ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/46 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/46
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 46/HC-A/2012
އިސްތިއުނާފުކުރި ފަރާތް:
* ނަން: ސިވިލް ސަރވިސް ކޮމިޝަން
* ދާއިމީ އެޑްރެސް: މާލެ
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އަޙްމަދު ރަޝީދު
| އައިޑީ ކާޑު ނަންބަރު: A328996
ދާއިމީ އެޑްރެސް: ށ.މިލަންދޫ ފެޝަން
މިހާރުގެ އެޑްރެސް: ހ.އެމްބްރީޒް
ރަޖިސްޓްރީ ތާރީޚް: 28 ރަބީޢުލްއައްވަލު 1433
ނިމުނު ތާރީޚް: 08 ރަބީޢުލްއައްވަލު 1434
ޖެނުއަރީ 2013
20
2012
2(
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/VTR/132
ނިންމެވި ކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ މައްސަލަ
0
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޔޫސުފު ޙުސައިން، ފަނޑިޔާރު: ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
2012/HC-A/46
ދަޢުވާގެ ޚުލާޞާ
22 / /
08
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/132 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުން އެދި
ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ށ.މިލަންދޫ ފެޝަން އަޙްމަދު ރަޝީދެވެ.
ފާހަގަކުރެވުނު ނުކުތާތައް
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/132 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ "އަޙްމަދު ރަޝީދު މިނިސްޓްރީ އޮފް ފިނޭންސް އެންޑް
ޓްރެޝަރީގައި އެސިސްޓެންޓް އޮޑިޓް އެކައުންޓެންޓްގެ މަޤާމު އަދާކުރަމުން އަންނަނިކޮށް، 07 އޮގަސްޓު
2011 ގައި އޭނާ އެ މަޤާމުން ވަކިކޮށްފައިވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާ
ޚިލާފަށްކަމަށްބުނެ، އޭނާގެ ގެއްލިފައިވާ ވަޒީފާ އަނބުރާ ލިބިދިނުމަށާއި، ވަޒީފާގެ ޤަވާޢިދުތަކާ ޚިލާފަށް
ސިވިލް ސަރވިސް ކޮމިޝަނުން ޢަމަލުކޮށްފައިވާނަމަ އެފަރާތަށް ޙައްޤުވާ އަދަބު ލިބިދިނުމަށް އެދި،
އަޙްމަދު ރަޝީދު ހުށަހެޅުމުން" ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި ،
00
އެމައްސަލައިގައި ނިންމަވާފައިވަނީ "ދެންފަހެ، މައްސަލަ ހުށަހެޅި އަޙްމަދު ރަޝީދު
އަދާކުރަމުން ދިޔަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އެސިސްޓެންޓް އޯޑިޓް
އެކައުންޓެންޓްގެ މަޤާމުން އޭނާ ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ
މާއްދާގެ (ނ) ގެ 03 ވަނަ ނަންބަރާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2010 ގެ 114 ވަނަ
މާއްދާގެ (ހ) ގެ ދަށުންކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާއިރު، ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 03 ވަނަ ނަންބަރާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުންގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
3
2012/HC-A/46
114 ވަނަ މާއްދާގެ (ހ) އަކީ މުވައްޒަފެއްގެ އަޚްލާޤީ މިންގަނޑަށް ބަލައި މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގެ އިޚްތިޔާރު ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދޭ 02 މާއްދާއެއްކަން އެނގެން އޮވެމެ،
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފަކު ތަބާވާންޖެހޭ އަޚްލާޤީ މިންގަނޑަށް ތަބާނުވާ ޙާލަތުގައި
އިޞްލާޙީ ފިޔަވަޅެއްގެ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރަންޖެހޭ ޙާލަތުގައި ޢަމަލުކުރަންޖެހޭ ގޮތް
ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2010 ގެ ޗެޕްޓަރު 24 ގައި ބަޔާންކޮށްފައި އޮތުމުން، ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 03 ވަނަ ނަންބަރާއި، ދިވެހި ސިވިލް
ސަރވިސްގެ ޤަވާއިދު 2010 ގެ 114 ވަނަ މާއްދާގެ (ހ) ގެ ދަށުން މުވައްޒަފަކާމެދު ފިޔަވަޅު
އެޅުމުގައި ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2010 ގެ ޗެޕްޓަރ 24 ގައި ބަޔާންކޮށްފައިވާ ގޮތުގެ
މަތިން ސިވިލް ސަރވިސް ކޮމިޝަނުން ޢަމަލުކުރަންޖެހޭކަމަށް ދެކޭ ހިނދު، އެގޮތުގެ މަތިން އަޙްމަދު
ރަޝީދާމެދު ފިޔަވަޅު އަޅާފައި ނުވުމާއި، އޭނާ ކުރިކަމަށް ބުނާ ޢަމަލުތަކަކީ ދިވެހި ސިވިލް
ސަރވިސްގެ މުވައްޒަފަކު ވަގުތުން ވަޒީފާއިން ވަކިކުރަން ފިޔަވަޅު އެޅިދާނެފަދަ ޢަމަލުތަކެއްކަން
މައްސަލަ ރައްދުވި ފަރާތުން ސާބިތުކޮށްދީފައި ނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް
ރިޢާޔަތްކޮށް މައްސަލަ ހުށަހެޅި އަޙްމަދު ރަޝީދު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ
ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ
މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކޮށް، އަޙްމަދު ރަޝީދު ކުރިން އަދާކުރަމުން ދިޔަ
ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި
ނުބެލުމަށާއި، 07 އޮގަސްޓު 2011 ން 09 ޖެނުއަރީ 2012 ގެ ނިޔަލަށް އަޙްމަދު ރަޝީދަށް
މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ، 05 ޖެނުއަރީ 2012 ވަނަ ދުވަހުން ފެށިގެން
10 (ދިހައެއް) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ އޭނާއަށް ދީ ޚަލާޞް ކުރުމަށްފަހު އެކަން 3
(ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، ސިވިލް ސަރވިސް
ކޮމިޝަނަށް އަންގައި އަމުރުކުރަމެވެ." މިފަދައިންނެވެ.
0x3
02- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/132 މައްސަލަ ނިމިފަވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކޮށްދިނުން އެދި
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2012/HC-A/46
ހައިކޯޑު
ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ
ނަންބަރާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2010 ގެ 114 ވަނަ މާއްދާގެ (ހ) ގެ ދަށުން
މުވައްޒަފަކާމެދު ފިޔަވަޅު އެޅުމުގައި ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2010 ގެ ޗެޕްޓަރ 24
ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ޢަމަލުކުރަން ޖެހޭނެކަމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލައިގެ ނިންމުމުގައި ފާހަގަކުރެއްވިނަމަވެސް، ސިވިލް ސަރވިސް
ޤަވާޢިދުގެ 114 ވަނަ މާއްދާގެ (ށ) ގައި މުވައްޒަފެއްގެ މަސައްކަތު އެކަށީގެން ނުވާކަމަށް ބަޔާންކު
ދެ ޙާލަތަކީ ޗެޕްޓަރ 24 ގައި ބަޔާންކުރާ ޙާލަތްތަކުގެ ތެރޭގައި ހިމެނޭ ދެ ޙާލަތަކަށް ނުވާތީ،
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމަވާފައިވަނީ ސިވިލް ސަރވިސް ޤަވާއިދުގެ 114 ވަނަ
މާއްދާއަށް ބައްލަވަން ޖެހޭ މިންވަރަށް ނުބައްލަވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލައިގެ ނިންމުމުގައި އަޙްމަދު ރަޝީދު
ވަޒީފާއިން ވަކިކޮށްފައިވަނީ ސިވިލް ސަރވިސްގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ފިޔަވަޅު އެޅިދާނެ
ޢަމަލުތަކެއްކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ސާބިތު ކޮށްދީފައިނުވާތީ ކަމަށް ބަޔާން
ކޮށްފައިވީނަމަވެސް، އެމުވައްޒަފުގެ އެ ޢަމަލު އެކަށީގެންވާ މިންވަރަށް ސާބިތުކޮށްދިނުމަށް ޝަފަހީ
ހެއްކާއި، ކިތާބީ ހެކި ސިވިލް ސަރވިސް ކޮމިޝަނުން ޓްރައިބިއުނަލަށް ހުށަހެޅިފައި ވާއިރު،
އެކަންތައްތަކަށް ރިޢާޔަތް ނުކުރައްވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
03- މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/132
މައްސަލަ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ސިވިލް ސަރވިސް ކޮމިޝަންގެ
ފަރާތުން އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެއި
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/46
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
02c
0 0 2 0
(ހ) ފުރަތަމަކަމަކީ، ށ.މިލަންދޫ ފެޝަން އަޙުމަދު ރަޝީދަކީ މިނިސްޓްރީ އޮފް ފިނޭންސް
އެންޑް ޓްރެޜަރީގެ އެސިސްޓެންޓް އޮޑިޓްއެކައުންޓެންޓްގެ މަޤާމު އަދާކުރަމުންދިޔަ މުވައްޒަފެއްކަމާއި،
07 އޮގަސްޓު 2011 ވަނަ ދުވަހު އަޙުމަދު ރަޝީދު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި
އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވާކަމާއި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން،
އެމުވައްޒަފަކު ހުށައަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ
އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، އެހެނިހެން ޙާލަތްތަކުގައި ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން
ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންވެގެން އޮންނަކަމާއި، އަޙުމަދު ރަޝީދު ވަޒީފާއިން
ވަކިކޮށްފައިވަނީ އޭނާ ޤަވާޢިދާއި ޚިލާފަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓެރަޒަރީގެ
އެމިނިސްޓްރީގެ އެޗް އާރު ޑޭޓާބޭސް އަށް އެކްސެސްވެ އެހެން މުވައްޒަފުންގެ
ފޮޓޯނަގައި އެފަރާތްތަކަށް އީމެއިލް ކޮށްފައިވުމާއި،އެޗް،އާރު ޑޭޓާބޭސް ބެކްއަޕް ފައިލެއް ޕާސަނަލް ހާޑް
ޑިސްކަށް ކޮޕީ ކޮށްފައިވުމާއި، ރިމޯޓުކޮށް އެކި ސިސްޓަމްތަކަށްވަދެ ފައިލްތައް ޓްރާންސްފަރ ކުރެވޭފަދަ
ސޮފްޓްވެއަރ އެއް އިންސްޓޯލްކޮށް އެހެން ސިސްޓަމްތަކަށް ވަދެފައިވާކަމުގެ ހެކިތައް ހުރުމުގެ އިތުރުން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ އިންޓަރނަލް އޮޑިޓް ސެކްޝަނުގައި މަސައްކަތްކުރާ 3
މުވައްޒަފުން ދިން ބަޔާނުގެ މައްޗަށް ބިނާކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން
ތައްޔާރުކޮށްފައިވާ ރިޕޯޓުން އަޙުމަދު ރަޝީދު އެފަދައިން ޢަމަލުކޮށްފައިވާކަން ސާބިތުވާތީ އަޙުމަދު
ރަޝީދުގެ އެޢަމަލަކީ ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފު ޢަމަލެއްކަމުގައިވާދިއްޖޭގެ
o ecc
ޑ 2
2
0
2
0
سرعم مطهر سر مار کر
Loox
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2012/HC-A/46
ދިވެހި ސިވިލްސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ 3 ވަނަ ނަންބަރާއި ދިވެހި ސިވިލް
ސަރވިސްގެ ޤަވާޢިދު 2010 ގެ 114 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންކަމަށް ސިވިލް
ސަރވިސް ކޮމިޝަނުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައި އޮންނަކަން އެނގޭކަމެވެ.
24 2
(ނ) ދެވަނަކަމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި، ޤާނޫނު
ނަންބަރ 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި މި ދެޤާނޫނަކީވެސް ދިވެހި ސިވިލް
ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މައްޗަށް ހިންގޭނެ ދެޤާނޫނު ކަމާއި، މިގޮތުން ވަޒީފާއާބެހޭ
ޤާނޫނުގައި އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާއަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން
ވަކިކޮށްގެން ނުވާނެކަމަށް ބަޔާންވެގެން އޮންނައިރު، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު ގެ 47 ވަނަ
މާއްދާގައި " ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނީ، މިޤާނޫނާއި ދިވެހި
ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިންކަމަށް އޮންނަކަމާއި، އަދި އެމާއްދާގެ (ނ) ގައި
ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރެވިދާނެ ސަބަބުތައް
ބަޔާންކޮށްފައިވާއިރު، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާއި،
ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަން ސިވިލް ސަރވިސް ކޮމިޝަނަށް
ސާބިތުވުމަކީ ސިވިލް ސަރވިސްގެ ވަޒީފާއިން މުވައްޒަފަކު ވަކިކުރެވިދާނެ ސަބަބެއްކަން ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރަށް ބެލުމުން އެނގެން
0%
0
% ހދޑ 2
އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ
18 ވަނަ މާއްދާގެ (ޅ) އިން ބާރު ލިބިގެން އެކުލަވާލާފައިވާ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު
2010 އަށް ބަލާއިރު، އެޤަވާޢިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިވިލް ސަރވިސް
މުވައްޒަފުން ޚިދުމަތްކުރުމުގެ އުސޫލުތަކުގެ (ނ) ގައި ކޮންމެ މުވައްޒަފަކުމެ ދިވެހި
0x 0 20
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
،ދިވެހިޔާއްގެ
2012/HC-A/46
O O O X
0
31
02
xހ4
یہ کوفی
ސަރވިސްގެ ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް) އަށާއި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދަށް
ޙުރުމަތްތެރިކޮށް ހިތަންވާނެކަމަށް ބަޔާންވެގެން އޮންނަކަމާއި، ކޮންމެ މުވައްޒަފަކުމެ އެމުވައްޒަފެއްގެ
ޒިންމާތައް އަދާކުރުމުގައި މުވައްޒަފުގެ މަސައްކަތުގެ ދާއިރާގެ ޕްރޮފެޝަނަލް މިންގަނޑުތަކާ
އަމަލުކުރަންވާނެކަމަށް އެމާއްދާގެ (ރ) ގެ (1) ގައި ބަޔާންވެގެން އޮންނަކަމާއި، އަދި ދިވެހި ސިވިލް
ސަރވިސްގެ ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް) ގެ 29 ވަނަ މާއްދާގެ (ރ) ގައި އޮފީހުގެ
ވަސީލަތްތައް އެމީހެއްގެ އަމިއްލަ ކަންކަމަށާއި އަމިއްލަ މަސައްކަތްކުރުމަށް ބޭނުންކޮށްގެން
ނުވާނެކަމަށް" ބަޔާންވެގެންވާކަން އެނގެން އޮންނަކަމާއި،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގައި އަޙުމަދު ރަޝީދު އަދާކުރަމުންދިޔަ ވަޒީފާއިން
ވަކިކޮށްފައިވަނީ އަޙުމަދު ރަޝީދުގެ ޢަމަލުތައް ބަހައްޓާފައިވާ ގޮތުން އޭނާ ދިވެހި ސިވިލް ސަރވިސްގެ
ޤަވާޢިދާއި ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެފައިވާތީ ކަމަށް ސިވިލް
ސަރވިސް ކޮމިޝަނުން ބުނެކަން އެނގޭއިރު،މިނިސްޓްރީ ފިނޭންސް އެންޑް ޓްރެޒަރީގެ އެޗް،އާރު
ސިސްޓަމްގެ ޑޭޓާބޭސްގެ ބެކަޕް ފޯލްޑަރތައް، އަޙުމަދު ރަޝީދު ބޭނުންކުރާ ލެޕްޓޮޕްގެ ޑެސްކްޓޮޕްއަށް
ކޮޕީކުރުމުގެ އިތުރުން އަޙުމަދު ރަޝީދުގެ ޕާރސަނަލް ހާރޑް ޑިސްކުގެ ދެލޮކޭޝަނަކަށް
ކޮޕީކުރިކަމަށާއި، ޓީމް ވިއުއަރ ކިޔާ ސޮފްޓްވެއަރއެއް ލެޕްޓޮޕަށް އިންސްޓޯލްކޮށް މިސޮފްޓްވެއަރ
ސިސްޓަމްތަކަށް ފައިލް ޝެއަރކޮށްފާވާނެކަމަށާއި،
އަދި މި ސޮފްޓްވެއަރ
ބޭރުން (އެހެން ނެޓްވޯކަކުން) ފިނޭންސް މިނިސްޓްރީގެ ނެޓްވޯކަށް ވަންނަން
މަސައްކަތްކޮށްފައިވާނެކަމަށާއި، ނެޓްވާރކް ހެކްކުރާނެ ގޮތުގެ ޓިއުޓޯރިއަލްސް އަދި ވަޔަރލެސް
ނެޓްވާރކް ހެކްކުރާނެ ސޮފްޓްވެއަރއަކާއި، އެޔާބެހޭ ޓިއުޓޯރިއަލްސް ލެޕްޓޮޕްގައި ބެހެއްޓިކަމަށާއި،
ޕާސްވޯޑް ހޯދޭނެ ކަހަލަ ކީ ލޮގަރ ފަދަ ސޮފްޓްވެއަރ ޑައުންލޯޑްކޮށް ސޭވްކޮށްފައި ބެހެއްޓިކަމަށާއި،
ފިނޭންސް މިނިސްޓްރީގެ އައި.ގާޑް ސިސްޓަމް (އެޓެންޑެންސް ޗެކުކުރުމަށް ބޭނުންކުރާ ސިސްޓަމް) ގެ
އައި.ޕީ ޖަހައިގެން އައި.ގާޑް ސިސްޓަމްތަކަށް އެކްސެސްކޮށްފައި ވާނެކަމަށާއި، އަޙުމަދު ރަޝީދުގެ
ލެޕްޓޮޕް ފިޔަވައި އެހެން މުވައްޒަފުންގެ ލެޕްޓޮޕް ޓީމް ވިއުވަރ އިން ފައިލް ޝެއަރކުރުމަށް
ه2 ( 0
02
2
0
ބރޭށްޤީން
0 2 0x 0 7 2
o «c
ބނަންކެނޤީން
*
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
2012/HC-A/46
OXO <
ޑ0 x ހވ
کر لی
ބޭނުންކޮށްފައި ވާނެކަމަށާއި، އަދި އެޗް.އާރު ޑޭޓާ ބޭސްގައި ހުރި މުވައްޒަފުންގެ ފޮޓޯ އީ.މެއިލް
މެދުވެރިކޮށް ފޮނުވާފައިވާނޭކަމަށް ބުނެ މިކަންކަން ކުރިކަމަށް އަޙުމަދު ރަޝީދުގެ ފަރާތުން އެއްބަސްވެ
11 ޖުލައި 2011 މި ތާރީޚުގައި ފިނޭންސް މިނިސްޓްރީއަށް ބަޔާނެއްދީ އެބަޔާނުގައި އަޙުމަދު ރަޝީދު
ސޮއިކޮށްފައިވާކަން އެނގެންއޮތްއިރު، މިބަޔާނަކީ ޙަޤީޤަތާއި ދީފައިވާ ތެދު ބަޔާނެއްކަމަށް
އަޙުމަދު ރަޝީދު އެބަޔާނުގައި އެއްބަސްވެފައިވާކަން އެނގެން އޮންނަކަމާއި،
އަޙުމަދު ރަޝީދުގެ ފަރާތުން ދީފައިވާ މިބަޔާނުގެ މައްޗަށާއި، މިކަމާއި ގުޅިގެން ފިނޭންސް
މިނިސްޓްރީން ހޯދި ހޯދުންތަކުގެ މައްޗަށް ރިޢާޔަތްކޮށް އަޙުމަދު ރަޝީދު ވަޒީފާއިން ވަކިކުރަން
ނިންމާފައިވަނީ އަޙުމަދު ރަޝީދުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިބިދާނެ
ގެއްލުމެއްގެ ބޮޑުކަމުގެ މައްޗަށް ރިޢާޔަތްކޮށްގެންކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވަޒީފާއާ ބެހޭ
ޓްރައިބިއުނަލްގައި ބުނެފައިވާކަން އެނގެން އޮންނަކަމާއި، އަދި އަޙުމަދު ރަޝީދު ވަޒީފާއިން
ވަކިކޮށްފައިވަނީ އޭނާއަށް ނޯޓިސް ދިނުމަކާއި ނުލައިކަން ހުށަހެޅިފައިވާ ލިޔުންތަކަށާއި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމެވެ.
އީނާގެ
(ބ) ފަސްވަނަކަމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ނޯޓިހެއް ދިނުމަކާއި
ނުލައި، ވަޒީފާއަދާކުރާ ފަރާތެއް ވަޒީފާއިން ވަކިކުރެވޭނީ، މަސައްކަތުގެ އަޚުލާޤު
އެކަށީގެންނުވުމާއި އެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު،
ކުރެވޭނެކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތްތަކުގައި ކަމަށް އޮންނަކަމާއި، އަދި
ވަޒީފާއަދާކުރާ ފަރާތުގެ މަސައްކަތުގެ އަޚުލާޤު އެކަށީގެންނުވާކަމަށް ބެލެވޭނީ ވަޒީފާގައި އިތުރަށް
ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުން
ނުވަތަ ޚިޔާނަތެއްވުންކަން އެމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަން އެނގެންއޮންނައިރު، ދިވެހި
ސިވިލް ސަރވިސް މުވައްޒަފުންގެ ޤަވާޢިދުގެ 2010 ގެ 114 ވަނަ މާއްދާގެ (ހ) ގައި،
މުވައްޒަފަކު މަސައްކަތުގެ އަޚުލާޤު އެކަށީގެންނުވުމާއި އެކު، އޭނާ ވަޒީފާގައި އިތުރަށް
0 7 2
@ހއްޓަމުން
444
2 ހ
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
2012/HC-A/46
އެކަށީގެންވާކަމެއްކަމަށް ކޮމިޝަނަށް ނުފެންނަނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ
ގޮތުގެ މަތިން ނޯޓިހެއް ދިނުމަކާއި ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ބާރު ކޮމިޝަނަށް
ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމާއި، މިމާއްދާގައި ބުނެފައިވާ ގޮތުގެ މަތިން މުވައްޒަފުގެ މަސައްކަތު
އަޚުލާޤު އެކަށީގެންނުވާ ބެލެވޭނީ ވަޒީފާގައި އިތުރަށް ބެހެއްޓުމުން އޮފީހަށް ނުވަތަ ވަޒީފާ އަދާކުރާ
ތަނަށް ގެއްލުމެއް ލިބިދާނެކަމަށް ފެނިގެން ލިބޭނެ ގެއްލުން ބަޔާންކޮށް ޕާރމަނަންޓް ސެކްރެޓެރީ
ކޮމިޝަނަށް ހުށަހެޅުމުން ނުވަތަ ޚިޔާނަތެއް ވެފައިވުމަށް ކަމަށް އެމާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާކަން އެނގޭކަމެވެ.
2
0
2 ހދ0
ވާކަމަށް
(ޅ) ހަވަނަކަމަކީ، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޤަވާޢިދު 2010 ގެ 114 ވަނަ
މާއްދާގައި ބަޔާންކުރާ ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރަން އޮންނަ ޙާލަތާއި، އެޤަވާޢިދުގެ
ޗެޕްޓަރ 24 ގައިވާ އިސްލާޙީ ފިޔަވަޅު އެޅުމަށް އޮންނަ ޙާލަތަކީ ތަފާތު ދެޙާލަތެއްކަމާއި، މިހެންކަމުން
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޤަވާޢިދުގެ 2010 ގެ 114 ވަނަ މާއްދާއަށް ރިޢާޔަތްކޮށް
ސިވިލް ސަރވިސްގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު، އެމުވައްޒަފަކާމެދު ސިވިލް ސަރވިސް
މުވައްޒަފުންގެ ޤަވާޢިދުގެ 2010 ގެ ޗެޕްޓަރ 24 ގައިވާފަދަ އިސްލާޙީ ފިޔަވަޅުތަކެއް އެޅިފައި
ހުރުމަކީ ކޮންމެހެން ލާޒިމު ކަމެއްނޫންކަން އެނގޭކަމާއި، އަދި މިކަން ސިވިލް ސަރވިސް
މުވައްޒަފުންގެ ޤަވާޢިދުގެ 2010 ގެ ޗެޕްޓަރ 24 ގައިވާ އެޤަވާޢިދުގެ 217 ވަނަ މާއްދާގައި ވަގުތުން
ފިޔަވަޅު އެޅޭނެ ޙާލަތު ބަޔާންކޮށްދެމުން "މުވައްޒަފަކު މަސައްކަތަށް ފަރުވާ ކުޑަކުރުމުގެ ސަބަބުން،
ނުވަތަ ވަޒީފާގެ ޒިންމާ ނުއުފުލުމުގެ ސަބަބުން، ނުވަތަ މަސައްކަތް ނިންމަންޖެހޭ ގަޑިތަކަށް މަސައްކަތް
ނުނިންމުން ގިނަވުމުގެ ސަބަބުން، ނުވަތަ މަސައްކަތުގެ އަޚުލާޤު އެކަށީގެންވާވަ ދަށްވުމުގެ
ސަބަބުން ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުރެވޭނެކަމެއް
ކޮމިޝަނަށް ފެނިއްޖެނަމަ، ނޯޓިސް ދިނުމަކާނުލައި މުވައްޒަފު ވަޒީފާއިން ވަކިކުރެވޭނެކަމަށް"
އިތުރަށް ކަށަވަރުކޮށްދޭ ކަމާއި، އަދި އެގޮތަށް މުވައްޒަފެއްގެ ޢަމަލު އެކަށީގެންނުވާކަމަށް
02
22
0 މ ގތ
ތަކެވެނ
އޮންނަ
02 22
އޮތުމުން
.ރާއް
އައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
10
2012/HC-A/46
2
22
3 މ ގތ
ބެލެވޭނެ ޙާލަތްތަކުގެ ތެރޭގައި ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ
ވަޒީފާއަދާކުރާތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުން ހިމެނޭކަން ސިވިލް ސަރވިސް މުވައްޒަފުންގެ
ޤަވާޢިދު 2010 ގެ 217 ވަނަ މާއްދާގެ (ށ) ބެލުމުން އެނގޭކަމެވެ.
: 20 2
(ކ) ހަތްވަނަކަމަކީ، އަޙުމަދު ރަޝީދު އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކުރި ސަބަބެއްގެ
ގޮތުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ 13
/
2011
/
58/WV
)
13
-
E) ވަޒީފާއިން
ވަކިކުރިކަން އަންގާ ލިޔުމުގައިވަނީ "ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3
ވަނަ ނަންބަރުގެ ދަށުން" މިފަދައިން ކަމާއި، ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ)
ގެ 3 ވަނަ ނަންބަރުގައި ބަޔާންވެގެންވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހި ސިވިލް
ސަރވިސްގެ ޤަވާޢިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަން ސިވިލް
ސަރވިސް ކޮމިޝަނަށް ސާބިތުވެއްޖެނަމަ ސިވިލް ސަރވިސްގެ މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވިދާނެކަމުގައިކަމާއި، މިހެންކަމުން ސިވިލް ސަރވިސް ކޮމިޝަނުން ވަޒީފާއާބެހޭ
ޓްރައިބިއުނަލްގައި ސާބިތުކޮށްދޭންޖެހޭނީ އަޙުމަދު ރަޝީދު ސިވިލް ސަރވިސްގެ ޤާނޫނާއި، ސިވިލް
ސަރވިސްގެ ޤަވާޢިދާއި އަދި ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެފައިވޭތޯ
ނުވަތަ ނޫންތޯކަމާއި، އަދި މިކަން ސާބިތުކޮށްދޭންޖެހޭ މިންގަނޑަކީ ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް
ބިނާކުރުމުގެ (Balance of probabilities) މިންގަނޑުކަމާއި، މި ގޮތުން އަޙުމަދު ރަޝީދު
ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި
ޚިލާފުވެފައިވާކަން ސާބިތުކުރުމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ ހެކިތަކަށާއި، މިހެކިތަކާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން
މައްސަލަ ނިންމުމުގައި ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ މައްޗަށް ބަލާއިރު، މިނިސްޓްރީ ފިނޭންސް
އެންޑް ޓްރެޒަރީގެ އެޗް.އާރު ސިސްޓަމްގެ ޑޭޓާބޭސްގެ ބެކަޕް ފޯލްޑަރތައް، އަޙުމަދު ރަޝީދު
ބޭނުންކުރާ ލެޕްޓޮޕްގެ
ކޮޕީކުރިކަމަށް އަދި މިތަކެތި އަޙުމަދު ރަޝީދުގެ ޕާރަސަނަލް
2«
2
0
0
03
کے متراع کړ
*
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
11
2012/HC-A/46
ހާރޑް ޑިސްކުގެ ދެލޮކޭޝަނަކަށް ކޮޕީކުރިކަމަށާއި، ޓީމް ވިއުއަރ ކިޔާ ސޮފްޓްވެއަރއެއް ލެޕްޓޮޕަށް
އިންސްޓޯލްކޮށް މިސޮފްޓްވެއަރ ބޭނުންކޮށްގެން ސިސްޓަމްތަކަށް ފައިލް ޝެއަރކޮށްފާވާނެކަމަށާއި، އަދި
މި ސޮފްޓްވެއަރ ބޭނުންކޮށްގެން ބޭރުން (އެހެން ނެޓްވޯކަކުން) ފިނޭންސް މިނިސްޓްރީގެ ނެޓްވޯކަށް
ވަންނަން މަސައްކަތްކޮށްފައިވާނެކަމަށާއި، ނެޓްވާރކް ހެކްކުރާނެ ގޮތުގެ ޓިއުޓޯރިއަލްސް އަދި
ވަޔަރލެސް ނެޓްވާރކް ހެކްކުރާނެ ސޮފްޓްވެއަރއަކާއި، އެޔާބެހޭ ޓިއުޓޯރިއަލްސް ލެޕްޓޮޕްގައި
ބެހެއްޓިކަމަށާއި، ޕާސްވޯޑް ހޯދޭނެ ކަހަލަ ކީ ލޮގަރ ފަދަ ސޮފްޓްވެއަރ ޑައުންލޯޑްކޮށް ސޭވްކޮށްފައި
ބެހެއްޓިކަމަށާއި، ފިނޭންސް މިނިސްޓްރީގެ އައި.ގާޑް ސިސްޓަމް (އެޓެންޑެންސް ޗެކުކުރުމަށް ބޭނުންކުރާ
ސިސްޓަމް) ގެ އައި.ޕީ ޖަހައިގެން އައި.ގާޑް ސިސްޓަމްތަކަށް އެކްސެސްކޮށްފައި ވާނެކަމަށާއި، އަޙުމަދު
ރަޝީދުގެ ލެޕްޓޮޕް ފިޔަވައި އެހެން މުވައްޒަފުންގެ ލެޕްޓޮޕް ޓީމް ވިއުވަރ އިން ފައިލް ޝެއަރކުރުމަށް
ބޭނުންކޮށްފައި ވާނެކަމަށާއި، އަދި އެޗް.އާރު ޑޭޓާ ބޭސްގައި ހުރި މުވައްޒަފުންގެ ފޮޓޯ އީ.މެއިލް
މެދުވެރިކޮށް ފޮނުވާފައިވާނޭކަމަށް ބުނެ މިކަންކަން ކުރިކަމަށް އަޙުމަދު ރަޝީދުގެ ފަރާތުން އެއްބަސްވެ
11 ޖުލައި 2011 ގައި ދީފައިވާ ބަޔާނެއް ވަޒީފާއާބެހޭ ޓްރައިބިއުނަލް ހުށަހަޅާފައިވާކަން އެނގެން
އޮންނައިރު، އަޙުމަދު ރަޝީދު ބޭނުންކުރަމުން ދިޔަ ކޮމްޕިޔުޓަރގެ ތެރޭގައި ހެކިންގ އާއި ބެހޭ
ސޮފްޓްވެއަރ އާއި އެއާއި ގުޅޭ ލިޔުންތައް ފެނިފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން
އޮންނަކަމާއި، އަޙުމަދު ރަޝީދުގެ ކޮމްޕިއުޓަރގައި ހުރި ބައެއް ސޮފްޓްވެއަރ އާއި ލިޔުންތަކަކީ
އަޙުމަދު ރަޝީދު ކިޔެވުމަށް ބޭނުންކުރާ ތަކެތި ކަމަށް ބުނި ނަމަވެސް، ވަޒީފާ އަދާ ކުރާ ތަނުގެ ތަކެތި
އެކަމަށް ބޭނުން ކުރުމުގެ ހުއްދަ އޭނާއަށް ދީފައިވާކަން އެނގެން ނެތްކަމަށާއި، އަދި މިތަކެއްޗަކީ
ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން އޭނާ ކިޔެވުމަށް އިންސްޓޯލް ކޮށްފައި ހުރި "ތަކެތި" ކަމަށް
ދަލީލު ލިބޭ
އެއްވެސް
ކަމެއް އަޙުމަދު ރަޝީދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހުށަހަޅާފައިނުވާތީ، އަޙުމަދު ރަޝީދު ބުނާ ބުނުމަށް ބުރަދަނެއް ދޭންޖެހޭ ސަބަބެއް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގެ 2 ވަނަ ނުކުތާގައި ފާހަގަކޮށްފައި
އޮންނަކަމާއި، އަޙުމަދު ރަޝީދު ކުރިކަމަށް އިޢުތިރާފުވެފައިވާ ކަންކަމަކީ އަޙުމަދު ރަޝީދު އަދާކުރަމުން
ox
ބ 2
0
2
0 ހއ
8ނAކމަށް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
12
2012/HC-A/46
ދިޔަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން އޭނާ ކުރިކަންތައްތަކެއްކަން އެނގެން ނެތްކަމާއި،
މިކަންކަން މިހެންހުރުމާއި އެކު އަޙުމަދު ރަޝީދުގެ ފަރާތުން ވެފައިވާ އިޢުތިރާފާއި
މިމައްސަލަބެލުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ތައްޔާރުކޮށްފައިވާ ރިޕޯޓަށާއި
ހުށަހެޅުނު އެންމެހާ ލިޔެކިޔުންތަކުގެ މައްޗަށް ބެލުމުން އަޙުމަދު ރަޝީދު ދިވެހި ސިވިލް ސަރވިސްގެ
ޤަވާޢިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެފައިވާކަމުގެ މައްޗަށް ބުރަވެވޭ
ފަދަ އެކަށީގެންވާ ހެކިތަކެއް ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ސިވިލް ސަރވިސް ކޮމިޝަނުންވަނީ
ހުށަހަޅާފައިކަން އެނގެން އޮތުމެވެ.
3.
(އ) އައްވަނަކަމަކީ، ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ޤަވާޢިދުގެ 2010 ގެ 114 ވަނަ
މާއްދާގެ (ހ) ގައި "މުވައްޒަފަކު މަސައްކަތުގެ އަޚުލާޤު އެކަށީގެންނުވުމާއި އެކު، އޭނާ ވަޒީފާގައި
އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާކަމެއްކަމަށް ކޮމިޝަނަށް ނުފެންނަނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 23
ވަނަ މާއްދާގައިވާ ގޮތުގެ މަތިން ނޯޓިހެއް ދިނުމަކާއި ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ބާރު
ކޮމިޝަނަށް ލިބިގެންވާކަމަށް ބަޔާންކޮށް އަދި މިމާއްދާގައި ބުނެފައިވާ ގޮތުގެ މަތިން މުވައްޒަފުގެ
މަސައްކަތު އަޚުލާޤު އެކަށީގެންނުވާކަމަށް ބެލެވޭނީ ވަޒީފާގައި އިތުރަށް ބެހެއްޓުމުން އޮފީހަށް ނުވަތަ
ވަޒީފާ އަދާކުރާ ތަނަށް ގެއްލުމެއް ލިބިދާނެކަމަށް ފެނިގެން ލިބޭނެ ގެއްލުން ބަޔާންކޮށް ޕާރމަނަންޓް
ސެކްރެޓެރީ ކޮމިޝަނަށް ހުށަހެޅުން ނުވަތަ ޚިޔާނަތެއް ވެފައިވުންކަމަށް އެމާއްދާގެ (ށ) ގައި
ބަޔާންކޮށްފައި އޮތުމުން، ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފަކު މަސައްކަތުގެ އަޚުލާޤު
އެކަށީގެންނުވުމާއި އެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާކަމެއްކަމަށް ސިވިލް
ސަރވިސް ކޮމިޝަނަށް ނުފެންނަނަމަ، ނޯޓިހެއް ދިނުމަކާއި ނުލައި ވަޒީފާއިން ވަކިކުރުމުގެ ބާރު ސިވިލް
ސަރވިސް ކޮމިޝަނަށް ލިބިގެންވާކަން އެނގޭކަމާއި، އެހެންނަމަވެސް މި މާއްދާއަކީ ސިވިލް ސަރވިސް
ކޮމިޝަނަށް ހަމަ ފެންނަ ފެނުމުގެ މައްޗަށްއެކަނި ވަޒީފާއިން ވަކިކުރުމުގެ ހުއްދަ ލިބިގެންވާ މާއްދާއެއް
ނޫންކަމާއި، މި މާއްދާގެ ދަށުން ވަޒީފާއިން ވަކި ކުރާއިރު ވެސް ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
13
2012/HC-A/46
ވަޒީފާއިން ވަކިކުރީ އަޙުމަދު ރަޝީދު އޭނާގެ ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ އެއްގެ ހައި
ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ވަޒީފާ ދޭ ފަރާތަށް ފެނުނު ހަމައަކީ އެކަށީގެންވާ ހަމައެއްތޯ
ބެލެވެން ޖެހޭކަމާއި، އަދި އެފަދަ ތުހުމަތެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މީހެއްގެ ވަޒީފާއިން
ވަކިކޮށްފައިވަނީ ޢަދުލުވެރިކަމާއިއެކުގައިތޯއާއި، ވަޒީފާއިން ވަކިކުރަން އެކަށީގެންވާ ހަމައަކުންތޯއާއި،
ވަޒީފާއިން ވަކިކުރުމުގެ ކުރިން ޝަކުލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން ލާޒިމްވެފައިވާ
ކަންތައްތަކަށް ވަޒީފާދިން ފަރާތުން ތަބާވުމަށް ފަހުގައިތޯ އާއި، މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން
ބަލަންޖެހޭ ބެލުންތަކެއް އެކަށީގެންވާ މިންވަރަކަށް ބެލުމަށްފަހު، ޑިއު ޕްރޮސެސް (due process)
ނުވަތަ ޕްރޮސީޖަރަލް ފެއާނަސް (procedural fairness) ޤާއިމުކުރުމަށް ފަހުގައިތޯ ކަށަވަރުކުރަން
ޖެހޭކަން އެނގޭކަމާއި، މިމައްސަލައާއި އެކު ހުށަހެޅުނު ލިޔެކިޔުންތަކަށް ބަލާއިރު، އަޙުމަދު ރަޝީދު
އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ ވަޒީފާ އަދާކުރަމުންދިޔަ މިނިސްޓްރީ އޮފް
ފިނޭންސް އެންޑް ޓްރެޒަރީއަކީ ދައުލަތުގެ ފައިސާއާ ބެހޭ އެންމެހާ ލިޔެކިޔުންތަކާއި، ދައުލަތުގެ ވަރަށް
މުހިއްމު ތަފާތު ލިޔެކިޔުންތަކާއި، ފައިސާގެ މުޢާމަލާތްތަކާއި، އެހެން ފަރާތްތަކަށް އެނގެން ނުޖެހޭ
ދައުލަތުގެ ސިއްރު ލިޔުންތަކާއި، ކުންފުނިތަކާއި އަދި އަމިއްލަ ފަރުދުންގެ ސިއްރު ކުރަންޖެހޭ
ލިޔެކިޔުންތައް ގެންގުޅެންޖެހޭ ތަނަކަށްވާތީ، އަޙުމަދު ރަޝީދުގެ ޢަމަލުތައް ބަހައްޓާފައި ހުރި ގޮތުން،
އަޙުމަދު ރަޝީދު މިނިސްޓްރީ އޮފް ފިނޭންސްގެ ނެޓްވާރކަށް ވަދެ ހިންގާ ޤަވާޢިދާއި ޚިލާފު ޢަމަލަކުން
ލިބިދާނެ ގެއްލުމެއްގެ ބޮޑުކަމަށް ރިޢާޔަތްކޮށްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ސިވިލް ސަރވިސް
ކޮމިޝަންގެ ފަރާތުން ބުނެފައިވާއިރު، އަޙުމަދު ރަޝީދުގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަމުގެ ޙަޤީޤަތް
ހޯދުމަށްޓަކައި އެކަށީގެންވާވަރެއްގެ ތަޙްޤީޤެއް ހިންގާ ގުޅުން ހުރި ހެކި ޤަރީނާ ހޯދާފައިވާކަން އެނގެން
އޮންނަކަމާއި، އަދި އަޙުމަދު ރަޝީދުގެ މައްޗަށް ތުހުމަތުކުރެވޭ ކަންތައްތަކާއި ގުޅިގެން އޭނާގެ ފަރާތުން
ބުނާބުނުމެއް ހޯދުމަށްޓަކައި އަޙުމަދު ރަޝީދުގެ ބަޔާނެއް ނެގިފައިއޮންނަކަން އެނގޭއިރު، މިތަޙްޤީޤު
ހިންގިފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޓަރީގެ ޕަރމަނަންޓް ސެކްރެޓަރީ މެދުވެރިވެގެން
ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނާކަމާއި، ސިވިލް ސަރވިސް ކޮމިޝަނުން އަޙުމަދު ރަޝީދު
o ec
02202
*
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ވެ
14
2012/HC-A/46
922
4 &4 ހދ
ޤު0ކރުވާނަމަ،
ލިބިދާނެކަމަށް ފެނިގެން ލިބޭނެ ގެއްލުން ބަޔާންކޮށް ޕާރމަނަންޓް ސެކްރެޓެރީ ކޮމިޝަނަށް ހުށަހެޅުމުން
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާއި، ދިވެހި ސިވިލް
ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އަޙުމަދު ރަޝީދު ޚިލާފުވިކަން ސިވިލް ސަރވިސް ކޮމިޝަނަށް
ސާބިތުވުމުންކަމަށް އެކޮމިޝަނުން ބުނާކަމާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ
މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގައިވާ ކަމެއް ސާބިތުވުމުގައި އެކަމެއް ތަޙްޤީޤުކުރަންޖެހޭނީ ސީދާ
ސިވިލް ސަރވިސް ކޮމިޝަނުން ކަމަށް ކަނޑައެޅިގެން ސިވިލް ސަރވިސްގެ ޤާނޫނުގައިވެސް އަދި
ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގައިވެސް ބަޔާންކޮށްފައިނެތުމުން، ކަމާއިބެހޭ ރަސްމީ އިދާރާއަކުން
ކޮށްފައިވާ ތަޙްޤީޤެއްގައި އިތުރު މައްސަލަތަކެއް ނެތްކަމަށް ސިވިލް ސަރވިސް ކޮމިޝަނަށް
ރަސްމީ އިދާރާއަކުން ކޮށްފައިވާ ތަޙްޤީޤަކުން ހޯދޭ ހެކި ޤަރީނާގެ މައްޗަށް
ބުރަވެހުރެ، އެތަޙްޤީޤަކުން ހޯދުނު ހެއްކާއި ޤަރީނާއަށް ބަލައި އެކަން ސިވިލް ސަރވިސް ކޮމިޝަނަށް
ސާބިތުވާކަމުގައި ކަނޑައެޅިދާނެކަމާއި، މިގޮތުން ބަލާއިރު، އަޙުމަދު ރަޝީދުގެ މައްޗަށް ތުހުމަތު
ކުރެވޭކަންކަން ތަޙްޤީޤު ކުރެވިފައިވަނީ އޭނާ ވަޒީފާއަދާ ކުރަމުންދިޔަ މިނިސްޓްރީގެ ކަމާއިބެހޭ ފަންނީ
މީހުންގެ އެހީގައި ކަމަށްވެފައި، އެތަޙްޤީޤަށް ކަމާއިގުޅުން ހުރި މުވައްޒަފުންނާއި އަޙުމަދު ރަޝީދުގެ
ބަޔާންނެގިފައި އޮތުމުންނާއި، އަދި އެކަމާއި ގުޅޭއެކަށީގެންވާ ހެކިތަކެއް ހޯދާފައިވާ އެނގެން އޮތުމުން
މިކަންކަމުގެ މައްޗަށް ބުރަވެ ހުރެ އަޙުމަދު ރަޝީދު ސިވިލް ސަރވިސްގެ ޤާނޫނާއި ސިވިލް
ސަރވިސްގެ ޤަވާޢިދާއި ޚިލާފުވެފައިވާކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވާކަމުގައި
އެކޮމިޝަނުން ނިންމުމަކީ އެކޮމިޝަނުން ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކުގެ ބޭރުން ނިންމި
ނިންމުމެއްކަމުގައި ބެލެވެންނެތްކަމާއި، މިއެންމެހާ ކަންކަން މިހެން ހުރުމުން މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ އަޙުމަދު ރަޝީދު ޢަމަލުތައް ހުރި ގޮތުން އަޙުމަދު
ރަޝީދުގެ ފުށުން އޭނާ ވަޒީފާ އަދާކުރަމުން ދިޔަ މިނިސްޓްރީ އަށް ގެއްލުންތަކެއް ވެދާނެކަމަށް
އެމިނިސްޓްރީ އަށް ފެނުނު ހަމައަކީ އެކަށީގެންވާ ހަމައެއްކަމާއި، އަޙުމަދު ރަޝީދު ވަޒީފާއިން
ވަކިކުރުމުގެ ކުރިން ޝަކުލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން ލާޒިމްވެފައިވާ ކަންތައްތަކަށް ސިވިލް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
15
2012/HC-A/46
ސަރވިސް ކޮމިޝަނުން ތަބާވެފައިވާކަމާއި އަދި މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ބަލަންޖެހޭ
ބެލުންތަކެއް އެކަށީގެންވާ މިންވަރަކަށް ބެލުމަށްފަހު ޑިއު ޕްރޮސެސް (due process) ނުވަތަ
ޕްރޮސީޖަރަލް ފެއާނަސް (procedural fairness) ޤާއިމުކުރެވިފައިވާކަން އެނގޭކަމެވެ.
<< O
ވީމާ، އިސްވެ ދިޔަ ސަބަބުތައް އެހެން ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/132 މައްސަލައިގައި
އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭނެކަމަށެވެ.
މައްޗަށް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގެ ރިޢާޔަތްކުރިއިރު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/132 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ
ނިންމެވުމަށް ބަދަލުގެންނަން ޖެހޭކަމަށް، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/132 މައްސަލައިގައި
އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބާތިލުކޮށް، އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv