ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/294 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2{12/HC-A/294
A/k
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އި
ލައްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 294/HC
-
A/2012
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: މުޙައްމަދު ނަޝީދު
ދާއިމީ އެޑްރެސް: ގ. ކެނެރީގެ/ މާލެ
* އައި.ޑީ.ކާޑު ނަންބަރު: A059149 ، މިހާރުގެ އެޑްރެސް: ގ. ކެނެރީގެ/ މާލެ
* ވަކީލް އަލްއުސްތާޛާ ޙިސާން ޙުސައިން މ. ނޫހިރި
އަލްއުސްތާޛު ޙަސަން ލަޠީފް/ ހ. ސީވީޑް
އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ ޢަފީފުގެ އަލިދޯދި، ގދ. ތިނަދޫ
އަލްއުސްތާޛު ޢަބްދުﷲ ޝާޢިރު . ރެޖީނާ
• އިސްތިއުނާފް ރައްދުވި ފަރާތް
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: ޕަބްލިކް ޕްރޮސިކިއުޓަރ އދ. ޢަބްދުﷲ ރާބިޢު
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 29 ޛުލްޤަޢިދާ 1433 * ނިމުނު ތާރީޚް: 24 ރަބީޢުލްއައްވަލް 1434
15 އޮކްޓޯބަރ 2012
04 ފެބްރުއަރީ 2013
• އިސްތިއުނާފު ކުރެވުނު ނިންމުން ނަންބަރު: ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ 2012/HMC/397
ޤަޟިއްޔާގައި، 09 އޮކްޓޯބަރ 2012 ދުވަހު އެކޯޓުން ނިންމަވާފައިވާ އިޖުރާއީ ނިންމެވުން.
ނިންމެވި ކޯޓު: ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު
ޤަޟިއްޔާގެ ބާވަތް: އިޖުރާއީ ނިންމުން
އިޖުރާއީ ނިންމުން ނިންމެވި
-: 09 އޮކްޓޯބަރ 2012
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2{12/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
މިއީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/HMC/397 ޤަޟިއްޔާގައި، 09
އޮކްޓޯބަރ 2012 ދުވަހު އެކޯޓުން ނިންމަވާފައިވާ އިޖުރާއީ ނިންމެވުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެއިޖުރާއީ ނިންމެވުން އިސްތިއުނާފުކުރުމަށް އެދި ގ. ކެނެރީގެ
މުޙައްމަދު ނަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/HMC/397 ޤަޟިއްޔާގައި، 09 އޮކްޓޯބަރ
2012 ދުވަހު އެކޯޓުން ނިންމަވާފައިވާ އިޖުރާއީ ނިންމެވުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް
އެއިޖުރާއީ ނިންމެވުން އިސްތިއުނާފުކުރުމަށް އެދި ކެނެރީގެ
މުޙައްމަދު ނަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
04 ތތ
3 ވ 300 ·
ނޫންކަމަށްބުނެ،
<< O
2. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/HMC/397 ޤަޟިއްޔާގައި، 09 އޮކްޓޯބަރ
2012 ދުވަހު އެކޯޓުން ނިންމަވާފައިވާ އިޖުރާއީ ނިންމެވުމަށް ބެލިއިރު، އެ ނިންމެވުމަކީ ހުޅުމާލެ
މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތް މާލޭގައި ބޭއްވުމަކީ އިޖުރާއީގޮތުން ކުރެވިދާނެ ކަމެއް ނޫންކަމަށާއި، ހުޅުމާލެ
މެޖިސްޓްރޭޓް ކޯޓަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފަށް އުފައްދާފައިވާ ކޯޓެއްކަމަށާއި،
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު HMC
-
B1
/
2012
/
2313 (26 ސެޕްޓެމްބަރ 2012
02 0 0
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2{12/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހާޟިރުވުމުގެ އަމުރަކީ ޤާނުނާއި ޤަވާޢިދާ ޚިލާފަށް ނެރުއްވާފައިވާ ހާޟިރުކުރުމުގެ އަމުރެއްކަމަށްބުނެ
ކެނެރީގެ މުޙައްމަދު ނަޝީދުގެ ފަރާތުން ފާހަގަކުރި 3 (ތިނެއް) އިޖުރާއީ އިޢުތިރާޝާމެދު ހުޅުމާލެ
މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވާ ނިންމެވުމެއްކަމާއި،
މިނިންމެވުން ނިންމަވާފައިވަނީ "ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012
/
397/HMC
ޤަޟިއްޔާ އާ ގުޅިގެން ދަޢުވާލިބޭ ގ. ކެނެރީގެ މުޙައްމަދު ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ 03
ނުކުތާގެ މައްޗަށް ޝަރީޢަތުން ރިއާޔަތްކޮށް ބެލިހިނދު؛
02 0 0
ދަޢުވާލިބޭ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާއަކީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތް މާލޭގައި
ބޭއްވުމަކީ އިޖުރާއީ ގޮތުން ކުރެވިދާނެ ކަމެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެއްކަމާއި، މިނުކުތާ އިތުރަށް
ސާފުކޮށްދިނުމުގެ ގޮތުން ޤާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 35 ވަނަ
މާއްދާ އާ ޙަވާލާދީ ދަޢުވާލިބޭ ފަރާތުން ވާހަކަ ދައްކާފައި ވާހިނދު، އެމާއްދާއަކީ ހައިކޯޓުގެ ޝަރީޢަތުގެ
މަޖްލިސް މާލޭގެ އިތުރުން އެހެން ރަށެއްގައިވެސް ހިންގިދާނެކަން ބަޔާން ކޮށްފައިވާ މާއްދާކަމާއި، ހުޅުމާލޭގެ
މެޖިސްޓްރޭޓް ކޯޓު ހިންގާ ޢިމާރާތުގެ ޖާގައިގެ ދަތިކަމުން "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ" ގެ
42 ވަނަ މާއްދާގެ (ނ) އާއި، (ރ) ގައި ބަޔާން ކުރާ ފަދަ ހުޅުވާލެވިފައިވާ ޝަރީޢަތުގެ މަޖްލީހެއް
ބޭއްވުމުގެ މަޤްޞަދު ފުރިހަމަ ގޮތުގައި ޙާޞިލްވެގެންދާނީ އެކަމަށް އެކަށީގެންވާ ޖާގައިގެ ގޮތުން ތަނަވަސް
ތަނެއްގައި ޝަރީޢަތް ބޭއްވިގެން ކަމާއި، އަދި މިޝަރީޢަތް މާލޭގައި ހުންނަ ޖަސްޓިސް ބިލްޑިންގ ގައި
ބޭއްވުމުގެ ސަބަބުން އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަމެއް އަތުވެދާނެ ކަމެއްކަމަށް ޤަބޫލު ނުކުރެވޭތީ
އާއި، އަދި މިފަދައިން ޖަސްޓިސް ބިލްޑިންގ ގައި މިޝަރީޢަތް ބޭއްވުމުގައި ހުރަސް އެޅޭފަދަ ޤާނޫނީ
ނައްކެއް ފެންނާންނެތްކަމާއި، މީގެ ކުރިންވެސް ދަރުބާރުގެއާއި، އެނޫންވެސް އެކަށީގެންވާ އެފަދަ
ޝަރީޢަތް ހިންގުމަކީ އެކިކޯޓުތަކުން ޢަމަލުކުރަމުން އައިސްފައިވާ ގޮތްކަމާއި، އެހެންކަމުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2{12/HC-A/294
މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މިޤަޟިއްޔާގެ އަޑުއެހުން މާލޭގެ ޖަސްޓިސް ބިލްޑިންގ ގައި ބޭއްވުމަކީ
ޖާގައިގެ ގޮތުން ތަނަވަސް، ހުޅުވާލެވިފައިވާ ޝަރީޢަތުގެ މަޖްލީހެއް ބޭއްވުމަށްޓަކައި ކޮށްފައިވާ ކަމަކަށް
ވީހިނދު، މި މައްސަލަ މާލޭގެ ޖަސްޓިސް ބިލްޑިންގ ގައި ބޭއްވުމަކީ އިޖުރާއީގޮތުން އެއްވެސް ހުރަހެއް
އޮތްކަމެއްކަމަށް ފެންނާން ނެތްކަމުގައި ކަނޑައަޅައިގެ
.
ދެވަނަ ނުކުތާއެއްގެ ގޮތުގައި، ދަޢުވާ ލިބޭ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ، ހުޅުމާލެ
މެޖިސްޓްރޭޓް ކޯޓަކީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ" އާއި، ޤާނޫނާ ޚިލާފަށް އުފައްދާފައިވާ
ކޯޓެއްކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާކަމާއި، މި ނުކުތާ އިތުރަށް ސާފުކޮށްދެމުން "ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ" ގެ 141 ވަނަ މާއްދާގެ (ހ) އާއި، 159 ވަނަ މާއްދާ އާއި، ޤާނޫނު
ނަންބަރު: 10/2008 (ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާ އާއި، ޤާނޫނު
ނަންބަރު 22/2010 "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު" ގެ 53 ވަނަ މާއްދާއާއި، 54 ވަނަ މާއްދާއާއި،
63 ވަނަ މާއްދާއާއި، "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ" ގެ ޖަދުވަލު 2 ގައި އިދާރީ ދާއިރާތައް
ކަނޑައެޅިފައިވާ ގޮތަށާއި، ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 155 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 04/2011 (މާނަ
ކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު)ގެ 11 ވަނަ މާއްދާގެ (ބ) އާއި، ރައީސުލް ޖުމްހޫރިއްޔާގެ ޤާރާރު
ނަންބަރު: 15/2010 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ޤަރާރާއި، ޙަވާލާދީ ވާހަކަ
ދައްކާފައި ވީހިނދު، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ޞައްޙަ ކަމާމެދު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ގޮތް
ކަނޑައެޅުމަކީ ދުސްތޫރީ ހަމަތަކާއި ޚިލާފުކަމެއްކަމާއި، މިކޯޓަކީ ޞައްޙަނޫން ކޯޓެއްކަމަށް ޝަރުޢީ އެއްވެސް
ކޯޓަކުން އަދި މިހާތަނަށް ކަނޑައަޅުއްވާފައި ނުވާ ކަމާއި، މިޤާޟިއްޔާ މިކޯޓްގައި ހިންގިދާނެކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC
-
A/240 (29 އޯގަސްޓް 2012މ) ޤަޟިއްޔާގެ ޙުކުމް
އެނގެން އޮންނަކަމާއި،
ޝަރުޢީ ކޯޓަކުން މިކޯޓަކީ ޞައްޙަ ނޫން ކޯޓެއްކަމަށް ކެންނާކާއި
އެހެންކަމުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2{12/HC-A/294
ހިނދަކު މިކޯޓްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލަތައް ބެލުމުގެ ބާރު މިކޯޓަށް ލިބިގެންވާ ކަމުގައި
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބަލަންޖެހޭކަމާއި، މިހެން މިކަން އޮތުމުން މި ކޯޓަކީ ޣައިރު ޤާނޫނީ
ކޯޓެއްކަމަށް ފާހަގަކޮށް ހުށަހެޅި މިނުކުތާއަށް ފައިޞަލާކުރަނިވި ޤަޟާއީ ނިންމުމެއް މިކޯޓުން ނިންމެން
ނެތްކަމަށް ކަނޑައަޅައި؟
04 0
2 26ވ
62 ވަނަ މާއްދާއަށް
މާލޭގައި ހުންނަ
OU OO
ތިންވަނަ ނުކުތާއެއްގެ ގޮތުގައި ދަޢުވާލިބޭ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ މިކޯޓުގެ ނަންބަރު:
HMC
-
B1
/
2012
/
2313 (26 ސެޕްޓެމްބަރ 2012) ކޯޓަށް ޙާޟިރުވުމުގެ އަމުރަކީ ޤާނޫނާއި، ޤަވާޢިދާއި
ޚިލާފަށް ނެރެފައިވާ ޙާޟިރުކުރުމުގެ އަމުރެއްކަމަށާއި، އެގޮތުން ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ
ގޮތުގެ ޤަވާޢިދު"ގެ 15 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ
ރިޢާޔަތްކޮށް އިސްވެ އިޝާރާތް ކުރެވުނު އަމުރު ނެރެންޖެހޭ
ކްރިމިނަލް ކޯޓުން ކަމަށްބުނެ ދަޢުވާލިބޭފަރާތުން ވާހަކަދައްކާފައި ވީހިނދު، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން
ޝަރީޢަތުގެ މަޖްލީހަށް ޙާޟިރުވުމަށް ނެރޭ އަމުރަކީ އެއަމުރު ލިބެންވާ މީހަކު ކޮންމެ ރަށެއްގައި ހުރިނަމަވެސް
މައްސަލަ ހުށަހެޅިފައިވާ މި ކޯޓުން ނެރެވިދާނެ އަމުރެއްކަން ދިވެހިރާއްޖޭގެ ހައިކޯޓާއި، ދިވެހިރާއްޖޭގެ
ސްޕްރީމް ކޯޓުން ޢަމަލުކުރަމުންދަ އުޞޫލަށް ބެލުމުން އެންގެން އޮންނަ ޞައްޙަ ގޮތެއްކަމާއި، އެގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: HC
-
B1
/
2012
/
219 (18 މާރޗް 2012މ) އަމުރުންވެސް އެކަން
އެނގެން އޮންނަ ކަމާއި، އެހެންކަމުން މިމައްސަލާގައި ދަޢުވާ ލިބޭ . ކެނެރީގޭ މުޙައްމަދު ނަޝީދު މާލޭގައި
ހުއްޓާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މުޙައްމަދު ނަޝީދުއަށް ރައްދުކުރި ކޯޓަށް ހާޟިރުވުމުގެ އަމުރަކީ
އަމުރުގެ ޤާނޫނީ ބާރުވެރިކަން އޮތް އަދި އިޖްރާއީ އުޞޫލުތަކާ އެއްގޮތަށް ނެރެފައިވާ އަމުރެއްކަމުގައި
މިމައްސަލަ ބަލަ ފަނޑިޔާރުން ދެކޭ ހިނދުގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2{12/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
މިމައްސަލާގައި ދަޢުވާލިބޭ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ ނުކުތްތަކަކީ މިމައްސަލަ ހިންގުމަށް
ހުރަސްއެޅޭފަދަ ޝަރުޢީ އަދި ޤާނޫނީ ބަރުދަނެއް ހުރި ނުކުތާތަކެއްކަމުގައި ބެލޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް
މިމައްސަލަ ބަލާ ފަނޑިޔާރުންގެ ޢިއްތިފާޤުން ކަނޑައަޅައިފީމެވެ" މިހެންނެވެ.
3. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/HMC/397 ޤަޟިއްޔާގައި، 09 އޮކްޓޯބަރ
2012 ދުވަހު އެކޯޓުން ނިންމަވާފައިވާ އިޖުރާއީ ނިންމެވުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް
ނޫންކަމަށްބުނެ، ކެނެރީގެ މުޙައްމަދު ނަޝީދުގެ ފަރާތުން 05 (ފަހެއް) ނުކުތާއެއް ފާހަގަކޮށް އެކަންކަމާ
ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: އިޖުރާއީ މައްސަލަތައް ހުރިކަމުގައިވީނަމަވެސް އެކަމުގެ ސަބަބުން
މައްސަލަ ހިންގުމަށް ޤާނޫނީ އަދި ޝަރުޢީ ހުރަހެއް ނެތްނަމަ މައުޟޫޢީގޮތުން މައްސަލަ ކުރިއަށް
ގެންދެވޭނެކަމަށް ކަނޑައަޅުއްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ހރީ 2
2x
2
2
29 އ ވ2 24
282ތކ
(ށ) ދެވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި
ބަޔާންކޮށްފައި އުސޫލުތަކާ، މިނިވަން ދިމިޤްރާޠީ
ކުން ޤަބޫލުކުރާ ހަމަތަކާ ޚިލާފަށް، ރަށެއްގެ
މެޖިސްޓްރޭޓް ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައެއް އެކޯޓު ހުންނަ ރަށްނޫން އެހެން ރަށެއްގައި ބެލިދާނެކަމަށް
ކަނޑައަޅުއްވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހ) ތިންވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
އާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 2 ވަނަ މާއްދާއާ ޚިލާފަށް ޤާޢިމުކޮށްފައިވާ ހުޅުމާލެ މެޖިސްޓްރޭޓް
އްޙަކަމާމެދު، ޤާނުނުއަސާސީގެ 143 ވަނަ މާއްދާއިން ކަނޑައަޅާފައިވާ ދުސްތޫރީ އުސޫލުތަކާ
A-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
7
2{012/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ޚިލާފަށް ފައިސަލް ކުރަނިވި ޤަޟާއީ ނިންމުމެއް އެކޯޓުން ނިންމެން ނެތްކަމަށް ކަނޑައަޅުއްވާފައިވާކަމުގައި
ބުނެ ހުށަހެޅި ނުކުތާއެވެ.
(ރ) ހަތަރުވަނަ ނުކުތާއަކީ: ޤާނޫނަކުން ޤާއިމުކުރެވިފައިވާ ކޯޓެއްގައި ޝަރީޢަތް ކުރެވުމަކީ
އަސާސީ ޙައްޤެއްކަމުގައިވާއިރު، އަސާސީ ޙައްޤެއް ނިގުޅައިގެންފައިވަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ
ގޮތުގެ މަތީންކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު،
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ޤާނޫނީ ގޮތުން ސައްޙަ ކޯޓެއްކަން ދައުލަތުން ސާބިތުކޮށްދީފައި ނުވަނީސް،
ޝަރުޢީ ކޯޓަކުން އެކޯޓަކީ ސައްޙަނޫން ކޯޓެއްކަމުގައި ކަނޑަނާޅާހާ ހިނދަކު، އެކޯޓަށް މައްސަލަ
ބެލުމުގެ ބާރު ލިބިގެންވާކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
OXO
(ބ) ފަސްވަނަ ނުކުތާއަކީ: ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 15
ވަނަ މާއްދާއާ ޚިލާފަށް މުޙައްމަދު ނަޝީދަށް ކޯޓަށް ހާޟިރުވުމުގެ އަމުރު ފޮނުވާފައިވާއިރު، އެ އަމުރަކީ
ޤާނޫނީ ބާރުވެރިކަންއޮތް، އަދި އިޖުރާއީ އުސޫލުތަކާ އެއްގޮތަށް ފޮނުއްވާފައިވާ އަމުރެއްކަމުގައި
ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަކީ، ހަޤީޤަތާ ޚިލާފަށް އަދި ޤިޔާސްކުރުމުގެ ހަމަތަކާ ޚިލާފަށް
ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4 މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، އަދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/HMC/397 ޤަޟިއްޔާގައި، 09
އޮކްޓޯބަރ 2012 ދުވަހު އެކޯޓުން ނިންމަވާފައިވާ އިޖުރާއީ ނިންމެވުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ކެނެރީގެ މުޙައްމަދު ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް
04
0x 9ދު ތ ه20
4
9,8.510ކނe
ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2012/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: އިސްތިއުނާފުކުރެވިފައިމިވާ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިޖުރާއީ
ނިންމެވުމަށް ބަލާއިރު، އެކޯޓުގެ ނިންމެވުމުގައި ހިމެނިފައިވަނީ ތިން ކަމެއްކަމާއި، ފުރަތަމަ ކަމަކީ، ހުޅުމާލެ
މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތް މާލޭގައި ބޭއްވުމަކީ އިޖުރާއީ ގޮތުން ކުރެވިދާނެ ކަމެއް ނޫންކަމަށް ބުނެ
ހުށަހެޅި ނުކުތާގެ މައްޗަށް ބައްލަވައި ނިންމެވި ނިންމެވުންކަމާއި، ދެވަނަ ކަމަކީ، ހުޅުމާލެ މެޖިސްޓްރޭޓް
ކޯޓަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނާ ޚިލާފަށް އުފައްދާފައިވާ ކޯޓެއްކަމަށް ބުނެ
ހުށަހެޅި ނުކުތާގެ މައްޗަށް ނިންމެވި ނިންމެވުންކަމާއި، ތިންވަނަ ކަމަކީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު: HMC
-
B1
/
2012
/
2313 (26 ސެޕްޓެމްބަރ 2012) ކޯޓަށް ޙާޟިރުވުމުގެ އަމުރަކީ ޤާނޫނާއި،
ޤަވާޢިދާއި ޚިލާފަށް ނެރުއްވާފައިވާ ޙާޟިރުކުރުމުގެ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއާ ގުޅޭގޮތުން ނިންމެވި
ނިންމެވުންކަމާއި،
ކެނެރީގޭ
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިޖްރާއީ ނިންމެވުން އިސްތިއުނާފުކުރުމަށް
މުޙައްމަދު ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާގުޅިގެން ދެކެވިފައިވާ ވާހަކަތަކުގެ
މައްޗަށް ބަލާއިރު، މުޙައްމަދު ނަޝީދުގެ ފަރާތުން ހުށަހަޅާފައިވަނީވެސް ބަޔާންކުރެވިދިޔަ އިޖްރާއީ
ނިންމެވުމުގައި ކަނޑައަޅުއްވާފައިވާ ތިން ކަންތަކުގެ މައްޗަށް ބިނާކޮށްފައިވާ މައިގަނޑު ތިން ނުކުތާކަން
އެނގެން އޮންނަކަމެވެ.
ހ) ދެވަނަ ކަމަކީ: ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން
ގި މަރުވެފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އާންމުކޮށް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2{)12/HC-A294
ދޗް 3
2 ދތ ވ2
ބަޔާންކުރުމަށްހ،
ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު
ކޮންމެ މީހަކަށްމެ
ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި
ދިވެހިރާއްޖޭގައި ހިންގާ ޝަރީޢަތްތައް ހިންގަންވާނީ ޢަދުލުވެރިކަމާއެކު،
ވަކިފަރާތަކަށްނުޖެހި، ހާމަކަމާއެކުގައިކަމަށް އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި، އަދި
ކޯޓުތަކުގައި ޝަރީޢަތްތައް ހިންގަންވާނީ ޢާންމުކޮށް ހުޅުވާލައިގެންކަމަށް ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 71 ވަނަމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަން އެނގޭއިރު،
ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ ކޯޓެއްގައި ޝަރީޢަތް ހިންގުމުގައި ކަށަވަރުކޮށްދޭންޖެހޭ ކަންކަން
އެމާއްދާތަކުގައި ބަޔާން ކުރެވިފައިވާކަމާއި، އެމާއްދާތަކަށް ބެލުމުން ކޯޓެއްގެ ޝަރީޢަތް ވަކިތަނެއްގައި ހިންގުން
ލާޒިމްކޮށްފައިނުވާކަން އެނގޭކަމާއި، ކޯޓަކަށް ހުށަހެޅޭ މައްސަލައެއް އެކޯޓުގެ ޢިމާރާތުގައި ނުވަތަ އިސްވެދިޔަ
މާއްދާތަކުގައި ކަނޑައަޅާފައިވާ ކަންތައްތައް ކަށަވަރުކުރުމަށްޓަކައި، އެކޯޓެއް ހިނގަމުންދާ ތަން ނުވަތަ
ޢިމާރާތް ފިޔަވައި އެހެން ތަނެއް ނުވަތަ އެހެން ޢިމާރާތެއްގައިވެސް ޝަރީޢަތް ހިންގިދާނެކަމާއި، އެކަމަށް
ހުރަސްއަޅާ ނުވަތަ މަނާކުރާ ޤާނޫނީ ސަބަބެއް އޮތްކަމަށް ނުފެންނަކަމާއި،
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 35 ވަނަ މާއްދާއަށް
ބަލާއިރު، އެމާއްދާއަކީ ހައިކޯޓުގެ ޝަރީޢަތްތަކުގެ އަޑުއެހުންތައް ޢާންމުގޮތެއްގައި ހިނގާ ތަނަކީ މާލެ
ކަމުގައިވީނަމަވެސް، މައްސަލަތަކުގެ ގިނަ މަދުމިނަށް ބަލައި، ހައިކޯޓުގެ ގަވާއިދުގައި ކަނޑައަޅާ އުޞޫލަކުން،
ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ހައިކޯޓުގެ ޝަރީޢަތުގެ އަޑުއެހުން ބޭއްވުމުގެ އިޚްތިޔާރު ހައިކޯޓަށް
ލިބިދީފައިވާ މާއްދާއެއްކަމާއި، އެމާއްދާއަކީ ހައިކޯޓު ފިޔަވައި އެހެން ކޯޓެއްގެ ޝަރީޢަތުގެ އަޑުއެހުމެއް އެކޯޓު
ހުރި ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެހެންތަނެއްގައި ބޭއްވުން މަނާކުރުމަށް އެޤާނޫނުގައި ހިމެނިފައިވާ
ފްކަމާއި، އެމާއްދާއަކީ އެފަދަ މާއްދާއެއްކަމުގައި ބެލެވޭނެ އެއްވެސް ހަމައެއްނެތްކަމާއި، މައްސަލަ
ޙަޔާގޭގޭޅިފައިވާ ކޯޓުގެ ޢިމާރާތް ހުރި ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެހެންތަނެއްގައި، ޢަދުލުއިންޞާފު
2
8
4
2
22 ކ ވ2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
2012/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤާއިމްކުރުމުގެ ބޭނުމުގައި ފަނޑިޔާރުގެއިން ކަނޑައަޅާގޮތެއްގެމަތިން އެމައްސަލައެއްގެ އަޑުއެހުންތައް ބޭއްވުމަށް
މިމާއްދާއިން ފުރުޞަތު ފަހިކޮށްދީފައިވާކަމާއި،
ކޯޓެއް ޤާއިމްވެ ހިނގަމުންދާ ތަންނޫން އެހެން ތަނެއްގައި ޝަރީޢަތް ބޭއްވުމަށް
ނިންމެވުމުގައި، މައްސަލައިގެ ބާވަތާއި މުޖްތަމަޢުގެ ހަމަޖެހުމާއި ސަލާމަތާއި، ޚަޞްމުންނާއި މައްސަލަ
ބަލާފަރާތްތަކުގެ ރައްކާތެރިކަމަށާއި، ޚަޞްމުންނަށް ލިބިގެންވާ ޙައްޤުތައް ކަށަވަރުކޮށްދިނުމަށާއި، ޢަދުލު
އިންސާފު ޤާއިމްކުރެވޭކަން ކަށަވަރުކޮށްދީ، ހާމަކަމާއެކު އަދި ހުޅުވާލެވިގެން ބާއްވާ ޝަރީޢަތުގެ މަޖިލީހެއް
ބޭއްވުމުގެ މަޤްޞަދު ޙާޞިލްކުރުންފަދަ ކަންކަމުގެ މައްޗަށް ބެލެވިދާނެކަމާއި، ޝަރީޢަތް ހިންގުމުގައި
އެކަންކަމުގެ މައްޗަށް ބެލުމަކީ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމަށް، އިސްވެ ބަޔާންކުރެވިދިޔަ،
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ
71 ވަނަމާއްދާގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ޝަރީޢަތް ހިންގާ ފަރާތާ، ޤާނޫނުއަސާސީއާއި
ބަޔާންކުރެވިދިޔަ ޤާނޫނުން މަތިކޮށްފައިވާ ކަމެއްކަމާއި،
3/
2 /
އިސްތިއުނާފުކުރެވިފައިމިވާ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިޖްރާއީ ނިންމެވުމަށް ބަލާއިރު،
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/HMC/397 ޤަޟިއްޔާގެ ޝަރީޢަތް މާލޭގެ ޖަސްޓިސް
ބިލްޑިންގުގައި ބޭއްވުމަށް ހަމަޖައްސާފައިވަނީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު ހިނގަމުންދާ ޢިމާރާތުގެ ޖާގައިގެ
ދަތިކަމުން، ޢާންމު މަޞްލަހަތާ ގުޅިފައިވާ މިފަދަ މައްސަލައެއް އެކޯޓުގެ ޢިމާރާތުގައި، ހުޅުމާލޭގައި
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާމަކަމާއެކު، ހުޅުވާލެވިގެން
ޝަރީޢަތުގެ މަޖިލީހެއް ބޭއްވުމުގެ މަޤްޞަދު ފުރިހަމައަށް ޚާޞިލުނުވެދާނެތީ އެކަމަށް އެކަށީގެންވާ، ޖާގައިގެ
ގޮތުން ތަނަވަސް ތަނެއްގައި ޝަރީޢަތް ބޭއްވުމުގެ މަޤްޞަދުގައިކަމާއި،
4 3 2 02c
948ނ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
11
2{12/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ، ބަޔާންކުރެވިދިޔަ މައްސަލަ މާލޭގައި ހުންނަ
ޖަސްޓިސް ބިލްޑިންގުގައި
02c
3
2 ބ
29ނ،
މައްސަލާގައި ހިމެނޭ
އެއްވެސް ޚަމެއްގެ ޙައްޤަކަށް އުނިކަމެއް
02c ތތ
eމށް
ލިބިފައިވާކަން އެނގެންނެތްކަމާއި، އެހެންނަމަވެސް އެމައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް
ހަމަޖެހިފައިވާ ތަނުގައި އަޑުއެހުންތައް ބޭއްވުމަކީ މައްސަލާގައި ހިމެނޭ ފަރާތްތަކާއި މައްސަލަ އަޑުއަހަން
ވަންނަ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަމާއި، ޝަރީޢަތް ހިންގުމުގައި ކަށަވަރުކުރަންޖެހޭ، ހާމަކަމާއި،
ހުޅުވާލެވިގެން ޝަރީޢަތް ހިންގުންފަދަ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ކަންކަން
ރައްކާތެރިކޮށް ނެގެހެއްޓޭ ކަމެއްކަން އެނގެންއޮންނަކަމެވެ.
OX
(ނ) ތިންވަނަ ކަމަކީ: ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ހާޒިރުކުރަންޖެހޭ މީހުން
ހާޒިރުކުރުމުގެ ބާރު ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 72 ވަނަ
މާއްދާއިން ކޯޓުތަކަށް ދީފައިވާކަން އެނގޭކަމާއި،
މައްސަލަ ހުށަހެޅޭ ރަށް ނޫން އެހެން ރަށެއްގައި ދަޢުވާ ލިބޭ ފަރާތް ހުއްޓައި، އެމީހާގެ
މައްޗަށް ދަޢުވާއެއް ހުށަހެޅިއްޖެނަމަ، އެމީހަކު ޙާޟިރުކޮށްދިނުމުގެ އަމުރު ރައްދުކޮށްދިނުމަށް އެދޭނީ އެމީހަކު
ހުރި ރަށެއްގެ ކޯޓުގައިކަމަށާއި، މިފަދަ ހާލަތުގައި އެމީހަކަށް ރައްދުކުރާނީ އެމީހަކު އެވަގުތަކު ހުރި ރަށެއްގެ
ކޯޓުން ތައްޔާރުކޮށްފައިވާ އަމުރެއް ކަމުގައި ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ
15 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، އެފަދަ ހާލަތްތަކުގައި ދަޢުވާ ލިބޭ ފަރާތް ޙާޟިރުކުރުމުގައި
ޢަމަލުކުރެވިދާނެ ގޮތްތަކެއް ބަޔާންކޮށްދިނުމަށްކަމާއި، އެގޮތަށް، އެމާއްދާގައި ބަޔާންކޮށްފައިވުމަކީ، އެމީހާގެ
މައްޗަށް މައްސަލަ ހުށަހެޅިފައިވާ ކޯޓުގެ އަމުރު އެމީހާއަށް ފޮނުވެން އޮތްނަމަ އެކަން މަނާކުރާ
އެކޯޓަކަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ޙާޟިރުކުރަންޖެހޭ
ޙާޟިރުކުރުމުގެ ބާރު އެކޯޓަކަށް ލިބިފައިވާއިރު، އެމީހަކު ހާޟިރުކުރުމަށް އެކޯޓެއްގެ އަމުރު ރޮޔާލްވެފަ
ހ 2
0 32ތ
ކުމެއެންނޭކަމާއި،
ފަރާތެއް
404
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
ހ
12
2{012/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނުކުރެވޭނެކަމެއްކަމަށް ބެލެވޭނެ ހަމައެއް އޮވެގެން ނުވާނެކަމާއި، އަދި އެގޮތަށް ޙާޟިރުވުމުގެ އަމުރު
ފޮނުވުމަކީ އެއަމުރުގެ ޞައްޙަކަން ގެއްލޭކަމެއްވެސް ނޫންކަން އެނގޭކަމާއި،
ހުޅުމާލެއަކީ ޖިއޮގްރަފީ ގޮތުން ވަކި ރަށެއްގެ ގޮތުގައި އޮތް ރަށެއްކަމަށްވީނަމަވެސް،
ހުޅުމާލެއަކީ ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ ބައެއްކަމާއި، އިދާރީ ގޮތުން އެރަށަކީ މާލޭގެ ބައެއްކަމުގައި
ހިމެނިފައިވާ ރަށެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޖަދުވަލް 2 އާއި، ޤާނޫނު ނަންބަރު
7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ
(ށ) އަށް ބެލުމުން އެނގޭކަމާއި،
0322
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
ހިންގުމުގެ ޤާނޫނު) ގެ 137 ވަނަ މާއްދާގެ (ހ) ގައި، އިދާރީ ދާއިރާއެއްގެ ފަޅުރަށަކީ ނުވަތަ އެހެންވެސް
ރަށަކާ ގުޅިގެން ނުވަތަ ރަށަކާ ނުގުޅި ނަމަވެސް އަލަށް ހިއްކާ ބިމަކީ ނުވަތަ ސަރުކާރުން މީހުން
އާބާދުކުރަން ކަނޑައަޅާ ވަކި ޚާއްޞަ ސަރަޙައްދަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ވަކި ރަށެއްގެ
ކަނޑައަޅައި އިޢުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަމުގައި ކަނޑައެޅިފައިވާއިރު،
ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ސޮއިކުރައްވައި 14 އޮކްޓޯބަރު
2010 ތާރީޚުގައި ނެރުއްވާފައިވާ ޤަރާރު ނަންބަރު 2010/15 މިމައްސަލާގައި މުޙައްމަދު ނަޝީދުގެ
ފަރާތުން ހުށަހެޅިފައިވާއިރު، ހުޅުމާލެއަކީ އިދާރީގޮތުން މާލޭގެ ބައެއްކަމަށް ކަނޑައެޅިފައިވާކަން
އެޤަރާރުންވެސް އެނގެން އޮންނަކަމާއި،
• 4
2c
އައިސްލެޖްއޮހޮރިއްޔާއަށް
ޢާއިޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2{12/HC-A/294
0
<
ވުމާއެކު، އިދާރީގޮތުން ހުޅުމާލެއަކީ ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ ބައެއްކަމުން، ހުޅުމާލެ
މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި އެކޯޓުން ނެރުއްވާ ޙާޟިރުވުމުގެ އަމުރެއް މާލޭގައި
ހުރިމީހަކަށް ފޮނުވުމަކީ، އެއަކުރު އެހެން ރަށެއްގައި ހުރިމީހަކަށް ފޮނުވުންކަމުގައި ނުބެލެވޭނެކަމާއި،
އަދި ބަހުސްކުރުމުގެ ބޭނުމުގައި، ހުޅުމާލެއާއި މާލެއަކީ ދެރަށެއްކަމުގައި ބެލިނަމަވެސް، އިސްވެ
ބަޔާންކުރެވިދިޔަ ފަދައިން، އެކޯޓަކަށް ހުށަހެޅިފައިވާ މައްސަލައެއްގައި ޙާޟިރުކުރަންޖެހޭ ފަރާތެއް
ޙާޟިރުކުރުމަށް އެކޯޓެއްގެ އަމުރު ޙާޟިރުވާންޖެހޭ ފަރާތަށް ރައްދުކުރެވެން އޮތްނަމަ ރައްދުކޮށް އެމީހަކު
ޙާޟިރުކުރުމަކީ، އެކޯޓަކަށް ލިބިގެންވާ ބާރެއްކަން އެނގޭކަމާއި،
އެހެންކަމުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މުޙައްމަދު ނަޝީދުގެ މައްޗަށް ހުށަހެޅިފައިވާ
މައްސަލައަކާގުޅިގެން މުޙައްމަދު ނަޝީދު ޙާޟިރުވުމަށް އަންގަވައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން
ނެރުއްވާފައިވާ ނަންބަރު HMC
-
B1
/
2012
/
2313 (26 ސެޕްޓެމްބަރ 2012) ކޯޓަށް ހާޟިރުވުމުގެ
އަމުރަކީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބަލާނެ ތަނެއްނެތްކަން އެނގެން
(ރ) ހަތަރުވަނަ ކަމަކީ: ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ޤާނޫނީ ހައިސިއްޔަތާމެދު ހުޅުމާލޭ
މެޖިސްޓްރޭޓް ކޯޓަށް މުޙައްމަދު ނަޝީދުގެ ފަރާތުން ހުށަހެޅި ނުކުތާއާ ގުޅޭގޮތުން އެކޯޓުން ނިންމަވާފައިވާ
ނިންމެވުމަށް ބަލާއިރު، އެކޯޓަކީ ޣައިރު ޤާނޫނީ ކޯޓެއްކަމަށް ފާހަގަކޮށް ހުށަހެޅި އެނުކުތާއަށް ފައިޞަލާކުރަނިވި
ޤަޟާއީ ނިންމުމެއް އެކޯޓުން ނިންމެވެން ނެތްކަމަށް ކަނޑައެޅުއްވި ކަނޑައެޅުއްވުމުގެ މައްޗަށް ބަލާއިރު،
އެކޯޓެއްގެ ޞައްޙަކަން އެކޯޓަކުން ކަނޑައެޅުމަކީ ކުރެވިދާނެކަމެ ނޫންކަމަށް ޤަބޫލުކުރެވޭއިރު، ހުޅުމާލެ
އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
+
އެތިންއަޑުގެ ހަޢީ
14
2012/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ސުޕްރީމްކޯޓަށް ކަމަށް އެކޯޓުން ކަނޑައަޅުއްވާފައިވާކަން ސުޕްރީމްކޯޓުގެ ނަންބަރު 31/SC-S/2012
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ ތެރެއިން އެއްވަނަ ނުކުތާއިން އެނގޭކަމާއި،
UCO
ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެހައި ބާރުތަކެއް ލިބިގެންވަނީ
ސުޕްރީމްކޯޓަށާއި، ހައިކޯޓަށާއި އަދި ޤާނޫނަކުން ކަނޑައަޅާފައިވާ ދަށު ކޯޓުތަކަށްކަން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގެން އޮންނަ ކަމާއި، ޢަދުލު
އިންސާފު ޤާއިމްކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓުކަން ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ)
އާ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) އިން
އެނގޭކަމާއި، އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ
ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމުގައި ބަޔާންކޮށްފައި އޮތްއިރު،
މުޙައްމަދު ނަޝީދުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ މިމައްސަލަ މިކޯޓަށް ހުށަހެޅުނު ފަހުން،
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ޤާނޫނީ ހައިސިއްޔަތާމެދު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު
31/SC-S/2012 ޤަޟިއްޔާގައި ގޮތެއް ކަނޑައަޅުއްވައި، އެކޯޓަކީ ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ޤާއިމްވެފައިވާ ޞައްޙަ ކޯޓެއްކަމުގައި
5 ޑިސެމްބަރު 2012 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމްކުރައްވާފައިވާކަމާއި،
މުޙައްމަދު ނަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 31/SC-S/2012
ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުމަކީ ޕަރ އިންކިއުރިއަމް ނިންމެވުމެއްކަމަށް ބުނެ 3 ފެބްރުއަރީ 2013
ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ހުށަހަޅާފައިވާ ހުށަހެޅުމަށް ބެލިއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
15
2{12/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޕަރ އިންކިއުރިއަމް (per incuriam) އަކީ މައްސަލައެއްގައި ގޮތެއް ކަނޑައަޅާއިރު
އެމައްސަލައާ ގުޅޭ ޤާނޫނަކަށް ނުވަތަ އެމައްސަލައާ ގުޅޭ ކުރިން ނިންމާފައިވާ ނިންމުމަކަށް ރިޢާޔަތް ނުކޮށް
ނިންމާ ނިންމުންކަން އެނގޭކަމާއި، އެފަދަ ނިންމުންތަކަކީ ޤާނޫނަކަށް ނުވަތަ ރިޢާޔަތްކުރަންޖެހޭ ކުރިން
ނިންމިފައިވާ ނިންމުމަކަށް ރިޢާޔަތްނުކޮށް ނިންމުމުގެ ސަބަބުން، އެނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ
ނިންމުމެއްކަމަށް ބެލެވެން ނެތުމުން، ދަށު ކޯޓުތަކުން އެނިންމުމަށް ތަބާވުން ލާޒިމުނުވާ ނިންމުންކަން
އެނގޭކަމާއި،
22 22
ދިވެހިރާއްޖޭގައިވެސް ޕަރ އިންކިއުރިއަމް ނިންމުންތައް ކޯޓުތަކުން ނިންމަވާފައިވާކަމަށާއި، އަދި
ޕަރ އިންކިއުރިއަމްގެ އުޞޫލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުންވެސް ޢަމަލުކުރަމުން ގެންދާ އުޞޫލެއްކަމަށާއި، އޭގެ
މިސާލުތަކެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 03/SC-C/2008 ޤަޟިއްޔާގެ
ނުކު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
21/SC
-
A/2012 ޤަޟިއްޔާއާއި އެމައްސަލައިގެ ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެކޯޓުގެ
ނަންބަރު 105/HC
-
A/2012 ޤަޟިއްޔާ މުޙައްމަދު ނަޝީދުގެ ފަރާތުން ފާހަގަކޮށްފައިވާއިރު،
2 ދ ތ 9
04
3
ރައްވާނެ
:(4ހ(
سرما موسی ملکی
2
ވަނަ
22 32
4 22
/ އ 22
2
ހ ޤުކުރެވެން
ދީ ތ 0
2 ހތ / ހ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 03/SC
-
C/2008 ޤަޟިއްޔާގެ ކުރެވުނު
ނުކުތާތަކުގެ 2 ވަނަ ނުކުތާގައި، އެކޯޓުން ޝާރާތްކުރައްވާފައިވަނީ އިސްލާމްދީނުގައި ޙައްދު ޤާއިމްކުރެވޭ
ބާވަތުގެ ކުށަކަށްކަން އެނގޭކަމާއި، ނަމަވެސް، ޖިނާއީ މައްސަލަތަކުގައި ކޯޓުތަކުން ކުށް ސާބިތުކުރުމަށް ބަލާ
މިންގަނޑަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ () ގެ ދަށުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް
ނެތުންކަމަށް އެމަދު ނަޝީދުގެ ފަރާތުން ބުނިނަމަވެސް،
އެހެން މައްސަލަތަކުގައި،
އެޤަޟިއްޔާގައި ބަޔާންކުރެވިފައިވާ ފަދަ ކުށެއް ކޯޓަކުން ސާބިތުކޮށްފައިވަނީ އެކަށީގެންވާ މެންޓްއެއް
މުޙައްމަގު
24 ހ2 4
އެބަވަތުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2{12/HC-A/294
OXO
"ޖެހި 22 ހަޢީ
ޝައްކެއްނެތިކަމަށް މުޙައްމަދު ނަޝީދުގެ ފަރާތުން ބަޔާންކޮށްދެވިފައިނުވާކަމާއި، އަދި މިނޫން ޖިނާއީ
އެހެނިހެން ކުށްތަކުގައި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންގަނޑަށް ކޯޓުތަކުން
ޚަލުކުރުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 03/SC
-
C/2008 ޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 2 ވަނަ ނުކުތާގައި ފާހަގަކުރައްވާފައިވާ ކަންތައްތަކަށް ރިޢާޔަތްނުކުރައްވައި އެއާ ޚިލާފަށް
ނިންމަވާ ނިންމެވުންތަކެއް ނޫންކަން އެނގޭކަމާއި،
މުޙައްމަދު ނަޝީދުގެ ފަރާތުން ޕަރ އިންކިއުރިއަމްގެ މިސާލެއްކަމަށް ބުނެ ފާހަގަކުރި ސުޕްރީމް
ކޯޓުގެ ނަންބަރު 21/SC-A/2012 ޤަޟިއްޔާއާއި އެމައްސަލައިގެ ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުން
ނިންމާފައިވާ އެކޯޓުގެ ނަންބަރު 105/HC
-
A/2012 ޤަޟިއްޔާއަށް ނަޒަރުކުރިއިރު،
ސުޕްރީމް ކޯޓުގެ ނަންބަރު 21/SC
-
A/2012 ޤަޟިއްޔާގެ މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުން
އެކޯޓުގެ ނަންބަރު 105/HC
-
A/2012 ޤަޟިއްޔާގެ މައްސަލަ ބަލަމުން ދިޔައިރު، ދިވެހިރާއްޖޭގެ ހައިކޯޓުން
ނެރުނު ވަގުތީ އަމުރެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި މައްސަލަކަން އެނގޭކަމާއި، އޭގެ
ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުން އެކޯޓުގެ ނަންބަރު 105/HC-A/2012 ޤަޟިއްޔާ ނިންމިއިރު، ސުޕްރީމް
ކޯޓުގެ ނަންބަރު 21/SC-
A/2012 ޤަޟިއްޔާގައި ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން
ކޮމިޝަނުގެ ޤާނޫނު)ގެ ޙަވާލާދެވިފައިހުރި މާއްދާތައް މާނަކުރެއްވިގޮތާ ފުށުއަރާ ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން
އެމާއްދާތައް މާނަކޮށްފައިނުވާކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމެވި އެމައްސަލައިގެ
ފާހަގަކުރައްވާފައިވާ ވަކި ނުކުތާއަކާ ފުށުއަރާގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ 105/HC
-
A/2012
ޤަޟިއްޔާގައި ނިންމާފައިވާނަމަ، ނިންމާފައި އެވަނީ، ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ޙަވާލާނުދެއްވައި ނުވަތަ
22 22
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2012/HC-A/294
2 0 0 72 0.
ރިޢާޔަތްނުކުރައްވާ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ ކަނޑައެޅިފައިވާ މާއްދާތަކަކާ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޤަޟިއްޔާގައި ހަވާލާދީ، އެގޮތުގެމަތިންކަމާއި،
ސުޕްރީމް ކޯޓުގެ ނަންބަރު 31/SC-S/2012 ޤަޟިއްޔާގައި އެކޯޓުން ގޮތެއް ކަނޑައަޅުއްވާފައިވަނީ
ސީދާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ސައްޙަކަމާބެހޭ މައުޟޫޢުއަށްކަން އެނގެން އޮންނަކަމާއި، އަދި ބުނެވުނު
މައްސަލާގައި ކަމާގުޅޭ ޤާނޫނުތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު ހުށަހެޅިފައި އޮތް މައްސަލައަށް ކަމާބެހޭ
ޤާނޫނުތައް ތަޠުބީޤުކުރައްވައި، މާނަކުރައްވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުޅުމާލެ
މެޖިސްޓްރޭޓް ކޯޓަކީ ޤާނޫނީގޮތުން ޞައްޙަ ކޯޓެއްކަން ކަނޑައަޅުއްވާފައިވާކަން އެނގެންއޮންނަކަމާއި،
ޤާނޫނުއަސާސީއާއި ޤާނޫނު މާނަކުރުމުގައި އަދި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި
ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމަށް ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ)
އާއި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ) ގައި
ބަޔާންކޮށްފައި އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އެނިންމެވުމާ ތަޢާރުޟުވާގޮތަށް މިކޯޓުން ނިންމިދާނެ
OXO
0
xތ ދ ތތ
ތނއތކމށް
ނުފެންނަކަމެވެ.
ބ) ފަސްވަނަ ކަމަކީ: ބަޔާންކުރެވިދިޔަ ސަބަބުތައް
ބުތައް އެފަދައިން ހުރުމުން، މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/HMC/397
ޤަޟިއްޔާގައި، 09 އޮކްޓޯބަރ 2012 ދުވަހު އެކޯޓުން ނިންމަވާފައިވާ އިޖުރާއީ ނިންމެވުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބަލާނެތަނެއް ނެތްކަމަށެވެ.
ޚައީކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
18
2{12/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެފަދައިން ހުރުމުން،
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/HMC/397 ޤަޟިއްޔާގައި، 09 އޮކްޓޯބަރ 2012 ދުވަހު
އެކޯޓުން ނިންމަވާފައިވާ އިޖުރާއީ ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމަވާފައިވާ
ނިންމެވުމެއްކަމަށް ބަލާނެތަނެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ޙުކުމްކުރީ
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
އަޒްމިރާލްދާ ޒާހިރު
ޢަބްދުއްރައޫފު އިބްރާހީމް
(ފަނޑިޔާރު)
(ފަނޑިޔާރު)
(ފަނޑިޔާރު)
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;