ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/184 ޤަޟިއްޔާގެ ޙުކުމް
"އި
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/184
5."
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 184/HC
-
A/2017
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އިބްރާހީމް ޚާލިދު
އައިޑީ ކާޑު ނަންބަރ: A046825
ދާއިމީ އެޑްރެސް: ވައިޖެހޭގެ / ހއ. މުރައިދޫ
* މިހާރުގެ އެޑްރެސް: ލ. ކުނަހަގާލިގެ / ކ.މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން:ދިވެހި ދައުލަތް( ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން)* ދާއިމީ އެޑްރެސް: އެޓާރނީ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ.
މިހާރުގެ އެޑްރެސް: އެޓާރނީ ޖެނެރަލްގެ އޮފީސް
ޖިސްޓްރީކުރެވުނު ތާރީޚް: 14 ރަބީޢުލްއާޚިރު 1438
12 ޖެނުއަރީ 2017
ނިމުނު ތާރީޚް: 28 ރަބީޢުލްއައްވަލް 1441
25 ނޮވެމްބަރ 2019
:
ތިއުނާފުކުރެވުނު އަމުރު ނަންބަރު: 2016/VTR/104
ނިންމެވިކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅި ތާރީޚް: 26 މާރޗް 2017 * ނިމުނު ތާރީޚް: 14 ޖުލައި 2017
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު މުޙައްމަދު ނިޔާޒް ފަނޑިޔާރު ޢަބުދުއްރައޫފް އިބްރާހީމް
(ރިޔާސަތު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހި ޚާއިކޯޓް
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/184
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
104/VTR/2016
މައްސަލަ،
<< O
އެޓްރައިބިއުނަލް އިން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ހއ. މުރައިދޫ |
ވައިޖެހޭގެ، އިބްރާހީމް ޚާލިދު ( އައިޑީކާޑު ނަންބަރު A046825) ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ
ދައުލަތް (ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
0 2
<< O
01- އިސްތިއުނާފު ކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2016/VTR/104
މައްސަލައަށް ބަލާއިރު، މި މައްސަލައަކީ ހއ.މުރައިދޫ ގެ ވައިޖެހޭގެ، އިބްރާޙިމް ޚާލިދު، (އައިޑީކާޑު
ނަންބަރު:A046825) ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ
މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ގަރާރަކުން ދިވެހިރާއްޖޭގެ ޖުޑީޝަލް
އެކަޑަމީއެއް ޤާއިމްކުރުމާއި ގުޅިގެން އޭނާ ވަޒީފާ އަދާކުރަމުންދިޔަ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަންގެ ދަށުން ވިލިމާލޭގައި ހިންގަމުންދިޔަ ޖުޑީޝަލް ޓްރޭނިންގ ސެންޓަރ (ޖޭ.ޓީ.ސީ)
އުވާލައި، އެތަނުގެ އޮނިގަނޑުގައި ހުރި މަޤާމްތައް އުވާލުމަށް ނިންމުމާ ގުޅިގެން އޭނާ ވަޒީފާއިން
ވަކިކޮށްފައިވާތީ، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، ވަޒީފާއިން ވަކިކުރުމަށް އެންގި
ދުވަހުން ފެށިގެން އަލުންވަޒީފާއަށް ނުކުތުމަށް އަންގާ ދުވަހާއި ހަމަޔަށް ލިބެންޖެހޭ މުސާރައާއި، އިނާޔަތްތަކާއި
އިތުރުގަޑީގެ ފައިސާ ހޯދުމަށާއި، އަދި އޭނާ ވަޒީފާއަށް ނެރުމަށް އަމުރުކޮށްދިނުމަށް އެދި ޑިޕާޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ދިވެހި ދަޢުލަތް) ގެ މައްޗަށް ރައްދުވާގޮތަށް އިބްރާހީމް ޚާލިދުގެ ފަރާތުން
ހުށަހެޅުމުން ބެލިފައިވާ މައްސަލައެއްކަމާއި،
އެމައްސަލަ ބައްލަވައި ނިންމާފައިވާ ނިންމުމުގައި "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި
މައްސަލަ ބެލި މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ހެކިންގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު،
މައްސަލަ ހުށަހެޅި އިބްރާހީމް ޚާލިދު، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ދައުލަތް) ގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
"ނު
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/184
އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމުގައި ވަޒީފާއަދާކުރަމުން ދަނިކޮށް، އޭނާ މަސަކަތްކުރަމުން ދިޔަ ޖުޑީޝަލް
ޓްރެއިނިންގ ސެންޓް އުވާލުމާއި ގުޅިގެން 09 މާރޗް 2016 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާ
އިޢާދަކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރަން އެންގި ދުވަހުން ފެށިގެން އަލުން ވަޒީފާއަށް ނިކުތުމަށް އަންގާ
ދުވަހާއި ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތަކާއި އަދި އިތުރުގަޑީގެ ފައިސާ ހޯދުމަށް އެދި ހުށަހެޅި
މައްސަލައިގައި، މައްސަލަ ހެށަހެޅި އިބްރާހީމް ޚާލިދު ވަޒީފާއިން ދޫކޮށްލާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގެ 141 ވަނަ މާއްދާއާއި 156 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ލިބިދޭ
އިޙްތިޔާރާއި ބާރުގެ ދަށުން ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއެއް ޤާއިމްކުރުމަށް ނިންމައި، ޝަރުއީ ދާއިރާގައި
މީގެ ކުރިން ރާވައި ހިންގަމުންދިޔަ ތައުލީމާއި ތަމްރީން ދިނުމުގެ އެންމެހައި ޕްރޮގްރާމްތަށް 01 ޑިސެމްބަރ
2015 އިން ފެށިގެން ހިންގަމުންގެންދަނީ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ކަމުގައި ކަނޑައަޅާފައިވާތީ،
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ވިލިމާލޭގައި ހިންގަމުންދިޔަ ޖުޑީޝަލް ޓްރައިނިންގް ސެންޓާ
އުވާލުމަށް ނިންމުމާ ގުޅިގެން، ޝަރުޢީ ދާއިރާގެ މުވައްޒިފުންގެ ގަވައިދުގެ 96 ވަނަ މާއްދާ (ށ) ގެ ދަށުން،
އެ ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖްރާޢުތައް ފުރިހަމަ ކުރުމަށްފަހުގައި ކަމަށް ބުނެ އެކަން ސާބިތުކޮށްދީފައިވާތީ،
މައްސަލަ ހުށަހެޅި އިބްރާހީމް ޚާލިދު އެދިފައިވާފަދަ އަމުރެއް ނެރެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި
މިމައްސަލަ ނިންމައިފީމެވެ." މިފަދައިންކަން ފާހަގަކުރެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:
2016/VTR/104 މައްސަލަ ނިންމުމާއި ގުޅިގެން، މުރައިދޫ / ވައިޖެހޭގެ އިބްރާހީމް ޚާލިދު ގެ ފަރާތުން
އެމައްސަލަ ދިވެހިރާއްޖޭގެ
އްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރަމުން މައިގަނޑު އެއް ނުކުތާ ފާހަގަކޮށް، އެނުކުތާއާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
* އެ ނުކުތާއަކީ: ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2016/VTR/104 މައްސަލަ
ނިންމަވާފައިވަނީ، މައްސަލަ ހުށަހެޅި ލިޔުންތަކާއި ޓްރައިބިއުނަލްގެ އަޑުއެހުންތަކުގައި ދެއްކި ވާހަކަތަކާއި އެ
ހާޟިރުކުރި ހެކިންގެ ފަރާތުން ހުށަހެޅި
އެއްވެސް މިންވަރަކަށް
4
ﷲ2 :
032 ހތކ
އަޑުއެހުންތަކަށް
2
0222 ދ ތތ
ހެނދޅުނނކށ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/184
ރިޢާޔަތްކުރެއްވުމެއްނެތި، ހއ. މުރައިދޫ ގެ ވައިޖެހޭގެ ޢިބްރާހިމް ޚާލިދު (އައިޑީކާޑު ނަންބަރު A046825)
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ވަޒީފާއިން ވަކިކުރި
ވަކިކުރުމުގައި މަޢުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމް ނުކޮށް ވަޒީފާއާބެހޭ ޤާނޫނާއި
ބައިނަލްއަޤްވާމީ އުސޫލުތަކާއި ޚިލާފަށް ކަމަށްވާއިރު އިބްރާހީމް ޚާލިދު ވަޒީފާއިން ވަކިކުރިކުރުމަކީ ރަނގަޅު
ނިންމުމެއްކަން ވަޒީފާއާއިބެހޭ ޓްރައިބިއުނަލް އިން ނިންމާފައިވަނީ ޝަރުއީ އަދި ޤާނޫނީ ހަމަތަކާއި ޙިލާފަށް
ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
03- ދިވެހިރާއްޖޭގެ ހައިކޯޓުގެ ލިޤާޟިއްޔާއާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2016/VTR/104 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި
ހއ. މުރައިދޫ / ވައިޖެހޭގެ އިބްރާހީމް ޚާލިދު ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށާއި، އެ ނުކުތާއާއި ގުޅިގެން
ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި
އެންމެހައި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު މިޤާޟިއްޔާގެ ޙުކުމަށް
ވާޞިލުވުމަށް ރިޢާޔަތްކުރި ސަބަބުތަކާއިމެދު ފަނޑިޔާރުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ.
ފުރަތަމަ: ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔާއި އެރައުޔު ބިނާކުރި ސަބަބުތައް؛
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފް ނުކުތާގެ
ތަފްޞީލުގައި ދައްކާފައިވާ ވާހަކަތަށް ބަލާއިރު، މިމައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ،
އިސްތިއުނާފުކުރާ ފަރާތް ވަޒީފާ އިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލު ވެރިކަން(substantive fairness )
އާއި އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމް ކުރުމެއް ނެތި، އަމިއްލަ އަށް އުފެއްދި
ރިޓެންޑެންސީ (artificial redundency) އެއްގެ ދަށުންކަމަށާއި އެހެންކަމުން ވަޒީފާއިން ވަކިކުރި ކުރުމަކީ
އަންފެއަރ ޑިސްނީސަލް (unfair dismisal) އެއް ކަމަށްބަޔާން
އެކަންކަމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު:2016/VTR/104 މައްސަލަ ނިންމުމުގައި ރިޢާޔަތް ކޮށްފައި ނުވާތީ ކަން އެނގެން
ކޮށް،
244w
އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
"އި
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/184
Loc
Ooxo
(ށ) ދެވަނަ ކަމަކީ، މިމައްސަލައަކީ، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން
ވިލިމާލޭގައި ހިންގަމުން ގެންދިޔަ ޖުޑީޝަލް ޓްރެއިނިންގ ސެންޓަރު (ޖީ.ޓީ.ސީ) އުވާލައި، އެތަނުގައި
މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންގެ މަޤާމުވެސް އުވާލުމާއި ގުޅިގެން، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ އެއްގެ މަޤާމުގައި ހުރި އިބްރާހީމް ޚާލިދުގެ މަޤާމު
ގެއްލުމާއި ގުޅިގެން އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައެއް ކަމާއި، އިބްރާހީމް ޚާލިދު
ވަޒީފާއިން ދޫކޮށްލާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި 156 ވަނަ
މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރާއި ބާރުގެ ދަށުން ޖުޑީޝަލް އެކަޑަމީއެއް ޤާއިމް
ކުރުމަށް ނިންމައި، ޝަރުޢީ ދާއިރާގައި މީގެ ކުރިން ރާވާ ހިންގަމުންދިޔަ ތަޢުލީމާއި ތަމްރީނުގެ އެންމެހައި
ޕްރޮގްރާމްތައް 01 ޑިސެމްބަރު 2015 އިން ފެށިގެން ހިންގަމުން ގެންދާނީ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން
ކަމުގައި ކަނޑައަޅުއްވާފައިވާތީ، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިލިމާލޭގައި
ހިންގަމުންދިޔަ ޖުޑީޝަލް ޓްރެއިނިންގ ސެންޓަރ (ޖޭ.ޓީ.ސީ) 08 މާރޗް 2016 ވަނަ ދުވަހުން ފެށިގެން
އުވާލުމަށް ނިންމުމާއި ގުޅިގެންކަމަށް ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ބުނެފައިވާ ކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފުކުރާ އިބްރާހީމް ޚާލިދު އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން
ދޫކޮށްލަންޖެހުނު މައިގަނޑު ސަބަބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި
156ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރީ ބާރުގެ ދަށުން ޖުޑީޝަލް
އެކަޑަމީއެއް ޤާއިމްކޮށް، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގަމުން ދިޔަ ޖޭ.ޓީ.ސީ
އުވާލުމުން ޖޭ.ޓީ.ސީގެ މަޤާމުތައް އުވިގެން ދިއުމުން ކަމަށް ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ބަޔާންކޮށް
އެނުކުތާގައި ވާހަކަ ދައްކާފައިވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގައި ބަޔާން
<<
ކޮށްފައިވަނީ:
141. (ހ) އަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމް ކޯޓަށާއި،
ހައިކޯޓަށާއި، އަދި ޤާނޫނަކުން ކަނޑައަޅައިފައިވާ ދަށު ކޯޓު ތަކަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2017/HC-A/184
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ށ) ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓެވެ. ސުޕްރީމް ކޯޓުގެ
އެންމެ އިސް ފަރާތަކީ އުއްތަމަފަނޑިޔާރެވެ. ސުޕްރީމް ކޯޓުން ބަލާ ކޮންމެ މައްސަލައެއް
ނިންމާންވާނީ އެ މައްސަލައެއް ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޢުލަބިއްޔަތުންނެވެ.
(ނ) އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކު ވިޔަސް،
ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވައި ހަދައިގެނެއް ނުވާނެއެވެ.
(ރ) ކޯޓުތަކުގެ މިނިވަންކަން ރައްކާތެރި ކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކޮށްދީ،
އެތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށްނުޖެހި،
ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި، ޤާނޫނާއި ޤަވާއިދުތަކުގެ
ޛަރީއާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް
ހިންގުމާ ޙަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެއެވެ.
މިފަދައިން ކަމާއި، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 156 ވަނަ މާއްދާއަށް ބަލާއިރު
އެމާއްދާގައި ބަޔާން ކޮށްފައިވަނީ،
ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީން ޢަދުލު އިންޞާފު ޤާއިމްކުރުމަށްޓަކައި ކޯޓުތަކުން ކުރާ އެންމެހައި
ކަންތައްތައް ރައްކާތެރިކޮށް އިދާރާހިންގުމާބެހޭ ޤަވާއިދު ހެދުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެކެވެ.
މިފަދައިން ކަމާއި، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) އިން (ރ) އާ ދެމެދު ބަޔާން ކޮށްފައިވާ
ނައްޞުތަކާއި، ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ ނައްޞަށް ބަލާއިރު ޤާނޫނު ފިޔަވައި، އެހެން އެއްވެސް
ފަރާތަކަށް އެއްވެސް މާނައެއްގައި އިދާރާއެއް އުފައްދައި އުވާލުމުގެ އިޚްތިޔާރެއް ބާރެއް ދީފައިވާކަން، ސީދާ އަދި
ނުސީދާ ކޮށްވެސް ފެންނާން ނެތްއިރު، ހުށަހެޅިފައިވާ މައްސަލައިގެ އަސްލު ބިނާވެގެން ގޮސްފައިވަނީ،
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހިންގަމުންއައި ޖޭ.ޓީ.ސީ އެއީ ވަކި އިދާރާއެއްގެ ގޮތުގައި
ބަލައި އެތަން އުވާލެވި ޖުޑީޝަލް އެކަޑަމީ'ގެ ނަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަލުން ވުޖޫދު ކުރުވި
އިދާރާއަކާ ގުޅިގެން ކަމަށްވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ "އަމިއްލަ ވެރިކަން" ބިނާވަނީ ޤާނޫނުއަސާސީގެ
5 ވަނަ މާއްދާގައި ބަޔާން ކުރާ ޤާނޫނު ހެދުމުގެ ބާރު (legislative) އާއި ޤާނޫނުއަސާސީގެ 6 ވަނަ މާއްދާގައި
1 ޤާނޫނު ނަންބަރު: 11/2010 (ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ގެ
2-21 (ހ) ގެ ގެދަށުން، ކުރިން ހިގަމުންއައި ޖުޑީޝަލް އެކެޑަމީ އުވި، އެ އެކަޑެމީގެ އިދާރީ މުވައްޒަފުންނާއި، މަސައްކަތްތަކާއި، އެ އެކެޑަމީގެ ހުރިހާ
ވަސީލަތްތަކާއި، އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ޙައްޤުތައް، ބަޔާންވެދިޔަ ޤާނޫނުގެ ދަށުން އުފެދޭ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނަށް ބަދަލު ކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނ.ގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ނައި
1
2017/HC-A/184
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަޔާން ކޮށްފައިވާ ވެރިކަން ހިންގުމުގެ ބާރު (executive power) އާއި ޤާނޫނުއަސާސީގެ 7 ވަނަ މާއްދާގައި
ބަޔާން ކޮށްފައިވާ ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ ބާރު (judicial power)
ގެ މައްޗަށް ކަމާއި،
"ސަރުކާރު" (government) އަކީ ހަމައެކަނި "ވެރިކަން ހިންގުމުގެ ބާރު" (executive power) ކަމަށް
ބުނުމަކީ ޤާނޫނީ އިޞްޠިލާޙުގައި ރަނގަޅު ގޮތެއް ނޫންކަމާއި، ނަމަވެސް އެއީ ބަޔާންވެދިޔަ ތިންބާރު ހިމެނިގެން
ކިޔާ ނަމެއް ކަމާއި، މިތިން ބާރު ސެޕަރޭޝަން އޮފް ޕަވަރސް (seperation of powers) ގެ އުޞޫލުގެ
މަތިން، ޤާނޫނުއަސާސީގައި ވަނީ ވަކިކޮށްދީފައި ކަމާއި މިތިން ބާރަކީ މުސްތަޤިއްލު (independent) ތިން
ބާރު ނަމަވެސް މިއީ އެއްބާރު އަނެއްބާރުގެ މައްޗަށް ބަރޯސާވާ (interdependent) ތިން ބާރު ކަން މުޅި
&
ޤާނޫނުއަސާސީއަށް ބެލުމުން އެނގެން އޮންނައިރު، މިތިން ބާރަކީ ވަކިވަކި "ސަރުކާރު" ތަކެއް ނޫން ކަމާއި،
މިއިން ކޮންމެ ބާރަކުން އަމިއްލައަށް އެކިއެކި އިދާރާތައް އުފައްދައި އުވާލާންވެއްޖެނަމަ، ޤާނޫނު އަސާސީގެ 2
ވަނަ މާއްދާގައި ބަޔާން ކުރާ "ޔުނިޓަރީ" ދައުލަތެއްގެ ސިފަ ގެއްލިދާނެ ކަމާއި، އެހެންކަމުން، ޤާނޫނުއަސާސީގެ
141 ވަނަ މާއްދާ އާއި 156 ވަނަ މާއްދާގެ ދަށުން އެއްވެސް އިދާރާއެއް އުފެއްދުމަށް އެއްވެސް ފަރާތަކަށް
އިޚްތިޔާރެއް ނުވަތަ ބާރެއް ލިބިދޭ ކަމަށް ބަންޑާރަ ނައިބުގެ ފަރާތުން ވަކާލާތު ކުރާނަމަ، އެކަން
ފަނޑިޔާރުންނަށް ޤަބޫލު ކުރެވޭ މިންވަރަށް ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައިވާ ތަރަހައިގެ މަތިން ބަޔާން
ކޮށްދެވެން ޖެހޭނެކަމާއި، ނަމަވެސް ބަންޑާރަ ނާއިބަކީ ހުށަހެޅިފައިވާ މައްސަލައިގެ ޚަޞްމެއްކަމަށް ބުނެ،
ބަންޑާރަ ނައިބުގެ ފަރާތުން އެކަމަށް ޖަވާބުދީފައި ނެތްކަމާއި، ބައެއް ޙާލަތުގައި، ބަންޑާރަ ނާއިބަކީ ހަމައެކަނި
ޚާއްޞަމެއްގެ ގޮތުގައި ކޯޓުގައި ތަމްސީލު ކުރާ ފަރާތެއްވެސް ނޫންކަމާއި ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ
(ރ) ގެ ދަށުން، ސަރުކާރު ޝާމިލުނުވާ މައްސަލަތަކުގައިވެސް، ދައުލަތުގެ ނުވަތަ ޢާންމު މަސްލަޙަތެއް
ހިމެނޭނަމަ، ކޯޓުގެ ހުއްދައާއެކު ކޯޓަށް ޙާޟިރުވެ ވާހަކަ ދެއްކޭނެކަން އެނގެން އޮތްއިރު، ޤާނޫނުއަސާސީ އާއި
ޤާނޫނުގައި ސާފުކޮށް ކަނޑައަޅާ ބަޔާން ކޮށްފައިވާ ގޮތެއްގެ މަތިން މެނުވީ، ސަރުކާރުގެ އިދާރާއެއް އުފެއްދުމަށް
އެހެން އެއްވެސް ފަރާތަކަށް ބާރު ލިބިދޭކަމަށް އެއްވެސް ފަރާތަކުން ބުނާނަމަ، އެކަމަކީ އޭގައި ދައުލަތާ
ދައުލަތާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/184
ސަރުކާރާއި އަދި ޢާންމު މަޞްލަޙަތު ހިމެނޭނެ މައްސަލައެއްކަމަށްވާއިރު، މިނުކުތާގައި ބަންޑާރަ ނައިބުގެ
ފަރާތުން ވަކި ވަޖާބެއް ދީފައި ނެތުމުން، މިމައްސަލަ ކުރިއަށް ގެންދެވިފައިވަނީ އެގޮތުގެ މަތިންކަމެވެ.
(ށ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފުކުރާ އިބްރާހީމް ޚާދިރު ވަޒީފާއިން ވަކިކުރެވުނީ އޭނާ
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގައި ހުއްޓާކަން
އެނގެން އޮތްއިރު، އަލަށް އުފެއްދި ޖުޑީޝަލް އެކަޑަމީ އިން އޭނާއަށް މަޤާމެއް ހަމަ ނުޖެއްސުނީ، ޖުޑީޝަލް
އެކަޑެމީއަކީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ވަކިން ޤާއިމް ކުރެވިފައިވާ ތަނެއްކަމަށްވާތީ
ކަމަށް ބުނެ، ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަ ތަކަށް ބަލާއިރު، 06 އޮގަސްޓް 2008 ގައި،
"މިނިސްޓްރީ އޮފް ޖަސްޓިސް" އުވާލައްވައި "ޑިޕާޓްމަންޓް އޮފް ޖަސްޓިސް" ރައީސުލްޖުމްހޫރިއްޔާ
އުފައްދެވިކަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު: 2008/24 (17 އޯގަސްޓް 2008) ދެންނެވުމުން
އެނގެން އޮންނަކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ސާދަވަނަ ބާބު (އިންތިޤާލީ
ކަންތައްތަކާބެހޭ ބާބު) ގެ ގެ 297ވަނަ މާއްދާގެ (ނ)ގެ، ދަށުން، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ
މުއައްސަސާތައް
މިޤާނޫނުއަސާސީގައި ނުވަތަ މި ބާބުގައި ބަޔާންކޮށްފައިވާގޮތަށް އުފެއްދެންދެން
މިޤާނޫނުއަސާސީއަށް ޢަމަލުކުރަންފަށާއިރު އުފައްދާފައިވާ ނުވަތަ ޤާއިމްކޮށްފައިވާ އެފަދަ މުއައްސަސާތައް
ދެމިހުންނާނެ ކަމަށް ބަޔާން ކޮށްފައި އޮތުމުން، "ޑިޕާރޓްމަންޓް އޮފް ޖަސްޓިސް" ބަޔާންވެދިޔަ މުއްދަތުގައި
ދެމިއޮތްކަން އެނގެން އޮންނަކަމާއި، ކޯޓުތައް ހިންގުމުގެ (administrative) ޤާނޫނުތައް ހެދުމުގެ ބާރު
ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ލިބިދީފައިވަނީ ރައްޔިތުންގެ މަޖިލީހަށްކަމާއި، ޢަދުލު އިންޞާފު
ޤާއިމްކުރުމުގެ ކަންތައްތައް ހިންގުމުގައްޔާއި ކޯޓުތަކާއި ގުޅޭ އެހެނިހެން ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހަށް
ލަފާދިނުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތު ތަކާއި ބާރުގެ ތެރޭގައި ހިމެނޭ ކަމެއްކަން
ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ރ) އިން އެނގެން އޮތުމާއެކު، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު
ބާރުގެ ޢާންމު އިދާރީ ކަންކަން ރާވައި، ހިންގައި ބެލެހެއްޓުމުގެ ގޮތުން، ޖުޑީޝަލް ސަރވިސް
ކޮމިޝަނުން ފަންނީ އެޑްމިނިސްޓްރޭޝަނެ ޢައްޔަން ކުރަން ޤާނޫނު ނަންބަރު: 10/2008 (ޖުޑީޝަލް
ޤާއިމުކުރު
މުކުރުމެގ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{017/HC-A/184
2008
ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 21ވަނަ މާއްދާގެ (ބ)އިން އެކަށަ އެޅުމާއި ގުޅިގެން، 04 ސެޕްޓެމްބަރު
އަކުން ފެނިގެން، ޑިޕާރޓްމަންޓް އޮފް ޖަސްޓިސް" "ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަން"ގެ ގޮތުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ދަށުން ހިންގަން ފެށުނުކަމާއި، ނަމަވެސް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:01/SC
-
RU/2008 (02 ޑިސެމްބަރު 2008) ރޫލިންގ ގެ ދަށުން،
ބަޔާންވެދިޔަ ޤާނޫނުގެ 21ވަނަ މާއްދާގެ (ބ) އަކީ ޢަމަލު ކުރެވެން ނެތް ބާޠިލް އަކުރެއް ކަމަށް ކަނޑައަޅައި،
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ދަށުގައި އޮތް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެވެ ކިޔާ
އިދާރާ 02 ޑިސެމްބަރު 2008 އިން ފެށިގެން ހިނގަމުންދާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ
އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތީން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންކަމަށާއި އަދި އެއިދާރާގެ މަސްއޫލުވެރިންނާ
ޙަވާލުކުރެވޭ މަސައްކަތާ ބެހޭ ގޮތުން އެފަރާތްތަކުން ޖަވާބުދާރީވާން ޖެހޭނީވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް
ކަމަށް ކަނޑައަޅައި، ބަޔާންވެދިޔަ ސުޕްރީމް ކޯޓުގެ ރޫލިންގެ ދަށުން، ޤާނޫނު ނަންބަރު: 10/2008 (ޖުޑީޝަލް
ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 21ވަނަ މާއްދާގެ (ބ) އުވާލެވިފައިވާ ކަމާއި، އަދި ބަޔާންވެދިޔަ ޖުޑީޝަލް
އެޑްމިނިސްޓްރޭޝަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދަށަށް ގެނެވިފައިވަނިކޮށް، ދެވަނަ ފަހަރަށް، ޤާނޫނު
ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 98ވަނަ މާއްދާގެ ދަށުން، ޤާނޫނު ނަންބަރު:
10/2008( ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 21ވަނަ މާއްދާގެ (ބ) އުވުނީކަމަށް ކަނޑައަޅައި،
ކޯޓުތަކުގެ ޤާނޫނުގެ 09 ވަނަ ބާބަކީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ޚާއްޞަ ބާބެއްގެ
ގޮތުގައި ކަނޑައަޅައި، ޤާނޫނު ނަންބަރު:22/2010( ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 90ވަނަ މާއްދާގެ
(ހ)ގެ ދަށުން، މިޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ
ނަމުގައި އިދާރާއެއް އުފެދުނީ ކަމަށް ބަޔާންކޮށް، 04 އޮކްޓޯބަރ 2010ގައި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަން
އެޑްމިނިސްޓްރޭޝަން ދެވަނަ ފަހަރަށް ޤާނޫނެއްގެ ބެލެނިވެރިކަމުގެ ދަށަށް ދެވަނަ ގެނެވުނު ކަމާއި، ހަމައެއާއެކު،
އެޤާނޫނުގެ 90 ވަނަ މާއްދާގެ (ހ)ގެ ދަށުން، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންއައި
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުވާލެވި، އެޑިޕާރޓްމަންޓުގެ ހުރިހާ މުވައްޒަފުންނާއި،
2 22 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected]
;
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/184
މަސައްކަތްތަކާއި، އެޑިޕާރޓްމަންޓުގެ އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ޙައްޤުތައް، މިޤާނޫނުގެ ދަށުން
އުފެދުނު ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެހިނދުންފެށިގެން ބަދަލުވީ ކަމަށް ބަޔާން
ކޮށްފައި ވަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:02/SC
-
RU/2011 (14 މާރޗް 2011)
ރޫލިންގ އިން، ޤާނޫނު ނަންބަރު:2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 90 ވަނަ މާއްދާއާއި 91
ވަނަ މާއްދާއާއި 32 ވަނަ މާއްދާއާއި 93 ވަނަ މާއްދާއާއި 94 ވަނަ މާއްދާ (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ
09 ވަނަ ބާބު) އަކީ ޤާނޫނީ ގޮތުން ތަންފީޒުވުމުގެ ބާރު ލިބިގެން ނުވާ އޭގެ ޒާތުގައިވެސް ބާޠިލު މާއްދާތަކެއް
ކަމަށް ކަނޑައަޅައި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގަމުންދާނީ ޤާނޫނު ނަންބަރު:
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)އަށް ޢަމަލު ކުރަން ފެށުމުގެ ކުރިއެކޭ އެއްފަދައަކުން ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ރޫލިންގ ނަންބަރު:01/SC
-
RU/2008 (04 ޛުލްޙިއްޖާ 02
/
1429ޑިސެމްބަރު2008) އާއި
އެރޫލިންގ އާ ޙަވާލާދީ، އެރޫލިންގެ ދަށުން ނެރެފައިވާ ސުޕްރީމްކޯޓުގެ ސަރކިއުލަ ނަންބަރު SC/2009
/
01
އަށް 1ވަނަ އިސްލާޙު ގެނައުމުގެ ސަރކިއުލަރ (17 ޝައްވާލް 06/1430 އޮކްޓޯބަރ 2009) ގައި
ކަނޑައަޅާފައިވާ ގޮތުގެ މަތިންކަމަށް ބަޔާންކޮށް، ޤާނޫނުގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް ޑިޕާރޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ދެވަނަ ފަހަރަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށަށް ގެނެވިފައި
އޮތުމުން، މި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ، ޤާނޫނު ނަންބަރު: 2008!10 (ޖުޑީޝަލް
ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 21ވަނަ މާއްދާގެ (ބ) ދަށުން އުފެއްދި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
ނޫންކަމާއި އަދި އެއީ ޤާނޫނު ނަންބަރު:22/2010( ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 90ވަނަ މާއްދާގެ
(ހ)ގެ ދަށުން އުފެއްދި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނޫންކަމާއި އެއީ ބަޔާންވެދިޔަ
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު:01/SC
-
RU/2008 (04 ޛުލްޙިއްޖާ 02/1429 ޑިސެމްބަރު2008)
އާއި އެރޫލިންގައި ބަޔާންކުރާ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކަމާއިޝް އެއީ ދިވެހިރާއްޖޭގެ
ox
އިޞްލާޙު ގެނެވި، ޤާނޫނު ނަންބަރު:10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 1-21(ށ) ވަނަ މާއްދާގެ ދަށުން ޑިޕާރޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމުގައި އިދާރާއެއް އުފައްދާއި، އަދި އެމާއްދާގެ (ހ)ގެ ދަށުން، ކުރިން ހިގަމުންއައި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
ދިއެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/184
uc oo
x2cތތ x
و ترک کر می
ސުޕްރީމް ކޯޓުގެ ދަށުގައި އޮތް އިދާރާއެއްކަން އެނގޭއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދިވެހިރާއްޖޭގެ
ޖުޑީޝަލް އެކަޑެމީ އުފައްދައި، އެކުލަވާލާފައިވާ، "ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ހިންގުމާބެހޭ ޤަވާއިދު"ގެ
2ވަނަ މާއްދާގައި "ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ހިނގަމުންދާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެލުމުގެ
ދަށުންނެވެ. މިފަދައިން ބަޔާން ކޮށްފައި އޮތުމުން، ޖުޑީޝަލް އެކަޑަމީއަކީ، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނާއި ވަކިން ޤާއިމް ކުރެވިފައިވާ ތަނެއްކަމަށް ބުނިނަމަވެސް މިދެތަނަކީވެސް ސުޕްރީމް ކޯޓަށް
ޖަވާބުދާރީވާންޖެހޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤިޔާދަތުގެ ދަށުގައި އޮތް އެކޯޓުން އުފެއްދި އެއިދާރާކަމާއި،
މިދެއިދާރާއަކީވެސް އެއިދާރާގެ ޒާތުގައި މިނިވަން މުސްތަޤިއްލު ބާރުތަކެއް (autonomus power)
އެއިދާރާ ނޫންކަން އެގެން އޮތުމުން، މިދެއިދާރާގެ އިދާރީ މުވައްޒަފުންނާއި ގުޅޭ ކަންކަމުގައި
ވަޒީފާ ހަމަޖެއްސުމަށް ހުރަސް އޮތީ ޖުޑީޝަލް އެކަޑަމީއަކީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނާއި ވަކިން އޮތް އިދާރާއެއްކަމަށްވާތީ ކަމަށް ބުނެ ދައުލަތުން ދައްކާފައިވާ ވާހަކަތަކުގައި
ޤާނޫނީ އެއްސް ބުރަދަނެތް ނެތްކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ޖުޑީޝަލް އެކަޑަމީ އަކީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނާއި ވަކިން އުފެދިފައިވާ ތަނެއްކަމަށް ބުނެ ދައުލަތުން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން،
އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ހިމެނޭ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން ކޮށްފައިވާ އިޢުލާންތަކަށް ބެލިއިރު،
ބެލިއިރު، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން ޗާންސެލަރ އަކު ބޭނުންވެގެން 13 އޭޕްރީލް 2016 ގައި އިޢުލާން ކޮށްފައިވާކަމާއި،
މިގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: SC/2015
/
11
ސަރކިއުލަރ އިން ޤާއިމު ކުރެއްވުމަށް
ކަނޑައެޅުއްވި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ވުޖޫދަށް އައުމާއި ގުޅިގެން އެ އެކަޑަމީގެ ތަންފީޒީ އިސް
މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ ޗާންސެލަރގެ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް
އެފުރުޞަތު ހުޅުވާލާ ކަމަށް ބަޔާން ކޮށް، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިޢުލާންކޮށް،
2 0 0
އެޑްމިނިސްޓްރޭޝަން އުވާލެވިފައި ވާތީ، 03 ސެޕްޓެމްބަރު 2019 އިން ފެށިގެން ހިގަމުންދާ "ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން"
މިޤާނޫނުގެ ދަށުން އުފެދިފައިވާ އިދާރާއެއްކަން އެގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
"
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{017/HC-A/184
އެމަޤާމަށް އެދި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުމަށް އެދިފައިވާ ކަމާއި، މީގެ
އިތުރުން ޖުޑީޝަލް އެކަޑަމީ (ވިލިމާލެ އަށް ޑިރެކްޓަރެއްގެ މަޤާމަށް މީހަކު ހޯދުމަށް 08 ފެބުރުއަރީ 2016ގައި
އިޢުލާން ކޮށްފައިވަނީވެސް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަމާއި، އެމަޤާމުގެ މައިގަނޑު
މަސައްކަތުގެ ގޮތުގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި "ޖުޑީޝަލް އެކަޑަމީގެ މުވައްޒަފުންގެ
ކަންތައްތައް ޑިޕާރޓްމަންޓުގެ ކަމާބެހޭ ސެކްޝަންތަކާއި ގުޅިގެން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާ
އެއްގޮތަށް ހިންގައި ބެލެހެއްޓުން މިފަދައިން ބަޔާން ކޮށްފައި އޮތުމުން، ޖުޑީޝަލް އެކަޑަމީ އަކީ ޑިޕާރޓްމަންޓް
އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާ ވަކިން އުފައްދާފައިވާ މުސްތަޤިއްލު ތަނެއްކަމަށް ބަޔާން ކުރާ ކުރުމަކީ
ފެންނަން ހުރި ހަޤީޤަތްތަކުގައި އެހެން ކުލައެއް ޖެއްސުމަށް ބުނާ ބުނުމެއްކަން އެގެން އޮވެއެވެ.
(ލ) ހަވަނަ ކަމަކީ، އިސްތިއުނާފުކުރާ އިބްރާހީމް ޚާދިލު ވަޒީފާއިން ވީއްލުމުގެ ކުރިން ޝަރުޢީ
ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގެ 96ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ ފަދައިން އެކަށޭނަ އެހެން ވަޒީފާއެއް
ހޯދައިދިނުމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން މަސައްކަތް ކޮށްފައި ނުވާކަމަށް ބުނެ
ހުށަހެޅި ނުކުތާއާއި ގުޅިގެން، އެކަން ނަފީކުރުމަށް ދައުލަތުން ހުށަހެޅި ޑީޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވުނު ނަންބަރު:197
/
2016
/
39/A-198 (06
މާރޗް 2016) ސިޓީއާއި، ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވުނު ނަންބަރު:95
/
2016
/
119/A-198 (06 މާރޗް
2016) ސިޓީ އާއި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފައިވާ ނަންބަރު:2015
/
17/A
/
21
-
HMC-198(06
މާރޗް 2016) ސިޓީ އަށް ބެލިއިރު، އެސިޓީގެ މައިގަނޑުގައި ބަޔާން ކޮށްފައިވަނީ؛
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި 156 ވަނަ މާއްދާގެ
ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރާއި ބާރުގެ ދަށުން ޖުޑީޝަލް އެކަޑަމީއެއް
ޤާއިމް ކޮށް އެއެކަޑަމީ ވުޖޫދަށް އައުމާއި ގުޅިގެން މިޑިޕާރޓްމަންޓުން ވިލިމާލޭގައި ހިންގަމުންދިޔަ
"ޖުޑީޝަލް ޓްރެއިނިންގ ސެންޓަރ"
08 މާރޗް 2016 ދުވަހުން ފެށިގެން އުވާލުމަށް
ނިންމާފައިވާތީ، އެސެންޓަރުގައި މަސައްކަތް ކުރައްވާ މިޑިޕާރޓްމަންޓްގެ ތިރީގައި މިދަންނަވާ
މުވައްޒަފުންގެ ތެރެއިން އެއްވެސް މުވައްޒަފަކު ތިޔަ ކޯޓުގެ މަސައްކަތަށް ބޭނުންފުޅުވާނަމަ އެކަން
ވީއެންމެ އަވަހަކަށް މިޑިޕާޓްމަންޓަށް އަންގަވައި ދެއްވުން އެދެމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/184
0
0
0 ,
OU OO
އެސިސްޓެންޓް ޑިރެކްޓަރ އަޙްމަދު ރަޝީދު، ޔޫސުފް ސަޢީދު.
ކޮމްޕިއުޓަރ ޓެކްނީޝަން އިސްމާއީލް ފާރިޝް
އެޑްމިނިސްޓްރޭޓިވް އޮފިސަރ އިބްރާހީމް ޚާލިދު، އަޙްމަދު ހާޝިމް، އަބުދުﷲ ނާޝިދު.
މިޢިބާރާތް ކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވުނު ބަޔާންވެދިޔަ ސިޓީއާއި ގުޅިގެން ޖަވާބެއް
ހުށަހެޅިފައި އޮތް ކަން އެގެން ނެތްކަމާއި ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓާއި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން
ބަޔާންވެދިޔަ ސިޓީ އާއި ގުޅިގެން، ޖަވާބު ދީފައިވަނީ އެމުވައްޒަފުން ބޭނުން ނުވާކަމަށް ބުނެ ކަމާއި،
އިސްތިއުނާފް ކުރާ ފަރާތުން ސުވާލު އުފެއްދި ފަދައިން، ހަމައެކަނި ސުޕްރީމް ކޯޓާއި ހައިކޯޓާއި ހުޅުމާލެ
މެޖިސްޓްރޭޓް ކޯޓަށް ސިޓީ ފޮނުވައި އެތަންތަނުން ޖަވާބެއް ހޯދުމަކީ އެއީ ބަޔާންވެދިޔަ ޤަވާޢިދުގެ 96ވަނަ
މާއްދާގެ (ށ) ގައި ބުނާ "އެކަށީގެންވާ މަސައްކަތެއް ކުރެވުނީތޯ ބަލާއިރު، މާލޭގައި، ސިވިލް ކޯޓު، ކްރިމިނަލް
ކޯޓް، ޖުވެނައިލް ކޯޓް އަދި ޑްރަގް ކޯޓު ޤާއިމުވެ ހިނގަމުންދާ ކަމާއި، އަދި މާލޭ ފިޔަވައި، މީހުން ދިރި
އުޅޭ
ރަށްތަކުގައި މެޖިސްޓްރޭޓް އެތަކެއް ކޯޓެއް ހުރިއިރު، މިއިން އެއްވެސްތަނަކުން ވަޒީފާއެއް ހަމަޖެހޭތޯ މަސައްކަތް
ކޮށްފައި ނުވާކަމާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011ގެ 96 ވަނަ މާއްދާގެ (ށ) ގައި ބަޔާން
ކޮށްފައި އޮންނަކީ؟
ކޯޓު ނުވަތަ އިދާރާއިން ކުރަމުން ގެންދިޔަ މަސައްކަތެއް އުނިވެގެން މުވައްޒަފަކު ވަޒީފާއިން
ދޫކޮށްލަން ޖެހުން: ޝަރްޢީދާއިރާގެ ހިންގުމުގެ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ސަބަބުން ކޯޓު ނުވަތަ އިދާރާއިން ކުރަމުންދިޔަ
މަސައްކަތެއް އުނިވެގެން ދިއުމުގެ ސަބަބުން ކޯޓެއް ނުވަތަ އިދާރާއެއް ނުވަތަ ކޯޓުން ނުވަތަ
އިދާރާއިން ބައެއް އުވާލުމުން، ބަދަލުގައި އެކަށޭނެ އެހެން ވަޒީފާއެއް އެހެން ކޯޓަކުން ނުވަތަ
ޝަރުޢީ ދާއިރާގެ އިދާރާއަކުން ހޯދައި ދިނުމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަތެއްކޮށް، ވަޒީފާއެއް ހޯދައި ނުދެވިއްޖެނަމަ،
މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހުން.
މިފަދައިން ކަމާއި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަތެއް
ކުރަންޖެހެނީ، އެކަށޭނެ އެހެން ވަޒީފާއެއް އެހެން ކޯޓަކުން ނުވަތަ ޝަރުޢީ ދާއިރާގެ އިދާރަކުން ހޯދުމަށް
ކަމަށްވާއިރު، ޖޭ.ޓީ.ސީ އުވާލެވުނީ އެތަނުން ކުރި މަސައްކަތްތައް ޖުޑީޝަލް އެކަޑެމީއިން ކުރާ ގޮތަށް
އިދެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހި ފި
14
2017/HC-A/184
OLC
02c 0 0
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހަމަޖެހުމުންކަމަށް ދައުލަތުން ބުނެފައިވާއިރު، ޖުޑީޝަލް އެކަޑަމީއަކީ އޭގެ ޒާތުގައި ޝަރުޢީ ދާއިރާގެ އިދާރާ
އެއް ނޫންކަން ދައުލަތަށް ބަޔާން ކޮށްދެވިފައި ނުވާއިރު، މިއާޚިލާފަށް ޖުޑީޝަލް އެކަޑަމީއަކީ ޝަރުޢީ ދާއިރާގެ
އިދާރާއެއް ކަމުގައި ހުށަހެޅުނު ލިޔުންތަކުންނާއި ޓްރައިބިއުނަލާއި އިސްތިއުނާޖީ މިމަޖިލީހުގައި ދެކެވުނު
ވާހަކަތަކުން އެނގެން އޮތްއިރު، ޖުޑީޝަލް އެކަޑަމީގެ މަޤާމަށް އިބްރާހީމް ޚާލިދު ބަދަލު ނުކުރެވެންޖެހޭ ޤާނޫނީ
އަދި ޝަރުޢީ އެއްވެސް ހުއްޖަތެއް ދައުލަތުން ބަޔާން ކޮށްދީފައި ނެތްއިރު، އިބްރާހީމް ޚާލިދު ވަޒީފާއިން
ދޫކޮށްލިތާ ތިން މަސްދުވަހުގެ ތެރޭގައި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް ކޯޓް
އެޑްމިނިސްޓްރޭޓަރ އެއް ބޭނުންވެގެން 26 އޭޕްރީލް 2016ގައި އިޢުލާން ކޮށްފައިވާ ކަމާއި، ޑިޕާރޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ބޭނުންވެގެން 18 އޭޕްރީލް 2016ގައި
އިޢުލާން ކޮށްފައިވާ ކަމާއި، ހަމަ އެހެންމެ، 09 މާރޗް 2016ގައި އިބްރާހީމް ޚާދިލު މަޤާމުން ދޫކޮށްލުމުގެ
ކުރިން، ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އެޑްމިނިސްޓްރޭޓަރ ގެ މަޤާމަށް މީހަކު ހޯދުމަށް ޑިޕާރޓްމަންޓް
އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން އިޢުލާން ކޮށްފައިވާއިރު، އެމަޤާމުގެ ޝަރުޠު ތަކުގެ ތެރޭގައި ބަޔާން
ކޮށްފައިވާ ޝަރުޠު އިބްރާހީމް ޚާލިދުގެ ކިބައިގައި ފުރިހަމަ ވާކަން ހުށަހެޅުނު ލިޔުންތަކުން އެނގެން
އޮންނަކަމާއި، އަދި 18 އޭޕްރީލް 2016ގައި، ކްރިމިނަލް ކޯޓަށް 3 (ތިނެއް) އެޑްމިނިސްޓްރޭޓިވް
އޮފިސަރުން ބޭނުންވެގެން، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިޢުލާން ކޮށްފައިވާއިރު،
މިއިޢުލާންގެ ސުންގަޑިއަކީ 02 މެއި 2016 ކަމާއި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް
އެޑްމިނިސްޓްރޭޓިވް އޮފިސަރަކު
23 ފެބުރުއަރީ 2016ގައި އެޑިޕާރޓްމަންޓުން އިޢުލާން
ކޮށްފައިވާއިރު، މިއިޢުލާނުގެ ސުންގަޑިއަކީ 2016 މާރޗް 03 ކަމާއި، އިބްރާހީމް ޚާލިދު ވަޒީފާއިން ދޫކޮށްލީ
09 މާރޗް 2016 ގައި ކަމާއި، ޖުޑީޝަލް އެކަޑަމީ އުފެއްދީ 31 އޮގަސްޓް 2015 ގައި ކަމާއި، ޖުޑީޝަލް
ޓްރެއިނިންގ ސެންޓަރުގެ މަޤާމުތައް ކަމަށް ބުނެ، އިބްރާހީމް ޚާދިލުގެ މަޤާމް އުވާލަށް ނިންމީ 06 މާރޗް
2016ގައި ކަން އެގެން އޮތްއިރު، އިބްރާހީމް ޚާލިދުއަށް އެކަށީގެންވާ ވަޒީފާއެއް ހޯދުމަށް ޑިޕާރޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަސައްކަތް ކުރިކަމަށް ބުނެ އެކަން ދެއްކުމަށް ހުށަހަޅާފައިވާ ސިޓީތަކަކީ،
4 2 2 4 224
ބޭނުންވެގެނެ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/184
~ / ތތ
ބަޔާން ވެދިޔަ ޙަޤީޤަތްތައް ނިވާ ކުރުމަށް ކޮށްފައިވާ މަސައްކަތެއްކަމަށް ނޫނީ ބެލެވެން ނެތްކަމާއި، އިބްރާހީމް
ޚާލިދު މަޤާމުން ވަކި ކުރިއިރު، އިބްރާހީމް ޚާލިދުއާ އެއްވެސް ވަރަކަށް ވާހަކަ ދައްކައި، ޑިޕާރޓްމަންޓްއޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން މަޝްވަރާއެއް ކުރެވިފައިވާކަން އެނގެން ނެތުމުން، މިނުކުތާގައި
ދައުލަތުން ދައްކާ ވާހަކަ ތަކަކީ، ފެންނާން ހުރި ޙަޤީޤަތްތަކާއި އިދިކޮޅު ވާހަކަތަކެއްކަން އެނގެން އޮވެއެވެ.
(ކ) ހަތްވަނަ ކަމަކީ، ޖޭ.ޓީސީ އަކީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި
ވަކިން އުފެދިފައިވާ ވަކި އިދާރާއެއް ނޫންކަމާއި، އެތަނަކީ، ޑިޕާރޓްމަންޓް އޮފް ޖުޑިޝަލް
އެޑްމިނިސްޓްރޭޝަންގެ އެކިއެކި ސެކްޝަންތައް ހުންނަ ފަދައިން، ޖުޑީޝަލް ޓްރެއިނިންގ ދިނުމަށް
އެޑިޕާރޓްމަންޓްގެ ދަށުގައި އޮތް ސެކްޝަނެއްކަމާއި، ހުށަހެޅުނު ލިޔުންކަށް ބަލާއިރު، އިބްރާހީމް ޚާލިދުގެ
މަޤާމަކީ ޖޭ.ޓީ.ސީގައި އޮތް މަޤާމެއް ނޫންކަމާއި، އޭނާއަކީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގައި ހުރި މީހެއްކަމާއި އޭނާގެ މަޤާމް އޮތް
އޮފީހަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންކަން
ނަންބަރު 2016
/
04/DJA(32) (09 މާރޗް 2016) "ވަޒީފާއިން ދޫކޮށްލިކަން ދަންވަން ޗިޓް" އިން
ސާފުކޮށް އެގެން އޮތްއިރު، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓަށް ފޮނުވުނު ނަންބަރު:197
/
2016
/
39/A-198 (06 މާރޗް 2016) ސިޓީއާއި، ދިވެހިރާއްޖޭގެ ހައިކޯޓަށް
ފޮނުވުނު ނަންބަރު:95
/
2016
/
119/A-198 (06 މާރޗް 2016) ސިޓީ އާއި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް
ފޮނުވާފައިވާ ނަންބަރު:2015
/
17/A
/
21
-
HMC-198(06 މާރޗް 2016) ސިޓީގެ ޢިބާރާތުގައި ބަޔާން
ކޮށްފައިވަނީ، "ސެންޓަރުގައި މަސައްކަތް ކުރައްވާ މިޑިޕާރޓްމަންޓްގެ ތިރީގައި މިދަންނަވާ މުވައްޒަފުން."
މިފަދައިންކަމަށް ވާއިރު، އިސްތިއުނާފް ކުރާ އިބްރާހީމް ޚާލިދުކީ ޖޭ.ޓީ.ސީގެ މަޤާމެއްގައި ހުރި އެތަނުގެ
މުވައްޒަފެއްކަމަށް ދެއްކުމަށް ދައުލަތުން ކުރާ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމެވެ.
(އ) އައްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި
156 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރާއި ބާރުގެ ދަށުން ކަމަށް ބަޔާން
ދޫކޮށްފައި
26 0 0
02& 0 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/184
Puc
(
ކޮށް ޖުޑީޝަލް އެކަޑަމީއެއް ޤާއިމް ކޮށް އެއެކަޑަމީ ވުޖޫދަށް އައުމާއި ގުޅިގެން ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަން އިން ވިލިމާލޭގައި ހިންގަމުންދިޔަ ޖުޑީޝަލް ޓްރެއިނިންގ ސެންޓަރ 08 މާރޗް 2016
ދުވަހުން ފެށިގެން އުވާލުމަށް ނިންމާފައިވުމުން، ރިޑަންޑަންސީގެ ދަށުން، މުވައްޒަފުން މަޤާމުން ވަކި
ކުރަންޖެހޭނަމަ، އަދި ރިޑަންޑަންސީގައި ޢަމަލު ކުރަންޖެހޭގޮތް ޤާނޫނުގައި ކަނޑައަޅައި ބަޔާން ކޮށްފައި
ނެތްނަމަވެސް، އެކަން ކުރަންޖެހޭނީ އެކަށީގެންވާ ޢަދުލު ވެރި (just and fair) ގޮތަކަށް ކަމާއި، ދިމާވެފައިވާ
ޙާލަތަކީ ޙަޤީޤީ ރިޑަންޑަންސީ "genuine redundancy" އެއްތޯ ބަލަންޖެހޭ ކަމާއި، ގެނެވުނު ބަދަލާއި
ގުޅިގެން، ވަޒީފާއިން ދޫކޮށްލަންޖެހޭނު މީހާ އަދާކުރަމުންދިޔަ ވަޒީފާއަކީ އިތުރު އެހެން އެއްވެސް މީހަކު
އަދާކުރަން ނުޖެހޭނެ ވަޒީފާއެއްތޯ؟ ވަޒީފާއިން ދޫކޮށްލަންޖެހޭ މީހުންނާއި މަޝްވަރާ ކުރުމުގެ ޤާނޫނީ ޒިންމާއެއް
އޮތްނަމަ އެކަން ކުރިތޯ؟ އަދި އެފަދަ ޒިންމާއެއް ނެތްނަމަވެސް، އެކަށީގެންވާ ޢަދުލުވެރި ގޮތަކަށް އެކަން
ގެންދިއުމުގެ ގޮތުން މަޝްވަރާކޮށް ވާނުވާ އަންގައި ދީފައިވޭތޯ؟ ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް އަލުން
ވަޒީފާއެއް ދިނުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިތޯ؟ މިކަންކަން ބެލިދާނެ ކަމާއި، ހަމައެހެންމެ،
ރިޑަންޑަންސީގެ ދަށުން ވަކިކުރަން ޚިޔާރު ކުރެވުނު މުވައްޒަފުން ކަނޑައެޅުނު ގޮތް ނުވަތަ redundancy
selection pool އެކުލަވާ ލެވުނު ގޮތް އެކަށީގެންވޭތޯ؟ މިގޮތުން، ރިޑަންޑަންސީގެ ދަށުން މުވައްޒަފުން ވަކި
ކުރާއިރު، މިހާރު އެވަޒީފާގައި ހުރި މީހާ ވަކިކުރަން ކޮންމެހެން ނުޖެހިދާނެ ކަމާއި، މިކަންކަމުގެ މައްޗަށް
ބަލާއިރު، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން އިބްރާހީމް ޚާލިދު ވަޒީފާއިން
ވަކިކުރިއިރު، މިއިން އެއްވެސް ކަމެއް ބެލިފައިވާ ކަން އެނގެން ނެތްކަމެވެ.
(ވ) ނުވަ ވަނަ ކަމަކީ، މިމައްސަލައިގައި، އިސްތިއުނާފް ކުރާ ފަރާތް ވަޒީފާއިން ދޫކޮށްލުމަށް
ނިންމާފައިވަނީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގެ 96ވަނަ މާއްދާގެ (ހ)ގެ ދަށުގައި ބަޔާންކޮށްފައިވާ
ޙާލަތް މެދުވެރިވެގެން ކަމަށް ބެލެވޭތީ، އިސްތިއުނާފް ކުރާ ފަރާތް ވަޒީފާއިން ވީއްލުމަށް ނިންމާފައިވަނީ
މައުޟޫޢީ ޢަދުލުވެރިކަން ޤާއިމް ކުރެވިގެންކަމަށް ވަޒީފާއާބެހޭ ޓްރައިބިނަލުން ނިންމާފައިވަނީ، މިމައްސަލައިގެ
ޙަޤީޤަތްތަކަށް ބެލުމެއްނެތިކަމާއި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޖޭ.ޓީ.ސީގެ މަޤާމުތައް
OXO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
"އި
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/184
އުވާލުމަށް ކޮށްފައިވާ އިޢުލާނަށާއި، އިސްތިއުނާފް ކުރާ ފަރާތަށް ވަޒީފާ ހަމަޖެހޭތޯ ފޮނުވި ސިޓީތަކަށާއި އަދި
ރިޑަންޑަންސީގެ ދަށުން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޢަމަލު ކުރާނެ އިޖުރާއަތާއި
އުޞޫލު އަންގާފައިވާ ކަމަށާއި، އަދި ނޯޓިސް ދިނުމުގެ ބަދަލުގައި ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދީފައިވާތީ
ކަމަށް ބަޔާން ކޮށް އިޖުރާއީ ޢަދުލުވެރިކަން ޤާއިމް ވެފައިވާ ކަމަށް ޓްރައިބިއުނަލުން ނިންމާފައިވާއިރު، އިސްވެ
ފާހަގަ ކުރެވުނު ނުކުތާތަކުން، އިޖުރާއީ ޢަދުވެރިކަން ޤާއިމު ކުރެވިފައި ނެތްކަމާއި، އިބްރާހީމް ޚާދިލު ވަޒީފާއިން
ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ދައުލަތަށް ސާބިތު ކޮށްދެވިފައި ނެތްކަން ސާފުކޮށް އެގެން
44 4x
894އ
24 0 0
(މ) ދިހަ ވަނަ ކަމަކީ، ބަޔާން ވެދިޔަ ކަންކަން އެހެން ހުރުމުން، އިބްރާހީމް ޚާލިދުކީ އޭނާ
ކުރިން އަދާކުރަމުން ދިޔަ ވަޒީފާފައި އަލުން ބަހައްޓަންޖެހޭ މީހެއްކަމާއި، އެއްވެސް ޙާލަތެއްގައި ވަޒީފާއިން
ވަކިވެފައިވާ މީހެއް ނޫންކަމާއި، އިބްރާހީމް ޚާލިދު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުން ދިޔަ ވަޒީފާގައި
ބެހެއްޓެން ނެތްނަމަ، އެބާވަތުގެ ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި އޭނާ ބަހައްޓަންޖެހޭކަމާއި، މިކަމުގެ
ސަބަބުން އިބްރާހީމް ޚާލިދުއަށް ލިބުނު ގެއްލުމުގެ ބަދަލު ލިބިދޭންޖެހޭ ކަމާއި، މިގޮތުން އޭނާއަށް ސީދާ ލިބުނު
ގެއްލުމުގެ ގޮތުގައި، ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން ވަޒީފާއަށް އަބުރާ ނެރޭ ދުވަހާއި ހަމައަށް އޭނާ
އޭރު ހުރި ވަޒީފާއިން ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުން، އެމުއްދަތުގައި އޭނާ އެހެން ވަޒީފާއެއް ނުވަތަ
ވަޒީފާ ތަކެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތު އުނިކުރުމަށްފަހު، އަދި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން އިބްރާހީމް ޚާލިދުށް އެއްފަހަރާ ދެވޭ ޢިނާޔަތުގެ ގޮތުގައި ލިބިދީފައިވާ ފައިސާ
އުނިކުރުމަށްފަހު ބާކީވާ މުއްދަތަށް މުސާރައާއި އިނާޔަތްތައް ލިބިދޭންޖެހޭނެކަމާއި، މިކޯޓުން އެކަން
ބެލުމަށްޓަކައި، އިބްރާހީމް ޚާލިދުށް ބަޔާންވެދިޔަ މުއްދަތުގައި ވަޒީފާ އަދާކުރި ގޮތް ކޯޓަށް ހުށަހެޅުމަށް
އެންގިފައި ވީނަމަވެސް އެކަމަށް އިޖާބަ ދީފައި ނެތުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި މިކޯޓަށް ވަކި ޢަދަދެއް
ކަނޑައަޅާ ބަޔާން ކުރެވެންނެތްކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އިން
18
2{017/HC-A/184
104
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދެވަނަ: ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ޢަބުދުއްރައޫފު އިބްރާހީމްގެ ރައުޔާއި
އެރައުޔު ބިނާކުރި ސަބަބުތައް؛
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ، ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2016/1042VTR މައްސަލައަކީ، ހއ.މުރައިދޫ ( ވައިޖެހޭގެ، އިބްރާހީމް ޚާލިދު، (އައިޑީކާޑު
ނަންބަރު:A046825)، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ ދަށުން (އެތަނުގެ ސެކްޝަނެއްގެ
ގޮތުގައި) ހިނގަމުންދިޔަ ޖުޑީޝަލް ޓްރެއިނިންގް ސެންޓަރ (ޖޭ.ޓީ.ސީ) އުވާލިކަމަށް ބުނެ، އިބްރާހީމް ޚާލިދު
އާއި އެތަނުގައި މަސައްކަތް ކުރަމުންދިޔަ އެހެން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާއިރު، އެގޮތަށް
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ޢަމަލުކޮށް، އެ މުވައްޒަފުން ވަކިކޮށްފައިވަނީ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަރާރަކުން ޤާއިމުކޮށްފައިވާ މޯލްޑިވްސް ޖުޑިޝަލް އެކަޑަމީ (އެމް.ޖޭ.އޭ) ގެ
ދަށަށް ޖޭ.ޓީ.ސީ އިން ކުރަމުންދިޔަ މަސައްކަތް ބަދަލުވުމާ ގުޅިގެންކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް
އެޑްމިނިސްޓްރޭޝަނުން ބުނެފައިވާކަމަށާއި، ނަމަވެސް ޖޭ.ޓީ.ސީ ގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުން
އެމް.ޖޭ.އޭ އަށް
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ ނަންބަރު
2016
/
04/JA(32) (09 މާރޗް 2016) "ވަޒީފާއިން ދޫކޮށްލިކަން ދަންނަވާ ޗިޓް" އިން ޝަރުޢީ ދާއިރާގެ
މުވައްޒަފުންގެ ގަވާއިދު 2011 ގެ 96 ވަނަ މާއްދާގެ (ށ) ގެ ދަށުން އިބްރާހީމް ޚާލިދު އަދާކުރަމުންދިޔަ
ވަޒީފާއިން ވަކިކުރިކުރުމަކީ އެއީ ޒާތީގޮތުން އަޅާފައިވާ ފިޔަވަޅެއްކަމަށާއި، އިބްރާހީމް ޚާލިދު ވަޒީފާއިން
ވަކިކޮށްފައިވަނީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގައިވާ އިޖުރާއާތުތައް ފުރިހަމަނުކޮށްކަމަށާއި،
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އިބްރާހީމް ޚާލިދު އަށް އެހެން ވަޒީފާއެއް ހަމަޖެއްސުމަށް
އެކަށިގެންވާ މަސައްކަތެއް ކުރުމަކާނުލައި ކަމަށްވާތީ، އެއީ ވަޒީފާއާއިބެހޭ ޤާނޫނާ ޚިލާފަށް ޑިޕާޓްމަންޓް އޮފް
ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކޮށްފައިވާ ކަމެއްކަމަށްބުނެ، އިބްރާހީމް ޚާލިދުއަކީ ވަޒީފާއިން ވަކިވެފައިވާ
މީހެއްކަމަށް ނުބެލުމަށާއި، އަދި ވަޒީފާއިން ވަކިކުރިކަމަށް ބުނާ ދުވަހުން ފެށިގެން އަލުން ވަޒީފާ ހަމަޖައްސައިދީ
މަސައްހަ
ސައްކަތަށް ނެރޭ ދުވަހާ ހަމައަށް އިބްރާހީމް ޚާލިދުއަށް ލިބެންވާ މުސާރައާއި އިނާޔަތްތަކާއި، އިތުރު ގަޑީގެ
ބަދުލުންކޮށް،
2 0 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
"ދިން
19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/184
ފައިސާވެސް ހޯދުމުގެ އިތުރުން އިބްރާހީމް ޚާލިދު ވަޒީފާއަށް ނެރުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް
އެޑްމިނިސްޓްރޭޝަނުގެ މައްޗަށް އަމުރުކޮށްދިނުން އެދި އިބްރާހީމް ޚާލިދުގެ ފަރާތުން ވަޒީފާއާއިބެހޭ
ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެއްކަމާއި،
އެމައްސަލަ ބަލައި ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، އިބްރާހީމް ޚާލިދުވަޒީފާއިން
ވަކިކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ލިބިދޭ އިޚްތިޔާރާއި ބާރުގެ ދަށުން ދިވެހިރާއްޖޭގެ ޖުޑީޝަލް
އެކަޑަމީއެއް ޤާއިމްކުރުމަށް ނިންމައި، ޝަރުޢީ ދާއިރާގައި މީގެ ކުރިން ރާވައި ހިންގަމުންދިޔަ ތައުލީމާއި
ތަމްރީނު ދިނުމުގެ އެންމެހައި ޕްރޮގްރާމްތައް 01 ޑިސެންބަރު 2015 އިން ފެށިގެން ހިންގަމުންގެންދާނީ
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ކަމުގައި ކަނޑައަޅާފައިވާތީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން ވިލިމާލޭގައި ހިންގަމުންދިޔަ ޖުޑީޝަލް ޓްރެއިނިންގ ސެންޓަރ އުވާލުމަށް ނިންމުމާ
ގުޅިގެން، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގެ 96 ވަނަ މާއްދާގެ (ނ) ގެ ދަށުން، އެ ގަވާއިދުގައި
ބަޔާންކޮށްފައިވާ އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހުގައި ކަމަށް ބުނެ އެކަން ސާބިތުކޮށްދީފައިވާތީ، އިބްރާހީމް
ޚާލިދުއެދިފައިވާފަދަ އަމުރެއް ނެރެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެމަތިންކަން އެނގެން
94އވެ"
0000
ބި ނކރއއ،
(ނ) ދެވަނަ ކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރަންޖެހޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން،
އެ ސަބަބުގެ މައްޗަށް
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން، އެމުވައްޒަފަކު ހުށަހަޅާ
މައްސަލައެއްގައި އެ މުވައްޒަފު ވަޒީފާއިން ވަކިކުރި ސަބަބު ސާބިތުކޮށްދިނުމުން އެކަނި ނުފުދޭކަމާއި، ނަމަވެސް،
އެ މުވައްޒަފު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދޭން ޖެހޭނެކަމާއި، އެކަން
ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއިން އެނގޭކަމާއި،
އިބްރާހީމް ޚާލިދު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ ޖަވާބުގައި ދިވެހި
ދައުލަތް (ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން) ގެ ފަރާތުން ބުނެފައިވަނީ، އިބްރާހީމް ޚާލިދު
ވަޒީފާއިން ދޫކޮށްލާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޖުޑީޝަލް އެކަޑަމީއެއް ގާއިމުކުރުމަށް ނިންމައި،
2 20
2 0 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{017/HC-A/184
ޝަރުޢީ ދާއިރާގައި ހިންގަމުންދިޔަ ތަޢުލީމާއި ތަމްރީނުގެ އެއްމެހައި ޕްރޮގްރާމްތަކެއް 2015 ޑިސެމްބަރު 01
އިން ފެށިގެން ޖުޑިޝަލް އެކަޑަމީއިން ހިންގާގޮތަށް ކަނޑައަޅައި، 08 މާރިޗް 2016 އިން ފެށިގެން ޖުޑިޝަލް
ޓްރޭނިންގ ސެންޓަރާއި އެ ސެންޓަރުގައި ހުރި މަގާމުތައް އުވާލުމަށް ނިންމުމާ ގުޅިގެން ކަމަށާއި، އުވާލެވޭ
މަގާމުތަކުގެ ތެރޭގައި އިބްރާހީމް ޚާލިދު އަދާކުރަމުން ދިޔަ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ވަޒީފާވެސް
ހިމެނުނުކަމަށާއި، އިބްރާހީމް ޚާލިދުއަށް ޝަރުޢީ ދާއިރާއިން އެކަށޭނަ އެހެން ވަޒީފާއެއް ހޯދައިދިނުމަށް
މަސައްކަތްކޮށްފައި ވީނަމަވެސް ޝަރުޢީ ދާއިރާގެ އެއްވެސް ކޯޓަކުން، ނުވަތަ އިދާރާއަކުން ވަޒީފާ
ހަމަޖައްސައިދެވެން ނެތުމުންނާއި، ޖުޑިޝަލް އެކަޑަމީއަށް، އިބްރާހީމް ޚާލިދު ހިމެނޭގޮތުން، ވަކިކުރަން ނިންމި
މުވައްޒަފުން ބަދަލުކުރުމަކީ ކުރެވިދާނެކަމެއްކަމަށް ނުފެންތީކަމަށާއި، އެހެންކަމުން ޝަރުޢީ ދާއިރާގެ
މުވައްޒަފުންގެ ގަވާއިދުގެ 97 ވަނަ މާއްދާގައިވާ ފަދައިން، ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް ހައްޤުވާ
އިނާޔަތްތައް ލިބިދިނުމަށްފަހު، 09 މާރިޗް 2016 ގައި އިބްރާހީމް ޚާލިދު ވަޒީފާއިން ދޫކޮށްލާފައިވަނީކަމަށެވެ.
އިބްރާހީމް ޚާލިދު ވަޒީފާއިން ދޫކޮށްލި ސަބަބުކަމުގައި ދިވެހި ދައުލަތް (ޑިޕާޓްމަންޓް އޮފް
ޖުޑިޝަލް އެޑްމިނިސްޓްރޭޝަން) ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ޖަވާބުދާރީވެ ދައްކާފައިވާ
ވާހަކަތަކުގެ މައްޗަށާއި، ޖުޑީޝަލް ޓްރޭނިންގ ސެންޓަރާއި އެ ސެންޓަރުގައި ހުރި މަޤާމުތައް 08 މާރިޗް
2016 އިން ފެށިގެން އުވާލުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން 06 މާރޗް 2016 ގައި
ކޮށްފައިވާ އެ ޑިޕާޓްމަންޓުގެ ނަންބަރު 2016
:
28/A-198 އިޢުލާނަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަން | ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016
/
04/DJA(32) (09 މާރިޗް
2016) "ވަޒިފާއިން ދޫކޮށްލިކަން ދަންނަވާ ޗިޓް" އަށް ބަލާއިރު، އިބްރާހީމް ޚާލިދު ވަޒީފާއިން ދޫކޮށްލާފައިވަނީ
ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެންކަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން
ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
ރިޑަންޑަންސީއަކީ ވަޒީފާދޭ ފަރާތުން ގެއްލުން ކުޑަކުރުމުގެ ގޮތުން ނުވަތަ ހިންގާ ވިޔަފާރީގެ
ނަފާ އިތުރުކުރުމުގެ ގޮތުން ނުވަތަ ތަން ރީސްޓްރަކްޗަރ ކުރުންފަދަ ކަމަކަށްޓަކައި މުވައްޒަފަކު ނުވަތަ
2 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ނައި
21
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/184
މުވައްޒަފުންތަކެއް ދޫކޮށްލަންޖެހުން ކަމާއި، މައިގަނޑު ގޮތެއްގައި މުވައްޒަފުން ރިޑަންޑަންޓް ކުރެވެނީ ތަނުގެ
މުވައްޒަފުން މަދުކުރުމަށާއި، ތަނުގެ އެފިޝެންސީ އިތުރުކޮށް ރަނގަޅު ނަތީޖާ ނެރުމަށާއި، ޚަރަދު ކުޑަކުރުމަށް
ކަން އެނގޭކަމާއި،
ސަބަބެއް
މހކ ﷲ ދ ތ هތ
ބަބެއްކަމަށް ބަލަންޖެހސޭ2އ)
<< O
2011/HC-A/89
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ޙާލަތުތައް ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި 23
ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ރިޑަންޑަންސީއަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ޙާލަތެއްގެ ގޮތުގައި
ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިނުވާކަމާއި، ނަމަވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ
އޮވެގެންކަން ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، ރިޑަންޑަންސީގެ ޙާލަތަކީ މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް
ރިޑަންޑަންސީގެ ޙާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އޮތް އެކަށީގެންވާ ސަބަބެއްކަމަށް
ބެލެވިދާނެކަމަށް ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައިވެސް
ކަނޑައަޅާފައިވާކަމާއި، ނަމަވެސް މި ސަބަބަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ކުރުމުގައި ޙަޤީޤަތުގައިވެސް
އެފަދަ ޙާލަތެއް މެދުވެރިވެފައިވޭތޯއާއި، އެކަން ކޮށްފައިވަނީ ކުންފުނީގެ ނުވަތަ އެ އިދާރާގެ ހެޔޮނިޔަތުގައި
ތޯއާއި، އަދި މިއީ ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކަނޑައެޅިގެން ވަޒީފާއިން، ބޭއިންސާފުން
ވަކިކުރުމަށްޓަކައި ކޮށްފައިވާކަމެއްތޯ ނުވަތަ ނޫންތޯއާއި، އަދި ވަޒީފާއިން ވަކިކުރާނެ މުވައްޒަފުން
ކަނޑައެޅުނުގޮތަކާއި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި
(substantive fairness) އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކޮށްފައިވޭތޯ ބަލައި،
އެކަންކަން ކަށަވަރުވާން ޖެހޭނެކަމަށްވެސް އިސްވެދިޔަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 89/HC-A/2011
ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި،
ޢާންމު އުޞޫލެއްގެ ގޮތުން، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން މުވައްޒަފަކު ވަޒީފާއިން
ވަކިކުރާ ޙާލަތުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބެލެވޭނީ، އެމުވައްޒަފު
Auc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/184
ރިޑަންޑަންޓްކުރުމަށް ނިންމި ނިންމުމަކީ، ހެޔޮ ނިޔަތުގައި، އެކަށީގެންވާ ސަބަބެއް ނުވަތަ ސަބަބުތަކެއް
އޮވެގެން ނިންމާފައިވާ ނިންމުމެއްކަމުގައި ވާނަމަކަމާއި،
އަދި ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ޙާލަތުގައި އިޖުރާއީ
ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ޢާންމުގޮތެއްގައި ބެލެވޭނީ، ރިޑަންޑަންސީގެ ޙާލަތެއްގެ ސަބަބުން، އެ
ކުންފުނީގެ ނުވަތަ އެ އިދާރާއެއްގެ ވަޒީފާގައި ތިބި މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް ވަޒީފާއިން
ވަކިކުރަންޖެހިފައިވާކަން، ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ އަންގާފައިވުމާއި، ރިޑަންޑަންޓްވުމުގެ ސަބަބުން
ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއާތުތަކާއި
އުޞޫލުތަކަކީ ކޮބައިކަން ކުންފުނީގެ ނުވަތަ އެ އިދާރާގެ މުވައްޒަފުންނަށް ކުރިން އަންގާފައިވުމާއި،
ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުން ވަކިކުރެވެނީ ރިޑަންޑަންސީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ
ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭފަދަ އެކަށީގެންވާ
ބަލައިގެންކަމަށް
ވުމާއެކު،
ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފު ވަކިކުރުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ
މާއްދާގެ ދަށުން ވަކިކުރެވޭ މުވައްޒަފުންނަށް، އެޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ
އެޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ ބަދަލުގައި ފައިސާ ދީފައިކަމާއި، މީގެއިތުރުން،
ރިޑަންޑަންޓްވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއްޞަ އިނާޔަތްތަކެއް ދިނުމަށް ކަނޑައެޅިފައިވާނަމަ،
އެއިނާޔަތް ލިބިދެވޭނެ ގޮތާއި މިންގަނޑުތައް ކުރިން ކަނޑައެޅި، ކުންފުނީގެ ނުވަތަ އެ އިދާރާގެ މުވައްޒަފުންނަށް
އެނގިފައިވާނަމަކަމާއި، މިކަންކަން މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 180/HC
-
A/2011
ޤަޟިއްޔާގައިވެސް ކަނޑައަޅައި، ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ﷲތ04 ހތކ
ސަބަބެއްކަމަށް
ox7
(ނ) ތިންވަނަ ކަމަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 2016
/
04/DJA(32) (09 މާރިޗް 2016) "ވަޒިފާއިން ދޫކޮށްލިކަން ދަންނަވާ
ޗިޓް" އަށް ބަލާއިރު، އިބްރާހީމް ޚާލިދުޔ ވަޒީފާއިން ވަކިކޮށް ދޫކޮށްލާފައިވަނީ 09 މާރިޗް 2016 ގައިކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
"އި
23
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/184
ވަޒީފާއިން ވަކިކުރި ސަބަބަކީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 96 ވަނަ މާއްދާގެ (ށ) ގެ
ދަށުންކަމަށް ބަޔާންކޮށްފައިވާއިރު،
ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 96 ވަނަ މާއްދާއަކީ ޝަރުޢީ ދާއިރާގެ
މުވައްޒަފަކު ވަޒީފާއިން ދޫކޮށްލެވޭ ހާލަތު ބަޔާންކުރާ މާއްދާއެއްކަމާއި، އެ މާއްދާގެ (ނ) ގައި ބަޔާންވެފައިވަނީ
.ކޯޓު ނުވަތަ އިދާރާއިން ކުރަމުން ގެންދިޔަ މަސައްކަތެއް އުނިވެގެން މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހުން:
ޝަރުޢީ ދާއިރާގެ ހިންގުމުގެ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ
ޤާނޫނެއްގެ ސަބަބުން ކޯޓު ނުވަތަ އިދާރާއިން ކުރަމުންދިޔަ މަސައްކަތެއް އުނިވެގެންދިޔުމުގެ ސަބަބުން ކޯޓެއް
ނުވަތަ އިދާރާއެއް ނުވަތަ ކޯޓުން ނުވަތަ އިދާރާއިން ބައެއް އުވާލުމުން، ބަދަލުގައި އެކަށޭނަ އެހެން
ވަޒީފާއެއް
އެހެން ކޯޓަކުން ނުވަތަ ޝަރުއީ ދާއިރާގެ އިދާރާއަކުން ހޯދައިދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަތެއްކޮށް، ވަޒީފާއެއް ހޯދައިނުދެވިއްޖެނަމަ، މުވައްޒަފު ވަޒީފާއިން
ދޫކޮށްލަން ޖެހުން." މިފަދައިންކަމާއި،
މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތަކީ ރިޑަންޑަންސީގެ ހަގީގީ ހާލަތަކަށް
ވާންޖެހޭނެކަމާއި، އެއީ މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްލުމަށް އަމާޒުކޮށް، އެ
މަޤްޞަދުގައި ކުރެވޭކަމަކަށް ވެގެންނުވާނެކަމާއި، އިބްރާހީމް ޚާލިދު އާމެދު އަމަލުކުރެވިފައިވާގޮތުގެ މައްޗަށް
ބަލާއިރު، އިބްރާހީމް ޚާލިދު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގައި ވަޒީފާ އަދާކުރަމުންދަނިކޮށް،
އިބްރާހީމް ޚާލިދު ޖުޑީޝަލް ޓްރޭނިންގ ސެންޓަރަށް ބަދަލުކޮށްފައިވާކަން އެނގެން އޮންނަކަމާއި، ޖުޑީޝަލް
ޓްރޭނިންގ ސެންޓަރުން ކުރަމުން ދިޔަ މަސައްކަތް ކުރުމަށް ޖުޑީޝަލް އެކަޑަމީ އުފެދިފައިވަނިކޮށް ޑިޕާޓްމަންޓް
އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި ތިބި ވަކި މުވައްޒަފުންތަކެއް އެމީހުންގެ ރުހުމެއްނެތި އަދި ރަނގަޅު
ދިމެއްނެތި ޖުޑިޝަލް ޓްރޭނިންގ ސެންޓަރަށް ބަދަލުކޮށް ދުވަސްކޮޅެއްފަހުން، ޖުޑީޝަލް
ޓްރޭނިންގ ސެންޓަރާއި، އިބްރާހީމް ޚާލިދުގެ މަގާމު ހިމެނޭގޮތުން އެ ސެންޓަރުގައި ހުރި މަޤާމުތަކެއް
c 0 0
ސަބަބެއް
ދހަ 0
2
3
4
19ނކުރވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{17/HC-A/184
އުވާލާފައިވަނީ، ރިޑަންޑަންސީގެ ހަގީގީ ހާލަތެއްގައި، ރަނގަޅު ނިޔަތުގައިކަމާމެދު ސުވާލުއުފެދޭފަދަ ގޮތަކަށްކަން
ފާހަގަކުރެވޭކަމާއި،
14 2
އަދި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 96 ވަނަ މާއްދާގެ (ށ) އަށް
ބަލާއިރު، ޝަރުޢީ ދާއިރާގެ ހިންގުމުގެ ނިޒާމަށް ގެނެވޭ ބަދަލެއްގެ ސަބަބުން ނުވަތަ ޤާނޫނެއްގެ ސަބަބުން
ކޯޓަކުން ނުވަތަ ޝަރުޢީ ދާއިރާގެ އިދާރާއަކުން ކުރަމުންދިޔަ މަސައްކަތެއް އުނިވެގެންދިޔުމުގެ ސަބަބުން އެ
ކޯޓެއް ނުވަތަ އެ އިދާރާއެއް ނުވަތަ އެ ކޯޓުން ނުވަތަ އެ އިދާރާއިން ބައެއް އުވާލަންޖެހޭ ޙާލަތުގައި، އެކަށޭނަ
އެހެން ވަޒީފާއެއް އެހެން ކޯޓަކުން ނުވަތަ ޝަރުޢީ ދާއިރާގެ އެހެން އިދާރާއަކުން ހޯދައިދިނުމަށް ޑިޕާޓްމަންޓް
އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަތެއްކުރަންޖެހޭނެކަމާއި، މުވައްޒަފަކު ވަޒީފާއިން
ދޫކޮށްލަން ޖެހޭނީ، ބަޔާންކުރެވިދިޔަގޮތުގެމަތިން، އެ މުވައްޒަފަށް އެހެން ވަޒީފާއެއް، ހޯދައިދިނުމަށް ޑިޕާޓްމަންޓް
އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަތެއްކުރުމުންވެސް ވަޒީފާއެއް ހޯދައި ނުދެވިއްޖެ
ނަމަކަން ސާފުކޮށް އެނގޭކަމާއި،
އަދި ޝަރުޢީ ދާއިރާގެ އިދާރާތަކާއި ކޯޓުތަކުގެ މަގާމުތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، އެއް
ވަޒީފާއިން އަނެއް ވަޒީފާއަށް މުވައްޒަފުން ބަދަލުކުރުމާއި، ވަޒީފާގެ ކުރިއެރުންދިނުމާއި، ވަޒީފާއިން ވަކިކުރުމުގެ
އެންމެހައި ކަންތައްތައް ކުރާ ފަރާތަކީ، ވަޒިފާއާބެހޭ ޤާނޫނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި
ކަނޑައެޅިފައިވާ ގޮތުގެމަތިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންކަން، ޝަރުޢީ ދާއިރާގެ
މުވައްޒަފުންގެ ގަވާއިދު 2011 ގެ 65 ވަނަ މާއްދާގެ (ހ) އާއި (ށ) އިން އެނގޭއިރު، ޖުޑިޝަލް އެކަޑަމީއަކީ
ސުޕްރީމް ކޯޓުގެ ޤަރާރަކުން އުފެއްދިތަނެއްކަމަށްވިޔަސް، އެ އެކަޑަމީއަކީވެސް ޝަރުޢީ ދާއިރާގެ
އިދާރާއެއްކަމުން، އެ އެކަޑަމީއަށްވެސް މުވައްޒަފުން ހަމަޖެއްސުމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުގެ ކަމެއްކަން އެނގޭއިރު، އަދި ޖުޑިޝަލް އެކަޑަމީ އުފެދުނުފަހުން އެތަނުގެ މަގާމުތަކަށް
މީހުން ހޯދުމަށް އިޢުލާނުކޮށް، މުވައްޒަފުން ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުންކަން އެނގޭކަމާއި، އެހެންކަމުން ޖުޑީޝަލް އެކަޑަމީއަކީ އެތަނަށް މުވައްޒަފުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހި ވި
25
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{017/HC-A/184
ހަމަޖެއްސުމުގެ ބާރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިބިފައިނެތް ދައުލަތުގެ ފަރާތުން
ފާހަގަކުރާފަދަ މުސްތަގިއްލު ތަނެއްކަމަށް ބެލެވެން ނެތްއިރު، ޖުޑީޝަލް ޓްރޭނިންގ ސެންޓަރު އުވާލައި އެތަނުގެ
މަޤާމުތަކެއް އުވާލައި، ވަކިކުރާ މުވައްޒަފުން، އިބްރާހީމް ޚާލިދުވެސް ހިމެނޭގޮތުން ޖުޑީޝަލް އެކަޑަމީއަށް
ހަމަޖެއްސެންނެތްކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވަނީ ރަނގަޅު އަސާސެއްގެ
މައްޗަށް ބިނާކޮށްގެންކަން އެނގެންނެތްކަމާއި، ،
އަދި އިބްރާހީމް ޚާލިދު ހިމެނޭގޮތުން، ވަޒީފާއިން ދޫކޮށްލި މުވައްޒަފުން ދޫކޮށްލާފައިވަނީ އެ
މުވައްޒަފުންނަށް ޝަރުޢީ ދާއިރާގެ އިދާރާތަކާއި ކޯޓުތަކުން ވަޒީފާއެއް ހަމަޖައްސައިދެވޭތޯ އެކަށޭނަ މަސައްކަތެއް
ކުރުމަށްފަހުގައިކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ބުނެފައިވީނަމަވެސް،
ޝަރުޢީ ދާއިރާގައި ސުޕްރީމްކޯޓާއި ހައިކޯޓާއި، ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯތުތައް ހިމެނޭގޮތުން އެތައް
ކޯޓަކާއި އިދާރާތަކެއް ހުރިއިރު، ވަޒީފާ ހަމަޖެހޭތޯ ބެލުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން
ސިޓީ ފޮނުވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި ދިވެހިރާއްޖޭގެ ހައިކޯޓަށާއި ހުޅުމާލޭ މެޖިސްޓްރޭޓް
ކޯޓަށްކަން އެނގެންއޮތްއިރު، ހަމައެކަނި ސުޕްރީމް ކޯޓާއި ހައިކޯޓާއި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ސިޓީ ފޮނުވައި
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ބަލާއިރު، އެއީ ޝަރުޢީ
ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 96 ވަނަ މާއްދާގެ (ނ) ގައި ބުނާ ފަދައިން ވަޒިފާއިން ދޫކޮށްލަންޖެހިފައިވާ
މުވައްޒަފަށް އެހެން ވަޒީފާއެއް ހޯދައިދިނުމަށް ކުރެވިފައިވާ "އެކަށީގެންވާ މަސައްކަތެއް" ކަމަށް ނުބެލެވޭކަމާއި،
ސުޕްރީމް ކޯޓާއި ހައިކޯޓާއި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިތުރުން މާލޭގައި، ސިވިލް ކޯޓު، ކުރިމިނަލް ކޯޓު،
ފެމިލީ ކޯޓު، ޖުވެނައިލް ކޯޓު އަދި ޑްރަގް ކޯޓުވެސް އެބަހުރިކަމާއި، އަދި މާލެ ފިޔަވައި، މީހުން އުޅޭ
ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓުތައް ހުރިއިރު، މިއިން އެއްވެސް ތަނަކުން ވަޒީފާއެއް ހަމަޖެހޭތޯ ޑިޕާޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަސައްކަތް ކޮށްފައި ނުވާކަން އެނގޭކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އިބްރާހީމް ޚާލިދު ވަޒީފާއިން ދޫކޮށްލާފައިވަނީ، ދިވެހިރާއްޖޭގެ
ސުޕްރީމްކޯޓުން ޖުޑީޝަލް އެކަޑަމީއެއް ޤާއިމުކުރުމަށް ނިންމައި، ޝަރުޢީ ދާއިރާގައި މީގެ ކުރިން ރާވައި
02 0 0
2& 0 0
OU OO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އެ ވި
26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/184
ހިންގަމުންދިޔަ ތައުލީމާއި ތަމްރީނު ދިނުމުގެ އެންމެހައި ޕްރޮގްރާމުތައް 01 ޑިސެންބަރު 2015 އިން ފެށިގެން
ހިންގަމުންގެންދާނީ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއިން ކަމުގައި ކަނޑައަޅާފައިވާތީ، ޑިޕާޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިލިމާލޭގައި ހިންގަމުންދިޔަ ޖުޑީޝަލް ޓްރެއިނިންގ ސެންޓަރ އުވާލުމަށް
ނިންމުމާ ގުޅިގެން، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގެ 96 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެ
ޤަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހުގައި ކަމަށް ބުނެ އެކަން ދައުލަތުން ޑިޕާޓްމަންޓް
އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން) ސާބިތުކޮށްދީފައިވާކަމަށް ކަނޑައަޅައި، އިބްރާހީމް ޚާލިދު އެދިފައިވާފަދަ
އަމުރެއް
ނެރެވޭނެ
ޤާނޫނީ ހަމައެއް ނެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން
ރަނގަޅުނޫންކަން،
ން، އިސްވެ ފާހަގަކުރެވިދިޔަ ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ކަންކަމަށް ބެލުމުން އެނގެން
އޮނޭނަކަމެވެ.
032 3
63/
0
<< O
4 22
މަތީގައިވާ ސަބަބުތައް އެހެން ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤުވެވެނީ ވަޒީފާއާއި ބެހޭ ޓްރައިބިނުލްގެ ނަންބަރު: 2016/VTR/104
މައްސަލައަށް ބަދަލު ގެންނަންޖެހޭ ކަމެވެ.
ހުކުމް.
2& 0 0
ދެންފަހެ، ބަޔާންވެ ދިޔަ ކަންކަން އެހެން ހުރުމުން، ވަޒީފާއާއި ބެހޭ ޓްރައިބިނުލްގެ ނަންބަރު:
2016/VTR/104 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ބާޠިލުކޮށް، އިސްތިއުނާފްކުރާ ހއ.މުރައިދޫ ވައިޖެހޭގެ އިބްރާހީމް ލިދު (A046825)
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާއިން ވަކިކުރެވުނު ހުރި ވަޒީގައި އަލުން
ބެހެއްޓުމަށާއި ނޫނީ އިބްރާހީމް ޚާލިދު ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާގައި ބެހެއްޓެން ނެތްނަމަ، އޭނާ
އެދޭނަމަ، އެވަޒީފާއާ ގުޅޭ ނުވަތަ އެނޫންވެސް އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށާއި އޭނާއަކީ
އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި އިބްރާހީމް ޚާލިދު ވަޒީފާއިން ވަކިކުރި
އިނއ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
"އި
27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/184
4 22
ދުވަހުން ފެށިގެން އޭނާގެ ވަޒީފާ އަލުން އަނބުރާ އިޔާދަކުރެވޭ ދުވަހަކާއި ހަމައަށް، އޭނާ އޭރު ހުރި ވަޒީފާއިން
ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުން، އެމުއްދަތުގައި އޭނާ އެހެން ވަޒީފާއެއް ނުވަތަ ވަޒީފާ ތަކެއް
އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތު އުނިކުރުމަށްފަހު، އަދި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން އިބްރާހީމް ޚާލިދު އަށް އެއްފަހަރާ ދެވޭ ޢިނާޔަތުގެ ގޮތުގައި ލިބިދީފައިވާ ފައިސާ
އުނިކުރުމަށްފަހު ބާކީވާ މުއްދަތަށް މުސާރައާއި އިނާޔަތްތައް އިބްރާހީމް ޚާލިދުގެ ފަރާތުން ދޭންޖެހޭ މަޢުލޫމާތު
ފޯރުކޮށްދިނުމުން، ހިސާބުކޮށް އަންނަ މިންވަރެއްގެ ފައިސާ އޭނާއަށް ދިނުމަށާއި، އޭނާގެ ވަޒީފާގެ ކަންތައްތައް
ސަރުކާރު ބަންދުނޫން 07 (ހަތެއް) ދުވަހުގެ ތެރޭގައި ހަމަޖައްސާ އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް
އެންގުމަށް ޤާނޫނު ނަންބަރު: 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-21 ވަނަ މާއްދާގެ
(ހ) އާއި (ނ) އަށް ރިޢާޔަތްކޮށް، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް
އަމުރުކޮށްފީމެވެ.
OXO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv