ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/221 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/221
مابقات سراسیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު:221/HC
-
A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: މަރްޔަމް މަނިކުފާނު
ދާއިމީ އެޑްރެސް: ވައިޖެހޭގެހ
އައިޑީކާޑު ނަންބަރު: A017607
މިހާރުގެ އެޑްރެސް: ވައިޖެހޭގެ| ސ.މަރަދޫ
4 22
ދ ވ32
.މަރަދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
* ދާއިމީ އެޑްރެސް:ވެލާނާގެ (6 ވަނަ ފަންގިފިލާ): މާލެ
މިހާރުގެ އެޑްރެސް: ވެލާނާގެ (6 ވަނަ ފަންގިފިލާ) މާލެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 07 ޖޫން 2015 ނިމުނު ތާރީޚް: 08 ޖޫން 2016
4
22
4
އިސްތިއުނާފް ކުރެވުނު ޤަޟިއްޔާގެ
ނަންބަރު: 2013/S3C/151
ނިންމި ކޯޓް: އައްޑުއަގެ
ޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ގޯތި އަނބުރާ ލިބިގަތުން
ހުށަހެޅި ތާރީޚް:
11 ޑިސެންބަރު 2013
* ނިމުނު ތާރީޚް: 12 ފެބުރުވަރީ 2015
.ޑިއްޖޭގެ
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2015/HC-A/221
ޤަޟިބިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
•ދަޢުވާގެ ޚުލާޞާ
މިއީ، އައްޑު
އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/S3C/151 ޤަޟިއްޔާ
އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ސ.މަރަދޫ! ވައިޖެހޭގެ، މަރްޔަމް މަނިކުފާނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީސް
ކައުންސިލްގެ އިދާރާއެވެ.
22 22
ފާހަގަ ކުރެވުނު ނުކުތާތައް:
ގދ 2ތ2
x
1- އައްޑުއަތޮޅު
މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/S3C/151 ޤަޟިއްޔާ
އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ސ.މަރަދޫ! ވައިޖެހޭގެ، މަރްޔަމް މަނިކުފާނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
-2
އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/S3C/151 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ސ.މަރަދޫ ވެންބޮޅަފުށި ކިޔާ ސަރަޙައްދުން،
ސ.މަރަދޫ "ނިއުހެވަން" ގޯއްޗާއި އިންވެގެން ދެކުނުން، ސ.މަރަދޫ/ ވައިޖެހޭގޭ މަރްޔަމް މަނިކުފާނުގެ ނަމުގައި،
15 އޯގަސްޓް 1987 ދުވަހު، ކަނޑުއްވާ ދެއްވާފައިވާ ސ.މަރަދޫ "ނިރު" މިނަން ކިޔާ ގޯތި، ޤާނޫނާއި
ޤަވާޢިދާ ޚިލާފަށް، ސަރުކާރުން މަރްޔަމް މަނިކުފާނުގެ ކިބައިން ވަކިކޮށް، މަރްޔަމް މަނިކުފާނުގެ ބޭބެ،
ސ.މަރަދޫ ވައިޖެހޭގޭ ޙަސަން މަޖުދީއަށް ދެއްވާފައިވާކަމަށްބުނެ، މިގޯތި އަނބުރާ ލިބިގަތުމަށްއެދި، ސ.މަރަދޫ1
ވައިޖެހޭގޭ މަރްޔަމް މަނިކުފާނުގެ ފަރާތުން ދަޢުވާ ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަމާއި،
ޖޭގެ
ece
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިބިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/221
LUC <
LLC
އެޤަޟިއްޔާ ނިންމަވާފައިވަނީ ސ.މަރަދޫ ވެންބޮޅަފުށި ސަރަޙައްދުން، ސ.މަރަދޫ ކުދިމާގޭ
ޢަޒީޒާގެ ގޯތީގެ ހުޅަނގުން، ސ.މަރަދޫ ވައިޖެހޭގޭ މަރްޔަމް މަނިކުފާނުގެ ނަމުގައި، 29 ޖުލައި 1987 ދުވަހު،
އައްޑުއަތޮޅު އަތޮޅުވެރިޔާ ކަނޑުއްވައިދެއްވި ގޯތި، މަރްޔަމް މަނިކުފާނުގެ އެދުމުގެމަތިން، އޭނާގެ ބޭބެ،
ސ.މަރަދޫ ވައިޖެހޭގޭ ޙަސަން މަޖުދީއަށް ބަދަލުކޮށްދިނުމަށް، ސ.މަރަދޫ އޮފީހުން، އައްޑުއަތޮޅު އަތޮޅު އޮފީހުގައި
ދެންނެވުމުން، އަތޮޅުވެރިންނަށް އެކަން އެގޮތަށް ކުރެއްވުމަށް ފެނިވަޑައިގެން، 28 ޖެނުއަރީ 1989 ދުވަހު،
ސ.މަރަދޫ ވައިޖެހޭގޭ ޙަސަން މަޖުދީއަށް މިގޯތި ބަދަލުކޮށްދެއްވާފައިވާކަމާއި، އަދި ޙަސަން މަޖުދީއަށް މިގޯތި
ދެއްވިކަން، އަތޮޅު އޮފީހުން، ސ.މަރަދޫ އޮފީހަށް އެންގެވި ދުވަހު، މިގޯތި ދޫކޮށްފިކަމަށް ބަޔާންކޮށް، މަރްޔަމް
މަނިކުފާނު، ސ.މަރަދޫ އޮފީހަށް ބަޔާންދީ ސޮއިކޮށް އިނގިލީގެ ނިޝާންޖަހާފައިވާކަން ލިޔެކިޔުންތަކުން އެނގެން
އޮތުމާއި، އަދި މިގޯއްޗަކީ މިހާރު، ސ.މަރަދޫ ވައިޖެހޭގޭ ޙަސަން މަޖުދީއަށް "ނިރު" މިނަމުގައި، ރަޖިސްޓްރީ
ކޮށްދެއްވާފައިވާ ގޯއްޗެއްކަމާއި، މިގޯތީގައި ޙަސަން މަޖުދީ ގެއެއް ރާނާއި ޢިމާރާތްކޮށް، ސ.މަރަދޫ ކޯޓުގެ
ނަންބަރު 92/S3C/45 ޤަޟިއްޔާއިން، 08 އޯގަސްޓް 1992 މިތާރީޚުގައި އޭނާގެ ނަމުގައި މިގޭގެ
މިލްކުވެރިކަން ސާބިތުކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގެންއޮތުމާއިއެކު، ސ.މަރަދޫ ވެންބޮޅުފުށި
ސަރަޙައްދުން، ސ.މަރަދޫ ވައިޖެހޭގޭ މަރްޔަމް މަނިކުފާނުގެ ނަމުގައި 29 ޖުލައި 1987 ދުވަހު ކެނޑުއްވި
ގޯތި، އޭނަގެ ބޭބެ، ސ.މަރަދޫ ވައިޖެހޭގޭ ޙަސަން މަޖުދީގެ ނަމަށް ބަދަލުކޮށްދެއްވާފައިވަނީ، ޤާނޫނާއި ޤަވާޢިދާއި
ޚިލާފަށް ކަމަށް ޝަރީޢަތަށް ނުފެންނަ ހިނދު، ސ.މަރަދޫ ވައިޖެހޭގޭ މަރްޔަމް މަނިކުފާނުގެ ނަމުގައި ސ.މަރަދޫ
ވެންބޮޅުފުށި ސަރަޙައްދުން، 29 ޖުލައި 1987 މިތާރީޚުގައި ދޫކުރެއްވި ގޯތި ނުވަތަ، އެހެން ގޯއްޗެއް މަރްޔަމް
މަނިކުފާނަށް ދެއްވުމަށް އަންގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ މައްޗަށް އަމުރުކޮށްދެވެން ނެތްކަމަށް
ޙުކުމްކުރައްވައިކަން އެނގެން އޮންނަކަމެވެ.
22 22 22
-3
އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/S3C/151 ޤަޟިއްޔާ
އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ
އިސްތިއުނާފުކުރުމަށް ސ.މަރަދޫ( ވައިޖެހޭގެ، މަރްޔަމް މަނިކުފާނުގެ ފަރާތުން 03 (ތިނެއް) ނުކުތާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2{15/HC-A/221
ޤަބިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެނުކުތާތަކާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން
ހުށަހެޅި:
(ހ) ފުރަތަމަ ނުކުތާއަކީ އިސްތިއުނާފު ކުރާފަރާތް ދިރިއުޅުމަށްޓަކައި ސ.މަރަދޫއިން 5000
އަކަފޫޓުގެ ގޯއްޗެއް އިސްތިއުނާފު ރައްދުވާފަރާތުން ދިނުމަށްފަހުގައި އެގޯތި އެހެންފަރާތަކަށް ބަދަލުކޮށްފައިވަނީ
އެއްވެސް ޝަރުޢީ ލިޔުމެއްނެތި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށްކަމަށް ތަކުރާރުކޮށް އިސްތިއުނާފުކުރި ފަރާތުން
ފާހަގަކޮށްފައިވީނަމަވެސް މިކަމަށް ދަށުކޯޓުގައި ރިޢާޔަތްކުރައްވާފައިނުވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: ދަށުކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރު ފާހަގަކޮށްފައިވާ،
ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ 3 (ތިނެއް) ގެ (ރ) ގައި ފާހަގަކޮށްފައިވާ 28 ޖެނުއަރީ 1989 ގެ
ބަޔާނަކީ އެއްވެސް ފަރާތަކަށް ދީފައިވާ ބަޔާނެއް ނޫންކަން ތަކުރާރުކޮށް ފާހަގަކޮށް
ފާހަގަކޮށްފައިވީނަމަވެސް އެލިޔުމުގެ
ސައްޙަކަން ކަށަވަރު ނުވާހިނދު އެލިޔުމުގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި
ނުކުތާ.
22
ތިންވަނަ ނުކުތާއަކީ އިސްތިއުނާފުކުރާ ފަރާތަށް ގޯއްޗެއް ކަނޑުއްވައި ދެއްވިކަން
ސާބިތުވާކަން ފެންނަން އޮންނަހިނދު، އެއިރުވެސް މިހާރުވެސް ގޯއްޗެއް އެހެންފަރާތަކަށް ބަދަލުކުރެވޭނީ
ޝަރީޢަތް މެދުވެރިކޮށް ޝަރުޢީ ޙުކުމަކުން ކަން އިސްތިއުނާފުކުރާފަރާތުން 20 އެޕްރީލް 2014 ގައި
ހުށަހަޅާފައިވާ ބަޔާނުގެ 2 (ދޭއް) ވަނަ ނުކުތާގައި ފާހަގަކޮށްފައިވީނަމަވެސް އެއަށް ރިޢާޔަތް ކުރެއްވުމެއްނެތި
މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
2 92
އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/S3C/151 ޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ސ.މަރަދޫ/ ވައިޖެހޭގެ، މަރްޔަމް މަނިކުފާނުގެ ފަރާތުން ހުށަހެޅި
އެނުކުތާތަކާއި
މަރްޔަމް މަނިކުފާނާއި އިސްތިއުނާފް ދަޢުވާ
ނުކުތާތަކަން
2 2x22
کرو کرفسر
ޗއްވީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/221
އެޓަރނީ ޖެނެރަލްގެ އޮފީސް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013/S3C/151 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މިޤަޟިއްޔާއާ ގުޅޭ ގޮތުން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/S3C/151
ޤަޟިއްޔާއަކީ ސ.މަރަދޫ ވެންކޮޅަފުށި ކިޔާ ސަރަޙައްދުން، ސ.މަރަދޫ "ނިއުހެވަން" ގޯއްޗާއި އިންވެގެން
ދެކުނުން، ސ.މަރަދޫ! ވައިޖެހޭގޭ މަރްޔަމް މަނިކުފާނުގެ ނަމުގައި، 15 އޯގަސްޓް 1987 ދުވަހު، ކަނޑުއްވާ
ދެއްވާފައިވާ ސ.މަރަދޫ "ނިރު" މިނަން ކިޔާ ގޯތި، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް، ސަރުކާރުން މަރްޔަމް
މަނިކުފާނުގެ ކިބައިން ވަކިކޮށް، މަރްޔަމް މަނިކުފާނުގެ ބޭބެ، ސ.މަރަދޫ ވައިޖެހޭގޭ ޙަސަން މަޖުދީއަށް
ދެއްވާފައިވާކަމަށްބުނެ، މިގޯތި އަނބުރާ ލިބިގަތުމަށްއެދި، ސ.މަރަދޫ! ވައިޖެހޭގޭ މަރްޔަމް މަނިކުފާނުގެ ފަރާތުން
ބެލެވިފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނަކަމެވެ.
9 ވ0974
ދަޢުވާ ހުށަހެޅުމުން
(ށ) ދެވަނަ ކަމަކީ: މި މައްސަލާގައި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، 1980 ގެ އަހަރުތަކުގެ ތެރޭގައި ގޯތި
ކަނޑައި ދިނުމުގައާއި ގޯތި ބަދަލުކުރުމުގައި ޢަމަލުކުރާ އުޞޫލެއް ލިޔެވިފައި ނުވާކަމަށާއި، އޭރު ޢަމަލު
ކުރެވެމުން ދިޔަ އުޞޫލަކީ ގޯއްޗެއް ބޭނުންވާ ފަރާތަކުން އެރަށެއްގެ ރަށު އޮފީހުގައި ގޯއްޗަށް އެދި ހުށަހެޅުމުން،
އެއިރަކު އެއަތޮޅެއްގެ އަތޮޅުވެރިޔަކަށް ހުންނަވާ ބޭފުޅަކު، ގޯއްޗަށް އެދިފައިވާ ފަރާތަކަށް އެފަރާތަކުން އެދިފައިވާ
ރަށަކުން ގޯތި ކަނޑައިދިނުމުގެ އުޞޫލުކަމަށާއި، މިގޮތަށް ކަނޑައިދެވޭ ގޯއްޗެއް އެހެންފަރާތަކަށް ބަދަލުކުރުމަށް
އެދިއްޖެ ހިނދެއްގައި އެކަން އެފަރާތެއް ނިސްބަތްވާ ރަށެއްގެ ރަށުއޮފީހަށް އެންގުމުން، ރަށު އޮފީހުން ލިއުމުން
އެކަން އަތޮޅު އޮފީހަށް ހުށަހަޅާކަމަށާއި، ގޯތި ދިނުމުގައި ޢަމަލުކުރެވެނީ ބުނެވިދިޔަ ގޮތުގެމަތިން ކަމަށާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިބިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/221
މަނިކުފާނުގެ ނަމުގައި ކަނޑުއްވާދެއްވާފައިވާ ގޯތި ޙަސަން މަޖުދީގެ ނަމަށް ބަދަލުކުރެވިފައިވާ ކަމާއި
29 ޖުލައި 1987 ދުވަހު، އެއިރު ސ.އަތޮޅު އަތޮޅުވެރިޔާ އަލްފާޟިލް މުޙައްމަދު އިބްރާހީމް
ދީދީ، ސ.މަރަދޫއަށް ވަޑައިގެން، މަރަދޫ ވެންބޮޅަފުށި ކިޔާ ސަރަޙައްދުން، ސ.މަރަދޫ 6 ފަރާތަކަށް
ގޯތީގައި އިން ޖަހާ ވަކިކޮށް ދެއްވާފައިވާކަމަށާއި، އޭގެ ތެރޭގައި ހިމެނޭ ސ.މަރަދޫ ކުދިމާގެ، އަޒީޒާގެ ގޯތި
ހުޅަނގުން އޮތް ހުރަސް މަގުގެ ހުޅަނގުން އޮތް ގޯތި ދެއްވާފައިވަނީ ސ.މަރަދޫ! ވައިޖެހޭގޭ މަރްޔަމް
މަނިކުފާނަށް ކަމަށާއި، މިގޯއްޗަކީ 50x100 (5000 އަކަފޫޓު) ގެ ގޯއްޗެއްކަމަށާއި، އެގޯތިތައް އެފަރާތްތަކާ
ޙަވާލުކޮށްދިނުމަށް ސ.މަރަދޫ ބޮޑުކަތީބަށް އަންގާފައިވާކަން އައްޑުއަތޮޅު އޮފީހުގެ ނަންބަރު 3
/
87
/
21-SA
/
S
(15 އޮގަސްޓް 1987) ސިޓީއަށް ބެލުމުން އެނގެން އޮތްނަމަވެސް، އެގޯތި ސ.މަރަދޫ ވައިޖެހޭގޭ މަރްޔަމް
މަނިކުފާނުގެ ނަމުގައި އެއްވެސް އިރެއްގައި ރަޖިސްޓްރީކޮށްފައިނުވާކަމަށާއި،
އެގޯތި، 28 ޖެނުއަރީ 1989 ވަނަ ދުވަހުގައި، މަރްޔަމް މަނިކުފާނުގެ ބޭބެ ސ.މަރަދޫ1
ވައިޖެހޭގޭ ޙަސަން މަޖުދީގެ ނަމަށް ބަދަލުކޮށްދެއްވުމަށް އެދި މަރްޔަމް މަނިކުފާނުގެ ފަރާތުން ސ.މަރަދޫ އޮފީހަށް
ހުށަހެޅިކަމަށާއި، އެގޮތަށް އެގޯތި ބަދަލުކުރުމަށް މަރިޔަމް މަނިކުފާނުގެ ފަރާތުން ސ.މަރަދޫ އޮފީހުގައި
އެދިފައިވަނީ އަނގަބަހުން ކަމަށާއި، ގެ އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސަރުކާރުގެ
އޮފީސްތަކުންނާއި، އެކިއެކި އިދާރާތަކުން، އެއިދާރާތަކަށް
އެއިދާރާތަކަށް އަނގަބަހުން ހުށަހަޅާ މައްސަލަތައް
ބަލައިގަންނަކަމަށާއި، ސ.މަރަދޫ އޮފީހުގެ ފަރާތުން މިހުށަހެޅުން އެގޮތަށް ލިޔެ، މަރްޔަމް މަނިކުފާނުގެ ބަޔާން
ނަގާފައިވާކަމަށާއި، ބަޔާން ލިޔެފައިވަނީ އައްޑު އަތޮޅު މަރަދޫ އޮފީހުގައި އޭރު ގެންގުޅުނު ފޮތެއްގައި ކަމާށާއި،
އެބަޔާން މިހާރުވެސް ސ.މަރަދޫ އޮފީހުގައި އެބަ އޮތްކަމަށާއި، މިއީ މިފަދަ މައްސަލަތަކުގައި ބަޔާން ނަގަމުން
އައިސްފައިވާ ގޮތްކަމަށާއި، ސ.މަރަދޫ އޮފީހުގެ ނަންބަރު 3
/
88
/
107-SA
/
S (04 އޮކްޓޯބަރު 1988)
ދުވަހުގެ ސިޓީއަށް ބެލުމުން އަތޮޅުވެރިޔާއަށް ފެނިވަޑައިގަންނަވާނަމަ އިސްވެ ބުނެވުނު ގޯތި، ޙަސަން މަޖުދީގެ
ނަމަށް ބަދަލުކޮށް
ލުކޮށްދެއްވުމަށްއެދި، އެގޯތި ޙަސަން މަޖުދީގެ ނަމަށް ބަދަލުކުރުމަށްޓަކައި ފުރަންޖެހޭ ފޯމު
ފުރުމަށްފަހު އެ އޮފީހަށް ފޮނުވާފައިވާކަން އެނގެން އޮންނަކަމާއި، އެހެންކަމުން ސ.މަރަދޫ! ވައިޖެހޭގޭ
1980
2/1/2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
}
2015/HC-A/221
ޤަޟިބިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެގޯތި ޙަސަން މަޖުދީއާ ޙަވާލުކުރެވޭ ތާރީޚް އަންގަވައިދެއްވުމަށްއެދި ސ.މަރަދޫ އޮފީހުގައި ދަންނަވާފައިވާކަން،
އައްޑުއަތޮޅު އަތޮޅު އޮފީހުގެ ނަންބަރު 3
/
89
/
03-SA
/
S (28 ޖެނުއަރީ 1989) ސިޓީއަށް ބެލުމުން އެނގެން
އޮންނަކަމާއި،
އިސްވެ ދެންނެވުނު ގޯޗަށް މިހާތަނަށް ހަދާދެވިފައިވަނީ މުޅިއެކު 02 (ދޭއް) ރަޖިސްޓްރީކަމާއި،
މިގޮތުގެ މަތިން 22 މެއި 1995 ވަނަ ދުވަހުގައި "ނިރު" މިނަމުގައި އިސްވެ ދެންނެވުނު ގޯއްޗަށް
ރަޖިސްޓްރީއެއް ހަދާފައިވާކަމާއި، ގޯތި ޙަވާލުކުރެވުނު ފަރާތް އަދި އިމާރާތުގެ ވެރިފަރާތް ކަމުގައި
ބަޔާންކޮށްފައިވަނީ ނިރު ސ.މަރަދޫ، ޙަސަން މަޖުދީކަމާއި، އައްޑު އަތޮޅު އަތޮޅު އޮފީހުން ހަދާދީފައިވާ
އިމާރާތާއި ގޯތީގެ ރަޖިސްޓްރީގައި އިތުރު ބަޔާން މިސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމަށް ބަލާއިރު މިއީ އައްޑު
އަތޮޅު އަތޮޅު އޮފީހުގެ ނަންބަރު 3
/
89
/
03-SA
/
S (28 ޖެނުއަރީ 1989) ސިޓީއިން އަންގަވައިގެން
ހަމަޖައްސައިދެވުނު ގޯއްޗެއް ކަމާއި، އެގޯތީގައިވަނީ ޙަސަން މަޖުދީގެ މިލްކު ތަކެތިކަމުގައި އައްޑު އަތޮޅު މަރަދޫ
ކޯޓުގެ ނަންބަރު 92/S3C/45 ޤަޟިއްޔާއިން (08 އޯގަސްޓް 1992) ގައި ޙުކުމް ކުރައްވަފައިވާކަމާއި، މިއީ
މި ގޯއްޗަށް ހަދާދީފައިވާ ފުރަތަމަ ރަޖިސްޓްރީ ކަމުގައި ބަޔާންކޮށްފައިވާކަން އެންގެން އޮންނަކަމާއި،
އޭގެ ފަހުން "ނިރު" އެވެ. ކިޔުނު ބަންޑާރަ ގޯތީ، ސ.ފޭދޫ ކުމުންޒާގެ، ފާޠިމަތު އާމިރާގެ
ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ސ.ފޭދޫ ލިލީމަންޒިލް ނަމަކަށްކިޔާ ބަންޑާރަގޯތީގެ ދެބައިކުޅަ އެއްބަޔަށްވާ
2500 އަކަފޫޓުގެ ބަންޑާރަ ބިމަކާއި ލާޖައްސައި ބަދަލުކުރެވިފައިވާކަން އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2013/S4C/110 (12 ނޮވެމްބަރު 2013) ޤަޟިއްޔާއަށް ބެލުމުން އެނގޭކަމާއި، މިގޮތުގެ މަތިން
މިދެ ގޯތި ލާޖެއްސުމުން "ނިރު" މިނަމުގައި 23 އެޕްރީލް 2015 ގައި ރަޖިސްޓްރީއެއް ހަދައިދީފައިވާ ކަމާއި،
އެރަޖިސްޓްރީގައި ގޯތި ޙަވާލުކުރެވުނު ފަރާތް އަދި އިމާރާތުގެ ވެރިފަރާތް ކަމުގައި ލިޔެފައިވަނީ ސ.ފޭދޫ
ކުމުންޒާނިގެ، ފާޠިމަތު އާމިރާ ކަން އެނގެން އޮންނަކަމެވެ.
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤާސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/221
(ނ) ތިންވަނަ ކަމަކީ، ޤާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ ކަމާބެހޭ އިދާރާއަކުން، މީހެއްގެ
ނަމުގައި މުދަލެއް ރަޖިސްޓްރީކޮށް އެކަން ކަށަވަރުކުރުމަށް އެފަދަ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ
ރަޖިސްޓްރީއަކީ އެމުދަލުގެ މިލްކުވެރިކަން، އެމުދަލެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހަކަށް
އޮތްކަން ކަށަވަރުކަމާއި ޔަޤީންކަމާއިއެކު ހާމަކޮށްދެނިވި، އެންމެންގެ މައްޗަށް އޮތް ދަލީލެއްކަމާއި، މިގޮތުން
ޤާނޫނީ ގޮތުން ރަޖިސްޓްރީކުރުން ލާޒިމުވާފަދަ މުދަލެއް އެމީހެއްގެ ނަމުގައި ދައުލަތުގެ ކަމާބެހޭ އިދާރާއަކުން
ޤާނޫނުގައިވާ ގޮތުގެ މަތިން ރަސްމީ ގޮތުން ރަޖިސްޓްރީ ކުރެވިއްޖެނަމަ އެކަން ކަށަވަރުކޮށްދޭ ރަސްމީ
ރަޖިސްޓްރީއަކީ، އެއްވެސް ޝައްކެއްނެތި އެމުދާ އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މީހަކީ އެމުދަލުގެ
މިލްކުވެރި ފަރާތްކަން އެނގޭ ޔަޤީނީ ދަލީލެއްކަމާއި، އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު މިލްކެއް މީހެއްގެ
ނަމުގައި ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ޤާނޫނުގައިވާ ގޮތުގެ މަތިން ރަޖިސްޓްރީކޮށް އެއިދާރާއިން އެކަން
ކަށަވަރު ކޮށްދިނުމުގެ ގޮތުން ދޫކުރާ ރަސްމީ ރަޖިސްޓްރީގެ ލިޔުމަކީ، ޝަރީޢަތުން ކަންކަން ސާބިތުކުރުމުގެ
މުޠުލަޤު ބާރު އެއަށް ލިބިފައިވާ ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭ ވަޞީލަތެއްކަމާއި އަދި އެފަދަ ލިޔުމަކީ
ޙަޤީޤަތާއި ޚިލާފު ދޮގު (ފޯރޖް) ލިޔުމެއްކަން ނުވަތަ އެނޫން އެހެން ގޮތެއް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެމަތިން ސާބިތު ނުވާހާހިނދަކު އޭގެ ޙުއްޖިއްޔަތު ވެއްޓިގެން ނުދާނޭ ލިޔުމެއްކަމާއި،
ޔަޤީނީ ޢިލްމު ޙާޞިލުކުރެވޭ ގޮތަށް ފެންނަން ހުންނަ ޤާނޫނީ ޙުއްޖަތްތައް ބާޠިލުވެގެން ދާނީ
އެފަދަ ޔަޤީނީ ޙުއްޖަތަކުން ކަމާއި، ސަރުކާރުގެ ރަސްމީ އިދާރާތަކަށް ތިމާ އަމިއްލައަށް މަޢުލޫމާތުދީގެން
އެމަޢުލޫމާތު ތަކުގެ މައްޗަށް ބިނާކޮށްގެން ހެދޭ ރަސްމީ ލިޔުންތަކަކީ ޔަޤީނީ ޢިލްމު ޙާޞިލުކުރެވޭ ގޮތަށް ހުންނަ
ޤާނޫނީ ޙުއްޖަތެއް ކަމުގައި ބަލަންޖެހޭކަމާއި، އަދި ހަމައެހެންމެ ޝަރީޢަތުން ކަންކަން ސާބިތު ކުރުމުގެ
ވަޞީލަތްތަކުގެ ތެރެއިން ކިތާބީ (ޑޮކިއުމެންޓަރީ) ހެއްކާއި ޝަފަހީ (އޯރަލް، ހެއްކާއި މިދެވަޞީލަތުގެ ތެރެއިން،
ޝަފަހީ ހެއްކަކީ ކިތާބީ ހެއްކަށްވުރެ، ސާބިތުވުމުގެ ބާރުގެ ޙައިޘިއްޔަތުން ބަލި ވަޞީލަތެއްކަމަށް ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 17/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނަންބަރުގެ
(ށ) ގައި ފާހަގަކޮށްފައިވާކަމާއި، ޤާނޫނީ މިއުޞޫލުތައް ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު]
: 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/221
<<< OU OX
2
0x20
02
2 ހތ
ބަދަލުކޮށްދެއެވެމަށް
ވަނަ މާއްދާއިން ކަށަވަރުވާކަމާއި، ޔަޤީނީ ޢިލްމު ޙާސިލުކުރެވޭ ގޮތަށް ފެންނަން ހުންނަ ޤާނޫނީ ޙުއްޖަތްތައް
ބާޠިލްވެގެންދާނީ އެފަދަ ޔަޤީނު ޙުއްޖަތަކުން ކަން އެނގެން އޮތް ހިނދު، ސަރުކާރުގެ އިދާރާއަކުން
ބޭނުންކުރަމުން ގެންދާ ގޮތެއްގައި މަރްޔަމް މަނިކުފާނު ދީފައިވާ ބަޔާނެއް ލިޔެފައިވަނިކޮށް، އެ ބަޔާނަކީ
ޞައްޙަ ބަޔާނެއް ނޫން ކަމުގައި ބުނާބުނުން ޝަރުޢީ ހަމަތަކުގެ މަތިން ސާބިތުކޮށްދޭންޖެހޭނެ ކަމާއި،
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ސ. މަރަދޫ ވެންބޮޅަފުށި ކިޔާ
ސަރަޙައްދުން، މަރްޔަމް މަނިކުފާނަށް ކަނޑައިދެއްވާފައިވާ ގޯތި، 28 ޖެނުއަރީ 1989 ވަނަ ދުވަހުގައި، އޭނާގެ
ބޭބެ ޙަސަން މަޖުދީގެ ނަމަށް ބަދަލުކޮށްދެއްވުމަށް އެދި މަރްޔަމް މަނިކުފާނުގެ ފަރާތުން ސ.މަރަދޫ އޮފީހަށް
ބަޔާންދީފައިވާކަމާއި، އަދި މި ބަޔާނުގެ މައްޗަށް ބިނާކޮށް އިސްވެ ދެންނެވިފައިވާ ގޯތި، ޙަސަން މަޖުދީގެ ނަމަށް
އެދިފައިވާކަމާއި، މިގޯތި ޙަސަން މަޖުދީގެ ނަމަށް ބަދަލުކުރުމަށްޓަކައި ފުރަންޖެހޭ ފޯމު
ފުރުމަށްފަހު އައްޑު އަތޮޅު އޮފީހަށް ފޮނުވާފައިވާކަން ސ.މަރަދޫ އޮފީހުގެ ނަންބަރު 3
/
88
/
107-SA
/
S (04
އޮކްޓޯބަރު 1988) ސިޓީގައި ބަޔާންކޮށްފައިވުމުން، ސ.މަރަދޫ/ ވައިޖެހޭގޭ މަރްޔަމް މަނިކުފާނުގެ ނަމުގައި
ކަނޑުއްވާދެއްވާފައިވާ ގޯތި ޙަސަން މަޖުދީގެ ނަމަށް ބަދަލުކޮށްފައިވާކަން އައްޑުއަތޮޅު އަތޮޅު އޮފީހުގެ ނަންބަރު
3
/
89
/
03-SA
/
S (28 ޖެނުއަރީ 1989) ސިޓީއަށް ބެލުމުން އެނގެން އޮންނައިރު، ސ.މަރަދޫ އޮފީހަށް
މަރްޔަމް މަނިކުފާނު ދީފައިވާ ބަޔާން ނަފީކުރެވޭވަރުގެ ހެއްކެއް އަދި ޤާރީނާއެއްވިޔަސް މަރިޔަމް މަނިކުފާނަށް
ދެއްކިފައި ނުވާއިރު، ސ.މަރަދޫ އޮފީހަށް އެއްވެސް އިރެއްގައި ބަޔާނެއް ދީފައި ނުވާނޭކަމަށް ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާ ބުނުމަކީ ހަމައެކަނި އެ ބަހުގެ މައްޗަށް ބުރަވެ ސ. މަރަދޫ ވެންބޮޅަފުށި ކިޔާ
ސަރަޙައްދުން، މަރްޔަމް މަނިކުފާނަށް ކަނޑައިދެއްވާފައިވާ ގޯތި،
ބޭބެ ޙަސަން މަޖުދީއަށް މިލްކު ކޮށް
ރަޖިސްޓްރީކޮށް ދިންދިނުން ސައްޙަ ނޫންކަމަށް ބެލެވޭނެ ޤާނޫނީ ސަބަބެއް ނޫންކަން އެނގެން އޮންނަކަމެވެ.
4 22
(ރ) ހަތަރުވަނަ ކަމަކީ: މަރްޔަމް މަނިކުފާނުގެ ނަމުގައި ސ.މަރަދޫ ވެންބޮޅަފުށި ކިޔާ
ސަރަޙައްދުން، ސ.މަރަދޫ "ނިއުހެވަން" ގޯއްޗާއި އިންވެގެން ދެކުނުން، ސ.މަރަދޫ! ވައިޖެހޭގޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{15/HC-A/221
މަނިކުފާނުގެ ނަމުގައި، ގޯއްޗެއް ކަނޑުއްވާ ދެއްވާފައިވަނީ 15 އޯގަސްޓް 1987 ގައި ކަމާއި، އެގޯތި އެއްވެސް
ދުވަސްވަރެއްގައި މަރްޔަމް މަނިކުފާނުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިނުވާކަމާއި، އޭގެ ފަހުން އެގޯތި މަރްޔަމް
މަނިކުފާނުގެ ބޭބެ ޙަސަން މަޖުދީއަށް މަރްޔަމް މަނިކުފާނު ދީފައިވާކަމާއި އަދި އެގޯތީގެ މިލްކްވެރިކަން
ސ.މަރަދޫ ކޯޓުގެ ނަންބަރު S3C192;45 ޤަޟިއްޔާއިން ޙަސަން މަޖްދީގެ ނަމުގައި ސާބިތުވެފައި
އޮންނަކަމާއި، މި މައްސަލައިގެ ކުރިން އެގޯތީގެ މިލްކްވެރިކަމުގެ މައްޗަށް މަރްޔަމް މަނިކުފާނުގެ ފަރާތުން
ދަޢުވާއެއްކޮށްފައިނުވާކަމާއި އަދި ސަރުކާރުގެ ރަސްމީ އިދާރާއެއްގައިވިޔަސް ޝަކުވާއެއް ކޮށްފައިނުވާކަން
އެނގޭއިރު، ބުނެވިދިޔަ "ނިރު" އެވެ. ކިޔުނު ބަންޑާރަ ގޯތި، ސ.ފޭދޫ ކުމުންޒާނުގެ ފާތިމަތު އާމިރާގެ ނަމުގައި
ރަޖިސްޓްރީކުރެވިފައިވާ ސ.ފޭދޫ ލިލީމަންޒިލް ނަމަކަށްކިޔާ ބަންޑާރަގޯތީގެ ދެބައިކުޅަ އެއްބަޔަށްވާ 2500
އަކަފޫޓުގެ ބަންޑާރަ ބިމަކާއި ލާޖައްސައި ބަދަލުކުރެވިފައިވާކަން އައްޑު
ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2013/S4C/110 (12 ނޮވެމްބަރު 2013) ޤަޟިއްޔާއަށް ބެލުމުން އެނގެން އޮންނާތީ، މިހާރު
ސ.މަރަދޫނިރު އެވެ ކިޔާ ގޯތީގެ މިލްކްވެރިކަމުގެ މައްޗަށް މަރްޔަމް މަނިކުފާނު ކުރާދަޢުވާގެ އަނެއް
އޮތްކަމަކަށް މިޤާޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް
ނުފެންނަކަމެވެ.
އެހެންކަމުން މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ އައްޑުއަތޮޅު
މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/S3C/151 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ ނިންމުމަށް
ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ބަބެއް ނެތް ކަމަށެވެ.
ހ*
އަޅު
02 0 0
.ނ
ކުލް:
ދެންފަހެ އިސްވެ ފާހަގަ ކުރެވުނު ކަންކަން ބަޔާން ކުރެވުނު ގޮތަށް ހުރުމާއެކު، އައްޑުއަތޮޅު
02c 0 0
މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/S3C/151 ޤަޟިއްޔާގައި އެކޯޓުން ނިންމާފައިވާ ނިންމުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/221
ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
0x07
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv