ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/163 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/163
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 163/HC-A/2013
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޢަލީ އާރިސް ޝަމީމް
އައިޑީ ކާޑު ނަންބަރު: A318215
ވަކީލު:
އިޒް. ޢަބްދުﷲ ޙަސީން
ދާއިމީ އެޑްރެސް: ގދ. ތިނަދޫ ބްލެކްނެކްއާގެ
މިހާރުގެ އެޑްރެސް: މ. އަލާސިއޯ މާލެ
.
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• ހުށަހެޅުނު ތާރީޚް: 20 މެއި 2013
* ނިމުނު ތާރީޚް: 30 ސެޕްޓެމްބަރު 2013
• އިސްތިއުނާފުކުރެވުނު ނިންމުން. އިޖުރާއީ ނިންމުން
ނިންމެވިކޯޓް: ޖުވެނައިލް ކޯޓު
ނިންމި ތާރީޚް: 24 ޖެނުއަރީ 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/163
ދައުވާގެ ޚުލާޞާ
މިއީ، ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv
-
C/42 ޤަޟިއްޔާ އާއި ގުޅިގެން 2013 ފެބުރުއަރީ
24 ވަނަ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާލިބޭ ފަރާތުން ނެގި އިޖުރާއީ މައްސަލައާއި
ގުޅިގެން އެކޯޓުން ނިންމަވާފައިވާ ”އިޖުރާއީ ނިންމުން“ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ކަމަށް ގދ. ތިނަދޫ ބްލެކްނެކްއާގެ ޢަލީ އާރިސް ޝަމީމްގެ ފަރާތުން އެ ނިންމުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީސް) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv-C/42 ޤަޟިއްޔާ އާއި ގުޅިގެން 2013 ފެބުރުއަރީ
24 ވަނަ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާލިބޭ ފަރާތުން ނެގި އިޖުރާއީ މައްސަލައާއި
ގުޅިގެން އެކޯޓުން ނިންމަވާފައިވާ ”އިޖުރާއީ ނިންމުން“ އަށް ބަލާއިރު އެނިންމެވުމަކީ، ޖުވެނައިލް ކޯޓުގެ
ނަންބަރު 2012/Jv-C/42 ޤަޟިއްޔާ އާއި ގުޅޭ ގޮތުން ހޯދަން އެދިފައިވާ ލިޔުންތަކުގެ ތެރޭގައި
ހިމެނެނީ ދައުލަތުން ސިއްރުކޮށްދިނުމަށް އެދިފައިވާ މަޢުލޫމާތުތަކެއް ހިމެނޭ ލިޔުންތަކެއް ކަމަށްވުމުން،
އެލިޔުންތައް ”ރަސްމީ އިދާރާތަކުން މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤަވާޢިދު ގެ 22 ވަނަ
މާއްދާގެ (ނ)، (ރ) އަދި 27 ވަނަ މާއްދާގެ (ހ) ގެ 2، 5 އަދި 28 ވަނަ މާއްދާގެ (ނ) ގެ ދަށުން
އިސްވެ ދެންނެވުނު ލިޔުންތައް ދޫކުރެވެން ނެތްކަމަށް ދަންނަވާކަމަށާއި، އަދި އިޖުރާއީ ނުކުތާ ނަގާފައިވަނީ
އިސްވެ ދެންނެވުނު ޤަވާޢިދުގެ 62 ވަނަ މާއްދާގެ ދަށުން ކަމަށްވެފައި، އެ މާއްދާގައި ވަރަށް ޞަރީޙަކޮށް
މި ޤަވާޢިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ހިނދަކު، ކަމަށް ބުނެފައިވުމުން މި ޤަވާޢިދުގައި
ޝަރުޢީ ކޯޓުތަކުގެ ވާހަކަ ”ރަސްމީ އިދާރާތަކުން މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤަވާޢިދު“ ގެ
2 ވަނަ މާއްދާގެ (ނ) އާއި، (ށ) އާއި 27 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ 5 އާއި 28
ވަނަ މާއްދާގެ (ނ) ގައި ބަޔާންވެފައިވާތީ، މިގޮތުގެ މަތިން މިލިޔުންތައް ދޫކުރެވެން ނެތްކަން އަންގަވައި
އެކޯޓުން ނިންމަވާފައިވާ އިޖްރާއީ ނިންމުމެއްކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013HC-A/163
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ނިންމަވާފައިވާ ”އިޖުރާއީ ނިންމުން“ އިސްތިއުނާފު
ކުރަމުން، ޢަލީ އާރިސް ޝަމީމްގެ ފަރާތުން ހަތަރު ނުކުތާއެއް ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެނުކުތާތަކަކީ:
• ފުރަތަމަ ނުކުތާއަކީ: ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv-C/42 ޤަޟިއްޔާއިން ޢަލީ އާނިސް
ޝަމީމްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ކުށުގެ ދަޢުވާއާއި ގުޅޭ ލިޔެކިޔުންތައް ”ރަސްމީ
އިދާރާތަކުން މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤަވާޢިދު“ ގެ 22 ވަނަ މާއްދާގެ (ނ)
އާއި (ރ) އަދި 27 ވަނަ މާއްދާގެ (ހ) ގެ 2 އާއި 5 އަދި 28 ވަނަ މާއްދާގެ (ނ) ގެ ދަށުން
ދޫކުރެވެން ނެތްކަމަށް ޖުވެނައިލް ކޯޓުން ނިންމާފައިވަނީ އެ ޤަވާޢިދާ ޚިލާފަށް ކަމަށް ބުނެ ފާހަގަ
ކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި (ށ) އިން ލިބިދޭ ޙައްޤުތައް އޭނާގެ
ކިބައިން ނިގުޅައިގަނެ، އެމާއްދާތަކާ ޚިލާފަށް ޢަލީ އާރިސް ޝަމީމްގެ މައްޗަށް ކޮށްފައިވާ
ދަޢުވާގައި ޢަލީ އާރިސް ޝަމީމްގެ މައްޗަށް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންގެ ބަޔާން
ޢަލީ އާރިސް ޝަމީމަށް ނުދީ ޖުވެނައިލް ކޯޓުން ހިފަހައްޓާފައިވާ ކަމަށް ބުނެ ފާހަގަ ކުރި
ދ ތ ދވ
33ތ $$
ނޯވެއެވެ.
ތިންވަނަ ނުކުތާއަކީ: ޖުވެނައިލް ކޯޓުން ހެކި ބަޔާންތައް ހިފެހެއްޓުމަށް ނިންމާފައިވަނީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 319/HC
-
A/2012 ޤަޟިއްޔާއިން ކުށެއްކުރިކަމުގެ
ތުހުމަތުގެ ދަޢުވާ އުފުލިފައިވާ މީހުންނަށް ކަށަވަރުކޮށްދީފައިވާ ކުށުންބަރީއަވުމުގެ ޙައްޤު
ނިގުޅައިގަނެ އެޤަޟިއްޔާއިން ކަނޑައަޅާފައިވާ ހަމަތަކާއި ޚިލާފަށް ކަމަށް ބުނެ ފާހަގަ ކުރި
ނމލއފ.
O7Occ
COC
• ހަތަރު ވަނަ ނުކުތާއަކީ: ޖުވެނައިލް ކޯޓުން ހެކިބަޔާންތައް ހިފެހެއްޓުމަށް ނިންމާފައިވަނީ ކުށެއްގެ
ދަޢުވާ އުފުލިފައިވާ މީހެއްގެ ހައިސިއްޔަތުން ޢަލީ އާރިސް ޝަމީމަށް ޖިނާއީ އިޖުރާއާތުގެ
ގަވާއިދުގެ ދަށުން ލިބިދީފައިވާ ޙައްޤުތައް ޢަލީ އާރިސް ޝަމީމްގެ ކިބައިން ނިގުޅައިގަނެ އެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/163
ގަވާއިދާ ޚިލާފަށް ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ. (މިނުކުތާގައި ޙަވާލާދީފައިވާ ޖިނާއީ
އިޖުރާއާތުގެ ގަވާއިދަކީ ޤާނޫނީ ގޮތުން އެމައްޗަށް ޢަމަލުކުރެވެން އޮތް ގަވާއިދެއްކަމަށް ބަލާނެ
ޤާނޫނީ އަދި ޝަރުޢީ ހަމައެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު -HC/2011
233/A ޤަޟިއްޔާއިން ކަނޑައެޅިފައިވާތީ، މިނުކުތާ ބަލައިނުގަތުމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ފަނޑިޔާރުންގެ މަޖިލީހުން ނިންމާ، އެކަން މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި
މައްސަލައިގައި ހިމެނޭ ދެފަރާތަށްވެސް އެންގިފައިވެއެވެ.)
4
03- ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv
-
C/42 ޤަޟިއްޔާ އާއި ގުޅިގެން 2013 ފެބުރުއަރީ
24 ވަނަ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާލިބޭ ފަރާތުން ނެގި އިޖުރާއީ މައްސަލައާއި
ގުޅިގެން އެކޯޓުން ނިންމަވާފައިވާ ”އިޖުރާއީ ނިންމުން“ އަށާއި އެނިންމުން އިސްތިއުނާފު ކުރުމަށް ޢަލީ
އާރިސް ޝަމީމުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިއުންތަކަށާއި ޝަރުއީ ޤާނޫނީ
ނައްޞުތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv-C/42 ޤަޟިއްޔާއިން ޢަލީ އާރިސް ޝަމީމް އާއި
އިތުރު ތިން ކުއްޖެއްގެ މައްޗަށް ދަޢުވާ ކުރެވިފައިވަނީ 2012 ފެބުރުއަރީ 08 ވަނަ ދުވަހު ގދ.
ތިނަދޫގައި ހުރި ގދ. ތިނަދޫ ޕޮލިސް ސްޓޭޝަން އަށާއި އެތަނުގައި ހުރި ފުލުހުންގެ ތަފާތު އެކިއެކި
ލިޔެކިޔުންތަކާއި ވެހިކަލްތަކާއި އެނޫންވެސް މުދަލާއި ތަކެއްޗަށާއި، ގދ. ތިނަދޫ އަތޮޅު ކައުންސިލްގެ
އިދާރާއަށާއި، އެތަނުގައި ހުރި އެކިއެކި ލިޔެކިޔުންތަކާއި މުދަލުގެ އިތުރުން، ގދ. ތިނަދޫ މެޖިސްޓްރޭޓް
ކޯޓާއި އެކޯޓުގައި ހުރި އެކިއެކި މުދަލާއި ލިޔެކިޔުންތަކަށް ތަފާތު ބޮޑެތި ގެއްލުންތަކެއް ދިނުމުގެ އިތުރުން،
އެ އެންމެހައި ޢިމާރާތްތަކެއްގައި ހުޅުޖަހާ އެތަންތަނުގައި ހުރި ބައެއް މުދާ ލޫޓުވައިގެން ގެންގޮސްފައިވާ
ކަމަށް ތުހުމުމަތު ކުރެވޭތީ، ޓެރެރިޒަމްގެ ކުށުގެ ދަޢުވާކަމާއި، އަދި އޭގެ އިތުރުން އެމައްސަލައާއި ގުޅިގެން
ކްރިމިނަލް ކޯޓުގައި 89 މީހެއްގެ މައްޗަށް ޓެރެރިޒަމްގެ ކުށުގެ ދަޢުވާ އުފުލިފައިވާކަން މިމައްސަލައާއި
ގުޅިގެން ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/163
(ހ) ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv
-
C/42 ޤަޟިއްޔާއިން ޢަލީ އާރިސް ޝަމީމްގެ
މައްޗަށް ކޮށްފައިވާ ޓެރެރިޒަމްގެ ކުށުގެ ދަޢުވާއާއި ގުޅޭ ލިޔެކިޔުންތައް ”ރަސްމީ އިދާރާތަކުން މަޢުލޫމާތު
ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤަވާޢިދު" ގެ 22 ވަނަ މާއްދާގެ (ނ) އާއި (ރ) އަދި 27 ވަނަ މާއްދާގެ
(ހ) ގެ 2 އާއި 5 އަދި 28 ވަނަ މާއްދާގެ (ނ) ގެ ދަށުން ދޫކުރެވެން ނެތްކަމަށް ޖުވެނައިލް ކޯޓުން
ނިންމާފައިވަނީ އެ ޤަވާއިދާ ޚިލާފަށް ކަމަށްބުނެ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށް
ޝަރީޢަތުން ނަޒަރުކުރާއިރުގައި؟
”ރަސްމީ އިދާރާތަކުން މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤަވާއިދު" އަކީ ރަސްމީ
އިދާރާއެއްގައި ގެންގުޅޭ ނުވަތަ ބަލަހައްޓާ މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤު އެކަށައެޅުމުގެ ބޭނުމުގައި
ހެދިފައިވާ ޤަވާއިދެއްކަން އެޤަވާއިދުގެ މަޤްޞަދުތައް ބަޔާންކޮށްފައިވާ 2 ވަނަ މާއްދާއިން އެނގެން
އޮންނަކަމާއި؛
އެޤަވާއިދުގެ 62 ވަނަމާއްދާގައި ”ރަސްމީ އިދާރާ“ ނުވަތަ ”އިދާރާ މާނަކޮށްފައިވާގޮތަށް
ބަލާއިރު، ރަސްމީ އިދާރާ ކަމަށް ބެލޭނީ ދައުލަތުގެ ތިންބާރުގެ ތެރެއިން ޤާނޫނުއަސާސީގެ ދަށުން ނުވަތަ
ޤާނޫނެއްގެ ދަށުން އުފެދޭ ނުވަތަ އުފައްދާ ނުވަތަ ޤާނޫނުއަސާސީ ނުވަތަ ޤާނޫނަކުން ބާރު ލިބިގެން އުފެދޭ
ނުވަތަ އުފައްދާ ސަރުކާރުގެ ކޮންމެ އިދާރާއެއް ނުވަތަ ޤާނޫނެއްގައި ބަޔާންކުރާ މަސްއޫލިއްޔަތެއް އަދާކުރާ
ނުވަތަ ރަސްމީ މަސްއޫލިއްޔަތެއް އަދާކުރާ ސަރުކާރުގެ ހަމަ ކޮންމެ އިދާރާއެއް ކަމާއި، އެ މާނަކުރުމުގައި
ޝަރުޢީ ކޯޓުތަކާއި، ޤާނޫނެއްގެ ދަށުން އުފައްދާ ޓްރައިބިއުނަލްތަކާއި، ރައްޔިތުންގެ މަޖިލިސް ހިމެނިގެން
ނުވާކަމަށް ސާފުބަހުން ބަޔާންކުރެވިފައިވާކަމާއި؛
އެހެންކަމުން އެޤަވާއިދަށް ޙަވާލާދެއްވައި ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv
-
C/42
ޤަޟިއްޔާއިން ޢަލީ އާރިސް ޝަމީމްގެ މައްޗަށް ކޮށްފައިވާ ޓެރެރިޒަމްގެ ކުށުގެ ދަޢުވާއާއި ގުޅޭ
ލިޔެކިޔުންތައް ދޫކުރެވެން ނެތްކަމަށް އެކޯޓުން ނިންމަވާފައިވަނީ ރަގަޅު އަސާސެއްގެ މައްޗަށް
ބިނާކުރައްވައިގެން ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ccc
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/163
ހދ) 3sދ $ & 4
ހަމަކަމާއެކު ގެއެވެ.
(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި
ޤާނޫނުއަސާސީގެ
މީގެ 51 ވަނަ މާއްދާގެ (ބ) އާއި (ރ) އާއި (ށ) އިން ލިބިދޭ ޙައްޤުތައް އެމާއްދާތަކާ
ޚިލާފަށް، ޢަލީ އާރިސް ޝަމީމްގެ މައްޗަށް ކޮށްފައިވާ ދަޢުވާ އޭނާގެ މައްޗަށް ސާބިތުކުރުމަށް
ހުށަހަޅާފައިވާ ހެކިންގެ ބަޔާންތައް ނުދީ ޖުވެނައިލް ކޯޓުން ހިފަހައްޓާފައިވާ ކަމަށް ބުނެ ޢަލީ އާނިސް
ޝަމީމްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ،
"ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި،
މިފައިން ކަމާއި، އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި "ކުށުން
ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް ލިބޭންވާނެއެވެ.
އަދި އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމަށް ފުރުޞަތު ދޭންވާނެއެވެ.“
ޔާންކުރެވިފައިވާކަމާއި، އެމާއްދާގެ (ޅ) ގައި އެ މީހެއްގެ ހާޒިރުގައި ޝަރީޢަތް ކުރެވުމާއި، އެ މީހަކު
އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤު ލިބިގެންވެއެވެ“
ބަޔާންކުރެވިފައިވާކަމާއި، އަދި އެމާއްދާގެ (ށ) ގައި ”ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ
ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ
ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ
ލިބިގެންވެއެވެ.” މިފަދައިން
ކުރެވިފައިވާކަން އެނގެން އޮންނަކަމާއި؛
ޢަލީ އާރިސް ޝަމީމްގެ ޝަކުވާއަކީ އޭނަގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާއާއި ގުޅޭގޮތުން ތަޙްޤީޤު
ކުރި ފަރާތުން ނަގާފައިވާ ހެކިންގެ ބަޔާންތައް ކޯޓުން ދޫކޮށްފައިނުވާތީ އެކަމުގެ މައްޗަށް ހުށަހެޅި
¢¢ ¢ ¢ ¢ ¢ ¢
¢¢ ¢ ¢ ¢ ¢ ¢
ޝަކުވާއެއް ކަމާއިގެ
ޤާނޫނުއަސާސީގެ
51 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވަނީ އެމީހެއްގެ ޙާޒިރުގައި
ޝަރީޢަތްކުރެވުމާއި، އެމީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް
މަސައްކަތްކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، މިމާއްދާގައި ބަޔާންކުރެވިފައިވާ ދެޙައްޤުންކުރެ އެއްވެސް
ޙައްޤެއް ނުލިބިގެން ނުވަތަ އެއިން ޙައްޤަކަށް އުނިކަމެއް ލިބިގެން އެކަމުގެ ޝަކުވާއެއް ޢަލީ އާނިސް
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤާނޫN
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/163
ه0އ
ޙައްގެއް
ޝަމީމްގެ ފަރާތުން ކޮށްފައިނުވާކަމާއި، އަދި މިމާއްދާގެ މިއަކުރުގައި ހެކިންގެ ބަޔާނާއި ގުޅޭ ގޮތުން
އެއްވެސް މިންވަރަކަށް ޒިކުރުކުރެވިފައިނުވާއިރު މިމާއްދާގެ މިއަކުރާއި ޚިލާފުވެފައިވާކަމަށް ޢަލީ އާނިސް
ޝަމީމްގެ ފަރާތުން ފާހަގަކޮށްފައިވީނަމަވެސް އެ ފަދަ އެއްވެސް ކަމެއް ހިނގާފައިވާކަމަށް ޤަބޫލުކުރެވޭފަދަ
ޤަރީނާއެއްވިޔަސް ޢަލީ އާރިސް ޝަމީމްގެ ފަރާތުން ހުށަހެޅިފައިނުވާކަން އެނގޭކަމާއި؛
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) އިން ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހަކަށް
ކަށަވަރުކޮށްދީފައިވާ ޙައްޤުތަކަކީ ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ
ސުވާލުކުރުމާއި، އެ މީހަކު ބޭނުންވާ ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ
ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ ޙައްޤުކަން އެނގޭކަމާއި، މިމާއްދާގެ މިއަކުރުގައި
ޔާންކުރެވިފައިވާ ޙައްޤުތަކުން
ހިފަހައްޓާފައިކަން ނުވަތަ އެއިން ޙައްޤެއް
ހިފަހައްޓާފައިވާކަމަށް ބެލެވޭފަދަވިޔަސް ހެއްކެއް ޢަލީ އާރިސް ޝަމީމްގެ ފަރާތުން ހުށަހަޅާފައިނުވާކަމާއި؛
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރެވިފައިވާ ޙައްޤުތަކަކީ ކުށުން ބަރީއަވުމަށް
މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، ވަސީލަތްތައް ލިބުމާއި، އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ
ވަކީލަކާ މަޝްވަރާކުރުމަށް ފުރުޞަތު ލިބިދިނުގެ ޙައްޤުކަމާއި، އެޙައްޤުތަކުގެ ތެރެއިން އެކަށީގެންވާ ވަގުތު
ލިބުމާއި އަދި ވަކީލަކާ މަޝްވަރާކުރުމުގެ ޙައްޤު ލިބިފައި ނުވާކަމަށް ޢަލީ އާރިސް ޝަމީމްގެ ފަރާތުން
ބުނެފައިނުވާކަމާއި، އެހެންކަމުން ޖުވެނައިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އިޖުރާއީ ނިންމުން
ޤާނޫނުއަރ ގެ 51 ވަނަ މާއްދާގެ (ބ) ، (ކ) އަދި (ކ) އާއި ސީދާ ގޮތެއްގައި ޚިލާފުވާކަމަށް ބެލެވެން
ނެތްކަމާއި
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤުތަކުގެ ތެރެއިން ކުށުން ބަރީއަވުމަށް
މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަސީލަތްތައް ލިބިދޭންވާނެކަމަށް އެމާއްދާގެ (ބ) ގައި ބުނެވާއިރު،
އަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ”ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް
ހިންގަންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވެ.“ ބުނެފައިވާކަމާއި،
ކުށެއް ކުރިކަމަށް ދަޢުވާ އުފުލިފައިވާ މީހަކު ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށްޓަކައި
އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަޞީލަތްތައް ލިބުމަކީ، ޢަދުލުވެރިކަމާއެކު ޝަރީޢަތް ހިންގުމުގެ
Occc
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
8
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/16
4 2
މުހިއްމު އެއް އަސާސްކަމަށްވާއިރު، ޢާންމު އުޞޫލެއްގެ ގޮތުން ދިފާއުބިނާކުރުމަށްޓަކައި އެކަށީގެންވާ
ވަސީލަތްތައް ލިބިދިނުމުގެ ތެރޭގައި އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ މާއްދީ ހެކިތަކާއި، ޝަފަވީ އަދި
ކިތާބީ ހެކިތައް ދެނެގަނެ އެހެކިތަކާއި ގުޅޭ ގޮތުން ސުވާލުކުރެވި، ހެކި ޠަޢުނުކުރުމުގެ މަގު ތަނަވަސްވެފައި
އޮންނަންވާނެކަމާއި، ޝަރީޢަތުން ކަމެއް ނިންމަންވާނީ ޝަރީޢަތަށް ހުށަހެޅިފައިވާ އެންމެހައި ހެކިތަކާއި
ޤަރީނާތަކުގެ މައްޗަށް ކަމަށްވާއިރު، މައްސަލައަކާއި ގުޅިގެން ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ ދަޢުވާ
އުފުލުމަށް ނުވަތަ ދަޢުވާ ބިނާކުރުމަށް މުހިންމު އެއްޗެއްކަމުގައި ވީނަމަވެސް ޝަރީޢަތުގައި ހެކީގެ ގޮތުގައި
ބެލޭނީ ހެކިން ޝަރީޢަތުގެ މަޖިލީހުގައި ދޭ ހެކިބަސް ކަމާއިގެ
އެހެންކަމުން ހެކިން ތަޙްޤީޤަށް ދީފައިވާ ބަޔާންތައް އޭގެ ޒާތުން، ދަޢުވާލިބޭ ފަރާތަށް ނުލިބުނު
ކަމުގައިވީނަމަވެސް ހެކިންގެ ހެކިބަސް ތަޢުނު ކުރުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމަށް ބެލެވެން
ނެތްކަމާއި، ޓެރެރިޒަމްގެ ކުށާއި އެފަދަ ބޮޑެތިކުށްތަކުގެ ތުހުމަތުގައި ދަޢުވާކުރެވޭ މައްސަލަތަކުގައި ހެކިން
ތަޙްޤީޤަށް ދީފައިވާ ބަޔާންތައް ދަޢުވާލިބޭ ފަރާތަށް ނުދިނުމަކީ ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި
އެކަށީގެންވާ ވަސީލަތްތައް ލިބި ނުދިނުން ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(ށ) ޢަލީ އާރިސް ޝަމީމްގެ ފަރާތުންކޮށްފައިވާ އިސްތިއުނާފުގެ މައިގަނޑު މަޤްޞަދަކީ
ޖުވެއިނަލުކޯޓުގައި އޭނަގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާއާއި ގުޅޭގޮތުން
ތުން ތަޙްޤީޤުކުރި ފަރާތުން ނަގާފައިވާ
ހެކިންގެ ބަޔާންތައް ސިއްރުކޮށް އެބަޔާ
އިބަޔާންތައް ކޯޓުން ދޫކޮށްފައިނުވާތީ އެބަޔާންތައް ލިބުމަކާއި ނުލައި
އެދަޢުވާގެ ޝަރީޢަތް ނުހިންގޭނެކަމަށް ކަނޑައަޅައިދީ އެލިޔުންތައް ޢަލީ އާރިސް ޝަމީމަށް ލިބިދިނުމަށް
އަމުރުކޮށްދިނުންކަން އެނގެން އޮންނައިރު،
މައްސަލާގައި ތުހުމަތުކުރެވޭ ބައެއްމީހުންގެ މައްޗަށް އެމީހުންގެ އާއިލީ ބައެއްފަރާތްތައްވެސް
ހެކިބަސް ދިނުމަށް ތިބުމާއި، އަދި ހެކިބަސްދޭންތިބީ ކޮންފަރާތެއްކަން ތުޙުމަތުކުރެވޭ މީހުންނަށް
އެނގިއްޖެނަމަ ހެކިބަސްދޭ މީހާއަށް އެއްގޮތަށްވުރެ ގިނަ ގޮތްގޮތަށް ދަތި އުނދަގުލާއި، ޖިސްމާނީ
އަނިޔާތަކެއްވުން ގާތްކަމަށް ހެކިބަސްދޭންތިބި މީހުންނާއި، ތަޙުޤީގަށްވެސް ފެންނާތީއާއި، އެކަމުގެ ސަބަބުން
ބޮޑެތި މާރާމާރީތައްފަދަ ޖަރީމާތަކެއް ހިނގާފާނެކަމަށް ފެންނާތީ، ތުޙުމަތުކުރެވޭ ފަރާތާއި އެއްޙާޒިރުނުވާނެ
ފަދަގޮތަކަށް ނުވަތަ ހެކިބަސްދޭ ފަރާތަކީ ކާކުކަން ނޭގޭ ފަދަގޮތަކަށް ހެކިބަސް ނަގާދިނުމަށް މައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/163
ތަޙުޤީގުކުރި ފަރާތުން އެދިފައިވާތީ، ޢަލީ އާރިސް ޝަމީމްއާއި އިތުރު ތިންކުއްޖެއްގެ މައްޗަށް ޖުވެނިއަލް
ކޯޓަށް ހުށަހެޅުނު ޓެރެރިޒަމްގެ ކުށުގެ ދަޢުވާއާ ގުޅިގެން ހެކިބަސްދީފައިވާ ހެކިންގެ މަޢުލޫމާތާއި ބަޔާންތައް
ސިއްރުކޮށްދިނުމަށާއި، ހެކިން ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުވެ ވާހަކަދައްކަން ނުޖެހޭނެ ފަދަގޮތަކަށް
ހެކިބަސް ނަންގަވާ ދެއްވުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޖުވެނިއަލް ކޯޓުގައި
އެދިފައިވާނެކަމަށާއި، އަދި ޢަލީ އާނިސް ޝަމީމްގެ މައްޗަށް ތުޙުމަތުކުރެވިފައިވާ ޓެރަރިޒަމްގެ ކުށާއި،
އެފަދަ ބޮޑެތިކުށްތަކާއި ގުޅިގެން ހެކިންނަކީ ކޮންބައެއް ކަމާއި، ހެކިބަސްދޭ މީހުންގެ ބަޔާންތައް
ސިއްރުކުރަން އެދުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޮށްފައިވާނެ އަދި ކުރަމުން އަންނަ
ކަމެއްކަމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވާކަމާއިގެ
ދައުލަތުގެ ފަރާތުން އެދިފައިވާ ފަދައިން ޓެރަރިޒަމްގެ ކުށާއި، އެފަދަ ބޮޑެތިކުށްތަކުގެ ތުހުމަތުގައި
ދަޢުވާކުރެވޭ މައްސަލަތާއި ގުޅިގެން ހެކިބަސްދީފައިވާ ހެކިންގެ މަޢުލޫމާތާއި، އެހެކިން ތަޙްޤީޤަށްދީފައިވާ
ބަޔާންތައް މައްސަލައިގާ ތުހުމަތުކުރެވި ދަޢުވާ އުފުލިފައިވާ ފަރާތަށް ނުދީ ސިއްރުކުރެވިދާނެތޯ ބަލާއިރު،
ހެކި ބަހަކީ ނުވަތަ ހެކި ދިނުމަކީ މީހަކު އޭނަގެ އަމިއްލަ ލޮލަށް ފެނިފައިވާ ނުވަތަ ކަންފަތަށް
އިވިފައިވާ ނުވަތަ ފަސް ޙިއްސުގެ ތެރެއިން ޙިއްސަކަށް އެނގިފައިވާ ކަމަކާމެދު އިޤްރާރުވުން ކަމާއިގެ
ހެކިންގެ ކިބައިގާ ހުރުން ލާޒިމްވާ ޢާންމު ޝަރުތުތަކެއް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި
ބަޔާންވެފައިވާ ކަމާއި، އަދި ހަމައެހެންމެ ހެކިބަސްދިނުން މަނާވެގެންވާ ޙާލަތްތަކާއި، ހެކިންގެ ހެކިބަސް
ބަލައިނުގަނެ ރައްދުކުރަން ޖެހޭ ޙާލަތްތަކެއް ޝަރުޢީ ހަމަތަކުން ކަނޑައެޅިފައިވާއިރު، ހެކިންގެ ކިބައިގާ
ހުރުން ލާޒިމްވާ ޝަރުތުތަކާއި ހެކިން ދޭ، ހެކިބަހަކީ ޝަރުޢީ ޤާނޫނީ ހަމަތަކުން ޝަރީޢަތަށް
ބަލައިގަނެވޭނެ ފަދަ ނަޒާހަތްތެރި ހެކިންގެ ފަރާތުން ނެގިފައިވާ ހެކިބަހެއްކަން ޝަރީޢަތުގެ އަމިއްލަ
އިސްނެގުމުން ކަށަވަރު ކުރަންވާނެކަމާއި، އެކަން ކަށަވަރު ކުރުމުގެ ގޮތުން ޝަރީޢަތް ކުރުމާބެހޭގޮތުން
ހެދިފައިވާ ޤަވާއިދުގައި ކަނޑައެޅިފައިވާ އެންމެހައި އިޖުރާއާތުތައް ނަގަހައްޓަންވާނެކަމާއިގެ
ޝަރީޢަތުގައި ކަމެއް ސާބިތުކުރުމަށްޓަކައި ބަލައިގަނެވޭ ހެކިބަހަކީ ވަކި ފަރާތަކަށް ނުޖެހި
އެންމެހައި ނުފޫޒުތަކުން އެއްކިބާވެ ހުރެ، މާތް ﷲ ގެ ވަޖިހުފުޅަށްޓަކައި ދެވޭ ހެކިބަހަށްވާއިރު، އަދި އެއީ
ޝަރީޢަތަށް ހުށަހެޅޭ މައްސަލަތައް ސާބިތުކުރުމަށް ކަނޑައެޅިފައިވާ ވަސީލަތްތަކުގެ ތެރެއިން މުހިންމު އެއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
10
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/163
4 2 44
ވަސީލަތަށްވާއިރު، ހެކިބަސް ނެގުމުގައި ހަމައެކަނި ބެލެވެންޖެހޭނީ މުއްތަހަމުގެ މަޞްލަޙަތަށް އެކަނި
ނޫންކަމާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތަށް ރިޢާޔަތްކުރެވި މުއްތަހަމުގެ މަޞްލަޙަތާއި މުޖުތަމަޢުގެ
ޢާންމު މަޞްލަޙަތު ބެލެންސް ކުރެވޭނެ ބީދައަކުން ހެކިބަހުގެ ނަޒާޙަތްތެރިކަން ކަށަވަރު ކުރެވެންވާނެކަމާއި،
އެގޮތުން ބަލާއިރު، ޓެރެރިޒަމްގެ ކުށް ފަދަ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ދަޢުވާކުރެވޭ
މައްސަލަތާއި ގުޅިގެން ހެކިބަސްދޭ ހެކިންގެ ނަފުސަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެ ކަމުގެ
އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮވެފައި، އެ ހެކިންގެ ހެކިބަހަކީ މައްސަލައަށް މުހިއްމު ހެކި
ބަހަކަށްވާނަމަ އަދި މުއްތަހަމާއި ހެކިވެރިޔާއާއި ޖިސްމާނީ ގޮތުން އެއް ހާޒިރަކަށް ނުގެނެސް، ހެކިބަސް
އަދާކުރަނީ ކާކުކަން
ހެކިބަސް ސިއްރުން ނެގިކަމުގައި ވީނަމަވެސް ޝަރީޢަތް
އިންޞާފުވެރިކަމާއެކު ކުރިއަށް ގެންދެވިދާނެ ކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތުގައި ހެކިބަސްދޭ ހެކިންގެ
މަޢުލޫމާތާއި، އެހެކިން ތަޙްޤީޤަށްދީފައިވާ ބަޔާންތައް މައްސަލައިގާ ތުހުމަތުކުރެވި ދަޢުވާ އުފުލިފައިވާ
ފަރާތަށް ނުދީ ސިއްރުކުރެވިދާނެ ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ
ފަނޑިޔާރުން ދެކެއެވެ.
ވީމާ، ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv-C/42 ޤަޟިއްޔާއިން ޢަލީ އާރިސް ޝަމީމްގެ
މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ކުށުގެ ދަޢުވާއާއި ގުޅޭ ލިޔެކިޔުންތައް ދޫނުކުރުމަށް ނިންމާފައިވާ
ނިންމެވުން ބަދަލު ކުރަންޖެހޭ ކަމަކަށް މި މައްސަލަ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަހެއް
متر مرسی
2 4 3 2 3
ވަފާނ.
0
ދެންފަހެ، އިސްވެ ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ރިޢާޔަތް ކުރުމުން، ޖުވެނައިލް ކޯޓުގެ
ނަންބަރު 2012/Jv
-
C/42 ޤަޟިއްޔާއިން ޢަލީ އާރިސް ޝަމީމްގެ މައްޗަށް ކޮށްފައިވާ ޓެރެރިޒަމްގެ
ކުށުގެ ދަޢުވާއާއި ގުޅޭ ލިޔެކިޔުންތައް ދޫކުރެވެން ނެތްކަމަށް އެކޯޓުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލު
ގެނެވެން ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން
ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv