ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/100 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2010HC-A/10
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 100/HC
-
A/2010
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޢީސާ ރުސަތުމް
އައިޑީ ކާޑު ނަންބަރު: A147933
* ދާއިމީ އެޑްރެސް: ނޫވިލާގެ/ށ. މައިފަރު
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: -
ދާއިމީ އެޑްރެސް:
ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ޖުމާދުލްއޫލާ 1431
2 މެއި 2010
ނިމުނު ތާރީޚް: 02 ޝައުބާން 1436
20 މެއި 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/JC/1054
ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށް
މަށްޓަކައި އަތުގައި ބެހެއްޓުން
• ނިންމެވި ކޯޓް: ޖިނާއީ ކޯޓު
* ހުށަހެޅުން ތާރީޚް: 5 ޖޫން 2008
ނިމުނު ތާރީޚް: 26 ޖެނުއަރީ 2010
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: !j5147
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
y
2010/HC-A/10[
2 ޤަޟިއްޔާ ނިމުނު "
کمر مترمربع
ދަޢުވާގެ ޚުލާޞާ
ޖިނާއީ ކޯޓުގެ
މިއީ،
ނަންބަރު
1054/JC/2008
ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި، ޢީސާ ރުސްތުމް، ނޫވިލާގެ;ޅ. ނައިފަރު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A147933) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1054/JC/2008
ދ
22
1. އިސްތިއުނާފުކުރެވިފައިމިވާ ޖިނާއީ ކޯޓުގެ ނަންބަރު
ޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ޢީސާ ރުސަތުމް، އޭނާ އުޅޭ، ޅ. ނައިފަރު ފުރޮޅު ގޭގައި
މަސްތުވާތަކެތި ގެންގުޅޭ ކަމަށް، 2008 ފެބްރުއަރީ 17 ވަނަ ދުވަހު 8:30 ހާއިރު، ޅ. ނައިފަރު
ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ފުލުހުން އޭނާ އުޅޭ ގެއަށް ގޮސް، އެގޭގައި އޭނާ
ނިދާފައި އޮއްވާ ފެނިގެން އޭނާއަށް ގޮވާ ހޭލެއްވުމަށްފަހު، އޭނާގެ ހަށިގަނޑާއި އޭނާ އޮތް ކޮޓަރި ބަލާ
ފާސްކުރިއިރު، އޭނާ ނިދާފައިއޮތް އެނދު ކައިރީގައިހުރި ކުޑަމޭޒެއްގެ މަތީގައި އޮތް ބިއްލޫރިގަނޑެއްގެ
މަތިން ކުނޑިތަކެއް ފެނިގެން، އެބިއްލޫރިގަނޑު ތަޙްލީލް ކުރިއިރު އެކުނޑިތަކަކީ ބަރުދަނުގައި 0.0093
ގްރާމް ހުރި އޯޕީއޭޓްސް ކަމަށާއި، އެކޮޓަރި ތެރޭގައި އަޅުވާފައި ހުރި އޭނާގެ ހުދުކުލައިގެ ގަމީހުގެ
ވާތްފަރާތު ޖީބުތެރެއިން ފެނުނު 19 ރަބަރު ޕެކެޓުގައި 0.0941 ގްރާމް އޯޕީއޭޓްސް ހުރިކަމަށް
އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީއާއި، އޭނާގެ ކުޑަކަމުދާތަކެތި އޯޕީއޭޓްސްއާއި ބެންޒޯޑައިޒީޕައިންއަށް
ޕޮޒިޓިވްވެފައިވާތީ، ޤާނޫނު ނަންބަރު 17/17 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ)
ގެ 1 ވަނަ ނަންބަރުގެ ދަށުން ޢީސާ ރުސްތުމުގެ މައްޗަށް، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
o ou
o ouc
ވިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 36471 ދިވެހިzގެ
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2010/HC-A/100
3 ޤަޟިއްޔާ ނިމުނު "
تیمر مجم
ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ކުރުމުން، ކްރިމިނަލް ކޯޓުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
2 ބޑތ
42224
އެއްޗެއް
ކުށުގެ މިދެދަޢުވާ
ރެވެ
އެޤަޟިއްޔާގެ ޙުކުމުގައިވަނީ، "ދެންފަހެ، ނައިފަރު!ނޫވިލާގެ ޢީސާ
ރުސްތުމްގެ މައްޗަށް ދައުލަތުން ކުޅެ މަނާކުރެވި ފައިވާ މަސްތުވާ ނުންކުރުމާއި،
މަނާކުރެވިފައިވާ މަސްތުވާ ބޭނުންކުރުމަށްޓަކައި އަތުގައި
ޝަރީއަތުން ބެލިބެލުމުން ޢީސާ ރުސަތުމް 17 ފެބްރުއަރީ 2008 ދުވަހުގެ 8:30 ހާއިރު މީނާ އުޅޭ
ޅ. ނައިފަރު، ފުނޮޅުގޭގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ޅ. ނައިފަރު، ޕޮލިސް ސްޓޭޝަނަށް ލިބުނު
މަޢުލޫމާތަކާއި ގުޅިގެން، ފުލުހުން މީދާ އުޅޭ ގެއަށް ދިޔައިރު އެގޭ ކޮޓަރިއެއްގައި މީނާ ނިދާފައި އޮއްވާ
ފެނިގެން މީނާ އަށް ގޮވާ ހޭލެއްވުމަށްފަހު، މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މީނާގެ ހަށިގަނޑާއި
މީނާ ނިދާފައިވާ ކޮޓަރި ބަލާ ފާސްކުރިއިރު، އެކޮޓަރި ތެރޭގައި އަޅުވާފައިއޮތް މީނާގެ ގަމީހެއްކަމަށް މީނާ
ބުނާ ގަމީހުގެ ވާތްފަރާތު ޖީބްތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓްތަކެއް
ފެނިގެންނަގާފައިވާކަން ހެކިންގެ ހެކިބަހުން އެގެން އޮންނާތީއާއި، އިސްވެ ދެންނެވުނު ޕެކެޓްތަކާއި މިނާ
ކުޑަކަމުދާތަކެތި ތަޙްލީލް ކުރިއިރު އެ ޕެކެޓްތަކުގެ ބަރުދަނުގައި އެއް ގްރާމަށްވުރެ ލުއި ހެރޮއިން
ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން އެނގެންއޮންނާތީ، ހެކިންގެ ހެކިބަހުންނާއި އިސްވެ ދިޔަ
ޤަރީނާތަކުގެ މައްޗަށް ބިނާކޮށް، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 4 ވަނަ
މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި އެ މާއްދާގެ (ނ) އާއި ހަވާލާދީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން ޢީސާ ރުސްތުމު ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި،
މިއީ މީނާގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް
ޝަރީޢަތަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން އިސްވެ ދެންނެވުނު
ޤާނޫނުގެ 04 ވަނަ މާއްދާގެ (ބ) ގެ ދަށުން 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ޢީސާ ރުސަތުމް
93 9
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 816471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2010/HC-A/10[
کی عمری
0422
ޤަޟިއްޔާ ނިމުނު ގޮ
ޖަލަށްލުމަށް ޙުކުމްކޮށް، މިހާދިސާގައި ނެގުނު މީނާގެ ކުޑަކަމުދާތަކެތި ބެންޒޯޑައިޒީޕައިންއަށާއި،
އޯޕީއޭޓްސްއަށް ޕޮޒިޓިވްވެފައި ވީނަމަވެސް، މިދެބާވަތަކީ ކަނޑައެޅިގެން މަނާކުރެވިފައިވާ މަސްތުވާ
ދެބާވަތްކަން އެގެންނެތުމުން، ދައުލަތުން މީނާގެ މައްޗަށް ކުޅަ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް
ބޭނުންކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވާ މިންވަރަށް ކާފީ ހެކި ލިބިފައިނުވާތީ، މަނާކުރެވިފައިވާ
މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށް މީނާގެ މައްޗަށް ސާބިތު ނުވާކަމަށް ޙުކުމްކޮށް މިޤަޟިއްޔާ
ނިންމީއެވެ" މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2. ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1054 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ޢީސާ ރުސަތުމްގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ޢީސާ ރުސްމްގެ ފަރާތުން
ހުށަހަޅާފައިވާ؟
• ފުރަތަމަ ނުކުތާއަކީ، ފުލުހުން ޗެކްކުރިއިރު ޢީސާ ރުސަތުމްގެ ހަށިގަނޑުން
ފެނިފައި ނެތްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
04 02
4 ވ 2ތ 2 ދި 0
42
0402
އެއްވެސް ބާވަތެއްގެ މަސްތެއެއްޗައެ
• ދެވަނަ ނުކުތާއަކީ، ޢީސާ ރުސްތުމް ނިދާފައި އޮތް ކޮޓަރިން ފެނުނު
މަސްތުވާތަކެއްޗާއި ޢީސާ ރުސްތުމާ އެއްވެސް ގުޅުމެއް ނުވާހިނދު އަދި އެއީ ޢީސާ ރުސްތުމާ ގުޅުމެއްވާ
އެއްޗެއްކަން
ޝަރީޢަތަށް ސާބިތުވާފަދަ ކާފީ ހެއްކެތް ހުށަހެޅިފައި ނެތްހިނދު، ޤާނޫނު ނަންބަރު 17/77
(މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ) 04 ވަނަ މާއްދާގެ (1) ގެ ދަށުން ކޯޓުން ކުރައްވާފައިވާ ޙުކުމަކީ
ޞައްޙަ ޙުކުމެއް ކަމުގައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
8 42
2010/HC-A/100
5 ޤަޟިއްޔާ ނިމުނު "
می هرکی
ދެވެ
• ތިންވަނަ ނުކުތާއަކީ، ހެކިބަސް ދީފައިވާ ފަރާތްތަކުންނާއި އަދި ދައުލަތުން
ދަޢުވާކުރެއްވުމުގައި، ޢީސާ ރުސްތުމް ނިދާފައިއޮތް ތަނަކުން ގަމީހެއްގެ ތެރެއިން އެއްޗެހި ތަކެއް
ފެނުނުކަމަށާއި، އަދި ޢީސާ ރުސަތުމް ނިދާ ހޭލުމަށްފަހު ގަމީހުގެ ތެރެއަށް އެއްޗެއް ލާނެ ފުރުސަތެއް
ނެތްކަމަށް ދޭހަވާއިރު، އެ ޙާލަތަށް ރިޢާޔަތް ނުކޮށް އަދި ނިދާފައި އޮތުމުގެ ސަބަބުން ލިބިގެން
ޝަރުޢީ ދިފާއީ ރައްކާތެރިކަމަށް ރިޢާޔަތްނުކޮށް ޙުކުމްކޮށްފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1054 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ޢީސާ ރުސަތުމްގެ ފަރާތުން
ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ ރައްދުވާ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން
ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ޖިނާއީ ކޯޓުގެ ނަންބަރު
2008/JC/1054 ޤަޟިއްޔާގައި ހިމެނޭ މައްސަލައަށް ބަލާއިރު އެމައްސަލައަކީ، ޢީސާ ރުސަތުމް، އޭނާ
ދިރިއުޅޭ، ޅ. ނައިފަރު ފުރޮޅު ގޭގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް، 2008 ފެބްރުއަރީ 17 ވަނަ
ދުވަހު 8:30 ހާއިރު، ޅ. ނައިފަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ފުލުހުން
އޭނާގެ ގެއަށް ގޮސް، އެގޭގައި އޭނާ ނިދާފައި ފެނިގެން އޭނާއަށް ގޮވާ ހޭލެއްވުމަށްފަހު، އޭނާގެ
ހަށިގަނޑާއި އޭނާ އޮތް ކޮޓަރި ބަލާ ފާސްކުރިއިރު، އޭނާ ނިދާފައިއޮތް އެނދު ކައިރީގައިހުރި ކުޑަމޭޒެއްގެ
މަތީގައި އޮތް ބިއްލޫރިގަނޑެއްގެ މަތިން ކުނޑިތަކެއް ފެނިގެން، އެ ބިއްލޫރިގަނޑު ތަޙްލީލް ކުރިއިރު
އެކުނޑިތަކަކީ ބަރުދަނުގައި 0.0093 ގްރާމް ހުރި އޯޕީއޭޓްސް ކަމަށާއި، އެކޮޓަރި ތެރޭގައި އަޅުވާފައި
402
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2010/HC-A/100
ދެލީ
ޤަޟިއްޔާ ނިމުނު ގޮ
ހުރި އޭނާގެ ހުދުކުލައިގެ ގަމީހުގެ ވާތްފަރާތު ޖީބުތެރެއިން ފެނުނު 19 ރަބަރު ޕެކެޓުގައި 0.0941
ގްރާމް އޯޕީއޭޓްސް ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީއާއި، އޭނާގެ ކުޑަކަމުދާތަކެތި
އޯޕީއޭޓްސްއާއި ބެންޒޯޑައިޒީޕައިންއަށް ޕޮޒިޓިވްވެފައިވާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާ
ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ޢީސާ ރުސްތުމުގެ މައްޗަށް،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅުމުން، ޖިނާއީ ކޯޓުން ބައްލަވާ ނިންމަވާފައިވާ
މައްސަލައެއްކަން އެނގެންއޮތްއިރު،
އެދަޢުވާއަށް ޖިނާއީ ކޯޓުގައި ޢީސާ ރުސްތުމް
އިންކާރުކޮށްފައިވާކަމާއި،
ޢީސާ ރުސަތުމްގެ މައްޗަށް ދައުލަތުންކޮށްފައިވާ، އިސްވެމިބަޔާންކުރެވުނު ދަޢުވާއަށް
ފިކުރުމާ ގުޅިގެން އެމައްސަލަ ސާބިތުކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން ޝަރީޢަތަށް
ހުށަހަޅާފައިވަނީ، ސީނަށްދިޔަ ފުލުހުންގެ ހެކިބަހާއި، ކުށުގެ ވެށިން ފެނުނުކަމަށް ދައުލަތުގެ ފަރާތުން
ބުނެފައިވާ ތަކެތީގެ ލެބޯޓްރީ ތަޙްލީލު ރިޕޯޓާއި، ޢީސާ ރުސަތުމްގެ ކުޑަކަމުދާތަކެތީގެ ލެބޯޓްރީ ތަޙްލީލު
ރިޕޯޓާއި، އެތަކެތި ތަޙްލީލުކުރި މޯލްޑިވްސް ސަރވިސްގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރ އިޙްތިޝާމް
ޢަލީގެ ހެކިބަސްކަން އެނގެން އޮންނަ
ލޓ ލކސ
ދިޚަ2 2
އަންނަމެވެ.
(ނ) ދެވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ދައުލަތުގެ
ފަރާތުން ހުށަހަޅާފައިވާ، އިސްވެބަޔާންވެދިޔަ ދެކީ!ޤާރީނާގެ ތެރެއިން، މިމައްސަލާގެ ދަށުކޯޓު
މަރުޙަލާގައި، ޕޮލިސް ކޮންސްޓަބަލް އަޙްމަދު ރަޝީދު، 1 ޖޫން 2009 ގައި ޖިނާއީ ކޯޓަށް ދީފައިވާ
ހެކިބަހުގެ ބަޔާނަށް ބަލާއިރު، 17 ފެބްރުއަރީ 2008 ގެ 8:25 ހާއިރު، ޅ. ނައިފަރު ފުރޮޅު ގޭގައި
މީހަކު މަސްތުވާތަކެތި ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބިގެން އޭނާއާއި އިތުރު ފުލުހުންތަކެއް އެގެއަށް ދިޔަ
ދާންވާކަމަށާއި، އެހެންނަމަވެސް އެގެއަށް ދިޔަފަހުން ކަންވީގޮތެއް އޭނާއަށް އެއްގޮތަކަށްވެސް ހަދާން
ނެތްކަމަށް ބުނެފައި ވީނަމަވެސް، މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2010/HC-A/100
کی مرکی
2 23:
7 ޤަޟިއްޔާ ނިމުނު
ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އަޙްމަދު އިމްތިޔާޒް އާއި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ކޮންސްޓަބަލް އިބްރާހީމް ޒަކީ، ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުގެ
ބަޔާންތަކަށް ބަލާއިރު، 17 ފެބްރުއަރީ 2008 ގެ 8:25 ހާއިރު، ޅ. ނައިފަރު ފުރޮޅު ގޭގައި މީހަކު
މަސްތުވާތަކެތި ބޭނުންކުރާކަމުގެ މަޢުލޫމާތު، ނައިފަރު ޕޮލިސް ސްޓޭޝަނަށް ލިބުމާ ގުޅިގެން،
އެމީހުން އެގެއަށް ގޮސް ބެލިބެލުމުގައި އޭގޭގައި ޢީސާ ރުސަތުމް ދިރިއުޅޭ ކޮޓަރިން އޭނާ ނިދާފައިއޮއްވާ
ފެނިފައިވާކަމަށާއި، އަދި އެވަގުތު އޭނާގެ ހަށިގަނޑާއި އޭނާ ހުރި ކޮޓަރިތެރެ ބަލައި ފާސްކުރިކަމަށާއި،
މިގޮތުން ބަލައި ފާސްކުރުމުގެ ތެރޭގައި އެކޮޓަރީގައި އޮތް ގަމީހެއްގެ ޖީބުން މަސްތުވާތަކެތިކަމަށް
ޝައްކުކުރެވޭ އެއްޗެއް ފެނިފައިވާކަމަށް މިދެމީހުންވެސް ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާކަން
އެނގެން އޮންނަކަމާއި،
މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ،
އިސްވެބަޔާންކޮށްފައިވާ ހެކިތަކުގެ ތެރޭގައި ހިމެނޭ، މައްސަލައިގެ ކުށުގެ ވެށިން ނެގިފައިވާ
މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ ތަކެތި ތަޙްލީލު ކުރުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފޮރެންސިކް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ އެ ސަރވިސްގެ ނަންބަރު 2008
/
265/FSDD
)
-DR
"ލެބޯޓްރީ ތަޙްލީލް ރިޕޯރޓް" އަށް ބަލާއިރު، އޭގެތެރޭގައި ހިމެނޭ، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ
ކުނޑިއެއްހުރި (ޢީސާ ރާސްތުމް ދިރިއުޅޭ، އޭނާ ނިދާފައިއޮތް ކޮޓަރިން ފެނުނު ޢީސާ ރުސަތުމްގެ
ގަމީހުގެ ޖީބުގައި އޮތް) 19 (ނަވާރަ) ރަބަރު ޕެކެޓުގައި ހުރި ތަކެތި 0.0914 ގްރާމް ސޯޕިއޭޓްސް އަށް
ޕޮޒިޓިވް ވެފައިވާކަމަށް އެރިޕޯޓުގައި ބަޔާންކޮށްފައިވާކަމާއި، އަދި މިމައްސަލައާ ގުޅިގެން ޢީސާ ރުސަތުމް
ހައްޔަރުކުރުމަށްފަހު ނެގިފައިވާ އޭނާގެ ކުޑަކަމުދާތަކެތި ތަޙްލީލު ކުރުމަށްފަހު މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފޮރެންސިކް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ސަރވިސްގެ ނަންބަރު
2008
/
408/FSD
(
D
)
-UR "ލެބޯޓްރީ ތަޙްލީލް ރިޕޯރޓް" އަށް ބަލާއިރު، ޢީސާ ރުސަތުމްގެ
އެ
0821
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
8
ޤަޟިއްޔާ ނިމުނު
2010/HC-A/100
مجری معلم ممب
OXO
0
ކުޑަކަމުދާތަކެތި ބެންޒޯޑައިޒީޕައިންއަށާއި އޯޕިޓްސްއަށް ޕޮޒިޓިވްވެފައިވާކަމަށް އެރިޕޯޓުގައި
ބަޔާންކޮށްފައިވާކަމާއި،
މީގެއިތުރުން، އިސްވެމިބަޔާންކުރެވުނު، ކުށުގެވެށިން ފެނުނުކަމަށް ދައުލަތުގެ ފަރާތުން
ބުނެފައިވާ ތަކެތީގެ ލެބޯޓްރީ ތަހްލީލު ރިޕޯޓާއި ޢީސާ ރުސަތުމްގެ ކުޑަކަމުދާތަކެތީގެ ލެބޯޓްރީ ތަޙްލީލު
ރިޕޯޓުގައި ހިމެނޭ ތަކެތި ތަޙްލީލުކުރި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރ
އިޙްތިޝާމް ޢަލީ، މިމައްސަލައިގެ ދަށުކޯޓު މަރުޙަލާގައި، 10 އޮގަސްޓް 2009 ގައި ޖިނާއީ ކޯޓަށް
ދީފައިވާ ހެކިބަހުގެ ބަޔާނަށް ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެބަޔާންކުރެވިފައިވާ ދެ
ރިޕޯޓަކީވެސް ޞައްޙަ ދެ ރިޕޯޓުކަމަށާއި، އެރިޕޯޓުތަކުގައި އޯޑިއޯޓްސް އަށް ޕޮޒިޓިވްވާކަމަށް
ޖަހާފައިއެވަނީ ޖެނެރަލްކޮށް ކަމަށާއި، ރިޕޯޓުތަކާއެކު ހިމެނިފައިވާ ގްރާފްތަކަށް ބަލާއިރު އެތަކެތި
ޕޮސިޓިވް ވެފައިވަނީ އޯޕިރޭޓްސްގެ ތެރެއިން ސިކްސްއެސެޓައިލް މޯފިންއަށްކަން އެނގޭކަމަށާއި، އަދި
ޓެސްޓުކުރެވުނު ދެ އައިޓަމްގައިވެސް ހެރޮއިން އެކުލެވިގެންވާކަމަށާއި، އަދި އޭގެ އިތުރުން އެތަކެތި
ބެންޒޯޑައިޒީޕައިންގެ ބާވަތަކަށްވެސް ޕޮޒިޓިވް ވެފައިވާކަމަށާއި، ޢާންމުކޮށް ދިވެހިރާއްޖޭގައި ވިއްކާ
ހެރޮއިންގައި ހުންނަނީ ކޮންމެވެސް ބާވަތެއްގެ ބެންޒޯޑައިޒީޕައިންއެއް އެކުލެވިފައިކަމަށްވުމާއެކު، ޢީސާ
ރުސްތުމްގެ ކޮޓަރިން ފެނުނު ތަކެއްޗާއި
ކަމަށާއި، އެތަކެތި ބޭނުންކޮށްގެން
ޕޮޒިޓިވް ވެފައިވާކަމަށް ބެލެވިދާނެކަމަށްބުނެ ހެކިބަސްދީފައިވާކަން އެނގެން އޮންނަކަމެވެ.
434
cހ ދު
22 2ތ 2 ދ ތތ
1843ތ
2 2c
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ޢީސާ
ރުސްތުމްގެ މައްޗަށް ދައުލަތުން ތުހުމަތުކޮށްފައިވާ ކުށް ސާބިތުކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން
ޝަރީޢަތަށް ހުށަހަޅާފައިވާ، އިސްވެބަޔާންކުރެވިފައިވާ ހެކި:ޤާރީނާތަކަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 01/SC
-
A/2012 ޤަޟިއްޔާގައި އެކޯޓުން ކަނޑައަޅުއްވާފައިވާ އުސޫލުތަކާ
ގޮތުގެމަތިން ތަޤްރީމްކޮށް ވަޒަންކުރާއިރު، މިމައްސަލާގައި ހިމެނޭ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
2
8
x
2
روم کر هوم
މިހިރާއްޖޭގެ
ހައިކޯ"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
19842 ތ ދދވ
2010/HC-A/100
کی مری
9 ޤަޟިއްޔާ ނިމުނު 1
ނަންބަރު 2008
/
265/FSD
(
D
)
-DR "ލެބޯޓްރީ ތަޙްލީލް ރިޕޯރޓް" ގައި ބަޔާ
ބަޔާންކޮށްފައިވާ
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ކުނޑިއެއްހުރި 19 (ނަވާރަ) ރަބަރު ޕެކެޓުގައި ހުރި ތަކެތި
އޯޑިއޯޓްސް އަށް ޕޮޒިޓިވް ވެފައިވާކަމާއި، އެތަކެތީގެ ބަރުދަނަކީ 0.0914
ގްރާމްކަމާއި، އެތަކެތި ފެނިފައިވަނީ ޢީސާ ރުސްތުމް ނިދާފައިއޮތް، އޭނާ ދިރިއުޅޭ ގޭގެ، އޭނާ ނިދާ
ކޮޓަރީގައި ހުރި އޭނާގެ ގަމީހެއްގެ ޖީބުންކަމާއި، ޢީސާ ރުސްތުމުގެ ކުޑަކަމުދާތަކެތި ނެގުމަށްފަހު އެތަކެތި
ތަޙްލީލުކުރުމުން އެތަކެތިވެސް އޯޑިއޭޓްސްއަށާއި ބެންޒޯޑައިޒީޕައިންއަށް ޕޮޒިޓިވްވެފައިވާކަމާއި، އަދި ޢީސާ
ރުސްތުމްގެ މައްޗަށް ޖިނާއީ ކޯޓުގައި ދައުލަތުން ކޮށްފައިވާ ދަޢުވާގެ ޙުކުމުގައި، ޢީސާ ރުސަތުމްގެ
ކުޑަކަމުދާތަކެތި އޯޑިއޭޓްސްއަށާއި ބެންޒޯޑައިޒީޕައިންއަށް ޕޮޒިޓިވްވެފައި ވީނަމަވެސް، މިދެބާވަތަކީ
ކަނޑައެޅިގެން މަނާކުރެވިފައިވާ މަސްތުވާ ދެބާވަތެއްކަން އެނގެންނެތްކަމަށް ވިދާޅުވެ، ދައުލަތުގެ
ފަރާތުން އޭނާގެ މައްޗަށް ކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުކުރުމުގެ ކުށް އޭނާގެ
މައްޗަށް ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައި ވީނަމަވެސް، މިމައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފޮރެންސިކް ޑިޕާޓްމަންޓުގެ ފަރާތުން ޓެސްޓުކުރެވުނު ދެ އައިޓަމް (ޢީސާ ރުސަތުމްގެ
ކުޑަކަމުދާ ތަކެއްޗާއި، އޭނާ ނިދާފައިއޮތް ކޮޓަރިން ފެނުނު ތަކެތި) ގައިވެސް ހެރޮއިން
އެކުލެވިގެންވާކަމަށާއި، އަދި އޭގެ އިތުރުން އެތަކެތި ބެންޒޯޑައިޒީޕައިންގެ ބާވަތަކަށްވެސް ޕޮޒިޓިވް
ވެފައިވާކަމަށާއި، ޢާންމުކޮށް ދިވެހިރާއްޖޭގައި ވިއްކާ ހެރޮއިންގައި ހުންނަނީ ކޮންމެވެސް ބާވަތެއްގެ
ބެންޒޯޑައިޒީޕައިންއެއް އެކުލެވިފައިވާކަމަށް، މިމައްސަލައާ ގުޅިގެން ޖިނާއީ ކޯޓަށް ހެކިބަސްދީފައިވާ،
ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ގައި ހަރުދަނާ
ޤަރީނާއެއްކަމަށް ބަލަންޖެހޭކަމަށް ބަޔާންކޮށްފައިވާފަދަ، މަސްތުވާއެއްޗެއް މީހަކު ބޭނުންކޮށްފައިވާކަން،
ނުވަތަ ބޭނުންކޮށްފައިވާ މަސްތުވާއެއްޗެއްގެ ބާވަތް، ނުވަތަ މަސްތުވާއެއްޗެއް ބޭނުންކޮށްފައިވާ މިންވަރު
ދެނެގަތުމަށް ސައިންޓިފިކް އުސޫލުގެމަތިން ބަލަންޖެހޭ ބެލުންތައް ބެލުމަށް ބޭނުންވާ ތަޢުލީމީ ފާހާއި
ތަޖުރިބާ ލިބިފައިވާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް ސްޓޭޝަން އިނިސްޕެކްޓަރ އިޙްތިޝާމް
UCO
2
oxo
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2010/HC-A/100
10 ޤަޟިއްޔާ ނިމުނު ގޮ
کی مرگی
ދެވެ
ޢަލީގެ ހެކިބަހުގައި ބުނެފައިވުމުން ޢީސާ ރުސަތުމްގެ ކުޑަކަމުދާތަކެތި ޕޮޒިޓިވްވެފައިވަނީ އޭނާގެ ގަމީހުގެ
ޖީބުން ފެނިފައިވާ ބާވަތުގެ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުން މަނާކޮށްފައިވާ، މަސްތުވާތަކެއްޗަށްކަން
ސާފުކޮށް އެނގެން އޮންނަކަމާއި،
ޢީސާ ރުސަތުލް ނިދާފައިއޮތް، އޭނާ ދިރިއުޅޭ ގޭގެ، އޭނާ ނިދާ ކޮޓަރީގައި ހުރި
އޭނާގެ ގަމީހެއްގެ ޖީބުން ފެނިފައިވާ މަސްތުވާތަކެތި ފެނިފައިވާ ގަމީސްހުރި ކޮޓަރިއަކީ އެހެން
މީހުންވެސް ވަދެއުޅޭ ކޮޓަރިއެއްކަމަށް ޢީސާ ރުސަތުމް ބުނިކަމުގައި ވީނަމަވެސް އަދި ފުލުހުން އެގެއަށް
ދިޔައިރު އެކޮޓަރި ހުރީ ތަޅުނުލާކަމަށް ވީނަމަވެސް، އެކޮޓަރިއަކީ ޢީސާ ރުސަތުމް ނޫން އެހެން ބަޔަކު
ބޭނުންކުރާ ކޮޓަރިއެއްކަން ޢީސާ ރުސްތުމާއަށް ދެއްކިފައިނުވާކަމާއި، އަދި ޢީސާ ރުސްތުމް ދިރިއުޅޭ ޅ.
ނައިފަރުފުރޮޅު އަށް ފުލުހުން ދިޔައިރު އޭނާ އޮތީ އެކޮޓަރީގައި ނިދާފައި ކަމަށްވިއަސް، އޭނާ ނިދާފައި
އޮތް ކޮޓަރި (މަސްތުވާތަކެތި އެގަމީހެއްގެ ޖީބުން ފެނުނު ގަމީސްވެސް ހިމެނޭ ގޮތަށް) ފުލުހުން
ބަލާސްކޮށްފައިވަނީ އޭނާއަށް ގޮވައި، އޭނާ ހޭލެއްވުމަށްފަހު، އޭނާގެ އެނގުމާ ފެނުމުގެ ތެރެއިން، އޭނާގެ
ހާޒިރުގައިކަމާއި،
އަދި މިމައްސަލައާ ގުޅިގެން ޢީސާ ރުސަތުމް ހައްޔަރުކުރުމަށްފަހު ނެގިފައިވާ
ކުޑަކަމުދާތަކެތި ތަޙްލީލު ކުރުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ޑިޕާޓްމަންޓުން
ތައްޔާރުކޮށްފައިވާ އެ ސަރވިސްގެ ނަންބަރު 2008
:
408;FSD
(
D
)
-UR "ލެބޯޓްރީ ތަޙްލީލް
ރިޕޯރޓް" އަށް ބަލާއިރު، ޢީސާ ރުސްތުމުގެ ކުޑަކަމުދާތަކެތި ބެންޒޯޑައިޒީޕައިންއަށާއި އޯޕީއޭޓްސްއަށް
ޕޮޒިޓިވްވެފައިވާކަން އެނގެން އޮތްކަމާއި، އަދި މިމައްސަލައިގެ ކުށުގެ ވެށިން ފެނުނުކަމަށް ދައުލަތުގެ
ފަރާތުން ބުނެފައިވާ ތަކެއްޗާއި، ޢީސާ ސްތުމްގެ ކުޑަކަމުދާތަކެތިން ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތް
އިތުރުން ޢާންމުކޮށް ދިވެހިރާއްޖޭގައި ވިއްކާ ހެރޮއިންގައި ހުންނަނީ ކޮންމެވެސް ބާވަތެއްގެ
ބެންޒޯޑައިޒީޕައިންއެއް އެކުލެވިފަ ވުމާއެކު، ޢީސާ ރުސްތުމްގެ ކޮޓަރިން ފެނުނު ތަކެއްޗާ އޭނާއާ
ގުޅުމެއްވާކަމަށާއި، އޭނާ އެތަކެތި ބޭނުންކޮށްގެން ޕޮޒިޓިވް ވެފައިވާކަމަށް ބެލެވިދާނެކަމަށްބުނެ،
2 42«
2 22 2x 04
UCO
ہی اس کورم کی
ދ ތތ 2 / 22
9931
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު "
2010/HC-A/100
کی مرکی
ދެލީ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް ސްޓޭޝަން އިނިސްޕެކްޓަރ އިޙްތިޝާމް ޢަލީގެ ހެކިބަހުގައި
ބުނެފައިވާކަން އެނގެން އޮތްއިރު،
ޢީސާ މުސްތުމްގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ހެކި ޤަރީނާ ތަކާއި، މައްސަލާގެ
ވަށައިގެންވާ އެހެނިހެން ކަންކަމާބެހޭގޮތުން، އިސްވެމިބަޔާންކުރެވުނު ކަންކަމުގެކަންކަމުގެ މައްޗަށް ޖުމްލަ
ގޮތެއްގައި ބަލާއިރު، ޢީސާ ރުސްތުމް ދިރިއުޅޭ، ޅ. ނައިފަރުފުރޮޅު ގޭގައި، ޢީސާ ރުސަތުމް ނިދާ
ކޮޓަރީގައި، އޭނާ ނިދާފައިއޮއްވާ ފެނިފައިވާ އޭނާގެ ގަމީހެއްގެ ޖީބުން ފެނިފައިވާ މަސްތުވާތަކެއްޗަކީ
ތަކެތިކަމަށް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭކަމަށް، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލުމުގައި ބައިވެރިވި ފަންޑިޔާރުންނަށް އިއްތިފާޤުވެވިފައިވާކަމެވެ.
202c
ގ
24 2
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ޖިނާއީ ކޯޓުގެ ނަންބަރު
2008/JC/1054 ޤަޟިއްޔާގައި ހިމެނޭ މައްސަލަ އިސްތިއުނާފުކުރުމަށް ޢީސާ ރުސަތުމްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެމައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް އޮތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
• ޙުކުމް
4
2 ހ2
ދެން ފަހެ،
އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ހ2 3
22
2
ކޗން
ކަންކަން
22 3 0 0
19ނވ
ގޮތަށް ހުރުމާއެކު، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1054 ޤަޟިއްޔާގައި ހިމެނޭ
މައްސަލަ އިސްތިއުނާފުކުރުމަށް، ޅ. ނައިފަރުނޫވިލާގެ، ޢީސާ ހުސްތުމް (ދިވެހިރައްޔިތެއްކަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2010/HC-A/100
12 ޤަޟިއްޔާ ނިމުނު "
ދެވެ
އަންގައިދޭ ކާޑު ނަންބަރު A147933) ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ
ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލެއް
ގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv