ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/158 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/158
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 158/HC
-
A/2008
. އިސްތިއުނާފުކުރި ފަރާތް:
ނަން: މުޙައްމަދު މަނިކު * ދާއިމީ އެޑްރެސް: ރީފްސައިޑް ގއ.ގެމަނަފުށި
* އައިޑީ ކާޑްނަންބަރ:
A118618
މިހާރުގެ އެޑްރެސް: ރީފްސައިޑް!ގއ.ގެމަނަފުށި
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ފާތުމަތު މަނިކެ
އައިޑީ
ކާޑު ނަންބަރ: A118601
*
ދާއިމީ އެޑްރެސް:އުދަރެސް ގއ.ގެމަނަފުށި
މިހާރުގެ އެޑްރެސް: އުދަރެސް ގއ.ގެމަނަފުށި
• ހުށަހެޅުނު ތާރީޚް: 23 ޖުމާދަލްއޫލާ1429
29 މެއި 2008
* ނިމުނު ތާރީޚް: 01 ރަބީޢުލްޢާހިރު 1431
17 މާރޗް 2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2000/P9-C/05
ނިންމެވިކޯޓް:
ގެމަނަފުށި ކޯޓް
ޟިއްޔާގެ ބާވަތް: ނަސަބު ސާބިތުކުރުން
ހުށަހެޅުނުތާރީޚް: 11/05/2000 ނިމުނު ތާރީޚް: 19/11/2000
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރ ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2008/HC-A/158
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
19
މިއީ، ގއ.ގެމަނަފުށި އުދަރެސް ފާޠިމަތު މަނިކެ 1416 ވަނަ އަހަރު މުޙައްރަމް މަހުގެ
11(09 ޖޫން 1995)ގައި 9 މަސް ފުރައި ވިހާފައިވާ އަންހެން ދަރިފުޅު ނަޝްމާގެ ނަސަބު
ސާބިތުކުރުމުގެ މައްސަލަ، ނޮވެމްބަރު 2000 ގައި ގއ.ގެމަނަފުށި ކޯޓުގެ ނަންބަރ
2000/ޕީ.9.ސީ/5 ގެ ޤަޟިއްޔާއިން ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހިގެން އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ގއ.ގެމަނަފުށި ރީފުސައިޑް މުހައްމަދު މަނިކު 6 އެޕްރިލް 2008ދުވަހުން ފެށިގެން
90 ދުވަހުގެ ތެރޭގައި ހައިކޯޓަށް ހުށަހަޅައިފިނަމަ އެޤަޟިއްޔާ ބަލައިދޭން ފެނިވަޑައިގަންނަވާ ކަމަށް ކުރީގެ
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރ 195/2008/36 ޕީއާރުއެސް-1(6 އެޕްރިލް 2008)ގެ ސިޓީން
ދިވެހިރާއްޖޭގެ ހައިކޯޓަށް އަންގަވައިފައިވަނިކޮށް އެޤަޟިއްޔާ އިސްތިއުނާފުކޮށްދެއްވުން އެދި ގއ.ގެމަނަފުށި
ރީފުސައިޑް މުޙައްމަދު މަނިކު 29 މެއި 2008ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އޭރު ޢަމަލު
ކުރެވެމުންދިޔަ ހައިކޯޓުގެ ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ހައިކޯޓުގެ އިސްތިއުނާފަށް ބަލައި ގަނެވި،
މިކޯޓުން ބެލެވުނު ޤަޟިއްޔާއެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
OXO_
މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި ގއ.ގެމަނަފުށި ކޯޓުގެ ނަންބަރ2000/P9
-
C/05 ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ
ރިޕޯޓާއި އަދި މިމައްސަލައާ ގުޅޭ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
އަންނަނިވި ކަންތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ގއ.ގެމަނަފުށި އުދަރެސް ފާތިމަތު މަނިކެއާއި ގއ.ގެމަނަފުށި ދަބުރުއްގެ(ރީފްސައިޑް)
މުޙައްމަދު މަނިކުއާ ދެމީހުން އެންމެ ފުރަތަމަ ކާވެނިކޮށްފައިވަނީ މީލާދީ ސަނަތުން 1994/08/11(ހިޖުރީ
ސަނަތުން 3 ރަބީޢުލްޢައްވަލު 1415)ގައި ކަން ހުވަދު އަތޮޅު އުތުރުބުރި ގެމަނަފުށި ކޯޓުން ހައްދަވާފައިވާ
ނަންބަރ 1994
/
18ގެ ކާވެނީގެ ސެޓްފިކެޓްގެ ނަކަލުން އެނގެން އޮންނައިރު، އެކާވެނި ކުރިތާ 9 ވަނަ
އަށްވީ ދުވަހު (1994
/
08
/
19ދުވަހު) މުޙައްމަދު މަނިކު، ފާޠިމާ މަނިކެ 1994/08/19 | ހިޖުރީ
ސަނަތުން 11 ރަބީޢުލްއައްވަލު 1415) ވަނަ ދުވަހު ވަރިކޮށްފައިވާ ކަމާއި އެތާރީޚުގައި، މުޙައްމަދުމަނިކު
ފާޠިމާމަނިކެ ވަރިކުރިއިރު ފާޠިމާމަނިކެ އިންގޮތް ނޭނގޭކަމާއި މިކަންކަން ހުވަދު އަތޮޅު އުތުރުބުރީ
ގެމަނަފުށި ކޯޓުން ހައްދަވާފައިވާ ނަންބަރ 14/1994 ގެ ވަރީގެ ސެޓްފިކެޓުގެ ނަކަލުން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގެ ތިންނަންބަރ ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2008/HC-A/158
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެނގެން އޮތުމުން
(ނ) މުޙައްމަދު މަނިކު، ފާޠިމާ މަނިކެއާއި އިދެ ވަރިކުރިތާ މީލާދީން 4 މަހާއި 6 ވަނައަށްވީ
ދުވަހު ! ހިޖުރީގޮތުން 4 މަހާއި 11 ވަނައަށްވީ ދުވަހު (މިލާދީން 1994/12/25 | ހިޖުރީ ގޮތުން 22
ރަޖަބު 1415 ދުވަހު) ގއ.ގެމަނަފުށި އުދަރެސް ޢަބުދުލް ޢަޒީޒު، ފާޠިމާމަނިކެއާ ކައިވެނިކޮށްފައިވާކަން
ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީ ކޯޓުގެ ނަންބަރ 1994/24 ކައިވެނީގެ ސެޓްފިކެޓްގެ ނަކަލުން
އެނގެއެވެ.
(ނ) ފާޠިމާމަނިކެ ވިހާފައިވާ އާމިނަތު ނަޝްމާގެ އުފަންދުވަހުގެ ސެޓްފިކެޓަށް ބަލާއިރު އާމިނަތު
ނަޝްމާ ވިހާފައިވަނީ 1995/06/09 ގައި ކަން އެނގޭއިރު، އެތާރީޚާއި ދިމާވާ ހިޖުރީ ތާރީޚަކީ
1416/01/11 ކަން އެނގެން އޮތުމުން ފާޠިމާމަނިކެ އާމިނަތު ނަޝްމާ ވިހާފައިވަނީ ޢަބްދުލް ޢަޒީޒު،
ފާޠިމާމަނިކެއާ އިންތާރީޚުން ފެށިގެން ހިޖުރީ ސަނަތުން 05 މަހާއި 19 ވަނައަށްވީ ދުވަހުގައިކަން
އެނގެން އޮތުމުން ފާތިމާމަނިކެ، އާމިނަތު ނަޝްމާ ވިހާފައިވަނީ، އިސްލާމީޝަރީޢަތުގައި ދަރިލެއްވުމުގެ
އެންމެ ކުރު މުއްދަތު ކަމަށް ކަނޑައެޅިފައިވާ ހިޖުރީ ގޮތުން 6 މަސް ދުވަސް ފުރިހަމަވުމުގެ މާކުރިންކަން
މިކުއްޖާއަކީ ޝަރުޢީ ހަމަތަކުގެ މަތިން ބަލާއިރު ޢަބުދުލް ޢަޒީޒުގެ ކުއްޖެއް ކަމަށް
ބެލެވޭނެ ތަނެއް ނެތްކަން އެނގެއެވެ.
(ރ) މުޙައްމަދު މަނިކު، ފާޠިމާ މަނިކެއާ އިދެ ވަރިކުރި ތާރީޚަކީ 1994/08/19 ކަމަށްވާއިރު،
އެތާރީހާއި ދިމާވާ ހިޖުރީ ތާރީހަކީ 1415/03/11 ކަމަށްވާއިރު ފާތުމަތުމަނިކެ އައިމިނަތު ނަޝްމާ
ވިހާފައިވަނީ ހިޖުރީ ސަނަތުން
1416/01/11 ގައި ކަމަށް ވުމުން ފާތިމާ މަނިކެ އާމިނަތު ނަޝްމަ
ވިހާފައިވަނީ މުޙައްމަދު މަނިކު، ފާތިމާ މަނިކެ ވަރިކުރިތާ ހިޖުރީ ސަނަތުން 10 މަސް ފުރުނު ދުވަހު ކަން
އެނގެން އޮތުމުން، ފާތިމާ މަނިކެ، އާމިނަތު ނަޝްމާ ވިހާފައިވަނީ ޤާނޫނު ނަންބަރ 4/2000
(ޢާއިލާއާއި ބެހޭ ޤާނޫނު)ގެ 52 ވަނަ މާއްދާ (ށ)ގައި ބުނާ ދަރިލެއްވުމުގެ އެންމެދިގު މުއްދަތު ކަމުގައިވާ
ވަރިކުރި ވަގުތުން ފެށިގެން ހިޖުރީ ގޮތުން އެއްއަހަރު ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިންކަން އެނގެން
ފާޠިމާ މަނިކެ އާމިނަތު ނަޝްމާ ވިހާފައިވަނީ ޝަރުޢީގޮތުން މުޙައްމަދު މަނިކަށް ދަރިލައްވާ
މުއްދަތުގެ ތެރޭގައިކަން ސާބިތުވާކަން އެނގެއެވެ.އަދިމީގެ އިތުރުން ފާތިމާމަނިކެ ނަޝްމާ ވިހެއިއިރު
އެކުއްޖާއަކީ ދުވަސްފުރާ 09 މަހުން ވިހާފައިވާ ކުއްޖެއްކަމާއި ވިހެއިއިރު މިކުއްޖާގެ ބަރުދަނަކީ 2.900
ގްރާމް ކަމާއި މިކަންކަން މިކުއްޖާގެ ފޫޅުމާ ފޯމުން އެނގެއެވެ. އެހެންކަމުން ފާތިމާމަނިކެ ބުނެވުނު
ތާރީޚްގައި ވިހާފައިވާ އާމިނަތު ނަޝްމާ އަކީ، މުޙައްމަދު މަނިކުގެ ދަރިއެއް ނޫންކަމަށް ބުނެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ކޮށްފައިވާ އިއްތިރާޒުތަކަކީ ހަރުދަނާ ރަނގަޅު އަސާސެއްގެ މައްޗަށް
މުޙައްމަދު މަނިކު ކޮށްފައިވާ އިއްތިރާޒްތަކެއް ނޫންކަންވެސް އެނގެއެވެ.
(ބ) އިސްވެ މިބަޔާން ކުރެވިދިޔަ ކަންކަން މިބަޔާންކުރެވިދިޔަ ގޮތުގެ މަތިން ހުރުމާއިއެކު
ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަބެލި ފަނޑިޔާރުންނަށް އިޙްތިފާޤުވެވިފައިވަނީ، ފާތިމަތު މަނިކެ މީލާދީ
ސަނަތުން 1995/06/09 | ހިޖުރީ ސަނަތުން 1416/03/11 ގައި ވިހާފައިވާ އާމިނަތު ނަޝްމާއަކީ،
ގއ.ގެމަނަފުށި ދަބުރުއްގެ މުޙައްމަދު މަނިކުގެ ދަރިއެއްކަމަށް މުޙައްމަދުމަނިކަށް އަންގަވައި ގއ.ގެމަނަފުށި
0 33x
264ނ
x2ތ
އިން ބިނާކޮށް
LUCO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރ ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2008/HC-A/158
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކޯޓްގެ ނަންބަރ 2000/P9
-
C/05 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ މިޙުކުމާއި ބެހޭބައި ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްކަމަށާއި އެހެންކަމުން އެޤަޟިއްޔާގައި ކުރައްވާފައިވާ މިޙުކުމާ ބެހޭ ބަޔަށް ބަދަލެއް
ގެނެވޭނެ ތަނެއް ނެތްކަމަށެވެ.
ޙުކުމް:
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު
ގއ. ގެމަނަފުށި ޤު އުދަރެސް ފާތިމާމަނިކެ ވިހާފައިވާ ނަޝްމާއަކީ ގއ. ގެމަނަފުށި 1
ދަނބުރުއްގޭ މުޙައްމަދު މަނިކުގެ ދަރިއެއްކަމަށް މުޙައްމަދު މަނިކަށް އަންގަވައި ގެމަނަފުށި
ކޯޓުގެ ނަންބަރު 2000/P9C/05 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާބެހޭ ބައި ޝަރްޢީ އަދި
ޤާނޫނީ ހަމަތަކާ ޚިލާފު ކަމަށް ބެލެވޭނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބެލި
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު
0
<< O
އެޤަޟިއްޔާގައި ކުރައްވާފައިވާ މި ޙުކުމާބެހޭ ބަޔަށް ދިވެހިރާއްޖޭގެ ހައިކޯޓުން މި
މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށްފީމެވެ.
ނޯޓް: ހައިކޯޓްގެ
ހު
ޤަޟިއްޔާގައި ބެލެވިފައިވާނީ
ގެމަނަފުށި ކޯޓްގެ ނަންބަރު
2000/P7C/05 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާމެދު ހިތްހަމަނުޖެހޭކަމަށް ބުނެ
ގެމަނަފުށި ! ރީފުސައިޑް މުޙައްމަދު މަނިކު އިސްތިއުނާފު ކުރި ނުކުތާއެކަންޏެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ނޯޓިޓީ
(h
އެއް)ގެ ޙަމީދު
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
،ފަނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރ ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2008/HC-A/158
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރ ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv