ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/155 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/155
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
9
ކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 155/HC
-
A/2010
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢާއިޝަތު މޫސާ
އައިޑީ ކާޑު ނަންބަރު: A291701
ދާއިމީ އެޑްރެސް: އަސްފަރު ހއ.ދިއްދޫ
މިހާރުގެ އެޑްރެސް: އަސްފަރު/ހއ.ދިއްދޫ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)
ދާއިމީ އެޑްރެސް:
ރަޖިސްޓްރީ ނަންބަރު: 793
/
2008-C
މިހާރުގެ އެޑްރެސް: -
0
ރަޖިސްޓްރީ ތާރީޚް: 02 ޝަޢުބާން 1431
13 ޖުލައި 2010
ނިމުނު ތާރީޚް: 15 ޝައްވާލް 1433
02 ސެޕްޓެމްބަރ 2012
އިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ހުޅުމާލެ ކޯޓުގެ ނަންބަރު 2010/HMC-13/21
ނިންމެވި ފަރާތް: ހުޅުމާލެ ކޯޓު
މައްސަލައިގެ ބާވަތް: ވާރިސަކު ހޯދުން
ހުށަހެޅި ތާރީޚް: 03.03.2010
ނިމުނު ތާރީޚް: 22.06.2010
0
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/155
ދަޢުވާގެ ޚުލާޞާ:
މިއީ،
ހުޅުމާލެ ކޯޓުގެ ނަންބަރު 2010/HMC-13/21 ޤަޟިއްޔާ، އެކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ހއ.ދިއްދޫއަސްފަރު ޢާއިޝަތު މޫސާގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
ޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
(އެޗް.ޑީ.ސީ) އެވެ.
(l
4 22 6 2 3
ހނހޅުމެނެ
އިސްތިއުނާފު ކުރެވޭ ހުޅުމާލެ ކޯޓުގެ
ނަންބަރު 2010/HMC-21{13
ޤަޟިއްޔާގައި، ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓް އަދި މިހާރުގެ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑާއި، މ.ސިވިލްޒޭޝަން ޢަލީ އިސްމާޢީލްއާއި ދެމެދު 06 ޑިސެމްބަރ 2004 ދުވަހު ސޮއިކުރެވުނު
ނަންބަރު 04
/
230/HDU
/
LR އެއްބަސްވުމުގެ ދަށުން ޢަލީ އިސްމާޢީލްއަށް ހުޅުމާލެ ނަންބަރު 04-G-6
ފްލެޓް ކުއްޔަށް ދީފައިވަނިކޮށް، 17 ޖުލައި 2009 ދުވަހު ޢަލީ އިސްމާޢީލް ނިޔާވެފައިވާތީ، ޢަލީ އިސްމާޢީލްގެ
ވާރިސުން ސާބިތުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން ހުޅުމާލެ ކޯޓުން ބެއްލެވި
މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ، "..ހުޅުމާލެ ފްލެޓް ނަންބަރު 04-ޖީ-06 ޢަލީ
އިސްމާޢީލް ( އައިޑީ ކާޑް ނަންބަރު 102860-A ) ގެ ވާރިސުން ސާބިތުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑުން ހުށަހަޅުއްވާފައިވާ މައްސަލާގައި ޢަލީ އިސްމާޢީލުގެ ވާރިސުން ކަމަށްބުނެ، ޢަލީ
އިސްމާޢީލުގެ އެއްބަނޑު އެއްބަފާ އަޚް އަލްމަރުޙޫމް މޫސާ އިސްމާޢީލުގެ އަންހެން ދަރި ހއ.ދިއްދޫ އަސްފަރު
ޢާއިޝަތު މޫސާ ކުރައްވާ ދަޢުވާ، ޝަރީޢަތުން ބެލިއިރު، އާއިޝަތު މޫސާއަކީ، އަލްމަރްޙޫމް ޢަލީ އިސްމާޢީލުގެ
ޝަރުޢީ ވާރިސެއްނޫންކަމަށް ކަނޑައަޅައި، ހުޅުމާލެ ފްލެޓް ނަންބަރު 04-ޖީ-06 އަލްމަރްޙޫމް ޢަލީ
އިސްމާޢީލުގެ ޝަރުޢީ ވާރިސެއް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން މިހާތަނަށް އަދި ސާބިތުވެފައި ނުވާކަން
ޙުކުމްކުރައްވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ދ 20
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިވެއްޖެ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/155
(2
ހުޅުމާލެ ކޯޓުގެ ނަންބަރު 2010/HMC-13/21 ޤަޟިއްޔާ، އެކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ހއ.ދިއްދޫ އަސްފަރު ޢާއިޝަތު މޫސާގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 04 (ހަތަރު) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ccc
ފުރަތަމަ ނުކުތާއަކީ، އަލްމަރުޙޫމް ޢަލީ އިސްމާޢީލް ނިޔާވުމުގެ ކުރިން އޭނާ ވަރަށް
ބޮޑަށް ބަލިވެ އެކަނި ޙާލާއިގެން އުޅެވޭވަރު ނުވާތީ ޖެންޑަރ އިންނާއި ސޯޝަލް ސެކިއުރިޓީ އިންނާއި ޕޮލިސް
ސަރވިސް އިން ޢާއިޝަތު މޫސާއަށް އަންގައިގެން 2008 ސެޕްޓެމްބަރުގައި ޢާއިޝަތު މޫސާގެ ފަރާތުން
ޢާއިޝަތު މޫސާގެ ފިރިހެން ދަރިފުޅު ޢަބްދުﷲ ރަޝީދު ހުޅުމާލެއަށް ފޮނުވާ ޢާއިޝަތު މޫސާގެ ބައްޕަ އާއި
އެއްބަނޑު އެއްބަފާ ބޭބެ ކަމުގައިވާ އަލްމަރުޙޫމް ޢަލީ އިސްމާޢީލް ނިޔާވަންދެން ބަލައި ޚަރަދުކުރީ ޢާއިޝަތު
މޫސާގެ ފަރާތުން ކަމަށްވީއިރު، މިކަމަށް ބެއްލެވުމެއްނެތި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، ބަލަދުވެރިކަން ސާބިތުކުރުމަށް ޢާއިޝަތު މޫސާ ހއ.ދިއްދޫ
ކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރު 2008/A-10-C/40 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، ހެކިން
ދީފައިވާ ބަޔާނާއި ހއ.ދިއްދޫ އޮފީހުން ފޮނުވާފައިވާ ލިޔުމުގެ މައްޗަށް ބެއްލެވުމުން، އާއިޝަތު މޫސާގެ ބައްޕަ
އަލްމަރުޙޫމް މޫސާ އިސްމާޢީލް އާއި ހުޅުމާލެ 04-G-06 ޢަލީ އިސްމާޢީލްއަކީ އެއްބަނޑު އެއްބަފާ
ދެމީހުންކަމާއި، މިދެމީހުންގެ ބައްޕައަކީ ހއ.ދިއްދޫ/ރަހުމާނާހިޔާ ކުޑަމޫސަގެ އާދަނުގެ އިސްމާޢީލް ކަމަށް
ރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
އެކަމަކުރ
ތިންވަނަ ނުކުތާއަކީ، ހުޅުމާލެ ކޯޓުން ނިންމެވި އެކޯޓުގެ ނަންބަރު
2010/HMC-13/21 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ޢާއިޝަތު މޫސާގެ ބަދަލުގައި ޙާޟިރުވީ
ޢާއިޝަތު މޫސާގެ ފިރިހެން ދަރިފުޅު ޢަބްދުﷲ ރަޝީދުކަމާއި، ޢާއިޝަތު މޫސާގެ ފަރާތުން ޤާނޫނީ ވަކީލެއް
ހުށަހެޅުމުން ވަކީލަށް ފުރުޞަތު ނުދީ މައްސަލަ ނިންމަވާފައިވުމަކީ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ)
ޚިލާފުކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
2010/HC-A/155
ހަތަރުވަނަ ނުކުތާއަކީ، ޢާއިޝަތު މޫސާގެ ބައްޕައާއި އެއްބަނޑު އެއްބަފާ
އަލްމަރުޙޫމް ޢަލީ އިސްމާޢީލްއަށް އެހީތެރިވެދީ ޚަރަދުކުރީ މުޙައްމަދު ޝަރީފްކަމަށް ބުނާއިރު، މުޙައްމަދު
ޝަރީފްއަކީ އެ ފްލެޓުގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެން ހުރި މީހެއްކަމުން، މުޙައްމަދު ޝަރީފް އަލްމަރުޙޫމް
ޢަލީ އިސްމާޢީލްއަށް ޚަރަދުކޮށް ބެލެހެއްޓިކަމަށް މުޙައްމަދު ޝަރީފް ބުނާ ބުނުމަކީ ޝަރުޢީ އަދި ޤާނޫނީ
ތަކުން ސާބިތުވާކަމެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
(3
ޚި
މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުޅުމާލެ ކޯޓުގެ ނަންބަރު 2010/HMC-13
/
21 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
49
OOOXC
ފުރަތަމަ ކަމަކީ، ޢާއިޝަތު މޫސާގެ ފަރާތުން އިސްތިއުނާފުކޮށްފައިވަނީ ހުޅުމާލެ
ކޯޓުގެ ނަންބަރު 2010/HMC-13/21 ޤަޟިއްޔާކަމާއި، އެ ޤަޟިއްޔާއަކީ ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑާއި، މ.ސިވިލްޒޭޝަން ޢަލީ އިސްމާޢީލްއާއި ދެމެދު 06 ޑިސެމްބަރ 2004 ދުވަހު
ސޮއިކުރެވުނު ނަންބަރު 04
/
230/HDU
/
LR އެއްބަސްވުމުގެ ދަށުން ޢަލީ އިސްމާޢީލްއަށް ހުޅުމާލެ ނަންބަރު
04-G-6 ފްލެޓް ކުއްޔަށް ދީފައިވަނިކޮށް، 17 ޖުލައި 2009 ދުވަހު ޢަލީ އިސްމާޢީލް ނިޔާވެފައިވާތީ، ޢަލީ
އިސްމާޢީލްގެ ވާރިސުން ސާބިތުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން އެ ކޯޓަށް ހުށަހެޅި
މައްސަލައެއްކަމާއި،
ޢާއިޝަތު މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިސާފު ކުރަމުން
އަލްމަރުޙޫމް ޢަލީ އިސްމާޢީލް ނިޔާވުމުގެ ކުރިން އޭނާ ވަރަށް ބޮޑަށް ބަލިވެ އެކަނި އުޅެވޭވަރު ނުވާތީ
ޖެންޑަރއިންނާއި ސޯޝަލް ސެކިއުރިޓީއިންނާއި ޕޮލިސް ސަރވިސްއިން ޢާއިޝަތު މޫސާއަށް އަންގައިގެން 2008
ސެޕްޓެމްބަރުގައި ޢާއިޝަތު މޫސާގެ ފަރާތުން ޢާއިޝަތު މޫސާގެ ފިރިހެން ދަރިފުޅު ޢަބްދުﷲ ރަޝީދު
ހުޅުމާލެއަށް ފޮނުވާ ޢާއިޝަތު މޫސާގެ ބައްޕައާ އެއްބަނޑު އެއްބަފާ ބޭބެ ކަމުގައިވާ އަލްމަރުޙޫމް ޢަލީ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯލް: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
5
2010/HC-A/155
އިސްމާޢީލް ނިޔާވަންދެން ބަލައި ޚަރަދުކުރީ ޢާއިޝަތު މޫސާގެ ފަރާތުން ކަމަށްވީއިރު، މިކަމަށް ބެއްލެވުމެއްނެތި
މައްސަލަ ނިންމަވާފައިވާކަމަށް ޢާއިޝަތު މޫސާ ބުނެފައިވީނަމަވެސް،
އިސްވެ ފާހަގަކުރެވުނު ފަދައިން، ހުޅުމާލެ ކޯޓުގެ ނަންބަރު
2010/HMC-13/21 ޤަޟިއްޔާގައި ބައްލަވާފައިވަނީ އަލްމަރުޙޫމް ޢަލީ އިސްމާޢީލްގެ ޝަރުޢީ ވާރިސުން
ސާބިތުކުރުމުގެ މައްސަލަކަމުން، ޢާއިޝަތު މޫސާގެ ފަރާތުން އަލްމަރުޙޫމް ޢަލީ އިސްމާޢީލްއަށް އެއްވެސް
ޚަރަދެއް ކޮށްފައިވޭތޯ ބެލުމަކީ މި މައްސަލައިގައި ޝަރުޢީ ވާރިސުން ކަނޑައެޅުމުގައި ބަލަންޖެހޭ ކަމެއް
ނޫންކަން އެނގެން އޮންނަކަމެވެ.
Occ
ދެވަނަ ކަމަކީ، ބަލަދުވެރިކަން ސާބިތުކުރުމަށް ޢާއިޝަތު މޫސާ ހއ.ދިއްދޫ ކޯޓަށް
ހުށަހެޅި އެކޯޓުގެ ނަންބަރު 2008/A
-
10
-
C/40 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، ހެކިން ދީފައިވާ
ބަޔާނާއި ހއ.ދިއްދޫ އޮފީހުން ފޮނުވާފައިވާ ލިޔުމުގެ މައްޗަށް ބެއްލެވުމުން، ޢާއިޝަތު މޫސާގެ ބައްޕަ
އަލްމަރުޙޫމް މޫސާ އިސްމާޢީލް އާއި ހުޅުމާލެ 04-G-06 ޢަލީ އިސްމާޢީލްއަކީ އެއްބަނޑު އެއްބަފާ ދެބެންކަމާއި،
މިދެބެންގެ ބައްޕައަކީ ހއ.ދިއްދޫ/ރަހުމާނާހިޔާ ކުޑަމޫސަގެ އާދަނުގެ އިސްމާޢީލް ކަމަށް ޙުކުމްކުރައްވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން،
އަލްމަރުޙޫމް ޢަލީ އިސްމާޢީލްއަކީ ޢާއިޝަތު މޫސާގެ ބައްޕަ، މޫސާ އިސްމާޢީލްގެ
އެއްބަފާ
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކޯޓުގެ ނަންބަރު
2008/A-10-C/40 ޤަޟިއްޔާއިން އެނގެންއޮންނަ ކަމާއި، ޢާއިޝަތު މޫސާގެ ބައްޕަކަމުގައިވާ އަލްމަރުޙޫމް
މޫސާ އިސްމާޢީލް، ޢަލީ އިސްމާޢީލްއަށްވުރެ ކުރިން ނިޔާވެފައިވާކަން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގައި ވާރިސުންނަކީ ކޮބައިކަން ޤާނޫނެއްގައި ކަނޑައެޅިފައިނުވާއިރު، މި
މައްސަލައިގައި ގޮތެއް ކަނޑައެޅުމުގައި ރިޢާޔަތްކޮށްފައިވަނީ އިސްލާމީ ޝަރީޢަތަށްކަމާއި، އެގޮތުން،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި "އިސްލާމީ ޝަރީޢަތް" ކަމަށް
ބުނެފައިވަނީ ކީރިތި ޤުރުއާނާއި ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލްއަޙްވާ
އަޙްވާލުއްޝަޚުޞިއްޔާ އާއި މިނޫންވެސް
ކަންތައްތަކާ ގުޅިފައިވާ އަޙްލުއްސުންނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށްކަމަށް
އަޅުކަން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/155
ބަޔާންކުރެވިފައި އޮތުމުން، މި މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައެޅުމުގައި
ރިޢާޔަތްކޮށްފައިވަނީ ޖުމްހޫރު އިލްމުވެރިންގެ ރައުޔަށްކަމާއި،
އެގޮތުން، އިސްލާމީ ޝަރީޢަތުގައި ވާރިސުން ބެހިގެންވާ ދެބައި ކަމުގައިވާ
އަޞްޙާބުލް ފުރޫޝްއާއި ޢަޞަބަތްތެރިންގެ ތެރޭގައި ޢާއިޝަތު މޫސާ ނުހިމެނޭކަމާއި، ޢާއިޝަތު މޫސާގެ ބައްޕަ،
މޫސާ އިސްމާޢީލް، އަލްމަރުޙޫމް ޢަލީ އިސްމާޢީލް ނިޔާވިއިރު ދުނިޔޭގައިހުރިނަމަ، އަލްމަރުޙޫމް ޢަލީ އިސްމާޢީލްގެ
ޝަރުޢީ ވާރިސަކަށް ޢާއިޝަތު މޫސާގެ ބައްޕަ، މޫސާ އިސްމާޢީލްވާނެކަމާއި، އެހެންނަމަވެސް، ޢާއިޝަތު މޫސާގެ
ބައްޕަ، މޫސާ އިސްމާޢީލް، އަލްމަރުޙޫމް ޢަލީ އިސްމާޢީލްއަށްވުރެ ކުރިން ނިޔާވެފައިވާތީ، އަލްމަރުޙޫމް ޢަލީ
އިސްމާޢީލްގެ ޝަރުޢީ ވާރިސަކަށް ސީދާ ޢާއިޝަތު އިސްމާޢިލް ނުވާކަމަށް ހުޅުމާލެ ކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އުޞޫލުތަކާ އެއްގޮތަށްކަމެވެ.
ތިންވަނަ ކަމަކީ، ހުޅުމާލެ ކޯޓުން ނިންމެވި އެކޯޓުގެ ނަންބަރު
2010/HMC-13/21 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ޢާއިޝަތު މޫސާގެ ބަދަލުގައި ޙާޟިރުވީ
ޢާއިޝަތު މޫސާގެ ފިރިހެން ދަރިފުޅު ޢަބްދުﷲ ރަޝީދުކަމާއި، ޢާއިޝަތު މޫސާގެ ފަރާތުން ޤާނޫނީ ވަކީލެއް
ހުށަހެޅުމުން ވަކީލަށް ފުރުޞަތު ނުދީ މައްސަލަ ނިންމަވާފައިވުމަކީ ޤާނޫނުއަސާ ,ގެ 53 ވަނަ މާއްދާގެ (ހ) އާ
ޚިލާފުކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން،
ޢަބްދުﷲ ރަޝީދު ހުޅުމާލެ ކޯޓުގެ ނަންބަރު 2010/HMC-13/21 ޤަޟިއްޔާގެ
ޝަރީޢަތަށް 9 ޖޫން 2010 ގައި ދީފައިވާ ބަޔާނުގައި ޤާނޫނީ ވަކީލެއްގެ އެހީ ހޯދަން އެދިފައިވާކަން އެނގެން
ނޯންނަކަމާއި، އަދި ވަކީލަކަށް އެދި ހުށަހެޅި ލިޔުމެއްވެސް ހުޅުމާލެ ކޯޓަށް ހުށަހެޅިކަން އެނގެންނެތްކަން
ފާހަގަކުރެވޭކަމާއި، ޢަބްދުﷲ ރަޝީދު 9 ޖޫން 2010 ގައި ހުޅުމާލެ ކޯޓަށްދިން ބަޔާނުގައި ބުނެފައިވަނީ، އޭނާގެ
މަންމަ އާއިޝަތު މޫސާއަކީ އަލްމަރުޙޫމް ޢަލީ އިސްމާޢީލްގެ އެއްބަނޑު އެއްބަފާ ބޭބެ، އަލްމަރުޙޫމް މޫސާ
އިސްމާޢީލްގެ ހުރި ހަމައެކަނި ދަރިފުޅުކަމަށާއި، މިނޫން އެއްވެސް މީހެއް ޢަލީ އިސްމާޢީލްގެ މާރިސެއްގޮތަށް
ދުނިޔޭގައި ނެތްކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
ވާރިސުންނަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ބައެއްކަމަށްވާއިރު، މި
މައްސަލައިގައި ޢާއިޝަތު މޫސާގެ ދަރިފުޅު، ޢަބްދުﷲ ރަޝީދުއަށް ވާހަކަ ދައްކަން ޝަރީޢަދުންޓްގެ ފުރުޞަތު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
2013/HC-A/155
ދެއްވާފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އާއިޝަތު މޫސާއާއި އަލްމަރުޙޫމް ޢަލީ އިސްމާޢީލްއާ ދެމީހުން ދެމެދު
އޮތް ގުޅުން ޢަބްދުﷲ ރަޝީދު ޝަރީޢަތަށް ސާފުކޮށްދީފައިވާކަން އެނގެން އޮތުމުން، ޢާއިޝަތު މޫސާގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހެޅި މިނުކުތާއަށް ބިނާކޮށް ހުޅުމާލެ ކޯޓުގެ ނަންބަރު -3/21
ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފަށްކަމަށް
1HMC/2010
ކަނޑައަޅާނެތަނެއް ނެތްކަމެވެ.
ހަތަރުވަނަ ކަމަކީ، ޢާއިޝަތު މޫސާގެ ބައްޕައާއި އެއްބަނޑު އެއްބަފާ އަލްމަރުޙޫމް
ޢަލީ އިސްމާޢީލްއަށް އެހީތެރިވެދީ ޚަރަދުކުރީ މުޙައްމަދު ޝަރީފްކަމަށް ބުނާއިރު، މުޙައްމަދު ޝަރީފްއަކީ އެ
ފްލެޓުގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެން ހުރި މީހެއްކަމުން، މުޙައްމަދު ޝަރީފް އަލްމަރުޙޫމް ޢަލީ އިސްމާޢީލްއަށް
ޚަރަދުކޮށް ބެލެހެއްޓިކަމަށް މުޙައްމަދު ޝަރީފް ބުނާ ބުނުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ސާބިތުވާކަމެއް
ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން،
ޢާއިޝަތު މޫސާ އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
މައްސަލައަކީ ހުޅުމާލެ ކޯޓުގެ ނަންބަރު 2010/HMC-13
/
21 ޤަޟިއްޔާގެ މައްސަލަކަމާއި، އަދި އެ
ޤަޟިއްޔާއަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން އެ ކޯޓަށް އަލްމަރުޙޫމް ޢަލީ
އިސްމާޢީލްގެ ވާރިސަކު ހުރިތޯ ބެލުމަށް ހުށަހެޅި މައްސަލައެއްކަމަށް ވީހިނދު، ޢާއިޝަތު މޫސާގެ ފަރާތުން
އިސްވެ ހުށަހެޅުނު ނުކުތާއަކީ މިހާރު އިސްތިއުނާފު ކުރެވިފައިވާ ޤަޟިއްޔާއާ ގުޅޭކަމެއް ނޫންކަމާއި، އަދި
ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގައިވެސް ފާހަގަކުރައްވާފައިވާ
ނުކުތާ އެއްނޫންކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ
މިއީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
2010/HC-A/155
7
/
2ދ8
ސް@އި
ދެންފަހެ އިސްވެ ފާހަގަކުރެވުނު ޤާނޫނީ އަދި ޝަރުޢީ
އެހެން
ހުރުމާއިއެކު، ހުޅުމާލެ ކޯޓުގެ ނަންބަރު 2010/HMC-13/21 ޤަޟިއްޔާގައި އެ ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ހއ.ދިއްދޫއަސްފަރު ޢާއިޝަތު މޫސާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް،
އެޙުކުމަކީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއް ނޫންކަމަށް ބަލާނެތަނެއް ނެތްކަމަށް
މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެ ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ތާޢީދުކޮށް، މިޤަޟިއްޔާގައި ޢާއިޝަތު މޫސާ ކޯޓަށް ޙާޟިރުވުމަށް އެންގުމުން،
ބަދަލު ހަމަޖައްސާފައިވާ ދިއްދޫ | މޫންސްޓަރ ޢަބްދުﷲ ރަޝީދު ކޯޓަށް ޙާޟިރުވެފައިނުވާތީ، ހައިކޯޓުގެ
ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޢާއިޝަތު މޫސާގެ ބަދަލުގައި
ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވާ ދިއްދޫ | މޫންސްޓަރ ޢަބްދުﷲ ރަޝީދުގެ ޣައިރު ޙާޟިރުގައި
ޙުކުމްކޮށްފީމެވެ.
އޭނާ
މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ :
ހދ 02 ދި
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
(ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ކި
މިދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv