ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/36 ޤަޟިއްޔާގެ ޙުކުމް
1
20j4/HC-A/36
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 36/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޞްތަފާ ޙުސައިން
އައިޑީ ކާޑު ނަންބަރ: A067397
*
ދާއިމީ އެޑްރެސް: ބޮޑުމުދިމްގެ/ ގއ.ކަނޑުހުޅުދޫ
އެޑްރެސް: ބޮޑުމުދިމްގެ/ ގއ.ކަނޑުހުޅުދޫ
:
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑުނަންބަރު.
ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
• ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ރަބީޢުލްއާޚިރު 1435
17 ފެބުރުވަރީ 2014
ނިމުނު ތާރީޚް: 18 ޝަޢުބާން 1435
16 ޖޫން 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/P10
-
C/34"
ނިންމެވިކޯޓް: ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެންފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުން
ހުށަހެޅި ތާރީޚް: 19 ޖުލައި 2013
ނިމުނު ތާރީޚް: 22 ޑިސެމްބަރު 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް
ފަނޑިޔާރު.ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/36
ދަޢުވާގެ ޚުލާޞާގެ
މިއީ ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2013/P10
-
C/34
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކޮށްދިނުން އެދި ގއ.ކަނޑުހުޅުދޫ(ބޮޑުމުދިމްގެ، މުޞްތަފާ ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހެވެ.
ނުކުތާތައް:
01- އިސްތިއުނާފު މިކުރެވޭ ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު:2013/P10
-
C/34 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ،
2007 ވަނަ އަހަރު ގއ.ކަނޑުހުޅުދޫ ކުޑަ ކަތީބު ކަމުގެ މަޤާމުގައި ހުރި ގއ.ކަނޑުހުޅުދޫ ބޮޑުމުދިމްގޭ
(ޔުނިކޯ) މުޞްޠަފާ ޙުސައިން ގއ.ކަނޑުހުޅުދޫ ޔުނިކޯ ގޯތީގެ ރަޖިސްޓްރީ ހެއްދުމަށް އއ.އަތޮޅުއޮފީހަށް
ޔުނިކޯ ގޯތީގެ މަޢުލޫމާތު ފޮނުވާފައިވާއިރު ގއ.ކަނޑުހުޅުދޫ ޔުނިކޯ ގޯއްޗަށް ބިންއިތުރުކޮށްދީފައިވާ ކަމަށްބުނެ
މުޞްތަފާ ޙުސައިންގެ މައްޗަށް ޤާނޫނު ނަންބަރު 02/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)
ގެ 12 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން މުޞްޠަފާ ޙުސައިންގެ މައްޗަށް މަޤާމުގެ
ނުފޫޒު ބޭނުންކޮށްގެން އެހެންފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާކަމާއި،
އެމައްސަލަ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ ބަޔާންވެދިޔަ ގޮތުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ރިޢާޔަތްކޮށް ބެލުމަށްފަހު ގއ.ކަނޑުހުޅުދޫ ބޮޑުމުދިންގޭ މުޞްޠަފާ
ޙުސައިން(އައިޑީކާޑް ނަންބަރު
މައްޗަށް ޕްރޮސިކިއުޓަރޖެނެރަލްގެ ފަރާތުން
ދަޢުވާކުރައްވާފައިވާ މީނާ 2007 ވަނަ އަހަރު ގއ.ކަނޑުހުޅުދޫ އޮފީހުގެ ކުޑަކަތީބުކަމުގެ މަޤާމުގައި ހުރެ
ގއ.ކަނޑުހުޅުދޫ ޔުނިކޯ ގޯތީގެ ރަޖިސްޓްރީ ހެދުމަށް ބޭނުންވާ އެއްމެހައި މަޢުލޫމާތު ގއ.އަތޮޅުއޮފީހަށް
ފޮނުވާފައިވާއިދު ގއ.ކަނޑުހުޅުދޫ ޔުނިކާ ގޯއްޗަށް ބިންއިތުރުކޮށްދީފައިވާތީ ޤާނޫނު ނަންބަރު g212000 އެއްޖޭގެ ހައިg
(A067397
ގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވެ،4
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/36
,ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އާއި، ޙަވާލާދީ އެމާއްދާގެ (ނ)
ގެ ދަށުން ގއ.ކަނޑުހުޅުދޫ ބޮޑުމުދިންގޭ މުސްޠަފާ ޙުސައިންގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން
އެހެންފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ކުށުގެ މިދަޢުވާއަށް މީނާ ޝަރީޢަތުގެ މަޖިލީހުގައި
އިންކާރުކުރި ކަމުގައިވީ ނަމަވެސް ގއ.ކަނޑުހުޅުދޫ ޔުނިކާ ގޯތީގެ ރަޖިސްޓްރީ ހެއްދުމަށްޓަކައި
މުޙައްމަދު ނާސިރު ގއ.ކަނޑުހުޅުދޫ އޮފީހަށް ހުށަހެޅުމާއެކު އެ ގޯތީގެ ފޫޓް އެޅުމަށްފަހު ކަނޑުހުޅުދޫ
އޮފީހުގައިވާ ގޯތިތަކުގެ މަޢުލޫމާތު ލިޔެވިފައިވާ ފޮތް ބެލިއިރު ފޮތުގައި ލިޔެވިފައިވާ މިންތަކާއި، ގޯތީގައި
ހުރިމިންތަކާއި ދިމާނުވާކަން އެނގިހުރެ އަދި އެކަމުގައި ޢަމަލުކުރަންވީ ގޮތުގެ މަޝްވަރާ އަތޮޅުއޮފީހުން
ނުހޯއްދަވައި ގއ.އަތޮޅުއޮފީހަށް ހުށަހެޅި އެންމެހައި ލިޔުންތަކަކީ ސައްޙަ ލިޔުންތަކެއްކަމުގައި ގއ.ކަނޑުހުޅުދޫ
ހިންގެވުމާއި ޙަވާލުވެހުރި މުސްތަފާ ޙުސައިން ސޮއިކޮށް ހދ.އަތޮޅުއޮފީހަށް ފޮނުއްވި ނަންބަރު
(09 ޖުލައި 2007) ގެ ސިޓީއާއި އެކު ފޮނުވިފައިވާ ލިޔުންތަކުގައި
ސޮއިކޮށްފައިވަނީ ކުޑަކަތީބް މުޞްޠަފާ ޙުސައިން ކަން ޝަރީޢަތަށް ސާބިތުވެފައިވާތީ މިއީ ޤާނޫނު ނަންބަރު
02/2000 (ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމުގެ ޤާނޫނުގެ) 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ
ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ގޮތުން މީނާކޮށްފައިވާ ކަމެއްކަން
ޝަރީޢަތަށް ސާބިތު ވެފައިވުމާއެކު މިކުށުން ގއ.ކަނޑުހުޅުދޫ، ބޮޑުމުދިންގެ، މުޞްތަފާ ޙުސައިން ކުށްވެރި
ވެއްޖެ ކަމުގައި ކަނޑައަޅައި އަދި މިއީ މީނާގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ
މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ ދަށުން ގއ.ކަނޑުހުޅުދޫ
ބޮޑުމުދިންގޭ މުޞްތަފާ ޙުސައިން 02 (ދޭއް) އަހަރު މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށް މި ޤަޟިއްޔާ
ނިންމީއެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
A/Pl0/P/2001d7
65
¢ ¢ ¢
ބާން ކުރެވެން
02- އިސްވެ
ގޮތުގެ މަތީން ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2013/P10
-
C/34 ޤަޟިއްޔާ ގެ ޙުކުމާއި ގުޅިގެން ގއ.ކަނޑުހުޅުދޫގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/36
އެގޯއްޗެއްގެ
|
ބޮޑުމުދިމްގެ، މުޞްތަފާ ޙުސައިންގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް
އެނުކުތާއާއި މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* އެ ނުކުތާއަކީ : ސަރުކާރުން ދޫކުރައްވާ ގޯއްޗާއި މިންތަކުގެ އިންފާރު ރާނަނީ
ނުވަތަ އެ ބިމެއް ދޫކުރެއްވި ފަރާތުން ޖައްސަވާ އިމެއްގެ މައްޗަށް ކަމަށްވެފައި އެގޮތުން އިމުން ނެގޭ
މިންތަކުގެ މައްޗަށް އެގޯއްޗެއްގެ ނުވަތަ އެބިމެއްގެ ރަޖިސްޓްރީ ހަދަން ހުށަހެޅުމުން އެގޯއްޗެއްގެ ނުވަތަ
އެބިމެއްގެ ރަޖިސްޓްރީ ހެއްދެވުމުގައި ޤާނޫނީ ގޮތުން ބަލަންޖެހޭ ބެލުންތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ
ރަޖިސްޓްރީ ހައްދަވާ ދެއްވާ ފަރާތްކަމަށްވާއިރު، ގއ.އަތޮޅުއޮފީހުން ގއ.ކަނޑުހުޅުދޫ ޔުނިކޯ ގޯއްޗަށް ހައްދަވާ
ދެއްވި ރަޖިސްޓްރީގެ ސަބަބުން ނުކުންނަ ނޭދެވޭ ނަތީޖާއެއްގެ ޒިންމާ އެރަޖިސްޓްރީ ހެދުމަށް ހުށަހެޅުމުގައި
މަޤާމުގެ ހައިޞިއްޔަތުން މެދުވެރިއެއްގެ ދައުރު އަދާކުރި ފަރާތް (ރަށު އޮފީސް ހިންގަންހުރި އަޅުގަނޑުގެ
މައްޗަށް ކުރައްވާފައިވާ ޙުކުމަކީ ޤާނޫނީ އިމުން ބޭރުން ކޮށްފައިވާ އިންސާފާ ދުރު ޙުކުމަކަށް ވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
403 މިމައްސަލައާއި ގުޅިގެން ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު:2013/P10
-
C/34 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ
ނުޖެހޭކަމަށް ބުނެ ގއ.ކަނޑުހުޅުދޫ، ބޮޑުމުދިމް، މުޞްޠަފާ ޙުސައިން އިސްތިއުނާފްކުރުމަށް ހުށަހަޅާފައިވާ
ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި،
މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2013/P10
-
C/34
ޤަޟިއްޔާގައި ގއ.ކަނޑުހުޅުދޫ ބޮޑުމުދިމްގެ މުޞްތަފާ ޙުސައިންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ،
ޤާނޫނު ނަންބަރު 02/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ ވަނަ މާއްދާގެ (ހ)
އާއި ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން މުޞްޠަފާ ޙުސައިންގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށް
އެހެން ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާކަން އެނގެން އޮންނާތީ،
އެޤާނޫނުގެ
ގެން
ހަމާލާޤީއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/36
ޑިލީޓްކޮށްގެން ނުވަތަ
CCCC
ދެވިފައިވާ މާއްދާއަށް ބަލާއިރު، ޤާނޫނު ނަންބަރު 02/2000 ގެ 12 ވަނަ މާއްދާގެ (ހ) ގައިވަނީ،
ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު، އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ
ތަނަކުން ކުރާކަމަކުން ނުވަތަ ކުރާކަމާ ގުޅިގެން ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ
އެމުވައްޒަފެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމާއި، ހޯދައިދިނުމަކީ، ކުނެކެވެ."
މިފަދައިންކަމާއި، އެމާއްދާގެ (ށ) ގައިވަނީ " މި މާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއްކޮށްފި މީހެއްގެ
އަދަބަކީ، ގިނަވެގެން 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ނުވަތަ އަރުވާލުން، ނުވަތަ ގޭގައި
މިފަދައިން ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
3.2- ދެވަނަ ކަމަކީ: ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2013/C-34
/
10
ޤަޟިއްޔާގައި ދައުލަތުން ކުޅި ދަޢުވާ ބަޔާންކޮށްފައިވާގޮތުން، މަގާމުގެ ނުފޫޒު
ބޭނުންކޮށްގެން އެހެން
ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ގޮތުން މުޞްތަފާ ޙުސައިން ކޮށްފައިވާ ޢަމަލަކީ، 2007 ވަނަ
އަހަރު ގއ.ކަނޑުހުޅުދޫ އޮފީހުގެ ކުޑަކަތީބު ކަމުގެ މަޤާމުގައި މުޞްތަފާ ޙުސައިން ހުރެ، ގއ.ކަނޑުހުޅުދޫ
"ޔުނިކޯ" ގޯއްޗަށް ބިން އިތުރުކޮށްދީފައިވުންކަމަށް ދައުލަތުން ބަޔާން ކުރާކަމާއި،
ގޮތުން ގއ.ކަނޑުހުޅުދޫ "ޔުނިކޯ" އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ 15 މެއި 1985 ގައި
ދޫކޮށްފައިވާ ގޯއްޗެއްކަމާއި، އެގޯތީގެ ރަޖިސްޓްރީ ހަދާފައިވަނީ 09 ޖުލައި 2007 ގައިކަމާއި، އެގޯތީގެ
ރަޖިސްޓްރީ ހެއްދުމަށްޓަކައި ގއ.އަތޮޅު އޮފީހަށް އެގޯއްޗާބެހޭ މަޢުލޫމާތާއި ލިޔެކިއުންތައް ފޮނުވިއިރު،
ގއ.ކަނޑުހުޅުދޫ އޮފީސް ހިންގުމާ ޙަވާލުވެހުރީ ގއ.ކަނޑުހުޅުދޫ ބޮޑުމުދިމް މުޞްޠަފާ ޙުސައިން ކަމާއި،
މުޞްތަފާ ޙުސައިން އަކީ، "ޔުނިކޯ" ގޯތި ދޫކުރެވިފައިވާ ފަރާތްކަމުގައިވާ މުޙައްމަދު ނާޞިރު ގެ އަންހެން
ދަރިއަކާ ކައިވެނިކޮށްގެން "ޔުނިކޯ" އެވެ ކިޔާ ގޭގައި ދިރިއުޅޭ ފަރާތެއްކަމާއި، އެގޯތީގެ ރަޖިސްޓްރީ
ހެއްދުމަށްޓަކައި އެގޯތީގެ ވެރިފަރާތުން (މުޞްތަފާ ޙުސައިންގެ އަންހެންނުންގެ ބައްޕަ) އެރަށު އޮފީހަށް
އެގޯތީގެ އިންފާރު ރާނާފައިވާ އިމުން މިންނަގާ، އެމިންތަކާ އެއްގޮތަށް އެގޯތީގެ ޗާޓް ކުރަހައި،
މަޢުލޫމާތު ލިޔެކިއުންތަކާއެކު އަތޮޅުއޮފީހަށް ހުށަހެޅިއިރު، ގއ.ކަނޑުހުޅުދޫ އޮފީހުގައި އޮންނަވީއްޓޭގެ
ޑ =23
އެޤީ#
4 6 8 2
ހުށަހެޅުމުޏ
ށ202
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2014/HC-A/36
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
282 ޑ 4 ހ7މދީ 3
ގެއްތުދޭ މަލާމް
އެރަށުން ދޫކުރެވޭ ގޯތިތަކުގެ އެންމެހައި މަޢުލޫމާތުތައް ލިޔެފައިވާ ފޮތުގައި ގއ.ކަނޑުހުޅުދޫ "ޔުނިކޯ"
ލިޔެފައިވާއިރު، އެގޯތީގެ ވަށާފާރު ރާނާފައިވާ މިންތަކާ ރަށުއޮފީހުގައި ރެކޯޑްކުރެވިފައިވާ
މަޢުލޫމާތާ އަޅާބަލާއިރު ބޮޑެތި ތަފާތުތަކެއް ހުރިކަން މުޞްޠަފާ ޙުސައިނަށް އެނގިފައިވާކަމާއި،
އެގޮތުން "ޔުނިކޯ" ގޯތީގެ މިންތައްކަމަށް ރަށު އޮފީހުގެ ގޯތި ޙަވާލުކުރާ ފޮތުން ފެންނަންހުރި
މިންތަކަށް ބަލާއިރު، އިރުން ހުޅަނގަށް 50 ފޫޓު އަދި އުތުރުން ދެކުނަށް 100 ފޫޓުހުރި ގޯއްޗެއްކަން
އެނގޭކަމާއި، ނަމަވެސް އެގޯތީގެ ރަޖިސްޓްރީ ހެއްދުމަށްޓަކައި މުޞްޠަފާ ޙުސައިން ސޮއިކޮށް އަތޮޅު އޮފީހަށް
ފޮނުވާފައިވާ ލިޔުންތަކުގައި ބަޔާންކޮށްފައިވާ މިންތަކަކީ އުތުރު ފަރާތުގައި 105 ފޫޓު، ދެކުނު ފަރާތުގައި 104
ފޫޓު، އިރުމަތީ ފަރާތުގައި 76.4 ފޫޓު، އަދި ހުޅަނގު ފަރާތުގައި 71.8 ފޫޓުކަން އެލިޔުންތަކުން
އެނގޭކަމާއި، "ޔުނިކޯ" ގޯތީގެ ރަޖިސްޓްރީ ހެއްދުމަށް ހުށަހެޅުމުން އެގޯތީގެ އިންފާރުން ނެގުނު މިންތަކާއި
އެރަށު އޮފީހުގައި އޮންނަ ގޯތި ޙަވާލުކުރާ ފޮތުގައި އެގޯތި ދޫކުރެވުނުއިރު ލިޔެފައިވާ މިންތަކާ މިހާބޮޑު ތަފާތެއް
ހުރިއިރު، މުޞްތަފާ ޙުސައިނަށް އެކަން އެނގި އަތޮޅުވެރިޔާގެ ސަމާލުކަމަށް އެކަން ގެނެސްފައި ނުވާކަން
މުޞްތަފާ ޙުސައިންގެ ބަހުން އެނގެން އޮންނަކަމެވެ.
3.3- ތިންވަނަ ކަމަކީ: ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2013/P10
-
C/34
ޤަޟިއްޔާގައި މުޞްތަފާ ޙުސައިންގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި އޭނާގެ ދިފާޢަކަށް ވެފައިވަނީ އަދި
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައިވެސް އޭނާގެ ދިފާޢަކަށް ވެފައިވަނީ، ރަށްރަށުން ގޯތި ދޫކުރާއިރު
އެގޯތި ތަކާބެހޭ މަޢުލޫމާތު ލިޔެފައި ހުންނަ ފޮތްތަކުގައި ދޫކުރެވުނު ގޯތީގެ މިންތައްކަމަށް ލިޔެފައި ހުންނަ
މިންތަކާ،
އެގޯއްޗެއްގެ އަޞްލު މިންތަކާ ދިމާވެފައި ހުންނާނީ މަދު ގޯއްޗެއްކަމަށާއި، ގއ.ކަނޑުހުޅުދޫ
ގައިވެސް އެކަން ހިނގަމުން އައިސްފައިވަނީ ހަމައެފަދައިންކަމަށާއި، ރަށްރަށުން ދޫކޮށްފައިވާ ގޯތިތަކުގެ
ރަޖިސްޓްރީ ހެއްދުމަށް އެގޯއްޗެއް ދޫކޮށްފައިވާ ފަރާތަކުން ރަށުއޮފީހުގައި އެދުމުން، ރަށުއޮފީހުން އެކަން
ހުށަހަޅަނީ އަތޮޅުއޮފީހަށް ކަމަށާއި، ގޯތީގެ ރަޖިސްޓްރީއަކީ އަތޮޅު އޮފީހުން އަތޮޅުވެރިޔާ ސޮއިކުރައްވައި
ދޫކުރައްވާ ލިޔުމަކަށްވާތީ، ގޯއްޗެއްގެ ރަޖިސްޓްރީ ހެއްދުމަށް ހުށަހަޅާފައިވަނީ އެގޯއްޗެއް ދޫކުރެވިފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާޑްގެ
1
2014/HC-A/36
58ތ
ނަގަންޖެހޭނެކަ
އހ2
އިންފާރުން ނަގާ މިންތަކާއި
Ocx
މަތިން ދޫކުރެވޭ ގޯތިތަކުގެ މަޢުލޫމާތު ރަށުއޮފީހުގެ ފޮތުގަޤީއްޖޭގެ ހައިކޯa
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިންތަކާ އެއްގޮތަށްތޯ ބެލުމަކީ އަތޮޅުވެރިޔާގެ ޒިންމާއެއްކަމަށާއި، އެއާ ޚިލާފަށް އަތޮޅުވެރިޔާ ޢަމަލުކުރުމުގެ
ސަބަބުން ނުކުންނަ ނޭދެވޭކަމެއްގެ ޒިންމާ އެކަމުގައި މެދުވެރިއެއްގެ ބައި އަދާކޮށްފައިވާ އެރަށެއްގެ ރަށުއޮފީސް
ހިންގުމާ ޙަވާލުވެހުރި ފަރާތުން
ނުދެކޭކަމަށްބުނެ ފާހަގަކޮށްފައިވާ ދިފާޢުކަމަށްވާތީ،
އެނުކުތާއަށް ބެލުމުގެގޮތުން ހައިކޯޓުން ބެލިބެލުމުން،
ރަށްރަށުގެ ގޯތި ދޫކުރުމަށްފަހު، އެގޯތި ތަކާބެހޭ މަޢުލޫމާތު ލިޔެ ރައްކާކުރާ ފޮތުގައި، ލިޔެފައި
ހުންނަ މިންތަކާއި، އެގޯއްޗެއްގެ ރަޖިސްޓްރީ ހެއްދުމަށް ހުށަހެޅުމުން އެގޯއްޗެއްގެ
ދިމާނުވާ ޙާލަތުގައި އެކަން އަތޮޅުވެރިޔާގެ ސަމާލުކަމަށް ގެނެސް އެކަމާބެހޭގޮތުން ގޮތެއް ނިންމުމަކީ އެފަދަ
ޙާލަތްތުގައި ޢަމަލުކުރަން ހަމަޖެހިފައިވާ އުޞޫލުކަމާއި، އަތޮޅު އޮފީސްތަކުންނާއި ރަށުއޮފީސްތަކުން، އެއުޞޫލާ
އެއްގޮތަށް ޢަމަލު ކުރަމުން އައިސްފައިވާކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެއްކަމާއި، މިފަދައިން ގޯތި ޙަވާލުކުރާ
ފޮތުގައި ލިޔެފައި ހުންނަ މިންތަކާ ފަހުން އެގޯއްޗެއްގެ އިންފާރު ރާނާފައި ހުންނަ މިންތައް ތަފާތުވާ ކޮންމެ
ޙާލަތަކީ އެކަމުން ކުށުގެ ޢަމަލެއް އުފަންވާ ޙާލަތްތަކަށް ނުވެދާނެކަމާއި، ނަމަވެސް ރަށުއޮފީހުގެ ހުއްދައަކާ
ނުލައި އަދި ރަށުއޮފީހުން ކުރި ޢަމަލަކާނުލައި، އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ގޯތީގެ ބޮޑުމިނަށް ބަދަލު
އަންނަގޮތަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްފައިވާނަމަ، އެކަމުން ކުށުގެ ޢަމަލެއް އުފަންވެދާނެ ކަމާއި،
ރަށްރަށުން ގޯތި ދޫކުރުމަށް ސިޔާސަތު ކަނޑައަޅާއިރު، އޭރަކު އެރަށެއްގެ ބިމުގެ ތަނަވަސްކަމަށާއި، ގޯތި
ބޭނުންވެގެން އެކަމަށް އެދެމުންދާ މީހުންގެ ޢަދަދަށާއި، ގޯތި ދޫކުރެވެން އޮތް ސަރަޙައްދެއްގެ ބޮޑުމިނަށާއި
ބައްޓަމަށް ރިޢާޔަތްކޮށް، އެއިން ކޮންމެ ފަހަރަކުވެސް ގޯތި ދޫކުރެވޭ ބޮޑުމިނަށް ބަދަލު އައިސްފައި ހުންނަކަން
ފާހަގަކުރެވޭކަމާއި، އަދި އެއިން ކޮންމެ ފަހަރަކުވެސް ދޫކުރެވޭ ގޯތިތަކަކީ އުޞޫލެއްގެ ގޮތުން، ގޯތީގެ ހުރަސް
ދެބިތުގެ މިން އެއްވަރުވެ އަދި ދިގު ދެބިތުގެ މިން އެއްވަރަކަށް ކަނޑައެޅޭ މިންތަކެއްކަމާއި، މިސާލެއްގެ
ގޮތުން
.ވަތަ <30 ފޫޓު މިފަދައިން ކަނޑައެޅޭ މިންތަކެއްކަމާއި، އަދި މިފަދައިން
0 4 6 8 9 4
އެފަހަރަކަށް ކަނޑައެޅޭ އުޞޫލަކާ
22
92
2 «2ޑ
ނޯޓު ކުރެވެމުންދާކަމާއި، ނަމަވެސް އެގޯއްޗެއްގެ އިންވަކިކުރުމަށްޓަކައި ކަންމުޑި ޖަހައި ހަދާއިރު، އެތަނެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/36
ކޮންމެވެ.
އެރަށެއްގެ
އޭރިޔާ އޮންނަ ސްކޭލްގެ ސަބަބުންނާއި، އެތަނަކުން ނަގަން ހަމަޖެހިފައިވާ މަގުގެ ބައްޓަމަށް އެތަނަކާ
އިންވެގެން އޮންނަ ގޯތި ބައްޓަންވެގެންދާކަމާއި، އެހެންކަމުން އެފަދަ ޙާލަތުގައި އެގޯއްޗެއް ދޫކުރުމަށް
ކަނޑައެޅުނު މިންތަކަށް ވަރެއްގެ އުނިއިތުރެއް އައުމަކީވެސް އެކަށީގެންވާ ކަމެއްކަމާއި، އަދި
އެފަދައިން އެގޯއްޗެއްގެ ބޮޑުމިނަށް އެއްވެސް ސަބަބަކާހުރެ އުނިއިތުރެއް އައިސްފައިވަނިކޮށް، އެއްޗެއްގެ
ރަޖިސްޓްރީ ހެއްދުމަށް ހުށަހަޅައިފިނަމަ، ނުވަތަ ރަޖިސްޓްރީ ހެއްދުމަށްޓަކައި ރަށު އޮފީހަށް ހުށަހެޅުމުން ބަލާ
ބެލުމުގައި އެފަދަ ކަމެއް ފާހަގަކުރެވިފައިވާނަމަ، އަތޮޅުވެރިޔާގެ ސަމާލުކަމަށް އެކަމެއް ގެނައުމަކީ
ރަށުއޮފީސް ހިންގުމާ ޙަވާލުވެ ހުރި ފަރާތެއްގެ ޒިންމާއެއްކަމާއި،
އިސްވެ ބަޔާންކުރެވުނު ފަދައިން ގއ.ކަނޑުހުޅުދޫ "ޔުނިކޯ" ގޯތި ދޫކުރެވުނުއިރު، އެރަށު
އޮފީހުގައި އެގޯތީގެ ބޮޑުމިނެއް ކަމުގައި ލިޔެފައިވަނީ، އިރު 100 ފޫޓް، އުތުރު '50 ފޫޓް، ހުޅަނގު '100
ފޫޓް، ދެކުނު 50 ފޫޓް މިފަދައިންކަމާއި، "ޔުނިކޯ" ގޯތީގެ ވެރިފަރާތުން އެގޯތީގެ ރަޖިސްޓްރީ ހެއްދުމަ
ދުމަށްޓަކައި
ހުށަހެޅުމުން އެގޯތީގައި ރާނާފައިވާ ވަށާފާރުން އެގޯތީގެ މިންތައް ނެގިއިރު، 104 ފޫޓަކާ، '105 ފޫޓަކާ،
"4..76 (ހަތްދިހަ ހަފޫޓް ހަތަރު އިންޗި) އަކާއި، "711.8 (ހަތްދިހަ އެއްފޫޓް އަށް އިންޗި) އަށް
ބަދަލުވެފައިވާކަމާއި، 5000 އަކަފޫޓުގެ ގޯއްޗެއްގެ ގޮތުގައި އެރަށު އޮފީހުން ދޫކޮށްފައިވާ
ގެ" ގޯއްޗަށް 2743.45 އަކަފޫޓް އިތުރުވެގެން ގޮސްފައިވާކަން ސާފުކޮށް އެނގެން އޮތްއިރު، އެރަށު
އޮފީހުގައި އޮތް ގޯތި ޙަވާލުކުރާ ގޮތުގައި ލިޔެފައިވާ މިންތަކާ އެގޯތީގެ ވަށާފާރު ރާނާފައިވާ މިންތަކާ
ބޮޑުތަފާތެއް ހުރިކަން މުޞްޠަފާ ޙުސައިނަށް އެނގިހުރެ، އަދި އަތޮޅުވެރިޔާގެ ސަމާލުކަމަށް އެކަން ނުގެނެސް،
މުޞްތަފާ ޙުސައިން ހުށަހަޅާފައިވާ މަޢުލޫމާތަކީ ތެދު ޞައްޙަ މަޢުލޫމާތު ކަމުގައި ބަޔާންކޮށް ކަމާބެހޭ
ލިޔުންތަކުގައި މުޞްޠަފާ ޙުސައިން ސޮއިކޮށްފައިވާއިރު، މުޞްޠަފާ ޙުސައިން ކައިވެނީގެ ގޮތުން ގުޅިގެން
އުޅެނީ "ޔުނިކޯ" ގޯތި އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައިވާ މުޙައްމަދު ނާޞިރުގެ ދަރިއަކާކަމާއި، އަދި
މުޞްތަފާ ޙުސައިން ދިރިއުޅެނީވެސް "ޔުނިކޯ" ގޭގައި ކަން ސާފުކޮށް އެނގެން އޮންނާތީ، މުޞްޠަފާ
ޙުސައިންގެ އެ އަމަލަކީ، ޤާނޫނު ނަންބަރު 02/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)
އެހެން ކަމުން
2
6
2 ށ22
"ޔުނިކޯ"
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
20j4/HC-A/36
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ه(8a2 * 2
هނ_ނކުނޑީ
12 ވަނަ މާއްދާގެ (ހ) ގައި، ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު، އޭނާ ވަޒީފާ
އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަ ކުރާކަމާ ގުޅިގެން ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ
ބޭނުންކޮށްގެން ނުވަތަ އެމުވައްޒަފެއްގެ މަގާމުގެ ނުފޫޒު އިގެން ނާޖާއިޒް ފައިދާއެއް ހޯދުމާއި،
ހޯދައިދިނުމަކީ، ކުށެއްކަމަށް ބަޔާންކޮށްފައިވާ ބާވަތުގެ ޢަމަލުތަކުގެ ތެރެއަށް ފެތޭ ބާވަ
ފެތޭ ބާވަތުގެ ޢަމަލެއްކަމާއި، އެ
ޢަމަލީ މުޞްޠަފާ ޙުސައިން ޒިންމާވާން ޖެހޭނެކަމާއި، އެކަމުގައި ޒިންމާވާންޖެހޭ ފަރާތަކީ ގއ.އަތޮޅުގައި
އޭރުހުރި އަތޮޅުވެރިޔާކަމަށް މުޞްޠަފާ ޙުސައިން ދެކޭ ދެކުމަކީ ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާވެފައިވާ
ކަމެއްކަމަށް ޤަބޫލު ނުކުރެވޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ރިޢާޔަތްކޮށް ބަލާއިރު، ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2013/P10
-
C/34 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަ
ލުގެންނަންޖެހޭފަދަ ސަބަބެއް އެޤަޟިއްޔާ އިސްތިއުނާފްކުރި މުޞްތަފާ ޙުސައިނަށް
ދެއްކިފައިނުވާކަން ފާހަގަކުރެވެއެ
CCC
ރވިއވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވުނު އެންމެހައި ސަބަބުތައް އެފަދައިން ހުރުމާއެކު،
ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2013/P10
-
C/34 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ
ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުހިނދު، ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
2013/P10-C/34 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް، އެގޮތުގެމަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv