ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/165 ޤަޟިއްޔާގެ ޙުކުމް
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012/HC-A/165
21
80
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 165/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވި ފަރާތް:
*ނަން: ޙަސަން ނަޖީބް
ކާޑު ނަންބަރު: A001826
އެޑްރެސް: ފުރަޝް ގއ.ވިލިނގިލި
މިހާރުގެ އެޑްރެސް: ހުޅުމާލެ މުރަކަ 08
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 08 ރަޖަބް 1433
29 މެއި 2012
ނިމުނު ތާރީޚް: 17 ރަބީޢުލްއާޚިރު 1434
27 ފެބްރުއަރީ 2013
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2010/JC
/
2010
)
571
/
Cr
-
C/2341)
• ނެރުއްވި ފަރާތް: ކްރިމިނަލް ކޯޓް
ތް: މަޤާމްގެ ނުފޫޒު ބޭނުންކޮށްގެން އެހެންފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުން
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ދިވެހިރާއް
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢައްބާސް ޝަރީފު، ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ
2012/HC-A/165
→ތﷲ ރި
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
571
/
Cr
-
C/2341) ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު
ކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ގއ.ވިލިނގިލި ފުރަޝް ޙަސަން ނަޖީބުއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
،
01 ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
571
/
Cr
-
C/2341) ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ "ޙަސަން ނަޖީބު، ގއ.ދެއްވަދޫ ކޯޓާއި
ގއ.ވިލިނގިލީ ކޯޓުން ކޮށްފައި ނުވާ ދަތުރުތަކަށް، ގއ.ވިލިނގިލީ| ބްލޫހައުސް ޢަލީ ފިކުރީއާއި،
ގއ.ވިލިނގިލީ އިރުވަރު އިބްރާހީމް އިސްމާޢީލްއާއި، ގއ.ވިލިނގިލީ ސެންޓަރުގެ ޚަލީލް ޢަބްދުﷲ ނަމުގައި
އެދެކޯޓަށް ހުށަހަޅާފައިވާ ބިލްތަކަށް ފައިސާ ދޫކޮށްފައިވާތީ، ޤާނޫނު ނަންބަރު 02/2000 (ކޮރަޕްޝަން
ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ޙަސަން ނަޖީބުގެ މަޤާމުގެ
ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާ ދިނުމުގެ ކުށުގެ ދަޢުވާކުރުމުން ބެލެވުނު
މައްސަލައެއްކަން" އެނގޭކަމާއި،
3709
ނުފޫޒު
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރެވުނު ނުކުތާތަކަށް
ބަލާއިރު، ގއ.ވިލިނގިލީ ފްރަޝް ޙަސަން ނަޖީބުގެ މައްޗަށް ދައުލަތުން ކުޅަ މަޤާމުގެ ނުފޫޒު
ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ޝަރީއަތުން
ބެލިބެލުމުން، ޙަސަން ނަޖީބު، ގއ.ދެއްވަދޫ ކޯޓާއި، ގއ.ވިލިނގިލީ ކޯޓުގެ މެޖިސްޓްރޭޓަކަށް ހުރެ
އެދެކޯޓުން ކޮށްފައިނުވާ ދަތުރުތަކަކަށް، ގއ.ވިލިނގިލީ| ބްލޫހައުސް ޢަލީ ފިކުރީއާއި، ގއ.ވިލިނގިލީ
އިރުވަރު އިބްރާހީމް އިސްމާޢީލްއާއި، ގއ.ވިލިނގިލީ ސެންޓަރުގެ ޚަލީލް ޢަބްދުﷲގެ ނަމުގައި އެދެކޯޓަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012/HC-A/165
ހުށަހަޅާފައިވާ ބިލްތަކަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް ދައުލަތުން ބުނާއިރު، ދައުލަތުގެ މިދަޢުވާއަށް
ދަޢުވާލިބޭ ޙަސަން ނަޖީބު އިންކާރު ކޮށްފައިވުމާއި، ގއ.ދެއްވަދޫ ކޯޓާއި، ގއ.ވިލިނގިލީ ކޯޓުން
ކޮށްފައިނުވާ ދަތުރަކަށް ފައިސާއެއް ނަގާފައި ނުވާނެކަމަށާއި، އެދެކޯޓަށް ކުރި ދަތުރުތަކަށް ފައިސާ
ލިބިފައިވާކަމަށް ގއ.ވިލިނގިލީ| ބްލޫހައުސް ޢަލީ ފިކުރީއާއި، ގއ.ވިލިނގިލީގެ އިރުވަރު އިބްރާހީމް
އިސްމާޢީލާއި، ގއ.ވިލިނގިލީ ސެންޓަރުގެ ޚަލީލް ޢަބްދުﷲ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވުމާއި،
ގއ.ވިލިނގިލީ ކޯޓުގެ ލިޔުންތަކުގައި ޓިޕެކްސް ޖަހާ އެލިޔުންތައް ކަނޑާ ހަދާފައިވަނީ ޙަސަން ނަޖީބްކަން
ދައުލަތުން ހުށަހެޅި އެއްވެސް ހެއްކެއްގެ ހެކިބަހުން އެނގެން ނެތުމާއި، އަދި ދައުލަތުން ހުށަހެޅި ހެކިންގެ
ތެރެއިން ގއ.ވިލިނގިލީ| މީރާޒު މުޙައްމަދު ނަޞީރު ގއ.ވިލިނގިލީ ފިނޮޅު 2، އަދި 3، މިދެލޯންޗުން
ދެއްވަދޫ ކޯޓަށާއި ގއ.ވިލިނގިލީ ކޯޓަށް ދަތުރެއްކޮށްފައި ނުވާނެކަމަށް ބުނެފައިވާއިރު، އެދެލޯންޗުން
ގއ.ދެއްވަދޫ ކޯޓަށާއި، ގއ.ވިލިނގިލީ ކޯޓަށް ދަތުރުކޮށްފައިހުރި ކަމާއި އެދަތުރުތަކަށް ލިބެންޖެހޭ
ފައިސާވެސް އެކޯޓުތަކުން ލިބިފައިވާ ކަމަށް ޙަސަން ނަޖީބުގެ ފަރާތުން ހުށަހެޅި ހެކި އިބްރާހީމް
އިސްމާޢީލާއި، މުޙައްމަދު ސިހާބުގެ ބަހުން އެގެން އޮތުމުގެ އިތުރުން އެދުވަސްވަރު ފިނޮޅު 2 އަދި 3
މިދެލޯންޗު ޙަވާލު ކޮށްފައިވަނީވެސް އިބްރާހީމް އިސްމާޢީލާކަން އެލޯންޗުތަކުގެ ވެރިފަރާތް ކަމުގައިވާ ޢަލީ
ރަޝީދު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަޙުޤީޤަށް ދީފައިވާ ބަޔާނުން އެނގެން އޮތުމާއިއެކު، ގއ.ދެއްވަދޫ
ކޯޓަށާއި، ގއ.ވިލިނގިލީ
ކޯޓަށް ޙަސަން ނަޖީބު ނުކުރާ ދަތުރު ތަކަކަށް އެދެކޯޓުން އެއްވެސް މީހަކަށް
ފައިސާ ދޫކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާތީ، ޙަސަން
ނަޖީބުގެ މައްޗަށް ދައުލަތުން ކުޅަ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖައިޒު ފައިދާއެއް
ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާ
މިޤަޟިއްޔާ ނިންމީއެވެ."
މިފަދައިންނެވެ.
2 9ދ ހދ8
ނަވަސްކޮށް
233
02 ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
571
/
Cr
-
C/2341) ޤަޟިއްޔާ
ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން
އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ވެވެ، ތ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012/HC-A/165
ފުރަތަމަ ނުކުތާއަކީ، ގއ.ވިލިނގިލީ| ފްރަޝް ޙަސަން ނަޖީބުގެ މައްޗަށް ދައުލަތުން ކުރި
މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ،
ޝަރީޢަތަށް ސާބިތުވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާކަމަށް ވިދާޅުވެ ކުށް ސާބިތުނުވާކަމަށް
ކްރިމިނަލް ކޯޓުން މައްސަލަ ނިންމަވާފައިވާއިރު، ޙަސަން ނަޖީބު ދެއްވަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގައި
ހުރެ ގއ.ދެއްވަދޫ ކޯޓުގެ މުސާރަބަލާ ގއ.ވިލިނގިއްޔަށް ކުރި ދަތުރުތަކުގެ ތެރެއިން ބައެއް ދަތުރުތައް
ގއ.ދެއްވަދޫ އޮފީހާއި ގުޅިގެން ކުރުމަށްފަހު، އެދަތުރުތަކަށްވާ ފައިސާ ގއ.ދެއްވަދޫ އޮފީހަށް ދެއްކުމަށްފަހު
ހަމަ އެދަތުރުތަކަށް ގއ.ވިލިނގިލީ ފިނޮޅު 3 ލޯންޗުގެ ނަމުގައި ހުށަހަޅާފައިވާ ބިލުތަކަށް ގއ.ދެއްވަދޫ
ކޯޓުން ފައިސާ ދޫކޮށްފައިވާކަން، ދައުލަތުން ޝަރީއަތަށް ހުށަހެޅި ލިޔެކިޔުންތަކުން އެނގެން އޮތްއިރު،
މިކަމަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
0
ދެވަނަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3- ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
571
/
Cr
-
C/2341) ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
ހ 8 ހއ ހއ
(ހ) ފުރަތަމަކަމަކީ، ކްރިމިނަލްކޯޓުގެ ނަންބަރު 2010/JC
/
2010
)
571
/
Cr
-
C/2341)
ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ، އިސްތިއުނާފުގެ މުއްދަތު
ފަހަނައަޅައި ދިޔަ ފަހުންކަމަށް ފާހަގަކޮށް ޙަސަން ނަޖީބުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބެލިއިރު،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިމައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ފޯމު
ހުށަހަޅާފައިވަނީ 3 މެއި 2012 ގައި ކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ރެކޯޑުތަކުން އެނގެން އޮންނަކަމާއި
އަދި 17 މެއި 2012 ގައި މައްސަލައިގެ ފޯމު އިސްލާހުކުރުމަށްފަހު 7 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012/HC-A/165
މިކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންގިފައިވާއިރު، އެމުއްދަތު ފާއިތުވުމުގެ ކުރިން 23 މެއި
2012 ގައި މައްސަލައިގެ ފޯމް އިސްލާޙުކޮށް އަލުން ހުށަހަޅާފައިވާކަން އެނގޭކަމާއި، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޤަވާޢިދުގެ 31 ވަނަ މާއްދާގެ (ރ) އަދި (ބ) އަށް ބަލާއިރު، ހައިކޯޓަށް މައްސަލަ ހުށަހަޅާ
ފޯމުގައިވާ މަޢުލޫމާތު ފުރިހަމަ ނުވާނަމަ ނުވަތަ މި ޤަވާޢިދާއި ޚިލާފަށް ފޯމު ފުރާފައިވާނަމަ ފޯމު އިސްލާޙު
ކުރުމަށް އެންގުމުގެ އިޚްތިޔާރު ރަޖިސްޓްރާރ އަށް ލިބިގެންވާކަމަށް އަދި އެފަދަ ފޯމެއް އިސްލާޙުކުރުމަށް
07 (ހަތެއް) ދުވަހުގެ މުއްދަތެއް ދިނުމުގެ އިޚުތިޔާރު ރަޖިސްޓްރާރ އަށް ލިބިގެންވާކަމަށް އޮންނަކަމާއި،
އެހެން ކަމުން މި މައްސަލައަކީ އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި ހުށަހެޅިފައިވާ މައްސަލައެއްކަން
އެނގޭކަމެވެ.
(ށ) ދެވަނަކަމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ގއ.ވިލިނގިލި ފްރަޝް ޙަސަން ނަޖީބުގެ
މައްޗަށް ކްރިމިނަލްކޯޓުގައި ދަޢުވާ އުފުލާފައިވަނީ، ޙަސަން ނަޖީބުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން
އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާކަމާ އެދަޢުވާކޮށްފައިވަނީ ޤާނޫނު
ނަންބަރު 2/2000 ( ކޮރްޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ
ދަށުން ކަމާއި، މިދަޢުވާއަށް ޙަސަން ނަޖީބުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އިންކާރުކޮށްފައިވާކަން
އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް
ހޯދުމުގެ ކުށުގެ ދަޢުވާ ޙަސަން ނަޖީބުގެ މައްޗަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވަނީ
ގއ.ދެއްވަދޫ ކޯޓާއި ގއ.ވިލިނގިލީ ކޯޓުން ކޮށްފައިނުވާ ދަތުރުތަކަކަށް ގއ.ވިލިނގިލި ބުލޫ ހައުސް ޢަލީ
ފިކުރީއާއި، ގއ.ވިލިނގިލި އިރުވަރު އިބްރާހިމް އިސްމާޢީލް އާއި ގއ.ވިލިނގިލި ސެންޓަރުގެ ޚަލީލް
ޢަބްދުﷲގެ ނަމުގައި އެދެކޯޓަށް ހުށަހަޅާފައިވާ ބިލުތަކަކަށް ޙަސަން ނަޖީބު ފައިސާ ދޫކޮށްފައިވާތީކަމަށާއި،
މި ދަޢުވާއަށް ޙަސަން ނަޖީބު އިންކާރު ކުރާތީ ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިމައްސަލަ ތަޙްޤީޤުކުރި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރިޕޯޓާއި،
ގއ.ވިލިނގިލި ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓު ޢަބްދުﷲ ސުހައިލު އާއި، ގއ.ވިލިނގިލި މިނާޒު މުޙައްމަދު
ނަސީރުއާއި، ގއ.ވިލިނގިލި ބުލޫ ހައުސް ޢަލީ ފިކުރީއާއި، ގއ.ވިލިނގިލި އިރުވަރު އިބްރާހިމް
އިސްމާޢީލް އާއި، ގއ.ވިލިނގިލި ސެންޓަރުގެ ޚަލީލު ޢަބްދުﷲ އާއި ގއ.ވިލިނގިލި
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2012/HC-A/165
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ހތމ ތ ދވ ޘަ {ދ
ދުއްރައްޒާޤުއާއި މިހެކިންކަމާއި، ދައުލަތުގެ ފަރާތުން ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް
ނެގިފައިވާކަމަށާއި މިހެކިން ފިޔަވާ މިމައްސަލާގައި އިތުރަށް ހުށަހަޅާނެ ހެއްކެއް ނެތްކަމަށް 14 މާރޗް
2010 ވަނަ ދުވަހު ދައުލަތުގެ ފަރާތުން ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި
ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
01
(ރ) ހަތަރުވަނަ ކަމަކީ، މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް
ހުށަހެޅުމުގައި ޙަވާލާދެއްވާފައިވާ ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ
ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނާ " ނާޖާއިޒު ފައިދާ" އެޤާނޫނުގައި މާނަކޮށްފައިވާ ގޮތަށް
ބަލާއިރު އެމާއްދާގައި ނާޖާއިޒު ފައިދާކަމަށް ބުނެފައިވަނީ، އެމީހަކު އަދާކުރާ ވަޒީފާއެއްގެ ނުވަތަ ކުރާ
މަސައްކަތެއްގެ މުޤާބިލުގައި، ވަޒީފާދޭ ނުވަތަ މަސައްކަތް ޙަވާލުކުރާ ފަރާތުން ކަނޑައަޅާ މުސާރައާއި،
އުޖޫރައާއި، އެހެނިހެން ޢިނާޔަތްތަކާއި، ވަޒީފާދޭ ފަރާތުން އެ މުވައްޒަފަކަށް ލިބިދޭ އެކިއެކި ފަސޭހަތަކާއި
މަންފާތަކުގެ އިތުރުން، އެމީހަކު މަގާމުގެ ބޭނުންކޮށްގެން ނުޙައްޤުން ހޯދާ، ނުވަތަ ހޯދައިދޭ، ނުވަތަ
ޤަބޫލުކުރާ ރިޝްވަތު ކަމުގައި ނުހިމެނޭ ކޮންމެ މަންފާއެއްކަމާ، މިހެންކަމުން ޙަސަން ނަޖީބުގެ ފަރާތުން
މިފަދަ ނާޖާއިޒު ފައިދާއެއް ހޯދާފައިވާކަމާ ޙަސަން ނަޖީބު ނާޖާއިޒު ފައިދާ އެއް ހޯދުމަށް ދައުލަތުގެ
ފަރާތުން ތުހުމަތު ކުރާކަމެއް ޙަސަން ނަޖީބު ކޮށްފައިވަނީ، ނާޖާއިޒު ގޮތެއްގައި ކަން އެކަށީގެންވާ
މިންވަރެއްގެ ޝައްކެތްނެތި ޝަރީޢަތުގައި ސާބިތުކޮށްދިނުމަކީ ދައުލަތުގެ ފަރާތުން އުފުލަން ޖެހޭ
ބުރައެއްކަމާއި، މި ދަޢުވާ ސާބިތުކޮށްދިނުމުގެ ގޮތުން ދައުލަތުގެ ފަރާތުން ހުށަހެޅި އިސްވެ އިޝާރާތް
ކުރެވުނު ހެކިންގެ ހެކިބަސްތަކާއި ލިޔުންތަކަށާއި ހެކިންހެކިބަސްތަކާއި ގުޅިގެން ކްރިމިނަލް ކޯޓުން
ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު،
މިމައްސަލާގައި ހެކި ބަސް ދީފައިވާ ފަރާތް ތަކުގެ ތެރެއިން ޢަބްދުﷲ ސުހައިލުގެ ހެކިބަހުގައި
ޙަސަން ނަޖީބު ނުކުރާ ދަތުރަކަށް ފައިސާ ނެގިކަމަށް ޢަބްދުﷲ ސުހައިލަށް ޤަބޫލުކުރެވެނީ ގއ.ވިލިނގިލި
ކޯޓުގައި ފައިސާ ޙަވާލުކުރުމަށް ގެންގުޅޭ ފޮތުގައި ޓިޕެކްސް ޖަހައި ކަނޑައި ހަދައިފައި
ހުންނަތަން
ފެންނާތީއާއި، އެހެން ލޯންޗު ތަކުގައި ދަތުރުކޮށް ބިލު އެހެން ލޯންޗުތަކަކަށް ހަދަމުންދާތީ ކަމަށް ބުނެކަން
އެނގެން އޮންނައިރު، ގއ.ވިލިނގިލި ކޯޓުގައި ފައިސާ ޙަވާލުކުރުމަށް ގެންގުޅޭ ފޮތުގައި ޓިޕެކްސް ޖަހައި
ކަނޑާހަދާފައިވަނީ ޙަސަން ނަޖީބުކަމަށް ބުނެފައިނުވާކަމާއި، އަދި އެކޯޓުން ނުކުރާ ދަތުރުތަކަށް ފައިސާ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012/HC-A/165
ނަގައިދިނުމުގައި ޙަސަން ނަޖީބުގެ ފަރާތުން ކުރިކަމެއް ކާޕީ ހެއްކާއި އެކު ޢަބްދުﷲ ސުހައިލަށް ބަޔާން
ކޮށްދެވިފައިނުވާކަން އެނގޭކަމާއި، ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ޢަލީ ފިކުރީ އާއި،
އިބްރާހިމް އިސްމާޢީލް އާއި، ޚަލީލް ޢަބްދުﷲގެ ހެކިބަހުގައި މިމައްސަލައާއި އެކު ހުށަހެޅިފައިވާ
ބިލުތަކުގައިވާ ދަތުރުތަކަކީ ކޮށްފައިވާ ދަތުރުތަކެއްކަމަށާއި، އެދަތުރުތަކަށްވާ ބިލުހުށަހަޅައިގެން ،ބިލަށްވާ
ފައިސާ ލިބިފައިވާކަމަށް ބުނެ ހެކިބަސް ދީފައިވާކަން އެނގޭކަމާއި، ހެކިންގެ ތެރެއިން މުޙައްމަދު ނަސީރުގެ
ހެކިބަހުގައި 12 މާރޗް 2006 ން ފެށިގެން ފިނޮޅު ލޯންޗު ހިންގުމާ ޙަވާލުވެ ހުރީ މީނާކަމަށާއި،
މިދުވަހުން ފެށިގެން ފިނޮޅު 2،3 ލޯންޗުގެ ހުރިހާ ކަމެއް ބެލެހެއްޓީ މީނާކަމަށާއި، މިލޯންޗާއި ޙަވާލުވި
ފަހުން މިލޯންޗުން ގއ.ވިލިނގިލި ކޯޓަށާއި ގއ.ދެއްވަދޫ ކޯޓަށް ބިލުހަދާގޮތަށް ދަތުރެއް
ކޮށްދީފާނުވާނެކަމަށް ބުނެ ހެކި ބަސްދީފައިވާއިރު، 2007 ވަނަ އަހަރުގެ ޖެނުއަރީ މަހާއި ހަމައަށް މި
ލޯންޗުތައް ދުއްވުމާއި ޙަވާލުވެ ހުރީ ގއ.ވިލިނގިލީ އިރުވަރު އިބްރާހީމް އިސްމާޢީލުކަމާއި
އޭނާ
އެލޯންޗުތަކާއި ޙަވާލުވެ ހުރިއިރު ގއ.ވިލިނގިލި ކޯޓަށާއި ގއ.ދެއްވަދޫ ކޯޓަށް ބިލުހަދާގޮތަށް
ދަތުރުކޮށްދީފައިވާނޭކަމަށް އިބްރާހިމް އިސްމާޢީލް ބުނާކަން އެނގޭކަމަށާއި، ދައުލަތުން ޙަވާލާދެމުންދާ
މުއްދަތުގެ ތެރޭގައި ލޯންޗު ދުއްވުމާއި ޙަވާލުވެ ހުރީ އިބްރާހިމް އިސްމާޢީލް ކަން 2005 އަހަރު ފިނޮޅު
ލޯންޗުގެ ކެޕްޓަނަކަށް ހުރި މުޙައްމަދު ޝިހާބު ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމަށާއި، އަދި މިކަން
މިލޯންޗުގެ ވެރިފަރާތްކަމަށްވާ އަލްމަރުޙޫމް ޢަލީ ރަޝީދު އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަޙްޤީޤަށް
ދީފައިވާ ބަޔާނަށް ބެލުމުން އެނގި ސާބިތުވާކަމަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި
ފާހަގަކުރައްވާފައިވާއިރު، މިލޯންޗުތަކާއި މުޙައްމަދު ނަސީރު ޙަވާލުވެ ހުރިކަމަށް އޭނާ ބުނާ ބުނުން ފިޔަވައި
އެކަން ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން އެއްވެސް ހެއްކެއް ޤަރީނާއެއް ވިޔަސް ހުށަހަޅާފައިނުވާކަން
އެނގޭކަމާ، ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ޢަބްދުއްރައްޒާޤުގެ ހެކިބަހުގައި 2006 ވަނަ
އަހަރު ޙަސަން ނަޖީބު މާލެއިން ރަށަށް ދިޔައީ ކޫއްޑޫ ލޯންޗެއްގައި ކަމަށް ބުނެ ހެކި ބަސް ދީފައިވާއިރު،
ޢަބްދުއްރައްޒާޤު ޙަވާލާދޭ ދަތުރު ޙަސަން ނަޖީބުކޮށްފައިވަނީ ފިނޮޅު ލޯންޗުގައިކަމަށް ޙަސަން ނަޖީބުގެ
ފަރާތުން ޝަރީޢަތަށް ހުށަހެޅިހެކިންގެ ތެރެއިން އައިމަން ޤާސިމް އާއި މައުމޫން ޙަމީދު ބުނާއިރު
މިދަތުރުގައި ޢަބްދުއްރައްޒާޤާއި ޙަސަން ނަޖީބު ލޯންޗެއްގައި އެ ދަތުރުކޮށްފައިނުވާކަމަށް އެލޯންޗުގެ
ފަޅުވެރިއެއްކަމަށްވާ މުޙައްމަދު ޝަބީލު ބުނާކަން އެނގޭތީ މިދަތުރަކީ ޙަޤީޤަތުގައިވެސް ފިނޮޅު ލޯންޗުގައި
ކޮށްފައިވާ ދަތުރެއްކަމަށް ބަލަން ޖެހޭކަމަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި
ފާހަގަކުރައްވާފައި އޮތް އޮތުމުގައި ގޯހެއް އޮތްކަމުގައި ބެލެވެން ނެތްކަން އެނގެން އޮންނައިރު، ހެކިންގެ
ކޫއްޑޫ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2012/HC-A/165
ދިވެހިރާއްޖޭގެ ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ
މި ހެކިބަސްތަކުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު ހެކިންގެ ހެކިބަހާގުޅޭގޮތުން ކްރިމިނަލް ކޯޓުން
ފާހަގަކުރެއްވި މި އެންމެހާ ކަންތައްތަކާއި މެދު ދައުލަތުގެ ފަރާތުން މިމައްސަލަ އިސްތިއުނާފުކުރުމުގައި
އެއްވެސް ކަމެއް ފާހަގަކުރައްވާފައި ނުވާކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަކަމަކީ، އިސްވެ އިޝާރާތް ކުރެވުނު ހެކިންގެ އިތުރަށް ޙަސަން ނަޖީބުގެ މައްޗަށް
އުފުލުނު ދަޢުވާ ސާބިތުކުރުމަށް ހެއްކެއްގެ ގޮތުގައި އެންޓިކޮރަޕްޝަން ކޮމިޝަންގެ ތަޙްޤީޤު ރިޕޯޓާއި
އެރިޕޯޓާއި އެކު ހިމެނޭ އެހެނިހެން ލިޔުންތަކެއް ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާކަން
އެނގެން އޮންނަކަމާއި، އެހެންނަމަވެސް މިރިޕޯޓާއި ލިޔުންތަކަކީ ޙަސަން ނަޖީބުގެ އިތުރަށް ގއ.ވިލިނގިލި
އެކަހެށިގެ ޢަޒީމު ޙަސަން އާއި، ގއ.ވިލިނގިލި ހިލިހިލާއާގޭ ޝުޖާޢު އުސްމާނާއި މި ތިން ފަރާތުން
ގއ.ވިލިނގިލި ކޯޓާއި ގއ.ދެއްވަދޫ ކޯޓާއި ގއ.ކޮލަމާފުށި ކޯޓަށް އެކޯޓު ތަކުން ނުކުރާ ދަތުރުތަކަކަށް
ބިލް ހުށަހަޅައިގެން އެބިލްތަކަށް މި 3 ފަރާތުން ފައިސާ ނަގާފައިވާކަމަށް ބުނެކުރެވިފައިވާ ތަޙްޤީޤެއްގެ
ރިޕޯޓާއި ލިޔެކިޔުންތައްކަން އެނގެން އޮންނަކަމާއި، މި ރިޕޯޓުގައިވާ ލިޔުންތަކުގެ ތެރެއިން ދައުލަތުގެ
ފަރާތުން އިސްތިއުނާވީ މި މަރުޙަލާގައި ފާހަގަކުރަން ހަމައެކަނި ބޭނުންވަނީ ޙަސަން ނަޖީބު ގއ.ދެއްވަދޫ
ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ ވަޒީފާގައި ހުރެ ގއ.ދެއްވަދޫ ކޯޓުގެ މުސާރައާއި ޢިނާޔަތްތައް ބަލާ
ގއ.ވިލިނގިއްޔަށް ކުރި ދަތުރުގެ ތެރެއިން ބައެއް ދަތުރުތައް ގއ.ދެއްވަދޫ އޮފީހާއި ގއ.ދެއްވަދޫ ކޯޓާއި
ގުޅިގެން ކުރުމަށްފަހު ހަމަ އެދަތުރުތަކަށް ގއ.ވިލިނގިލި ކޯޓުން ފައިސާ ދޫކޮށްފައިވާކަމަށް ބުނެ ދައުލަތުގެ
ފަރާތުން ހުށަހެޅި އިޝާރާތް ކުރެވުނު ރިޕޯޓުގައި ހިމެނިގެންވާ ލިޔުންތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން
މިމައްސަލަ ބެއްލެވިއިރު ރިޢާޔަތްނުކުރާ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުންކަން އެނގެން އޮންނައިރު،
އެލިޔުންތަކުގެ ތެރޭގައި ހިމެނޭ "ފިނޮޅު 3 ލޯންޗު" ގެ ނަމުގައި އޮތް ބިލު ނަންބަރު 2006/183،
2006/178، 2006/153 ,2006/230، 2006/318 މިލިޔުންތަކާއި، މީގެ އިތުރުން މި ލިޔުންތަކުގެ
ތެރޭގައި ނުހިމެނޭ ބިލު ނަންބަރު 27/2006 އާއި ގުޅޭ ގޮތުން ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި
ވާހަކަ ދައްކާފައިވާނެކަމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމާއި، ދައުލަތުގެ ފަރާތުން ފާހަގަކުރެއްވި މި ނުކުތާގެ މައްޗަށް
ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012/HC-A/165
ކަމަށެވެ....
ގއ.ދެއްވަދޫ ކޯޓާއި ގއ.ދެއްވަދޫ އޮފީސް ބައިވެރިވެގެން ގއ.ދެއްވަދޫ ކޯޓުން މުސާރަ ބަލާ
ވިލިނގިލިއްޔަށް ކުރި ދަތުރާ ގުޅޭ ގޮތުން ދައުލަތުގެ ފަރާތުން 26 ސެޕްޓެމްބަރ 2010 ގައި ހުށަހެޅި
ޚުލާސާ ބަޔާނުގައި ފާހަގަކުރައްވާފައިވަނީ "ގއ.ދެއްވަދޫ ކޯޓާއި ގއ.ދެއްވަދޫ އޮފީހާ ބައިވެރިވެގެން
ގއ.ދެއްވަދޫ ކޯޓުން މުސާރަ ބަލާ ވިލިނގިއްޔަށް 2005 އޮކްޓޯބަރ މަހުން ފެށިގެން 2006 ނޮވެމްބަރ
ގެ ނިޔަލަށް މުސާރަ ނެގުމަށާއި ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ ނެގުމަށް 12
ދަތުރެއް
ކޮށްފައިވާކަމަށާއި، މި 12 ދަތުރަށް ގއ.ދެއްވަދޫ ކޯޓުން ދައްކަން ޖެހޭ ފައިސާ ގއ.ދެއްވަދޫ އޮފީހުން
ދައްކާފައިވާކަން ލިޔުންތަކުން އެނގެން އެބަހުރި ކަމަށާއި، އެކަން މި މައްސަލައާއި އެކު ހުށަހަޅާފައިވާ
އެނެކްސް ތަކުގެ ތެރެއިން އެނެކްސް 40 އަދި 53 ން އެނގެން އޮންނާނެ ކަމަށާއި، އެދަތުރުގެ ތެރެއިން
6 ދަތުރަކަށް ފިނޮޅު ލޯންޗުގެ ނަމުގައި ބިލު ހުށަހަޅައި ފައިސާ ދޫކޮށްފައިވާކަން އެނގެން އެބައޮތް
މިފަދައިން ބުނެ ކަން އެނގެން އޮންނަކަމާއި އެހެންނަމަވެސް އެއެނެކްސް ތަކުގައިވާ
ކަންކަމުގެ ތެރެއިން ދައުލަތުގެ ފަރާތުން ފާހަގަކުރަން ބޭނުންވާ ދަތުރުތަކާއި، އެދަތުރުތަކާއި ޙަސަން
ނަޖީބާއި ގުޅުން ހުރި ގޮތަކީ ކޮބައިކަން ބަޔާންކުރަމުން އެކަމުގެ ތަފްސީލުގައި ދައުލަތުން ބުނެފައިވަނީ މި
6 ބިލަށް ފައިސާ ދޫކުރުމަށް ހުއްދަ ދީފައިވަނީ ޙަސަން ނަޖީބު ކަމުން މިއީ ޙަސަން ނަޖީބު މަޤާމުގެ
ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުން ކަމަށް ބެލެވޭކަމެއް ކަން
އެނގެއެވެ." މިފަދައިންކަމާއި، އަދި މިމައްސަލައިގައި ހިމެނޭ ދެފަރާތުގެ ޚުލާސާ ބަޔާން އިއްވުމަށްފަހު
26 ޑިސެމްބަރ 2011 މި ތާރީޚުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ހުށަހެޅި
ބަޔާނުގައި، އިޝާރާތް ކުރެވުނު 6 ބިލާއި ގުޅޭގޮތުން ދީފައިވާ ތަފްސީލުގައި ބުނެފައިވަނީ އެކަމުގެ
ތަފްސީލް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓުގެ 3.13 އިން 3.20 އާއި ހަމަ
ފެންނަން ހުންނާނެކަމަށާއި، އަދި މައްސަލައާއި އެކު ހުށަހެޅުނު ލިޔުންތަކުގެ އެނެކްސް 40 އަދި 54 ން
ގައިވެސް މިބިލު ތަކުގެ ވާހަކަ ހިމެނޭނެ ކަމުގައި ބުނެކަން އެނގޭކަމާއި،
OCULc
ދައުލަތުގެ ފަރާތުން ޙަވާލާދީފައިވާ މިލިޔުންތަކުގެ ތެރެއިން މިމައްސަލައާއި އެކު ހުށަހެޅުނު އެންޓި
ކޮރަޕްޝަން ކޮމިޝަންގެ ތަޙްޤީޤު ރިޕޯޓުގެ 3.13 އިން 3.20 އޮންނަ ތަފްސީލު ތަކުގެ މައްޗަށް
ބަލާއިރު، ގއ.ދެއްވަދޫ ކޯޓާއި ގއ.ދެއްވަދޫ އޮފީސް ގުޅިގެން މުސާރަ ނެގުމަށް ކުރި ދަތުރުތަކަކާއި
ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ކަންތައްތަކެއް ފާހަގަކޮށްފައިވީ ނަމަވެސް އެދަތުރުތަކާއި ޙަސަން
ނަޖީބާއި އޮތް ގުޅުމަކީ ކޮބައިކަން އަދި އެދަތުރުތަކުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް
ދިވެހިރާއްޖޭގެ
، ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ނިމުނު ގޮތުގެ
2012/HC-A/165
→ގ e
ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ނިޔަތުގައި ސީދާ ޙަސަން ނަޖީބުގެ ފަރާތުން ކުޅަ ޢަމަލަކީ ކޮބައިކަން
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރިޕޯޓުގެ އެނަންބަރު ތަކުގައިވާ ތަފްސީލު ތަކަށް ބެލުމުން އެނގެން
ނެތްކަމާއި، ދައުލަތުގެ ފަރާތުން ހުށަހެޅި ލިޔުންތަކުގެ އެނެކްސް 40 އެނެކްސް 53 ގައިވަނީ
ދަތުރުތަކަކާއި ގުޅޭ ލިޔުންތަކަކާއި ފައިސާގެ ރަޝީދު ތަކަކާއި ފައިސާގެ ބިލުތަކެއްކަން އެނގޭއިރު، މި
ބިލުތަކާއި މި ލިޔުންތަކުން ސާބިތުކޮށްދޭން ބޭނުންވަނީ އިޝާރާތްކުރެވުނު 6 ދަތުރަށް ފިނޮޅު ލޯންޗުގެ
ނަމުގައިވާ ބިލުތަކަށް ފައިސާ ދޫކުރުމަށް ހުއްދަ ދިނީ ޙަސަން ނަޖީބުކަމުން އެއީ ޙަސަން ނަޖީބު މަޤާމުގެ
ނުފޫޒު ބޭނުންކޮށްގެން
.ގެން އެހެން މީހަކަށް ފައިދާއެއް ހޯދުމަށް ކުޑަ ކަމެއްކަން ސާބިތުވާކަމެއް ކަމުގައި
ބުނެކަން އެނގޭކަމާއި،
އެހެން ނަމަވެސް މި ބިލުތަކަކީ އޭގެ ޒާތުގައި ޙަސަން ނަޖީބުގެ ފަރާތުން އޭނާގެ މަޤާމުގެ
ނުފޫޒު ބޭނުންކޮށްގެން މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދުމަށް ޢަމަލެއްކުރި ކަން ހަމައެކަނި އެބިލްތަކުން
ދަލާލަތު ކޮށްދޭ ލިޔުންތަކެއްކަމުގައި ބެލެވެންނެތްކަމާއި، އެބިލުތަކަށް ބެލުމުން ފެންނަން އޮންނަނީ
ގއ.ދެއްވަދޫ ކޯޓަށް ފިނޮޅު ލޯންޗު 3 ން އިބްރާހިމް އިސްމާޢީލް ކިޔާ މީހެއްގެ ނަމުގައި ބިލުތަކެއް
ހުށަހެޅުމުން އެބިލްތަކަށް ގއ.ދެއްވަދޫ ކޯޓުން އެބިލްތަކުގައިވާ މިންވަރަށް ފައިސާ ދޫކޮށްފައި
އޮންނަކަމުގައިކަމާއި، ދައުލަތުގެ ފަރާތުން މިމައްސަލައާއި އެކު ހުށަހެޅުނު ލިޔެކިޔުންތަކުގެ ތެރެއިން
އެފަރާތުން ޙަވާލާދޭ އެނެކްސް 40 އަދި އެނެކްސް 53 ގައިވާ ލިޔުންތަކަކީ ގއ.ދެއްވަދޫ ކޯޓުން ކުރި
ވަރަށް ގިނަ ދަތުރުތަކެއްގެ ލިސްޓު އޮތް ލިޔުންތަކަކާއި، ގއ.ދެއްވަދޫ އޮފީހުގެ ފައިސާގެ ރަޝީދު ތަކަކާއި
ފައިސާގެ ބިލުތަކެއްކަން އެނގެން އޮންނަކަމާއި، އެހެންނަމަ
ނަމަވެސް ޙަސަން ނަޖީބު އޭނާގެ މަޤާމުގެ ނުފޫޒު
ބޭނުންކޮށްގެން އެހެން މީހަކަށް ފައިދާ އެއް ހޯދައިދީފައިވާކަމަށް ބުނާ ބުނުމާއި މިލިޔުންތަކާއި
އަދި އެކަމުގެ ތަފްސީލެއް ހަމައެކަނި މި ލިޔުންތަކަށް ބެލުމުން އެނގެން ނެތްކަމާއި،
8a
4 633
މިއ
ގއ.ވިލިނލި
ޙަސަން ނަޖީބުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ، ގއ.ދެއްވަދޫ ކޯޓުންނާއި
ކޯޓުން ނުކުރާ ދަތުރުތަކަކަށް ގއ.ވިލިނގިލި ބުލޫ ހައުސް ޢަލީ ފިކުރީއާއި، ގއ.ވިލިނގިލި އިރުވަރު
އިބްރާހިމް އިސްމާޢީލް އާއި ގއ.ވިލިނގިލި ސެންޓަރުގެ ޚަލީލް ޢަބްދުﷲގެ ނަމުގައި އެދެކޯޓަށް
ހުށަހަޅާފައިވާ ބިލުތަކަކަށް ޙަސަން ނަޖީބުގެ ފަރާތުން މިފަރާތްތަކަށް ފައިސާ ދޫކޮށްފައިވާކަމަށް ބުނެ އެއީ
ޙަސަން ނަޖީބުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން
ގަތީ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ
ތުގެ ރިޕޯޓް
2012/HC-A/165
ކުރިކުށެއް ކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާއިރު، އިސްވެ އިޝާރާތް ކުރެވުނު ބިލުތަކާއި ލިޔުންތަކާއި
ހެކިންގެ ހެކިބަސްތަކާއި ގުޅޭ ގޮތުން ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ފާހަގަކުރައްވާފައިވާ އެންމެހާ
ކަންކަމަށް ބެލުމުން، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ
އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންގަނޑުން ޙަސަން ނަޖީބު އޭނާގެ މަޤާމުގެ ނުފޫޒު
ބޭނުންކޮށްގެން އެހެން މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމުގެ ކުށް ޝަރީޢަތަށް ސާބިތުވާ މިންވަރަށް
ހެކި ދައުލަތަށް ދެއްކިފައިނުވާކަން އެނގޭކަމެވެ.
6 24
(ޅ) ހަވަނަ ވަނަކަމަކީ، ކްރިމިނަލް ކޯޓުން މިމައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާއި ޚިލާފަށްކަމަށް ބުނެ އެކަމުގެ ތަފްސީލުގައި، ޙަސަން ނަޖީބު ދައުލަތުގެ މުދަލާއި ފައިސާ
ގެންގުޅުމާއި ބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް ނުކުރާ
ދަތުރުތަކަކަށް ހުށަހަޅާފައިވާ ބިލުތަކަކަށް ފައިސާ ދޫކޮށް އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދާދީފައިވާއިރު
އެކަމުގެ މައްޗަށް ރިޢާޔަތް ނުކޮށް މައްސަލަ ނިންމާފައިވާ ކަމަށް ދައުލަތުން ބުނެފައިވާއިރު، ޙަސަން ނަޖީބު
ޚިލާފުވެފައިވަނީ ދައުލަތުގެ މުދަލާއި ފައިސާ ގެންގުޅުމާއި ބެހޭ ގޮތުން ހެދިފައިވާ ކޮން ޤަވާޢިދަކާއިކަން
އަދި ޙަސަން ނަޖީބު ޢަމަލު ކޮށްފައިނުވަނީ ކޮން އުސޫލަކަށްކަން މިމައްސަލަގައި ދައުލަތުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ދީފައިވާ ބަޔާންތަކުގައި ސާފުކޮށްދެވިފައިނުވާކަން އެނގެން އޮންނަކަމެވެ.
ވީމާ، އިސްވެ ދިޔަ ސަބަބުތައް މިހެން ހުރުމުން މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ ކްރިމިނަލްކޯޓުގެ ނަންބަރު 2010/JC
/
2010
)
571
/
Cr
-
C/2341) ޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަން ޖެހޭނެތަނެއް ނެތްކަމަށެވެ.
އެހިރާއްޖޭގެ ކި
އައިކޯޓް
0
ދިވެހިރާއްޖޭގެ ހައިކޯޓް،އާބު ރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012/HC-A/165
ވީމާ، އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/571
(2010/JC/2341) ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަ
ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަން
ޖެހޭފަދަ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
571
/
Cr
-
C/2341)
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއްގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި
އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv