ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/198 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2011/HC-A/198
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖޭ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 198/HC
-
A/2011
• އިސްތިއުނާފު ކުރިފަރާތް:
* ނަން: މުޙައްމަދު ވިޒާން
އައިޑީ ކާޑު ނަންބަރު: A076271
* ދާއިމީ އެޑްރެސް: ރަންބުސްތާނުގެ
ފިއްލަދޫ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
އައިޑީ ކާޑު ނަން
ދާއިމީ އެޑްރެސް: ފިއްލަދޫ/ދިވެހިރާއްޖެ
ހއ
ރަޖިސްޓްރީކުރެވުނު ތާރީޚް: 03 ރަމަޟާން 1429
03 އޮގަސްޓް 2011
ނިމުނު ތާރީޚް: 21 ޛުލްޤަޢިދާ 1432
19 އޮކްޓޫބަރ
2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/A11-MC/09
• ޤައްޔާގެ ބާވަތް: ޞައްޙަ ނޫން ވޯޓެއް
ވޯޓެއްކަމަށް ކަނޑައެޅުން
ފިއްލަދޫ މެޖިސްޓްރޭޓް ކޯޓު
* ހުށަހެޅުނު ތާރީޚް: 26 ޖޫން 2011
ނިމުނު ތާރީޚް: 30 ޖޫން 2011
ނިންމެވި ކޯޓް:
ހއ.
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތު
2011/HC-A/198
ދަޢުވާގެ ޚުލާޞާ
މިއީ، ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/A11-MC/09
ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން
އިސްތިއުނާފު ކޮށްދިނުންއެދި ފިއްލަދޫރަންބުސްތާނުގެ، މުޙައްމަދު ވިޖާން (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A076271) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެކެވެ. މި ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ
ކައުންސިލްގެ އިދާރާ އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
". އިސްތިއުނާފުކުރެވޭ ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު
2011/A11
-
MC/09 ޤާޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، 20 ޖޫން 2011 ގައި ބޭއްވުނު
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ 30 ވަނަ ކުއްލި ބައްދަލުވުމުގައި އެކައުންސިލްގެ
ރައީސް، ފިއްލަދޫރަންބުސްތާނުގެ މުޙައްމަދު ވިޖާންގެ މައްޗަށް ނެގުނު އިތުބާރުނެތްކަމުގެ ވޯޓަކީ
ކައުންސިލްގެ ހިންގާ ޤަވާޢިދުގެ 7 ވަނަ މާއްދާއާއި 39 ވަނަ މާއްދާއާއި، އިދާރީ ދާއިރާތަށް ލާމަރުކަޒީ
އުސޫލުން ހިންގުމުގެ ޤާނޫނުގެ 121 ވަނަ މާއްދާއާ ޚިލާފަށް ނަގާފައިވާ ވޯޓެއްކަމަށް ބުނެ، އެވޯޓަކީ
ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ނަގާފައިވާ ވޯޓެއްކަމަށް ކަނޑައަޅައިދިނުން އެދި މުޙައްމަދު ވިޖާންގެ
ފަރާތުން ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާގެ މައްޗަށް ދަޢުވާކުރުމުން ހއ. ފިއްލަދޫ
މެޖިސްޓްރޭޓް ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި
އެޤަޟިއްޔާ ނިންމަވާފައިވަނީ، " ހއ. ފިއްލަދޫ ކައުންސިލްގެ ރައީސްކަމުން
ފިއްލަދޫ ރަންބުސްތާނުގޭ މުޙައްމަދު ވިދާން ދުރުކުރުމަށް 02-06-2011 ދުވަހު ކައުންސިލްގެ 10
ވަނަ ބައްދަލުވުމު
ވެވުމުގައި ނެގި އިތުބާރުނެތްކަމުގެ ވޯޓުގެ ކަންތައް ހިނގާފައިވަނީ ލާމަރުކަޒީ ޤާނޫނުގެ 121
ވަނަ މާއްދާއާއި ހިންގާ ޤަވާޢިދުގެ 9، 39 ވަނަ މާއްދާއާއި، ޚިލާފަށް ނެގި ވޯޓެއްކަމަށް
ކަނޑައަޅައިދިނުމަށް އެދި މުޙައްމަދު ވިދާން ހުށަހެޅި މިދަޢުވާއަށް، ކައުންސިލުން ޖަވާބުދާރީވުމުގައި
ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އެބައްދަލުވުމުގައި އެއްވެސް ކަމެއް ހިނގާފައިނުވާނެކަމަށް ބުނެ
އިންކާރުކޮށްފައި ވުމުންނާއި، ވިޖޫން ބައްދަލުވުމުގައި ބައިވެރިވީ 4 މެންބަރުން ކަމަށާއި، 2 ވޯޓު
OLOO
72 70 04
ވެހިރާއްޖޭގެ ޖު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 332502، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތު
2011/HC-A/198
އިތުބާރު ނެތްކަމަށް އަދި އިތުބާރު އޮތްކަމަށް 1 ވޯޓު ލިބިފައިވަނިކޮށް ރިޔާސަތުން އިތުބާރުނެތްކަމަށް
ވޯޓު ދީފައިވާތީ ވޯޓު ހަމަހަމަ ނުވަނީސް މެޖޯރިޓީ ހޯދުމަށް ވޯޓުދިނީ ކަމަށް ބުނާއިރު، ކައުންސިލްގެ
ފަރާތުން އެގޮތަށް ވޯޓުދިނީ ކަމުގެ ބާވަތުން ލާމަރުކަޒީ ޤާނޫނުގެ 121 ވަނަ މާއްދާއާއި ޤަވާޢިދުގެ 33
ވަނަ މާއްދާގައި ބައެއްކަންކަމުގައި މުޅި ކައުންސިލްގެ މެޖޯރިޓީ އޮންނަންޖެހޭނެކަމަށް ފާހަގަކޮށްފައިވާތީ
ވިޖާނުގެ ވޯޓަކީ އޭނާއާ އެއްކޮޅު ވޯޓެއްކަމަށް ބަލައި ދެފަރާތް ހަމަހަމަވީ ކަމަށް ބަލާފައިކަމަށް ބުނާއިރު،
ރިޔާސަތު ޙަވާލުކުރީ ވިޖާނުއަށް ޤާނޫނާއި ޤަވާޢިދު ބުނާގޮތުން ބައިވެރިނުވެވޭތީކަމަށް ދަޢުވާކުރާ
މުޙައްމަދު ވިދާން އިޢުތިރާފްވެފައިވީ ހިނދު، އިސްވެދެންނެވުނު ޤާނޫނުގެ 121 ވަނަ މާއްދާއާއި އަދި
ޤަވާޢިދުގެ 4
39 އަދި 33 ވަނަ މާއްދާއާ ޚިލާފަށް މިބައްދަލުވުމުގައި ރިޔާސަތުން ވޯޓުދީފައިވާކަމަށް
ޝަރީޢަތުން ކަނޑައަޅާނެ ތަން ނެތްކަން ދެފަރާތަށް އަންގައި" މިގޮތުގެމަތިންކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/A11
-
MC/09 ޤަޟިއްޔާ
އެކޯޓުން ނިންމަވާފައިވާ
ހަމަތަކާ
ބުނެ
ފިއްލަދޫރަންބުސްތާނުގެ މުޙައްމަދު ވިޖާންގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން،
އަންނަނިވި ނުކުތާ ފާހަގަކޮށް، އެނުކުތާއާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
2. ހއ.
22
2x
22 ހތކ
އެއްގޮތްނުވާކަމަށް
• ޤާނޫނާއި ޚިލާފަށް ލާފައިވާ ވޯޓެއް ހިމަނައިގެން ޤާނޫނީ ޢަދަދެއް
ހަމަކުރެވިދާނެކަމަށް ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުން ބައްލަވާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ
ނުކުތާއެވެ.
.3
ކުރަމުން ހއ.
މި
މައްސަލައާ ގުޅިގެން
ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/A11
-
MC/09 ޤާޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު
ފިއްލަދޫރަންބުސްތާނުގެ މުޙައްމަދު ވިޖާންގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށާއި،
ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ ރައްދުވާ ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ
ކައުންސިލްގެ އިދާރާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ
މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
2011/HC-A/198
0
<< O
ތ 4
ہو کر فرم
oxo
ޤަޟިއްޔާ ނިމުނު ގޮތު
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނު
ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާ
ގޮތުގެމަތިން ކައުންސިލްތައް ހިންގައި، ކައުންސިލްތަކުގެ ޖަލްސާތައް ބޭއްވުމާބެހޭ އިޖުރާއީ
ޤަވާޢިދުތައް ހެދުމުގެ ބާރު އިސްވެދެންނެވުނު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން
ހިންގުމުގެ ޤާނޫނުގެ 111 ވަނަ މާއްދާއިން ކައުންސިލްތަކަށް ލިބިދީފައިވާކަމާއި،
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 111
ވަނަ މާއްދާއިން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ދަށުން "ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ
ކައުންސިލްގެ ހިންގާ ޤަވާޢިދު"، 27 ފެބްރުއަރީ 2011 ގައި ބޭއްވުނު އެކައުންސިލްގެ އެއްވަނަ
ބައްދަލުވުމުން ފާސްކޮށްފައިވާކަން ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ހިންގާ ޤަވާޢިދުގެ 1
ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގެން އޮންނަކަމާއި، ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ
ކައުންސިލުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށްޓަކައި ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުންތައް
ބޭއްވޭނީ، އަދި އެބައްދަލުވުންތައް ހިންގޭނީ، އަދި އެބައްދަލުވުންތަކުގައި ކަންކަން ނިންމޭނީ ތިލަދުންމަތީ
އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ހިންގާ ޤަވާޢިދުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ
ގޮތުގެމަތިންކަން އެޤަވާޢިދުގެ 2 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި، އެޤަވާޢިދަކީ 27 ފެބްރުއަރީ
2011 އިން ފެށިގެން އޭގެމައްޗަށް ޢަމަލުކުރަންފަށާފައިވާ ޤަވާޢިދެއްކަން އެޤަވާޢިދުގެ 3 ވަނަ މާއްދާއަށް
ބެލުމުން އެނގެން އޮންނަކަމެވެ.
04 0 2 92 92
eco
(ނ) ދެވަނަ ކަމަކީ، އެޤަވާޢިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި
ދުވާހާ ހިނދަކު، ކައުންސިލުން އެއްވެސްކަމެއް ނިންމޭނީ، ކައުންސިލްގެ ޢާންމު ބައްދަލުވުމަކަށް އެކަމެއް
ހުށަހެޅި، އެބައްދަލުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންކަމަށް ތިލަދުންމަތީ
އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ހިންގާ ޤަވާޢިދުގެ 33 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާކަމާއި، ކައުންސިލްގެ ރައީސް ނުވަތަ ނައިބުރައީސްގެ މައްޗަށް އިތުބާރުނެތްކަމަށް
ކައުންސިލްގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފިނަމަ، އެމީހަކު މަޤާމުން އިސްތިއުފާ
ދޭންޖެހޭނެކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 121 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އަދި އިސްވެދެންނެވުނު ޤާނޫނުގެ އެމާއްދާއިން ކައުންސިލަށް ލިބިދޭ،
ކައުންސިލްގެ ރައީސާއި ނައިބުރައީސް މަޤާމުން ދުރުކުރުމުގެ ބާރު ތަންފީޒުކުރުމުގެ ގޮތުން ނިންމާ
ނިންމުންތައް ފާސްކުރެވޭނީ މުޅިކައުންސިލްގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު އެކަމަކަށް
ލިބިގެންކަމަށް ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ހިންގާ ޤަވާޢިދުގެ 33 ވަނަ މާއްދާގެ (ނ)
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ތަލަ
2011/HC-A/198
/ 0
OXO
ތތ ހ23 22
4
ބައްދަލުވުމެއްގެ
ޤަޟިއްޔާ ނިމުނު ގޮތު
ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމާއި، ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ރައީސް
ނުވަތަ ނައިބުރައީސްގެ މައްޗަށް އިތުބާރުނެތްކަމަށް ކައުންސިލްގެ ރަސްމީ ބައްދަލުވުމެއްގައި،
ކައުންސިލްގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފިނަމަ، އެ މެންބަރަކު ވަގުތުން އެމަޤާމުން
ވަކިވާނެކަމަށް ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ހިންގާ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ހ)
ގައި ބަޔާންކޮށްފައި އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ކައުންސިލުން ކަމެއް ނިންމުމުގައި، އެނިންމުން ނިންމާ
ރިޔާސަތު ބަލަހައްޓާ މީހަކަށް ވޯޓުގައި ބައިވެރިވެވޭނީ ފެންނަ ނުފެންނަ ވޯޓުގެ ޢަދަދު
ހަމަހަމަވެއްޖެ ޙާލަތެއްގައިކަމަށް ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ހިންގާ ޤަވާޢިދުގެ 39
ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން
ހިންގުމުގެ ޤާނޫނުގައިވެސް އަދި ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ހިންގާ ޤަވާޢިދުގައިވެސް
މިކަމަށް އެއްވެސް އިސްތިސްނާއެއް ދީފައިނުވާކަމާއި، އެހެންކަމުން ކައުސިލުން ކަމެއް ނިންމުމަށްޓަކައި
ނެގޭ ވޯޓެއްގައި ކައުންސިލްގެ އެޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ ފަރާތަކަށް ވޯޓު ދެވޭނީ ފެންނަ
ނުފެންނަ ވޯޓު ހަމަހަމަވާ ޙާލަތުގައި "ކާސްޓިންގ" ވޯޓެއް އެކަނިކަމާއި، އެނޫން ޙާލަތެއްގައި ރިޔާސަތު
ބަލަހައްޓާ މީހަކަށް ވޯޓު ދިނުމުގެ ޙައްޤު ޤާނޫނުންވެސް އަދި ޤަވާޢިދުންވެސް ލިބިދީފައިނުވާކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލް
އެކުލެވިގެންވަނީ ޖުމްލަ 5 (ފަހެއް) މެންބަރުންގެ މައްޗަށްކަމާއި، އެހެންކަމުން ތިލަދުންމަތީ އުތުރުބު
ފިއްލަދޫ ކައުންސިލްގެ ރައީސް ނުވަތަ ނައިބުރައީސް މަޤާމުން ވަކިކުރުމަށް،
މަދުވެގެން 3 (ތިނެއް) ވޯޓު ބޭނުންވާނެކަމާއި، 20 ޖޫން 2011 ގައި ބޭއްވުނު ތިލަދުންމަތީ އުތުރުބުރީ
ފިއްލަދޫ ކައުންސިލްގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ 4 (ހަތަރެއް)
މެންބަރުންކަމާއި، އެ ޖަލްސާއަށް ހުށަހެޅުނު ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ރައީސްގެ
އިތުބާރުނެތްކަމުގެ ވޯޓުގައި ފުރަތަމަ ބައިވެރިވީ އޭގެތެރެއިން 3 (ތިނެއް) މެންބަރުންކަމާއި، މި
މެމްބަރުންގެ ވޯޓުގެ ތެރެއިން ރައީސްގެ އިތުބާރު ނެތްކަމަށް ލިބިފައިވަނީ 2 (ދޭއް) ވޯޓު
ކަމާއި އަދި އިތުބާރުއޮތްކަމަށް 1 (އެކެއް) ވޯޓު ލިބިފައިވާކަމާއި، މިގޮތުގެމަތިން ވޯޓުގެ ނަތީޖާ
ނިކުތުމުން، އެދުވަހުގެ ބައްދަލުވުމުގައި ބައިވެރިނުވާ، އޭރު ކައުންސިލްގެ ރައީސްކަމުގެ މަޤާމުގައި ހުރި
ފިއްލަދޫ ރަންބުސްތާނުގެ މުޙައްމަދު ވިދާން އެއްކޮޅަށް ވޯޓު ދޭނެކަމަށް ބަލައި އެވޯޓު
އިތުބާރު ނެތްކަމަށް 2 (ދޭއް) ވޯޓު، އިތުބާރު އޮތްކަމަށް 2 (ދޭއް) ވޯޓު ލިބުނީކަމަށާއި
ވޯޓު ހަމަހަމަވީކަމަށް އެޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތުން ކަނޑައަޅައި،
ފ2 0
0
2 / ތތ 29
04 ދ ތތ
رسم رصي تمر مرصی اس
3(ތިނެއް) މެމްބަރު
2 c
އެނއ
0979
22
0
އަހނތނ
ދިވެހި،
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތު
2011/HC-A/198
ou oo
2 02 0 04
ބައްދަލުވުމުގެ ރިޔާސަތު ބެލެއްޓި ފަރާތުން އިތުބާރުނެތްކަމަށް ވޯޓުލައި، އޭރު ކައުންސިލްގެ
ރައީސްކަމުގެ މަޤާމުގައި ހުރި ހއ. ފިއްލަދޫރަންބުސްތާނުގެ މުޙައްމަދު ވިދާންއަށް އިތުބާރުނެތްކަމަށް
ޖުމްލަ 3 (ތިނެއް) ވޯޓު ލިބިފައިވާކަމަށް ބައްދަލުވުމުގެ ރިޔާސަތުން ކަނޑައަޅާފައިވާކަން ހއ. ފިއްލަދޫ
މެޖިސްޓްރޭޓް ކޯޓުގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ފަދައިން، ތިލަދުންމަތީ އުތުރުބުރީ
ފިއްލަދޫ ކައުންސިލުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި އެކައުންސިލުން ޢަމަލުކުރަންޖެހޭނީ 27
ފެބްރުއަރީ 2011 ގައި އެކައުންސިލުން ފާސްކޮށްފައިވާ ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ
ހިންގާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިންކަން އެޤަވާޢިދަށް ބެލުމުން އެނގޭކަމާއި، ދިވެހިރާއްޖޭގެ އިދާރީ
ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ އެހެން ކައުންސިލަކުން،
އެކައުންސިލްގެ ޖަލްސާތައް ބޭއްވުމުގައާއި ނިންމުންތައް ނިންމުމުގައި ޢަމަލުކުރުމަށް ފާސްކޮށްފައިވާ
އުޞޫލަކީވެސް އިސްވެދެންނެވުނު ޤާނޫނާ އެއްގޮތަށް ހެދިފައިވާ ޤަވާޢިދެއްކަމަށްބުނެ، ތިލަދުންމަތީ
އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ހިންގާ ޤަވާޢިދުގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް، އެހެން
ކައުންސިލެއްގެ ޤަވާޢިދާ އެއްގޮތަށް ޢަމަލުކުރުމުގެ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ
ކައުންސިލަށް ލިބިގެން ނުވާކަމެވެ.
(ޅ) ހަވަނަ ކަމަކީ، ކައުންސިލުން ކަމެއް ނިންމުމުގައި، އެކަމެއް ނިންމުމަށްޓަކައި
ކައުންސިލްގެ ބައްދަލުވުމަށް ހާޒިރުނުވާ މެންބަރެއްގެ ވޯޓެއް
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ހިންގާ ޤަވާޢިދުގައި ބަޔާންކޮށްފައިނުވާކަމާއި،
މިހެންކަމުން އިސްވެދެންނެވުނު، 20 ޖޫން 2011 ގައި ބޭއްވުނު ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ
ކައުންސިލްގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި ބައިވެރިވެފައިނުވާ މެންބަރަކު ވޯޓު ދޭނީ
މިވެނިގޮތަކަށްކަމަށް ކަނޑައަޅައި، ހާޒިރުނުވާ މެންބަރެއްގެ ވޯޓު ގުނުމުގެ އިޚްތިޔާރު ބައްދަލުވުމުގެ
ރިޔާސަތަށް ލިބިގެން ނުވާކަމާއި، ވީމާ، 20 ޖޫން 2011 ގައި ބޭއްވުނު ތިލަދުންމަތީ އުތުރުބުރީ
ފިއްލަދޫ ކައުންސިލްގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި، އޭރު ކައުންސިލްގެ ރައީސްކަމުގެ މަޤާމުގައި
ފިއްލަދޫ ރަންބުސްތާނުގެ މުޙައްމަދު ވިދާންއަށް އިތުބާރު ނެތްކަމަށް 2 (ދޭއް) ވޯޓު އަދި
އިތުބާރު އޮތްކަމަށް 1 (އެކެއް) ވޯޓު ލިބުމުން، އެދުވަހުގެ ޖަލްސާއަށް ހާޒިރުނުވާ މުޙައްމަދު ވިދާން
އެއްކޮޅަށް ވޯޓު ދޭނެކަމަށް ބަލައި އެވޯޓު ގުނުމުން އިތުބާރު ނެތްކަމަށް 2 (ދޭއް) ވޯޓު އިތުބާރު
އޮތްކަމަށް 2 (ދޭއް) ވޯޓު ލިބުނީކަމަށާއި އެހެންކަމުން ވޯޓު ހަމަހަމަވީކަމަށް އެޖަލްސާގެ ރިޔާސަތު
ބެލެހެއްޓި ފަރާތުން ކަނޑައަޅައި، "ކާސްޓިންގ" ވޯޓެއްގެ ގޮތުގައި ބައްދަލުވުމުގެ ރިޔާސަތުބެލެހެއްޓި
4 247
2 02&
49
އެއްވެސް
10
ހުރި
02c
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33251929 ، ފެކްސް: 4
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
2011/HC-A/198
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފަރާތުން ލާފައިވާ ވޯޓަކީ ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ހިންގާ ޤަވާޢިދާ ޚިލާފަށް
އެފަރާތުން ލާފައިވާ ވޯޓެއްކަމާއި، އެހެންކަމުން މިވޯޓު ހިމަނައިގެން ހަދާފައިވާ ނަތީޖާއެއްގެ މައްޗަށް
ބިނާކޮށް ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ރައީސްކަމުގެ މަޤާމުގައި ހުރި ހއ.
ފިއްލަދޫރަންބުސްތާނުގެ މުޙައްމަދު ވިދާން ރައީސްކަމުގެ މަޤާމުން ދުރުކުރި ދުރުކުރުމަކީ ޤާނޫނީ
ހަމަތަކާއި ޚިލާފަށް ކުރެވިފައިވާ ކަމެއް ކަމަށްވާތީ، އެކަމަކީ ބާޠިލް ކަމެއްކަމެވެ.
/
ox
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ފިއްލަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/A11
-
MC/09 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބެލެވެން ނެތުމުން އެޙުކުމަށް
ބަދަލުގެންނަން ޖެހޭކަމަކަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް
OXO
ދ ތ
44 24 2
/ވއެވެ"
95
k
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު،
ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/A11
-
MC/09 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، 20 ޖޫން 2011 ގައި ބޭއްވުނު ތިލަދުންމަތީ އުތުރުބުރީ
ފިއްލަދޫ ކައުންސިލްގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި، ކައުންސިލްގެ ރައީސްކަމުގެ މަޤާމުގައި ހުރި
ފިއްލަދޫރަންބުސްތާނުގެ މުޙައްމަދު ވިޖާންއަށް އިތުބާރު ނެތްކަމަށް 2 (ދޭއް) ވޯޓު އަދި އިތުބާރު
އޮތްކަމަށް 1 (އެކެއް) ވޯޓު ލިބުމުން، އެދުވަހުގެ ޖަލްސާއަށް ހާޒިރުނުވާ މުޙައްމަދު ވިދާން
އެއްކޮޅަށް ވޯޓު ދޭނެކަމަށް ބަލައި އެވޯޓު ގުނުމުން އިތުބާރު ނެތްކަމަށް 2 (ދޭއް) ވޯޓު އިތުބާރު
އޮތްކަމަށް 2 (ދޭއް) ވޯޓު ލިބުނީކަމަށާއި، އެހެންކަމުން ވޯޓު ހަމަހަމަވީކަމަށް އެޖަލްސާގެ ރިޔާސަތު
ބެލެހެއްޓި ފަރާތުން ކަނޑައަޅައި، "ކާސްޓިންގ" ވޯޓެއްގެ ގޮތުގައި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓި
ފަރާތުން ލާފައިވާ ވޯޓަކީ ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ހިންގާ ޤަވާޢިދާ ޚިލާފަށް
202c
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތު
ޚުލާޞާ
2011/HC-A/198
އެފަރާތުން ލާފައިވާ ވޯޓެއްކަމަށް ކަނޑައަޅައި، ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/A11
-
MC/09 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv