ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/270 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/270
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 270/HC
-
A/2011
އިސްތިއުނާފުކުރި ފަރާތް:
ނަން: ޢާއިޝަތު ޢަލްޔާ އިޝްތިޔާޤްގެ ފަރާތުން ކުއްޖާގެ މަންމަ ރައީފާ ޢަބްދުލްވައްހާބު
ދާއިމީ އެޑްރެސް: ހ.ރޭޑިއަންޓް
އައިޑީ ކާޑު ނަންބަރު: A102832
* މިހާރުގެ އެޑްރެސް: ހ.ރޭޑިއަންޓް
އިސްތިއުނާފު ރައްދުވި ފަރާތް:
.
* ނަން: އިޝްތިޔާޤު ޙުސައިން
އައިޑީ
ކާޑުނަންބަރު:
ދާއިމީ އެޑްރެސް: މ.ރެޑްކޯސްޓް
މިހާރުގެ އެޑްރެސް: މ.ރެޑްކޯސްޓް
A039136
ރަޖިސްޓްރީ ތާރީޚް: 03 މުޙައްރަމް 1433
ނިމުނު ތާރީޚް: 10 ރަޖަބް 1433
31 މެއި 2012
28 ނޮވެމްބަރ 2011
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2011/Cv-C/1050
ނިންމެވި ކޯޓް: ސިވިލް ކޯޓު
• މައްސަލައިގެ ބާވަތް: މއ.ރެޑްކޯސްޓްން ދީފައިވާ ހިބައަނބުރާ އަތުލުން
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަލީ ސަމީރު ފަނޑިޔާރު ޢަބްދުއްރައޫފް
ފަނޑިޔާރު
އެމް
ޝަރީފް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
2011/HC-A/270
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1050 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
ހ.ރެޑްކޯސްޓް ޢާއިޝަތު ޢަލްޔާ އިސްތިޔާޤުގެ ފަރާތުން ޢާއިޝަތު ޢަލްޔާ ޢިޝްތިޔާޤުގެ މަންމަ ހ.ރޭޑިއަންޓް
ރައީފާ ޢަބްދުލްވައްހާބު، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ މ. ރެޑްކޯސްޓް އިސްތިޔާޤު ޙުސައިނެވެ.
28
0
ފާހަގަކުރެވުނު ނުކުތާތައް
1- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1050 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ "މަދަނީ ކޯޓުގެ ނަންބަރު 2009/MC/2058 ޤަޟިއްޔާއިން މ.ރެޑްކޯސްޓް
އިސްތިޔާޤު ޙުސައިން ކުރި ހިބައަކުން އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ކަމުގައިވާ ޢާއިޝަތު ޢަލްޔާ
އިސްތިޔާޤު އަށް މިލްކުވެފައިވާ މ.ރެޑްކޯސްޓް އެވެކިޔާ ބަންޑާރަ ގޯތީގެ 1/2 (ދެބައިކުޅަ އެއްބައި) ގައިވާ
އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ ހިބަ އަނބުރާ އަތުލުމަށް އެދި އިސްތިޔާޤު ޙުސައިންގެ ފަރާތުން
ޝަރީޢަތަށް ހުށަހެޅުމުން ބެލުނު މައްސަލައެއްކަން" އެނގެން އޮންނަކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، މ.ރެޑްކޯސްޓް އިސްތިޔާޤު ޙުސައިން ކުރި
ހިބައަކުން އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ކަމުގައިވާ ޢާއިޝަތު ޢަލްޔާ އިސްތިޔާޤު (2އ) އަށް،
މިލްކުވެފައިވާ، މ.ރެޑްކޯސްޓް އެވެކިޔާ ބަންޑާރަ ގޯތީގެ 1/2 ބައިގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ
ހިބަ އިސްތިޔާޤު ޙުސައިންގެ ފަރާތުން، ގ.ރޭނިސް މުޙައްމަދު ސަލީމް އަނބުރާ އަތުލައި މިހިބައިން ރުޖޫޢަލީ
ހިނދު، މ.ރެޑްކޯސްޓް އެވެކިޔާ ބަންޑާރަ ގޯތިން، ޢާއިޝަތު ޢަލްޔާ އިސްތިޔާޤަށް އޮތް ބައިގައިވާ
ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިހާރުގެ މިލްކުވެރި ފަރާތަކީ، މ.ރެޑްކޯސްޓް އިސްތިޔާޤު ޙުސައިން ކަމަށް
ކަނޑައަޅައި ޙުކުމްކޮށްފީމެވެ” މިފަދައިންނެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
2011/HC-A/27
02- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1050 އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ށ.ރެޑްކޯސްޓް ޢާއިޝަތު ޢަލްޔާ އިސްތިޔާޤުގެ ފަރާތުން ޢާއިޝަތު
ޢަލްޔާ އިޝްތިޔާޤުގެ މަންމަ ހ.ރޭޑިއަންޓް ރައީފާ ޢަބްދުލްވައްހާބު 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ
އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ceo
ccc
6 24
(ހ) ފުރަތަމަ ނުކުތާއަކީ: މ.ރެޑްކޯސްޓް އެވެ ކިޔުނު ގޯތީގެ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަ
ތަންތަނުގެ 1/2 (ދެބައިކުޅަ އެއްބައި) އަށްވާ ބައި ޢާއިޝަތު އަލްޔާ އިސްތިޔާޤަށް، އޭނާގެ ބައްޕަ އިސްތިޔާޤު
ޙުސައިން ދިނުމަށްފަހު އެހިބަ އަނބުރާ އަތުލުމުގެ މައްސަލައަކީ 2 އަހަރުގެ ތަޞައްރަފު ނުފުދޭ ކުޑަކުއްޖެއްގެ
މުދަލެއް ކިބައިން ނިގުޅައިގަތުމަށް، މުދަލުން ގެއްލުންވާ ގޮތަށް ހުށަހެޅުނު
މައްސަލައަކަށްވާއިރު، ކުއްޖާގެ މަސްލަޙަތު ރައްކާތެރިކޮށް ކުއްޖާ ތަމްސީލުކުރާނެ ފަރާތެއް ޙާޟިރުނުކޮ
ސިވިލް ކޯޓުން މައްސަލަ ބައްލަވައި ނިންމާވާފައިވުމާއި، މިގޮތުން ސުޕްރީމް ކޯޓުގެ ނަންބަރު
17/SC-A/2009 ޤަޟިއްޔާގެ ރޫހާ ޚިލާފަށް ސިވިލް ކޯޓުން މައްސަލަ ބައްލަވާ ނިންމަވާފައިވާކަމަށް ބުނެ
4ތ ދވ
އިންއަށް
(8ނ
ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ، ޢާއިޝަތު ޢަލްޔާ އިސްތިޔާޤު 2 އަހަރުގެ ތަސައްރަފު ނުފުދޭ
ކުޑަކުއްޖަކަށްވާއިރު، އޭނާއަށް މުދަލުން ގެއްލުންވާ ގޮތެއްގައި ސިވިލްކޯޓަށް ހުށަހެޅުނު މައްސަލައިގައި އޭނާ
އިޢުތިރާޟްކުރާކަމާއި، އޭނާގެ އުމުރުން 18 އަހަރު ފުރުމުގެ ކުރިން ހިބަ އަނބުރާ އަތުލުމުގެ މައްސަލަ
ޝަރުޢީ ކޯޓަކަށް ހުށަނޭޅޭކަން ޤާނޫނު ނަންބަރު 1/2002 "ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު" ގެ ދަށުން
ހެދިފައިވާ "ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދު" ގެ 15 ވަނަ މާއްދާއަށް ޤިޔާސްކުރުމުން
ކަށަވަރުވާއިރު، އެމާއްދާގެ ރޫޙާ ޚިލާފަށް ދަށުކޯޓުން މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
244
(ނ) ތިންވަނަ ނުކުތާއަކީ: މ.ރެޑްކޯސްޓް އެވެ ކިޔުނު ބަންޑާރަ ގޯތީގެ ޢިމާރާތާއި ވަޅުފަދަ
ތަންތަނުގެ 1/2 އަލްޔާއަށް ހިބައިން ލިބިފައިވާއިރު، ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ
145 ވަނަ މާއްދާގައި ބުނާފަދަ ބަދަލެއް އެތަންތަނަށް ގެނެސްފައިވޭތޯ ސިވިލް ކޯޓުން ބައްލަވަންޖެހޭއިރު
އެކަން ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
24
ހައިކް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
އަތަކު4ހ4
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/27
(ރ) ހަތަރުވަނަ ނުކުތާއަކީ: މުދަލުގެ މައްސަލަތަކުގައި ތަޞައްރަފުނުފުދޭ ކުޑަކުދިންގެ މުދާ
ހިމާޔަތްކުރުމަށް ބާރުއަޅާފައިވާއިރު، ސިވިލް ކޯޓުން މައްސަލަ ބެއްލެވިއިރު، ޝަރުޢީ އުޞޫލުތަކަށް
ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
03- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1050 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހޭ ކަމަށްބުނެ ހ.ރެޑްކޯސްޓް ޢާއިޝަތު ޢަލްޔާ އިސްތިޔާޤުގެ ފަރާތުން ޢާއިޝަތު ޢަލްޔާ
ޢިޝްތިޔާޤުގެ މަންމަ، ހ.ރޭޑިއަންޓް ރައީފާ ޢަބްދުލްވައްހާބު އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
84 4ޑ
ނޫސް ތަc
(ހ) ފުރަތަމަކަމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 38 ވަނަ މާއްދާގައި " ދަށުކޯޓަކުން
ނިންމާފައިވާ މައްސަލައެއް ނުވަތަ ދަށުކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ކަމުގައިވީ
ނަމަވެސް، ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާއިދަކާ
ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މަސްލަޙަތު އޮތް ފަރާތަކުން ހުށައަޅާ މައްސަލަތައް
ބެލުމުގެ އިޚުތިސާސު ހައިކޯޓަށް ލިބިގެންވާކަމަށް" އޮންނަކަމާއި، ހައިކޯޓަށް ހުށައެޅިފައި މިވާ މައްސަލައަކީ
މަދަނީ ކޯޓުގެ ނަންބަރު 2009/MC/2058 ޤަޟިއްޔާއިން މ.ރެޑްކޯސްޓް އިސްތިޔާޤު ޙުސައިން ކުރި
ހިބައަކުން އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ކަމުގައިވާ ޢާއިޝަތު ޢަލްޔާ އިސްތިޔާޤު އަށް މިލްކުވެފައިވާ
މ.ރެޑްކޯސްޓް އެވެކިޔާ ބަންޑާރަ ގޯތީގެ 1/2 (ދެބައިކުޅަ އެއްބައި) ގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ
ތަންތަނުގެ ހިބަ އަނބުރާ އަތުލުމަށް އެދި އިސްތިޔާޤު ޙުސައިންގެ ފަރާތުން ޝަރީޢަތަށް ހުށަހެޅުމުން
ސިވިލްކޯޓުގެ ނަންބަރު 2011/Cv-C/1050 ޤަޟިއްޔާއިން ބެލުނު މައްސަލަ އެކޯޓުން ނިންމެވި
ނިންމެވުމުގައި ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފުކަންތައްތަކެއް ހުރިކަމެއްބުނެ، އެނިންމުން
އިސްތިއުނާފުކުރުމަށް އެދި ޢާއިޝަތު ޢަލްޔާ އިސްތިޔާޤުގެ މަންމަ ހ.ރޭޑިއަންޓް ރައީފާ ޢަބްދުލް ވައްހާބު
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2011/HC-A/270
8 ، =
eyއ
ހުށައެޅި މައްސަލައެއްކަމާއި، އާއިޝަތު ޢަލްޔާ އިސްތިޔާޤަކީ ޢުމުރުން 2 އަހަރުގެ ތަސައްރަފު ނުފުރޭ
ކުޑަކުއްޖަކަށްވީ ހިނދު، އަދި މިމައްސަލައަކީ ޢާއިޝަތު ޢަލްޔާ އިސްތިޔާޤުގެ މިލްކުގައިވާ މުދަލަކާއި މެދު
ނިންމާފައިވާ މައްސަލައަކަށްވީ ހިނދު، އަދި ޢާއިޝަތު ޢަލްޔާ އިސްތިޔާޤުގެ ޝަރުޢީ
ބަލަދުވެރިޔާކަމަށްވާ އޭނާގެ ބައްޕަ އިސްތިޔާޤު ޙުސައިންއަކީ މިމައްސަލައިގައި ޙަސްމެއްކަމަށްވުމުން ޢާއިޝަތު
ޢަލްޔާ އިސްތިޔާޤުއާއި އޭނާގެ ބައްޕަ އިސްތިޔާޤު ޙުސައިންގެ މަސްލަޙަތު ފުށުއެރުމަކީ އެކަށީގެންވާކަމަށް
ވީހިނދު، ޢާއިޝަތު ޢަލްޔާ އިސްތިޔާޤު ގެ މަންމަ ރައީފާ ޢަބްދުލް ވައްހާބަކީ މިމައްސަލަ ހައިކޯޓަށް
ހުށައެޅުމުގެ މަސްލަޙަތު އޮތް ފަރާތެއް ކަމުގައި ބެލެވެން އޮންނަކަމެވެ.
