ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/310 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/310
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 310/HC-A/2017
• އިސްތިއުނާފް ކުރިފަރާތް:
. ނަން: އިސްމާޢީލް ރަޝީދު
ކާޑު ނަންބަރު: A367589
، ދާއިމީ އެޑްރެސް: މ.ޠާއިފް/ ކ.މާލެ
މިހާރުގެ އެޑްރެސް: ލ.ތާއިފް/ ކ.މާލެ
6
6
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް:
ކާޑު ނަންބަރު:
މިހާރުގެ
0
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 25 ޝައްވާލް 1438
19 ޖުލައި 2017
ނިމުނު ތާރީޚް: 25 މުޙައްރަމް 1439
15 އޮކްޓޯބަރ 2017
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2017
/
3690/J
/
MD-145
• އަމުރުގެ ބާވަތް: ކޯޓު އަމުރު
ނިންމެވި ކޯޓް: ކުރިމިނަލް ކޯޓު
* ހުށަހެޅުނު ތާރީޚް: 22 ޖޫން 2017 * ނިމުނު ތާރީޚް: 22 ޖޫން 2017
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޢަލީ ސަމީރު ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް
(ރިޔާސަތު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/310
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
3690/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް މ.ޠާއިފް/ ކ.މާލެ އިސްމާޢީލް ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1- ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
3690/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު،
އެ ކޯޓު އަމުރަކީ، ކ. މާލެ / މ. ތާއިފް، އިސްމާޢީލް ރަޝީދުގެ މައްޗަށް ތުހުމަތުކުރެވޭ ގަސްދުގައި
މީހަކު މެރުން ޓެރަރިޒަމް| ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލާގައި، މުޖުތަމަޢުގެ
ހަމަޖެހުމާއި، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 24 ޖޫން 2017 ގެ 17:19 ން ފެށިގެން 09 ޖުލައި
2017 ގެ 17:18 ގެ ނިޔަލަށް 15 (ފަނަރަ) ދުވަހުގެ މުއްދަތަށް އިސްމާޢީލް ރަޝީދު މިނިސްޓްރީ އޮފް
ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ނިންމައި، ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ
.ރެއްކަ އެނގެން އޮވެއެވެ.
/
އ(ނއކ
2- ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
3690/J
/
MD-145 ކޯޓު އަމުރު އެ ކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ އިސްމާޢީލް ރަޝީދުގެ ފަރާތުން އެ
އަމުރު އިސްތިއުނާފުކުރަމުން، 05 (ފަހެއް)
ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާމެދު
ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ދީ ޏ ސ ޑ
0
ފުރަތަމަ ނުކުތާއަކީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
3690/J
/
MD-145
އަމުރު ނެރުއްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/310
CU O
ދެވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
3690/J
/
MD-145 އަމުރު
ނެރުއްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ
(ރ) އާއި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާއާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާއާއި،ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 236/HC-A/2015 އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 57/HC-A/2013 ނަންބަރު
ޤަޟިއްޔާ އަދި 170/HC-A/2015 ނަންބަރު ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވާ ޤާނޫނީ ހަމަތަކާ
ޚިލާފަށްކަމަށް ބުނެ ހުށަހެޅި
233
ނމeއވެ
ތިންވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
3690/J
/
MD-145
އަމުރު ނެރުއްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މައްދާއާއި ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާއާއި ހައިކޯޓުގެ ނަންބަރު 177/HC
-
A/2013
ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް، ޝަރީޢަތްކުރުމުގެ ކުރީގައި މީހަކު ބަންދުކޮށްފައި
ޝަރޫރަތެއްނެތް ޙާލަތުގައިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
· 33 0 s
سر پرعد
ހަތަރުވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
3690/J
/
MD-145
އަމުރު ނެރުއްވާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިސްމާޢީލް ރަޝީދު ބަންދުގައި
ގެންގުޅެފައިވަނީ އަދި ގެންގުޅެމުންދަނީ ޤާނޫނީ ހަމަތަކާ ކަނޑައެޅިގެން ޚިލާފަށްކަމަށް ބުނެ އިސްމާޢީލް
ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ މަޢުލޫމާތަށް ރިޢާޔަތްނުކޮށްކަމުގައިވުން، އެ އަމުރު ނެރުއްވާފައިވަނީ
ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް އަދި އިސްމާޢީލް ރަޝީދަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި، 18
މާއްދާއާއި، 20 ވަނަ މާއްދާއާއި، 42 ވަނަ މާއްދާއާއި، 45 ވަނަ މާއްދާއާއި، 46 ވަނަ މާއްދާއާއި،
48 ވަނަ މާއްދާއާއި، 52 ވަނަ މާއްދާއާއި،53 ވަނަ މާއްދާއާއި، 54 ވަނަ މާއްދާއާއި، 57 ވަނަ
މާއްދާއާއި، 62 ވަނަ މާއްދާއާއި، 63 ވަނަ މާއްދާއާއި، 64 ވަނަ މާއްދާއާއި، 68 ވަނަ މާއްދާއާއި،
69 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ނިގުޅައިގަނެވިގެންދާގޮތަކަށް ކަމަށް ބުނެ ހުށަހެޅި
ދި 8
· · 499
ބއވ.
• ފަސްވަނަ ނުކުތާއަކީ، ކްރިމިނަލް ޓުގެ ނަންބަރު 2017
/
3690/J
/
MD-145
އަމުރު ނެރުއްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި 48 ވަނަ
މާއްދާއާ ޚިލާފަށްކަމަށް
04 ދެ ތ
ލާފަށްކަމަށް ބުނެ ހުށަހެޅިނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/310
03 ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
3690/J
/
MD-145 އަމުރު އިސްތިއުނާފު
ކުރުމަށް އިސްމާޢީލް ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާއާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު،
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ފާހަގަކުރެވިފައިވެއެވެ.
ކަނއެeއ
(ހ) ފުރަތަމަކަމަކީ، އިސްމާޢީލް ރަޝީދުގެ މައްޗަށް ތުހުމަތުކުރެވޭ ގަސްދުގައި މީހަކު
މެރުން ޓެރަރިޒަމްގެ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލާގައި އިސްތިއުނާފުކުރެވޭ
ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
3690/J
/
MD-145 އަމުރުގެ ދަށުން މުޖުތަމަޢުގެ ސަލާމަތާއި
އްކާތެރިކަމަށްޓަކައި އިސްމާޢީލް ރަޝީދު 15 (ފަނަރަ) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް
އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ނިންމަވާފައިވާކަމާއި،
ރައެކެ9
އިސްތިއުނާފުކުރެވޭ އަމުރުގައި ހަވާލާދީފައިވާ ނަންބަރު 160542/MF "ބަންދުގެ
މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އަށް ބަލާއިރު، އިސްމާޢީލް ރަޝީދުގެ މައްޗަށް ތުހުމަތުކުރެވެނީ
2017 އޭޕްރީލް 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އިސްމާޢީލް ރަޝީދުއާއި އިތުރު ބަޔަކު
ބައިވެރިވެގެން، ސ.ފޭދޫ ޗަބޭލީގެ ޔާމީން ރަޝީދުގެ ފަހަތުން، އޭނާއަށް ފާރަލަމުންގޮސް ޔާމީން ރަޝީދު
ދިރިއުޅޭ ކ.މާލެ/ މ.ސްޕެޓިއުލާ ގޭ ތެރެއަށް، ޔާމީން ރަޝީދު ވަނުމުން، ޔާމީން ރަޝީދު ހިފަހައްޓާ
ޔާމީން ރަޝީދަށް ތޫނު ހަތިޔާރުން ޙަމަލާ ދިނުމުގެ ސަބަބުން ޔާމީން ރަޝީދު ނިޔާވެފައިވާ މައްސަލައިގައި
އިސްމާޢީލް ރަޝީދުގެ ބައިވެރިވުމެއް އޮތްކަމަށް ތުހުމަތު ކުރެވޭ މައްސަލާގައިކަމާއި، އެހެންކަމުން،
އިސްމާޢީލް ރަޝީދު ހިންގާފައިވާކަމަށް ޢަމަލަކީ ވަރަށް އަނިޔާވެރިކޮށް ހިންގާފައިވާ
ޢަމަލަކަށްވާތީ މިކަމުގެ ސަބަބުން މުޖްތަމަޢުގައި ދިރިއުޅޭ ފަރާތްތަކުގެ ހިތްތަކުގައި ބިރުވެރިކަން
އުފެދިފައިވުމުގެ ސަބަބުން، އިސްމާޢީލް ރަޝީދު ދޫކޮށްލައިފިނަމަ މިބާވަތުގެ ޢަމަލެއް ތަކުރާރުކޮށްފާނެކަމަށް
ބެލެވޭތީއާއި، މައްސަލައިގައި ހެކިބަސްދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާފާނެކަމަށް ބެލެވޭތީއާއި، އަދި
މިމައްސަލައަކީ މީހެއްގެ މަރު ހިމެނޭ މައްސަލައަކަށްވުމުން، އިސްމާއީލް ރަޝީދު މުޖްތަމަޢުގެ ތެރެއަށް
ދޫކޮށްފައި ހުރެއްޖެނަމަ އޭގެ ސަބަބުން މުޖްތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކަލެއް ކުރިމަތި
މަތުކުރެވޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/310
ވެދާނެކަމަށްޓަކައި، މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި އިސްމާޢީލް ރަޝީދު
ބަންދުގައި ބަހައްޓަން އަމުރުކޮށް ދެއްވުމަށް އެދިފައިވާކަން އެނގެންއޮންނަކަމެވެ.
އްދާއާއި
(ށ) ދެވަނަކަމަކީ، އިސްތިއުނާފުކުރެވިފައިވާ މިވާ ކްރިމިނަލްކޯޓުގެ އަމުރު ނެރުނު
ތާރީޚުގައި ޢަމަލުކުރެވެމުންދިޔަ އުސޫލުތަކުގެ މައްޗަށްބަލާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު
ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ) ގައި
5 ސަބަބުންކުރާ ސަބަބެއް
އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ނިންމުމުގެ ބާރު ލިބިދީފައިވަނީ
ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން
އެނގެން އޮންނަކަމާއިގެ
sވ
eyއ
މ އ ވ މ 4
ބަޔާންކޮށްފައިވާ
Ocx
މާއްދާއާއި
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު“ ގެ 7 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން
ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް،
ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް
ފަނޑިޔާރަށް ލިބިގެންވާކަން
.ގެންވާކަން އެނގެން އޮންނަކަމާއި،
32
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ
ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ
ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި
ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ
ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީދާ ފިލައި
ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/310
ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
22 4
އަނެއް
ނ) ތިންވަނަކަމަކީ، އިސްމާޢީލް ރަޝީދުގެ މައްޗަށް ތުހުމަތުކުރެވޭ
މައްސަލާގައި
ދެކޮޅަށް ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ބަލާއިރު، އިސްމާޢީލް ރަޝީދު ޢަމަލުގައި
ބައިވެރިވިކަމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބިފައިވާ ސިއްރު މަޢުލޫމާތާއި އަދި
މި ޢަމަލު ހިންގުމުގައި އިސްމާޢީލް ރަޝީދު ބައިވެރިވާކަން އަންގައިދޭ ސީ.ސީ.ޓީ.ވީ ފޫޓޭޖްއާއި، މި ޢަމަލު
ގުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ އެހެންފަރާތްތަކާއި އިސްމާޢީލް ރަޝީދާއި އޮންނަ ގުޅުން
ކޯލް ޗާޓް ހުށަހަޅާފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 160542/MF
”ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން އެނގެންއޮތުމުން،
ހ4 3
2
4
އިސްމާޢީލް ރަޝީދުގެ މައްޗަށް ތުހުމަތު އުފެދޭމިންވަރުގެ އެކި ޤަރީނާ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ހުށަހަޅާފައިވާކަން ފާހަގަކުރެވޭކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
އިސްމާޢީލް ރަޝީދު އިތުރަށް ބަންދުގައި ބަހައްޓަންބޭނުންވާ ސަބަބަކީ، އިސްމާޢީލް ރަޝީދުގެ މައްޗަށް
ތުހުމަތުކުރެވޭ މައްސަލައަކީ ޤަސްދުގައި މީހަކު މަރާލުމުގެ މައްސަލައަކަށްވާތީ، މުޖުތަމަޢުގެ ސަލާމަތާއި
ރައްކާތެރި ކަމަށްޓަކައި މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅައި ތަނެއްގައިކަން އެނގެން އޮންނައިރު،
އިސްމާޢީލް ރަޝީދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައިގެ ތަހުޤީޤު މިއަމުރު ނެރުނު
ތާރީޚުގައިވެސް ކުރަމުންދާކަން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި،
ބޮނެންކޮށްގެން
އިސްމާޢީލް ރަޝީދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގެ ޒާތާއި ބާވަތަށް ބަލާއިރު،
ޤަސްދުގައި މީހުން މެރުމާއި، ޓެރަރިޒަމާއި އަދި ތޫނުހަތިޔާރު
މާރާމާރީ ހިންގުމުގެ
ކުށްތަކަކީ އެކުށްތަކުގެ ޒާތާއި ބާވަތުން މުޖުތަމަޢުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް އަދި
މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކުށްތަކެއްކަމާއި، ޤަސްދުގައި މީހުން މެރުމަކީ، އިސްލާމީ
ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ އަދި މިކުށަކީ އެންމެ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ ޖިނާޔަތުގެ
ކުށެއް ކަމަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގައި ކަނޑައަޅައި ބަޔާންކޮށްފައި ވާކަން އެނގެންއޮންނައިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
އެދޭ
7
ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/310
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ
މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުގައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން
މުޖުތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނެ ފަދަ ތަނެއްގައި ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
260/HC-A/2012 ޤަޟިއްޔާއާއި ނަންބަރު 35/HC
-
A/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
އުޞޫލަށް ބެލުމުން އެނގެންއޮންނަކަމެވެ.
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
3690/J
/
MD-145 ކޯޓު އަމުރު ދަށުން
އިސްމާޢީލް ރަޝީދު މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ތަނެއްގައި ބަންދުގައި ބެހެއްޓުމަށް
އަމުރުކުރައްވާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލަކާ ޚިލާފަށް ކަމަށް ބަލާނެ ތަނެއް އޮތްކަމަކަށް މިޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
• ޙުކުލް:
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް
ކޯޓުގެ ނަންބަރު 2017
/
3690/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އިސްމާޢީލް ރަޝީދުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް އެއަމުރަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި
ޤާނޫނީ
ނެތްކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
OXO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv