ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/278 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިވުނު ގޮތުގެ ޚުލާޞާ
2008/HC-A/128
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 278/HC-A/2008
• އިސްތިއުނާފު ކުރިފަރާތް:
* ނަން: އަޙްމަދު ދީދީ
* ދާއިމީ އެޑްރެސް: ޓައިމާގެ،ސ.ހިތަދޫ
އައިޑީ ކާޑު ނަންބަރު: 012309-A
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު.
ދާއިމީ އެޑްރެސް:
1429
• ރަޖިސްޓްރީކުރެވުނު ތާރީޚް: 30 އަc
30 ސެޕްޓެމްބަރު 2008
ނިމުނު ތާރީޚް: 05 ރަޖަބު 1432
06 ޖޫން
201T
• އިސްތިއުނާފުކުރެވުނުޤަޟިއްޔާނަންބަރު: ކްރިމިނަލް ކޯޓު (ޖިނާއީ ކޯޓު)ގެ ނަންބަރު 2015/JC/59
• ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، ވިޔަފާރީގެ ބޭނުމަށް ގެންގުޅުން.
ނިންމެވިކޯޓް: ކްރިމިނަލް ކޯޓު (ޖިނާއީ ކޯޓު)
ހުށަހެޅުނު ތާރީޚް: 18 ޖެނުއަރީ 2005
ނިމުނު ތާރީޚް: 15 ޖުލައި 2007
ދިވެހިރާއްޖޭގެ ހައިކޯޓްމޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 16472
33
އީމެއިލް
ވެސް ސައިޓް: ww.highcourt.gov.T
[email protected] isa
2
2008/HC-A278
ދަޢުވާގެ ޚުލާޞާ:
OX
OXO
ހަމަތަކާ
އެގެޤިތް
ނުވާކަމަށްބުނެ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/59 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުއީ އަދި
އެޤަޟިއްޔާ އިސްތިއުނާފްކޮށްދިނުން އެދި
ސ.ހިތަދޫ ޓައިމާގެ އަޙްމަދު ދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށައެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ޖިނާއީ ކޯޓުގެ ނަންބަރު 205/JC;59 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ އަޙްމަދު ދީދީއާއި، ސ.ހިތަދޫވައިޓްގޭ އަޙްމަދު ޝަޒީއާ
ދެމީހުން 17 ސެޕްޓެމްބަރު 2004 ދުވަހުގެ ވަގުތެއްގައި ޑިވައިޓް ބޯޓް މާލޭގެ ބަނދަރެއްގައި
އޮއްވައި ބައްދަލުވެގެން، މިދެމީހުން މަސްތުވާތަކެތި ވިއްކައިގެން ރަނގަޅު ޢާއްމުދަނީއެއް
ހޯދުމަށްޓަކައި އަޙްމަދު އަޙްމަދު ޝަޒީގެ އަތަށްދީން -/1750 (ސަތާރަ ސަތޭކަ ފަންސާސް)
ރުފިޔާއަށް ފުރިހަމަ ނަމާއި، އެޑްރެސް ނޭނގޭ ރިއް ކިޔާ މީހެއްގެ އަތުން ހެރޮއިން ބްލެޓެއްގެ
އެއްބައި ގަތުމަށްފަހު، ޑިނައިޓްބޯޓުން ގދ.ތިނަދޫއަށް ގޮސް، އެރަށަށް މުދާ ހުސްކުރުމަށްފަހު،
ވާދޫއަށް ބޯޓް ދިއުމުން، މިދެމީހުން ގަނެފައިވާ ހެރޮއިން ބްލެޓްގެ އެއްބައި ވިއްކުމަށްޓަކައި
ހަދާފައިވާ ކުދި ޕެކެޓްގެ ތޭރަ (13) ޕެކެޓް ހިފައިގެން ވިއްކުމަށްޓަކައި އެއްގަމަށް ފައިބައިގެންގޮސް
އެ ޕެކެޓްތައް ވިއްކާނުލެވި އުޅެނިކޮށް، ބަޔަކު އަޙްމަދު ޝަޒީގެ އަތުން އެޕެކްޓްތައް
ފޭރިގެންފައިވާކަމަށް މިދެމީހުން ބުނާތީއާއި، ޑިވައިޓް ބޯޓުން މިދެމީހުން ޏ.ފުވައްމުލަކަށްގޮސް
ތިބިތިބުމުގައި 28 ސެޕްޓެމްބަރު 2004 ދުވަހުގެ 10:30 ހާއިރު، ޏ.ފުވައްމުލަކު "މައިކް އީޒީ
ރެސްޓޯރެންޓް" ގެ ތެރޭގައި ހުރި މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރިކަމަށް ތުހުމަތުކުރެވޭކަމަށް
ޢާންމު ފަރާތަކުން ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ދިން މަޢުލޫމާތަކާއި
ގުޅިގެން ފުލުހުން
5
ދިވެހިހާއްޖޭގެ ހައިކޯޓް،މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން. 3325029، ފެކްނޯ: 3316471
އީމެއިލް: [email protected] ވެބް ސައިޓް: [www.highcourt.giyy.IT
3
2008HC-A:278
ޤަޟިއްޔާ ނިމުނު ގޮތުގެ ރޯސާ
OX
ބޭކަލުން އެތަނަށް ދުރުވިއިރު މިދެމީހުންގެ ތެރެއިން އަޙްމަދު ދީދީ އެތަނުގައި ހުއްޓާ
ފެނިފައިވާތީއާއި، ފުލުހުންގެ ބޭކަލުންގެ ބެލުމުގެ ދަށަށް އަޙްމަދު
ގެނެސް، އަޙްމަދު ދީދީގެ
ހަށިގަނޑާއި، ތަކެތި ޗެކްކުރިއިރު، އަޙްމަދު ދީދީގެ ދަބަހުގައި އޮތް ފަޓްލޫނެއްގެ ކަނާތް ފަރާތު
ފުއިކުރީގެ ތެރެއިން 01 ޕެކެޓް ހެރޮއިން (1.1 ގްރާމް) ފެނިފައިވާތީއާއި، އެޕެކެޓާބެހޭ ގޮތުން
ސުވާލުކުރުމުން، އެޕެކެޓަކީ އަޙްމަދު ދީދީއާއެކު ޑިވައިޓް ބޯޓުން ދަތުރުކުރި އަޙްމަދު ޝަޒީގެ އަތަށް
-/1750 ރުފިޔާ ދީގެން ގަނެފައިވާ ހެރޮއިން ބްލެޓްގެ އެއްބައިގެ ތެރެއިން ފޮރުވާފައިވާ
އެއްޗެހިކަމަށް އަޙްމަދު ދީދީ ބުނެފައިވާތީއާއި، ފުލުހުންގެ ބޭކަލުން ލައިޓް ބޯޓަށްގޮސް އަޙްމަދު
ޝަޒީގެ ހަށިގަނޑާއި ތަކެތި ޗެކްކޮށް އަޙްމަދު ޝަޒީގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރިއިރު،
އޯޕީއޭޓްސްއަށް ޕޮޒިޓިވްވެފައިވާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ
04 ވަނަ މާއްދާގެ (ހ)ގެ 03 ވަނަ ނަންބަރުގެ ދަށުން އަޙްމަދު ޝަޒީގެ މައްޗަށް މަނާކުރެވިފައިވާ
މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، އެޤާނޫނުގެ 02 ވަނަ މާއްދާގެ (ހ)ގެ ދަށުން
މަސްތުވާތަކެތި ވިޔަފާރިކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، އަޙްމަދު ދީދީގެ މައްޗަށް
އެޤާނޫނުގެ 02 ވަނަ މާއްދާގެ (ހ) ގެ ދަށުން މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް ގެންގުޅުމުގެ
ކުށުގެ ދަޢުވާ ކުރުމުން ބެލެވުނު މައްސަލައެއްކަމާއި،
މާލޭ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ " ސ.ހިތަދޫ ޓައިމާގެ އަޙުމަދު ދީދީއާއި،
ސ.ހިތަދޫ ވައިޓްގެ އަޙުމަދު ޝަޒީއާއި ދެމީހުން 17 ސެޕްޓެމްބަރ 2004 ދުވަހު
ބަނދަރުގައި އޮތް ލައިޓްއެވެ ކިޔާ ބޯޓުން ބައްދަލުވެގެން މަސްތުވާތަކެތި ވިއްކައިގެން އާމްދަނީ
ހޯދުމަށް ދެމީހުން ވާހަކަ ދެއްކުމަށްފަހު، މަސްތުވާތަކެތި ގަތުމަށް އަޙުމަދު ދީދީ، އަޙުމަދު ޝަޒީގެ
އަތަށް 1750 ރ ( ސަތާރަސަތޭކަ ފަންސާސްރުފިޔާ) ދިނުމުން، އެފައިސާ ހިފައިގެން ދެމީހުން
އެކީގައި ހެންވޭރު ހެދިގޮނޑުދޮށަށްގޮސް، އެތަނުން ދިމާވި ފުރިހަމަ ނަމާއި އެޑްރެސްނޭނގޭ "
ކިޔާ މީހެއްގެ އަތުން ހެރޮއިން ބްލެޓެއް ގަތުމަށްފަހު، އެއިން ކުދި ޕެކެޓްހަދައިގެން
ދެމީހުން ރަށަށް ދަމުން ގޮސް ގދ.ވާދޫ އަށް ބޯޓް ޖެއްސުމުން ، ދެމީހުން އެރަށަށް ފައިބައި
It go
އިޤް" ކިޔާ
އައިކާ
ދިވެހިރާއްޖޭގެ ހައިކޯޓް މޫންލައިޓް ހިނގުން، މާވެ.
އީމެއިލް: [email protected]
3323029 ފެކްސް: 3316411
ވެބް ސައިޓް: www.highcourt.gov.mv
ހައި
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2:008)IIC-A:578
އެޕެކްޓްތައް ވިއްކަން އުޅެފައިވާކަން އަޙުމަދުދީދީ އާއި އަޙުމަދު ޝަޒީ ތަޙްޤީޤުގައި ވެފައިވާ
އިއްތިރާފުން ޝަރީޢަތަށް ސާބިތުވާތީ، މަސްތުވާތަކެތީގެ ވިޔަފާރީގެ ބޭނުމަށް ގެންގުޅެ،
ވިއްކަން އުޅުމުގެ ކުށުން އަޙުމަދު ދީދީ އާއި، އަޙުމަދު ޝަޒީ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި،
ދެމީހުންގެ މައްޗަށް މިސާބިތުވި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުނަންބަރު 17/77 (
މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ރ) ގެ
ދަށުން އަޙުމަދުދީދީ އާއި އަޙުމަދު ޝަޒީއާ ދެމީހުން އުމުރަށް ޖަލަށް ލުމަށް، މި ދެމީހުންގެ ޣައިރު
ޙާޟިރުގައި ޙުކުމްކޮށް މައްސަލަ ނިންމީއެވެ." މި ފަދައިންނެވެ.
-02
ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/59 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި އަޙްމަދު ދީދީގެ
ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
&
• ފުރަތަމަ ނުކުތާއަކީ، މިމައްސަލައިގައި އަޙްމަދު ދީދީގެ މައްޗަށް ޙުކުމް ކުރައްވާފައިވަނީ
ދިފާޢުގައި ވާހަކަދެއްކުމުގެ އެއްވެސް ފުރުޞަތެއް ނުދީ ޣައިރު ޙާޟިރުގައި ކަމަށްވާތީ، ޝަރީޢަތުގެ
މަޖްލިސްގައި އަޙްމަދު ދީދީގެ ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބިފައި ނުވާކަމަށް ބުނެ
ހުށައެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ، ތަޙްޤީޤަށް އަޙްމަދު ދީދީ ދީފައިވާ ބަޔާން އިޢުތިރާފު ބަޔާނަކަށް
ހަދާފައި ވަނީ މަޖްބޫރުކޮށް އަނިޔާ ކޮށްގެންކަމަށް ބުނެ ހުށައެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcurt.gov.mv
5
ips:TIC-A.278
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ތިންވަނަ ނުކުތާއަކީ، އަޙްމަދު ދީދީގެ އަތުން ފެނުނުކަމަށް ބުނާ މަސްތުވާތަކެތީގެ
ބަރުދަނާ ދޭތެރޭ ޝައްކު އުފެދޭކަމަށް ބުނެ ހުނައެޅި ނުކުތާ.
43 4
03- މިމައްސަލައާއިގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކަށާއި އަދި ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/59
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީހަމަތަކާ
ބުނެ އަޙްމަދު ދީދީގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، ދިވެހިރާއްޖޭގެ
ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
44
3
4 ވ ފ6 5
4
އތަކެގީންވެކަނބތު
(ހ) ފުރަތަމަ ކަމަކީ، މަނާކުރެވިފައިވާ މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް ގެންގުޅުމުގެ ކުށުގެ
ދަޢުވާ އަހްމަދު ދީދީގެ މައްޗަށް އެޓާރނީޖެނެރަލް އޮފީހުގެ ފަރާތުން ކޮށްފައިވަނީ 18 ޖެނުއަރީ 2005
ގައި ކަމާއި،
މައްސަލަ ޖިނާއީކޯޓުން ނިންމަވާފައިވަނީ 15 ޖުލައި 2007 ގައި ކަން އެނގެން އޮތް
އިރު ، ވަކި ޙާލަތްތަކެއްގައި ޖިނާއީ މައްސަލަތަކުގައި ޣައިރު ޙާޟިރުގައި މައްސަލަބަލައި ޙުކުމްކުރުމުގެ
ބާރަކީ 15 ފެބުރުއަރީ 2006 ގައި ޢަމަލުކުރަންޖެނުނު ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރަންވީ
ގޮތުގެ ޤަވާޢިދުގެ 30 ވަނަ މާއްދާގެ ދަށުން ހުއްދަ ކަމެއްކަން އެނގެން އޮތުމެވެ.
(ނ) ދެވަނަ ކަމަކީ، އަޙުމަދު ދީދީގެ މައްޗަށް ހުށައެޅުނު ކުށުގެ ދަޢުވާ ހިންގަންބެލިއިރު، މީނާ
ދީފައިވާ އެޑްރެހުގައި ނޫޅޭތީ، މީނާ ޙާޟިރުކުރުމަށް މީނާގެ ރަށް ސ.ހިތަދޫ ކޯޓަށް މެސެޖް ޖެހުމުން
މިރަށުގައި އަޙުމަދު ދީދީ ނޫޅޭ ކަމަށާއި،އަދި އުޅޭ ތަނެއް ނޭނގޭކަމަށް ސ.ހިތަދޫ ކޯޓުން ޖިނާއީކޯޓަށް
އެންގުމުން، އަޙުމަދު ދީދީ ހޯދުމަށް ޖިނާއީކޯޓުގެ ނަންބަރު 1
/
2006
/
193-JB1B-145 އިޢުލާނުން
އިޢުލާނުކޮށްފައިވާކަމާއި، މި މުއްދަތު ހަމަވިއިރުވެސް މި އަޙުމަދު ދީދީ ޙާޟިރުވެފައިނުވާތީ މި މައްސަލަ
ނިންމާފައިވަނީ މީނާގެ ޣައިރު ޙާޟިރުގައިކުމަށް ޖިނާއީކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި
ފާހަގަކޮށްފައިވާއިރު، ޙަވާލާދެވިފައިވާ މި ލިޔުންތަކުގެ މައްޗަށް ބެލުމުން އަޙުމަދުދީދީ ޙާޟިރުކުރުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް،މޫންލައިޓް ހިނގުން، މްވެ، ދިވެހިރާއްޖެ، ފޯން: 332532، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް: www.highcurt.g6v.mv
[email protected] SA
ه
6
ޤަޟިރޯޔާ ނިމުނު ގޮތުގެ ޚުލާޞާ
2ito;HC-278
ޖިނާއީކޯޓުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވާކަން އެނގެން އޮންނަކަމާއި، މި މައްސަލަ
ނިންވި ދުވަސްވަރު ޢަމަލުކުރަމުން ދިޔަ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ ޤަވާއިދުގެ
30 ވަނަ މާއްދާގެ (ނ) ގައި" ޖިނާއީ މައްސަލަތަކުގެ ތެރެއިން ދަޢުވާލިބޭ ފަރާތް އެއްގޮތަކަށްވެސް ކޯޓަށް
ޙާޟިރުނުކުރެވޭ މައްސަލަތައް ނިންމުމުގައި ޢަމަލުކުރާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ."
މިފަދައިން އޮންނަކަން އެނގޭކަމާއި، މިހެންކަމުން މި މިމައްސަލައިގެ ޝަރީޢަތް ހިންގިފައިވަނީ ޖިނާއީ
މައްސަލަތަކުގައި ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ނިންމުމަށް ޤަވާޢިދުގައި އޮންނަ ކަންކަން
ހިންގާފައިވަނީ ޤަވާޢިދާ ޚިލާފަށްކަން އަދި އަޙުމަދު ދީދީގެ ދިފާޢުގައި ވާހަކަދެއްކުމުގެ ފުރުސަތު
ނުދީކަމުގައި ބެލެވެން ނެތުމެވެ.
4 3 35 0 s
(ނ) ތިންވަނަކަމަކީ، މަނާކުރެވިފައިވާ މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމުގައި ގެންގުޅުމުގެ ކުށް
އަޙުމަދުދީދީގެ މައްޗަށް ސާބިތުވެފައިވަނީ އަޙުމަދުދީދީ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި އަޙުމަދުދީދީގެ އަތުން
މަސްތުވާތަކެތި ފެނުނުކަމަށް މީނާ އިޢްތިރާފްވެފައިވާތީކަން ޖިނާއީކޯޓުގެ ނަންބަރު 2005/JC/59
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމާއި، އަޙުމަދުދީދީ 28
ސެޕްޓެމްބަރ 2004 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބެލިއިރު
އަޙުމަދުދީދީ ހަށިގަނޑާއި ގެންގުޅުނު ދަބަސް މީނާގެ ޙާޟިރުގައި ޕުލުހުން ޗެކްކުރި އިރު، އަޙުމަދުދީދީ
ވިއްކުމަށްޓަކައި ހޯދާފައިވާ ހެރޮއިން ބުލެޓްގެ ތެރެއިން ކުދި ޕެކެޓް ނުހެދި ބާކީ އޮތް ހެރޮއިން
އަޙުމަދުދީދީގެ ދަބަހުގައިއޮތް ފަޓުލޫނެއްގެ ފައިކުރިތެރޭގައި ފޮރުވާފައިވަނިކޮށް ފުލުހުންގެ ބޭކަލުންނަށް
ފެނިގެން މިތަކެތި އަޙުމަދުދީދީއަށް ދައްކާ އަޙުމަދުދީދީގެ ޙާޟިރުގައި ނަގާފައިވާކަމަށް މީނާ ބުނެފައި
އޮންނަކަމާއި، މި މައްސަލައަކީ އަޙުމަދު ދީދީގެ ޣައިރު ޙާޟިރުގައި ބެލުނު މައްސަލައަކަށްވާތީ މި
މައްސަލަ ތަޙްޤީޤުކުރި ފަރާތްތަކުގެ ތެރެއިން ކޮންސްޓަބަލް ޢަދުނާނު މޫސާއާއި، ޕްރައިވެޓް ޙުސައިން
ތައުފީޤް ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލިސް އަށް ޙާޟިރުކުރެވި އެފަރާތްތަކުގެ ބަޔާންނެގިފައިވާއިރު މި
ދިވެހިރާއްޖޭގެ ހައިކޯޓް،މޫންލައިޓް ހިނގުން، މްވެ، ދިވެހިރާއްޖެ. ފޯން. 3325029، ފެކްސް: 3316471
އީމެއިލް [email protected] އެއް ސައިޓް: www.highcourt.gov.mv
08/HC-A:278
ބަޔާނުގައި މި
ދެމީހުންވެސް ބުނެފައިވަނީ އަޙުމަދުދީދީ ތަޙްޤީޤަށް ބަޔާން ދީފައިވަނީ އެއްވެސް މަޖުބޫރުކަމެއްނެތި
ކަމަށާއި، އަދި މީގެ އިތުރުން އެދެބަޔާނުގައި ސޮއިކޮށްފައިވާ ޏ.ފުވައްމުލައް ދެކަތީބުން ކަމުގައި
ޏ.ފުވައްމުލައް ސެންޓްގެ މުޙައްމަދު ޢަބްދުﷲ އާއި އެރަށު މިލާނޯ ނުޢުމާން ޢަލިދީދީގެ ބަޔާންވެސް
ޖިނާއީކޯޓުގެ ޝަރީޢަތުގެ ބޭނުމަށް ޏ.ފުވައްމުލަކު ކޯޓް މެދުވެރިކޮށް ނެގިފައިވާއިރު، މިފަރާތްތަކުގެ
އަޙުމަދު ތަޙްޤީޤަށް ދީފައިވާ ބަޔާނެއްކަމަށާއި، މި ބަޔާންދީފައިވަނީ މީނާގެ އަމިއްލަ
އިޚްތިޔާރުގައި އެއްވެސް މަޖުބޫރުކަމެއްނެތިކަމަށް ބުނެފައިވާކަން ވެސް އެނގޭކަމާއި، އަޙުމަދު ދީދީ
ދީފައިވާ ބަޔާނަކީ މީނާއަށް މަޖުބޫރުކޮށް އަނިޔާކޮށްގެން ދީފައިވާ ބަޔާނެއްކަމަށް މީނާ މިހާރު ބުނިނަމަވެސް
މިކަން ސާބިތުކުރުމަށް އަޙުމަދު ދީދީއަށް ދެއްކޭނީ މީންގެ ނަފްސަށް ލިބުނު އަނިޔާ ކަމުގައި މީން
ހައިކޯޓުގައި ބުނެފައިވާ ބުނުމަށާއި، އިސްވެ އިޝާރާތްކުރެވުނު ހެކިންގެ ހެކިބަހަށް ބެލުމުން، އަޙުމަދު ދީދީ
ތަޙްޤީޤުގައިވެފައިވާ އިއްތިރާފުނަފީ ކުރެވޭނެ ފަދަ އެކަށީގެންވާ ޝަރުޢީހަމައެއް އަޙުމަދުދީދީގެ ފަރާތުން
ހުށައެޅިފައިނުވާކަން އެނގެއެވެ.
(ނ) ހަތަރުވަނަކަމަކީ، 2004 ވަނައަހަރުގެ ނޮވެމްބަރ 19 އިން ފެށިގެން 25 ޑިސެމްބަރ 2007 އާއި
ހަމަޢަށް އަޙުމަދުދީދީ ހުރީ ފުލުސްއޮފީހުގެ ބެލުމުގެ ދަށުގައި މާލޭގައި ކަމަށް، އަޙުމަދު ދީދީ ބުނެފައިވާތީ
މިކަން ސާފުކުރުމުގެ ގޮތުން ހައިކޯޓުން މޯލްޑިވްސް ޕޮލިސް ސަރވިސަސްގައި ދެންނެވުމުން ، މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރު 95/2009/02 (ITD
{
BCR-171 ގެ ސިޓީން ޖަވާބު ދެއްވާފައިވަނީ
އަޙުމަދު ދީދީގެ މައްޗަށް ހުށައެޅުނު މަސްތުވާތަކެތީގެ މައްސަލައެއް ތަޙްޤީޤުކުރުމަށްޓަކާ، 28 ސެޕްޓެމްބަރ
2004 ގައި ހައްޔަރުކޮށް 17 އޮކްޓޯބަރ 2004 ގައި މީނާ ބަންދުން ދޫކޮށްލެވިފައިވާކަމަށާއި، އޭގެ
ފަހުން 25 ޑިސެމްބަރ 2007 އާ ހަމަޔަށް އެސަރވިސްގެ ބެލުމުގެ ދަށުގައި އޭނާ ބެހެއްޓިފައި
ވާކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް،މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 232532، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.tiv
8
2{{08/HC-A278
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މ 4
2 ބ ގ 97
eނއަކށް
ބޮޑު ފަސްވަނަކަމަކީ، އަޙުމަދު ދީދީގެ ފަރާތުން ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ މަޖުބޫރުން ނެގި
މީނާބުނެމެ، މީނާގެ އަތުން ފެނުނު ކަމަށް ބުނާ މަސްތުވާތަކެތީގެ ބަރުދަނާއި މެދު ޝައްކު
އުފެދޭކަމުގައި މީނާ ބުނެފައިވާކަމާއި، އަޙުމަދު ދީދީގެ އަތުން ފެނުނު ހެރޮއިން ޕެކެޓްގައި 1.1 ގްރާމް
ހެރޮއިން ހުރިކަން ތަޙްލީލް ރިޕޯޓަށް ބެލުމުން އެނގެންއޮންނަކަން ޖިނާއީކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުގައި ފާހަގަކުރައްވާފައި އޮތް އިރު އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލެބޯޓްރީ ތަޙްލީލް ރިޕޯޓުން
އެކަން އެނގެން އޮތްއިރު، މި ރިޕޯޓުގައި މަސްތުވާތަކެތީގެ ބަރުދަނެއްގެ ގޮތުގައި އޮތް މިންވަރު
ނަފީކުރެވޭފަދަ ހެއްކެއް އަދި ޤަރީނާއެއްވިޔަސް އަޙުމަދު ދީދީއަށް ދެއްކިފައިނުވެއެވެ.
ޙުކުމް
L XL
ދެންފަހެ
އިސްވެފާހަގަކުރެވުނު
ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު ޖިންއީކޯޓުގެ
ނަންބަރު 2005/JC/59 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަން މި މައްސަލަވެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ
ޢަލީ ސަމީރު
ފަނޑިޔާރު)
ޢަބްދުﷲ ޙަމީދު
(ފުނޑިޔާރު)
ޔޫސުފް ޙުސައިން
ފަނޑިޔާރު)
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް،މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325،029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް
www.highcout.gov.mv eno ;