(ށ) ދެވަނަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1050 ޤަޟިއްޔާގެ ދަޢުވާފޯމަށް
ބެލިއިރު، އެމައްސަލައިގައި ދަޢުވާކުރާ ފަރާތެއްގެ ގޮތުގައި އޮންނަނީ އިޝްތިޔާޤު ޙުސައިން ކަމާއި އަދި ދަޢުވާ
ރައްދުވާ ފަރާތެއްގެ ގޮތުގައި އޮންނަނީ ޢާއިޝަތު ޢަލްޔާ އިޝްތިޔާޤު ކަން އެނގޭކަމާއި، މީހަކަށް ދީފައިވާ
ހިބައެއް އަނބުރާ އަތުލުމަށް ހުށައެޅޭ މައްސަލައަކީ ހިބައިގެ ޢަޤުދު ފަސްޚު ކުރުމުގެ މައްސަލައެއްކަމަށްވުމުން
މިފަދަ މައްސަލަތަކުގައި އެ ޢަޤުދުގެ ބައިވެރިން މިކަމާއި ގުޅިގެން ބުނާ އެއްޗެއް ޝަރީޢަތުގެ ފަރާތުން
ބެލުމަކީ ކުރަންޖެހޭނެކަމެއްކަމާއި، އަދި ވަކިން ޚާއްސަކޮށް އެޢަޤުދުގެ ބައިވެރިއެއް ދަޢުވާ ރައްދުވާ ފަރާތެއްގެ
ގޮތުގައި ދަޢުވާކުރާ ފޯމުގައި ހިމަނައިފިނަމަ، ދަޢުވާ ރައްދުވާ ފަރާތުން މި ދަޢުވާއާއި މެދު ބުނާ އެއްޗެއް
ޝަރީޢަތުން ބަލަންޖެހޭނެކަމާއި، ސިވިލްކޯޓަށް ހުށައެޅުނު މައްސަލައިގައި ދަޢުވާ ރައްދުވާފަރާތެއްގެ ގޮތުގައި
އޮންނަ، އައިޝަތު ޢަލްޔާ އިޝްތިޔާޤަކީ ޢުމުރުން 2 އަހަރުގެ ތަސައްރަފު ނުފުދޭ ކުޑަކުއްޖަކަށްވީ ނަމަވެސް
ސިވިލްކޯޓަށް ހުށައެޅުނު މައްސަލަ އަކީ ޢާއިޝަތު ޢަލްޔާ އިޝްތިޔާޤުގެ މަސްލަޙަތު ހިމެނޭ އޭނާގެ
މިލްކުގައިވާ މުދަލެއް އަނބުރާ އަތުލުމުގެ މައްސަލައަކަށްވީ ހިނދު މި މައްސަލައިގައި ޢާއިޝަތު ޢަލްޔާ
އިޝްތިޔާޤު ތަމްސީލުކުރާނެ ފަރާތަކީ ކޮބައިކަން އަދި ޢާއިޝަތު ޢަލްޔާ އިޝްތިޔާޤު ތަމްސީލުކުރާ ފަރާތަކީ
ޢާއިޝަތު ޢަލްޔާ އިޝްތިޔާޤުގެ މަސްލަޙަތު އެންމެ ރަނގަޅަށް ޙިމާޔަތްކޮށްދެވޭނެ ފަދަ ފަރާތެއްކަން
ޝަރީޢަތުގެ ފަރާތުންބަލާ، އެފަރާތަކަށް ޝަރީޢަތުގެ މަޖިލީހުގައި ޢާއިޝަތު ޢަލްޔާ އިޝްތިޔާޤުގެ ފަރާތުން
ވާހަކަ ދެއްކުމުގެ ފުރުސަތު ދޭންޖެހޭނެކަމާއި، އެހެންނަމަވެސް މި މައްސަލައިގައި ދަޢުވާ ކުރާ ފަރާތުގެ
ޙައިސިއްޔަތުން އިޝްތިޔާޤު ޙުސައިން އަށް ޝަރީޢަތުގެ މަޖިލީހުގައި ބަޔާން ހުށައެޅުމުގެ
Cucou
gr
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
6
2011/HC-A/27
ކަތު އެތަކެއްކަމަށް ﷲ
· ބޑތ
އެޔެ8
ދެވިފައިވާކަން އެނގެން އޮތް އިރު، މިމައްސަލަ ރައްދުވާ ޢާއިޝަތު ޢަލްޔާ އިސްތިޔާގެ ފަރާތުން، އޭނާގެ
މަސްލަޙަތު ޙިމާޔަތް
ޙިމާޔަތްކޮށްދޭނެ ފަރާތަކުން މިމައްސަލައިގައި ބުނާ ޝަރީޢަތުގެ ފަރާތުން ހޯދާފައި
ނުވާކަން އެނގެން އޮންނަކަމާއި،
އަދި، ޢާއިޝަތު ޢަލްޔާ އިސްތިޔާޤުގެ ޝަރުއީ ބަލަދުވެރިޔާކަމަށްވާ އޭނާގެ ބައްޕަ އިސްތިޔާޤު
ޙުސައިންއަކީ މިމައްސަލައިގައި ޙަސްމެއްކަމަށްވުމުން، އަދި މިމައްސަލައިގެ ބާވަތުން ޢާއިޝަތު ޢަލްޔާ
އިސްތިޔާޤުއާއި އޭނާގެ ބައްޕަ އިސްތިޔާޤު ޙުސައިންގެ މަސްލަޙަތު ފުށުއެރުމަކީ ވަރަށް ގާތްކަމަކަށް ވީހިނދު،
މިމައްސަލައިގައި ޢާއިޝަތު ޢަލްޔާ އިސްތިޔާޤުގެ ބައްޕަ އިސްތިޔާޤު ޙުސައިންގެ ބަހަކީ ޢާއިޝަތު ޢަލްޔާ
އިސްތިޔާޤުގެވެސް ބަސްކަމަށް ޝަރީޢަތުން ބެލުމަކީ އެންމެ އިންސާފުވެރިގޮތް
ގޮތް ނޫންކަން އެނގޭކަމެވެ.
(ނ) ތިންވަނަކަމަކީ، ޢާއިޝަތު ޢަލްޔާ އިޝްތިޔާޤަކީ ޢުމުރުން 2 އަހަރުގެ ތަސައްރަފު ނުފުދޭ
ކުޑަކުއްޖަކަށްވީ ނަމަވެސް، އޭނާގެ ބައްޕަގެ ކިބައިން ހިބައިން ލިބުނު މ.ރެޑްކޯސްޓް އެވެކިޔާ ބަންޑާރަ
ގޯތީގެ 1/2 (ދެބައިކުޅަ އެއްބައި) ގައިވާ ޢިމާރާތްތައް އޭނާއަށް ލިބުނުފަހުން، އޭނާގެ ބަލަދުވެރިންގެ ފަރާތުން
ނުވަތަ އެހެންފަރާތަކުންވިއަސް، އެތަންތަނަށް އެއްވެސް ބަދަލެއް ނުވަތަ އިތުރު ކަމެއް ގެނެސްފައިވާނަމަ
އެކަންކަމަކީ ގެ ފަރާތުން ކޮށްފައިވާ
ބަލަންޖެހޭކަމާއި،
4 2 4
އަދި، ހިބައިންދެވޭ ޢިމާރާތަށް ބަދަލެއް ނުވަތަ އިތުރު ކަމެއް ގެނެސްފިނަމަ ހިބައިން ދިން
ޢިމާރާތުގެ ހިބަ ، ހިބައިން ލިބިފައިވާ ފަރާތްތަކުގެ ރުހުންނެތި އަތުނުލެވޭނެކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރ 48/HC-A/98 އަދި ނަންބަރު 93/HC-A/2001 މިދެޤަޟިއްޔާ ނިންމެވުމުގައި
ފާހަގަކުރައްވާފައިވާ ނުކުތާތަކަށް ބެލުމުން އެނގެން އޮންނަކަމާއި، މި ސަބަބަށްޓަކައި ހިބައިން ދިނުމަށްފަހު
އެހިބަ ރުޖޫޢަކުރުމަށް ހުށައެޅޭ މައްސަލަތަކުގައި ހިބައިން ދީފައިވާ ޢިމާރާތެއްގެ އަގަށް ނުވަތަ ޢިމާރާތުގެ
ޒާތަށް ބަދަލު އަންނާނެ ތަސައްރުފު ތަކެއް ހިބައިން ލިބޭފަހުން ހިނގާފައިވޭތޯ ނުވަތަ ނޫންތޯ ޝަރީޢަތުގެ
ފަރާތުން ބަލަންޖެހޭނެކަމާއި، އެހެންނަމަވެސް މި މައްސަލަ ސިވިލްކޯޓުން ބެލިއިރު، މިކަމުގެ ތައްޗެގެ ކަމާ
ރިޢާޔަތްކޮށްފައިނުވާކަން އެނގެއެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
2011/HC-A/270
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންދެކެނީ ސިވިލްކޯޓުގެ ނަންބަރު 2011/Cv-C/1050 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލުގެންނަންޖެހޭނެ ކަމަށެވެ.
ޙުކުމް
ދެންފަހެ،އިސްވެފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރިއިރު، ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/1050 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް
ކުރައްވާފައިވާ ޙުކުމެއްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު،
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1050 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް މި މައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާތިލުކޮށްފީމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv