ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/154 ޤަޟިއްޔާގެ ޙުކުމް
ވާވެ. ދިވެހިން
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
21/HC-A/154
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރު: 154/HC
-
A/2010
• އިސްތިއުނާފު ކުރި ފަރާތް:
ނަން: އަޙްމަދު އިބްރާހީމްދީދީ
އެޑްރެސް: މއ. ކަނުހުރާ މާލެ
* އައި.ޑީ.ކާޑު ނަންބަރު: A038005
މިހާރުގެ
އެޑްރެސް: މިއ.
ނޫފިނޮޅު މާލެ
ބަދަލުގައި: އދ. ޢަބްދުލްޙަކީމް ރަޝާދު، މއ. ކެލާގެއާގެ
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޢަބްދުލްޤާދިރު އަޙްމަދު
އައި.ޑީ.ކާޑު ނަންބަރު: A061922
ބަދަލުގައި: އދ. ޢަބްދުﷲ ޒުޚައިރު،
ދާއިމީ އެޑްރެސް: ލ.ފާރމްސް މާލެ
މިހާރުގެ އެޑްރެސް: ފ. ފާރމްސް މާލެ
ސަބްރާތު
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 01 ޝަޢުބާން 1431
13 ޖުލައި 2010
ނިމުނު ތާރީޚް: 29 ޝަޢުބާން 1434
08 ޖުލައި 2013
0
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/1189
• ނިންމި ކޯޓު: މަދަނީކޯޓު
. ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/154
ދަޢުވާގެ ޚުލާޞާ
06
0
3 ކ އއ 3
އެއްގޮތްނުވާކަ
•2
މިއީ، މަދަނީކޯޓުގެ ނަންބަރު 2009/MC/1189 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ ވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށްއެދި ކަނުހުރާ އަޙްމަދު
އިބްރާހީމްދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ވ.ފާރމްސް ޢަބްދުލްޤާދިރު އަޙްމަދެވެ.
....
.
1. މަދަނީކޯޓުގެ ނަންބަރު 2009/MC/1189 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި
ކަނުހުރާ އަޙްމަދު
އިބްރާހީމްދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. މަދަނީކޯޓުގެ ނަންބަރު 2009/MC/1189 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، 23 ފެބްރުއަރީ 1999 ގައި ޅ.ފާރމްސް ޢަބްދުލްޤާދިރު އަޙްމަދު (A061922)
ގެ ކިބައިން މއ. ކަނުހުރާ އަޙްމަދު އިބްރާހީމްދީދީ (A038005) 7.1 މިލިއަން ދިވެހިރުފިޔާ ނަގައި،
އެފައިސާ ނެގިއިރު ދޫކޮށްފައިވާ ލިޔުމުގައިވާ މުއްދަތުގައި ފައިސާ ނުދައްކައިގެން، ފައިސާ ނެގިއިރު ދޫކުރި
ލިޔުމުގައިވާ ފަދައިން މއ. ކަނުހުރާ އެވެކިޔާ ގޯއްޗާއި، އެގޯތީގައިވާ ޢިމާރާތްތައް ޢަބްދުލްޤްދިރު އަޙްމަދާއި
އެދުމުން، އެއިން އެއްވެސް ގޮތަކަށް ޢަމަލުކޮށްފައިނުވާތީ، ފައިސާ އެއްފަހަރާ ނުދެވޭނަ
ދިވެހިރާއް
2 2 23
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
އެން 86 = $ & S
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/154
މއ. ކަނުހުރާ އެވެކިޔާ ގޯއްޗާއި، ޢިމާރާތް ޢަބްދުލްޤާދިރު އަޙްމަދާއި ޙަވާލު ކޮށްދިނުން އެދި، ޢަބްދުލްޤާދިރު
އަޙްމަދުގެ ފަރާތުން އަޙްމަދު އިބްރާހީމްދީދީގެ މައްޗަށް ދަޢުވާކުރުމުން ބެލެވިފައިވާ މައްސަލައެއްކަން
7.1 މިލިއަން
3. މަދަނީކޯޓުގެ ނަންބަރު 2009/MC/1189 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ 23 ފެބްރުއަރީ 1999 ގައި ފ. ފާރމްސް ޢަބްދުލްޤާދިރު
އަޙްމަދު (A061922) ގެ ކިބައިން، މއ.ކަނުހުރާ އަޙްމަދު އިބްރާހީމްދީދީ (A038005)
ދިވެހި ރުފިޔާ ނަގައި، އެ ފައިސާ ނެގިއިރު ދޫކޮށްފައިވާ ލިޔުމުގައިވާ މުއްދަތުގައި ފައިސާ ނުދައްކައިގެން،
ފައިސާ ނުވަތަ ފައިސާ ނެގިއިރު ދޫކުރި ލިޔުމުގައިވާފަދައިން މއ. ކަނުހުރާ އެވެކިޔާ ގޯއްޗާއި، އެގޯތީގައިވާ
ޢިމާރާތްތައް ޢަބްދުލްޤާދިރު އަޙްމަދާއި ޙަވާލުކުރުމަށް އެދުމުން، އެއިން އެއްވެސް ގޮތަކަށް ޢަމަލުކޮށްފައިނުވާތީ،
ފައިސާ އެއްފަހަރާ ނުދެވޭނަމަ، މއ. ކަނުހުރާ އެވެކިޔާ ގޯއްޗާއި ޢިމާރާތް ޢަބްދުލްޤާދިރު އަޙްމަދާއި
ޙަވާލުކޮށްދިނުންއެދި، ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުން، އަޙްމަދު އިބްރާހީމްދީދީގެ މައްޗަށް ކުޅަ ދަޢުވާއަށް
ބަލައި ނަޒަރުކުރާއިރު،
ދަޢުވާގައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާކަމުގައި އަޙްމަދު އިބްރާހީމްދީދީ އިޢުތިރާފުވެ،
ދަޢުވާގައިވާ ފައިސާ އަނބުރާ ދެއްކެންދެން މއ. ކަނުހުރާއެވެ ކިޔާ ގޯއްޗާއި، އެގޯތީގައިވާ ޢިމާރާތްތަކާއި
ވަޅުފަދަ ތަންތަން ވިއްކާނުލާ މއ. ކަނުހުރާއެވެ ކިޔާ ގޯއްޗާއި، އެގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން
ޢަބްދުލްޤާދިރު އަޙްމަދާއި ޙަވާލުކުރުމަށް އަޙްމަދު އިބްރާހީމް ދީދީ އިޢުތިރާޟުނުކުރާކަމަށާއި، އަޙްމަދު
އިބްރާހީމް ދީދީއަށް މިފައިސާ އަދާކުރުމުގެގޮތުން މަހަކު ދެއްކޭނީ -/5,000ރ. (ފަސްހާސް ރުފިޔާ) ކަމުގައި
އަޙްމަދު އިބްރާހީމްދީދީ ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
އަޙްމަދު އިބްރާހީމްދީދީ ހުށަހަޅާފައިވާފަދައިން މަހަކު -/
5,000ރ. (ފަސްހާސް ރުފިޔާ) ގެ މަގުން
7.1 މިލިއަން ރުފިޔާ ހަމަކުރަން ވަރަށްދިގު މުއްދަތެއް ނަގާނެކަމަށްޓަކައި، އެގޮތް ޢަބްދުލްޤާދިރު އަޙްމަދު
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2010/HC-A/154
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
އަވަހެއެކޮށް
އެއބަސްފެދޭއފ6
އެ
އިބްރާހީމްދީދީއަށް ލިބިގެންވާ ބާރެއްނޫންކަމުގައާއި، ދަޢުވާގައިވާ މުޢާމަލާތާއި ގުޅިގެން ފައިސާ ނަގާފައިގެ ކަޑި
ޤަބޫލުނުކުރާކަމާއި، ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުން އެދެނީ ވީއެންމެ
ފައިސާ
ލިބިގަތުމަށްކަމަށާއި، ފައިސާ ނުދެއްކޭނަމަ، ގޯތި ލިބިގަތުމަށްކަން އެނގޭކަމާއި،
ޢަބްދުލްޤާދިރު އަޙްމަދާއި، އަޙްމަދު އިބްރާހީމް ދީދީއާއި ދެމެދު
އެއްބަސްވުމުގެދަށުން އަޙްމަދު އިބްރާހީމްދީދީއަށް 02 (ދޭއް) އަހަރުތެރޭގައި އަނބުރާ ދައްކާގޮތަށް
ޢަބްދުލްޤާދިރު އަޙްމަދު 7.1 މިލިއަން ރުފިޔާ، 24 ފެބްރުއަރީ 1999 ދުވަހު ދީފައިވާކަމާއި،
އެއްބަސްވެފައިވާފަދައިން އަޙްމަދު އިބްރާހީމްދީދީއަށް ފައިސާ ނުދެއްކުނުނަމަ، މއ. ކަނުހުރާ އެވެކިޔާ
ގޯއްޗާއި، އެގޯތިގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ވިއްކާލައިގެން ނަމަވެސް ޢަބްދުލްޤާދިރު އަޙްމަދަށް
ފައިސާދިނުމަށް ނުވަތަ މއ. ކަނުހުރާ އެވެކިޔާ ގޯއްޗާއި، އެގޯތިގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން
ޢަބްދުލްޤާދިރު އަޙްމަދާއި ޙަވާލުކުރުމަށް އެއްބަސްވެފައިވާކަން އެނގޭކަމާއި،
އަޙްމަދު އިބްރާހީމް ދީދީއަށް އއ، ކަނުހުރާ އެވެކިޔާ ގޯއްޗާއި، އެގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ
މައްޗަށް ބަސްބުނުމުގެ ބާރު ލިބިފައިވަނީ 22 ފެބްރުއަރީ 1999 ދުވަހު މަދަނީކޯޓުގައި
ރަޖިސްޓްރީކޮށްފައިވާ ޕަވަރ އޮފް އެޓާނީއެއްގެ ދަށުންކަމަށް އަޙްމަދު އިބްރާހީމްދީދީ ބަޔާންކުރާއިރު،
މއ. ކަނުހުރާ އެވެކިޔާ ގޯތި އެފަރާތެއްގެ މައްޗަށް ރަޖިސްޓްރީ ކުރެވިފައި އޮންނަ އަޙްމަދު އިބްރާހީމްދީދީގެ
ބައްޕަ، މއ. ކަނުހުރާ އަލްމަރްޙޫމް އިބްރާހީމް އަޙްމަދުދީދީ ނިޔައުވެފައިވަނީ އެ ޕަވަރ އޮފް އެޓާނީ
ރަޖިސްޓްރީ ކުރުމުގެ ކުރީގެ ތާރީޚެއްގައިކަން އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާއިންނާއި، މަހިބަދޫ ނަންބަރު
މަރުސާބިތުކޮށްފައިދޭ ލިޔުމުންނާއި، މަދަނީކޯޓުގެ ނަންބަރު 2008/MC/1338 ޤަޟިއްޔާގެ ފާހަގަކުރެވުނު
އެނގޭކަމާއި،
މިހެންކަމުން، ބަޔާންކުރެވުނު ޕަވަރ އޮފް އެޓާނީގެދަށުން އެއްވެސް މުޢާމަލާތަކާއި ގުޅިގެން
މއ. ކަނުހުރާ އެވެކިޔާ ގޯއްޗާއި، އެގޯތީގައިވާ ޢިމާރާތްތަކާއި ފަޅުފަދަ ތަންތަން ޖާމިނުކުރުމަކީ އަޙްމަދު
· 92 22
eގަން ނެގެ
COC
21/I-4-C/2008
I-4-C/2008/01
272 ހ22
مرمر مرمر سر
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
21/HC-A/154
2
2
4
2 ހ 2
2
އަޙްމަދު އިބްރާހީމްދީދީގެ ބައްޕަ، އަލްމަރްޙޫމް އިބްރާހީމް އަޙްމަދުދީދީގެ ދަރަނި ޚަލާޞްކުރަންކަމުގައި އަޙްމަދު
އިބްރާހީމްދީދީ ބުނާނަމަވެސް، ދަޢުވާއާއި ގުޅިގެން ހުށަހަޅާފައިވާ ޕަވަރ އޮފް އެޓާނީ އަކީ ޞައްޙަ ލިޔުމެއް
ކަމުގައި ނެތަތީ، ޢަބްދުލްޤާދިރު އަޙްމަދުގެ ކިބައިން އަޙްމަދު އިބްރާހީމް ދީދީ
7.1 މިލިއަން
ރުފިޔާ ނަގާފައިވަނީ އަޙްމަދު އިބްރާހީމްދީދީ ފަރުދީ ޙައިޘިއްޔަތުން، އަމިއްލަ ނަމުގައިކަމުގައި ކަނޑައަޅައި،
ދަޢުވާގައިވާ 7.1 މިލިއަން ރުފިޔާ ޢަބްދުލްޤާދިރު އަޙްމަދަށް ރައްދުކުރުމުގެގޮތުން، 01 އޭޕްރީލް
2010 ދުވަހުންފެށިގެން 12 (ބާރަ) މަސްދުވަހުގެތެރޭގައި، ކޮންމެ މަހަކުމެ އެބަހަކަށް ޖެހޭ ޢަދަދަށްވުރެ
މަދުނޫން މިންވަރެއް މަދަނީކޯޓަށް ދައްކާ ޚަލާޞްކުރުމަށް
ކަނުހުރާ އަޙްމަދު އިބްރާހީމްދީދީ
(A038005) އަށް އަންގައި، ޙުކުމްކޮށްފީމެވެ" މިހެންނެވެ.
12
IL
9އ
4. މަދަނީކޯޓުގެ ނަންބަރު 2009/MC/1189 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ކަނުހުރާ އަޙްމަދު
އިބްރާހީމްދީދީގެ ފަރާތުން 06 (ހައެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: އަޙްމަދު އިބްރާހީމްދީދީގެ ބައްޕަ އަވަހާރަވުމުގެކުރިން 22/02/1999 ގައި
މުޖުތާޒު ފަހުމީގެ ކުރިމަތީގައި ބައްޕައާއި އަޙްމަދު އިބްރާހީމްދީދީ ސޮއިކޮށް، ބައްޕަ އަޙްމަދު
އިބްރާހީމްދީދީ އަށް ދެއްވާފައިވާ ޕަވަރ އޮފް އެޓާނީއެއްކަމަށް ވާއިރު ޕަވަރ އޮފް އެޓާނީ ހަދާފައިވާ 22
ފެބްރުއަރީ 1999 ދުވަހަށްވުރެ 9 މަހާއި 20 ދުވަސްކުރިން ބައްޕަ ނިޔާވެފައިވާ ކަމަށް ބަޔާންކޮށް އެޕަވަރ
އޮފް އެޓާނީއަކީ ސައްހަ ލިޔުމެއްކަމުގައި ޤަބޫލުކުރެވެން ނެތްކަމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް
Occ
ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2010/HC-A/154
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
(ނ) ދެވަނަ ނުކުތާއަކީ، ފައިސާ ނެގީ ބަންޕަ ދުނިޔޭގައި ހުންނަވާ ހެޔޮހާލުގައި، ބައްޕަ
އެދިވަޑައިގެން ބައްޕަގެ ބޭނުންތަކަކަށް، އެޕަވަރ އޮފް އެޓާނީގެ ދަށުންކަން އެނގެން އޮތްހިނދު އެކަން
ބެއްލެވި ގޮތް ރަނގަޅުނޫންކަމަށް
ޅުނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ
(ނ) ތިންވަނަ ނުކުތާއަކީ، ފައިސާދިން ޢަބްދުލްޤާދިރު އަޙްމަދު ފައިސާދިނީ އަޙްމަދު އިބްރާހީމްދީދީގެ
ބޭނުމަށް އަޙްމަދު އިބްރާހީމްދީދީ
ބުނެގެންނޫންކަމާއި ބައްޕަގެ ބޭނުންތަކަކަށް ކަން ރަނގަޅަށް އެނގެން އޮތްއިރު
ފައިސާ ނެގުމާއި ބެހޭގޮތުން ދެފަރާތުން އެއްބަސްވެފައިވާއިރު އެއްބަސްވުމާއި ޚިލާފަށް މަދަނީކޯޓުގެ ނަންބަރު
2008/MC/1338 ޤަޟިއްޔާގައި އެޕަވަރ އޮފް އެޓާނީ ދޮގުކޮށްފައިވުމުން އެޤަޟިއްޔާއަށް ބަލައިގެން
ނިންމަވާފައިވާ މިނިންމުން ރަނގަޅުނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ރ) ހަތަރުވަނަ ނުކުތާއަކީ، ބައްޕަ އަވަހާރަވީ މާލޭގައި ކަމަށްވެފައި ބައްޕަގެ މަރުފޯމު މިނިސްޓްރީ
އޮފް ހެލްތުން ނުހޯދައި އަވަހާރަވި ރަށްނޫން ރަށެއްގެ ރަށުކޯޓުން (އދ. މަހިބަދޫ ކޯޓުން) އަވަހާރަވީ ތާރީޚު
ނޫން ތާރީޚެއްގައި ވާ ލިޔުމެއް މަދަނީކޯޓުގެ ނަންބަރު 2008/MC/1338 ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު
މިލިޔުމުގެ މައްޗަށް ބުރަވެ ނިންމަވާފައިވާ ނިންމެވުމަކީ ޢައިރު ޝަރުޢީ ނިންމުމެއްކަމަށް ބުނެ ހުށަހެޅި
3
އެކުއެވެ.
• ސްވަނަ ނުކުތާއަކީ، މިފަދަ ދަރަންޏެއްގެ ދަޢުވާ ކޯޓުގައިވަނިކޮށް އެހެން ޤަޟިއްޔާއަކުން
ބައްޕަ އަވަހާރަވި ތާރީޚާއި، ޕަވަރ އޮފް އެޓާނީގެ ތާރީޚަށްވުރެ ކުރީގެ ތާރީޚެއްގައި މަރުޙޫމް މަރުވިކަމަށް
ބަލައިގެން ތާރީޚްވެސް އޮޅުވާލުމަށްފަހު މަރުޙޫމުގެ ތަރިކަ ވާރިސުންގެ މެދުގައި ބެހެންވާ އުޞޫލުތައް ކީރިތި
ޤުރުއާނުގައި ބަޔާންވެފާ ވާއިރު ދަރަނީގެ މިޤަޟިއްޔާ ނުނިންމާ އެއަށް ބެއްލެވުމެއްނެތި ތަރިކާގެ މައްކާ
ނިންމަވައި އެޤަޟިއްޔާއަށް ރިޢާޔަތްކޮށް މިޤަޟިއްޔާ ނިންމާފައިވާ ހިނދު ތަރިކަ ބެހެނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
2010/HC-A/154
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
8 6
ދަރަންޏާއި ވަސިއްޔަތެއް އޮތްނަމަ އެކަންކަން އަދާކޮށް ނިންމުމަށް ފަހުގައި ކަމަށް ވުމުން މިއާޚިލާފަށް ނިންމި
މިޤަޟިއްޔާގައި ޢަދުލުވެރިކަން ގާއިމުވެފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ޅ) ހަވަނަ ނުކުތާއަކީ، ދަރަނި ސާބިތުނުކޮށް ނިންމެވި މިޤަޟިއްޔާއަށް ވުރެ ކުރިން ތަރިކައިގެ
ޤަޟިއްޔާ ނިންމަވާފައިވަނީ ބައްޕަގެ މަހިބަދޫ ބަނޑުގެ ދަރިންނަށް ލާބަޔާއި މަންފާ ލިބޭނޭގޮތުގެ މައްޗަށްކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
5. މަދަނީކޯޓުގެ ނަންބަރު 2009/MC/1189 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހއ. ކަނުހުރާ
އަޙްމަދު އިބްރާހީމްދީދީގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭގޮތުން، މިމައްސަލާގައި ދަޢުވާ
ލިބޭ ވ. ފާރމްސް ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
1338/MC/2008
(ހ) ފުރަތަމަ ކަމަކީ، އަލްމަރުޙޫމް އިބްރާހީމް އަޙްމަދުދީދީގެ ތަރިކަ މައްސަލަ (މަދަނީކޯޓުގެ ނަންބަރު
ޤަޟިއްޔާ) ގައި، އަލްމަރުޙޫމް އިބްރާހީމް އަޙްމަދުދީދީ ނިޔާވި ތާރީޚް
ކަނޑައަޅުއްވާފައިވަނީ، އަލްމަރުޙޫމް އިބްރާހީމް އަޙްމަދުދީދީގެ މަރު ސާބިތުކުރި މައްސަލަ (އދ. މަހިބަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2008/T-4-C/21 ޤަޟިއްޔާ) ގައި އަލްމަރުޙޫމް އިބްރާހީމް އަޙްމަދުދީދީގެ
މަރު ސާބިތުކުރިކުރުމުގެ މައްޗަށް ބިނާކޮށްކަމާއި، އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ އެ ޤަޟިއްޔާގައި،
އެމަރުޙޫމުގެ މަރު ސާބިތުކޮށްފައިވާގޮތަށް ބަލާއިރު، މަރު ސާބިތުކޮށްފައިވަނީ ލިއުންތަކަށް
ނުބައްލަވައި، ހެކިންގެ ހެކިބަހުގެ މައްޗަށް ބިނާކޮށްގެންކަމާއި، ހެކިންގެ ހެކިބަހުގައި އެމަރުޙޫމް ޔޫވިފައި
ތާރީޚާބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައިނުވާކަމާއި، އެމަރުޙޫމް ނިޔާވި ތާރީޚް ކަނޑައަޅުއްވާގެ
etc
ކަމާބެހޭ
OcOX
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
2010/HC-A/154
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ހަމައެކަނި އެމައްސަލަ ހުށަހެޅި ފާޠިމަތު ޢަލީގެ ބަހުގެ މައްޗަށް އެކަނި ބިނާކޮށްގެންކަމާއި، އެމައްސަލާގައި
އެމަރުޙޫމުގެ އެހެން ވާރިސެއްގެ ބަހެއްވެސް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން ހޯއްދަވާފައިވާކަން އެނގެން
Ou OO
ނެތްކަމާއި،
ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި "ޝަރީޢަތުން ނުވަތަ
52
ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލޭނީ ހަމަ އެ ލިޔުމެކެވެ. ނަމަވެސް އެ
ލިޔުމެއް ނެތުނީ ގަބޫލުކުރެވޭ ފަދަ ޢުޛުރަކުންކަން ޝަރީޢަތުގެ މަޖިލީހަށް ސާބިތު ވާނަމަ އޭގެ ބަދަލުގައި
އެހެން ހެކި ގަބޫލު ކުރެވޭނެއެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު، ޤާނޫނު ނަންބަރު 7/92 (އުފަންވުން
ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއި މަރުވާމީހުންގެ މަރު ސާބިތުކުރުމާބެހޭ ޤާނޫނު) ގެ
15 ވަނަ މާއްދާގެ (ހ) ގައި، ދިވެހިރާއްޖޭގައި މީހަކު މަރުވެއްޖެނަމަ އެމީހަކު ވަޅުލަންވާނީ، މިނިސްޓްރީ އޮފް
ހެލްތުން ކަނޑައަޅާފައިވާ ގަވާއިދެއްގެ މަތިން، އެކަމަށް ހުއްދަ ދީފައިވާ މީހަކު، މަރުވިމީހާ ބަލައި
މަރުސާބިތުކޮށް ސެޓްފިކެޓް ދިނުމަށްފަހުގައިކަމަށް ބަޔާންކުރެވިފައިވާއިރު، ކޯޓުތަކަށް ހުށަހެޅޭ މަރު
ސާބިތުކުރުމުގެ މައްސަލަތައް ނިންމެވުމުގައި ބަޔާންކުރެވިދިޔަ ކަމާބެހޭ ލިއުމަށް ނުވަތަ ސެޓްފިކެޓަށް ކޯޓުން
ބައްލަވަންޖެހޭނެކަމާއި، އަޙްމަދު އިބްރާހީމްދީދީ ހުށަހަޅާފައިވާ، މިނިސްޓްރީ އޮފް ހެލްތާއި އޭ.ޑީ.ކޭ
ހޮސްޕިޓަލުގެ ތައްގަނޑު ޖަހާފައިވާ މަރުވިމީހާއާބެހޭ ލިއުމަށް ބަލާއިރު، އަލްމަރުޙޫމް އިބްރާހީމް އަޙްމަދުދީދީ
ނިޔާވި ތާރީޚުކަމަށް އެލިއުމުގައި ވަނީ 13 އޭޕްރީލް 1999 ކަން އެނގޭކަމާއި، އެއީ 22 ފެބްރުއަރީ 1999
ގެ ތާރީޚްގައިވާ، މިމައްސަލާގައި ބަޔާންކޮށްފައިވާ "ޕަވަރ އޮފް އެޓޯނީ" ގެ ތާރީޚަށްވުރެ ފަހުގެ ތާރީޚެއްކަން
އެނގޭކަމާއި،
ނަމަވެސް، އިސްތިއުނާފްކުރެވިފައިވާ މިޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޕަވަރ އޮފް އެޓާނީ
ހަދާފައިވާ 22 ފެބްރުއަރީ 1999 ދުވަހަށްވުރެ 9 މަހާއި 20 ދުވަސްކުރިން އިބްރާހީމް އަޙްމަދުދީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/154
ނިޔާވެފައިވާ ކަމުން، އެޕަވަރ އޮފް އެޓާނީ ގެ ދަށުން އެއްވެސް މުޢާމަލާތަކާ ގުޅިގެން މއ. ކަނުހުރާ އެވެކިޔާ
ގޯއްޗާއި، އެގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ޖާމިނުކުރުމަކީ އަޙްމަދު އިބްރާހީމްދީދީއަށް ލިބިގެންވާ
ބާރެއްނޫންކަމުގައި އިސްތިއުނާފްކުރެވިފައިމިވާ މަދަނީކޯޓުގެ ނަންބަރު 2009/MC/1189 ޤަޟިއްޔާގައި
ބަޔާންކޮށް، ނިންމަވާފައި އެވަނީ، އަލްމަރުޙޫމް އިބްރާހީމް އަޙްމަދުދީދީގެ ތަރިކަ މައްސަލަ (މަދަނީކޯޓުގެ
ނަންބަރު 2008/MC/1338 ޤަޟިއްޔާ) އާއި، އަލްމަރުޙޫމް އިބްރާހީމް އަޙްމަދުދީދީގެ މަރު ސާބިތުކުރި
މައްސަލަ (އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2008/I-4-C/21 ޤަޟިއްޔާ) ގެ މައްޗަށް
ބިނާކޮށްގެން ކަމާއި، އެޤަޟިއްޔާތަކުގެ މައްޗަށް ބިނާކޮށް އެޕަވަރ އޮފް އެޓާނީއަކީ ޞައްޙަ ލިޔުމެއްކަމުގައި
ޤަބޫލުކުރެވެން ނެތްކަމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށް އަޙްމަދު އިބްރާހީމްދީދީގެ
ފަރާތުން ބުނެފައިވީނަމަވެސް، އެޤަޟިއްޔާތައް އިސްތިއުނާފްކުރެވިފައިވާކަން އެނގެންނެތްކަމެވެ.
cc
ގެ
(ނ) ދެވަނަ ކަމަކީ، އިސްތިއުނާފްކުރެވިފައި މިވާ ޤަޟިއްޔާގައި ބުނާ ފައިސާ އަކީ އަޙްމަދު
އިބްރާހީމްދީދީގެ ބައްޕަ އަލްމަރުޙޫމް އިބްރާހީމް އަޙްމަދުދީދީގެ ބޭނުންތަކަށް ނެގި ފައިސާކަމަށް ބުނެފައިވާއިރު،
އަދި މި ދަޢުވާގައި ހިމެނޭ ފައިސާއާބެހޭ ލިއުމުގައި، އަޙްމަދު އިބްރާހީމްދީދީ އެފައިސާ ފާރިމްސް
ޢަބްދުލްޤާދިރު އަޙްމަދުގެ އަތުން ނަގާފައިވަނީ، އަޙްމަދު އިބްރާހީމް ދީދީގެ ބައްޕަ އަލްމަރުޙޫމް އިބްރާހީމް
އަޙްމަދުދީދީ
އދ. މަހިބަދޫ ބަނޑުގެ ދަރިން ދިރިއުޅޭ އެކުދިންގެ މަންމަގެ ގެ އަޅައިދިނުމަށާއި އެކުދިންގެ
ކެއުމަށާއި ބޭސްފަރުވާކުރުމަށާއި އަދި އިބްރާހީމް އަޙްމަދުދީދީގެ ބައްޔަށް ބޭސްފަރުވާކުރުމަށާއި މާލޭގައި ހުރި
އިބްރާހީމް އަޙްމަދުދީދީގެ ގެދޮރު ޢިމާރާތްކުރުމަށާއި، އަދި އެނޫންވެސް އެކިއެކި ބޭނުންތަކަށް
ބޭނުންތަކަށް އެކިފަހަރުމަތިން
އިބްރާހީމް އަޙްމަދުދީދީ ނަގާފައިވާ 7.1 މިލިއަން ރުފިޔާގެ ދަރަނި ޚަލާޞްކުރުމަށް ކަމަށް އަޙްމަދު
އިބްރާހީމްދީދީ ބުނެފައިވާއިރު، އެފައިސާ އަކީ އެބޭނުންތަކަށް ނެގި ފައިސާއެއްކަމެއް އަދި އެފައިސާ
އެކަންކަމަށް އަޙްމަދު އިބްރާހީމްދީދީ ޚަރަދުކޮށްފައިވާކަމެއް ސާބިތުވާންނެތްކަމާއި، އަދި އަޙްމަދު
ފިޔަވައި އަލްމަރުޙޫމް އިބްރާހީމް އަޙްމަދުދީދީގެ ވާރިސުންގެ ބަހަށް ބަލާއިރުވެސް އިބްރާހީމް
= 0 2 0
އްޖޭގެ ހައިކޯ
އބަރ(b
3.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/154
އެފަދަ ދަރަނިތަކެއް ހުރިކަމެއް އަދި ބަޔާންކުރެވިދިޔަ ބޭނުންތަކަށް މިފައިސާ ޚަރަދުކޮށްފައިވާކަމެއްވެސް
އެނގެންނެތްކަމާއި،
އެހެންކަމުން، އެފައިސާ އަޙްމަދު އިބްރާހީމްދީދީ ޚަރަދުކޮށްފައިވަނީ އަޙްމަދު އިބްރާހީމްދީދީ ގެ
ބައްޕަގެ ބޭނުންތަކަށްކަން އެނގެންނެތްކަމާއި، އަދި މިކަންކަން އަލްމަރުޙޫމް އިބްރާހީމް އަޙްމަދުދީދީގެ ތަރިކަ
މައްސަލަ މަދަނީކޯޓުގެ ނަންބަރު 2008/MC/1338 ޤަޟިއްޔާ) ގައިވެސް ބަޔާންކުރައްވާފައިވާއިރު،
އެޤަޟިއްޔާ އިސްތިއުނާފްކުރެވިފައިވާކަން އެނގެން ނެތްކަމެވެ.
(ނ) ތިންވަނަ ކަމަކީ، ވާރިސުންގެ މެދުގައި ތަރިކަ ބެހެނީ ދަރަނި އަދާކުރުމަށްފަހުގައިކަމާއި،
ނަމަވެސް އިސްތިއުނާފްކުރެވިފައި މިވާ މަދަނީކޯޓުގެ ނަންބަރު 2009/MC/1189 ޤަޟިއްޔާއަކީ އަލްމަރުޙޫމް
އިބްރާހީމް އަޙްމަދުދީދީގެ ތަރިކައިގެ މައްޗަށް، އަދި އެމަރުޙޫމުގެ ވާރިސުންނަށް ރައްދުވާގޮތަށް ހުށަހެޅުނު
ދަޢުވާއެއް ނޫންކަމާއި، މަދަނީކޯޓުގެ ނަންބަރު 2009/MC/1189 ޤަޟިއްޔާއަކީ، ޅ.ފާރމްސް ޢަބްދުލްޤާދިރު
އަޙްމަދު (A061922) ގެ ކިބައިން މއ. ކަނުހުރާ އަޙްމަދު އިބްރާހީމްދީދީ (A038005) ނަގާފައިވާ 7.1
މިލިއަން ދިވެހިރުފިޔާ، ނުވަތަ އެ ފައިސާ ނެގިއިރު ދޫކުރި ލިޔުމުގައިވާ ފަދައިން މއ. ކަނުހުރާ އެވެކިޔާ
ގޯއްޗާއި، އެގޯތީގައިވާ ޢިމާރާތްތައް ޢަބްދުލްޤާދިރު އަޙްމަދާއި ޙަވާލުކުރުމަށް އެދި މއ. ކަނުހުރާ އަޙްމަދު
އިބްރާހީމްދީދީ އަށް ދަޢުވާ ރައްދުވާގޮތަށް ވ.ފާރމްސް ޢަބްދުލްޤާދިރު އަޙްމަދު ހުށަހެޅި މައްސަލައެއްކަމާއި،
އެމައްސަލަ މަދަނީކޯޓުގެ ނަންބަރު 2009/MC/1189 ޤަޟިއްޔާގައި ބައްލަވައި ނިންމެވިއިރުވެސް އެއީ
އަލްމަރުޙޫމް އިބްރާހީމް އަޙްމަދުދީދީގެ ތަރިކައިގެ މައްޗަށް އޮތް ރަންޏެއްކަމުގައި ކަނޑައެޅިފައިނުވާކަން
އެނގޭކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
21/HC-A/154
1
(ރ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފްކުރެވިފައި މިވާ މަދަނީކޯޓުގެ ނަންބަރު 2009/MC/1189
ޤަޟިއްޔާގައި
މއ. ކަނުހުރާ އަޙްމަދު އިބްރާހީމްދީދީގެ އަތުން ހޯދުމަށް، ވ. ފާރމްސް ޢަބްދުލްޤާދިރު އަޙްމަދު
ދަޢުވާކުރި 7.1 މިލިއަން ރުފިޔާ އަޙްމަދު އިބްރާހީމްދީދީ ނަގާފައިވަނީ އަޙްމަދު އިބްރާހީމްދީދީގެ ބައްޕަ
ނިޔާވުމުގެ ކުރިން 22 ފެބްރުއަރީ 1999 ގައި ހެދިފައިވާ "ޕަވަރ އޮފް އެޓޯނީ" ގެ މައްޗަށް ބިނާކޮށް،
މަދަނީކޯޓުގެ ނަންބަރު 2009/MC/1189 ޤަޟިއްޔާގެ ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ގޮތުން 23
ފެބްރުއަރީ 1999 ގައި ކަމުގައި ވިޔަސް، އަދި އެ "ފައިސާ ނެގުމާބެހޭ ލިއުން" ގައި ބުނެފައިވާގޮތަށް 24
ފެބްރުއަރީ 1999 ގައި ކަމަށް ބެލެވުނުކަމުގައިވިޔަސް، އެފައިސާ ބޭނުންކޮށްފައިވަނީ އެދަރަނި ނެގި
ބޭނުންކަމަށް އަޙްމަދު އިބްރާހީމްދީދީ ބުނެފައިވާ ކަންކަމަށް ކަން އެނގި ސާބިތުވާން ނެތްއިރު،
އެފައިސާ ދެއްކުމަށް އަޙްމަދު އިބްރާހީމްދީދީ އެއްބަސްވެފައިވާކަން އަޙްމަދު އިބްރާހީމްދީދީ
މަދަނީކޯޓަށް ދީފައިވާ ބަޔާންތަކުން އެނގޭކަމާއި، އެކަން، އިސްތިއުނާފްކުރެވިފައިމިވާ މަދަނީކޯޓުގެ ނަންބަރު
ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައިވެސް ފާހަގަކުރައްވާފައިވާކަން
1 189/MC/2009
2 2)45
.1234
(ބ) ފަސްވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އަޙްމަދު އިބްރާހީމްދީދީގެ
އަތުން ހޯދުމަށް ޢަބްދުލްޤާދިރު އަޙްމަދު ދަޢުވާކުރި 7.1 މިލިއަން ރުފިޔާއަކީ އަބްދުލްޤާދިރު އަޙްމަދަށް
އަޙްމަދު އިބްރާހީމްދީދީ ދޭންޖެހޭ ފައިސާއެއްކަމުގައި މަދަނީކޯޓުގެ ނަންބަރު 2009/MC/1189 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.
CCC
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/154
979
0
އެކް:-
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މަދަނީކޯޓުގެ ނަންބަރު
2009/MC/1189 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ވިޔަސް ޚިލާފަށްކަމަށް
ބަލާނެތަނެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv