ ރައްދުވާ އަޙްމަދު ނާތިމަށް
އެންގުމަކާނުލައި އޭނާގެ ބަހެއް ހޯދުމަށް އެއްވެސް މަސައްކަތެއް ޝަރީޢަތުން ނުކޮށްކަމަށާއި، އަދި އެއީ ފެމިލީ
ކޯޓުގެ ޤަވާއިދުގެ 19 ވަނަ މާއްދާގެ (ހ) އަދި (ރ) އާއި ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ފެމިލީ ކޯޓުގެ ނަންބަރު 2013
/
3-B5-146 ކޯޓު އަމުރު ނެރުއްވާފައިވަނީ
ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ 27 އަދި 48 ވަނަ މާއްދާއާއި ތަޢާރަޝްވާ ގޮތަށްކަމަށް
ބުނެ ހުށަހެޅި
ނެކެeއވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013HC-A/224
ލ. މާވަށް
5. ފެމިލީ ކޯޓުގެ ނަންބަރު 2013
/
3-B5-146 ކޯޓު އަމުރު އިސްތިއުނާފުކުރަމުން ލ. ހިތަދޫ
މީނާޒު އަޙްމަދު ނާޝިމްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭގޮތުން ދަޢުވާ ލިބޭ
ހަޒާރުމާގެ ޢާއިޝަތު ޤާސިމްގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ފެމިލީ ކޯޓުގެ ނަންބަރު 2013/Fm
-
C/1342 ޤަޟިއްޔާ ހިންގާފައިވަނީ
ކުއްޖާގެ ބައްޕަ އަދި އެޤަޟިއްޔާގައި ދަޢުވާކުރި ފަރާތުގެ ފިރިމީހާ އަދި ދަޢުވާ ރައްދުވާ އަޙްމަދު ނާޝިމަށް
އެންގުމަކާނުލައި، އޭނާގެ ބަހެއް ހޯދުމަށް އެއްވެސް މަސައްކަތެއް ޝަރީޢަތުން ނުކޮށްކަމަށާއި، އަދި އެއީ
ފެމިލީ ކޯޓުގެ ޤަވާއިދުގެ 19 ވަނަ މާއްދާގެ (ހ) އަދި (ރ) އާއި ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއް
ކަމުގައި އަޙްމަދު ނާޝިމްގެ ފަރާތުން ބުނެފައިވާއިރު،
ފެމިލީ ކޯޓުގެ ޤަވާއިދުގެ 19 ވަނަ މާއްދާއަކީ އެކޯޓުގެ ޤާޟީންގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ
އެދާއެއްކަމާއި، ފެމިލީ ކޯޓުގެ ޤަވާޢިދުގެ 19 ވަނަ މާއްދާގެ (ހ) ގައި ވަނީ "ޤާނޫނުއަސާސީ އާއި
ހެދިފައިވާ ޤާނޫނުތަކާ އެއްގޮތަށް އިންޞާފުވެރިކަމާއި، ތެދުވެރިކަމާއެކު ހާމަކަންބޮޑު ގޮތަކަށް ޝަރީޢަތުގެ
މަޖިލީސް ހިންގުން" މިފަދައިން ކަމާއި، ފެމިލީ ކޯޓުގެ ޤަވާޢިދުގެ 19 ވަނަ މާއްދާގެ (ރ) ގައިވަނީ
"މައްސަލައާގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ޤަރީނާ ހުށަހެޅުމާއި މައްސަލައާގުޅޭ ވާހަކަތައް ދެއްކުމަށް
އިޖުރާއާތުގައިވާ ގޮތުގެ މަތިން،
މައްސަލައިގެ ޚަޞްމުންނަށް ނުވަތަ ޚަޞްމުން ތަމްސީލުކުރާ ފަރާތްތަކަށް
އެކަށޭނެ ފުރުޞަތު ދިނުން" މިފަދައިން ކަމާއި،
ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/224
ޑ 8 *
ޤަޟިއްޔާއެއްގެ
ބަޔާންކުރެވިދިޔަ ފެމިލީ ކޯޓުގެ ޤަވާޢިދުގެ ނައްޞުތަކުން އެނގެނީ އެއީ ހުށަހެޅިފައިވާ
ޝަރީޢަތް ހިންގަވައި، އެޤަޟިއްޔާގެ މައުޟޫޢުގެ މައްޗަށް ފައިޞަލާކުރެއްވުމުގައި
ނުވަތަ ކަންކުރައްވަންޖެހޭ ގޮތްތަކެއްގެ ވާހަކަކަމާއި، ނަމަވެސް އިސްތިއުނާފުކުރެވިފައިވަނީ
ކޯޓުގެ ނަންބަރު 2013/Fm
-
C/1342 ޤަޟިއްޔާގައި ނެރުއްވާފައިވާ ވަގުތީ އަމުރެއްކަމާއި،
/80
6 ه
ބައެމުވާންޖެހޭ
ފެމިލީ ކޯޓުގެ ޤަވާއިދުގެ 55 ވަނަ މާއްދާގައި، ޢާއިލީ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގެ
ވާހަކަ ބަޔާންކޮށްފައިވާއިރު، ވަގުތީ އަމުރު ނެރުމުގައި އެއަމުރު ރައްދުވާ އަނެއް ޚަޞްމަށް ޖަވާބުދާރީވުމުގެ
ފުރުސަތު ދިނުން ލާޒިމުކޮށްފައިވާކަން އެނގެންނެތްކަމާއި، ނަމަވެސް ވަގުތީ އަމުރެއް ނެރުމުގައިވެސް،
ހުށަހެޅިފައިވާ ކަންކަމަށް ޖަވާބުދާރީވުމަށް، އެއަމުރު ރައްދުވާ އަނެއް ޚަޞްމަށް ފުރުޞަތު ދިނުމަކީ އެންމެ
ރަނގަޅު، އަދި އުޞޫލެއްގެ ގޮތުން އެކަން ކުރަންޖެހޭނެގޮތްކަމާއި، ނަމަވެސް ވަގުތީ އަމުރުގެ ޠަބީޢަތަށާއި
މަޤްޞަދަށް ބަލާއިރު، ވަގުތީ އަމުރަކީ ހުށަހެޅިފައިވާ މައްސަލައެއްގެ މައުޟޫޢުގެ މައްޗަށް ކުރެވޭ ޙުކުމެއް
ނުވަތަ އަމުރަކަށްނުވާކަމާއި، އަދި އެއީ މައްސަލާގައި ހިމެނޭ ފަރާތަކަށް ނުވަތަ ލިބިފައިވާ ދަރިންނަށް
ލިބިދާނެކަމަށް ގަބޫލުކުރެވޭ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރިނަމަ، އެގެއްލުން ދުރުކުރުމުގެ ގޮތުން
ނެރެވޭ ވަގުތީ އެއްޗެއްކަމުން، އެފަދަ ގެއްލުމެއް ދުރުކޮށް އެއްކިބާކުރުމަށް ލިބިފައިވާ ވަގުތާއި މައްސަލައިގެ
ވަށައިގެންވާ ކަންކަމުގެ މައްޗަށް ބަލައި، އަމުރު ރައްދުވާ ޚަޞްމު ޖަވާބުދާރީވެފައި ނުވިނަމަވެސް ނުވަތަ
ޖަވާބުދާރިވުމަށް ވަގުތު ދިނުމަކީ އެއަމުރުގެ މަޤްޞަދު ޙާޞިލުނުވެދާނެ ކަމެއްކަމަށް މައްސަލަ ބައްލަވާ
ފަނޑިޔާރަށް ޤަބޫލުކުރެވޭފަދަ ސަބަބުތަކެއް ހުރިނަމަ، އެވަގުތާއި ފުރުޞަތު ނުދީވެސް ވަގުތީ އަމުރު ނެރުމަކީ
ޢަދުލު އިންސާފު ޤާއިމުކުރުމުގައި ކޯޓަށް ލިބިގެންވާ ބާރުގެ ދަށުން ކުރެވިދާނެކަމެއްކަމަށް ޤަބޫލުކުރެވޭކަމާ ،
8 2ޑ 8
ފެމިލީ ކޯޓުގެ ޤަވާޢިދަށް ބަލާއިރު، އެ ޤަވާޢިދުގެ 55 ވަނަ މާއްދާގެ (ހ) ގައި ވަގުތީ އަމުރު
ނެރުމާއި ވަގުތީ ފިޔަވަޅު އެޅުމަކީ ޢާއިލީ މައްސަލައެއްގައި ނުވަތަ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2013HC-A/224
އދއކ
ގުޅިގެން، އެމައްސަލައެއް ނިމުމުގެ ކުރިން ކޯޓުން ފިޔަވަޅެއް ނާޅައިފިނަމަ މައްސަލާގައި ހިމެނޭ ދެފަރާތުންކުރެ
ފަރާތަކަށް ނުވަތަ ލިބިފައިވާ ދަރިންނަށް ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ސަބަބެއް
އެކު، އެކަމާ
ގުޅިގެން ކަމެއްކުރުމަށް ނުވަތަ ކަމެއް ނުކުރުމަށް ކޯޓުން ކުރާ އަމުރު، ނުވަތަ އެކަމާ ގުޅިގެން ކޯޓުން އަޅާ
ފިޔަވަޅު ކަމުގައި ބަޔާންކޮށްފައިވާކަމާއި، އަދި ހަމަ މިމާއްދާގެ (ރ) އަށް ބަލާއިރު، ޢާއިލީ މައްސަލައެއްގައި
ވަގުތީ އަމުރަކަށް ނުވަތަ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހެޅުމުން އެފަދަ އަމުރެއް ނެރެންޖެހޭތޯ
ނުވަތަ އެފަދަ ފިޔަވަޅެއް އަޅަންޖެހޭތޯ ބަލައި އެއަމުރެއް ނެރުމަކީ އެމައްސަލާގައި އޮތް އެންމެ ޢަދުލުވެރި
ގޮތްކަމަށް ކޯޓަށް ފެނިއްޖެނަމަ، އެފަދަ އަމުރެއް ނެރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަމުގައި
ބަޔާންކުރެވިފައިވާކަން އެނގޭކަމެވެ.
Pucocc
(ނ) ދެވަނަ ކަމަކީ، ފެމިލީ ކޯޓުގެ ނަންބަރު 2013
/
3-B5-146 ކޯޓު އަމުރު ނެރެފައިވަނީ ޤާނޫނު
ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ 27 އަދި 48 ވަނަ މާއްދާއާއި ތަޢާރަޟްވާ ގޮތަށް
ތަށްކަމަށް ބުނެ
ހުށަހެޅި ނުކުތާގެ މައްޗަށް ބެލިއިރު،
ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ 47 ވަނަ މާއްދާއާއި 48 ވަނަ މާއްދާއަކީ
ކުއްޖާގެ ބަލަދުވެރިކަމާގުޅޭ މާއްދާތަކެއްކަމާއި، މިމާއްދާތަކުގައި ބަޔާންކުރެވިފައިވާ މައިގަނޑު ކަންތައްތަކަކީ
ކުއްޖާގެ އެންމެ އިސް ޝަރުޢީ ބަލަދުވެރިޔަކީ ކުއްޖާގެ ބައްޕަކަމާއި، ޝަރުއީ ބަލަދުވެރިންނާއި ޤާނޫނީ
ބަލަދުވެރިންނަކީ ކޮބައިކަމާއި، މިކަންކަން ކަމާއި، އެހެންކަމުން، މިކަންކަމުގެ މައްޗަށް ބަލައި،
އިސްތިއުނާފްކުރެވިފައި މިވާ ފެމިލީ ކޯޓުގެ ނަންބަރު 2013
/
3-B5-146 ކޯޓު އަމުރަށް ބަލާއިރު،
އެއަމުރުގައި، މިމައްސަލާގައި ބަޔާންކޮށްފައިވާ ކުއްޖާ (މުޙައްމަދު ޢުލޫމް) ގެ ބަލަދުވެރިކަމާމެދު ގޮތެއް
ނިންމަވާފައިވާކަން އެނގެންނެތްކަމާއި، އެއަމުރުގައި ނިންމަވާފައިވަނީ އެ ކުއްޖާއަކީ އުމުރުން އަދި 4 އަހަރާ
11 މަހުގެ ކުއްޖަކުކަމުންނާއި، އަދި އެކުއްޖާގެ ބައްޕަ އެކުއްޖާ ގެންދިއުމާ ހަމައަށް އެކުއްޖާއަކީ އެކުއްޖާގެ
4
ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013HC-A/224
މަންމަގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްކަމުންނާއި، އެކުއްޖާގެ ހުރިހައިކަމެއް ބަލަހައްޓަމުންދާ މީހަކީ
އެކުއްޖާގެ މަންމަ ޢާއިޝަތު ޤާސިމްކަމުން، އެކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅުވާނީ އެކުއްޖާގެ މަންމަ
ޢާއިޝަތު ޤާސިމްގެ ބެލުމުގެ ދަށުގައި އެކުއްޖާ ބެހެއްޓުންކަމަށް ފެމިލީ ކޯޓަށް ފެނިވަޑައިގަންނަވާތީ، މުޙައްމަދު
ޢުލޫމް އޭނާގެ މަންމަ އާއިޝަތު ޤާސިމާ ޙަވާލުކުރުމަށް އަޙްމަދު ނާޤިމަށް އަންގަވައި، ފެމިލީ ކޯޓުގެ ނަންބަރު
2013/Fm-C/1342 ޤަޟިއްޔާގައި ނެރުއްވާފައިވާ އަމުރެއްކަން އެނގޭކަމާއި،
އެހެންކަމުން، އިސްތިއުނާފުކުރުމަށް ހުށަހެޅި މިނުކުތާއާއި، މިނުކުތާގައި ބާޔާންކުރެވިފައިވާ، ޤާނޫނު
ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ މާއްދާތަކަކީ މިމައްސަލާގައި ގުޅުންހުރި މާއްދާތަކެއްކަމަށް
ބެލެވެން ނެތްކަމާއި އަދި މިނުކުތާގެ މައްޗަށް ބިނާކޮށް، އިސްތިއުނާފްކުރެވިފައިމިވާ އަމުރު ބާޠިލުކަމަށް
ޑައަޅާނެތަނެއް އޮތްކަމަށް ނުފެންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ވަގުތީ އަމުރެއްނަމަ، އެ ވަގުތީ އަމުރުގައި، އެއީ ވަގުތީ އަމުރެއްކަން
އެނގޭފަދަ ގޮތަކަށް ބަޔާންކުރެވިފައި
ފައިވާންވާނެކަމާއި، އެގޮތުން ކޯޓުތަކުން ނެރޭ ވަގުތީ އަމުރުތަކުގައި، "އަމުރުގެ
ބަޔާންކޮށްފައި އޮންނައިރު،
)
32
އިސްތިއުނާފްކުރެވިފައި މިވާ އަމުރުގައި އެފަދައިން ބަޔާންކުރެވިފައިނުވާކަމާއި، އެހެންނަމަވެސް މިއީ
އިސްތިއުނާފުކުރުމަށް ހުށަހެޅުނު ނުކުތާއަކަށް ނުވެފައި، ފެމިލީ ކޯޓުގެ ނަންބަރު 2013/Fm-C/1342
ޤަޟިއްޔާގައި ނެރުއްވާފައިވާ އަމުރެއްކަމުން، މިއީ ވަގުތީ އަމުރެއްކަމާއި، މިއަމުރުގެ މުއްދަތު ދެމިއޮންނާނީ
ފެމިލީ ކޯޓުން ވަކިގޮތަކަށް އަންގަވަންދެން ނުވަތަ އެއަމުރު ނެރުއްވި މައްސަލަ ޝަރީޢަތުން ޙުކުމްކޮށް
ނިމެންދެންކަން އެނގޭކަމުން، މިނުކުތާގެ މައްޗަށް ބިނާކޮށް، އިސްތިއުނާފްކުރެވިފައިމިވާ އަމުރު ބާޠިލުކަމަށް
ކަނޑައަޅާނެތަނެއް އޮތްކަމަށް ނުފެންނަކަމެވެ.
4
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/224
(ރ) ހަތަރުވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ފެމިލީ ކޯޓުގެ ނަންބަރު
2013/Fm-C/1342 ޤަޟިއްޔާގައި އެކޯޓުން ނެރުއްވާފައިވާ އަމުރު ބާޠިލުކުރާނެ ސަބަބެއް ނެތްކަމަށް
މިޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް އިއްތިފާޤްވެވިފައިވާކަމާއި،
ނަމަވެސް، މިޤަޟިއްޔާ ބެލި ފަނޑިޔާރުންކުރެ ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް އިތުރަށް
ދެކެވަޑައިގަންނަވަނީ ފެމިލީ ކޯޓުގެ ނަންބަރު 2013
/
3-B5-146 ކޯޓު އަމުރު ދެމިއޮންނާނީ ފެމިލީ ކޯޓުގެ
ނަންބަރު 2013/Fm
-
C/1342 ޤަޟިއްޔާގައި، އެކޯޓުން ވަކިގޮތަކަށް އަންގަވަންދެން ނުވަތަ އެޤަޟިއްޔާގެ
ޙުކުމް ކުރައްވަންދެން ކަމަށް މިޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅުއްވައި، އެއަމުރު އެގޮތަށް އިސްލާހުކުރަން
ޖެހޭކަމަށެވެ.
• ޙުކުމް:-
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ފެމިލީ ކޯޓުގެ ނަންބަރު
B5-2013
/
3-146 ކޯޓު އަމުރު އިސްތިއުނާފްކުރުމަށް އެދި ހުށަހެޅިފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް
އެކޯޓު އަމުރަކީ ބާޠިލު އަމުރެއްކަމަށް ކަނޑައަޅާނެތަނެއް ނެތްކަމަށް މިމައްސަލަ ބެލި މިކޯޓުގެ ފަނޑިޔާރުންގެ
އަޣުލަބިއްޔަތުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv