ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/565 ޤަޟިއްޔާގެ ޙުކުމް
1
2016/HC-A/565
2+
0
"ހައިކޯ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
بمانند آرمراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 565/HC
-
A/2016
އިސްތިއުނާފުކުރި ފަރާތް:
* ނަން. ޖޯން ޗާރލްސް ސީފަރޓް
* އައިޑީކާޑު ނަންބަރު: 488690265
USA
، ދާއިމީ އެޑްރެސް:1901 -ވިލެޖްޕާކްވޭ އެންސިނިޓަސް، ކެލިފޯރނިއާ، އެމެރިކާ * މިހާރުގެ އެޑްރެސް: ޚައިރާތު ލޮޓް
ނަންބަރު 1501ހުޅުމާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުލްމުޖީބު މުޙައްމަދު
އައިޑީކާޑު ނަންބަރު: A067181
: ދާއިމީ އެޑްރެސް: ޑޭޒީމާގެ/ ވ.ފުލިދޫ
މިހާރުގެ އެޑްރެސް: ޚައިރާތު، 2 ވަނަ ފަންގިފިލާ ހުޅުމާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 22 ނޮވެމްބަރު 2016 ނިމުނު ތާރީޚް: 04 ޖޫން 2017
• އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު.
* ކޯޓު: ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު
* ޤަޟިއްޔާގެ ބާވަތް: އެހެނިހެން މަދަނީ މައްސަލަ
* ނިންމެވި ތާރީޚް: 03 ފެބްރުއަރީ 2016
• މައްސަލަ ބެވީ ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު ޢަބްދުﷲދީދީ، ފަނޑިޔާރު ޢަބްދުﷲ
*
ނަންބަރު: 2014/HMC/400
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/565
ދަޢުވާގެ ޚުލާ.
މިއީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/HMC/400 ޤަޟިއްޔާގައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް،
ޖޯން ޗާރލްސް ސީފަރޓް (ޕާސްޕޯޓް ނަންބަރު 488690265) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ވ.ފުލިދޫ ޑޭޒީމާގެ، ޢަބްދުލްމުޖީބު މުހައްމަދުއެވެ.
2
2
• ފާހަގަ ކުރެވުނު ނުކުތާތައް:
ou oo
2 20
fi
1- ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/HMC/400
ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ހުޅުމާލެ ލޮޓް ނަންބަރު 10501 ޚައިރާތު އެވެ ކިޔާ
ގޭގެ ގްރައުންޑް ފްލޯއިން ވ.ފުލިދޫ ޑޭޒީމާގެ ޢަބްދުލްމުޖީބު މުޙައްމަދު 15 އަހަރު ދުވަހުގެ މުއްދަތަށް
ކުއްޔަށް ހިފާފައިވާ 03 (ތިނެއް) ކޮޓަރީގެ ތެރެއިން 1 (އެކެއް) ކޮޓަރި (އެންމެ ބޭރުގައި ހުރި) ކުއްޔަށް
ހިފައިގެން އުޅޭ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖޯން ޗާރލްސް ސީފަރޓް ކޮޓަރި ކުލީގެ ގޮތުގައި ދައްކަންޖެހޭ
ފައިސާ ކަރަންޓާއި ފެނާއެކު މަހަކު 5,300.00ރ (ފަސްހާސް ތިންސަތޭކަ ރުފިޔާ) ގެ ރޭޓުން 14
މަސްދުވަހުގެ ކުލީގެ ގޮތުގައި (01 މާރިޗް 2013 އިން އޭޕްރީލް 2014) އަށް ދައްކަންޖެހޭ 14
މަސްދުވަހުގެ ކުލީގެ ފައިސާ 74,200.00ރ (ހަތްދިހަ ހަތަރުހާސް ދުއިސައްތަ ރުފިޔާ) ހޯދުމަށާއި، ޖޯން
ޗާރލްސް ސީފަރޓް ކުއްޔަށް ހިފާފައިވާ ކޮޓަރީގައި ދިވެހިރާއްޖޭގެ ޤާނޫނާއި ޚިލާފަށް ވިޔަފާރި ރަޖިސްޓްރީ
ކުރުމަކާ ނުލައި ޓުއަރ އޮޕަރޭޓަރ ވިޔަފާރި ކުރަމުންދާތީ އެކަން ހުއްޓުވާދެއްވާ ތަން ހުސްކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33171/
ވެބް ސައިޓް: [email protected]އީމެއިލްޑް
www.highcourt.gov.my
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/565
9090/
މުޙައްމަދު އާއި ތަންހަވާލުކޮށް ދިނުމަށް އެދި ކަމާއިބެހޭ ފަރާތަށާއި، ޖޯން ޗާރލްސް ސީފަރޓްގެ މައްޗަށް
އަމުރެއް ނެރެދިނުމަށް އެދި ޖޯން ޗާރލްސް ސީފަރޓްގެ މައްޗަށް ޢަބްދުލްމުޖީބު މުޙައްމަދު ދަޢުވާކުރުމުން
ބެލުނު ޤަޟިއްޔާއެއް
އްޔާއެއް ކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "....ޢަބްދުލްމުޖީބު މުޙައްމަދުގެ ދަޢުވާ ސާފުވެފައިވާކަމާއި
އެދަޢުވާއަކީ ދޮގު ދަޢުވާއެއްކަމާއި، ނަމަވެސް މިދަޢުވާ އާއި ގުޅިގެން ޝަރީޢަތަށް ބަޔާން ދިނުމަށް
ބޭނުންވަނީ
އިގިރޭސި ބަހުން ކަމަށާއި، ވަކީލަކު އައްޔަންކުރުމަށް ބޭނުން ނުވާކަމަށާއި އަދި ތަރުޖަމާނަކުވެސް
ޔަން ކުރަން ބޭނުންނުވާ
ނުންނުވާ ކަމަށާއި، އިގިރޭސި ބަހުން ނޫން ގޮތަކަށް ދަޢުވާ އާއި ގުޅިގެން އެންމެ
ސްޓޭޓްމަންޓެއްވެސް ދޭން ބޭނުންނުވާ ކަމުގައި ދަޢުވާލިބޭ ޖޯން ސޮފަރޓް ޗާރލްސް ބުނި ހިނދު،
0 7 2
ހއ ހ 0
02 09
ޢަބްދުލްމުޖީބު މުޙައްމަދުގެ މިދަޢުވާއަށް ޝަރީޢަތުން ނަޒަރު ކުރާއިރު ޢަބްދުލްމުޖީބު މުޙައްމަދު
ހުޅުމާލެ ލޮޓް ނަންބަރު 10501 ޚައިރާތު އެވެ ކިޔާ ގޭގެ ގްރައުންޑް ފްލޯ 15 (ފަނަރަ) އަހަރު ދުވަހުގެ
މުއްދަތަށް 03 (ތިނެއް) ކޮޓަރީގެ އެޕާޓްމަންޓް ކުއްޔަށް ހިފާފައިވާކަމާއި، ކުއްޔަށް ހިފާފައިވާ 03 (ތިނެއް)
ކޮޓަރީގެ ތެރެއިން 01 (އެކެއް) ކޮޓަރި (އެންމެ ބޭރުގައި ހުރި) ކުއްޔަށް ހިފައިގެން އުޅޭ އެމެރިކާގެ
ރައްޔިތެއްކަމަށްވާ ޖޯން ޗާރލްސް ސީފަރޓް އާއި ދެފަރާތުގެ ދެމެދުގައި އަނގަބަހުން ވެވުނު އެއްބަސްވުމެއްގެ
މައްޗަށް މަހަކު 5,300.00ރ (ފަސްހާސް ތިންސަތޭކަ ރުފިޔާ) އަށް (ފެނާއި، ކަރަންޓާއެކު)
ދެވިފައިވާކަމާއި، ނަމަވެސް 01 މާރިޗް 2013 އިން ފެށިގެން 30 އޭޕްރީލް 2014 ގެ ނިޔަލަށް ކޮޓަރި
ކުލީގެ ފައިސާ ޖޯން ޗާރލްސް ސީފަރޓް ދީފައިނުވާކަމާއި، އެއީ 14 މަސްދުވަހުގެ ފައިސާކަމާއި، 14 މަސް
ދުވަހަށް މަހަކު 5,300.00ރ (ފަސްހާސް ތިންސަތޭކަ ރުފިޔާ) ރޭޓުން 74,200.00ރ (ހަތްދިހަ ހަތަރުހާސް
ދުއިސައްތަ ރުފިޔާ) ކަމާއި، އަދި މިފައިސާ މިހާތަނަށް ޖޯން ސޮފަރޓް ޗާރލްސް ދީފައިނުވާކަމާއި، ޖޯން
ސޭފަރޓް ޗާރލްސް ކުއްޔަށް ހިފާފައިވާ ކޮޓަރީގައި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދާއި
ޚިލާފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471/
ވެބް ސައިޓް: [email protected]އީމެއިލްޑް
www.highcourt.gov.my
" ދިވެހިރާއްޖެ
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/565
ރަޖިސްޓްރީ ކުރުމަކާއި ނުލައި ޓުއަރ އޮޕަރޭޓަރ ވިޔަފާރި ކުރަމުންދާކަމާއި، ކޮޓަރި ހުސްކުރުމަށް އެދި އެތައް
ފަހަރަކު ދެންނެވުމުން ކޮޓަރި ހުސްކޮށްދީފައިނުވާކަމާއި، އަދި ކޮޓަރި ޢަބްދުލްމުޖީބު މުހައްމަދާއި
ހަވާލުކޮށްދީފައިނުވާކަމާއި، އަދި ކޮޓަރި ޢަބްދުލްމުޖީބު މުޙައްމަދާއި ހަވާލުކޮށްދީފައި ނުވާކަން މިދަޢުވާ އާއި
ގުޅިގެން ޢަބްދުލްމުޖީބު މުޙައްމަދުގެ ފަރާތުން ހުށަހެޅި ލިޔުންތަކުންނާއި، ދަޢުވާކުރާ ފަރާތުގެ ބަހުން
ސާބިތުވާތީ،
7
ބްދުލްމުޖީބު މުޙައްމަދު 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާފައިވާ ހުޅުމާލެ ލޮޓް ނަންބަރު
10501 ޚައިރާތު އެވެ ކިޔާ ގޭގެ ގްރައުންޑް ފްލޯއިން ނަގާފައިވާ 03 (ތިނެއް) ކޮޓަރީގެ އެޕާޓްމަންޓުގެ
ތެރެއިން އެމެރިކާގެ ރައްޔިތެއްކަމަށްވާ ޖޯން ސޮފަރޓް ޗާރލްސް މަހުކުލީގެ ގޮތުގައި ކުއްޔަށް ހިފާފައިވާ
ކޮޓަރި ކުލީގެ ގޮތުގައި ޖޯން ސޮފަރޓް ޗާރލްސް ދައްކަންޖެހޭ 14,200.00ރ (ހަތްދިހަ ހަތަރުހާސް
ދުއިސައްތަ ރުފިޔާ) އަކީ ކޮޓަރި ކުލީގެ ގޮތުގައި ޢަބްދުލްމުޖީބު މުޙައްމަދަށް ޖޯން ސޮފަރޓް ޗާރލްސް
ދައްކަންޖެހޭ ފައިސާ އެއްކަމަށް ކަނޑައަޅައި، މިފައިސާ މިއަދު (09 ފެބްރުއަރީ 2016) ދުވަހުން ފެށިގެން
01 (އެކެއް) މަސްދުވަހުގެ ތެރޭގައި ޢަބްދުލްމުޖީބު މުޙައްމަދަށް ދައްކާ ޚަލާސްކުރުމަށް ޖޯން ސޭފަރޓް
ޗާރލްސް އަށް އަންގައި، ބުނެވިދިޔަ ޢިމާރާތުގެ ގްރައުންޑް ފްލޯގައި ހުރި ކޮޓަރިތަކުގެ ތެރެއިން (އެންމެ
ބޭރަށްހުރި) ކޮޓަރި (އެމެރިކާގެ ރައްޔިތެއްކަމަށްވާ ޖޯން ސޭފާރޓް ޗާރލްސް ކުއްޔަށް ހިފާފައިވާ ކޮޓަރި)
މިއަދު (03 ފެބްރުއަރީ 2016) ދުވަހުން ފެށިގެން 10 (ދިހަ) ދުވަހުގެ ތެރޭގައި ހުސްކޮށް ޢަބްދުލްމުޖީބު
މުޙައްމަދާއި ޙަވާލުކުރުމަށް ޖޯން ސޭފަރޓް ޗާރލްސް އަށް އަންގައި އަމުރުކޮށް ބުނެވިދިޔަ މުއްދަތުގައި
ބުނެވިދިޔަ ކޮޓަރި ހުސްކޮށް އަބްދުލްމުޖީބު މުޙައްމަދާއި ޙަވާލު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
މައްޗަށް އަންގާ އަމުރުކޮށް
މިފަދައިންނެވެ.
fi
ދިވެހިރާއްޖޭގެ
ހައިކްއޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްاވ
ވެބް ސައިޓް: [email protected]އީމެއިލް:
www.highcourt.gov.my
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/565
02- ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/HMC/400 އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ޖޯން ޗާރލްސް ސީފަރޓް (ޕާސްޕޯޓް ނަންބަރު
488690265)ގެ ފަރާތުން 03 (ތިނެއް) ނުކުތާ ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ނުކުތާއަކީ:-
<< O
(ހ) ފުރަތަމަ ނުކުތާއަކީ: ދަޢުވާއިން ދިފާޢުވުމަށް ޖޯން ޗާރލްސް ސީފުރޓްއަށް އެކަށީގެންވާ
ފުރުޞަތު ދީފައިނުވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: ދަޢުވާއިން ދިފާޢުވުމަށް، ޖޯން ޗާރލްސް ސީފަރޓްއަށް އެކަށީގެންވާ
ވަގުތު އަދި އެކަށީގެންވާ ވަޞީލަތް ހޯދުމުގެ ޙައްޤު ދެވިފައި ނެތުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ދަށުކޯޓުގެ ނިންމުން ނިންމަވާފައިވަނީ، ޖޯން ޗާރލްސް ސީފަރޓް
(ދަޢުވާ ލިބޭ ފަރާތް) ގެ ބަހެއްގެ ބަޔާނެއް ނެގުމެއް ނެތިކަމަށް ބުނެ ހުށަހެޅި ނުކުތާ.
_03
400/HMC/2014
ޤަޟިއްޔާ
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ނިންމަވާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ޖޯން ޗާރލްސް ސީފަރޓް (ޕާސްޕޯޓް ނަންބަރު
488690265) ގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާ ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަގާ:އީގެ
ފާރު
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯނު: 3325029، ފެކްސް:1647/0
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
،
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/565
USA
(ހ) ފުރަތަމަ ކަމަކީ: ޖޯން ޗަރލްސް ސީފަރޓް (ޕާސްޕޯޓް ނަންބަރު:
488690265) ގެ މައްޗަށް ރައްދުވާ ގޮތަށް ވ.ފުލިދޫ ޑޭޒީމާގެ ޢަބްދުލްމުޖީބު މުޙައްމަދުގެ ފަރާތުން ހުޅުމާލެ
މެޖިސްޓްރޭ ކޯޓުގެ ނަންބަރު 2014/HMC/400 ޤަޟިއްޔާގައި ދަޢުވާ އުފުލާފައިވަނީ، ޢަބްދުލްމުޖީބު
މުޙައްމަދު 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާފައިވާ 03 (ތިނެއް) ކޮޓަރީގެ ތެރެއިން 01 (އެކެއް)
ކޮޓަރި ކުއްޔަށް ހިފައިގެން އުޅޭ އެމެރިކާގެ ރައްޔިތެއްކަމަށްވާ ޖޯން ޗާރލްސް ސީފަރޓް ކޮޓަރި ކުލީގެ ގޮތުގައި
ދައްކަންޖެހޭ ފައިސާ ކަރަންޓާއި ފެނާއެކު މަހަކު 5,300ރ (ފަސްހާސް ތިންސަތޭކަ ރުފިޔާ) ގެ ރޭޓުން 14
މަސްދުވަހުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ 14,200ރ (ހަތްދިހަ ހަތަރުހާސް ދުއިސައްތަ ރުފިޔާ) ހޯދުމަށާއި،
އެކޮޓަރީގައި ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފަށް ވިޔަފާރި ރަޖިސްޓްރީ ކުރުމަކާ ނުލައި، ޓުއަރ އޮޕަރޭޓަރ ވިޔަފާރި
ކުރަމުންދާތީ އެކަން ހުއްޓުވާދެއްވާ، ތަން ހުސްކޮށް ޢަބްދުލްމުޖީބު މުޙައްމަދާ ހަވާލުކޮށްދިނުމަށް އަމުރެއް
ނެރެދެއްވުމަށްކަން އެނގެން އޮންނަކަމެވެ.
02 0 0
<< O
(ނ) ދެވަނަ ކަމަކީ: ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/HMC/400
ޤަޟިއްޔާގައި ކުރެވުނު ދަޢުވާއަށް އެކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަދި ދިވަހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ޖޯން ޗާރލްސް ސީފަރޓްގެ ފަރާތުން އިންކާރުކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އިސްވެ ބުނެވުނު ކޮޓަރީގައި ޖޯން ޗާރލްސް ސީފަރޓް ދިރިއުޅެފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ
އެދުމުގެ މަތިން ކަމަށާއި، އެއީ، އޭނާގެ ބެލުމުގެ ދަށުން ހިނގަމުން ދިޔަ ގެސްޓް ހައުސްއެއްގެ ސްޓާފުން
ބައިތިއްބަން ހަމަޖެހިފައިވާ އެޕާރޓްމަންޓްގެ ކޮޓަރިއެއްގައިކަމަށާއި، އެތަނުގައި އޭނާ ހުރުމުގެ އިންތިޒާމް
ހަމަޖައްސާދިންއިރު، އޭނާ އެތަނުގައި ދިރިއުޅޭ ދުވަސްތަކަށް މަހު ކުލީގެ ގޮތުގައި ފައިސާއެއް ދިނުމާ މެދު
މިދެފަރާތުގެ ދެމެދުގައި އަނގަ ބަހުން އެއްބަސްވެވުނު ކަމަށް ޢަބްދުލްމުޖީބު މުޙައްމަދުގެ ފަޅުމުން ކުރީ
*
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 331471
ވެބް ސައިޓް: [email protected]އީމެއިލްޑް
www.highcourt.gov.my
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/565
ނަމަވެސް، މިފަދަ އެއްބަސްވުމެއް ވެފައިނުވާނެކަމަށް ޖޯން ޗާރލްސް ސީފަރޓްގެ ފަރާތުން ބުނެފައިވާކަން
އެނގެން އޮންނަކަމާއި މި މައްސަލައިގައި ދަށު ކޯޓަށް ޖޯން ޗާރލްސް ސީފަރޓްގެ ފަރާތުން ބަޔާނެއް ދީފައިވާ
ކަމާއި އަދި ދަށު ކޯޓުގެ ޤަޟިއްޔާގައި ވާހަކަ ދެއްކުމާއި ހެކި ހުށަހެޅުމުގެ ފުރުސަތުވެސް އޭނާއަށް
ލިބިދީފައިނުވާކަމަށް ބެލެވޭނެ ހެއްކެއް އަދި ޤަރީނާއެއް ވިޔަސް ހުށަހެޅިފައި ނެތުމުން އިސްތިއުނާފު ކުރެވުފައި
މިވާ ދަށު ކޯޓުގެ ޤަޟިއްޔާގައި ޖޯން ޗާރލްސް ސީފަރޓްއަށް ޖަވާބުދާރީ ވުމަށް އެކަށީގެންވާ ވަގުތާއި
ފުރުސަތު ލިބިދީފައިވާ ކަމަށް ބެލެވެން އޮންނަކަމެވެ.
US$
(ށ) ތިންވަނަ ކަމަކީ: ބުނެވުނު ކޮޓަރީގެ ކުލީގެ އަދަދާއި އެމުޢާމަލާތް ހިނގާފައިވާކަން
ސާބިތުކުރުމުގެ ގޮތުން މިދެފަރާތުގެ މެދުގައި ވެފައިވާ މުޢާމަލާތެއް ކަމަށް ބުނެ ޢަބްދުލްމުޖީބު މުޙައްމަދު ގެ
ފަރާތުން ހުށަހަޅާފައިވާ "ރެންޓް ސެޓްލްމަންޓް ނޯޓިސް" އަށް ބަލާއިރު، އެތަނުގެ ކުއްޔަކީ، މަހަކު
450 (ހަތަރު ސަތޭކަ ފަންސާސް ޔޫއެސް ޑޮލަރު) 6939ރ (ހަހާސް ނުވަސަތޭކަ ތިރީސް ނުވައެއް ރުފިޔާ)
ކަމަށް ލިޔެފައިވާކަން އެނގެން އޮންނަކަމާއި، ޖޯން ޗާރލްސް ސީފަރޓް ބުނެވުނު ކޮޓަރީގައި ހުރެފައިވާ
މުއްދަތު ކަމަށްވާ 22 މެއި 2013 އިން ފެށިގެން 21 މެއި 2014 ގެ ނިޔަލަށް އެތަނަށް ވާކުލި ކަމުގައި
މިލިޔުމުގައި ބަޔާންކޮށްފައިވަނީ، 5400 $US (ފަސްހާސް ހަތަރުސަތޭކަ އެމެރިކާ ޑޮލަރު (83,268ރ
(އަށްޑިހަ ތިންހާސް ދުއިސައްތަ ފަސްދޮޅަސް އަށެއް ރުފިޔާ) ކަން އެނގެން އޮންނައިރު،
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/HMC/400 ޤަޟިއްޔާގައި
މުޙައްމަދުގެ ފަރާތުން ކޮށްފައިވާ ދަޢުވާއަށް ބަލާއިރު، އެދަޢުވާގައިވަނީ، 1 މާރިޗު 2013 އިން ފެށިގެން 30
އޭޕްރީލް 2014 އާ ހަމައަށް ކުލީގެ އަގާއި ފެން އަދި ކަރަންޓްގެ ޚަރަދާއެކު މަހަކު -/5300ރ (ފަސްހާސް
ތިންސަތޭކަ ރުފިޔާ)ގެ ރޭޓުން 14 މަސް ދުވަހުގެ ކުލީގެ ގޮތުގައި ޖުމްލަ -/74200ރ (ހަތްދި
30 30
B9
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް(33id4
ވެބް ސައިޓް [email protected]އީމެއިލް
www.highcourt.gov.my
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/565
0
;
OX
ދުއިސައްތަ ރުފިޔާ) އާއި އަދި މީގެ އިތުރަށް ހިނގާފައިވާ ދުވަސްތަކުގެ ކުލި ލިބިދިނުމަށް އެދި،
މިފަދައިންކަން އެނގެން އޮންނަކަމާއި، މިދަޢުވާ ޖޯން ޗާރލްސް ސީފަރޓްގެ މައްޗަށް ކުރެވިފައިވަނީ އިސްވެ
ބުނެވުނު ނޯޓިސްގެ މައްޗަށް ބިނާކޮށްގެންކަ
ންކަން ޢަބްދުލްމުޖީބު މުޙައްމަދުގެ ފަރާތުން ދަށު ކޯޓުގައާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭއިރު، މި މައްސަލާގައި
ކޮށްފައިވާ ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާގެ ޢަދަދާއި، އަދި އެދަޢުވާ ބިނާކޮށްފައިވާ ނޯޓިސްގައި
ބަޔާންކޮށްފައިވާ ފައިސާގެ ޢަދަދުތަކުގައި ތަފާތުތަކެއް ހުރުމުން އެކަން ސާފުކޮށް ދިނުމަށް ޝަރީޢަތުގެ
ފަރާތުން އެދުމުން ފައިސާގެ ޢަދަދުތަކުގައި ތަފާތުތައް ހުރިގޮތް ޢަބްދުލްމުޖީބު މުޙައްމަދުގެ ފަރާތުން
ޝަރީޢަތަށް ސާފުކޮށްދެވިފައިނުވާ ކަމާއި، އަދި މި މައްސަލައިގައި ޖޯން ޗާރލްސް ސީފަރޓްގެ އަތުން ހޯދުމަށް
ޢަބްދުލްމުޖީބު މުޙައްމަދުގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ ޢަދަދަށް ފައިސާ ދައްކަންޖެހޭ ކަން
ޝަރީޢަތަށް ސާބިތުކޮށް ދެވޭ މިންވަރުގެ ކުފީ ހެކި ޢަބްދުލްމުޖީބު މުޙައްމަދުގެ ފަރާތުން ހުށަހެޅިފައިނުވާކަން
އެނގެން އޮންނަކަމެވެ.
އެހެންކަމުން،
ހު ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ހުޅުމާލެ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/HMC/400 ޤަޟިއްޔާގައި ޢަބްދުލްމުޖީބު މުޙައްމަދުގެ ފަރާތުން
ކުއްޔަށް ހިފާފައިވާ އެޕާރޓްމަންޓްގެ ކޮޓަރިއެއްގައި ޖޯން ޗާރލްސް ސީފަރޓް ދިރިއުޅެފައިވަނީ، އެތަން
ކުއްޔަށް ހިފުމަށް ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކަން ސާބިތުވާނެ ހެކިތަކެއް އަދި
ހަރުދަނާ ޤަރީނާތަކެއްވެސް ދަށުކޯޓަށް ހުށަހެޅިފައި ނެތަތީ، ކުލީގެ ގޮތުގައި ލިބިދިނުމަށް އެދިފައިވާ ފައިސާއަކީ
ޢަބްދުލްމުޖީބު މުޙައްމަދަށް ޖޯން ޗަރލްސް ސީފަރޓް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅުއްވައި
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭކަމަށެވެ.
ޑީރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް(33id4
ވެބް ސައިޓް: [email protected]އީމެއިލްޑް
www.highcourt.gov.my
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/565
ދެންފަހެ، އިސްވެ ބަޔާން ކުރެވުނު ކަންކަން ބަޔާން ކުރެވިދިޔަ ގޮތަށް ހުރުމާއެކު ހުޅުމާލެ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/HMC/400 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާ ޚިލާފަށްކަމަށްވާތީ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް އެގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ވެހިޒާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: [email protected]އީމެއިލްޑް
www.highcourt.gov.my