ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/82 ޤަޟިއްޔާގެ ޙުކުމް
2015/HC-A/22
ޤަޝިއާ
މުނު ގޮތުގެ ޚުލާޞާ
1
بم انداز مراسیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
4.s
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރު: 82/HC-A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ސިނާން
އެޑްރެސް: ހަވީރީފިނި /ރ.އިންނަމާދޫ
އައި.ޑީ.ކާރޑް ނަންބަރު: A095063
* މިހާރުގެ އެޑްރެސް: ހ.ރެޖީނާހައުސް މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: ލ.ފާރޮށިގެ / ކ.މާލެ
*
ރަޖިސްޓްރީ ނަންބަރު: 85
/
200-C
މިހާރުގެ އެޑްރެސް: މ.ފާރޮށިގެ/ މާލެ
ނިމުނު ތާރީޚް: 09 ފެބުރުވަރީ 2017
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 25 ފެބުރުވަރީ 2015
•އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
•ނަންބަރު: 2014/Cv-C/752
ނިންމި ކޯޓް: ސިވިލްކޯޓު
،މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
• ހުށަހެޅި ތާރީޚް: 01 އޭޕްރީލް 2014
ނިމުނު ތާރީޚް: 27 އޮކްޓޯބަރ 2014
ދިވެހިރާއްޖެ
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އަބްދުﷲ ޙަމީދު ފަނޑިޔާރު އަލީ ·
333/
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2015/HC-A/22
ޤަޟިއްޔާ
2
•ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/752 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ރ.އިންނަމާދޫ(ހަވީރީފިނި، މުޙައްމަދު ސިނާނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
ccc
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްއެވެ.
0
ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/752 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ރ.އިންނަމާދޫހަވީރީފިނި، މުޙައްމަދު ސިނާނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
¢ ¢ ¢
2- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/752 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ރ.އިންނަމާދޫހަވީރީނި، މުޙައްމަދު ސިނާނުގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވާ ލޯކަލް އިންވެސްޓްމަންޓެއް ކަމުގައިވާ މިޝްފާޢު އިންވެސްޓްމަންޓަށް ނަލަހިޔާ ޓްރޭޑިންގ
ޕްރައިވެޓް ލިމިޓެޑުން ތަފާތު އެކިފަހަރު މަތިން ދޫކޮށްފައިވާ މުދާތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން
މިހާތަނަށް ނުދައްކައިވާ -/791,306ރ (ހަތްލައްކަ ނުވަދިހައެއްހާސް ތިންސަތޭކަ ހަރުފިޔާ) އާއި
އެއްބަސްވެފައިވާ ގޮތަށް ކުންފުނީގެ ވިޔަފާރިއަށް ނުވަނުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި
54,377
/
87ރ (ފަންސާސްހަތަރުހާސް ތިންސަތޭކަ ހަތްދިހަހަތްރުފިޔާ އައްޑިހަހަތްލާރި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2{015/HC-A/22
ޤަޟިއްޔާ
3
8 4
845,683
/
87ރ (އައްލައްކަ ސާޅީސްފަސްހާސް ހަސަތޭކަ އައްޑިހަތިންރުފިޔާ އައްޑިހަހަތްލާރި) އެކީ
އެއްފަހަރާ އެއްމަސްދުވަހުގެ ތެރޭގައި ލިބިގަތުމަށްޓަކައި މުޙައްމަދު ސިނާނުގެ މައްޗަށް ނަލަހިޔާ ޓްރޭޑިންގ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ ދަޢުވާލިބޭ މުޙައްމަދު ސިނާން ދަޢުވާއަށް އިންކާރުކޮށްފައިވާ
ކަމާއި ނަމަވެސް މުޙައްމަދު ސިނާނުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ލޯކަލް އިންވެސްޓްމަންޓެއް ކަމުގައިވާ
މިޝްފާޢު އިންވެސްޓްމަންޓަށް ތަފާތު އެކިފަހަރުމަތީން -/791،306ރ ގެ މުދާ ވިއްކާފައިވާކަން
އިންވޮއިސްތަކާއި ޑެލިވަރީ ސްލިޕްތަކާއި މުޙައްމަދު ސިނާން ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް
ދޫކޮށްފައިވާ ޗެކްތަކާއި ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަހާއި
މިއެންމެހައި ޖަމާޢީ ހެކިތަކާއި ޤަރީނާތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، އެފައިސާއާއި
އެފައިސާ އެއްބަސްވެފައިވާ ގޮތަށް ދައްކާފައިނުވުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި
54/87 377ރ (ފަންސާސްހަތަރުހާސް ތިންސަތޭކަ ހަތްދިހަހަތް ރުފިޔާ އައްޑިހަހަތް ލާރި) އާއެކު ޖުމްލަ
845/87 683ރ (އައްލައްކަ ސާޅީސްފަސްހާސް ހަސަތޭކަ އައްޑިހަތިން ރުފިޔާ އައްޑިހަހަތް ލާރި) މުޙައްމަދު
ސިނާނުގެ ފަރާތުން ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި 27 އޮކްޓޯބަރ 2014
ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ މުއްދަތުގައި އެމަހަކަށްޖެހޭ ޢަދަދެއްގެ ފައިސާ މަދުވެގެން
އެމަހަކު ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ރ.އިންނަމާދޫ(ހަވީރީފިނި، މުޙައްމަދު ސިނާނަށް
އަންގަވައިކަން
ފެން އެނގެން އޮންނަކަމެވެ.
3- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/752 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ރ.އިންނަމާދޫ(ހަވީރީ ފިނި، މުޙައްމަދު ސިނާނުގެ ފަރާތުން 2 (ދޭއް) ނުކުތާ ހުށަހަޅައި އެނުކުތާތަކާއި ގުޅޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތައްޖޭގެ
ނުކުތާތަކީ؟
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިވެއްދީ
2015/HC-A/22
ޤައްޔާ
4
(ހ) ފުރަތަމަ ނުކުތާއަކީ: ދަޢުވާއަށް މުޙައްމަދު ސިނާން އިންކާރުކޮށްފައިވާއިރު، ދަޢުވާކޮށްފައިވާ
މުދާ މުޙައްމަދު ސިނާނަށް ވިއްކުމުގެ ޢަޤްދެއް އުފެދި މުޢާމަލާތް ހިނގާފައިވާކަން މަދަނީ މިންގަނޑުން
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 2 ވަނަމާއްދާއާއި
5 ވަނަ މާއްދާއާ
ޚިލާފަށްކަމަށް ބުނެ ހުށަހެޅި
UCOCOOX
ކe.
(ނ) ދެވަނަ ނުކުތާއަކީ: ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން މުޙައްމަދު ސިނާނަށް
ވިއްކާފައިވާކަމަށް ބުނާ މުދާ ވިއްކާފައިވަނީ އެކިފަހަރުމަތިން ކަމުގައި އެކުންފުނިން ބުނެފައިވާއިރު، އެއިން
އެއްވެސް ފަހަރެއްގައި މުޙައްމަދު ސިނާނަށް މުދާ ވިއްކުމާމެދު ލިޔެކިޔުމުން އެއްވެސް މުޢާމަލާތެއް
ހިނގާފައިނުވާކަމާއި މުޙައްމަދު ސިނާނަށް މުދާ ވިއްކުމަށް އެއްވެސް އެއްބަސްވުމެއް ވުޖޫދުގައި ނެތި،
މުޙައްމަދު ސިނާނަށް މުދާ ވިއްކިކަމަށް ބުނެ ދަޢުވާކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 6 ވަނަމާއްދާއާއި 7
ވަނަ މާއްދާއާއި އަދި 8 ވަނަ މާއްދާގައި ންކޮށްފައިވާ ހުށަހެޅުމާއި ޤަބޫލުކުރުމުގެ އުޞޫލުތަކާ ޚިލާފަށް
ކަމަށްބުނެ ހުށަހެޅި ނުކުތާ.
4- ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/752 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ރ.އިންނަމާދޫ(ހަވީރީ ފިނި މުޙައްމަދު ސިނާނުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅޭ ގޮތުން
މުޙައްމަދު ސިނާންއާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވިދިޔަ ސިވިލް ކޯޓުގެ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި
ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2{015/HC-A/22
ޤަޟިއްޔާ
5
(ހ) ފުރަތަމަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/752 ޤަޟިއް
ޤަޟިއްޔާއަށް
ބަލާއިރު، އެޤަޟިއްޔާއަކީ ރ.އިންނަމާދޫހަވީރީފިނި މުޙައްމަދު ސިނާނުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ
ލޯކަލް އިންވެސްޓްމަންޓެއް ކަމުގައިވާ މިޝްފާޢު އިންވެސްޓްމަންޓަށް ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް
ލިމިޓެޑުން ތަފާތު އެކިފަހަރު މަތިން ދޫކޮށްފައިވާ މުދާތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް
ނުދައްކައިވާ -/791 306ރ (ހަތްލައްކަ ނުވަދިހައެއްހާސް ތިންސަތޭކަ ހަރުފިޔާ) އާއި އެއްބަސްވެފައިވާ ގޮތަށް
ކުންފުނީގެ ވިޔަފާރިއަށް ނުވަނުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 54/87 377ރ
(ފަންސާސްހަތަރުހާސް ތިންސަތޭކަ ހަތްދިހަހަތްރުފިޔާ އައްޑިހަހަތްލާރި) އާއެކު ޖުމްލަ 845/87 683ރ
(އައްލައްކަ ސާޅީސް ފަސްހާސް ހަސަތޭކަ އައްޑިހަތިން ރުފިޔާ އައްޑިހައަތްލާރި) އެކީ އެއްފަހަރާ
އެއްމަސްދުވަހުގެ ތެރޭގައި ލިބިގަތުމަށްޓަކައި މުޙައްމަދު ސިނާނުގެ މައްޗަށް ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއް ކަމާއި އެޤަޝިޔާގައި ނަލަހިޔާ ޓްރޭޑިންގ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާގައި އެދިފައިވާ ޢަދަދަށް މުޙައްމަދު ސިނާން އެކުންފުންޏަށް ފައިސާ
ދައްކަންޖެހޭކަމަށް ކަނޑައަޅުއްވައި އެފައިސާ ދެއްކުމަށް މުޙައްމަދު ސިނާންގެ މައްޗަށް އަންގަވައި ޙުކުމް
ކުރައްވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
COCO OOCO
(ށ) ދެވަނަ ކަމަކީ، މި މައްސަލަ އިސްތިއުނާފުކުރާ ރ.އިންނަމާދޫހަވީރީފިނި މުޙައްމަދު
ސިނާނުގެ މައްޗަށް ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ ދަޢުވާ ބިނާކޮށްފައިވަނީ
މުޙައްމަދު ސިނާންގެ ނަމުގައި ލޯކަލް އިންވެސްޓްމަންޓެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ "މިޝްފާޢު
އިންވެސްޓްމަންޓް" އަށް މުޙައްމަދު ސިނާނުގެ އެދުމުގެ މަތިން ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން
ދޫކޮށްފައިވާ މުދަލުގެ އަގުގެ ގޮތުގައި ލިބެންޖެހޭ ފައިސާއާއި އެފައިސާ ނުދެއްކުމުގެ ސަބަބުން ލިބުނު
ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމަށްކަން އެނގޭއިރު،
4 8 2
ސިއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއެއްޖީ
20j5/HC-A/22
ޤަޟިއްޔާ
6
އެމުދާތައް ދޫކޮށްފައިވަނީ މުޙައްމަދު ސިނާނުގެ އެދުމުގެ މަތިން ކަމާއި އެމުދާ
ޑެލިވަރކޮށްފައިވަނީވެސް މުޙައްމަދު ސިނާން ބުނާތަނަކަށްކަމާއި، މުދާ ދޫކޮށްދިނުމަށް މުޙައްމަދު ސިނާނުގެ
ފަރާތުން އެދުމަށްފަހު، އެމުދަލަށް ފައިސާ ދެއްކުމުގެ ގޮތުން ޑޭޓެޑް ޗެކްތައް ކުންފުންޏަށް ދޭކަމާއި، މުޙައްމަދު
ސިނާނަކީ، ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ އިސްމަޤާމެއްގައި ހުރި މީހެއް ކަމުގައިވާއިރު، އޭނާ މުދާ
ވަކިތަނަކަށް ގެންގޮސް ދިނުމުން އެނޫން ގޮތަކަށް ޢަމަލުކުރުމުގެ އިޚްތިޔާރު ނެތްކަމާއި، މުޙައްމަދު ސިނާން ދޭ
ޗެކްތަކުގައި ލިޔުމަށް އޭނާ ބުނުމުން އެކުންފުނީގެ މުވައްޒަފުން ލިޔެފައިހުރިކަމާއި، އެޗެކުތަކަކީ މުޙައްމަދު
ސިނާން އެދިގެން ދޫކޮށްފައިހުރި މުދަލަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން ދޫކޮށްފައިހުރި
ތަކެއްކަމަށް މި މައްސަލާގައި ޝަރީޢަތަށް ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހުން އެނގެން އޮންނަކަމެވެ.
3 ހ ޑއ ދ ތތ
(ނ) ތިންވަނަ ކަމަކީ: "މިޝްފާޢު އިންވެސްޓްމަންޓް" ގެ ނަމުގައި ނަލަހިޔާ ޓްރޭޑިންގ
ޕްރައިވެޓް ލިމިޓެޑުގެ އެކިއެކި ފިހާރަތަކުން ކްރެޑިޓަށް ނަގާފައިވާ މުދަލުގެ އަގަށް ދައްކަންޖެހޭ ފައިސާ 2014
މާރިޗް މަހުގެ 25 ގެ ފަހުން ދައްކަމުން ދާނެކަމަށާއި އަދި ވޭތުވެ ދިޔަ ތަނުގައި އެފައިސާ ދެއްކިފައިނުވަނީ
މާލީގޮތުން ކުންފުނި ދަށަށް ގޮސްފައިވާތީކަމަށް ބަޔާންކޮށް މުޙައްމަދު ސިނާންގެ ނަމުގައި ސޮއިކޮށް 01 މާރިޗް
2014 ގައި ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީއަށް ބެލުމުން އެނގެން
އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: މި މައްސަލާގައި ކަންހިނގާފައިވާ ގޮތުގެ ވަޤާއިޢުތަކުގެ މައްޗަށް
ބަލާއިރު، ކޮންޓްރެކްޓެއްވުމަށްޓަކައި ހުށަހެޅުމަކާއި ޤަބޫލުކުރުމެއް އޮތްކަމާއި އަދި މި ދެފަރާތުގެ ދެމެދުގައި
ޤާނޫނީ ގޮތުން ބަދެވިގެންދާފަދަ ޞައްޙަ ޢަޤްދެއް ވެފައިވާކަން މި މައްސަލާގައި ހުށަހެޅިފައިވާ ހެއްކާއި
ޤަރީނާތަކުން ޝަރީޢަތަށް ސާބިތުވާން އޮންނަކަމެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2{015/HC-A/22
ޤަޟިއްޔާ
7
ބި} ފަސްވަނަ ކަމަކީ: މި މައްސަލައިގެ ޝަރީޢަތް 09 ފެބުރުވަރީ 2017 ދުވަހުގެ 10:30
ގައި ބޭއްވުމަށް ޝެޑިއުލްކޮށް އެކަން ރ.އިންނަމާދޫ(ހަވީރީފިނި، މުޙައްމަދު ޝިނާނަށް އަންގައި އޭނާގެ
ވަކީލަށް ފޮނުވުނު މި ކޯޓުގެ ނަންބަރު HC
-
B7
/
2017
/
91 (09 ފެބުރުވަރީ 2017) "ކޯޓަށް ހާޒިރުވުމުގެ
އަމުރު" މުޙައްމަދު ސިނާނުގެ ޤާނޫނީ ވަކީލް ޢަބްދުﷲ ސިޔާޒަށް ރައްދުކުރެވިފައިވާއިރު، އެއަމުރުގައިވާ ގަޑި
ޖެހުމުގެ ކުރިން ޢަބްދުﷲ ސިޔާޒު ކޯޓަށް ހާޒިރުވެ، މައްސަލައިގެ ބަޔާންތަކުގައި އޭނާގެ މުވައްކިލް މުޙައްމަދު
ސިނާން ކޯޓަށް ހާޒިރުވާނެކަމަށް ބުނި ނަމަވެސް، މުޙައްމަދު ސިނާން ކޯޓަށް ހާޒިރުވެފައިނުވާތީއާއި އަދި މި
މައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް މީހުން ވެއްދުމަށް ބެލިއިރު، ޢަބްދުﷲ ޝިޔާޒުވެސް ކޯޓުގައި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކޮށް މި
ޤަޟިއްޔާގައި ޙުކުމްކުރެވިފައިވަނީ މި މައްސަލަ އިސްތިއުނާފުކުރި ރ.އިންނަމާދޫ(ހަވީރީފިނި، މުޙައްމަދު
ސިނާނުގެ ޣައިރު ޙާޟިރުގައެވެ.
ޑ.4 ...
ނނމާއެކެ6
ޚި
އެހެންކަމުން، ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް
ކޯޓުގެ ނަންބަރު 2014/Cv-C/752 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް މި ކޯޓުން ބަދަލު ގެންނަންޖެހޭ
ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
ޙުކުމް:
C>xc
ދެންފަހެ އިސްވެބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ
ނަންބަރު 2014/Cv-C/752 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް
ކުރައްވާފައިވާ ޙުކުމެއްކަމަށް ކަނޑައަޅައި މި މައްސަލަ އިސްތިއުނާފުކުރި ރ.އިންނަމާދޫ(ހަވީރީފިނި، މުޙައްމަދު
ސިނާނުގެ ޣައިރު ޙާޟިރުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާއި ރޭވިފައި
ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv