ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/518 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/518
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
في موقع "
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 518/HC
-
A/2016
• އިސްތިއުނާފުކުރި ފަރާތް:
ނަން: އަބްދުﷲ ޒިޔާތު
ކާޑު ނަންބަރ: A033338
*
ދާއިމީ
އެޑްރެސް: ހ. އާހަމަ | ކ. މާލެ
ހ. އާހަމަ | ކ. މާލެ
k
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް * ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
އައިޑީ ކާޑުނަންބަރު:.
* މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
*
• ރަޖިސްޓްރީކުރެވުނު ތާރީޚް:
18 މުޙައްރަމް 1438
19 އޮކްޓޯބަރ 2016
ނިމުނު ތާރީޚް: 17 ރަބީޢުލްއައްވަލް 1440
21
2018
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2016/Cr
-
C/84
ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ޚިޔާނާތްތެރިވުން
ހުށަހެޅި ތާރީޚް: 26 ޖެނުއަރީ 2016 * ނިމުނު ތާރީޚް: 23 ޖޫން 2016
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު ޝުޖާޢު ޢުޘްމާން ފަނޑިޔާރު މުޙައްމަދު ނިޔާޒް ފަނޑިޔާރު ޢަލީ ސަމީރު
(ރިޔާސަތު)
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނ.ގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/518
ކޯޓުން ނިންމާފައިވަނީ
ދަޢުވާގެ ޚުލާޞާ:
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު: 2016/Cr-C/84 ޤަޟިއްޔާ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ކ. މާލެ / މ. އާހަމަ، އަބްދުﷲ ޒިޔާތު (ދ.ރ.ކާޑު
ނަންބަރު: A033338) ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން
ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީސް އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު: 2016/Cr
-
C/84 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، 04 ޖޫން 2014 ދުވަހު، ކުރެއްދޫ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑުން ރިސޯޓެއް ތަރައްޤީކުރުމުގެ ގޮތުން ޅ. މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން
ކޮސްޓުގެ ގޮތުގަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް ދައްކާފަވާ
US
$
5,000,000.00 (ފަސް މިލިޔަން އެމެރިކާ ޑޮލަރު) ގެ ޗެކާ ޢަބްދުﷲ ޒިޔާތު ޙަވާލުވެފަ ވީނަމަވެސް،
އެ ފައިސާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް ލިބިފަ ނުވާތީއާއި، އަޙްމަދު
އަދީބު ޢަބްދުލްޣަފޫރާއި ޙާމިދު އިސްމާޢިލް ދެމީހުން ބައިވެރިވެގެން އެޗެކު ޙާމިދު އިސްމާޢީލް ޙިއްސާވާ
މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓަށް 09 ޖޫން 2014 ގައި
ޖަމާކޮށްފައިވާތީއާއި، އެ ފައިސާއިން ޙާމިދު އިސްމާޢީލް މުޢާމަލާތްކޮށްފައިވާތީ، ޤާނޫނު ނަންބަރު 10/68
(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ
ދަށުން ޢަބްދުﷲ ޒިޔާތުގެ މައްޗަށް ދިހަހާސް ރުފިޔާއިން ފެށިގެން މަތީ ޢަދަދެއްގެ ފައިސާއަށް
ތެތެރިވުމުގެ ކުށުގެ ދަޢުވާއާ، އެ ޤާނޫނުގެ 12 ވަނަ މާއްދާއާއި، 13 ވަނަ މާއްދާއާ ޙަވާލާދީ، 131
ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި ޙާމިދު އިސްމާޢީލުގެ
<< O
ދެޓ6
e
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2016/HC-A518
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވާތްތެރިވުމުގެ ކުށުގެ
މައްޗަށް ދިހަހާސް ރުފިޔާއިން ފެށިގެން މަތީ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ބައިވެރިވުމުގެ ކުށުގެ
ދަޢުވާ އުފުލާފައިވާކަމާއި،
އެމައްސަލަ ބަލައި ކޮށްފައިވާ ޙުކުމުގައި، "ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް
ރިޢާޔަތްކޮށް މާލެ ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، މާލެ: މ. ޝޫރާމަންޒިލް، ޙާމިދު އިސްމާއީލާއި،
މާލެ/ ހ. އާހަމަ، ޢަބްދުﷲ ޒިޔާތުގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާކުރި ޚިޔާނާތް
މައްސަލަ ޝަރީޢަތުން ބެލިއިރު، ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ރިސޯޓެއް ހަދާ ތަރައްޤީ
ކުރުމުގެ ގޮތުން ޅ. މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި މޯލްޑިވްސް މާކެޓިންގ
އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް ދެއްކި ފަސްމިލިއަން އެމެރިކާ ޑޮލަރަށް ޢަބްދުﷲ ޒިޔާތު
ޚިޔާނާތްތެރިވެފަވާކަމާ، މި ޚިޔާނާތުގެ އަޙްމަދު ޢަބްދުލްޣަފޫރު އެންމެ ފުރިހަމަ ގޮތުގަ ބައިވެރިވެފަވާކަމާ، މި
މިޚިޔާނާތުގަ ޙާމިދު އިސްމާޢީލް ބައިވެރިވެފައިވަނީ މެދު މިންވަރަކަށްކަން ޝަރީޢަތަށް ސާބިތުވާތީއާ،
ކިޔާނާތްތެރިވުމަކީ ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖެގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރު 4 ގެ 149 ވަނަ
މާއްދާގެ (ނ) އާއި 131 ވަނަ މާއްދާގެ (ހ) ގެ ދަށުންނާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ ދަށުން ކުށެއްކަމަށް ވާތީއާ، މި ތިން މީހުން ޚިޔާނާތްތެރިވި
ފައިސާގެ ޖުމްލަ ޢަދަދު 5 (ފަހެއް) ލައްކަ ރުފިޔާއަށްވުރެ ގިނަވާތީ، ޚިޔާނާތްތެރިވުމުގެ ކުށުން އަޙްމަދު އަދީބު
ޢަބްދުލްޣަފޫރާއި ޙާމިދު އިސްމާޢީލާއި، ޢަބްދުﷲ ޒިޔާތު ކުށްވެރިވާކަމަށް ކަނޑައަޅާ، ކުރިން ޢަމަލުކުރަމުން
އައި ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ދަށުން މިބާވަތުގެ ކުށަށް ކަނޑައެޅޭނެ
އަދަބަކީ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ މިބާވަތުގަ
ކުށަށް ކަނޑައެޅިފަވާ އަދަބަށްވުރެ ބޮޑު އަދަބެއްކަމަށްވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ
59 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، މި ތިން މީހުންގެ މައްޗަށް ސާބިތުވި ކުށުގެ ޢުޤޫބާތެއްގެ ގޮތުން،
ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 110 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ 2
2 20
ވަނަ އަދި 3 ވަނަ ނަންބަރުގަވާ ހާލަތްތަކާއި ޙަވާލާދީ، އެޤާނޫނުގެ 1002 ވަނަ މާއްދާގެ (ހ) އާއި 1001
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/518
22
ވަނަ މާއްދާގެ (ރ) އާއި 1102 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޢަބްދުﷲ ޒިޔާތު 8 އަހަރު ދުވަހުގެ
މުއްދަތަށް ޖަލަށްލުމަށާ، ބުނެވިދިޔަ މާއްދާތަކާ އިތުރުން މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތުގެ 30 ވަނަ މާއްދާގެ (ރ) ގެ 1 ވަނަ ނަންބަރާއި ޙަވާލާދީ އެޤާނޫނުގެ 1002 ވަނަ މާއްދާގެ
(ހ) ގެ ދަށުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު 8 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް، މިހާރު
ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 210 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި،
އެޤާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރާއި 1102 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ އަދި 2
ވަނަ ނަންބަރުގަވާ ޙާލަތްތަކާއި ޙަވާލާދީ، މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތުގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން 2 އަހަރާ 9 މަހާ 18 ދުވަހުގެ މުއަދަތަށް ޙާމިދު
އިސްމާޢީލް ޖަލަށްލުމަށް ޙުކުމްކޮށް، މިޤަޟިއްޔާ ނިންމީއެވެ." މިފަދައިން ޙުކުމްކޮށްފައިވާކަން އެނގެން
ވަނަ އަދި 3
22 2x
1912
-02
ހ2 ބ 2
22
2
19ނކުޗވަން
42 0 2 7 822
އިސްވެ
ގޮތުގެ މަތީން ކްރިމިނަލް ކޯޓުގެ ނަންބަރު:
2016/Cr
-
C/84 ޤަޟިއްޔާގައި މިމާއި ގުޅިގެން ކ. މާލެ | ހ. އާހަމަ، ޢަބްދުﷲ ޒިޔާތު ގެ
ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން، 08 (އަށެއް) ނުކުތާއެއް ހުށަހަޅައި އެ ނުކުތާތަކާ މެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 3
ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2/2013) ގެ 48 ވަނަ މާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާ އިޖުރާޢަތާއި ޚިލާފަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކޮށްފަވާ ތަޙްޤީގް އަކާއި
ގުޅިގެން ދައުލަތުން ދަޢުވާކޮށްފައި އޮތް އޮތުމުގެ މައްޗަށް ރިޢާޔަތްނުކޮށް ޝަރީޢަތުން މައްސަލަ ނިންމާފައިވާ
ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ
ޗެޕްޓަރ 4 ގެ 149 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "ޚިޔާނާތުގެ" މާނައިގައި "ކަނޑައަޅާފައިވާ
ގޮތާއި ޚިލާފަށް ގެންގުޅުން" ފާޅުކަންބޮޑު ގޮތެއްގައި ބަޔާންކުރެވިފައިވީހިނދު، އަދި އެލަފްޒަކީ ދަޢުވާ ނުވަތަ
ޖެހިރާއްaގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
#
ދީޖްދިން
5
2{016/HC-A/518
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގައި ދަޢުލަތުން ތުޙުމަތުކުރާ އެއްޗެއްގެ މައްޗަށް ބުރަވެ ސާބިތުކުރަން ލާޒިމް އުންބުރަކަށް ވީހިނދު،
އަދި އިސްތިއުނާފްކުރާ ފަރާތުގެ މައްޗަށް ސާބިތުވި ޚިޔާނާތުގެ ކުށަށް ނިޞްބަތްވާ ފައިސާއަކީ
"ކަނޑައެޅިފައިވާ ގޮތާ ޚިލާފަށް ގެންގުޅެފައިވާ" ފައިސާއެއް ކަމުގައި ދަޢުލަތަށް ސާބިތު ކޮށްދެވިފައި ނުވަނީސް
އަދި ފައިސާ ގެންގުޅުމަށް ކަނޑައަޅުއްވާފައިވާ ގޮތް ސާފުކޮށް ދެވިފައި ނުވަނީސް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 190/HC
-
A/2011 ޤަޟިއްޔާއާއި ޚިލާފަށް ޝަރީޢަތުން މައްސަލަ ސާބިތުވާ ކަމަށް
ކަނޑައަޅުއްވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ތުޙުމަތު ކުރެވުނު މައްސަލައިގެ ތަޙްޤީގަށް އިސްތިއުނާފުކުރާ
ފަރާތުން ދީފައިވާ ބަޔާނަށް ޝަރީޢަތުގެ މަޖިލީހުގައި އިންކާރު ކުރައްވާފައިވަނިކޮށް އެބަޔާނަށް ރިޢާޔަތްކޮށް
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޚިލާފަށް މައްސަލަ ސާބިތުވާ ކަމަށް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި
22 422
ހއ.
* ހަތަރުވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ
ޗެޕްޓަރު 4 ގެ 149 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޚިޔާނާތުގެ ކުށް ސާބިތުކުރުމުގައި ބަލަންޖެހޭ
4 އުންސުރު ހަމަނުވަނީސް ޝަރީޢަތުން މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
* ފަސްވަނަ ނުކުތާއަކީ: ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ވ) އާއި ޚިލާފަށް
އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތް މެދުވެރިކުރައްވާ ހޯއްދަވައި ދެއްވުމަށް އެދުނު ކިތާބީ ހެކިތައް
ހޯއްދަވައި ނުދެއްވާ މައްސަލައިން ދިފާޢުވުމުގެ ޙައްޤުން މަޙްރޫމްވާ ގޮތަށް ޝަރީޢަތް ކުރިއަށް ގެންދަވާ
މައްސަލަ ސާބިތުވާ ކަމަށް ނިންމަވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
* ހަވަނަ ނުކުތާއަކީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމެވިއިރު
ހުރި ބަންދަކީ ބާޠިލް އަމުރެއްގެ ދަށުން ހުރި ހުރުމެއްކަން ސާބިތުވާން އޮތް ހެކިތަކެއް ހުރިއިރު އެކަމަކީ
ކްރިމިނަލް ކޯޓުގެ ޝަރީޢަތުން ގޮތެއް ކަނޑައެޅޭނެ ކަމަކަށް ނުވާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/518
04
2015
/
8500/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފް ކޮށްފައިވުމާއި، އެއަމުރު ނެރެފައިވަނީ ޝަރީޢަތް
ނިމެންދެން ކަން އެނގެން އޮތުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެއިރު އިސްތިއުނާފް ކުރިއަށް
ނުދިޔަނަމަވެސް، އެ އަމުރުގެ ސައްޙަ ކަން ނުވަތަ ނޫންކަން އިސްތިއުނާފް މިކުރެވޭ މައްސަލައިގައި
ބައްލަވާދެއްވާ އަމުރު ބާތިލް ކަމަށްވާނަމަ، އެއަމުރުގެ ދަށުން އިސްތިއުނާފް ކުރެވޭ މިމައްސަލަ ހިންގުނު
ހިންގުމުގައި ޤާނޫނު އަސާސީގެ 28 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
01/HC-I-SH/2011 ޤަޟިއްޔާ ގައި ބަޔާންކޮށްފައިވާ ފަދައިން "ބާޠިލް ކަމެއްގެ މައްޗަށް ތަރުތީބުވެގެން
އަންނަ ކޮންމެ ނަތީޖާ އަކީވެސް ބާޠިލް ނަތީޖާ" އަކަށް ވާނެ ކަމަށް މިމައްސަލައިގައި ގޮތެއް
ކަނޑައަޅައިދެއްވުމަށް އެދޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* ހަތްވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ)
ދަށުން ޢަބްދުﷲ ޒިޔާތު 8 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ނިންމި ނިންމުމަކީ
އިސްތިއުނާފުކުރެވިފައިވާ މައްސަލަ ސާބިތުވާ ކަމަށް ބެލިކަމުގައިވީނަމަވެސް ބަޔާންކުރެވުނު ޤާނޫނުން އަދަބު
ކަނޑައެޅު
ޑައެޅުމަށް އޮތް މިންގަނޑާއި ޚިލާފަށް ކަނޑައަޅުއްވާފައިވާ އަދަބެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* އަށްވަނަ ނުކުތާއަކީ، ޤާނޫނު އަސާސީގެ 51 (އ) އާއި ޚިލާފަށް މައްސަލަ ސާބިތުވާ ކަމަށް
ޝަރީޢަތުން ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
03- މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު: 2016/Cr
-
C/84 ޤަޟިއްޔާ
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ކ. މާލެ / މ. އާހަމަ، އަބްދުﷲ ޒިޔާތު ގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެ
2 22 22
ދ
ތ44447
ޤަކޗއް
(ހ) ފުރަތަމަ ކަމަކީ، މިދަޢުވާއަކީ، ޤާނޫނު ނަންބަރު: 3/2006 (ދައުލަތުގެ މާލިއްޔަތުގެ
ޤާނޫނު) އަށް 3 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2/2013) ގެ 48 ވަނަ މާއްދާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
7
2{016/HC-A/518
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
24 2
(ށ) ގައި ބަޔާން ކޮށްފައިވާ އިޖުރާއަތާއި ޚިލާފަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކޮށްފައިވާ
ތަޙްޤީޤަކާއި ގުޅިގެން ދައުލަތުން ކުރި ދަޢުވާއެއް ކަމަށް އިސްތިއުނާފް ކުރާ ފަރާތުން ހުށަހެޅި ނުކުތާއަށް
ޝަރީޢަތުން ރިޢާޔަތް ނުކޮށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މިނުކުތާއާއި ގުޅިގެން،
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ
ޤާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި އެގޮތަށް ބުނެފައި ވީނަމަވެސް ޖިނާއީ ކުށެއް އެއްވެސް މީހަކު
ކޮށްފިނަމަ، އެކަން ކަމާބެހޭ އިދާރާއަކަށް ހުށަހެޅުމުގެ ޙައްޤު، ޤާނޫނީ ހައިޞިއްޔަތު ލިބިފައިވާ ކޮންމެ
ފަރާތަކަށް ލިބިގެންވާ ކަމަށާއި އަދި ދައުލަތުގެ މާލިއްޔަތާ ގުޅޭ ކުށެއް މީހަކުކޮށްގެން މިނިސްޓަރު، ބަންޑާރަ
ނައިބަށް ހުށަނޭޅުމަކީ އެހެން ފަރާތަކުން އެކަން ހުށަހަޅައިގެން ތަޙްޤީޤު ކުރުމުގެ ބާރު ލިބިފައިވާ އިދާރާއަކުން
ތަޙްޤީޤު ކުރުމަށް އޮތް ހުރަހެއް ނޫންކަމަށާއި، ޖިނާއީ މައްސަލަތައް ކަމާބެހޭ ފަރާތަކަށް ހުށަހެޅުމަކީ ކޮންމެ
ފަރުދަކަށް ލިބިގެންވާ ޙައްޤެއްކަމަށާއި ޖިނާއީ ތަޙްޤީޤު ކުރުމަށް ހުށަހެޅުމަކީ ހަމައެކަނި ވަކި ފަރާތަކަށް
ލިބިގެންވާ ބާރެއްކަމަށް ބަޔާންކޮށް އެކަން ހަނިކުރުމަކީ ދިވެހިރާއްޖޭގައި އިސްތިޤްރާރު ވެފައިވާ ޢާންމު ޖިނާއީ
އިޖުރާއަތާ ޚިލާފު ކަމެއް ކަމަށާއި އަދި އެގޮތަށް އެމާއްދާ މާނަކުރުމަކީ މާލިއްޔަތާ ގުޅޭ ކުށްތައް ލަސްނުކޮށް
ތަޙްޤީޤު ކުރުމަށް އޮތް ހުރަހެއްކަމަށްވެފައި އެކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 50 ވަނަ
މާއްދާގެ ރޫޙާ ޚިލާފު ޣައިރު ވާޤިޢީ އަދި ޢަމަލީގޮތުން މުސްތަހީލް ކަމެއް ކަމަށެވެ. މިވާހަކަތަށް ޝަރީޢަތުން
ނަޒަރުކުރާއިރު، ޤާނޫނު ނަންބަރު: 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަކީ ދައުލަތުގެ ފައިސާއާއި
މުދާ ކޮންޓްރޯލު ކުރުމާއި ބެލެހެއްޓުމަށް އުސޫލުތަކެއް ކަނޑައެޅުމާއި، ދައުލަތުގެ ފައިސާއާއި މުދަލާ ގުޅޭ
ގޮތުން މާލީ އުސޫލުތަކާއި އެކަންކަމާގުޅޭ އެހެނިހެން އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެއްކަން އެޤާނޫނުގެ
ތަޢާރަފުން އެނގެން އޮވެއެވެ. މިމައްސަލައިގައި ވާހަކަދެކެވޭ، އެޤާނޫނުގެ 48 ވަނަ މާއްދާގެ (ނ) ގައި
ބަޔާންކޮށްފައިވަނީ:
2
ހުއްދަނޫން ޢަމަލެއް މީހަކު ޤަޞްދުގައި ކޮށްފިނަމަ، މަތީގައިވާ ޖޫރިމަނާ ކުރުން ނުވަތަ ޖޫރިމަނާ
ނުކުރާނަމަ އެމީހެއްގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ބަންޑާރަނައިބަށް މިނިސްޓަރު
ފޮނުވަންވާނެއެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/518
މިފަދައިންނެވެ. މިއަކުރުގައި ބުނާއެއްޗެއް ދެނެގަތުމަށް 48 ވަނަ މާއްދާއަށް އެކުގައި ބަލަންޖެހޭ
ކަމާއި، އެމާއްދާގެ ވަކި އަކުރެއް ނަގައިގެން ވަކިން އެއަކުރުގައި ބުނާއެއްޗަކަށް އެކަނި ބެލެވިގެން
ނުވާނެކަމާއި، ޤާނޫނު ނަންބަރު: 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގައި
އޮންނަނީ
"48(ހ) މިޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ، ހުއްދަނޫން ޢަމަލެއް މީހަކު ކޮށްފިނަމަ،
ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ ދަށުން، އެމީހަކު ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު މިނިސްޓަރަށް
ލިބިގެންވެއެވެ. ނަމަވެސް، ޖޫރިމަނާކުރެވޭ އަދަދު ވާންވާނީ، އަންނަނިވި ގޮތުގެމަތިން ކަނޑައެޅޭ
އަދަދަކަށެވެ.
.1
ހުއްދަނޫން ޢަމަލު ހިންގުމުގައި ހިމެނުނު ދައުލަތުގެ ފައިސާގެ އަދަދު، ނުވަތަ ދައުލަތުގެ މުދަލުގެ
އަޅާ އެއްވަރުގެ އަދަދެއްގެ
ނުވަތަ
2. މުވައްޒަފު ޒިންމާވާންޖެހޭގޮތަށް އުނިވެފައިވާ ފައިސާގެ އަދަދާއެއްވަރުގެ އަދަދެއްގެ ނުވަތަ
3. މުވައްޒަފު ވިއްކާ، ނުވަތަ ދޫކޮއްލި، ނުވަތަ ހަލާކު ކުރި، ނުވަތަ ގެއްލުންދިން ދައުލަތުގެ މުދަލުގެ
އަގާ އެއްވަރުގެ އަދަދެއް.
(ށ) ހުއްދަނޫން ޢަމަލެއް މީހަކު ޤަޞްދުގައި ކޮށްފިނަމަ، މަތީގައިވާ ޖޫރިމަނާ ކުރުން ނުވަތަ ޖޫރިމަނާ
ނުކުރާނަމަ އެމީހެއްގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ބަންޑާރަނައިބަށް މިނިސްޓަރު
ފޮނުވަންވާނެއެވެ.
(ނ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކުރެވޭ ޖޫރިމަނާއެއްގެ މަޤްޞަދަކަށްވާނީ، ދައުލަތަށް ލިބުނު
ގެއްލުމުގެ ބަދަލު ފުރިހަމައަށް ހޯދުމެވެ. އެހެންކަމުން، ގެއްލުމުގެ ބަދަލު ފުރިހަމައަށް ލިބެންދެން،
ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު ދެމިއޮންނާނެއެވެ.
މިފަދައިންނެވެ. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ނ) އިން ސާފުކޮށް އެނގެން
އޮތް ގޮތުގައި، 48 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ޖޫރިމަނާކުރުމުގެ މަޤްޞަދަކީ، ގެއްލުމުގެ
ބަދަލު ހޯދުންކަން އެނގެން އޮންނަކަމާއި، 48 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ، ގެއްލުމުގެ
ބަދަލު ހޯދުމަށް ޢަމަލު ކުރެވިދާނެ ދެގޮތެއްކަމާއި، އެއީ، ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ޖޫރިމަނާ
ކުރުން ނުވަތަ ގެއްލުމުގެ ބަދަލު ހޯދުމަށް ބަންޑާރަނައިބު މެދުވެރިކޮށް ޝަރީޢަތަށް
: މ 24
0 ދ ތ
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/518
މިމާއްދާއިން އެނގެން އޮންނަކަމާއި، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ތަރުތީބު ވެފައި ވާގޮތުން، ބަންޑާރަ
ނައިބު މެދުވެރިކޮށް ޝަރީޢަތަށް ހުށަހަޅަނީ މަދަނީ މައްސަލަތައްކަމާއި، މިކަން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އިން އެނގެން އޮންނަކަމާއި، އެމާއްދާގައި
ބަޔާންކޮށްފައިވަނީ؛
.0 24 2 4
22 ހ22
ނއތﷲ
33
ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކަށް ހާޒިރުވެ ވާހަކަ ދެއްކުމުގެ ޙައްޤު ބަންޑާރަނައިބަށް ލިބިގެންވެއެވެ.
އަދި މިޤާނޫނުއަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅައިފައިވާ ކަންކަން
ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަނައިބު، ނުވަތަ އޭނާ ކަނޑައަޅާ
މީހެކެވެ.
މިފަދައިންނެވެ.
މާލިއްޔަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާން
ކުރާ ޕްރޮސީޖާއަކީ، މަދަނީ ގޮތުން، ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ޝަރީޢަތަށް މައްސަލަ
ހުށަހެޅުމުގެ ޕްރޮސީޖާއެއް ކަމާއި، ތަޙްޤީޤްކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ
ވަޒަންކޮށް، ދަޢުވާއެއް އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި، ޖިނާއީ ކުށެއް ކޮށްފިކަމުގެ
ތުހުމަތު ކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކޮންމެ ކޯޓެއްގައިމެ ދަޢުވާ އުފުލުމުގެ
ބާރަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ
ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާ ބާރެއްކަން އެނގެން އޮންނަކަމާއި، އިސްތިއުނާފު
ކުރެވިފައިވާ މައްސަލައިގައި ބަޔާންކުރެވޭ
ބަޔާންކުރެވޭ ކަންތައްތަކީ، ދައުލަތުގެ މާލިއްޔަތާއި ގުޅުން އޮތް ކަމެއްގެ
އިތުރުން، އެއީ ޤާނޫނު ނަންބަރު: 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 95 ވަނަ
މާއްދާގެ ދަށުން، ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ޙިއްސާ އެކުލެވިގެންވާ ސަރުކާރުގެ
ކުންފުންޏެއްކަމަށްވާ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
(އެމް.އެމް.ޕީ.އާރު.ސީ) ލިމިޓެޑާއި ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ކުރެވުނު،
ޅ.އަތޮޅު މާބިންހުރާގެ މުޢާމަލާތުގައި ހިނގާފައިވާ ޚިޔާނާތުގެ މައްސަލައެއްކަމާއި، މިއިސްތިއުނާފު ކުރި
ފަރާތްކަމުގައިވާ ޢަބްދުﷲ ޒިޔާތަކީ، މިދެންނެވި މުޢާމަލާތު ކުރިއިރު، އެމް.އެމް.ޕީ.އާރ.ސީ ގެ ބޯޑު
ދިވެހިރާއް
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނ.ގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/518
(natural person)
މެންބަރެއްގެ އިތުރުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަމާއި، މިދެންނެވި މުޢާމަލާތުގައި ވެފައިވާ
ޚިޔާނާތުގައި ޢަބްދުﷲ ޒިޔާތުގެ ބައިވެރިވުން ހިމެނޭކަމަށް ތުހުމަތުކޮށް، އެކަން ތަޙްޤީޤުކުރެވި،
ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާ ބާރުގެ ދަށުން، ޖިނާއީ ދަޢުވާ އުފުލިފައިވަނީކަމާއި،
ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 98 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، ސަރުކާރުގެ
ކުންފުނިތަކަކީވެސް، "ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞިއް" (separate legal entity) ކަމާއި،
ޠަބީޢީ ހެނުންނެކޭ
އެއްފަދައިން، ޤާނޫނީ ޝަޚްޞިން
(juristic person) ކުރާ ޖިނާއީ ކުށްތައް ނުވަތަ ޤާނޫނީ ޝަޚް ޞުންގެ އެޖެންޓުންގެ ގޮތުގައި
ޙަރަކާތްތެރިވާ އެފަދަ ތަންތަނުގެ ބޯޑު މެންބަރުން، ޑިރެކްޓަރުން، މެނޭޖިންގ ޑިރެކްޓަރުން، ނޫނީ
ޙިއްޞާދާރުން އެފަދަ ތަނަކަށް މަންފާއެއް ހޯދައިދިނުމަށް ނުވަތަ އެބައެއްގެ އަމިއްލަ މަޞްލަޙަތުގައި
މަންފާއެއް ލިބިގަތުމަށް ކުރާ ޖިނާއީ ކުށުގެ ޢަމަލުތައް ތަޙްޤީޤުކޮށް ކުށުގެ ދަޢުވާ ކުރުމަކީ
ކުރެވޭނެކަމެއްކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި
"މީހެއް" ނުވަތަ "ފަރާތް" ކަމުގައި ބުނެފައިވަނީ، ޠަބީޢީ ޝަޚްޞިތަކަށާއި ޤާނޫނީ ޝަޚް ޞުތަކަށްކަ
އެނގެން ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި، ދައުލަތުގެ މާލިއްޔަތާއި ގުޅުންހުރި
މުޢާމަލަތްތަކުގައި، ނުވަތަ ސަރުކާރުގެ ކުންފުނި ތަކާއި ގުޅިފައިވާ މާލީ މުޢާމަލާތްތަކުގައި ހަމައެކަނި
ދަޢުވާ ކުރެވޭނީ ޤާނޫނު ނަންބަރު: 3/2006 ( ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) 48 ވަނަ މާއްދާގައި
ބަޔާންކުރާ އުޞޫލުގެ މަތިން ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާ އެކަނި ނޫންކަމާއި، ވައިޓް-ކޮލަރ
(white
-
collar) ނުވަތަ ކޯޕަރޭޓް ޕްރައުޑް (coporate fraud) ޢަމަލުތަކަކީ، ދިވެހިރާއްޖޭގެ
ޤާނޫނީ ނިޒާމުގެ ތެރެއިން ތަޙްޤީޤުކޮށް ޕްރޮސިކިއުޓް ކުރެވޭނެ ކުށުގެ ޢަމަލުތަކެއް ކަމާއި، އަދި އެއީ
ޤާނޫނު ނަންބަރު: 3/2006 ( ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) 48 ވަނަ މާއްދާގެ (ށ) ގައި
ބަޔާންކުރާ އިޖުރާއަތުގެ ދަށުން ކުރަންޖެހޭ ގެއްލުމުގެ ބަދަލު ހޯދުމުގެ މަދަނީ ދަޢުވާއާ މުޅިން ވަކި
ދަޢުވާއެއްކަމާއި، އިސްތިއުނާފް ކުރެވިފައިވާ މައްސަލައިގެ ޙާދިޘާ ހިނގިއިރު، ޢަމަލު ކުރަމުންދިޔަ
ﷲ0
0
0
އެތެވެ،
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/518
ޤާނޫނު ނަންބަރު: 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ޗެޕްޓަރ 4 ގެ 144 ވަނަ މާއްދާ ބަޔާން
ކުރާ ގޮތުން، ޖިނާއީ ކުށުގެ ދަޢުވާއާއެކުވެސް ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާ ކުރެވިދާނެކަން
އެނގެން އޮންނަކަމާއި، އެމާއްދާގައި ބަޔާންކޮށްފައިވަނީ؛
ސަރުކާރުގެ މުދަލަކުން ވައްކަންކުރި ނުވަތަ ސަރުކާރުގެ މުދަލަކަށް ޚިޔާނާތްތެރިވި ނުވަތަ
ސަރުކާރުގެ މުދަލެއް ފޭރުނު ނުވަތަ ސަރުކާރުގެ މުދަލަކަށް މަކަރާއި ޙީލަތްހެދި މީހަކު، އެގޮތުން
ހޯދި މުދަލަކުން ގެދޮރާއި އެނޫންވެސް މުދާ ހޯދާފައި، ނުވަތަ އުފައްދާފައިވާކަން ސާބިތުވާނަމަ،
ނުވަތަ ވަގަށްނެތި ނުވަތަ ޚިޔާނާތްތެރިވި ނުވަތަ ފޭރުނު ނުވަތަ މަކަރާއި ޙީލަތުން ހޯދި މުދަލުން
އަމިއްލަ މުދާ އުފައްދާފައިވާ ކަމަށް ގަބޫލުކުރެވޭފަދަ ސަބަބުތަކެއް ހުރުމާއެކު، ވަގަށްނެގި ނުވަތަ
ޚިޔާނާތްތެރިވި ނުވަތަ ފޭރުނު ނުވަތަ މަކާރާއިޙީލަތުން ހޯދި މުދާ ދެއްކެން ނެތްކަމަށް ބުނާނަމަ،
އޭނާގެ އަތުގައިހުރި މުދަލުން، ނުވަތަ އެ މުދާ ވިއްކައިގެން ލިބޭ ފައިސާއިން އޭނާ ޚިޔާނާތްތެރިވި
ނުވަތަ ވަގަށްނެގި ނުވަތަ ފޭރުނު ނުވަތަ މަކަރާއި ޙީލަތުން ހޯދި މުދަލުގެ އަގު ހޯދޭނެއެވެ.
މިފަދައިންނެވެ. އެހެންކަމުން، ދަޢުވާ ކުރުމުގައި، ޖިނާއީ ދަޢުވާއާއި ގެއްލުމުގެ ބަދަލު ހޯދުމުގެ މަދަނީ
ދަޢުވާއާއެކު ދަޢުވާ ކުރުމާއި، ނުވަތަ ޖިނާއީ ކުށުގެ ދަޢުވާ ވަކިން އަދި ގެއްލުމުގެ ބަދަލު ހޯދުމުގެ
ދަޢުވާ ވަކި ކުރުމާއި މިއިން ކޮންމެ ގޮތަކީވެސް، އިސްތިއުނާފް ކުރެވިފައި މިވާ މައްސަލައާއި ގުޅިގެން،
ދަޢުވާ އުފުލުން ޤާނޫނީ ގޮތުން ސައްޚަވާނެ ގޮތްގޮތް
އެގޮތް ކަމާއި، އެހެންކަމުން، މިމައްސަލަ އިސްތިއުނާފް
ކުރި ޢަބްދުﷲ ޒިޔާތުގެ މައްޗަށް ކުށުގެ މިދަޢުވާ ކުރެވިފައިވަނީ، ޤާނޫނު ނަންބަރު: 3/2006
(ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ އިޖުރާއަތާއި
ޚިލާފަށްކަމަށް ބަލަންޖެހޭ ޤާނޫނީ ހަމައެއްނެތްކަމާއި، އަދި ޖިނާއީ ކުށުގެ މިދަޢުވާ އުފުލުމަކީ، ޤާނޫނު
ނަންބަރު: 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ށ) ގެ ދަށުން،
ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަންޖެހޭ މަދަނީ ދަޢުވާ އުފުލުމަށް އޮތް ހުރަހެއްކަމުގައި ބެލެވޭނެ ޤާނޫނީ
ހަމައެއްވެސް ނެތްކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަކަމަކީ، ޤާނޫނު ނަންބަރު: 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ
ޗެޕްޓަރު 4 ގެ 149 ވަނަ މާއްދާގެ (ނ) ގައި ޚިޔާނާތުގެ މާނައިގައި "ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/518
Ox
0
04 9 8 2
އެތެރެއެ
ގެންގުޅުން" މިފަދައިން ބަޔާން ކޮށްފައިވާއިރު، "ކަނޑައެޅިފައިވާ ގޮތާއި ޚިލާފަށް ގެންގުޅެފައިވާ"
ފައިސާއެއްކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށާއި، އެއީ ދައުލަތުން ސާބިތު ކުރުން ލާޒިމު
ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި ގުޅިގެން، ޕްރޮސިކިއުޝަނުން ބުނެފައިވަނީ،
އެމް.އެމް.ޕީ.އާރ.ސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ޢަބްދުﷲ ޒިޔާތު ހުރެ، 04 ޖޫން 2014
ތާރީޚުގައި ޅ.މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި އެމް.އެމް.ޕީ.އާރު.ސީއަށް
ދައްކާފައިވާ 05 (ފަހެއް) މިލިޔަން އެމެރިކާ ޑޮލަރުގެ ޗެކާއި ޙަވާލުވެފައިވީނަމަވެސް، އެފައިސާ
އެމް.އެމް.ޕީ.އާރު.ސީއަށް ލިބިފައިނުވާތީއާއި، އެޗެކު އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި ޙަވާލުކޮށްފައިވާތީ
އާއި، އެމް.އެމް.ޕީ.އާރު.ސީއަށް ލިބޭ ޗެކުތަކާއި އެނޫންވެސް ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ
ލިޔުންތަކާމެދު އެކުންފުނިން ޢަމަލުކުރަންވާނީ އެކުންފުނީގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިންކަމަށް
ބަޔާންކޮށްފައިވާއިރު، އިސްތިއުނާފްކުރާ ފަރާތުން ޢަމަލުކޮށްފައިވަނީ، އެގޮތާ ޚިލާފަށްކަމަށްވާތީ، މިކަމަކީ
ޤާނޫނު ނަންބަރު 10/68(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރު 4 ގެ 149 ވަނަ މާއްދާގައި
ބަޔާންކުރާ ޚިޔާނާތުގެ ކުށުގެ އުންސުރުތައް ފުރިހަމަ ވުން ކަމުގައި ދެކޭކަމަށެވެ. މިނުކުތާއަށް
ޝަރީޢަތުން ބަލާއިރު، ޤާނޫނު ނަންބަރު: 10/68(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ ޗެޕްޓަރ 4ގެ
149ވަނަ މާއްދާގެ (ނ)ގައި ބަޔާން ކޮށްފައިވަނީ،
މިޤާނޫނުގައި:- (ނ) ޚިޔާނާތަކީ، ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ތިމާގެ ޙަވާލުގައިވާ އެހެން ފަރާތެއްގެ
އެއްޗެއް ނުބައި ނިޔަތެއްގައި އޭގެ ވެރިފަރާތުގެ އިޒުނަޔާ ނުލައި ބޭނުންކުރުން، ނުވަތަ އެއެއްޗަކަށް ބަދަލު
ގެނައުން، ނުވަތަ ނައްތާލުން، ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް ގެންގުޅުމެވެ. ޢާންމު
ތަނަކުން ހޮވާ އެއްޗެއް އެފަދަ ތަކެތި ދައްކަންޖެހޭ ފަރާތަށް ނުދައްކާ ހުރުމާއި، މީޓަރަށް ނާރާގޮތަށް
ކަރަންޓް ބޭނުންކުރުން ފަދަ ކަންކަމަކީ، ޚިޔާނާތެވެ. ކަނޑައެޅިފައިވާ ގަވާއިދު ތަކެއްގެ މަތިން
ބެލެހެއްޓުމަށް މީހަކާ ޙަވާލުވެފައިވާ މުދަލެއް ހަމައަށް ހުރިތޯ ބަލާއިރު، އެމުދާ ހުންނަންވީ ވަރަށް ނެތިފައި،
އެމުދާ ބަލަހައްޓަން ޖެހިފައިވާ ޤަވާއިދާ ޚިލާފުވެފައިވާކަން ސާބިތު ވުމާއެކު، އެމުދާ މަދުވާން ޖެހުނު ގޮތެއް
ސާބިތުކޮށް ނުދެވޭނަމަ ބެލޭނީ ޚިޔާނާތްތެރިވީ ކަމުގައެވެ.
<<
2222 22 22
އެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/518
މިފަދައިންނެވެ. މިމާއްދާއަށް ބެލުމުން، ޚިޔާނާތުގެ ކުށުގެ ޢަމަލު (actus reus) ހިންގިދާނެ ތަފާތު ގޮތްތަކެއް
149 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ. އޭގެތެރޭގައި:
1- ވެރިފަރާތުގެ އިޒުނަޔާ ނުލައި ބޭނުން ކުރުން.
2- ވެރިފަރާތުގެ އިޒުނަޔާ ނުލައި އެއެއްޗަކަށް ބަދަލު ގެނައުން.
3- ވެރިފަރާތުގެ އިޒުނަޔާ ނުލައި އެއްޗެއް ނައްތާލުން.
4- ވެރިފަރާތުން ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް އެއެއްޗެއް ގެންގުޅުން.
5- ޢާންމު ތަނަކުން ހޮވާ އެއްޗެއް، އެފަދަ ތަކެތި ދައްކަންޖެހޭ ފަރާތަށް ނުދެއްކުން.
6- މީޓަރަށް ނާރާގޮތަށް ކަރަންޓް ބޭނުން ކުރުން. އަދި
7- ވަކި ޤަވާއިދެއްގެ މަތިން ބަލަހައްޓަން ޙަވާލުކޮށްފައިވާ މުދަލެއް ހަމައަށް ހުރިތޯ ބަލާއިރު ހަމައަށް
ނެތި އެމުދާ މަދުވާންޖެހުނު ގޮތެއް ސާބިތުކޮށް ނުދެވުން.
މިގޮތްތައް ހިމެނޭކަމާއި، މިއިން ކޮންމެ ގޮތަކަށްވެސް ޚިޔާނާތުގެ ކުށުގެ ޢަމަލު ހިންގިދާނެކަމާއި، މި
ކުށުގެ ޢަމަލާއި ގުޅިފައިވާ ނިޔަތަކީ (mens rea) އެކަން ނުބައި ނިޔަތެއް (dishonestly) ގައި
ކުރުންކަމާއި، "ނުބައި ނިޔަތް" އަކީ ކޮބާކަން މިޤާނޫނުގައި ބަޔާން ކޮށްދީފައި ނެތްނަމަވެސް،
އެއެއްޗަކާމެދު ފަރުވާކުޑަކުރުން، ނުވަތަ ތިމާގެ ބެލުމުގެ ދަށުގައިވާ ނުވަތަ ޙަވާލުގައިވާ އެއްޗެއްގެ ހިސާބު
ދެއްކުމަށް ނުކުޅެދުން، ދުވަހު ފޮތްތަކަށް ހިސާބު ނޭރުވުން، ފައިސާއެއްނަމަ، އެޖަމާކުރަންޖެހޭ ތަނަކަށް
ޖަމާނުކޮށް ލަސްކުރުން، ވަކިބޭނުމަށް ބޭނުންކުރުމަށް ހުންނަ ފައިސާ އެނޫން ކަމެއްގައި ބޭނުންކުރުން ފަދަ
ކަމެއް އޮތުމާއިއެކު އެމައްސަލައިގައި ހިމެނޭ އެހެން ހެކި ނުވަތަ ޙަޤީޤަތް ތަކުން ފެންނަ ކަންކަމަށް
ބަލައި، ނުބައި ނިޔަތް ސާބިތު ކުރެވިދާނެކަމާއި، އެހެންކަމުން، 149ވަނަ މާއްދާގެ (ނ)ގައި ބަޔާންކުރާ
ޚިޔާނާތުގެ ކުށުގެ މައިގަނޑު އުންސުރުތަކަކީ؟
1- އެއެއްޗަކީ ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ޙަވާލުގައި ހުރި އެއްޗަކަށްވުން.
2- އެއެއްޗަކީ އެހެން ފަރާތެއްގެ އެއްޗަކަށްވުން.
22 0 0 7 2
ދިވެހިރާއްa
ގްޢީބް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/518
3- ނުބައި ނިޔަތެއް އޮތުން.
4- އެއެއްޗެއްގެ ވެރިފަރާތުގެ އިޛުނަ ނެތުން.
5- އެއެއްޗެއް، ބޭނުންކުރުން ނުވަތަ އެއެއްޗަކަށް ބަދަލު ގެނައުން ނުވަތަ އެއެއްޗެއް ނައްތާލުން ނުވަތަ
ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް އެއެއްޗެއް ގެންގުޅުން ނުވަތަ އެއެއްޗެއް ހުންނަންވީ ވަރަށް ނެތުން.
މިއީ ކަމާއި، ޚިޔާނަތް ވެވޭނީ، ހަމައެކަނި "ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް ގެންގުޅެ" ގެން އެކަނި
ނޫންކަމާއި، މީގެ އިތުރުން އެއެއްޗެއްގެ ވެރިފަރާތުގެ އިޛުނައެއް ނެތި ބޭނުންކޮށްފިނަމަ، ނުވަތަ އެއެއްޗަކަށް
ބަދަލު ގެނެސްފިނަމަ، ނުވަތަ އެއެއްޗެއް ނައްތާލައިފިނަމަ ނުވަތަ ބެލެހެއްޓުމަށް މީހަކާ ޙަވާލުވެފައިވާ މުދަލެއް
ހަމައަށް ހުރިތޯ ބަލާއިރު، އެމުދާ ހުންނަންވީ ވަރަށް ނެތިފައި، އެމުދާ ބަލަހައްޓަން ޖެހިފައިވާ ޤަވާއިދާ
ޚިލާފުވެފައިވާކަން ސާބިތު ވުމާއެކު، އެމުދާ މަދުވާން ޖެހުނު ގޮތެއް ސާބިތުކޮށް ނުދެވޭނަމަ އެއީވެސް ޚިޔާނާތް
ތެރިވެވޭ ގޮތްކަމާއި، މިމައްސަލައިގައި، އިސްތިއުނާފް ރައްދުވާ ޢަބްދުﷲ ޒިޔާތަކީ، އެމް.އެމް.ޕީ.އާރ.ސީގެ ބޯޑު
މެންބަރެއްގެ އިތުރުން، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަން އެނގެން އޮތުމުން، އެމް.އެމް.ޕީ.އާރު.ސީއަކީ،
އެތަނުގެ ބޯޑު މެންބަރުންގެ
އިތުރުން، ޚުދު ޢަބްދުﷲ ޒިޔާތުގެ ހަވާލުގެ ދަށުގައި ހުރިތަނެއްކަމަށް ޤާނޫނީ
ތުންވެސް އަދި ޝިމްނީ ގޮތުންވެސް ބަލަންޖެހޭ ކަމާއި، 04 ޖޫން 2014 ތާރީޚުގައި ޅ.މާބިންހުރާ ކުއްޔަށް
ހިފުމަށް އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން 04 ޖޫން 2014
މިތާރީޚް ގައި، ޤާނޫނު ނަންބަރު: 16/95 (ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު)
ގައި ބަޔާން ކުރާ ގޮތުގެ މަތިން، "ކުރޮސް" ކޮށް، އެކައުންޓް އޭއީ އޮންލީ (A
/
C PAEE ONLY) މިހެން
ބަޔާންކޮށް، ދޫކުރެވުނު 05 (ފަހެއް) މިލިޔަން އެމެރިކާ ޑޮލަރުގެ ޗެކަކީ، "މޯލްޑިވްސް މާރކެޓިން އެންޑް
ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން" އަށް އެފައިސާ ޖަމާކުރުމަށް ކޮށްފައިވާ އަމުރެއްކަމާއި، އެފައިސާ ޗެކެއް
ކުރޮސް ކުރުމަށްފަހު، އެތަނުގައި "އެކައުންޓް އޭއީ އޮންލީ" މިހެން ބަޔާން ކުރުމުން، ބޭންކިންގްއާބެހޭ ޢާންމު
އުޞޫލުތައް ބަޔާންކުރަނީ، އެޗެކްގައި ބަޔާންކޮށްފައިވާ ފަރާތް ނޫން އެހެން އެއްވެސް ފަރާތަކަށް އެޗެކްގެ
ފައިސާ ކުލިއަރ ވެގެން ނުދިއުންކަމާއި، އެނޫން ގޮތަކަށް ބޭންކްގެ ތެރެއިން މިޗެކާއިމެދު މުޢާމާލަތު ކުރެވިގެން
ގެތެނެ
24 2
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނ.ގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
15
2{016/HC-A/518
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިއުމަކީ، ބޭންކުގެ އިތުރުން، އެމް.އެމް.ޕީ.އާރ.ސީގެ ބޯޑާއި މެނޭޖިންގެ ޑިރެކްޓަރުވެސް ޒިންމާ ކުރެވެންޖެހޭނެ
ކަމެއްކަމާއި، ބަޔާންވެދިޔަ، 05 (ފަހެއް) މިލިއަން އެމެރިކާ ޑޮލަރުގެ ޗެކުގައިވާ ފައިސާއަކީ،
އެމް.އެމް.ޕީ.އާރު.ސީއަށް ލިބެންޖެހޭ އެކުންފުނީގެ އެއްޗެއްކަމާއި، އެއީ އެކުންފުނީގެ ބޯޑުމެންބަރެއްގެ ނުވަތަ
މެނޭޖިންޑިރެކްޓަރު ޢަބްދުﷲ ޒިޔާތުގެ އެއްޗެއް ނޫންކަމާއި، މިޗެކަމާއިމެދު މުޢާމަލާތު ކުރަންޖެހޭ ގޮތް،
މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން އާއި ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑާއި ދެމެދު 04 ޖޫން 2014 ގައި ސޮއިކޮށްފައިވާ "ސެލް އެންޑް ޕާޗޭސް" އެގްރީމެންޓްގެ 7 މާއްދާގައި
ސާފުކޮށް ބަޔާންކޮށްފައިވާ ކަމާއި އެމާއްދާގައި އޮންނަނީ؟
The Sale Price shall be payable on the execution of this Deed. The sales
Price shall be paid by the Buyer into the Bank account of the Vendor as
specified below. Once the payment is cleared into the Bank account of
the Vendor as specified herein, the Sale Price shall be considered paid
without need of further evidence
Account Name: Maldives Marketing and Public Relation Corporation
Account Number: 7701700719 001
Bank Details: Bank of Maldives Plc.
މިފަދައިންކަމާއި، "ސޭލްސް ޕްރައިޒް" ގަންނަ ފަރާތުން ޖަމާކުރަންޖެހޭނީ މިއެގްރީމަންޓްގައި ބަޔާންކޮށްފައިވާ
"މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން" އެކައުންޓަށްކަމާއި،
އެމް.އެމް.ޕީ.އާރު.ސީ މުޢާމަލާތު ކުރީ ވެންޑަރގެ ޙައިޞިއްޔަތުންކަމާއި، ވެންޑާރގެ ފަރާތުން،
މިއެއްބަސްވުމުގައި ސޮއިކުރީ ޢަބްދުﷲ ޒިޔާތުކަމާއި، އެސޮއި ކުރީ، އެމް.އެމް.ޕީ.އާރ.ސީގެ މެނޭޖިންގ
ޑިރެކްޓަރުގެ ހައިޞިއްޔަތުންކަން އެނގެން އޮންނަކަމާއި، މިހުރިހާ ލިޔެކިޔުމެއް މިހެން ހުއްޓައި، އަދި
މިމުޢާމަލާތުގައި ޢަބްދުﷲ ޒިޔާތު ސޮއިކޮށް، މިމުޢާމަލާތު ހިނގާފައިވާ ގޮތަށް ބަލާއިރު، މިރަށް ޓޫރިޒަމް
މިނިސްޓްރީން އެމް.އެމް.ޕީ.އާރު.ސީއަށް ލިބިދިނުމާއި، އެމް.އެމް.ޕީ.އާރުސީން އިންވެސްޓަރަކު ހޯދައިގެން އެރަށް
އެފަރާތަށް ވިއްކާލުމާއި، އެރަށުގެ އެކުއިޒިޝަން އަގު އަދާކުރުމަށް 05 މިލިއަން އެމެރިކާ ޑޮލަރުގެ ޗެކެއް
ދިނުމާއި، މިހުރިހާ މުޢާމަލާތެއް ކޮށްފައިވަނީ ހަމަ އެންމެ ދުވަހެއްގެ ތެރޭގައިކަން އެނގެން އޮތުމުން، މިޗެކު
މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކްރިލޭޝަންގެ ނަންބަރު:001
700719
7701 އެކައުންޓު ނޫން އެހެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނ.ގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/518
އެކައުންޓަކަށް ޖަމާކުރެވިގެންދިޔަ ދިއުމަކީ އޭގެ ޒާތުގައި ނުބައި ނިޔަތް (dishonest ސާބިތުވާ ކަމެއްކަމާއި،
އަދި ބަޔާންވެދިޔަ ޗެކު އެހެން އެކައުންޓަކަށް ޖަމާވި ޖަމާވުމަކީ، ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ޙަވާލުގައި
އޮތް އެހެން ފަރާތެއްގެ ޗެކެއް ނުބައި ނިޔަތެއްގައި ވެރިފަރާތުގެ އިޒުނަނެތި، އެޗެކު ބޭނުންކުރުން
ނުންކުރުން ނުވަތަ
އެޗެކު ނައްތާލުން ނުވަތަ ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް އެޗެކު ގެންގުޅުން ކަމުގައި ވާނެކަމާއި، އަދި އެއީ
ކަނޑައެޅިފައިވާ ގަވާއިދު ތަކެއްގެ މަތިން ބެލެހެއްޓުމަށް މީހަކާ ޙަވާލުވެފައިވާ މުދަލެއް ހަމައަށް ހުރިތޯ
ބަލާއިރު، އެމުދާ ހުންނަންވީ ވަރަށް ނެތުން ކަމަށްވެސް ބެލޭނެ ސަބަބެއް ކަމާއި، އެޗެކު މާއްދީ ގޮތުން
ޢަބްދުﷲ ޒިޔާތުގެ އަތްމައްޗަށް އަރާފައި ނެތްކަމަށް ބެލިނަމަވެސް، ޢަބްދުﷲ ޒިޔަތަކީ މިޢުމާލާތްތައް
ކުންފުނީގެ ނަމުގައި ދުވަހުން ދުވަހަށް ކުރުމުގެ ބާރު ދީފައިވާ ފަރާތްކަމަށް ވާތީ، ކޮންސްޓްރަކްޓިވް ޓްރަސްޓް
(constructive trust) އެއް، މިޗެކާއި ގުޅިގެން ޢަބްދުﷲ ޒިޔާތުގެ މައްޗަށް އަދި ކުންފުނީގެ މުޅި މުދަލުގެ
އުފެދިފައިވާ ކަމާއި، އެހެންކަމުން، ޢަބްދުﷲ ޒިޔާތުގެ މައްޗަށް ކޮށްފައިވާ ދަޢުވާ މުޅިން ސާފުނުވާ
ކަމަށާއި ޚިޔާނާތްތެރިވީ ކޮން ޤާނޫނެއް ނުވަތަ ކޮން ޤަވާޢިދަކާތޯ ކުރާ ސުވާލާއި ގުޅިގެން ޢަބްދުﷲ ޒިޔާތު
ޚިޔާނާތްތެރިވެފައިވަނީ، އެމް.އެމް.ޕީ.އާރ.ސީގެ ހިންގާ ޤަވާޢިދުގެ 11ވަނަ މާއްދާ އަށްކަމަށް ދައުލަތުން
ބުނެފައިވާ ބުނުމަކީ ރަނގަޅު ބުނުމެއްކަމާއި، އެހެނީ އެމާއްދާގައި ބަޔާން ކޮށްފައި ވަނީ
69ނ
All contracts in the ordinary course of business, cheques, promissory
notes, drafts, bills of exchange and other negotiable and transferable
instruments and all receipts for monies paid to the company shall be
signed, drawn, accepted or otherwise excuted, as the case may be, in such
a manner as the Board shall determine
ފހު 0
3
34
3
ބަޔާންކުރ.
x 8 = 2
04
މިފަދައިން ކަމާއި، އެހެންކަމުން، މަތީގައި ކުރެވުނު، "ސޭލްސް އެންޑް ޕާރޗޭސް" އެގްރީމެންޓްގައި
ޢަބްދުﷲ ޒިޔާތު ސޮއިކޮށްފައިވަނީ، މިމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެމް.އެމް.ޕީ.އާރ.ސީގެ ބޯޑުން
ކަނޑައަޅާފައިވާ ގޮތުގެ މަތިންކަމާއި، އެހެނީ، އެމް.އެމް.ޕީ.އާރުސީގެ ބޯޑް އޮފް ޑިރެކްޓަރުންގެ ބާރުތަކާއި
މަސްއޫލިއްޔަތުތައް ބަޔާންކުރާ
"Powers and responsibilities of the board of Directors”
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
،ތިޖެ
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/518
ލިޔުމުގެ، [Powers and Resposibilities of the Managing Director]މިސުރުޚީގެ ދަށުގައި
އަންނަ
41
ވަނަ
މާއްދާ
ގެ
(b)
ބަޔާންކޮށްފައިވަނީ،
,manage the day to day affairs of the Company] މިފަދައިންކަމާއި، އެހެންކަމުން، ދުވަހުން
ދުވަހަށް ކުންފުނި ހިންގުން އިންތިޒާމު ކުރުމުގެ ތެރޭގައި ކުންފުނީގެ ޢާންމު ވިޔާފާރީގެ ޙަރަކާތްތައް ހިންގުމުގެ
ގޮތުން، ކޮންޓްރެކްޓު ތަކުގައި ސޮއިކުރުމުގެ ބާރު މެނޭޖިންގ ޑިރެކްޓަރަށް ދީފައިވާކަން އެނގެން
އޮންނަކަމާއި، ތުހުމަތު ކުރެވޭ މީހާއާ ޙަވާލު ކުރެވިފައިވާ އެއްޗަކާއިމެދު މުޢާމަލާތު
މުޢާމަލާތު ކުރަންޖެހޭ ގޮތް ޤާނޫނަކުން
ސާފުކޮށް ބަޔާންކޮށްފައި އޮވެ، އެގޮތަކަށް ޢަމަލު ނުކޮށްފިނަމަ، އެއީ އެޤާނޫނަކުން ދީފައިވާ އިރުޝާދާ ޚިލާފުވީ
ކަމަށް ބެލޭނެކަމާއި ހަމައެހެންމެ، ޤާނޫނަކުން އެއްޗަކާއިމެދު ޢަމަލުކުރަންޖެހޭނެ ގޮތުގެ އިރުޝާދު
ދީފައިނެތްނަމަވެސް، ކޮންޓްރެކްޓެއްގައި ސާފުކޮށް ނުވަތަ ޝިމްނީގޮތުން ބަޔާން ކުރާ ޝަރުތަކާއި
ޚިލާފުވުމަކީވެސް ޚިޔާނާތުގެ (criminal breach of trust) ގެ ޢަމަލެއްކަމާއި، ދުވަހުން ދުވަހަށް ކުންފުނި
ހިންގުމުގެ ކޮންޓްރޯލް އޮތް ފަރާތަކީ އިސްތިއުނާފް ކުރާ ޢަބްދުﷲ ޒިޔާތުކަން ހުށަހެޅިފައިވާ ލިޔުންތަކުން
ސާފުކޮށް އެނގެން އޮތްއިރު، ބަޔާންވެދިޔަ ފަސް މިލިޔަން ޑޮލަރުގެ ޗެކުގެ މައްޗަށް އެހިނދަށް ކޮންޓްރޯލް
އޮތް ފަރާތަކީ ޢަބްދުﷲ ޒިޔާތުކަން އެނގެން އޮންނަކަމާއި، މިޙާލަތުގައި އެޗެކު ޖަމާ ކުރަންޖެހޭ
އެކައުންޓްކަމަށް ބަޔާންކުރާ އެކައުންޓް ފިޔަވައި އެހެން އެކައުންޓަކަށް އެޗެކު ޖަމާކުރެވިގެން ދިއުމަކީ،
އެމް.އެމް.ޕީ.އާރ.ސީގެ ހިންގާ ޤަވާޢިދުގެ 13 ވަނަ މާއްދާއާ ޚިލާފުވި ޚިލާފުވުމެއްކަމާއި މިކަން އިސްތިއުނާފް
ކުރާ ފަރާތަށް ސާފުނުވާ ކަމަށް ބުނާ ބުނުމަކީ ޤާނޫނީ ގޮތުން ބުރަދަނެއް ހުރި ވާހަކައެއް ނޫންކަމެވެ.
(ނ) ތިންވަނަ ކަމަކީ، ތުހުމަތު ކުރެވުނު މައްސަލައިގެ ތަޙްޤީޤަށް އިސްތިއުނާފް ކުރާ
ފަރާތުން، ދީފައިވާ ބަޔާނަށް އިންކާރު ކުރައްވާފައިވަނިކޮށް، އެބަޔާނަށް ރިޢާޔަތްކޮށް ޤާނޫނުއަސާސީގެ 52
ވަނަ މާއްދާއާއި ޚިލާފަށް މައްސަލަ ސާބިތުވާކަމަށް ނިންމާފައިވާކަމަށްބުނެ އިސްތިއުނާފް ކުރާ ފަރާތުން ދެއްކި
ވާހަކައާއި ގުޅިގެން ޕްރޮސިކިއުޝަންގެ ފަރާތުންބުނެފައިވަނީ، އިސްތިއުނާފް ކުރާ ފަރާތުން މައްސަލައިގެ
ތަޙްޤީޤުގައި 04 ޖޫން 2014 ތާރީޚުގައި ޅ.މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި
ގާއިޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/518
UCO
އެމް.އެމް.ޕީ.އާރ.ސީ އަށް ދައްކާފައިވާ 5 (ފަހެއް) މިލިޔަން އެމެރިކާ ޑޮލަރުގެ ޗެކާ ޙަވާލުވެފައިވާކަމަށާއި،
އެޗެކު އަޙްމަދު އަދީބް ޢަބްދުލްޣަފޫރާއި ޙަވާލުކޮށްފައިވާކަމަށް ބުނެ އިޢުތިރާފްވެފައިވާކަން އެނގެން
އޮންނަކަމާއި، އިސްތިއުނާފްކުރާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި މިބަޔާނަށް އިންކާރު
ކުރައްވާފައިވީނަމަވެސް، މައްސަލަ ނިންމެވުމުގައި، މައްސަލައާއެކު ހުށަހަޅާފައިވާ އެންމެހާ ހެކި
ވަޒަންކުރުމަށްފަހު އިސްތިއުނާފްކުރާ ފަރާތުން ތަޙްޤީޤުގައިވެފައިވާ އިޢުތިރާފަށް ބާރު ލިބޭ އިތުރު ޤާރީނާތަކެއް
ހުރިނަމަ، އެޤަރީނާތަކުގެ މައްޗަށް ބަލައި އެ އިޢުތިރާފު ބަލައިގަނެވިދާނެކަން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ
ނަންބަރު: 18/SC
-
A/2009 ޤަޟިއްޔާއިން އެނގެން އޮންކަމަ
ފެކަމަށެވެ.
ވެ. މިވާހަކަތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި
ޢާންމު ގޮތެއްގައި އިޢުތިރާފްގެ ބަޔާން މިހާރުވެސް ނެގެމުން މިއަންނަނީ ތަޙްޤީޤު މަރުޙަލާގައި ކަމަށްވާތީ،
އެފަދަ ބަޔާނެއްގެ ޞައްޙަކަމާއިމެދު ސުވާލު އުފެދިއްޖެނަމަ، އެބަޔާން ނެގިފަރާތްތައް ޙާޟިރުކޮށްގެން ނުވަތަ
ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެބަޔާނުގެ ޞައްޙަކަން ސާބިތުކޮށްދިނުމުގެ ބުރައަކީ
ޕްރޮސިކިއުޝަންގައި އޮތް ބުރައެއްކަމާއި، އެފަދަ ބަޔާނެއްގެ ޞައްޙަ
ސައްޙަކަން ބަލާއިރު، އަސާސީ ދެކަމެއް
ބަލަންޖެހޭ ކަމާއި، ފުރަތަމަކަމަކީ، އެބަޔާނަކީ ތުހުމަތު ކުރެވޭ މީހާ ދިން ބަޔާނަކަށް ވުމާއި، ދެވަނަކަމަކީ،
އެބަޔާނަކީ، އަމިއްލަ އިޚްތިޔާރުން ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތަށް ނެގިފައިވާ ބަޔާނަކަށްވުން ކަމާއި،
އެގޮތުން، ޢަބްދުﷲ ޒިޔާތު ތަޙްޤީޤަށް ދީފައިވާ ބަޔާނަށް އިންކާރުކޮށްފައިވާތީ، އެބަޔާން ނެގިފަރާތްތައް
ދަށުކޯޓަށް ޙާޟިރުކުރެވި އެބަޔާން ނެގުނު ގޮތް ސާފުކޮށްފައިވާކަމާއި، އެބަޔާނަކީ ޢަބްދުﷲ ޒިޔާތު ދިން
ބަޔާނެއްކަން އެފަރާތްތަކުން ޝަރީޢަތުގައި ދީފައިވާ ބަޔާނުންނާއި އަދި ޚުދު ޢަބްދުﷲ ޒިޔާތުގެ ﷲ ބަހުން
އެނގެން އޮންނަކަމާއި އަދި ޢަބްދުﷲ ޒިޔާތު ބަޔާން ދިންއިރު އޭނާއަށް ޤާނޫނީ ވަކީލެއް އެހީތެރިކަން
ލިބުނުކަން އެނގެން އޮންނަކަމާއި ތަޙްޤީޤު ކުރި ފަރާތްތައް ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް
ޢަބްދުﷲ ޒިޔާތަށް އެމީހުންނާއި ސުވާލު ކުރުމަށް ދިން ފުރުޞަތުގައި ޢަބްދުﷲ ޒިޔާތު ތަޙްޤީޤު ކުރި ފަރާތަށް
ބަޔާންދީނީ އެއްވެސް އަނިޔާއެއްގެ ބިރުވެރިކަމެއް ނުވަތަ އުފާވެރިކަމެއްގެ އުއްމީދުގައި ކުރިމަތިވި
މަޖުބޫރުކަމެއްގެ ތެރެއިންކަން ދޭހަކޮށްދޭފަދަ ސުވާލެއްވެސް ކުރިމަތި ކުރެވިފައި ނެތްކަމާއި، "ޢަބްދުﷲ ޒިޔާތު
ﷲ 223 2ތ04 4
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
19
2{016/HC-A/518
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަޔާންދިނީ މަޖުބޫރުން ނޫންކަން އެގެނީ ކިހިނެތްހޭ؟" މިފަދައިން ތަޙްޤީޤު ކުރިފަރާތާއި ކުރިމަތި ކުރި ސުވާލަކީ
ޢަބްދުﷲ ޒިޔާތު މަޖުބޫރުވެގެން ބަޔާންދިންކަން އަންގައިދޭ ކަމެއް އެސުވާލުގައި ހިމެނިފައިވާ ކަމެއްނޫންކަމާއި،
ވީމާ، ޢަބްދުﷲ ޒިޔާތުގެ ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ މަޖުބޫރުން ދީފައިވާ ބަޔާނެއް ކަމަށް ބުނާ ބުނުގެ
މައްޗަށް މިކޯޓުން އިތުރަށް ބަލާނެ ތަނެއް ނެތްކަމާއި، ނަމަވެސް، ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފަކީ،
ޝަރީޢަތުގެ މަޖިލީހުގައި ޤަބޫލުކުރެވިދާނެ އިޢުތިރާފެއްތޯ ބަލާއިރު، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި
ބަޔާންކޮށްފައިވަނީ؟
ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު ފިޔަވައި، އެހެން
އިޢުތިރާފުތަކަކީ ހެއްކެއްކަމުގައެއް ނުބެލެވޭނެއެވެ. މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ
ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އެގޮތަށް ހޯދާ ބަޔާންތަކާއި
ހެކިތައް ޝަރީޢަތަށް ޤަބޫލުކޮށްގެނެއް ނުވާނެއެވެ.
މިމާއްދާގައި މައިގަނޑު ގޮތެއްގައި ބަޔާން ކުރަނީ ދެކަމެއް ކަމާއި އެއީ ޖިނާއީ އިޢުތިރާފުގެ ވާހަކަ އާއި ޖިނާއީ
ތުހުމަތާއި ގުޅިގެން ޤާނޫނާއި ޚިލާފަށް ހޯދާ ބަޔާންތަކާއި ހެކީގެ ވާހަކަ ކަމާއި، ޖިނާއީ މައްސަލަތަކުގައިވާ
އިޢުތިރާފު ދެބަޔަކަށް ބެހޭ ކަމާއި ފުރަތަމައީ ޤަޟާއީ އިޢުތިރާފް ކަމާއި ދެވަނައީ ޤަޟާއީ ނޫން އިޢުތިރާފު
30 22 22
ދެއެކެއެކުވެ
6 x 6 :
ہی ہی کریر
ކަމާއި މިދެބާވަތުގެ އިޢުތިރާފުގެ ތެރެއިން ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޖިނާއީ މައްސަލަތަކާއި ގުޅިގެން
ކަމުގައި ޝަރީޢަތަށް ބަލައިގަނެވޭނީ ހަމައެކަނި ޤަޟާއީ އިޢުތިރާފުކަން ޤާނޫނުއަސާސީގެ 52ވަނަ
މާއްދާއިން އެނގެން އޮންނަކަމާއި، އެހެންކަމުން، ޢަބްދުﷲ ޒިޔާތު ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފަކީ ޤާނޫނާއި
ދީފައިވާ އިޢުތިރާފެއް ކަމަށް ބެލިނަމަވެސް ނޫނީ ޤާނޫނާ ޚިލާފަށް ދީފައިވާ އިޢުތިރާފެއް ކަމަށް
ބެލިނަމަވެސް، ޢަބްދުﷲ ޒިޔާތުގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ސާބިތު ކުރުމުގެ ފުރިހަމަ ހެއްކެއް ކަމުގައި
އެއިޢުތިރާފް ޤަބޫލު ނުކުރެވޭނެކަމާއި، ތުހަމަތު ކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ
އިޢުތިރާފް ނޫން އިޢުތިރާފް ހެއްކެއްކަމުގައި ޝަރީޢަތަށް ބަލައި ނުގަނެވުނުނަމަވެސް، އެއިޢުތިރާފް ބަޔާނުގައި
ދެކެވިފައިވާ ވާހަކަތައް ނުވަތަ ޙަޤީޤަތްތައް ބައްޔިނާގެ ތެރޭގައި ހިމެނިގެން ދިއުން ހެއްކާބެހޭ އުޞޫލުތައް މަނާ
ނުކުރާކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 18/SC
-
A/2009 ޤަޟިއްޔާގައިވެސް ބަޔާން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
20
2{016/HC-A/518
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
244 2
Pec
ދ 0x2229
04
ކުރަނީ މިއުޞޫލުކަމާއި، އެގޮތުން، ތުހުމަތު ކުރެވޭ މީހާ ބުއްދި ސަލާމަތުންހުރެ ޝަރީޢަތުގެ މަޖިލީހުން
ބޭރުގައި ދީފައިވާ ބަޔާނުގައި ދެކެވިފައިވާ ވާކަތަކުގައި ހުރި ޘާބިތުކޮށްދެނިވި ބުރަދަން (probative value)
އަކީ ކޮބާކަން އެމައްސަލައިގެ ވަށައިގެންހުރި ކަންތައްތަކާއި ގުޅުވައި، ވަޒަން ކުރެވިދާނެކަމާއި، މިގޮތުން
ދެނެގަނެވޭ ކަންތައްތަކާއި ގުޅިފައިވާ އިތުރު ހެކިތަކެއް ނުވަތަ ޤާރީނާތަކެއް ހުރެއްޖެނަމަ، އެބަޔާނަކީ އެފަދަ
ހެކިތަކަށް ބާރުދޭ ޤަރީނާއެއްގެ ގޮތުގައި ބެލެވޭނެކަމާއި، އެފަދަ ބަޔާނަކުން ކަމެއް ދެނެގަތުމުގައި ފަނޑިޔާރަށް
ބެލިދާނެ ކަންތައްތަކުގެ ތެރޭގައިގެ އެބަޔާނުގައި ބުނާ ކަންތައްތަކަކީ ޙަޤީޤަތެއްކަން އެނގޭނެ އެހެން
ޤާރީނާތަކެއް ހުރިތޯ އާއި އެބަޔާނުގައި ބުނާ ކަންތައްތައް އެހެން ޤަރީނާއަކާއި ގުޅުވައި ތައުހީދު ކުރެވިފައިވޭތޯ
އާއި އެބަޔާނުގައި ބަޔާން ކުރާ ކަންތައްތަކަށް ބަލާއިރު، އެއީ ޙަޤީޤަތެއްކަމަށް ޤަބޫލު ކުރެވިދާނެ ކަމެއްތޯ
އަދި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ތުހުމަތު ކުރެވުނު ކުށް ކުރުމުގެ ފުރުޞަތު އޭނާއަށް ޙަޤީޤަތުގައިވެސް
ފަހިވެފައިވޭތޯ ފަދަ ކަންކަން ބެލިދާނެކަމާއި، ނަމަވެސް ޤަޟާއީ ނޫން އިޢުތިރާފު ބަޔާނަކީ މީހަކަށް
މަޖުބޫރުކޮށްގެން . ހޯދާފައިވާ ބަޔާނަކަށް ވެއްޖެނަމަ، އެފަދަ ބަޔާނެއް ވާނީ ޤާނޫނާ ޚިލާފަށް ހޯދޭ ހެކީގެ ތެރޭގައި
ކަމާއި، މިމައްސަލައިގައި، ޢަބްދުﷲ ޒިޔާތުގެ ބަޔާން ހޯދީ މަޖުބޫރުކޮށްގެންކަމަށް
ސަބަބެއްނެތްކަމާއި، އިސްތިއުނާފް ކުރެވިފައިވާ މިމައްސަލައިގައި ޢަބްދުﷲ ޒިޔާތުގެ މައްޗަށް ކުށް
ސާބިތުކުރެވިފައިވަނީ ހަމައެކަނި ޢަބްދުﷲ ޒިޔާތު ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ އިޢުތިރާފެއްކަމަށްބަލައި
ހެއްކެއްކަމުގައި ވަޒަން ކުރެވިގެން ނޫންކަމާއި، އެބަޔާނުން ދެނެގަނެވުނު ކަންކަމުގެ އިތުރުން، މިމައްސަލައާއި
ގުޅިގެން ކުށް ސާބިތު ކުރުމަށް ހުށަހެޅިފައިވާ ޝަފަހީ އަދި ކިތާބީ ހުރިހާ ހެކިތަކަށް ބަލައި ވަޒަން
ކުރެވިގެންކަން އެނގެން އޮންނަކަމާއި، ޖިނާއީ މައްސަތައް ނިންމުމުގައި ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުގެ
ތެރެއިން، ޤާނޫނީ ޤަރީނާ (presumption of law) ފިޔަވައި، ވަކި ހެކިތަކަކަށް ނުވަތަ ދަލީލުތަކަށް
ބުރަވުން ފަނޑިޔާރުންގެ މައްޗަށް ލާޒިމްވެގެން ނުވާކަމާއި، ހުށަހެޅޭ ދަލީލުތަކުގެ ތެރެއިން ފަނޑިޔާރަށް
ދަލީލުތަކާއި އެ ދަލީލުތަކުން ކުރެވޭ އިސްތިންޖާޖުތަކުގެ މައްޗަށް ބުރަވެ ހުރެ، އެކަށީގެންވާ
މިންވަރެއްގެ ޝައްކެއްނެތި ކުށް ސާބިތުވާކަމަށް ޤަބޫލު ކުރެވިއްޖެނަމަ، އެކުށް ސާބިތު ވާކަމަށް
ބަލަންޖެހޭ
ޤަބޫލުކުރެވޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ފ
21
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/518
f!
ކަނޑައެޅޭނެކަމާއި، މިއުޞޫލުން ބަލާއިރު، ޢަބްދުﷲ ޒިޔާތުގެ މައްޗަށް ކުށް ސާބިތު ކުރުމުގައި ތަޙްޤީޤު
ބަޔާނުގެ ބޭރުންވެސް "ޚިޔާނާތުގެ ކުށް" އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ވަރުގެ ހަރުދަނާ
ފުރިހަމަ ކިތާބީ އަދި ޝަފަހީ ހެކި ހުށަހެޅި އެހެކިތައް ވަޒަން ކުރެވިފައިވާކަން އެނގެން އޮތުމުން،
އިސްތިއުނާފް ކުރާ ފަރާތުން ބަޔާންކުރާ ތަޙްޤީޤު ބަޔާނާއި ގުޅޭ އެހެނިހެން ހަރުދަނާ ހެކި ޤަރީނާ އިސްތިއުނާފް
ކުރާ ފަރާތާ ދެކޮޅަށް ނެތްކަމަށް ބުނާ ބުނުމަކީ ރަނގަޅު ބުނުމެއް ނޫންކަން އެނގެން އޮވެއެވެ.
(ރ) ހަތަރުވަނަކަމަކީ، ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ
ޚިޔާނާތުގެ ކުށް ސާބިތު ކުރުމުގައި ބަލަންޖެހޭ 4 އުންސުރު ހަމަނުވަނީސް ޝަރީޢަތުން މައްސަލަ
ސާބިތުވާކަމަށް ނިންމާފައިވާކަމަށް ބުނެ އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި މިނުކުތާގައި، ދެފަރާތުން ދެއްކި
ވާހަކަތަކާއި ގުޅިގެން، އިސްތިއުނާޖީ މިޝަރީޢަތުން އެކަން ބެލީ، މިރިޕޯޓުގެ ދެވަނަ ނުކުތާގައި އެކަމަށް ގޮތެއް
ކަނޑައެޅިފައިވެއެވެ.
(ބ) ފަސްވަނަކަމަކީ، އިސްތިއުނާފް ކުރާ ފަރާތުން ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް
އެދިފައިވާ ކިތާބީ ހެކިތައް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ވ) އާއި ޚިލާފަށް ހޯއްދަވައި ނުދެއްވައި،
މައްސަލައިން ދިފާޢުވުމުގެ ޙައްޤުން މަޙްރޫމް ވާގޮތަށް ޝަރީޢަތް ކުރިއަށް ގެންދަވާ މައްސަލަ ސާބިތުވާކަމަށް
ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި ގުޅިގެން ދައުލަތުން ބުނެފައިވަނީ، އިސްތިއުނާފް ކުރާ ފަރާތުން
ހޯދުމަށް އެދުނު ޑޮކިއުމެންޓްތަކަކީ ދައުލަތަށްވެސް ލިބިފައިވާ ޑޮކިއުމަންޓްތަކެއް ނޫންކަމަށާއި އަދި
އިސްތިއުނާފް ކުރާ ފަރާތުގެ ވަކީލު 01 ޖޫން 2016ގައި، ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް އެދުނު
ޑޮކިއުމެންޓްސްތަކާއި މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކި ޤަރީނާއާ އަޅާބަލާއިރު، އިސްތިއުނާފް
ކުރާ ފަރާތުން ބުނެފައިވާ ސޮއިކުމެންޓްސްތަކުން ދައުލަތުން ހުށަހެޅި ހެކި ޤަރީނާ ނަފީކުރެވިދާނެކަމަށް ޤަބޫލު
ނުކުރެވޭ ކަމަށެވެ. މިވާހަކަތަކަށް ޝަރީޢަތުން ބަލާއިރު، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގައި
OX
ބަޔާންކުރަނީ:
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/518
ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކިންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން
ޝަރީޢަތަށް ހާޒިރު ކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ
ޙައްޤު ލިބިގެންވެއެވެ.
މިފަދައިން ކަމާއި، މިއަކުރުގައި ބަޔާންކުރާ ކަންކަމަކީ، ކިތާބީ ހެއްކާއި ގުޅުން ހުރި ކަންތައްތަކެއްނޫންކަމާއި
މިއަކުރުގައި ބަޔާން ކުރަނީ ޝަރީޢަތަށް ހާޒިރުކުރާ ޝަފަހީ ހެކިންނާ ގުޅޭ ވާހަކަތަކެއް ކަމާއި، އެއީ ދަޢުވާ
ކުރާ ފަރާތުން ހުށަހަޅާ ޝަފަހީ އެހެކީންނާއި ސުވާލު ކުރުމާއި އަދި ޝަފަހީ ހެކި ދިފާޢުގައި ހުށަހެޅުމަށް
އެދުމުގެ ޙައްޤު ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ލިބިގެންވާކަންކަމާއި، އިސްތިއުނާފް
ކުރާ ފަރާތުން ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް އެދިފައިވާ ކިތާބީ ހެކިތައް ހޯދުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ
51ވަނަ މާއްދާގެ (ބ) ގެ ދަށުން ތަނަވަސްވެގެންދާނެ ޙައްޤެއްކަމާއި، ޖިނާއީ ދަޢުވާތަކުގައި ކުށް ސާބިތު
ކުރުމުގެ ބުރައަކީ ޕްރޮސިކިއުޝަންގައި އޮންނަ ބުރައެއްކަމާއި، އެހެންކަމުން، ކުށް ސާބިތުކުރަންޖެހޭ ހެކި
ޝަހަފީ ވިޔަސް ނުވަތަ ކިތާބީވިޔަސް ނޫންނަމަ އެނޫންވެސް ބައްޔިނާތަކެއް ހުށަހަޅައިގެން އެކުށް
ސާބިތުކޮށްދޭން ޖެހޭނީ، ޕްރޮސިކިއުޝަންގެ ފަރާތުން ކަމާއި، އެފަދައިން ހުށަހަޅާ ހެކިތަކުގެ ތެރޭގައި ހިމެނޭ
ޤައުމުގެ އަމަންއަންމާ ގުޅިފައިވާ (national security) ދައުލަތު ސިއްރުތައް ފިޔަވައި، އެމައްސަލައާއި
ގުޅިގެން ޕްރޮސިކިއުޝަނުން ހުށަހަޅާ ހެކިތައް މުއްތަހަޤު ކުށުން ބަރީޢަވުމަށްޓަކައި ދިފާޢު ތައްޔާރުކުރުމަށް
ޤާނޫނުގައި ވާގޮތުގެ މަތީން ލިބިދިނުމަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގެ ތަނަވަސް މާނައިގެ
ތެރޭގައި ހިމެނޭ ކަމެއްކަމާއި، ނަމަވެސް، ކުރިން ބަޔާން ކުރިހެން، ކުށް ސާބިތުކޮށްދިނުމުގެ ގޮތުން
ޕްރޮސިކިއުޝަނުން ހުށަނާޅާ ހެކިތަކެއް މުއްތަހަމުގެ ދިފާޢުގައި ހޯދައިދިނުމަށް ލާޒިމުވާގޮތަށް ބަޔާންވެދިޔަ
ޙައްޤު މާނަ ނުކުރެވޭނެކަމާއި، ކުށް ސާބިތު ކުރުމަށް ޕްރޮސިކިއުޝަނުން ހުށަހަޅާ ހެއްކަށް ބަލާއިރު، އެހެން
ގޮތަކަށް ސާބިތު ނުކޮށްދެވިއްޖެނަމަ، ސާބިތުވާނެ
(prima facie) އެއްނަމަ، އެކަން ނަފީކުރުމަށް ހެކި ހުށަހަޅަންޖެހޭނީ ދިފާޢުން ކަމާއި އެފަދަ ހެކި ހޯދައި
ހުށަހެޅުމަކީ ދިފާޢުގެ ޒިންމާއެއްކަމާއި، މިމައްސަލައިގައި، ކުށް ސާބިތު ކުރުމަށް ޕްރޮސިކިއުޝަނުން
ހުށަހަޅާފައިވާ ކިތާބީ ހެކިތައް ދިފާޢުން ތައްޔާރު ވުމަށް ލިބިދީފައިވާ ކަމާއި އަދި ޕްރޮސިކިއުޝަނުން ހުށަހެޅި
22
04 ދ ތތ
ދަޢުވާއެއްކަމަށް
މައްސަލައެއް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
23
2{016/HC-A/518
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޝަފަހީ ހެކިންނާއި ސުވާލުކޮށް އެހެކިންނާއި ރައްދުގެ ސުވާލު ކުރުމުގެ ފުރުޞަތު ދެވިފައި އެހެކިން ޓެސްޓް
ކުރެވިފައިވާތީ، އިސްތިއުނާފް ކުރާ ފަރާތުން ހުށަހެޅިފަދައިން ދިފާޢުވުމުގެ ޙައްޤަށް އުނިކަން ލިބިފައިވާކަމަށް
ބަލާނެ ތަނެއް ނެތެވެ.
ކުރީވާ
(ޅ) ހަވަނަކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
8500/J
/
MD-145 ކޯޓު އަމުރުން،
ޢަބްދުﷲ ޒިޔާތު ކްރިމިނަލް ކޯޓުގެ ނަންބަރު:2015/Cr
-
C/158 ޤަޟިއްޔާއިން ޙުކުމެއް ކުރެވެންދެން
ބަންދުގައި ބެހެއްޓުމަށް 2015 ޑިސެމްބަރު 17 ވަނަ ދުވަހު އަމުރުކޮށްފައިވާ ކަމަށާއި މިއަމުރު ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފް
ދިވެހިރާއްޖޭގެ
ނަންބަރު
2015
/
494/CR
/
INDIV-95 "ރެޖިސްޓްރާރ ގެ ނިންމުން" އިން ރަޖިސްޓްރާރ ނިންމެވީ ހައިކޯޓުގެ
ޤަވާއިދު (2011) ގެ 27 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށާއި އެނިންމުން
މުރާޖަޢާ ކޮށްދިނުމަށް އެދި 2016 ޖެނުއަރީ 10 ވަނަ ދުވަހު ހުށަހެޅުއްވި ހުށަހެޅުން ބަލައި ހައިކޯޓުގެ
ނަންބަރު 2016
/
01/HC
-
RM "ރެޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތުގެ ރިޕޯޓު"
އިން ރަޖިސްޓްރާރގެ ނިންމެވުމަށް ތާއީދުކޮށް ރަޖިސްޓްރާރގެ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ތަނެއް
ނެތްކަމަށް ކަނޑައަޅައި ތިންފަނޑިޔާރުން ނިންމާފައިވާ ކަމަށާއި، ފަނޑިޔާރުންގެ ނިންމެވުމަކީ ޤާނޫނީ އިމުގެ
ތެރެއިން ނިންމެވި ޞައްޙަ ނިންމެވުމެއްކަމަށް އިސްތިއުނާފް ކުރާ ފަރާތުން ދެކޭކަމަށް ބަޔާންކޮށް،
އިސްތިއުނާފް ކުރާ ނުކުތާއެއްގެ ގޮތުގައި އެނިންމެވުމާއިމެދު ހިތްހަމަނުޖެހޭ ކަމަށް ދޭހަވާގޮތަށް، އެއީ
މައުޟޫއީ ނިންމެވުމެއް ނޫންކަމަށާއި އެހެންކަމުން، އިސްތިއުނާފް މިޝަރީޢަތުގައި އެކަމަށް އަލުން ގޮތެއް
ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި ހުށަހެޅުމާއިމެދު ޝަރީޢަތުން ބަލާއިރު، އިސްތިއުނާފް ކުރާ ފަރާތުން
ފަނޑިޔާރުންގެ އެނިންމެވުން ނިންމެވީ ޤާނޫނީ އިމުގެ ތެރެއިންކަމާއި އެއީ ޞައްޙަ ނިންމެވުމެއްކަމަށް
ޤަބޫލުކުރާ ކަމަށް ބުނުމާއެކު ހުށަހެޅި މައުޟޫއަށް އޭރު ގޮތެއް ނުނިންމާކަމަށް ބުނެ މިހާރު އިސްތިއުނާފް
މިމަޖިލީހަށް ޝަކުވާ ހުށަހެޅުމަކީ ހިތްހަމަ ނުޖެހިހުރެ ހިތްހަމަ ޖެހެއޭ ބުނުންކަން ދޭހަވާ ކަމެއްކަމާއި، ހުށަހެޅި
ޝަކުވާއަށް މައުޟޫއީ ފަރުވާއެއް އެނިންމެވުމުން ނުލިބޭނަމަ، އެނިންމުން ރަނގަޅުކަމަށް ބުނުމަކީ ރަނގަޅު
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނ.ގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/518
ވާހަކައެއް ނޫންކަމާއި ހައިކޯޓުގެ ފަނޑިޔާރުންގެ މިމަޖިލީހުގައި އެޝަކުވާ ދެވަނަ ފަހަރަށް ކުރެވެނީ
ޙަޤީޤަތުގައި އެނިންމެވުން ރަނގަޅު ނޫންކަމަށް ޤަބޫލު ކުރެވޭތީ ކަމާއި، އެނިންމެވުން ރަނގަޅު ނޫންކަމަށް
ޤަބޫލު ކުރެވޭނަމަ، އެކަމުގެ ފަރުވާ ހޯދުމަކީ އިސްތިއުނާފްގެ ދެން އޮތް މަރުޙާލާއަށްގޮސްގެން ކުރަންޖެހޭ
ކަމެއްކަމާއި، މައުޟޫއީ ފަރުވާއެއް ލިބެންޖެހޭ ކަމަށް އިސްތިއުނާފް ކުރާ ފަރާތަށް މިހާރު ޤަބޫލުކުރެވުނަސް
އިސްތިއުނާފްގެ ހަމަތައް ބަޔާން ކުރާ ގޮތުން އެފަރުވާއަކީ ހައިކޯޓުގެ މަޖިލީހަށް ދެވިދާނެ ފަރުވާއެއް ނޫނެވެ.
(ކ) ހަތްވަނަކަމަކީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ ދަށުން
ޢަބްދުﷲ ޒިޔާތު 8 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ނިންމި ނިންމުމަކީ އިސްތިއުނާފް ކުރެވިފައިވާ
މައްސަލަ ސާބިތުވާ ކަމަށް ބެލިކަމުގައިވީނަމަވެސް ބަޔާންކުރެވުނު ޤާނޫނުން އަދަބު ކަނޑައެޅުމަށް އޮތް
މިންގަޑާއި ޚިލާފަށް ކަނޑައަޅުއްވާފައިވާ އަދަބެއްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި ގުޅިގެން ޕްރޮސިކިއުޝަންގެ
ފަރާތުން ބުނެފައިވަނީ، މައްސަލައިގެ އަދަބާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އެފަރާތަށް ދެވުނު ފުރުޞަތުގައި
އެފަރާތުން ހަމައެކަނި ބުނެފައިވަނީ އަދަބެއް ދޭނަމަ ވީއެންމެ ލުއި އަދަބެއް ދެއްވުމަށްކަން އެނގޭތީ،
ދަށުކޯޓުގައި ފާހަގަ ކުރައްވާފައިވާ ނުވާކަމެއް މިމަރުޙަލާގައި ފާހަގަ ނުކުރެވޭނެކަމަށެވެ. މިނުކުތާއަށް
ޝަރީޢަތުން ބަލާއިރު، އަދަބު ކަނޑައެޅުމުގެ މިންގަޑާއި ޚިލާފަށް އަދަބު ކަނޑައަޅާފައިވާނަމަ، އެއީ
ޒާތުގައިވެސް އިސްތިއުނާފް ކުރެވޭނެ ޤާނޫނީ ނުކުތާއެއްކަމެއްކަމާއި، އިސްތިއުނާފް ކުރެވިފައިވާ ކުށުގެ ދަޢުވާ
ޢަބްދުﷲ ޒިޔާތުގެ މައްޗަށް އުފުލިފައިވަނީ އޭނާގެ މައްޗަށް އަދަބު ކަނޑައެޅުނު ޤާނޫނުގެ ދަށުން ނޫންކަމާއި
މިދަޢުވާ އުފުލިފައިވަނީ، ކުށުގެ ޢަމަލު ހިންގިއިރު ޢަމަލު ކުރެވެމުންދިޔަ، ޤާނޫނު ނަންބަރު: 10/68
(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ ޗެޕްޓަރު 14 131ވަނަ މާއްދާގެ (ހ) އާއި 132ވަނަމާއްދާގެ ދަށުން
ކަމާއި، 131ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވަނީ؛
ވައްކަން، ޓެކުން، ޚިޔާނާތްތެރިވުމާއި، މަކަރާއި ޙީލަތް އަދި ފޭރުން މިކަންކަމުގެ އަދަބު ކަނޑައަޅާނީ
އެމީހަކު އެކުށްކުރި ފުރަތަމަ ފަހަރު 6 މަސްދުވަހުން ފެށިގެން 1 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް،
ދެވަނަ ފަހަރު 2 އަހަރަށް، ތިންވަނަ ފަހަރު 3 އަހަރަށް، ހަތަރުވަނަ ފަހަރު 4 އަހަރު ދުވަހުގެ މުއްދަތަށް
އަރުވާލުމަށް، ނުވަތަ ޖަލަށް ލުމަށެވެ. މިގޮތުން އިތުރުވާ ކޮންމެ ފަހަރަކު 1 އަހަރު ދުވަހުގެ މުއްދަތު
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ދިވެހީމް
25
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/518
އަރުވާލުމަށް ނުވަތަ ޖަލަށްލުމަށް އިތުރުވާ އުސޫލުންނެވެ. އަދި މިޤާނޫނުގެ 132، 134، 135، 136,
137، 138، 139, 140، 141, 142، 143، 144
145
146, 147
l48، މިމާއްދާތަކުގެ
ދަށުން ޢަމަލު ކުރެވޭނެއެވެ.
މިފަދައިންނެވެ. އަދި 132ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ:
ވަގަށްނެގި ނުވަތަ ޓެކުނު ނުވަތަ ޚިޔާނާތްތެރިވި ނުވަތަ މަކަރާއި ޙީލަތްހެދި ނުވަތަ ފޭރުނު މުދަލުގެ އަގު
-/10،000 ރުފިޔާއިން ފެށިގެން މަތީ އަދަދަކަށް ވެއްޖެނަމަ، ކޮންމެ -/1،000 ރުފިޔާއަކަށް 1
މަސްދުވަސް އަރުވާލުން ނުވަތަ ޖަލަށްލާންޖެހޭ މުއްދަތުގެ ތެރެއަށް އިތުރުކުރުން.
މިފަދައިންނެވެ. މިދެމާއްދާގެ ދަށުން ޢުޤޫބާތް ކަނޑައަޅަންބަލާއިރު، ޢަބްދުﷲ ޒިޔާތު ޚިޔާނާތްތެރިވިކަން
އިސްތިއުނާފް ކުރެވުނު ދަޢުވާގައި ސާބިތުވެފައިވަނީ، 05 (ފަހެއް) މިލިޔަން އެމެރިކާ ޑޮލަރަށް ކަމަށްވާތީ،
131ވަނަ މާއްދާގެ (ހ)ގެ ދަށުން 06 މަސް ދުވަސްކަމަށް ބެލިނަމަވެސް، 148ވަނަމާއްދާއަށް ރިޢާޔަތްކޮށް،
132ވަނަ މާއްދާގެ ދަށުން 5 މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް ބަދަލު ކުރުމަކާއި ނުލައި، އަދަބު
ކަނޑައަޅަން ބަލާއިރު، 416 އަހަރާއި 06 މަސް ޖުމްލަ 417 އަހަރު އަދި ސަރުކާރުގެ މުދަލަކަށް
ޚިޔާނާތްތެރިވެފައިވާތީ 143ވަނަ މާއްދާ އާއި 146ވަނަ މާއްދާގެ ދަށުން 06 އަހަރު މުޅިއެކުޖުމްލަ 423
އަހަރު ދުވަހުގެ ޖަލު ޙުކުމެއް އައީސްކަމާއި، އެއީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޢަމަލު ކުރާގޮތުން 25
އަހަރު ދުވަސްކަމާއި، އެހެނީ ޢުމުރު ދުވަހުގެ ޖަލުހުކުމެއް، މިކުށުގެ ޢަމަލު ހިންގިއިރު ޢަމަލު ކުރަމުންދިޔަ
ޤާނޫނުލްޢުޤޫބާތުގެ ދަށުން ޢަބްދުﷲ ޒިޔާތުގެ މައްޗަށް ކަނޑައެޅިގެން ދިޔައީސްކަމާއި، ނަމަވެސް ޢަބްދު
ޒިޔާތުގެ މައްޗަށް ދަށުކޯޓުގައި ޙުކުމް ކުރެވުނުއިރު، ޢަމަލު ކުރަމުންދަނީ 16 ޖުލައި 2015 ގައި
ޢަމަލުކުރަން ފެށި ޤާނޫނު ނަންބަރު: 7/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ކަމާއި އެހެންކަމުން،
އެޤާނޫނުގެ 10ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ޢަބްދުﷲ ޒިޔާތުގެ މައްޗަށް އަދަބު
ކަނޑައަޅަފާވަނީ އޭނާއަށް އަދަބު ލުއިވާ ފަހުގެ ޤާނޫނުލްޢުޤޫބާތުގެ ދަށުންކަމާއި، އެޤާނޫނުގެ 10ވަނަ
މާއްދާގައި ބަޔާންކޮށްފައިވަނީ؛
ޢާންމު އުޞޫލެއްގެ ގޮތުން، މިޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ
ޤާނޫނެއްވެސް އަދި މިޤާނޫނުން ކަނޑައަޅާފައިވާ އުސޫލުތަކެއްވެސް ނުހިނގާނެއެވެ.
ކުށެއްގެ މައްޗަށް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/518
އެހެންނަމަވެސް، މިޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ ކުށަކަށް
މިޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު އަދަބު ކަނޑައަޅާނަމަ، އެ ކުށަކަށް ދިނުމަށް މިޤާނޫނުގައި
ކަނޑައަޅާފައިވާ އަދަބަކީ ކުރީގެ ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށްވުރެ ކުޑަ އަދަބެއްނަމަ، ނުވަތަ
މިޤާނޫނުގައި އެ ކުށުގެ މައްޗަށް ހިންގުމަށް އޮތް އުސޫލަކީ ނުވަތަ އިޖުރާއަތަކީ، ކުރީގެ ޤާނޫނަށްވުރެ
ދަޢުވާލިބޭ މީހާއަށް ލުއި އިޖުރާޢަތެއްނަމަ، އެފަދަ ކުށެއްގެ މައްޗަށް ހިންގަންވާނީ މިޤާނޫނެވެ. އަދި
މިޤާނޫނުގެ ދަށުން އެ ކުށަކަށް އޮތް އަދަބު ލުއިވާ ޙާލަތުގައި އެ ކުށަކަށް އަދަބު ކަނޑައަޅާނީވެސް
މިޤާނޫނުގައިވާ ގޮތުގެ މަތިންނެވެ.
މިފަދައިންނެވެ. އެހެންކަމުން، އެޤާނޫނު 210ވަނަ މާއްދާގެ (ށ) ގެ ދަށުން، ޚިޔާނާތްވި މުދަލުގެ އަގު
-/500,000 ރުފިޔާއަށްވުރެ މަތިވާތީ، އެކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއްކަން އެނގެން
އޮންނަކަމާއި،
އެ ޤާނޫނުގެ 1002 ވަނަ މާއްދާގެ (ހ)ގައި އޮންނަ "ކަނޑައެޅޭނެ އަދަބުގެ މިންވަރު
ބަޔާންކޮށްދޭ ތާވަލު" ބަޔާން ކުރާ ގޮތުން، ޖިނާޔަތުގެ 3ވަނަ ދަރަޖައިގެ ކުށަކަށް ކަނޑައެޅޭނެ އަސާސީ
އަދަބަކީ، 3 އަހަރާއި، 2 މަހާއި، 12 ދުވަސް ކަން އެނގެން އޮންނަކަމާއި، މިކުށުގެ ޢުޤޫބާތުގެ ގޮތުގައި
ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ 18 އަހަރު ދުވަސް ކަމާއި، ކުށް ސާބިތުވުމުން، އަދަބު ކަނޑައެޅުމުގެ
ކުރިން އަދަބުގެ މިންވަރު ބަލައި އެމިންވަރަށް ވާޞިލްވީ ގޮތެއް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި
ހިމަނަންޖެހޭ ކަމާއި، ކަނޑައަޅާ އަދަބުގެ މިންވަރު ބަލާނެ ގޮތް ޤާނޫނު ނަންބަރު: 7/2014 (ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތު)ގެ 1000 ވަނަ ބާބުގައި ބަޔާން ކޮށްފައިވާކަމާއި އަދި އަދަބު ކަނޑައެޅުމުގައި ބަލާނެ
ނުކުތާތައް 1001ވަނަ މާއްދާގެ (ށ) އާއި 1100ވަނަ މާއްދާގައި ބަޔާންކުރެވިފައިވާކަމާއި، އިސްތިއުނާފް
ކުރެވިފައިވާ މައްސަލައިގައި، ޢަބްދުﷲ ޒިޔާތުގެ މައްޗަށް ކުށުގެ ދަރަޖަ ކަނޑައެޅުމުގައި ދަށު ކޯޓުން ޤާނޫނާއި
ޚިލާފަށް ކަމެއް ކޮށްފައި ނެތްކަމާއި، އަދި ޤާނޫނުގެ 1001ވަނަ މާއްދާގެ (ހ)ގެ ދަށުން، 3 ދަރަޖަ
މަތިކުރުމުގައި ޤާނޫނާއި ޚިލާފު ވެފައި ނެތްކަމާއި އެހެނީ އެއަކުރުގައި އޮންނަނީ؟
"މިޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކުށްތަކަށް، ޤާނޫނުގެ ދަށުން އަދަބު ދޭއިރު، އެ
ހާދިސާގައި ހިމެނޭ ގިނަ ކުށްތަކަށް ދަޢުވާ ކުރެވިފައިނުވާ ޙާލަތްތަކުގައި، މިމާއްދާގެ (ހ)ގައި
ބަޔާންކޮށްފައިވާ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު" ކަމަށް ބަލާނީ، މިޤާނޫނުގެ 1002ވަނަ
މާއްދާގައި އޮތް ކަނޑައެޅޭ އަދަބުގެ ންވަރު ބަޔާންކޮށްދޭ ތާވަލުގައި އޮތް އަދަބު ކަނޑައެޅުމުގެ އަސާސީ
ދިވެހިރާއްޤީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
t
27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/518
OXO
0 29 2 09 02
މަހޮރެމުކުރެވެން
މިންގަނޑަށްވުރެ 3 (ތިނެއް) ދަރަޖަ މަތީ ދަރަޖައެކެވެ. އެއަށްފަހު މިމާއްދާގެ (ށ) އާއި (ނ)ގައި
ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށްފަހު އަދަބުގެ މިންވަރު ކަނޑައަޅާނީއެވެ.
މިފަދައިންނެވެ. ޢަބްދުﷲ ޒިޔާތުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޙާދިޘާއާއި ގުޅިގެން ގިނަ ކުށްތަކަށް ދަޢުވާ
ކުރެވިފައިވާކަމެއް ދަށުކޯޓުގައި ޢަބްދުﷲ ޒިޔާތު ބަޔާންކޮށްދީފައި ނެތްކަމާއި، ޢަބްދުﷲ ޒިޔާތުގެ މައްޗަށް
އުފުލިފައިވާ ޚިޔާނާތުގެ މިމައްސަލައަކީ ޖިނާޔާތުގެ 3ވަނަ ދަރަޖައިގެ ކުށެއް ނަމަވެސް، މިޙާލަތުގައި މިކުށުގެ
އަސާސީ މިންގަނޑު ކަމަށް ބަލާނީ، ޖިނާޔަތުގެ 3ވަނަ ދަރަޖައިގެ ކުށެއްގެ އަސާސީ މިންގަނޑަށް 3ދަރަޖަ
މަތިކޮށްގެންކަމަށް ޤާނޫނުގައި ބަޔާން ކޮށްފައިވުމުން، އެގޮތަށް ޢަމަލު ކުރަންޖެހޭ ކަމާއި މިހާލަތުގައި، ޢަބްދު
ޒިޔާތުގެ މައްޗަށް އުފުލިފައިވާ ދަޢުވާގެ އަސާސީ މިންގަނޑަކީ،5 އަހަރާއި 7 މަހާއި 6 ދުވަސްކަމާއި،
މިއަދަދުގެ މިންވަރަށް 1102ވަނަ މާއްދާގެ (ހ) ގެ (1)ވަނަ ނަންބަރުގެ (iii)ގެ ދަށުން، މުދަލަކުން ދައުލަތް
މިބައިގެ ދަށުން އަދަބު މަތިކޮށްފައިވަނީ ރަނގަޅަށް ކަމާއި، ސަބަބަކީ،
އެމް.އެމް.ޕީ.އާރުސީއަކީ ސަރުކާރުގެ ކުންފުންޏެއްކަމާއި އެކުންފުންޏަށް ލިބެންޖެހޭ 5(ފަހެއް) މިލިޔަން އެމެރިކާ
ޑޮލަރުގެ ޗެކަކުން އެކުންފުނި މުޅިން މަޙްރޫމްވީ ޢަބްދުﷲ ޒިޔާތު އެމް.އެމް.ޕީ.އާރ.ސީގެ ބޯޑު މެންބަރެއްގެ
އިތުރުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައި ހުރެ ކުޅަ މިޢަމަލުން ކަމާއި، 1102ވަނަ މާއްދާގެ
(ހ)ގެ 2ވަނަ ނަންބަރު (i)ގެ ދަށުން، ކުށްވެރިޔާއަކީ ކުށުގެ ޢަމަލު ހިންގުނުމީހާގެ މަސްލަޙަތަށްޓަކައި ޢަމަލު
ކުރުމުގެ ޤާނޫނީ ޒިންމާ އޮތް މީހަކަށްވާތީ، އަދަބު ބޮޑުކޮށްފައިވަނީ ރަގަޅަށް ކަމާއި އެހެނީ ޢަބްދުﷲ ޒިޔާތަކީ
އެމް.އެމް.ޕީ.އާރ.ސީގެ މަސްލަޙަތުގައި ޢަމަލު ކުރުމުގެ ޤާނޫނީ ޒިންމާ އޮތް އެކުންފުނީ ބޯޑު މެންބަރެއްގެ
އިތުރުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަމާއި، އެޒިންމާ އެހެން އޮވެ، އެގޮތަށް ޢަމަލު ނުކުރުމަކީ އަދަބު
ބޮޑު ކުރެވޭނެ ކަމެއްކަމާއި، 1102ވަނަ މާއްދާގެ (ހ)ގެ 3ވަނަ ނަންބަރުގެ ދަށުން، ޢަބްދުﷲ ޒިޔާތުގެ
މައްޗަށް އަދަބު ބޮޑު ކުރެވިފައިވަނީ، ކުށް މާނަކުރާ މާއްދާތަކުގައި އެކުށް ފުރިހަމަވުމަށް ބޭނުންވާ ގެއްލުމުގެ
މިންވަރަށްވުރެ، އެކަށީގެންވާ ބޮޑު މިންވަރަކަށް އެކުށުގެ ސަބަބުން ގެއްލުންވެފައިވާތީ ކަމާއި، އެހެނީ،
ޚިޔާނާތުގެ ކުށް ފުރިހަމަ ވުމަށް ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 215ވަނަ
ބަޔާން ކޮށްފައިވާގޮތުން، ބޮޑު ގެއްލުމެއް ވާން ނުޖެހޭ ކަމާއި، އެހެނީ، އެކުންފުނީގެ ލޯލާރި
މާއްދިޤް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނ.ގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
28
2{016/HC-A/518
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
404
އަކާމެދުވެސް އެއީ އެމީހެއްގެ އަމިއްލަ މުދަލުގެ ގޮތުގައި ބަލައި އެމުދަލުން މުޢާމަލާތް ކޮށްފިނަމަވެސް
ޚިޔާނާތުގެ ކުށް ފުރިހަމަވާނެކަމާއި، އެހެންކަމުން، ޚިޔާނާތުގެ ގޮތުގައި 5 (ފަހެއް) މިލިޔަން ޑޮލަރު
އެމް.އެމް.ޕީ.އާރު.ސީއަށް ގެއްލިގެން ދިއުމަކީ އެކަށީގެންވާ ބޮޑު މިންވަރަކަށް އެކުށުގެ
ގެއްލުންވުންކަމާއި، އެހެންކަމުން، މިކުށާއި ގުޅިގެން ޢަބްދުﷲ ޒިޔާތުގެ މައްޗަށް ޖިނާޔަތުގެ 3ވަނަ ދަރަޖައިގެ
ކުށަކަށް ކަނޑައަޅަންޖެހޭ އެންމެ ބޮޑު އަދަބު ކަނޑައެޅުމުގައި، އެއަދަބަށް ވާޞިލްވުމުގައި ޤާނޫނީ ނުބައެއް
ނުވަތަ އޮޅުމެއް ނެތްކަން އެނގެން އޮންނަކަމެވެ.
ކުށެއް
(އ) އަށްވަނަކަމަކީ، ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ (އ) އާއި ޚިލާފަށް މައްސަލަ
ސާބިތުވާކަމަށް ޝަރީޢަތުން ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެވެ. މިނުކުތާއާއި ގުޅިގެން އިސްތިއުނާފް
ކުރި ފަރާތުން ދެއްކިވާހަކަތަކާއި އަދި އެކަމުގެ ރައްދުގައި ދައުލަތުން ދެއްކި ވާހަކަތައް ޝަރީޢަތުން ރިޢާޔަތް
ކުރާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ (ހ)ގައި ބަޔާން ކޮށްފައިވަނީ؛
އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި
ސާބިތުނުކުރެވޭނަމަ އެ
ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު
ލިބިގެންވެއެވެ.
ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ (ހ)ގައި ބަޔާން ކުރާ ޙައްޤަކީވެސް، "ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ
ކޮންމެ މީހަކަށްމެ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަމާއި، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި،
ކުށް ސާބިތު ކުރުމުގައި ދެމިންގަނޑެއް ބޭނުން ކުރެވޭ ކަމާއި، އެއީ "ޢަމަލީ ގޮތުން ޔަޤީން ކުރެވޭ
މިންވަރަށް" އެކުށް ސާބިތުކޮށް ދެންޖެހޭ މިންގަނޑަކާއި "އެކަށީގެންވާ މިންވަރުގެ ޝައްކެއް ނުކުރެވޭނެ
މިންވަރު" ނުވަތަ "އެކަށީގެންވާ ޝައްކެއް ނެތް މިންވަރު" އަށް އެކުށް ސާބިތުކޮށްދޭން ޖެހޭ މިންގަނޑެވެ.
އިސްތިއުނާފް ކުރެވޭ މިމައްސަލަގައި، ބަޔާން ކުރެވޭ މިންގަނޑަކީ ފަހުން މިބުނެވުނު މިންގަނޑުކަމާއި،
އެމިންގަނޑަކީ، ސަބަބުވެރި އިންސާނެއްގެ ވިންސުމުން ވިސްނާއިރު، ކަމަކާމެދު ލިބިފައިވާ ކަށަވަރުކަމާމެދު
އެހެން ގޮތަކަށް ވިސްނުމަށް ފުދޭވަރުގެ، އެކަށީގެންވާ ސަބަބެއް ނެތުންކަމާއި، އެކަށީގެންވާ ޝައްކަކީ،
2 22 92
ދިވެހިރާއްޤީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނ.ގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
29
2{016/HC-A/518
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
404
ސަބަބާއި ގުޅިފައިވާ އަދި ސަލާމަތްބުއްދީން ވިންދާއިރު ޤަބޫލުކުރާ ސަބަބެއް ކަމާއި، އެސަބަބަކީ ހަމައެކަނި
ފިކުރެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކަށް ވެގެން ނުވާނެކަމާއި، މިގޮތުން ބަޔާން ކުރެވޭ ސަބަބުތަކަކީ
"ސަބަބުވެރި އިންސާނަކަށް" (reasonable man) އަށް ޤަބޫލު ކުރެވޭ ސަބަބުތަކެއްކަމާއި، އަދި
ހަމައެހެންމެ، "އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި" (beyond a reasonable) ކުށް ސާބިތު
ކޮށްދިނުމުގެ ޒިންމާގެ މާނައަކީ، "އެކަށީގެންވާ ހުރިހާ ޝައްކެއްނެތި" (beyond all possible doubt)
އެކުށް ސާބިތުކޮށްދޭން ޕްރޮސިކިއުޝަންއަށް ލާޒިމުވުން ނޫންކަމާއި، އިސްތިއުނާފް ކުރެވިފައިވާ
މިމައްސަލައިގައި ޕްރޮސިކިއުޝަންގެ ފަރާތުން ހުށަހަޅާފައިވާ ޝަހީ ހެކިންގެ ހެކިބަހަށާއި އަދި ހުށަހަޅާފައިވާ
ހުރިހާ ކިތާބީ ހެކިތަކަށް ބަލާއިރު، އެހެކިތައް ވަޒަންކޮށް ކުށް ސާބިތުވާކަމަށް ނިންމާފައިވަނީ ރަގަޅަށް ކަމާއި،
އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޢަބްދުﷲ ޒިޔާތުގެ މައްޗަށް ކުށް ސާބިތުވާކަމަށް ދަށުކޯޓުން
ނިންމާފައިވާ ނިންމުމަށް ވާޞިލު ވުމުގެ ގޮތުން ހެކިވަޒަންކުރުމުގަ އާއި ޤާނޫނު ހިންގުމުގައި ދަށުކޯޓް
ހަދާފައިވާ ގޯހެއް އިސްތިއުނާފް ކުރާ ފަރާތަށް ބަޔާން ކޮށްދެވިފައި ނެތްކަމާއި، މީގެ އިތުރުން ޢަބްދުﷲ ޒިޔާތު
ހުރި ޙާލަތުގައި އެހެނީ، ސަރުކާރު ކުންފުންޏެއްގެ މެނޭގިންގ ޑިރެކްޓަރެއްގެ މަޤާމުގައި ހުރި ސަބަބުވެރި
އިންސާނަކު، ޢަމަލުކުރާނެ ގޮތާއިމެދު ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ބުރަވެ، މައުޟޫޢީ ގޮތަކަށް އަޅާ
ބެލިނަމަވެސް، ޢަބްދުﷲ ޒިޔާތު ޢަމަލުކޮށްފައިވަނީ ކުންފުނީގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުންފުންޏާބެހޭ
ޤާނޫނާއި ޤަވާޢިދުތަކުގެ ދަށުން ތަބާވާންޖެހޭ އަސާސީ ބައެއް އުޞޫޅު
ޞޫލުތައް ކަމުގައިވާ ރީޖަނަބަލް ކެއަރ
(reasonable care)، ސްކިލް (skill) ޑިލިޖެންސް (diligence)، ޑެލިގޭޝަން (deligation) އަދި
ރިލިއެންސް(reliance) ފަދަ އުޞޫލުތައް ހިފެހެއްޓިގެންކަން ޤަބޫލު ކުރެވެން ނެތުމުން، ޢަބްދުﷲ ޒިޔާތުގެ
މައްޗަށް ކުށް ސާބިތު ކުރެވިފައިވަނީ، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތިކަން މިގޮތުންވެސް ސާފުވާން
91އވެ
އިސްވެ ބަޔާންވެދިޔަ ކަންކަން އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި
ފަނޑިޔާރުންނަށް އިއްތިފާޤުވެވެނީ ކްރިމިނަލް ކޯޓުގެ ނަންބަރު:2016/Cr
-
C/84 ޤަޟިއްޔާގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
30
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A518
O xoc
ޙުކުމްކޮށްފައިވަނީ، ޤާނޫނާ އެއްގޮތަށް
ކަމަށްވާތީ، އެޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް
ނެތްކަމަށެވެ.
ދެންފަހެ، ބަޔާންވެ ދިޔަ ސަބަބުތައް އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު:
2016/Cr
-
C/84 ޤަޟިއްޔާގައި ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ، ޤާނޫނާއި އެއްގޮތަށް ކަމަށްވާތީ،
ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކްރިމިނަލް ކޯޓުގެ ނަންބަރު:2016/Cr
-
C/84
ޤަޟިއްޔާގެ ޙުކުމަށް ތާޢިދުކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv