ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/04 ޤަޟިއްޔާގެ ޙުކުމް
l
gpgHC-A:04
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 04/IIC
-
A/2009
• އިސްތިއުނާފުކުރި ފަރާތް.
* ނަން: މުޙައްމަދު ވަދީޢު
އައިޑީ ކާޑު ނަންބަރު: 110727-A
ދާއިމީ އެޑްރެސް: ބ.އޭދަފުށި، ފުއްޓަރު
މިހާރުގެ އެޑްރެސް: ބ.އޭދަފުނި، ފުއްޓަރު
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އަޙްމަދު އަކިޓޯ
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް: ބ.އޭދަފުށި، ބޯނިމާގެ
އައިޑީ ކާޑުނަންބަރު.
045791
• ރަޖިސްޓްރީ ތާރީޚް: 08 މުޙައްރަމް 1430
09 ޖެނުއަރީ
* ނިމުނު ތާރީޚް: 03 ޝަޢުބާން 1432
04 ޖުލައި 2011
2009
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: މަދަނީކޯޓުގެ ނަންބަރު: 2008/MC/1428
ނިންމެވި ފަރާތް: މަދަނީކޯޓު
• މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 29.07.2008
ނިމުނު ތާރީޚް: 16.11.2008
0
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު އަލީ ސަމީރު
ފަނޑިޔާރު ޔޫސުފް ޙުސައިން
ރާއްޖޭގެ
ހައިކޯޓް
ވެއްޖެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒުހިނގުން،ތީމުގެ ގޮތުނަދޮރޯނި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް www.highcourt.gov.mv
[email protected]
7
2009FIC-/Ad4
ދުޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/1428 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ބ.އޭދަފުށި ފުއްޓަރު މުޙައްމަދު ވަދީޢުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު
ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެނެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފް
ރައްދުވީ ބ.އޭދަފުށި ބޯށީމާގޭގައި އުޅޭ ޖަޕާނު ރައްޔިތެއްކަމަށްވާ އަޙްމަދު އަކްޓޯއަށެވެ.
¢ ¢ ¢ ¢0
-01
އުޅޭ
ކުރެވުނު ނުކުތާތަ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/1428 ޤަޟިއްޔާގައި ބ.އޭދަފުށިބޯށީމާގޭގައި
ޖަޕާނު ރައްޔިތެއްކަމަށްވާ އަޙްމަދު މަކިޓާގެ ދަރިފުޅު ސުހައިލް އަޙްމަދުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ
ރަޖިސްޓަރީ ނަންބަރު C1A1186 ޕިކަޕް މިދަރިފުޅުގެ އިޛްނައާއެކު ދުއްވާ ބެލެހެއްޓުމުގެ ހުރިހާކަމެއް
އެދަރިފުޅުގެ ބައްޕަ އަޙްމަދު އަކްޓޯއަށް ދިނުމުން، ބ.އޭދަފުށި ފުއްޓަރު މުޙައްމަދު ވަދީޢުއާއި ޕިކަޕް
ދުއްވަން ޙަވާލުކުރެވުނީ ވަކި ޒިންމާތަކެއް ކަނޑައަޅާ، އަދި އެ ޕިކަޕް ޙަވާލުކުރެވުމަށްފަހު މުޙައްމަދު
ވަދީޢު ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާކަމަށް ބަޔާންކޮށް އަޙްމަދު އަކިޓޯ ދަޢުވާކުރުމުން، ޕިކަޕް
ދުއްވައިގެން ލިބުނު ފައިސާގެ ތެރެއިން ޕިކަޕުގެ ވެރިފަރާތަށް ދޭންޖެހޭ 39,258
/
14ރ (ތިރީސް ނުވަހާސް
ދުއިސައްތަ ފަންސާސްއަށް ރުފިޔާ ސާދަ ލާރި) އާއި، އަދި ޓްރެފިކް ޤަވާއިދާ ޚިލާފުވެގެން ދައްކަންޖެހޭ
/140ރ (ސަތޭކަ ސާޅީސް ރުފިޔާ) އާއި އެކު ޖުމްލަ 39,398
/
14ރ (ތިރީސް ނުވަހާސް ތިންސަތޭކަ
ނުވަދިހަ އަށް ރުފިޔާ ސާދާ ލާރި) އަކީ މުޙައްމަދު ވަހީޢުގެ ފަރާތުން އަޙްމަދު އަކްޓޯއަށް ދައްކަންޖެހޭ
ފައިސާއެއްކަމަށް މަދަނީ ކޯޓުން ކަނޑައަޅުއްވައި ޙުކުމް ކުރައްވާފައިވާ ޤަޟިއްޔާއަކީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލަކާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށް ބުނެ އެނިންމެވުން އިސްތިއުނާފުކޮށްދިނުމަށް
އެދި މުޙައްމަދު ވަދީޢުގެ ފަރާތުންދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެދިފައިވާ މައްސަލައެކެވެ.
02- އިސްތިއުނާފު މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2008/MC/1428 ޤަޟިއްޔާގެ ޝަރީޢަތް
ނިލޯނެގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ، ބ.އޭދަފުށިބޯށިމާގެ ގައި އުޅޭ ޖަޕާނު ރައްޔިތެއްކަމަށްވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި1 މާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
2009;IHC-A/04
އަޙްމަދު އަޑިޓޯގެ ދަރިފުޅު ސުހައިލް އަޙްމަދުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ރަޖިސްޓަރީ ނަންބަރު
186
CA1 ޕިކަޕް މިދަރިފުޅުގެ އިޛްނަޔާއެކު ދުއްވާ ބެލެހެއްޓުމުގެ ހުރިހާކަމެއް އެދަރިފުޅުގެ ބައްޕަ
އަޙްމަދު އަކީޓޯއަށް ދިނުމުން، އަޙްމަދު އަކްޓޯ، ބ.އޭދަފުނިފުއްޓަރު މުޙައްމަދު ވަދީޢުއާއި ޕިކަޕް ދުއްވަން
ޙަވާލުކޮށްފައިވަނީ، ޕިކަޕް ދުއްވައިގެން ލިބޭ އެއްޗަކުން ޚަރަދުކުނޑައި 1/2 ދައްކާގޮތަށް ކަމަށްވެފައި،
މިއާއި ޚިލާފަށް 2006 ވަނަ އަހަރަށް ޕިކަޕަށް ދައްކަންޖެހޭ އަހަރީފީ ނުދައްކައިގެން ކޮށްފައިވާ
ޖޫރިމަނާއަށްވާ -/750ރ ( ހަތްސަތޭކަ ފަންސާސް ރުފިޔާ) އާއި، 01 އޯގަސްޓް 2005 އިން 31 ޖުލައި
2006 އަށް މިޕިކަޕަށް ދައްކަންޖެހޭ އަހަރީފީއަށްވާ -/1800ރ (އެއްހާސް އަށްސަތޭކަ ރުފިޔާ) އާއި، ދެ
ފަހަރެއްގެ މަތިން ޓްރެފިކް ޤަވާޢިދާ ޚިލާފުވެގެން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ -/140ރ. (އެއްސަތޭކަ
ސާޅީސް ރުފިޔާ) އާއި، 18 ފެބްރުއަރީ 2002 އިން ފެށިގެން 22 ނޮވެމްބަރު 2005 ގެ ނިޔަލަށް
ލިބެންވާ -/57,500ރ. (ފަންސާސް ހަތްހާސް ފަސްސަތޭކަ ރުފިޔާ) އާއި އެކު ޖުމްލަ -/60,190ރ
ފަސްދޮޅަސްހާސް އެއްސަތޭކަ ނުވަދިހަ ރުފިޔާ) ލިބިގަތުމަށް އަޙްމަދު އަކިޓޯ މަދަނީ ކޯޓުގައި ބ.އޭދަފުށި
ފުއްޓަރު މުޙައްމަދު ވަދީބުގެ މައްޗަށް ދަޢުވާކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެ
ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ނިންމަވާފައިވަނީ، 18 ފެބްރުއަރީ 2002 އިން ފެށިގެން 22 ނޮވެމްބަރު
2005 ދުވަހުގެ ނިޔަލަށް ޕިކަޕް ދުއްވައިގެން ލިބުނު ފައިސާއިން އެއްވެސް މިންވަރެއް އަޙްމަދު އަކީ
އަކިޓޯއާއި
ޙަވާލުކޮށްފައިވާކަން މުޙައްމަދު ބަދީޢުގެ ބަހުންނާއި، އަދި އޭނާގެ ފަރާތުން ހުށަހެޅި ހެކިންގެ ބަހުން
ޝަރީޢަތަށް ސާބިތުނުވާތީ، މިމުއްދަތުގައި އެއްވެސް ފައިސާއެއް ދައްކާފައި ނެތް ކަމަށް ބަލައި، 02
ސެޕްޓެމްބަރ 1997 އިން 17 ފެބްރުއަރީ 2004 ގެ ނިޔަލަށް ލިބިފައިވާކަމަށް އަޙްމަދު އަކްޓޯގެ ބަހުން
އެނގޭ -/40,000ރ (ސާޅީސްހާސް ރުފިޔާ) ގެ ނިސްބަތުން މަހަކަށް ޖެހޭ މިންވަރަށް ބެލުމުން، 18
ފެބްރުއަރީ 2002 އިން ފެށިގެން 22 ނޮވެމްބަރު 2005 ދުވަހުގެ ނިޔަލަށްޖެހޭ 39,258
/
14ރ
(ތިރީސްނުވަހާސް ދުއިސައްތަ ފަންސާސްއަށް ރުފިޔާ ސާދަ ލާރި) އަކީ ޕިކަޕް ދުއްވައިގެން ލިބުނު
ފައިސާގެ 112 އަށްވާ ފައިސާކަމަށް ޝަރީޢަތުން ދެކޭކަމާއި އަދި ޕިކަޕް މުޙައްމަދު ވަދީޢުއާ ޙަވާލުކުރެވުނީ
ވަކި ޒިންމާތަކެއް ކަނޑައަޅާ ބަޔާންކޮށްފައިކަން ސާބިތުކޮށްދެވިފައި ނެތުމުން، ޕިކަޕުގެ އަހަރީ ފީ
ދެއްކުމަކީ ޤާނޫނީ ގޮތުން، ޕިކަޕުގެ ވެރިފަރާތުން ކުރަންޖެހޭ ކަމެއްކަމަށްވާތީ، އެފައިސާ ނުދެއްކުމުން
ހަޖްކޯތާއަށް އަރާފައިވާ ފައިސާ ދެއްކުމުގެ ޒިންމާއަކީ ޕިކަޕުގެ ވެރިފަރާތުން އުފުލަންޖެހޭ ޒިންމާއެއްކަމާއި،
ދިވެހިރާއްޅޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުތުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މްވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 2316471
މެއިލް: 'infocchighcourt.gov.rrit ވެބްސައިޓް: WWW.highcourt.gov.mv
4
2d09HC-A4
ނަމަވެސް ޓްރެފިކް ޤަވާއިދާ ޚިލާފުވެގެން ދެފަހަރެއްގެ މަތިން ކޮށްފައިވާ ޖޫރިމަނާއަށް ޕިކަޕުގެ ވެރިފަރާތުން
ދައްކާފައިވާ -/140ރ (ސަތޭކަ ސާޅީސް ރުފިޔާ) އަކީ މުޙައްމަދު ވަދީޢު ޕިކަޕުގެ ވެރިފަރާތައް ދޭންޖެހޭ
ފައިސާކަމަށް ޝަރީޢަތުން ދެކޭތީ، ޕިކަޕު ދުއްވައިގެން ލިބުނު ފައިސާގެ ތެރެއިން ޕިކަޕުގެ ވެރިފަރާތަށް
ދޭންޖެހޭ 39,258
/
14ރ (ތިރީސް ނުވަހާސް ދުއިސައްތަ ފަންސާސްއަށް ރުފިޔާ ސާދަ ލާރި) އާއި، އަދި
ޓްރެފިކް ޤަވާއިދާ ޚިލާފުވެގެން ދައްކަންޖެހޭ -/140ރ (ސަތޭކަ ސާޅީސް ރުފިޔާ) އާއިއެކު ޖުމްލަ
39,398
/
14ރ (ތިރީސް ނުވަހާސް ތިންސަތޭކަ ނުވަދިހަ އަށް ރުފިޔާ ސާދާ ލާރި) އަކީ، މުޙައްމަދު
އަދީބުގެ ފަރާތުން އަޙްމަދު އަކްޓޯއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅުއްވައި، މިފައިސާ އަޙްމަދު
އަކިޓޯއަށް ލިބިދިނުމަށްޓަކައި 16 ނޮވެމްބަރު 2008 އިން ފެށިގެން މަސްހަމަކޮށް މަހަކު 6,566
/
35ރ
(ހަހާސް ފަސްސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ ތިރީސް ފަސް ލާރި) އަށްވުރެ މަދުނޫން ޢަދަދަކަށް
މަދަނީކޯޓަށް ދައްކަމުންގޮސް 06 (ހައެއް) މަސްދުވަހުގެ ތެރޭގައި މިފައިސާ ދައްކާ ޚަލާސްކުރުމަށް
މުޙައްމަދު ވަދީޢުއަށް އަންގަވައި ޙުކުމް ކުރައްވާފައިކަން އެނގެއެވެ.
03- މަދަނީ ކޯޓުގެ ނަންބަރު 2008/MC/1428 ޤަޟިއްޔާ އެ ކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ނިންމެވުން އިސްތިޢުނާފުކުރަމުން، ބ.އޭދަފުށި ފުއްޓަރު މުޙައްމަދު
ވަދާޢުގެ ފަރާތުން އަންނަނިވި ނުކުތާ ފާހަގަކޮށް، އެ ނުކުތާއާ
ކުތާއާ ބެހޭގޮތުން
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
COX2
މިމައްސަލާގައި ދަޢުވާ ކުރާފަރާތަކީ އަޙްމަދު އަކިޓޯ ކަމަށްވާތީވެ، ދަޢުވާ ސާބިތުކޮށްދޭންޖެހޭނީ އަޙްމަދު
އަކީޓޯ ކަމަށްވާއިރު އޭނާ ކުރާ ދަޢުވާ އޭނާއަށް ސާބިތުކޮށްދެވިފައި ނުވާއިރުވެސް ދަޢުވާ ކުރާފަރާތުން
ކުޅު ފައިސާ މުޙައްމަދު ވަދީޢު ދައްކަން ޖެހޭކަމަށް މަދަނީ ކޯޓުން ޙުކުމް ކުރައްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން،ނީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ ޕޯން: 3325020، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.friy
5
2{09/HC-A/4
43 4 3
04- މަދަނީ ކޯޓުގެ ނަންބަރު 2008/MC/1428 ޤަޟިއްޔާ އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެނިންމެވުން އިސްތިއުނާފުކޮށްދިނުމަށް އެދި މުޙައްމަދު ވަދީޢުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި އިސްވެ ބަޔާން ކުރެވުނު ނުކުތާއަށް ޖަވާބުދާރީވުމުގެ
ގޮތުން، އިސްތިއުނާފު ރައްދުވާ އަޙްމަދު އަކްޓޯގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު، މަދަނީ ކޯޓުގައި ދެފަރާތުންވެސް ހެކިން ހުށަހަޅާފައިވާކަމާއި، އަދި މުޙައްމަދު ވަދީޢުގެ
ފަރާތުން ހުށަހެޅުނު ހެކިންނަށް ސާބިތުކޮށްދެވުނީ 18 ފެބްރުއަރީ 2004 ގެ ކުރިން އަޙްމަދު އަކްޓޯއަށް ފައިސާ
ދެއްކިފައިވާކަމާއި، އަދި ފައިސާ ހޯދުމަށް ދަޢުވާކުރާ މުއްދަތުގެ ތެރޭގައި (އެއީ 18 ފެބްރުއަރީ 2002 އިން
ފެށިގެން 22 ނޮވެމްބަރ 2005 ގެ ނިޔަލަށް) މުޙައްމަދު ވަދީބުގެ ފަރާތުން ހުށަހެޅި ހެކިންނަށް އެއްވެސް
ފައިސާއެއް ދެއްކިފައިވާ ކަމަށް ސާބިތުކޮށްދެވިފައިނުވާ ކަމާއި، އަދި ކޯޓުން މިޝަރީޢަތް ނިންމަވާފައިވަނީ ޤާނޫނީ
އަދި ޝަރުޢީ ހަމަތަކުގެ މަތިން ޞައްހަގޮތުގައި ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަ
ކޮށްފައިވެއެވެ.
cue
05- މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި މަދަނީ ކޯޓުގެ ނަންބަރު 2008/MC/1428 ޤަޟިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓަށާއި،
މިމައްސަލައާ ގުޅޭ ގޮތުން ޝަރީއަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) މަދަނީ މައްސަލަތަކުގައި އުޞޫލެއްގެ ގޮތުން ދަޢުވާ ސާބިތުކޮށްދޭން ޖެހޭނީ ދަޢުވާކުރާ ފަރާތުން
ކަމުގައިވާއިރު، މަދަނީ ކޯޓުގެ ނަންބަރު 2008/MC/1428 ޤަޟިއްޔާގައި އަޙްމަދު އަކިޓޯ ކުޅަ ދަޢުވާއަކީ
އޭނާގެ ދަރިފުޅު ސުހައިލް އަޙްމަދުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ރަޖިސްޓަރީ ނަންބަރު C1A1186 ޕިކަޕް
މިދަރިފުޅުގެ އިޛްނައާއެކު ދުއްވާ ބެލެހެއްޓުމުގެ ހުރިހާކަމެއް އަޙްމަދު އަކްޓޯއަށް ދިނުމުން، އަޙްމަދު އަކްޓޯ
މުޙައްމަދު ވަދީޢުއާ ޕިކަޕް ދުއްވަން ޙަވާލުކުރިކަމާއި އަދި ޙަވާލުކުރިއިރު އެޕިކަޕް ދުއްވައިގެން ލިބޭ އެއްޗެއްގެ
1/2 އަށްވާ މިންވަރު އަޙްމަދު އަކިޓޯއަށް މުޙައްމަދު ބަދީޢު ދައްކާގޮތަށް ދެފަރާތުން
4 &
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޖުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާވެ. ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އަށްވާ
6
2009/HC-A/44
އެއްބަސްވެފައިވަނިކޮށް، 18 ފެބްރުއަރީ 2002 އިން ފެށިގެން 22 ނޮވެމްބަރ 2005 ގެ ނިޔަލަށް މުޙައްމަދު
ވަދީޢު ދައްކަންޖެހޭ ފައިސާއިން އެއްވެސް ފައިސާއެއް ދައްކާފައިނުވުމުން އެފައިސާ ހޯދުމަށް ކަމަށް ވާއިރު،
އަޙްމަދު އަކިޓޯ ދަޢުވާކުރާ ފަދައިން މުޙައްމަދު ވަދީޢުއަށް އެޕިކަޕް ދުއްވުމަށްޓަކައި އެޕިކަޕް އޭނާއާ
ޙަވާލުކުރެވުނުކަމާއި، އަދި ލިޔުމުން އެއްބަސްވުމެއްނެތް ކަމަކު މުޙައްމަދު ވަދީޢު އެޕިކަޕް ދުއްވައިގެން ލިބުނު
12
އަމިއްލައަށް އިޢުތިރާފުވާކަން އޭނާ ދީފައިވާ ބަޔާ
ބަޔާންތަކަށް ބެލުމުން އެނގެން އޮތުމުން، އަޙްމަދު އަޑިޓޯގެ ދަޢުވާ
މަދަނީ ކޯޓުގައި ސާބިތުވާ
ބިތުވާކަމަށް ޝަރީޢަތަށް ފާހަގަކުރެވުން.
48
(ނ) އިސްވެ ބަޔާންކުރެވުނު
އިވުނު ނުކުތާގައިވާ ގޮތަށް އަޙްމަދު އަކިޓޯއާއި މުޙައްމަދު ވަދީޢުއާ ދެމެދު ޕިކަޕް
ދުއްވައިގެން ލިބޭ ފައިސާގެ ޚަރަދުން ކަނޑައި 1/2 އަށްވާ މިންވަރު އަޙްމަދު އަކްޓޯއަށް ދެއްކުމަށް
އެއްބަސްވެވިފައިވާކަން ދެފަރާތުގެ ވާހަކައިންވެސް އެނގެން އޮވެފައި، އެހެންނަމަވެސް އެޕިކަޕް މުޙައްމަދު
ކުދީޢުއަށް އެންމެ ފުރަތަމަ ހަވާލުކުރެވުނު ތާރީޙާމެދު ދެފަރާތުގެ ބަޔާންތަކުގައިވެސް ޚިލާފުވުންތަކެއް ހުރުމުގެ
ސަބަބުން، އަދި ލިޔެކިއުމުން އެކަން އެނގެން ނެތުމުން، މަދަނީ ކޯޓުން ބުރަވެވަޑައިގެންފައިވަނީ މިފަދަ
މައްސަލަތަކުގައި ޢާންމުގޮތެއްގައި ޝަރީޢަތުން ޢަމަލުކުރެވޭ އުޞޫލުކަމަށްވާ ދަޢުވާލިބޭ ފަރާތުގެ (އެއީ މުޙައްމަދު
ވަދީޢުގެ) ބަހަށް ބުރަވުންކަމުގައި މަދަނީ ކޯޓުގެ ނަންބަރު 2008/MC/1428 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓު ބޭލުމުން އެނގޭކަން ފާހަގަކުރެވުން.
(ނ) އަޙްމަދު އަޑިޓޯގެ ދަޢުވާއަށް މުޙައްމަދު ވަދީޢު އިންކާރު ނުކުރާކަމަށް ފާހަގަކުރެވުނުއިރު، އަޙްމަދު
އަކިޓޯއަށް މުޙައްމަދު ވަދީޢު ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާފައިވާނެކަމަށް މުޙައްމަދު ވަދީޢު މަދަނީ
ކޯޓުގައި ބުނެފައިވުމުން ދަޢުވާ ފުރޮޅި ފައިސާ ދެއްކި ކަމަށްބުނި ބުނުން ސާބިތުކުރުމުގެ ޒިންމާ އޮތް ފަރާތަކީ
މުޙައްމަދު ވަދީޙުކަން އެނގޭކަމާއި، ނަމަވެސް އަޙްމަދު އަކިޓޯއަށް މުޙައްމަދު ވަދީބުގެ ފަރާތުން 18 ފެބްރުއަރީ
2002 އިން ފެށިގެން 22 ނޮވެމްބަރ 2005 ގެ ނިޔަލަށް އެއްވެސް ވަރަކަށް ފައިސާ ދައްކާފައިވާކަން
ކޮށްދެވިފައިނުވާކަން އެނގެން އޮތުމުން، މަދުނީ ކޯޓުން މައްސަލަ ނިންމަވާފައިވަނީ މިފަދަ
ކަންކަމުގައި ޢަމަލުކުރަންޖެހޭ ޝަރުއީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްކަން އެނގޭކަން.
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުނުޒުނގުން،ތީމުގެ 3ވަނަދޮރޯނި މްވެ، ދިވެހިރާއްޖެ، ފޯން. 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.lv
7
2009)HC-A;04
(ރ) އިސްވެ ފާހަގަކުރެވުނު ސަބަބުތަކުގެ މައްޗަށް ބިނާކޮށް، މަދަނީ ކޯޓުގެ ނަންބަރު 2008/MC/1428
ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުން ބަދަލުކުރަން ޖެހޭ ފަދަ އެކަށީގެންވާ ޤާނޫނީ އަދި ޝަރުޢީ ސަބަބެއް
މުޙައްމަދު ވަދީޢުއަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށައެޅިފައިނުވާކަން.
ދެން ފަހެ އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު، މަދަނީ ކޯޓުގެ
ނަންބަރު 2008/MC/1428 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް، އެ ޤަޟިއްޔާ އިސްތިއުނާފް ކުރުމަށް
ބ.އޭދަފުށި، ފުއްޓަރު އަޙުމަދު ވަދީޢުގެ ފަރާތުން ހުށައަޅާފައިވާ ނުކުތާގެ
ކުތާގެ މައްޗަށް ބިނާކޮށް
ބަދަލެއްގެންނަންޖެހޭ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
¢
އެއްވެސް
24 Oc
ރާއްޖޭގެ
ދިވެހިބޭއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުދުޒުހިނގުން، ތީމުގެ 3ވަނަދޮރޯނިޖް މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް:
ވެބް ސައިޓް: www.highcourt.gov.mv
[email protected]