ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/12 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
F«
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 12/HC
-
A/2010
• އިސްތިއުނާފު ކުރިފަރާތް:
* ނަން: އެމް.ޑީ ޙަބީބު
އައިޑީ ކާޑު ނަންބަރ: Q0331582
ދާއިމީ އެޑްރެސް: ބަގްލަދޭޝް
މިހާރުގެ އެޑްރެސް:
ގ. ޓެޓްރާ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން:
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
އައިޑީ ކާޑު ނަންބަރ:
• ރަޖިސްޓްރީކުރެވުނު ތާރީޚް: 18 ޞަފަރު
1431
ނިމުނު ތާރީޚް: 26 ޞަފަރު 1431
10 ފެބްރުއަރީ 2010
02 ފެބްރުއަރީ
2010
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2010/433(J
(
MD-145 ނިންމެވިކޯޓް: ޖިނާއީކޯޓް
ޤަޟިއްޔާގެ ބާވަތް: ބަންދުކުރުން | ބަންދުންދޫކޮށްލުން
ހުށަހެޅުނުތާރީޚް: 2018-01-19
ނިމުނު ތާރީޚް: 2018-01-19
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2010/HC-A/12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީކޯޓްގެ ނަންބަރު 2010/433(J
/
MD-145 (2010-01-19) ގެ ކޯޓް އަމުރު
ނިންމެވި ގޮތާމެދު ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމް. ޑީ ޙަބީބުﷲ ޕާސްޕޯޓް ނަންބަރު Q0331582
ގ. ޓެޓްރާރގެ ފަރާތުން ހިތްހަމަ ނުޖެހިގެން އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށް
ދެއްވުންއެދި ހުށަހެޅުމުން ބެލެވުނު ޤާޟިއްޔާއެކެވެ. މި މައްސަލަ ހައިކޯޓުން ނިންމީ މޯލްޑިވްސް ޕޮލިސް
ސާރވިސްގެ އިނިސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒުއާއި، ސްޓާރފް ސާރޖެންޓް މުޙައްމަދު
އުޝާމަތުގެ ޙާޟިރުގައެވެ.
2 ޑތ ތކ
ދިވެހިރާއްޖޭގެ ހައިކޯޓްގެ މިޤްޟިއްޔާގެ ދަށުން ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމް.ޑީ
ޙަބީބުﷲ Q0331582 ގ. ޓެޓްރާރ އިސްތިއުނާފު ކުރި ޖިނާއީކޯޓްގެ ނަންބަރު 2010/433(J
(
MD
-145 (2010-01-19) ގެ ކޯޓް އަމުރަށް ބެލިހިނދު،
2010
-01
-20 ގެ20
:
09 އިން ފެށިގެން 2010-02-04 ދުވަހުގެ 20:08 އަށް ޖުމްލަ 15 ދުވަހުގެ
މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ޙަބީބުﷲ ބަންދުކޮށްފައި
އަމުރުކުރައްވާފައިވާކަމާއި،
މިގޮތުގެ މަތިން މިއަމުރު މީނާގެ މައްޗަށް ނެރުއްވާފައިވަނީ މީނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ
ފޯރޖަރީ މައްސަލައަކާއި ގުޅިގެން ޖިނާއީ ކޯޓްގެ ނަންބަރު2010
/
67(JMD-145 އަމުރު، އެކޯޓުން
މުރާޖާޢާކޮށް ބެއްލެވި ބެއްލެވުމުން އެމައްސަލަ ފުލުސް އޮފީހުން ތަޙްޤީޤުކޮށް މީނާ ޑީޕޯޓް ކުރުމަށް
އިމިގްރޭޝަނާ ޙަވާލުކުރުމުން އިމިގްރޭޝަނުން މީނާ ޑީޕޯޓު ކުރުމަށް ނިންމާ އެއާރޕޯޓަށް ގެންގޮސްފައި
ވަނިކޮށް އެނބުރި މާލެ އައިސް އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ދެވަނަ ފަހަރަށް ގެނެވިފައިވާ މީހަކަށް
ވުމާއި، މަދަނީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން 13 ޖެނުއަރީ 2010 ވަނަ ދުވަހުގެ ނިޔަލަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2010/HC-A/12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0x32
ބެހެއްޓުމުގެ އަމުރު
ފޮނުވާ ނުލާ ބެހެއްޓުމަށް މަދަނީ ކޯޓުގެ ނަންބަރ 1
/
2010
/
09-MB3Bގެ އަމުރުގައި ބަޔާން ކޮށްފައި
ވުމާއި، މީނާ ކޮށްފައިވާ ޖިނާއީ ކުށްތަކާއި ގުޅިގެން ބަނގްލަދޭޝްގެ ސަރުކާރުންވެސް ބޭނުންވެފައިވާ
މީހެއްކަމަށް ހުށަހަޅާފަރާތުން ބުނެފައިވާތީ،
މީނާ ދޫކޮށް ލައިފިނަމަ ފިލާފާނެ ކަމަށްޓަކައި ކަމަށް ވިދާޅުވެފަ ކަމާއި މިކަން ކަން މި އަމުރަށް
ބެލުމުން އެގެން އޮންނަ އިރު،
މީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމުގެ އަމުރު ފަނޑިޔާރުން ނެރޭއިރު ރިޢާޔަތް ކުރަން
ޖެހޭކަމަށް 06/2008 (އާންމު ގަވާއިދުތަކާ ބެހޭ ޤާނޫނު) ގެ ދަށުން ޤާނޫނީ ބާރު ލިބިފައިވާ "ކުށެއްގެ
ތުހުމަތުގައި ބަންދު ކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާއި މެދު ގޮތެއް ނިންމުމުގެ
ގަވާޢިދު"ގެ 07 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ ކަންކަމުގެ ތެރޭގައި ފިލައިފާނެ ކަމުގެ ބިރު އޮންނަ
ޙާލަތް ހިމެނިފައިވާ ކަމާއި،
ބުނެވުނު ޤަވާޢިދުގެ ބުނެވުނު މާއްދާގެ (ށ) ގައި އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބެއް
އޮތްނަމަ ގިނަ ވެގެން 15 ދުވަހުގެ މުއްދަތަށް އެމީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި
ފަނޑިޔާރަށް ނެރެވިދާނެކަމަށް ކަނޑައެޅި ބަޔާން ވެފައި ވާކަން އެގެންއޮންނަ އިރު،
ޙަބީބުﷲ މިއިސްތިއުނާފުކުރާ ޖިނާއީ ކޯޓުގެ އަމުރުގައި އެއަމުރު ނެރުއްވި ސަބަބު ބަޔާން
ކުރެއްވުމުގައި އެމް.ޑީ ޙަބީބުﷲގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ފޯރޖަރީ މައްސަލައަކާއި ގުޅިގެން އެކޯޓްގެ
ނަންބަރ 2010
/
67/J
/
MD-145 އަމުރު މުރާޖަޢާކޮށް ބެއްލެވި ބެއްލެވުމުން އެމައްސަލަ ފުލުސް އޮފީހުން
ތަހުޤީޤުކޮށް މީނާ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ޙަވާލު ކުރުމުން އިމިގްރޭޝަނުން މީނާ ޑީޕޯޓް ކުރުމަށް ނިންމާ
އެއަރޕޯޓަށް ގެންގޮސްފައި ވަނިކޮށް އެނބުރި މާލެ އައިސް އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ދެވަނަ
ފަހަރަށް ގެނެވިފައިވާ ކަމަށް ވިދާޅުވެފައިވާތީ މިވާހަކައާއި މެދު އެމް.ޑީ ޙަބީބުﷲއާ ހައި ކޯޓުގެ ޝަރީޢަތުގެ
ފަރާތުން ކުރެވުނު ސުވާލުގެ ޖަވާބުގައި އެމް.ޑީ ޙަބީބުﷲގެ ފަރާތުން ދައްކާފައިވާ ވާހަކަ ތަކުން 19-12-
2009 ދުވަހުގެ 2:30 އެހާކަންހާއިރު ފުލުހުން އެމް.ޑީ ޙަބީބުﷲ އެއާރޕޯޓަށް ގެންގޮސްފައި ވަނިކޮށް އެމް.ޑީ
ޙަބީބުﷲ ފެރީއަކަށް އަރައިގެން އަމިއްލައަށް މާލެ އައިސްފައިވާކަން އެގެން އޮންނާތީ މިކަންކަމުގެ މައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުން ވިސްނާ ބެލިހިނދު،
ބުނެވުނު އަމުރުގެ ދަށުން ޙަބީބުﷲ އެއަމުރުގައި ބުނާ 15 ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް
އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ އިސްވެ ހަވާލާ ދެވުނު
ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ކަން އެގެން އޮންނާތީއާއި އަދި ޤާނޫނު އަސާސީގެ 49 ވަނަ މާއްދާއިން
އެމީހަކާއި މެދު ތުހުމަތު ކުރެވިފައިވާ މައްސަލައަކާއި ގުޅިގެން އޭނާ ފިލާފާނެ ކަމަށްޓަކައި، އެމީހަކާއިމެދު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2010/HC-A/12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2 2ދ ތ
ޝަރީޢަތުން ޙުކުމެއްކުރުމުގެ ކުރިންވެސް އެމީހަކު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ނެރެވިދާނެކަ
އެނގެން އޮންނާތީ، ޖިނާއީ ކޯޓުގެ ނަންބަރ: 433-2010(J
/
MD-145 ގެ ކޯޓް އަމުރަށް ދިވެހިރާއްޖޭގެ
ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް މިޤަޟިއްޔާ ނިންމީއެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
މިވަ
und
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު)
ޙަމީދު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv