ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/294 ޤަޟިއްޔާގެ ޙުކުމް
އެހިސާ324 ޓް
1
2008/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ہم تمام سیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: HC
-
A294/2008
• އިސްތިއުނާފް ކުރިފަރާތްތައް:
ނަން: ފެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: ގ. ފަނަސް | މާލެ
ސްޓްރީ ނަންބަރު: 23799-C
މިހާރުގެ އެޑްރެސް: ގ. ފަނަސް / މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޖާރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް * ރަޖިސްޓްރީ ނަންބަރު.
ދާއިމީ އެޑްރެސް:
. މާރަމް | މާލެ
މިހާރުގެ އެޑްރެސް: ފ.
މާރަމް | މާލެ
*
* ރަޖިސްޓްރީކުރެވުނު ތާރީޚް: 16 އޮކްޓޯބަރު 2008 * ނިމުނު ތާރީޚް:31 ޖެނުއަރީ 2013
• އިސްތިއުނާފުކުރެވުނު ޤާޟިއްޔާ
* ނަންބަރު: 2007/MC/219
ކޯޓު: މަދަނީ ކޯޓު
ނިމުނު ތާރީޚް: 30 ޖުލައި 2008
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 33255029 ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
2
2{{08/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދައުވާގެ ޚުލާޞާ
މިއީ މަދަނީ ކޯޓުގެ ނަންބަރު 2007/MC/219 ޤަޟިއްޔާ އެކޯޓުން ބައްލަވައި، ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ފެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާ ރައްދުވާފަރާތަކީ ޖާރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ
ފާހަގަކުރެވުނު ނުކުތާތައް:
01- މަދަނީ ކޯޓުގެ ނަންބަރު 2007/MC/219 ޤަޟިއްޔާ އެކޯޓުން ބައްލަވައި، ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ފެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02- މަދަނީ ކޯޓުގެ ނަންބަރު 2007/MC/219 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު އެޤަޟިއްޔާއަކީ ކ. ހިންމަފުށި ސިނާއީ ސަރަހައްދުގައި އޮންނަ ޖާރނީ ވޯލްޑް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ބިމެއްގައި ޖަޕާނުގެ އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޖޭ.އައި.ސީ.އެސް.) އިން
ދިވެހިސަރުކާރަށް ދެއްވި އެހީގެ ދަށުން 13 ފައިބަރ ގްލާސް އޮޑި | ދޯނި ބަނުމަށް ކުރެވުނު އެގްރީމަންޓުގެ
މަސައްކަތް ކުރުމަށް ޖާނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ރުހުމާއި އަދި ހުއްދަ ލިބިގެން އެތަނުގައި
ދިވެހިރާއްޖޭގެ
ހައި
ދިވެހިރާއްޖޭގެހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
3
2{{8}HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ل.
ފައިބަރ ގްލާސް ދޯނި ބަނުމަށް ފެއަރލައިން އެތަނުގައި ވަރަށް ބޮޑު ހޭދައެއްކޮށް އެތަނުގައި ހަރުގެތަކަކާއި
މީހުންތިބުމަށް އެތަކެއް ހަދާ އެތަނުގައި މަސައްކަތް ފަށައި މަސައްކަތް ވަކިހިސާބަކަށް ގޮސްފައިވަނިކޮށް ޖާނީ
ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެތަނުގެ މަސައްކަތް ކުރުން ވަރަށް ކުއްލިގޮތެއްގައި ހުއްޓުވާލުމުގެ
ސަބަބުން އެމަސައްކަތް ކުރެވޭގޮތް ނުވެ، ފެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑުގެ އަގު ސަރުކާރުގެ
ކުރިމަތީގައާއި، އަމިއްލަ ފަރާތްތަކުގެ ކުރިމަތީގައާއި، ވަކިން ޚާއްޞަކޮށް ބޭރުގެ ސަރުކާރެއްގެ ކުރިމަތީގައި
ގެއްލިފައިވާތީއާއި، މިކަންތައްތަކުގެ ސަބަބުން ފެއަރ ލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑަށް ސީދާ ގޮތުންނާއި
ނުސީދާ ގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެގެއްލުންތަކުގެ ބަދަލެއްގެ ގޮތުން މިއެގްރީމަންޓުގެ
ދަށުން މަސައްކަތްކުރުމުން ލިބޭނެ ފައިސާ 7
500 000.00ރ (ހަތްމިލިއަން ފަސްސަތޭކަހާސް ރުފިޔާ) އާއި،
މުވައްޒަފުންނަށް މަސައްކަތް ނުކުރެވި ހިނގާފައިވާ ދުވަސްތަކުން ކެއިންބުއިމަށް ޚަރަދުވި 676 939.97ރ
(ހަލައްކަ ހަތްދިހަހަހާސް ނުވަސަތޭކަ ތިރީސްނުވަ ރުފިޔާ ނުވަދިހައައް ލާރި) އާއި، ވިސާ، ވޯރކްޕާމިޓް
ފަދަކަންކަމަށް ޚަރަދުކުރަންޖެހުނު 239,319.18ރ (ދެލައްކަ ތިރީސްނުވަހާސް ތިންސަތޭކަ ނަވާރަ ރުފިޔާ
އަށާރަ ލާރި) އާއި ޕާފޯމަންސް ބޮންޑުގެ ފައިސާގެ 719 265.50ރ (ހަތްލައްކަ ނަވާރަހާސް ދުއިސައްތަ
ފަސްދޮޅަސް ފަސް ރުފިޔާ ފަންސާސް ލާރި) އާއި ކުންފުނީގެ އަގު ސަރުކާރުގެ ކުރިމަތީގައާއި
ސަރުކާރެއްގެ ކުރިމަތީގައާއި ޢާންމުންގެ ކުރިމަތީގައި ގެއްލިފައިވާތީ އެކަމުގެ ބަދަލެއްގެ ގޮތުން
10,000,000.00ރ (ދިހަމިލިއަން ރުފިޔާ) އާއި މިމައްސަލައާ ގުޅިގެން ދަތުރުފަތުރަށް ހިނގި ޚަރަދު
ކަމުގައިވާ 288,487.51ރ (ދެލައްކަ އައްޑިއަށްހާސް ހަތަރުސަތޭކަ އައްޑިހަހަތް ރުފިޔާ ފަންސާސްއެއް ލާރި)
އާއި މުވައްޒަފުންގެ އެކޮމަޑޭޝަންގެ ޚަރަދަށް ހިނގި 581,000.00ރ (ފަސްލައްކަ އައްޑިހައެއްހާސް ރުފިޔާ)
އާއި ސައިޓުގައި ހަރުގެތަކާއި ޝެޑުތައް ހެދުމަށް 2
768 409.00ރ (ދެމިލިއަން ހަތްލައްކަފަސްދޮޅަސް
އައްހާސް ހަތަރުސަތޭކަނުވަ ރުފިޔާ) އާއި 85 ފޫޓުގެ ދާއިމީ މޯލްޑް ހެދުމަށް ޚަރަދުވި 4,000,000.00ރ
(ހަތަރުމިލިއަން ރުފިޔާ) އާއި 85 ފޫޓުގެ 1 (އެކެއް) ހަލް އެތެރެ ބެއްދުންތަކާއެކު
2220
ی کو
4 22
ދިވެހިރާއްޖޭގެހައިކޯޓް އާބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
*
4
2{{8}HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
1,800,000.00ރ (އަށާރަލައްކަ ރުފިޔާ) އާއި މަސައްކަތްކުރުމަށްޓަކައި ތަކެތި ގަނެފައިވާ ކްރެޑިޓަރުންގެ
ޖުމްލަ 1,342,791.00ރ (އެއްމިލިއަން ތިންސަތޭކަ ސާޅީސް ދެހާސް ހަތްސަތޭކަ ނުވަދިހައެއް ރުފިޔާ) އާއި
ލޯޔަރ ފީގެ ގޮތުގައި ޚަރަދުވި 60,000.00ރ (ފަސްދޮޅަސްހާސް ރުފިޔާ) އާއި، މަސައްކަތުގެ އެޑްވާންސްގެ
ގޮތުގައި ދީފައިވާ ފައިސާގެ ތެރެއިން 565,310.40$US (ފަސްލައްކަ ފަސްދޮޅަސް ފަސްހާސް ތިންސަތޭކަ
ދިހައެއް ޕޮއިންޓް ހަތަރެއް ސުމެއް ޔޫއެސް ޑޮލަރ) އަކީ އެގްރީމަންޓް ކެންސަލް ކުރުމާއި ގުޅިގެން
ދައްކަންޖެހުނު ފައިސާއެއްކަމަށްވާތީ މިއީވެސް ލިބިފައިވާ ގެއްލުމެއްކަމަށްވާތީ އެކުޖުމްލަ 29,976،212.17ރ
(ނަވާވީސް މިލިއަން ނުވަސަތޭކަ ހަތްދިހަހަހާސް ދުއިސައްތަ ބާރަ ރުފިޔާ ސަތާރަ ލާރި) އަކީ ޖާނީ ވޯލްޑް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފެއާރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަމަށްބުނެ
އެފައިސާ ހޯދުމަށްއެދި ފެއަރލައިން ޑިޒަށް ޕްރައިވެޓް ލިމިޓެޑުން ޖާނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ މައްޗަށް ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި
#
OX
2
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ކ. ހިންމަފުށީ ސިނާއީ ސަރަހައްދުގައި އޮންނަ
ޖާރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބިމުގައި ފައިބަރގްލާސް މަސައްކަތެއް ކޮށްފައިވަނީ ފެއަރ
ލައިން ޑިޒައިންސް ޕްރައިވެޓް ލިމިޓެޑާއި، ޖާރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު
އެއްބަސްވެފައިވާ އެއްބސްވުމުގެ
އްބސްވުމުގެ ދަށުން ނުވަތަ ޒާނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދިން
ހުއްދައެއްގެ ދަށުންކަން ޝަރީޢަތަށް ސާބިތުނުވާތީ، ފެއަރ ލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް
ހުށަހަޅާފައިވާ 29
976 212.17ރ (ނަވާވީސް މިލިއަން ނުވަސަތޭކަ ހަތްދިހަހަހާސް ދުއިސައްތަ ބާރަ ރުފިޔާ
ސަތާރަ ލާރި) ޖާރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އަތުން ނަގައިދެވޭނެ ތަނެއް ނެތްކަމަށް
ކަނޑައަޅުއްވައި، ޖާރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ޙާޟިރުގައިކަން އެނގެން އޮންނަ
2 02 0 0
ކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
5
2{{8}HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
03- މަދަނީ ކޯޓުގެ ނަންބަރު 2007/MC/219 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ފެއަރ ލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާގުޅޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ، ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކޮންޓްރެކްޓް ނުވަތަ އަޤްދު
ވަކިގޮތަކަށް އޮތުން ލާޒިމެއް ނުކުރެއެވެ. ޖާރނީ ވޯލްޑް ކުންފުނީގެ ވެރިޔާއާއި އަދި ޖާރނީ ވޯލްޑް ހިއްސާ
ކޮންޓްރޯލްކުރާ ޔޮޓް ޓުއާރސާއި، ފެއަރ ލައިން ދެމެދު ބަދަލުކުރެވިފައިވާ ލިޔުންތަކާއި، ހިގާފައިވާ ފައިސާގެ
މުޢާމަލާތަކާއި، ކަމުގައި ޖާރނީ ވޯލްތުން އަމަލުކުރަމުން ދިޔަގޮތް ދެފަރާތުގެ ދެމެދުގައި ޤާނޫނީ ގޮތުން
ބަނދެވިފައިވާ ބަސްވުމެއް އޮތްކަމަށް ސާބިތުވާހިނދު، ފެއަރ ލައިން ޑިޒައިން އާއި ޖާރނީ ވޯލްޑުން
ދެފަރާތުގެ ދެމެދުގައި ބިމުގައި މަސައްކަތްކުރުމަށް ހުއްދަދީފައިވާ ނުވަތަ ޑީލެއް ހިގާފައިވާކަމަށް ޤާނޫނީ
ގޮތުން ބަނދެވޭ ފަދަ ލިޔުމެއްނެތްކަމަށް ޝަރީޢަތުން ދެކެވަޑައިގަންނަވާއިރު، ކަމުގެ ޤާނޫނީ ބިނާއެއް
ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
02 ދ ތ
ގތ ކމ އ ވސ އއބ
ومع مررررر
(ނ) ދެވަނަ ނުކުތާއަކީ: ކުންފުންޏަކީ ޤާނޫނީ ޝަޚްސެއްކަމަށްވެފައި ކުންފުނި ހިންގުމުގައި
މަތިކުރެވިފައިވަނީ ކުންފުނީގެ ޑިރެކްޓަރުންނަށް ކަމަށްވެފައި، އަދި އެފަރާތުގެ ބެލުމުގެ ދަށުން ކުންފުނީގެ
ނަށްކަމަށްވެފައި، ރެކްޓަރުންނަށް ނުވަތަ މުވައްޒަފުން ކުންފުނީގެ ފަރާތުން އެކުރާކަމެއްގައި
އުފެދޭ ގުޅުމަކީ ޤާނޫނީ ގޮތުން ނަޡަރުކުރާއިރު އެޖެންސީ އުސޫލުކަމަށް ނުވަތަ ވަކާލާކަމަށް ވާހިނދު، ކުންފުނި
އެކަމަށް ޒިންމާވާނެކަމާއި، އިޝާރާތްކުރެވިފައިވާ ބިން ފެއަރލައިނަށް މަސައްކަތްކުރުމަށް ހަވާލުކުރެވިފައިވަނީ
ނުވަތަ ހުއްދަދެވިފައިވަނީ ޖާރނީ ވޯލްޑިން އެކަމަށް ބޯޑް ރިޒޮލިއުޝަނެއް އެކަމަށް ފާސްކޮށްގެން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 33256029 ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
*
ވެހިރާއްޖޭގެ ހައިކޯޓް
6
2{{8}HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
22
ނޫންކަމަށްވާތީވެ، ކުންފުނިން ހުއްދަދެވިގެންކަމަށް އެކަންކުރީ ޝަރީޢަތަށް ސާބިތުނުވާކަމަށް އެޖެންސީ އުސޫލާ
ހަމަތަކުން އަމުދުން އެއްކުރަންޖެހޭ ކަމެއްކަމަށް ނުފެންނަ ހިނދު ޝަރީޢަތުން ކަމާބެހޭ
ދެކެވަޑައިގެންފައިވާ ގޮތުގައި ޤާނޫނީ ހަމައެއްނެތް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
کره سي
0 0 0
(ނ) ތިންވަނަ ނުކުތާއަކީ: އިސްވެދެންނެވުނު އަސާސްތަކުގެ މައްޗަށް ބަލާއިރު، ފެއަރ ލައިންއާ
ޖާރނީ ވޯލްޑާއި ދެމެދުގައި އެއްބަސްވުމެއްވާކަމާއި، މަސަތްކަތްފެށީ ޖާރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން ހުއްދަދީގެން އެފަރާތުގެ ރުހުން އޮވެގެން ކަމަށްވާތީވެ، 29
976 212.17ރ (ނަވާވީސް މިލިއަން
ނުވަސަތޭކަ ހަތްދިހަހަހާސް ދުއިސައްތަ ބާރަ ރުފިޔާ ސަތާރަ ލާރި) ހުށަހަޅާފައިވާގޮތަށް ނަގައިދެވެންނެތް
ޝަރީޢަތުން ކަނޑަޅުއްވުމުގައި އިންސާފެއް ނެތް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
02024 ދ ތތ
ދިވެހިރާއްޖޭގެހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
7
2{{8}HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
<<
4 މަދަނީ ކޯޓުގެ ނަންބަރު 2007;MC:219 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ފެއަރލައިން
ޑިޒައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާގުޅޭ ގޮތުން ފެއަރ ލައިން
ޑިޒައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި، އިސްތިއުނާފީ ދަޢުވާ ރައްދުވާ ޖާނީ ވޯލްޑް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މަދަނީ ކޯޓުގެ ނަންބަރު 2007/MC/219 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ
ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
8 0 4
(ހ) ފުރަތަމަ ކަމަކީ: ފެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑަކީ، އޮޑިދޯނި ބޯޓުފަހަރު
ޑިޒައިންކުރުމާއި ބަނުމުގެ މަސައްކަތްކުރުމަށް ހ. ތިމާވެށި ޢަބްދުﷲ ޖާބިރާއި މާލޭ މުނިސިޕަލްޓީގެ ޚާއްޞަ
ދަފްތަރު ނަންބަރު 2898, ޢަލީ ޙަސަން (އައިޑެންޓިޓީ ކާޑު ނަންބަރު A060659) ދެމީހުން
ހިއްސާވާގޮތަށް އުފައްދައި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒުގައި 14 އޮކްޓޯބަރު 1999 ގައި
ރަޖިސްޓްރީކޮށްފައިވާ ޕްރައިވެޓް ކުންފުންޏެއްކަން އެނގޭކަމާއި، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ
ކާރިސާގައި ދިވެހިރާއްޖެއަށް ލިބުނު ގެއްލުމާގުޅިގެން ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބަނުމަށް
ހަމަޖެހިފައިވާ 85 ފޫޓުގެ ފައިބަރގްލާސް ދޯނި ބަނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލި
ޓެންޑަރ (އެން.ޕީ.އެމް.ޑީ004-04) ތަކާގުޅިގެން ފެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހަޅައި، ދައްކަންޖެހޭ ވާހަކަތައް ދައްކައި ސޮއި ކުރަންޖެހޭ ލިޔެކިޔުންތަކުގައި
ސޮއި ކުރުމަށް ފެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޙަސަން
އައްޔަންކޮށްފައިވާކަމާއި، އެގޮތުން ފެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެޕްރޮޖެކްޓަށް
އެކުންފުނިން ހުށަހެޅި ބިޑުތައް ކާމިޔާބުވުމުން އެޕްރޮޖެކްޓުގެ ދަށުން ކުރަންޖެހޭ މަސައްކަތް ޖަޕާން
x3ތ
ޑީ ތނޑު
ހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
8
2{{08/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިންޓަރނޭޝަނަލް ކޯޕަރޭޝަން ސިސްޓަމް (ޖިކްސް) އާއި ފެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑާ ދެމެދު
ސޮއިކުރެވުނު ޕާޗޭސް
ވިކުގެ ދަށުން ފެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާކަން
އެނގެން އޮންނަކަމެވެ
.
0 2 0 0
ومع تعمل ع ع
OXLC
(ށ) ދެވަނަ ކަމަކީ: ޖިކްސް ޕްރޮޖެކްޓްގެ ދަށުން އެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑަށް
ލިބުނު ފައިބަރގްލާސް ދޯނި ބަނުމުގެ މަސައްކަތް ކޮށްފައިވަނީ ހިންމަފުށީގައި އޮންނަ ޖާނީ ވޯލްޑް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބިމެއްގައި ކަމާއި، އެމަސައްކަތް އެބިމުގައި ކުރުމަށްޓަކައި ހަރުގެތަކާއި
މީހުން ތިބޭގޮތަށް ތަންތަން ހަދައި، އެޕްރޮޖެކްޓުގެ ދަށުން ކުރަންޖެހޭ މަސައްކަތް ފަށާފައިވާކަމަށާއި، އެގޮތުން
ދާއިމީ ތައްގަނޑަކާއި ހަލް ބަނދެފައިވާކަމަށާއި، އެމަސައްކަތްތައް އެބިމުގައި ކޮށްފައިވަނީ ޖާނީ ވޯލްޑް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ރުހުމާއި، ހުއްދަ ލިބިގެން ކަމަށާއި، އެބިމުގައި އެމަސައްކަތް ކުރުމަށް
ލިޔުމުން އެއްބަސްވުމެއް ވެވިފައިނެތް ނަމަވެސް، ދެފަރާތުގެ ދެމެދުގައި މުއާސަލާތުކޮށްފައިވާ ގޮތުންނާއި،
ބަދަލުކުރެވިފައިވާ ލިޔުންތަކުންނާއި، އަދި ޢަމަލުކޮށްފައިވާ ގޮތުން އެއްބަސްވުމެއް ވެވިފައިވާކަމަށް ފެއަރލައިން
ޑިޒައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާކަމާއި، ހިންމަފުށީގައި އޮންނަ ޖާރނީ ވޯލްޑް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބިން ހުސްކޮށް، އެބިން އެކުންފުންޏާ ހަވާލުކުރުމަށް ޖާރނީ ވޯލްޑް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވަނީ ފެއަރލައިން
ޑިޒައިން ޕްރައިވެޓް ލިމިޓެޑުން އެބިމުގައި މަސައްކަތްކުރަމުން ގެންދަނީ ޖާރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް އެނގުމަކާނުލައި، އަދި ދެފަރާތުގެ އެއްބަސްވުމެއް އޮވެގެންނޫންކަމަށް ބުނެކަން އެނގެން
އޮންނައިރު،
ދިވެހިރާއްޖޭގެހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
9
2{{8}HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0.904
eއ
ޤާނޫނުގައި އެހެންގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި ގޮތަކަށް އޮތުން ލާޒިމް
ނޫންކަމާއި، އަދި ހުށަހެޅުމެއް ޤަބޫލުކުރާކަން ކަނޑައަޅައި ބުނެވިދާނެ ކަމާއި ނުވަތަ ޢަމަލުކުރާ
ގޮތަކުން ޤަބޫލުކުރާކަން އެންގުންކަމަށް ބެލެވިދާނެކަމާއި، ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން އެކަކު
އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް، ހުށަހެޅުން ރައްދުވި ފަރާތުން ޤަބޫލު ކުރުމުން ކޮންޓްރެކްޓެއް ކުރެވޭކަން
ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާ ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ 8 ވަނަ މާއްދާގެ (ހ) އާއި 5
ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
#
OX 2
(ނ) ތިންވަނަ ކަމަކީ ހިންމަފުށީގައި އޮންނަ ޖާރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ބިމުގައި ފެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑުން މަސައްކަތްކުރަމުން ގެންދަނީ އެކުންފުނީގެ
ހުއްދަ ހޯދައިގެން ނޫންކަމަށާއި، އެކުންފުނީގެ ވެރިންގެ ރުހުމެއްނެތި އަދި އެނގުމަކާ ނުލައި ކަމަށް ޖާރނީ
ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާއިރު، އެބިމުގައި ފެއަރލައިން ޑިޒައިން ޕްރައިވެޓް
ލިމިޓެޑުން މަސައްކަތް ކޮށްފައިވަނީ ޖާރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެނގުމާއި، ރުހުމާއި،
އަދި ހުއްދަ އޮވެގެންކަން ސާބިތުކުރުމަށްޓަކައި، ފެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަށު
ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހެކިން ހުށަހަޅައި އެހެކިން ޙާޟިރުކޮށްދިނުމަށް އެދިފައިވާކަމާއި، އަދި
އެޕްރޮޖެކްޓުގެ މަސައްކަތް ކުރުމުގައި ދެފަރާތުގެ ދެމެދު ކުރެވިފައިވާ މުޢާމަލާތްތަކާއި، ޢަމަލުކުރެވިފައިވާ
ގޮތުން ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްކަން ދޭހަވާކަމަށްބުނެ އެކަންތައްތަކުގެ މައްޗަށް ޝަރީޢަތުން
ރިޢާޔަތް ކޮށްދެއްވުމަށް ފެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަށު ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި އެދިފައިވާއިރު، ކ. ހިންމަފުށީގައި އޮންނަ ޖާރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ބިމުގައި ފައިބަރ ގްލާސް ދޯނި ބަނުމުގެ މަސައްކަތްތަކެއް ކޮށްފައިވަނީ ފެއަރލައިން ޑިޒައިން ޕްރައިވެޓް
ލިމިޓެޑާއި ޖާނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންކަން ނުވަތަ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 33255029 ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
10
2{{08/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
9)
ޖާނީވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދީފައިވާ ހުއްދައެއްގެ ދަށުންކަން ސާބިތުނުވާތީކަމަށް
ބަޔާންކުރައްވައި، ދަށު ކޯޓުން މިމައްސަލައިގައި ޙުކުމް ކުރައްވާފައިވަނީ، އެކަންކަން ސާބިތުކުރުމަށްޓަކައި
ފެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިކަން ކަންތައްތަކަށް ނުބައްލަވައިކަން ފާހަގަ
ކުރެވޭކަމާއި،
ތ ه2
2
4
2 ހދ
މަދަނީ ޚުޞޫމަތްތަކުގައި ޚަޞްމުންގެ ދައުރަކީ އިޖާބީ ދައުރެއްކަމާއި، މިގޮތުން
ސާބިތުކުރުމުގެ ޙައްޤު އަބަދުވެސް ޚަޞްމުންނަށް ލިބިގެންވާކަމާއި، ޚަޞްމުންގެ އަތުގައިވާ ޤާނޫނު ހުއްދަކުރާ
އެންމެހައި ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅުމުގެ ފުރުޞަތު ކޯޓުން ޚަސްމުންނަށް
ފަހިކޮށްދޭންވާނެކަމާއި، އަދި ހަމަ އެ މޭރުމުން އެއް ޚަޞްމު ހުށަހަޅާ ހެކި ނުވަތަ ދަލީލު ނަޤު ޝުކޮށް އިދިކޮޅު
ސާބިތުކުރުމުގެ ޙައްޤު އަނެއް ޚަޞްމަށް ލިބިގެންވާކަމާއި، އަދި ދަޢުވާގެ ޚަޞްމުން ހުށަހަޅާ ހެކިތަކާއި
ދަލީލުތައް ހުށަހެޅުމުގެ ފުރުޞަތުދެވި، ޝަރީޢަތުގެ މަޖިލީހަށް އެ ހުށަހެޅުމަށްފަހު، އެ ހެކިތަކާއި ދަލީލުތައް
ވަޒަންކޮށް އޭގެ ސައްޙަކަން ތަޤްދީރުކުރުމަކީ ކޮންމެ ކޯޓެއްގެވެސް ތަޤްދީރީ ބާރުގެ ތެރޭގައި ހިމެނޭކަމެއްކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
A/2010 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ
ހަތަރުވަނަ ނުކުތާގައި ބަޔާންކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ޖާނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ފެއަރލައިން
ޑިޒައިން ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރި މައްސަލައަކީ ޖިކްސް ޕްރޮޖެކްޓުގެ ދަށުން ފެއަރލައިން ޑިޒައިން
ޕްރައިވެޓް ލިމިޓެޑަށް ލިބުނު ފައިބަރ ގްލާސް އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކ. ހިންމަފުށީގައި އޮންނަ
ވާނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ބިމުގައި ފަށައިގެން ވަކި ހިސާބަކަށް ގޮސްފައިވަނިކޮށް ޖާނީ
ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުއްލި ގޮތަކަށް އެމަސައްކަތް ހުއްޓުވާލުމުގެ ސަބަބުން އެކިގޮތްގޮތަށް
އެކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭކަމާއި،
އެމައްސަލާގައި އެކުންފުނިން ހުށަހަޅާފައިވާ ކަންތައްތައް ސާބިތުކުރުމަށްޓަކައި ހެކިން ހުށަހަޅައި، އެހެރީރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
11
2{{8}HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޝަރީޢަތަށް ޙާޟިރުކޮށް އެމީސްމީހުންގެ ބަޔާން ޝަރީޢަތުން ނެގުމަށް އެދިފައިވާކަމާއި، އަދި ދެފަރާތުގެ
ދެމެދުގައި އެކަމާގުޅޭ ގޮތުން ކުރެވިފައިވާ މުޢާމަލާތްތަކާއި އެކަމާގުޅޭ ލިޔުންތަކާއި، މައްސަލަ ހިނގާފައިވާ
ގޮތުގެ ވަޤާއިޢުތަކުގެ މައްޗަށް ޝަރީޢަތުން ބައްލަވައި ދެއްވުމަށް ފެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން އެދިފައިވާއިރު، މިމައްސަލާގައި ކަން ހިނގާފައިވާ ގޮތާއި ދަޢުވާ ސާބިތުކުރުމަށް ޙާޟިރުކޮށް
ދެއްވުމަށް އެދިފައިވާ ހެކިން ދަށު ކޯޓަށް ޙާޟިރުކޮށްފައިނުވާކަމާއި، އަދި އެހެކިން ޙާޟިރު ނުކުރެއްވި
ސަބަބެއް މަދަނީ ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިންމެވި ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިނެތްކަން އެނގޭތީ
މިމައްސަލައަކީ ދަށު ކޯޓުން އަލުން ބައްލަވައި ފައިސަލާކުރަނިވި ޙުކުމެއް ކުރަންޖެހޭ މައްސަލައެއްކަމަށް
ފެންނަކަމެވެ.
/ ތތ 3
2
242
39/910/
ވީމާ، މަދަނީ ކޯޓުން މި މައްސަލައިގައި ޙުކުމް ކުރައްވާފައިވަނީ، އެމައްސަލައިގެ ދަޢުވާ
ސާބިތުކުރުމުގެ ގޮތުން ފެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ހެކިން
ޙާޟިރުކުރެއްވުމަކާ ނުލައި، އަދި އެފަރާތުން ހުށަހެޅި ލިޔުންތަކާއި މައްސަލައިގެ ވަޤާއިޢުތަކަށް ފުރިހަމައަށް
.ވިގެންކަން އެނގެން ނެތުމާއެކު މަދަނީ ކޯޓުގެ ނަންބަރު 2007/MC/219 ޤަޟިއްޔާގައި
ބެލެވުނު މައްސަލާގައި ފެއަރލައިންގެ ފަރާތުން ހުށަހަޅާފައިވާ ހެކިން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް
ޖިކްސް ޕްރޮޖެކްޓުގެ ދަށުން ފެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކ. ހިންމަފުށީގައި އޮންނަ
ޖާނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބިމުގައި މަސައްކަތްކޮށްފައިވަނީ، ފެއަރލައިން ޑިޒައިން
ޕްރައިވެޓް ލިމިޓެޑާއި ޖާނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއް އޮވެގެންތޯ ނުވަތަ
ޖާނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އެނގުމާއި ރުހުމާއި، ހުއްދައެއް އޮވެގެންތޯ ބައްލަވައި، އަދި
އެބިމުގައި މަސައްކަތްކުރުން ހުއްޓުވުމުގެ ސަބަބުން ފެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑަށް
ލިބުނުކަމަށްބުނާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ބަދަލަކީ ޙައްޤު ބަދަލެއްތޯ ޝަރީޢަތުން
ބައްލަވައި، އަދި އެކަމުގެ ސަބަބުން ގެއްލުމުގެ ބަދަލެއް ލިބިދިނުން ޙައްޤުވޭތޯ ޝަރީޢަތުން ބައްލަވައި
ފައިސަލް ކުރަނިވި ޙުކުމެއް ކުރެއްވުމަށްޓަކައި، ޤާނޫނުނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޖެހިރާއްޖޭ
، ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 33255029 ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
12
2{{08/HC-A}294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ ސިވިލް ކޯޓަށް ތަޙުލީލު ކުރުމަށް މިޤަޟިއްޔާ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވެއެވެ.
d..
9
ހ 0
2
24
24 222
ދެންފަހެ، އިސްފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
މަދަނީ ކޯޓުގެ ނަންބަރު 2007/MC/219 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލު
ޙުކުމެއްކަމަށް މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،
ހރައަކު*
މި މައްސަލައިގައި ފެއަރލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ހެކިން
ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރައްވައި އެމީސްމީހުންގެ ހެކިބަސް ޝަރީޢަތުން ނަންގަވައި އެހެކިން ދީފައިވާ
ހެކިބަހަށާއި ހު މައްސަލައިގެ ޚަޞްމުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ޝަރީޢަތުން ދެއްވާ
ބުރަދަނާއި، ހެކި ވަޒަންކުރައްވައި، މި މައްސަލަ އަލުން ބައްލަވައި ފައިސަލާކުރަނިވި ޙުކުމެއް
ކުރެއްވުމަށްޓަކައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ
(ށ) ގެ ދަށުން ސިވިލް ކޯޓަށް މި މައްސަލަ ތައުވީލުކޮށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ޑިހިރާއްޖޭގެ އި
ހައިކޯ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv