ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/118 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/118
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 118/HC
-
A/2010
އިސްތިއުނާފު ކުރިފަރާތް
މިނަން: ޕްރޮސިކުޓަރ ޖެނެރަލްގެ އޮފީސް
* އައިޑީ ކާޑު ނަންބަރ
، ދާއިމީ އެޑްރެސް: ޕްރޮސިކުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިޓަރ ޖެނެރަލްގެ އޮފީސް
O
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޙުސައިން ފަޟީލް
އައިޑީ ކާޑު ނަންބަރ.A104461
ދާއިމީ އެޑްރެސް: ގ.ވޭދު
މިހާރުގެ އެޑްރެސް: މ.ފަރިދުވެލި
k
4
ރަޖިސްޓްރީކުރެވުނު ތާރީޚް: 20 ޖުމާދަލް އޫލާ 1431
ނިމުނު ތާރީޚް: 22 ޛުލްޤައިދާ 1432
20 އޮކްޓޫބަރު 2011
20
2010
* 4
430 334ވ
އ*44ވސް
އިސްތިއުނާފުކުރެވުނުޤަޟިއްޔާނަންބަރ: ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/1166 ޤަޟިއްޔާ
• ޤަޟިއްޔާގެ ބާވަތް:
• ނިންމެތިކޯޓް: ޖިނާއީކޯޓު
ތާރީޚް: 16ނޮވެމްބަރު 2009
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ، ފަނޑިޔާރު ޢަބްދުﷲ ޙަމީދު ، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
މައި
2
و سنووری پور
އްޔާ ނިމުނު ގޮތުގެ ރިޕޯޓް
2010/HC-A/118
-01
4 22
ފާހަގަކުރެވުނު ނުކުތާތައް:
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/1166ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަ ނުޖެހިގެން، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ.
02- އިސްތިއުނާފް މިކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/1166ޤަޟިއްޔާ ގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ގ.ވޭރު
(މ.ފުރިދުވެލި، ޙުސައިން ރަޝީދު (އައި.ޑީ.ކާޑު ނަންބަރު: A104461)ގެ މައްޗަށް ބަނގުރާ ބުއިމުގެ ކުށުގެ
ދަޢުވާ ކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ބައްލަވައި ނިންމަވާފައިވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ކުޅަ އިސްވެ ބަޔާން ކުރެވުނު ދަޢުވާ ޝަރީޢަތުން ބެލިބެލުމުން، 2002 ވަނަ އަހަރުގެ ފަހުކޮޅުގެ
ދުވަހެއްގައި، އިތުރު ބަޔަކާއެކު މި ޙުސައިން ފަޟީލު ދިރިއުޅޭ ރ.ފަހިދުވެލި ގޭގެ ކޮޓަރިތެރޭގައި ތިބެ
ބަނގުރާ ބޮއިފައިވާކަން ޝަރީޢަތަށް ސާބިތުވާވަރުގެ ފުރިހަމަ ހެކި ލިބިފައިނުވާކަމަށް ކަނޑައަޅުއްވައި،
ޙުސައިން ފަޟީލުގެ މައްޗަށް ބަނގުރާ ބުއިމުގެ ކުށް ސާބިތު ނުވާކަމަށް ޙުކުމް ކުރައްވާފައިކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކުން ފާހަގަކުރެވެއެވެ.
ބަޔާންކުރެވުނު ގޮތުގެ މަތީން ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/1166ޤަޟިއްޔާގައި
ޙުކުމް ކުރެއްވުމުން، އެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކުރައްވާފައިވާ
ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހު ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް
ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ދައުލަތުން ދަޢުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ތިން ހެކިން ދީފައިވާ
ހެކިބަހުގައި، ޙުސައިން ފަސީލު ބަނގުރާ ބޮނިކޮށް ދުށްކަމަށް ބުނެފައިވާއިރު، ހެކީންގެ ހެކިބަހަށް ރިޢާޔަތް
ނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: ދައުލަތުން ހުށަހެޅި ތިން ހެކީންގެ ތެރެއިން ދެހެކީންނަކީ، ޙުސައިން
ފުޟީލުގެ މިއަމަލުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާ މީހުން ކަމަށްވާތީ، އެދެހެކީންގެ ހެކިބަހަކީ ފުރިހަމަ
ހެކިބަހެއް ނޫންކަމަށް ނިންމަވާފައި ވީނަމަވެސް، ކޮންމެ ހެއްކަކުވެސް ހެކިބަސް އަދާކޮށްފައިވަނީ، ވަކިކަމެޕްޑްގެ
03- އިސްވެ.
އެކެމްއެކެމެވެ
0%
404
ހައިކޯޓު
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33254029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2010HC-A/118
މައްޗަށް ބިނާކޮށްގެން ކަމަށްވުމާއި، ހެކިދޭމީހާ މީހަކު ކުރި ޢަމަލެއްގައި ބައިވެރިވުމަކީ އެހެކިދޭ މީހާގެ
ހެކިބަސް ނަފީކުރެވޭނެ ކަމަކަށް ނުވާއިރު، އެކަމަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ
ނިންމަވާފައިވުންކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
04- މިމައްސަލައާއި ގުޅިގެން ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/1166ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހު ގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާ، އެނުކުތާތަކާ ގުޅިގެން ދެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް، މައްސަލައާއި ގުޅުންހުރި ލިއުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) އިސްތިއުނާފް މިކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/1166ޤަޟިއްޔާގައި ގ.ވޭރު
(މ.ފަހިދުވެލި) ޙުސައިން ފަސީލު ގެ މައްޗަށް ބަނގުރާ ބުއިމުގެ ކުށުގެ ދަޢުވާ ކުރުމުން އެދަޢުވާއަށް ޖިނާއީ
ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށްފައިވާކަމާއި، އެފަދައިން އިންކާރު ކުރުމުން އެދަޢުވާ ސާބިތު
ކޮށްދިނުމަށް ދަޢުލަތުން ހުށަހެޅި ތިން ހެކީންގެ ތެރެއިން ދެމީހުންނަކީ ޙުސައިން ފަސީލުގެ އެޢަމަލުގައި ޢަމަލީ
ގޮތުން ބައިވެރިވެ، ބަނގުރަލުގެ ރަހަ ލިބިގެންފައިވާ ދެމީހުންކަން އެނގެން އޮންނާތީ، އެމީހުންގެ ބަހުން
މިދަޢުވާ ސާބިތު ނުވާކަމަށް އެޤަޟިއްޔާގައި ޙުކުމް
ދައުލަތުން ކުޅަ އިސްތިއުނާފް
ބިނާކޮށްފައިވަނީވެސް އެނުކުތާގެ މައްޗަށްކަން ފާހަގަކުރެވެއެވެ.
(ނ) ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން ޙުސައިން ފަސީލު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ހާޒިރުކުރުމުން ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/1166ޤަޟިއްޔާގައި ދައުލަތުން އޭނާގެ މައްޗަށް
ކޮށްފައިވާ ބަނގުރާ ބުއިމުގެ ކުށުގެ ދަޢުވާގައި ބުނެފައިވާފަދައިން އޭނާ ބަނގުރާ ބޮއިފައިވާކަމަށް ތަކުރާރުކޮށް
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވެ، އެކުށަށް ވީ އެންމެ އަވަހަކަށް އަދަބު ބޭނުންވާކަމަށް
ބުނެފައިވާކަން ފާހަގަކުރެވެއެވެ. އަދި އެފަދައިން ކުތަށް އިޢުތިރާފު ވުމުގެ ނަތީޖާ އެނގޭކަމަށާއި، އޭނާ މިހާރު
ބޭނުންވަނީ ޝަރީޢަތުގައި އެކުށަށް ކަނޑައެޅިފައިވާ އަދަބު ލިބިގަނެ، ތައުބާވެ ރީތިކޮށް އުޅުމަށްކަމަށާއި،
ކުރެއްވުމުން
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޖު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 29(3325، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2010/HC-A/118
އޭނާއަށް ކުރިން އުޅެވިފައިވާ ގޮތާއިމެދު ހިތާމަކޮށް ދެރަވާކަމަށް ޙުސައިން ފަސީލު ބުނެފައިވާކަން
ފާހަގަކުރެވެއެވެ.
¢ ¢34
(ނ) ޙުސައިން ފަޟީލުގެ ކުށުގެ ރެކޯރޑް ސާފްކުރިއިރު، މީނާގެ މައްޗަށް މީގެ ކުރިން
ތަފާތު ބާވަތްތަކުގެ ކުށްތައް ސާބިތުވެފައިވާކަމާއި، ބަނގުރާ ބުއިމުގެ ކުށްވެސް މީގެ ކުރިން 1 (އެކެއް)
ފަހަރު ސާބިތު ވެފައިވާކަން އެނގެއެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކަށް ރިޢާޔަތްކޮށް ބަލާއިރު،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ގ.ވޭރު (މ.ފަރިދުވެލި) ޙުސައިން ފަޟީލު (އައި.ޑީ.ކާޑު
ނަންބަރު: A104461) ގެ މައްޗަށް ބަނގުރާ ބުއިމުގެ ކުށުގެ ދަޢުވާ ކުރުމުން ބައްލަވާފައިވާ ޖިނާއީ ކޯޓުގެ
ނަންބަރު:2009/JC/1166ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި އޭނާ އެދަޢުވާއަށް އިންކާރު ކޮށްފައިވިޔަސް،
ދައުލަތުގެ ފަރާތުން ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/1166ޤަޟިއްޔާ އިސްތިއުނާފް ކުރުމުން ބެލެވޭ
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި، އެޤަޟިއްޔާގައި ދައުލަތުން ކުޅި ދަޢުވާގައި
ބުނެފައިވާ ފަދައިން 2002 ވަނަ އަހަރުގެ ފަހު ކޮޅުގެ ދުވަހެއްގައި، އިތުރު ބަޔަކާއެކު މީނާ ދިރިއުޅޭ
ހ.ފަރިދުވެލި ގޭގެ ކޮޓަރިއެއްގެ ތެރޭގައި ބަނގުރާ ބޮއިފަވާކަމަށް ތަކުރާރުކޮށް ބުނެ، އެކުށުގެ އަދަބު
ލިބިގަތުމަށް ބޭނުންވާކަމަށްބުނެފައިވާތީ، ޙުސައިން ފަޟީލުގެ އިޢުތިރާފުން އޭނާގެ މައްޗަށް ބަނގުރާ ބުއިމުގެ
ކުށް ސާބިތުވާކަމަށް ކަނޑައަޅައި، މީއީ މީނާގެ މައްޗަށް ބަނގުރާ ބުއިމުގެ ކުށް ސާބިތުވާ ދެވަނަ ފަހަރު
ކަމުގައިވާތީ، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 81 ވަނަ
މާއްދާގެ ދަށުން ޙުސައިން ފަސީލުގެ ގައިގާ 40 (ސާޅީސް) އެތިފަހަރުން ހައްދު ޖެހުމަށާއި، އެމާއްދާގެ 01
ވަނަ ނަންބަރާއި 02 ވަނަ ނަންބަރުގެ ދަށުން ޙުސައިން ފަސީލު 02 (ދެއެއް) އަހަރު ދުވަހުގެ މުއްދަތަށް
ޖަލަށްލުމަށް ޙުކުމްކޮށް، ޖިނާއީ ކޯޓުގެ ނަންބަރު:2009/JC/1166ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް
ބާޠިލްކޮށް، މިޤަޟިއްޔާ ނިންމީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 33254429، ފެކްސް: 3316472
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv