ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/387 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
213/HC-A/387
އަA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 387/HC
-
A/2013
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: ވިލާ ހައުސް މާލެ
* ރެޖިސްޓްރޭޝަން ނަންބަރު:47
/
1997-C
މިހާރުގެ އެޑްރެސް: ވިލާ ހައުސް މާލެ
ވަކީލް: އދ. ނަދީމް އިބްރާހީމް، ދަފްތަރު ނަންބަރު 7006| މާލެ
+
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޙުސައިން އަޒުހާދު
* ދާއިމީ އެޑްރެސް: ކެމީލިޔާ/ އދ. މާމިގިލި
އައި.ޑީ.ކާޑު ނަންބަރު: A148918
މިހާރުގެ އެޑްރެސް: ކެމީލިޔާ އދ. މާމިގިލި
ވަކީލް އދ. މައުމޫން މޫސާ، ސީސްޓަރ ށ. ފުނަދޫ
*
*
4 22
• ރަޖިސްޓްރީ ކުރެވުނު ތާރީޚް
28 ޞަފަރު 1435
، ނިމުން
25 ޝައްވާލު 1435
21 އޯގަސްޓް 2014
31 ޑިސެމްބަރ 2013
• އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ނަންބަރު: 2017/VTR/74
ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅުނު ތާރީޚް: 16 އޭޕްރީލް 2013
ނިމުނު ތާރީޚް:
16 އޮކްޓޯބަރ 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢައްބާސް ޝަރީފް
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/387
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/74 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ވިލާ އެއަރ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ އދ. މާމިގިލި، ކެމީލިޔާ ޙުސައިން އަޒުހާދުއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/74 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބު
އެއްގޮތްނުވާކަމަށްބުނެ، އެމައްސަލަ އިސްތިއުނާފު ކޮށްދިނުން އެދި ވިލާ އެއަރ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/74 މައްސަލަ ނިމުނުގޮތުގެ
ރިޕޯޓަށް
ބެލިއިރު، އެމައްސަލައަކީ، އދ. މާމިގިލި ކެމީލިޔާ ޙުސައިން އަޒުހިދު ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުގައި
ފީލްޑް އޮފިސަރގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތުކުރެވި
ހައްޔަރުކުރުމާ ގުޅިގެން އެއްވެސް ނޯޓިހެއް އަދި އިންޒާރެއް ދިނުމެއްނެތި، 2013 ވަނަ އަހަރުގެ ފެބްރުއަރީ
މަހުގެ 13 ވަނަ ދުވަހު ޙުސައިން އަޒުމާދު އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކޮށްފައިވާތީ، ޙުސައިން
އަޒުމާދު އަދާކުރަމުންދިޔަ ވަޒީފާ އަލުން އަނބުރާ ލިބޭނެ ގޮތް ހަދައިދިނުމަށާއި ލިބެންޖެހޭ މުސާރަ ލިބޭނެ ގޮތް
ހައިދައިދިނުމަށް އެދި ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑަށް ދަޢުވާ ރައްދުވާގޮތަށް ޙުސައިން އަޒުހާދު ހުށަހެޅުމުން
ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/387
ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމައްސަލަ ނިންމަވާފައިވަނީ، "ދެންފަހެ، މިމައްސަލައާ ގުޅިގެން
މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، މައްސަލަ ބެލި
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މައްސަލަ
ހުށަހެޅި ފަރާތްކަމުގައިވާ، އދ. މާމިގިލި. ކެމީލިޔާ ޙުސައިން އަޒުހާދު (A148918)، ވިލާ އެއަރ
ޕްރައިވެޓް ލިމިޓެޑްގައި ފީލްޑް އޮފިސަރުގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް 13 ފެބްރުއަރީ 2013
ގައި، ވަޒީފާއިން ވަކިކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނާއި، ޤާނޫނުއަސާސީއާ ޚިލާފަށް މަސްތުވާތަކެތި
އަތުގައި ހުރިކަމަށް ތުހުމަތުކޮށް ޕޮލިހުން ހިފައިހައްޔަރުކުރުމާ ގުޅިގެން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރުގެ ދަށުން ކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާއިރު، ޤާނޫނު
ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަކޮށްފައިވާކަން
ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ދަލީލު ހުށަހަޅާފައިނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ
މާއްދާއަށް ރިޢާޔަތްކޮށް ޙުސައިން އަޒުހާދު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް
މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ
(ހ) ގެ (2) ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޙުސައިން އަޒުހާދު ވަޒީފާއިން ވަކިކުރުމުގެ ކުރިން
އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުމަށާއި، އޭނާއަކީ
އެއްވެސް ޙާލެއްގައި މައްސަލަ ރައްދުވި ކުންފުނީގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އޭނާ
ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން މި މައްސަލަ ނިމުނު ދުވަހާއި ހަމައަށް، މުސާރައާއި
ޢިނާޔަތުގެ ގޮތުގައި ޙުސައިން އަހާދަށް ލިބެންޖެހޭ ފައިސާ، 2013 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 10
ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި ޙުސައިން
އަޒުހާދަށް ދިނުމަށްފަހު އެކަން 03 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން
އެންގުމަ ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑަށް އަންގައި އަމުރުކުރަމެވެ" މިފަދައިންނެވެ.
OXO.
ދިވެހިރާއްޖޭގެ
-2ނ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ތ47 ވެ"
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/387
3. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/74 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 03 (ތިނެއް)
ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
ނަކީ 8ގއއ
ފުރަތަމަ ނުކުތާއަކީ: ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ކ)
އާއި ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4 2 2 4
ދެވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ)
ގެ 2 ވަނަ ނަންބަރުގެ ރޫހާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: އެއްބަސްވުމުގެ ބައިވެރިން އެ އެއްބަސްވުމަށް ޢަމަލުކުރަން ލާޒިމްވަނީ،
ބައިވެރިން އެއްބަސްވުމުގައި ސޮއިކުރުމުންކަމަށް އޮންނަ ޤާނޫނީ މަފްހޫމާ ޚިލާފަށް މައްސަލަ
6 ށ 6332
އއބފަ2 3
ހހހ2
493 ހދ
އެންކ ކ
4. މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/74 މައްސަލަ
އިސްތިއުނާފުކުރުމަށް ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި،
ގުޅޭގޮތުން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މި މައްސަލައާ ގުޅުންހުރި ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބަލާއިރު އަންނަނިވި
CCCC
ކަންތައްތައް ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/387
(ހ) ފުރަތަމަ ކަމަކީ، އދ. މާމިގިލީ، ކެމީލިޔާ ޙުސައިން އަޒުހާދަކީ، 18 ޖުލައި 2011 އިން
ފެށިގެން ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑްގައި ވަޒީފާ އަދާކުރަމުންދިޔަ މީހަކުކަމާއި، ޙުސައިން އަޒުހާދު 18
ޖުލައި 2011 ގައި ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއަށް އެންމެ ފުރަތަމަ ވަނީ ވިލާ އެއަރޕޯޓު
މާމިގިލީގެ، އެއަރޕޯޓު ރެސްކިއު އެންޑް ފަޔަރ ފައިޓިންގ ސަރވިސަސް ސެކްޝަނުގެ އެއަރޕޯޓު ފަޔަރ
ފައިޓަރ ޓްރެއިނީގެ ވަޒީފާއަށްކަން 0039.VAM
/
HR
/
OFR (18 ޖުލައި 2011) "އޮފަރ އޮފް
އެމްޕްލޯއިމަންޓް" މިލިއުމުން އެނގޭކަމާއި، އަދި އެއަށްފަހު އެއަރޕޯޓު ސޭފްޓީ އެންޑް ސެކިއުރިޓީ
ސެކްޝަނުގެ ފީލްޑް އޮފިސަރ ޓްރޭނީއެއްގެ މަޤާމަށް 11 ފެބްރުއަރީ 2012 ގައި ޙުސައިން އަޒުހާދު
ބަދަލުކޮށްފައިވާކަމާއި، އެއަށްފަހު، ހަމަ އެސެކްޝަނުގެ ފީލްޑް އޮފިސަރުގެ މަޤާމަށް 01 ނޮވެމްބަރު 2012
އިން ފެށިގެން ބަދަލުކޮށްފައިވާކަން ޖޮބް ޓްރާންސްފަރ ފޯމުތަކުން އެނގޭކަމާއި، ޙުސައިން އަޒުހާދު ފީލްޑް
އޮފިސަރގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، މަސްތުވާތަކެތި އަތުގައި ހުއްޓާ ފުލުހުން ޙުސައިން
އަޒުހާދު ހައްޔަރުކޮށް މިފަދަ ތުހުމަތުތަކެއް ކުރެވިފައިވާތީކަމަށް ބަޔާންކޮށް 13 ފެބްރުއަރީ 2013 ގައި
ޙުސައިން އަޒުމާދު އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވާކަން ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުގެ، ވިލާ
އެއަރޕޯޓް މާމިގިލީގެ ނަންބަރު 01-2013/VAM
/
HR
/
TN (13 ފެބްރުއަރީ 2013) "ވަޒީފާއިން ވަކިކުރި
ކަމުގެ ނޯޓިސް" އިން އެނގޭކަމާއި،
ޙުސައިން އަޒުހާދު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، ޙުސައިން އަޒުހާދު ވަޒީފާއިން ވަކިކޮށްފައިވަނީ
މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތުކުރެވިގެން، އެއްވެސް ނޯޓިހެއް އަދި އިންޒާރެއް ދިނުމެއްވެސް
ނެތި، ބޭއިންސާފުން ކަމަށް ބުނެ، ވަޒީފާ އަނބުރާ ހޯދުމަށާއި، އަދި ވޭތުވެދިޔަ ދުވަސްތަކަށް ލިބެންވާ މުސާރަ
ލިބުން އެދި ޙުސައިން އަޒުހާދު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން
އެމައްސަލަ ބެއްލެވުމަށްފަހު، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން
ފުރިހަމަކޮށްފައިވާކަން ސާބިތުވާ މިންވަރަށް ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަލީލު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2013/HC-A/387
ހުށަހަޅާފައިނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޙުސައިން އަހާދު ވަޒީފާއިން
ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައި، ޙުސައިން އަޒުމްދަކީ އެއްވެސް ޙާލެއްގައި
ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އޭނާ ވަޒީފާއިން
ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމި ދުވަހާއި ހަމައަށް،
މުސާރައާއި އިނާޔަތުގެ ގޮތުގައި ޙުސައިން އަޒުހާދަށް ލިބެންޖެހޭ ފައިސާ ދިނުމަށް އަންގައި އެގޮތުގެމަތީންކަން
އެނގޭކަމެވެ.
(ށ) ދެވަނަ ކަމަކީ، ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާއި ނުލައިނަމަވެސް، މުވައްޒަފަކު
ވަޒީފާއިން ވަކިކޮށްފިނަމަ، އަދި އޭނާ ވަކިކުރި ކުރުމަކީ އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރި
ކުރުމެއްކަމުގައި ވަޒީފާ އަދާކުރި މީހާއަށް ޤަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 03
މަސްދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށައެޅުމުގެ ޙައްޤު ވަޒީފާއިން
ވަކިވެފައިވާ ފަރާތަށް ލިބިގެންވާކަމަށް ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) 28 ވަނަ މާއްދާގައި
އޮންނަކަމާއި،
Occx
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން، އެމުވައްޒަފަކު އެޝަކުވާ ނުވަތަ އެމައްސަލަ ހުށައަޅާ
ޙާލަތުގައި، އެމުވައްޒަފު ވަޒީފާއިން ވަކިކުރެވުނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށް ދިނުމަކީ
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތު ފިޔަވައި، އެހެނިހެން ޙާލަތްތަކުގައި
ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންވެފައި އޮންނަކަމާއި،
ޙުސައިން އަޒުހިދު ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަކި ކުރި ސަބަބެއްގެ ގޮތުގައި ވިލާ އެއަރ
ޕްރައިވެޓް ލިމިޓެޑުގެ، ވިލާ އެއަރޕޯޓް މާމިގިލީގެ ނަންބަރު 01-2013/VAM
/
HR
/
TN (13 ފެބްރުއަރީ
2013) "ވަޒީފާއިން ވަކިކުރި ކަމުގެ ނޯޓިސް" ގައި ބަޔާންކޮށްފައިވަނީ "މަތީގައި ބަޔާންކުރެވިފައިވާ
މުވައްޒަފު ދިވެހިރާއްޖޭގެ ޤާނޫނާއި ޤާނޫނުއަސާސީއާއި ޚިލާފަށް މަސްތުވާތަކެތި އަތުގައި ހުއްޓާ ޕޮލިހުން ހިފައި
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2013/HC-A/387
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ހައްޔަރުކޮށް މިފަދަ ތުހުމަތު ތަކެއް ކުރެވިފައިވާތީ 13 ފެބްރުއަރީ 2013 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން
ވަކިކުރެވިފައިވާކަން އަންގަމެވެ" މިފަދައިންކަމާއި، އަދި ޙުސައިން އަޒުހާދު ވަޒީފާއިން ވަކިކުރި ސަބަބު
ބަޔާންކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކުގައި ބުނެފައިވަނީ ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ޙުސައިން އަޒުހާދު ވަކިކޮށްފައިވަނީ،
ޙުސައިން އަޒުހާދު މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތުކުރެވި، މޯލްޑިވްސް ޕޮލިސް ސަރވިސް އިން
ތަޙުޤީޤުކުރަމުންދާތީ، ޙުސައިން އަޒުހާދު ކުރާ މަސައްކަތުގެ ޒާތުން، މަސްތުވާތަކެތީގެ މައްސަލައެއްގައި
ތުހުމަތުކުރެވޭ ފަރާތެއް ފީލްޑް އޮފިސަރެއްގެ މަޤާމުގައި ބެހެއްޓުމަކީ، ކުންފުންޏާއި، އަދި ދަތުރުވެރިންގެ
ސަލާމަތަށް ނުރައްކާތެރި ވެދާނެކަމަކަށްވާތީ އާއި މިފަދަ ކަމެއްގެ ސަބަބުން ކުންފުންޏަށް ލިބިދާނެ
ފުނުބެއްދޭވަރުގެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުންނާއި، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ
(ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން އެކުންފުންޏަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ކަމަށެވެ.
(ނ) ތިންވަނަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/74 މައްސަލަ
ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ވ) އާއި ޚިލާފަށް
ކަމަށް ބުނެ ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި، އެނުކުތާގެ ތަފްސީލުގައި
ދައްކާފައިވާ ވާހަކަތަކުގައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 13 ވަނަ މާއްދާގެ (ށ) އަށް
ބެލުމުން، އެއްބަސްވުން ހެދިފައި ނުވާޙާލަތެއްގައި މުވައްޒަފަކާއި ވަޒީފާ ދޭފަރާތާއި ދެމެދު މުއްދަތު
ކަނޑައެޅިފައި ނުވާ އެއްބަސްވުމެއް އޮތްކަމަށް ކަނޑައެޅޭނީ އެ މުވައްޒަފަކު ވަޒީފާގައި ހޭދަކޮށްފައިވާ މުއްދަތު
2 އަހަރު ދުވަހަށް ވުރެ އިތުރުވުމުންކަން ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުން ފާހަގަ ކުރާކަމަށާއި، ޙުސައިން
އަޒުހާދު ކުންފުނިން ވަކިކުރި ދުވަހާއި ހަމައަށް ވަޒީފާގައި ހޭދަކޮށްފައިވަނީ 1 އަހަރާއި 6 މަސް
ދުވަސްކަމަށާއި، އެހެންކަމުން ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 13 ވަނަ މާއްދާގެ (ށ)
ގައި ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު ޙުސައިން އަޒުހާދަކީ މުއްދަތު ކަނޑައަޅާފައި ނުވާ ވަޒީފާގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވެ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/387
ނ
44
ccc
I
އެއްބަސްވުމެއްގައި ހުރި މުވައްޒަފެއް ނޫންކަން އެނގޭއިރު، ޙުސައިން އަޒުހާދަކީ މުއްދަތު ކަނޑައެޅިފައި
އެއްބަސްވުމެއްގައި، ހުރި މުވައްޒަފެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅުއްވާފައިވަނީ ޤާނޫނު
ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ އުޞޫލާއި
ޚިލާފަށްކަމަށް، ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވާއިރު،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 13 ވަނަ މާއްދާގެ (ށ) ގައި ވަނީ
"ވަކިމުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް، ވަޒީފާގެ ޖުމުލަ މުއްދަތު ދެ އަހަރު ދުވަހަށްވުރެ
އިތުރުވާގޮތަށް އާކޮށްފިނަމަ، ނުވަތަ އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިނަމަ، ނުވަތަ ދެފަރާތުންމެ
ޢަމަލުތައް ބަހައްޓާގޮތުން، އާކޮށްފިކަން، ނުވަތަ އިތުރުކޮށްފިކަން ދޭހަވާނަމަ، އެ އެއްބަސްވުމަކީ ވަކިމުއްދަތެއް
ކަނޑައެޅިފައިވާ އެއްބަސް
.ބަސްވުމެއްނޫން ކަމުގައި ބަލަންޖެހޭނެއެވެ" މިފަދައިންކަމާއި،
މި މާއްދާއަށް ބަލާއިރު، އެއްބަސްވުން ހެދިފައި ނުވާހާލަތެއްގައި މުވައްޒަފަކާއި ވަޒީފާ ދޭފަރާތާއި
ދެމެދު މުއްދަތު ކަނޑައެޅިފައި ނުވާ އެއްބަސްވުމެއް
އޮތްކަމަށް ކަނޑައެޅޭނީ މުވައްޒަފަކު ވަޒީފާގައި
ހޭދަކޮށްފައިވާ މުއްދަތު 2 އަހަރު ދުވަހަށް ވުރެ އިތުރު ވުމުން ކަމަށް ބަޔާންކޮށްފައި ނުވާކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައިވާގޮތުން މުވައްޒަފާއި ވަޒީފާ ދޭ ފަރާތާދެމެދު
.ބަސްވުމެއް އޮންނަންޖެހޭކަމާއި، އެއީ ވަޒީފާދޭ ފަރާތުން ކުރަންޖެހޭކަމެއްކަމަށްވާ
އެކަމަށްވާއިރު، ޙުސައިން
އަޒުހާދު ވަޒީފާގައި 1 އަހަރާއި 6 މަސް ދުވަހުގެ މުއްދަތު ހޭދަކޮށްފައިވާއިރު، ވިލާ އެއަރ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ވަޒީފާގެ އެއްބަސްވުން ހަދައި، ޙުސައިން އަޒުހާދު ލައްވައި އެއެއްބަސްވުމުގައި
ސޮއިނުކޮށްވުމުގެ ފައިދާ ލިބެންޖެހޭނީ ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑަށް ނޫންކަމާއި،
އެހެންކަމުން، ޙުސައިން އަޒުހާދަކީ ވަޒީފާގައި 1 އަހަރާއި 6 މަސް ހޭދަކޮށްފައިވާ މީހަކަށްވެފައި،
ވަޒީފާ ދިން ފަރާތުން ޙުސައިން އަޒުހާދާއެކު ވަޒީފާގެ އެއްބަސްވުމެއް ހަދައި ސޮއިކޮށްފައި ނުވާއިރު،
ޙުސައިން އަޒުމާދަކީ މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުމެއްގައި ހުރި މުވައްޒަފަކުކަން އެނގެންނެތްކަމާއި،
ވަޒީފާގެ އެއްބަސްވުމެއް
44
Ococ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
، އެންކމާންޑު
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/387
އެގެތަށް
އެކަން
ބަލަންޖެހޭފަދަ ޤާނޫނީ ރަނގަޅު ސަބަބެއް ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑަށް
އަދި
ދެއްކިފައިނުވާކަމެވެ.
(ހ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ
(ހ) ގެ 2 ވަނަ ނަންބަރުގެ ރޫޙާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ ވިލާ އެއަރ ޕްރައިވެޓް
ލިމިޓެޑުން ހުށަހެޅި ނުކުތާއަށާއި، އެނުކުތާގެ ތަފްޞީލުގައި އެފަރާތުން ދައްކާފައިވާ ވާހަކަތަކުގައި، ޤާނޫނު
ނަންބަރު 2/2008 ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން
މުވައްޒަފަކު ވަޒީފާގައި ބެހެއްޓުމަށް އަމުރުކުރެވޭނީ އެމުވައްޒަފަކީ މުއްދަތު ކަނޑައެޅިފައިނުވާ
އެއްބަސްވުމެއްގައި ހުރި މުވައްޒަފެއްކަމަށް ވާނަމަ ކަމަށާއި، އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރިން
ނިންމަވާފައިވާ މައްސަލަތަކަށް ބެލުމުން އެނގެންއޮންނަކަމަށް
ހިގެންއޮންނަކަމަށް ބުނެ، އެޓްރައިބިއުނަލުން ކުރިން ނިންމަވާފައިވާ
ދެ މައްސަލައެއްކަމުގައިވާ ނަންބަރު 2012/VTR/208 މައްސަލައަށާއި، އަދި ނަންބަރު 2013/VTR/187
މައްސަލައަށް ހަވާލާދީ ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު،
އިސްވެ ފާހަގަކުރެވުނު ނުކުތާގައި ބަޔާންކުރެވިދިޔަ ފަދައިން، ޙުސައިން އަޒުހާދަކީ މުއްދަތު
ކަނޑައެޅިފައިވާ ވަޒީފާއެއްގައި ހުރި މީހަކުކަން އެނގެންނެތްކަމާއި، ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުން ހަވާލާ
ދީފައިވާ ދެމައްސަލައަށް ބަލާއިރު، އެދެ މައްސަލާގައި ހިމެނޭ މުވައްޒަފުންނަކީ މުއްދަތު ކަނޑައެޅިފައިވާ
ވަޒީފާގެ އެއްބަސްވުމެއްގައި ތިބި ބަޔަކުކަން ސާފުކޮށް އެނގެން އޮތްކަމާއި،
އެދެ މައްސަލާއާއި މިމައްސަލައަކީ އެއްގޮތް މައްސަލަތަކެއް
އެދެމައްސަލާގައި ކަނޑައެޅިފައިވާ ގޮތަށް މިމައްސަލަ ނިންމަންޖެހޭނެ އަސާސެއް އޮތްކަމަށް
ނޫންކަމުން،
2
8 ހ42
އެބޭކަމަށް ނުބެލެވޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ
ނަންބަރު 2013/VTR/74 މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކުގައި މައިގަނޑުގޮތެއްގައި
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/387
3
3
4 ހ 304
ނުކުރެވޭނެކަމަށްމ
8 2
ފާހަގަކޮށްފައިވަނީ ޙުސައިން އަޒުހާދަކީ މުއްދަތު ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއްގައި ހުރި
މުވައްޒަފަކު ނޫންކަމަށާއި، އެހެންކަމުން، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ
މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުން، ޙުސައިން އަޒުހާދު ވަޒީފާގައި ބެހެއްޓުމަށް އަމުރު
ނެކަމަށްބުނެ ފާހަގަކުރި ކުރުންކަން އެނގޭއިރު،
އިސްވެ ފާހަގަކުރެވިދިޔަ ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ފަދައިން، ޙުސައިން އަޒުމާދަކީ މުއްދަތު
ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްގައި ހުރި މުވައްޒަފަކު ނޫންކަން އެނގޭކަމާއި، އަދި މިކަން މިގޮތަށް
އޮތްއިރު، އިސްތިއުނާފުކުރެވިފައިމިވާ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/74 "މައްސަލަ
ނިމުނު ގޮތުގެ ރިޕޯޓް" އަށާއި، އެ މައްސަލަ އިސްތިއުނާފުކުރުމަށް ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލާއިރު، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ
މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ
ޢަދުލުވެރިކަން ފުރިހަމަކޮށްފައިވާކަން ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ދަލީލު
ހުށަހަޅާފައިނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޙުސައިން އަޒުހާދު ވަޒީފާއިން
ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައި، ނިންމަވާފައިވާ ނިންމެވުން ވިލާ އެއަރގެ
ފަރާތުން އިސްތިއުނާފުކޮށްފައިނުވާކަމާއި،
އެހެންކަމުން، ޙުސައިން އަޖުހާދު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމުގެ ޞައްޙަކަމާމެދު ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ސުވާލު އުފައްދާފައިނުވާކަން އެނގޭކަމެވެ.
(ޅ) ހަވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިމައްސަލަ މިކޯޓުގައި ބެލި
ފަނޑިޔާރުން ދެކެނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު
މައްސަލަ
އިސްތިއުނާފުކުރުމަށް، ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
74/VTR/2013
ދިވެހިރާއް2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
213/HC-A/387
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ބިނާކޮށް ބަލާއިރު، އެ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ އަދި ޝަރުޢީ ވިޔަސް ސަބަބެއް އޮތްކަމަށް
ނުފެންނަކަމުގައެވެ.
• ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ
ނަންބަރު 2013/VTR/74 މައްސަލަ އިސްތިއުނާފުކުރުމަށް، ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ބަލާއިރު، އެމައްސަލަ އެޓްރައިބިއުނަލުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށްކަމަށް ބަލާނެތަނެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv