ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-I-SH/03 ޤަޟިއްޔާގެ ޙުކުމް
1
23HC-I-SH/03
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
44 4
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
#
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
6
ޤަޟިއްޔާ ނަންބަރ: 03/HC
-
I
-
SH/2009
ދަޢުވާކުރި ފަރާތް: މުޙައްމަދު ރަޝީދު ޙުސައިން
1- (ނަމާއި ޢާންމު ނަން)
އައިޑީ ކާރޑް ނަންބަރު: 087253-A
* ދާއިމީ އެޑްރެސް: ލ. ޖަވާހިރުވާދީ
* މިހާރުގެ އެޑްރެސް: ލ. ހަވީރީމަންޒަރު
*
• ދަޢުވާލިބުނު ފަރާތް: ޢަބްދުއްލަތީފް ޔޫސުފް
*
މިހާރުގެ އެޑްރެސް: ސީނަރީ ރ. އަލިފުށި
ނިމުނު ތާރީޚް:
10 ޖުމާދަލްއާޚިރާ 1439
ހުށަހެޅުނު ތާރީޚް: 19 ޖުމާދަލްއޫލާ 1430
14 މެއި
2009
04 ޖޫން
2009
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް www.liiglhcourt.gov.mv
2
2009/HC-I-SH/03
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޞަފްޙާ ނަންބަރ: 03
1- ދަޢުވާގެ ޚުލާޞާ
2- ފާހަގަކުރެވުނު ނުކުތާތައް:
3- ޙުކުމް:
03-06
it
06-07
4- މަޙްޝަރު ބަޔާންތައް:
04.1 އިސްތިއުނާފުކުރި ފަރާތުގެ މަހުސަރު ބަޔާންތައް:
މުޙައްމަދު ރަޝީދު ޙުސައިން މ. ޖަވާހިރުވާދީ ގެ ފަރާތުން ދެއްކިވާހަކަތައް:
މަޙުޝަރު ނަންބަރ: 06-01 :HC
-
I
-
SH
-
03 Mpg-2009
މަޙުޝަރު ނަންބަރ: 20-17 :HC
-
I
-
SH
-
03 Mpg-2009
04.2 އިސްތިއުނާފު ރައްދުވި ފަރާތުގެ މަހުޝަރު ބަޔާންތައް :
ޢަބްދުއްލަތީފް ޔޫސުފް ސީނަރީ / ރ. އަލިފުށި ގެ ފަރާތުން ދެއްކިވާހަކަ:
މަޙުޝަރު ނަންބަރ: 27-21 :HC
-
I
-
SH
-
03 Mpg-2009
04.3 މައްސަލައާއި ގުޅިގެން ޙާޟިރު ކުރެވުނު ހެކިންގެ ބަޔާންތައް:
މޫސާ މާހިރު ރ. އަލިފުށީ / ކަނީރުގެ ފަރާތުން ދެއްކިވާހަކަ:
މަޙުޝަރު ނަންބަރ: 11-07 :HC
-
I
-
SH
-
03 Mpg-2009
ޢަބްދުﷲ ޢަފީފު ސޫރަޖް | ރ. އަލިފުށި ގެފަރާތުން ދެއްކި ވާހަކަ:
މަޙުޝަރު ނަންބަރ: 14-12 :HC
-
I
-
SH
-
03 Mpg-2009
ޙަސަން ތައުފީޤް ރިވަރިން | ރ. އަލިފުނި ގެފަރާތުން ދެއްކި ވާހަކަ:
މަޙުޝަރު ނަންބަރ: 16-15 :HC
-
I
-
SH
-
03 Mpg-2009
މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު: 37
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ލޯލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: info@highco{urt.gov.mv ވެބް ސައިޓް: WWW.highcourt.gov.mv
3
ޤަސޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009)HC-I-SH/03
ދަޢުވާގެ ޚުލާޞާ
މިއީ، ރ. އަލިފުށީ ދާއިރާގެ 2 ނަންބަރު ވޯޓްފޮށިކައިރީގައި ރ. އަލިފުށި ސީނަރީ
ޢަބްދުއްލަޠީފު ޔޫސުފު ހުރެގެން މީހުންނަށް ބިރުދައްކާ ވަކި ފަރާތަކަށް ވޯޓް ދިނުމަށް މީހުންނަށް އަންގާފައިވާތީ
އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނުގެ 65 ވަނަ މާއްދާގެ ދަށުން އެފޮށީގެ އިންތިޚާބު ބާޠިލުކޮށްދެއްވުން އެދި
މި ޢަބްދުއްލަޠީފު ޔޫސުފުގެ މައްޗަށް މ. ޖަވާހިރުވާދީ / މ. ހަވީރީމަންޒަރު މުޙައްމަދު ރަޝީދު ޙުސައިން (
އައި.ޑީ. ކާޑު ނަންބަރުA087253 ) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
-1
ގަކުރެވުނު ނުކުތާތައް:
މިއީ، އަލިފުށި ދާއިރާގެ 2 ނަންބަރު ވޯޓް ފޮށި ކައިރީގައި ރ. އަލިފުށި ! ސީނަރީ
ޢަބްދުއްލަޠީފު ޔޫސުފު ހުރެގެން މީހުންނަށް ބިރުދައްކާ ވަކި ފަރާތަކަށް ވޯޓް ދިނުމަށް މީހުންނަށް އަންގާފައިވާތީ
އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގެ 65 ވަނަ މާއްދާގެ ދަށުން އެފޮށީގެ އިންތިޚާބު ބާޠިލުކޮށް ދެއްވުންއެދި
މިޢަބްދުއްލަޠީފު ޔޫސުފުގެ މައްޗަށް މ. ޖަވާހިރުވާދީ / މ.ހަވީރީމަންޒަރު މުޙައްމަދު ރަޝީދު ޙުސައިން (އައި.
ޑީ. ކާޑް ނަންބަރު:A087253 ) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
2- މިމައްސަލަ ހުށަހެޅުމަށްޓަކައި މުޙައްމަދު ރަޝީދު ޙުސައިން ފުރާފައި ހުށަހެޅި އިންތިޚާބާއި
ބެހޭ ޝަކުވާގެ މައްސަލަ ހުށަހަޅާ ފޯމްގައި މި މައްސަލަ ހުށަހެޅި ސަބަބާއި ތަފްޞީލުގައި މުޙައްމަދު ރަޝީދު
ޙުސައިން ބުނެފައިވަނީ އަލިފުށި 2 ނަންބަރު ވޯޓްފޮށި ހިމެނޭ ސަރަޙައްދުގައި ވޯޓް ފޮއްޓާ 2 ފޫޓެއްހާ
ދުރުމިނުގައި ހުންނަވައިގެން ޢަބްދުއްލަޠީފު ޔޫސުފު ޑީ. އާރު. ޕީގެ ކެންޑިޑޭޓަށް ވޯޓްލުމަށް ކެންޕެއިން
ކޮށްފައިވާކަމަށާއި،
މި މައްސަލަ ހުށަހެޅުމުން މިވޯޓްފޮއްޓާ ޙަވާލުވެހުރި ޢަބްދުﷲ ޢަފީފު ވަނީ 2 ފަހަރެއްގެ މަތިން
އެކަންކުރުން ހުއްޓާލުމަށް ޢަބްދުއްލަޠީފު ޔޫސުފަށް އަންގާފަކަމަށާއި، ނަމަވެސް އެކަން ކުރިޔަށް ގެންގޮސް
ވޯޓްލާން އަންގާ
މީހުންނަށް ބިރުދައްކާފައިވާ ކަމަށާއި، މިގޮތުން ޢަބްދުއްލަޠީފު ޔޫސުފު ދައްކާފައިވާ ވާހަކަތަކުގެ
ތެރޭގައި އެމް. ޑީ. ޕީގެ ކެންޑިޑޭޓް އަލްފާޟިލް މުޙައްމަދު ރަޝީދު ޙުސައިން ވަނީ ޤާނޫނާއި ޚިލާފު
ކަންތައްތަކެއް ކޮށްގެން ސިފައިން ހައްޔަރުކޮށްފަކަމަށާއި، މުޙައްމަދު ރަޝީދު ޙުސައިންއަށް ވޯޓްދިނުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-I-SH{{3
އެއްވެސް
4 2 1 0 2 08
ވެޓްލޭނެކަމަށްވެސް ތަކުރާރުކޮށް
ސް ބޭނުމެއް ނެތްކަމަށާއި، އޭނާއަށްދޭ ވޯޓްވާނީ ބާޠިލު ވޯޓެއްކަމަށް ތަކުރާރުކޮށް އެތަ
އެތަކެއް ންގާތުގައި
ބުނެފަކަމަށާއި، އަދި އެންމެ ބުއްދިވެރި ގޮތަކީ ޑީ. އާރު. ޕީ ގެ ކެންޑިޑޭޓަށް
އެތަކެއްފަހަރުވަނީ ބުނެފަކަމަށާއި،
މިކަންކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރުކޮށްފައިވާކަމަށާއި، އެކަމުގެ
ހެއްކަކީ ޑީ. އާރު. ޕީ ގެ ކެންޑިޑޭޓަށް މީހުން ވޯޓްލާފައިވާތީކަމަށާއި، އަދި މިއީ އިންތިޚާބުގެ ނަތީޖާއަށް
އެކަށީގެން ނުވާގޮތަށް ނުފޫޒު ފޯރުވުމުގެ ޢަމަލެއްކަމަށާއި، އަދި އިންތިޚާބީ ޙައްޤެއްގެ ފައިދާ ޑީ. އާރު. ޕީ ގެ
ކެންޑިޑޭޓަށް ލެންބުމަށްޓަކައި ކޮށްފައިވާ ޢަމަލެއްކަމަށެވެ.
3- މުޙައްމަދު ރަޝީދު ޙުސައިންގެ މިދަޢުވާގައި ބުނާ 2 ނަންބަރު ވޯޓްފޮށި ކައިރީގައި
ޢަބްދުއްލަޠީފު ޔޫސުފު ހުރެ ޢަބްދުއްލަޠީފު ޔޫސުފް ބުނިކަމަށް މުޙައްމަދު ރަޝީދު ޙުސައިން ބުނާ އެއްވެސް
ވާހަކައަކީ، ޢަބްދުއްލަޠީފު ޔޫސުފު ބުނި ވާހަކައެއްކަމާއިމެދު ޢަބްދުއްލަޠީފު ޔޫސުފު އިންކާރުކުރާކަން
ޢަބްދުއްލަޠީފު ޔޫސުފުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.
4- މި މައްސަލައާއި ގުޅިގެން މުޙައްމަދު ރަޝީދު ޙުސައިންގެ ފަރާތުން ހެކިންގެ ގޮތުގައި
ޝަރީޢަތަށް ހުށަހަޅާފައިވަނީ އަލިފުށި ރިވަރިން ޙަސަން ތައުފީޤުއާއި، އަލިފުށި ނީނާ މުޙައްމަދު
ނަޞީރުއާއި، ރ. އަލިފުށި ސޫރަޖު ޢަބްދުﷲ ޢަފީފުޅާއި، ރ. އަލިފުށި ކަނީރުގެ މޫސާ މާހިރުއާއި، މިހަތަރު
މީހުންކަމަށްވިޔަސް މި މައްސަލައާގުޅިގެން މުޙައްމަދު ރަޝީދު ޙުސައިންގެ ފަރާތުން ޝަރީޢަތަށް
ޙާޟިރުކޮށްދީފައިވަނީ ޢަބްދުﷲ ޢަފީފާއި، މޫސާ މާހިރާއި، ޙަސަން ތައުފީޤު އާއި މި 3 މީހުންކަން އެނގެއެވެ.
5- މުޙައްމަދު ރަޝީދު ޙުސައިން މިމައްސަލައިގައި ހުށަހެޅި ހެކިންކުރެ
އަލިފުށި ސޫރަޖް
ޢަބްދުﷲ ޢަފީފު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި 2009/05/09 ދުވަހުގެ
މެންދުރު ފަހުގެ 3 ޖަހާއެހާކަންހާއިރު، ރ. އަލިފުށި ދާއިރާގެ 2 ނަންބަރު ވޯޓްފޮށި ބަހައްޓާފައިހުރި ޓެންޓްގެ
ގާތްގަޑަކަށް 10 ވަރަކަށް ފޫޓްދުރުގައި ރ. އަލިފުށި ސީނަރީ ޢަބްދުއްލަޠީފު ޔޫސުފު ހުރެ، " ބިގޭ (މ.
ޖަވާހިރުވާދީ މުޙައްމަދު ރަޝީދު ޙުސައިން ) ކުރީރޭވެސް ރަސްގެތީމުގައި ލާރިބެހީ ކަމަށާއި، މިވަރު މީހަކަށް
ކިހިނެއްހޭ ވޯޓްލާނީ، މިވަރުމީހަކަށް ވޯޓްލާނެ ކަމެއްނެތޭ ވޯޓްލާންވީ ކެންޑިޑޭޓް ނަންބަރު 3 އަށް ކަމަށް
ޢަބްދުއްލަޠީފު ޔޫސުފު ބުނިއަޑު ޢަބްދުﷲ ޢަފީފު އެހި ކަމަށާއި، ޢަބްދުއްލަޠީފު ޔޫސުފު މިވާހަކަ ބުނީ ކާކު
ގާތުގައިކަމެއް ބުނަށްނޭގޭ
ކަމަށާއި، ކެންޑިޑޭޓް ނަންބަރު 3 އެއީ ޑީ. އާރު. ޕީ އަށް ނިސްބަތްވާ
3
./
މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-I-SH/03
44
ނާޝިޒުކަމަށާއި، އެދާއިރާއިން ހޮވުނީ މުޙައްމަދު ނާޝީޒު ކަމަށާއި، ޢަބްދުﷲ ޢަފީފަކީ 2 ނަންބަރު ވޯޓްފޮށީގެ
ކަންތައް ބެލެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ޙަވާލުކުރައްވާފައިވާ އިސްފަރާތްކަމަށް އެބަޔާނުގައި
ޢަބްދުﷲ ޢަފީފު ބުނެފައިވާކަމާއި، މިނޫން އިތުރު އެއްވެސްވާހަކައެއް ޢަބްދުއްލަޠީފް ޔޫސުފު ދެއްކި އަޑު
ޢަބްދުﷲ ޢަފީފު އަހާފައިނުވާކަމާއި، މިކަންކަން ޢަބްދުﷲ ޢަފީފުގެ ބަޔާނަށް ބެލުމުން އެނގެއެވެ.
6- މުޙައްމަދު ރަޝީދު މި މައްސަލާގައި ހުށަހެޅި ހެކިން ކުރެ ރ.
އަލިފުށި ކަނީރުގެ މޫސާ
މާހިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި އިންތިޚާބު ބޭއްވުނު ދުވަހުގެ
މެންދުރު ކުރީގެ ވަގުތެއްގައި ރ. އަލިފުށީ ދާއިރާގެ 2 ނަންބަރު ވޯޓްފޮށި ބެހެއްޓުމަށް އެޅިފައިވާ ޓެންޓާއި
ގާތްގަޑަކަށް 7 ފޫޓް ނުވަތަ 8 ފޫޓް ދުރުގައި ރ. އަލިފުށި ސީނަރީ ޢަބްދުއްލަޠީފު ޔޫސުފު ކެމްޕެއިން
ކުރިކަމަށާއި، މިގޮތުން ބިގޭ ( މުޙައްމަދު ރަޝީދު) އަށް ވޯޓްލާނެ ކަމެއްނެތް ކަމަށާއި، މުޙައްމަދު ރަޝީދަކީ
ލާރި ބަހާމީހެއްކަމަށް މޫސާ މާހިރު ކައިރީ ޢަބްދުއްލަތީފު ޔޫސުފު ބުނިކަމަށާއި، އޭގެ ކުރިން ކެންޑިޑޭޓް
ނަންބަރު 3 އަށް ވޯޓްލުމަށް އޭނާ އިޝާރާތް ކުރި މަންޒަރު ފެނުނުކަމަށާއި 2009/5/8 ވަނަ ދުވަހުގެ ރޭ
އަލިފުށީ ހޮޓެލެއްގައި މޫސާ މާހިރު އިންދާ ޢަބްދުއްލަތީފު ޔޫސުފު އައިސް ރަސްގެތީމުގައި ޖެހުނު
މައްސަލައެއްގައި މިހާރު ބިގޭ (މުޙައްމަދު ރަޝީދު ) ހުރީ ހައްޔަރު ކޮށްފަ ކަމަށާއި، ސިފައިން އައިސް
ބިޑިއަޅުވައިގެން މުޙައްމަދު ރަޝީދު ގެންދާ ޚަބަރު ޢަބްދުއްލަޠީފު ޔޫސުފުގެ ފަރާތުން ލިބުނުކަމަށާއި، މުޙައްމަދު
ރަޝީދަށް ވޯޓް ނުދޭށޭ ބުނިއަޑު އެތަނުން މޫސާ މާހިރު އަހާފައި ނެތްކަމަށާއި މޫސާ މާހިރަކީ
އެއްވެސް ސިޔާސީ ޕާރޓީއަކަށް ރަޖިސްޓްރީކޮށްފައިވާ މީހެއް ނޫންކަމަށާއި، ނަމަވެސް މޫސާ މާހިރާއި މޫސާ
ދަރިންނާއި އަންހެނުން ވޯޓްލާން ބާރުއެޅި މ. ޖަވާހިރުވާދީ މުޙައްމަދު ރަޝީދަށް ކަމަށް އެބަޔާނުގައި
މޫސާ މާހިރު ބުނެފައިވާކަން އެނގެއެވެ.
7- މުޙައްމަދު ރަޝީދު ޙުސައިން މިމައްސަލާގައި ހުށަހެޅި ހެކިންކުރެ ރ. އަލިފުށި ރިވަރިން
ޙަސަން ތައުފީޤު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި 9 މޭ 2009 ދުވަހުގައި
ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރ. އަލިފުށި ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ
ތެރެއިން ކެންޑިޑޭޓަކަށް ވޯޓްލުމަށް އެއްވެސް ކެމްޕެއިނެއް ޢަބްދުއްލަޠީފު ޔޫސުފުކޮށްފައިވާކަން ޙަސަން
ތައުފީޤަށް އެނގިފައިނުވާ ކަމަށް ޙަސަން ތައުފީޤު ބުނެފައިވާކަން އެނގެއެވެ.
8- މި މައްސަލައާއި ގުޅިގެން ހެކިބަސް ދީފައިވާ އިސްވެ އިޝާރާތްކުރެވުނު ހެކިންކުރެ،
ޢަބްދުﷲ ޢަފީފު، ދީފައިވާ ހެކިބަހުގައި މުޙައްމަދު ރަޝީދާ ބެހޭގޮތުން، ޢަބްދުއްލަޠީފު ޔޫސުފު ދެއްކިކަމަށް
ބުނެފައިވާ ވާހަކަތައް ޢަބްދުއްލަޠީފު ޔޫސުފު ދައްކާފައިވަނީ ވޯޓްލާ ދުވަހުގެ މެންދުރު ފަހުގެ 3 ޖަހާ
އެހާކަންހާއިރު ކަމަށް ޢަބްދުﷲ ޢަފީފު ބުނެފައި ވާއިރު، މޫސާ މާހިރު ދީފައިވާ ހެކިބަހުގެ ބަޔާނުގައި މުޙައްމަދު
ރަޝީދާއި ބެހޭ ގޮތުން ޢަބްދުއްލަޠީފު ޔޫސުފު ދެއްކިކަމަށްބުނެފައިވާ ވާހަކަތައް ޢަބްދުއްލަޠީފު ޔޫސުފު
#
0x,
443
oo
*2
-8
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-I-SH/03
ދެއްކިކަމަށް މޫސާ މާހިރު ބުނެފައިވަނީ ވޯޓުލީ ދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގައިކަން މޫސާ މާހިރުގެ
ބަހުން އެނގެން އޮތުމުން މިދެމީހުންގެ ހެކިބަހަކީ އެއްކަމެއްގެ މައްޗަށް މިދެމީހުން އެއްޙާޟިރެއްގައި ތިއްބައި
މިދެމީހުންނަށް ފެނިފައިވާ ކަމެއްގެ މައްޗަށް ދީފައިވާ ހެކިބަހެއް ނޫންކަން އެގެން އޮންނާތީއާއި، އަދި
މީގެތެރެއިން މޫސާމާހިރަކީ މުޙައްމަދު ރަޝީދު ހޮވަން މަސައްކަތް ކޮށްފައިވާ މީހެއްކަން މީނާގެ ބަހުން
އެނގެން އޮތުމުން، މީނާއަކީ މުސްތަޤިއްލު ގޮތެއްގައި މިމައްސަލާގައި ހެކިބަސް ދެވޭނެ މީހެއް ނޫންކަން
އެނގެން އޮންނާތީ ޝަރްޢީ ޤާނޫނީ ހަމަތަކުގެ މަތިން ބަލާއިރު މިމައްސަލާގައި މޫސާ މާހިރު، ޢަބްދުއްލަޠީފް
ޔޫސުފްގެ މައްޗަށް ދީފައިވާ ހެކިބަހަކީ މުޙައްމަދު ރަޝީދުގެ ދަޢުވާގައި، ޢަބްދުއްލަޠީފް ޔޫސުފް ކުރިކަމަށް
ބެނެފައިވާ ވާހަކަތައް މޫސާ މާހިރުގެ ބަހުން ސާބިތުވުމަށް އެއްވެސް މިންވަރަކަށް ހެކިލިބޭ ފަދަގޮތަށް އޮތް
ހެކިބަހެއް ކަމުގައި ބެލެވޭނެ ތަނެއްއޮތް ހެކިބަހެއްކަމަށް ނުވާތީއާއި، ޢަބްދުﷲ ޢަފީފުގެ ހެކިބަހުގެ ބަޔާނުގައި
މުޙައްމަދު ރަޝީދާއި
ޢަބްދުއްލަޠީފް ޔޫސުފް ދެއްކިކަމަށް ބުނެފައިވާ ވާހަކަތަކާ އެއްގޮތަށް
މުޙައްމަދު ރަޝީދު ހުށަހެޅި ހެކިންކުރެ ޙަސަން ތައުފީޤަށް ހެކިބަސް ދެވިފައި ނުވާތީ، މިކަންކަން މިހެން
ހުރުމާއެކު މުޙައްމަދު ރަޝީދުގެ ދަޢުވާގައި ޢަބްދުއްލަޠީފް ޔޫސުފް، މުޙައްމަދު ރަޝީދާއި ބެހޭގޮތުން
ދެއްކިކަމަށް ބުނެފައިވާ ވާހަކަތައް އެގޮތަށް ދެއްކިކަން މުޙައްމަދު ރަޝީދު ހުށަހެޅި ހެކިންގެ ހެކިބަހުން ޝަރުޢީ
އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުވާކަމަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލުމުގައި ބައިވެރިވި
ފަނޑިޔާރުންގެ މަޖްލީހަށް ނުފެނުނެވެ.
4 3c4& 4
/43ން
• ޙުކުމް:
އިސްވެދިޔަ ސަބަބުތަކާއި ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު،
09 މެއި 2009 ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގައި ރ. އަލިފުށީ ދާއިރާގެ 2
ނަންބަރު ވޯޓްފޮށި ކައިރީގައި ރ. އަލިފުށީ ! ސީނަރީ ޢަބްދުއްލަޠީފް ޔޫސުފް ހުރެ، ޢަބްދުއްލަޠީފް ޔޫސުފް، މ.
ޖަވާހިރުވާދީ މުޙައްމަދު ރަޝީދު ޙުސައިންއާއި ބެހޭގޮތުން ދެއްކިކަމަށް މިމުޙައްމަދު ރަޝީދު ޙުސައިންގެ
މިދަޢުވާގައި ބުނެފައިވާ ވާހަކަތައް އެގޮތަށް ދެއްކިކަމާމެދު ޢަބްދުއްލަޠީފް ޔޫސުފް ކޮށްފައިވަނީ އިންކާރު
ކަމަށްވެފައި ޢަބްދުއްލަޠީފް ޔޫސުފް، މުހައްމަދު ރަޝީދު ޙުސައިންއާ ބެހޭގޮތުން ދެއްކިކަމަށް މުޙައްމަދު ރަޝީދު
ޙުސައިންގެ ދަޢުވާގައި ބުނެފައިވާ ވާހަކަތައް އެގޮތަށް ޢަބްދުއްލަޠީފް ޔޫސުފް ދެއްކިކަން މިމައްސަލައިގައި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
29/HC-j-SH;03
ޝަކުވާކުރާ މިމުޙައްމަދު ރަޝީދު ޙުސައިން ހުށަހެޅި ހެކިންގެ ހެކިބަހުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން
ޝަރީޢަތަށް ސާބިތުނުވާތީ، އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ރ.
އަލިފުށީގެ
ދާއިރާގެ އިންތިޚާބު، މުޙައްމަދު ރަޝީދު ޙުސައިން ހުށަހެޅި މިއިންތިޚާބީ ޝަކުވާއާއި ގުޅިގެން ބާޠިލްކުރާނެ
ތަނެއްނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ މަޖްލީހުގެ
އިއްތިފާޤުން ކަނޑައަޅައިފީމެވެ.
ޤަޟިއްޔާ ބަލާ ޙުކުމް ކުރީ،
aufi
އާދަމް މުޙައްމަދު ޢަބްދު
eދ
ޢަބްދުﷲ ޙަމީދު
އަޙްމަދު ޝަރީފް ޢަލީ
(ފަނޑިޔާރު)
(ފަނޑިޔާރު
(ފަނޑިޔާރު)
ޓައިޕްކުރީ: ޖަރީނާ އިބްރާހީމް
ޗެކްކުރީ: ޝަކީބާ ސަލީމް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv