ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/21 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/2]
54
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 21/HC
-
A/2013
0
އިސްތިއުނާފުކުރި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ
ކާޑު ނަންބަރު:
CO
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް-
T.
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޢަބްދުﷲ އަލްޤީން
ޑުނަންބަރު: A033742
އެޑްރެސް: މއ.ކާމިނީހުޅަނގުގެ
ސަންރައިޒްވިލާ 3
L
މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީ ތާރީޚް: 11 ރަބީޢުލްއައްވަލް 1436
23 ޖެނުއަރީ 2013
ނިމުނު ތާރީޚް:26 ޛުލްޤަޢިދާ 1436
10 ސެޕްޓެމްބަރު 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cr
-
C/386
ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ޚިޔާނާތްތެރިވުން
• ހުށަހެޅި ތާރީޚް: 06.05.2009
ނިމުނު ތާރީޚް: 16.08.2012
ޕީރާއްޖޭގެ ހައި
ވެ9
ދިވެހިރާއްޖެ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޝުޖާޢު ޢުޘްމާން ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2013/HC-A/2]
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/386 ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވާގޮތް
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކޮށްދިނުންއެދި ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި
އިސްތިއުނާފު ރައްދުވާ ފަރާތަކީ މއ.ކާމިނީހުޅަނގުގެ، ޢަބްދުﷲ އަލްޤީން (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A033742) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1) އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/386 ޤަޟިއްޔާއަށް
ބަލާއިރު، އެޤަޟިއްޔާއަކީ، ދަޢުލަތުން، މާލެ ކާމިނީހުޅަނގުގެ ޢަބްދުﷲ އަލްޤީންގެ މައްޗަށް
ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ ދަށުން
ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގެ ޙުކުމުގައިވަނީ، "ދެންފަހެ، މާލެ ކާމިނީހުޅަނގުގެ ޢަބްދުﷲ އަލްޤީންގެ
މައްޗަށް ދައުލަތުން ކުޅަ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިބެލުމުން، ޢަބްދުﷲ އަލްޤީން 2006
ވަނަ އަހަރާއި، 2007 ވަނަ އަހަރު، ޑިޕާރޓްމަންޓް އޮފް މީޓިއޮރޮލޮޖީ ހިންގެވުމާ ޙަވާލުވެހުރި އިރު،
ޑިޕާރޓްމަންޓް އޮފް މީޓިއޮރޮލޮޖީއާއި ޖަޕާނުގެ މޫސުމާބެހޭ ދިރާސާކުރާ އިދާރާއެއް ކަމުގައިވާ ޖަޕާން އެޖެންސީ
ފޯރ މެރިން އާތު ސައިންސް އެންޑް ޓެކްނޮލޮޖީ (ޖެމްސްޓެކް) އާ ގުޅިގެން، 2006 އަދި 2007 ވަނަ އަހަރު
"ކޯޕަރޭޓް އޮބްޒަވޭޝަނަލް ރިސަރޗް ފޮރ ދަ މީޓިއޮރޮލޮޖީ އިން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް"ގެ ނަމުގައި
ދިވެހިރާއްޖޭގައި ހިންގި މޫސުމާބެހޭ ތަޙްލީލް މަޝްރޫޢެއް ހިންގުމަށް، ޖެމްސްޓެކާއި ޑިޕާރޓްމަންޓް
މީޓިއޮރޮލޮޖީއާ ދެމެދު ވެފައިވާ އެއްބަސްވުންތަކެއްގެ ދަށުން ކުރަންޖެހޭ އެންމެހާ ފައިސާގެ މުޢާމަލާތް
ޑިޕާރޓްމަންޓް އޮފް މީޓިއޮރޮލޮޖީއާ ނުބެހޭގޮތަށް، ސީދާ ޢަބްދުﷲ ޢަލްޤީން އާއެކު ކުރުމަށް ޓެސްޓް
އ
ޑީޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
23
3
2013/HC-A/2]
14
ecc
23
އެއްވެސް
އަންގައި، މިމަޝްރޫޢުގެ ދަށުން ސަރުކާރަށް ލިބެންޖެހޭ ފައިސާ ޢަބްދުﷲ އަލްޤީންގެ އަމިއްލަ އެކައުންޓަށް
ޖަމާކޮށް، އެފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ބުނެ ދައުލަތުން ޢަބްދުﷲ އަލްޤީންގެ މައްޗަށް ކުރި
މިދަޢުވާގެ އަސްލަށް ޢަބްދުﷲ އަލްޤީން އިންކާރު ކޮށްފައިވުމާއި، މިދަޢުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި
ލިޔުމަކުން މިފައިސާއަކީ ޑިޕާރޓްމަންޓް އޮފް މީޓިއޮރޮލޮޖީގެ އެކައުންޓަށް ޖަމާވާންޖެހޭ
ފައިސާއެއްކަމަށް ބަޔާންކޮށްފައިނުވާތީއާއި، ޖެމްސްޓެކާއި، ސަރުކާރާއި ދެމެދު މިއެއްބަސްވުން ވެވިފައިވަނީ
ސަރުކާރުން ދޭޚިދުމަތްތަކުގެ ބަދަލުގައި މިމަޝްރޫޢުގައި ޖެމްސްޓެކްގެ ފަރާތުން ބޭނުންކުރާ އާލާތްތައް
ސަރުކާރަށް ދިނުމުގެ މުޤްބިލްގައިކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދިން
ހެކިންގެ ބަހުން އެނގޭތީއާއި، އަދި މިމަޝްރޫއަށް ސަރުކާރުން އެއްވެސް ޚަރަދެއްކޮށްފައިނުވާކަން ހުށަހެޅިފައިވާ
ލިޔުންތަކުން އެނގެން އޮންނައިރު، މިޕްރޮޖެކްޓަށް ޚަރަދުކުރި ޖަޕާނުގެ ކުންފުނި ކަމުގައިވާ ޖެމްސްޓެކުގެ
ފައިސާއަކަށް ޢަބްދުﷲ އަލްޤީން ޚިޔާނާތްތެރިވެގެން ޖެމްސްޓެކުން އެފަދަ އެއްވެސް
ކޮށްފައިނުވާތީއާއި އަދި ޢަބްދުﷲ އަލްޖީނުގެ އެކައުންޓަށް ޖެމްސްޓެކުން ޖަމާކުރި ފައިސާއަކީ ޖުމްސްޓެކުން
ސަރުކާރަށް ދޭންޖެހޭ ފައިސާއެއްކަން ދައުލަތުން ޝަރީޢަތަށް ސާބިތުކޮށްދީފައިނުވާއިރު، ޢަބްދުﷲ އަލްޤީންގެ
މައްޗަށް ދައުލަތުން ކުޅަ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުވާވަރުގެ ކާފީ ހެކިލިބިފައިނުވާތީ،
ޚިޔާނާތްތެރިވުމުގެ ކުށް ޢަބްދުﷲ އަލްޤީންގެ މައްޗަށް ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމްކޮށް، މިޤަޟިއްޔާ
ނިންމީއެވެ." މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
OCCO
(2
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/386 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ
، ހައި29
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: irif [email protected] ވެބްސައިޓް www.highcourt.gov.mv
028 (ކޮން
4
2013/HC-A/2]
ތ ހ4
ފުރަތަމަ ނުކުތާއަކީ، ޖަޕާން އެޖެންސީ ފޯރ އާތް ސައިންސަސް (ޖެމްސްޓެކް) އިން
ކޯޕަރޭޓިވް ޒަވޭޝަނަލް ރިސަރޗް ފޮރ ދަ މީޓިއޮރޮލޮޖީ އިން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގެ ނަމުގައި
މޫސުމާބެހޭ ތަޙްލީލުކުރުމުގެ މަޝްރޫޢެއް ހިންގުމަށްޓަކައި ޑިޕާރޓްމަންޓް އޮފް މީޓިއޮރޮލޮޖީއާއި ޖެމްސްޓެކް) އާ
ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ ޢަބްދުﷲ އަލްޤީސް ގެ އެކައުންޓަށް ޖަމާކޮށް އެފައިސާ
ބޭނުންކުރިކަމަށް ޢަބްދުﷲ އަލްޤީން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގައި ތަކުރާރުކޮށް ބުނެ ކުށަށް
އިޢުތިރާފްވެފައިވާއިރު، ކްރިމިނަލް ކޯޓުން އެކަމަށް ރިޢާޔަތްނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
CC
ދެވަނަ ނުކުތާއަކީ، މިމައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކުން އެފައިސާ
ޑިޕާރޓްމަންޓް އޮފް މީޓިއޮރޮލޮޖީއަށް ޖަމާވާންޖެހޭ ފައިސާއެއްނޫންކަމަށް ފާހަގަކުރައްވާފައިވާއިރު، އެއްބަސްވުން
ވެވިފައިވަނީ ސަރުކާރާއި ޖެމްސްޓެކާދެމެދުކަމާއި ޢަބްދުﷲ އަލްޤީނަކީ އެ އެއްބަސްވުމުގެ ބައިވެރިއެއް
އެއްބަސްވުމުގެ ދަށުން ލިބޭ ފައިސާއާއި ތަކެއްޗަކީ ދިވެހި ސަރުކާރުގެ ފައިސާއާއި ތަކެތި
ކަމަށްވާއިރު، އެކަންކަމަށް ރިޢާޔަތް ކުރެއްވުމަކާނުލައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4 ދ9 8
ނޫންކަމުން،
ތިންވަނަ ނުކުތާއަކީ، ޑިޕާރޓްމަންޓް އޮފް މީޓިއޮރޮލޮޖީގައި ޚަރަދު ކުރިކަމުގެ
ލިޔެކިޔުންތައް ނެތަތީ، މިޕްރޮޖެކްޓާ ގުޅިގެން ދިވެހިރާއްޖޭގެ ފަރާތުން ކޮށްދޭންޖެހޭ
ޚަރަދުކޮށްފައިވަނީ ދިވެހި ސަރުކާރުންކަން އެނގެން ނެތްކަމަށް ފާހަގަ ކުރައްވައި ނިންމަވާފައިވާ ނިންމެވުން
ރަނގަޅު ނޫންކަމަށްބުނެ ހުށަހެޅި
ނުކުތާއެވެ.
ދިވެހިރާއްޖޭގެ
ހަތަރުވަނަ ނުކުތާއަކީ،
ޖޭމްސްޓެކްގެ ފައިސާއަކަށް ޢަބްދުﷲ އަލްޤީން
ޚިޔާނާތްތެރިވެގެން ޖެމްސްޓެކުން އެފަދަ އެއްވެސް ޝަކުވާއެއް ކޮށްފައިނުވާކަމަށް ފާހަގަ ކުރައްވައި މައްސަލަ
ނިންމަވާފައިވާއިރު، ޖެމްސްޓެކަކީ ޚިޔާނާތުގެ ޝިކާރައަކަށްވެފައިވާ ފަރާތެއް ނޫންކަމާއި، އަދި ޢަބްދު
ޚިޔާނާތްތެރިވެފައިވަނީ ދިވެހި ސަރުކާރުގެ ފައިސާއާއި ތަކެއްޗަށް ކަމަށާއި، އެއްވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
5
2013/HC-A/2]
ޚިޔާނާތްތެރިވިކަމުގެ ޝަކުވާއެއްކުރުމަކީ ޚިޔާނާތުގެ ކުށް ފުރިހަމަވުމަށް ލާޒިމުކުރާ އުންސުރެކަމަށް ނުވާއިރު،
އަދި ޖެމްސްޓެކުން ޝަކުވާ ނުކުރާތީ ޢަބްދުﷲ ޢަލްޤީންގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުނުވާކަމަށް
ކަނޑައަޅުއްވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި
އެކު ނޫއވ.
3) މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/386 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ ރައްދުވާ
މއ.ކާމިނީހުޅަނގުގެ، ޢަބްދުﷲ އަލްޤީންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން
ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޢަބްދުﷲ އަލްޤީންގެ މައްޗަށް ދައުލަތުގެ ފަރާތުން ޖިނާއީކޯޓުގައި އުފުލި
ދަޢުވާއަކީ، ޢަބްދުﷲ އަލްޤީން 2006 ވަނަ އަހަރާއި، 2007 ވަނައަހަރު، ޑިޕާރޓްމަންޓް އޮފް މީޓިއޮރޮލޮޖީ
ހިންގެވުމާއި ޙަވާލުވެ ހުރިއިރު، ޑިޕާޓްމަންޓް އޮފް މީޓިރިއޮލޮޖީއާއި ޖަޕާނުގެ މޫސުމާބެހޭ ދިރާސާކުރާ
އިދާރާއެއްކަމަށްވާ ޖަޕާން އެޖެންސީ ފޯރ މެރިން އާތު ސައިންސް އެންޑް ޓެކްނޮލޮޖީ ( ޖެމްސްޓެކް) އާ
ގުޅިގެން، 2006 އަދި 2007 ވަނަ އަހަރު " ކޯޕަރޭޓް އޮބްޒަވޭޝަނަލް ރިސަރޗް ފޮރ ދަ މީޓިއޮރޮލޮޖީ އިން
ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގެ ނަމުގައި ދިވެހިރާއްޖޭގައި ހިންގި މޫސުމާބެހޭ ތަޙްލީލު މަޝްރޫޢެއް
ހިންގުމަށް،
ށް، ޖެމްސްޓެކާއި ޑިޕާޓްމަންޓް އޮފް މީޓިރިއޮލޮޖީއާ ދެމެދު ވެފައިވާ އެއްބަސްވުންތަކެއްގެ ދަށުން،
އެއެއްބަސްވުންތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ފައިސާގެ މުޢާމަލާތްތައް، ޑިޕާޓްމަންޓް އޮފް
މީޓިރިއޮލޮޖީއާއި ނުބެހޭ ގޮތަށް ސީދާ ޢަބްދުﷲ އަލްޤީންއާއެކު ކުރުމަށް ޖެމްސްޓެކަށް އަންގައި، މިދެންނެވި
އެއްބަސްވުންތަކުގެ ދަށުން، ޖެމްސްޓެކުން ފޮނުވަންޖެހޭ ފައިސާ ހޯދުމަށް ޑިޕާޓްމަންޓް އޮފް މީޓިރިއޮލޮޖީގެ
ނަމުގައި ފޮނުވި ރަސްމީ އިންވޮއިސްތަކުގައި ފައިސާ ޖަމާކުރަންޖެހޭ އެކައުންޓަކީ، ޢަބްދުﷲ އަލްޤީންގެ ނަމުގަޓިaގެ
ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ހުޅުވާފައިވާ އެކައުންޓްކަމަށް ލިޔެ، މިމަޝްރޫޢާ ގުޅިގެން، ތަފާތު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4
6
2013/HC-A/2]
ފަހަރެއްގެ މަތިން ޖެމްސްޓެކުން ފޮނުވި، 177460.69 (އެއްލައްކަ ހަތްދިހަ ހަތްހާސް ހަތަރުސަތޭކަ
ފަސްދޮޅަސް ޑޮލަރ ފަސްދޮޅަސް ނުވަ ސެންޓް) ޢަބްދުﷲ އަލްޤީންގެ އެކައުންޓަށް ޖަމާކޮށް، އެފައިސާއަށް
ޢަބްދުﷲ އަލްޤީން ޚިޔާނާތްތެރިވެފައިވާކަމަށް ބުނެ، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 132
ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ ދަށުން، ޢަބްދުﷲ އަލްޤީން ސަރުކާރުގެ ފައިސާއަށް
ދަޢުވާއާއި، ޢަބްދުﷲ އަލްޤީން ޚިޔާނާތްތެރިވެފައިވާކަމަށްބުނާ ފައިސާ އަނބުރާ ސަރުކާރަށް ލިބިދިނުމުގެ
މައްސަލަކަން އެނގޭކަމާއި، މިދަޢުވާއަށް ޢަބްދުﷲ އަލްޤީން އިންކާރުކޮށްފައިވާކަން އެނގޭކަމެވެ.
ޗި ހި 8ޑ
ޚިޔާނަތްތެރިފުމުގެ
ވިތެރިވުމުގެ
(ށ) ދެވަނަ ކަމަކީ، މިދަޢުވާއަށް ޢަބްދުﷲ އަލްޤީން އިންކާރުކުރަމުން، ޢަބްދުﷲ އަލްޤީންގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ، މިދަޢުވާގެ އަސްލު ބިނާވެގެންވަނީ، ސަރުކާރުގެ ފައިސާއަކަށް
ޢަބްދުﷲ އަލްޤީން ޚިޔާނަތްތެރިވެގެންކަމުގައިވާއިރު، މިފައިސާއަކީ ސަރުކާރުގެ ފައިސާއެއް ނޫންކަމަށާއި،
އެފައިސާ ސަރުކާރުގެ އެކައުންޓަކަށް ޖަމާކުރަންޖެހޭނެ އެއްވެސް ސަބަބެއްވެސް ނެތްކަމަށާއި، ދަޢުވާގައި ހިމެނޭ
މަސައްކަތަކީ ޢަބްދުﷲ އަލްޤީން ވޮލަންޓިއަރ އުސޫލުން ކޮށްފައިވާ މަސައްކަތެއްކަމަށް، ޢަބްދުﷲ އަލްޤީން
ބުނެ، އެކަމުގެ މައްޗަށް ހެކި ހުށަހަޅާފައިވާކަން އެނގޭކަމާއި، މިގޮތުން މިމައްސަލައިގައި ޙަވާލާދެވޭ ފައިސާ
ޢަބްދުﷲ އަލްޤީންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ޖެމްސްޓެކުން މިމަސައްކަތަށް ބޭނުންކުރާ ފައިސާހޯދަން
ފަސޭހައަކަށް އެކުންފުނިން ބޭނުންވެގެންކަން ސާބިތުކުރުމަށްޓަކައި ޢަބްދުﷲ އަލްޤީންގެ ފަރާތުން ހެކިން
ހުށަހެޅިކަމާއި އަދި މިހެކިންގެ ހެކިބަސް ޝަރީޢަތުން ނަންގަވާ އެފަރާތްތަކުގެ ބަސްހޯދާފައިވާކަން އެނގެން
އޮންނަކަމެވެ.
.8 29 8 74
(ނ) ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 10/68 ( ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 4 ) ގެ
149 ވަނަ މާއްދާގެ (ނ) ގައި ޚިޔާނާތުގެ މާނަކަމަށް ބުނެފައިވަނީ " ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ތިމާގެ
ހަވާލުގައިވާ އެހެން ފަރާތެއްގެ އެއްޗެއް ނުބައި ނިޔަތެއްގައި އޭގެ ވެރިފަރާތުގެ އިޒުނަޔާނުލައި
ނުވަތަ އެއެއްޗަކަށް ބަދަލުގެނައުން، ނުވަތަ ނައްތާލުން ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް
ގެންގުޅުންކަމަށާއި މީގެ އިތުރުން އެއަކުރުގައި ޢާއްމު ތަނަކުން ހޮވާއެއްޗެއް އެފަދަ ތަކެތި ދައްކަންޖެރޭގެ
ބޮންނޭކުރެން،
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
2013/HC-A/2]
ފަރާތަށް ނުދައްކާ ހުރުމާއި، މީޓަރަށް ނާރާގޮތަށް ކަރަންޓު ބޭނުން
ނުންކުރުން ފަދަ ކަންކަމަކީ ޚިޔާނާތެކެވެ. މީހަކާ
ޙަވާލުކުރެވިފައިވާ މުދަލެއް ހަމައަށްހުރިތޯ ބަލާއިރު، އެމުދާ ހުންނަންވީ ވަރަށް ނެތިފައި، އެމުދާ
ބަލަހައްޓަންޖެހިފައިވާ ޤަވާޢިދާ ޚިލާފުވެފައިވާކަން ސާބިތުވުމާއެކު، އެމުދާ މަދުވާންޖެހުނުގޮތެއް ސާބިތުކޮށް
ނުދެވޭނަމަ ބެލެވޭނީ ޚިޔާނާތްތެރިވީކަމުގައެވެ" މިފަދައިން ބަޔާންކޮށް ޚިޔާނާތްތެރިވުމުގެ މާނައިގެ އިތުރު
ތަފްސީލެއް ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 4 ގެ 149 ވަނަ މާއްދާގެ (ނ) ގައި ޚިޔާނާތުގެ
މާނަކޮށްފައިވާ ގޮތަށް ބެލުމުން، ޚިޔާނާތުގެ ކުށެއް ސާބިތުކުރުމަށްޓަކައި އުންސުރުތަކެއް ފުރިހަމަވާންޖެހޭކަމާއި،
މިއުންސުރުތަކަކީ، ފުރަތަމަ ކަމަކަށް، އެމުދަލަކީ ޚިޔާނާތްތެރިވީކަމަށް ތުހުމަތު ކުރެވޭ މީހާގެ ބެލުމުގެ ދަށުގައި
ނުވަތަ ޙަވާލުގައިވާ ތަކެއްޗަށް ވާންޖެހުންކަމާއި، ދެވަނަ ކަމަކަށް ނުބައި ނިޔަތެއް އޮތުންކަމާއި، ތިންވަނަ
ކަމަކަށް، ވެރިފަރާތުގެ އިޒުނަތުންކަމާއި، އަދި ހަތަރުވަނަ ކަމަކަށް އެ އެއްޗަކަށް ބަދަލު ގެނައުން ނުވަތަ
ނައްތާލުން ނުވަތަ ކަނޑައަޅާފައިވާގޮތާ ޚިލާފަށް ގެންގުޅުންކަން އެނގޭކަމާއި، މީގެ އިތުރުން ޢާއްމު ތަނަކުން
ހޮވާއެއްޗެއް އެފަދަ ތަކެތި ދައްކަންޖެހޭ ފަރާތަށް ނުދައްކާ ހުރުމާއި، މީޓަރަށް ކަރަންޓު
ނުންކުރުމާއި، ކަނޑައެޅިފައިވާ ޤަވާޢިދުތަކެއްގެ މަތިން މީހަކާއި ބެލެހެއްޓުމަށް ޙަވާލުކުރެވޭ މުދަލެއް
ހުންނަންވީ ވަރަށް ނެތުމާއި، އެމުދާ ބަލަހައްޓަން ޖެހިފައިވާ ޤަވާޢިދާ ޚިލާފު ވެފައިވާކަން ސާބިތުވުމާއިއެކު،
އެމުދާ މަދުވާންޖެހުނު ގޮތެއް އެނގެން ނެތުމަކީވެސް ޚިޔާނާތްތެރިވުން ކަމުގައި އެމާއްދާއަށް ބެލުމުން
އެނގޭކަމާއި،
437ށް
هل
އެއްބާވަ
ޤާނޫނުލްޢުޤޫބާތުގެ އިޝާރާތްކުރެވުނު މާއްދާއަށް ބެލުމުން އަދި އެމާއްދާ ފަރުމާކުރެވިފައިވާ
ގޮތުން ޚިޔާނާތްތެރިވުމުގެ ކުށުގެ ތެރޭގައި މިބާވަތަށްވުރެ ގިނަ ބާވަތުގެ ޢަމަލުތައް ހިމެނޭކަމާއި، މިހެންކަމުން
މީހެއްގެ މައްޗަށް
ޚިޔާނާތުގެ ކުށުގެ ދަޢުވާ ކުރެވޭ ހިނދު، އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ
ޚިޔާނާތުގެ މާނައިގެ ތެރޭގައި ހިމެނޭ ކޮން ޢަމަލެއްކުރުންކަން އެމީހަކަށް ސާފުކޮށް ބަޔާންކޮށްދޭންވާނެކަން
އެނގޭކަމާއި އަދި މީހެއްގެ މައްޗަށް ޚިޔާނާތްތެރިވެގެންކަމަށް ބުނެ އުފުލޭ ދަޢުވާތަކުގައި އިސްވެ ބުނެލުޑު
އުންސުރުތަކުގެ ތެރެއިން އެންމެ އުންސުރެއްވެސް ތުހުމަތުކުރެވޭ މީހާގެ ކިބައިގައި ފުރިހަމަ ނުވާނަމަ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
8
2013/HC-A}2]
ނަންބަރު 10/68 ގެ 149 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ޚިޔާނާތުގެ މާނައިގެ ތެރޭގައި ތުހުމަތުކުރެވޭ
މީހާ ޅަ ޢަމަލު ހިމެނިގެން ނުދާނެކަން އެނގޭކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މިމައްސަލައިގައި ދައުލަތުގެ ފަރާތުން ޢަބްދުﷲ އަލްޤީންގެ މައްޗަށް
ކޮށްފައިވާ ދަޢުވާގެ ސީޕޯއަށް ބަލާއިރު، ދަޢުވާގެ ސީޝޯގައި ބަޔާންކޮށްފައިވަނީ " މިއީ ޤާނޫނުލް ޢުޤޫބާތުގެ 131
ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ ދަށުން ޢަބްދުﷲ އަލްޤީން ދިހަ
ހާސްރުފިޔާއަށްވުރެ މަތީގެ ސަރުކާރުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއެވެ" މިފަދައިންކަމާއި
ޢަބްދުﷲ އަލްޤީންގެ މައްޗަށް މިދަޢުވާ ކުރެވިފައިވަނީ، ޤާނޫނުލްޢުޤޫބާތުގައި ޚިޔާނާތް މާނަކޮށްފައިވާ ގޮތްތަކުގެ
ތެރޭގައި ހިމެނޭ، ސަރުކާރުގެ މުދަލަކުން ޚިޔާނާތްތެރިވުމުގެ ކުށްކަން އެނގޭކަމާއި، މިހެންކަ
މިމާނައިގެ
ތެރޭގައި މީހެއްގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅޭނީ، އެމީހަކާއި ސަރުކާރުގެ ފައިސާ
ޙަވާލުކުރެވިފައިވާނަމަކަމާއި، އެފައިސް އެމީހަކު ބަލަހައްޓަން ހަމަޖެހިފައިވާ ޤަވާޢިދަކާއި ނުވަތަ އުޞޫލާއި
ޚިލާފުވެފައިވާކަން ސާބިތުވާނަމަކަމާއި މީގެ އިތުރުން އިޝާރާތްކުރެވުނު މާއްދާގައި ބަޔާންކުރާ ޚިޔާނާތްތެރިވުމުގެ
ކުށް ސާބިތުވުމުގައިވެސް އެކުށުގައި ހިމެނޭ އެހެނިހެން ރުކުންތަކާއި އުންސުރުތައް ފުރިހަމަވާންޖެހޭނެކަން
ނމހނ
އެނގޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު،
މިމައްސަލައިގެ އަސްލު ބިނާވެގެންވަނީ، ޢަބްދުﷲ އަލްޤީން 2006 ވަނައަހަރާއި 2007 ވަނައަހަރު
ޑިޕާޓްމަންޓް އޮފް މީޓިރިއޮލޮޖީ ހިންގެވުމާއި ޙަވާލުވެ ހުރި ދުވަސްވަރު، މީނާ ސަރުކާރުގެ ފައިސާއަކަށް
ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާކަމަށްވީއިރު، މިމައްސަލައިގައި ޙަވާލާދެވޭ ފައިސާއަކީ ސަރުކާރުގެ ފައިސާއެއް
ނޫންކަމަށާއި، އެފައިސާ ޢަބްދުﷲ އަލްޤީންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ޖެމްސްޓެކުން މިމަސައްކަތަށް
ބޭނުންކުރާ ފައިސާހޯދަން ފަސޭހައަކަށް އެކުންފުނިން ބޭނުންވެގެންކަމަށާއި، މިފައިސާއަކީ ސަރުކާރާއި އެއްވެސް
ގުޅުމެއްނެތް ސީދާ ޖެމްސްޓެކުގެ ފައިސާކަން ސާބިތުކުރުމަށް ޢަބްދުﷲ އަލްޤީންގެ ފަރާތުން ހެކިނާގެ"
ހުށަހެޅިކަމާއި، ހެކިންގެ ފަރާތުން ދީފައިވާ ހެކިބަހުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން ހެކިންގެ ތެރެއިން
ވާޖީ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
9
2013/HC-A/2]
& aހ2
އ 3ނށް
8 74
*
ބނަންފެޤީކހނއ•
ސ.މީދު(ދިވެހި ޢަލީ ވާފިރުއާއި، ސ.ހިތަދޫނިކަގަސްދޮށުގެ ޢަލީ ޝަރީފުގެ ހެކިބަހުގައި، މިމައްސަލައިގައި
ޙަވާލާދެވޭ ފައިސާ ޢަބްދުﷲ އަލްޤީންގެ އެކައުންޓަށް ޖަމާކުރަންޖެހުނީ ޖޭމްސްޓެކުން
އެގޮތަށް
ނިންމަން އެފަރާތުން އެދުނީ އެފައިސާ ނެގުމުގައި ލިބިގެންދާނެ
ފަސޭހައަކަށްޓަކައިކަމަށާއި، މިގޮތުން މިފައިސާ ޖެމްސްޓެކުން ރާއްޖެއައުމަށްފަހު ނަގައި، އެފަރާތުން ހިންގި
ޕްރޮޖެކްޓްގައި ބޭނުންކޮށްފައިވާކަމަށާއި، މިމަސައްކަތްކުރުމަށް ދިވެހި ސަރުކާރުން އެއްވެސް ޚަރަދެއްނުކުރާކަމަށް
ބުނެފައިވާކަން އެނގެން އޮންނައިރު، ޑިޕާޓްމަންޓް އޮފް މީޓިރިއޮލޮޖީން މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް
ނޭޝަނަލް ޑިވެލޮޕްމަންޓަށް މިމަޝްރޫޢު ހިންގުމުގެ ހުއްދައަށް އެދި ފޮނުވި ސިޓީގެ ޖަވާބުގައި، މިމަޝްރޫޢު
ހިންގުމަށް ޑިޕާޓްމަންޓް އޮފް މީޓިރިއޮލޮޖީއަށް ހުއްދަ ދީފައިވަނީ، މިމަޝްރޫޢުގެ ހުރިހާ ޚަރަދެއް ޖެމްސްޓެކުން
ކުރާގޮތަށް އަދި ދިވެހިސަރުކާރުން މިޕްރޮޖެކްޓާއި ގުޅިގެން އެއްވެސް ޚަރަދެއް ނުކުރާގޮތަށްކަން އެނގޭކަމާއި،
ޢަބްދުﷲ އަލްޤީންގެ އެކައުންޓަށް ޖަމާކުރެވުނު ފައިސާއަކީ ސަރުކާރުގެ ފައިސާކަމަށް ދައުލަތުން ދެވޭ ސަބަބު
ހާމަކުރަމުން ދައުލަތުގެ ފަރާތުން ދަށުކޯޓުގައި ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ، މިމަޝްރޫޢު ހިންގުމާއި
ޑިޕާޓްމަންޓް އޮފް މީޓިރިއޮލޮޖީއާއި ޖެމްސްޓެކާއި ދެމެދު އެއްބަސްވުމެއް ވެވިފައިވާކަމަށާއި،
މިއެއްބަސްވުމުގެ 2 ވަނަ މާއްދާގައި ބަޔާންކުރާގޮތުން އެއެއްބަސްވުމުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ
ކަންތައްތައް ކުރުމުގައި ހިނގާ ޚަރަދުތަކަށް ތާވަލު 1 ގައިވާ ގޮތުގެ މަތިން ޑިޕާޓްމަންޓް އޮފް މީޓިރިއޮލޮޖީން
ޒިންމާ އުފުލުމަށް ބަޔާންކޮށްފައި އޮތުމުން، މިޕްރޮޖެކްޓުގައި ހިނގާ ޚަރަދުތަކަށް ޑިޕާޓްމަންޓް އޮފް
މީޓިރިއޮލޮޖީން ކަންތައްތަކެއް ކުރަންޖެހޭކަމަށާއި، އެކަންތައްތަކަށް ދިވެހި ސަރުކާރަށް ޚަރަދުކުރެވެން ނެތްކަމުން،
މިފައިސާއަކީ ޑިޕާޓްމަންޓް އޮފް މީޓިރިއޮލޮޖީގެ ފަރާތުން ކުރަންޖެހޭ ކަންކަން ފޯރުކޮށްދިނުމަށް ޖެމްސްޓެކުން
ދިވެހި ސަރުކާރަށް ދިން ފައިސާއެއްކަމަށްދެކި އެސަބަބު ބަޔާންކޮށް
ބަޔާންކޮށްފައިވާކަމާއި،
ވެސް، މިމައްސަލައިގައި ފެންނަން ހުރި ލިޔެކިޔުންތަކާއި، މައްސަލައިގައި ފެންނަން ހުރި
ޙަޤީޤަތްތަކުގެ މައްޗަށް ބެލުމުން، ޑިޕާޓްމަންޓް އޮފް މީޓިރިއޮލޮޖީއާއި ޖެމްސްޓެކާއި ދެމެދު އެއްބަސްވުމުގައި
ފައިސާ ޑިޕާޓްމަންޓް އޮފް މީޓިރިއޮލޮޖީގެ އެކައުންޓަކަށް ޖަމާކުރާގޮތަށް ފަރުމާ ކުރެވިފައިވަނީ، ޑިޕާޓްމަންޓް އޮފް
މީޓިރިއޮލޮޖީން މިޕްރޮޖެކްޓަށް އެއްވެސް ޚަރަދެއްކުރަންޖެހިއްގެ އެފައިސާ ޖަމާކުރާނީ ޑިޕާޓްމަންޓް
ގުޅޭގޮތުން
އދނުން.2
/ވ
އައިކޯޓް
jb
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
10
2013/HC-A/2]
މީޓިރިއޮލޮޖީން ކަނޑައަޅައި އެކައުންޓަކަށްކަން ބަޔާންކުރުމުގެ ގޮތުންކަން މިއެއްބަސްވުމުގެ މާއްދާތައް
ފަރުމާކުރެވިފައިވާ ގޮތަށް ބެލުމުން އެނގެން އޮތްއިރު، މިއެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރުން އެއްވެސް
ޚަރަދެއް ކުރިކަން އެނގޭނެ ހަރުދަނާ އެއްވެސް ހެއްކެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާކަމާއި، މިހެންކަމުން
ޖޭމްސްޓެކްގެ ފަރާތުން ޢަބްދުﷲ އަލްޤީންގެ އެކައުންޓަށް ޖަމާކުރެވުނުކަމަށް ފެންނަން އޮންނަ ފައިސާއަކީ
މިމަޝްރޫއަށް ޑިޑާ
ރޫޢަށް ޑިޕާޓްމަންޓް އޮފް މީޓިރިއޮލޮޖީން ޚަރަދުތަކެއް ކޮށްގެން އޭގެ މުޤާބިލުގައި ދިވެހިސަރުކާރަށް
އެފަރާތުން ދިން ފައިސާއެއްކަމަށް ބެލެވެން ނެތްކަމެވެ.
(ޅ) ހަވަނަ ކަމަކީ، ޖިނާއީ މައްސަލަތަކުގައި އުފައްދާ ޝައްކުތަކުގެ އިދިކޮޅު ދައްކާ ޖިނާޢީ
މައްސަލަތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތުގެ ޙައިސިއްޔަތުން، ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުންކަން ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކަށް ބެލުމުން އެނގެން އޮންނަކަމާއި، މިދަޢުވާ އަށް
ޢަބްދުﷲ އަލްޤީން އިންކާރުކުރަމުން އެފަރާތުން ފާހަގަކުރި އެންމެ މުހިއްމު އެއް އަސާސަކީ، ޢަބްދު
އަލްޤީންގެ މައްޗަށް ކޮށްފައިވަނީ ސަރުކާރުގެ ފައިސާއަކަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާކަމުގައި ވީނަމަވެސް،
މައްސަލައިގައި ޙަވާލާދެވޭ ފައިސާއަކީ ސަރުކާރުގެ ފައިސާ ނޫންކަމަށް ޢަބްދުﷲ އަލްޤީން ބުނާބުނުންކަމާއި
މިގޮތުން މިމައްސަލައިގައި ޙަވާލާދެވޭ ފައިސާއަކީ، ޖެމްސްޓެކުން ރާއްޖެއައުމަށްފަހު އެފަރާތުން ރާއްޖޭގައި ހިންގާ
މަޝްރޫޢުތަކުގައި ބޭނުންކުރުމަށް
ބެނުންކުރުމަށް ޖަމާކުރެވުނު ޖެމްސްޓެކްގެ ފައިސާކަމަށް ޢަބްދުﷲ އަލްޤީން ބުނާބުނުމުގެ
އިދިކޮޅު ސާބިތުކުރެވޭ މިންވަރުގެ ހެކި ދައުލަތަށް ހުށަހެޅިފައިނުވާކަމާއި މިހެންކަމުން މިމައްސަލައިގައި
ޙަވާލާދެވޭ ފައިސާގެ ވެރިފަރާތަކީ ޖަމްސްޓެކް ކަމާއި މެދު ޝައްކު އުފެދޭނެ ޖާގައެއް ނެތްކަން އެނގޭކަމާއި،
މިހެންކަމުން މިމައްސަލައިގައި ޙަވާލާދެވޭ ފައިސާއަށް މިޙާލަތުގައި ޢަބްދުﷲ އަލްޤީން
ޚިޔާނާތްތެރިވެފައިވާ ކަމުގައި ބެލެވޭނީ ޖެމްސްޓެކްގެ އިޒުނައެއްނެތި އެފަރާތުން ބޭނުންނުވާ ގޮތަކަށް ނުވަތަ
އެފަރާތުން ޢަމަލުކުރުމަށް އެންގި އުސޫލަކާއި ޚިލާފަށް ޢަބްދުﷲ އަލްޤީން މިފައިސާ ބޭނުންކޮށްފައިވާނަމަ
ކަމުގައިކަން ޤާނޫނުލްޢުޤޫބާތުގައި ޚިޔާނާތް މާނަކޮށްފައިވާ ގޮތަށް ބެލުމުން އެނގޭކަމާއި، އެހެންނަމަވެސް
ފައިސާގެ ކަންކަމާއި ގުޅޭގޮތުން ޖެމްސްޓެކްގެ ފަރާތުން ނުވަތަ ޖެމްސްޓެކް ތަމްސީލުކުރުމަށް އައްޓެއްގެ
ކުރެވިފައިވާ އެއްވެސް ފަރާތަކުން އެއްވެސް ޝަކުވާއެއްކުރިކަމަށް ދައުލަތުގެ ފަރާތުން ބުނެފައި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
24
ހައިކޯޓް
11
2013/HC-A/j
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
8 26
މިފައިސާއާއި ގުޅިގެން ޢަބްދުﷲ އަލްޤީންގެ މައްޗަށް އެއްވެސް ޝަކުވާއެއް އޮވެގެން އޭނާގެ މައްޗަށް އެއްވެސް
ދަޢުވާއެއް ނުވަތަ ޝަކުވާއެއްކުރަން މިފައިސާގެ ވެރިފަރާތްތަކުން ނުވަތަ އެފަރާތްތައް ތަމްސީލުކުރާ އެއްވެސް
ފަރާތަކުންވެސް އެދިފައިވާކަން އެނގެން ނެތްކަމާއި މީގެ އިތުރުން މިފައިސާއަކީ ސަރުކާރަށް ޖެމްސްޓެކްގެ
ފަރާތުން ލިބެންޖެހި ނުލިބިވާ ފައިސާއެއްކަމަށް ބެލެވޭތީ އެފައިސާ އަނބުރާ ހޯދުމަށް ނުވަތަ އެފައިސާއަށް
ވީގޮތެއް ހޯދުމަށް ސަރުކާރުގެ ފަރާތުން ޖެމްސްޓެކާއި އެއްވެސް
އެކަން ވީގޮތެއް
އޮޅުންފިލުވާފައިވާ ކަންވެސް އެނގެންނެތްކަމެވެ.
މުޢާމަލާތެއްކޮށް
6
/
2ޑ
(ކ) ހަތްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
އިން ކޮންމެ މީހަކަށްމެ ލިބިދޭ ޙައްޤަކީ އެމީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި
ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއް ނެތްމީހަކު ކަމުގައި ބެލުމުގެ ޙައްޤު ކަމުގައިވީ ހިނދު،
މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެކަމަށް ބެލުމުގައި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދައިން
އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވުމަކީ ޖިނާއީ ކުށެއް ކޮށްފިކަމުގެ ތެދާމެދު އެކަށީގެންވާ ގޮތުގައި
ޝައްކު އުފެދޭނެ ފުރުސަތު ނެތުންކަން އެނގޭކަމާއި، މީގެ އިތުރުން ޝަރީޢަތަށް ހުށަހެ ދަލީލުތަކާއި
އެދަލީލުތަކުން ކުރެވޭ އިސްތިންބާޠުތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަކަށް އިޤުތިޞާޢު ވެގެން
މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމީ އިސްތިޤްރާރުވެފައިވާ
ޖިނާއީ މައްދައެއްކަން އެނގެން އޮންނަކަމަށް ސުޕްރީމްކޯޓުގެ ނަންބަރު 34/SC
-
A/2011 ޤަޟިއްޔާގައި
ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމާއި، މިގޮތުން ބަލާއިރު، އިސްވެ އިޝާރާތްކުރެވުނު ކަންކަމުގެ މައްޗަށާއި،
މިމައްސަލައިގައި ލިބިފައިވާ ހެކީގެ ނިސްބަތަށާއި، އެހެކިތަކުން ޙާސިލުވި ބުރަދަނަށާއި، ޙާދިސާ ހިނގިކަމަށް
ބުނާގޮތަށާއި، ޤާނޫނު ނަންބަރު 10/68 ގެ 149 ވަނަ މާއްދާގެ (ނ) ގައި ޚިޔާނަތްތެރިވުން މާނަކޮށްފައިވާ
ގޮތަށާއި މައްސަލައިގެ ވަށައިގެން ހުރި އެންމެހައިކަންކަމަށް ބެލުމުން، ޢަބްދުﷲ އަލްޤީންގެ މައްޗަށް ދައުލަތުގެ
ފަރާތުން ކުޅަ ޚިޔާނާތް ތެރި ވުމުގެ ދަޢުވާ އޭނާގެ މައްޗަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
އެކަށީގެންވާ ޝައްކެއްނެތް މިންގަނޑުން ސާބިތުނުވާކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވެރިބޭގެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށްވެސް އެއްބަސްވެވޭކަމެވެ .
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
Oc Oc
12
2013/HC-A/2]
ޙުކުމް
ހއ 78
8
9
3
ބަޔާންކުރ
aހ2
ދެންފަހެ، އިސްވެފާހަގަކުރެވުނު
ގަކުރެވުނު ނުކުތާތަކުގައި ރެވުނު ކަންކަން ބަޔާންކުރެ
ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/386 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ހިމެނޭ
މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލެއް ގެންނަންޖެހޭފަދަ އެއްވެސް
ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv