ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/293 ޤަޟިއްޔާގެ ޙުކުމް
1
2jl4/HC-A/293
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 293/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޙިންނާ ޚާލިދު
ނަންބަރ:A051352
6
ދާއިމީ އެޑްރެސް: ފ.ވަޅުފެހި ކ.މާލެ
މިހާރުގެ އެޑްރެސް: ހ.ވަޅުފެހި ކ.މާލެ
· 31
• އިސްތިއުނާފު ރައްދުވާ ފަރާތް
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް *ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑުނަންބަރު:
*މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީކުރެވުނު ތާރީޚް: 28 ޒުލްޙިއްޖާ 1435 * ނިމުނު ތާރީޚް: 27 މުޙައްރަމް 1436
22 އޮކްޓޯބަރ 2014
20 ނޮވެމްބަރު 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cr-C/219
• ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: މަޤާމުގެ ނުފޫޒުބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދަންއުޅު
ހުށަހެޅި ތާރީޚް: 25 އޭޕްރީލް 2012
ނިމުނު ތާރީޚް: 09 ސެޕްޓެމްބަރު 2014
E
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޔޫސުފް ޙުސައިން ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޒިންމާދާރު އިސްވެރިޔާގެ މަޤާމުގައި ހުރެ 2016 ވަނަ އަހަރު ޖުލައި މަހު އައިޖީއެމް ހޮސްޓް ހައިކް
2
2014/HC-A/293
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/219 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ކ.މާލެ|ހ.ވަޅުފެހި، ޙިންނާ ޚާލިދު
(ދ.ރ ކާޑް ނަންބަރު A051352) ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. އިންނާ ޚާލިދުގެ ފަރާތުން ކުރި މި އިސްތިއުނާފް ދަޢުވާ
ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެއެވެ.
CCC.
ކުރެވުނު ނުކުތާ
01 އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/219 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާއަކީ ފ.ވަޅުފެހި؛ ޙިންނާ ޚާލިދު، މާލޭ މުނިސިޕަލްޓީގެ
ޒިންމާދާރު ވެރިޔާގެ މަޤާމުގައި ހުރެ 2010 ވަނަ އަހަރުގެ ޖުލައި މަހު އައިޖީއެމް ހޮސްޕިޓަލްގައި
އެޑްމިޓްކޮށްފައި އޮއްވައި، މާލޭ މުނިސިޕަލްޓީގެ އިތުރުގަޑީގެ ޙާޟިރީ ފޮތް ހޮސްޕިޓަލަށް ގެންގޮސް 2009
ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2010 ވަނަ އަހަރުގެ ޖުލައި މަހާ ދޭތެރޭ ދުވަސްތަކެއްގައި އިތުރުގަޑީގެ
މަސައްކަތްކުރިކަމަށް އެކީ އެއްފަހަރާލިޔެ ސޮއިކޮށް، ނާޖާއިޒު ފައިދާއެއް ހޯދަން އުޅެފައިވާތީ، ޤާނޫނު ނަންބަރު
2/2000 (ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ޤާނޫނުގެ
12 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ޙިންނާ ޚާލިދުގެ މައްޗަށް މަޤާމުގެ ނުފޫޒު
ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދަން އުޅުމުގެ ކުށުގެ ދަޢުވާކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމަށް އެ
ރިޕޯޓުގައި ބަޔާންކުރައްވާފައިވާކަން އެނގެން އޮންނަކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ، މާލޭ މުނިސިޕަލްޓީގެ
އެޑްމިޓްކޮށްފައި އޮއްވައި، މާލޭ މުނިސިޕަލްޓީގެ އިތުރުގަޑީ ޙާޟިރީފޮތް ހޮސްޕިޓަލަށް ގެންގޮސް 2009
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2014/HC-A/293
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަހަރުގެ ޖުލައި މަހުން ފެށިގެން 2010 ވަނަ އަހަރުގެ ޖުލައި މަހާ ދޭތެރޭ ދުވަސްތަކެއްގައި އިތުގަޑީގެ
މަސައްކަތްކުރިކަމަށް އެކީ އެއްފަހަރާ ލިޔެ ސޮއިކޮށް ނާޖާއިޒު ފައިދާއެއް ހޯދަން އުޅެފައިވާތީ ކަމަށްބުނެ،
ށ.ވަޅުފެހި އިންނާ ޚާލިދުގެ މައްޗަށް ދައުލަތުން ކޮންފައިވާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް
ހޯދަން އުޅުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، ދައުލަތުގެ ދައުވާގައި ބުނެފައިވާ ޢަމަލު، އިންނާ
ޚާލިދު ހިންގާފައިވާކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި މައްސަލައާއި ގުޅިގެން ދައުލަތުން
ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮތުމުން، ޤާނޫނު ނަންބަރު 2/2002 (ކޮރަޕްޝަން
މަނާކުރުމުގެ ޤާނޫނު) 23 ވަނަ މާއްދާއާއި ޙަވާލާދީ، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ
ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދަން އުޅުމުގެ ކުށުން، ހިންނާ ޚާލިދު
ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ)
ގެ ދަށުން ހ.ވަޅުފެހި އިންނާ ޚާލިދު 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ޙުކުމްކޮށް
މައްސަލަ ނިންމީއެވެ." މިފަދައިން ބަޔާންކުރައްވާފައިވާކަން އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/219
ޤަޟިއްޔާގައި
ޙުކުމްކުރެއްވުމާއި ގުޅިގެން އިންނާ ޚާލިދުގެ ފަރާތުން އަންނަނިވި ނުކުތާ ފާހަގަކޮށް އެ
ނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައި ވެއެވެ.
* އެ ނުކުތާއަކީ، މައްސަލައިގައި ކުރައްވާފައިވާ ޙުކުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގެ 19 ވަނަ މާއްދާއާއި، 51 ވަނަ މާއްދާގެ (އ) އާއި، ސުޕްރީމް ކޯޓުގެ ނަންބަރު
22/SC-A/2012 ޙުކުމާ ޚިލާފަށްކޮށްފައިވާ ޙުކުމެއްކަމަށް
ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
03- ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު
2012/Cr-C/219 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާމީކޮށް އެ
އެދި ހ.ވަޅުފެހި، ޙިންނާ ޚާލިދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށާއި، އެ ނުކުތާއާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
20j4/HC-A/293
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކަންތައްތައް
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ފަރާތްތަކުގެ ބަހަށާއި،
އެންމެހައި ލިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު އަންނަނިވި
ޝަރީޢަތަށް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/219 ޤަޟިއްޔާގައި
އިންނާ ޚާލިދުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ، ޤާނޫނު
ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާއާއި ޙަވާލާދީ، އެ
ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާ
ނާޖާއިޒް ފައިދާއެއް ހޯދަން
އުޅުމުގެ ކުށުގެ ދަޢުވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި،
އަދި އެ ކުށް ކުރުމުގެ ގޮތުން ޙިންނާ ޚާލިދު ކޮށްފައިވާ ޢަމަލަކީ، އިންނާ ޚާލިދު މާލޭ
މުނިސިޕަލްޓީގެ ޒިންމާދާރު ވެރިޔާގެ މަޤާމުގައި ހުރެ، 2010 ވަނަ އަހަރު ޖުލައި މަހު އައި.ޖީ.އެމް
ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވައި، މާލޭ މުނިސިޕަލްޓީގެ އިތުރުގަޑީގެ ޙާޟިރީފޮތް ހޮސްޕިޓަލަށް
ގެންގޮސް، 2009 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2010 ވަނަ އަހަރުގެ ޖުލައި މަހާ ދޭތެރޭ
ދުވަސްތަކެއްގައި، އިތުރުގަޑީގެ މަސައްކަތްކުރިކަމަށް އެކީ އެއްފަހަރާ ލިޔެ ސޮއިކުރުންކަމަށާއި، އިތުރު
ގަޑީގައި މަސައްކަތްކުރިކަން އެނގޭނެ ރަސްމީ ލިޔުމަކީ އޮފީހުގައި އޮންނަ އިތުރުގަޑީގެ ޙާޟިރީކަމަށާއި،
ދަޢުވާގައި ބަޔާންކޮށްފައިވާ މަސްތަކުގައި އިތުރުގަޑީގެ ޙާޟިރީ ހެދިއިރު، އިންނާ ޚާލިދު އެމަސްތަކުގެ
ދުވަސްތަކުގައި އިތުރުގަޑީގެ ފޮތުގައި ސޮއިކޮށްފައި ނެތްކަމަށް އެމަސައްކަތުގައި މަސްއޫލުވެ އުޅޭ މުވައްޒަފުން
ބުނެފައިވާ ކަމަށާއި، ހަމައެފަދައިން އެމަސްތަކުގައި އިތުރުގަޑީގައި ސޮއިކުރާ ގޮތުގެ ހިސާބުތައް
ކަނޑައެޅިފައިވާ މުއްދަތުގައި އެމުވައްޒަފުން ނިންމިއިރު، ޙިންނާ ޚާލިދު އެފޮތުގައި އެމަސްތަކުގައި
ސޮއިކޮށްފައި ނުވާތީ، އެމަސްތަކުގައި ޙިންނާ ޚާލިދަށް އިތުރުގަޑީގެ ފައިސާ ދީފައި ނުވާކަން މުސާރަ ޝީޓް
ތަކުން އެނގެން އޮންނަކަމަށާއި، ނަމަވެސް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހެޅީޔޭ
ބެލިބެލުމުން، ޙިންނާ ޚާލިދު ސޮއިކޮށްފައި ނުވާތީ، އިތުރު ގަޑީގެ ފައިސާ ދީފައިނުވާ މަސްތަކުގައި
et ce
"ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ه3¢ ¢¢
مریم تمنع
20j4/HC-A/293
ޤަޟިއްޔާ ނިމުނު |
OcOXOU
އިންނާ ޚާލިދު ސޮއިކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށާއި، އެގޮތުން ޙިންނާ ޚާލިދު މަސައްކަތްކޮށްފައިވަނީ
ފަހުގެ ތާރީޚެއްގައި ވޭތުވެދިޔަ ދުވަސްތަކުގައި މަސައްކަތްކުރިކަން ދައްކަންކަމަށާއި، އަދި އުޖޫރަނުދީ އޮތްކަން
ލިޔެކިއުންތަކުން ދައްކުވައިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުވަތަ ކޯޓަށް ހުށަހަޅައިގެން އެމަސްތަކުގެ
އިތުރު ގަޑީގެ އުޖޫރަ ހޯދުމަށްކަމަށް ބެލެވޭކަމަށާއި، އެސަބަބަށްޓަކައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް
ފައިދާއެއް ހޯދަން އުޅުމުގެ ކުށުގެ ދަޢުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ ކަމުގައި ދައުލަތުން ކްރިމިނަލް
ކޯޓުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
3.2- ދެވަނަ ކަމަކީ: ޙިންނާ ޚާލިދުގެ މައްޗަށް ދައުލަތުން ކުޅި ދަޢުވާއަށް ކްރިމިނަލް
ކޯޓުގައި އޭނާ އިންކާރު ކޮށްފައިވާކަމާއި، އަދި މައްސަލާގެ ތަޙްޤީޤުގައިވެސް އޭނާ އެކަމަށް އިންކާރު
ކޮށްފައިވާކަން އެނގެން އޮންނަކަން ފާހަގަކުރެވޭކަމާއި، އަދި ދައުލަތުގެ ދަޢުވާ ސާބިތުކޮށްދިނުމަށް
ހުށަހަޅާފައިވާ ހެކީންގެ ހެކިބަހުން، ދަޢުވާގައި ދައުލަތުން ސިފަކޮށްފައިވާ ގޮތަށް، (2010 ވަނަ އަހަރު
ޖުލައި މަހު އައި.ޖީ.އެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވައި، މާލޭ މުނިސިޕަލްޓީގެ އިތުރުގަޑީގެ
ޙާޟިރީފޮތް ހޮސްޕިޓަލަށް ގެންގޮސް 2009 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2010 ވަނަ އަހަރުގެ
ޖުލައި މަހާ ދޭތެރޭ ދުވަސްތަކެއްގައި އިތުރުގަޑީގެ މަސައްކަތްކުރިކަމަށް އެކީ
އެއްފަހަރާ ލިޔެ
ސޮއިކުރުންކަމަށް) އެކަން ހިނގާފައިވާކަން އެނގެން ނެތްކަމާއި،
ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިންނާ ޚާލިދު ދައްކާފައިވާ ވާހަކައަށް ބަލާއިރު،
އިތުރު ގަޑީގެ ޙާޟިރީގައި ކުރިން ސޮއިނުކޮށް ހުރި ދުވަސްތަކެއްގައި އެކީ އެއްފަހަރާ ނުވަތަ އެކިފަހަރުމަތިން
ކުރުމުއްދަތެއްގެ ތެރޭގައި ވޭތުވެގޮސްފައިވާ މަސްތަކެއްގައި ސޮއިކުރުމަށް ކަނޑައެޅިފައިވާ ބައިގައި
ސޮއިކުރިކަމަށް ބުނެފައިވާކަމާއި، އަދި އެކަން އެގޮތަށް ކޮށްފައިވަނީ އޮފީހުގެ އެންމެ އިސްވެރިޔާ އޭނާ ކުރާ
މަސައްކަތް ބަލައިގަތުމުގެ ބަދަލުގައި، އޭނާއާ ދިމާއަށް އެއްޗެހިކިޔާ، ހަޅޭއްލަވައި ހަދާތީ، އޭނާ އިތުރު
ގަޑީގައިވެސް ކޮށްފައިވާ މަސައްކަތް ފެންނަން ހުންނާނެގޮތަށް ބެހެއްޓުމުގެ ބޭނުމުގައި ކަމަށާއި،
އޭގެ ފަހުންވެސް އެދުވަސްތަކުގެ ނުވަތަ އެމަސްތަކުގެ އިތުރު ގަޑީގެ ފައިސާ ހޯދުމަށް އެއްވެސް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
20j4/HC-A/293
ފާހަގަކުރެވޭތީ އެޤަޟިއްޔާގައި ޙަވާލާ ދެއްވާފައިވާ ޤާނޫނީ ދެ ނައް ޞައް ބަލާއިރު، އެދެ ނައްޞުގައި ވަރީގެ ހައިކޯ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެއްވެސް ބާވަތެއްގެ މަސައްކަތެއް ކޮށްފައި ނުވާނެކަމަށް އިންނާ ޚާލިދުގެ ފަރާތުން ބުނެފައިވާކަން
ފާހަގަކުރެވޭއިރު،
އިންނާ ޚާލިދު އިތުރުގަޑީގެ ފޮތުގައި އެގޮތަށް ސޮއިކޮށްފައިވަނީ، ފަހުގެ ތާރީޚެއްގައި،
ވޭތުވެދިޔަ ދުވަސްތަކުގައި މަސައްކަތްކުރިކަން ދައްކަންކަމަށާއި، އަދި އުޖޫރަނުދީ އޮތްކަން ލިޔެކިއުންތަކުން
ދައްކުވައިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުވަތަ ކޯޓަށް ހުށަހަޅައިގެން އެމަސްތަކުގެ އިތުރު ގަޑީގެ އުޖޫރަ
ހޯދުމަށްކަމަށް ބެލެވޭކަމަށް ދައުލަތުގެ ފަރާތުން ބުނުން ފިޔަވައި އެކަމުގެ މައްޗަށް އެއްވެސް ހެއްކެއް،
ޤަރީނާއެއް އަދި އެކަމުގެ މައްޗަށް ދަލާލަތުކުރާ އެއްވެސް ކަމެއް ދައުލަތުގެ ފަރާތުން ދެއްކިފައިނުވާކަން
ފާހަގަކުރެވޭކަމެވެ.
3.3- ތިންވަނަ ކަމަކީ: ޙިންނާ ޚާލިދުގެ ފަރާތުން ކޮށްފައިވާ އެޢަމަލު އެފަދައިން ކުރި ބޭނުން
ނުވަތަ އޭނާގެ ނިޔަތްކަމަށް ދައުލަތުން ސިފަކޮށްފައިވާ ނިޔަތާމެދު ޙިންނާ ޚާލިދު ކަނޑައެޅިގެން އިންކާރު
ކޮށްފައިވާކަމާއި،
އިންނާ ޚާލިދު އެ ޢަމަލު ހިންގި ބޭނުން ނުވަތަ އޭނާގެ ނިޔަތް
ދެނެގަންނަންޖެހޭނީ އޭނާ ޢަމަލު ކޮށްފައިވާގޮތަށް ބަލައިގެންކަމާއި،
ދައުލަތުން ބުނެފައިވާފަދައިން ޙިންނާ ޚާލިދުގެ ފަރާތުން ޢަމަލު ކޮށްފައިވާގޮތުން ފަހުގެ
ތާރީޚެއްގައި އެމަސްތަކުގެ އިތުރު ގަޑީގެ އުޖޫރަ ހޯދުމަކީ އިންނާ ޚާލިދަށް އޮތް ފުރުސަތެއްކަމަށް ދައުލަތުން
އިސްތިޢުނާފު މިކުރެވޭ ކްރިމިނަލް
ކޯޓުގެ
ނަންބަރު 2012/Cr-C/219 ޤަޟިއްޔާގައި ބައްލަވައި ފާހަގަކުރެވުނު ނުކުތާތަކުގެ 17 ވަނަ ނުކުތާގައި،
".....އެފަދަ ފުރުޞަތެއް އޮތްތޯ ބެލިބެލުމުން ޤާނޫނު ނަންބަރު: 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގައި
އިތުރުގަޑީގައި މުވައްޒަފަކު ލައްވައި މަސައްކަތް ކުރުވައިފިނަމަ، ފައިސާ ދޭންޖެހޭކަން އެޤާނޫނުގެ 37 ވަނަ
މާއްދާއާއި 38 ވަނަ މާއްދާއިން ސާފުކޮށް އެގެން އޮންނަކަމެވެ" މިފަދައިން ބަޔާންކޮށްފައިވާކަން
އެހެ03
/
2
ހނހ2ނ
4
3
2 ހދ
و سرم نرم
މުވައްޒަފަކު ލައްވައި އިތުރު ގަޑީގައި މަސައްކަތް ކުރުވައިފިނަމަ އޭނާއަށް ޙައްޤުވާ އުޖޫރަ ދޭންޖެހޭނެކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
20j4/HC-A/293
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
esދ 8
4
ބަޔާން
ބަޔާންކޮށްފައިވާ ޢާންމު ޤާއިދާއެއްކަމާއި، އެ ޢާންމު ޤާއިދާގެ ދަށުން އެކަން ތަންފީޒުކުރުމަށްޓަކައި
ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދެއްގައި ނުވަތަ ސިވިލް ސަރވިސްގެ ޤަވާޢިދުގައި، ނުވަތަ
ޢަމަލު ކުރަމުން އަންނަ އުޞޫލެއްގައި އިތުރު ގަޑީގެ ފައިސާ ދިނުމާމެދު ޢަމަލުކުރާނެ ގޮތެއް ކަނޑައެޅިފައި
ނަންވާނެތީ، އެނުކުތާއާއި ގުޅޭގޮތުން ބެލިބެލުމުން، ސިވިލް ސަރވިސް ޤަވާޢިދު 2010" ގެ 60 ވަނަ
މާއްދާގައި، އިތުރު ގަޑީގެ ފައިސާއާއި ބެހޭގޮތުން ތަފްޞީލުކޮށް ބަޔާންކުރުމަށްފަހު، އެމާއްދާގެ (ޅ) ގައި،
"އިތުރުގަޑީގެ ފައިސާ ދޭނީ، މަސްދުވަހަކަށްވާ ފައިސާ، އެއްފަހަރާއެވެ. މިގޮތުން އެފައިސާދޭނީ، ކުރިމަހުގެ
16 ން ހިނގާމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުގަޑިއަށްވާ ފައިސާ، ހިނގާމަހުގެ މުސާރަދޭ ދުވަހު
މުސާރައާ އެކުގައެވެ." މިފަދައިން ބަޔާންކޮށްފައިވާކަމާއި،
ލާންކުރެވުނު ނައް ޞަށާއި، އެޤަވާޢިދުގެ 60 ވަނަ މާއްދާގެ ހުރިހާ އަކުރަކަށް ބަލާއިރު،
އިތުރުގަޑީގެ ފައިސާ ހިސާބުކުރުމުގައާއި އެފައިސާ ދިނުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުޞޫލު ސާފުވާން
އޮތްކަމާއި، އެގޮތުން ކުރީމަހުގެ 16 ވަނަ ދުވަހުން ފެށިގެން ހިނގާމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް،
އިތުރު ގަޑީގެ ފޮތުގައި ސޮއިކޮށްފައި ނެތްނަމަ، އެމުވައްޒަފަކަށް އެ ހިނގާމަހުގެ މުސާރަދޭއިރު ސޮއިކޮށްފައި
ނެތް ދުވަސްތަކެއްގެ ފައިސާ ނުލިބޭނެކަން އެނގޭކަމާއި، އަދި ހަމައެފަދައިން ހިނގާމަހުގެ 15 ގެ ފަހުން
ކަމާބެހޭ މުވައްޒަފުން އިތުރުގަޑީގެ ފައިސާ ހިސާބުކުރުމުގެ މަސައްކަތް ފަށާކަމާއި، ހިނގާމަހުގެ
15 ގެ
ފަހުން، އިތުރުގަޑީގެ ފައިސާ ދިނުމަށްޓަކައި ބަލާ 30 ދުވަހުގެ ތެރެއިން ދުވަހެއްގައި ނުވަތަ
ދުވަސްތަކެއްގައި މުވައްޒަފަކަށް ސޮއި ނުކުރެވިއޮތްކަމަށް ޤަބޫލުކުރެވިގެން، އެދުވަސްތަކަށް ކަނޑައެޅިފައިވާ
ބައިގައި، އެމަހެއްގެ ހިސާބު ނިންމާފަހުން ސޮއިކުރިކަމުގައިވިޔަސް، އެދުވަސްތަކުގެ އިތުރުގަޑީގެ ފައިސާ
ދޭގޮތަށް ހަމަޖެހިފައިނުވާކަމާއި، ހަމައެފަދައިން އިތުރު ގަޑީގައި މީހަކު ދިގުމުއްދަތެއް ވަންދެން މަސައްކަތްކޮށް
ސޮއިނުކޮށް ހުރެފައި، އެހުރިހާ ދުވަސްތަކެއްގައި ނުވަތަ މަސްތަކެއްގައި ސޮއިކުރަންޖެހޭ ތަނުގައި، އެކީ
އެއްފަހަރާ ނުވަތަ ގަނޑުކޮށް ސޮއިކުރި ކަމުގައިވިޔަސް، ވޭތުވެގޮސްފައިވާ މުއްދަތުގެ އިތުރުގަޑީގެ
ލިބިދެވޭނެ ނިޒާމެއް ސިވިލް ސަރވިސްގައި ތަޢާރަފްވެފައި ނެތްކަން ސާފުކޮށް އެނގޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އެދޭ21
8
2014/HC-A/293
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3.4- ހަތަރުވަނަ ކަމަކީ: ޤާނޫނު ނަންބަރު: 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި،
މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި، ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ
ފަރާތެއްގެ މުވައްޒަފަކު، އޭނާ ވަޒީފާއަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަ ކުރާ ކަމަކާ
ގުޅިގެން ނުވަތަ އެމުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން ނުވަތަ އެމުވައްޒަފެއްގެ މަޤާމުގެ ނުފޫޒު
ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމާއި ހޯދައިދިނުމަކީ، ކުށެކެވެ." މިފަދައިން ބުނެފައިވާއިރު، އެޤާނޫނުގެ
23 ވަނަ މާއްދާގައި، މިޤާނޫނުގައި ބުނެފައިވާ ކުށެއްކުރަން އުޅުނު މީހަކު، ކުރި މީހަކާ
އެއްފަދައިން ކުށްވެރިވާނެއެވެ." މިފަދައިން ބުނެފައިވާކަމާއި،
ބަޔާންކުރެވުނު ޤާނޫނީ ނައްޞުގެ މައްޗަށް ބިނާކޮށް ދައުލަތުން އިންނާ ޚާލިދުގެ
މައްޗަށް އުފުލާފައިވާ ދަޢުވާއަކީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދަން އުޅުމުގެ ކުށުގެ
ދަޢުވާކަން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/219 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އިސްވެ މި
އެނގެން އޮންނާތީ،
ނާޖާއިޒް ފައިދާއެއް ހޯދަން އުޅުމުގައި، ޙިންނާ ޚާލިދު ކޮށްފައިވާ ޢަމަލަކީ ކޮބައިކަން
ދެނެގަތުމުގެ ގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތާ ކުރިމަތިކުރި ސުވާލުތަކުގެ ޖަވާބުގައި،
މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދަން އުޅުމުގެ ގޮތުން ޙިންނާ ޚާލިދު ކޮށްފައިވާ
ޢަމަލަކީ، އިތުރުގަޑީގެ ހިސާބު ނިންމާ، އެމަސްތަކުގެ ފައިސާ މުވައްޒަފުންނަށް ދީފައިވާ މަސްތަކެއްގައި،
އިންނާ ޚާލިދު ވެސް އެ މަސްތަކުގައި މަސައްކަތް ކޮށްފައިވާއިރު، އޭނާއަށް އެމަސްތަކުގެ އިތުރުގަޑީގެ ފައިސާ
ދީފައި ނުވާކަން ދެއްކުމަށް މަސައްކަތް ކުރުންކަމަށާއި، އަދި ޙިންނާ ޚާލިދު ޢަމަލުކޮށްފައިވާގޮތުން ނާޖާއިޒް
ފައިދާއެއް ލިބިގަތުމުގެ ފުރުޞަތު އޭނާ އަށް ފަހިވެފައިވާކަ ދައުލަތުން ދައްކާފައިވާ ވާހަކާގައި، ޙިންނާ
ޚާލިދު މަސައްކަތް ކޮށްފައިވަނީ، އޭނާ އިތުރުގަޑީގައި މަސައްކަތްކޮށް، ހަމަޖެހިފައިވާ އުޞޫލާއި
ފޮތުގައި ލިޔެ ސޮއިކޮށްފައިވަނިކޮށް، އެދުވަސްތަކުގެ އިތުރުގަޑީގެ ފައިސާ އޭނާ މަސައްކަތްކުރި
ދީފައިނުވާކަން ދައްކަން ކަމަށާއި، އަދި އެ ލިޔެކިއުންތަކުގެ މައްޗަށް ބިނާކޮށް، ފަހުގެ
އ ހދ8 9
.2ނބނ
06 =ހ2
- ހައިކް
ه4ދ8
އނއށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
20j4/HC-A/293
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
* 2
ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ދަޢުވާކުރުމުގެ ފުރުޞަތު ހުޅުވިފައިވާކަމަށް ދައުލަތުގެ ފަރާތުން
ބުނެފައިވާއިރު،
އިންނާ ޚާލިދު ކުރި ޢަމަލަކީ ހަމައެކަނި އެފޮތުގެ ލިޔުންކަމާއި، އެޢަމަލަކީ އޭގެ ޒާތުގައި
މިދަޢުވާގައި ބަޔާންކޮށްފައިވާ ފަދަ ކުށުގެ ޢަމަލަކަށް ނުވާއިރު، އެފޮތުގައި ލިޔުމުގެ އިތުރުން، އިތުރު ގަޑީގެ
ފައިސާ ހޯދުމުގެ ގޮތުން ޙިންނާ ޚާލިދުގެ ފަރާތުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް ދައުލަތުގެ
ފަރާތުންވެސް ބުނެފައިވާއިރު، ޙިންނާ ޚާލިދު އެކަން އެގޮތަށް ކޮށްފައިވާގޮތުގެ މައްޗަށާއި، އެކަމާ ގުޅޭގޮތުން
ދައުލަތުގެ ފަރާތުންނާއި ޙިންނާ ޚާލިދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މިމައްސަލައިގެ
ވަށައިގެންވާ އެންމެހައި ކަންކަމުގެ މައްޗަށް ބަލާއިރު، ޙިންނާ ޚާލިދު އިތުރުގަޑީގެ ފޮތުގައި ސޮއިކުރުމުގައި
ޖިނާއީ ޤަޞްދެއް އޮތްކަމަށް ނުބެލޭވޭކަމާއި،
އަދި މީގެއިތުރުން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/219 ޤަޟިއްޔާގައި
ހާޒިރުކޮށްފައިވާ ހެކީންގެ ހެކިބަހަށް ބަލާއިރު، ޙިންނާ ޚާލިދަކީ އަބަދުވެސް އިތުރުގަޑީގައި މަސައްކަތްކުރާ
މުވައްޒަފެއްކަމާއި، އެގޮތުން މަސައްކަތް ކުރުމުގައި ރަސްމީ ދުވަހެއް އަދި ރަސްމީ ބަންދު ދުވަހެއް ތަފާތު
ނުވާނެގޮތުގެ މަތިން އަބަދުވެސް އޮފީހުގައި މަސައްކަތްކުރާ މުވައްޒަފެއްކަމާއި، އަދި އެގޮތަށް ބުރަކޮށް
މަސައްކަތްކުރުމަށްފަހުގައިވެސް އިތުރުގަޑީގެ ފޮތުގައި ކޮންމެހެންލިޔެ، އިތުރުގަޑީގެ ފައިސާ ހޯދުމަށް
ސަމާލުކަން ދޭ މުވައްޒަފެއް ނޫންކަމާއި، އަދި ސަލާމުގައި ހުންނަ ދުވަސްތަކުގައިވެސް ޞިއްޙީ ޙާލަތު
ތަންދޭނަމަ އެދުވަހެއްގެ ރަސްމީގަޑީގެ ފަހުންވެސް އޮފީހަށް ނުކުމެ މަސައްކަތްކުރާ މުވައްޒަފެއްކަން
ފާހަގަކޮށްފައިވާކަން އެނގެން އޮވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ބަޔާންކުރެވުނު ސަބަބުތަކުގެ މައްޗަށް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/219
ޤަޟިއްޔާގައި ދައުލަތުން އިންނާ ޚާލިދުގެ މައްޗަށް ކޮށްފައިވާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން
ފައިދާއެއް ހޯދަން އުޅުމުގެ ކުށުގެ ދަޢުވާ ބައްލަވައި އިންނާ ޚާލިދުގެ މައްޗަށް އެކުށް
ބާއް
ޞ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
20j4/HC-A/293
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނިންމަވާފައިވަނީ ރަނގަޅަށްކަމަށް މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް
ނުފެނުނު ހިނދު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެކަމަށް އެއް
އެއްބަސްވެވިފަވެއެވެ.
• ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ
މަތިން ރިޢާޔަތްކޮށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/219 ޤަޟިއްޔާގައި އިންނާ ޚާލިދުގެ
މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދަން އުޅުމުގެ ކުށް ސާބިތުވާކަމަށް
ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމް މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ބާޠިލްކޮށް އެގޮތުގެ މަތީން ޙުކުމްކޮށްފީމެވެ.
6 24
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv