ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/179 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2013/HC-A/119
بم از مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 179/HC
-
A/2013
• އިސްތިއުނާފު ކުރިފަރާތް:
* ނަން: މުޙައްމަދު ޢަބްދުލްޣަނީ
އައި.ޑީ.ކާޑް ނަންބަރ: A220685
* ދާއިމީ އެޑްރެސް: ބުލޫސީ | ޅ. ނައިފަރު
މިހާރުގެ އެޑްރެސް: ބުލޫސީ | ޅ. ނައިފަރު
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އެސް. އާރް.އެލް ކަނުހުރާ
ލިމިޓެޑް
ރަޖިސްޓްރީ ނަންބަރ FC0254
/
2008
* ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
މަނާމްމާލެ
މަނާމް| މާލެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 14 މެއި 2013
ނިމުނު ތާރީޚް: 24 ފެބުރުއަރީ 2014
« 2 22
އިސްތިއުނާފު ކުރެވުނު ޤާޟިއްޔާ ނަންބަރު: 2012/VTR/98
ނިންމިކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ނިމުނު ތާރީޚް: 06 މާރޗް 2013
ޤަޟިއްޔާގެ ބާވަތް: ވަޒީފާއާބެހޭ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
s
ދިވެހިރާއްa
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިންޖީ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2013/HC-A/119
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/98 މައްސަލަ އެކޯޓުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެމައްސަލަ އިސްތިއުނާފު
ކުރުމަށް ޅ. ނައިފަރު | ބުލޫސީ މުޙައްމަދު ޢަބްދުލްޣަނީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
2ތ24 02
ހުށަހެޅެމުން
ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ އެސް. އާރް.އެލް ކަނުހުރާ ލިމިޓެޑްއެވެ
• ފާހަގަކުރެވުނު ނުކުތާތައް:
1. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/98 މައްސަލަ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޅ. ނައިފަރު، ބުލޫސީ، މުޙައްމަދު ޢަބްދުލްޣަނީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/98 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ ނައިފަރު ބްލޫސީ، މުޙައްމަދު ޢަބްދުލްޣަނީ، އެސް.އާރް.އެލް ކަނުހުރާ
ލިމިޓެޑުން ޅ. އަތޮޅު ކަނުހުރާގައި ހިންގާ ކަނުހުރާ މޯލްޑިވްސްގެ ވިލާ އެޓެންޑެންޓެއްގެ މަޤާމުގައި ވަޒީފާ
އަދާކުރަމުން އައިސްފައިވަނިކޮށް، 05 މާރޗް 2012 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، ގެއްލިފައިވާ
ވަޒީފާއާއި، މުސާރައާއި ޢިނާޔަތްތައް ހޯދުމަށް އެދި 27 މެއި 2012 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
މުޙައްމަދު ޢަބްދުލްޣަނީ ހުށަހެޅުމުން
ބެލެވުނު މައް
މައްސަލައެއްކަމާއި،
އެ މައްސަލަ ނިންމާފައިވަނީ، މައްސަލަ ހުށަހެޅި މުޙައްމަދު ޢަބްދުލް ޣަނީ މައްސަލަ ރައްދުވާ
އެސް. އާރް.އެލް ކަނުހުރާ ޕްރައިވެޓް ލިމިޓެޑްގެ ވިލާ އެޓެންޑެންޓްގެ ވަޒީފާގައި ހުރި މުވައްޒަފެއް ނޫންޤަމަށް
4 22
މި
ތިޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
2{013/HC-A/119
ouc
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ބަލާފައިވަނީ އޭނާ ސަލާމުގެ ޗުއްޓީގައި ހުރުމަށް ފަހު ވަޒީފާއަށް ހާޒިރު ނުވެ 2012 ވަނަ އަހަރުގެ އޭޕްރިލް
މަހުގެ 07 ވަނަ ދުވަހު އޭނާ މައްސަލަ ރައްދުވި ކުންފުންޏަށް ފޮނުވާފައިވާ ސިޓީގައި އޭނާ މަސައްކަތްކުރި
ދުވަސްތަކަށް ފައިސާ ދިނުމަށް އެދިފައިވުމުން، އޭނާ މަސައްކަތަށް ނުނިކުންނަހިސާބުން ފެށިގެން އޭނާ
ވަޒީފާއިން ވަކިވުމަށް އެދުނީކަމަށް ބަލައިގެންކަމަށް މައްސަލަ ރައްދުވާފަރާތުން ބުނެފައިވާއިރު، 2012
ވަނައަހަރުގެ މާރޗް މަހުގެ 15ވަނަ ދުވަހުގެ ތާރީޚްގައި މައްސަލަ ރައްދުވާފަރާތުން މުޙައްމަދު ޢަބްދުލް
ޣަނީއަށް ފޮނުވާފައިވާ ވަޒީފާއަދާކުރިކަމުގެ ލިޔުމަކީ 2012 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 07 ވަނަ ދުވަހުގެ
ކުރިން ފޮނުވާފައިވާ ލިޔުމެއްކަމަށްވެފައި މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވާކަމަށް އޭނާ ވަޒީފާ
އަދާކުރި ކަނުހުރާ މޯލްޑިވްސްގެ ހިއުމަން ރިސޯސް މެނޭޖަރ ބުނެފައިވާކަމަށް މައްސަލަ ހުށަހެޅިފަރާތުން
ބުނާބުނުން ނަފީކުރުމަށް މައްސަލަ ރައްދުވާފަރާތުން އެއްވެސް ކަމެއް ހުށަހަޅާފައި ނުވުމުގެ އިތުރުން 2012
ވަނައަހަރުގެ މާރޗް މަހުގެ 15ވަނަ ދުވަހު މައްސަލަ ރައްދުވާފަރާތުން މައްސަލަ ހުށަހެޅި ފަރާތަށް ދޫކޮށްފައިވާ
ލިޔުމަކީ މައްސަލަ ހުށަހެޅިފަރާތުން އެދިގެން ދޫކޮށްފައިވާ ލިޔުމެއް ނޫންކަން މައްސަލަ ރައްދުވާފަރާތުގެ ބަހުން
އެނގެން އޮތަތީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅިފަރާތް ވަޒީފާއިން
ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ
މެންބަރުންގެ އިއްތިފާގުން ކަނޑައަޅައި، ވަޒީފާ އަނބުރާ ލިބިދިނުމަށް މުޙައްމަދު ޢަބްދުލް ޣަނީ
އެދުނުނަމަވެސް އޭނާ ވަޒީފާއިން ވަކިކުރެވުނު ފަހުން 1 (އެކެއް) އަހަރު ދުވަހުގެ ދިގު މުއްދަތެއް
ފާއިތުވެފައިވާތީއާ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުން ފެށިގެން މައްސަލަ ހުށަހެޅިފަރާތް
އެހެން ވަޒީފާއެއް އަދާކުރަން ފަށާފައިވާކަން އޭނާގެ ބަހުން އެނގޭތީ، އޭނާ އެދުނުފަދައިން އޭނާކުރިން ހުރި
ވަޒީފާގައި ދެމިހުރުމުގެ ފުރުޞަތު ލިބިދިނުމަކީ އެންމެ އެދެވޭ ގޮތްކަމަށް ނުފެންނާތީ ވަޒީފާއާބެހޭ ޤާނޫނުގެ
29 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް ބަދަލުގެ ގޮތުގައި 03 (ތިނެއް) މަސްދުވަހުގެ މުސާރައަށްވާ
9945.90ރ (ނުވަހާސް ނުވަސަތޭކަ ސާޅީސް ފަހެއް ޕޮއިންޓް ނުވައެއް ސުމެއް)ރުފިޔާއާއި މުޙައްމަދު ޢަބްދުލް
ޣަނީ ވަޒީފާއިން ވަކިކުރި ދުވަހުންފެށިގެން އޭނާ އެހެން ވަޒީފާއެއް އަދާކުރަން ފެށި ތާރީޚާ ހަމައަށް ހިނގި
01 (އެކެއް) މަހާއި 04 (ހަތަރެއް) ދުވަހުގެ މުއްދަތަށް އޭނާގެ މުސާރައަށް ބިނާކޮށް 3757.30ރ
(ތިންހާސް ހަތްތަސޭކަ ފަންސާސް ހަތެއް ޕޮއިންޓް ތިނެއް ސުމެއް) ރުފިޔާ، އެކު ޖުމްލަ 13703.20ރ
(ތޭރަހާސް ހަތްސަތޭކަ ތިނެއް ޕޮއިންޓް ދޭއް ސުމެއް) ރުފިޔާ 2013 ވަނަ އަހަރުގެ މާރޗް މަހުގެ 06
02c
ވީޑިއޯޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2{013/HC-A/119
ޣަނީއަށް ދީ
ދުވަހުގެ ފެށިގެން 10 ދުވަހުގެ ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި މުޙައްމަދު ޢަބްދުލް
ޚަލާސްކުރުމަށްފަހު އެކަން 03 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް
ލިޔުމުން އެންގުމަށް މައްސަލަ ރައްދުވާ އެސް.އާރު.އެލް ކަނުހުރާ ޕްރައިވެޓް ލިމިޓެޑްއަށް އަންގައި
އަމުރުކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
3. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/98 މައްސަލަ އެޓްރައިބިއުނަލުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ޅ. ނައިފަރު ބުލޫސީ މުޙައްމަދު ޢަބްދުލްޣަނީގެ ފަރާތުން 4 (ހަތަރެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާބެހޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
23
(ހ) ފުރަތަމަ ނުކުތާއަކީ: އެސް. އާރް.އެލް ކަނުހުރާ ލިމިޓެޑުން ޅ. ނައިފަރު | ބުލޫސީ
މުޙައްމަދު ޢަބްދުލްޣަނީ ވަޒީފާއިން ވަކިކުރިފަހުން 01 (އެކެއް) އަހަރުގެ ދުވަހުގެ ދިގު މުއްދަތެއް
ފާއިތުވެފައިވާތީ މުޙައްމަދު ޢަބްދުލްޣަނީ އޭނާ ކުރިން އަދާކުރި ވަޒީފާ އަނބުރާ ލިބިދިނުމަކީ އެންމެ އެދެވޭ
ގޮތްކަމަށް ނުފެންނަ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: އެސް. އާރް.އެލް ކަނުހުރާ ލިމިޓެޑުން ޅ. ނައިފަރު ވީ ބުލޫސީ
މުޙައްމަދު ޢަބްދުލްޣަނީ ވަޒީފާއިން ވަކިކުރިފަހުން 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުން
ފެށިގެން އެހެން ވަޒީފާއެއް އަދާކުރަން ފަށާފައިވާތީ، މުޙައްމަދު ޢަބްދުލް ޣަނީ އޭނާ ކުރިން އަދާކުރި ވަޒީފާ
އަނބުރާ ލިބިދިނުމަކީ އެންމެ އެދެވޭ ގޮތްކަމަށް ނުފެންނަކަމަށް ބުނެ ހުށަހެޅި ނުކުތާ
22
(ނ) ތިންވަނަ ނުކުތާއަކީ: އެސް. އާރް.އެލް ކަނުހުރާ ލިމިޓެޑުން މުޙައްމަދު ޢަބްދުލްޣަނީ
ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެކަށީގެންވާ ސަބަބެއް
ނެތި ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ޤާނޫނީ ޙައްލު ހޯދައި ދޭނެޖެހޭނެ އުޞޫލު ވަޒީފާއާބެހޭ ޤާނޫނުގެ 29
ވަނަ މާއްދާގައި ކަނޑައަޅާފައި ވީހިނދު، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް
މުޙައްމަދު ޢަބްދުލް ޣަނީއަށް ލިބިދީފައިވާ ބަދަލަކީ، އެމާއްދާގައި ބަޔާންކޮށްފައިވާ ފަދަ ފަރާތްތަކަށް ޤާނޫނާ
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
2013/HC-A/119
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ޙައްލު ހޯދައިދިނުމުގައި ޢަމަލުކުރުމަށް އެމާއްދާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް
ކަނޑައަޅުއްވާފައިވާ ބަދަލެއްކަމަށް ބުނެ ހުށަހެޅި ނުކުތާ
(ރ) ހަތަރުވަނަ ނުކުތާއަކީ: އެސް. އާރް.އެލް ކަނުހުރާ ލިމިޓެޑުން މުޙައްމަދު ޢަބްދުލްޣަނީ
ވަޒީފާއިން ވަކިކުރިއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ނޯޓިސް އެސް.
އާރް.އެލް ކަނުހުރާ ލިމިޓެޑުން މުޙައްމަދު ޢަބްދުލްޣަނީއަށް ދީފައިނުވާހިނދު، ވަޒީފާއާބެހޭ ޤާނޫނުގެ
29 ވަނަ
މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް މުޙައްމަދު ޢަބްދުލްޣަނީއަށް ބަދަލުގެ ގޮތުގައި ލިބިދީފައިވާ މިންވަރަކީ އެންމެ
އިންސާފުވެރި، އަދުލުވެރި ބަދަލެއް ނޫންކަމަށްބުނެ ހުށަހެޅި ނުކުތާ
4. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/98 މައްސަލަ އިސްތިއުނާފު
ކުރުމަށް ޅ. ނައިފަރު | ބުލޫސީ މުޙައްމަދު ޢަބްދުލްޣަނީގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ
ގޮތުން ޅ. ނައިފަރު ; ބުލޫސީ މުޙައްމަދު ޢަބްދުލްޣަނީގެ ފަރާތުންނާއި އިސްތިއުނާފް ދަޢުވާ ރައްދުވާ،
އެސް. އާރް.އެލް ކަނުހުރާ ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/98 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޅ. ނައިފަރު | ބްލޫސީ، މުޙައްމަދު ޢަބްދުލްޣަނީ، އެސް.އާރު.އެލް
ކަނުހުރާ ލިމިޓެޑުގައި ވަޒީފާ އަދާކުރަން ފަށާފައިވަނީ 11 އޮކްޓޯބަރ 2008 ގައި ކަމާއި، އޭނާ އެރިޒޯޓުގައި
އަދާކުރަމުން ގެންދިޔައީ ވިލާ އެޓެންޑެންޓެއްގެ މަޤާމުގެ ވަޒީފާކަމާއި، އެގޮތަށް ވަޒީފާ އަދާކުރަމުން ދަނިކޮށް،
މުޙައްމަދު ޢަބްދުލްޣަނީ 28 ފެބްރުއަރީ 2012 ދުވަހު، ޅ. ނައިފަރަށް ދިއުމަށްފަހު، ބަލިވުމުގެ ސަބަބުން
މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވާކަމަށް ބުނެ މެޑިކަލް ސެޓްފިކެޓެއް ފޮނުވާފައިވާކަމަށް މުޙައްމަދު
ޢަބްދުލްޣަނީ ބުނެފައިވާއިރު، މަސައްކަތަށް ނުނިކުންނަ ދުވަސްތަކަށް މެޑިކަލް
22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2013/HC-A/119
ދިވެހިރާއްޖޭގެ ހައި29
ލިބިފައިނުވާކަމަށާއި، އަދި މުޙައްމަދު ޢަބްދުލްޣަނީ އާ ގުޅުމުންވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާކަމަށާއި،
މުޙައްމަދު ޢަބްދުލްޣަނީގެ ފަރާތުން އޭނާ މަސައްކަތް ކޮށްފައިވާ ދުވަހަށް ލިބެންޖެހޭ ފައިސާ އޭނާއާއި
ހަވާލުކޮށްދިނުމަށްއެދި 07 އޭޕްރީލް 2012 ދުވަހު ސިޓީއެއް ފޮނުވާފައިވާތީ، މުޙައްމަދު ޢަބްދުލްޣަނީ
ވަޒީފާއަށް އެނބުރި ނުގޮސް ފައިސާ ދިނުމަށް އެދުމަކީ މުޙައްމަދު ޢަބްދުލްޣަނީ މަސައްކަތަށް ނުނިކުންނަ
ހިސާބުން ފެށިގެން އޭނާ ވަޒީފާއިން ވަކިވާން އެދުންކަމުގައި ބަލައިގެން މުޙައްމަދު ޢަބްދުލްޣަނީ އެދިފައިވާ
ގޮތަށް އެފައިސާ ހަވާލުކޮށް
05 މާރޗް 2012 އިން ފެށިގެން އޭނާއަކީ އެރިޒޯޓުގެ
މުވައްޒަފެއްނޫންކަމަށް ބަލައި ވަޒީފާއިން ވަކިކޮށްފައިވާނެކަމަށް އެސް.އާރް.އެލް ކަނުހުރާ ލިމިޓެޑުގެ ފަރާތުން
ބުނެފައިވީނަމަވެސް، މުޙައްމަދު ޢަބްދުލްޣަނީ އެރިޒޯޓުގެ ވަޒީފާއިން 04 މާރޗް 2012 ގައި ވަކިކޮށްފައިވާކަން
އެރިޒޯޓުން އޭނާއަށް 15 މާރޗް 2012 ގައި ދީފައިވާ ލިޔުމަށް ބެލުމުން އެނގެން އޮތުމުން މުޙައްމަދު
ޢަބްދުލްޣަނީ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ މަސައްކަތް ކުރި ދުވަސްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެދި
ސިޓީ ފޮނުވުމުގެ ކުރިންކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: މުޙައްމަދު ޢަބްދުލްޣަނީ އާއި އެސް.އާރު.އެލް ކަނުހުރާ އާ ދެމެދު
ވެފައިވާ ވަޒީފާގެ އެއްބަސްވުމުގައި ހިމެނޭ "ކަނުހުރާ ރިސޯޓް، ޓީމް މެމްބަރ ހޭންޑްބުކް" ގެ 5 ވަނަ ބައިގެ
2.4 ވަނަ މާއްދާގައި ބުނެފައިވަނީ ހުއްދަނެތި އެއްވެސް މުވައްޒަފަކު ވިދިވިދިގެން 6 (ހައެއް) ދުވަހު
ވަޒީފާއަށް ނުނިކުމެ ހުރެއްޖެކަމުގައިވާނަމަ އެ މުވައްޒަފަކު އެކުންފުނީގެ ވަޒީފާއިން ވަކިކުރެވޭނެކަމާއި، އަދި
އެއްވެސް އިނާޔަތެއްވެސް އަދި ފަހުން އެކުންފުނިން އެއްވެސް ވަޒީފާއަކަށް ނުލެވޭނެކަމަށް ބަޔާންކޮށްފައި
އޮންނަކަން އެނގެން އޮންނަކަމާއި، 07 އޭޕްރީލް 2012 ދުވަހު މުޙައްމަދު ޢަބްދުލްޣަނީ އެސް.އާރު.އެލް
ކަނުހުރާގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައިވަނީ އޭނާ
ވަޒީފާއަށް ނިކުން ދުވަހަށް މުސާރަ ހިފަހައްޓާފައިވާތީ އެމުސާރަ ދިނުމަށް އެދިކަމާއި، އެއްގޮތަކަށްވެސް
ވަޒީފާއިން ވަކިވާން އެދިގެން ނޫންކަމަށް މުޙައްމަދު ޢަބްދުލްޣަނީގެ ފަރާތުން ބުނެފައިވާ ކަމާއި،
Ooit OX
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
2{13/HC-A/119
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
މުޙައްމަދު ޢަބްދުލްޣަނީ 28 ފެބްރުއަރީ 2012 ދުވަހު އޭނާގެ ރަށްކަމުގައި ޅ. ނައިފަރަށް
ދިއުމަށްފަހު ބަލިވުމުގެ ސަބަބުން މަސައްކަތަށް ނިކުތުމަށް އުޒުރުވެރިވާކަމަށް ބުނެ 03 މާރޗް 2012
ދުވަހުގެ ނިޔަލަށް މެޑިކަލް ސެޓްފިކެޓެއް ހުށަހަޅާފައިކަމާއި، އަދި ފަހުންވެސް މަސައްކަތަށް ނުކުތުމަށް
އުޒުރުވެރިވާތީ 04 މާރޗް 2012 އިން ފެށިގެން 08 މާރޗް 2012 ދުވަހުގެ ނިޔަލަށް މެޑިކަލް ސެޓްފިކެޓް
ހުށަހަޅާފައިވާނެކަމާއި، މިސެޓްފިކެޓް ފެކްސް ކޮށްފައިވާނެކަމާއި، އަދި މިފެކްސް 04 މާރޗް 2012 ދުވަހުގެ
13:46 ގައި ރިސޯޓަށް ލިބިފައިވާކަމަށް އެދުވަހު ޑިއުޓީގައި ހުރި އަޙްމަދު ޢަބްދުއްރަޙްމާން ބުނެފައިވާކަމާއި،
އަދި މިފެކްސް ލިބުނުކަން މުޙައްމަދު ޢަބްދުލްޣަނީގެ ސުޕަވައިޒަރަކަށް ހުރި ޙާމިދު މުޙައްމަދު
ގުޅާފައިބުނެފައިވާނެކަމާއި، އަދި ޙާމިދު މުޙައްމަދު ބުނިގޮތަށް އެފެކްސް ހައުސް ކީޕިންގގެ ޕިޖަން ހޯލްއަށް
ލާފައިވާކަމަށް އެދުވަހު ޑިއުޓީގައި ހުރި އަޙްމަދު ޢަބްދުއްރަޙްމާން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި
ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުޞޫލުތައް ކަނޑައަޅައި
އެކުލަވާލެވިފައިވާ ޤާނޫނަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ކަމާއި، އެ ޤާނޫނަށް ބަލާއިރު،
އެޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފަކު، އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުން
މަނާކޮށްފައިވާކަމާއި، މިގޮތުން އެމާއްދާގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ސަބަބުތައް ބަޔާންކޮށްފައި
އޮންނަކަމާއި،އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރެވޭނީ ހަމައެކަނި ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަން އެނގޭކަމާއި،
ވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ
ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު
ހައިކޯއާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2013/HC-A/119
OLOX
ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ ފަރާތުން ތަޠްބީޤްކުރި
ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭނެކަމަށާއި، ވަޒީފާދޭ ފަރާތަށް ހަމަ ފެންނަ ފެނުމެއްގެ މައްޗަށް
އެކަނި މުވައްޒަފަކު ވަޒީފާއިން ވަކިނުކުރެވޭނެކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 24/HC
-
A;2010
ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި، އެޤަޟިއްޔާގައި ކަނޑައަޅާފައިވާ
ގޮތުގެ މަތިން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެމުވައްޒަ
ވަޒީފާއިން ވަކިކުރިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭކަމެއްކަން ކަށަވަރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން
ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް ހުންނަކަމާއި، މިގޮތުން، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ބަލައިގަނެ، އެމުޖްތަމަޢުތަކުގެ ޤާނޫނުތަކުގައި
ހިމަނާފައިވާ އުސޫލުތަކަށް ބަލާއިރު، ޢާންމު އުސޫލެއްގެ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މަޢުޟޫޢީ ޢަދުލުވެރިކަން substantive)
(fairness އާއި އިޖްރާޢީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމަށް ފަހުގައިކަމާއި،
މިއުޞޫލަކީ އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެމް.އޯ.) ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް
ކޮންވެންޝަން 1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ރެކޮމެންޑޭޝަން 1982
(ނަންބަރު 166) ގައިވެސް ކަނޑައެޅި ބަޔާންވެގެންވާ އުޞޫލެއް ކަމާއި،
އަދި މީގެއިތުރުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ޙައްޤުތައް ހިމާޔަތް
ކުރުމަށްޓަކައި ހެދިފައިވާ ވަޒީފާއާބެހޭ ޤާނޫނަށް ބަލާއިރު، އިސްވެދެންނެވުނު އުޞޫލަކީ އެޤާނޫނުގައިވެސް
އެކުލެވިފައިވާ އުޞޫލެއްކަމާއި، އެހެންކަމުން، އެ ޤާނޫނު ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކުވެސް
ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މަޢުޟޫޢީ
ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމު ކުރުމަށް ފަހުގައިކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2{013/HC-A/179
މަޢުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ
އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމަށާއި، އިޖްރާޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާޢާތަކީ ޢަދުލުވެރި އިޖްރާޢާތަކަށް
ވުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC
-
A/2011 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން
xތ ދ ތ 44
އެނގެން އޮންނަކަމެވެ.
(ދ) ހަތަރުވަނަ ކަމަކީ: މިމައްސަލަ އިސޯތިއުނާފުކުރުމަށް މުޙައްމަދު ޢަބްދުލްޣަނީގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލާއިރު، އެމައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމުމުގައި
މުޙައްމަދު ޢަބްދުލްޣަނީއަށް ނަގާދީފައިވާ ބަދަލަކީ ޢަދުލުވެރި ބަދަލެއްނޫންކަމަށް ދެކިގެން ޢަދުލުވެރި ބަދަލު
ހޯދުމަށް އެދި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭކަމާއި، އެކަށީގެންވާ ސަބަބެއްނެތި
ވަޒީފާއިން ވަކިކުރުމުން ޤާނޫނީ ގޮތުން މުވައްޒަފަށް ލިބިދޭ ޙައްޤުތައް ވަޒީފާއާބެހޭ ޤާނޫނުގެ 29
ވަނަމާއްދާގައި ބަޔާންކޮށްފައިވާކަމާއި، އެގޮތުން އެމާއްދާގެ (ހ) ގައިވަނީ މުވައްޒަފަކު ވަޒީފާއިން
ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް ނެތިކަމަށް ޓްރައިބިއުނަލަށް ފެނިއްޖެހިނދެއްގައި، އެއަކުރުގެ 1 އިން
3 އަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ޓްރައިބިއުނަލުން
އަމުރު ނެރެންވާނެކަމަށާއި، އެގޮތުން އެއަކުރުގެ 3 ގައި، ބަޔާންކޮށްފައިވަނީ، އެމާއްދާގެ (ށ) ގައިވާ
ގޮތުގެމަތިން، ބަދަލު ދިނުމަށް އަމުރުކުރުން، މިފަދައިންކަން އެނގޭއިރު، އެމާއްދާގެ (ރ) ގައިވަނީ، "ބަދަލު
ދިނުމުގެ އަމުރެއް ޓްރައިބިއުނަލުން ނެރުމުގައި، ބަދަލުދޭންޖެހޭ މިންވަރު ކަނޑައަޅާނީ އެކަށީގެންވާކަމަށް އަދި
ޢަދުލުވެރިކަމަށް ޓްރައިބިއުނަލަށް ފެންނަ އަދަދަކަށެވެ. އަދި މިފަދައިން އަދަދު ކަނޑައެޅުމުގައި ވަޒީފާއިން
ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޢަމަލުކުރިގޮތުން އެމުވައްޒަފަކަށް ސީދާ ގޮތުން ލިބުނު ގެއްލުމަށާއި،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދިމާވި އެމުވައްޒަފަކު ކުރި ޢަމަލެއްގެ ސަބަބުންކަމަށްވާނަމަ، އެކަމުގައި
އޭނާ ބައިވެރިވާ މިންވަރަށް ރިޢާޔަތްކުރަންވާނެއެވެ." މިފަދައިންކަން އެނގޭއިރު، މިމައްސަލަ ވަޒީފާ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2013/HC-A/119
ޣަނީއަށް ދީ
ޓްރައިބިއުނަލުން ބައްލަވައި، މުޙައްމަދު ޢަބްދުލްޣަނީ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި
ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް އެޓްރައިބިއުނަލުން މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާގުން
ކަނޑައަޅުއްވައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް ބަދަލުގެ ގޮތުގައި 03
(ތިނެއް) މަސްދުވަހުގެ މުސާރައަށްވާ 9945.90ރ (ނުވަހާސް ނުވަސަތޭކަ ސާޅީސް ފަސް ރުފިޔާ
ނުވަދިހަލާރި) އާއި، މުޙައްމަދު ޢަބްދުލް ޣަނީ ވަޒީފާއިން ވަކިކުރި ދުވަހުންފެށިގެން އޭނާ އެހެން ވަޒީފާއެއް
އަދާކުރަން ފެށި ތާރީޚާ ހަމައަށް ހިނގި 01 (އެކެއް) މަހާއި 04 (ހަތަރެއް) ދުވަހުގެ މުއްދަތަށް އޭނާގެ
މުސާރައަށް ބިނާކޮށް 3757.30ރ (ތިންހާސް ހަތްތަސޭކަ ފަންސާސް ހަތް ރުފިޔާ ތިރީސް ލާރި)އާ އެކު
ޖުމްލަ 13703.20ރ (ތޭރަހާސް ހަތްސަތޭކަ ތިން ރުފިޔާ ވިހި ލާރި) 2013 ވަނަ އަހަރުގެ މާރޗް މަހުގެ
06 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި މުޙައްމަދު ޢަބްދުލް
ޚަލާސްކުރުމަށްފަހު އެކަން 03 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
އެންގުމަށް އަމުރުކުރައްވާފައިވާކަމާއި، މުޙައްމަދު ޢަބްދުލްޣަނީ ކަނުހުރާ ރިޒޯޓުގައި އަދާކުރަމުން ދިޔަ ވަޒީފާ
އަނބުރާ ލިބިދިނުމަށް އަމުރުކުރަން ނުފެންނަ ސަބަބުތަކެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި
ބަޔާންކުރައްވާފައިވަނީ، މުޙައްމަދު ޢަބްދުލް ޣަނީ ވަޒީފާއިން ވަކިކުރެވުނު ފަހުން 1 (އެކެއް) އަހަރު ދުވަހުގެ
ދިގު
މުއްދަތެއް ފާއިތުވެފައިވާތީއާއި 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުން ފެށިގެން
އެހެން ވަޒީފާއެއް އަދާކުރަން ފަށާފައިވާކަން މުޙައްމަދު ޢަބްދުލްޣަނީގެ ބަހުން އެނގޭތީ، އޭނާ ކުރިން ހުރި
ވަޒީފާގައި ދެމިހުރުމުގެ ފުރުޞަތު ލިބިދިނުމަކީ އެންމެ އެދެވޭ ގޮތްކަމަށްނުވާތީކަން އެނގޭއިރު، މުޙައްމަދު
ޢަބްދުލްޣަނީ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައި، އެކަމުގެ ބަދަލުގެ ގޮތުގައި
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަމާއްދާގެ (ރ) ގެ ދަށުން މުޙައްމަދު ޢަބްދުލްޣަނީއަށް ބަދަލުގެ ގޮތުގައި
ނަންގަވައިދެއްވާފައިވާ މިންވަރަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކާއި ޚިލާފަށް ނަންގަވައި
ދެއްވާފައިވާ ޢަދުލުވެރި ބަދަލެއްނޫންކަމަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް މުޙައްމަދު ޢަބްދުލްޣަނީގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކިފައިނުވާކަން އެނގެން އޮންނަކަމެވެ. ވީހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2013/HC-A/119
އެހެންކަމުން، އިސްވެ ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2012/VTR/98 ނިންމުމަށް ބަދަލެއްގެންނަން ޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް
ސަބަބެއް
މި
މައްސަލަ އިސްތިއުނާފުކުރުމަށް މުޙައްމަދު ޢަބްދުލްޣަނީގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް
މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެވެސް ފަނޑިޔާރަކަށް
03 ހ ކ ވ
4ތކަމަކަށް
އއވ
ނުފެންނަކަމެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއިއެކު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/98 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން
އިސްތިއުނާފުކުރުމަށް ޅ. ނައިފަރު ބްލޫސީ، މުޙައްމަދު ޢަބްދުލްޣަނީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ
މައްޗަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިނަލުން އެމައްސަލައި ނިންމާފައިވާ ނިންމުން ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާއި ޚިލާފުނޫންކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު
ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/98 މައްސަލައިގައި އެޓްރައިބިއުނަލުން
ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv