ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/105 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމު
ނިމުނު ގޮ
ގޮތުން
2013/HC-A/105
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
es
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 105/HC
-
A/2013
އިސްތިއުނާފު ކުރިފަރާތް:
ނަން: އިބްރާހީމް މަންޞޫރު
އައިޑީ ކާޑު ނަންބަރު: A051905
* ދާއިމީ އެޑްރެސް: މއ. އަމީލީހިޔާ ކ. މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: އައްޑޫސި ކައުންސިލް
* ވަކީލު: -
* ދާއިމީ އެޑްރެސް: އައްޑޫސިޓީ ކައުންސިލްގެ އިދާރީ/އައްޑޫސިޓީ
ރަޖިސްޓްރީކުރެވުނު ތާރީޚް: 16 ޖުމާދަލްއޫލާ 1434
28 މާޗް 2013
ނިމުނު ތާރީޚް: 6 ރަޖަބް 1434
16 މެއި 2013
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/S2C/252
ޤަޟިއްޔާގެ ބާވަތް: ޢުމުރު ސާބިތުކުރުން
ނިންމެވި ކޯޓް: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު
* ހުށަހެޅުނު ތާރީޚް: 24 ޖޫން 2012
ދި5
ނިމުނު ތާރީޚް: 2 ޑިސެމްބަރު 2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2
ޤަޟިއްޔާ ނިމުނު :
2013/HC-A/105
ދަޢުވާގެ ޚުލާޞާ
މިއީ، އައްޑުއަތޮޅު
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/252 ޤަޟިއްޔާ
އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި އިބްރާހީމް މަންޞޫރު، އަމީލީހިޔާ:ކ. މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A051905) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ އައްޑޫސިޓީ ކައުންސިލްއެވެ.
ރެވުނު ނުކުތާތައް:
252/S2C/2012
1. އިސްތިއުނާފުކުރެވިފައިމިވާ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ގަޟިއްޔާއަށް ބަލާއިރު، އެ ގަޟިއްޔާއަކީ އަމަލީހިޔާ/މާލެ (ސ.
ހިތަދޫހެޕީހާރޓް) އިބްރާހީމް މަންޞޫރުއަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންއިން ހަދާދީފައިވާ
އައިޑެންޓިޓީ ކާޑުގައި އޭނާގެ އުފަން ތާރީޚަކީ 24 ނޮވެމްބަރު 1954 ކަމުގައި ބަޔާންކުރެވިފައި
އޮތްނަމަވެސް، އެތާރީޚަކީ ޞައްޙަ ތާރީޚަކަށް ނުވާތީ އޭނާގެ އުފަންދުވަސް ސާބިތުކުރުމަށްޓަކައި އައްޑޫސިޓީ
ކައުންސިލްގެ އިދާރާގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް އިބްރާހީމް މަންޞޫރުގެ
ފަރާތުން ހުށަހެޅުމުން
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބައްލަވާފައިވާ ގަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި އުކުމުގައިވަނީ، "ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރެވުނު
ނުކުތާތަކުގެ މައްޗަށް ރިއާޔަތްކޮށް ސ. ހިތަދޫ ހެޕީ ހާރޓްގައި އުޅޭ މއ. އަމަލީހިޔާ އިބްރާހިމް މަންޞޫރު
އަށް ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ހަދާދީފައިވާ އައިޑެންޓިޓީ ކާޑުގައި އޭނާގެ އުފަން
ތާރީޚަކީ 24 ނޮވެމްބަރ 1954 ކަމުގައި ރިކޯޑް ކުރެވިފައި އޮތަސް އެތާރީޚަކީ ޞައްޙަ ތާރީޚަކަށް ނުވާތީ
ދިވެހިރާއްޖޭގެ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިންޑްގެ
3
ޤަޟިއްޔާ
23
. ނިމުނު "
2(613/HC-A/105
4 22
އޭނާގެ އުފަންދުވަސް ސާބިތުކުރުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ މައްޗަށް އިބްރާހިމް މަންޞޫރު
ހުށަހެޅި ދަޢުވާގައި ދަޢުވާ ހުށަހެޅި އިބްރާހިމް މަންޞޫރުއަށް އޭނާގެ އުފަންދުވަސް ކަށަވަރުވެފައި ނުވާތީ
އޭނާގެ އުފަންދުވަސް ސާބިތުކުރުމަށްޓަކައި ޝަރީޢަތަށް ހުށަހެޅި ހެކިންގެ ތެރެއިން އެއްވެސް ހެއްކަކު
ޝަރީޢަތުގައި ދީފައިވާ ބަޔާނުން އިބްރާހިމް މަންޞޫރުގެ އުފަން ތާރީޚު ނުވަތަ އަހަރު ވިޔަސް ޝަރީޢަތަށް
ސާބިތުކޮށްދެވޭ މިންވަރަށް ޝަރީޢަތުގައި ހެކިބަސް އަދާކުރެވިފައިނުވާތީ އިބްރާހީމް މަންޞޫރުގެ އުފަންދުވަސް
އަދި ޝަރީޢަތަށް ސާބިތުނުވާ ކަމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ" މިފަދައިންކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.
24 2 22
OXO
2. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްވެދެންނެވިފައިވާ، ގަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ އިބްރާހީމް މަންޞޫރުގެ
ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި 2 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން އިބްރާހީމް މަންޞޫރުގެ
ފަރާތުން ހުށަހަޅާފައިވާ؟
22 22x
• ފުރަތަމަ ނުކުތާއަކީ، ޝަރީޢަތުގެ މަޖިލީހުގައި އިބްރާހީމް މަންޞޫރުގެ ހާޟިރުގައި
ހެކިބަސްދިން އެންމެންވެސް އިބްރާހީމް މަންޞޫރުގެ ބައްޕަ މޫސާމަނިކުފާނު ނިޔާވިއިރު އިބްރާހީމް
މަންޞޫރުގެ އުމުރަކީ 6 (ހައެއް) އަހަރު ކަމުގައި ބުނެފައިވާއިރު، އަދި ބައްޕަ ނިޔާވި ތާރީޚު އެނގެން
އެ ތާރީޚުން 6 (ހައެއް) އަހަރު ކަނޑާލުމުން އިބްރާހީމް މަންޞޫރު އުފަންވީ ކޮން
އަހަރެއްގައިކަން ޝަރީޢަތަށް އެނގެންއޮތްއިރު، އެކަމަށް އެއްވެސް ވަރަކަށް ރިޢާޔަތް ނުކުރައްވާ އިބްރާހީމް
މަންޞޫރުގެ އުފަންދުވަސް ސާބިތުނުވާކަމަށް ނިންމެވި ނިންމެވުމަކީ އަދުލްވެރި ނިންމެވުމެއްކަމުގައި
ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
އަރޗާއަރ
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
23
ޤަޟިއްޔާ - ނިމުނު 1
2(613/HC-A/105
22
• ދެވަނަ ނުކުތާއަކީ، ހެކިބަސް އަދާކުރި މީހުންނަކީ ލޯބޯކޮށި މީހުންކަމަށްވުމާއެކު،
އެމީހުންނަށް ލިޔެފައިހުރި އެއްޗެއް ނޭންގޭތީ ކިޔާދިނުމަށް އެދުމުން، ލިޔެފައި ހުންނާނީ ހެކިބަސްދިން
ގޮތަށްކަމުގައިބުނެ ކިޔާނުދީ ސޮއިކުރުވާފައިވުމާއެކު، އެމީހުންގެ ބަހުން އިބްރާހީމް މަންޞޫރުގެ އުފަންދުވަސް
ސާބިތުނުވާކަމުގައި ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކުގައި ބުނެފައިވުމުން، ހެކީންގެ ބަޔާންތައްވަނީ
އޮޅުވާލާފައިކަންވެސް އިބްރާހީމް މަންޞޫރަށް ޔަޤީންކުރެވިފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/S2C/252 ގަޟިއްޔާއަށާއި، އެގަޟިއްޔާ އިސްތިއުނާފު ކުރަމުން އިބްރާހީމް މަންޞޫރުގެ ފަރާތުން
ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ އައްޑޫސިޓީ ކައުންސިލްގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބަލާއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
<< O
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2012/S2C/252 ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް
ރެޖިސްޓްރޭޝަންއިން އިބްރާހީމް މަންޞޫރަށް ހަދާދީފައިވާ އައިޑެންޓިޓީ ކާޑުގައި އޭނާގެ އުފަން ތާރީޚުކަމަށް
ބަޔާންކޮށްފައިވާ ތާރީޚު (24 ނޮވެމްބަރު 1954) އަކީ ޞައްޙަ ތާރީޚެއް ނޫންކަމަށް ބުނެ އޭނާގެ ޞައްޙަ
އުފަންތާރީޚު ސާބިތުކުރުމަ ޓަކައި އިބްރާހީމް މަންޞޫރުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއްކަން
އެނގޭކަމާއި،
މިގޮތުން އިބްރާހީމް ޞައްޙަ އުފަންތާރީޚަކީ، އޭނާގެ ބައްޕަ އަލްމަރްޙޫމް
މޫސާމަނިކު (ބަޒަބާޒުގެ ސ.ހިތަދޫ ނިޔާވުމުގެ 6 (ހައެއް) އަހަރުކުރީގެ ތާރީޚެއްކަމާއި، އަދި އޭނާގެ ބައްޕަ
92
2 ކތ ދވ
##/2ނ
22 99
ހ 0
د سرور کی
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
23
ޤަޟިއްޔާ ނިމުނު :
2(613/HC-A/105
026 0 0
ނިޔާވި ތާރީޚަކީ 27 ސެޕްޓެމްބަރު 1953 (17 މުޙައްރަމް 1373) ކަމަށް އައްޑުއަތޮޅު ހިތަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/S2C/08 ޤަޟިއްޔާގައި ސާބިތުވެފައިވުމުން، އޭނާގެ ޞައްޙަ
އުފަންތާރީޚަކީ 1947 ގެ ތާރީޚެއްކަމަށް ބުނެ، އެކަން ސާބިތުކުރުމަށްޓަކައި އޭނާގެ ފަރާތުން ތަފާތު 5
(ފަހެއް) މީހުންގެ ހެކިބަސް ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި ހުށަހަޅާފައިވާކަމާއި،
މިދެންނެވުނު 5 (ފަހެއް) ހެކިންކުރެ އިބްރާހީމް މަންޞޫރުގެ އެއްބަނޑު އެއްބަފާ
ދައްތަކަމަށްވާ ސ. ހިތަދޫ/ބަޒަބާޒުގެ، އާމިނަތު ޚާލިދާ 18 ނޮވެމްބަރު 2012 ގައި އައްޑުއަތޮޅު ހިތަދޫ
މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ހެކިބަހަށްބަލާއިރު، އިބްރާހީމް މަންޞޫރު އުފަންވެފައިވަނީ
ކޮންއަހަރެއްގައިކަމެއް ނޭންގޭކަމަށާއި، އަދި އިބްރާހީމް މަންޞޫރުއަށް 6 (ހައެއް) އަހަރުގައި އެމީހުންގެ
ބައްޕަ ނިޔާވެފައިވާކަމަށް މީހުން ބުނާކަމަށާއި، އެހެންނަމަވެސް، އެމީހުންގެ ބައްޕަ ނިޔާވިއިރު އާމިނަތު
ޚާލިދުގެ އުމުރަކީ 6 (ހައެއް) އަހަރުކަމަށް އާމިނަތު ޚާލިދާ ބުނެފައިވާކަމާއި،
އަދި، މިމައްސަލާގެ ދަށުކޯޓު މަރުހަލާގައި ހެކިބަސްދީފައިވާ ސ. ހިތަދޫ ޖީޒާ، އިބްރާހީމް
މޫސާ ދީދީގެ ހެކިބަހަށްބާލާއިރު، އޭނާގެ ހެކިބަހުގައި އިބްރާހީމް މަންޞޫރު އުފަންވެފައިވަނީ ކޮންތާރީޚެއްގައި
ކޮންއަހަރެއްގައިކަން ނޭނގޭކަމަށާއި، ނަމަވެސް އޭނާ ބަޒާޒުގެއަށް ދިޔައިރު އިބްރާހީމް މަންޞޫރު
ހުރިކަމަށާއި، ލަފާކުރެވޭ ގޮތުގައި އޭރު އޭނާއަށް 13 (ތޭރަ) ނުވަތަ 14 (ސާދަ) އަހަރުވެދާނެކަމަށް
ބަޔާންކޮށްފައި ވީނަމަވެސް، އޭނާ ބަޒާޒުގެއަށް ދިޔަ ތާރީޚެއް އޭނާގެ ހެކިބަހުންވިއަސް އަދި މައްސަލައާ
ގުޅިގެން ހުށަހެޅިފައިވާ އެހެން ލިޔެކިޔުމަކުން ވިއަސް އެނގެންނެތުމުން އެބަޔާނުންވެސް އިބްރާހީމް
އުފަންތާރީޚު ސާބިތުނުވާކަމާއި،
މީގެއިތުރުން މިމައްސަލާގެ ދަށުކޯޓު
މަރުޙަލާގައި ހެކިބަސްދީފައިވާ،
ހިތަދޫއަސްރަފީވިލާ، ޢަބްދު
ހިތަދޫލަކްސްލިން، ޙަސަންދީދީ އާއި
ހިތަދޫމެރީކެބިން، ޢަލީ ފުތާ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ބަޔާންތަކަށް ބަލާއިރު،
4799
مسرور کی
ދިވެހިރާއްa.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
شرجي لي
6
23
1 ނިމުނު
2(613/HC-A/105
އެއިން އެއްވެސް މީހެއްގެ ބަޔާނުގައިވެސް އިބްރާހީމް މަންޞޫރު އުފަންވެފައިވަނީ އޭނާގެ ބައްޕަ ނިޔާވުމުގެ
6 (ހައެއް) އަހަރުކުރިންކަމަށް ޝަރީޢަތުން ބަލައިގަންނަން ޖެހޭފަދަ ހެކިބައެއް ހިމެނިފައިނުވާކަމާއި،
އެހެންކަމުން، އިބްރާހީމް މަންޞޫރުގެ ފަރާތުން މިމައްސަލާގެ ދަށުކޯޓުގެ މަރުޙާލާގައި
ހުށަހަޅާފައިވާ އިސްވެމިދެންނެވުނު ހެކިން ޝަރީޢަތުގައި ދީފައިވާ ބަޔާންތަކުން އިބްރާހީމް މަންޞޫރުގެ
އުފަން ތާރީޚު ނުވަތަ އަހަރު ޝަރީޢަތަށް ސާބިތުކޮށްދެވޭ މިންވަރަށް ޝަރީޢަތަށް ހެކިބަސް
އަދާކުރެވިފައިނުވާކަމަށް، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ކޯޓުން ކަނޑައަޅުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފަށްކަމަށް ބެލެވެންނެތްކަމެވެ.
<< O
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގެ ދަށުކޯޓު މަރުޙަލާގައި
ހެކިބަސް އަދާކުރި މީހުންނަކީ ލޯބޯކޮށި މީހުންކަމަށްވުމާއެކު، އެމީހުންނަށް ލިޔެފައިހުރި އެއްޗެއް ނޭންގޭތީ
ކިޔާދިނުމަށް އެދުމުން، ލިޔެފައި ހުންނާނީ ހެކިބަސްދިން ގޮތަށްކަމުގައިބުނެ ކިޔާނުދީ ސޮއިކުރުވާފައިވުމާއެކު،
އެމީހުންގެ ބަހުން އިބްރާހީމް މަންޞޫރުގެ އުފަންދުވަސް ސާބިތުނުވާކަމުގައި ރިޕޯޓުގައި ފާހަގަކޮށްފައިވާ
ނުކުތާތަކުގައި ބުނެފައިވުމުން، ހެކީންގެ ބަޔާންތައްވަނީ އޮޅުވާލާފައިކަންވެސް އިބްރާހީމް މަންޞޫރަށް
ޔަޤީންކުރެވިފައިވާކަމަށް އިބްރާހީމް މަންޞޫރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވީނަމަވެސް، މިމައްސަލާގެ ދަށުކޯޓު މަރުޙަލާގައި އެކަން
އެގޮތަށް ހިނގާފައިވާކަން
ސާބިތުކޮށްދިނުމުގެ ގޮތުން އިބްރާހީމް މަންޞޫރުގެ ފަރާތުން އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއްވިއަސް
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިނުވާކަމާއި،
އެހެންކަމުން،
އިބްރާހީމް މަންޞޫރުގެ
ފަރާތުން ހުށަހަޅާފައިވާ މިދެންނެވުނު
ނުކުތާއަކީވެސް އެނުކުތާގެ މައްޗަށް ބިނާކޮށް، އިސްތިއުނާފަށް ހުށަހެޅިފައިމިވާ އައްޑުއަތޮޅު ހިތަދޫ
މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012/S2C/252 ޤަޟިއްޔާގައި ހިމެނޭ މައްސަލާގެ ޙުކުމަށް
ދިވެހިރާއްޖޭގެ
އެޖޭގެ ހައިކޯޓުން ބަދަލެއް ގެންނަޖެހޭފަދަ ނުކުތާއެއް ނޫންކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ . ނިމުނު ގޮ
2013/HC-A/105
مر
2 22 2
84
3x
$
41އeވ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް
ހިތަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/252 ޤަޟިއްޔާގައި ހިމެނޭ މައްސަލަ އިސްތިއުނާފުކުރުމަށް
އިބްރާހީމް މަންޞޫރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެމައްސަލާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް އޮތްކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
• ޙުކުމް
ދދު 0
7
32
9
OU OO
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު،
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/252
ޤަޟިއްޔާގައި ހިމެނޭ މައްސަލަ އިސްތިއުނާފުކުރުމަށް އިބްރާހީމް މަންޞޫރުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/252
ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލެއް
ގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
<< O
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv