ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/167 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/161
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނިއްޔާ ނަންބަރު: 167/HC
-
A/2011
• އިސްތިއުނާފް ކުރިފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
ވަކީލު: އޖ. މޫސާ ޢާލިމް
އައިޑީ ކާޑު ނަންބަރު: A094284
ދާއިމީ އެޑްރެސް: ފ.ކޮނޮންޓާ/ މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މުޙައްމަދު އަޙްމަދުދީދީ
އައިޑީ ކާޑު ނަންބަރު: A033364
ވަކީލު: އޖ.ޢަބްދުﷲ ސިޔާޒް
: އައިޑީ ކާޑު ނަންބަރު: A077969
ރަޖިސްޓްރީކުރެވުނު ތާރީޚް: 09 ޝަޢުބާން 1432
10 ޖުލައި 2011
، ދާއިމީ އެޑްރެސް: ނަސީމާމަންޒިލް ޅ.ނައިފަރު
;
ނިމުނު ތާރީޚް: 15 ޖުމާދަލްއާޚިރާ 1433
06 މެއި
2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާގެ ނަންބަރު: 2010/Cv
-
C/1526
• ޤަޟިއްޔާގެ ބާވަތް: ރިޓަޔަމެންޓް ޙައްޤު ހޯދުން
• ނިންމެވި ކޯޓް: ސިވިލްކޯޓް
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢައްބާސް ޝަރީފު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{11/HC-A/167
ދަޢުވާގެ ޚުލާޞާ
OX
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1526 ޤަޟިއްޔާ، ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި އެޓަރނީ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި
ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ކޮނޮއްޓާ/ މާލެ، މުޙައްމަދު އަޙްމަދުދީދީ (އައިޑީ
ނަންބަރ 033364
A) އެވެ.
* ފާހަގަކުރެވުނު ނުކުތާތައް
01- ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1526 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެމައްސަލައަކީ ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ ދަށުން ހަދާފައިވާ
ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގައިވާ ގޮތުގެމަތިން ސިފައިންގެ ސާރޖެންޓެއްގެ ވަޒީފާ އަދާކުރުމުގެ
ޢުމުރު ހަމަވުމަށްފަހު، ޤާނޫނީ ގޮތުން ލިބިފައިވާ ރިޓަޔަރމަންޓް ޙައްޤުގެ ދަށުން ރިޓަޔަރކޮށްދީފައި
ނުވާތީއާއި، ސިފައިންގެ ވަޒީފާގައި ޝަރަފުވެރިކަމާއެކު 30 އަހަރާއި 9 މަސްދުވަހު އުޅުމަށްފަހު،
ވަޒީފާއިން ވަކިވުމާއި، ރިޓަޔަރވުމަށް އެދި، މިނިސްޓަރ އޮފް ޑިފެންސްގައި އެދުމުން 2009 އޮކްޓޯބަރ
01 ވަނަ ދުވަހު ވަޒީފާއިން ވަކިކޮށްދިނުމަށްފަހު، ރިޓަޔަރމަންޓް ޢިނާޔަތްތައް ދޭނެކަމަށް ލިޔުމުން
ޖަވާބުދީ، ފަހުގެ ތާރީޚެއްގައި ރިޓަޔަރމަންޓް ޢިނާޔަތްތައް ދެވެން ނެތްކަމަށް ބުނެފައިވާތީ، ޤާނޫނު
ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތީން ރިޓަޔަރމަންޓް ޙައްޤު
ހޯދުމަށް އެދި" މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީއަށް ރައްދުވާގޮތަށް ދިވެހި
ދައުލަތުގެ މައްޗަށް ގ. ކޮނޮއްޓާ މުޙައްމަދު އަޙްމަދުދީދީ ދަޢުވާކޮށް ހުށަހެޅުމުން ބެލުނު މައްސަލައެއްކަން
އެނގޭކަމާއި،
0 0
ހދ ( xހ2
202
އެމައްސަލަ ނިންމަވާފައިވަނީ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި، މައްސަލައާއި
ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބަލައި، މިނިސްޓްރީ އޮފް
ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/167
4 22
މުޙައްމަދު އަޙްމަދުދީދީ ކުޅަ މިދަޢުވާއަށް ޝަރީޢަތުގެ ހަމަތަކުގެ މަތިން ނަޒަރުކުރިއިރު، ސިފައިންގެ
ވަޒީފާގައިވާ ފަރާތްތައް ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުމަކީ ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ
ޤާނޫނު) އާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގައިވާ ގޮތުގެ މަތިން
ލިބިގެންވާ ޙައްޤެއްކަން ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) އަށް ބެލުމުން އެނގެން
އޮތްހިނދު، ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވެވޭނެ އުޞޫލުތައް ބަޔާންވެގެންވަނީ ސިފައިންގެ
ރިޓަޔަރމަންޓް ޤަވާޢިދުގައިކަމަށްވެފައި، ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދު ވަނީ އެއަށް ވަގުތީގޮތުން
ޢަމަލުކުރުން ހުއްޓާލެވިފައިކަމަށް ދައުލަތުން ބުނިނަމަވެސް، އެކަން އެގޮތަށް ބެލެވެން ނެތްކަމުންނާއި،
މިޤަވާޢިދުގެ ނެތުމުގެ މައްޗަށް ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގައި އަދި ސިފައިންގެ
ރިޓަޔަރމަންޓް ޤަވާއިދުގައި އެއްވެސް އިޝާރާތެއް ނެތިފައި، މިޤަވާޢިދަކީ ޤާނޫނުން އޮތުން ލާޒިމްކުރާ
ޤަވާޢިދެއްކަމަށްވުމުން، މިކަމުން އެގެނީ ޤަވާޢިދަށް ޢަމަލުކުރުން ހުއްޓާނުލެވޭނެކަން ނުވަތަ ޤަވާޢިދު
ނެތުމުގެ ޙާލަތަށް ނާދެވޭނެކަން ކަމާއި، ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދު އިޞްލާޙުކުރުމަށް ނުވަތަ
އެއަށް ބަދަލެއް ގެނައުމަށް ބޭނުންވާކަމުގައިވަނީނަމަ، މިޤަވާޢިދުގެ 15 ވަނަ މާއްދާގައިވާ ފަދައިން
އިޞްލާޙުކުރެވިދާނެކަމާއި، އިޞްލާޙުކުރުމާއި ހަމައަށް ހިނގާނީ އެއިރު ޤަވާޢިދުގައި އޮތް ގޮތަށްކަމާއި،
އިޞްލާޙުވުމަށްފަހު، އިޞްލާޙުވީ ފަދައަކުން އެޤަވާޢިދަށް ޢަމަލުކުރެވޭނެކަން މިއީ ޤާނޫނީ އުޞޫލުކަމާއި،
ސިފައިންގެ ވަޒީފާއިން ވަކިވާ މީހަކީ ޝަރަފުވެރިކަމާއެކު ވަކިވާ މީހެއްކަމަށް ކަނޑައެޅުމުގެ
ބާރާއި އިޚްތިޔާރު ސިފައިންގެ ޤާނޫނުން ލިބިދީފައިވަނީ މިނިސްޓަރަށްކަމަށްވިނަމަވެސް، އެއްވެސް
އިޚްތިޔާރަކީ އެއްވެސް މިންގަނޑެއް ނެތްގޮތެއްގައި އެއްކޮށް ދެވިފައިވާ އިޚްތިޔާރަކަށް ނުވާކަން ޤާނޫނީ
ނަޒަރަކުން ބަލާއިރު އެނގޭހިނދު، މިނިސްޓަރަށް ލިބާރާއި އިޚްތިޔާރު ލިބިދީފައި ވީހިނދު،
ރިޓަޔަރމަންޓާއި ގުޅޭގޮތުން ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) އިން ލާޒިމްކުރާ ޤަވާޢިދެއް
އޮތް އޮތުމަކީ މިނިސްޓަރަށް ލިބިދީފައިވާ އިޚްތިޔާރު ބޭނުންކުރެވޭނޭ އިންތައް ކަނޑައަޅައިދިނުންކަން
އެނގޭކަމަށްޓަކައި، ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ދަށުން ސިފައިންގެ ރިޓަޔަރމަންޓާއި
ބެހޭ ކަންކަން ކުރާ ކޮންމެ ފަރާތަކުންމެ، ތަބާވާންޖެހޭ މިންގަނޑަކީ ސިފައިންގެ ޤާނޫނާއި އެޤާނޫނުގެ
ދަށުން ހެދިފައިވާ ރިޓަޔަރމަންޓް ޤަވާޢިދުކަން ދެބަސްވުމެއް ނެތްގޮތުގައި އެނގޭކަމާއި،
ދި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2011/HC-A/167
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގެ 5.1 ވަނަ މާއްދާގައި ރޭންކްތަކަށް ކަނޑައެޅިފައިވާ ޢުމުރު
ހަމަވުމުން އެމީހަކު ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރަންޖެހޭނެކަމަށް ބަޔާންކޮށްފައި، ދަޢުވާކުރާ
މުޙައްމަދު އަޙްމަދުދީދީ ސިފައިންގެ ވަޒީފާއިން ވަކިވިއިރު ހުރި މަޤާމުކަމުގައިވާ ސާރޖަންޓުން
ރިޓަޔަރކުރަންޖެހޭ ޢުމުރުގެ ގޮތުގައި މިމާއްދާގެ 5.1.2 ގައި 44 އަހަރުކަމަށް ބަޔާންކޮށްފައިވުމުންނާއި،
ރިޓަޔަރކުރަންޖެހޭ ޢުމުރުހަމަވުމަށްފަހު ވަޒީފާގައި ހުރުމުގެ މުއްދަތު އިތުރުކުރެވޭނޭކަމަށް މިމާއްދާގައި
ސާރޖަންޓުންނަށް ބަޔާންކޮށްފައިވާ ޢުމުރަކީ 46 އަހަރުކަމަށްވުމުން، މުޙައްމަދު އަޙްމަދުދީދީގެ ދިވެހި
ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމުން، މުޙައްމަދު އަޙްމަދުދީދީ ސިފައިންގެ ވަޒީފާއިން ވަކިވިއިރުހުރީ
ޢުމުރުހަމަވެ 46 އަހަރު ވެފައިކަމުން، ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގެ 5.1 ވަނަ
މާއްދާގައިވާ ދެޙާލަތުގެ މަޤްޞަދަށްޓަކައި މުޙައްމަދު އަޙްމަދުދީދީ އަކީ ރޭންކަށް ކަނޑައެޅިފައިވާ ޢުމުރު
ހަމަވެ، ރިޓަޔަރކުރަންޖެހޭ ފަރާތެއްކަމަށް ބަލަންޖެހޭކަމާއި،
29
22 20ވ
ترس مرمر کی اس
ސިފައިންގެ ވަޒީފާއިން އަމިއްލައަށް އެދިގެން ވަކިވާ ފަރާތްތަކުން ރިޓަޔަރކުރަން ބޭނުންވާ
ތާރީޚްގެ 06 (ހައެއް) މަސްދުވަސްކުރިން އެކަމަށް އެދި ލިޔުމުން ހުށަހަޅަންޖެހޭކަމަށާއި، މުޙައްމަދު
އަޙްމަދުދީދީ މިފަދައިން ޢަމަލުކޮށްފައިނުވާކަމަށް ދައުލަތުން ބުނިނަމަވެސް، ސިފައިންގެއިން
ރިޓަޔަރކޮށްފައިވާ ބައެއް ފަރާތްތަކުން މިގޮތަށް ޢަމަލުނުކޮށް، އެފަރާތްތަކުން ރިޓަޔަރކުރަން ބޭނުންވެ
ފޮނުވާ ލިޔުމުގައި ރިޓަޔަރކުރާނެ ތާރީޚް މިސިޓީގައިވާ ތާރީޚުން ފެށިގެން 06 (ހައެއް) މަސްދުވަސް
ގުނައި، އެއީ ތާރީޚެއްގެ ގޮތުގައި ސިފައިންގެ އިދާރާއިން ކަނޑައަޅާފައިހުންނަކަން ފެންނަންއޮތަތީ،
ޤާނޫނާއި ޤަވާޢިދުގައި ވަކިގޮތަކަށް ކަންކުރުމަށް ބަޔާންކޮށްފައިވާކަމެއްގައި، އެކަމުގައި ކަނޑައެޅިގެން
ބަޔާންކޮށްފައިވާ ގޮތުގައި ލުޔެއް ދޭކަމުގައިވަނީނަމަ، އެފަދަ ލުޔަކީ ވަކި މުވައްޒަފަކު ތަފާތުކުރުމެއްނެތި
ހުރިހާ މުވައްޒަފުންނާމެދުވެސް އެއްހަމައަކުން ދެވޭ ލުޔެއްކަމުގައި ވާންޖެހޭކަމުން، އެހެން ފަރާތްތަކަށް
ހަމަޖައްސާދެވިފައިވާ ފަދައިން މުޙައްމަދު އަޙްމަދުދީދީ އަށްވެސް އެމުއްދަތު ސިފައިންގެ އިދާރާއިން
ކަނޑައަޅައި އެގޮތުގެ މަތިން ހަމަޖައްސައިދިނުމުގެ ފުރުޞަތު އޮތްކަމާއި،
ދަޢުވާކުރާ މުޙައްމަދު އަޙްމަދުދީދީ އާއި ޙަވާލުކުރެވުނު މަސްއޫލިއްޔަތު އަދާކުރުމާއި ދެކޮޅު ހަދައި،
އެމަސްއޫލިއްޔަތު އަދާކޮށްފައިނުވާކަން ދައުލަތަށް ޘާބިތުކޮށްދެވިފައިނުވާކަމާއި، ދަޢުވާކުރާ މުޙައްމަދު
އަޙްމަދުދީދީ އަކީ ޝަރަފުވެރިކަމާއެކު ވަޒީފާ އަދާކުރި ފަރާތެއްނޫންކަމަށް ދައުލަތުން ބުނާހިނދު،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/167
OLC
މުޙައްމަދު އަޙްމަދުދީދީ ސިފައިންގެ ވަޒީފާގައި އުޅުނު މުއްދަތުގެ ކުށުގެ ރެކޯޑަށް ބަލާއިރު، މުޙައްމަދު
އަޙްމަދުދީދީ އަށް އެންމެ ފަހުން ފިޔަވަޅު އެޅިފައިވާ ތާރީޚުކަމުގައިވާ 21 އޮކްޓޯބަރ 2008 ގެ ފަހުން
21 އޭޕްރީލް 2009 ގައި މުޙައްމަދު އަޙްމަދުދީދީ އަށް މަޤާމުގެ ކުރިއެރުމެއް ލިބިފައިވީހިނދު، މުޙައްމަދު
އަޙްމަދުދީދީ އަކީ ޝަރަފުވެރިކަމާއެކު ވަޒީފާ އަދާކުރި މީހެއްނޫންކަމަށްވީނަމަ، އެންމެ ފަހުން ފިޔަވަޅު
އަޅާފައިވާ ތާރީޚަށްވުރެ ފަހަށް މުޙައްމަދު އަޙްމަދުދީދީ އަށް މަޤާމުގެ ކުރިއެރުމެއް ދެވިފައިނުވީސްކަން
ބުއްދީގެ ހަމަތަކުން ވިސްނާއިރު އެނގޭކަމުން،
05 ޖުލައި 1979 އިން ފެށިގެން 1 އޮކްޓޯބަރ 2009 އާއި ހަމައަށް ސިފައިންގެ މީހެއްގެ
ގޮތުގައި ޚިދްމަތްކޮށްފައިވާ ދަޢުވާކުރާ މުޙައްމަދު އަޙްމަދުދީދީ އަކީ ޤާނޫނު ނަންބަރު 1/2008
(ސިފައިންގެ ޤާނޫނު) އަދި މިޤާނޫނުގެ ދަށުން ހެދިފައިވާ ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގެ ދަށުން
ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވި މީހެއްކަމުގައި ބެލުމަށާއި، މުޙައްމަދު އަޙްމަދުދީދީ އަށް
ރިޓަޔަރމަންޓް ޢިނާޔަތްތައް ޙައްޤުވެގެންވާކަމަށް ކަނޑައަޅައި، މިޢިނާޔަތްތައް މިއަދު 07 އޭޕްރީލް 2011
ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ހަމަޖައްސައި، މިމުއްދަތުގެ ތެރޭގައި މުޙައްމަދު
އަޙްމަދުދީދީ އަށް ދިނުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އަށް އަންގައި،
ޙުކުމްކޮށްފީމެވެ." މި ފަދައިންނެވެ.
-(02
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1526 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޓަރނީ ޖެނެރަލް އޮފީހުގެ ފަރާތުން ފަރާތުން 02 (ދޭއް)
ނުކުތާއެއް ހުށައަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
ބަޔާންކޮށްފައިވާ
ހ&&&2ދހ
(ހ) ފުރަތަމަ ނުކުތާއަކީ : ސިފައިންގެ ޤާނޫނުގެ 31 ވަނަ މާއްދާގައި
ޙާލަތުންކުރެ ޙާލަތެއްގައިވާ މީހަކު ޝަރަފުވެރިކަމާއެކު ވަކިވިމީހެއް ކަމަށް
ބަޔާންކޮށްފައިވާއިރު، އެކަމަށް ރިޢާޔަތްކޮށްފައިނުވުން.
ކަނޑަނޭޅޭކަމަށް
(ށ) ދެވަނަ ނުކުތާއަކީ: ސިފައިންގެ ޤާނޫނުގެ 30 ވަނަ މާއްދާގައި މިނިސްޓަރަށް ލިބިފައިވާ
އިޚްތިޔާރުގެ ދަށުން ރިޓަޔަރ ކުރެއްވޭނީ ޝަރަފުވެރިކަމާއެކީ، ވަޒީފާއަދާކުރި ފަރާތްތައް ކަމުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:M1647
/
1
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2011/HC-A/161
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބަޔާންކޮށްފައި އޮތުމުން، މިނިސްޓަރަށް ބުނެވިދިޔަ މާއްދާގެ ދަށުން ޝަރަފުވެރިކަމާއެކީ ވަކިވާ ފަރާތްތައް
ކަނޑައެޅުމުގައި އޮންނަ އިޚްތިޔާރު ހަނިވާގޮތަށް އެމާއްދާ މާނަކޮށްފައިއޮތުން.
03- މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1526 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ އެޓަރނީ ޖެނެރަލް އޮފީހުގެ ފަރާތުން އިސްތިއުނާފު
ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެ
(ހ) ފުރަތަމަކަމަކީ، ސިފައިންގެ ވަޒީފާގައިވާ ފަރާތްތައް ޝަރަފުވެރިކަމާއެކު ވަޒީފާއިން
ވަކިވުމަކީ ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) އާއި އެޤާނޫނުގެ ދަށުން ބާރުލިބިގެން
ހެދިފައިވާ ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގައިވާ ގޮތުގެމަތިން ސިފައިންގެ ޚިދުމަތުގައި ތިބި
ފަރާތްތަކަށް ލިބިގެންވާ ޙައްޤެއްކަން އެނގެން އޮންނަކަމާއި، ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ
ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގައި "ސިފައިންގެ މީހަކު ވަޒީފާއިން ވަކިކުރެވިފައިވަނީ މިޤާނޫނުގެ
31 ވަނަ މާއްދާގައި ބުނެފައިވާ ޙާލަތުންކުރެ ޙާލަތެއްގައިކަމުގައިނުވާނަމަ، ސިފައިންގެ ވަޒީފާއިން ވަކިވާ
ޤާނޫނުގެ ދަށުން ހަދާ ރިޓަޔަރމަންޓް ޤަވާޢިދާއި
ޝަރަފުވެރިކަމާއިއެކު ވަޒީފާއިން ވަކިވި މީހެއްކަމަށް މިނިސްޓަރަށް ކަނޑައެޅިދާނެ" މިފަދައިން އޮންނަކަން
އެނގޭކަމާއި، ސިފައިންގެ ޤާނޫނުގެ 31 ވަނަ މާއްދާގައި "ވަޒީފާއަށް ފިލައިގެން، ނުވަތަ އަޚުލާޤީ
މައްސަލައެއް ދިމާވެގެން، ނުވަތަ ކުށެއްކޮށްގެން، ނުވަތަ
ޤާނޫނާއި
ހު
ޤާނޫނުގެ ދަށުން ހަދާ
ޤަވާޢިދަކާއި ޚިލާފުވެގެން އެމީހަކު ވަޒީފާއިން ވަކިކުރުމުގެ ބާރާއި އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ"
މިފަދައިން އޮންނަކަން އެނގެއެވެ.
2 2x 2 0x 02
ކޮންމެ މީހަކީ މި
اور اس کو کم کر کر کے
މަތިން
(ނ) ދެވަނަކަމަކީ، މުޙައްމަދު އަޙުމަދު ދީދީ ސިފައިންގެ ވަޒީފާއިން ވަކިވެފައިވާ ގޮތަށް ބަލާއިރު،
އޭނާ އަދާކުރަމުންދިޔަ ސިފައިންގެ ވަޒީފާއިން ވަކިކުރި ސަބަބުގެ ގޮތުގައި އޮތީ "އެދިވަޑައިގަތުން" މި
ފަދައިން ކަން މިނިސްޓަރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނަންބަރު 2009
/
79/D(2)
ވަޒީފާއިން ވަކިކުރި ޗިޓަށް ބެލުމުން އެނގެން އޮތުމުން، މުޙައްމަދު އަޙުމަދުދީދީ ސިފައިންގެ ވަޒީޔާރަތް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮންރީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 39316/1
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{11/HC-A/167
ވަކިކޮށްފައިވަނީ، ސިފައިންގެ ވަޒީފާއިން ވަކިވުމަށް އެދި 19 އޮގަސްޓް 2009 ގައި މުޙައްމަދު އަޙުމަދު
ދީދީގެ ފަރާތުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ގައި އެދުނު އެދުމެއްގެ
މައްޗަށްކަން ހުށައެޅިފައިވާ ލިޔުންތަކުން އެނގޭކަމާއި މިހެން ކަމުން މުޙައްމަދު އަޙުމަދުދީދީ އަކީ
ސިފައިންގެ ޤާނޫނުގެ 31 ވަނަ މާއްދާގައިވާ 04 ޙާލަތުން ކުރެ ޙާލަތެއް މެދުވެރިވެގެން ސިފައިންގޭގެ
ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް ކަމުގައި
24
2
0
44 ވ 22
ފޅުންޗކެމެވެ
30
(ނ) ތިންވަނަކަމަކީ، ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ
(ނ) ގައި ސިފައިންގެ މީހަކު ރިޓަޔަރ ކުރެވޭނެ އަންނަނިވި ގޮތްތައް ސިފައިންގެ ރިޓަޔަރމަންޓް
ޤަވާޢިދުގައި ހިމަނަންވާނެކަމަށާއި އެއީ (1) ރޭންކަށް ކަނޑައެޅިފައިވާ ޢުމުރުހަމަވުން (2)
ކަނޑައެޅިފައިވާ ވަކިމުއްދަތަކަށް އެއްމަޤާމެއްގައި ހުރުން (3) ސިއްޙީ ޙާލަތު ތަންނުދިނުން (4)
އަމިއްލައަށް އެދިގެން، މި 04 ގޮތް ކަމާއި، ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގައި ހިމެނުމަށް
އިޝާރާތްކުރެވުނު ސިފައިންގެ ޤާނޫނުގެ ވަނަ މާއްދާއިން ލާޒިމްކުރާ 04 ގޮތާއި އޭގެ
އިތުރުޙާލަތްތަކެއް ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގެ "ރިޓަޔަރކުރެވޭ ގޮތްތައް" މި ސުރުޚީގެ
ދަށުގައިވާ އެޤަވާޢިދުގެ 5 ވަނަ މާއްދާގައި ހިމަނާފައިވާކަމާއި، މި ގޮތުން މިޤަވާޢިދުގައިވާ ގޮތުގެމަތިން
މުޙައްމަދު އަޙުމަދުދީދީ އަކީ ސިފައިންގެއިން ރިޓަޔަރ ކުރުމުގެ ޝަރުތު ހަމަވެފައިވާ މީހެއްތޯ ބަލާއިރު،
އޭނާއަކީ ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގެ 5.1.2 ގައިވާ ރޭންކަށް ކަނޑައަޅާފައިވާ ޢުމުރު ހަމަވާ
މީހެއްކަން މުޙައްމަދު އަޙުމަދުދީދީ ސިފައިން ގޭގައި އެވަގުތު ހުރި މަޤާމުންނާއި އަދި އޭނާގެ ޢުމަރަށް
ބެލުމުން އެނގޭކަމެވެ.
0,
(ށ) ހަތަރުވަނަކަމަކީ، ސިފައިންގެ ޚިދުމަތުގައި ދެމިތިބިފަރާތްތަކުން ޝަރަފުވެރިކަމާއެކު
ވަޒީފާއިން ވަކިވުމަކީ ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ ދަށުން ލިބިގެންވާ ޙައްޤެއްކަން
އެނގެން އޮތްނަމަވެސް، ސިފައިންގެ ވަޒީފާއިން ވަކިވާފަރާތަކީ ޝަރަފުވެރިކަމާއިއެކު ވަކިވި މީހެއްކަން
ނުވަތަ ނޫންކަން ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ލިބިގެންވަނީ ޑިފެންސް މިނިސްޓަރަށްކަން
30 ވަނަ މާއްދާގެ (ހ) ގައިވާ "ސިފައިންގެ މީހަކު ވަޒީފާއިން ވަކިކުރެވިފައިވަނީ
މިޤާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައިވާ ޙާލަތުންކުރެ ޙާލަތެއްގައިކަމުގައި
އިކަމުގައިނުވާނަމަ، ސިފައިންގެ
ވަޒީފާއިން ވަކިވާ ކޮންމެ މީހަކީ މި ޤާނޫނުގެ ދަށުން ހަދާ ރިޓަޔަރމަންޓް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ
ސިފައިންގެ ޤާނޫނުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:6647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{11/HC-A/167
މަތިން ޝަރަފުވެރިކަމާއިއެކު ވަޒީފާއިން ވަކިވީ މީހެއްކަމަށް މިނިސްޓަރަށް ކަނޑައެޅިދާނެއެވެ"
މިޢިބާރާތަށް ބެލުމުން އެނގެން އޮންނަކަމާއި، މިހެންކަމުން ސިފައިންގެ ޚިދުމަތުގައި ހުރި މީހަކު އޭނާގެ
ރިޓަޔަރމަންޓަށް ކަނޑައެޅިފައިވާ ޢުމުރު ނުވަތަ އެފަދަ އެނޫންވެސް ޝަރުތު ހަމަވިކަމުގައިވީނަމަވެސް،
އެފަދަ މީހަކު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއި އެކު ވަކިކުރުން މިނިސްޓަރ އޮފް ޑިފެންސްގެ
މައްޗަށް ސިފައިންގެ ޤާނޫނުން ލާޒިމުނުކުރާކަމާއި، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއިއެކު
ވަކިކުރުމުގެ މަޤްސަދަށާއި، އެމީހަކު ވަޒީފާއިން ވަކިކުރަން ޖެހުނު ސަބަބަށާއި، އެމީހަކު ވަޒީފާއަދާކޮށްފައިވާ
ގޮތުގެ ރެކޯޑަށާއި މިފަދަ ކަންކަމުގެ މައްޗަށް ބަލާ ކަނޑައެޅޭ ވަކި މިންގަނޑުތަކެއްގެ ދަށުން ސިފައިންގެ
ވަޒީފާއިން ވަކިވި ފަރާތަކީ ޝަރަފުވެރިކަމާއިއެކު ވަކިވި ފަރާތެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ
އިސްވެ އިޝާރާތްކުރެވުނު ސިފައިންގެ ޤާނޫނުގެ މާއްދާއަށް ބަލާއިރު، ޑިފެންސް މިނިސްޓަރަށް ލިބިގެންވާ
އިޚްތިޔާރީ ބާރެއްކަން އެނގެއެވެ.
(ބ) ފަސްވަނަކަމަކީ، ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) 31 ވަނަ މާއްދާގައި
"ސިފައިންގެ ވަޒީފާއިން ވަކިވާ ކޮންމެ މީހަކީ ރިޓަޔަރމަންޓް ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން
ޝަރަފުވެރިކަމާއިއެކު ވަޒީފާއިން ވަކިވި މީހެއްކަމަށް މިނިސްޓަރަށް ކަނޑައެޅިދާނެއެވެ" މިފަދައިން
އޮތުމުން ސިފައިންގެ ވަޒީފާއިން ރިޓަޔަރ ކުރުމުގެ ޝަރުތުހަމަވާ އެންމެހާ ފަރާތްތަކެއް ޝަރަފުވެރިކަމާއި
އެކު ވަޒީފާއިން ވަކިކުރަން މިނިސްޓަރުގެ މައްޗަށް ލާޒިމުވާ ކަމުގައި ބެލެވެންނެތުމާއިއެކު، ސިފައިން
ޝަރަފުވެރިކަމާއި އެކު ރިޓަޔަރ ކުރުމުގެ މަޤްސަދަށާއި އަދި މިމާއްދާގެ މައްޗަށް ނަޒަރުކުރާއިރު، މި
މާއްދާއަކީ ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރާ ފަރާތެއް ޝަރަފުވެރިކަމާއި އެކު ވަޒީފާއިން ވަކިކުރުމުގައި
އަދި އެފަރާތްތަކަށް ލިބިދެވޭނެ ޢިނާޔަތްތައް ކަނޑައެޅުމުގައި، ރިޓަޔަރމަންޓު ޤަވާޢިދުގައިވާ އުސޫލުތަކުން
ބޭރުން އެއްވެސް ފަރާތެއް ޝަރަފުވެރިކަމާއި އެކު ވަކި ނުކުރެވޭނެކަމުގެ މައްޗަށް ބާރު ލިއްބައިދިނުމުގެ
ގޮތުން ގެނެވިފައިވާ މާއްދާއެއްކަމުގައި ބެލެވެން އޮތްކަމާއި، މިކަން އިތުރަށް ޔަޤީންކޮށްދެނީ ޤާނޫނުގެ
އެމާއްދާގައި، ޝަރަފުވެރިކަމާއި އެކު ވަޒީފާއިން ވަކިވި މީހެއްކަމަށް މިނިސްޓަރު "ކަނޑައަޅަންވާނެއެވެ"
މި ފަދައިން އޮތުމުގެ ބަދަލުގައި "ޝަރަފުވެރިކަމާއި އެކު ވަޒީފާއިން ވަކިވި މީހެއްކަމަށް މިނިސްޓަރަށް
ކަނޑައެޅި ދާނެއެވެ" މި ފަދައިން :
240928
ތުމުންނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2{11/HC-A/167
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ށ) ހަވަނަކަމަކީ، އިސްވެދެންނެވިފައިވާ ފަދައިން ސިފައިންގެ ވަޒީފާއިން ވަކިވާ މީހަކު
ޝަރަފުވެރިކަމާއެކު ވަކިކުރުމަކީ މިނިސްޓަރަށް ލިބިގެންވާ އިޚްތިޔާރީ ބާރެއްކަމުގައި ވީނަމަވެސް،
ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގެ "ރިޓަޔަރކުރެވޭ ގޮތްތައް" މި ސުރުޚީގެ ދަށުގައިވާ އެޤަވާޢިދުގެ 5
ވަނަ މާއްދާގައި ހިމަނާފައިވާކަމެއް ފުރިހަމަވާ ފަރާތެއް ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއިއެކު
ވަކިކޮށްދީފައިނުވާނަމަ އެކަން ބިނާވާންޖެހޭނީ ހަމަޖެހޭ އަސާސެއްގެ މައްޗަށްކަމާއި އަދި
މިއަސާސްވާންޖެހޭނީ ޖަސްޓިފައިކުރެވޭފަދަ އަސާސެއްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭކަމާއި، އަދި ޑިފެންސް
މިނިސްޓަރަށް ލިބިފައިވާ މި އިޚްތިޔާރު ބޭނުންކުރަންވަނީ ހަމަހަމަ އުސޫލެއްގެ ދަށުން ވަކި
މީހަކަށް ކަނޑައެޅިގެން ގެއްލުންދިނުމުގެ ނިޔަތްނެތިކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މުޙައްމަދު
އަޙުމަދުދީދީ އަކީ ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގެ 5.1.2 ގައިވާ ރޭންކަށް ކަނޑައަޅާފައިވާ
ޢުމުރުހަމަވެފައިވާ ފަރާތެއްނަމަވެސް އޭނާ ޝަރަފުވެރިކަމާއިއެކު ވަޒީފާއިން ވަކިކޮށްދީފައިނުވަނީ،
ސިފައިންގެ ޤާނޫނުގެ ދަށުން ހަދާފައިވާ ދިވެހިސިފައިންގެ ކޯޑް އޮފް އެތިކްސް އަދި ސިފައިންގެ
ރިޓަޔަރމަންޓް ޤަވާޢިދުގެ ދަށުން މުޙައްމަދު އަޙުމަދުދީދީއަށް ރިޓަޔަރމަންޓް ޢިނާޔަތްތައް ޙައްޤުނުވާތީ
ކަމަށް ދައުލަތުގެ ފަރާތުން ފާހަގަ ކުރައްވާފައިވާކަމާއި،
މިގޮތުން އެމް.އެން.ޑީ.އެފް. ގެ އިންޓަރގްރޭޓެޑް ހެޑްކުއާޓަރޒުން 05 އޮގަސްޓް 2009 ވަނަ
ދުވަހު މުޙައްމަދު އަޙުމަދުދީދީ އެމް.އެން.ޑީ.އެފް ގެ ސަދަންއޭރިޔާއަށް ބަދަލުކުރުމަށް ނިންމައި، އެކަން
މުޙައްމަދު އަޙުމަދުދީދީއަށް އެންގުމުން، މުޙައްމަދު އަޙުމަދުދީދީގެ ޙާލަތު ބަޔާންކޮށް މުޙައްމަދު އަޙުމަދު
ދީދީގެ މަސްއޫލިއްޔަތު އަދާކުރުމަށް ޢުޒުރުވެރިވާކަމަށް ބަޔާންކޮށް މުޙައްމަދު އަޙުމަދުދީދީގެ ފަރާތުން 12
އޮގަސްޓް 2009 ވަނަ ދުވަހު ސިޓީއެއް ފޮނުވާފައިވާކަމަށާއި، ބުނެވިދިޔަ މިސިޓީއާއި ގުޅިގެން މުޙައްމަދު
އަޙުމަދުދީދީ އެމް.އެން.ޑީ.އެފް ގެ ސަދަން އޭރިޔާއަށް ބަދަލުކުރަނީ 06 މަސްދުވަހުގެ މުއްދަތަށް
ކަމަށްބަޔާންކޮށް 17 އޮގަސްޓް 2009 ދުވަހު މުޙައްމަދު އަޙުމަދުދީދީއަށް ސިޓީއެއް ފޮނުވުނުކަމަށާއި،
މިގޮތާއި
ތާއި މުޙައްމަދު އަޙުމަދުދީދީ އެއްބަސްވެ އެމް.އެން.ޑީ.އެފް. ގެ ސަދަންއޭރިޔާ އަށްބަދަލުވުމަށް 19
އޮގަސްޓް 2009 ވަނަ ދުވަހު ފުރުމުގެކުރިން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމަށްޓަކައި، މުޙައްމަދު
އަޙުމަދުދީދީގެ އެދުމުގެ މަތިން އޭނާއަށް 10 ދުވަހުގެ މުއްދަތުދެވިފައިވަނިކޮށް 19 އޮގަސްޓް 2009 ވަނަ
xދު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2/11/HC-A/167
ox
ދުވަހު މުޙައްމަދު އަޙުމަދުދީދީ ސިފައިންގެ ވަޒީފާއިން ވަކިކޮށްދިނުމަށްއެދި ސިޓީ ފޮނުވާކަމަށާއި އަދި
އެސިޓީއާއި ގުޅިގެން މުޙައްމަދު އަޙުމަދުދީދީ ސިފައިންގެ ވަޒީފާއިން ވަކިކުރެވުނީ ކަމަށާއި، މުޙައްމަދު
އަޙުމަދުދީދީ ވަޒީފާއިން ވަކިވާން އެދުނީ އޭނާގެ މަސްއޫލިއްޔަތު އަދާނުކުރުމަށްޓަކައި ކަމަށާއި، ސިފައިން
އެމީހުންގެ މަސްއޫލިއްޔަތު އަދާނުކުރުމަކީ ސިފައިންގެ ކޯޑް އޮފް އެތިކްސްއާއި ޚިލާފުކަމެއްކަމަށާއި، މިފަދަ
މީހަކީ ޝަރަފުވެރިކަމާއި އެކު ވަޒީފާއިން ވަކިވި މީހެއްކަމަށް ކަނޑައެޅުމަކީ ރިޓަޔަރމަންޓުގެ ރޫޙާ
ޚިލާފުކަމެއްކަމަށާއި އަދި އެއީ ޝަރަފުވެރިކަމާއި އެކީ ރިޓަޔަރ ކުރައްވާ ފަރާތްތަކުގެ ޝަރަފުވެރިކަމާއި
އަގު ވެއްޓިދާނެކަމެއްކަމަށް ދައުލަތުން ފާހަގަކޮށްފައިވާކަމާއި، އަދި ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގެ
5.7 ގައި އަމިއްލައަށް އެދިގެން ރިޓަޔަރވާންބޭނު
ބޭނުންވާ ފަރާތްތައް ރިޓަޔަރކުރަން
ބޭނުންވާ މުއްދަތުގެ 6
މަސް ދުވަހު ކުރިން އެކަމަށް އެދި ލިޔުމުން
ބުނިނަމަވެސް މުޙައްމަދު އަޙުމަދުދީދީ
އެފަދައިން ޢަމަލުކޮށްފާނުވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ
ހުށައެޅުންވަންކަމެށް
(ކ) ހަތްވަނަކަމަކީ، ސިފައިންގެ ރިޓަޔަރމަންޓް ޤަވާޢިދުގެ 4 ވަނަ މާއްދާއަށް ބަލާއިރު،
ސިފައިންގެ ރިޓަޔަރމަންޓުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއި
އެކު ވަކިވާފަރާތްތަކަށް ޚާއްސަ ޢިނާޔަތްތަކާއި، އިމްތިޔާޒު ދިނުން ހިމެނޭކަން ބަޔާންކޮށްފައިވާއިރު،
ސިފައިންގެ ޚިދުމަތުން ވަކިވާ މީހަކީ ޝަރަފުވެރިކަމާއި އެކީ ވަކިވާ މީހެއްކަމަށް ކަނޑައެޅުމަކީ ޑިފެންސް
މިނިސްޓަރަށް ލިބިދީފައިވާ އިޚުތިޔާރެއްކަން ސިފައިންގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) އަދި (ނ)
އިން އެނގެން އޮތްއިރު، އަދި ސިފައިންގެ ޤާނޫނުގެ 8 ވަނަ
8 ވަނަ މާއްދާގައި ސިފައިންގެ
މައިގަނޑުވާޖިބުތަކުގެ ތެރޭގައި "ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށާއި، ޤާނޫނަށާއި ސިފައިންގެ
ޤަވާޢިދުތަކަށާއި އުސޫލުތަކަށާއި މިކަންކަމާއި އެއްގޮތަށް ވެރިންއަންގާ އެންގުންތަކަށާއި ކުރާ އަމުރުތަކަށް
ފަސްޖެހުމެއްނެތި ކިޔަމަންތެރިވާ ބަޔަކު ކަމުގައި ވާންޖެހޭނެކަމަށް" ބަޔާންކޮށްފައިވާއިރު، އަދި ސިފައިންގެ
ޤާނޫނުގެ 5 ވަނަ މާއްދާގައި " ސިފައިންގެ ދައުރަކީ ސިފައިންގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ
ޤަވާޢިދުތަކާއި އެއްގޮތަށް ސިފައިން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކާއި، ޒިންމާތައް
އަދާކުރަން ލާޒިމްވާ" ބަޔަކަށްވާއިރު، އަދި "ދިވެހި ސިފައިންގެ ކޯޑް އޮފް އެތިކްސްގައި" ސިފައިން
އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމަކީ އެމީހުންގެ އެންމެ މުހިއްމު އެއްވާޖިބު ކަމަށް ބަޔާންކޮށްފައިވާއިރު،
މުޙައްމަދު އަޙުމަދުދީދީ ޢަމަލުކޮށްފައިވާ ގޮތުން އޭނާ ސިފައިންގޭގައި އަދާކުރަމުން ދިޔަ ވަޒީފާއިން
ވަކިވުމަށް އެދިފައިވަނީ އެމް.އެން.ޑީ.އެފް. ގެ އިންޓަރގްރޭޓެޑް
ހެޑްކުއާޓަރޒުން 05 އޮގަސްޓް 2007
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 33A71
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{11/HC-A/167
ވަނަ ދުވަހު މުޙައްމަދު އަޙުމަދުދީދީ އެމް.އެން.ޑީ.އެފް. ގެ ސަދަންއޭރިޔާއަށް ބަދަލުކުރުމަށް ނިންމައި،
އެކަން މުޙައްމަދު އަޙުމަދުދީދީއަށް އެންގުމުންކަން އިސްވެ އިޝާރާތްކުރެވުނު ކަންކަމުގެ އަލީގައި
ބުއްދިހަމަތަކުގެ މައްޗަށް ބެލުމުން އެނގޭކަމާއި، މިހެންކަމުން މުޙައްމަދު އަޙުމަދުދީދީ ސިފައިންގޭގެ
ވަޒީފާއިން ވަކިވުމަށް އެދިފައިވަނީ، ސިފައިންގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކުގެ
މަތިން މުޙައްމަދު އަޙުމަދުދީދީ އަދާކުރަން ލާޒިމުކުރި މަސްއޫލިއްޔަތު އަދާނުކުރުމަށްޓަކައިކަން ބެލެވެން
އޮތްހިނދު މުޙައްމަދު އަޙުމަދުދީދީގެ މިޢަމަލުގެ މައްޗަށް ބަލާ، ސިފައިންގެ ޤާނޫނުން ލިބިގެންވާ އިޚްތިޔާރީ
ބާރުގެ ދަށުން މުޙައްމަދު އަޙުމަދު ދީދީއަކީ ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއިއެކު ވަޒީފާއިން
ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލެވޭތީ، މުޙައްމަދު އަޙުމަދު ދީދީ އަށް ރިޓަޔަރމަންޓް ޢިނާޔަތްތައް
ލިބިދެވެން ނެތްކަމަށް މިނިސްޓަރ އޮފް ޑިފެންސް ކަނޑައަޅާފައިވާ ކަނޑައެޅުއްވުމަކީ ޝަރުޢީ އަދި
ޤާނޫނީ އުސޫލުތަކުން ބޭރުން ކޮށްފައިވާކަމެއްކަމުގައި ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، އިސްވެ ދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން ، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1526
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ކަމަށެވެ.
ޤަވއްޔާގައި
1
ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރިއިރު، ސިވިލް ކޯޓުގެ
ނަންބަރު 2010/Cv
-
C/1526 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި
ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1526 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާތިލުކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv