ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/287 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/287
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 287/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
ނަން: މުޙައްމަދު އާދަމް
އައިޑީ ކާޑު ނަންބަރު: A046308
ދާއިމީ އެޑްރެސް: ވައިފިލާގެ/ ރ. މަޑުއްވަރީ
މިހާރުގެ އެޑްރެސް: މ. އެޕަލްގްރީން/ ކ. މާލެ
0
• އިސްތިއުނާފު ރައްދުވި ފަރާތް: މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
0
ހުށަހެޅުނު ތާރީޚް: 15 އޮކްޓޯބަރ 2014
* ނިމުނު ތާރީޚް: 11 މާރިޗް 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/E12C/06
ނިންމެވިކޯޓް: މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް
• ޤަޟިއްޔާގެ ބާވަތް: އުފަންތާރީޚް ޞައްޙަކުރުން
ހުށަހެޅުނުތާރީޚް: 07 ޖަނަވަރީ 2014
ނިމުނު ތާރީޚް: 14 މެއި 2014
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/287
ދަޢުވާގެ ޚުލާޞާ
މިއީ، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/E12C/06
ޤަޟިއްޔާ ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ، އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް މަޑުއްވަރީ ވައިފިލާގެ މުޙައްމަދު އާދަމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް
އިދާރާ އަށެވެ.
....
ނޫން
މައްޗަށް
އެކުރެވުނު
01- މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/E12C/06
ޤަޟިއްޔާ އަކީ، މުޙައްމަދު އާދަމް ވައިފިލާގެ ރ. މަޑުއްވަރީ (އައިޑީކާޑު ނަންބަރު A046308) އެފަރާތުގެ
އުފަންތާރީޚެއްގެ ގޮތުގައި ޖަހާފައިވާ 24 ޖެނުއަރީ 1951 އަކީ މުޙައްމަދު އާދަމްގެ ޞައްޙަ އުފަން ތާރީޚެއް
ކަމަށްބުނެ، މުޙައްމަދު އާދަމްގެ ޞައްޙަ އުފަން ތާރީޚު ޘާބިތުކޮށްދިނުން އެދި މުޙައްމަދު އާދަމް
ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި؛
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، ފާހަގަ ކުރެވުނު ނުކުތާތަކުގެ
ރިޢާޔަތްކޮށް، މަޑުއްވަރީ/ ވައިފިލާގެ މުޙައްމަދު އާދަމްގެ އައިޑީކާޑު (A046308) ގައި އެފަރާތުގެ
އުފަންތާރީޚެއްގެ ގޮތުގައި ޖަހާފައިވާ 24 ޖެނުއަރީ 1951 އަކީ މުޙައްމަދު އާދަމްގެ ޞައްޙަ އުފަންތާރީޚެއް
ނޫންކަމަށްބުނެ މުޙައްމަދު އާދަމްގެ ޞައްޙަ އުފަން ތާރީޚު ޘާބިތުކޮށްދިނުން އެދި މުޙައްމަދު އާދަމް ރ.
މަޑުއްވަރީ ކައުންސިލް އިދާރާގެ މައްޗަށް ދަޢުވާކުރާ މިމައްސަލާގައި، ސަރުކާރުގެ އިދާރާތަކުގައިވާ ރަސްމީ
ލިޔެކިޔުންތަކެއްގެ ޞައްޙަ ނޫން ކަމާމެދު ޝަރީޢަތުން ގޮތެއް ކަނޑައެޅޭނީ އެކަން ޝަރީޢަތަށް ޘާބިތުވާ
މިންވަރަށް ކާފީ ހެކި ލިބިގެންކަމަށްވީ ހިނދު، ރ. މަޑުއްވަރީ ވައިފިލާގެ މުޙައްމަދު އާދަމަށް ޑިޕާޓްމަންޓް
އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ދޫކުރައްވާފައިވާ އައިޑީކާޑާއި (A046308) ރ. މަޑުއްވަރީ ކައުންސިލް
އިދާރާގެ ލިޔެކިޔުންތަކުގައިވާ މުޙައްމަދު އާދަމްގެ އުފަންތާރީޚަކީ ޞައްޙަ ތާރީޚެއް ނޫންކަން ޝަރީޢަތަށް
ސާބިތުވާ މިންވަރަށް ކާފީހެކި ލިބިފައިނުވާތީ، މަޑުއްވަރީ ވައިފިލާގެ މުޙައްމަދު އާދަމްގެ އުފަން ތާރީޚް
4 22
.
އެހިރާއްޖެ
، ހައި
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/287
ކަމަށް އޭނާގެ އައިޑީކާޑާއި ސަރުކާރުގެ އެހެނިހެން ލިޔުންތަކުގައިވާ ތާރީޚުކަމަށްވާ 24 ޖެނުއަރީ 1951 އެއީ
މުޙައްމަދު އާދަމްގެ ޞައްޙަ އުފަން ތާރީޚު ނޫންކަން ޝަރީޢަތުން ކަނޑައަޅާނެ ތަނެއްނެތްކަން މުޙައްމަދު
އާދަމަށް އަންގައި ޙުކުމް ކޮށްފީމެވެ.؟ މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން
CCCX
.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2014/E12C/06 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ މުޙައްމަދު އާދަމްގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް 07 (ހަތެއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/E12C/06 ޤަޟިއްޔާގެ
ފާހަގަކުރެވޭ ނުކުތާގެ 06 ވަނަ ނަންބަރުގައި ”ރ.މަޑުއްވަރީ ކައުންސިލް އިދާރާގެ ލިޔުންތަކުގައިވާ މުޙައްމަދު
އާދަމްގެ އުފަން ތާރީޚަކީ 24 ޖެނުއަރީ 1951 ނޫންކަން، މިފަދައިން އިބާރާތްކުރައްވާފައިވާއިރު، މައްސަލަ
ރައްދުވާ ފަރާތްކަމުގައިވާ ރ. މަޑުއްވަރީ ކައުންސިލް އިދާރާގެ ފަރާތުން (ރ. މަޑުއްވަރީ/ ފެހިވިނަ، މުޙައްމަދު
ސަޢީދު) 07 އެޕްރީލް 2014 ވަނަ ދުވަހު ޝަރީޢަތަށް ދީފައިވާ ބަޔާނުގައި ކުރީގެ ލިޔެކިޔުންތަކުން
މުޙައްމަދު އާދަމްގެ އުފަން ތާރީޚު އެނގެންނެތްކަމުގައި ވިދާޅުވެފައި، އޮންނަ އޮތުމުގެ
ބައްލަވާފައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/E12C/06 ޤަޟިއްޔާގެ
06 ވަނަ ނުކުތާގައި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން މުޙައްމަދު އާދަމަށް ދޫކޮށްފައިވާ
އައި.ޑީކާޑު (A046308) އާ ހަވާލާ ދެއްވާފައިވާއިރު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއަކީ
ރަށުގެ މީހުންގެ ވިހާ، މަރުވާ ތާރީޚު ބަލަހައްޓާ އިދާރާއަކަށް ނުވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: . މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/E12C/06 ޤަޟިއްޔާގެ
ފާހަގަކުރެވޭ ނުކުތާގެ 6 ވަނަ ނަންބަރުގައި ސަރުކާރުގެ އިދާރާގައިވާ ރަސްމީ ލިޔެކިއުންތަކެއްގެ ޞައްޙަކަމާ
މެދު ޝަރީޢަތުން ގޮތެއް ކަނޑައެޅޭނީ؟ މިފަދައިން ވިދާޅުވާއިރު، މުޙައްމަދު އާދަމްގެ އުފަން ތާރީޚުކަމުގައި
އޮތުމުގެ މައްޗަށް ޝަރީޢަތުން
.«
ދިވެހިރާއްޖޭގެ
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/287
އައިޑީކާޑުގައި ޖެހިފައިވާ 24 ޖެނުއަރީ 1951، މި ތާރީޚަކީ މުޙައްމަދު އާދަމްގެ ޞައްޙަ އުފަން ތާރީޚުކަން
ދަޢުވާ ރައްދުވާ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދެއްވާފައިނުވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ މުޙައްމަދު އާދަމްގެ ޞައްޙަ އުފަން ތާރީޚަކީ 24 ޖެނުއަރީ 1951 ނޫންކަމަށް
ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެގޮތަށް ކަނޑައެޅުއްވުމާމެދު، ރ. މަޑުއްވަރީ ކައުންސިލް އިދާރާގެ ފަރާތުން
(ޝަރީޢަތަށް ދީފައިވާ ބަޔާނުގައި) އިޢުތިރާޟް ނުކުރައްވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ: މަޑުއްވަރީ ކައުންސިލް އިދާރާއިން ޝަރީޢަތަށްދެއްވާފައިވާ ބަޔާނުގައި
މުޙައްމަދު އާދަމްގެ ހަގަށް އޭނާގެ މަންމައަށް ލިބިފައިވާ 3 ވަނަ ކުއްޖާކަމަށްވާ ސިއްތިގެ އުފަންތާރީޚަކީ 10
ޛުލްޤަޢިދާ 1374 ކަން ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމުގައި ވިދާޅުވާ ތާރީޚުން ފެށިގެން 10 ޛުލްޤަޢިދާ
1434 އަށް 60 އަހަރުވެފައިވުމާއި، ސިއްތިގެ ހަގަށް އުފަންވި އާމިނަތު އާދަމްގެ އުފަން ތާރީޚަކީ 01
ޖެނުއަރީ 1954 ކަމުގައި (ފާހަގަކުރެވޭ ނުކުތާގެ 05 ވަނަ ނަންބަރުގައި ) ވިދާޅުވާ މިތާރީޚުން 01 ޖެނުއަރީ
2014 އަށް 60 އަހަރު ކަމުގައިވުމުން، ސިއްތި އުމުރުގެ އަހަރަށް ވުރެ ދޮށިވާނޭ ކަމަށް ބެލެވުމާއި،
ސިއްތިއަށްވުރެ ދޮށީ ދެކުދިންނަށްވުރެ މުޙައްމަދު އާދަމް ދޮށި މީހެއް ކަމަށްވުމުން މުޙައްމަދު އާދަމްގެ އުފަން
ތާރީޚާމެދު އޮޅުން އަރާކަމާއި، މުޙައްމަދު އާދަމްގެ އުފަން ތާރީޚަކީ 1951 ވަނަ އަހަރު ކަމުގައި އޮންނަ
އޮތުން ސައްޙަކަމަށް ބެލެވެން ނެތް ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަވަނަ ނުކުތާއަކީ: ހެކިބަސް ދީފައިވާ މުޙައްމަދު މޫސާގެ ބަޔާނުގައި މުޙައްމަދު އާދަމްގެ
އާމިނަތު އާދަމް އުފަންވީއިރު ދިވެހިރާއްޖޭގައި ވެރިކަމުގައި ހުރީ މުޙައްމަދު އަމީން ދީދީ ކަމުގައި
ބުނެފައިވުމާއި، ހެކިބަސްދީފައިވާ އިބްރާހިމް ސުލައިމާނުގެ ބަޔާނުގައި މުޙައްމަދު އާދަމް އުފަންވެފައިވަނީ
ޙަސަން ފަރީދުގެ ދުވަސްވަރުގައި ކަމަށް ބުނެފައިވާ ބުނުމުގެ މައްޗަށް ރިޢާޔަތް ނުކުރައްވާ މައްސަލަ
ބައްލަވަންވާވަރަށް ނުބައްލަވާ ނިންމެވުން ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތްވަނަ ނުކުތާއަކީ: މައްސަލާގައި ފުރިހަމަ އިންސާފެއް ކުރެވިފައި ނެތުމުން ޤާނޫނުއަސާސީގެ 42
ވަނަ މާއްދާއާ ތަޢާރަޝްވެގެންދާ ކަމުގައި ފެންނަ ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
=0x
#
.8
43- ރ.
މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/E12C/06 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް
ދިވެހިރާއްޖޭގެ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/287
.
.
ބުނެ މުޙައްމަދު އާދަމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން
މައްސަލަ ރައްދުވާ ރ. މަޑުއްވަރީ ކައުންސިލް އިދާރާގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބެލިހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
މަޑުއްވަރީ ވައިފިލާގެ މުޙައްމަދު އާދަމްގެ އައިޑީ ކާޑު (އައިޑީކާޑު ނަންބަރު
A046308) ގައި މުޙައްމަދު އާދަމްގެ އުފަންތާރީޚުގެ ގޮތުގައި ޖަހާފައިވާ 24 ޖެނުއަރީ 1951 އަކީ
މުޙައްމަދު އާދަމްގެ ޞައްޙަ އުފަންތާރީޚެއް ނޫންކަމަށް ބުނެ، މުޙައްމަދު އާދަމްގެ ޞައްޙަ އުފަން ތާރީޚް
ޘާބިތުކޮށްދިނުން އެދި މުޙައްމަދު އާދަމްގެ ފަރާތުން މަޑުއްވަރި ކައުންސިލް އިދާރާގެ މައްޗަށް
ދަޢުވާކޮށްފައިވާކަމާއިގެ
ރ. މަޑުއްވަރި ކައުންސިލުގެ އިދާރާގައި ހުރި ލިޔެކިޔުންތަކަށް ބަލާއިރު، ކުރީގެ ލިޔެކިޔުންތަކުން
ރ. މަޑުއްވަރީ ވައިފިލާގެ މުޙައްމަދު އާދަމްގެ އުފަންތާރީޚު އެނގެން ނެތްކަމާއި، ނަމަވެސް މުޙައްމަދު އާދަމްގެ
ހަގަށް 3 (ތިނެއް) ވަނަ ކުއްޖާކަމުގައިވާ ސިއްތިގެ އުފަން ތާރީޚެއްކަމަށް ކައުންސިލުގެ އިދާރާގެ
ލިޔެކިޔުންތަކުން އެނގެން އޮތީ 10 ޛުލްޤަޢިދާ 1374 ކަމާއި، ނަމަވެސް ސިއްތިއަކީ މުޙައްމަދު އާދަމްގެ
މަންމަގެ ކިތައްވަނަ ކުއްޖާކަމެއް އެނގެން ނެތްކަމާއި، އެހެންކަމުން މިކަންކަމުގެ މައްޗަށް ޝަރީޢަތުން
ބައްލަވައި، މުޙައްމަދު އާދަމްގެ ޞައްޙަ އުފަން ތާރީޚަކީ އައިޑީކާޑުގައިވާ 24 ޖެނުއަރީ 1951 ނޫންކަމަށް
ޝަރީޢަތަށް ސާބިތުވެއްޖެނަމަ، ކަނޑައެޅުމާމެދު މަޑުއްވަރީ ކައުންސިލް އިދާރާގެ
އިޢުތިރާޝެއްނެތްކަމަށް، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ މައްޗަށް ހުށަހެޅުނު ދަޢުވާގެ
ޖަވާބުގައި މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/E12C/06 ޤަޟިއްޔާގެ
ޝަރީޢަތަށް މަޑުއްވަރީ ކައުންސިލު އިދާރާގެ ފަރާތުން ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން
އެގޮތަށް
CCCX
(ނ) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަކީ، ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން
މުންއަންނަ ދިވެހި ޖުމްހޫރިއްޔާގެ ރަސްމީ ލިޔުމެއްކަމާއި، ޑިޕާރޓްމަންޓް އޮފް ނޭޝަނަލް
ހައްދައި
332 ދ9 8 ދ ތ ދ
ކުރަމުންއަންނަ
R
ހައިކޯ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/287
ހއ 44
ކަމާބެހޭ
ދ29 4
މައެލާމުއެ
COCOX >
4 25 2
ރެޖިސްޓްރޭޝަނަކީ، ދިވެހިރާއްޖޭގެ އާބާދީގެ ތަފާސް ހިސާބުތަކާއި، ދިވެހިރައްޔިތުންގެ އުފަން ތާރީޚާއި އަދި
ވަކި ފަރުދުންގެ އެހެނިހެން މުހިންމު މަޢުލޫމާތުތައް ލިޔެވި ރައްކާ ކުރެވެމުންދާ
ކުރެވެމުންދާ ޤައުމީ އިދާރާކަމާއި،
ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުގައި ރައްކާކުރެވިފައިވާ ދިވެހިރައްޔިތުންގެ މަޢުލޫމާތަކީ،
ދައުލަތުގެ ކަމާބެހޭ އެކިއެކި އިދާރާތަކުން ހޯދާ އެއްކުރެވޭ މަޢުލޫމާތުތަކެއް ކަމުގައި ވީހިނދު، ސަރުކާރުގެ
އިދާރާތަކުގައިވާ ރަސްމީ ލިޔެކިއުމެއްގެ ނުވަތަ ލިޔެކިޔުމެއްގައިވާ މަޢުލޫމާތުގެ ޞައްޙަ ނުވަތަ
ޞައްޙަ ނޫން ކަމާމެދު ޝަރީޢަތަށް ޘާބިތުވާ މިންވަރަށް ކާފީ ހެކި ލިބިގެންމެނުވީ، އެކަމާމެދު ޝަރީޢަތުން
ގޮތެއް ކަނޑަނޭޅޭނެކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން އެނގެއެވެ.
(ނ) ދައުލަތުގެ ރަސްމީ ލިޔެކިޔުމުގައި ހިމެނިފައިވާ މަޢުލޫމާތަކީ ގޯސް އަދި ޞައްޙަ ނޫން
މާތެއް ކަމުގައި ދަޢުވާކުރާނަމަ، އެލިޔެކިޔުމެއްގައި މަޢުލޫމާތަކީ ރަގަޅުނޫން މަޢުލޫމާތެއް ކަމުގައި
ބުނުމަކުން ނުފުދޭނެކަމާއި، އެހެނެއްކަމަކު އެ ލިޔެކިޔުމެއްގައި އޮންނަންވާނެ ރަގަޅު ޞައްޙަ މަޢުލޫމާތުވެސް އެ
ދަޢުވާއެއްކުރާ ފަރާތަކުން ސާބިތުކޮށްދެންވާނެކަމާއި ،
ބަލާއިރު، މަޑުއްވަރީ ވައިފިލާގެ މުޙައްމަދު އާދަމްގެ އައިޑީ ކާޑު (އައިޑީކާޑު
ނަންބަރު A046308) ގައި، މުޙައްމަދު އާދަމްގެ އުފަންތާރީޚުގެ ގޮތުގައި ޖަހާފައިވާ 24 ޖެނުއަރީ 1951
ތާރީޚަކީ، މުޙައްމަދު އާދަމްގެ ޞައްޙަ އުފަންތާރީޚް ނޫންކަމަށް ބުނެ މުޙައްމަދު އާދަމްގެ ފަރާތުން
ހުށަހަޅާފައިވާ މައްސަލައިގައި، ސާބިތުކުރުމުގެ ގޮތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހަށް ބަލާއިރު، އެއިން
އެއްވެސް ފަރާތެއްގެ ހެކިބަހުންވެސް މުޙައްމަދު އާދަމްގެ އައިޑީ ކާޑުގައި މިހާރު އެ އޮންނަ ތާރީޚަކީ ޞައްޙަ
ނޫން ގޯސް ތާރީޚެއްކަމުގެ މައްޗަށް ހެކި ލިބިފައިނުވުމުގެ އިތުރުން މުޙައްމަދު އާދަމްގެ ޞައްޙަ އުފަން
ތާރީޚަކީ މީލާދީ ސަނަތުން ނުވަތަ ހިޖްރީ ސަނަތުން ވިޔަސް ވަކި މިވެނި ތާރީޚެއްކަން ސާބިތުކޮށްދިނުމުގެ
ގޮތުން ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާއާއި އަދި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް މުޙައްމަދު އާދަމްގެ
ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަން އެނގެންއޮވެއެ
ވީމާ، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/E12C/06
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް މިޤަޟިއްޔާ ބެލި މަޖިލީހުގެ
އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
އެގެން
ދިވެހިރާއް
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/287
0
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމާއެކު،
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/E12C/06 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
އައިކާ
***
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