ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/04 ޤަޟިއްޔާގެ ޙުކުމް
1
2011/HC-I-K04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
404
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 04/HC
-
I
-
K/2011
• މައްސަލަ ހުށަހެޅި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
*
ދަޢުވާ ރައްދުވި ފަރާތް:
* ނަން: މައުމޫން އިބްރާހީމް
* އައިޑީ ކާޑު ނަންބަރ: A144773
ދާއިމީ އެޑްރެސް: ތަޅަމްދީގެ/ ހދ.ނޮޅިވަރަމް
މިހާރުގެ އެޑްރެސް: ތަޅަމްދީގެ/ ހދ.ނޮޅިވަރަމް
ހުށަހެޅުނު ތާރީޚް: 16 މާޗް 2011
ނިމުނު ތާރީޚް: 16 މާޗް 2011
• ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ކުށް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ފަނޑިޔާރު ޔޫސުފު، އިސްފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ
ދިވެހިން
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.lhighcourt.gov.mv
ޖެހޭ
2
2011/HC-I-K04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މެމްބަރުކަމަށް
ދަޢުވާގެ ޚުލާޞާ:
މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011ގައި ހދ.ނޮޅިވަރަމް ރަށު ކައުންސިލްގެ
ކުރިމަތިލާފައިވާ ހދ.ނޮޅިވަރަމް ތަޅަމްދީގެ މައުމޫން އިބްރާހީމް(އައިޑީކާޑު ނަންބަރ A144773)
ގެ މައްޗަށް ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރ 1998/JC/874 ޤަޟިއްޔާއިން ޖަމާއަތް ހަދައިގެން
ވައްކަންކުރުމުގެ ކުށް ސާބިތު ވެފައިވަނިކޮށް 05 ފެބްރުއަރީ 2011 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް
ކައުންސިލް އިންތިޚާބު 2011 އަށް ކުރިމަތިލުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި "ލޯކަލް
ކައުންސިލްތަކުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމް" ގައި މީނާއަކީ ޤާނޫނު ނަންބަރު 10/2010
(ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ
މީހެއްކަމަށާއި، އެފޯމްގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތުކަމަށް އިޤުރާރުވެ އިންތިޚާބަށް ކުރިމަތި ލުމުގެ
ގޮތުން ދޮގު މަޢުލޫމާތު ދީފައިވާ ކަމަށްބުނެ ޤާނޫނު ނަންބަރު 11/2008 (އިންތިޚާބު ތަކާއި
އާއްމު
ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރާއި ޙަވާލާދީ އެޤާނޫނުގެ 74 ވަނަމާއްދާގެ (ށ)ގެ
ދަށުން ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހދ.ނޮޅިވަރަމް ތަޅަމްދީގެ މައުމޫން އިބްރާހީމުގެ މައްޗަށް
ހުށަހަޅާފައިވާ އިންތިޚާބަށް ކުރިމަތިލުމުގެގޮތުން ދޮގުމަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާއެކެވެ.
ފާހަގަކުރެވުނު ނުކުތާތަ
މިމައްސަލައާއި ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ
ލިޔުންތަކަށް ބަލާ ނަޒަރުކުރުމުން އަންނަނިވި ކަންތައް
ތައްތައް ފާހަގަކުރެވިފައިވެއެވެ.
1- ލޯކަލް ކައުންސިލްތަކުގެ މެމްބަރުކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި އަންނަނިވި ޝަރުތުތައް
ފުރިހަމަވާން ވާނޭކަމަށް ޤާނޫނު ނަންބަރ 10/2010(ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12
ވަނަ މާއްދާގެ (ހ)ގައި ބަޔާން ކުރުމާއެކު އެމާއްދާގެ (ނ) ގައި އަންނަނިވި ޙާލަތްތަކުން ކުރެ
ތެއްގައިވާ މީހަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެ ކަމަށް ސާފުކޮށް
ބަޔާންކޮށްފައިވާކަން އެގޭއިރު ބުނެވިދިޔަ ޤާނޫނު ނަންބަރ 10/2010 ގެ 12 ވަނަ މާއްދާގެ (ނ)ގެ 4
ގައި" އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ
ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ބޭނުން ކުރުމުގެ
/ ހ 04 ( 2
04 0)
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2011/HC-I-K04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވުން." މިފަދައިން ބަޔާންކޮށްފައިވާކަން
· · · 4
· 92
ކަމެއް ކަމަށާއި
އޅުވެލި30
2- މިމައްސަލާގައި ދަޢުވާލިބޭ ފަރާތްކަމަށްވާ މަޢުމޫން އިބްރާހީމް މިކޯޓުގެ ޝަރީޢަތަށް
ދީފައިވާ ބަޔާނުގައި އޭނާ އިލެކްޝަންސް ކޮމިޝަނަށް އެގޮތަށް މަޢުލޫމާތުދިނީ އެއްގޮތަކަށްވެސް
އޮޅުވާލައިގެން އިންތިޚާބުގައި ބައިވެރިވާން ނޫންކަމަށާއި ޤާނޫނީ މީހުންނަށް ނުވާތީ ޤާނޫނުގައި ހުންނަ
ހުރިހާ އެއްޗެއް ނޭގޭ ކަމަށާއި ޤާނޫނީ ކަންތައްތައް ނޭގޭތީ އެގޮތަށް
ގަސްދުގައި ކުރިކަމެއް ނޫންކަމަށާއި އޭނާގެ މައްޗަށް ޖިނާއީކޯޓުން ކުށް ސާބިތުވީފަހުން 12 އަހަރުވެއްޖެ
ކަމަށާއި އެކަމުގެ މަތީން ޚުދު އޭނާވެސް ހަދާންނެތްކަމަށާއި އިންތިޚާބަށް ކުރިމަތިލީއިރު ޤާނޫނުގައި
ބުނެފައިވާ ގޮތެއް ނޭގެކަމަށާއި އެފޯމުގައި އެގޮތަށް ސޮއިކުރެވުނީ ކުރިމަތި ނުލެވޭ މީހެއްކަމެއް ނޭގިގެން
ކަމަށެވެ.
3- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިމައްސަލަ ސާބިތުކުރުމަށް ހުށަހަޅާފައިވާ
ލިޔުން ތަކަށް ބަލާއިރު ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު 2011 ގައި މައުމޫން އިބްރާޙީމް
ބައިވެރިވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމާއި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް
ހުށަހެޅި އެކޯޓުގެ ނަންބަރ 12/SC-E/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ހުށަހަޅާފައިވާކަން އެގޭއިރު މައުމޫން އިބްރާހީމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުގައިވާ
ކެންޑިޑޭޓުގެ އިޤުރާރުގައި އޭނާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު (ޤާނޫނު ނަންބަރ
10/2010)ގެ 12 ވަނަ މާއްދާގައި ބުނާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމަށާއި މިފޯމުގައިވާ
މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތު ކަމަށް އިޤުރާރުވެ ސޮއިކޮށްފައިވާކަން އެގެންއޮތްއިރު އަދި މީގެ އިތުރުން
ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު 2011ގައި ހދ.ނޮޅިވަރަމް ރަށު ކައުންސިލްގެ މެމްބަރުކަމަށް
ކުރިމަތިލާފައިވާ ހދ. ނޮޅިވަރަމް ތަޅަމްދީގެ މައުމޫން އިބްރާހީމްއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު
2011ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ކަނޑައަޅައި ދިނުން އެދި އިލެކްޝަންސް
ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރ 12/SC
-
E/2011
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ (ށ)ގައި " މީލާދީ
ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
2011/HC-I-K04
ހ4 ހ 0
2
2
4
ވައސކރ(3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކައުންސިލްތަކުގެ އިންތިޚާބު 2011ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަ ނުވާކަމަށްބުނެ އިލެކްޝަންސް
ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ހދ.ނޮޅިވަރަމްތަޅަމްދީގެ މައުމޫން އިބްރާހީމަކީ ޖަމާޢަތް ހަދައިގެން
ކުށް ސާބިތުވުމާގުޅިގެން ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރ 1998/JC/874 ގެ
ޤަޟިއްޔާއިން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށްފައިވާ މީހެއްކަން، ކުރީގެ
ޖިނާއީ ކޯޓުގެ ނަންބަރ 1998/JC/874 ގެ ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމުން އެނގެން އޮތްއިރު
ހުށަހެޅިފައިވާ ދަޢުވާއަކީ ތެދު ދަޢުވާއެއްކަން މައުމޫން އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ސްޕްރީމް
ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމެވެ." މިގޮތަށް ބަޔާން
ކޮށްފައިވީ ހިދު އަދިހަމަ އެރިޕޯޓުގެ (ނ)ގައި "މިލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރރުއަރީ
މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ
ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރ 10
/
2010ގެ 12 ވަނަ މާއްދާގެ (ނ)ގެ 4 ވަނަ
ނަންބަރުގައި ބުނެފައިވާ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް
ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމުގެ ޝަރުޠު، ހދ.ނޮޅިވަރަމް ތަޅަމްދީގެ މައުމޫން އިބްރާހީމްގެ
ކިބައިގައި ފުރިހަމަ ނުވާކަން ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރ 1998/JC/874 ގެ ޤަޟިއްޔާއިން
ސާބިތުވެ އެގެން އޮންނާތީ، ބުނެވިދިޔަ އިންތިޚާބުގައި ވާދަކުރަން މައުމޫން އިބްރާހީމަށް އޮތް ޙައްޤަށް
ޤާނޫނީ ގޮތުން ހުރަސް އެޅިފައިވާކަން އެގެން އޮންނަ އޮތުމެވެ." މިގޮތަށް ބަޔާންކޮށްފައިވީ ހިދު، އަދި
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާގެ ޙުކުމުގައި
ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރ
10
/
2010އިން ލާޒިމް ކުރާ އެއްވެސް ޝަރުތެއް ފުރިހަމަނުވާ ފަރާތަކަށް އެއިންތިޚާބުގައި ވާދަކުރުމުގެ
ޙައްޤުލިބިގެން ނުވާކަން އެގެން އޮތުމާއެކު އެއުސޫލުގެ މައްޗަށް ރިޢާޔަތްކޮށް ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބު 2011ގައި ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ބައިވެރިވުމުގެ ޙައްޤު ހދ.ނޮޅިވަރަމް ތަޅަމްދީގެ
މައުމޫން އިބްރާހީމްއަށް ލިބިގެން ނުވާކަމަށް ކަނޑައަޅައިފީމެވެ." މިގޮތަށް ކަނޑައަޅުއްވާފައިކަން
އެނގެން އޮންނައިރު އަދި މައުމޫން އިބްރާހީމް މިކޯޓަށް ދީފައިވާ ބަޔާނުގައި އިޤުރާރުވެފައިވާ ކަންކަމަށް
ބަލާއިރު 05 ފެބްރުއަރީ 2011 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބު 2011
އަށް ކުރިމަތިލުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ
ކުރިމަތިލުމަށްއެދޭ ފޯމް" ގައި މައުމޫން އިބްރާހީމްއަކީ ޤާނޫނު ނަންބަރު 10/2010
OXO
cocuk
0) 0
04 ގ (ހ ހވ
މެ9ޑމެނ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2011/HC-I-K04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް
ފުރިހަމަވެފައިވާ މީހެއްކަމަށާއި، އެފޯމްގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތު ކަމަށް އިޤުރާރުވެފައިވާ
އިޤުރާރު ވުމަކީ ހަޤީޤަތާއި ޚިލާފަށްވެފައިވާ އިޤުރާރެއްކަން އެގެއެވެ.
..
:34
އިސްވެ ބަޔާންކުރި ކަންތައް އެގޮތުގެ މަތިން ހުރުމާއެކު ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު 2011 ގައި
ހދ.ނޮޅިވަރަމް ރަށުކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާފައިވާ ހދ.ނޮޅިވަރަމްތަޅަމްދީގެ މައުމޫން އިބްރާހީމް
ލޯކަލް ކައުންސިލް އިންތިޚާބު 2011 އަށް ކުރިމަތިލުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމު
ލޯކަލް ކައުންސިލްތަކުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމް)ގައި މީނާއަކީ ޤާނޫނު ނަންބަރު 10/2010
(ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ
މީހެއްކަމަށާއި، އެފޯމްގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތުކަމަށް އިޤުރާރުވެ އިންތިޚާބަށް ކުރިމަތި ލުމުގެ
ގޮތުން ދޮގު މަޢުލޫމާތު ދީފައިވާކަމަށްބުނެ ޤާނޫނު ނަންބަރު 11/2008 (އިންތިޚާބު ތަކާއި ބެހޭ އާއްމު ޤާނޫނު)
ގެ 74 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރާއި ޙަވާލާދީ އެޤާނޫނުގެ 74 ވަނަމާއްދާގެ (ނ)ގެ ދަށުން
ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދަޢުވާ ކުރުމުން ބެލުނު މިޤަޟިއްޔާގައި އިސްވެ ފާހަގަ
ކުރެވުނު ނުކުތާތަކަށް ނަޒަރުކުރުމުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރ 12/SC
-
C/2011 ޤަޟިއްޔާ
އިން 05 ފެބްރުއަރީ 2011 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ
ކިބައިގައި ހުރުން ޤާނޫނު ނަންބަރ 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ
މާއްދާގެ (ނ)ގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ ޝަރުޠު ހދ.ނޮޅިވަރަމްތަޅަމްދީގެ މައުމޫން އިބްރާހީމްގެ
ކިބައިގައި ފުރިހަމަނުވާކަން އެގެން އޮންނަ ހިދު އަދި މައުމޫން އިބްރާހީމް މިކޯޓުގެ ޝަރީޢަތަށް ދީފައިވާ
ބަޔާނުގައި އޭނާ އިޤުރާރުވެފައިވާ ކަންކަމަށް ބަލާއިރު ހދ.ނޮޅިވަރަމްތަޅަމްދީގެ މައުމޫން އިބްރާހީމް
05ފެބްރުއަރީ 2011ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި" ލޯކަލް ކައުންސިލްތަކުގެ މެމްބަރުކަމަށް އެދޭފޯމް" ގައި މީނާ އަކީ
ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގައި ބުނެފައިވާ
ޝަރުތުތައް ފުރިހަމަވެފައިވާ މީހެއްކަމަށާއި، އެފޯމްގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތުކަމަށް އިޤުރާރުވެ
އެއިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ދޮގު މަޢުލޫމާތު ދީފައިވާކަން ޝަރީޢަތަށް
ސާބިތުވެފައިވާތީ ޤާނޫނު ނަންބަރ 11/2008 (އިންތިޚާބު ތަކާއި ބެހޭ އާއްމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ
(ހ) ގެ 01 ވަނަ ނަންބަރާއި ޙަވާލާދީ އެމާއްދާގެ (ހ)ގެ ދަށުން އިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން ދޮގު
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
2011/HC-I-K04
ﷲ2
22
2
#292
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިނުމުގެ ކުށުން ހދ.ނޮޅިވަރަމް ތަޅަމްދީގެ މައުމޫން އިބްރާހީމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅާ
މިކުށުގެ ޢުޤޫބާތެއްގެ ގޮތުން އެޤާނޫނުގެ 74 ވަނަ މާއްދާގެ (ހ)ގެ ދަށުން މައުމޫން އިބްރާހީމް -/20000ރ
(ވިހިހާސް ރުފިޔާ) އިން ޖޫރިމަނާކޮށް މިފައިސާ މިއަދުން ފެށިގެން 1(އެކެއް) މަސްދުވަހުގެ ތެރޭގައި
މިކޯޓަށް(ދިވެހިރާއްޖޭގެ ހައިކޯޓަށް) ދެއްކުމަށް މައުމޫން އިބްރާހީމްއަށް އަންގާ މިމައްސަލަ ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށް މައްސަލަ ނިންމީއެވެ.
ދިވެހިން
ދިވެހިން
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.lhighcourt.gov.mv