ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/235 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A735
**
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
t 2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 235/HC-A/2014
• އިސްތިއުނާފުކުރި ފަރާތް:
*
* ނަން: އަޙްމަދު ވިސާން
އައިޑީ ކާޑު ނަންބަރު: A312408
ދާއިމީ އެޑްރެސް: އެވަރބުލޫގެ / ލ.މާވަށް
މިހާރުގެ އެޑްރެސް
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އާއިޑީ
ޑުނަން
ދާއިމީ އެޑްރެސް: -
*
• ރަޖިސްޓްރީ ތާރީޚް: 28 ޝައްވާލް 1435
24 އޯގަސްޓް 2014
ތާރީޚް: 27 ޞަފަރު 1438
27 ނޮވެމްބަރ 2016
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cr-C/762
• ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ޑައިމޯފިން ޓްރެފިކްކުރުން
ހުށަހެޅި ތާރީޚް: 23.10.2012
ނިމުނު ތާރީޚް: 16.03.2014
0
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު ޢަބްދު
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
2
2014/HC-A/25
ދަޢުވާގެ ޚުލާޞާގެ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/762 ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ލ. މާވަށް | އެވަރބްލޫގެ، އަޙްމަދު ވިސާންގެ ފަރާތުން
އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި
މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
CCCo
.. F -..
ހގެކެނެވެވެ
ނެވުނު ނުކުތާތައް:
1) އިސްތިއުނާފު ކުރެވޭ
ކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/762 ޤަޟިއްޔާއަކީ،
ލ. މާވަށް | އެވަރބްލޫގެ އަޙްމަދު ވިސާންއާއި، ހދ. ވައިކަރަދޫ | މަލަ، އަޙްމަދު ޝިފާޢުގެ މައްޗަށް
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާކުރެވުނު މައްސަލައެއްކަމާއި،
މި ދަޢުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލާ އަލްއުސްތާޛާ އާމިނަތު ޝަފީނާ ބުނެފައިވަނީ،
އަޙްމަދު ވިސާންއާއި އަޙްމަދު ޝިފާޢު، 28 އޯގަސްޓް 2012 ދުވަހު 17:00 އެހާކަށްހާއިރު، ކްރިމިނަލް ކޯޓުގެ
އަމުރެއްގެ ދަށުން މ. ޏަމްޏަމްގެ ބަލައި ފާސްކުރުމަށް ފުލުހުންގޮސް އެގެއަށް ވަންނަން ބެލިއިރު، އެގޭގެ ބޭރުދޮރު
ތަޅުލާފައި ހުރުމުން ގަދަކަމުން ދޮރުހުޅުވަން އުޅުނު ވަގުތު އެގޭތެރެއިން އަޙްމަދު ޝިފާޢު ދޮރުހުޅު
ހުޅުވުމުން،
ފުލުހުން އެގެއަށް ވަތްވަގުތު އެގޭ ސިޑިމަތީގައި، އަޙްމަދު ވިސާން ކަނާތުން ރަތްކުލައިގެ ބާޒާރު ކޮތަޅަކާއި
އެސޯރޓެޑް ބްރޭންޑްގެ ބިސްކޯދު ފޮއްޓެއް ހިފައިގެން ހުރެފައި، ފުލުހުން އަޙްމަދު ވިސާންގެ ފަހަތުން ދަނިކޮށް،
އަޙްމަދު ވިސާންގެ އަތުން އެގޭގެ ފުރަތަމަ ފަންގިފިލާގެ ދޮރު މައްޗަށް ވައްޓާލި އެސޯރޓެޑް ބިސްކޯދުފޮށީގެ
ތެރެއިން ފެނުނު 06 (ހައެއް) ޖޫސްޕެޓީ ކޮތަޅުގައި 490.3137 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ
ތަޙްލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ
(ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން އަޙްމަދު ވިސާންއާއި އަޙްމަދު ޝިފާޢުގެ މައްޗަށް ޑައިމޯފިން
ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާކުރާކަމަށާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، ލ. މާވަށް | އެވަރބްލޫގެ އަޙްމަދު ވިސާންއާއި،
ހދ. ވައިކަރަދޫ | މަލަ، އަޙްމަދު ޝިފާޢުގެ މައްޗަށް ދައުލަތުން ކުޅަ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ
ޝަރީޢަތުން ބެލިއިރު، 2012 އޯގަސްޓް 28 ވަނަ ދުވަހު 17:00 ހާއިރު، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
3
2014/HC-A/235
2
cec
44
ޏަމްޏަމްގެ ބަލައިފާސްކުރުމަށް ފުލުހުންގޮސް އެގެއަށް ވަންނަން ބެލިއިރު، އެގޭގެ ބޭރުދޮރު ތަޅުލާފައި
ހުރުމުން ގަދަކަމުން ދޮރުހުޅުވަން އުޅުނު ވަގުތު އެގޭތެރެއިން އަޙްމަދު ޝިފާޢު ދޮރުހުޅުވުމުން، ފުލުހުން އެގެއަށް
ވަތްވަގުތު އެގޭ ސިޑިމަތީގައި، އަޙްމަދު ވިސާން ރަތްކުލައިގެ ބާޒާރު ކޮތަޅަކާއި އެސޯޓެޑް ބްރޭންޑްގެ ބިސްކޯދު
ފޮއްޓެއް ހިފައިގެން ހުރެފައި، ފުލުހުން އަޙްމަދު ވިސާންގެ ފަހަތުން ދާންފެށުމުން، އަޙްމަދު ވިސާން އެގޭގެ
ފުރަތަމަ ފަންގިފިލާއަށް އަރާ، އަޙްމަދު ވިސާންގެ އަތުން އެގޭގެ ފުރަތަމަ ފަންގިފިލާގެ ދޮރު މައްޗަށް ވައްޓާލި
އެސޯޓެޑް ބްރޭންޑް
ބިސްކޯދުފޮށީގެ ތެރެއިން ފެނުނު 06 (ހައެއް) ޖޫސްޕެޓީ ކޮތަޅުގައި 490.3137 (ހަތަރު
ސަތޭކަ ނުވަދިހަ ޕޮއިންޓް ތިނެއް އެކެއް ތިނެއް ހަތެއް) ގުރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލު
ރިޕޯޓުން ދައްކާތީއާއި، އަދި މިޙާދިޘާގައި އަޙްމަދު ވިސާން ވައްޓާލި އެސޯޓެޑް ބްރޭންޑްގެ ބިސްކޯދުފޮށިން،
އަޙްމަދު ޝިފާޢުގެ ކަނާތު މެދު އިނގިލީގެ ނިޝާނާއި ކަނާތު ކަށި އިނގިލީގެ ނިޝާން ފެނިފައިވާކަން ފިންގަރ
ޕްރިންޓް ކޮމްޕްރިސަން ރިޕޯޓުން އެނގެން އޮތުމުން، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ
ޤާނޫނު)ގެ 144 ވަނަ މާއްދާއަށް ބެލުމުން މިޙާދިޘާގައި އަޙްމަދު ވިސާން ވައްޓާލި އެސޯޓެޑް ބްރޭންޑްގެ
ބިސްކޯދުފޮށިން ފެނުނު މަސްތުވާތަކެއްޗަކީ އަޙްމަދު ޝިފާޢުގެ އަތުގައިވެސް ހުރި އެއްޗެއްކަން އެނގޭތީއާ، މި
މައްސަލާގައި ޙާދިޘާ ހިނގިތަނަށް ދިޔަ ފުލުހުން ޝަރީޢަތުގައި ދީފައިވާ ހެކިބަހަށާއި، ޝަރީޢަތަށް ހުށަހެޅިފައިވާ
ހަރުދަނާ ޤަރީނާތަކުގެ މައްޗަށް ބިނާކޮށް، އަޙްމަދު ވިސާންއާއި އަޙްމަދު ޝިފާޢުގެ އަތުން 490.3137 (ހަތަރު
ސަތޭކަ ނުވަދިހަ ޕޮއިންޓް ތިނެއް އެކެއް ތިނެއް ހަތެއް) ގުރާމް ޑައިމޯފިން ފެނިފައިވާކަން އެކަށީގެންވާ
ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103
ވަނަ މާއްދާގެ (ހ) ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުން އަޙްމަދު ވިސާންއާއި އަޙްމަދު ޝިފާޢު
ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ މާއްދާގެ (ނ) ގެ ދަށުން ލ.މާވަށް
އެވަރބްލޫގެ އަޙްމަދު ވިސާންއާއި، ހދ.ވައިކަރަދޫ | މަލަ، އަޙްމަދު ޝިފާޢުއާ މި ދެމީހުންކުރެ ކޮންމެ މީހަކު
އުމުރަށް ޖަލަށްލުމާއެކު -/100,000 (އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ޙުކުމްކޮށް، މި ޖޫރިމަނާ ފައިސާ
މިއަދު (16 މާރޗް 2014) އިން ފެށިގެން 21 (އެކެއް) މަސްދުވަހުގެ ތެރޭގައި މި ކޯޓަށް (ކްރިމިނަލް ކޯޓަށް)
ދައްކާ ޚަލާސްކުރުމަށް އަޙްމަދު ވިސާންއާއި އަޙްމަދު ޝިފާޢުއަށް އަންގާ
މައްސަލަ
ނިންމަވާފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ޙުކުމްކޮށް..."
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
25 (ބާވެހެ)
4
2014/HC-A/235
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/762 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ލ.މާވަށް | އެވަރބްލޫގެ އަޙްމަދު ވިސާންގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފުކުރަމުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
އެ
cu o
• ފުރަތަމަ ނުކުތާއަކީ، ކުށުގެ ތުހުމަތުގައި މީހުން ހިފާހައްޔަރުކުރުމަށް ޤާނޫނުގައި
ކަނޑައަޅާފައިވާ ހަމަތަކާއި އިޖުރާޢަތާއި ޚިލާފަށް އަޙްމަދު ވިސާން ހައްޔަރުކޮށްފައިވަނިކޮށް އެކަމަށް ރިޢާޔަތް
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
99 ހ48
ން ކުއވާ
ދެވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ
އްދާއާއި ޚިލާފަށް ހެކި ހޯދާފައިވަނިކޮށް
އެކަމަށް ރިޢާޔަތް ނުކުރައްވާ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ތިންވަނަ ނުކުތާއަކީ، ވިއްޗާބެހޭ ޤާނޫނުގައި މަސްތުވާތަކެތި ޓްރެފިކްކުރިކަމަށް
ބަލަން އޮންނަ ހަމަތަކާއި މިންގަނޑުން ކުށް ސާބިތުކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ހަތަރުވަނަ ނުކުތާއަކީ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދައުލަތުން ހެކި
ދެއްކިފައިނުވުން އަދި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް މައުޖޫދުވެ ފެންނަން ހުއްޓާ އެކަންކަމަށް ރިޢާޔަތް
ނުކުރައްވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/762 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، 28 އޯގަސްޓް 2012 ދުވަހު 12:00 އެހާކަށްހާއިރު، ކްރިމިނަލް ކޯޓުގެ
އަމުރެއްގެ ދަށުން ލ. ޏަމްޏަމްގެ ބަލައި ފާސްކުރުމަށް ފުލުހުންގޮސް އެގެއަށް ވަންނަން ބެލިއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
5
2014/HC-A/235
ބޭރުދޮރު ތަޅުލާފައި ހުރުމުން ގަދަކަމުން ދޮރުހުޅުވަން އުޅުނު ވަގުތު އެގޭތެރެއިން ހދ. ވައިކަރަދޫ މަލަ އަޙްމަދު
ޝިފާޢު ދޮރުހުޅުވުމުން، ފުލުހުން އެގެއަށް ވަތްވަގުތު އެގޭ ސިޑިމަތީގައި، އަޙްމަދު ވިސާން ކަނާތުން ރަތްކުލައިގެ
ބާޒާރު ކޮތަޅަކާއި އެސޯރޓެޑް ބްރޭންޑްގެ ބިސްކޯދު ފޮއްޓެއް ހިފައިގެން ހުރެފައި، ފުލުހުން އަޙްމަދު ވިސާންގެ
ފަހަތުން ދަނިކޮށް، އަޙްމަދު ވިސާންގެ އަތުން އެގޭގެ ފުރަތަމަ ފަންގިފިލާގެ ދޮރު މައްޗަށް ވައްޓާލި އެސޯރޓެޑް
ބިސްކޯދުފޮށީގެ ތެރެއިން ފެނުނު 06 (ހައެއް) ޖޫސްޕެޓީ ކޮތަޅުގައި 490.3137 ގްރާމް ޑައިމޯފިން ހުރިކަމަށް
އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103
ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން އަޙްމަދު ވިސާންއާއި އަޙްމަދު ޝިފާޢުގެ މައްޗަށް
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކުރުމުން، މައްސަލާގައި ޙާދިޘާ ހިނގިތަނަށް ދިޔަ
ފުލުހުން ޝަރީޢަތުގައި ދީފައިވާ ހެކިބަހަށާއި، ޝަރީޢަތަށް ހުށަހެޅިފައިވާ ހަރުދަނާ ޤަރީނާތަކުގެ މައްޗަށް
ބިނާކޮށް، އަޙްމަދު ވިސާންއާއި އަޙްމަދު ޝިފާޢުގެ އަތުން 490.3137 (ހަތަރު ސަތޭކަ ނުވަދިހަ ޕޮއިންޓް
ތިނެއް އެކެއް ތިނެއް ހަތެއް) ގުރާމް ޑައިމޯފިން ފެނިފައިވާކަން އެކަށީގެންވާ ޝައްކެއްނެތި ޝަރީޢަތަށް
ސާބިތުވާތީ، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުން އަޙްމަދު ވިސާންއާއި އަޙްމަދު ޝިފާޢު ކުށްވެރިވެއްޖެކަމަށް
ކަނޑައަޅައި ޙުކުމްކޮށްފައިވާކަން އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/762
ޤަޟިއްޔާއަށް ބެލުމުން އެނގޭކަމާއި، މިހާރު އިސްތިއުނާފު ކުރެވޭ ޤަޟިއްޔާއަކީ އަޙްމަދު ވިސާންގެ ފަރާތުން
އިސްވެބުނެވުނު ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއްކަމެވެ.
(ށ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103
ވަނަ މާއްދާގެ (ހ) ގައި ޑައިމޯފިން ޓްރެފިކް ކުރުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި އެ މާއްދާގެ (ނ)
ގައި އެކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއި އެކު -/100,000ރ. (އެއްލައްކަ) ރުފިޔާއިން ފެށިގެން
-/
10,000,000ރ. (ދިހަމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުންކަމަށް ބަޔާންކޮށްފައި
އއޗ
4ހނނކމއ
ޤާނޫނު ނަންބަރު 17/2011 (މަސްބު
ސްތުވާތަކެއްޗާބެހޭ
ޤާނޫނު) ގެ
17 ވަނަ މާއްދާގައި
ޓްރެފިކްކުރުމަކީ ކޮބައިކަން ބަޔާންކޮށްފައިވާކަމާއި، އެގޮތުން، ޓްރެފިކް ކުރުމަކީ ޕެޑްލަރަކަށް ނުވާމީހަކު،
އެޤާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ފުރިހަމަވާ ގޮތަށް މަސްތުވާތަކެތިން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ވެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2014/HC-A/235
42 ވ44 2
2
4 އދވ
މުޢާމަލާތުކުރުމަށް، ނުވަތަ ޕެޑްލަރަކަށްހުރެ، އެޤާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން
ދެކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތްކުރުންކަމަށް ބަޔާންކޮށްފައިވާކަމާއި،
އިސްވެބުނެވުނު ޤާނޫނުގެ 142 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި،"މި ޤާނޫނުގައި އެހެން
ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މަސްތުވާތަކެތިން މުޢާމަލާތްކުރާ މީހަކު، އަންނަނިވި ކަންކަމުގެ ތެރެއިން
ކަމެއް ކޮށްފިކަމަށް ސާބިތުކުރެވޭނަމަ، އޭނާއަކީ މަސްތުވާތަކެތި ޓްރެފިކްކުރި މީހެއްކަމަށް ބެލެވޭނެއެވެ"،
މިފަދައިން ބަޔާންކޮށް ޖުމްލަ 11 (އެގާރަ) ކަމެއް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ޅ) ގައި މަސްތުވާތަކެތި
ވިއްކުމަށްޓަކައި އެކި ފެންވަރުގައި، އެކި މިންވަރަށް، އެކި ގޮތަށް މަސްތުވާތަކެތި ބަންދުކޮށް ބާޒާރަށް ނެރުމުގެ
ވަޞީލަތްތައް، އޭނާގެ ކޮންޓްރޯލްގެ ދަށުގައި ހުރުންގެ މި ފަދައިން ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ހ) ގައި
"ޓްރެފިކްކުރާ މީހެއްކަމަށް ބެލެވޭ މިންވަރުކަމަށް މިޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް މަސްތުވާތަކެތި
އަތުގައި ހުރުން" މިފަދައިން ބަޔާންކޮށްފައިވާއިރު، ބުނެވުނު ޤާނޫނުގެ 141 ވަނަ މާއްދާގައި، އެ ޤާނޫނުގެ
ބޭނުމަށްޓަކައި މަސްތުވާތަކެތި އަތުގައި ހުރީކަމަށް ބެލެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާކަން
ފާހަގަކުރެވެންއޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، އަޙްމަދު ވިސާންގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރަމުން، ކުށުގެ
ތުހުމަތުގައި މީހުން ހިފާހައްޔަރުކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާއި އިޖުރާއްތާއި ޚިލާފަށް އަޙްމަދު
ވިސާން ހައްޔަރުކޮށްފައިވާކަމަށާއި، އަދި ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޚިލާފަށް ހެކި ހޯދާފައިވަނިކޮށް
އެކަމަށް ރިޢާޔަތް ނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު،
ހުށަހެޅިފައިމިވާ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އެ ކޯޓުގެ ނަންބަރު
2012
/
451/(J
(
BF-145 ކޯޓު އަމުރު (ތަންތަނާއި ތަކެތި ބަލާ ފާސްކުރުމުގެ އަމުރު) އަށް ބަލާއިރު، ބުނެވުނު
އަމުރު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދިފައިވަނީ މ. ޏަމްޏަމް ގޭގައި މަސްތުވާތަކެތި ގެންގުޅެ އެ
ތަކެތި ވިޔަފާރިކުރާކަމަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން އެ ފަދަ އެއްޗެއް ހުރިތޯ ބެލުމަށް ކަމާއި، ބުނެވުނު
އަމުރުގައި ލިބިފައިވާ ހެކި ޤަރީނާގެ ގޮތުގައި މަސްތުވާތަކެތި ބޭނުންކޮށް ހަދާކަމަށް ތުޙުމަތުކުރެވޭ ގިނަ
އަދަދެއްގެ ބަޔަކު އެ ގެއަށް ވަދެ ނުކުމެހަދާކަމަށް ފާހަގަކުރެވޭކަމަށް ބަޔާންކޮ
އިންކޮށްފައިވާކަމާއި،
ބުނެވުނު ކޯޓު އަމުރުގެ ދަށުން ލ. ޏަމްޏަމް ގެ ބަލާ ފާސްކުރަން ފުލުހުން ދިޔައިރު، އަޙްމަދު
ވިސާން އެ ސިޑިމަތިން ރަތްކުލައިގެ ބާޒާރު ކޮތަޅަކާއި އެސޯޓެޑް ބްރޭންޑްގެ ބިސްކޯދު ފޮއްޓެއް ހިފައިގެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
2014/HC-A/235
ތެރޭންޑް
ހުއްޓާ ފެނިފައިވުމާއި، ފުލުހުން ފެނުމުން އަޙްމަދު ވިސާން އެ ގޭގެ ފުރަތަމަ ފަންގިފިލާއަށް އަރާ އެސޯޓެޑް
ކޯދު ފޮށި ފުރަތަމަ ފަންގިފިލާގެ ދޮރުމައްޗަށް ވައްޓާލުމުން، އަޙްމަދު ވިސާންގެ މި ޢަމަލުތަކުން
އޭނާ ކުށެއްކުރަންއުޅޭކަމުގެ އެކަށީގެންވާ ސަބަބުތަކެއް ފެންނަން އެބަހުރިކަމާއި، އަޙްމަދު ވިސާންގެ ފަރާތުން
ހައްޔަރުކޮށްފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ފާހަގަކޮށްފައިވާއިރު، އެ ފަދައިން
ޚިލާފްވެފައިވަނީ ކިހިނަކުންކަން އަޙްމަދު ވިސާންއަށް ބުނެދެވިފައިނުވާކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ދައުލަތުން ހެކި ދެއްކިފައިނުވާއިރު،
އަދި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް މައުޖޫދުވެ ފެންނަން ހުއްޓާ އެކަންކަމަށް ރިޢާޔަތް ނުކުރައްވާ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ އަޙްމަދު ވިސާންގެ
ފަރާތުން ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު،
މި މައްސަލާގައި ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ޕޮލިސް ލާންސްކޯޕްރަލް މުޙައްމަދު އަޝްފާޤުއާއި، ޕޮލިސް ލާންސްކޯޕްރަލް ޙަސަން ސިރާޖުއާއި ޕޮލިސް
ލާންސްކޯޕްރަލް އާދަމް އަޙްމަދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ހެކިބަހަށް ބަލާއިރު، 28
އޯގަސްޓް 2012 ދުވަހު، މ. ޏަމްޏަމްގެ ބަލާ ފާސްކުރުމަށް ފުލުހުން ގޮސް، ފުރަތަމަ އެގޭގެ ބޭރު ދޮރު
ގަދަކަމުން ހުޅުވަންވެގެން އުޅުމުގެ ތެރޭގައި އަޙްމަދު ޝިފާޢު ދޮރުހުޅުވާލިކަމަށާއި، ހުޅުވާލި ގަޑީގައި އަޙްމަދު
ވިސާން ހުރީ ސިޑިމަތީގައިކަމަށާއި، ފުލުހުން ފެނުމުން އަޙްމަދު ވިސާން ދުވެފައި މައްޗަށް އެރިކަމަށާއި،
އެވަގުތު، އޭނާގެ އަތުގައި ރަތް ކުލައިގެ ކޮތަޅަކާއި އެސޯޓެޑް ބްރޭންޑްގެ ބިސްކޯދު ފޮއްޓެއް އޮތްކަމަށާއި، ދަމުން
އޭތި ފަސްޓް ފްލޯރއަށް ވައްޓާލާފައި އެއަށްވުރެ މައްޗަށް އެރިކަމަށާއި، ފުލުހުން އަޙްމަދު ވިސާން ހިފަހައްޓައި،
ވައްޓާލި އެތި ނަގައި ބަލާފާސްކުރިއިރު، އޭގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6
ޖޫސްޕެޓީ ކޮތަޅު ފެނިފައިވާކަމަށާއި، އަދި ރަތްކުލައިގެ ކޮތަޅެއްގެ ތެރެއިން ކައްޓާއެއް ފެނިފައިވާކަމަށް މި
މައްސަލައާ ގުޅިގެން އެ ފަރާތްތަކުން ދީފައިވާ ބަޔާންތަކުން އެނގެންއޮންނައިރު، މައްސަލާގެ ތަޙްޤީޤުގައިވެސް އެ
ފަރާތްތަކުން މި ފަދައިން ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އަޙްމަދު ވިސާންގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރަމުން ޙަސަން ސިރާޖާގެ ހެކިބަހުގައި
ސިޑިން އަރަމުން ފުލުހުން ދިޔައީ އެއްފަހަރާ ދުވެފައިކަމަށާއި، އެއީ ފުދޭވަރަކަށް
ފދ އވ ޑ
: سعر سعر تک
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
2014/HC-A/235
26
ސިޑިއެއްކަމަށް ބުނެފައިވާއިރު، މުޙައްމަދު އަޝްފާޤުގެ ހެކިބަހުގައި އެ ސިޑިން އެއްފަހަރާ ދެމީހަކަށް އަރައިގެން
ދެވޭނެކަމަށް ބުނެފައިވީނަމަވެސް، އެ ސިޑިއަކީ އެއްފަހަރާ ދެމީހުންނަށް އެއް ހަރުފަތަށް އަރައިގެން ދެވޭވަރަށްވުރެ
ހަނި ސިޑިއެއްކަމަށް ބުނެފައިވާކަމާއި، އަދި މިއީ މި މައްސަލާގައި ޝައްކުއުފެދޭކަމެއްކަމަށް ބުނެ އަޙްމަދު
ވިސާންގެ ފަރާތުން ފާހަގަކޮށްފައިވީނަމަވެސް، ބުނެވުނު އެއްވެސް ހެއްކެއްގެ ހެކިބަހުން ފުލުހުން ދުވެފައިދިޔައީ
އެއްފަހަރާ އެއް ހަރުފަތަށް އަރައިގެންކަމަށް ބުނެފައިނުވާކަމާއި، އަދި ފުލުހުން ދުވެފައިދިޔައީ އެފަދައިންތޯ
އަޙްމަދު ވިސާންގެ ފަރާތުން ދަށުކޯޓުގައި ސުވާލު އުފައްދާފައިނުވާއިރު، ފުލުހުން އެ ސިޑިއަށް އަރައިގެން ދިޔަ
ގޮތެއް އެނގުމަކުން އެ ޙާދިޞާ ނަފީވާނެ އެއްވެސް ސަބަބެއް އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައިނުވާކަމާއި،
މ.ޏަމްޏަމްގެއިން ފެނުނުކަމަށް ބުނާ މަސްތުވާތަކެތި، އެކަމަށް ފުލުހުން ކަނޑައަޅާފައި އޮންނަ
އިޖުރާޢޫތުގެ ތެރެއިން ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކޮށްގެން، އެ ތަކެތި ތަޙްލީލުކުރި މީހާއާ ހަމައަށް
ވާޞިލުވިކަން ފެނެތްކަމަށާއި، މި މައްސަލާގައި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ބުނެ
އަޙްމަދު ވިސާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި އިތުރަށް ފާހަގަކޮށްފައިވާކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު S1208290009 "ކުށުގެ ވެށިން ގެނެވޭ
މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމް" އަށް ބަލާއިރު، މި މައްސަލައާ ގުޅިގެން ނެގުނު ތަކެތީގެ ތަފްޞީލްގައި
އަޙްމަދު ވިސާންގެ ކަނާތުން މ.ޏަމްޏަމްގޭގެ ފުރަތަމަ ފަންގިފިލާގެ ދޮރު ކުރިމައްޗަށް ވައްޓާލި އެސޯޓެޑް ބްރޭންޑް
ބިސްކޯދު ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 06 ޖޫސްޕެޓީ ކޮތަޅު
ފެނިފައިވާކަން އެނގޭކަމާއި، ބުނެވުނު ތަކެތި ނެގީ ޕޮލިސް ލާންސްކޯޕްރަލް އާދަމް އަޙްމަދުކަމަށް އެ ފޯމުގައި
ބަޔާންކޮށްފައިވާއިރު، ޔުނިޓް | ސްޓޭޝަން ނަންބަރު S1208290009 ޗެއިން އޮފް ކަސްޓަޑީ ފޯމްގެ
ކޮންޓިނިއުޓީގައި ޕޮލިސް ލާންސްކޯޕްރަލް އާދަމް މުޙައްމަދު، އެ ތަކެތި ޕޮލިސް ލާންސްކޯޕްރަލް ޙުސައިން
ފައިސަލްއާ ޙަވާލުކޮށްފައިވާކަމާއި، އަދި ޕޮލިސް ލާންސްކޯޕްރަލް ޙުސައިން ފައިސަލް އެ ތަކެތި ޕޮލިސް
ލާންސްކޯޕްރަލް އަޙްމަދު މުނީޒްއާ ޙަވާލުކުރުމުން، އަޙްމަދު މުނީޒްގެ ފަރާތުން އެ ތަކެތި ޕޮލިސް ކޯޕްރަލް ޙަސަން
ސުޖާޢުއާ ޙަވާލުކޮށްފައިވާކަން އެނގޭކަމާއި،
މި މައްސަލައާ ގުޅިގެން "ތަޙްލީލަށް ހުށަހަޅާ ތަކެތީގެ ތަފްޞީލް” ގައި ސަބްމިޝަން ނަންބަރު
S1208290009 ބަޔާންކުރުމަށްފަހު، އަޙްމަދު ވިސާންގެ ކަނާތުން މ.ޏަމްޏަމްގޭގެ ފުރަތަމަ ފަންގިފިލާގެ ދޮރު
ކުރިމައްޗަށް ވައްޓާލި އެސޯޓެޑް ބްރޭންޑް ބިސްކޯދު ފޮއްޓެއްގެ ތެރެއިން ނެގި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ
އެއްޗެއް ހުރި 06 ޖޫސްޕެޓީ ކޮތަޅަށް އެގްޒިބިޓް ނަންބަރު QE1210553 ދެވިފައިވާކަން އެނގޭކަމާއި، އަދި
އްޖޭ$
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/235
އ4
eކ
ތަކެތި ތަޙްލީލްކުރުމަށް ޕޮލިސް ކޯޕްރަލް ޙަސަން ޝުޖާޢު އެތަކެތި ގެންގޮސް ޕޮލިސް ކޯޕްރަލް ސުޒާނާ ޢަބްދު
އާ ޙަވާލުކޮށްފައިވާކަން ތަޙްލީލަށް ހުށަހަޅާ ތަކެތީގެ ތަފްޞީލް" އަށް ބެލުމުން އެނގޭކަމާއި،
ބުނެވުނު ތަކެތި ތަޙްލީލުކުރުމުން އެ ތަކެތީގައި 454.4080 ގްރާމް ޑައިއެސިޓައިލްމޯފިންއާއި
20.5147 ގްރާމް 96- އެސިޓައިލްމޯފިންއާއި 15.3959 ގްރާމް އެސިޓައިލްކޯޑެއިން ހުރިކަން މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރު 2012
/
1054/Ke
)
/
DR މަސްތުވާތަކެތީގެ ތަޙްލީލް ރިޕޯޓަށް ބެލުމުން
އެނގެންއޮންނަކަމާއި،
އަޙްމަދު ވިސާންގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރަމުން ޕޮލިސް ކޯޕްރަލް ސުޒާނާ
އަބްދުﷲ އެ ތަކެތި ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓްއާ ޙަވާލުކުރުމުން ދެން އެތަކެތި ގެންގުޅުނު މީހެއް
އަދި ޙަވާލުވި މީހެއް އެނގެންނެތްކަމަށްބުނެ ފާހަގަކޮށްފައިވާއިރު، ޗެއިން އޮފް ކަސްޓަޑީ | ކޮންޓިނިއުޓީ
ޗްކުރެވިފައިވާނީ ސީދާ އެވިޑެންސްއާ އެކުގައިކަމަށާއި، އަދި އެވިޑެންސް އަތުން އަތަށް ބަދަލުކުރާއިރު އެ
އެވިޑެންސްގައި އެޓޭޗްކުރެވިފައިވާ ކާޑުގައި އެއާ ޙަވާލުވާ ކޮންމެ މީހަކުލިޔާނެކަމަށާއި، އެކާޑަކީ ފިޒިކަލީ
އެވިޑެންސެއް އެޓޭޗްކުރެވިފައިވާ އެއްޗެއްކަމަށްވާތީ، ޗެއިންގެ ކޮންޓިނިއުޓި މައްސަލައާއެކު ހުށަނޭޅެނީކަމަށް
ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
2012
/
1054/K
(
e
)
/
DR މަސްތުވާތަކެތީގެ ތަޙްލީލް ރިޕޯޓަށް ބެލުމުން މި މައްސަލާގައި ތަޙްލީލުކުރެވިފައިވަނީ
މ.ޏަމްޏަމްގެއިން ފެނުނު ތަކެތިކަން އެ ތަކެތީގެ އެގްޒިބިޓް ނަންބަރުތަކަށާއި ޗެއިން އޮފް ކަސްޓަޑީ އަދި
ކޮންޓިނިއުޓީ ފޯމަށް ބެލުމުން އެނގޭކަމާއި،
ބުނެވުނު ތަޙްލީލު ރިޕޯޓުގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތީގެ ޖުމްލަ އަދަދާއި ޙުކުމުގައި
ފާހަގަކޮށްފައިވާ ޖުމްލަ ޢަދަދު ތަފާތުކަމަށާއި އަދި އެކުލެވިގެންވާ އިންސައްތައިގެ ޢަދަދުތައް އެއްކުރުމުން
ސަތޭކައަށްވުރެ ގިނަވާކަމަށް
ނަވާކަމަށްބުނެ އަޙްމަދު ވިސާންގެ ފަރާތުން އިތުރަށް ފާހަގަކޮށްފައިވާކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2012
/
1054/K
(
e
)
/
DR މަސްތުވާތަކެތީގެ ތަޙްލީލް
ރިޕޯޓަށް ބަލާއިރު، އެ ރިޕޯޓުގައި މަސްތުވާތަކެތީ ޖުމްލަ ބަރުދަނެއްކަމުގައި ބަޔާންކޮށްފައިވަނީ 490.3137
ގްރާމް ކަމާއި، ދައުލަތުގެ ދައުވާގައިވެސް ބަޔާންކޮށްފައިވަނީ ހަމަ އަދަދުކަން އެނގޭކަމާއި، އެހެންނަމަވެސް،
މަސްތުވާތަކެތީގައި އެކުލެވިގެންވާ ޖުމްލަ ބަރުދަން އެއްކުރުމުން އަންނަނީ 490.3186 ގްރާމްކަން
ރެވެންއޮތުމުން، ޖުމްލަ ބަރުދަނެއްގެ ގޮތުގައި 490.3137 ގްރާމް ބަޔާންކުރެވިފައިވަނީ ލިޔުމުގެ
ބެލެވޭކަމާއި، އަދި އެކުލެވިގެންވާ އިންސައްތައިގެ އަދަދުތައް އެއްކުރުމުން
ކުރުމުން އަންނަނީ %100.001
ސ ޑ ޓ 0
39
3
ފާހަގަކުރެވެ
4 އއޗ
އްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ވެޖ
10
2014/HC-A/235
ކަން އެނގޭކަމާއި، އިންސައްތައިން އަދަދުކުރެވިފައިވަނީ 3 ޑެސިމަލް ޕްލޭސްއިން ކަމުގައިވާއިރު، މި ފަދަ
ތަފާތެއް އައުމަކީ އެކަށީގެންވާކަމެއްކަމާއި، އަދި އަޙްމަދު ވިސާންގެ ފަރާތުން މިއީ ރިޕޯޓުގެ ޞައްޙަކަމާމެދު
ސުވާލު އުފެދޭކަމެއްކަމަށް ބުނެ ފާހަގަކޮށްފައިވާއިރު، މަސްތުވާތަކެތި ތަޙްލީލުކުރި ފަރާތް ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުކުރެވި، ރިޕޯޓާ ގުޅިގެން ސުވާލު ކުރުމުގެ ފުރުޞަތު އަޙްމަދު ވިސާންއަށް ލިބިމެ،
އެ ރިޕޯޓާމެދު އަޙްމަދު ވިސާންގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެއްވެސް ސުވާލެއް އުފައްދާފައިނުވާކަމާއި،
އިސްވެ ބުނެވުނު ރިޕޯޓުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ސަރޖަންޓް މުޙައްމަދު
ޢިނާސް ޢަބްދުއްލަޠީފް އެ ތަކެތި ތަޙްލީލުކުރިކަމަށް އޮތްނަމަވެސް، އެ ތަކެތި އޭނާ އަތަށް އެރިކަމެއް ނުވަތަ
އިތުރު ބައެއްގެ އަތަށް ނާރާކަމެއް ނުވަތަ އެ ތަކެއްޗަށް ބަދަލު ގެނެސް އެއާ ކުޅެ ހެދުމުގެ ފުރުޞަތު އެހެން
ބަޔަކަށް އޮތްކަން އެނގެންނެތްކަމަށް އަޙްމަދު ވިސާންގެ ފަރާތުން ފާހަގަކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން
މަސްތުވާތަކެތި ތަޙްލީލުކުރި ފަރާތްކަމުގައިވާ މުޙައްމަދު ޖިންސް ޢަބްދުއްލަޠީފް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލިހަށް ހާޟިރުކުރެވިފައިވާއިރު، ބުނެވުނު ކަންކަން ފާހަގަކޮށް އަޙްމަދު ވިސާންގެ ފަރާތުން މުޙައްމަދު ޢިނާސް
ޢަބްދުއްލަޠީފްއާ އެއްވެސް ސުވާލެއްކޮށްފައިވާކަން އެނގެންނެތްއިރު، ޏަމްޏަމްގެއިން ފެނިފައިވާ ތަކެތި
ގެންގުޅުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޚިލާފްވެފައިވަނީ ކޮން އުޞޫލަކާ ނުވަތަ އިޖުރާއާތަކާކަން
އަޙްމަދު ވިސާންއަށް ބުނެދެވިފައިނުވާކަމާއި،
އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/762 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގެ 12 ވަނަ ނުކުތާގައި، އެ މައްސަލާގައި ޙުކުމްކުރުމުގެ ކުރިން އަޙްމަދު ވިސާންގެ މައްޗަށް
މަސްތުވާތަކެތި (ކެނެބިސް) ބޭނުންކުރުމުގެ ކުށް ސާބިތުވެފައިވާކަން އޭނާގެ ކުށުގެ ރެކޯޑް ސާފުކުރުމުން
އެނގެންއޮންނަކަމަށް ބަޔާންކޮށްފައިވާކަމާއި،
މައްސަލާގެ ހާދިސާ ހިނގާފައިވާގޮތަށް ބަލާއިރު، ޏަމްޏަމްގެ ބަލާފާސްކުރަން
ފުލުހުންގޮސް އެގޭ ދޮރުހުޅުވަން އުޅުނު ވަގުތު އަޙްމަދު ޝިފާޢު އެގޭތެރެއިން ދޮރު ހުޅުވިކަމާއި، އެ ވަގުތު
އަޙްމަދު ވިސާން ސިޑިމަތީގައި ހުރިކަމާއި، އަޙްމަދު ވިސާންގެ އަތުގައި ރަތް ކުލައިގެ ބާޒާރު ކޮތަޅަކާއި އެސޯޓެޑް
ބްރޭންޑްގެ ބިސްކޯދު ފޮއްޓެއްއޮތްކަމާއި، ފުލުހުން ފެނުމުން އަޙްމަދު ވިސާން ދުވެފައި ސިޑިން މައްޗަށް އަރަމުން
ފުރަތަމަ ފަންގިފިލާގެ ދޮރުމައްޗަށް އޭނާގެ އަތުގައި ހުރި އެއްޗިހި ވައްޓާލިކަމާއި، އަޙްމަދު ވިސާން ވައްޓާލި
އެސޯޓެޑް ބްރޭންޑްގެ ބިސްކޯދު ފޮށި ނަގާ ބެލިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 06
ދިހައެއް) ޖޫސްޕެޓީ ކޮތަޅު ފެނިފައިވާއިރު، އެ ކޮތަޅުގެ ތެރެއިން ޑިޖިޓަލް ކައްޓާއެއް ފުނުނުކަން މައްސަލައާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
11
2014/HC-A/235
ގުޅިގެން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ހެކިބަސް ދީފައިވާ ހެކިންގެ ހެކިބަހުން އެއްވެސް
ފުށުއެރުމެއްނެތި އެނގެންއޮންނަކަމާއި، އަޙްމަދު ވިސާން ވައްޓާލި އެސޯޓެޑް ބްރޭންޑް
ންޑްގެ ބިސްކޯދު ފޮށީގެ ތެރެއިން
ފެނުނު 06 (ހައެއް) ޖޫސްޕެޓީ ކޮތަޅުގައި 454.4080 ގްރާމް ޑައިއެސިޓައިލްމޯފިންއާއި 20.5147 ގްރާމް
06- އެސިޓައިލްމޯފިންއާއި 15.3959 ގްރާމް އެސިޓައިލްކޯޑެއިންއާ އެކު ޖުމްލަ 490.3186 ގްރާމް ހުރިކަން
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2012
/
1054/Ke
)
/
DR މަސްތުވާތަކެތީގެ ތަޙްލީލް ރިޕޯޓަށް
ބެލުމުން އެނގޭކަމާއި، އަޙްމަދު ވިސާންގެ ފަރާތުން މައްސަލާގައި ޝައްކުއުފެދޭ ގިނަ ކަންތައްތަކެއް
ހުރިކަމަށް ބުނެ ކަންތައް
ތައްތަކެއް ފާހަގަކޮށްފައިވާއިރު، ޝައްކުއުފެދޭ ކަންކަންކަމަށް ބުނެ އަޙްމަދު ވިސާންގެ
ފަރާތުން ފާހަގަކޮށްފައިވާ އިސްވެ ފާހަގަކުރެވުނު ކަންކަމަކީ، ޖުމްލަކޮށް އެ ހާދިސާ ނަފީ ކުރެވޭވަރުގެ، ނުވަތަ
އެކަށީގެންވާ މިންވަރެއްގެ ޝައްކު އުފެދޭވަރުގެ ކަންކަންކަމަށް މި މައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް
އެހެންކަމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/762 ޤަޟިއްޔާގައި އަޙްމަދު
ވިސާންގެ މައްޗަށް ކޮށްފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ނެތްމިންވަރަށް ސާބިތުވާކަމަށް އެ
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް އަޙްމަދު ވިސާންއަށް
ދެއްކިފައިނުވާކަމެވެ.
ޝައްކެއް
s
ވީމާ، އިސްވެބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، އަޙްމަދު ވިސާންގެ ފަރާތުން ކްރިމިނަލް
ކޯޓުގެ ނަންބަރު 2012/Cr-C/762 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައަޅާނެ އެއްވެސް ޝަރުޢީ އަދި
ބަބެއް އަޙްމަދު ވިސާންއަށް ދެއްކިފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި އެއްވެސް
ފަނޑިޔާރަކަށް ނުފެނުނެވެ.
ކނ،
ޤާނޫނީ ސަބަބެއް އަޙްމަދު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
12
2014/HC-A/25
• ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނުކަންކަން އެގޮތަށް ހުރުމުން، ލ.މާވަށް | އެވަރބްލޫގެ، އަޙްމަދު
ވިސާން (އައިޑީ ކާޑު ނަންބަރު A312408) ގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/762
ޤަޟިއްޔާ އިސްތިއުނާފުކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ޑައިމޯފިން
ޓްރެފިކްކުރުމުގެ ކުށުން އަޙްމަދު ވިސާން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ކޮށްފައިވާ ޙުކުމުގެ އެބަޔަށް ބަދަލު
ގެންނާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv