ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-I-SH/08 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/08
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 08/HC-I-SH/2014
. އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތް:
ނަން: އަލީ އާރިފް
ދާއިމީ އެޑްރެސް:
* އައި.ޑީ.ކާޑު ނަންބަރު: A045044
* މިހާރުގެ އެޑްރެސް:
ވަކީލް: އދ. މުޙައްމަދު ފަރީދު، ރޭވަވިލާ ފ. ފީއަލި
1)
ސިޓްރަސް/ މާލެ
ސިޓްރަސް މާލެ
OcOOX
. އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވި ފަރާތް:
ނަން: އިލެކްޝަންސް ކޮމިޝަން ދާއިމީ އެޑްރެސް: ޕޯޓް ކޮމްޕްލެކްސް މާލެ
އައި.ޑީ.ކާޑު ނަންބަރު.
މިހާރުގެ އެޑްރެސް: ޕޯޓް ކޮމްޕްލެކްސް މާލެ
ވަކީލް: އދ. ޙުސްނުއްސުޢޫދު، ހަސަންކާރިގެ/ ސ. މީދޫ
އދއ. މަރްޔަމް ހަނީފާ ޚާލިދު، އަނބުގަސްދޮށުގެ| ހއ.
.. ކެލާ
ތަދައްޚުލްވާ ފަރާތް:
* ނަން: ޙުސައިން ޢަރީފް
ދާއިމީ އެޑްރެސް: ދިވެހި ހދ. ނޮޅިވަރަން
އައި.ޑީ.ކާޑު ނަންބަރު: A074667
މިހާރުގެ އެޑްރެސް:
މަލަސް/ މާލެ
ބަދަލުގައި: މޫސާ އަންވަރު، ލާމިގެ| ·
0
• ރަޖިސްޓްރީކުރި ތާރީޚް: 07 ޖުމާދަލްއާޚިރާ 1439
07 އޭޕްރީލް 2014
ނިމުނު ތާރީޚް: 23 ޖުމާދަލްއާޚިރާ 1439
23 އޭޕްރީލް 2014
އިންތިޚާބީ ޝަކުވާގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/08
ދަޢުވާގެ ޚުލާޞާ
ތ ދވހއ
ޏނޗ2
މައްސަލައަކީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2014 ގެ ހދ. ނޮޅިވަރަމް ދާއިރާގެ
މާލެ ފޮށީގެ ވޯޓުލުން ފެށިފައިވަނީ އެފޮށްޓާއި ޙަވާލުވެތިބި އިލެކްޝަންސްގެ އޮފިޝަލުން
ގެނެސްފައިވާ ނެޓްބުކަށް ކަރަންޓް ނުލިބުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން ކުރިން އިޢުލާނުކޮށްފައިވާ
ވަގުތު ކަމުގައިވާ އެދުވަހުގެ ހެނދުނު 8:00 އަށްވުރެ 37 (ތިރީސްހަތެއް) މިނެޓް ފަހުން 8:37 ގައި
ކަމަށްވެފައި، އެފޮށީގެ ވޯޓުލުން ފެށުން ލަސްވިކަން އެފޮށްޓާއި ޙަވާލުވެތިބި އިލެކްޝަންސްގެ އޮފިޝަލުން
އެވަގުތު އެތަނުގައި އިޢުލާނުކޮށް، އަދި ލަސްވި ވަގުތަށް ވަގުތު ދޭނެކަމަށްވެސް އެފޮށީގެ ވެރިޔާ ކެންޑިޑޭޓުންގެ
މަންދޫބުންނާއި އޮބްޒާވަރުންނަށާއި ވޯޓުލާން ގޮސް ތިބި މީހުންނަށް އެތަނުގައި ޢާންމުކޮށް އެންގުމަށްފަހުވެސް
އަދި ލަސްވި ތަންތަނުގައި އިތުރު ވަގުތު ދޭނެކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސްވެސް ޢާންމުކޮށް
މީޑިޔާގައި އެދުވަހު އެހިނދު އިޢުލާނުކޮށްފައިވަނިކޮށް، ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުން ދެކޮޅު
ހަދަމުންދަނިކޮށްވެސް އެފޮށީގެ ވޯޓުލުން ފަހުން އިޢުލާނުކުރި ވަގުތަށްވުރެ 37 (ތިރީސްހަތެއް) މިނެޓު
އަވަސްކޮށް ވޯޓުފޮށި ބަންދުކުރުމުގެ ސަބަބުން އެހިނދު އެތަނުގައި ވޯޓުލާން ގޮސްތިބި އެތައް ބަޔަކަށް
ވޯޓުނުލެވުމާއި، އަދި ކުރިން ވަގުތު އިތުރުކުރާނެ ކަމަށްބުނެފައިވުމުގެ ސަބަބުން އެދާއިރާގެ އިންތިޚާބުގެ
ނަތީޖާއަށް އަސަރުކުރާނެފަދަ ގިނަ ބަޔަކަށް ވޯޓުލުމުގެ ޙައްޤު ގެއްލިފައިވާތީ، އަދި މިއިންތިޚާބުގެ ނަތީޖާ
ދައްކާގޮތުން 1 ވަނައަށް ދިޔަ ކެންޑިޑޭޓާއި ދެންތިބި ކެންޑިޑޭޓުންގެ މެދުގައި ތަފާތުވާ މިންވަރަކީ 22
(ބާވީސް) ވޯޓު ކަމަށްވެފައި އެފޮށްޓަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 58
(ފަންސާސްއަށެއް) މީހަކަށް ވޯޓުލުމުގެ ޙައްޤު ގެއްލިފައިވާތީ، އެފަރާތްތަކަށް ވޯޓުލުމުގެ ޙައްޤު ލިބުނުނަމަ
މިދާއިރާގެ ނަތީޖާއަށް ބަދަލު އައުމުގެ ފުރުސަތު އޮތުމާއި، އަދި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 53 ވަނަ
މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 42/SC-C/2013 ޤަޟިއްޔާގައިވާ ގައިޑްލައިންގެ 9
ވަނަ ނަންބަރާއި ޚިލާފަށް މިދެންނެވުނު ފޮށްޓާއި ޙަވާލުވެތިބި އިލެކްޝަންސްގެ އޮފިޝަލުން އެދުވަހު
Cou
ދިވެހިރާއްޖޭގެ
st
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/08
ޢަމަލުކޮށްފައިވާތީ، 2013 މާރޗް 22 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނޮޅިވަރަމް ދާއިރާގެ
މާލެ ފޮށީގެ ނަންބަރު B02.0.1) ވޯޓު ބާޠިލްކޮށް، އަލުން އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް
ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުން އެދި އިލެކްޝަންސް ކޮމިޝަނަށް ދަޢުވާ ރައްދުވާގޮތަށް ހ. ސިޓްރަސް
ޢަލީ އާރިފުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަނެވެ.
މިމައްސަލައިގެ ތެރެއަށް ހދ. ނޮޅިވަރަން ދިވެހި ޙުސައިން ޢަރީފުގެ ފަރާތުން ތައްދައްޚުލް
ވެފައިވެއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
-01
ސިޓްރަސް ޢަލީ އާރިފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
އިންތިޚާބީ ޝަކުވާގެ މިމައްސަލަ ބިނާކޮށްފައިވާ ސަބަބުތަކާއި އޭގެ ތަފްޞީލު ބަޔާންކުރަމުން ޢަލީ އާރިފުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު
2014 ބޭއްވުމަށް ހަމަޖެހިފައިވަނީ ފާއިތުވި މާރޗް މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން
އެދުވަހުގެ ހަވީރު 16:00 އާއި ހަމައަށް ކަމަށާއި، އެ އިޢުލާނުގައި ބުނެފައިވާގޮތުން، އިންތިޚާބުކުރެވޭ ހުރިހާ
ދާއިރާތަކެއްގައިވެސް އިންތިޚާބު ބާއްވާނީ އެއްވަގުތެއްގައި އަދި އެއް މިންވަރަކަށް ވަގުތު ދީގެންކަމަށްވާއިރު،
ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައިވަނީ ރައްޔިތުންގެ މެދުގައި ހަމަހަމަ ކުރަންވާނެކަމަށްކަމަށާއި، އަދި
އިދާރީ ގޮތުން އަޅާ ފިޔަވަޅުތައް ރައްޔިތުންނާމެދުގައި ހަމަހަމަވުމަކީ ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކުގެ
ތެރެއިން ހިމެނިގެންވާ ކަމެއްކަމާއި، ތަފާތުނުކޮށް އެންމެހާ ރައްޔިތުންނާއިވެސް އެއްގޮތަކަށް އަސާސީ
ޙައްޤުތައް ލިބިގެންވާނެކަން ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާއިރު،
ވީހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/08
8ވ0
xޑ 8 *
ހދ. ނޮޅިވަރަމް ދާއިރާގެ އިންތިޚާބުގެ މާލޭގައި ބެހެއްޓި ފޮށީގެ ވޯޓުލުން އިލެކްޝަންސް
ކޮމިޝަނުގެ އޮފިޝަލުން ފައްޓާފައިވަނީ މާރޗް 22 ވަނަ ދުވަހުގެ ހެނދުނު 8:37 ގައިކަމަށާއި، މިހެންވުމުގެ
ސަބަބުން އެފޮށީގެ ވޯޓުލުން ފެށުނީ އެހެން ދާއިރާތަކުގައި ވޯޓުލުން ފެށުނު އިރަށްވުރެ އަދި އިލެކްޝަންސް
ކޮމިޝަނުން އިޢުލާނުކޮށްފައިވާ ވަގުތަށްވުރެ 37 (ތިރީސްހަތެއް) މިނެޓު ފަހުންކަމަށާއި،
އެކަން އެހެންވުމުން، ލަހުން ފެށުނު މިންވަރަށް ވަގުތު އިތުރުކޮށްދޭނެކަމަށް ކެންޑިޑޭޓުންގެ
މަންދޫބުންނާއި އޮބްޒާވަރުންނަށް އިލެކްޝަންސްގެ އޮފިޝަލުން އަންގައިދީފައިވާކަމަށާއި، އަދި ހަމަ އެހިނދު
ރާއްޖޭގެ މީޑިއާތައް މެދުވެރިކޮށް ވަކިން ޚާއްސަކޮށް ހަވީރު އޮންލައިންއަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް
ދީފައިވާ އިންޓަވިއުގައި، ފަހުން ވޯޓުލުން ފެށުނު ތަންތަނަށް ވަގުތު އިތުރުކޮށްދޭނެކަމަށާއި، ވޯޓު ފޮށި
ބަންދުކުރާނީ 8 (އަށެއް) ގަޑިއިރު ހަމަކޮށްފައިކަމަށް ބުނެފައިވާކަމަށާއި، މިއީވެސް އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނުގެ 43 ވަނަ މާއްދާގައި ބުނެފައިވާފަދަ އިޢުލާނުކުރުމެއްކަމަށާއި،
އަދި އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް ޢަމަލުކުރާ އުޞޫލަކީ، އެއްވެސް ވޯޓުފޮށްޓެއްގެ
ވޯޓުލުން ހަމަޖެހިފައިވާ ވަގުތަށްވުރެ ފަހުން ފެށިއްޖެނަމަ އެފޮށްޓެއްގެ ވޯޓުލުން ފެށުން ލަސްވި މިންވަރެއް
އިތުރުކުރުންކަމަށާއި، އަދި ހަމަ އެދުވަހު، ކ. ގާފަރު އަދި ށ. މާއުނގޫދޫގެ ވޯޓު ނަގާ ގަޑިއާއި ނިންމާ ގަޑި
ފަސްކޮށްފައިވާކަމަށާއި،
ނަމަވެސް، ވޯޓު ފޮށްޓާއި ޙަވާލުވެތިބި އިލެކްޝަންސްގެ އޮފިޝަލުންނާއި އިލެކްޝަންސް
ކޮމިޝަނުގެ ރައީސް ވިދާޅުވިގޮތާއި ޚިލާފަށް އަދި ޢާންމުކޮށް އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރަމުންދާ
ގޮތާއިވެސް ޚިލާފަށް ވަގުތު އިތުރުކޮށްދިނުމަކާއި ނުލައި އެދުވަހުގެ 16:00 ގައި ހދ. ނޮޅިވަރަމް ދާއިރާގެ
މާލެފޮށީގެ ކިޔު ބަންދުކޮށްފައިވާކަމަށާއި، އަދި އެހިނދު ވޯޓުލާން އައިސްތިބި ބަޔަކު ވޯޓުލުމުގެ ޙައްޤު
ގެއްލިގެން ދިއުމުގެ ސަބަބުން އެކަމާއި ޒުވާބުކޮށް ވޯޓުލެވެންވާނެކަމަށް ބުނެ އިލެކްޝަންސްގެ އޮފިޝަލުންގެ
ކިބައިން އެކަން ހަމަޖެއްސުމަށް އެދިފައިވާކަމަށާއި، މިކަން އެދުވަހު ހަވީރު އޮންލައިންއާއި އެހެނިހެން
މީޑިއާތަކުގައިވެސް ލިޔެފައިވާކަމަށާއި،
COCOXC
ކޯއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/08
ނޮޅިވަރަމް ދާއިރާގެ މާލެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ އަދަދަކީ 490
(ހަތަރުސަތޭކަ ނުވަދިހަ) މީހުންކަމާއި، އަދި އެފޮށި ބަންދުކުރުމާ ހަމައަށް ވޯޓުލުމުގެ ފުރުސަތު ލިބިފައިވަނީ،
432 (ހަތަރުސަތޭކަ ތިރީސްދޭއް) މީހުންނަށްކަމަށާއި، މިހެންކަމުން 58 (ފަންސާސްއަށެއް) މީހުންނަށް
ވޯޓުލުމުގެ ފުރުސަތު ގެއްލިފައިވާކަމަށާއި، ފޮށްޓާއި ޙަވާލުވެތިބި ފަރާތްތަކުން، ގެއްލުނުތަނަށް ވަގުތު
އިތުރުކުރާނެކަމަށް ބުނެފައިވުމުން ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނާއި ވޯޓުލާން އައިސްތިބި
އެންމެހާ ފަރާތްތަކުގެ ވިސްނުމުގަޔާއި އަދި އެފޮށްޓަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކަށްވެސް
ޤަބޫލުކުރެވިފައިވަނީ ފޮށި ބަންދުކުރާނީ 16:37 ގައި ކަމަށާއި،
ހދ. ނޮޅިވަރަމް ދާއިރާގެ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓަށް ލިބިފައިވަނީ،
655 (ހަސަތޭކަ ފަންސާސްފަހެއް) ވޯޓުކަމަށާއި އަދި ދެވަނައަށް ދިޔަ ކެންޑިޑޭޓް (ޢަލީ އާރިފް އަށް
ލިބިފައިވަނީ 633 (ހަސަތޭކަ ތިރީސްތިނެއް) ވޯޓުކަމަށާއި އެހެންކަމުން މިދެކެންޑިޑޭޓުންގެ މެދުގައި ތަފާތުވާ
މިންވަރަކީ 22 (ބާވީސް) ވޯޓުކަމަށާއި، އަދި ހދ. ނޮޅިވަރަމް ދާއިރާގެ މާލޭގައި ބެހެއްޓި ވޯޓުފޮށްޓަށް
ވޯޓުލުމުގެ ފުރުސަތު ގެއްލިފައިވާ މީހުންގެ އަދަދަކީ 58 (ފަންސާސްއަށެއް) ކަމުން އިލެކްޝަންސްގެ
އޮފިޝަލުން ވޯޓުފޮށި ބެހެއްޓިފައިވާ ސަރަޙައްދުގައި އިޢުލާނުކޮށް އެންގިގޮތާއި ޚިލާފަށް ޢަމަލުކުރުމުގެ
ސަބަބުން ވޯޓުލުމުގެ އަސާސީ ޙައްޤުން މަހުރޫމުވެ، އެދާއިރާއަށް ވޯޓުލުމުގެ ޙައްޤުލިބިފައިވާ ފަރާތްތަކަށް
ވޯޓުލުމުގެ ޙައްޤު ލިބުނުނަމަ އެކަމަކީ މިހާރު 1 ވަނަ އަދި 2 ވަނައިގައިވާ ކެންޑިޑޭޓުންގެ ނަތީޖާއަށް ބަދަލު
އަތުވެދާނެ ކަމެއްކަމަށާއި، އަދި އެކަމަކީ ހދ. ނޮޅިވަރަމް ދާއިރާގެ އިންތިޚާބުގެ ރަސްމީ ނަތީޖާއަށް ބަދަލު
ނެކަމެއް ކަމަށާއި،
ވޯޓުލުމުގެ ޙައްޤު ގެއްލުނު މީހުންގެ އަދަދަކީ ނުވަތަ ސުވާލުއުފެދޭ ވޯޓުގެ އަދަދަކީ ވޯޓުގެ
ފައިނަލް ނަތީޖާއަށް އަސަރުކުރާ އަދަދެއްނަމަ އެފަދަ އިންތިޚާބެއް ސައްޙަ ނުވާނެކަމަށް ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 42/SC
-
C/2013 ޤަޟިއްޔާއިން ކަނޑައަޅާފައިވާކަމަށާއި،
332
އަދުނާކު
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2014/HC-I-SH/08
ތަކުރާރުނުވާނެގޮތަކަށް
2
8 ހއ
އެއެގެބަތަށް
މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާގެ
ޖަވާބުގައި ހދ. ނޮޅިވަރަމް ދާއިރާގެ މާލެ ފޮށީގެ ކިރު ބަންދުކުރާ ގަޑިއަކީ 16:35 ކަމަށް އިޢުލާން
ކުރެވުނުކަމަށް ބުނެފައިވާކަމަށާއި، އަދި ފަހުން އެކަން ރަނގަޅުކޮށް އަލުން އެންގިކަމަށާއި އަދި އެފަދަ ކަމެއް
ތަކުރާރުނުވާނެ ގޮތަށް ކަން ކުރާނެ ކަމަށް ބުނެފައިވާކަމަށާއި،
އެފަދަ ކަމެއް
މުސްތަގުބަލުގައި ޢަމަލުތައް ބަހައްޓާނެކަމަށް
އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ބުނުމަކީ ހދ. ނޮޅިވަރަމް ދާއިރާގެ މާލޭގައި ބެހެއްޓި ވޯޓުފޮށްޓަށް
ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވޯޓުލީ ދުވަހު 16:00 އަށް ކިޔުއަށް ހާޒިރު ނުވެވުނު
ފަރާތްތަކަށް އެމީހުންގެ އަސާސީ ޙައްޤު އަދާކުރަން ފުރުސަތު ދިންކަމުގައި ބެލޭވޭނެ ހަމައެއް ނޫންކަމަށާއި،
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 53 ވަނަ މާއްދާއާއި
ވޯޓުލައި ނިމި ފޮށި
ބަންދުކުރުމަށްފަހުވެސް ކައުންޓަރ ފޮއިލް އާއި ބާކީ ހުރި ކަރުދާސް ގުނައި
ސެކިއުރިޓީ އުރައަށްލައި ބަންދުކޮށްފައިނުވާކަމަށާއި، މިކަމުގެ ސަބަބުން މިފޮށީގެ އިންތިޚާބުގެ ސައްޙަކަން
ކަށަވަރުކުރެވޭނެ ގޮތެއްނެތްކަމަށާއި،
އަދި ވޯޓު ކަރުދާސް ދޫކޮށްފައިވަނީ އިންތިޚާބުތަކާބެހޭ
ތަކާބެހޭ ޢާންމު ޤާނޫނުގައި ބުނެފައިވާ ގޮތަށް
ކައުންޓަރ ފޮއިލް އާއި ވަކިކޮށްފައިނޫންކަމާއި، ގިނަ ބަޔަކަށް ވޯޓު ކަރުދާސް ދޫކޮށްފައިވަނީ ކައުންޓަރ ފޮއިލް
އާއި އެއްކޮށްކަމަށާއި، މީގެ ސަބަބުން ބާކީ ހުރި ކައުންޓަރ ފޮއިލް ގުނިކަމުގައި ވީނަމަވެސް ފޮށްޓަށް ވޯޓުލީ
އަދަދު ބެލީ ކުރެވޭނެ ގޮތެއް ނެތްކަމަށާއި،
މިހެންކަމުން މިފޮށީގެ ވޯޓުލުން ފެށިފައިވަނީވެސް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި
ސުޕްރީމް ކޯޓުގެ ނަންބަރު 22/SC-C/2013 ޤަޟިއްޔާގައިވާ ގައިޑްލައިންއާއި ޚިލާފަށްކަމަށާއި، އަދި
ކަނޑައެޅުނު ވަގުތަށްވުރެ އަވަހަށް ފޮށި ބަންދުކުރުމާއި ގުޅިގެން އެތައް ބަޔަކަށް ވޯޓުލުމުގެ ފުރުސަތު
ގެއްލިގެންދިޔައިރު ވޯޓު ކަރުދާސް ދޫކުރުމުގައި އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންގެ އިހުމާލުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/08
4 ވ މ އ ހ ކ އ ދވ
ބައެފަންވާނޭކަމަށް
ކައުންޓަރ ފޮއިލާއެކު ބަންދުކޮށްފައިނުވާކަމަށާއި، މިހެންކަމުން މިހުރިހައި ކަމެއް މިހެން ހުރުމުން، މިފޮށީގެ
އިންތިޚާބުގެ ސައްޙަކަން ކަށަވަރުކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށާއި،
އެހެންކަމުން، ޤާނޫނު ނަންބަރު 11/2008 އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގެ 65 ވަނަ
މާއްދާގެ (ހ) ގައި އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާނުކޮށްފައިވަނިކޮށް އެޤާނޫނުގެ 64 ވަނަ މާއްދާގެ
ދަށުން ހުށަހަޅާ މައްސަލައެއްގައި އެމާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން
ވޯޓުލާ ސަރަޙައްދެއްގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް ޝަރީޢަތަށް
ސާބިތުވެ، އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތަށް
ސާބިތުވެއްޖެނަމަ އެސަރަޙައްދެއްގެ އިންތިޚާބު ބާޠިލުކޮށް އަލުން އިންތިޚާބު
ބަޔާންކޮށްފައިވާތީއާއި، އަދި އެމާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި އެޤާނޫނުގެ ދަށުން ހަދާ ގަވާއިދާއި،
ނުވަތަ އެއިންތިޚާބަކާބެހޭ ޚާއްސަ ޤާނޫނާއި ނުވަތަ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ޚިލާފަށް ޢަމަލުކުރުމަކީ
އިންތިޚާބު ބާޠިލުކުރެވިދާނެ ކަމެއްކަމަށް ބަޔާންކޮށްފައިވާތީ،
2014 މާރޗް 22 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ހދ. ނޮޅިވަރަމް
ދާއިރާގެ މާލެ ފޮށި (ނަންބަރު B02.0.1) ގެ އިންތިޚާބު ބާއްވާފައިވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ
53 ވަނަ މާއްދާއާއި ޚިލާފަށް އަދި ސުޕްރީމް ކޯޓުގެ ނަންބަރު 42/SC-C/2013 ޤަޟިއްޔާއާއި ޚިލާފަށް
ކަމަށްވާތީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންގެ އިހުމާލުން ނުވަތަ ގަސްދުގައި ކޮށްފައިވާ
ކަންތައްތަކެއްގެ ސަބަބުން މިފޮށީގެ އިންތިޚާބުގެ ސައްޙަކަން ގެއްލިގެން ގޮސްފައިވާތީ، 2014 މާރޗް 22
ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ހދ. ނޮޅިވަރަމް ދާއިރާގެ މާލެ ފޮށީ (ނަންބަރު
B02.0.1) ގެ ވޯޓު ބާޠިލުކޮށް، އަލުން އިންތިޚާބު އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް
އަމުރުކޮށްދިނުމަށް އެދިފައިވާކަން ފާހަގަކުރެވޭކަމެވެ.
84
9 ހއ
އިހަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/08
-2
ޢަލީ އާރިފުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަށް އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން ޖަވާބު ދެމުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު؛
އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ޢަލީ އާރިފުގެ ފަރާތުން ހުށަހަޅާފައި މިވާ ދަޢުވާގައި
ފާހަގަކޮށްފައިވާ މައިގަނޑު މައްސަލައަކީ، ހދ. ނޮޅިވަރަމް ދާއިރާގެ މާލެ ފޮށީގެ ވޯޓުލުން، ވޯޓުލާން ފެށުމަށް
ކަނޑައެޅިފައިވާ ގަޑިކަމުގައިވާ 8:00 އަށްވުރެ ފަހުން ފެށިފައިވާއިރު، ލަސްވެފައިވާ މިންވަރަށް ވަގުތު އިތުރު
ކުރާނެކަމަށް ކުރިން ބުނުމަށްފަހު، އެވަގުތު ނުދީ ހަވީރު 16:00 ގައި ވޯޓުފޮށީގެ ކިރު ބަންދުކޮށްފައިވުމުގެ
ސަބަބުން، އެދާއިރާގެ އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެ ފަދަ ގިނަ ބަޔަކަށް ވޯޓުލުމުގެ ޙައްޤު
ގެއްލިފައިވާތީ، އަދި މި އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން 1 ވަނައަށް ދިޔަ ކެންޑިޑޭޓާއި ދެންތިބި
ކެންޑިޑޭޓުންގެ މެދުގައި ތަފާތުވާ މިންވަރަކީ 22 (ބާވީސް) ވޯޓުކަމަށްވެފައި އެފޮށްޓަށް ވޯޓު ލުމުގެ ޙައްޤު
ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 58 (ފަންސާސްއަށެއް) މީހެއްގެ ވޯޓުލުމުގެ ޙައްޤު ގެއްލިފައިވާ ކަމަށްބުނެ
ހުށަހަޅާފައިވާ މައްސަލަކަމަށާއި،
COC
މި މައްސަލައާއި ގުޅޭގޮތުން 2 (ދޭއް) ޝަކުވާއެއް
ޝަކުވާއެއް ހުށަހެޅުނު ކަމަށާއި، އިލެކްޝަންސް
ކޮމިޝަނަށް ހުށަހެޅުނު އެއް ޝަކުވާއަކީ ކައުންޓަރ ފޮއިލް ސެކިއުރިޓީ އުރައަށްލައި ބަންދުކުރުމުގެ ކުރިން
ވޯޓު ގުނަން ފަށާފައިވާކަމަށް ބުނެ ހުށަހެޅި ޝަކުވާކަމަށާއި،
ދެވަނަ ޝަކުވާއަކީ މިމައްސަލާގައި މިހިމެނޭ ޝަކުވާކަމަށާއި، އެއީ ވޯޓުލާން ފެށުނީ 37
(ތިރީސްހަތެއް) މިނިޓް ފަހުންކަމަށްވުމުން، ވޯޓުފޮށި ބަންދުކުރާނީ ނުވަތަ ކިޔު ބަންދުކުރާނީ 16:37 ގައި
ކަމަށް އިޢުލާން ކުރުމަށްފަހު، އޭގެ ކުރިން ހަވީރު 16:00 ގައި ކިޔާ ބަންދުކޮށްފައިވާކަމަށްބުނެ ހުށަހެޅި
ޝަކުވާ ކަމަށާއި،
ޑ 4=3
4 ވ 2
ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ފަރާތުންވަނީ
މިދެޝަކުވާއާ
ކަނޑައަޅާފައިކަމަށާއި،
4 22
ވެހިރާއްޖޭގެ
eyއ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
2014/HC-I-SH/08
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
އެގޮތުން މިމައްސަލާގައި ހިމެނޭ ދަޢުވާގައި ޝާމިލްވާ މައްސަލަކަމުގައިވާ، މިމައްސަލާގައި
ބަޔާންކޮށްފައިވާ ވޯޓު ފޮށްޓަށް ވޯޓުލާން ފެށިފައިވަނީ ވޯޓުލާން ފެށުމަށް ހަމަޖެހިފައިވާ ވަގުތަށްވުރެ 37
(ތިރީސްހަތެއް) މިނެޓް ފަހުންކަމަށާއި، އެ ލަސްވީވަގުތު ދޭނެކަމަށް ބުނުމަށްފަހު އެވަގުތު ނުދީ ހަވީރު
16:00 ގައި ވޯޓު ފޮށި ބަންދުކުރުމުން އެތައް ބަޔަކަށް ވޯޓު ލެވިފައި ނުވާކަމަށް ބުނެ ހުށަހެޅުނު ޝަކުވާ
ބެލުމަށްފަހު، ނިންމާފައިވާ ގޮތަށް ބަލާއިރު، ވޯޓު ނެގުން ބަންދުކުރާ ގަޑިއަކީ 16:35 ކަމުގައި
އެސަރަޙައްދުގައި އިޢުލާނުކުރުމަށްފަހު، އެކަން ފަހުން ބަދަލުކޮށް ކިޔާ ބަންދުވާނެ ގަޑިއަކީ 16:00 ކަން
އެސަރަޙައްދުގައި އަލުން އިޢުލާނުކުރެވުނުކަން އެނގެން އޮންނަކަމަށާއި، އެވޯޓު ފޮށްޓަށް ވޯޓުލުމަށްޓަކައި
16:00 ގެ ފަހުން އައީ އެއްމެ މީހަކުކަން ސާބިތުވާ ކަމަށާއި، އެހެންކަމުން، މިސަބަބަށްޓަކައި އެއްވެސް
ފަރާތެއްގެ ޙައްޤެއް ގެއްލިފައި ނުވަތަ ވޯޓުގެ ނަތީޖާއަށް ބަދަލެއް މެފަދަކަމެއް އޮތް
އޮތްކަމަށް
ފާހަގަނުކުރެވޭކަމަށާއި،
42 ޏ އ ސ ޑ 8
އަންނަންދެ
ހުށަހެޅުނު ދެވަނަ ޝަކުވާކަމުގައިވާ، ކައުންޓަރ ފޮއިލް ސެކިއުރިޓީ އުރާގައި ބަންދުނުކޮށް
ވޯޓު ގުނަން ފަށާފައިވާ މައްސަލާގައި އިލެކްޝަންސްގެ ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ
ފަރާތުން އެންގީ، އެކަން ހިނގާފައިވަނީ ގަވާއިދުގައިވާ ގޮތުގެމަތިންކަމަށް ނުވާތީވެ އަލުން ވޯޓު
ގުނުމަށްކަމަށާއި، އެހެން
ހެންކަމަށްވުމާއެކު އަލުން ވަނީ ސެކިއުރިޓީ އުރަ ކަނޑައި، ދެވަނަ ފަހަރަށް ވޯޓު
ގުނާފައިކަމަށާއި، ދެވަނަ ފަހަރަށް ގުނުމުންވެސް ނުކުތީ ހަމަ އެއް ނަތީޖާއެއްކަމަށާއި،
7
އަދި ޢާންމު އުޞޫލަކީ ވޯޓު ފޮށްޓެއް ކައިރީގައި އިދާރީ ސަބަބަކަށްޓަކައި ކަމެއް ދިމާވެގެން
ވޯޓުލާން ފަށާގަޑި ލަސްވެއްޖެނަމަ، އެލަސްވާ ވަގުތުކޮޅެއް ދިނުންކަމަށާއި، އިދާރީ ސަބަބަކަށްޓަކައި ލަސްވާ
ލަސްވުމަށް ވަގުތު ދިނުމަށް އަންގާފައިވާނެކަމަށާއި، އެކަމާ އިލެކްޝަންސް ކޮމިޝަނުންވެސް ދެކޮޅު ނުހަދާ
ކަމަށާއި، ނަމަވެސް 16:00 ގައި ކިޔާ ބަންދުކުރި ފަހުން 16:35 އާ ހަމައަށް ވޯޓުލާން އައިސްފައިވަނީ
އެއްމެ މީހެއްކަމަށް ތަޙްޤީޤުން ދައްކާކަމަށާއި، ވީމާ މިއީ ނަތީޖާ ބަދަލުވާވަރުގެ އަދަދެއް ނޫންކަމަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/08
ވޯޓުލުމުގެ ޙައްޤު ގެއްލިފައިވާކަމަށް އަލީ އާރިފުގެ ފަރާތުން އެބުނާ އަދަދަކީ އެފޮށީގައި ވޯޓުލާން ނަން
ނޯޓުކޮށްފައިވާ ޢަދަދާއި، އަދި ވޯޓުލާން އައި މީހުންގެ ޢަދަދާއި ދެމެދުގެ ފަރަގުކަމަށާއި،
ވީމާ، މައްސަލައިގައި ނަތީޖާއަށް ބަދަލެއް އަންނަ ފަދަ ކަމެއް ނުވަތަ ނަތީޖާއަށް އަސަރު
ނެތުމުން، މި ދާއިރާގެ އިންތިޚާބު ބާތިލު ނެކަމަށް އިލެކްޝަންސް ކޮމިޝަނުން
ކުރާފަދަ ކަމެއް
ތިލްކުރެދުނެވެ
ނުދެކޭކަމަށެވެ.
=3
މިމައްސަލާގެ ތެރެއަށް ތަދައްޚުލުވެފައިވާ ހދ. ނޮޅިވަރަން | ދިވެހި ޙުސައިން
ޢަރީފުގެ ބަދަލުގައި ހާޒިރުވި ހިތަދޫ ލާމިގޭ މޫސާ އަންވަރު މިމައްސަލައާއި ގުޅިގެން ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު،
މައިގަނޑު ގޮތެއްގައި ދަޢުވާކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ވޯޓުލާން ފެށުން ލަސްވި ވަގުތު
ނުދީ ކިޔާ ބަންދުކުރުމުގެ ސަބަބުން 58 (ފަންސާސް އަށެއް) މީހަކަށް ވޯޓުލުމުގެ ޙައްޤު ގެއްލިފައިވާ
ވާހަކަކަމަށާއި، މިފޮށްޓަށް 490 (ހަތަރުސަތޭކަ ނުވަދިހަ) ފަރާތަކުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާއިރު، އޭގެ
ތެރެއިން 432 (ހަތަރުސަތޭކަ ތިރީސްދޭއް) މީހުން ވޯޓުލާފައިވާކަން އެނގޭކަމަށާއި، އަދި އެހުރިހާ ވޯޓަކީވެސް
ޞައްޙަ ވޯޓުކަމަށާއި،
އަދި މިދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ ހެކިންގެ ތެރޭގައިވެސް ވޯޓު ނުލެވުނު
އެއްވެސް މީހެއްގެ ނަމެއް ނެތްކަމަށާއި،
cu o
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައިވާ ފަރާތްތަކަށް އެޤާނޫނުގެ
64 ވަނަ މާއްދާގެ (ހ) ގެދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިންތިޚާބީ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު
ތަނަވަސްވެފައި ވީނަމަވެސް ހައިކޯޓަށް މައްސަލައެއް ހުށަހަޅާނަމަ، އެމައްސަލައެއް ހުށަހަޅަންވާނީ ސަބަބާއި
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/08
OCOCCC
ތަފްޞީލާއި ހެއްކާއި އެކުގައިކަމަށާއި، އެހެންކަމުން، މިޝަކުވާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލެވެންނެތް
ކަނޑައަޅައިދިނުން އެދޭކަމުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމެވެ.
ޚި43 2
2 ހ 0
ކުފައެއްކަން
04 ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން މައްސަލަ ހުށަހެޅި އަލީ އާރިފުގެ
ފަރާތުންނާއި، މައްސަލަ ރައްދުވި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންނާއި، މައްސަލައިގެ ތެރެއަށް ތަދައްޚުލް
ވެފައިވާ ޙުސައިން ޢަރީފުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހަޅާފައިވާ ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި މިމައްސަލައާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
4.1. ފުރަތަމަ ކަމަކީ، ސިޓްރަސް ޢަލީ އާރިފުގެ ފަރާތުން ހުށަހަޅާފައިވާ މި ދަޢުވާއަށް
ބަލާއިރު، ހދ. ނޮޅިވަރަމް ދާއިރާގެ މާލެ ފޮށީ (ނަންބަރު B02.0.1) ގެ ވޯޓު ބާޠިލުކޮށް އަލުން ވޯޓުލުމަށް
އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅި ދަޢުވާ ބިނާކޮށްފައިވާ މައިގަނޑު
ސަބަބަކީ، ހދ. ނޮޅިވަރަމް ދާއިރާގެ މާލެ ފޮށީގެ ވޯޓުލުން ފެށިފައިވަނީ ވޯޓުލުން ފެއްޓޭނެކަމަށް އިލެކްޝަން
ކޮމިޝަނުން އިޢުލާނުކޮށްފައިވާ ވަގުތަށްވުރެ ފަހުންކަމަށްވާއިރު، ލަސްވި މިންވަރަށް ވަގުތު އިތުރުކޮށްދޭނެކަމަށް
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އިޢުލާނުކުރިނަމަވެސް އެވަގުތު ނުދީ 16:00 ގައި ކިޔު ބަންދުކުރުމު
ސަބަބުން އެހިނދު އެތަނުގައި ވޯޓުލާން ގޮސްތިބި އެތައް ބަޔަކަށް ވޯޓުނުލެވުމާއި، އަދި ކުރިން ވަގުތު
އިތުރުކުރާނެ ކަމަށްބުނެފައިވުމުގެ ސަބަބުން އެދާއިރާގެ އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެފަދަ ގިނަ ބަޔަކަށް
ވޯޓުލުމުގެ ޙައްޤު ގެއްލިފައިވާތީ، އަދި މިއިންތިޚާބުގެ ނަތީޖާ ދައްކާގޮތުން 1 ވަނައަށް ދިޔަ ކެންޑިޑޭޓާއި
ދެންތިބި ކެނޑިޑޭޓުންގެ މެދުގައި ތަފާތުވާ މިންވަރަކީ 22 (ބާވީސް) ވޯޓު ކަމަށްވެފައި އެފޮށްޓަށް ވޯޓުލުމުގެ
ޙައްޤު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 58 (ފަންސާސް އަށެއް) މީހަކަށް ވޯޓުލުމުގެ ޙައްޤު ގެއްލިފައިވާތީ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
2014/HC-I-SH/08
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
އެފަރާތްތަކަށް ވޯޓުލުމުގެ ޙައްޤު ލިބުނުނަމަ މިދާއިރާގެ ނަތީޖާއަށް ބަދަލު އައުމުގެ ފުރުސަތު އޮތްކަމަށް
ބުނެފައިވާ ބުނުންކަން އެނގޭކަމެވެ.
4.2. ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)
އާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއް ޞަ ޤާނޫނާއި ނުވަތަ އެ
ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ނުވަތަ އިންތިޚާބާ
ގުޅިގެން އެ ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން
އެ ކޮމިޝަނުން ނިންމި ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، ނުވަތަ އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަ
ނުޖެހޭނަމަ، އެ މައްސަލައަކާމެދު ގޮތެއް ނިންމައިދިނުމަށް އެދި އެ ޤާނޫނުގެ 6 ވަނަ މާއްދާގައި ބުނެފައިވާ
ފަރާތްތަކަށް ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) އާއި
(ށ) އިން ލިބިދީފައިވާކަމާއި،
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގައިވާ ގޮތުގެ މަތީން
އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާންކޮށްފައިވަނިކޮށް، އެޤާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ
މަތިން ޝަރީޢަތަށް ހުށަހަޅާ މައްސަލައެއްގައި؟
1. އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުން.
2. އިންތިޚާބީ ޙައްޤެއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައި
ރިޝްވަތު ދިނުން.
3. އިންތިޚާބުތަކާބެހޭ
ކާބެހޭ ޢާންމު ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ
އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ ޚިލާފަށް
އދ39 35
މަލުކުރުން.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/08
މިސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ވޯޓުލާ ސަރަޙައްދެއްގެ އިންތިޚާބުގެ
ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް ޝަރީޢަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން
އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑައަޅައިފިނަމަ، އެސަރަޙައްދެއްގެ އިންތިޚާބު
ބާޠިލުކޮށް، އަލުން އިންތިޚާބު ބާއްވަންވާނެކަން ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) އިން އެނގޭކަމާއި،
އެހެންކަމުން، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، އިންތިޚާބެއްގެ ރަސްމީ ނަތީޖާ
އިޢުލާންކޮށްފައިވަނިކޮށް، އެސަރަޙައްދެއްގެ އިންތިޚާބު ބާޠިލުކޮށް، އަލުން އިންތިޚާބު ބާއްވައި ދިނުމަށް އެދި
ހުށަހަޅާ މައްސަލައެއްގައި، އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުން، ނުވަތަ އިންތިޚާބީ
ޙައްޤެއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތު ދިނުން، ނުވަތަ
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިޚާބަކާބެހޭ
ޚާއްޞަ ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ ޚިލާފަށް ޢަމަލުކުރުމާއި، މިއިން ކަމެއް
ހިނގާފައިވުމަކީ، އޭގެ ޒާތުގައި އަދި އެކަމުގެ މައްޗަށް އެކަނި ބިނާކޮށް އިންތިޚާބެއްގެ އިޢުލާންކުރެވިފައިވާ
ރަސްމީ ނަތީޖާ ބާޠިލުކުރެވޭނެ ކަމެއް
ކަމެއްނޫންކަމާއި،
ނަމަވެސް، މިމާއްދާގައި ވާގޮތުން، އިންތިޚާބެއްގެ އިޢުލާންކުރެވިފައިވާ ރަސްމީ ނަތީޖާ
ބާޠިލުކޮށް، އަލުން އިންތިޚާބު ބޭއްވޭނީ، މިމާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް
މެދުވެރިވެގެން، ވޯޓުލާ ސަރަޙައްދެއްގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް
ޝަރީޢަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން
ކަނޑައަޅައިފިނަމަކަން އެނގޭކަމެވެ.
2
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
2014/HC-I-SH/08
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
4.3. ތިންވަނަ ކަމަކީ، ހދ. ނޮޅިވަރަމް ދާއިރާގެ މާލެ ފޮށީގެ ވޯޓު ބާޠިލުކޮށް އަލުން
އެފޮށީގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށްއެދި ހ. ސިޓްރަސް
ޢަލީ އާރިފުގެ ފަރާތުން ހުށަހެޅި މިމައްސަލަ ސާބިތުކުރުމަށް ހުށަހަޅާފައިވަނީ، އިލެކްޝަންސް ކޮމްޕްލެއިންޓްސް
ބިއުރޯގެ ނަންބަރު: 2014
/
58/NECB
/
PE
/
SJ ނިންމުމާއި، އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ
ނަންބަރު: 2014
/
61/NECB
/
PE
/
SJ ނިންމުމާއި، ހަވީރުގެ ނިއުސް ކަޓިންގ 22 މާރޗް 2014 އާއި،
އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ޢަލީ އާރިފު ހުށަހެޅި ޝަކުވާފޯމާއި، ހދ. ނޮޅިވަރަންފަރު
ޝިއުނާހައުސް އާދަމް މުޙައްމަދު ދީފައިވާ ބަޔާނާއި، މ. ބާރަނާގެއާގެ އަރުހަމު ޙުސައިން ދީފައިވާ ބަޔާނާއި
ހދ. ނޮޅިވަރަންފަރު، ނިރު މުޙައްމަދު ސައުދު ދީފައިވާ ބަޔާންކަމަށް ވާއިރު،
ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ މީހުންނަކީ، ވޯޓުލުން ފެށުނީ ލަހުންކަމާއި އަދި ލަސްވި
ވަގުތަށް އިތުރު ވަގުތުދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެފޮށްޓާއި ޙަވާލުވެ ތިބި އޮފިޝަލުން
އެސަރަޙައްދުގައި އިޢުލާންކޮށް އެގޮތަށް އެވާހަކަ ބުނެފައިވާކަން ސާބިތުކުރުމަށް ހުށަހަޅާ ހެކިންކަމަށްވާއިރު،
އެކަން އެގޮތަށް ހިނގާފައިވާކަން މިމައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކުގެ އިތުރުން އިލެކްޝަންސް
ކޮމިޝަނުގެ ބަހުންވެސް ސާފުކޮށް އެނގެން އޮތުމުން ޢަލީ އާރިފުގެ ފަރާތުން މައްސަލައާ ގުޅޭގޮތުން
ހުށަހެޅިފައިވާ ހެކިން ހާޒިރުކޮށް ޝަރީޢަތުގެ ފަރާތުން އިތުރަށް އެފަރާތްތަކުގެ ބަސް ހޯދަން
28
متر مسمار
< < 0 < >
ނުފެންނަކަމެވެ.
1438
4.4. ހަތަރުވަނަ ކަމަކީ، ހދ. ނޮޅިވަރަމް ދާއިރާގެ މާލެ ފޮށްޓާއި ޙަވާލުވެތިބި
އިލެކްޝަންސްގެ އޮފިޝަލުން ންކުރުމަށް ގެނެސްފައިވާ ނެޓްބުކަށް ކަރަންޓު ނުލިބުމުގެ ސަބަބުން އެފޮށީގެ
ވޯޓުލުން ފެށުން ލަސްވިކަމާއި ވޯޓުލާން ފެށިފައިވަނީ 8:35 ގައި ކަމާއި، ވޯޓު ފޮށީގެ ކިރު ބަންދުކުރާ
ގަޑިއަކީ 16:35 ކަމަށް އެސަރަޙައްދުގައި އިޢުލާންކުރެވުނުކަމާއި، އަދި އެއަށްފަހު، ލަސްވި ވަގުތު ދޭނެކަމަށް
ބުނެ އެސަރަޙައްދުގައި އިޢުލާންކުރި ކުރުން ރަނގަޅުކޮށް، ކިޔު ބަންދުކުރާ ގަޑިއަކީ 16:00 ކަމަށް އަލުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/08
އެކަމާބެހޭ=<
އެކަމެބޮހޭގެތުން
އެސަރަޙައްދުގައި އިޢުލާންކުރެވުނުކަމާއި، މިގޮތަށް އެސަރަޙައްދުގައި އިޢުލާންކުރިއިރުވެސް، ކުރިއްސުރެ
އެސަރަޙައްދުގައި ތިބި ކެންޑިޑޭޓުންގެ މަންދޫބުން ތިބިކަމާއި، ނަމަވެސް އޭރުވެސް އަދި ފަހުންވެސް
އެގޮތުން ޢަލީ އާރިފުގެ ފަރާތުން އަދި އެހެން ކެންޑިޑޭޓެއްގެ ފަރާތުންވިޔަސް 27 މާރޗް 2014 އާ
ހަމައަށް ޝަކުވާއެއް ހުށަހަޅާފައިވާކަން އެނގެން ނެތްކަމާއި،
މިމައްސަލާގައި ހިމެނޭ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިއުންތަކަށް
ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2014 ގެ ވޯޓުލުން ބޭއްވުނު ދުވަސްކަމުގައިވާ 22 މާރޗް
2014 ގައި، މިމައްސަލާގައި ބަޔާންކޮށްފައިވާ ހދ. ނޮޅިވަރަމް ދާއިރާގެ ނަންބަރު B02.0.1 ވޯޓު ފޮށްޓާއި
ތުން ހުށަހެޅިފައިވަނީ އެއްމެ ޝަކުވާއެއްކަމާއި، އެޝަކުވާއަކީ ވޯޓު ފޮށި ބަންދުކުރުމަށްފަހު،
ކައުންޓަރ ފޮއިލް އަޅާ ސިޓީއުރަ ސިލްނުކޮށް، ވޯޓު ގުނުމުގެ ކަންތައް ކުރިއަށް ގެންގޮސްފައިވުމާއި، ބައެއް
ވޯޓުކަރުދާސްތައް ކައުންޓަރ ފޮއިލާއެކު ހުރުމުން އެއީ ވަކި ބަޔަކަށް ހެޔޮއެދުމުގެ ގޮތުން ގަސްދުގައި ކޮށްފައިވާ
މިކަންތައްތަކަކީ މިދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓުންގެ ޙައްޤަށް އުނިކަން އަންނަ
ކަންތައްތަކަކަށްވާތީ އެމައްސަލަ ބަލައިދިނުމަށް އެދި އަދާލަތު ޕާޓީން 22 މާރޗް 2014 ގައި ހުށަހެޅި
މަށްވާއިރު، އެޝަކުވާވެސް އަދި ޢަލީ އާރިފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި
ހުށަހަޅާފައި މިވާ ޝަކުވާވެސް އެދުވަހު ކޮށްފައިވާކަން އެނގެން ނެތްކަމާއި، ނަމަވެސް އެދުވަހު ވޯޓުލާން ދިޔަ
ބަޔަކަށް ވޯޓުނުލެވި ދިޔަނަމަ އެކަމުގެ ޝަކުވާއަކީ އެހިނދުން އެހިނދަށްވެސް ހުށަހެޅިފައިވާނެ
ޤީޅގތ
މ 4
2 ހދه
ކމއޗ2
ހމަތުކޮށް،
08ޅހ2
ލބފއއޅ2
ޝަކުވާއެއްކަމަށް ޤަބޫލުކުރެވޭކަމެވެ.
COC
4.5. ފަސްވަނަ ކަމަކީ، ވޯޓުލާން ފެށުމަށް ހަމަޖައްސާފައިވާ ގަޑި އިދާރީ ސަބަބަކާހުރެ
ލަސްވާގޮތް ދިމާވެއްޖެނަމަ ޢަމަލުކުރާ އުޞޫލަކީ ލަސްވި ވަގުތުގެ ބަދަލުގައި އިތުރު ވަގުތު ދިނުމަށްފަހު ކިޔު
ބަންދުކުރުންކަމާއި، ނަމަވެސް ލަސްވި ވަގުތުގެ ބަދަލުގައި ވަގުތު ނުދީ 16:00 ގައި ކިޔާ ބަންދުކޮށްފައިވާކަން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
هއ
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/08
އެނގޭކަމާއި، އަދި އެކަން އެގޮތަށް ހިނގާފައިވާކަމާމެދު އިލެކްޝަންސް ކޮމިޝަނުންވެސް ދެބަސްވެފައި
ނުވާއިރު،
ކަން ހަމަ
ވޯޓުލާން ފެށުން ލަސްވި ވަގުތުގެ ބަދަލުގައި ވަގުތު ދޭނެކަމަށް އެސަރަޙައްދުގައި
އިޢުލާންކުރުމަށްފަހު، ފަހުން އެކަން ރަނގަޅުކޮށް ކިޔާ ބަންދުކުރާ ގަޑިއަކީ 16:00
އެސަރަޙައްދުގައި އިޢުލާންކުރެވިފައިވާކަމާއި، އަދި 16:00 އަކީ ކިޔު ބަންދުކުރާނެކަމަށް އިލެކްޝަންސް
ކޮމިޝަނުން އާންމުކޮށް އަންގައި އިޢުލާންކޮށްފައިވާ ގަޑިކަން މިމައްސަލައިގެ ލިއުންތަކުންނާއި
މިމައްސަލައާގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެކެވިފައިވާ ވާހަކަތަކުން އެނގޭކަމާއި،
އިލެކްޝަންސް ކޮމިޝަނުގެ އިދާރީ ސަބަބަކާހުރެ ވޯޓުލާން ފެށުނު ގަޑި ލަސްވެފައިވާއިރު،
މިފަދަ ޙާލަތުތަކުގައި ޢަމަލުކުރަން އޮންނަ އުސޫލާ ޚިލާފަށް، ލަސްވި ވަގުތަށް ވަގުތުނުދީ 16:00 ގައި ވޯޓު
ފޮށީގެ ކިރު ބަންދުކޮށްފައިވާކަން އެނގެންއޮތްނަމަވެސް އެމިންވަރަކީ އިޢުލާނުކުރެވިފައިވާ ހދ. ނޮޅިވަރަމް
ދާއިރާގެ މާލޭގައި ބެހެއްޓުނު ވޯޓުފޮށީގެ އިޢުލާންކުރެވިފައިވާ ރަސްމީ ނަތީޖާ ބާޠިލުކޮށް އަލުން މިދާއިރާގެ
މިމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރުމަށް ފުދޭ މިންވަރެއްތޯ ނުވަތަ ނޫންތޯ
ބަލަންޖެހޭކަމާއި، އެހެންކަމުން އެކަމުގެ މައްޗަށް ބަލާއިރު،
އިންތިޚާބެއްގެ ރަސްމީ ނަތީޖާ ޤާނޫނުގައިވާ ގޮތުގެ މަތީން އިޢުލާނުކޮށްފައިވަނިކޮށް، އެ
އެސަރަޙައްދެއްގެ އިންތިޚާބު ބާޠިލުކޮށް އަލުން އިންތިޚާބު ބާއްވަން އަމުރެއްކުރެވޭނީ ޤާނޫނު ނަންބަރު
11/2008 އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ސަބަބުތަކުންކުރެ
އެ ވޯޓުލާ ސަރަޙައްދުގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް
ފޯރާފައިވާކަމަށް ޝަރީޢަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލުއަތުވެދާނެކަމަށް
ޝަރީޢަތުން ކަނޑައަޅާ ޙާލަތުގައިކަން އެނގޭކަމާއި،
ވުމާއެކު، އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރާ ގޮތާ ޚިލާފަށް މިފޮށީގެ ވޯޓުލާން
ފެށުނުގައި ލަސްވެގެންދިޔަ ވަގުތު ނުދީ 16:00 ގައި ވޯޓު ފޮށީގެ ކިރު ބަންދުކުރިކަން އެނގެންއޮތުމުގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/08
އިތުރަށް، އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަން ޝަރީޢަތަށް
ސާބިތުވާން ތޯއާއި އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެތޯ ނުވަތަ ނޫންތޯ
މިފަދަ މައްސަލަތަކުގައި ހައިކޯޓުން ބަލަންޖެހޭކަމެވެ.
80ވ
އިeeއ
4.6. ހަވަނަ ކަމަކީ، ޢަލީ އާރިފުގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ލިއުންތަކަށާއި
ހެކިންގެ ހެކިބަހަށް ބަލާއިރު، ވޯޓުލާން ފެށުން ލަސްވި ވަގުތުގެ ބަދަލުގައި ވަގުތު ނުދީ 16:00 ގައި
ވޯޓުފޮށީގެ ކިޔު ބަންދުކުރުމުގެ ސަބަބުން އެދާއިރާގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ނުވަތަ ނުފޫޒެއް
ފޯރައި، ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ޤަބޫލުކުރަންޖެހޭ ފަދަ ހެކި ހުށަހަޅާފައިނުވާކަމާއި،
ޢަލީ އާރިފުގެ ދަޢުވާގައި، އެ ފޮށްޓަށް ވޯޓުލުމަށް 490 (ހަތަރުސަތޭކަ ނުވަދިހަ) މީހުން
ރަޖިސްޓްރީ ކޮށްފައިވާއިރު، ވޯޓުލާފައިވަނީ 432 (ހަތަރުސަތޭކަ ތިރީސްދޭއް) މީހުންކަމުން 58 (ފަންސާސް
އަށެއް) މީހަކަށް ވޯޓު ނުލެވިވާކަމަށް ބުނެފައިވީނަމަވެސް، 16:00 ގައި ވޯޓުފޮށީގެ ކިޔު ބަންދުކުރިފަހުން
އެފޮށްޓަށް އެއްވެސް މީހަކު އަދި އެއްވެސް ބަޔަކުވިޔަސް ވޯޓުލާން ގޮސްފައިވާކަމާއި އަދި ކިޔާ ބަންދުކުރުމުގެ
ސަބަބުން އެމީހުންނަށް ވޯޓުލެވިފައިނުވާކަމުގެ މައްޗަށް ޢަލީ އާރިފުގެ ފަރާތުން ހެކި ހުށަހަޅާފައިނުވާކަމެވެ.
47. ހަތްވަނަ ކަމަކީ، މިމައްސަލާގައި ބަޔާންކޮށްފައިވާ ނަންބަރު B02.0.1 ވޯޓު ފޮށީގެ
ކަންހިނގާދިޔަގޮތުގެ ދެ ރިޕޯޓެއް އޮތްއިރު، އެއް ރިޕޯޓަކީ މި ވޯޓު ފޮށި ބަންދުކުރުމަށްފަހު، ކައުންޓަރ ފޮއިލް
އަޅާ ސިޓީއުރަ ސިލްނުކޮށް، ވޯޓު ގުނުމުގެ ކަންތައް ކުރިއަށް ގެންގޮސްފައިވުމާއި، ބައެއް ވޯޓު ކަރުދާސްތައް
ކައުންޓަރ ފޮއިލާއެކު ހުރުމުން އެއީ ވަކި ބަޔަކަށް ހެޔޮއެދުމުގެ ގޮތުން ގަސްދުގައި ކޮށްފައިވާ ކަމެއްކަމަށް
ތުހުމަތުކޮށް، މިކަންތައްތަކަކީ މިދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓުންގެ ޙައްޤަށް އުނިކަން އަންނަ
ކަންތައްތަކަކަށްވާތީ އެމައްސަލަ ބަލައިދިނުމަށް އެދި އަދާލަތު ޕާޓީން 22 މާރޗް 2014 ގައި ހުށަހެޅި
ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ބެލުމަށްފަހު، މިފޮށީގެ ޚާއްޞަ ސެކިއުރިޓީ
ދهވެފައއ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޝިކާފައއި
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/08
އުރަ ކަނޑަން ފެންނަކަމަށް އެބިއުރޯއިން ނިންމުމާ ގުޅިގެން، 27 މާރޗް 2014 ގައި، ޚާއްޞަ ސެކިއުރިޓީ
އުރަ ކަނޑައި، ވޯޓު ކަރުދާސްތައް އަލުން ގުނުމަށްފަހު ތައްޔާރުކޮށްފައިވާ "ކަންހިނގާދިޔަގޮތުގެ ރިޕޯޓް"
ކަމާއި، މިރިޕޯޓަށް ބަލާއިރު މިރިޕޯޓުގައި ޢަލީ އާރިފުގެ ބަދަލުގައި ހާޒިރުވި ފަރާތުން ސޮއިކޮށްފައިވާކަމާއި،
މިފޮށީގެ ސައްޙަ ވޯޓުގެ އަދަދަކީ ވަގުތީ ނަތީޖާ ޝީޓުގައިވާފަދައިން 432 (ހަތަރުސަތޭކަ ތިރީސްދޭއް) ކަމާއި،
ބާޠިލް ވޯޓެއް ނެތްކަން އެނގެން އޮތުމުން، މިފޮށްޓަށް ލެވުނު ވޯޓުގެ ޞައްހަކަމާމެދު ސުވާލުއުފެދުމުގެ ޖާގަ
އޮތްކަމަށް ނުފެންނަކަމާއި،
ކަންހިނގާދިޔަގޮތުގެ ދެވަނަ ރިޕޯޓަކީ ވޯޓު ނަގާ ހުރިހާ ސަރަޙައްދުތަކެއްގައިވެސް
ތައްޔާރުކުރެވޭ ބީދައިން މި ވޯޓުފޮށްޓަށް ތައްޔާރުކުރެވުނު "ކަންހިނގާދިޔަގޮތުގެ ރިޕޯޓް" ކަމާއި، މިރިޕޯޓަށް
ބަލާއިރު، މި ވޯޓުފޮށި ބެހެއްޓިފައިވަނީ އިސްކަންދަރު ސްކޫލުގައިކަމާއި، ވޯޓުލާން ފެށުނީ 8:35 ގައިކަމާއި،
އަދި އެތަނުގައި އެއްވެސް މައްސަލައެއް ދިމާވެ، ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލެއް ހިނގާފައިވާކަން
ބަޔާންކޮށްފައިނުވާއިރު، މި ރިޕޯޓުގައިވެސް ޢަލީ އާރިފުގެ މަންދޫބުން ސޮއިކޮށްފައިވާކަމާއި،
ވޯޓުލުން އޮތީ 22 މާރޗް 2014 ވަނަ ދުވަހު ކަމަށްވާއިރު، އިސްކަންދަރު ސްކޫލުގައި
ބެހެއްޓިފައިވާ ހދ. ނޮޅިވަރަމް ދާއިރާގެ ނަންބަރު B02.0.1 ވޯޓު ފޮށްޓަށް ވޯޓުލާން ފެށިފައިވަނީ 8:37
ގައި ކަމަށާއި، އަދި ވޯޓުލާން ފެށުމުގެ ކުރިން، ވޯޓުފޮށި ބަންދުކުރާނީ 16:37 ގައި ކަމަށް ބުނެފައިވާކަމަށާއި،
ނަމަވެސް ވޯޓުފޮށި ބަންދުކޮށްފައިވަނީ، އިޢުލާންކުރިގޮތާ ޚިލާފަށް 16:00 ގައި ކަމަށާއި، އެކަމާ ގުޅިގެން
އެތައް ބަޔަކަށް ވޯޓުލެވިފައިނުވާކަމަށް ބުނެ، ޢަލީ އާރިފުގެ ފަރާތުން ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް
ޝަކުވާ ހުށަހަޅާފައިވަނީ 27 މާރޗް 2014 ގައިކަމާއި، އޭގެކުރިން ޢަލީ އާރިފުގެ ފަރާތުން އެފަދަ
ކޮށްފައިވާކަން އެނގެންނެތްއިރު، ޢަލީ އާރިފުގެ ފަރާތުން ހުށަހެޅި އެޝަކުވާ އަށާއި އެޝަކުވާ
ބަލައި އެބިއުރޯއިން ނިންމާފައިވާ ނިންމުމަށް ބަލާއިރުވެސް، ހެކީގެގޮތުގައި ހުށަހަޅާފައިވަނީ އެފޮށްޓަށް
ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވޯޓުނުލައިވާ ފަރާތްތަކުގެ ނުވަތަ ފަރާތްތަކެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/08
» 2 92
ނަންތައްކަމާއި، ނަމަވެސް 16:00 ގެ ފަހުން ވޯޓުލާން ގޮސް ވޯޓު ނުލެވުނުކަމަށްބުނާ މީހަކު ޢަލީ އާރިފުގެ
ފަރާތުން ހުށަހަޅާފައި ވާކަން އެނގެންނެތްކަމާއި،
ޢަލީ އާރިފު ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅި ޝަކުވާ
ބެލުމަށްފަހު، އެބިއުރޯއިން ނިންމި އެޝަކުވާގެ ރިޕޯޓަށް ބަލާއިރު، 16:00 ގެ ފަހުން އެފޮށްޓަށް ވޯޓުލާން
ގޮސްފައިވަނީ އެއްމެ މީހަކުކަމާއި،
އެހެންކަމުން، މިމައްސަލަ ހުށަހެޅި ޢަލީ އާރިފުއާއި، އިންތިޚާބު ކާމިޔާބުކުރިކަމަށް
އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ހދ. ނޮޅިވަރަން ދިވެހި ޙުސައިން ޢަރީފުއާ ދެމެދު 22
(ބާވީސް) ވޯޓުގެ ތަފާތުއޮތްއިރު، ވޯޓުލާން ފެށުން ލަސްވި ވަގުތުގެ ބަދަލުގައި އިތުރު ވަގުތު ނުދީ، ވޯޓު
ފޮށިތަކުގެ ކިޔު ބަންދުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ޢާންމުކޮށް
ޢާންމުކޮށް އިޢުލާންކޮށްފައިވާ
ގަޑިކަމުގައިވާ 16:00 ގައި މި ވޯޓު ފޮށީގެ ކިރު ބަންދުކުރުމުގެ ސަބަބުން، ވޯޓުލާންދިޔަ ބަޔަކަށް ވޯޓު ނުލެވި
ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ނުރަނގަޅު އަސަރެއް ފޯރައި، އިންތިޚާބުގެ ނަތީޖާއަށް
ބަދަލުއަތުވެދާނެކަމަށް
ވެދާނެކަމަށް ޤަބޫލުކުރަންޖެހޭފަދަ ޢަލީ އާރިފުގެ ފަރާތުން ހުށަހެޅިފައިނުވާކަމާއި، އަދި
އެފަދަ ކަންތައްތަކެއް ފެންނަން ނެތްކަން ފާހަގަކުރެވޭކަ .
އެކަމުގެ
ކަންތައްތަކެއް
ޙުކުމް.
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބު 2014 ގެ ހދ. ނޮޅިވަރަމް ދާއިރާގެ މާލެ ފޮށީގެ ވޯޓުލުން ފެށުން ލަސްވި ވަގުތު ނުދީ،
އިލެކްޝަންސް ކޮމިޝަނުން ކުރިން އިޢުލާންކޮށްފައިވާ ގޮތުގެ މަތިން 16:00 ގައި ވޯޓު ފޮށީގެ ކިޔު
ބަންދުކޮށްފައިވާކަމާއި، އެކަން އެގޮތަށް ހިނގާފައިވަނީ، އެފަދަ ހާލަތްތަކުގައި އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން ޢަމަލުކުރާ އުސޫލާ ޚިލާފަށްކަން އެނގެން އޮތްނަމަވެސް، ވޯޓުލާން ފެށުން ލަސްވި ވަގުތުގެ
ބަދަލުގައި އިތުރު ވަގުތު ދޭނެކަމަށް އެސަރަޙައްދުގައި އިޢުލާންކުރުމަށްފަހު، ފަހުން އެކަން ރަނގަޅުކޮށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-I-SH/08
ބަންދުކުރާ ގަޑިއަކީ 16:00 ކަން ހަމަ އެސަރަޙައްދުގައި އިޢުލާންކުރެވިފައިވާކަމާއި، 16:00 އަކީ ކިޔު
ބަންދުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އަންގައި އިޢުލާންކޮށްފައިވާ ގަޑިކަން އެނގެން
އޮތުމުންނާއި، އަދި ޢަލީ އާރިފާއި، މިދާއިރާގެ އިންތިޚާބު ކާމިޔާބުކުރިކަމަށް އިލެކްޝަންސް ކޮމިޝަނުން
އިޢުލާންކޮށްފައިވާ ޙުސައިން ޢަރީފާ ދެމެދު 22 (ބާވީސް) ވޯޓުގެ ފަރަޤު އޮތްއިރު، 16:00 ގެ ފަހުން
އެފޮށްޓަށް ވޯޓުލުމަށް ގޮސްފައިވަނީ އެއްމެ މީހަކުކަމާއި، އިތުރު ބަޔަކު 16:00 ގެ ފަހުން ވޯޓުލުމަށް
ދިޔަކަމެއް އަދި 16:00 ގައި ކިޔާ ބަންދުކުރުމުގެ ސަބަބުން އެފަރާތްތަކަށް ވޯޓު ނުލެވިވާކަން އެނގެން
ނެތުމުން، މިކަންކަމުގެ މައްޗަށް ބަލާއިރު، ވޯޓުލާން ފެށުން ލަސްވި ވަގުތުގެ ބަދަލުގައި އިތުރު ވަގުތު ނުދީ
16:00 ގައި ވޯޓު ފޮށީގެ ކިރު ބަންދުކުރުމުގެ ސަބަބުން، ވޯޓުލާންދިޔަ ބަޔަކަށް ވޯޓު ނުލެވި އެކަމުގެ
ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ނުރަނގަޅު އަސަރެއް ފޯރައި، އިންތިޚާބުގެ ނަތީޖާއަށް ބަދަލުއަތުވެދާނެކަމަށް
ބޫލުކުރަންޖެހޭފަދަ ކަންތައްތަކެއް
ތަކެއް ޢަލީ އާރިފުގެ ފަރާތުން ހުށަހެޅިފައިނުވާތީއާއި އަދި އެފަދަ ކަންތައްތަކެއް
ފެންނަން ނެތުމުން، ޢަލީ އާރިފުގެ ފަރާތުން ހުށަހަޅާފައިވާ ފަދައިން، 2014 މާރޗް 22 ގައި ބޭއްވި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ހދ. ނޮޅިވަރަމް ދާއިރާގެ މާލެ ފޮށީ (ނަންބަރު B02.0.1) ގެ ވޯޓު
ބާޠިލްކޮށް އެދާއިރާގެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާނެ ތަނެއް
ނެތްކަމަށް މިމައްސަލަ ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،
ޙުކުމްކޮށްފީމެވެ.
Ox.
CO
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv