ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/138 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2012/HC-A/138
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 138/HC
-
A/2012
އިސްތިއުނާފު ކުރިފަރާތް:
ން: ސިވިލް ސަރވިސް ކޮމިޝަން
ރަޖިސްޓްރީ ނަންބަރު:
* ދާއިމީ އެޑްރެސް: ވެލާނާގެ
121 ވަނަ ފަންގިފިލާ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ނާޝިމް މޫސާ
އައިޑީ ކާޑު ނަންބަރު: A150187
* ދާއިމީ އެޑްރެސް: ސަންދާނ. މިލަންދޫ
ސްޓްރީކުރެވުނު
: 16 ޖުމާދަލްއާޚިރާ 1433
7 މެއި 2012
ނިމުނު ތާރީޚް: 24 ޝައްވާލް 1433
11 ސެޕްޓެމްބަރ 2012
އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު: 2011/VTR/115
މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރުން
• ނިންމެވި ޓްރައިބިއުނަލް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ށަހެޅުނު ތާރީޚް: 25 އޯގަސްޓް 2011 ނިމުނު ތާރީޚް: 14 ފެބްރުއަރީ 2012
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު އަބްދުރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: ]831647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ
2012/HC-A/138
ނިމުނު 1
يمر من *
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/115 މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެ ނިންމުން
އިސްތިއުނާފު ކޮށްދިނުމަށްއެދި، ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ މުޙައްމަދު ނާޝިމް
މޫސާ، ސަންދާނ. މިލަންދޫ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A150187) އެވެ.
ފެހަގަކުރެވުނު ނުކުތާތައް:
44
2 ބ2
02c220
ﷲ / 2 ހ03
އަދިކުރމނ
2 މ 24
3
0
ހުށަހެޅުން
1. އިސްތިއުނާފުކުރެވިފައިމިވާ
ޓްރައިބިއުނަލްގެ ނަންބަރު
2011/VTR/115 މައްސަލައަށް ބަލާއިރު، އެމައްސަލައަކީ، މިލަންދޫސަންދާ، މުޙައްމަދު ނާޝިމް
މޫސާ އެރަށު ސްކޫލުގައި ގްރެޖުއޭޓް ލީޑިންގ ޓީޗަރެއްގެ މަޤާމުގައި ވަޒީފާ
އައިސްފައިވަނިކޮށް، އެވަޒީފާއިން އޭނާ 26 މެއި 2011 ގައި ވަކިކޮށްފައިވަނީ ނޯޓިހެއް، އިންޒާރެއް،
ނަސޭހަތެއް ދިނުމަކާއި ނުލައި، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށްބުނެ، އޭނާގެ ގެއްލިފައިވާ ވަޒީފާ
ހޯދުމަށް، ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް، މުޙައްމަދު ނާޖިމް މޫސާ މުން ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ބަލާ ނިންމާފައިވާ މައްސަލައެއްކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އެމައްސަލަ ނިންމާފައިވަނީ، "މައްސަލަ ހުށަހެޅި
މުޙައްމަދު ނާޖިމް މޫސާ ދިވެހި ސިވިލް ސަރވިސްގައި އަދާކުރަމުންދިޔަ
މިލަންދޫ ސްކޫލުގެ
ގްރެޖުއޭޓް ލީޑިންގ ޓީޗަރގެ މަޤާމުން 26 މެއި 2011 ގައި އޭނާ ވަކިކޮށްފައިވަނީ، ދިވެހި ސިވިލް
ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްއާ ޚިލާފަށް އޭނާ ޢަމަލުކޮށްފައިވުމުން ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގެ ދަށުންކަމަށް މައްސަލަ ރައްދުވި
ފަރާތުންބުނެ، އެކަން ސާބިތުކޮށްދިނުމަށް އެފަރާތުން ހުށަހެޅި ކަންކަމަށް ނަޒަރުކުރާއިރު، މުޙައްމަދު
ނާޘިމް މޫސާ ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްއާ ޚިލާފުވިކަމަށް މައްސަލަ
ރައްދުވިފަރާތުން ނިންމާފައިވަނީ، ށ. މިލަންދޫ ސްކޫލުގައި ކޭމްބްރިޖް އޯލެވެލް އިމްތިހާނުގެ ހިސާބު
ޓެސްޓް ޕޭޕަރ ހެދުމުގައި ކޮޕީ ކުރުމުގެ ޢަމަލުތައް ހިންގާފައިވާކަމަށް ތުހުމަތު ކުރެވުނު މައް
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤްކޮށް އެކުލަވާލި ރިޕޯޓާއި، އެ މައްސަލައާއި
02c
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
0x04 މިގޮމުން
3 ޤަޟިއްޔާ ނިމުނު ގޮ
2012/HC-A/138
کمری
ދެވެ
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން އިން ކުރި ތަހުޤީޤްގެ އަލީގައި ލިބިފައިވާ މަޢުލޫމާތަށް
ބިނާކޮށްކަން އެނގެން އޮވެމެ، އެ ނިންމުން ބިނާކުރި ތަޙްޤީޤު ރިޕޯޓްތަކުން އޭނާކުރި ކުށުގެ އަމަލަކީ
ކޮބައިކަން އެނގެން ނެތްއިރު ހަމައެކަނި އެ ރިޕޯޓްތަކުގެ އަލީގައި، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު
2010 ގެ 215 ވަނަ މާއްދާގެ (ނ) ގެ ދަށުން ފުރަތަމަ ފަހަރުންވެސް މުވައްޒަފަކު ވަޒީފާއިން
ވަކިކުރުން ހުއްދަކުރާފަދަ ޢަމަލެއް މައްސަލަ ހުށަހެޅި ފަރާތުން ކުރިކަމަށްބަލައި އޭނާއާމެދު ފިޔަވަޅު
އެޅިދާނެކަމަށް ބުރަވެވެން ނެތަތީއާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2010 ގެ 215 ވަނަ
މާއްދާގެ (ނ) ގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރަންޖެހޭ ހާލަތުގައި ޢަމަލުކުރަންޖެހޭ ގޮތް ދިވެހި
ސިވިލް ސަރވިސްގެ ޤާވާއިދު 2010 ގެ 216 ވަނަ މާއްދާގައި ބަޔާންކުރާއިރު އެގޮތުގެ މަތީން
މުޙައްމަދު ނާޝިމް މޫސާ އާމެދު ޢަމަލުކޮށްފައި ނުވާތީ، މުޙައްމަދު ނާޖިމް މޫސާ ވަޒީފާއިން ވަކިކުރުމަށް
ފިޔަވަޅު އަޅާފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ
ނަންބަރުގައި ބުނާ މިންގަނޑާއި، ދިވެހި ސިވިލް ސަރވިސްގެ ޤާވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ
ޚިލާފަށްކަން އެނގެން އޮތުމުން، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މައްސަލަ
ހުށަހެޅި މުޙައްމަދު ނާޖިމް މޫސާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް މައްސަލަ
ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ
ނަންބަރަށް ރިޢާޔަތްކޮށް، މުޙައްމަދު ނާޖިމް މޫސާ ކުރިން އަދާކުރަމުން ދިޔަ ވަޒީފާގައި އަލުން
ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިކުރެވިފައިވާ މީހެއްކަމުގައި ނުބެލުމަށާއި، 26
މެއި 2011 އިން 14 ފެބްރުއަރީ 2012 ނިޔަލަށް މުޙައްމަދު ނާޖިމް މޫސާއަށް މުސާރައާއި
އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ، 14 ޖެނުއަރީ 2012 ވަނަ ދުވަހުން ފެށިގެން 10 (ދިހައެއް)
ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ އޭނައަށް ދީ ޚަލާސް ކުރުމަށްފަހު އެކަން 3 (ތިނެއް) ދުވަހުގެ
ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، ސިވިލް ސަރވިސް ކޮމިޝަނަށް އަންގައި"
އެގޮތުގެމަތިންކަން އެމައްސަލައިގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" އިން އެގެން އޮވެއެވެ.
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
ސަރވިސް ކޮމިޝަނުގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި 2 (ދޭއް) ނުކުތާ
ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
115/VTR/2011
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4 ޤަޟިއްޔާ ނިމުނު 1
کی عمری
2012/HC-A/138
=32
• ފުރަތަމަ ނުކުތާއަކީ، މުޙައްމަދު ނާތިމް މޫސާ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް
ހުށަހެޅި މައްސަލަ ސާބިތުކޮށްދިނުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނުން ޔުނިވަރސިޓީ އޮފް
ކެމްބްރިޖް އިންޓަރނޭޝަނަލް އެގްޒަމިނޭޝަންސްގެ ރިފަރެންސް ނަންބަރު M174
/
NOV2010 (23
ޑިސެމްބަރ 2016) ސިޓީއާއި، ޔުނިވަރސިޓީ އޮފް ކެމްބްރިޖް އިންޓަރނޭޝަނަލް އެގްޒަމިނޭޝަންސްގެ
ރިފަރެންސް ނަންބަރު
(24 ޖެނުއަރީ 2011) ސިޓީވެސް
ހުށަހަޅާފައިވާއިރު އެލިޔުންތަކުގައިވާ ކަންތައްތަކަށް ރިޢާޔަތް ކުރެއްވުމެއްނެތި މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
174NOVEMBER2010
• ދެވަނަ ނުކުތާއަކީ، މުޙައްމަދު ނާޝިމް މޫސާ ކުރި ކުށުގެ ޢަމަލަކީ ކޮބައިކަން
އެނގެން ނެތުމުން އޭނާއާމެދު
ފިޔަވަޅު އެޅިދާނެކަމަށް ބުރަވެވެން ނެތްކަމަށް ބުނެ، އޭނާއާމެދު އަޅާފައިވާ
އިދާރީ ފިޔަވަޅު ބާޠިލް ކުރުމަށް އަންގައި މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2011/VTR/115 މައްސަލަގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" އަށާއި، އެމައްސަލަ އިސްތިއުނާފު
ކުރަމުން ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލަ ރައްދުވާ މުޙައްމަދު ނާޝިމް މޫސާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރިހަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި، މުޙައްމަދު
ނާދިލް މޫސާ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލަ ސާބިތުކޮށްދިނުމަށްޓަކައި ސިވިލް
ސަރވިސް ކޮމިޝަނުން ޔުނިވަރސިޓީ އޮފް ކެމްބްރިޖް އިންޓަރނޭޝަނަލް އެގްޒަމިނޭޝަންސްގެ
ރިފަރެންސް ނަންބަރު M174
/
NOV2010 (23 ޑިސެމްބަރ 2016) ސިޓީއާއި، ޔުނިވަރސިޓީ އޮފް
ކެމްބްރިޖް އިންޓަރނޭޝަނަލް އެގްޒެމިނޭޝަންސްގެ ރިފަރެންސް ނަންބަރު
(24 ޖެނުއަރީ 2011) ސިޓީވެސް ހުށަހަޅާފައިވާއިރު
އެލިޔުންތަކުގައިވާ ކަންތައްތަކަށް ރިޢާޔަތް ކުރެއްވުމެއްނެތި މައްސަލަ ނިންމަވާފައިވާކަމަށްބުނެ ކެވިށް
M174/NOVEMBER2010
:ގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2012/HC-A/138
کی عمری
ދެވެ
8
5 ޤަޟިއްޔާ ނިމުނު ގޮ
ސަރވިސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބަލާއިރު،
ޔުނިވަރސިޓީ އޮފް ކެމްބްރިޖްގެ އިންޓަރނޭޝަނަލް އެގްޒަމިނޭޝަންސްގެ ނަންބަރު
M174
/
NOV2010 (23 ޑިސެމްބަރު 2016) ސިޓީއަކީ، 2010 ވަނަ އަހަރު ނޮވެމްބަރު މަހުގައި
ބޭއްވުން، އޯލެވެލް އިމްތިހާނުގެ މެތެމެޓިކްސް ޕޭޕަރު މިލަންދޫ ސްކޫލުގައި ހެދި
ދަރިވަރުން އެޕޭޕަރުގެ Q10c2 ސުވާލަށް ޖަވާބު ދީފައިވާ ގޮތުން އެއިމްތިހާނު ހިނގަމުންދިޔައިރު
އިމްތިހާނުގެ ޤަވާޢިދުތަކާއި ޚިލާފުކަންތައްތަކެއް ހިނގާފައިވާކަމަށް ތުހުމަތުކުރެވިގެން އެކަން ހިނގާފައިވާ
ގޮތެއް ބެލުމަށް ތަޙްޤީޤްއްކުރުމަށް އަންގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއަށް
ފޮނުވާފައިވާ ސިޓީއެއްކަމާއި، އަދި ޔުނިވަރސިޓީ އޮފް ކެމްބްރިޖްގެ އިންޓަރނޭޝަނަލް
އެގްޒަމިނޭޝަންސްގެ ނަންބަރު M174
/
NOVEMBER2010 (24 ޖެނުއަރީ 2011) ސިޓީއަކީ،
އިސްދެންނެވުނު 23 ޑިސެމްބަރު 2010 ގެ ސިޓީގައި ވާގޮތުގެމަތިން އެކަންކަން ބެލުމަށްފަހު
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިން އެޔުނިވަރސިޓީއަށް ފޮނުވި ރިޕޯޓުގެ މައްޗަށް
ބިނާކޮށް ނިންމާފައިވާ ނިންމުން ބަޔާންކޮށްދޭ ސިޓީއެއްކަން އެސިޓީއަށް ބެލުމުން އެނގޭކަމާއި،
އެދެސިޓީއަކީވެސް އެއިމްތިހާނުގައި މުޙައްމަދު ނާޝިމް މޫސާ އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި
އިހްމާލުވެފައިވާކަން ނުވަތަ ކުށެއްކޮށްފައިވާކަން ސާބިތުކޮށްދޭ ސިޓީތަކެއް ނޫންކަމާއި، އަދި މުޙައްމަދު
ނާދިލް މޫސާ ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސިވިލް
ސަރވިސް ކޮމިޝަނަށް ހުށަހެޅި ހުށަހެޅުމުގައިވެސް އެދެސިޓީއަށް ހަވާލާދީފައި ނުވާކަން އެނގެން
އޮންނަކަމާއި،
އެހެންކަމުން މުޙައްމަދު ނާދިލް މޫސާ ސިވިލް ސަރވިސްގެ ވަޒީފާއިން
ވަކިކުރަންޖެހޭފަދަ ކުށެއް ނުވަތަ ކަމެއް ކޮށްފައިވޭތޯ ބެލުމުގައި އިސްވެދެންނެވިފައިވާ ޔުނިވަރސިޓީ އޮފް
ކެމްބްރިޖް އިންޓަރނޭޝަނަލް އެގްޒަމިނޭޝަންސްގެ ދެ ސިޓީއަށް ވަޒީފާއާބެހޭ ޓްރައިބިއުލްއިން
ރިއާޔަތްކުރުމަކީ އެޓްރައިބިއުނަލުން ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ޤަބޫލު ނުކުރެވޭކަމެވެ.
/ ހކ މތ
(ނ) ދެވަނަ ކަމަކީ، މުޙައްމަދު ނާޝިމް މޫސާ ކުރި ކުށުގެ ޢަމަލަކީ ކޮބައިކަން
އެނގެން ނެތުމުން އޭނާއާމެދު ފިޔަވަޅު އެޅިދާނެކަމަށް ބުރަވެވެން ނެތްކަމަށް ބުނެ، އޭނާއާމެދު އަޅާފައިވާ
އިދާރީ ފިޔަވަޅު ބާޠިލް ކުރުމަށް އަންގައި މައްސަލަ ނިންމަވާފައިވާކަމަށްބުނެ ސިވިލް ސަރވިސް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2012/HC-A/138
مری
=32
404
02 0 0
6 ޤަޟިއްޔާ ނިމުނު 1
ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބަލާއިރު،
ށ. މިލަންދޫ ސްކޫލުގެ ދަރިވަރުންގެ ހިސާބު ޓެސްޓް ކުރިއަށް ގެންދިޔަ ގަޑީގައި
ކޮޕީކުރުމުގެ ޢަމަލު ހިންގާފައިވާކަމަށް ޤަބޫލުކުރެވޭ ކަމަށް ޔުނިވަރސިޓީ އޮފް ކޭމްބްރިޖުގެ
އިންޓަނޭޝަނަލް އެގްޒަމިނޭޝަންސްއިން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއަށް އަންގާފައިވާ
މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކުރުމަށްފަހު 5 މެއި 2011 ގެ ތާރީޚުގައި
ތައްޔާރުކޮށްފައިވާ އެސަރވިސްގެ ތަޙްޤީޤު ރިޕޯޓަށް ބަލާއިރު، އެމައްސަލާގައި 50 (ފަންސާސް) މީހަކާ
ސުވާލުކޮށްފައިވާ ކަމަށާއި، އެގޮތުން ސުވާކުކުރެވުނު ދަރިވަރުންގެ ތެރެއިން 33 (ތެއްތިރީސް)
ދަރިވަރުން ތަޙްޤީޤުގައި، މެތެމެޓިކްސް އިމްތިހާނު ބޭއްވުނު 2010 ނޮވެމްބަރު 04 ދުވަހުގެ 9:00
އިން 11:30 އަށް އިމްތިހާނު ހަދަމުން ދަނިކޮށް އިންވިޖިލޭޓަރެއްގެ ގޮތުގައި އެދުވަހު ހަރަކާތްތެރިވި
މުޙައްމަދު ނާޝިމް މޫސާ އެދަރިވަރުންގެ ކައިރިއަށްގޮސް މެތެމެޓިކްސް އިމްތިހާނުގެ އެންމެ ފަހު ސުވާލުގެ
ޖަވާބު ކިޔައިދީފައިވާ ކަމަށާއި، އަދި މުޙައްމަދު ނާޝިމް މޫސާ ބުނެފައިވާ ގޮތަށް އެދަރިވަރުން އެސުވާލުގެ
ޖަވާބު ލިޔެފައިވޭތޯ މުޙައްމަދު ނާޖިމް މޫސާ ބެލިކަމަށާއި އަދި އެގޮތަށް ނުލިޔަސް އެދަރިވަރުންގެ
ކައިރިން ދުރަށްވެސް ނުދާކަމަށް ބައެއް ދަރިވަރުން ބުނެފައިވާ ކަމަށާއި، އަދި 6 (ހައެއް) ދަރިވަރަކު
އެދަރިވަރުންނަށް އެއްވެސް މީހަކު އެއްވެސް ސުވާލެއްގެ ޖަވާބު ކިޔައިދީފައިނުވާކަމަށް ބުނެފައިވާކަމަށާއި،
ސުވާލުގެ ޖަވާބު ކިޔައިނުދޭކަމަށް ބުނާ ދަރިވަރުންނަކީ މިލަންދޫ ސްކޫލުގައި ވަޒީފާއަދާކުރާ ކޮންމެވެސް
ބަޔަކާއި ތިމާގެ ކުދިންކަން ތަޙްޤީޤަށް އެނގިފައިވާކަމަށް އެރިޕޯޓުގައި ބަޔާންކޮށްފައި އޮންނަކަމާއި، އަދި
މިމައްސަލައިގައި މުޙައްމަދު ނާޝިމް މޫސާއާ ސުވާލުކުރުމުން އައި.ޖީ.ސީ.އެސް.އީ، ޖީ.ސީ.އީ އޯލެވެލް
އިމްތިހާނުގެ ޤަވާޢިދާ އުޞޫލުތަކާ ޚިލާފުވާ ގޮތަށް މަސައްކަތް ކޮށްފައިނުވާނެ ކަމަށާއި އަދި އެގްޒާމް
ހޯލްތެރޭގައި ތިބި ދަރިވަރުންވެސް އަދި އެހެން އިންވިޖިލޭޓަރުންވެސް އައި.ޖީ.ސީ.އެސް.އީ، ޖީ.ސީ.އީ
އޯލެވެލް މެތެމެޓިކްސް އިމްތިހާނުގައި އެއްވެސް ދަރިވަރަކަށް އެއްވެސް ސުވާލެއްގެ ޖަވާބު ކިޔައިދީފައެއް
ނުވާނެކަމަށާއި، އަދި މެތެމެޓިކްސް އިންތިހާނުގެ އެންމެ ފަހު ސުވާލުގެ
ޖަވާބަކަށް
(13=x
=
38
,
y
=
5
,
Z) ދަރިވަރުން ލިޔަންޖެހުނު ސަބަބެއް ބުނެދޭން ނޭންގޭކަމަށް ބުނެފައިވާކަމަށް
އެރިޕޯޓުން އެނގެން އޮންނަކަމާއި، މުޙައްމަދު ނާދިމް މޫސާގެ އިތުރުން އެއިމްތިޙާނުގެ ކަންތައް
ބެލެހެއްޓުމަށް އެދުވަހު އެތާތިބި އެހެން މީހުންވެސް ބުނެފައިވަނީ އެމީހުންވެސް އައި.ޖީ.ސީ.އެސް.އީ،
ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ ޤަވާޢިދާ އުޞޫލުތަކާ ޚިލާފުވާ ގޮތަށް މަސައްކަތް ކޮށްފައިނުވާނެ ކަމަށާއި
4 22
: ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
ان کی عمری
2012/HC-A/138
ޖެ
24 2
ޤަޟިއްޔާ ނިމުނު
އަދި އެގްޒާމް ހޯލްތެރޭގައި ތިބިދަރިވަރުންވެސް އަދި އެހެން އިންވިޖިލޭޓަރުންވެސް އޯލެވެލް އިމްތިހާނުގެ
ޤަވާޢިދާ އުޞޫލުތަކާ ޚިލާފުވާ މަސައްކަތް ކޮށްފައިނުވާކަމަށްކަން އެރިޕޯޓުން އެނގޭކަމާއި،
މިލަންދޫ ސްކޫލުގެ ދަރިވަރުންގެ ހިސާބު ޓެސްޓް ކުރިއަށް ގެންދިޔަ ގަޑީގައި
ކޮޕީކުރުމުގެ ޢަމަލު ހިންގާފައިވާކަމަށް ޤަބޫލުކުރެވޭ ކަމަށް ކޭމްބްރިޖުން އަންގާފައިވާ މައްސަލައިގައި
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޮށްފައިވާ އިސްވެދެންނެވިފައިވާ ތަޙްޤީޤުގެ އިތުރުން ޑިޕާޓްމަންޓް
އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިންވެސް އެމައްސަލައިގެ ތަޙްޤީޤެއް ކުރައްވާފައިވާކަން، މައްސަލައާ
ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގޭކަމާއި، މިގޮތުން ޑިޕާޓްމަންޓް އޮފް ޕަބްލިކް
އެގްޒަމިނޭޝަންސްއިން ކުރި ތަޙްޤީޤުގައި، އެއިމްތިހާނު ހިނގި ވަގުތު އާދަޔާ ޚިލާފު އެއްވެސް ކަމެއް
ހިންގާފައި ނުވާނެކަމަށް ސްކޫލުގެ ހެޑްއާއި ސެކިއުރިޓީ އޮފިސަރާއި، ޗީފް އިންވިޖިލޭޓަރ އަދި އެހެން
އިންވިޖިލޭޓަރުން ބުނެފައިވާކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި، މިއިމްތިހާނު ހިނގި ވަގުތު އެއްވެސް
އިންވިޖިލޭޓަރަކު ޤަވާޢިދާ ޚިލާފު އެއްވެސްކަމެއް ކޮށްފައިވާކަމަށް އެރިޕޯޓުގައި ފާހަގަކޮށްފައި ނުވާކަން
އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި
ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މުޙައްމަދު ނާޖިމް މޫސާ އަދާކުރަމުން ދިޔަ މިލަންދޫ ސްކޫލުގެ
ގްރެޖުއޭޓް ލީޑިން ޓީޗަރުގެ މަޤާމުން 26 މެއި 2011 ގައި ވަކިކޮށްފައިވަނީ، ޤާނޫނު ނަންބަރު
5/2007 (ދިވެހި ސިވިލް ސަރވިސް ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ގެ ދަށުން ކަމާއި،
މިގޮތުން އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ނަންބަރު
188
/
2011
/
228/SP-22 (18 މެއި 2011) ގެ ސިޓީއާއި، ނަންބަރު 2011
/
278/(18)/D-22
(18 މެއި 2011) ގެ ޗިޓް ހަވާލާދީކަން މުޙައްމަދު ނާޖިމް މޫސާ ވަޒީފާއިން ވަކިކުރި ޗިޓް (ސިވިލް
ސަރވިސް ކޮމިޝަނުގެ ނަންބަރު 2011
/
1156/CSC(2) (26 މެއި 2011) އަށް ބެލުމުން
އެނގޭކަމާއި،
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ނަންބަރު 2011
/
278/(18/D-22 (18 މެއި
2011) "ވަޒީފާއިން ވަކިކޮށްދެއްވުންއެދި ދަންނަވާ ޗިޓް" ގައި، މުޙައްމަދު ނާޖިމް މޫސާ ވަޒީފާއިން
ވަކިކުރުމަށް ބޭނުންވާ
ސަބަބެއްކަމަށް
ބަޔާންކޮށްފައިވަނީ، "ކޭމްބްރިޖް އޯލެވެލް އިމްތިހާނުގެ ޓެސްޓް
ޕޭޕަރ ހަދަމުން ދިޔަ ވަގުތު ތިއްބެވި އިންވިޖިލޭޓަރުންގެ ޒިންމާ އަދާކުރެވިފައިނުވާތީއާއި، ސިވިލް
ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވާތީ "ދިވެހި ސިވިލް ސަރވިސްގެ ގަވައިދު 2010"ގެ
ހައިކޯޑީ)
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2012/HC-A/138
کی عمری
ގެ
22
ޤަޟިއްޔާ ނިމުނު ގޮ
24 ވަނަ ޗެޕްޓަރގެ 215 ވަނަ މާއްދާގެ "ނ" ދަށުން އޭނާ ވަޒީފާއިން ވަކިކުރުމަށް"
މިފަދައިންކަން އެނގޭކަމާއި، އެހެންކަމުން މިޙާލަތުގައި 2010 ވަނަ އަހަރު ބޭއްވުނު ކެމްބްރިޖް
އައި.ޖީ.ސީ.އެސް.އީ، ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ ށ. މިލަންދޫ ސްކޫލުގައި އިންވިޖިލޭޓަރެއްގެ
ގޮތުގައި މަސައްކަތްކުރިއިރު، މުޙައްމަދު ނާޖިމް މޫސާ ކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ތަޙްޤީޤެއްގައި ސުވާލުކުރެވުނު ދަރިވަރުންތަކެއްގެ ތެރެއިން ބައެއް ދަރިވަރުން ބުނެފައިވާ ބުނުމެއްގެ
މައްޗަށް މުޙައްމަދު ނާޖިމް މޫސާ އޭރު އަދާކުރަމުންދި ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިކުރުމުގެ
ޤާނޫނީ ބާރު ސިވިލް ސަރވިސް ކޮމިޝަންނަށް ލިބިގެންވޭތޯ ބަލަންޖެހޭކަމާއި، އަދި މިޙާލަތުގައި
މުޙައްމަދު ނާޖިމް މޫސާ އޭރު އަދާކުރަމުންދި ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިކުރުމުގެ ޤާނޫނީ ބާރު
ސިވިލް ސަރވިސް ކޮމިޝަންނަށް ލިބިގެންވާނަމަ، އެބާރު ތަންފީޒުކުރުމުގައި އެކޮމިޝަނުން
ފުރިހަމަކުރަންޖެހޭ އިޖުރާޢަތުތަކަކީ ކޮބައިތޯއާއި އެއިޖްރާޢަތުތައް ފުރިހަމަކޮށްފައިވޭތޯ ބަލަންޖެހޭކަމާއި،
މިގޮތުން ބަލާއިރު، މުޙައްމަދު ނާޝިމް މޫސާއަކީ މިލަންދޫ ސްކޫލުގެ ގްރެޖުއޭޓް
ލީޑިން ޓީޗަރެއްގެ މަޤާމުގައި ހުރި މީހެއްކަމާއި، އެމަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި
ވާޖިބުތައް ބަޔާންކޮށްފައިވާ ވަޒީފާގެ ބަޔާންނެއް އޮންނަކަމާއި، އެބަޔާނުގައި މުޙައްމަދު ނާޝިމް މޫސާއާއި
މިލަންދޫ ސްކޫލުގެ ފަރާތުން 10 ނޮވެމްބަރު 2009 ގައި ސޮއިކޮށްފައި އޮންނަކަން އެނގޭކަމާއި،
އެހެންކަމުން ށ. މިލަންދޫ ސްކޫލުގެ ގްރެޖުއޭޓް ލީޑިން ޓީޗަރެއްގެ މަޤާމު އަދާކުރުމުގައި ވަޒީފާގެ
ބަޔާނުގައި ވާގޮތުގެމަތިން މުޙައްމަދު ނާޖިމް މޫސާ ޢަމަލުކުރަންޖެހޭކަން އެނގޭއިރު، 2010 ވަނަ އަހަރު
ބޭއްވުނު ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ، ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ މިލަންދޫ ސްކޫލުގައި
އިންވިޖިލޭޓަރެއްގެ ގޮތުގައި މުޙައްމަދު ނާޝިމް މޫސާ މަސައްކަތްކޮށްފައިވަނީ އެއިމްތިހާނުގައި
އިންވިޖިލޭޓަރުން ހޯދުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިން ކުރި އިޢުލާނަކާ ގުޅިގެން
އެކަމަށް އެދި ހުށަހެޅުމުންކަމާއި އަދި އެކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން
އިންކާރުކޮށްފައިވެސް ނުވާކަން އެނގެން އޮންނަކަމުން، އެއިމްތިހާނުގައި އިންވިޖިލޭޓަރެއްގެ ގޮތުގައި
މުޙައްމަދު ނާޝިމް މޫސާ މަސައްކަތްކޮށްފައިވަނީ، އޭނާ އޭރު ސިވިލް ސަރވިސްގައި އަދާކުރަމުން ދިޔަ
ވަޒީފާކަމަށްވާ، ށ. މިލަންދޫ ސްކޫލުގެ ގްރެޖުއޭޓް ލީޑިން ޓީޗަރެއްގެ މަޤާމުގައި އަދާކުރަންޖެހޭ
މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެ ގޮތުން ނޫންކަން ދެފަރާތުގެ ބަހުންނާއި މިމައްސަލައިގެ
ލިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގެ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
"މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ގައިވެސް ފާހަގަކުރައްވާފައިވާ ފަދައިން، ވަޒީފާދޭ ފަރާތާއި
ހިރާއްޖޭގެ
، ހައި9
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2012/HC-A/138
کی عمری
200 22
ޤަޟިއްޔާ ނިމުނު "
އަދާކުރާ ފަރާތަކާ ދެމެދު އޮންނަ ގުޅުން ބިނާވެފައިވަނީ، އެދެފަރާތުގެ ދެމެދުގައިވާ ވަޒީފާގެ
އެއްބަސްވުމުގެ
މައްޗަށްކަމަށްވުމުން، މުވައްޒަފަކު އަދާކުރާ ވަޒީފާގެ ބާވަތުން، އޭނާގެ ވަޒީފާގެ
އިންތަކުގެ ބޭރުން އޭނާގެ ޒާތީ ދިރިއުޅުމުގައި ކުރާ ޢަމަލެއްގެ ސަބަބުން އޭނާގެ ވަޒީފާއާމެދު ގޮތެއް
ކަނޑައަޅަންޖެހޭ ޙާއްޞަ ޙާލަތުތަކުގައި ފިޔަވައި، ޢާންމު އުސޫލެއްގެ ގޮތުން މުވައްޒަފެއްގެ ޒާތީ
ދިރިއުޅުމުގައި، އޭނާގެ ވަޒީފާގެ އިންތަކުގެ ބޭރުން އޭނާކުރާ ކަމެއްގެ ސަބަބުން ވަޒީފާގެ އެއްބަސްވުމުގެ
ދަށުން ވަޒީފާ އަދާކުރާ ފަރާތެއްގެ ޒިންމާ އަދާނުކުރެވޭފަދަ ޙާލަތެއް މެދުވެރިވެގެން ފިޔަވައި، އެފަދަ
ކަމެއްގައި މުވައްޒަފަކާމެދު ފިޔަވަޅުއެޅުމުގެ ޙައްޤު ވަޒީފާދޭ ފަރާތަށް ލިބިގެންވާކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށްވެސް ނުފެންނަކަމާއި،
އިސްވެދެންނެވިފައިވާ ފަދައިން، މުޙައްމަދު ނާޖިމް މޫސާ ސިވިލް ސަރވިސްގައި
އަދާކުރަމުން ދިޔަ ށ. މިލަންދޫ ސްކޫލުގެ ގްރެޖުއޭޓް ލީޑިން ޓީޗަރުގެ މަޤާމުން، 26 މެއި 2011 ގައި
އޭނާ ވަކިކޮށްފައިވަނީ، ދިވެހި ސިވިލް ސަރވިސް ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ގެ
ދަށުންކަން މުޙައްމަދު ނާޝިމް މޫސާ ވަޒީފާއިން ވަކިކުރި ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު
2011
/
1156/CSC(2) (26 މެއި 2011) ޗިޓަށް އަށް ބެލުމުން އެނގޭކަމާއި، އަދި ދިވެހި ސިވިލް
ސަރވިސް ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ގެ ދަށުން މުޙައްމަދު ނާމް މޫސާ ވަޒީފާއިން
ވަކިކުރުމުގައި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް އޭނާކޮށްފައިވާ ކުށުގެ
ދަރަޖައަކީ، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 24 ވަނަ ޗެޕްޓަރުގެ 215 ވަނަ މާއްދާގެ
(ނ) ގައި ބަޔާންކޮށްފައިވާ ދަރަޖަ 3 ކަން މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި،
މައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގޭކަމާއި،
ދިވެހި ސިވިލް ސާރވިސް ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) އަކީ، ދިވެހި ސިވިލް
ސަރވިސްގައި ވަޒީފާއަދާކުރާ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިކުރެވިދާނެ ސަބަބުތައް ބަޔާންކުރާ
އަކުރެއްކަން އެނގޭކަމާއި، މިގޮތުން އެއަކުރުގެ 3 ވަނަ ނަންބަރުގައިވަނީ، އެޤާނޫނާއި، ދިވެހި ސިވިލް
ސަރވިސްގެ ޤަވާޢިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަން ސިވިލް
ސަރވިސް ކޮމިޝަނަށް ސާބިތުވުން، މިފަދައިން ކަމާއި، މިމާއްދާގެ ދަށުންވެސް ސިވިލް ސަރވިސްގެ
މުވައްޒަފަކު އެނާއަދާކުރަމުންގެންދި ސިވިލް ސަރވިސްގެ މަޤާމުން ވަކިކުރެވޭނީ، އެމުވައްޒަފަކު ދިވެހި
ސިވިލް ސާރވިސް ޤާނޫނު ނުވަތަ ދިވެހި ސިވިލް ސާރވިސްގެ ޤަވާޢިދު ނުވަތަ ދިވެހި ސިވިލް
ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވަނީ އެމުވައްޒަފަކު އަދާކުރަމުން ގެންދިޔަ ގައިލް ހައިg
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A/138
کی عمری
ދެލީ
10 ޤަޟިއްޔާ ނިމުނު ގޮ
ސަރވިސްގެ ވަޒީފާގެ އިމުގެ ތެރޭގައި އެފަދަ ޢަމަލެއް ކޮށްފައިވާނަމަކަމާއި، އިސްވެދެންނެވިފައިވާ
ފަދައިން، ސިވިލް ސަރވިސްގެ މުވައްޒަފަކުވެސް އެމުވައްޒަފެއްގެ ވަޒީފާގެ އިމުގެ ބޭރުން ޒާތީގޮތުން
ކުރާ ކަންކަމާ ގުޅިގެން، އާންމު އުސޫލެއްގެ ގޮތުން އެމުވައްޒަފަކާމެދު ފިޔަވަޅު އެޅުމުގެ ބާރު،
އެމުވައްޒަފަކު ޒާތީގޮތުން ކުރި ކަމެއްގެ ސަބަބުން އެމުވައްޒަފަކު ސިވިލް ސަރވިސްގެ ވަޒީފާއިން
ވަކިކުރަންޖެހޭފަދަ ޙާއްޞަ ޙާލަތެއް މެދުވެރިވެފައިވާކަން ސިވިލް ސަރވިސް ކޮމިޝަނަށް ނުދެއްކާ
ހިނދަކު، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ އިސްވެ ދެންނެވުނު މާއްދާގެ ދަށުންވެސް ސިވިލް
ސަރވިސް ކޮމިޝަނަށް ލިބިނުދޭކަމާއި،
މީގެއިތުރުން، މުޙައްމަދު ނާޖިމް މޫސާ ވަޒީފާއިން ވަކިކުރުމުގައި، ދިވެހި ސިވިލް
ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް އޭނާކޮށްފައިވާ ކުށުގެ ދަރަޖައަކީ، ދިވެހި ސިވިލް
ސަރވިސްގެ ޤަވާޢިދު 2010 ގެ 24 ވަނަ ޗެޕްޓަރުގެ 215 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ
ދަރަޖަ 3 ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބަލާފައިވާއިރު، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު
2010 ގެ 24 ވަނަ ޗެޕްޓަރުގެ 215 ވަނަ މާއްދާގެ (ނ) ގެ ދަށުން ބަޔާންކޮށްފައިވާ ކުށްތަކަކީ،
އެންމެ ފުރަތަމަ ފަހަރުން ވެސް ވަޒީފާއިން ވަކިކުރެވިދާނެ ކުށްތަކެއްކަމާއި، އެއަކުރުގެ ދަށުން 17
(ސަތާރަ) ބާވަތުގެ ކުށުގެ ޢަމަލުތަކެއް ބަޔާންކޮށްފައިވާއިރު، އޭގެ ތެރެއިން މުޙައްމަދު ނާޝިމް މޫސާގެ
މައްޗަށް ތުހުމަތުކުރެވުނީ ކޮން ކުށެއްގެ ޢަމަލެއްކަން ޝަރީޢަތަށް ޤަބޫލުކުރެވޭ މިންވަރަކަށް ސިވިލް
ސަރވިސް ކޮމިޝަނަށް ބަޔާންކޮށްދެވިފައިނުވާކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/115 މައްސަލަ އިސްތިއުނާފުކުރުމަށް ސިވިލް ސަރވިސް
ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބިނާކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2011/VTR/115 މައްސަލާގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ބަދަލު ގެންނަންޖެހޭ
ނިންމުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް
ނުފެނުނެވެ.
• ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/115 މައްސަލަވީ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު
2012/HC-A/138
مت سے کم عمر کی
223 ދ ތ
سيما مر مرسلي م تر مسلم
115/VTR/2011
އިސްތިއުނާފުކުރުމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަގައި އެޓްރައިބިއުނަލުން
ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިއަސް
ހަމައެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/115 މައްސަލަގައި
އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ތާޢީދުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv